ރ20 :ުގަ އ2011 ީރައުނެ ޖ12 ،14 :ުރަބްމަ ނެގުރަހަ އ24 ިއަގިއަގުޅުފިރަ ދިއަގުމުނިދިއަމުރި ފުރަހަ އ24

Sun Magazine Issue 14

  • Upload
    sun

  • View
    267

  • Download
    15

Embed Size (px)

DESCRIPTION

Sun Magazine

Citation preview

Page 1: Sun Magazine Issue 14

2ރ0 ގު: އަ2011ރީ ނުއަ ޖެ12 ،14 :ބަރުނަމް

24 އަހަރުގެ ދަރިފުޅުގައިގައި

ފިރުމައިދިނުމުގައި 24 އަހަރު

Page 2: Sun Magazine Issue 14
Page 3: Sun Magazine Issue 14

އެޑިޓަރުގެ ނޯޓްއެޑިޓަރު: ސިނާން އަލީ

އެގްޒެކެޓިވް އެޑިޓަރުން:

އަހުމަދު ޒާހިރު )ހިރިގާ(މުހައްމަދު އާމިރު ފަރެސް

ޑިޕިއުޓީ އެޑިޓަރު: މުންޑޫ އާދަމް ހަލީމް

އެސިސްޓެންޓް އެޑިޓަރު: އަލްއުސްތާޒު އަހުމަދު މާޖިދު

ލިޔުންތެރިން:

އަބްދުهللا އަޒްމީންމުހައްމަދު ގާސިމްފުއާދު ގާސިމްޢަލީ ޚާލިދު

ޢަބްދުهللا ޝިނާން

ޮކލަމިސްޓުން:ސިކުނޑީގެ ތޫފާން: ސީނާ އަހުމަދު ޒާހިރު

ކެޮޔނިރު: މުހައްމަދު ބުޝްރީފަސްމަންޒަރު: އަހުމަދު ޒާހިރު )ހިރިގާ(އަޅުގަނޑުމެންގެ މާހައުލުން: މީމުޒަވިޔަނި

ޑރ. ރާޒީގެ އިރުޝާދު: ޑރ. އަހުމަދު ރާޒީދިޔަތިކި: އަބްދުهللا ފާރޫގު ހަސަން

ސިއްކަ: ސިއްކަގޭ މުހައްމަދު ނަސީމް ދިޔަވަރު: މުހައްމަދު އާމިރު ފަރެސް

ރަންދެލި: މުންޑޫ އާދަމް ހަލީމްފަންވަތް: އިމާދު ލަތީފުޮކމާޯކޅި: ސިނާން އަލީ

މާކެޓިން:

ސަން އެފްއެމް މާކެޓިން ޓީމް

ކަލަސަޕެރޭޝަން އެންޑް ޕްރިންޓިން: ޮނވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑް

"ސަން" އަކީ 14 ޖުލައި 2010ން ފެށިގެން "ސަންއެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން މަހަކު ދެ ފަހަރު ނެރޭ މަޖައްލާއެކެވެ.

ސަންގެ އިދާރާ: ގ. ވިޔަވަތި، ކަށިމާ ހިނގުން / މާލެއީމެއިލް:

ވެބްސައިޓް: ޯފނު: 3312747، ފެކްސް: 3343789

[email protected]

އަދަދު: 14 12 ޖެނުއަރީ 2011

ސިނާން އަލީއެޑިޓަރު

"ސަން" މަޖައްލާގެ ސާދަ ވަނަ އަދަދަށް ހުރިހާ ކިޔުންތެރިނަށް ވެސް ހޫނު މަރުހަބާއެއް ދަންނަވަމެވެ. ސަންގެ ތޭރަ ވަނަ އަދަދަށް ދެއްވި ތަރުހީބު ޝުކުރުވެރި ކަމާއެކު

ބަލައިގަންނަމެވެ. މީ މި އަހަރު ނުކުންނަ ސަންގެ ފުރަތަމަ އަދަދެވެ. އެހެން ކަމުން އާ އަހަރުގެ

ހެޮޔ އެދުންތައް ސަން ޢާއިލާގެ ހުރިހާ ކިޔުންތެރިންނަށް އަނެއްކާ ވެސް އަރިސް ކުރަމެވެ. މި އަހަރަކީ ފާއިތުވި އަހަރަށްވުރެ ކާމިޔާބު އަަހަރަކަށް ހެދޭޯތ ކުރާން ހުރި މަސައްކަތް ގިނަ އެވެ. ނަމަވެސް އެ މަސައްކަތް ކުރުމުގައި ސަން ޓީމުގައި ވަރުބަލި ކަމެއް ނެތެވެ. މުޅި ޓީމު މި ވަނީ އެ ކާމިޔާބުގެ މިސްރާބަށް ކުރާ ދަތުރަށް ފޫގަޅައިފަ އެވެ. އާ ޯޖޝާއި ހިއްވަރާ އެކުގަ

އެވެ. ވަރުބަލި ކަމެއް ނެތެވެ. އިރާދަފުޅު ކުރެއްވިއްޔާ ކާމިޔާބު ވާނެ އެވެ. މީލާދީ އާ އަހަރާ ބައްދަލު ކުރާ އިރު، ސަން މީޑިއާ ގުރޫޕުގެ ބެލެނިވެރިކަމުގެ

ދަށުގައިވާ ގުނަވަންތަކުގެ ހަރަކާތްތެރިކަން މި ވަނީ އިތުރު ވެފަ އެވެ. މި ކުޑައިގެ ދަށުގައިވާ ސަން އެފްއެމް ރޭޑިޯއގެ ޚިދުމަތް ވަނީ ރާއްޖޭގެ ވަރަށް

ޮބޑު ސަރަހައްދަކަށް ފުޅާ ޮކށްފަ އެވެ. މިހާރު ސަން އެފްއެމް ރޭޑިޯއ އަކީ ރާއްޖޭގެ ޕްރައިވެޓް ރޭޑިޯއ ސްޓޭޝަން ތަކުގެ ތެރެއިން އެންމެ ކަވަރޭޖް ފުޅާ

ރޭޑިޯއ އެވެ. އާ އަހަރާއި ކުރިމަތިލާ އިރު، ސަން މީޑިއާ ގުރޫޕުގެ ކުޑައިގެ ދަށުން ހިންގާ ސަން ޮއންލައިންގެ މޫނުމަތި ވެސް ފެންނަނީ ބަދަލު ވެފައިވާ ތަނެވެ. އާ އަހަރާ އެކު ސަން ޮއންލައިންގެ އާ ވެބްސައިޓް ވަނީ ޒަމާނީ އާ ބަދަލު ތަކާ އެކު އިފްތިތާހު ޮކށްފަ

އެވެ. ކިޔުންތެރިންނާ ވަރަށް ރައްޓެހި ބަދަލު ތަކާ އެކުގަ އެވެ. ސަން ޮއންލައިން އަކީ މިހާރު ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބަލައިގަންނަ ޮއންލަައިން ނޫހެވެ.

އައްޑޫ ސިޓީގެ މައްސަލަ އަކީ މި ދުވަސްވަރު އެންމެ ހޫނު ވާހަކަ އެވެ. މި މައްސަލައިގެ ޮކޅެއް މެދެއް ނުފެނެ އެވެ. ސިޔާސީން ހާލަތުގެ ފައިދާ ނަގަނީ އެވެ. ރައްޔިތުން

އަރައިރުން ވަނީ އެވެ. ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދެނީ އެވެ. ދެރަ މައްސަލަ އެކެވެ. މީ ގައުމުގެ ހާލުގެ ދޫ އެދޭ ޮގތެއް ނޫނެވެ. މީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީންވާ ކަމެކެވެ. މި ފަދަ ހާލަތު ތަކުގެ ނާޖާއިޒު ފައިދާ ނެގުމަކީ އެއްވެސް ބަޔަކު ޮކށްގެން ވާނޭ ކަމެއް ނޫނެވެ. ރައްޔިތުންގެ މަސްލަހަތަކީ ގައުމުގެ މަސްލަހަތުކަން ހަނދާން ބަހައްޓަން

ޖެހެ އެވެ. މި ފަހަރުގެ ކަވަރު ސްޯޓރީ ކިޔަމުން ދިޔަ އިރު އަޅުގަނޑަށް ވެސް ޮރވުނެވެ. އެއީ އަސަރު ގަދަ ވާހަކަ ތަކެކެވެ. އިބުރަތުން ފުރިގެންވާ ވާހަކަ ތަކެކެވެ. އޭގެން އަޅުގަނޑުމެން ފިލާވަޅު ތަކެއް ލިބިގަންނަން ޖެހޭ ވާހަކަ ތަކެކެވެ. ތަންމަތީގައި 24 އަހަރު ބާއްވައިގެން

ޯލބިވާ ދަރިފުޅު ޝަނޫނުގެ ހަށިގަނޑުގައި ފިރުމައިދެމުން އަންނަ އެ ދަރިފުޅުގެ މަންމަ އާއި ޮދން ބައްޕަ އަށް ޓަކައި އަޅުގަނޑުގެ ހިތުގެ އިޚުލާޞްތެރި ޝުކުރު އަރިސް ކުރަމެވެ.

އަދި ޝަނޫނަށް މާތްهللا އަވަސް ޝިފާއެއް ދެއްވުން އެދި ދުއާ ކުރަމެވެ. މި ޢާއިލާ އަށް އެހީތެރިކަމުގެ އަތެއް ދިއްޮކށްލުމަކީ ކިޔުންތެރިންގެ އަރިހުން ވެސް އެދޭ އެދުމެކެވެ.

ކަވަރު ސްޯޓރީގެ އިތުރުން މި ފަހަރުގެ ޢަދަދުގައި ވެސް ތިޔަ ބޭފުޅުންގެ ފޭވަރިޓް ޮކލަމްތައް ހިމަނާފައި ވާނެ އެވެ. ވިދާޅުވަމުން ގެންދަވާށެވެ!

Page 4: Sun Magazine Issue 14
Page 5: Sun Magazine Issue 14

5

އައްޑު އަތޮާޅއި އެމްީޑީޕއައްޑު އަތޮާޅއި އެމްީޑީޕ

މުހައްމަދު ބުޝްރީކެޔޮނިރު

ދެއަހަރާއި ދެމަސްދުވަސް ކުރީން އެމްޑީޕީ ވެރިކަމަށް އައީ އައްޑު އަޮތޅު ރައްޔިތުންގެ ވަރަށް ޮބޑު ހިއްސާ އަކާ އެކުއެވެ. ރިއާސީ އިންތިހާބުގައި މުޅި ރާއްޖެއިން ވެސް ނިސްބަތުން އެންމެ ގިނަ ޯވޓު،

ރައީސް ނަޝީދަށް ލިބިވަޑައިގަތީ އައްޑުއަޮތޅުން ކަން ފާހަގަ ކުރެވެއެވެ. އޭގެ އިތުރުން، މައުމޫނުގެ ވެރިކަމުގެ އެންމެ ބާރުގަދަ ދުވަސްވަރުވެސް

ސަރުކާރާ ދެޮކޅަށް މުޒާހަރާ ކުރުމުގައާއި، ދެޮކޅު ހެދުމުގައި، އެންމެ ފާޅުކަން ޮބޑު ޮގތެއްގައި ހަރަކާތްތެރިވީ ގިނަ ފަރާތްތަކަކީ އައްޑުއަޮތޅަށް ނިސްބަތްވާ

އެމްޑީޕީ ގެ މެމްބަރުންނެވެ.ކަންމިހެން ޮއތްއިރު، އެމްޑީޕީ ވެރިކަމަށް އައުމާއިއެކު

އައްޑުއަޮތޅުގެ ތަރައްޤީއަށް ވަރަށް ޮބޑެތި މަޝްރޫއު ތަކެއް ހިންގޭނެ ކަމަށް ގިނަބަޔަކު ހީކުރިއެވެ. ހަމަގައިމުވެސް އައްޑު އަޮތޅަށް ނިސްބަތްވާ އެމްޑީޕީ

ގެ ގިނަ ރައްޔިތަކު މިކަމަށް އުއްމީދު ކުރިއެވެ. ނަމަވެސް ރައީސް ނަޝީދުގެ ޒައާމަތަށް ދެއަހަރު ފުރި އަހަރަކަށް ފެށިގެން ދިޔައިރު އައްޑުއަޮތޅަކަށް މާޮބޑެތި ތިންވަނަ

ކަންތައްތަކެއް ޮކށްދެއްވާފައެއް ނެތެވެ. އަދިވެސް ޮއތީ މައުމޫނު ދައުރުގައި ހެދުނު ދެރިޯސޓަކާއި، މައުމޫނު ނަންޯބޑު ހަރުޮކށްދިން "ބައިނަލްއަގްވާމީ" ވައިގެ ބަނދަރަކާއި، ޮއޔަކަށް، ވަޔަކަށް ބެލުމެއްނެތި މައުމޫނު ހަދައިދިން

ޒާތެއްގެ ބަނދަރަކާއި، މައުމޫނު ދައުރުގައި، ބިންމަތީގައި ދަމާލި ޮރއްޓެއްހެން އަޅާލެވުނު ލިންކްޯރޑެވެ.

އެހެން ބައެއް އަޮތޅުތަކުގައި ބިން ހިއްކުމުގެ ޮބޑެތި މަޝްރޫއުތަކާއި، އެހެނިހެން ޮބޑެތި އިންވެސްޓްތައް ކުރެވުމުން، މެކުހަށް

ޖަހާފައިކުރިއަށް ދާއިރު އައްޑޫ ރައްޔިތުން ތިބީ ފާޑަކަށް ޮޝކުޖެހި، މާޔޫސްވެފައެވެ. ނަމަވެސް މިކަމުގެ ޮކންމެވެސް ވަރެއްގެ ޒިންމާއެއް

އެމްޑީޕީ އަށް ނިސްބަތްވާ އައްޑުއަޮތޅުގެ ޕާލިމަންޓް މެމްބަރުންނާއި، އައްޑޫގެ ރައްޔިތުންވެސް އުފުލަންޖެހެއެވެ.

އެހެނީ އަސްލަމް މެން، އަލްހާން މެން، އަދި އިލްޔާސް ލަބީބް ފަދަ މެމްބަރުން މިކަމުގައި ފުދޭވަރަށް ސަރުކާރަށް ޕްރެޝަރު ނުކުރާނަމަ

ކަންވާނީ މިޮގތަށެވެ. މިދެންނެވި ފަދަ މެމްބަރުންގެ އަމިއްލަފުޅު ޖީބުޮކޅުތައް ފުރެނިޮކށް އެބޭފުޅުންނަށް ނިމުނީ ކަހަލައެވެ. އެމްޑީޕީ އިން ބާއްވާ ޮކންމެ ޖަލްސާއެއްގެ

ކުރީސަފުގައި އަސްލަމް ފަދަ އައްޑޫ މެމްބަރުންގެ މޫނު އިޝްތިހާރު ޮކށްލެވުނަސް އަޮތޅަށް ލިބޭނެ ކުރިއެރުމެއް ނެތެވެ. އަޮތޅަށް ކަމެއް

ޮކށްދެއްވާނެ ނަމަ އައްޑު އަޮތޅަށް މިހާރަށްވުރެ ޮބޑެތި އިންވެސްޓްމެންޓްތައް ގެންދިއުމަށް ސަރުކާރަށް ބާރު އަޅުއްވާށެވެ!

ހެރެތެރެއަކީވެސް މިސާލަކަށް ކުޅުދުއްފުށީ ކައިރީގައި ޮއތް ރިޯސޓެއް ނަމަ އެއަޮތޅުގެ ރައްޔިތުން ސަރުކާރަށް ޕްރެޝަރުޮކށްގެން މިހާރަށްވުރެން

އަވަސް ދުވެއްޔެއްގައި ހެރެތެރެ ނަގާ ޮކޅަށް ޖެހީސްކަން ޔަގީނެވެ. މިކަހަލަ ކަންކަމުގައި އައްޑޫ ރައްޔިތުން ކުރިން ދެއްކިފަދަ ޯޖޝް މިހާރު ނުފެންނަކަން

ޔަގީނެވެ.މިހެން ކަންވާކަމުގައި ވަނީނަމަ ރާއްޖޭގެ އެހެން ސަރަހައްދުތަކަށް

އަންނަ ތަރައްގީގެ ދުވެލީގައި އައްޑުއަޮތޅަށް ފައިހަމަ ނުކުރެވި، ފަހަތަށް ޖެހިގެން ދާނެކަން ޔަގީނެވެ.

މި ސަރުކާރަށް އައްޑު އަޮތޅަށް މާޮބޑުކަމެއް ނުޮކށްދެވި ދެއަހަރު ފާއިތުވިއިރު، އައްޑު އަޮތޅު އެއީ ސިޓީއަކަށް ހަދަން ނިންމުމުން އެކަމާ ދެޮކޅަށް

ޯކޓަށް ދިޔައީވެސް އައްޑުއަޮތޅު މީހެއްކަމުގައިވާ ހަސަން ސައީދުގެ ޤައުމީ ޕާޓީއިންނެވެ. އެކަމުގައި އެންމެ ދެޮކޅުވެރި އެކަކީ ގައުމީ ޕާޓީގެ ނައިބު ރައީސް އިމާދު ޯސލިހުއެވެ. އެއީވެސް އައްޑޫ މީހެކެވެ. މިކަމުން ދޭހަޮކށްދެނީ ހަސަން ސައީދާއި އިމާދު ޯސލިހު ފަދަ މީހުން ސިޔާސީ ޮގތުން ތަސައްރަފް ނުފުދޭ

ކަމެވެ.މި ސަރުކާރު ވުޖޫދަށް ގެނައުމުގައި، އެކި ސިފަސިފާގައި އައްޑު

އަޮތޅުގެ ރައްޔިތުންނާއި، އައްޑޫ އާ ގުޅުން ހުރި ފަރާތްތަކުން ވެފައިވާ ގުރުބާނީގެ އަގު އަދާޮކށް، އައްޑު އަޮތޅަށް ލިބެންޖެހޭ ހައްޤު ދަރަޖަ ޯހދައިދީ،

ތަރައްޤީގެ ހުޅުޮކޅު އެއަޮތޅުގައި ޯރޮކށްދިނުމުގެ ވަގުތު މިހާރު މިޮއތީ އައިސްފައެވެ.

މައުމޫނާއި، އަބްދުهللا ހަމީދު 30 އަހަރު ވަންދެން އައްޑު އަޮތޅުގެ ވައިޮނޅީގައި ހިފަހައްޓައިގެން ތިބިތިބުން ނިމުމަކަށް އައިސް،

ޤައުމުގެ މުގޫ ނަޝީދަށް ލިބިވަޑައިގަތުމުން އައްޑު އަޮތޅަށް ޮކށްދެއްވަން ވައުދުވެ ވަޑައިގެންފައިވާ ކަންތައްތައް ޮކށްދެއްވުމުގައި، އައްޑޫގެ ޕާލިމެންޓު

މެމްބަރުންވެސް ބާރު އަޅުއްވަން ވީއެވެ. އައްޑޫ ރައްޔިތުންވެސް ބާރު އަޅަންވީއެވެ.

އައްޑޫ ސިޓީވެސް ހަދަންވީއެވެ. އައްޑޫގެ ބިންވެސް ހިއްކަންވީއެވެ. ގަމުގެ އެއާރޯޕރޓުވެސް ތަރައްޤީ ކުރަންވީއެވެ. ސާރކް ސަމިޓުވެސް އައްޑޫގައި

ބާއްވަންވީއެވެ. އައްޑުއަށް އަންނަ ޮކންމެ ތަރައްޤީއަކީ ރާއްޖޭގެ ދެކުނު ސަރަހައްދަށް ލިބޭނެ ކުރިއެރުމެކެވެ. އަދި ދެކުނުގެ އަޮތޅުތަކަށް ލިބޭ ޮކންމެ

ކުރިއެރުމަކީ މުޅި ޤައުމުގެ ތަރައްޤީއަށް ލިބޭނެ އާޯރ ކަމެކެވެ. އަޅުގަނޑު ދެކޭ ޮގތުގައި އެމްޑީޕީ ގެ ކުރިމަގުގެ ކާމިޔާބުވެސް

ގުޅިފައިވަނީ މިކަމާއެވެ. އަދި މުޅި ޤައުމުގެ ކުރިމަގުވެސް ގުޅިފައިވަނީ މިކަމާއެވެ. މިއީ ދިވެހި ތާރީޚު ހެކިދޭ ކަމެކެވެ. މިއީ ވިސްނާ މީހުންނަށް ހުރި

އިބްރަތްތެރި ފިލާވަޅެކެވެ!

Page 6: Sun Magazine Issue 14

www

ޕްލުާޓރާކއި އޭާނގެ ޙަާޔތުާނާމޕްލުޓާރކަކީ ޔޫނާނުގެ މުއައްރިޚެކެވެ. ޙަޔާތުނާމާ

ލިޔުންތެރިއެކެވެ. މަޒުމޫނު ލިޔުންތެރިއެކެވެ. އަދި ފަލްސަފާވެރިއެކެވެ. އޭނާ އުފަންވެވަޑައިގެންނެވީ ލަފާކުރެވޭޮގތުގައި ޢީސާ ޢަލައިހިއްސަލާމްގެ 46 އަހަރު ފަހުންނެވެ. ޑެލްފީއާ މާ ދުރު ނޫން ހިސާބެއްގައި ޮއންނަ

ޮބއިތިއާ އެވެ ކިޔުނު އަވަށެއްގައެވެ. އޭނާގެ ޒުވާން ދުވަސްވަރު ހޭދަކުރެއްވީ އެތެންސުގައެވެ. އެތެންސުގައި އުޅުއްވި ދުވަސްވަރު އޭނާ އެ ޝަހަރުގެ

ޢިލްމުވެރީންނާއި މުފައްކިރުންގެ ގާތުން ދަރިވަރުވެވަޑައިގަތެވެ. ބެލެވޭޮގތުގައި އޭނާ މިސުރަށާއި އިޓަލީއަށް ދަތުރުކުރެއްވިއެވެ. އަދި ޯރމުގައި ފަލްސަފާގެ

ޮރނގުން ތަޤުރީރުތަކެއްވެސް ދެއްވިއެވެ. ފަހުގެ ދައުރެއްގައި ޑެލްފީގެ ފައްޅިއެއްގައި ފާދިރީއެއްގެ ޮގތުގައި ވެސް އުޅުއްވިއެވެ. އެއަށްފަހު އޭނާގެ އުފަން ޝަހަރަށް ވަޑައިގެން އެ ޝަހަރުގެ ސިޔާސީ މައިދާނުގައި އިސް

ބޭފުޅެއްގެ ޮގތުގައި މަސައްކަތްކުރެއްވިއެވެ. އޭނާގެ ލިޔުއްވުންތައް ލިޔުއްވާފައި

އަލްއުސްތާޛު އަޙުމަދު މާޖިދު

ޓްރެޝަރ އައިލެންޑްފޮތުގެ ދުނިޔެއިން

"ޓްރެޝަރ އައިލެންޑް" އަކީ ސްޮކޓްލޭންޑްގެ މަޝްހޫރު ޮނވެލް ލިޔުންތެރިއެއް ކަމަށްވާ ޮރބަރޓް ލުއިސް ސްޓީވެންސަންގެ އެންމެ މަޝްހޫރު

ވާހަކައެވެ. ޓްރެޝަރ އައިލެންޑް އެންމެ ފުރަތަމަ ނެރެވުނީ 1881 ވަނަ އަހަރުން ފެށިގެން 1882 ވަނަ އަހަރުގެ ވަކި ހިސާބަކަށް، ކުޑަކުދީންގެ މަޖައްލާއެއް ކަމުގައިވާ 'ޔަންގް ޯފލކްސް' ގައި ސިލްސިލާ ވާހަކައެއްގެ

ޮގތުގައެވެ. ވަކި ޮފތެއްގެ ސިފައިގައި މި ވާހަކަ އެންމެ ފުރަތަމަ ޝާއިޢުކުރެވުނީ 1883 ވަނަ އަހަރުގެ މެއި މަހުއެވެ.

ޓްރެޝަރ އައިލެންޑަކީ ޮފރުވިފައިވާ ޚަޒާނާއެއް ޯހދަން އުޅޭ ކަނޑުފޭރޭ މީހުންގެ ޖަމާޢަތަކަށް ދިމާވާ ޙާދިސާތަކެއްގެ މައްޗަށް އެކުލެވިފައިވާ

ވާހަކައެކެވެ. އެންމެ ފުރަތަމަ ޝާއިޢުކުރެވުނު ދުވަސްވަރުން ފެށިގެން މިހައިތަނަށް، އިނގިރޭސި ބަހުން ލިޔެވިފައިވާ އެންމެ މަޤުބޫލު އެއް ވާހަކައަކީ

މިއެވެ. ބީބީސީއާއި ޓައިމްސް މަޖައްލާގެ ފަރާތުން ޮހވާފައިވާ އެންމެ ޮމޅު ސަތޭކަ ވާހަކައިގެ ތެރޭގައިވެސް ހިމެނޭ "ޓްރެޝަރ އައިލެންޑް" އަކީ އެ

ވާހަކަޔަކަށް ބިނާޮކށް އެންމެ ގިނަ ޢަދަދަކަށް ފިލްމާއި ތަމްސީލު އުފެއްދިފައިވާ އެއް ވާހަކައެވެ. އިނގިރޭސި ބަހުން އެކުލަވާލެވިފައިވާ ވާހަކަތަކުގެ ތެރެއިން

ފޫހި ފިލުވައިލަން ކިޔާލަން އެންމެ ރަނގަޅު އެއް ވާހަކައަކީ ޓްރެޝަރ އައިލެންޑް އޭ ބުނުމަކީ ޮދގަކަށް ނުވާނެއެވެ.

ވަނީ، ލަފާކުރެވޭޮގތުގައި، މި ދުވަސްވަރުގެ ތެރޭގައެވެ. އޭގެ ކުރީން އެތެންސާއި ޔޫނާނުގެ އެހެނިހެން ހިސާބުތަކާއި، އަދި މިސުރާއި ޯރމުގައި އުޅުއްވި ދުވަސްވަރު

އެއްކުރައްވާފައިވާ މަޢުލޫމާތުތަކުގެ އަލީގައެވެ. ޕްލުޓާރކްގެ ލިޔުއްވުންތަކުގެ ތެރެއިން ފެންނަން ހުރި ލިޔުއްވުންތައް

ދެ ބަޔަކަށް ބަހައިލެވިފައި ވެއެވެ. އޭގެ ތެރެއިން އެއް ބަޔަކީ ތަރުބަވީ މަޤުޞަދަށްޓަކައި ލިޔުއްވާފައިވާ ނަސޭހަތާއި އިރުޝާދުތައް ހިމެނޭ މަޒުމޫނުތަކާއި

މުހާވަރާތަކެވެ. މި ބައިގައި ހިމެނޭ ލިޔުއްވުންތައް ފަހުން "ޯމރޭލިއާ" ގެ ނަމުގައި ޝާއިޢުކުރެވިފައި ވެއެވެ. ޕްލުޓާރކްގެ ލިޔުއްވުންތަކުގެ ތެރެއިން ދެވަނަ ބަޔަކީ މަޝްހޫރު ޔޫނާނީންނާއި ޯރމަނުންގެ ޙަޔާތުނާމާތަކެވެ. ގާތްގަނޑަކަށް އައްޑިހަ

ވަރަކަށް ބޭފުޅުންގެ ޙަޔާތުނާމާ ޕްލުޓާރކް ލިޔުއްވިއެވެ. ކުރު، އެހެނަސް މަޢުލޫމާތުން ފުރިގެންވާ، އަދި ކިޔާ ހިތްވާ ކަހަލަ ޮގތަކަށް ލިޔުއްވާފައިވާ ޙަޔާތުނާމާތައް އެއް ޮފތެއްގެ ސިފައިގައި މިހާރު ޝާއިޢުކުރެވިފައި ވެއެވެ.

"ލައިވްސް" ނުވަތަ "ޙަޔާތުނާމާ" ގެ ނަމުގައި ޝާއިޢުކުރެވިފައިވާ މި ޮފތަކީ

އަދަބާއި ފަންނު

6

Page 7: Sun Magazine Issue 14

7

To commentSUN (comment) and send to 2747

www

ބަޣްދާދުގެ ތާޖިރަކު ބަހުލޫލުލް މަޖުނޫނާ ބައްދަލުކުރިއެވެ. އޭނާގެ މަޤުޞަދަކީ ވިޔަފާރިއާ ބެހޭ ޮގތުން ބަހުލޫލުގެ ލަފައެއް ޯހދުމެވެ. "ޝައިޚް ބަހުލޫލް! ޮބޑު ފައިދާއެއް ނެރުމަށްޓަކައި މި ދަތުރު އަޅުގަނޑު ގަންނާނެ މުދަލަކާ ބެހޭޮގތުން

ލަފައެއް ދެއްވަންވީ ނޫންޯތ؟" އޭނާ ބަހުލޫލުގެ ގާތުގައި ބުންޏެވެ. ބަހްލޫލު ޖަވާބު ދިނެވެ. "ދަގަނޑާއި ކަފަ ގެނެސް ވިއްކާ! ވަރަށް ޮބޑު ފައިދާ ލިބޭނެ." ތާޖިރު

ކަލޭގެ ބަހުލޫލަށް ޝުކުރު އަދާޮކށްފައި އެނބުރި ހިނގައްޖެއެވެ. ދެތިން ދުވަހެއްގެ ތެރޭގައި އޭނާ އޭނާގެ ވިޔަފާރި ދަތުރަށް ފުރައިފިއެވެ. ދުވަސްޮކޅެއް ފަހުން އޭނާ

އެނބުރި އައީ ގެންދިޔަ ހުރިހާ ފައިސާއަކަށް ދަގަނޑާއި ކަފަ ގަނެގެންނެވެ. އެނބުރި ބަޣުދާދަށް އައިސް ރަނގަޅު އަގުގައި ގެނައި މުދާ ވިއްކަމުން

ގެންދިޔައެވެ. ހައެއްކަ މަސް ދުވަހުގެ ތެރޭގައި ހުރިހާ މުދަލެއް ހުސްވެއްޖެއެވެ. ދަގަނޑާއި ކަފައިގެ ވިޔަފާރިން އޭނާއަށް ކުރީން ދުވަހަކުވެސް ވިޔަފާރިއަކުން

ނުލިބޭހައި ޮބޑު ފައިދާ ލިބުނެވެ. ދުވަސްޮކޅެއްގެ ފަހުން ތާޖިރު ކަލޭގެ އަނެއްކާވެސް ވިޔަފާރި ދަތުރަކު ފުރާން ވެއްޖެއެވެ. ފުރުމުގެ ކުރީން ބަޣުދާދުގެ ޮބޑު މިސްކިތުގައި ނަމާދުޮކށްލާނަމޭ

ހިތައި މިސްކިތަށް ޮގސް ނަމާދުޮކށްގެން ފެއިބިތަނާ ބަހުލޫލާ ދިމާވެއްޖެއެވެ. އެ ދުވަހު ޮކންމެވެސް މީހަކު ތާޖިރު ކަލޭގެއަށް ބަހުލޫލުގެ މަޖުނޫނުކަމުގެ

ވާހަކަ ޮއތީ ކިޔައިދީފައެވެ. އެހެންކަމުން އެ ވަގުތު އޭނާގެ ވިސްނުމުގައި ހުރީ ބަހުލޫލުގެ މަޖުނޫނުކަމެވެ. އެހެންވެ އޭނާއަށް ބަހުލޫލު ފެނުމުން ބުންޏެވެ. "އޭ

ބަހުލޫލުލް މަޖުނޫން! ކުރީ ފަހަރުވެސް ކަލޭގެ ލަފަޔާ އެއްޮގތަށް ކަންތައް ކުރުމުން އަހަންނަށް ވަރަށް ޮބޑު ފައިދާ ލިބުނު. މި ފަހަރު ގެންނަން ވީ ޮކން ކަހަލަ މުދަލެއް؟" ބަހުލޫލް ޖަވާބުދިނެވެ. "މި ފަހަރު ޯދ! މި ފަހަރު ގެނޭ ކަރަޔާ ފިޔާ!" މިހެން ބުނެފައި ބަހުލޫލު އޭނާގެ މަށަން ދަތީގައި ދުވަމުން ދުވަމުން

އޭނާގެ ޙާލުގެ މަގަށް އެނބުރި ހިނގައްޖެއެވެ. ތާޖިރު ކަލޭގެ ވިޔަފާރި ދަތުރުން އެނބުރި އައީ އަތުގައި ހުރި ހުރިހާ ފައިސާއަކަށް ކަރަޔާއި ފިޔާ ގަނެގެންނެވެ. ގެނެސް އޭނާގެ ދުއްކާން ކަރަޔާއި ފިޔައިން ފުރާލައިގެން އެބަ އިނދެއެވެ. ކުޑަ

ދުވަސްޮކޅެއް ވީ ތަނާ ކަރާތައް ހަލާކުވާން ފަށައިފިއެވެ. އޭގެ ދުވަސްޮކޅެއް ފަހުން ފިޔާތައްވެސް ހަލާކުވާން ފަށައިފިއެވެ. އެއިރު އެއިގެ ތެރެއިން ވަރަށް ކުޑަ މިންވަރެއް ނޫނީ ނުވިކެއެވެ. ދާދި އަވަހަށް ތާޖިރު ކަލޭގެ ދުއްކާނުގައި

ހުރި ހުރިހާ ކަރަޔަކާއި ފިޔައެއް ހަލާކުވެގެން އުކާލަން ޖެހިއްޖެއެވެ. އެއިރު އެ ތަކެތި ގަންނަން ކުރި ޚަރަދުގެ ކަސްރެއް ހައި މިންވަރުވެސް ފައިދާގެ ޮގތުގައި

ނުލިބެއެވެ. އެހެންކަމުން ތާޖިރު ކަލޭގެ ގާތްގަނޑަކަށް ބަނގުރޫޓުވެ، ދަރަނިވެރިވާން ޖެހިއްޖެއެވެ. ދެން އޭނާ ބަހުލޫލާ ބައްދަލުޮކށްފައި ބުނެއްޕެވެ. "ފުރަތަމަ ފަހަރު

ކަލޭގެފާނުގެ ލަފަޔާ އެއްޮގތަށް އަޅުގަނޑު ގެނައީ ކަފަޔާއި ދަގަނޑެވެ! އެ ފަހަރު ނުހަނު ޮބޑު ފައިދާ ވިއެވެ. ދެވަނަ ފަހަރު ކަރަޔާއި ފިޔާ ގެންނަން ބުނުއްވައިގެން

އެ ތަކެތި ގެނައުމުން، އޭގެ ދިހަ ބައިން ބައިވެސް ނުވިކި ހުރިހާ އެއްޗެއް ހަލާކުވެ، އަޅުގަނޑަށް ނުހަނު ޮބޑު ގެއްލުން ވެއްޖެއެވެ." ބަހުލޫލު ބުންޏެވެ.

"ފުރަތަމަ ފަހަރު ކަލޭގެ އަހަރެންގެ ގާތުން ލަފަޔަކަށް އެދުނީ ޙިކުމަތްތެރިއެއްގެ ޙިކުމަތުގެ ފައިދާ ޯހދަން އެދޭ ބީދައިން، އިޙުތިރާމުގެ ބަހުރުވައިންނެވެ.

އެހެންކަމުން ފުރަތަމަ ފަހަރު އަހަރެންގެ ޙިކުމަތުގެ އަލީގައި ލަފާ ދިނީމެވެ. ދެވަނަ ފަހަރު އެދުނީ މަޖުނޫނެއްގެ ފަރާތުން ކަމަކަށް އެދޭނޭ ބީދައިންނެވެ. އެހެންކަމުން ދެވަނަ ފަހަރު ޖަވާބު ދިނީ އަހަރެންގެ މަޖުނޫނުކަމާ އެކުގައެވެ.

ތިޔައީ އެހެންވެގެން ވީ ޮގތެކެވެ."

ޔޫނާނާއި ޯރމުގެ ތާރީޚުގެ މަޢުލޫމާތުތައް ހިމެނޭ ޚަޒާނާއެކެވެ. ޮހވައިލެވިފައިވާ ބޭފުޅުންތަކެއްގެ ޙަޔާތްޕުޅުތަކާ ބެހޭ މަޢުލޫމާތުގެ އިތުރުން، ޔޫނާނާއި ޯރމުގެ ޢާއްމު ދިރިއުޅުމާއި އިޖުތިމާޢީ ޙާލަތާ ބެހޭ މުހިއްމު މަޢުލޫމާތުތަކެއްވެސް

"ޙަޔާތުނާމާ" ގައި ހުށަހަޅާލެވިފައި ވެއެވެ. "ޙަޔާތުނާމާ" ގައި ހިމެނޭ ޮކންމެ ޙަޔާތުނާމާއަކީވެސް ފަލްސަފާއާއި

ޙިކުމަތުގެ ފިލާވަޅުތަކުން ފުރިގެންވާ ލިޔުމެކެވެ. ޕްލުޓާރކް އޭނާ އެ ބޭފުޅަކާ ބެހޭޮގތުން ލިޔުއްވި ޮކންމެ ބޭފުޅެއްގެ ޙަޔާތްޕުޅުގެ ތަފްސީލުތައް

ބަޔާންކުރެއްވުމާއެކު، އެ ބޭފުޅެއްގެ ޝަޚްސިއްޔަތާއި ސިފަފުޅުތަކަށް އަޚްލާޤީ ފާޑުކިޔުމުގެ ނަޒަރުން ބައްލަވާފައި ވެއެވެ. އަދި އެ ބޭފުޅެއްގެ ޙަޔާތްޕުޅުގެ

އެކިއެކި ޙާދިސާތަކާއި އެ ބޭފުޅެއްގެ ޢަމަލުފުޅުތަކާއި، ކާމިޔާބީތަކާއި ނާކާމިޔާބީތަކުން އެހެން މީހުންނަށް ލިބޭނެ ޢިބުރަތްތަކާ ބެހޭޮގތުން ވެސް

ވާހަކަފުޅު ދައްކަވާފައި ވެއެވެ. ހަމައެއާއެކު ފާހަގަޮކށްލަން ޖެހޭ އެންމެ މުހިއްމު ނުކުތާއަކީ ޕްލުޓާރކް ލިޔުއްވި ޙަޔާތުނާމާތަކުގެ އަދަބީ ފެންވަރެވެ. ޤަދީމީ

ޔޫނާނާއި ޯރމުގެ އަދަބިއްޔާތު ދިރާސާކުރައްވާ ބޭފުޅުން އިއްތިފާޤުވެވަޑައިގަންނަވާ ޮގތުގައި ޕްލުޓާރކްގެ ލިޔުއްވުންތަކަކީ އަދަބީ ޮގތުން ބުރަދަން ޮބޑު

ލިޔުއްވުންތަކެކެވެ. އެ ބޭފުޅުންގެ ޙަޔާތުނާމާ ޕްލުޓާރކް ލިޔުއްވާފައިވާ ބޭފުޅުންގެ

ތެރޭގައި ޯރމުގެ ޤާނޫނީ ނިޒާމުގެ ބާނީންގެ ތެރޭގައި ހިމެނޭ މާރކަސް ޓުލިއަސް ސިސޭޯރއާއި، ލިކަރގަސް އާއި، ނޫމާ ޮޕމްޕިލިއަސްއާއި، މަޝްހޫރު ސިޔާސީ ލީޑަރުން އަދި ރަސްކަލުން ކަމުގައި ހިމެނިވަޑައިގެންނެވި ޕެރިކަލްސް އާއި،

ޖޫލިއަސް ސީޒަރ އާއި، އެލެގްޒެންޑަރ ޮއފް މެސެޯޑނިއާ ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުންވެސް ޯރމާއި ޔޫނާނުގެ ތާރީޚުގައި ފާހަގަޮކށްލެވޭ ޝަޚްސިއްޔަތުތަކުގެ

ތެރެއިން ޮރމިޔުލަސް، ޮޕމްޕެއި، އަދި ކޭޯޓ ދަ ޔަންގަރ އާ ބެހޭޮގތުންވެސް ޕްލުޓާރކް ލިޔުއްވާފައި ވެއެވެ.

"ޙަޔާތުނާމާ" އިނގިރޭސި ބަހަށް އެންމެ ފުރަތަމަ ތަރުޖަމާކުރެއްވީ ސަރ ޯތމަސް ޯނރތެވެ. އެއީ 1579 ވަނަ އަހަރުއެވެ. ޯރމަނުންގެ ތާރީޚީ ދައުރުތަކަށް ބިނާކުރައްވައި ޝޭކްސްޕިއަރ އެކުލަވައިލެއްވި ތަމްސީލުތައް

އެކުލަވައިލެއްވުމުގައި މި ތަރުޖަމާގެ ބޭނުން ވަރަށް ޮބޑަށް ކުރައްވާފައި ވެއެވެ. އެޮގތުން ޝޭކްސްޕިއަރގެ "ޮކރިޮއލޭނަސް" އާއި "ޖޫލިއަސް ސީޒަރ" އާއި "އެންޓަނީ އެންޑް ކްލިޮއޕެޓްރާ" ލިޔުއްވުމުގައި އެ ބޭބޭފުޅުންގެ ޙަޔާތްޕުޅާ

ބެހޭ ތާރީޚީ މަޢުލޫމާތުތަކާއި، އެ ބޭފުޅުން އުޅުއްވި ދުވަސްވަރު ޯރމުގެ މަދަނީ، ސިޔާސީ، އިޤުތިޞާދީ، އަދި ޢަސްކަރީ ޙާލަތު ޮއތް ޮގތާ ބެހޭ މަޢުލޫމާތު

ނަންގަވާފައި ވަނީ ސަރ ޯތމަސްގެ ތަރުޖަމާ ބައްލަވައިގެންނެވެ.

ބަހުލޫާލއި ވިޔަާފރިވެރިާޔގެ ާވހަކަ

Page 8: Sun Magazine Issue 14

8

Page 9: Sun Magazine Issue 14

9

ކޮާމކޯޅި

އެޕަލްގެ އައިޯފނަކީ މުޅި ދުނިޔޭގައިވެސް މަޤުބޫލު އެއްޗެކެވެ. ހަމައެއާއެކު ވެރިޯޒނުންވެސް އައިޯފނެއް ހަދައިފާނެކަމަށް މިހާރު ދަނީ ބެލެވެމުންނެވެ. ނަމަވެސް މިހާރުން

މިހާރަށް އެންމެ ހޫނު ޚަބަރަކީ އެޕަލްގެ އައިޯފނަށްވުރެ ވެސް ޮބޑު ތަރުޙީބެއް ގޫގްލްގެ އެންޑްޮރއިޑަށް ލިބެމުން ދާކަމުގެ ޚަބަރެވެ.

ވެއަތުވެދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި ޮއކްޯޓބަރު މަހާއި ޮނވެމްބަރުމަހުގެ ތެރޭގައި އެމެރިކާގެ ބާޒާރުގައި ޮމބައިލް ޯފންގެ ވިޔަފާރި ހުރިޮގތް ބެލުމުގެ ދިރާސާއެއް ކުރި ޮކމްސްޯކރ އިން ބުނެފައިވާ ޮގތުގައި އެންޑްޮރއިޑް ވަނީ ވަރަށް އަވަހަށް ކަސްޓަމަރުންގެ

ހިތްތައް ފަތަޙަޮކށްފައެވެ. އެހެން އެއްވެސް ވައްތަރަކަށް ލިބިފައިނުވާ ފަދަ ކުރިއެރުމެއް ޯހދާފައިވާ އެންޑްޮރއިޑް މިހާރު ވަނީ އެޕަލް އައިޯފނުގެ ފަހަތުން، ދެވަނައިގައެވެ. މިހާރު ބާޒާރުގައި

އެންޑްޮރއިޑްގެ ޙިއްސާއަކީ 26 އިން ސައްތައެވެ. މި މުއްދަތުގެ ތެރޭގައި އެޕަލްގެ މާކެޓް އިތުރުވެފައިވަނީ 0.8 އިން ސައްތައިގެ ނިސްބަތުންނެވެ. އެންޑްޮރއިޑްގެ މާކެޓް ޙިއްސާ 6.4 އިން

ސައްތައިގެ ރޭޓުން އިތުރުވެފައި ވެއެވެ.ތަޖުރިބާކާރުން ބުނާޮގތުގައި އެންޑްޮރއިޑަކީ ސްމާރޓްޯފން ޮއޕަރޭޓިންގ ސިސްޓަމްތަކުގެ ތެރެއިން މިހާރު ހުރި އެހެން ހުރިހާ ސިސްޓަމްތަކެއް ފަހަތަށް ޖައްސާލާނެ ފަދަ އުފެއްދުމެއްކަން މިހާރު ވަނީ ކަށަވަރު ވެފައެވެ. އަދި އެޕަލްގެ ސިސްޓަމަށްވުރެ ކުރިމަގުގައި މީހުންގެ ތަރުޙީބު

ލިބޭނީ އެންޑްޮރއިޑަށްކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.

ސްާމޓް ފޯނުގެ ރޭހުގައި އެންޑްރޮއިޑް އައިފޯނުގެ މައްޗަށް ކުރި ހޯދަީނ

ޑެލް ކުންފުނީން 4ޖީ ޓެބްލެޓެއް ތަޢާރަފުޮކށްފިއެވެ. ހައިޑެފިނިޝަން 3ޖީ ކެޕޭސިޓީ ހުންނަ މި ޓެބްލެޓަކީ އެންޓަރޓެއިންމަންޓާއި ގޭމުކުޅުމުގައި ވަރަށް ފުރިހަމަ

އުފެއްދުމެއްކަމަށް ބުނެވެއެވެ. މި ޓެބްލެޓްގެ ފީޗަރތަކުގެ ތެރޭގައި ސްޓްރީކް 7 4ޖީ ނެޓްޯވރކް، އަންޮލކް ކުރެވިފައިވާ ޖީއެސްއެމް ގޫގްލް އެންޑްޮރއިޑް 2.2 ސްމާރޓްޯފން، ފުލް ރިޮޒލިޔުޝަން 3ޑީ

ސްކްރީނެއް ހުންނަ އެކްސްޕީއެސް ބްރޭންޑެޑް ލެޕްޮޓޕް، އަދި އޭލިއެންވެއަރ ތްރީޑީ ގޭމިންގ ސިސްޓަމް ހިމެނެއެވެ.

"ޑެލް ކުންފުނީގެ މަޤުޞަދަކީ މުނިފޫހިފިލުވުމުގެ ދާއިރާއާއި، ޮމބައިލް، އަދި ގޭމިންގ ގައި ކަސްޓަމަރުން ހޭދަކުރާ ފައިސާއާ އެކަށީގެންވާ ފަދަ އުފެއްދުންތަކެއް

ޯފރުޮކށްދިނުން." ޑެލް ކުންފުނީގެ ޮކންސިޔުމަރ، ސްޯމލް އެންޑް މީޑިއަމް ބިޒްނަސް ޔުނިޓްގެ ރައީސް ސްޓީވް ފެލިސް

ވިދާޅުވިއެވެ.

ޑެލް އިން 4 ީޖ ޓެންލެޓް ތަާއރަފުކޮށްފި

Page 10: Sun Magazine Issue 14

އަބްދުهللا ޝިނާން

އެއްވެސް ބޭފުޅަކު އެހެން ހީނުކުރައްވާށެވެ. ޑީއާރުޕީގެ މިހާރުގެ ލީޑަރު އަހްމަދު ތަސްމީން އަލީ އަކީ ހުޝިޔާރު ސިޔާސީ ބޭފުޅެކެވެ. މިއަދު އެބޭފުޅާ ރައީސް މައުމޫނަށް ފަހު އެހުންނެވި މަގާމަކީ މިބަހުގެ އަސްލު ރަމްޒުޮކއްދޭ އަލިގަދަ ހެއްކެކެވެ. ރައީސް

މައުމޫނުގެ ދުވަސްވީ ގާތް އެކުވެރީންނާއި އަދި މައުމޫނާއި އާއިލީ ޮގތުން، ލޭގެ ގުޅުން ހިނގާ ނޫފޫޒުގަދަ އެތައް ބާރެއް ފަހަތަށް އެއްލާލައްވައި އެހުންނެވި މަގާމުގައި ތަސްމީނު

އެހުންނެވީ ސިޔާސީ ދުރު ވިސްނުން އެބޭފުޅާގެ ކިބައިގައި ހުރެގެން ކަމާއި މެދު ޝަކެއްނެތެވެ. މިއީ ދެއްވި ދެއްވުމެއް ނޫނެވެ. މިއީ އެކެއްގެ އަތުން އަނެކެއްގެ އަތަށް ވެރިކަން ފިރުކާލި ފިރުކާލުމެކެވެ. މިތުރުންވެސް އަދި ހަތުރުންވެސް މި ހަގީގަތް

ގަބޫލްކުރަން ޖެހެއެވެ. މި އަސްލު ތަހައްމަލު ކުރަންޖެހެއެވެ.2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނިމުނީ ޑީއާރުޕީއަށް

ނާކާމިޔާބުވެގެނެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ އިރު ޮއއްސުވުމަށް ފަހުގައެއެވެ. ޑީއާރުޕީއަށް ތާއީދުކުރާ އެތައް ބައެއްގެ ހިތްތައް ޮރއްވާފަ އެވެ. ޑިއާރުޕީއާއި ގުޅުންހުރި ވިޔަފާރީގެ މަސްލަހަތު ޮއތް އެތަކެއް ވިޔަފާރިވެރިންނަށް "ދެންވާނީ"

ކިހިނެއްޯތ ސުވާލު އުފައްދާފައެވެ. ތެދުފުޅެކެވެ. އެކިމީހުން އެކިދިމާ ދިމާއަށް ދުއްވައިގަތެވެ. އެއްބަޔަކު ވިޔަފާރި

ހިމާޔަތް ކުރާށެވެ. އަނެއްބަޔަކު ވަޒީފާ ހިމާޔަތް ކުރާށެވެ. ބައެއް މީހުން ފުރުސަތުގެ ބޭނުން ހިފުމަށެވެ. އަނެއްބަޔަކު އެމީހުނަށް ހެދުނީ ޯގހެއްކަމަށް ގަބޫލުޮކށް ވެރިކަމުގެ ފަރާތުގެ ބަރަކާތް ޯހދުމަށް އަވަސްވެ ގަތެވެ. އާހިރު ނަތީޖާއަކީ ޑީއާރުޕީ ޕާޓީއެއްޮގތުން

ނިކަމެތިވުމެވެ. ފައިސާ ހުސްވެ ދަރަނިވެރިވީއެވެ. ދަރަނިވެރިވީ ފާޓީ އެކަންޏެއް ނޫނެވެ. ޕާޓީގެ އެންމެ އިސްސަފުގައި ރައީސް މައުމޫނު ނަންގަވާފައި ދެން އެންމެ

އިސްޮކށް ހުންނެވި ރިޯސޓް ޯއނަރ ތަސްމީން އަލީ އާއި އެބޭފުޅާގެ އާއިލާއަށް ނިސްބަތްވާ ވިޔަފާރިވެސް ވަނީ މިދަރަނި ތަކުގެ ސަބަބުން އަރަގުވެ ޮގސްފައެވެ. މީގެ ސަބަބުން ޮގތަބަޔާ ރާޖަަޕްކްސަ

އެހެން ީހނުކުރައްާވށެވެ! ތަސްީމން އަީލ އަީކ

ސިާޔީސ ވަރުގަދަ ސިނކުޑިއެކެވެ!

Page 11: Sun Magazine Issue 14

11

ޕާޓީ ދޫޮކށް "ރައްކާ ނުވެތިބި ހަގީގީ އިހްލާސްތެރިން" ގެ ހަމްދަރުދީ ވަނީ އެބޭފުޅާއަށް ލިބިވަޑައިގަންފައެވެ. ތަސްމީނު އެފުރުސަތުގެ ބޭނުން

ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި އެކު ހިއްޕެވިއެވެ. ހުނަރުވެރިކަމާއި ހުޝިޔާރުކަމާއި އެކު ޕާޓީގެ ލަގަން އެބޭފުޅާއާ ދިމާލަށް އަނބުރާލިއެވެ. ތަސްމީނުގެ ދުރުވިސްނުން އޭގެ އެންމެ ފުރިހަމަ ޮގތުގައި ފެނިގެން ދިޔައީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ދުވަސްވަރެވެ. ސިޔާސީ ދުރުވިސްނުމާއި ހިކުމަތްތެރިކަން އޭގެ އެންމެ ފާޅުކަން ޮބޑު

ޮގތެއްގައި ފެނިގެން ދިޔައީވެސް އެދުވަސްވަރެވެ. އޭރު ޑީއާރުޕީގެ މެންބަރެއް ޮގތުގައި ނުހުންނެވި ނަމަވެސް

މައުމޫނުގެ ޮކއްޯކފުޅު ޔާމީނަކީ ޑީއާރުޕީތެރޭ ނުފޫޒުގަދަ ބާރެކެވެ. ޕީއޭގެ ލީޑަރ ޔާމީނަށް އޭރު ޑީއާރުޕީއާއި ގުޅި، ކުރިޔަށް ދިއުމަކަށް އެއްވެސް

ހުރަހެއްނެތެވެ. ނަމަވެސް ޔާމީނު އެފުރުސަތު ބޭނުން ހިފިތަނެއް ނުފެނެއެވެ. ފަހަރުގައި ތަސްމީނަށް ޑިއާރުޕީގެ ދިދައިގެ ޮކޅަށް އަރުއްވާ ބެއްލެވީމާ އެފެންނަތަން ޔާމީނަށް ފެނިވަޑައި ނުގަތީ ކަމަށް ވެދާނެއެވެ. ނޫނީ ހުދު

ތަސްމީނު ސިޔާސީ ވިސްނުންފުޅާއި

ހުޝިޔާރުކަން ޔާމީނަށް އަންޑަރއެސްޓިމޭޓް

ކުރެއްވެވުނީ ކަމަށްވެސް ވުން އެކަށީގެންވެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި

ތަސްމީނު ޔާމީނަށް ވުރެ ދެކުޅި ކުރިޔަށް

ކުޅުއްވުން ވެގެންދިޔައީ ތަސްމީނުގެ އާރާއި

ބާރު ޑީއާރުޕީގެ ތެރޭ ވަރުގަދަވެ ފައްކާވެގެން

ދިޔަ ސަބަބަށެވެ.

ތަސްމީން ކުޅުއްވީ ޮކންކުޅިއެއްޯތއެވެ. ތަސްމީނު ކުޅުއްވި އެންމެ ހިކްމަތްތެރި ކުޅިޔަކީ ޔާމީނަށް

ދޫދެއްވުމެވެ. އާންމު އިންތިހާބުގެ ދުވަސްވަރު ޔާމީނަށް ދޫދެއްވުމެވެ. މަޖިލިހުގެ އިންތިހާބުގެ އެ އުނދަގޫ ދުވަސްވަރު ތަސްމީނު ޕާޓީގެ އާންމު ހިންގުމުގެ އެންމެ އިސްޮކށް ހުންނަވައި ޔާމީނަށް ދެއްވި ދުލަކީ ޮކބައިޯތއެވެ. ޔާމީނަށް ދެއްވި އަދި ޔާމީނުވެސް އެދަލުގައި ޖެހުނު

ސިޔާސީ ހިކުމަތުން ފުރިގެންވާ އުކުޅަކީ އެބޭފުޅާގެ ޕާޓީ ޕީއޭއަށް ޮގންޑިތަކެއް ދޭން އެއްބަސްވުމެވެ. އަދި މިކަމުގައި ދެޮކޅުވެރިކަން

ނުދެއްކުމެވެ. ރުޅިވެރިކަން ނުދެއްކުމެވެ. މިތަނުގައި ތަސްމީން ބޭނުންކުރައްވާ ފައިވާ ނަޒަރިޔާތަކީ އިސާގެފާނު ދުނިޔެއަށް ވަޑައިގަތުމުގެ 500 އަހަރު

ކުރިން އުޅުއްވި ޗައިނާގެ މަޝްހޫރު އަސްކަރީ ޖެނެރަލް ސަން ޒޫގެ ހިކުމަތެވެ. އެނާވިދާޅުވެފައިވެއެވެ. ތިބާގެ އެކުވެރިން ގާތުގަ ކައިރީގައި

ބައިތިއްބާށެވެ. އަދި ތިބާގެ އަދާވާތްތެރި ދުޝްމަނުން އެއަށް ވުރެ ގާތުގަ އެއަށް ވުރެ ކައިރީގައި ބައިތިއްބާށެވެ.

ޔާމީނު އޭރު ބޭނުންފުޅުވީ ޕީއޭގެ ފަރާތުން ކުރިމަތިލާ ދާއިރާތަކަށް ޑީއާރުޕީން އެއްބާރުލުން ދޭށެވެ. އެޮގތުން ޕީއޭއިން

ނުކުންނަ ދާއިރާތަކަށް ޑީއާރުޕީން ކެނޑިޑޭޓުން ކުރިމަތިލި ނަމަވެސް އެބޭފުޅުންގެ ބަދަލުގައި ޕީއޭއިން ކުރިމަތިލި މީހުނަށް ތާއީދު ދޭށެވެ.

މިކަމަށް ތަސްމީނު ވަރަށް ފުރިހަމައަށް އިޖާބަ ދެއްވިއެވެ. އަދި ޔާމީނު ބޭނުންފުޅުވާ ޮގތަށް އެކަން ޮކށްދެއްވިއެވެ. އެ މަސްތުގައި ޔާމީނު

ރަނގަޅަށް ޖެހުނެވެ. ހުދު ޔާމީނު ކުރިމަތިލެއްވި މ. އަޮތޅުގެ ޮގނޑިން އަނީސާ އެކަހެރިޮކށް ޔާމީނަށް އެޮގނޑިވެސް ވެދުންކުރިއެވެ. މުޅި

ޑީއާރުޕީގެ ރުހުމާއި ތާއީދާއެކުއެވެ.

ޔާމީނުގެ މައްޗަށް ތަސްމީނު ޮމޅު ކުޅި ކުޅުއްވީ މިހިސާބުންނެވެ. އޭރުގަ ކަންހިނގާފަ ޮއތް މަގަށް ބަލާއިރު ޔާމީނުގެ ވިސްނުންފުޅަކީ ޮކންމެވެސް ހިސާބަކުން ތަސްމީނު އެއްކައިރިޮކށް

ޑީއާރުޕީއަށް ވަނުމެވެ. އަދި އޭރު އެޮދރުތައް ޔާމީނަށް ހުޅުވިފައި ހުރި މިންވަރު ބަލާލި ޮކންމެ މީހަކަށްވެސް ފެންނާނެއެވެ. އެހެންނަމަވެސް

ތަސްމީނުގެ ދުރު ވިސްނުންފުޅު ބޭނުންކުރައްވައިގެން އެޮދރުތައް މިއަދު މިފެންނަ ޮގތަށް ބަންދުވެގެން ދާނެ ކަމަށް ޔާމީނަށް ގާބޫލުނުކުރޭވޭ

ކަހަލައެވެ. މިސާލަކަށް ޔާމީނު ބޭނުން ފުޅަސް ޑީއާރުޕީގެ މެންބަރަކަށް

Page 12: Sun Magazine Issue 14

12

ވުމުގެ ފުރުސަތު މިވަނީ ބަންދުވެފައެވެ. އެއީ ޑީއާރުޕީގެ މެންބަރުކަމުގެ ޝަރުތު ޔާމީނު ކިބާގައި ހަމަވޭޯތ މެންބަރުންގެ ކަންކަން ބަލާ

ޮކމެޓީން ބަލައި ޔާމީނު ކިބައިގައި އެޝަރުތު ހަމަނުވާކަމަށް ބުނެފިނަމަ ޑިއާރުޕީގެ މެންބަރަކަށް ނުވެވޭނެއެވެ. އެހުރިހާ ޮކމެޓީއެއްގެ ސީދާ ބާރު

މިވަގުތު ޮއތީ ތަސްމީނުގެ އަތްޕުޅުގައެވެ. މިސާލަކަށް އުމަރުގެ މައްސަލާގައި ވެގެން

ދިޔަ ޮގތަށް ބައްލަވާށެވެ. ތަސްމީނުގެ ޮކންޓްޯރލު ޮއތް ޑީއާރުޕީގެ ކައުންސިލުން ނިންމެވީ އުމަރުގެ މައްސަލަ ޑިސިޕްލިނަރީ ޮކމެޓީއަށް ޮފނުވާށެވެ. ތަސްމީނުގެ ފުލް ޮކންޓްޯރލު ޮއތް ޑިސިޕްލިނަރީ ޮކމެޓީން

ނިންމެވީ އުމަރު ވަކި ކުރާށެވެ. އެ ޮކމެޓީން އެހެން ނިންމެވި އިރު ދެން، ދާން ޮއތް އިސްތިއުނާފު ޮކމެޓީއަށް ދުރުވާކަށް އުމަރެއް ބޭނުންފުޅެއް ނުވެއެވެ. ސަބަބު

ވަރަށް ސާފެވެ. އެއީ އިސްތިއުނާފު ޮކމެޓީގައި ތިއްބަވާ 03 މެންބަރުގެ ތެރެއިން 02 މެންބަރުންނަކީ ސީދާ ތަސްމީނު ޮކންޓްޯރލްކުރައްވާ ދެމެންބަރުންކަމަށް ވާތީއެވެ. އެހެންކަމުން އިސްތިއުނާފު ޮކމެޓީއަށް

މައްސަލަ ހުށައަޅައިފިނަމަ އެތަނުން ނުކުންނާނެ ނަތީޖާ އުމަރަށްވެސް އަދި އުމަރުގެ ފަހަތުގައިވާ އެންމެނަށް ވެސް ސާފުޮކށް ފެނެއެވެ. އަދި އެނަތީޖާ އެނޫން ޮގތަކަށް ނެރެވޭނެކަމުގެ ކުޑަވެސް އުންމީދެއް ޮއތްނަމަ

އިސްތިއުނާފު ޮކމެޓިއަށް އެމައްސަލަ ވެއްދީސްކަން ކަށަވަރެވެ. ޔާމީނާއި ހިލާފަށް ތަސްމީނު ޑީއާރުޕީގެ ތާއީދު ބޭނުންކުރެއްވީ

ހުދު ތަސްމީނަށް އިހްލާސްތެރި ވަފާތެރި މީހުން އެޮގނޑިތަކަށް އިންތިހާބުކުރައްވާށެވެ. މިކަމުގެ އަލިގަދަ ހެކިތައް އެހުރީ މީހާރުވެސް

ފެންނާށެވެ. ތަސްމީނު އިސްކުރެއްވީ އާއިލާއެވެ. ލޭގެ

ގުޅުން ހިނގާ ޮކއްޮކއިންނާއި ޅިޔަން ފަހެރިންނެވެ. މި މީހުން ގުޑުވާލުމަކީ

ނުވާނޭކަމެކޭ ދަންނަވާކަށް ނުކެރޭނެއެވެ. ނަމަވެސް މިމީހުން ގުޑުވާލުމަކީ ވަރަށް އުނދަގޫ އެހާމެ ޮބޑު އަގެއް ދައްކަން ޖޭހޭނެ ކަމެކެވެ. މިއެންމެންގެ ލަގަން ހިފަހައްޓަވައިގެން އެހުންނެވީ ސިދާ

ތަސްމީނެވެ. ތަސްމީނު ދައްމަވާލެއްވި ޮކންމެ ދިމާލަކަށް މިބޭފުޅުން ދާނެކަމާއި

މެދު ޝައްކެއް ނެތެވެ. އެއީ ރައީސް މައުމޫނާއި އެއްޮކޅަށް ނަމަވެސް އަދި ރައީސްމައުމޫނާއި ދެޮކޅަށް ނަމަވެހެވެ. އެމީހުންގެ އެންމެ މަތީ މަސްލަހަތަކީ

ތަސްމީނުގެ މަސްލަހަތެވެ. ރައީސް މައުމޫނަކީ ޑީއާރުޕީގެ ހިތެވެ. ބަޔަކު ގާބޫލުކުރިޔަސް ނުކުރިޔަސް މިއީ ހަގީގަތެވެ. ޑީއާރުޕީއަށް އިހްލާސްތެރި އާންމު ގިނަ

މެންބަރުންނަކީ ފެންނަފެނުމަށް ރައީސް މައުމޫނަށް އިހްލާސްތެރި ބައެކެވެ.

ގަބޫލުކުރިޔަސް އަދި ނުކުރިޔަސް ތަސްމީނު މިއަދު އެވަނީ ޑީއާރުޕީގެ ޮކންޓްޯރލް ނަންގަވާފައެވެ. ޕާޓީގެ ކައުންސިލުން

ފެށިގެން އެންމެ އާދައިގެ ޮކމެޓީތަކުގައިވެސް ތިއްބެވީ ތަސްމީނުގެ މީހުނެވެ.

Page 13: Sun Magazine Issue 14

13

ސިޔާސީ މައިދާނުގައި ޑީއާރުޕީގެ އާންމު މެންބަރުންގެ އެންމެ ޮބޑު މަސްލަހަތަކަށްވާނީ ރައީސް މައުމޫނުގެ މަސްލަހަތެވެ.

އަބްދުهللا ޔާމީން އަބްދުލް ގައްޔޫމަކީ ރައީސް މައުމޫނުގެ އެއްބަފާ ޮކއްޯކފުޅެވެ. ޑީއާރުޕީގައި ނޫފޫޒްގަދަ ބޭފުޅެކެވެ. ސިޔާސީ މައިދާނުގައި

ތަޖްރިބާ ހުރި ބޭފުޅެކެވެ. ދޫފަރިތަ ކަމާއި އެކު ރައްޔިތުންނާއި މުހާތަބްކުރާ ބޭފުޅެކެވެ. ޑީއާރުޕީއަށް ވަންނަވައި ލީޑަރޝިޕްރޭހުގައި ތަސްމީނާ ވާދަޮކށް ޔާމީނު އެރޭހުން ކުރިޯހދުމަކީ ވަރަށް އެކަށީގެންވާކަމެކެވެ. ނުވުމަށްވުރެ ވުން އެޮގތް ގާތެވެ. މިދުވަސް ތަސްމީނަށް ފެނި އެދުވަހަށް ތަސްމީނު

ދުރާލާ ތައްޔާރުވި ކަހަލައެވެ.މިއަދު ޑީއާރުޕީއަށް ކުރިމަތިވެފައިވާ ދުވަސްތަކާ ކުރިމަތިލާން ޖެހޭނެކަން ތަސްމީނަށް އެދުވަހު ފެނުނުކަހަލައެވެ. އަދި ޔާމީނު އެނބުރި

އަންނާނެކަން ވެސް ތަސްމީނަށް އެނގޭ ކަހަލައެވެ. އެފަދަ ދަނޑިވަޅެއްގައި ޔާމީނު ހެއްދެވިހެން ހަމައެކަނި ޑީއާރުޕީއަށް އިހްލާސްތެރި ބަޔަކު

އިންތިހާބުޮކށްފިނަމަ ނުކުންނާނެ ނަތީޖާ ތަސްމީނަށް ތަޖްރިބާ ކުރެވިފަ ހުރި ކަހަލައެވެ. އެޮގތުން އާއިލާއާއި ޅިޔަންފަހެރިން މަޖިލިހަށް އިންތިހާބު ކުރިކުރުމަކީ ތަސްމީން ކުޅުއްވި ޮމޅު ކުޅިއެއްކަން ދުރުގައި ބަލަންތިބި

މީހުނަށް ވަރަށް ރަގަޅަށް މިއަދު ފެންނާނެއެވެ. ގަބޫލުކުރިޔަސް އަދި ނުކުރިޔަސް ތަސްމީނު މިއަދު އެވަނީ ޑީއާރުޕީގެ ޮކންޓްޯރލް ނަންގަވާފައެވެ. ޕާޓީގެ ކައުންސިލުން ފެށިގެން އެންމެ އާދައިގެ ޮކމެޓީތަކުގައިވެސް ތިއްބެވީ ތަސްމީނުގެ މީހުނެވެ.

ނަމަވެސް ހަގީގަތަކީ ތަސްމީނާއި އަދި ޔާމީނަކީވެސް އާންމުންގެ މެދުގައި

މާ މަގުބޫލު ދެބޭފުޅުންނެއް ނޫންކަމެވެ. އެއާ ހިލާފަށް މިއަދު މި މައިދާނުގައި ފައި ހަރުކުރައްވަމުން ގެންދަވާ ޑީއާރުޕީގެ ޒައީމް ރައީސް

މައުމޫނު އަބްދުލް ގައްޔޫމަކީ މިއަދު މިފަސްގަޑުގައި ހުރި އެންމެ މަގުބޫލު ޝަހުސިއްޔައްތެވެ. އެކަން މި ހިނގާ ޖެނުވަރީ މަހު 6 ވަނަ

ދުވަހު ކަލާފާނު ސްކޫލްގައި 70 ގެ ފަހު އަހަރުތައް ގުނުއްވަމުން ގެންދަވާ މައުމޫންވަނީ ދައްކުވާއި ދީފައެވެ. މައުމޫނުގެ ކުރިފުޅުމަތީގައި

އާންމު ތާއިދަށް ބަލާއިރު ތަސްމީނުގެ މިސާލަކީ މަޮދށި ޮއށެއްގެ މިސާލެވެ. މިއަސްލު އެރޭ އެއްވެތިބި އެތައް ބަޔަކަށް ފެންނާނެއެވެ. ޑިއާރުޕީގެ އެތެރޭގެ ހަނގުރާމަ ދެބައި ވުމަކާއި ހަމައަށް

އާދެވުނު އިރު މިފެންނަނީ ތަސްމީނު ކުރީގައި އުޅުއްވާތަނެވެ. ޔާމީނަށް ޑީއާރުޕީގެ އެތެރެ ޮކއިލަށް ނުވަދެވޭ ޮގތަށް ތަސްމީނު ވަނީ ފާޓީގެ ޮކންޓްޯރލު ނަންގަވާފައެވެ. އުމަރު މިވަގުތަށް އެވަނީ ބަލިވެފައެވެ. ނަމަވެސް ޒައީމް މައުމޫނުގެ ޯބ ސިޔާސީ މައިދާނުން ކަނޑާލުމުގެ

ނިޔަތުގައި ލީޑަރ ތަސްމީނު، ޒައީމް މައުމޫނާއި ކައިރިވެވިދާނެޯތ މިއީ ކުރެވޭ ސުވާލެކެވެ. ނަމަވެސް ސިޔާސީ ދުރުވިސްނުމުން މައުމޫނުގެ ވިދުވަރުވެސް ކުޑަ ކުރެވިދާނެއެވެ. އެކަމަށް ބޭނުންވަނީ ހިކުމަތާ ދުރުވިސްނުމެވެ. އެ ހިކުމަތާއި ދުރު ވިސްނުން ޔާމީނާއި އުމަރާއި

ކުރިމަތި ލައްވަމުން ގެންދެވިއިރު ތަސްމީނު ކިބައިން ފެނުނެވެ. މިހާރު އުފެދޭ ސުވާލަކީ އެ ހިކުމަތާއި ދުރު ވިސްނުން ޒައީމް މައުމޫނު ސިޔާސީ ޮގތުން ބަލިކުރައްވަން ތަސްމީނަށް ކުޅުއްވެވޭނީ ކިހާ

މިންވަރަކަށްޯތއެވެ.

Page 14: Sun Magazine Issue 14

14

ތޮީބއަތު ބަދަލުކޮށްލުންޢަލީ ޚާލިދު

ތިމާގެ ޮތބީޢަތުގައި ހުރިކަމެއް ބަދަލުކުރުމަށް ވަކި ވަޤުތެއް ވަކި ދުވަހެއް ޮއވެދާނެކަމަކަށް ނުބެލެވެއެވެ. ހަމަ ޮކންމެ އިރެއްގައިވެސް ތިމާ ހިތްހަމަޖެހޭ ކަމެއް ފަށއިގަންނަން އެއީ އެންމެ މުނާސަބު ވަޤުތެވެ. އެހެންނަމަވެސް ވަކި ދުވަހަކާއި ނުވަތަ ކަމަކާ ވިއްދައިގެން އާކަންކަން ފަށައިގަތުމަކީ އެކަންކަން ދެމެހެއްޓެނިވި

ޮގތެއްގައި ކުރުމަށް ހިތްވަރުލިބޭ ކަމެކެވެ. އަޅުގަނޑުމެން މިހާރު ގުނަމުން މިދަނީ އާއަހަރެއްގެ ފުރަތަމަ ދުވަސްޮކޅެވެ. މިއަހަރުތެރޭ ޮކށްލަން ފަށައިގަންނަން އެންމެ

ރަނގަޅު ބައެއް ކަންކަމަށް ބަލައިލަމެވެ. އާއަހަރާއެކު އާކަންކަން ކުރަން ފެށުންއެއީ އުފާވެރިކަން ގެނެސްދޭނެކަމެކެވެ.

ފަތިސް ނަމާދަށް ތެދުވުމަށް އާދަކުރޭ.

ފަތިސް ނަމާދަކީ އެނަމާދެއް ކުރުމަށް ވަކީން ވަކީން ބާރުއަޅާފައިވާ އެއް ނަމާދެވެ. ފަތިހުގައި މިއަޅުކަން ކުރުމަށް މިޮއންނަނީ ދުނިޔެވީ ހިކްމަތްތަކެއްވެސް އޭގައި ވާތީއެވެ. އާދެ، ދުވަހުގެ މަސައްކަތާއި ކުރިމަތިލުމުގެ ކުރީން ތިމާ ނިދީން

ހޭލައި ކުރަން މިޮއންނަނީ އަޅުކަމެކެވެ. މިހާ ފަތިހާ ނަފްސު ހޭލައްވާލުމަކީ ފަސޭހަކަމެއްނޫނެވެ. ދުވަސް މިފައްޓައިގަންނަނީ ޮގންޖެހުމެކާ އެކުއެވެ. މިހެންވުމުން ދުވަހުގައި ދެން ކުރިމަތިވާ އެހެން ޮގންޖެހުންތަކާ ކުރިމަތިލުމަށް ތިމާގެ ސިކުނޑި

ހުންނާނީ ތައްޔާރުވެފައެވެ.

ޮކންމެ ދުވަހަކުވެސް ކަސްރަތުކުރުން

ހެނދުނު ކަސްރަތުކުރުމަކީ މުޅިދުވަހު އެކަމުގެ ފައިދާ ތިމާއަށް ކުރާނެކަމެކެވެ. ހަވީރު ކަސްރަތުކުރާނަމަ ތިމާގެ ހަށިގަޑުގައި ގިނަ ހަކަތަ

ހުންނާނެއެވެ. ނިދުމާ ކައިރިޮކށް ކަސްރަތު ކުރުން އެހާ އެދެވިގެން ނުވެއެވެ. ނަމަވެސް އެހެން ވަޤުތެއް ނެތިއްޖެއްޔާ ކަސްރަތުނުކުރުމަށްވުރެ މިގަޑިގައިވެސް

ކުރުންމާ ރަނގަޅަވެ.

ކުރާ އަދި ކުރާނެ ކަންތައް ޯނޓްކުރުން

ޮކންމެ ދުވަހަކުވެސް ކުރާ ކަންތައްތައް ޯނޓް ކުރުމުން ކުރެވުނު ކަންތައްތައް މިނެގަންނަން ފަސޭހަވާނެއެވެ. އަދި ކުރެވެނީ ޮކންކަމެއްކަންވެސް

ފަސޭހައިން ދެނެގަނެވޭނެއެވެ. އަބަދުވެސް ކުރަން ގަސްދު ކުރާކަންކަން ހަފްތާކުރިއަށް ރާވާލައި ޯނޓް ކުރުން ރަނގަޅުވާނެއެވެ. މިޮގތަށް ހަފްތާކުރިއަށް ކަންކަން ރާވާލަން ފަސޭހަވާނީ ޑައިރީއެއް ގައެވެ. ޮކންޕިއުޓަރުގައިވެސް މިފަދަ

ވަސީލަތްތައް ހުރެއެވެ.

ބަޮއގްރފީއެއް ކިޔާލުން

ތިމާ ދަންނަ އަދި އެމީހެއްގެ މަސައްކަތައް ތިމާ އިހްތިރާމްކުރާ

Page 15: Sun Magazine Issue 14

15

މީހެއްގެ ބަޮއގަރަފީއެއް ކިޔާލާށެވެ. އޭރުން އެފަރާތާ ކުރިމަތިވި ޮގންޖެހުންތަކަކީ ޮކބައިކަން ދެނެގަނެ އެއިން ހިތްވަރު ލިބިގަނެވޭނެއެވެ.

ތިމާގެ ހަޔާތުގެ އެންމެ މުހިންމު 5 ކަންތައް ދެނެގަތުން

ޮކންމެ މީހަކަށްވެސް މުހިންމުކަންކަން ހުންނާނެވެ. މިކަންކަމަކީ ދުވަސް ދުވަހުން ބަދަލުވަމުން އަންނާނެކަންކަމެވެ. ކިޔަވާދުވަސްވަރު ކިޔެވުން

އެއީ މުހިންމު ކަމަކަށްވާނެއެވެ. ހަޔާތުގައި ކަޑައްތުކުރަމުން އަންނަ އެކި މަރުހަލާތަކާ ގުޅިގެން މިލިސްޓަށް ބަދަލު އަންނާނެއެވެ. މިކަންކަން ދެނެގަތުން

އެންމެ ފަސޭހަވާނީ ލިޔެލުމުންނެވެ. މިސާލަކަށް: ވަޒީފާ، އާއިލާ، ދީން، ރަހްމަތްތެރީން އަދި ކުޅިވަރު ކުޅުން.

ކެއުން މަދުޮކށް ފެންގިނައިން ބުއިން

ޯރދަމަހު އަޅުގަނޑުމެންގެ ތެރޭން ގިނަމީހުން ފުއްދާލަނީ އެންމެ ދެނާސްތާއިންނެވެ. އެހެންވީމާ ޯރދަ ނޫންމަސްމަހު 3 އިރުގެ ނާސްތާއިން

ފުއްދާލެވިދާނެއެވެ. އަދި 3 އިރުގެ ކެއުމަށް ބަލައި އުޅެފިނަމަ ތިމާގެ ބަރުދަން ހިފެހެއްޓިދާނެއެވެ. އަޅުގަނޑުގެ ރައްޓެއްސަކުވަނީ ކެއުންމިޮގތަށް ބަދަލުޮކށްގެން 12 ކިޯލ ލުއިޮކށްފައިވެ އެވެ. އޭނާ މިހާރުވެސް ދަނީ މިޮގތަށް ހިފައްޓަމުންނެވެ.

ހަށިގަނޑުދައްކަނީ ވަރަށްވެސް ފިޓްޮކށެވެ.

އާމުދަނީގެ 10 ޕަސެންޓް

ރައްކާކުރުން.

ވިސްނައިފިނަމަ މިއީ އުނދަގޫކަމަށް ނުވާނެއެވެ.

ގިނަމީހުން މިއަށްވުރެ ގިނައިންވެސް ރައްކާކުރެއެވެ.

އާދެ، މިއީ ޮކންމެ 1000ރުފިޔާއަކުން 100ރުފިޔާއެވެ. މިފައިސާ ރައްކާކުރުން ރަނގަޅީ ފިކްސްޑް އެކައުންޓެއްގައެވެ. އެހެން ހަދަން ޖެހޭނީ ބޭނުން ޖެހޭޮކންމެފަހަރަކު ފަސޭހައިން

ނުނެގޭނެޮގތެއްގައި ރައްކާކުރުމުން ފައިސާ ބޭނުންކުރުމާއި

މީހާދުރުކުރާނެތީއެވެ. އިސާހިތަކު މިޖަމާކުރެވޭފައިސާ ޮބޑުކަމެއް ޖެހޭއިރު ބޭނުންކުރެވޭ ވަރަށް

ގިނަވެދާނެއެވެ. އަދި މަސައްކަތެއް ފައްޓަން ބޭނުން ކުރާނެ

ކެޕިޓަލްއަކައްވެސް ބޭނުންކުރެވިދާނެއެވެ.

ރަނގަޅު 5 ރަހްމަތްތެރީން ތިބުން

ދެކެފަރިތަ ރައްޓެހިންނާއި ގާތް އެކުވެރިންނާ މިއީ ދެބާވަތެއްގެ ގުޅުމެކެވެ. އުމުރުން ދުވަސްވީވަރަކަށް ރަހްމަތްތެރީންދާނީ މަދުވަމުންނެވެ.

އެހެންނަމަވެސް މިކަމަށް ސަމާލުވެހުރިއްޔާ ރަޙްމަތްތެރީން މަދުވާކަށް ނުޖެހޭނެއެވެ. ރަހްމަތްތެރިކަން ޮއންނާނީ ތިމާ އެކަން ބާއްވާވަރަކުންނެވެ. ހަމަ މިޮގތަށް ތިމާގެ ކަންވެސް ޮއންނަނީ މިޮގތަކަށްނޫންޯތއެވެ. ގާތް އެކުވެރިންގެ

ލިސްޓެއް ހަދާލަބަލާށެވެ. ފަހެއް ހަމަވާކަމަށްވަނީނަމަ ވަރަށް ރަނގަޅެވެ.

ތިމާއާއި މެދު އިހާނެތިޮކށްކަންތައް ކުރިއެންމެނަށް މައާފުޮކށް ތިމާއަށް ކަމެއްޯގސްޮކށްކުރެވޭ ހިނދު މައާފަށް އެދުން.

ތިމާއާ މެދު ކަންކަން ޯގސްޮކށްޮކށްފައި ތިބި އެންމެނަށް ހިތުގެ އަޑީން މައާފު ދިނުމުން ތިމާގެ ހިތަށް ތަސައްލީ ލިބޭނެއެވެ. އަދި މައާފްކުރުމުން ބަދަލުހިފުމުގެ

ރޫހްހިތުން ނެތިހިނގައިދާނެއެވެ. ހިތް ސާފުޮކށްލުމަކީ ފަސޭހަކަމެއް ނޫނެވެ. މިކަން ކުރެވޭނީ ވަރަށް ހިތްވަރުގަދަ މީހުނަށެވެ. މިހެން މިދެންނެވީ މައާފުކުރުމަކީ ވީކަމާމެދު ބަދަލު ހިފުމުގެ ހިޔާލެއް އަމަލެއް ނުހިނގައި އެކަމުން އިބްރަތްލިބިގަތުން ފިޔަފަވައި

އެހެން ކަމެއް ނެތުމެވެ. ހަމަ މިއާއެކު ތިމާއަށް ކަމެއް ޯގސްޮކށް ކުރެވުނުކަން އިނގޭ ހިނދު މައާފަށް އެދުމެވެ. މައާފަށް އެދުމަކީ ތިމާ ދެރަވުން ކަމުގައި ނުދެކޭށެވެ.

މައާފަށް އެދުން އެއީ ވަރަށް ހިތްވަރު ގަދަ މީހުންނަށްކުރެވޭ ކަމެކެވެ.

އާ ކަމެއް ކުރަން ފެއްޓުން

ތިމާ ކުރާހިތްވާ ކަންތަކުގެ ތެރޭން ނުވަތަ އުންމީދުޮކށްގެން ހުރިކަންތައްތަކުގެ ތެރޭންކަމެއް ކުރަން ކުރިމަތިލާށެވެ. އާކަންކަމާ ކުރިމަތިލައި

އެކަންކަންކުރުމަކީ އިންސާނުންގެ ސިކުނޑިއަށް އުފާވެރިކަން ގެނެސްދޭކަންކަމެވެ.

ކުރާހިތުން އެކަމު ޮކންމެވެސް ކަމަކާހެދި ނުޮކށް ހުރިކަންކަންޮކށްލުމަކީ އުފާވެރިކަން ގެނެސްދޭނެކަމެކެވެ. މިސާލަކަށް އިންޖީނުލީ ދުއްވާ އުޅަނދެއްގެ ލައިސަންސް ނެގުން،

ޑައިވް ކުރުން، ކުޅިވަރެއް ކުޅެން ދަސްކުރުން، ކެޮޔޅުކަމު ދިއުން

ހަޔާތާއި ދޭތެރޭ ތަސައްވަރެއް ޮއތުން އަދި ތިމާގެ އުންމީދުތައް ހާސިލް ކުރުމަށް ގަދައަޅައި މަސައްކަތްކުރުން

ކުރިއަށް ދާނެ މަގެއް ލަނޑުދަނޑިއެއް ކަނޑައެޅިފައި ނެތުމަކީ ތިމާ ހާސިލްކުރުމަށް

Page 16: Sun Magazine Issue 14
Page 17: Sun Magazine Issue 14

އެދޭ ކަންކަން ފެއިލްވުމުގެ ފުރަތަމަ ހަރުފަތެވެ. ތިމާގެ ލަންޑުދަނޑިއާ ހަމައަށް ވާސިލްވުމަށް އަރަންޖެހޭ ހަރުފަތްތައް ސާފުޮކށް ތިމާއަށް އެނގެންވާނެއެވެ.

މިހަރުފަތައް ދެނެގަނެގެންނޫނީ އެކަމަކަށް އެދެވޭޮގތަކަށް މަސައްކަތެއް ނުކުރެވޭނެއެވެ.

މައިންބަފައިނާމެދު ފަޚްރުވެރިވުން

މައިންބަފައިންނަކީ ތިމާގެ އުފެދުމެވެ. ތިމާގެ ނަފްސާދޭތެރޭ އިތުބާރާއި ޯލބި ޮއތުމަކީ ތިމާ ކުރިމަތިލާ ކަންކަން ހާސިލްކުރުމަށް

ބޭނުންވާނެކަންކަމެވެ. މިކަންކަން ތިމާގެ ޮތބީޢަތުގައި އަށަގަނެވޭނީ ތިމާގެ މައިންބަފައިންނާ މެދު ތިމާ ފަޚްރުވެރިވެގެންނެވެ.

ބަސްމަދުޮކށް ކަނުލާ އަޑުއެހުން

އެހެން މީހުން ދައްކާވާހަކަ ރަނގަޅަށް އަޑު އެހުމަކީ ހަމަ އެދެކެވޭ ވަހަކައިގައި ބައިވެރިވުމެވެ. ރަނގަޅަށް އަޑުއަހައިގެން ނޫނީ ދެކެވޭވާހަކައިގައި ބިނާކުރުވަނިވި ޮގތެއްގައި ބައިވެރިއެއް ނުވެވޭނެއެވެ. ބައެއްފަހަރު ވާޮގތަކީ އެހެންމީހުން ވާހަކަ ދައްކާއިރު އަޅުގަނޑުމެން އެވަޤުތުގެ ބޭނުން ހިފަނީ ޖަވާބު ތައްޔާރުކުރުމަށެވެ. އެދެކެވޭ ވާހަކަ އަޑުއަހާކަށް ނޫނެވެ. އެހެންމީހުން ދައްކާވާހަކަ އަޑު އެހުމަކީ

އެމީހުންނަށް ކުރެވޭ އިހްތިރާމްއެކެވެ. އަދަބުވެރިޮގތަކީ އެއީވެ.

ނުދަންނަ މީހުންނަށްވެސް ހިނިތުންވެލައި، އަނގައިން ބުނެލާނެ ފުރުސަތު ޯހދުން

އަޅުގަނޑުމެން ޮބޑެތި މީހުންނަކީ ފަނާވަމުންދާ ކުޑަކުދީންނެވެ.

މިހެން މިދެންނެވީ އަޅުގަޑުމެން ކުޑަކުދީން ކައިރިން ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ހުރީތީއެވެ. ޕާކަކަށް ކުޑަކުދީންތަކެއް ދޫޮކށްލާފައި 15 މިނެޓްފަހުން އަންނައިރު ހުރިހާ ކުދީން ތިބޭނީ އެކުގައި ކުޅޭށެވެ. އަޅުގަނޑުމެން 1 ގަޑިއިރުގެ މަތިންދާ ޯބޓް ދަތުރެއްގައި ލަންކާއާ ހަމައަށް ޯފރާއިރު ކައިރީގައި އިންމީހާގެ ނަންވެސް ނޭނގެއެވެ. އެއްފަހަރު އަޅުގަނޑު ބ.އަޮތޅަށް ފެރީއެއްގައި ކުރި ދަތުރެއްގައި ތަންޮކޅެއް ދުވަސްވީ މީހަކާ ޖެހިގެން އިނީމެވެ. އެނާއާ ވާހަކަދައްކާލުމުން

އެއީ ހައްޓިފަހެއްވެގެން މިހާރު ވަޒީފާގައި ނޫޅޭމިހެއްކަމުން އެނާގެ ތަޖްރިބާއާއި އިހްސާސް އަޅުގަނޑާ ހިއްސާކުރުންވީ ގިނަގުނަ މައުލޫމާތުތަކެއް ލިބުނު

ވަޤުތުޮކޅަކަށެވެ. އަދި މީގެ އިތުރުން މިބޭފުޅަކުވީ އަޅުގަނޑު މިދަތުރުކުރާ ފެރީގެ އެއް ހިއްސާދާރުގެ ބައްޕަކަމަށެވެ. އެހެންކަމުން އަޅުގަނޑާއި މިހިއްސާދާރާ

ގުޅުން އިތުރަށް ބަދަހިވިއެވެ. އަދި އަޅުގަނޑަށް ފެރީން ދަތުރުކުރަން އިތުރު ފަސޭހަތައްވާންފެށިއެވެ.

ކެއްތެރިކަން އިންތިހާއަށް މަތިޮކށް، ހަޔާތުގެ ދިމާވާޮގންޖެހުންތަކާ ކެރިގެން ކުރިމަތިލުން

"އަދި هللاއަށާއި، އެކަލާނގެ ރަސޫލާއާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! )ދެބަސްވެ އަރާރުންވާނަމަ( ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި

ތިޔަބައއިމީހުން ކެތްތެރިވާށެވެ! ހަމަ ކަށަވަރުން هللا ޮވޑިގެންވަނީ، ކެތްތެރީންނާ އެކުގައެވެ."- ޤުރުއާން 46:8

މިއީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި ދިމާވާ ކިތަންމެކަމެއްގައި ހިތްވަރު ޯހދަންޖެހޭ އާޔަތެކެވެ.

Page 18: Sun Magazine Issue 14

އިންސާނާގެ ހަޔާތަކީ އަބަދު އެއްޮގތަކަށް ޮއންނާނެ އެއްޗެއް ނޫނެވެ. ދުނިޔެއަށް ޖެހޭ ޮއޔާއި ވައި ބަދަލުވާ އުސޫލުން އިންސާނާގެ ހަޔާތް ފުޮރޅިގެން ދެ އެވެ. އެ ހަޔާތުގެ މުޅި އާ ޮސފްހާއެއް ހުޅުވެ އެވެ. އެޮގތައް

ދިމާވެފައިވާ ކިތަންމެ މީހަކު ދުނިޔޭގައި އުޅޭނެ އެވެ. ހައްވާ ހަސަންގެ އުމުރުން މިއަދު 54 އަހަރު ވެފައިވިޔަސް ހައްވަގެ ހަޔާތް ބަދަލު ޮކށްލި ހިނދުޮކޅުގެ މަތިން އޭނަ އެއްޮގތަކަށްވެސް ހަދާނެއް ނުނެތެ

އެވެ. ޖުލައި، 1987 ،30 ވީ ބުރާސްފަތި ވިލޭރެގެ ފަތިސް ވަގުތަކީ ހައްވަގެ ހަޔާތަށް ބަދަލެއް ގެނައި ވަގުތުޮކޅެކެވެ. ފިތުރަތުގެ ސާފުކަންމަތީ

ދުނިޔެއަށް ނޭވާލި އަހުމަދު ޝަނޫން އާއި އެކު ހައްވަ ގެ އާއިލާވެސް ރޫޅިގެން ދިޔައީ އެވެ.

އާދަޔާއި ހިލާފު ސިފަތަކެއް ގުދުރަތުން ލިބިދިން ޝަނޫން އެކަނިމާ އެކަނި ބަލަމުން ގެންދިޔައީ ކިތަންމެ ވޭނަކާއި ކެކުޅުމެއް އުފުލަންޖެހޭ ހާލުގަ އެވެ. ޯލބިވާތީ އެވެ. ޝަނޫނަކީ އުފެދުމުގައި

ނުކުޅެދުންތެރިކަމެއް ހުރި ކުއްޖަކަށް ވިޔަސް ޝަނޫންއަށް އަޅާލުމާއި

ޯލބި ދެމުން ހައްވަ ގެންދިޔައީ އޭނަގެ ހިތުގައިވާ ޒަހަމްތަކަށް ފަރުވާއެއް ޯހދަމުންނެވެ. ހައްވަގެ ހުރިހާވެސް އުފަލަކީ ޝަނޫންގެ މޫނުމައްޗަށް

ހިނިތުންވުމެއް ގެނައުމެވެ.ޝަނޫންގެ ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވުރެ

އުފެދުމުގައި އޭނަގެ ޮބލުގެ ބައްޓަން ތަފާތުވެފައި ޮބޑެވެ. ޮބލުގެ ބައްޓަން އުފެދިފައި ވަނީ ހިތެއްގެ ސިފައިގަ އެވެ. ޝަނޫންގެ މިހާރުގެ އުމުރަކީ 24 އަހަރުކަމުގައި ވިޔަސް މުޅި ހަށިގަނޑު އާދަޔާ ހިލާފަށް ކުޑަވެފައި ހަށިގަނޑުގެ އެހެން ހުރިހާ ގުނަވަނަކުން ވެސް ފާޅު ވަނީ ދެއަހަރުގެ

ކުޑަކުއްޖެއްގެ ސިފަ އެވެ. ގާތުގައި އިނދެގެން އަބަދު ފިރުމައިދޭ މަންމަގެ ޮލލަށް ބަލައިލުމުގެ ނަސީބެއް ޝަނޫނަށް މިންވަރު ވެފައެއްނުވެ އެވެ.

ބައްޕަ އާއި ބޭބެމެންނާއި ދައްތަ މެން ވެސް މެ އެވެ."އެކަމަކު ޝަނޫންގެ ވަށައިގެން އިވޭ އަޑުތަކަށް އޭނަގެ ކަންފަތް

ވަރަށް ތޫނު، އަޑެއް އިވޭއިރަށް ޝަނޫން ކުކުރާލާނެ،" ހައްވާ ބުންޏެވެ.ހައްވަގެ އެކަނި ހާލާއި މެދު ހަމްދަރުދީ ވަނީ ހަމަ އެކަނި ޝަނޫންގެ

ހައްވަގެ "ހިތް" ބޯ ހިތެއްގެ ބައްޓަމަށްާވ ދަރިފުާޅއެކު ހައްވަ ދިރިއުޅެމުން ދަީނ ކެތްތެރި ކަާމއެކު ޝަކުާވާއ ނުލައި

އަހުމަދު ާނއިފު

Page 19: Sun Magazine Issue 14

19

ޮދންބައްޕަ މުހަންމަދު ނާސިރު އެވެ. ނާސިރުގެ ދިރިއުޅުމުގެ އެތައް އުފަލެއް މަހުރޫމްޮކށްގެން ހުންނަނީ ހަމަ އެކަނި ޝަނޫނަށްޓަކަ އެވެ. އޭނާ ހުޅުމާލެ ފިޔަވައި އެހެން ދިމާއަކުން ވަޒީފާ ނުޯހދައި ހުންނަނީ ވެސް ހަމައެކަނި

ޝަނޫނަށްޓަކަ އެވެ. "ޝަނޫން އަކީ އަހަންނަށް ލިބިފައި ޮއތް ނިއުމަތެއް. އެންމެ

ހިނދުޮކޅެއްވެސް ދުރަށްދާކަށް ބޭނުމެއް ނޫން،" ނާސިރު ބުންޏެވެ. ނާސިރަށް ލިބޭ މަދު ފައިސާޮކޅާއި ޝަނޫންގެ މަންމަ ތަޅާ

ކިއްލިން ލިބޭ އާމްދަނީގެ ޮބޑު ބައެއް އެ ދެމަފިރިން ހަރަދުކުރަނީ ވެސް ޝަނޫނަށެވެ. ޝަނޫން ބެލެހެއްޓުމަށް ކުރަންޖެހޭ ހަރަދުތަކަކީ އެހެން މައިން ދަރިއަކު ބަލަން ކުރަންޖެހޭ ހަރަދުތަކަށްވުރެ ޮބޑަތިހަރަދުތަކެކެވެ. ހާއްސަޮކށް

ޝަނޫނުގެ ބޭސްފަރުވާ އަށް ކުރަންޖެހޭ ހަރަދުތައް އިންތިހާއަށް ޮބޑެވެ. "ޝަނޫން އަބަދުވެސް ޮއންނާނީ ޮކންމެވެސް ބައްޔެއްވެފަ،" ހައްވަ ބުންޏެވެ.

ޝަނޫންއަށް ބައްޔެއް ވިޔަސް ފަރުވާ ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ބައްޔެއް ވެއްޖެނަމަ ހައްވަ އަބަދުވެސް އިންނަން ޖެހެނީ ހޭލަ އެވެ. ބޭސްދޭންޖެހެނީ ކާތަކެތީގެ ތެރެއަށް ފުޑު ޮކށްގެންނެވެ. ޝަނޫންއަށް ކާއެއްޗެއް ދިނުމަކީވެސް

ފަސޭހަކަމެއް ނޫނެވެ. ކާންދޭންޖެހެނީވެސް އެނދުގައި ބާއްވައިގެނެވެ. "އެއީވެސް ވަރަށް ބަލައިގެން ކުރަންޖެހޭ ކަމެއް. ކާންދެންޏާ އޭނަ އަބަދު

ޮކށިއަރާނެ،" ހައްވަ ބުންޏެވެ.ޝަނޫން ފެންވަރުވާ ރީތި ކުރުމަކީވެސް ފަސޭހަކަމެއް ނޫނެވެ. ޝަނޫންގެ އަނގަތެރޭގައި އަބަދުވެސް ދަވަ ހެދި ހިރުގަނޑުން ލޭ އަންނާތީ

ޮކންމެ ދުވަހަކު އަގަތެރެ ޖެހެނީ ރަނގަޅަށް ސާފުކުރާށެވެ. އެ އުދަގޫ މަސައްކަތްވެސް ކުރަނީ ހައްވަ އެކަނި މައި އެކަންޏެވެ. އެއީވެސް

ހުސްއަތާއެވެ.

ހައްވަގެ "ހިތް" ބޯ ހިތެއްގެ ބައްޓަމަށްާވ ދަރިފުާޅއެކު ހައްވަ ދިރިއުޅެމުން ދަީނ ކެތްތެރި ކަާމއެކު ޝަކުާވާއ ނުލައި

Page 20: Sun Magazine Issue 14

"އަގަ ތެރެ ފާރުވެދާނެތީ ވަރަށް ބަލައިގެން އުޅެނީ. ކުރިން ސަރުކާރުގަ އެދުނިން ދަވަ ދަމާ ޕަންޕެއް ޯހދަން. އެކަމަކު

އަދިވެސް ނުލިބޭ،" ހައްވަ ބުންޏެވެ. ޝަނޫންއަށް ދައުލަތުންވެސް މާޮބޑު އެހީތެރިކަމެއް ނުލިބެއެވެ. ޝަނޫންގެ ކައިރިއަށް ހާލުބަލައިލަންވެސް ބަޔަކު

ޒިޔާރަތް ކުރީ އެންމެ ދެފަހަރު އެވެ. "ދެފަހަރަކު އައިސްލި. ބުނި އެހީވާނަމޭ. އޭގެ ފަހުން

ހަބަރެއް ނުވޭ،" ނާސިރު ބުންޏެވެ.ނާސިރަށް ލިބޭ ކުޑަ އާމްދަނީން ޝަނޫންމެން އުޅެމުން ދަނީ ނާސިރުއަށް ލިބިފައިވާ ފުލެޓެއްގަ އެވެ. ނާސިރު ހުންނަނީ

ހިތް ނުތަނަވަސް ކަމެއްގެ ތެރޭގަ އެވެ. އެއީ ނާސިރު ނެތް ދުނިޔެއަކުން ނާސިރުގެ ދަރިން ޝަނޫން އާއި މެދު ކަންކުރާނެ

ޮގތް ނޭނގޭތީ އެވެ."އަހަރެން މަރުވާނީ ޮކންދުވަހަކު ކަމެއް ނޭންގެ.

އޭރުން ޝަނޫންއަށް ވާނެ ޮގތަކާއި މެދު މި ވިސްނެނީ. އަހަރެންގެ ދަރިން ޝަނޫން އާއި މެދު ކަންކުރާނެ ޮގތެއް ނޭނގެ،" ނާސިރު

ބުންޏެވެ. ހައްވަގެ ހިތުގައި ވެސް ހިނގަނީ އެހެން މައިންގެ

ހިތުގައިވެސް ހިނގާފަދަ އިހުސާސެވެ. އެކަމަކު އެހެން މައިންގެ ދިރިއުޅުމާ ހައްވަގެ ދިރިއުޅުން ތަފާތެވެ. އޭނާގެ ހުރިހާ ވަގުތެއް ހޭދަކުރަނީ ޝަނޫނާއެކު އެވެ. ޝަނޫން ހީނލާ ޮކންމެ ވަގުތަކީ އޭނާގެ ހިތަށް ފިނިކަން ގެނެސްދޭ ވަގުތެކެވެ. ހައްވަ ވެސް

އެހެންމައިންނެކޭ އެއްޮގތަށް ޝަނޫންޮގވައިގެން ޕާކަށް ޮގސް ކުޅިލާ މަޖާޮކށްލަންވެސް ބޭނުމެވެ.

"ވަރަށް ބޭނުން ޝަނޫން ޮގވައިގެން ބޭރަށް ދާން. އޭނަ ލެވޭ ކަހަލަ ރެކްސާއެއް ހުންނަނަމަ މިހާރުވެސް ދާނަން،" ހައްވަ

ބުންޏެވެ. ޝަނޫންގެ އުމުރުން 24 އަހަރުވެފައި ވާއިރު ޝަނޫންގެ ބައްޔާއި ގުޅޭ އެއް ވެސް މައުލޫމާތެއް ހައްވައަށް އަދި ލިބިފައެއް

ނެތެވެ. ޝަނޫން ޮގވައިގެން 1995 ވަނަ އަހަރު އިންޑިއާޔަށް ދިޔަ ކަމުގައި ވިއަސް އެކަމުން ޝަނޫނަށް ވީ އެއް ވެސް ފައިދާއެއް ނެތެވެ. އޭގެ ފަހުންވެސް ކިތަންމެ ފަހަރަކު ޝަނޫންގެ ބައްޔަށް ފަރުވާއެއް ޯހދުމަށް އެތައް ފަހަރަކު މަސައްކަތް ކުރިނަމަވެސް ލިބޭ މުސާރަޮކޅުގެ މަދުކަމުން އެކަން ވާޮގތެއް ނުވި އެވެ.

"ކިތަންމެ ފަހަރަކު ކިތަންމެ މީހެއް ކައިރިން އެހީއަށް އެދެވިއްޖެ. ބައެއް ފަހަރު ވަރަށް އަސަރުކުރޭ. އެހީއެއް ދެވެން ނެތޭ ބުނާ

ޮކންމެ ފަހަރަކު ވަރަށް އަސަރުކުރޭ،" ނާސިރުބުންޏެވެ."އިންޑީއާއިން ބުނި ޯބ ރަނގަޅު ކުރުމަށް ޮއތީ

ފިފްޓީފިފްޓީގެ ޗާންސެކޭ،" ހައްވަ ބުންޏެވެ. ހައްވަ ބުނީ އެ ޮއޕަރޭޝަން ނުޮކށް މާލެ އައީ އެފަދަ

ޮއޕަރޭޝަނެއްގައި އޭނާގެ ޯލމަތިން ޝަނޫން އަބަދުގެ އަބަދަށް ގެއްލިދާނެ ކަމުގެ ބިރު ހީވާތީ ކަމަށެވެ. "އެއަށްވުރެ މާ ރަނގަޅު

މިޮގތަށް އަބަދު ފިރުމައި ދޭން އިނުން،" ހައްވަ ބުނެލި އެވެ. ހަގީގަތުގައި ވެސް ޝަނޫން ފެންނީ ހައްވަގެ ހިތުގެ ޮގތުގަ އެވެ.

އޭނާ ދުނިޔޭގައި ހުރިހާ ހިނދަކު އެ ހިތުގައި ފިރުމަމުންދާނެ އެވެ.

20

Page 21: Sun Magazine Issue 14

ތަާފތު ތަސްީވރު

Page 22: Sun Magazine Issue 14
Page 23: Sun Magazine Issue 14

23

Page 24: Sun Magazine Issue 14

24

2011 ވަނަ އަހަރު ބާއްވާ، 17 ވަނަ ސްޓާރ ސްކްރީން އެޯވރޑްގެ ޮނމިނޭޝަންތައް އިޢުލާންޮކށްފިއެވެ. ތިރީގައި އެވަނީ ބައެއް ކެޓަގަރީތަކުގެ

ޮނމިނޭޝަންތަކުގެ ތަފްސީލެވެ.

އެންމެ ޮމޅު އެކްޓަރ

އަޖޭ ދޭވްގަން – ވަންސް އަޯޕން އަ ޓައިމް އިން

މުމްބާއީރިތިކް ޯރޝަން – ގުޒާރިޝްނަސީރުއްދީން ޝާހް –

އިޝްޤިޔާޕަރޭޝް ރަވަލް – ޯރޑް ޓު

ސަންގަމްރަންބީރު ކަޕޫރް – ރާޖްނީތީރިޝީ ކަޕޫރު – ޯދ ޯދނީ

ޗާރްސަލްމާން ޚާން – ދަބަންގްޝާހް ރުކް ޚާން – މައި

ނޭމް އިޒް ޚާން

އެންމެ ޮމޅު އެކްޓްރެސް

އަނޫޝްކާ ޝަރްމާ – ބޭންޑް ބަޖާ ބާރާތުއައިޝްވާރިޔާ ރާއީ – ގުޒާރިޝްކާޖަލް – މައި ނޭމް އިޒް ޚާންނީޓޫ ސިންގް – ޯދ ޯދނީ ޗާރްވިދްޔާ ބާލަން – އިޝްޤިޔާ

އެންމެ ޮމޅު ފިލްމް

ބޭންޑް ބަޖާ ބާރާތުއެލްއެސްޑީ

ޕީޕްލީ ލައިވްވަންސް އަޯޕން އަ ޓައިމް އިން

މުމްބާއީރާޖްނީތީއުޅާން

އެންމެ ޮމޅު ޑިރެކްޓަރ

އަނޫޝާ ރިޒްވީ – ޕީޕްލީ ލައިވް

ދިބާކަރް ބެނަރޖީ – އެލްއެސްޑީ

މަނީޝް ޝަރްމާ – ބޭންޑް ބަޖާ ބާރާތުޕްރަކާޝް ޖާ –

ރާޖްނީތީމިލާން ލުދާރިއާ –

2011 ވަނަ އަހަރުގެ ސްާޓ ސްކްީރން

އެވޯޑްސް ނޮމިނޭޝަންތައް

ފުއާދު ގާސިމް

Page 25: Sun Magazine Issue 14

25

ވަންސް އަޯޕން އަ ޓައިމް އިން މުމްބާއީވިކްރަމަދިތުޔަ ޮމޓްވާން – އުޅާން

އެންމެ ޮމޅު ނުބައިބައި

އިމްރާން ހާޝިމީ – ވަންސް އަޯޕން އަ ޓައިމް އިން މުމްބާއީ

މަޯނޖް ބަޖްޕާއީ – ރާޖްނީތީ ޮރނިތު ޯރއި – އުޅާން

ޯސނޫ ސޫދް – ދަބަންގްވިވެކް ޮއބެޯރއީ – ރަޚްތު ޝަރީތުރާ

އެންމެ ޮމޅު ޮކމީޑިއަން

ޮކންޮކނާ ސެން ޝަރުމާ – އަތީތީ ... ތުމް ކަބް ޖާޯއގޭ؟

ޕަރޭޝް ރަވަލް – އަތީތީ ... ތުމް ކަބް ޖާޯއގޭ؟ ޕްރަދުމާން ސިންގް – ތޭރޭ ބިން ލާދިން

ސަންޖޭ މިޝްރާ – ފާންސް ގައޭ ރޭ ޮއބާމާ ތުޝާރު ކަޕޫރް – ޮގލްމާލް 3

އެންމެ ޮމޅު މިޔުޒިކް

ސާޖިދު ވާޖިދު – ދަބަންގްވިޝާލް ޝޭކަރް – އައި ހޭޓް ލަވް ސްޯޓރީޒް

ވިޝާލް ބަރްދްވާޖް – އިޝްޤިޔާ

ޝަންކަރް އެހެސާން ޯލއި – ކަރްތިކް ޯކލިންގ ކަރްތިކްޝަންކަރް އެހެސާން ޯލއި – މައި ނޭމް އިޒް ޚާން

ޕްރީތަމް – ވަންސް އަޯޕން އަ ޓައިމް އިން މުމްބާއި

އިންޑިއަން ޯއޝަން އެންޑް އަދަރސް – ޕީޕްލީ ލައިވް

އެންމެ ޮމޅު ފިރިހެން ލަވަކިޔުންތެރިޔާ

އަދޭޝް ޝްރިވާސްތާވް – ޯމރާ ޕިޔާ )ރާޖްނީތީ(ޯމހިތު ޗައުހާން – ޕީ ލޫން )ވަންސް އަޯޕން އަ ޓައިމް އިން މުމްބާއި( ރާހަތު ފަތަޙް ޢަލީ ޚާން – ސަޖްދާ )މައި ނޭމް

އިޒް ޚާން(ރާހަތު ފަތަޙް ޢަލީ ޚާން – ދިލް ޯތ ބައްޗާ

)އިޝްޤިޔާ( ޝަފްޤަތު އަމާނަތު – ބިން ތޭރޭ )އައި ހޭޓް ލަވް

ސްޯޓރީޒް( ޝަފްޤަތު ޢަލީ – ތޭރޭ ނެއިނާ )މައި ނޭމް އިޒް

ޚާން( ޝަންކަރް އެހެސާން ޯލއި – ނޫރެ )މައި ނޭމް

އިޒް ޚާން(

އެންމެ ޮމޅު އަންހެން ލަވަކިޔުންތެރިޔާ

ޝްރެޔާ ޮގޝަލް – ބަހާރާ )އައި ހޭޓް ލަވް ސްޯޓރީޒް(

މަމްތާ ޝަރުމާ – މުންނީ ބަދްނާމް ހުއީ )ދަބަންގް(

ސުނިދީ ޗައުހަން – ޝީލާ )ތީސް މާރު ޚާން( ޝްރެޔާ ޮގޝަލް – ނޫރެ )މައި ނޭމް އިޒް ޚާން(

ރޭކާ ބަރްދްވާޖް – އަބް މުޖޭ )އިޝްޤިޔާ(

Page 26: Sun Magazine Issue 14

26

ރަހަތަފާތުޮކށްލުމަކީ ވަރަށްގިނަފަހަރު އިތުރުދިރުމަކާއި ކުރިއެރުންލިބޭކަމެކެވެ. ސަން އިން މިފުރުސަތު ލިބުމާއި އެކު ހިތަށްއެރީ މިކަމެވެ.

އިހުސާސްކުރެވުނީ މާޒީގައި ނުވަތަ ފަސްމަގުގައި މިޮގތުންކުރެވިފައިވާ ބައެއްކަހަލަ ތަޖުރިބާއާއި ގާތްރައްޓެހި ބައެއްމީސްމީހުންނަށް ދިމާވެފައިވާ

އެކިވަކި ކަންކަމެވެ. އެފަދަ ފަހަރުތަކުން ލިބިފައިވާ ހަމަޖެހެވުމާއި ވެވުނުބައެއް ނުތަނަވަސް ކަމެވެ. އުފާވެރި ދިރުމާއި ހިތްދަތިވޭން އޭގައިއެކުލެވިފައިވާ އެފަދަ

ހާދިސާތަކެވެ.

ކަނީރު އަބްދުއް ރަހީމްޯލބި މިއީ އަޖައިބުވެ އަންތަރީސްވާފަދަ ނަމެކެވެ. ކަމެކެވެ. އަސަރަކާއި

ބާރެއްހުރި ބަހެކެވެ. އިންސާނުންގެވާހަކަތައް ފަސްމަގުގައި ލިއެއުޅުނު މީހުންވެސް އެއްމެ ގިނައިންފާހަގަ ޮކށް ފައިވާ އެކައްޗެވެ. އިންސާނުންގެއިތުރަށްޖަނާވާރުންގެ ތެރޭގައިވެސް މިއެއްޗެއްޮއންނަކަމަށް އެއްބަސް ވެވޭ

އެއްޗެކެވެ. މިއަދު މިހާރުވެސް އޭގެވާހަކަތައް އެކިޮގތަށް ދައްކަމުން މިޮއއްގެން ދަނީއެވެ. ވާތީ ކުރާތީ އެވެ. ވީތީ ކުރެވޭތީ އެވެ. ވެވުނީތީ ކުރެވުނީތީއޭ

ވެސްބުނަމުންނެވެ. ވާނަމޭ ކުރާނަމޭ ޮގވަމުންވެސްމެއެވެ. އެއްމެ ދެއަކުރުގެ މި ބަހަކީވާ ހާދަހާ މަޝްހޫރުބަހެކެވެ. އަނގަވަށްޮކށް ލާމުގައި ޯއޯބފިލިޖަހައި ލާމުގެއަޑު ދަމާލާފައި ދެތުންފަތުގެ ބޭރުކައިރިޖައްސާލުމަކުން ބާގެ އިބިފިއްޔަށް ނިންމާލާ މިނަމަކީ ނުވަތަ ކަމަކީ ހަމަ އާދައިގެ އެއްޗެކޭ ބުނެވޭކަށްނެތެވެ.

ތަފާތުކަމެކެވެ. ބާރެއްހުރި ވަރުގަދަ ކަމެކެވެ. ވިސްނާ ފިކުރުޮކށް ސަމާލުވާންޖެހޭވަރުގެ ޮބޑުކަމެއްވެސްމެއެވެ.

ޯލތްބަކީ ޮކންއެއްޗެއް ހެއްޔެވެ. އެތަކެއްޒަމާނުއްސުރެ ވިސްނަމުން ކަނޑައަޅަމުން ފުރިހަމަކުރަމުން މިހާތަނަށް އައިއިރު ބަސްޮފތް ތަކުގައި

ބުނެދޭޮގތުން ޯލތްބަކީ ހުރިހާ ޯއގާވެރިކަމެއް އޭގައި އެކުލެވިފައިވާ ނިންމުމެކެވެ. އިބާރާތުގައި ނުވަތަ ބުނެދޭޮގތުގައި އެކިތަފާތުޮގތްތަކާއި ސިފަތައް ފެނުނުކަމުގައި ވިޔަސް މައިގަނޑުމާނައަކީ އެކައްޗެކެވެ. ހުރިހާ ޯއގާވެރިކަމެއް

އޭގައި އެކުލެވިފައިވާ އެއްޗެއްކަމެވެ. މިއީ ތެދެއް ކަމުގައި ވަނީވިއްޔާ، އޭގައި ނުވަތަ އެނިންމުމުގައި ބާރާއި އަސަރާއި މަޝްހޫރުކަމާ ހުރުމަކީ ހައިރާން ވާވަރުގެ

ކަމަކަށް ވެގެންނުވާނެއެވެ. ވިސްނާލާއިރު އެއީ އޭގައި ގުދެއްނެތް ތެދެއްބާވައޭ ހީވާނެ ޖާގަ އެބަޮއތޭ

ބުނެފިއްޔާ މަލާމާތް ކުރާނެ ބަޔަކުވެސް އުޅޭނެކަންޔަގީނެވެ. ފަރުވާލެއްނެތެވެ. ވިސްނޭނީ ވިސްނެންހުރިވަރަކުންނެވެ. ނިޔާ ކަނޑައެޅޭނީ ހެކިތަކުން

ސާބިތުހިފެންޮއތްޮގތެއްގެ މައްޗަށްކަމުގައިވާ ފަދައިން އެބުނެދޭ މާނަ އެއީ މިހާރު އަހަރެމެންނަށް އެޮގތަށް ސާބިތުކުރެވެންނެތް އެއްޗެއްކަމުގައި ވަނީވިއްޔާ ބުނެވޭނީ ހަމަ ގަބޫލުނުކުރެވޭ ވާހަކަ އެވެ. ބަސްޮފތުގައި ޮއތީތީ ނުވަތަ އެވެނި މިވެނި މީހަކު ބުނީތީ ގަބޫލުކުރިއަސް ކުރެވޭނީ މަތިމަތިން ނެވެ. އެއީ ތެދެކޭ

ބުނަންޖެހޭނީ ގަދަކަމުންނެވެ. އެހެންބުނާއިރު އަމިއްލަ ވިސްނުމާއި އިހުސާސްތައް އެބުނުމާ ނުވަތަ އެގަބޫލުކުރުމާ ދެޮކޅަށް މުޒާހަރާކުރަމުން ގެންދަނިޮކންނެވެ. އެހެންވިއްޔާ ދެން ޯލތްބަކީ ޮކބައިހެއްޔެވެ. ސުވާލަކީ މިއީތާއެވެ.

ވިސްނާފިކުރުކުރަންޖެހޭ މިވަރުގެ އެއްޗެއްނޭނގޭކަމެވެ. ފެނިތަޖުރިބާ ކުރެވުނު ކަންކަމާއި ކުރެވުނު އަމިއްލަ އިހުސާސްތަކުގެ އިތުރުން ބައެއް ބައެއް ގާތް

ރައްޓެހިންގެ މަޝްވަރާއާއި އެކު ޯލތްބަކީ ޮކބައިކަން ދެނެގަންނަން މަސައްކަތް ކުރަމާ ހިނގާށެވެ. ވަރަށްކުރުކުރުޮކށް ހާމަކުރެވޭޯތ ބަލާނަމެވެ.

ޯލތްބަކީ އަޅާލުމެވެ. ޯއގާވުމެވެ. ބަސްޮފތްތަކުގައި ބުނެދޭމާނައިގެ އެއްބައިގައި ޮއންނަހެންނެވެ. އިތުރު ތަފުސީލަކަށްދާއިރު ޯލބި ބައިޮކށް ބައިބައި ވަކިކުރަންޖެހެއެވެ. މައިގަނޑު 4 ބަޔަކަށް ބަހާލެވޭއިރު އެއިން ޮކންމެ ބައެއް އިތުރުބައި ތަކަކަށް ބެހިގެންދެއެވެ. އަމުރަށް ޯބލަނބައި ކިޔަމަންތެރިވުމުގެ

ޮގތުން ވާންޖެހޭ ޯލތްބާއި ގާތްތިމާގެ ކަމުގެ ކުލުނާއި ދުނިޔެވީ ދިރިއުޅުމުގައި ބޭނުންވާތަކެއްޗަށް ހުންނަ އަޅާލުން ހިމެނިގެންދެއެވެ. ހަތަރުވަނަ ބަޔަކީ

އާއްމުޮކށް މިކިޔާ ޯލތްބެވެ. އަނެއްއިންސާނާއަށް ވެވޭ ގަޔާވުމެވެ. ކާބަފައިން ހަހަރު ލޭފަ ހިތާވުން ފަދަ ބަސްތަކުން ސިފަކުރަމުން ގެނައި ބައެވެ. އާއްމު

ބަޔަކީ މިއީ ކަމުގައިވީތީ މި ޯލބީގެ ތެރެއަށް ދަމާ އަންނާށެވެ. ގަބޫލުކުރަން ޖެހެނީ މިޯލބި ދެބަޔަކަށް ބެހޭކަމެވެ. އެއްބަޔަކީ އެބައިގެ ނުވަތަ އެޯލބީގެ އިންތިހާގައި ދެމީހުންމެ މާއްދީ އުފާތަކަކާއި އަރާމެއްލިބިގަންނަ

ލޯބި

Page 27: Sun Magazine Issue 14

27

ބައެވެ. އަނެއްބަޔަކީ ) ގަބޫލު ނުކުރާ ބަޔަކު ނުކުރި ކަމުގައިވިޔަސް ( އެޯލބީގައި ނުފެންނަ މާއްދީނޫން ފުން އިހުސާސްތަކަކާއި ޮފނި އަރާމުތަކެއް

ހާސިލު ކުރެވޭ ބައެވެ. ފުރަތަމަ ބައިގައި ބޭނުންވާ އަމާޒަކަށްވެފައި ޮއންނާނީ ބީހުމާއި ގައިޯގޅިކަމެވެ. ނޭވާގެ ހޫނުކަމާއި އަތްފައިގެ ފިނި

ނުވަތަ ހޫނު ފިރުމުން ތަކެވެ. އަބަދުވެސް ގަދައެޅޭނީ އެފަދަ ފުރުސަތު ތަކެއްޯހދޭނެ މަގު ތަނަވަސް ވޭޯތއެވެ. ނުނިދޭނީ ނުކައި ނުޮބއި ފިކުރު

ކުރެވޭނީ ހަށިގަނޑުގެ އެ މާއްދީ ބޭނުން ފުރިހަމަކުރުމުގެ ދަހިވެތިކަމުގައެވެ. އެއާއި ތަފާތު އަނެއްބައިގައި ބީހުމާއި ގައިޯގޅިވުމަކީ އެހާ މުހިންމު

ކަމަކަށް ނުވެއެވެ. އިންތިހާ އަކީ ގުޅެވުމެވެ. އެކަކު އަނެކަކަށްޓަކައި ވުމެވެ. ކިލަނބު ކަމެއް ނެތް ސާފު ހެޮޔއެދުމެވެ. މިބައިގައި ވެސް ކުރީގެ

އަނެއްބައި ފަދައިން އެޮގތަށްދިމާވެ ފުރުސަތުތަންދޭ ޮގތަކުން ބީހުމާއި ފިރުމުންތަކާއި އެކު ހަށިގަނޑުގެ އުފާތައް ހާސިލުކުރެވެއެވެ. އެކަމަކު ނުނިދާ ނުކައި ނުޮބއި ފިކުރުކުރާނީ އެބޭނުމަކު ނޫނެވެ. އަނެކާއަށް

ދެރަވެދާނެތީއެވެ. ގުޅުން ނުވަތަ އެކަކުއަނެކަކަށްޓަކައި ވުން ނެތިގެންނެވެ. މިޯލބީގެ ގުޅުމަކީ ފަސޭހައިން ކަނޑާލެވޭ ގުޅުމެއްނޫނެވެ. ބައްދަލުނުވުމާއި އެހެން މީހަކާއި ކައިވެނިކުރުމަކުން ހީނަރުވެ ނެތިގެންނެއް ނުދާނެއެވެ. މާއްދީ ޯލބީގައި ބައްދަލުވުން ނެތުމަކީ ޯލބިވެސް ނެތުމެވެ. ހިސާހިތަކު ހިތުންފިލައި ހަނދާންނެތި ދިއުމެވެ. ނުފެންނަ ޯލތްބާއި މާއްދީ ޯލބީގެ

އެއްމެ ޮބޑުތަފާތަކީ އެއީއެވެ. ހީނގާދިއަ ކަމެކެވެ. ޝީނާ އަކު ދެކެ ފިރާޝް އެއް ޯލބިވިއެވެ.

ދެމެދުގައި އުފެދުނުގުޅުމެއްގެ ތެރޭން ފިރާޝްގެ ހިތުން ޝީނާ އަށް މަގާމުދެވުނީއެވެ. ޝީނާގާތު އެވާހަކަ ސާފުޮކށް ބުންޏެވެ. ޝީނާ އެއިރު

އުޅުނީ އެހެންޯލތްބެއްގެ ހިޔަނީގައެވެ. ނަތީޖާއެއްގެޮގތުން ޝީނާގެ ހިތަކު ފިރާޝަކަށް ބަދަލުގައި ދޭނެޯލތްބެއް ނެތެވެ. އެކަމަކުވެސް ޝީނާ ފިރާޝްއަށް ހިނިތުންކުރީއެވެ. ގުޅުމުގައި ކުރިއަށްދިއައީއެވެ.

އެތަކެއްއިހުސާސް ތަކެއްކުރަމުންނެވެ. ނިދި ނަގާލަމުންނެވެ. އުފާވެރި ޮފނިވަގުތުތަކެއް ވެއަތުކުރަމުން ދިއައީ ފިރާޝްގެ ޯލތްބަކީ ވެސް

ކުޅޭކުޅޭއެއްޗެއްކަމުގައި ގަބޫލުކުރަމުންނެވެ. ދެންއައީ ޝީނާގެ ހުރިހާ ހަގީގަތެއް ފިރާޝަށް އެނގުނުދުވަހެވެ. ޝީނާގެ އަމިއްލަ އިއުތިރާފުންނެވެ.

ދެންވެސް ފިރާޝް ޝީނާ ގާތުބުނީ އޭނާ ޝީނާގެ ޯލބިބޭނުންކަމުގައެވެ. ކައިވަނި ކުރުމަކުން ފިރާޝްރުޅިއެއްނާދެއެވެ. ޝީނާއަށް އަޅާލައި

ޯއގާވެރިވެދިނުމަށް ލަތީފުގާތު ފިރާޝްބުނަމުން ދިޔައެވެ. ޝީނާފިރާޝްއަށް ގަދަރުކުރަންފެށީ އެހިސާބުންނެވެ. އެކަމަކު ޝީނާ ބަލިވީއެވެ.

ނުކުޅެދުނީއެވެ. ފިރާޝް ގެ އާދޭސްތަކަށްވެސް ބެލުމެއްނެތި ލަތީފު ޝީނާ ދޫޮކށްލީއެވެ. ޝީނާ އެބަލީގައި ހިތްދަތިވުމުގައި އެއްމެފަހުން ހިތްހުއްޓިނިމިގެން ދިޔައީއެވެ. އަދި މިހާރުވެސް ފިރާޝް ޝީނާދެކެ ޯލބިވެއެވެ. ޝީނާ ހަނދާންޮކށް ހެޮޔ ދުޢާކުރެއެވެ. އެއްމެފަހުން

ފިރާޝްއާއި މިދިޔަ ޯރދަމަހުވެސް ދިމާވިއެވެ. ދެއްކީ ޝީނާގެ ވާހަކައެވެ. ޖީބުންނަގާފައި ދައްކާލީ ޝީނާ ފިރާޝަށް ދީފައިޮއތް ހަނދާނެކެވެ. ލަތީފު

މިހާރު ޝީނާ ދޫޮކށްލިފަހުން ދެކައިވަނިޮކށް ރޫޅައިފިއެވެ. ހަމައެކަނި މި ހާދިސާއަށް ވިސްނާލިއަސް ޯލބީގެ

މިދެވައްތަރުގެ ސިފަތަކާއި ޮގތްގަނޑު ވަރަށް ރީތިޮކށް އެބަފެނެއެވެ. ފިރާޝް ގެ ނުފެންނަ ޯލބި ޝީނާއަށް ފުރަތަމަ ގަބޫލުނުކުރެވުނީއެވެ. ލަތީފުގެ މާއްދީ އުފާތަކުގެތެރެއަށް ޖެހިލިއިރު ޝީނާއަށް ފިރާޝްގެ ޯލތްބަށް ގަދަރުކުރެވެމުން އައެވެ. ފިރާޝް އަށް ޝީނާ ރައްދުދިން

ޮގތުގެސަބަބުން އެޯލބީގައި ހަފުސްވެ ހައްޔަރުވީއެވެ. ފިރާޝަށް ހުވަފެންތަކެއް ދެއްކުނު ކަމާއި ލަތީފުގެ ޯލތްބަކީ ޝީނާގެ މާއްދީ ހަށިގަނޑުކަން އެނގުނުއިރު ޝީނާގެ އުމުރު ޝީނާދޫޮކށްލީއެވެ.

ތެދެކެވެ. ޯލތްބަކީ ޯއގާވުމެވެ. ޯލބީގެ ދެވައްތަރުންކުރެ ނުފެންނަ ޯލތްބާ ނުކުޅެން ހަނދާންކުރާށެވެ. އެއީ ވަރަށްގިނަފަހަރަށް

ފުރާނައާއި ގުޅިގެންދާ އެއްޗެކެވެ. ދެހިތެއްގައި އުފެދިއްޖެނަމަ އުފާވެރި ކަމުގެ ހައްދެއްޯނންނާނެއެވެ. މާއްދީޯލތްބަކީ އަބަދުވެސް ސަކުވާތަކުންފުރިފައިޮއންނަ ގުޅުމެކެވެ. އެކަކު ބަލިވިޔަސް ޯލބި

ނުކުޅެދިގެންދާ އަގެއްނެތް އެއްޗެކެވެ. އާނއެކެވެ. ޯލބިވާންވީ އަނެކާގެ ހަށިގަނޑު ދެކެއެއްނޫނެވެ. އެމީހެއްގެ ޮގތްބާވަތް ދެކެއެވެ. ހަމަޖެހިލެވޭނީ

އޭރުންނެވެ. ނޫނެކޭ ތިޔައީޮދގެކޭ ބުނެ އިދިޮކޅަށް ހެކިސާބިތާއިއެކު

ތެދުވާހައިހިތްވަރު ހުރެދާނެބާވައެވެ.

Page 28: Sun Magazine Issue 14

28

އިސްޮކޅުން ނުހަނު ކުރު ނަމަވެސް ބާސެޯލނާގެ އާޖެންޓީނާ ޯފވަޑް ލަޮޔނަލް މެސީ އަކީ ދުނިޔޭގެ އެންމެ ޮމޅު ކުޅުންތެރިޔާ އެވެ. ގައުމީ ކެޕްޓަނުންނާއި ޯކޗުން އަދި ޮހވާލެވޭ ނޫސްވެރިންގެ މެދުގައި ނަގާ ޯވޓަކުން ޮހވާ މި މަގާމު ޖެހިޖެހިގެން ދެ ވަނަ އަހަރަކު މެސީ އަށް ލިބުމުން އޭނާ ވެގެންދިޔައީ ޒައިނުއްދީން ޒިދާނާއި ބްރެޒިލްގެ ޮރނާލްޯޑ އަދި ޮރނާލްޑީނިޯއ އަށް ފަހު މި މަގާމު ދެ ވަނަ ފަހަރަކު ޯހދި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ޒިދާނާއި ޮރނާލްޯޑ ވަނީ މި މަގާމު ތިން ފަހަރު ޯހދައިފަ އެވެ. ނަމަވެސް އުމުރުން އެންމެ 23 އަހަރުގެ ކުޅުންތެރިޔާ ފީފާ އެޯވޑް

ނައިޓަށް ދިޔަ ހަތަރު ވަނަ ފަހަރު އޭނާ އަށް މި މަގާމު ދިފާއުކުރެވުމުން މެސީ އަކީ އޭނާ އަކީ މި މަގާމު އެންމެ ގިނައިން ޯހދާނެ ކުޅުންތެރިޔާ ކަމަށް މިހާރު ވެސް ވަނީ ވާހަކަދެކެވެން ފަށައިފަ އެވެ. ޯވލްޑް ކަޕް ކާމިޔާބު ކުރި

ސްޕޭނުގެ ދެ ކުޅުންތެރިން ކަމަވާ ބާސެޯލނާގެ ޒަވީ ހާނެންޑޭޒް އާއި އަންދްރޭ އިނިއެސްޓާ ތިއްބައި ޒަވީ އަށް މި އެޯވޑް ލިބުމުގެ ފަހަތުގައި ސަބަބުތަކެއްވެ

އެވެ. އެއީ އޭނާގެ ކުޅުން ބާސެޯލނާގައި ނުހަނު ޮމޅުވުމުން ކުދި އަދި

މެދުފަންތީގެ ގިނަ ގައުމުތަކުގެ ޯވޓު އޭނާ އަށް ލިބުމެވެ.ޯވޓު ދިން މީހުންގެ 22% މީހުން ތާއީދު ކުރީ މެސީ އަށެވެ. ދެ ވަނަ ލިބުނީ ޯވލްޑް ކަޕް ތަށި ސްޕޭނަށް ޯހދައިދޭން ލަނޑު ޖެހި އަންދްރޭ އިނިއެސްޓާ އަށެވެ. އޭނާ އަށް 17% ޕަސެންޓް މީހުން ތާއީދު ކުރި އިރު

ޒަވީ އަށް ލިބުނީ 16% ޕަސެންޓް މީހުންގެ ތާއީދެވެ.ނިމިދިޔަ އަހަރު ބާސެޯލނާގައި ހަތް ތަށި ޯހދި މެސީ ވަނީ ޯވލްޑް ކަޕުގައި އާޖެންޓީނާ ކުއާޓާ ފައިނަލަށް ގެންޮގސްދީފަ އެވެ. ހުސްވި ސީޒަނުގައި

34 ޯގލު ޖަހައިގެން ލަލީގާގެ ޮޓޕް ސްޯކރަރުގެ މަގާމު ޯހދި މެސީ އަކީ އެ ލީގުގައި ނިމިގެންދިޔަ ސީޒަނުގައި ފަސްފަހަރު ހެޓްރިކް ހެދި ހަމައެކަނި

ކުޅުންތެރިޔާ ވެސްމެ އެވެ. ލީގުގައި 100 ވަނަ ޯގލު ޖެހި މެސީ އަށް ޯވލްޑް ކަޕުގައި ޯގލެއް ނުޖެހުނު ނަމަވެސް ގްރީސް މެޗަށް ކެޕްޓަން ބޭންޑާއެކު

ނުކުތުމުން އޭނާ ވެގެންދިޔައީ އާޖެންޓީނާގެ އެންމެ ޒުވާން ކެޕްޓަނަށެވެ. އަދި އޭނާ ވަނީ ބާސެޯލނާ އާއި އާޖެންޓީނާއަށް ނިމިގެންދިޔަ އަހަރު ޖުމުލަ 60 ޯގލު

ޖަހައިދީފަ އެވެ. އޭނާ އަށް އެޯވޑް ހަވާލުޮކށްދިނީ ބާސެޯލނާގެ ޕެޕް ގާޑިޯއލާ އެވެ.

އެއްވަނަ މެީސއަށް

އަބްދުهللا އަޒްީމން

Page 29: Sun Magazine Issue 14

29

ޮމޅު ޯކޗުކަން ޮމރީނިޯއ އަށް

ކުލަބު ލެވެލްގައި ހުސްވި އަހަރުގެ އެންމެ ކާމިޔާބު ޯކޗަކީ ޯހސޭ ޮމރީނިޯއ އެވެ. އިޓާލިއަން ލިގާއި އިޓާލިއަން ސުޕަކަޕް އަދި ޗެމްޕިއަންސް

ލީގު އިންޓަމިލާނަށް ޯހދައިދީ އެ ކުލަބުގެ ތާރީހް ބަދަލުޮކށްލެވުނު ޯކޗަކީ ވެސް އޭނާ އެވެ. މިވަރުގެ ކާމިޔާބީ އެއް އިޓަލީގައި ޯހދުނު އެހެން ޯކޗަކު ނެތްއިރު

މިކާމިޔާބީތަކަށް ފަހު ޮމރީނިޯއ ބަދަލުވީ ފާއިތުވެދިޔަ 10 ވަރަކަށް އަހަރު ރެއާލް މެޑްރިޑު ދެކެމުން އަންނަ ހިތްދަތި ނަތީޖާތައް ބަދަލުކުރާށެވެ. ޮމރީނިޯއ އަކީ މިހާތަނަށް ދެ ކުލަބެއްގައި ޗެމްޕިއަންސް ލީގު ޯހދި ތިން ވަނަ ޯކޗެވެ. އެކަމަކު ފީފާއިން ޮހވި ދުނިޔޭގެ އެންމެ ޮމޅު ޯކޗުގެ މަގާމު ފުރަތަމަ ފަހަރަށް

އޭނާ އަށް ލިބުމަކީ ޮމރީނިޯއ ބުނާ ޮގތުގައި ފަހުރެކެވެ. ނަމަވެސް އޭނާ ވަނީ އެޯވޑު ލިބިގަތުމަށް ފަހު ބާސެޯލނާގެ ޯކޗު ޕެޕް ގާޑިޯއލާ އާއި ޯވލްޑް

ކާމިޔާބު ކުރި ސްޕޭނުގެ ޯކޗު ވިސެންޓޭ ޑެލްޮބސްކޭ އަށް ތައުރީފުޮކށް އެ ދެ ޯކޗުންނަކީ ވެސް އެޯވޑް ހައްގު ދެ ޯކޗުން ކަމަށްބުނެފަ އެވެ.

މި އެޯވޑަށް ޯވޓުލީ މީހުންގެ ތެރެއިން ޮމރީނިޯއ އަށް 35 ޕަސެންޓް މީހުން ތާއީދު ކުރިއިރު ޑެލްޮބސްކޭ އަށް 33 މީހުން ތާއިދު ކުރި

އެވެ. ގާޑިޯއލާ އަށް ތާއީދު ކުރީ އަށް ޕަސެންޓް މީހުންނެވެ.

ފީފާ ޑްރީމް ޓީމް: 2010

ޯގލް ކީޕަރު: އިކާ ކަސިޔާސް. ރެއާލްމެޑްރިޑް، ސްޕޭން

ޑިފެންޑަރުން:ކާޮލސް ޕުޯޔލް. ބާސެޯލނާ، ސްޕޭންމައިޮކން. އިންޓަމިލާން، ބްރެޒިލްޖެރާޑް ޕީކޭ. ބާސެޯލނާ، ސްޕޭންލޫސިޯއ. އިންޓަމިލާން، ބްރެޒިލް

މިޑްފީލްޑަރުން:ޒަވީ ހަނާންޑޭޒް. ބާސެޯލނާ، ސްޕޭން

ވެސްލީ ސްނައިޑާ. އިންޓަމިލާން، ޮހލެންޑްއަންދްރޭ އިނިއެސްޓާ. ބާސެޯލނާ، ސްޕޭން

ޯފވަޑުން:ލަޮޔނަލް މެސީ. ބާސެޯލނާ، ސްޕޭންޑޭވިޑް ވިޔާ. ބާސެޯލނާ، ސްޕޭން

ކްރިސްޓިއާޯނ ޮރނާލްޯޑ. ރެއާލްމެޑްރިޑް، ޯޕޗުގަލް

ޯކޗު: ޯހސޭ ޮމރީނިޯއ. ރެއާލްމެޑްރިޑް / އިންޓަމިލާން، ޯޕޗުގަލް

Page 30: Sun Magazine Issue 14

)ކުރީގެ އަދަދާ ގުޅޭ( މޭޒު ދަށުން މަޑުމަޑުން ނިކުމެގެން ރަމީޒު ހިނގައިގެންފި

އެވެ. އެ ބިރުވެރި އެއްޗާ ދިމާއަށެވެ. އޭނާއަށް އެ ދިމާއަށް އެ ދެވެނީ ޝަހާމާދެކެ އޭނާ ވާ ތެދުވެރި ޯލބީގެ ބާރުގައިކަން ކަށަވަރެވެ. އެހެންނޫންނަމަ އެފަދަ ބިރުވެރި އެއްޗަކާ ކުރިމަތިލާން ކެރޭނީ ޮކން

ފަދައަކުން ހެއްޔެވެ؟ އޭތި ޮކޓަރީ ޮދރު ހުޅުވައިފި އެވެ. ވަންނަން ހިފާލައިފި

އެވެ. ރަމީޒަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ވިދާލި ވިދުވަރެއްހެން ފުންމައިގެން ޮގސް، ފުރަގަހުން އޭތީގެ ކަރުގައި ބައްދައިފި އެވެ.

ބެއްދުނުހާ ބާރަކަށެވެ. ބިރެއް ސިހުމެއް ނެތިއެވެ. އޭއްޗަށް ލިބުނީ ކުއްލި ސިހުމެކެވެ. ނޭނގި ހުއްޓާ

އެފަދަ ހަމަލާއެއް އައުމުން އަމިއްލަ ނަފުސު ދިފާޢެއް

ނުކުރެވުނެވެ. އިދިފުށަށް ކަހަލަ ޮގތަކަށް ވެއްޓިއްޖެ އެވެ. ރަމީޒު ހުރީ އެޮގތަށް އެކަން ވާނޭ ކަމަށް ވިސްނައިގެން ނެވެ.

އެހެންކަމުން އޭތި ވެއްޓި ތަޅުންގަނޑުގައި ޖެހުނު އިރު ރަމީޒު އިނީ އޭތީގެ މޭމަތީގަ އެވެ. މޭމައްޗަށް އެރީއެއް ނޫނެވެ. ޖެހިގަތީ އެވެ. އެވަގުތު އޭތީގެ ކަރުބުޑުން ނިކުތް ވަރުގަދަ ހަޅޭކެއްގެ އަޑުން މުޅި

ގޭތެރެ ގުގުމައިގެންފި އެވެ. ޮކޓަރީގައި ކަރުނައިގެ ދާނެއްގައި ޮއތް، ޝަހާމާއަށް އިވުނު

މި އަޑުފަށްގަނޑާއެކު ފުންމައިގެން ތެދުވެވުނެވެ. އޭނާއަށް ފެނުނީ ޮކޓަރީ ޮދރު ހުޅުވިފައި ހުރި ތަނެވެ. ތަޅާ ޮފޅާ އަޑާއި ބާރު ބާރަށް ނޭވާލާ އަޑު އޭނާގެ ކަންފަތާ ހަމައަށް ޯފރަންފެށި އެވެ. ޝަހާމާއަށް އަވަސް

އަވަހަށް ހިނގައިގަނެވުނީ ޮކޓަރީ ޮދރާ ދިމާއަށެވެ. ޮދރުމައްޗަށް އެރުމާއެކު ޝަހާމާ ދިޔައީ ސިއްސަިގެންނެވެ.

ފެނުނީ ގަބޫލުކުރަން ދަތި މަންޒަރެކެވެ. މޭތެޅިގަތެވެ. ހަތަރެސް

ފައިން ހީބިހި ނަގައިގަތެވެ. ފުރާނަ ނަގައި އަތަށް ލައިގެންއިންދެ، ރަމީޒު ހަނގުރާމަކުރަމުން އެދަނީ އިންސާނަކާ ނޫނެވެ. އެއީ ކުރީރޭ ގިފިލީ ފާރުމަތިން

އޭނާއަށް ފެނުނު ބިރުވެރި ސޫރަކަން ޔަގީނެވެ. ރަމީޒު އަދިވެސް އިނީ އޭތީގެ ގައިމަތީގަ އެވެ. ހިފާފައިވަނީ ކަރުގަ އެވެ. އޭތި

މަސައްކަތް ކުރަމުން ގެންދިޔައީ ރަމީޒުގެ ކިބައިން ސަލާމަތް ވެވޭޯތ އެވެ. އެހެނަސް އެ ފުރުސަތެއް އޭއްޗަކަށް ރަމީޒެއް ނުދެއެވެ. އޭނާ މަސައްކަތް

ކުރަމުން ގެންދިޔައީ އޭތީގެ ބާރު ކަނޑުވައިލެވޭޯތ އެވެ. ބަލިޮކށްލެވޭޯތ އެވެ. އެއްއަތުން ކަރުގައި ހިފައިގެން އިނދެ އަނެއް އަތުން އެތީގެ މޫނުމަތީގައި ވަރުހުރި އެތިފަހަރެއް އަޅާލައިފި އެވެ. އެއާއެކު އަނެއްކައިވެސް ބިރުވެރި

އަޑަކުން އޭތި ހަލޭއްލަވައިގެންފި އެވެ. މިހާހިސާބުން ރަމީޒަށް ކުއްލިއަކަށް ޮކންމެވެސް ބަދަލެއް އަތުވެއްޖެ އެވެ. ހަރަކާތަށް ކުޑަ ހުއްޓުމެއް އަތުވެއްޖެ އެވެ. އެހެނަސް މިޮގތުގައި ހޭދަވީ ވަރަށް ކުޑަ ހިނދުޮކޅެކެވެ. ކުއްލިއަކަށް ފެނުނީ އެއްލި އެންމެ އަތަކުން، އޭތީގެ

މޫނުމަތީގައި ހިފިތަނެވެ. ޝަހާމާއަށް ހުރެވުނީ ބަލާށެވެ. ރަމީޒު ކުރަން އުޅޭ ކަމެވެ. އޭރު އޭތި ވަނީ ވަރަށް ޮބޑަށް ބަލިވެފައިކަން އެނގެ އެވެ.

ކުއްލިއަކަށް ޝަހާމާއަށް ފެނުނީ އޭތީގެ މޫނުގެ ހަންގަނޑު ރަމީޒު ދަމައިގަތް ތަނެވެ. މިތަން ފެނިފައި ޝަހާމާއަށް ވީ ޮގތްވެސް ނޭނގުނެވެ. ހަޅޭއް

ލަވައިގަނެވުނެވެ. ޝަހާ އެތަނުގައި ބަލަން ހުރިކަން ރަމީޒަށް އެނގުނީ ދެނެވެ.

ނޫނެކެވެ! ނޫނެކެވެ! ރަމީޒަށް އެ ދަމައިގަނެވުނީ އޭތީގެ މޫނުގެ ހަންގަނޑެއް ނޫނެވެ. މޫނުގައި އަޅާފައި ޮއތް މާސްކެކެވެ. މިހާރު އެތަނުގައި ފެންނަން އެޮއތީ ބިރުވެރި އެއްޗެއް ނޫނެވެ. އެއީ އިންސާނެކެވެ. ޝަހާގެ

ލެޔަށް، ފުރާނައަށް ފެންޮބވައިގެން އުޅޭ މަކަރިވެރި އަނިޔާވެރިޔާ އެވެ. ނަޖީބެވެ. މިމަންޒަރު ރަމީޒަށާއި ޝަހާމާއަށް ފެނުނީ އެކުއެކީގައި ކަހަލަ ޮގތަކަށެވެ.

ދެމީހުންނަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. ރަމީޒުގެ ދެޯލ ޮބޑުވި އެވެ. ޝަހާމާއަށް ޖެހެވުނީ ފަހަތަށެވެ. ލިބުނު ބިރުވެރި ސިފައެއްޖަހާ މާސްކެއް

މުހައްމަދު ާގސިމް، އއ. މަތިވެރި

30

ވަާފތެރި މަީވމޭ

Page 31: Sun Magazine Issue 14

31

އަޅައިގެން އައިސް ރޭގަނޑު އޭނާ ބިރުގަންނުވާ މި ހަދަނީ ނަޖީބުތާ އެވެ.

ނަޖީބުގެ މޭމަތިން ރަމީޒު ތެދުވި އެވެ. އިރުޮކޅަކު ނަޖީބާ ދިމާއަށް ބަލަން ހުރެފައި ރަމީޒު ނެގީ ޯފނެވެ. ޮވއިސް މެސެޖް ޕްލޭ

ޮކށްލި އެވެ. ހަބީބާއި ނަޖީބުގެ މަކަރުވެރިކަމާއި ނުބައިކަމުގެ ވާހަކަތައް ޚުދު އޭނާ އަޑުއަހަމުން ގެންދިޔައީ ލަދުވެތިކަމާއެކުގައި ކަންނޭނގެ އެވެ. އިރުޮކޅަކުން ފެނުނީ ރަމީޒު ޮބޑު ޯރނުގަނޑެއް ހިފައިގެން އައި ތަނެވެ. ބަލާކަށް ނުހުރެ ނަޖީބުގެ ހަތަރެސްފައި ވަރުގަދައަށް ބަނދެލައިފި އެވެ. ނަޖީބު ގަދަހެދި އެވެ. އެހެންނަމަވެސް ރަމީޒުގެ ކުރިމަތީގައި އޭނާއަކަށް

ފިރިހެންކަމެއް ނުދެއްކުނެވެ. ނަޖީބު ބަނދެލުމަށްފަހު ރަމީޒު ބަލައިލީ ޝަހާއާ ދިމާއަށެވެ. ޝަހާމާގެ ދެޮލލުން ކަރުނަ ޮއހިގެންފި އެވެ. އޭނާއަށް ރަމީޒުގެ ގައިގައި ޮއޅުލައިގަނެވުނެވެ. ދެމީހުން އެއް ހިޔަނީގެ ޮގތުގައި ފަސްވަރަކަށް މިނެޓު ހޭދަވިއިރު، ނަޖީބު ޮއތީ މި މަންޒަރު ބަލަން ބޭނުން ނުވެގެން ދެޯލ މަރާ

ތަގުޅި ޮކށްގެންނެވެ. "އަހަރެންގެ ދުޢާ هللا ޢިޖާބަޮކށްދެއްވައިފި." ރަމީޒުގެ

ކަންފަތުގައި ޖެހުނީ ޝަހާމާގެ އަޑެވެ. އެއަޑުގައި ތުރުތުރެއް އެކުލެވިފައި ހުރިނަމަވެސް އުފާވެރިކަމުގެ ރަހަ ހުއްޓެވެ. ރަމީޒަކަށް އެއްޗެއް ނުބުނެވުނެވެ. އަނެއްކާވެސް ޝަހާމާގެ ގައިގައި ބައްދާލެވުނީ އެވެ.ފަތިހުގެ ފިނިކަމުން މުޅި ދުނިޔެ ހީކަރުވައިގެންފައިވާ ވަގުތެވެ. ފުރަން ދިއުމަށްޓަކައި ދަބަސް ހިފައިގެން ރަމީޒު ގެއިން ނިކުތްއިރު، އޭނާގެ ފަހަތުން އެނިކުތީ އޭނާގެ ޯލބިވާ އަންހެނުން

ޝަހާމާއެވެ. އެ ދެމަފިރިންގެ އިންތިޒާރުގައި އާތިފާއާއި ހަފީޒާގެ އިތުރުން ޝިހާމުވެސް މަގުމަތީގައި ތިއްބެވެ. އެއިން ޮކންމެ މީހެއްގެ މޫނުމަތިންވެސް

ފެންނަނީ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ އަލިކުލައެވެ. "އެވަރުގެ ކަމެއް ކުރީމާވެސް ކަމާބެހޭ ފަރާތާ ހަވާލުނުޮކށް

އެދެމީހުން ދޫޮކށްލަން ތި ނިންމީ ކީއްވެ؟" އަހައިލި ޮގތުން ޝިހާމަށް އެޮގތް ކަމުދިޔަހެނެއް ހިއެއް ނުވެއެވެ.

"އެމީހަކު ކުރިކަމެއް ޮއންނާނީ އެމީހަކަށް. އެމީހުންގެ ސަބަބުން އަހަރެމެންނަށް ވެސް ފައިދާއެއް ޮކށްފި. ޯދ ޝަހާ!"

ޝަހާމާ ޯބ ޖަހައިލީ ހިނިތުންވުމާ އެކުގަ އެވެ. "ޮކން ފައިދާއެއް؟" ހަފީޒާ ޖެހިލީ ޝަހާމާ ގާތަށެވެ.

"ޝަހާމާއަށް އަހަރެންކުރާ އިތުބާރު އެތައް ގުނައަކަށް އިތުރުވެއްޖެ. މީ ކިހާޮބޑު ފައިދާއެއް. އިރާދަކުރެއްވިއްޔާ މީގެފަހުން

އަހަރެމެން ދެމީހުންގެ ދެމެދަށް އެކަކަށްވެސް ނުވަދެވޭނެ." ޝަހާމާ ގެނެސް ގަޔާ ކައިރިޮކށްލަމުން ރަމީޒު ބުންޏެވެ. ޝަހާމާ އުފަލާއެކު ރަމީޒުގެ

ޮކނޑުގައި ޯބއަޅައިލި އެވެ. "ތި ޮކށްދިން ހެޮޔކަންތަކަށް ވަރަށް ޮބޑަށް ޝުކުރިއްޔާ!" އެންމެ

ފަހުން ރަމީޒު ސަލާންޮކށްލީ އާތިފާއާ އެވެ. "ޗުއްޓީ ލިބޭއިރަށް އާތި މާލެ އަންނަންވާނެ." އާތިފާގެ ގައިގައި ޝަހާމާ ބައްދާލި އެވެ. ދެން ފެނުނީ ރަމީޒާއި ޝަހާމާ ޯދޏަށް އެރިތަނެވެ. އިރުމަތީ ފަރާތް ޮދންކުރަމުން ދިޔައިރު ޯދނި ފަޅުން ނިކުންނަނީ އެވެ.

އާދުވަހަކާ ދުނިޔެ ކުރިމަތިލަނީ އެވެ. ރަމީޒާއި ޝަހާމާގެ ހަޔާތުގެ އާ ބާބެއް ވެސް ފެށެނީ އެވެ. )ނިމުނީ(

Page 32: Sun Magazine Issue 14

32

ރައްޔިތު މީހާގެ ވިސްނުން ސިޔާސީ ކަންކަމާ މިހާ ޮބޑަށް ޯދޅު ވެފައި ޮއތް ދުވަސް ވަރެއް މި ގައުމުގެ ކައިރި މާޒީ އަކުން ފެންނާކަށް ނެތެވެ. ޑިޮމކްރެސީގެ ނަމުގައި ވިޔަސް ގައުމަށް

މިއައި ޮލޅުމުގެ އަސަރު ރައްޔިތު މީހާގެ އާދައިގެ ދިރިއުޅުމަށް ޮކށްފި އެވެ. އެ ޮލޅުމުގެ ސަބަބުން އެ މީހުންގެ ވިސްނުމަށް ބަދަލު ގެނެސްފި އެވެ. އެ ޮލޅުމުގެ ސަބަބުން އެ މީހުންގެ ފިކުރު ޮބޑު ވެއްޖެ އެވެ. ވިސްނުންތައް އިތުރު ވެއްޖެ އެވެ. މި ވިސްނުންތަކާ

އެކު ސިކުނޑީގެ ވަރުބަލިކަން ޮބޑުވެ ދިރިއުޅުމުގެ ޮލޑުކަމާއި ކަންނެތްކަން އިތުރު ވެއްޖެ އެވެ. މި ހުރިހައި ކަމެއް ވަށާ ބުރެއް

ޖެހުމުން ރައްޔިތު މީހާގެ މުޅި ދިރިއުޅުމަށް އައީ ކިހާ ވަރެއްގެ ހެޮޔ ބަދަލެއްޯތ ސުވާލު އުފައްދާނެ ޖާގަ ޮބޑެވެ.

އެންމެ އުމުރުން ދުވަސް ވީ މީހާ އިން ފެށިގެން އެންމެ ކުޑަ ކުއްޖާ އާއި ހަމަޔަށް ވެސް ގައުމުގައި މި ވަނީ ނަފުސާނީ

ބަލިމަޑު ކަމެއް ފެތުރިފައި އެވެ. މުޅި ގައުމު ސިޔާސީ ވެގެން ދާ އިރު އެ ނޫން ވިސްނުމަކަށް ޖާގަ ވެސް ނެތް ކަހަލަ އެވެ. ބަލައިލި ޮކންމެ ދިމާ އަކުން ފެންނަނީ ސިޔާސީ މަންޒަރު ތަކެވެ. ކަންފަތަށް

އިވެނީ ސިޔާސީންގެ އަޑު ތަކެވެ. އެ އަޑުގައި ރީތި ކަމެއް ނެތެވެ. ފުރިހަމަ ކަމެއްް އަމުދުން ނެތެވެ. އިވޭ އަޑުތައް ގޭ ތެރޭގެ

ވެށީގައި ތިބެގެން އަހައިލެވޭ ވަރެއް ނުވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބަލާ އިރު އިވެނީ ބާޒާރު މަތީގެ ބަހުރުވަ އެވެ. އޭގެ ވެސް އެންމެ ދަށް ފެންވަރުގެ އިބާރާތް ތަކެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހާދަ އަގެއް ނެތޭ ހިތަށް އަރަނީ މަދު ފަހަރަކު ނޫނެވެ. ސިޔާސީ ޕާޓީއެއްގެ އެއްވުމެއް ނަމަ ވާހަކަ ދައްކާނެ ކަމެއް ނެތެވެ. އެއް ބަޔަކު އަނެއް ބަޔަކާ ޖަދަލު ކުރުމާއި ހަޖޫ ޖެހުމަކީ ޕާޓީތައް ހިންގަން ޮއތް އެންމެ ޮމޅު ޮގތް ކަހަލަ އެވެ. އެކަމަކު އެއީ ނަމޫނާ ދައްކަން ތިބި މީހުންނެވެ. އެ މަންޒަރާއި އެ އަޑު އަހައިގެން މި ގައުމުގެ އެންމެން އެ ފިލާވަޅު

ހިތުން ދަސްޮކށްފި އެވެ. ސިޔާސީންގެ ވިސްނުން ހުރީ އެބައި މީހުންގެ މަގުސަދު

ހާސިލު ކުރުމަށެވެ. އެ މަގުސަދު ހާސިލު ކުރުމަށް ޓަކައި ހިންގާ ހަރަކާތްތަކުގެ އަގެއް ނެތެވެ. އެކަމަކު އެއީ އެ މީހުން މާނަ ކުރާ

"ޑިޮމކްރެސީ" އެވެ. މި ވަރުގެ ލަދުވެތި ޑިޮމކްރެސީ އެއް މި ގައުމަށް ނައި ނަމަ މާ ހެވޭ އަޅުގަނޑުގެ ހިތަށް އަރަ އެވެ. ރައްޔިތުންގެ ވިސްނުމަށް އިހުތިރާމު ނުކުރާ ޑިޮމކްރެސީއެއްގެ ބޭނުމަކީ ޮކބައި

ހެއްޔެވެ؟ ރައްޔިތު މީހާ އަށް ދުނިޔޭގައި ޮއތް ހުރިހާ ހުތުރު އާދައެއް ދަސްޮކށްދޭ ޑިިޮމކްރެސީއެއްގައި ހުރި ޮފނި ކަމަކީ ޮކބައި ހެެއްޔެވެ؟ ޑިޮމކްރެސީގެ ނަމުގައި ރައްޔިތުންގެ ވިސްނުން ހެވާ ދުރަށް ދާ ނަމަ

އޭގެން ގައުމަށް ޮއތް ފައިދާ އަކީ ޮކބައި ހެއްޔެވެ؟ މި ގައުމުގައި މިހާރު ކަން ހިނގާ މަގަށް ބަލާ އިރު ރައްޔިތު މީހާއާއި މެދު ހެޮޔ ވިސްނުމެއް ޮއވެގެން ކަން ކުރާ

މަންޒަރެއް ނުފެނެ އެވެ. ސަރުކާރުން ބުނަނީ ޮކންމެ ކަމެއް ކުރަނީ ރައްޔިތުން އެދޭ ޮގތަށް ކަމަށެވެ. އިދިޮކޅު ފަރާތްތަކުން ވެސް ބުނަނީ

ހަމަ އެހެންނެވެ. ރައްޔިތު މީހާ މި ޮއތީ ފިތިފަ އެވެ. އިދިޮކޅު ފަރާތްތަކުގެ ނިޔަތުގެ ހުރި ހެޮޔ ކަމެއް ނުފެނެ އެވެ. ސަރުކާރުން ކުރާ ކަންކަމުން ވެސް އެ ނިޔަތެއް ނުފެނެ އެވެ. ޮކންމެ ބަޔަކު

ވެސް ސިޔާސީ މަގުސަދެއް ހާސިލު ކުރަން ރައްޔިތު މީހާގެ ބޭނުން ހިފަނީ އެވެ. މި ސިޔާސީ ކުޅިގަނޑުގެ ތެރޭގައި ހަފުސްވެ ދަނީ

ރައްޔިތު މީހާގެ ދިރިއުޅުމެވެ. ކަތިލެވެނީ ރައްޔިތު މީހާގެ ނަފުސެވެ. މި ކުޅިގަނޑުގެ ތެރޭގައި މުޅި ގައުމު ސިޔާސީވެ ނިމިއްޖެ އެވެ. ހެޮޔ ނުވާނެ އެވެ. މީ ރަނގަޅު ޮގތެއް ނޫނެވެ. ގައުމީ

ނަޒަރަކުން ބަލާ އިރު، ގައުމަށް ވުރެ ކުރިޔަށް އެހެން ކަމެއް އައިސްގެން ނުވާނެ އެވެ. މި ގައުމުގެ މީހުންނަށް މިއަށް ވުރެ ހަމަ

ޖެހޭ ދިރިއުޅުމެއް އެބަ ބޭނުންވެ އެވެ. މީޑިއާ ތަކުން ވެސް ސިޔާސީ އަޑުފައްގަނޑު ނޫން އަޑެއް އިވެން އެބަ ޖެހެ އެވެ. ސިޔާސީ

މަންޒަރަށް ވުރެ ޮލލަށް ފަސޭހަ މަންޒަރު ތަކެއް ދައްކައިދޭން އެބަ ޖެހެ އެވެ. ސިޔާސީންގެ ވަކިތަކުން މިންޖުވެ، އަމިއްލަ ދިރިއުޅުމުގެ

އެހެން ކަންކަމާ ވިސްނައިލާނެ ކުޑަ ނަމަ ވެސް ވަގުތު ޮކޅެއް ރައްޔިތު މީހާ އަށް އެބަ ބޭނުންވެ އެވެ.

ކޮާމކޯޅި“

ސިާޔީސ ކަސްތޮޅުގައި ރައްޔިތުން ހަފުސް ވަީނ

ސިނާން އަލީ

Page 33: Sun Magazine Issue 14

33

Page 34: Sun Magazine Issue 14

34

ޑެވިލްޑް ބީފް

ބޭނުންވާތަކެތި

100 ގްރާމް ގެރިމަސް

100 ގްރާމް ފިޔާ

50 ގްރާމް ޮޓމާޯޓ

50 ގްރާމް ލީކްސް

50 ގްރާމް ކެޕްސިކަމް )ޮބޑުމިރުސް(

ޮޓމާޯޓ ޯސސްޮކޅެއް

ޯސޔާ ޯސސްޮކޅެއް

ތެޅިމިރުސް

ޮލނު

ބައިޯޖޑުތެޮޔ

ހަދާނެ ޮގތް

އެއްމެފުރަތަމަ ގެރިމަސްޮކޅު 1 އިންޗިއަށް ޮކށާލައްވާށެވެ. ދެން ފިޔާ އަށްފަޅިޔަށް

ފަލައިލައްވާށެވެ. ޮޓމާޯޓ 4 ފަޅިއަށް ފަލައިލައްވާށެވެ. ލީކްސް ކަންކުއްޗަށް ޮބޑެތިޮކށް

ޮކށާލައްވަށެވެ. ކެޕްސިކަމްތައް ވެސް ޮކށާލައްވަށެވެ. އޭގެފަހުގައި ތެއްޔަށް ތެޮޔޮކޅެއް

އަޅުއްވާ އޭގެތެރެއަށް ގެރިމަސްތައް އަޅުއްވާ ޯރފިލުވާލައްވާށެވެ. ގެރިމަސްތައް ޯރފިލުމުން

ފިޔާ، ލީކްސް އަދި ކެޕްސިކަމްތައް އޭގެތެރެއަށް އަޅުއްވާށެވެ. މިތަކެތި މިލާލީމާ ޮޓމާޯޓ

ތައްއަޅުއްވައި މިލާލަންދެން ތެލުލައްވާށެވެ. އޭގެފަހުގައި ޯސޔާޯސސްޮކޅު އަޅުއްވާށެވެ. އޭގެ

ފަހުގައި ޮޓމާޯޓ ޯސސްޮކޅު އަޅުއްވައި ޮލނު ހެޮޔވަރުކުރައްވާށެވެ. ތެޅިމިރުސްޮކޅު ވެސް

އޭގެތެރެއަށް އަޅުއްވައި މަޑުގިނީގައި ބަހައްޓަވާށެވެ.

ބޭނުންތެރި މައުލޫމާތު

ކްރީމް ވިޕްކުރާއިރު ވިޕް ކުރާ ތަށި ކުޑައިރުޮކޅަކަށް ފްރިޖްގައި

ބަހައްޓާށެވެ.

*ކުކުޅުގައި ހިކިރިހަ، ތެލުލިކުކުޅު އަދި ފިހުނު ކުކުޅުފަދަ ބާވަތްތައް ތައްޔާރު ކުރަން ކުކުޅު ޮކށާއިރު ޅިޔަ އަޅާށެވެ.

އެއީ މަސްގަނޑުގެ ތެރެއަށް ރަހަ ވައްދާލުމަށެވެ.

* ޮޗކްލެޓް ދިޔާކުރާއިރު އެއްޗަކަށް ފެން އަޅާފައި ކެކުނީމާ އެހެން

އެއްޗެއްގެ ތެރެއަށް ޮޗކްލެޓްޮކޅު ލާފައި ކެކިކެކި ހުރި ފެން އެތީގެ މަތީގައި

ބަހައްޓައިގެން ދިޔާ ކުރާށެވެ.

"ހިޔާނާތުގެ ކަތުރުފަނިން މުޖުތަމައު އާއި ސަރުކާރާއި

އާންމު ރައްޔިތުންގެ ހައްގުތަކާއި މުދަލާއި ފައިސާ ހިމާޔަތް ކުރުމަށް ޮކންމެ ގައުމަކަށް

ބޭނުންވަނީ ހިތްވަރާއި ކެރުމެވެ،

މުތް

Page 35: Sun Magazine Issue 14
Page 36: Sun Magazine Issue 14