ރ20 :ުގަ އ2011 6 ްލީރްޕޭ އ23 ،20 :ުރަބްމަ ނ ހ މިރި ފްނުލަޓިޕްސޮ ހްސަމްތަހިވެރެނު ނ

Magazine 20

  • Upload
    sun

  • View
    256

  • Download
    9

Embed Size (px)

DESCRIPTION

Magazine 20

Citation preview

Page 1: Magazine 20

2ރ0 ގު: އަ2011 6ލް ޕްރީ އޭ23 ،20 :ބަރުނަމް

ފިރިީމާހ ހޮސްޕިޓަލުން

ނުނެރެވިހަތްމަސް

Page 2: Magazine 20
Page 3: Magazine 20

އެޑިޓަރުގެ ނޯޓް

އެޑިޓަރު: ސިނާން އަލީ

އެގްޒެކެޓިވް އެޑިޓަރުން:

އަހުމަދު ޒާހިރު )ހިރިގާ(މުހައްމަދު އާމިރު ފަރެސް

ޑިޕިއުޓީ އެޑިޓަރު: މުންޑޫ އާދަމް ހަލީމް

އެސިސްޓެންޓް އެޑިޓަރު: އަލްއުސްތާޒު އަހުމަދު މާޖިދު

ލިޔުންތެރިން:

އަބްދުهللا އަޒްމީންމުހައްމަދު ގާސިމްފުއާދު ގާސިމްޢަލީ ޚާލިދު

ޢަބްދުهللا ޝިނާން

ޮކލަމިސްޓުން:ސިކުނޑީގެ ތޫފާން: ސީނާ އަހުމަދު ޒާހިރު

ކެޮޔނިރު: މުހައްމަދު ބުޝްރީފަސްމަންޒަރު: އަހުމަދު ޒާހިރު )ހިރިގާ(އަޅުގަނޑުމެންގެ މާހައުލުން: މީމުޒަވިޔަނި

ޑރ. ރާޒީގެ އިރުޝާދު: ޑރ. އަހުމަދު ރާޒީދިޔަތިކި: އަބްދުهللا ފާރޫގު ހަސަން

ސިއްކަ: ސިއްކަގޭ މުހައްމަދު ނަސީމް ދިޔަވަރު: މުހައްމަދު އާމިރު ފަރެސް

ރަންދެލި: މުންޑޫ އާދަމް ހަލީމްފަންވަތް: އިމާދު ލަތީފުޮކމާޯކޅި: ސިނާން އަލީ

މާކެޓިން:

ސަން އެފްއެމް މާކެޓިން ޓީމް

ކަލަސަޕެރޭޝަން އެންޑް ޕްރިންޓިން: ޮނވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑް

"ސަން" އަކީ 14 ޖުލައި 2010ން ފެށިގެން "ސަންއެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން މަހަކު ދެ ފަހަރު ނެރޭ މަޖައްލާއެކެވެ.

ސަންގެ އިދާރާ: ގ. ވިޔަވަތި، ކަށިމާ ހިނގުން / މާލެއީމެއިލް:

ވެބްސައިޓް: ޯފނު: 3312747، ފެކްސް: 3343789

[email protected]

އަދަދު: 20 6 އޭޕްރީލް 2011

ސިނާން އަލީއެޑިޓަރު

"ސަން" މަޖައްލާގެ 20 ވަނަ އަދަދު ވިދާޅުވަމުން ގެންދަވާ ހުރިހާ ކިޔުންތެރިންނަށް ވެސް ހޫނު މަރުހަބާއެއް ދަންނަވަމެވެ. ސަންގެ 19 ވަނަ އަދަދަށް ދެއްވި ތަރުހީބަށް ޓަކައި ޝުކުރު

ދަންނަވަމެވެ. މި ފަހަރު ތިޔަ ބޭފުޅުންގެ ސަން އަތްޕުޅަށް ލިބިވަޑައިގަންނަވާ އިރު ސަން ޓީމަށް

މީ ވަރަށް ޚާއްސަ ވަގުތެކެވެ. ޚާއްސަ ދުވަސްވަރެކެވެ. ސަން ޓީމު ޮބޑު ބަދަލު ތަކަކާ ދިމާ އަށް މިސްރާބު ޖަހައިފައިވާ ވަގުތެކެވެ. މީޑިއާގެ ތަރައްގީގެ މަގުގައި އާ ފިޔަވަޅު ތަކެއް އަޅަން ތައްޔާރު ވަމުން އަންނަ ވަގުތެކެވެ. އެކަމަކު މި ފަހަރު އަދި އެ ވާހަކަ ބާއްވާނީ ސިއްރެއްގެ ޮގތުގަ އެވެ.

ސަން އެފްއެމް އެޯވޑްސް އަށް ވާދަ ކުރާ ގަދަ ތިނެއް މިހާރު އިއުލާނު ޮކށްފައިވާ އިރު ޯވޓު ދިނުމުގެ ސުންގަޑިއާ ދެމެދު ދެން ޮއތީ އެންމެ ފަސް ދުވަހެވެ. ފައިނަލު ބުރަށް ޮހވިފައިވާ ބޭފުޅުންގެ މެދުގައި

ވާދަވެރިކަން ވެސް ވަނީ ވަރަށް ޮބޑު ވެފަ އެވެ. ޯފރި ވަނީ ގަދަ ވެފަ އެވެ. އެންމެ ފާހަގަ ޮކށްލެވޭ

ކެޓެގަރީ އަކީ އަހަރުގެ އެންމެ މަގުބޫލު ޝަޚުސިއްޔަތު ކެޓެގަރީ އެވެ. މި ކެޓެގަރީން ފަހު ބުރަށް ޮހވިފައިވާ ތިން ބޭފުޅުންނަކީ ސިޔާސީ މައިދާނުގައި ވެސް ވަރަށް

ވާދަވެރި އަދި އެއިން ޮކންމެ ބޭފުޅެއްގެ ފަހަތުގައި ވެސް ގިނަ ސަޯޕޓަރުން ތަކެއް ތިބި ބޭފުޅުންނެވެ. އެއީ ރައީސް ނަޝީދާއި ރައީސް މައުމޫނާއި ޑީއާރްޕީގެ ލީޑަރު އަހުމަދު

ތަސްމީނު ޢަލީ އެވެ. މިއިން ޮކންމެ ބޭފުޅަކީ ވެސް 2010 ވަނަ އަހަރުގެ ތެރޭގައި މަގުބޫލު ބޭފުޅުންނެވެ.

މިދިޔަ އަހަރުގެ އެންމެ މަގުބޫލު ޝަޚުސިއްޔަތަށް ޮހވޭނީ މީގެ ތެރެއިން ޮކންމެ ވެސް އެއް ބޭފުޅެކެވެ. އެއީ ޝައްކެއް ޮއތް ކަމެއް ނޫނެވެ.

އެމްޑީޕީގެ އެންމެ އިސް މަގާމު ތަކުގެ އިންތިޚާބަށް ކުރަމުން އަންނަ ކެމްޕޭނުގެ ޯފރި ވެސް މި ދުވަސްވަރު މި ވަނީ ގަދަ ވެފަ އެވެ. އިންތިޚާބަށް ތިން ހަފުތާއެއްހާ ދުވަހަށް ކައިރި ވެފައިވާ އިރު އެންމެ ވަރުގަދަ ޮކށް މި ފެންނަނީ ޕާޓީގެ ރައީސް އަދި ނައިބު ރައީސުންގެ ކެމްޕޭނެވެ. އެ ޮގތުން

ރައީސް ކަމަށް ކުރިމަތިލައްވާފައިވާ، އެ ޕާޓީގެ މިހާރުގެ ވަގުތީ ރައީސް އިބްރާހީމް ހުސެއިން ޒަކީ އަދި އެމްޑީޕީ ސަރުކާރުގެ ފުރަތަމަ ފިޝަރީޒް މިނިސްޓަރު ޑރ. ޑީޑީގެ ކެމްޕޭނު ފެންނަނީ ވަރަށް ވާދަވެރި ޮކށެވެ. ވަކިން ޚާއްސަ ޮގތެއްގައި ޑރ. ޑީޑީގެ ބަހުގެ ހޫނު ހަމަލަތައް މީޑީއާ މެދުވެރިޮކށް ޒަކީ އަށް ރައްދު ވާ ތަން އަންނަނީ ފެންނަމުންނެވެ. ހަމަ މިއާ އެކު ޕާޓީގެ ނައިބު ރައީސުންގެ މަގާމަށް ވާދަ

ކުރައްވާ ދެބޭފުޅުން ކަމަށްވާ އަސްލަމާއި އަލްހާން ފަހުމީ އާއި ދެމެދުގައި ވެސް ބަހުގެ ހަމަލަތައް ވަނީ ހޫނު ވެފަ އެވެ. ކެމްޕޭނު ތެރޭގައި ފެންނަމުން މިދާ މަންޒަރު ތަކާއި ދެވެމުން މިދާ ރައްދު ތަކާއި ހޫނު ހަމަލަ ތަކުގެ އާޚިރު ނަތީޖާ ޯގސް ނުވުމަށް ކުރެވޭ އުއްމީދު ޮބޑެވެ. ޮކންމެ ފަރާތަކަށް ވެސް

ރައްދުވާ ފާޑު ކިޔުންތައް ބަލައިގަތުމުގެ މުހިންމުކަން ޮބޑެވެ. އިންތިޚާބެއް ނިމިގެންދާ އިރު ޕާޓީ ތަކުން ޢާންމު ޮގތެއްގައި ފެންނަ ހަމަނުޖެހުން ތަކަށް ޖާގަ ދިނުން ތަކުރާރު ނުވުން މުހިންމެވެ.

މި ފަހަރުގެ ކަވަރު ސްޯޓރީ އަކީ އައިޖީއެމްއެޗް ޮހސްޕިޓަލުގައި އެޑްމިޓު ޮކށްފައި ޮއންނަތާ ހަތް މަސް ދުވަސް ވެ، ހާލުގައި ޖެހިފައިވާ މީހެއްގެ ވާހަކަ އެވެ. އެ މީހާގެ އަނބި މީހާ ފިރިމީހާގެ ސަލާމަތަށް އެދި ކުރާ މަސައްކަތުގެ ވާހަކަ އެވެ. މި ވާހަކަތައް ސަން އާ ހިއްސާ ޮކށްދެއްވި ކަމަށް

ޓަކައި ޖަމީލާ އަށް ޝުކުރިއްޔާ އެވެ. ސަން ޓީމުގެ އެދުމަކީ ވީހާ ގިނަ ފަރާތްތަކަކުން ޖަމީލާގެ ފިރިމީހާ ސަލާމަތް ޮކށްދިނުމަށް އެހީތެރި ކަމުގެ އަތެއް ދިއްޮކށްލަ ދިނުމެވެ. ސަން ޓީމުން ޖަމީލާގެ

ޢާއިލާ އަށް އަވަސް ޝިފާ އަކަށް އެދެމެވެ. މާބަނޑު ދުވަސް ވަރު ޮލލަށް ދިމާވާ އެކި ކަހަލަ މައްސަލަ ތަކާ ގުޅޭ ޮގތުން ތިޔަ ބޭފުޅުންގެ ޮލލުގެ ޮޑކްޓަރު ޑރ. ޖުނެއިދު ލިޔުއްވާފައިވާ ޮކލަމް ޮކންމެހެން ވެސް ކިޔައިލުން

މުހިންމެވެ. މީގެ އިތުރުން މި ފަހަރުގެ އަދަދުގައި ވެސް މުހިންމު ރިޯޕޓު ތަކާއި ޝައުގުވެރި

ކުރުވަނިވި އެހެން ސަފުހާ ތައް ހިމަނާފައި ވާނެ އެވެ. ވިދާޅުވަމުން ގެންދަވާށެވެ.

Page 4: Magazine 20
Page 5: Magazine 20

5

ބަލިވެ އިނުމުން ލޮލަށް އަތުވެާދނެ ބައެއް ބަދަލުތައްބަލިވެ އިންނަ ދުވަސް ވަރަކީ އަންހެންބޭފުޅުންގެ ހަށިގަނޑުގެ ހުރިހާ

ނިޒާމަކަށް ފާހަގަ ކުރެވޭ ކަހަލަ ބަދަލުތަކެއް އަންނަ ދުވަސް ވަރެކެވެ. މީގެ ތެރޭގައި ހަމުގެ އެކި ދިމަދިމާލުގެ ކުލަބަދަލުވުން، ލޭގެ ޕްރެޝަރަށް އަންނަ ބަދަލުތައް، ފައިގެ ލޭނާރު ފުއްޕުން، ލޭމަދުވުން، ބަނޑުހަރުވުން، ގިނަގިނައިން ކުޑަކަމުދެވުން ހިމެނެއެވެ.

އަދި ހަށިގަނޑުގެ މުހިންމު "ގުލޭންޑު" ތަކަށް އަންނަ ބަދަލުތައް ހިމެނެއެވެ. މިސާލަކަށް "ތައިޮރއިޑް ގްލޭންޑުން" ކުރާމަސައްކަތަށް ބަދަލުތަކެއް އައުން ހިމެނެއެވެ.

މާބަނޑު ދުވަސްވަރު ޮލލަށް ވެސް މުހިންމު ބަދަލުތަކެއް އަތުވެދާނެއެވެ. މީގެތެރެއިން ގިނަ ބަދަލުތަކަކީ އެދުވަސްވަރު އެކަނި ފެންނަ ކަމެއްކަމުގައި ވިޔަސް ބައެއް ކަހަލަ ބަދަލުތައް ދިގުދެމިގެން ހިނގައިދާނެއެވެ. މިތަނުން ފާހަގަ ޮކށްލެވޭ

ކަންތައް ތަކަށް ބަލައިލަމާ ހިންގަވާށެވެ. މީގެ ތެރެއިން ކަޅުކަޅި ޮކންމެވެސް ވަރަކަށް ޯބވުން ހިމެނެއެވެ. މިހެން ވުމުން ކަޅުކަޅިއަށް އުނދަގޫ ތަކެއްވާހެން ހީވާނެއެވެ. މީގެ ތެރޭގައި ޯލ ފުސްވާހެން ހީވުމާއި، ޯލހިކޭހެން ހީވުން ހިމެނެއެވެ. މިހެން ގިނަފަހަރު

ދިމާވާނީ ކަޅުކަޅީގެ މިފަދަ މައްސަލަތައް ކުރީގައި ވެސް ޮކންމެވެސް ވަރަކަށް ހުންނަމީހުންނަށެވެ. މީގެތެރޭގައި ކަރުނަ ހިކޭ މީހުންނާއި، ޮލލަށް "ޮކންޓެކް ލެންސް" ލައްވާ މީހުން ހިމެނެއެވެ. މިހެންވެއްޖެނަމަ މިދުވަސްވަރު "ލެންސް" ގެ ބަދަލުގައި

ނަންބަރު އައިނު އެޅުއްވުން ބުއްދިވެރި ކަމަށް ފެނެއެވެ. އަދި މާބަނޑު ދުވަސް ވަރު ކަޅުކަޅީގެ އެއްވެސް ޮއޕަރޭޝަނެއް ނުކުރައްވާށެވެ. މީގެ ތެރޭގައި އައިނު ނަންބަރު ކުޑަކުރަން ކުރާ "ލޭސިކް" ނަމަކަށް ކިޔާ ޮއޕަރޭޝަން ހިމެނެއެވެ. ވިހެއުމަށް ފަހު

ޮލލަށް ލެންސް ނުލައްވާ ދުވަސް ޮކޅެއް ވާންދެން މަޑުކުރައްވާށެވެ. ބަދަލުގައި އައިނު އެޅުއްވުން ރަނގަޅުވާނެއެވެ. މިހެން މިދެންނެވީ ކުޑަކުއްޖެއްގެ ކަންތަކުގައި އަވަދިނެތި

އުޅުއްވަމުން "ލެންސް" ސާފުޮކށް ބަލަހައްޓަވަން ވާ ވަރަށް ނުބެލެހެއްޓެވި ދާނެތީ އެވެ. މީގެ އިތުރުން ރޭގަނޑު ދަންވަރު ތުއްތު ދަރިފުޅުގެ ކަމެއްގައި ކުއްލިއަކަށް ތެދުވާން

ޖެހިއްޖެ ނަމަ ޮލލަށް އެވަގުތު ލެންސެއް ލެއްވުމަށް ވުރެ އައިނެއް އެޅުން ފަސޭހަވެފައި އަވަސް ވާނެ ކަމަށް ފެންނާތީ އެވެ.

މާބަނޑު ދުވަސްވަރު ބައެއް މީހުންގެ ހަކުރު މައްޗަށް ދާތަން ފެނެއެވެ. މިހެން ވަނީ ބަލިވެ އިންނަމީހުންގެ ތެރެއިން ގިނަވެގެން ހަތެއް އިން ސައްތަ

މީހުންނަށެވެ. މިހެން ވާން މެދުވެރި ވަނީ ބައެއްމީހުންގެ ހަށިގަނޑުން މައިމީހާ އަށާއި ކުއްޖާ އަށް މާބަނޑު ދުވަސްވަރު ބޭނުންވާވަރަށް "އިންސުލިން" އުފައްދާ ނުދޭތީ އެވެ.

މިހެން ވުމުން މައިމީހާ އަށް ގިނަގިނައިން ކުޑަކަމުދެވޭ ޮގތްވެ، ގިނައިން ފެންޮބވާ ޮގތް ވެދާނެއެވެ. އަދި ވަރުބަލި ކުރާޮގތްވުމަކީ ވެސް ވެދާނެކަމެކެވެ. މިހެންވެއްޖެނަމަ ވަކިމިންގަނޑެއް ތެރޭގައި ހަކުރު ހިފެހެއްޓުމަށް މަސައްކަތް ކުރަންޖެހޭނެއެވެ. މިފަދަ

މީހުންގެ ޮލލަށް ހަކުރުގެ އެއްވެސް އަސަރެއްޮކށްފައި ވޭޯތ ބެލުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ފާހަގަ ޮކށްލަންޖެހޭ ކަމަކީ ހަކުރުގެ އަސަރުޮލލަށް ޮބޑަށް ކުރާނީ މާބަނޑުވެ ހަކުރު މައްޗަށް ދާމީހުންނަށް ވުރެ ހަކުރަށް ބޭސް ކުރަނިޮކށް މާބަނޑު ވާ މީހުންނަށް ކަމެވެ. މާބަނޑު ވެ ޮލލަށް ހަކުރުގެ އަސަރު ޮކށްފިނަމަ ދުވަސް ޮކޅަކަށްޯލ ފުސްވުމަކީ ވެދާނެ ކަމެކެވެ. މިހެން ވާން ދިމާވަނީ ޮލލުތެރޭގައި އިންނަ "ލެންސަށް" އެކިގަޑީ ގައި ހަކުރުގެ އަސަރުޮކށް ލެންސް އިންނާންވީ ވަރަށް ވުރެ ޯބވެ ތުނިވުމުގެ ސަބަބުންނެވެ. ހަކުރު ވަކި މިންގަނޑަކަށް ތިރިވުމުން ނުވަތަ ވިހެއުމުން މިކަން ރަނގަޅު ވެދާނެއެވެ.

ނަމަވެސް ޮލލުގެ މުހިންމު ބައެއް ކަމުގައިވާ "ރެޓީނާ" އަށް ހަކުރުގެ އަސަރު ޮކށްފިނަމަ ވަރަށް ޮބޑަށްޯލ ފުސްވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން ހަނދާން ކުރަންޖެހޭ އަނެއްކަމަކީ ހަކުރުގެ އަސަރު ޮކށް ޮލލުގެ ލޭޮހޅިތަކުން ލޭ ބޭރަށް ފޫދޭޯތ ބެލުމަށް ކުރެވޭ ޓެސްޓެއްކަމުގައިވާ "ފުލުރެސިން އެންޖިޯއގްރާމް"ފަދަ ޓެސްޓް ތައް ހެދުމަކީ

މާބަނޑު މީހުންނަށް އޭގައި ނުރައްކަލެއް ދިމާވެދާނެ ކަމެއް ކަމެވެ.މާބަނޑުވެ ލޭމައްޗަށް ޮގސް މިކަން ވަކިވަރަކަށް ނުހިފެހެއްޓިއްޖެނަމަ ޮލލަށާއި ހަށިގަނޑަށް ވަރަށް ނޭދެވޭ އަސަރުތަކެއް ޮކށްފާނެއެވެ. މިހެން ދިމާވަނީ

ބަލިވެ އިންނަ މީހުންގެ ގާތްގަނޑަކަށް ފަސް ޕަސެންޓް މީހުންނަށް ބަލިވެއިންނަތާ 20 ހަފްތާ ފަހުންނެވެ. މިހެން ވުމާއި އެކު މާބަނޑު ދުވަސްވަރު ލޭމައްޗަށް ޮގސް ނުރައްކަލަކާއި ހަމައަށް ދިއުމުގެ ކުރީން މިކަންކަން ފާހަގަޮކށް ފަރުވާ ލިބިގަތުމަކީ

މައިމީހާގެ ރައްކަލަކަށްޓަކައި ހަމަ ޮކންމެހެން ކުރަންޖެހޭ ކަމެކެވެ. މި ޮގތުން އެންމެ ކުރީގައި ފާހަގަ ކުރެވޭ އެއްކަމަކީ ކުޑަކަމުދާ އެއްޗިހީ ގައި "ޕްޮރޓީން"

ގެ އަސަރުހުރިކަން އެނގުމެވެ. މިހެންވެއްޖެނަމަ އެމީހާގެ ޮލލުގެ އެތެރެ ވީ އެއްމެ އަވަހަކަށް ބަލަންޖެހޭނެ އެވެ. މިހެން ބަލާއިރު ފެންނަ ބައެއް ކަންތައް ތަކުގެ ތެރޭގައި ޮލލުގެ ނާރުގެ އަރިމަތީން ފެން ލީކުވުން އަދި "ރެޓީނާ"ގެ ލޭޮހޅި ޮހޅި އަށް އަންނަ ބަދަލުތައް ހިމެނެއެވެ. މީގެ ތެރޭގައި ލޭޮހޅި ތަކުން ލޭ ދައުރުވާ ވަރު މަދުވެ ރެޓިނާ ގެ ހުރިހާ ދިމާލަކަށް ފުރިހަމަ އަށް ލޭ ނުލިބޭ ޮގތްވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މަދު ފަހަރަކު ޮލލުގެ އެތެރެއަށް ލޭޮހޅިއެއް ފަޅައިގެން ދިއުމަކީވެސް ވެދާނެ ކަމެއްކަން ހަނދުމަފުޅު ކުރައްވާ ށެވެ. މިހެންވެއްޖެ ނަމަ ފެނުމަށް ޮބޑެތި ބަދަލު ތަކެއް އަންނާ

ނެއެވެ. ވަކި ވަރަކަށް ވުރެ މައްޗަށް ލޭހިނގައްޖެ ނަމަ އެންމެ ފަހުން ރެޓިނާ އިންތަނުން ނެއްޓިގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން ފުރާނައަށް

ނުރައްކާތެރި ވާވަރަށް ފިޓުޖެހުމަކީ ވެދާނެކަމެކެވެ. އަދި ޮލލުން ސިކުނޑިއަށް ޮފނުވާދޭ އަލީގެ ސިގްނަލް ތައް ސިކުނޑީގައި ޖަމާވާ ހިސާބަށް ލޭދައުރުން ކުޑަވުމުގެ

ސަބަބުން އެމީހެއްގެ ޯލވަރަށް ޮބޑަށް އަދިރިވެދާނެއެވެ. މިހުރިހާ ކަމަކަށް ބަލާއިރު މާބަނޑު ދުވަސްވަރު ލޭމައްޗަށް ހިނގައްޖެނަމަ މިކަމަށް ފަރުވާކުރުމުގައި ވީއެންމެ ޮބޑަކަށް ފަރުވާތެރިވެލައްވާށެވެ. ބައެއް ޮޑކްޓަރުން ވިދާޅުވާ ޮގތުގައި މާބަނޑުވެ

ލޭމައްޗަށް ދިއުމުގެ ނުރައްކާ ޮބޑީ ބަލިވެ އިނުމުގެ ކުރީގައިވެސް ޮކންމެވެސް ވަރަކަށް ލޭމައްޗަށްދާ މީހުންނަށާއި، ޮދށީ އުމުރެއްގައި ބަލިވެ އިންނަމީހުންނަށް އަދި ހަށިގަނޑު

ހުންނަންވީ ވަރަށް ވުރެފަލަޮކށް ހުރެ ބަލިވެ އިންނަމީހުންނަށެވެ. މާބަނޑު ބައެއްމީހުން ގެ ޮބލުތެރޭގެ މުހިންމު ހިސާބެއްކަމަށްވާ "ޕިޓުޓަރީ" ގްލޭންޑް ޮބޑުވާ ޮގތް ދިމާވެދާނެއެވެ. މިހެންވުމުން މިމުހިންމު "ގްލޭންޑުން" އުފައްދާ އުފެއްދުންތައް އިތުރުވެ އޭގެ ނޭދެވޭ އަސަރުތައް ހަށިގަނޑަށް ކުރަން ފަށާނެއެވެ. މީގެތެރޭގައި ދެއަރިމަތީން އަދި މަތީން ތިރިއަށް ފެންނަވަރުކުޑަވުން، މޫނުގައި އަދި

ގައިގައި އިސްތަށި އިތުރުވުން، ބަރުދަން އިތުރުވުން އަދި ޮކލުގެ މަސްގނަޑު ފަލަވުން ހިމެނެއެވެ. މިކަހަލަ ކަމެއް ދިމާވެއްޖެނަމަ ޮލލުގެ ޚާއްސަ ޓެސްޓެއް ކަމުގައިވާ

"ވިޝުއަލް ފީލްޑް ޓެސްޓް" ހެދުމަކީ މުހިންމު ކަމެކެވެ. މިޓެސްޓުން ދެއަރިމަތީން އަދި މަތީން ތިރިއަށް ފެންނަވަރު ކުޑަވެފައިވޭޯތ އާއި އަދި ކުޑަވިނަމަ ކުޑަވިވަރެއް

ދެނެގަނެވޭނެއެވެ.ޮލލުގެ ޕްރެޝަރު މައްޗަށްދާ މީހުން ބަލިވެ އިނުމުން މިކަމަށް ފަރުވާ

ލިބިގަތުމަކީ ވަރަށް ބަލައިގެން ކުރަންޖެހޭކަމެކެވެ. މިހެން މިދެންނެވީ މިކަމަށް ބޭނުން ކުރާ ގިނަ ބޭސްތަކަކީ އޭގެސަބަބުން ބަނޑުގައި ޮއތްކުޑަ ދަރިފުޅަށް

ފަހަރުގައި ގެއްލުމެއް ލިބިދާނެ ބޭސްތަކަކަށް ވާތީއެވެ. ނަމަވެސް ގިނައިން ފެންނަނީ މާބަނޑުވުމުން ޮލލުގެ ޕްރެޝަރު ތިރިވާތަނެވެ. މިއީ މިދުވަސްވަރާއި ދިމާޮކށް ޮލލުގެ ޕްރެޝަރު މައްޗަށްދާ ނުވަތަ "ގުލަޯކމާ" ހުރެގެން ބޭސް ކުރާ މީހުންނަށް ލައްވާ ގުދުރަތީ ހެޮޔ ރަހުމަތެއް ކަމުގައިވެސް ބެލިދާނެއެވެ. ނަމަވެސް ޮލލުގެ ޕްރެޝަރު ތިރިކުރަން ބޭސް އަޅަން ޖެހިއްޖެ ހިނދެއްގައި ބޭސް އެޅުމަށްފަހު ކަރުނަވަޅަށް

ފިތާލައްވައިގެން ފަސްވަރަކަށް މިނެޓް މަޑުކުރައްވާށެވެ. މިހެން ހެއްދެވުމުން ޯލފިޔަވައި ހަށިގަނޑުގެ އެހެން ދިމަދިމާލަށް ބޭހުގެ އަސަރު ކުރާލެއް ކުޑަވާނެއެވެ.

މާބަނޑުވެ ޮލލުގެ ފެނުމަށް ނުރަނގަޅު ބަދަލެއް ދާއިމީ ޮގތެއްގައި އަންނާނީ ވަރަށް މަދުމީހަކަށެވެ. ނަމަވެސް މިދުވަސްވަރާއި ދިމާޮކށް އާދަޔާ ޚިލާފަށް ޯލ ފުސްވެ، ޮލލުގައި ގަދަޔަށް ރިއްސާ އަދި ރަތްވެއްޖެނަމަ ޮލލުގެ ޮޑކްޓަރަކަށް އަވަހަށް

ދައްކަވާށެވެ.

ޑރ. ޖުނައިދުގެ އިރުާޝދު

Page 6: Magazine 20

www

6

ފިންލޭންޑްގެ ގައުީމ ާދސްާތން"ކަލެވަލާ" އަކީ އުތުރު އިރުމަތީ ޔޫރަޕުގެ ގައުމެއް ކަމަށް ވާ ފިންލޭންޑުގެ ގައުމީ ދާސްތާނެވެ. މި ދާސްތާން ފާހަގަޮކށްލަން ޖެހެނީ ވަރަށް ގިނަ ޮގތްޮގތުން ބަލާ އިރު އެ ދާސްތާނާ އެފަދަ އެހެނިހެން ދާސްތާންތަކާ

ތަފާތުވުމުންނެވެ. ޝައުރުން އެކުލަވާލެވިފައި ވާ "ކަލެވަލާ" އަކީ އެ ދާސްތާނެއްގެ ޅެންވެރިކަމުގެ ފެންވަރު ޔޫރަޕުގެ އެހެނިހެން ގައުމުތަކުގެ މިފަދަ ދާސްތާންތަކަށް ވުރެ ރަނގަޅު ދާސްތާނެކެވެ. "ކަލެވަލާ" ގެ ވާހަކައަކީ ޚިޔާލުގެ ތަނަވަސްކަމާއި

ތަސައްވުރީ މުއްސަނދިކަމުގެ ޮގތުން ބަލާ އިރު ވެސް ޚާއްސަ ވަނައެއް ދެވޭ ފަދަ ދާސްތާނެކެވެ. ހަމަ އެފަދައިން ފިންލޭންޑްގެ ގައުމިއްޔަތު ދިރުވައި އާލާކުރުމުގައި

މި އަދަބީ މަސައްކަތުގެ ދައުރު ޮބޑު ވާހަކައަކީ އެއިރު ވެސް މިހާރު ވެސް ދެކެވޭ ވާހަކައެކެވެ. އަދަބިއްޔާތަކީ ގައުމެއްގައި ކިހައި މުހިއްމު އެއްޗެއް ކަން، ގައުމެއްގެ އަދަބިއްޔާތުގެ ސަބަބުން އެ ގައުމުގެ ޝަޚްސިއްޔަތަށް ކިހައި ވަރުގަދަ ބާރެއް ލިބޭ

ކަން ދައްކުވައިދޭ އެންމެ ރަނގަޅު އެއް މިސާލަކީ "ކަލެވަލާ" އެވެ. ހަގީގަތުގައި "ކަލެވަލާ" އަކީ ފިނިޝް ދަރިޮކޅުގެ އެކިއެކި ގަބީލާތަކުގެ މީހުންގެ މެދުގައި ކިޔެމުން އައި ޚުރާފީ އަދި ފުޯލކު ވާހަކަތަކެކެވެ. އެ ވާހަކަތަކުގެ

އަސްލު ވަނީ ގަދީމީ ތާރީޚުގެ އަނދިރި ފަތްފުށްތަކުގެ ތެރެއަށް ގެއްލިފައެވެ. ދޫދޫމަތީން ކިޔެމުން އައި އެ ވާހަކަތައް އެއްކުރައްވައި، އެއް ވާހަކައެއް ނުވަތަ ދިގު ދާސްތާނެއްގެ ސިފައިގައި ޖަމާކުރެއްވީ ފިންލޭންޑްގެ އަދަބިއްޔާތުގެ ބައްޕަ

ކަމުގައި ބެލެވޭ އެލިއަސް ޮލންޮރޓެވެ. 1802 ވަނަ އަހަރު އުފަންވެވަޑައިގެންނެވި ޮލންޮރޓަކީ ބޭސްވެރިއެކެވެ. ފަތްޕިލާވެއްޔާ ބެހޭ އިލްމުތަކުގެ އަހުލުވެރިއެކެވެ.

އަލްއުސްތާޛު އަޙުމަދު މާޖިދު

ދި އެޑްވެންޗަރސް އޮފް ހަކްލްބެީރ ފިން ފޮތުގެ ދުނިޔެއިން

އިނގިރޭސި އަދަބިއްޔާތުގެ ތެރެއަށް ކިތަންމެ ކުޑަޮކށް ނަމަވެސް ވަދެވަޑައިގެންފައި ހުންނެވި ބޭފުޅަކަށް "މާރކް ޓްވެއިން" އަކީ ޮކން

ބޭފުޅެއްކަން ކިޔައިދޭކަށެއް ނުޖެހޭނެއެވެ. އެއަށްވުރެ އިނގިރޭސި އަދަބީ އުޑުގައި ޓްވެއިންގެ ތަރީގެ ވިދުން ގަދައެވެ. އޭނާގެ ނަންފުޅު މަޝްހޫރެވެ. އޭނާ ލިޔުއްވި އެތަކެއް ޮފތްތަކެއްގެ ތެރެއިން އެންމެ މަޝްހޫރު، އަދި ގިނަ ބައެއްގެ ވަޒަންކުރުމުގައި އެންމެ ފުރިހަމަ ވާހަކައަކީ "ދި އެޑްވެންޗަރސް

ޮއފް ހަކްލްބެރީ ފިން" އެވެ. އެމެރިކާގެ އަދަބިއްޔާތުގެ އެންމެ މުހިއްމު އެއް މަސައްކަތް

ކަމުގައި ބެލެވޭ "ދި އެޑްވެންޗަރސް ޮއފް ހަކްލްބެރީ ފިން" އަކީ އެމެރިކާގެ އިތުރުން ދުނިޔޭގެ އެކި ކަންޮކޅުތަކުގައި ވެސް ވަރަށް މަގުބޫލު ވާހަކައެކެވެ. އެތައް ބަހަކަށް ތަރުޖަމާކުރެވިފައި ވާ ވާހަކައެކެވެ. ވާހަކައިގެ ހާދިސާތައް ބިނާކުރެވިފައި ވަނީ ޮބޑުވަމުން އަންނަ ޅަ ޒުވާން ފިރިހެން ކުއްޖެއްގެ

ޙަޔާތުގެ މައްޗަށެވެ. އެ ކުއްޖާ ދިރިއުޅުމުގެ ޮބޑެތި މައްސަލަތަކާއި، ފިކުރީ ތައުލީމުގެ މަރުހަލާތައް ގިރާކުރަމުން، ޒުވާންކަމުގެ ފައްތަރުތަކަށް އަރަން

ފަށާ ޮގތުގެ މައްޗަށެވެ. ޮފތުގެ އެންމެ ސަފުހާއެއް ވެސް ފޫހި ސަފުހާއަކަށް ނުވާނެޔޭ ދަންނަވަން އަޅުގަނޑަށް ކެރިދާނެއެވެ.

ނަމަވެސް އޭނާ އެންމެ ޮބޑަށް މަޝްހޫރުވެވަޑައިގަތީ އަދީބެއްގެ ހައިސިއްޔަތުންނެވެ. 1828 ވަނަ އަހަރު އޭނާ ފިނިޝް ދަރިޮކޅުގެ އެކިއެކި ގަބީލާތަކުގެ މީހުން ދިރިއުޅޭ އެކިއެކި ސަރަހައްދުތަކަށް ދަތުރުފުޅުކުރައްވައި، ފިނިޝް މީހުންގެ ފުޯލކު ވާހަކަތަކާއި

ޚުރާފާތުތައް އެއްކުރުމުގެ މަސައްކަތް ފެއްޓެވިއެވެ. ފަނަރަ އަހަރުގެ މުއްދަތެއްގެ ތެރޭގައި، މި ޮގތުގެ މަތީން އެކިއެކި ސަރަހައްދުތަކަށް އޭނާ އެގާރަ ދަތުރެއް

ކުރެއްވިއެވެ. ފިންލޭންޑްގެ އިތުރުން މިހާރުގެ ރަޝިޔާއާއި ޮއސްޓްރިއާ ފަދަ ގައުމުތަކަށް ނިސްބަތް ވާ ސަރަހައްދުތަކަށް ވެސް ދަތުރުކުރެއްވިއެވެ. މި ޮގތުން މަސައްކަތް

ކުރައްވައިގެން އޭނާ އެއްކުރެއްވި ވާހަކަތައް އެމުނިއެކުލެވިގެން ވާ އެއް ދާސްތާނެއްގެ ޮގތުގައި ޝާއިޢުކުރެއްވީ 1849 ވަނަ އަހަރުއެވެ. އޭގެ ކުރީން ވެސް ވާހަކައިގެ ބައެއް ބައިތައް ޝާއިޢުކުރެއްވިއެވެ. 1849 ވަނަ އަހަރު ޝާއިޢުކުރެވުނު ފުރިހަމަ "ކަލެވަލާ"

ގައި ހިމެނެނީ 22795 ބައިތެވެ. އެލިއަސް ޮލންޮރޓް އަށް ވުރެ ކުރީން ވެސް "ކަލެވަލާ" ގެ އެކިއެކި ވާހަކަތައް އެއްޮކށް ޝާއިއުކުރުމުގެ މަސައްކަތްކުރެވިފައި ވެއެވެ. އެ މަސައްކަތް

ކުރެއްވީ 1822 ވަނަ އަހަރު، ޒަކަރިއަސް ޮޓޕީލިއަސްއެވެ. ނަމަވެސް އޭނާ އެއްކުރެއްވީ ބާރަވަރަކަށް ހާސް ބައިތެވެ. އޭނާގެ މަޖުމޫއާގައި "ކަލެވަލާ" ގެ ވަރަށް

ގިނަ މުހިއްމު ބައިތަކެއް އުންޏެވެ. އެހެންކަމުން "ކަލެވަލާ" ގެ ފުރިހަމަ ޮފތެއް ކަމަށް ބެލެވެނީ ޮލންޮރޓް ޝާއިޢުކުރެއްވި ޮފތެވެ.

"ކަލެވަލާ" ފެށެނީ ދުނިޔެ އުފެދޭ ހިސާބުންނެވެ. ދާސްތާނުގައި ގެނެވިފައި

އަދަބާއި ފަންނު

Page 7: Magazine 20

www

7

ބަހުލޫލުލް މަޖުނޫނުގެ ޖިފުޓި ހުންނަނީ ބަޣުދާދުގެ އެކަހެރި ހިސާބެއްގައި ޮއންނަ ކުޑަކުޑަ އަވަށެއްގައެވެ. ބަހުލޫލަކީ މުއްސަންޖެއް ނޫނެވެ. ނަމަވެސް އެކިއެކި ބޭނުންތަކަށް ޓަކައި އޭނާ ރައްކާޮކށްގެން ގެންގުޅޭ ރަން ދީނާރުޮކޅެއް އޭނާގެ އަތުގައި

ހުއްޓެވެ. އެ ހިސާބުގަނޑުގައި ވަގުންގެ އުނދަގޫ ޮބޑުވި ދުވަސްޮކޅެއްގައި، ބަހުލޫލު ހެދި ޮގތަކީ އެ ދީނާރުޮކޅު ކުޑަކުޑަ ކީސާއަކަށް އަޅައިފައި، އޭނާގެ ޯގތިތެރޭގައި ހުރި ގަހެއްގެ ޮދށުގައި ވަޅުލީއެވެ. އިއްތިފާގުން ބަހުލޫލު އޭނާގެ ދީނާރުޮކޅު ގަސްޮދށުގައި ވަޅުލަނިޮކށް

ފެނުނީ އޭނާގެ ޖިފުޓީގެ ކުރިމަތީގައި، މަގުގެ އަނެއް ފަރާތުގައި ހުންނަ ގެއެއްގައި ދިރިއުޅޭ ފައިވާން ހަދާ މީހަކަށެވެ. އެ ތަން ފެނުމާއެކު ދީނާރުޮކޅު ވަގަށް ނެގުމުގެ ޚިޔާލު ފައިވާން

ހަދާ ކަލޭގެ ހިތުގައި ހިނގައިފިއެވެ. ރޭގަނޑުވެ، ދަމެއް ފާއިތުވެގެން ދިޔުމުން އެކަލޭގެ ކުޅަ ކަމަކީ ސިއްރުން ބަހުލޫލުގެ ޯގއްޗަށް ވަދެ، އެއްކަލަ ގަސްޮދށް ޮކނެގެން ދީނާރު

ކީސާ ވަގަށް ނެގީއެވެ.އޭގެ ހަފުތާއެއް ހައި ދުވަސް ފަހުން، ޮކންމެވެސް މުހުތާދެއް ފުއްދަން ވެގެން،

ދީނާރުޮކޅެއް ނަގަން ބަހުލޫލު ބޭނުންވިއެވެ. ދެން ޮގސް ގަސްޮދށް ޮކނުނު އިރު ކަމަކު ދާކަށް ނެތެވެ. ދީނާރު ކީސާ ޖެހުނުތާ ލަކުނު ވެސް ނެތެވެ. ވަގުތުން ބަހުލޫގެ ހިތަށް އެރީ ދީނާރުޮކޅު ވަގަށް ނެގި މީހަކީ ފައިވާން ހަދާ ކަލޭގެ ކަމަށް ވުން އެކަށީގެންވެޔޭ މިހެންނެވެ. ދެން ދީނާރުޮކޅު ލިބޭނޭ ޮގތަކީ ޮކބައިޯތ ވިސްނާލާފައި، ބަހުލޫލު ދިޔައީ

ފައިވާން ހަދާ މީހާގެ ގެއަށެވެ. ޮގސް އޭނާއަށް ސަލާމް ޮގވާލައި، އޭނާގެ ގާތުގައި އިށީދެ، އެކިއެކި ވާހަކަތައް ދައްކަން ފަށައިފިއެވެ. ފައިވާން ހަދާ މީހާގެ އާއިލާއާ ބެހޭޮގތުންނެވެ. އޭނާގެ މަސައްކަތާ ބެހޭ ޮގތުންނެވެ. މި ކަހަލަ ވާހަކަތަކެއް ދައްކަމުން ޮގސް، އެންމެ

ފަހުން ބަހުލޫލު ކިޔައިފިއެވެ. "އެކުވެރި ރަހުމަތްތެރިޔާއެވެ. އަހަރެންނަށް މީހެއްގެ ކިބައިން އަދާކުރެވޭން ވެފައި ޮއތް ވަރަށް ޮބޑު ދަރަންޏެއް ވެއެވެ. އެ ދަރަނި އަދާނުޮކށް އޭނާ

ފިލައިގެން އުޅޭތާ ޮދޅަހަކަށް އަހަރު ފަހުން، އިއްޔެ އަހަރެންގެ ގާތަށް އައިސް އެއްފަހަރާ އެ ފައިސާޮކޅު ދީފިއެވެ. އޭގައި ވަނީ ޖުމުލަ ތިން ހާސް ދީނާރެވެ. އަހަރެންގެ ހިތަށް އަރަނީ ގޭތެރޭގައި، އަލަމާރިއެއް ކަހަލަ އެއްޗެއްގައި އެ ފައިސާޮކޅު ބަހައްޓައިފި ނަމަ އޭގެ ފައިދާ އަހަންނަށް ކުރުމަށް ވުރެ ވަގަކަށް ކުރުން ގާތް ވާނޭ ކަމަށެވެ. އެހެންވެ

މި ވިސްނަނީ އަހަރެންގެ ގޭގެ ޯގތިތެރޭގައި އެހެރަ ގަސްޮދށުގައި ދީނާރުޮކޅު ވަޅުލާށެވެ. މިއީ ފަހެ ރަނގަޅު ޚިޔާލެއް ހެއްޔެވެ؟" ބަހުލޫލުގެ ވާހަކަ އަހާފައި ފައިވާން ހަދާ ކަލޭގެ އަވަސް އަވަހަށް ބުންޏެވެ. "ތިޔައީ ވަރަށް ޮމޅު ފިކުރެކެވެ." ދެން ބަހުލޫލު

ބުންޏެވެ. "ރަނގަޅެވެ! ދީނާރުޮކޅު ގަސްޮދށުގައި ވަޅުލާނީއެވެ." މިހެން ބުނެފައި ބަހުލޫލު ހިނގައްޖެއެވެ.

ބަހުލޫލު ދިޔުމުން ފައިވާން ހަދާ ކަލޭގެ ޚިޔާލުކުޅައެވެ. "އަހަރެން ނެގި ކީސާގައި ޮއތީ އެންމެ ދުއިސައްތަ ވަރަކަށް ދީނާރެވެ. ބަހުލޫލު އެ ބުނާ ތިން ހާސް ދީނާރެއް ގެނެސް ގަސްޮދށުގައި ބަހައްޓަން ވެގެން ގަސްޮދށް ޮކންނަ އިރު މި ކީސާ

ނެތް ނަމަ، އޭނާ އެ ދީނާރުޮކޅު އެތާކު ނުބަހައްޓާނެއެވެ. ވީމާ އިހަށް މި ކީސާ ގަސްޮދށުގައި ބަހައްޓާނީއެވެ. ދެން ބަހުލޫލު ހުރިހައި ދީނާރެއް ގަސްޮދށުގައި ބެހެއްޓުމުން ހުރިހާ ފައިސާއެއް އެކުގައި ނަގާނީއެވެ." މިހެން ހިތައިފައި، އެ ރޭ ދަންވަރު ފައިވާން ހަދާ ކަލޭގެ ކުޅަ ކަމަކީ އެއްކަލަ ކީސާ ގެންޮގސް އޭނާ ނެގި ތަނުގައި ބެހެއްޓީއެވެ. ފަހު ދުވަހު ހެނދުނު ބަހުލޫލު ހޭލައި، ގަސްޮދށް ޮކނެގެން ބެލި އިރު ދީނާރު ކީސާ އެބަ ޮއތެވެ. ދެން ބަހުލޫލު ވަރަށް އުފާޮކށްފައި، هللا އަށް ޙަމްދުޮކށްފައި، ދީނާރުޮކޅު ނަގައިފިއެވެ. އެއަށްފަހު ފައިވާން ހަދާ ކަލޭގެ ކައިރިއަކަށް އޭނާ ނުދެއެވެ. ފައިވާން

ހަދާ ކަލޭގެ އެތައް ދުވަހެއް ވަންދެން ދަންވަރު ހޭލައި ހުރެގެން، ބަހުލޫލު އެ ބުނި ތިން ހާސް ދީނާރެއް ގަސްޮދށުގައި ވަޅުލާޯތ ބެލިއެވެ. ނަމަވެސް އޭގެ ޚަބަރެއް ނުވިއެވެ. ދެން

ފައިވާން ހަދާ ކަލޭގެއަށް ވެސް ބަހުލޫލު އޭނާގެ ޮބލަށް ސަވާރުވެ، އޭނާގެ ދީނާރުޮކޅު ޯހދައިގަތީކަން ވިސްނިއްޖެއެވެ.

ވަނީ ވަރަށް ގިނަ ގައުމުތަކުގެ ޚުރާފާތްތަކުގައި ހުންނަ ޮގތަށް، ދުނިޔެއާއި އިންސާނީ ހަޔާތު ފެށުނު ޮގތުގެ ޚުރާފީ ބަޔާނެކެވެ. މި ބަޔާނުގައި ޮއންނަ ޮގތުން "ކަލެވަލާ" އަކީ ވާހަކައިގެ ނުވަތަ ދާސްތާނުގެ ހާދިސާތައް ހިނގާ ބިމެވެ. އެހެންކަމުން "ކަލެވަލާ" އަށް ބައެއް ފަހަރު "ކަލެވަލާގެ ބިން"

ނުވަތަ "ދަ ލޭންޑް ޮއފް ކަލެވަލާ" މިހެން ވެސް ކިޔިފައި ވެއެވެ. ވާހަކައިގެ މައިގަނޑު ބިނާވެފައި ވަނީ ފިނިޝް ގަބީލާތަކަށް ނިސްބަތް ވެވަޑައިގެންނެވި ތިން ބަތަލެއްގެ ޙަޔާތްޕުޅާއި، އެ ތިން ބަޠަލުންނާ ކުރިމަތިވެވަޑައިގެންނެވި

ޙާދިސާތަކުގެ މައްޗަށެވެ. އެ ތިން ބޭފުޅުންނަކީ ވައިނަޮމއިއެން، އިލްމެރިނެން، އަދި ލެމިންކައިނެން އެވެ. ވާހަކައިގެ އެންމެ މުހިއްމު ބަޔަކީ އުތުރުގެ ވަރުގަދަ

ރަސްކަލެއްގެ ދަރިކަނބަލަކާ ކައިވަނިކުރައްވަން ވައިނަޮމއިއެން ކުރެއްވި މަސައްކަތްޕުޅުގެ ވާހަކަ ހިމެނޭ ބައެވެ. އެއަށްފަހު އެންމެ ޝައުގުވެރިކުރުވަނިވި

ބަޔަކީ ޖާދޫގެ މިލެއް ހާސިލުކުރައްވަން އެ ތިން ބަތަލުން ކުރެއްވި މަސައްކަތުގެ ވާހަކަ ކިޔައިދޭ ބައެވެ.

"ކަލެވަލާ" އަށް ޚާއްސަޮގތެއްގައި ޯލބިކުރެއްވި މަޝްހޫރު އަދީބުންގެ ތެރޭގައި އިނގިރޭސި ބަހުގެ އެންމެ ފުންނާބު އުސް އެއް އަދީބު ކަމުގައި ވާ ޖޭ. އާރް. އާރް. ޮޓލްކީން ހިމެނިވަޑައިގެންނެވިއެވެ. ޮޓލްކީން

އެކުލަވައިލެއްވި މަޝްހޫރު "ދަ ޯލރޑް ޮއފް ދަ ރިންގްސް" އަކީ "ކަލެވަލާ" އިން ވަރަށް ޮބޑަށް ޚިޔާލު ނަންގަވައިގެން އެކުލަވައިލެއްވި ވާހަކައެކެވެ.

އަދި "ދަ ޯލރޑް ޮއފް ދަ ރިންގްސް" އާ ގުޅުން ހުރި ޮޓލްކީންގެ އެހެން ޮފތްތަކަށް ވެސް "ކަލެވަލާ" ގެ ނުފޫޒު ވަރަށް ޮބޑަށް ޮކށްފައި ވެއެވެ. އެޮގތުން "ދަ ޯލރޑް ޮއފް ދަ ރިންގްސް" ގެ ހާދިސާތައް އެ "ދުނިޔެ"

އެއްގައި ހިނގާ ކަމަށް ޮޓލްކީން ތަސައްވުރުކުރައްވާފައިވާ "މިޑްލް އާރތު" ގެ އަސްލާ ބެހޭ ޮގތުން އޭނާ ލިޔުއްވި "ދަ ސިލްމެރިލިއަން" ފާހަގަޮކށްލެވެއެވެ. "ސިލްމެރިލިއަން" މި ބަހުގެ އަސްލަކީ "ކަލެވަލާ" ގެ އެއް ބަތަލު ކަމުގައި

ހިމެނިވަޑައިގެންނެވި "އިލްމެރިއަން" ގެ ނަންފުޅެވެ. ޮޓލްކީންގެ މުސައްނިފާތުގެ ހާދިސާތަކާއި ބައެއް ޝަޚްސިއްޔަތުތަކުގެ އަސްލު ވެސް ގުޅިފައި ވަނީ

ކަލެވަލާ އާ އެވެ.

ބަހުލޫާލއި ވަގުކަލޭގެ

Page 8: Magazine 20
Page 9: Magazine 20
Page 10: Magazine 20
Page 11: Magazine 20
Page 12: Magazine 20

12

ކެތުީރާނ ހިާޔރު ކުާރީނ ާޝހުރުކް ާހން

ޮބލީވުޑުން ހަބަރުލިބޭ ޮގތުގައި ރިތިކް ޯރޝަންގެ ކްރިޝް 3 ގެ މުހިއްމު

ޯރލެއް އަދާކުރަން ކެތުރީނާ ކައިފަށް ލިބުނު ފުރުސަތު އޭނާ ދޫޮކށްލައިފިއެވެ. އެއީ ޝާހު ރުކް ހާނާ އެކު އޭނާ ކުޅެން

ހަމަޖައްސާފައިވާ، ޔަޝް ޯޗޕްރާގެ އާ ފިލްމުގެ ތާރީހުތަކާ ކްރިޝްގެ ތާރީހުތަކާ

ފުށުއެރުމުގެ ސަބަބުންނެވެ. ރިތިކް ޯރޝަނާ ޝާހު ރުކު ހާނާ ދެ މީހުންގެ ތެރެއިން ޯކސްޓާރެއްގެ ޮގތުގައި ޝާހަށް ކެތުރީނާ

އިސްކަން ދެނީ ޯތއްޗެކެވެ. މައުލޫމާތު ލިބިފައިވާ ޮގތުގައި ކެތުރީނާ ހުރީ މި އަހަރުގެ ޮއކްޯޓބަރު

މަހުގެ ތެރޭގައި ރިލީޒްކުރަން ހަމަޖެހިފައި ވާ ކްރިޝްގެ ޯރލާ މެދު ވަރަށް ޮބޑަށް ޝައުގުވެރިވެފައެވެ. އެ ޯރލަކީ ނެގެޓިވް ޯރލަކަށް ވުމާ އެކު، ކެތުރީނާ އެ ޯރލު ކުޅުނު ނަމަ އެ ޯރލު ވާނީ އޭނާގެ ކެރިއަރުގައި ފުރަތަމަ ކުޅޭ ނެގެޓިވް

ޯރލަށެވެ. ނަމަވެސް އެއްވެސް ހާލެއްގައި ޔަޝް ޯޗޕްރާއާއި ޝާހުރުކް ހާނާ އެކު

މަސައްކަތް ކުރަން ލިބިފައި ޮއތް ފުރުސަތު ދޫޮކށްލަން ކެތުރީނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ކްރިޝްގެ ޯރލަށް މިހާރު

ޗިތުރަންގްދާ ސިންގް ވަނީ ނަގައިފައެވެ.

Page 13: Magazine 20

13

މި އަހަރު ތެރޭ ނިކުންާނނެ ކަމަށް ބެލެވޭ ފިލްމުތަކުގެ ތެރެއިންކެތުީރާނ ހިާޔރު ކުާރީނ ާޝހުރުކް ާހންޮޑން 2 – އެކްސެލް އެންޓަރޓެއިންމަންޓުން އުފައްދާ މި ފިލްމަކީ

ޝާހުރުކް ހާން ލީޑް ޯރލް ކުޅުނު "ޮޑން" ގެ ދެވަނަ ބައެވެ. މި އަހަރުގެ

ޑިސެންބަރު މަހު ނެރެން ހަމަޖައްސާފައިވާ މި ފިލްމުގައި ލީޑް ޯރލް ކުޅޭނީ

ޝާހުރުކް ހާނާއި ޕްރިޔަންކާ ޯޗޕްރާއާއި ލާރާ ދައްތާއާއި ޯބމަން އިރާނީއާއި

ޯއމް ޕޫރީއާއި ކުނާލް ކަޕޫރެވެ. ފަރްޚާން އަޚްތަރު ޑައިރެކްޓްކުރާ މި

ފިލްމުގެ މިޔުޒިކް ތައްޔާރުޮކށްދޭނީ ޝަންކަރް-އެހެސާން-ޯލއީ އެވެ.

ޮބޑީގާރޑް – ރީލް ލައިފް ޕްޮރޑަކްޝަންސް އިން އުފައްދާ މި ފިލްމު

ނެރޭނީ މި އަހަރުގެ ޮއގަސްޓް މަހުގައެވެ. ސިއްދީޤީ ޑައިރެކްޓްކުރާ

މި ފިލްމުގެ ތަރީންނަކީ ސަލްމާން ހާނާއި ކަރީނާ ކަޕޫރާއި މަހޭޝް

މަންޖްރޭކާރެވެ. ފިލްމުގެ މިޔުޒިކް ތައްޔާރުޮކށްދޭނީ ޕްރީތަމް

ޗަކްރަބަރްތީއެވެ.

ޮރކްސްޓާރ – އެޯރސް އިންޓަރނޭޝަނަލް މީޑިއާ ލިމިޓެޑާއި ޝްރީ

އަޝްތަވިނަޔަކް ސައިންވިޝަނުން އުފައްދާ މި ފިލްމު ނެރޭނީ މި އަހަރުގެ

ޮކން މަހެއްގެ ތެރޭގައި ކަމެއް އަދި އިއުލާނެއް ނުކުރެއެވެ. އިމްތިޔާޒް އަލީ

ޑައިރެކްޓްކުރާ މި ފިލްމުގައި އުޅެނީ ރަންބީރް ކަޕޫރާއި ނަރްގިސް ފަޚްރީ

އެވެ. ފިލްމުގެ މިޔުޒިކް ހަދަނީ އޭ.އާރް. ރަހްމާނެވެ.

ރެޑީ – ރަވައިލް އެންޓަރޓެއިންމަންޓުން އުފައްދާ ރެޑީ އިން ފުރަތަމަ

ފަހަރަށް ސަލްމާން ހާނާއި ރީތިކަމުގައި އެފަދަ ދެވަނައެއް ނެތް އަސިން ގެ

ޯޖޑު ފެނިގެން ދާނެއެވެ. އަނީސް ބަޒްމީ ޑައިރެކްޓްކުރާ މި ފިލްމު ރިލީޒް

ކުރެވޭނީ މި އަހަރުގެ ޖޫން މަހުއެވެ. ފިލްމުގެ މިޔުޒިކް ތައްޔާރުކުރަނީ

ޕްރީތަމް ޗަކްރަބަރތީއެވެ.

ރާ-ވަން – ރާ-ވަން އަކީ މި އަހަރު ނިކުންނާނޭ ފިލްމުތަކުގެ ތެރެއިން އެ

ފިލްމަކަށް އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން ގެންދާ އެއް ފިލްމެވެ.

ޝާހު ރުކް ހާނުގެ ރެޑް ޗިލީޒް އެންޓަރޓެއިންމަންޓުން އުފައްދައި،

ޮއކްޯޓބަރު މަހު ނެރެން ހަމަޖައްސާފައިވާ މި ފިލްމަކީ ޮބލީވުޑުގައި

މިހާތަނަށް އުފެއްދޭ އެންމެ ޮމޅު ސައިންސް ފިކްޝަން ފިލްމަށް ވުމަކީ

ދުރުކަމެއް ނޫނެވެ. ޝާހުރުކް ހާން ޕްޮރޑިޔުސްޮކށް، އަނޫބާވް ސިންހާ

ޑައިރެކްޓްކުރާ މި ފިލްމުގައި ޝާހުރުކް ހާނުގެ އިތުރުން އަރްޖުން

ރާމްޕާލާއި ޝަހާނާ ޮގސްވާމީއާއި ކަރީނާ ކަޕޫރު މުހިއްމު ޯރލްތަކެއް

އަދާކުރާނެއެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ވެސް ޝާހްރުކް

ހާނެވެ.

ދިއްލީ ބެލީ – އާމިރް ހާން ޕްޮރޑަކްޝަނުން ތައްޔާރުކުރާ ދިއްލީ ބެލީ

ރިލީޒްކުރެވޭނީ މި އަހަރުގެ ޖުލައި މަހުއެވެ. އާމިރް ހާން ޕްޮރޑިޔުސްކުރާ

މި ފިލްމުގެ މުހިއްމު ޯރލްތަކުގައި ހަރަކާތްތެރިވާނީ އިމްރާން ހާނާއި ޝެހެނާޒް

ޓްރިޝައިވަލާއާއި ރާހުލް ޕެންޑްކަލްކާރާއި ވީރް ދާސްގެ އިތުރުން ކުނާލް ޯރއި

ކަޕޫރެވެ.

ޒިންދެގީ ނާ މިލޭގޭ ދުބާރާ – އެކްސެލް އެންޓަރޓެއިންމަންޓުން އުފައްދައި، ރިޓޭޝް

ސިދްވާނީއާއި ފަރްހާން އަޚްތަރު ޕްޮރޑިޔުސް ކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ ޯޒޔާ

އަޚްތަރެވެ. ފިލްމުގެ ތަރީންގެ ތެރޭގައި ރިތިކް ޯރޝަނާއި އަބޭހ ޑިޯއލާއި ކެތުރީނާ

ކައިފާއި ނަސީރުއްދީން ޝާހުގެ އިތުރުން ފަރްހާން އަޚްތަރު ވެސް ހިމެނެއެވެ.

މިޔުޒިކް ތައްޔާރުޮކށްދެނީ ޝަންކަރް އެހެސާން ޯލއީއެވެ.

އޭޖެންޓް ވިޯނދު – އިލުމިނާޓީ ފިލްމްސްގެ ފަރާތުން އުފައްދާ މި ފިލްމު

ރިލީޒްކުރެވޭނީ މި އަހަރުގެ ޑިސެމްބަރު މަހުއެވެ. ސްރީރާމް ރާގްވަން ޑައިރެކްޓްކުރާ

މި ފިލްމުގައި ހަރަކާތްތެރިވާނީ ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރެވެ.

ޯމސަމް – ރެލިގެއަރ ވިސްޓާރ އެންޓަރޓެއިންމަންޓުން އުފައްދާ މި ފިލްމު

ރިލީޒްކުރެވޭނީ ޖުލައި މަހުގެ ތެރޭގައެވެ. ޕަންކަޖް ކަޕޫރް ޑައިރެކްޓްކުރާ މި ފިލްމުގެ

މުހިއްމު ޯރލްތައް އަދާކުރާނީ ޝާހިދު ކަޕޫރާއި ޯސނަމް ކަޕޫރާއި އަނޫޕަމް ކޭހރާއި

އަދިތީ ޝަރްމާއެވެ.

ރާސްކަލްސް – ސަންޖޭދަތު ޕްޮރޑަކްޝަންސްގެ ފަރާތުން އުފައްދާ މި ފިލްމު

ނެރެވޭނީ މި އަހަރުގެ ޮއގަސްޓް މަހުގެ ތެރޭގައެވެ. ސަންޖޭދަތުގެ އިތުރުން

ސަންޖޭ އަހލުވާލިއާއާއި ވިނޭ ޮޗކްސީ ޕްޮރޑިޔުސްކުރާ ވާ މި އެކްޝަން ޮކމެޑީ

ޑައިރެކްޓްކުރަނީ ޮބލީވުޑްގެ ޮކމެޑީގެ ރަސްގެފާނުގެ ޮގތުގައި ސިފަކުރެވުނު ޑޭވިޑް

ދަވަނެވެ. މި ފިލްމުގައި ސަންޖޭ ދަތުގެ އިތުރުން އަޖޭ ދޭވްގަނާއި ކަންގްނާ ރަޯނޓާއި

ޗަންކީ ޕާންޑޭއާއި ސަތީޝް ޯކޝިކްގެ އިތުރުން ލީސާ ހެއިޑަން ހަރަކާތްތެރިވާނެއެވެ.

Page 14: Magazine 20

1957 ޖަނަވަރީ 7 ވަނަ ދުވަހަކީ ދިވެހި ރާއްޖޭގެ ތާރީޚުގައި ވަރަށް ވެސް މުހިއްމު

ޙާދިސާއެއް ހިނގި ދުވަހެކެވެ. އެއީ ދިވެހި ރާއްޖޭގެ ޮބޑުވަޒީރުކަމުގެ މަތިވެރި މަޤާމުގައި ހުންނެވި ހެންވޭރު އެއްގަމުގޭ ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު )ބައެއް ދިވެހީން ކިޔާ ޮގތަށް ނަމަ އެއްގަމުގޭ ތުއްތު ޢަލިދީދީގެ ސީދީ(

އިނގިރޭސި ދައުލަތާ އެކު ކުރެއްވި އެގްރީމެންޓެއްގައި ރަމްޒު ޮސއިކުރެއްވި

ދުވަހެވެ. ނުވަތަ އެ އެގްރީމެންޓް އިނީޝިއަލް ކުރެއްވި ދުވަހެވެ. އެ

އެގްރީމެންޓް އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ފެނުނީ ހެންވޭރު މައިޒާންގޭގައި

އިޢުލާންކުރައްވާފައި ހުއްޓައެވެ. އެ ދުވަސްވަރު ޮކންމެ އަވަށެއްގައި ވެސް މައިޒާންގެއެއް ހުންނާނެއެވެ. ސަރުކާރުގެ އެކިއެކި

ބޭނުންތަކުގައި އަވަށު ރައްޔިތުން އެއްކުރަން ބޭނުންވެއްޖެ ނަމަ އެއްކުރެވޭނީ އެ މައިޒާންޮދށަށެވެ. އަދި ސަރުކާރުގެ މުހިއްމު

އެންގުންތައް ލިޔެފައި ބެހެއްޓޭނީ ވެސް އެ މައިޒާންގޭގައެވެ. އެއީ ހަގީގަތުގައި ގެއެއް ނޫނެވެ. އެއީ ދިގުމިނުގައި ވިއްސަކަށް ފޫޓު، ފުޅާމިނުގައި ދިހަވަރަކަށް ފޫޓު ހުންނަ އިމާރާތެކެވެ. ތަޅުންގަނޑު ޮއންނާނީ ތަންޮކޅެއް އުސްޮކށެވެ. ދެން ހުންނާނީ ބައެއް މިސްކިތް

މިސްކިތުގައި ހުންނަ ކަހަލަ ފަތިޮކށް ހުންނަ ތޭރިތަކެއް ލީ، ހަތަރު ފޫޓެއްހައި އުސްމިނުގެ ޖާލިތަކެއް ލައިފައެވެ. ދެން

ސިއްކަގޭ މުހައްމަދު ނަސީމް

ރި ކިލެާފނު އިބްާރހިމް ާފމުލަ ދޭއިީނޝިއަލް ކުރެއްވެވި އެގްރިމެންޓް

14

އެތާގައި، ބިއްޮދށް ފާރުގައި ގަޑިއެއް ބަހައްޓާފައި ހުންނާނެއެވެ. އެ ދުވަސްވަރު މާލޭގައި ގަޑި ގެންގުޅުމަކީ އާއްމު ކަމަކަށް ނުވާތީ، މިފަދަ ގަޑިއެއް ރައްޔިތުންނަށް ފަސޭހައަކަށް ޓަކައި ސަރުކާރުން

ބަހައްޓަވައިފައި ހުންނަނީއެވެ. 1957 ޖަނަވަރީ 7 ވަނަ ދުވަހު މެންދުރެއް ހައި އިރު އަޅުގަނޑު ސިއްކަގޭ ޮދރުން ބޭރަށް

ނިކުތް އިރު މި ދެންނެވި ސިފައިގައި ހުރި ހެންވޭރު މައިޒާނުގައި ޮލޔަށް

ލައިފައި ހުރި އިޢުލާނެއް ބަހައްޓާފައި ހުރެގެން، އެ ބަލައިލަން އަޅުގަނޑު ދިޔައީމެވެ. އަދި އެތާ ތިބި މީހުން ބުނެގެން އަޅުގަނޑު އެ އިޢުލާން ތަންޮކޅެއް ބާރަށް ކިޔައިވެސް

ދިނީމެވެ. އެ އިޢުލާނަކީ ވަޒީރުލް އަޢުުޘަމްގެ ޮއފީހުގެ އިޢުލާނެކެވެ. އަދި

އިޢުލާނަކީ އިނގިރޭސި ސަރުކާރާ އެކު ޮބޑުވަޒީރު އެއްބަސްވެވަޑައިގަތް އިނީޝިއަލް ކުރެވުނު އެގްރީމެންޓެވެ. މި އެގްރީމެންޓް އަޅުގަނޑު އަކުރުން

އަކުރަށް ދަންނަވާލާނަމެވެ. 1953 ވަނަ އަހަރު ޖަނަވަރީން .1

1 ވަނަ ދުވަހު އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާ ދެމެދު ޮކށްފައި ޮއތް މުޢާހަދާގެ ހަތަރުވަނަ މާއްދާގައި ވާ ޮގތުގެ މަތީން ވާހަކަދެއްކުމަށް ފަހު އައްޑު

އަޮތޅުގައި އިނގިރޭސި ދައުލަތުން ކުރީން ހަދާފައި ޮއތް މަތިންދާ ޯބޓު ތިރިކުރާ އިސްޓޭޝަން އާޮކށް ހެދުމަށާއި، އެ ކަމަށް ބޭނުންވާ ބިން ދިވެހި ދައުލަތުން ދިނުމަށް ދިވެހި ދައުލަތް

އެއްބަސްވެއްޖެއެވެ.

މި އެއްބަސް ވީ އައްޑު އަޮތޅު ގަން އިނގިރޭސި .2

Page 15: Magazine 20

15

ސަރުކާރަށް 100 އަހަރަށް ކުއްޔަށް ދިނުމަށެވެ. އެ ރަށުގައި ތިބި މީހުން އެހެން ރަށެއްގައި )ތަނެއްގައި( ވަޒަންވެރިކުރުމަށް ދާ ޚަރަދު

އުސޫލެއްގެ ޮގތުން އިނގިރޭސި ސަރުކާރުން ލިބޭނެއެވެ.

އައްޑު އަޮތޅު ހިތަދޫގައި އިނގިރޭސި ދައުލަތުން ރޭޑިޯއ .3އިސްޓޭޝަނެއް ބަހައްޓައި ހިންގާނެއެވެ. އެ ބަހައްޓާ ތަނެއް

ގަސްތުކުރާނީ ދެ ދައުލަތުންނެވެ. އެ ބިމަށް ވެސް އިނގިރޭސި ސަރުކާރުން ކުލި ދޭނެއެވެ.

އައްޑު އަޮތޅުގައި މި ދެ ތަން އުފެއްދުމުގެ ޮގތުން .4މަސައްކަތަށް ބޭނުންވާ މީހުން ކުރެ ދިވެހީންގެ ތެރެއިން

މަސައްކަތް ކުރާ ބަޔަކަށް އިނގިރޭސި ދައުލަތުން ކުލި ދޭނެއެވެ. އަދި އައްޑޫގެ ބަނދަރަށް އިނގިރޭސި ދައުލަތުގެ ހުރިހާ ޯބޓުފަހަރު

ނަގިލިލުމުގެ ޙައްޤު ލިބިގެން ވެއެވެ.

މި ކަންތައްތައް ހިނގުމުގެ ނަތީޖާއެއްގެ ޮގތުން .5އެތާނގައި ތިބޭ އިނގިރޭސި ސިފައިންގެ ކަންތައްތައް

ހުންނާނޭ ޮގތާ މެދު ޤާނޫނީ މުޢާހަދާއެއް ފަހުން އިނގިރޭސި ދައުލަތާއި ދިވެހި ސަރުކާރާ ދެމެދު ކުރެވޭނެއެވެ.

މަތީގައި ބަޔާންޮކށްފައި އެވަނީ ކުރީން ވެސް ބުނި ފަދައިން އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާ ދެމެދުގައި ޮކށްފައިވާ

މުޢާހަދާގެ ހަތަރުވަނަ ނަންބަރުގެ މަތީން ކަނޑައެޅުނު ކަންތައްތަކެވެ. ދުނިޔޭގެ ސިޔާސީ ޙާލަތު ބަދަލުވަމުންދާ ޮގތާ އެކު ދިވެހި ދައުލަތަށް ހިމާޔަތްތެރިވުމުގެ ޮގތުން މި ފިޔަވަޅު މި ދެ ދައުލަތުން ހުށަހަޅަން ޖެހުނީއެވެ.

މި ކަމާ ވިއްދައިގެން ކުރަން ޖެހޭ ޮކންމެ ކަމެއް މެ މި ދެ ދައުލަތުން ކުރަމުން ގެންދާނެއެވެ. ޒަމާނުއްސުރެ ދެ ދައުލަތް ގުޅިފައި ވާ އަދި ކުރެވިފައި ވާ މުޢާހަދާއަށް

ހުރުމަތްތެރިވެ ތިބެގެންނެވެ. 1376 ޖުމާދަލް އާޚިރު 7

އަލްއިމްޟާއުޮސއި އިބްރާހީމް ޢަލީ

ވަޒީރުލް އަޢުޡަމް

މަތީގައި ބަޔާންކުރެވުނު އެގްރީމެންޓުގައި ރަސްމީޮގތުން ދިވެހި ސަރުކާރުގެ ފަރާތުން ޮސއިކުރެއްވުމަށް ޓަކައި މުލީއާގޭގައި ކެބިނެޓުގެ ޚާއްސަ ޖަލްސާއެއް ބޭއްވުނެވެ. އަދި ހަމަ އެއާއެކު މުލީއާގޭ އެހެން ޮކޓަރިޮކޅެއްގައި އެއިރު ސިޯލނުގައި ހުންނަވާ

އިނގިރޭސި ދައުލަތުގެ ހައިޮކމިޝަނަރު ސަރ ސިސިލް ސާޔާޒް އިންނެވިއެވެ. އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ކެބިނެޓަށް

ހުށަހަޅުއްވަނީ މި ދެންނެވި އިނީޝިއަލް ކުރެވުނު އެގްރީމެންޓުގައި ޮސއިކުރެއްވުމަށެވެ. އެގްރީމެންޓުގެ

އިނގިރޭސި ޮކޕީތަކެއް ކެބިނެޓް މެންބަރުންނަށް ބެއްސެވިއެވެ. މި މައްސަލައާ ގުޅިގެން ކެބިނެޓުގައި ވަރަށް ހޫނު ބަހުސްތަކެއް ހިނގިއެވެ. ކެބިނެޓުުގައި އެންމެ ހަރުދަނާޮކށް ވާހަކަފުޅު ދެއްކެވީ އެއިރުގެ ވަޒީރުލް އައުޤާފް ފަޟީލަތުއް

ޝައިޚް އިބްރާހީމް ރުޝްދީ އަލްއަޒްހަރީއެވެ. ޝެއިޚް ކަނޑައެޅިގެން މި ކަމާ އިންކާރުކުރެއްވިއެވެ. ޝެއިޚް

ވިދާޅުވަނީ މި އެގްރީމެންޓް ތިމަންމެންނަށް ލިބޭ އިރު ޮއންނަން ވާނީ ދިވެހި ބަހުން ލިޔެވިފައި ކަމަށެވެ. އަދި މި އެގްރީމެންޓާ

މެދު ވިސްނުމަށް ހަ މަސް ދުވަސް ބޭނުންވާނޭ ކަމަށެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ހަ މަސް

ދުވަސް ކީއްކުރަންޯތއެވެ؟ އެންމެ ގަޑިއިރެއްގެ މުހުލަތު ވެސް ދެވޭކަށް ނެތެވެ. އިނގިރޭސި ހައިޮކމިޝަނަރު އިންނެވީ މި އެގްރީމެންޓުގައި ޮސއިކުރެއްވުމަށްޓަކައި

ތައްޔާރުވެވަޑައިގެންނެވެ. ވަރަށް ހޫނު ގަދަ ބަހުސްތަކަކަށް ފަހު ޖަލްސާ ނިމިގެން

ދިޔައީ މި އެގްރީމެންޓުގައި ޮސއިނުކުރެވިއެވެ. އެގްރީމެންޓުގައި

ޮސއިނުކުރެވުނެއް ކަމަކު، އައްޑު އަޮތޅު ގަމަށް

އިނގިރޭސީންގެ ބަޔަކު ފައިބައިވެސްފިއެވެ.

އާދެ، ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. މުސްކުޅިފުޅު ޮބޑުވަޒީރަށް އެ މަނިކުފާނުގެ ސިޔާސީ

ޙަޔާތުގެ ދުވަސްތައް ގުނަން ފެށިއްޖެކަމުގެ އިޙްސާސް ކުރެއްވޭނެއެވެ. ހިނގައި ދިޔަ ކަންތައްތަކަށް ފަހު

1957 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަސް އެއީ ކިލެގެފާނުގެ ޮބޑުވަޒީރުކަމުގެ އެންމެ ފަހު

ދުވަހެވެ. ކިލެގެފާނު މަޖުބޫރީ ޙާލަތެއްގައި ޮބޑުވަޒީރުކަމުން އިސްތިއުފާ ދެއްވީއެވެ. އަލަށް ޮބޑުވަޒީރުކަން ލިބިވަޑައިގަތީ،

ޖެހިގެން އައި ދުވަހު، ދިވެހި ދައުލަތް އެ ބޭފުޅަކަށް ޓަކައި ފަޚުރުވެރިވާ ޞާޙިބުއްދައުލާ އަލްފާޟިލް އިބްރާހީމް

ނާޞިރަށެވެ. ޑިސެމްބަރު 12 ވަނަ ދުވަހު ކީރިތި މަހާރަދުންގެ ކުރިފުޅުމަތީގައި ޮބޑުވަޒީރުކަމުގެ ރަސްމީ ހުވާކުރައްވައި، ޤާނޫނީ

ހަމަތަކުގެ މަތީން ދިވެހި ރާއްޖޭގެ ވަޒީރުލްއަޢުޘަމްކަމުގެ މަތިވެރި މަޤާމާ އެމަނިކުފާނު ޙަވާލުވެވަޑައިގެންފިއެވެ.

Page 16: Magazine 20
Page 17: Magazine 20
Page 18: Magazine 20

ފައިާސ ނުދެއްކިގެން ފިރިީމާހ ހޮސްޕިޓަލުގައި އޮންނަާތ ހަތް މަސް

ހޮސްޕިޓަލު ބިލަށް ދޭންޖެހޭ އަދަދު ބައިލައްކަާއ ކައިރިއަށް

އަންހެނަކު ބޮޑު ހިާތމައެއްގެ ތެރޭގައި

Page 19: Magazine 20

19

ޮބޑު ޮކތަޅެއްގެ ތެރެއަށް ފިރިމީހާގެ ޮބޑު ޮފޯޓއެއް ލައިގެން އޭނާ ޮކންމެ ދުވަހަކު ވެސް ޮބޑު ޮހސްޕިޓަލް، އައިޖީއެމްއެޗުން

ޮބޑު މަގުތަކަށް ނުކުންނަނީ ޮބޑު ކަމަކައިގެނެވެ. އެކަމަކު ޮބޑެތި ވިޔަފާރިވެރިންނާއި ޮބޑެތި މީހުން ކުރެން އޭނާ ޮބޑު ކަމަކު ނޭދެ އެވެ. ހަމައެކަނި ހާލަތުގެ ޮބޑުކަން ބަޔާން ޮކށްލަނީ އެވެ. އޭނާގެ

ފިރިމީހާ ބޭސްކުރަން ރާއްޖޭން ބޭރަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހަމަ ކުރުމަށް ދެވެން ޮއތް މިންވަރެއް ދޭށޭ، އެކެއްގެ ގާތުގައި ވެސް ނުބުނެ އެވެ. ނަމަވެސް އެކަމަށް ޮބޑު ލާރިއެއް ދިނަސް އޭނާ ބަލަނީ

އެއީ ޮބޑު ކަމެއް ޮކށްދިނީ ކަމަށެވެ. އުމުރުން 53 އަހަރުގެ ޖަމީލާ އިބްރާހިމްގެ ފިރިމީހާ،

އަހުމަދު އިބްރާހިމް 56، އައިޖީއެމްއެޗްގައި ބާއްވާފައި ޮއންނަތާ މިހާރު ހަތް މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ޖަމީލާއަށް ޮއތީ ދެ

ޮގތެކެވެ. ފިރިމީހާއަށް ބޭސް ކުރަން ރާއްޖޭން ބޭރަށް ދިއުން އެއީ އެއް ޮގތެވެ. ދެން ޮއތީ ވަކީލުޮކށްފައި ފިރިމީހާ ޮގވައިގެން ގެއަށް ދިއުމެވެ. އެކަމަކު ދެ ޮގތުންކުރެ އެއް ޮގތް ވެސް ފުރިހަމަ ކުރެވޭކަށް ނެތެވެ. ރާއްޖޭން ބޭރަށް ދެވެން އަންނަނީ ބޭސް ފަރުވާ ކުރަން ޮކންމެހެން

ބޭނުންވާ ހަރަދު ލިބިގެނެވެ. ބޭރަށް ގެންދިއުމަށް ޮހސްޕިޓަލުން ފިރިމީހާ ބޭރު ކުރެވެން ޮއތީ ޮހސްޕިޓަލަށް ދައްކަންޖެހޭ ބައިލައްކައާ ގާތްކުރާ އަދަދުގެ ޮބޑު ބިލު އަދާ ޮކށްގެނެވެ. ދެން ޮއތީ ޮގވައިގެން ގެއަށް

ދިއުމެވެ. ޮހސްޕިޓަލަށް ފައިސާ ނުދައްކާ ގެއަށް ދިއުން ވަނީ ޮބޑު ކަމަށް ވެފަ އެވެ.

"އަޅުގަނޑު ބޭނުން ވަނީ ފިރިމިހާ ޮގވައިގެން ރާއްޖޭން ބޭރަށްދާން. ހާލަތު ހުރި ޮގތުން އެކަން ވާކަށެއް ނެތް. ދެން ޮއތީ ގެއަށް ދިއުން އެކަން ވެސް ވާކަށް

ނެތް، ދެން ޮއތީ މިހެން ހިނގުން،" ޖަމީލާ ބުންޏެވެ.ޖަމީލާއަށް ދިމާވެފައިވާ ޮބޑު މައްސަލައަކީ ޮކބައި ހެއްޔެވެ؟

އޭނާ ބުނި ޮގތުގައި ގަދަވެ ސަލާމަތުން ހުރި އޭނާގެ ފިރިމީހާ ޮބޑު ބައްޔެއްވެ ޮހސްޕިޓަލުގައި ބާއްވަން ޖެހުނީ މީގެ ހަތް މަސް ކުރިން

ކުއްލިއަކަށް ނޭވާލާން އުނދަގޫވުމުން ޮހސްޕިޓަލަށް ގެންދަން އެމްބިއުލާންސަށް އެރުވި ވަގުތު ހާޓްއެޓޭކެއް ޖެހިގެނެވެ.

"އެ ދުވަހުން ފެށިގެން ފިރިމީހާގެ ހަރަކާތެއް ނެތް. ނޭވާލުން ފިޔަވައި އެހެން ކަމެއް ނެތް. ބައެއް ފަހަރު ޯލވެސް ހުޅުވާ، ޮގވައިލީމާ

ބަލައިވެސްލާ އެނޫން ކަމެއް ނެތް، އެއީ ފިރިމީހާއަށް ދިމާވި މައްސަލައަކީ އޭގެ ފަހުން ޮހސްޕިޓަލުގައި މިދިޔައީ. މިހާރު މިހިސާބަށް ދިޔައިރު ބޭރަށް ދެވޭނެ

ޮގތެއް ނެތް. ގެއަށް ދެވޭނެޮގތެއް ވެސް ނެތް،" ޖަމީލާ ބުންޏެވެ. ބަލި އެނދުގައި ޮއތް، އަހުމަދާއި ޖަމީލާގެ ހަ ކުދިން ތިބެ

އެވެ. ކުދިންގެ ތެރެއިން އެންމެ ޮދށީ ދެކުދިން ވަޒީފާއަށް ވެސް ދެ އެވެ. އެހެންނަމަވެސް އަމިއްލަ ގެއަށް ބައްޕަ ގެންދިއުމަށް ކުދިންނަށް ވެސް

ކުރެވޭނެ ޮބޑު ކަމެއް ނެތެވެ. އަދި ބޭހަށް ރާއްޖޭން ބޭރަށް ފުރުވާލަން ވެސް

އަންހެނަކު ބޮޑު ހިާތމައެއްގެ ތެރޭގައި

Page 20: Magazine 20

އެމީހުންނަށް ވަނީ ޮގތް ހުސްވެފައެވެ. ކަން ޮބޑުވެފަ އެވެ. ހުރިހާ ކަމެއް ވެސް ޮގސް ޖެހެނީ ހަތް މަސް ދުވަހުގެ ޮބޑު ބިލު ޮބނޑީގަ އެވެ. އެ

ބިލުތައް މަތިމައްޗަށް ފުނި ޮބޑުވަމުން ޮގސް ޖުމްލަ އަދަދު ގާތްގަނޑަކަށް 50000ރ. އަށް ވަނީ ޮބޑުވެފަ އެވެ.

"އަޅުގަނޑު ފިރިމީހާ ޮގވައިގެން ޮހސްޕިޓަލަށް ދިޔައިރު އަތުގައި ފުދޭވަރަކަށް ފައިސާ ހުރި. ނަމަވެސް ޮހސްޕިޓަލުގައި ހަރަދުވަމުން ޮގސް މުޅިން އަތްމަތި

ހުސްވީ. ފައިސާ ހުސްވިއިރު ވެސް ފިރިމީހާއަށް އެއްވެސް ޝިފާއެއް ނުލިބުނު،" އޭނާ ބުންޏެވެ.

ޖަމީލާ ބޭނުންވާ ޮގތަށް ރާއްޖޭން ބޭރަށް، ފިރިމީހާ ގެންދިއުމަށް ޮޑކްޓަރުން ވަނީ ލިޔުން ދީފަ އެވެ. ފިރިމީހާ ވަނީ މަދަނަގައި ވެސް ޖައްސާފަ

އެވެ. ނަމަވެސް ފިރިމީހާގެ ހާލަތަށްޓަކައި ގުޅާފައިވާ ޮބޑެތި މެޝިނުތަކާއި ޮހޅިތަކާއެކު ޮހސްޕިޓަލުގެ ނަރުހެއް ދާންޖެ އެވެ. މަދަނައިން ދެވެނީ

ފިރިމީހާއާ ނަރުހަށް އެކަންޏެވެ. ފިރިމާއާއެކު ދާން އެންމެ ޮބޑަށް މުހިންމު، އެހީތެރިންނަށް ހަރަދު ކުރާނެ ޮގތެއް ނެތެވެ. އަދި ފައިސާ ޮކޅެއް ލިބިގެން ދެވޭނެ މަގެއް ފަހިވިޔަސް ޮހސްޕިޓަލުން ފިރިމީހާ ނެރެވެން ޮއތީ ބިލްތައް

ހަލާސްޮކށްފަ އެވެ. "އެހެންވީމާ ހަދާނެ ޮގތް ހުސް ވެގެން ފައިސާ ޮފއްޗެއް ދޭނެ

މީހަކުވޭޯތ އަޅުގަނޑު ޮކންމެ ދުވަހަކު، ޮކންމެ ރެއަކު މަގުމަތީގައި ހިނގަމުން މިދަނީ އަދިއެއް ކުރިމަގެއް ނުލިބޭ. އަޅުނގަޑާއި ފިރިމީހާއަށް ބޭނުންވާ

ކާއެތިޮކޅު ލިބޭވަރު ވަނީ ޮދށީ ދެކުދިން ޯހދާ ފައިސާއިން. އެ ކުދިންނަކީ ވެސް ޮބޑު އެއްޗެއް ލިބޭ ބައެއް ނޫން. އޭގެ ތެރެއިން އެއް ކުއްޖަކީ މީހަކާ

ވެސް އިނދެގެން އުޅޭ ކުއްޖަކަށް ވުމުން އޭތިޮކޅު ވެސް ޮއންނަނީ ނުދެވިފަ،" ޖަމީލާ ބުންޏެވެ. "އަޅުގަނޑުވެސް

އައީ ވަޒީފާ އަދާ ކުރަމުން. ނަމަވެސް ފިރިމީހާއަށް އެހީވާން ޮހސްޕިޓަލުގައި އުޅެން ޖެހުމާ ފައިސާ ޯހދަން ހިނގާނެ ވަގުތު

ޯހދަން ވަޒީފާ ދޫޮކށްލަން މަޖުބޫރުވީ،" ޖަމީލާ ބުންޏެވެ. ފިރިމީހާއަށް ޝިފާއެއް ލިބޭޯތ ކުރަންޖެހޭ ޮބޑު ދަތުރު

ފެށުމަށް ބޭނުންވާ ފައިސާ ޯހދަން ޖަމީލާ ޮކންމެ ދުވަހަކު ހިނގާ ހިނގުމަށް މިހާތަނަށް ޮބޑު ކުރިއެރުމެއް ނުލިބެ އެވެ.

ލިބުނަސް އެއީ ލިބޭ ދުވަހެއްގެ ބަނޑުފުރާނަ މުއްތިކުރުމާ އެކުވެގެންދާ އެއްޗެކެވެ.

"ޖަމާ ކުރެވޭވަރަކަށް ނުލިބޭޭ. ފިރިމީހާގެ ޒަރޫރީ ބޭނުންތައް ފުއްދަން ޖެހޭ. ނެޕީއަށް ޮބޑު ހޭދައެއް ހިނގާ. ގޭގައި ތިބި ކުދިންގެ ކަންތައްތައް ކުރަން ޖެހޭ. ކާންވެސް ޖެހޭ ހުރިހާ ކަމެއްވެސް ހަމަ އެ ފައިސާއިން. އެކަމަކު އެހެން ލިބޭ

ފައިސާއިން ޮހސްޕިޓަލުގެ ދަރަނިން އަޅުގަނޑު 13000ރ. ދައްކައިފިން،" އޭނާ ބުންޏެވެ.

ފިރިމީހާއަށް ޓަކައި ފައިސާ ޯހދުމަށް ޖަމީލާ ވަނީ ދާދި ފަހުން ފަންޑު ޮފއްޓެއް ވެސް ބަހައްޓާފަ އެވެ. މަޝްހޫރު

ފިލްމީ ތަރި މުހައްމަދު އަބްދުهللا )މުހައްމާ(ގެ އަލްބަމެއް ނެރުނު ޮބޑު ހަފުލާގެ ތެރޭގައި ޖަމީލާ ބެހެއްޓި ފަންޑު ޮފއްޓާ ކައިރިއަށް ގިނަ ބަޔަކު ދިޔަ އެވެ. އެއީ ޮބޑު ކަމެއް ކަމަށް ދެކެގެނެވެ. ނަމަވެސް ޮފށި ހުޅުވި އިރު ޮފއްޓަށް ޖަމާވެފައި

ޮއތް އަދަދަކީ 140ރ. އެވެ."އެފަހުން އަޅުގަނޑު ފަންޑު ޮފއްޓެއް ނުބަހައްޓަން.

މުހައްމާ ބުނޭ އަދިވެސް ބަހައްޓާށޭ. އެހެން ޮފއްޓެއް ބެހެއްޓުމަށްވުރެ އަޅުގަނޑު ސީދާ ފަރާތްފަރާތަށް ދިއުން މާ ރަނގަޅުވާނެތީ ޮކންމެ ދުވަހަކު ވެސް އަޅުގަނޑު

ނުކުންނަނީ. މަދު މީހަކު މަދު ފައިސާޮކޅެއް ދޭ. އަޅުގަނޑު އެކަމަށް ޝުކުރު ކުރަން،" އޭނާ ބުންޏެވެ. ފިރިމީހާއަށްޓަކައި ހުއްޓާނުލައި ޖަމީލާ ހިނގަމުންދަނީ އެވެ. ޮހސްޕިޓަލުގެ ބިލު

ޮބޑުވަމުންދަނީ އެވެ. ވަގުތު ފާއިތުވަމުންދަނީ އެވެ. "ދިހައެއް ޖަހާއިރު އަޅުގަނޑު ދާންޖެހޭނެ. ފިރިމީހާ ތާހިރުޮކށް ނެޕީޖައްސާ ކާންދޭން. އިތުރަށް ކަމެއް ޮއޅުން

ފިލުވަން ބޭނުމިއްޔާ އަޅުގަނޑުގެ ޯފނަށް ގުޅާލަދީ،" ސަންއަށް، ހާލަތު ކިޔައިދީފައި ޖަމީލާ ހިނގައިގަތެވެ. އޭނާގެ ނަމްބަރަކީ

7708112 ކަމަށް ބުނެފަ އެވެ.

Page 21: Magazine 20

21

މިއީވެސް ދައްކާލަން ރަނގަޅު ވާހަކައެކެވެ. އަވަށްޓެރިންގެ ވާހަކަ އެވެ. ގަބޫލުކުރާނެ ފަދައިން ކުރީޒަމާނާ އަޅާ ބަލާއިރު މިއަދުގެ މުޖުތަމަޢުގައި އަވަށްޓެރިން ގިނަ އެވެ. ޚާއްޞަޮކށް މާލޭގަ އެވެ. ވަށައިގެން މިހިރަ ޮކންމެ ގެއެއްހެން މި ހުންނަނީ ފަސްހަބުރިއަށް، ދިހަ ބާރަ ބުރިއަށް ނަގާފަ އެވެ.

އެއިން ޮކންމެ ބުރިއެއްގައި އެތައް ބަޔެކެވެ. އެތައް އާއިލާ އެކެވެ. ހުސް އަވަށްޓެރިންނެވެ.

އަވަށްޓެރިން މުޖުތަމަޢުގައި މިހާ ގިނަވެފައި ވާއިރު، އަވަށްޓެރިންގެ މުހިންމު ކަމާމެދު ވިސްނާލަނީ ކިތައް މީހުންބާވަ އެވެ؟ އިސްލާމްދީން އަހަރެމެންނަށް އަންގަނީ، އަވަށްޓެރިންނަށް ހެޮޔޮކށް ހިތުމަށެވެ. އަޅާލައި އެހީތެރިކަން ޯފރުޮކށް ދިނުމަށެވެ.

ނުފުދިގެން އުޅޭ ކަންކަން ފުއްދައި ދިނުމަށެވެ. ހާލުބަލައި، ޯއގާވެރިވެ، ރަޙުމްޮކށް، ހަމްދަރުދީވުމަށެވެ. ދައްޗެއް ކުރިމަތިވެދާނެ

ޮކންމެ ކަންކަމުން ރައްކާތެރި ވުމަށެވެ. އަވަށްޓެރިންނަށް އުނދަގޫކުރާ މީހުންނަކީ ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިންވާ ބައެއް ނޫންކަމަށް، ރަސޫލާ ހަދީސް ކުރައްވާފައި ޮއތް ޮއތުން އެއީ، އަވަށްޓެރިންގެ މުހިންމުކަން ކިތަންމެ ރަނގަޅަކަށް ވެސް

ވަޒަންކުރެވޭ ކަމެކެވެ.މިއީ އިސްލާމްދީނުގައި އަވަށްޓެރިންނަށް އިސްކަން

ދީފައިވާ މިންވަރެވެ. އަހަރެމެންނަކީ މުސްލިމުންކަމަށް ވީހިނދު، އެކަމަކަށް އިސްލާމްދީން ތަރުޙީބުދޭ، ބާރުއަޅާ ޮކންމެ ކަމަކަށް

އަހަރެމެން ސަމާލުކަންދޭން ޖެހޭނެ އެވެ. އެހެންކަމުން އަވަށްޓެރިންނަށް ހެޮޔޮކށް ހިތައި، އެހީތެރިކަން ޯފރުޮކށްދޭން އެބަ ޖެހެއެވެ. އުނދަގުލެއް ޯފރާނޭފަދަ ޮކންމެ ކަމަކުން ދުރުވާން އެބަ ޖެހެއެވެ. ކަން ކުރަންވީ ޮގތަކީ، އަމަލުތައް ބަހައްޓަންވީ ޮގތަކީ މިއެވެ. އެހެންނަމަވެސް މިއަދުގެ މި ތަހުޒީބު މުޖުތަމަޢުގެ ގިނަ

މީހުންގެ އަމަލުތައް ހުންނަނީ މިޮގތަށް ބާވަ އެވެ؟އަޅުގަނޑަށް ފެނިފައި ހުރި ބައެއް ތަންތަނާއި،

އިވިފައި ހުރި ބައެއް އަޑުތަކަށް ބުރަވެ އެއްޗެއް ދަންނަވަންޏާ ދެންނެވެން ޮއތީ، މިއަދުގެ މުޖުތަމަޢުގައި ގިނަ އަވަށްޓެރިންނަކީ

ހަތުރުން ކަމުގަ އެވެ. މާލެއަށްވުރެ އަޮތޅުތަކުގައި މިކަން ޮބޑެވެ. ބައެއް މީހުން، ޖެހިގެން ހުންނަ ގޭގައި އުޅޭ މީހަކާ އަނގައިން ބުނެލާނީ، ޮކންމެވެސް ކަމަކާ ރުޅި އައިސްގެން ނިކުމެ ކުރިމަތިލާ ކުރިމަތި ލުމަކުންނެވެ. ޒުވާބެއް ނުވަތަ

އަރައިރުން ވުމެއްގެ ސިފައިގަ އެވެ. "އެހީތެރިކަން" ޯފރުޮކށްދޭނީ، ޮކށްލާ ޮކންމެވެސް އުނދަގުލެއް ނުވަތަ ޖެއްސުމެއްގެ ތެރެއިންނެވެ.

ފަހަރެއްގައިވެސް މިއީ އެންމެންގެ ޮބލުގައި އަޅުވާ އިލްޒާމެއް ނޫނެވެ.

އަވަށްޓެރިންނާ މައްސަލަޖެހި، ދެބަސްވުންތަކާއި ދެޮކޅުވެރިކަން އުފެދުމުގައި ސަބަބުތަކެއް އެބަހުއްޓެވެ. ފުރަތަމަ

ކަމަކީ، ދިރިއުޅުމުގެ ކަންކަމުގައި ތިމާ ވާދަކުރަން ޖެހޭ ފަރާތަކަށް އަވަށްޓެރިޔާ ހެދުމެވެ. އަވަށްޓެރިޔާގެ ގޭގެ ފުރާޅުގައި ޓިނު

ޖަހައިފިއްޔާ އެފެންވަރު ނެތް ނަމަވެސް ތިމާވެސް އެކަން ކުރަން ޖެހެ އެވެ. ނުވެއްޖެނަމަ އޭނާއަށްވުރެ ދަށްވީ އެވެ. ހިތް ނުބައިވީ އެވެ. ކުދިންގެ މައްސަލައަކީ ވެސް، ވަރަށް ގިނަފަހަރު މައްސަލަ

ހޫނުކުރާ ކަމަކަށް ވެއެވެ. ޯގތީގައި ހުންނަ ރުއް ގަހުން އެޅޭ ކުންޏާއި، މަގުމަތި ކުނިކަހަންޖެހުމުން ލިބޭ ވަރުބަލިކަމާއި، "ހިތް ހަމަޖައްސާލަން" ޮކށްލާ ބައެއް ކަންކަންވެސް ވަނީ އަވަށްޓެރިޔާގެ ދަތްބާރުކުރާ ކަންކަމަށެވެ. "ހެޮޔއެދޭ ފަރާތްތަކުން" އައިސް ދައްކާ

"ހެޮޔއެދުމުގެ" ބަސްތަކުން ޖެހޭ ލައްގަނޑުތަކެއްވެސް ކުޑައެއް ނޫނެވެ.

އިސްލާމްދީނަކީ އެކުވެރިކަމާއި އެއްބައިވަންތަ ކަމަށް ބާރުއަޅާ ދީނެވެ. އެކުވެރިކަމަކީ ގަދަފަދަ ބާރެއްކަމާއި، ވަކިވެ

ގަތުމަކީ ނިކަމެތިކަމެއް ކަމަށް ބަޔާންކުރާ ދީނެވެ. އެކުވެރިކަމުގެ މާތް މަތިވެރި ގުޅުން ވެސް ފެށެންވީ އެންމެ ގާތުންނެވެ. އާއިލާގެ ތެރެއިންނެވެ. އެއަށްފަހު ދެން ދާނީ އަވައްޓެރިންނާ ހަމައަށެވެ.

އެހެންކަމަށްވާއިރު، އަވައްޓެރިންނާދޭތެރޭ ހިތް ނުބައިވެ، ގަޔަށް ޮބލަށް އަރައިގަންނަ ހިސާބަށް ކަންކަން ޮބޑުވެފައި ވާނަމަ، ނިކަމެތިކަމަށް

އަމިއްލައަށް ހުށަޮހޅިގަތުން ފަދަ ކަމަކަށް ނުވާނެ ބާވަ އެވެ؟ތިމާގެ އަވައްޓެރިންނާ ތިމާއާ ދޭތެރޭ ޮއތް ގުޅުން ރަނގަޅުހެއްޔެވެ؟ މިއީ ޮކންމެ މީހަކުވެސް މިއަދު އަމިއްލަ

ނަފުސާ ޮކށްލަން ރަނގަޅު ސުވާލެކެވެ. ލިބޭ ޖަވާބަކީ އާއެކޭ ނަމަ އެޮއތީ ރަނގަޅަށެވެ. ތިޮގތުގައި ދެމި ހުންނާށެވެ. ނޫނެކޭ ނަމަ..... އަވަހަށް ފިޔަވަޅު އަޅާށެވެ. ޖެހިފައިވާ ކުނި ބުނިތައް

ސާފުޮކށް، އަވައްޓެރިޔާގެ ގޭގެ ޮއޅިގަނޑަކީ ތިމާއަށް ގިރާކުރެވޭފަދަ ޮއޅިގަނޑަކަށް ހަދާށެވެ. އަދި ތިމާގެ ގޭގެ ޮއޅިގަނޑު ލައްވާ އަވައްޓެރިޔާއަށް އިސްތިގުބާލު ކުރުވާށެވެ. ހީނުކުރާފަދަ ޮބޑު

ފިނިކަމެއް ހިތަށް ލިބޭނެ އެވެ.

އަވައްޓެރިންނަށް ހެޔޮކޮށް ހިތުން

މުހައްމަދު ގާސިމް، މަތިވެރި އުޑުދަށުން

Page 22: Magazine 20
Page 23: Magazine 20
Page 24: Magazine 20
Page 25: Magazine 20

25

މިރުހު ލީ ބިސް

ބޭނުންވާ ތަކެތި

6 ބިސް ) ފެނުކައްކާފައި(

1 ފިޔާ ) ހިމުންޮކށް ޮކށާފައި(

1 މޭޒުމަތީ ސަމުސާ ހިކިމިރުސް ) ފުނޑާފައިހުރި(

3 ރާނބާފަތްޮކޅު ) 2 /1 އިންޗިއަށް ބުރިބުރިޮކށްފައިހުރި

1 ހިކަނދިފަތް

ޮލނުޮކޅެއް

ތެޮޔޮފދެއް

ތައްޔާރުކުރާނެ ޮގތް

ތަވާ އުނދުންމައްޗަށް އުދާލާފައި ހޫނުވީމާ ފިޔާ، ހިކަނދި-

ރާނބާ އެއްޮކށް އަޅާފައި ފިޔާޮކޅު ޯމޅިވީމާ ބާކީތަކެތި

އެއްޮކށްފައި 2 މިނިޓް ކެކުނީމާ އުނދުންމަތިން ބާލާށެވެ

-- ޖުވޭރިޔާ ވަޖުދީ

"ފޭލްވުމަކީ ދެރައެކެވެ. އެކަމަކު

ކާމިޔާބު ވޭޯތ މަސައްކަތް ނުކުރުމަކީ އަދި މާޮބޑު ދެރަ

އެކެވެ.

Page 26: Magazine 20

26

"އެކިއުޕަންކްޗަރ" އަކީ ބައެއް ކަހަލަ ބަލިތަކަށް ޝިފާ ޯހދުމަށް ޓަކައި ގަދީމީ ޒަމާނުއްސުރެ ޗައިނާއާއި އޭޝިއާގެ އެހެނިހެން ބައެއް ސަރަހައްދުތަކުގައި ބޭނުންކުރެވިފައި ވާ ފަރުވާއެކެވެ. ނަމަވެސް މި ޒަމާނުގެ ސައިންސްވެރީންގެ

ދިރާސާތަކުން "އެކިއުޕަންކްޗަރ" ގެ ހަގީގަތާއި ތަބީއަތް އެނގި ޮއޅުން ފިލަމުން ދިޔުމުގެ ނަތީޖާއަކީ މި ފަރުވާއާ މެދު ބޭސްވެރިކަމުގެ ދިރާސާތައް ކުރައްވާ

ތަޖުރިބާކާރުން އިތުރަށް ސީރިއަސްވެވަޑައިގަތުމެވެ. ވަރަށް ހިމަ، ތިޯނހަކަށް ވުރެ ވެސް ހިމަ ކަށްޓެއް ހަށިގަނޑުގެ ވަކި

ތަންތަނަށް ވައްދާލައި، އެ ކަށްޓާ އެކި ޮގތްޮގތަށް ކުޅެގެން ދެވޭ "އެކިއުޕަންކްޗަރ" ގެ ފަރުވާ މަސައްކަތްކުރަނީ ކިހިނެއް ކަމާ މެދު އުފެދިފައި ވާ ވަރަށް ގިނަ ސުވާލުތަކަށް ފަހުގެ ސައިންސީ ދިރާސާތަކުން ޖަވާބު ޯހދިފައި ވެއެވެ. އަދި

ގަދައަށް ޮބލުގައި ރިއްސުން ފަދަ އުނދަގޫތައް ތަހައްމަލުކުރާ ގިނަ ބަޔަކަށް އެކި ބާވަތްބާވަތުގެ ޑަކްޓަރީ ބޭހަށް ވުރެ "އެކިއުޕަންކްޗަރ" ގެ ފަރުވާގެ ނަތީޖާ ރަނގަޅު

ވުމަކީ އެކަށީގެން ވާ ކަމެއް ކަމަށް ވެސް ބެލެވިފައި ވެއެވެ. އެކިއުޕަންކްޗަރ އާ ބެހޭޮގތުން ފެންނަން ޮއތް އެންމެ މުސްކުޅި ރިޯކޑަކީ

މީލާދީން ދެވަނަ ޤަރުނުގައި ލިޔެވިފައި ވާ ޗައިނާގެ ޤަދީމީ ޮފތެކެވެ. އެ ޮފތަކީ "ޝީޖީ" ނުވަތަ "ރެޯކރޑްސް ޮއފް ދަ ގްރޭންޑް ހިސްޯޓރިއަން" ނުވަތަ "އުއްތަމަ މުއައްރިޚުގެ ރެޯކޑުތައް" އެވެ. އެކިއުޕަންކްޗަރ ގެ އަސްލަކީ ޮކބައިކަން ޔަގީންކަމާ އެކު ނޭނގުނަސް، މި ފަރުވާގެ ފެށުމަކީ ހަނގުރާމައިގެ މައިދާނުން ފެނުނު އާދަޔާ ޚިލާފު ކަމެއް ކަމަށް ބުނެވިފައި ވެއެވެ. އެ ކަމަކީ ހަނގުރާމައިގައި ތީރުން ޒަޚަމް ވާ ބައެއް ހަނގުރާމަވެރީންގެ ގައިގައި ހުންނަ އެހެން ޮގތަކުން ރަނގަޅު ނުކުރެވޭ ބައެއް ބަލިތައް ރަނގަޅުވުމެވެ. މީގެ ސަބަބުން ހަށިގަނޑު ޮތރުފޭ ޮގތަކުން ބައެއް ކަހަލަ ބަލިތަކަށް ޝިފާ ލިބޭ ކަމުގެ ވިސްނުން އުފެދުނެވެ. އަދި ޗައިނާގެ ހަކީމުން

އެ ކަން ތަޖުރިބާ ކުރުމުގެ ތެރޭގައި އެކިއުޕަންކްޗަރ ގެ ފަރުވާއާ ހަމަޔަށް ވާސިލުވެވުނީއެވެ.

މިހާރު ވެސް ހުޅަނގުގެ ދުނިޔޭގައި ބޭސްވެރިކަމުގެ ދިރާސާތައް ކުރައްވާ ބޭފުޅުން ގެންދަވަނީ އެކިއުޕަންކްޗަރ އާ ބެހޭ ޮގތުން މެދުކެނޑުމެއް ނެތި ދިރާސާތައް ކުރައްވަމުންނެވެ. ބައެއް ބަލިތަކަށް އެކިއުޕަންކްޗަރ އިން ނުހަނު ރަނގަޅު ފަރުވާއެއް ލިބެނީ ކިހިނެއް ވެގެން ޯތ ދެނެގަތުމަށް ޓަކައި މަސައްކަތްކުރައްވަމުންނެވެ. އެމެރިކާގެ ހާރވަރޑް ޔުނިވަރސިޓީގެ މެޑިކަލް

ސްކޫލުގެ ރޭޑިޮއޮލޖިސްޓެއް ކަމަށް ވާ ބްރޫސް ޯރޒެން ވަނީ އެކިއުޕަންކްޗަރ ގެ ކަށިތަކުން ހަށިގަނޑުގައި ލޭ ދައުރުވުމަށާއި ލޭގައި ހިމެނޭ ޮއކްސިޖަނުގެ މިންވަރަށް އަސަރުކުރުވަނީ ކިހިނެއް ޯތ ބެއްލެވުމަށް ޓަކައި މެގްނެޓިކް ރިޮޒނޭންސް އިމޭޖް ނުވަތަ އެމްއާރްއައި ބޭނުންކުރައްވައިގެން ތަހުގީގުކުރައްވައިފއެވެ. މި ތަހުގީގުގެ ތެރޭގައި ބްރޫސް ގެ ޓީމުން ވަނީ އެކިއުޕަންކްޗަރ ޗާޓުގައި "ތަދާއި ވޭނުގެ

ނުކުތާތަކުގެ" ޮގތުގައި ފާހަގަ ކުރެވިފައިވާ އަތުގެ ބައެއް ތަންތަނަށް އެކިއުޕަންކްޗަރ ކަށި ހަރައިފައެވެ. އެމްއާރްއައި އިން ދައްކާ ޮގތުގައި، މި ކަށިތައް ހަރާލާ ތާ

ސުކޫތުޮކޅެއްގެ ތެރޭގައި ސިކުނޑީގެ ބައެއް ސަރަހައްދުތަކުގައި ލޭ ދައުރުކުރާލެއް

އެކިއުޕަންކްޗަރ ކަީށގެ ފަރުާވ

ދަށްވެގެން ދެއެވެ. މި ޮގތުން އަސަރުކުރަނީ ސިކުނޑީގެ ބައިތަކުގެ ތެރެއިން މޫޑާއި، ތަދު ނުވަތަ ވޭނާއި، ދެވިހިފުމާ ގުޅިފައި ހުންނަ ބައިތަކަށެވެ. އެހެންކަމުން އެކިއުޕަންކްޗަރ ކަށީގެ ފަރުވާ މި ދެންނެވި ޮގތަށް ދެވޭ ހިނދު ތަދާއި، ވޭނާއި، މާޔޫސްކަމާއި، ދެވިހިފުން ފަދަ މައްސަލަތަކަށް ލުޔެއް ލިބެނީ ކިހިނެއް ކަން މި

ދިރާސާއިން ޮކންމެވެސް ވަރަކަށް ދޭހަޮކށްދެއެވެ. ސިކުނޑީގެ މި ދެންނެވި ސަރަހައްދުތަކަކީ "ޮޑޕެމައިން" އެވެ ކިޔޭ ކެމިކަލެއް ގިނަ އަދަދަކަށް ހުންނަ ސަރަހައްދުތަކެވެ. މުޅި ހަށިގަނޑުގައި ވެސް ޮކންމެވެސް މިންވަރަކަށް ހުންނަ މި ކެމިކަލަކީ މީހާއަށް ލައްޒަތާއި ފަސޭހަކަން

ލިބޭ ޮކންމެ ކަމަކާ ވިދިގެން އޭގެ މިންވަރު އަމިއްލައަށް މައްޗަށް ދާ ކެމިކަލެކެވެ. އެޮގތުން މީރު އެއްޗެއް ކެއުމުން، ނުވަތަ ފައިސާޮކޅެއް ލިބުމުން، ނުވަތަ ހިތަށް ހާއުހާކަން ލިއްބައިދެނިވި ރީތި މަންޒަރެއް ފެނުމުން، ނުވަތަ ޖިންސީ އަރާމު

ލިބިގަތުމުން ވެސް މި ކެމިކަލްގެ މިންވަރު އިތުރުވެއެވެ. ބްރޫސް ޯރޒެން ވިދާޅުވާ ޮގތުގައި އެކިއުޕަންކްޗަރ ފަރުވާގައި އެއްކަލަ ކަށިތައް ހަރަން ޖެހޭ ތަންތަނަށް

ކަށިތައް ހެރުމުން އޭގެ ނަތީޖާއެއްގެ ޮގތުން ސިކުނޑީގެ އެއްކަލަ ސަރަހައްދުތަކުގައި ލޭ ދައުރުވާލެއް ދަށް ވުމުން އެ ސަރަހައްދުތަކުގައި ޮޑޕެމައިން ހުންނަ މިންވަރަށް ބަދަލުތަކެއް އައުމަކީ މުމްކިން ކަމެކެވެ. އަދި މީގެ އާޚިރު ނަތީޖާއެއްގެ ޮގތުން

ސިކުނޑީގައި "އެންޯޑރފިން" އުފެދެން މެދުވެރިވެދާނެއެވެ. "އެންޯޑރފިން" އަކީ ތަދާއި ވޭނުގެ އިޙްސާސް ކުޑަކުރުމަށްޓަކައި އިންސާނާގެ ސިކުނޑީގައި ގުދުރަތީ ޮގތުން

ނުވަތަ ތަބައީ ޮގތުން އުފެދޭ ކެމިކަލެކެވެ. އިނގިރޭސި ވިލާތުގެ ބައެއް ތަޖުރިބާކާރުންގެ ދިރާސާތަކުން ހާމަވާ ޮގތުގައި ދާއިމީ ޮގތެއްގައި ޮބލުގައި ރިއްސުމާއި މައިގްރެއިންގެ އުނދަގޫތައް

ތަހައްމަލުކުރާ ފަރާތްތަކަށް އެކިއުޕަންކްޗަރގެ ސަބަބުން ފަރުވާ ލިބުމަކީ އެކަށީގެން ވާ ކަމެކެވެ. މި ދިރާސާއިން ދައްކާފައިވާ ޮގތުގައި މި ދެންނެވި ފަދަ ބަލި މީހުންގެ ތެރެއިން އެކިއުޕަންކްޗަރ ގެ ފަރުވާ ދެވުނު މީހުންގެ ތެރެއިން 34% މީހުންނަށް ވަނީ ޝިފާލިބިފައެވެ. އޭގެ ތެރެއިން ޑަކްޓަރީ ބޭހުން ޝިފާލިބިފައި ވަނީ %16

މީހުންނަށެވެ. މި ދިރާސާއިން ދައްކާ ޮގތުގައި އެކިއުޕަންކްޗަރގެ ފަރުވާ އެންމެ އެދެވޭ ޮގތެއްގައި ދެވެނީ ޮބލުގައި ރިއްސުމާ ދެޮކޅަށެވެ.

Page 27: Magazine 20

27

ދަރިފުޅު ީޓީވާއ ދުރުކުާރށެވެ"އެޓެންޝަން ޑެފިސިޓް/ހައިޕަރއެކްޓިވިޓީ ޑިސްޯއރޑަރ" ނުވަތަ އޭޑީއެޗްޑީ އަކީ ނަފްސާނީ

މައްސަލަތަކެކެވެ. މީގެ ތެރެއިން އެޓެންޝަން ޑެފިސިޓް ޑިސްޯއރޑަރގެ ސަބަބުން ޮބޑުވަމުން އަންނަ ކުޑަ ކުއްޖެއްގެ

ކިބައިގައި ހުންނަ "ޮކންސެންޓްރޭޓް" ކުރުން ނުވަތަ ވަކި ކަމަކަށް ސަމާލުކަމާއި ވިސްނުން ދޫޮކށްލައިގެން ނުވަތަ ހުއްޓާލައިގެން ހުރުމުގެ ޤާބިލިއްޔަތު ކުޑަވެއެވެ.

ހައިޕަރއެކްޓިވިޓީ ޑިސްޯއރޑަރގެ ސަބަބުން ކުއްލި ކުއްލިއަށް، ހިތަށް އެރި ޮގތަކަށް، ވިސްނައިލުމެއް ނެތި ޢަމަލުކުރުމުގެ

މިޒާޖު ކުއްޖާގެ ކިބައިގައި އަށަގަނެއެވެ. އަދި އާއްމުޮކށް އުޅޭ އުޅުމުގައި ހިތްހަމަނުޖެހި، ނުވަތަ ބޭގަރާރުކަމުގައި އުޅުމުގެ

އުނދަގޫތަކަށް ކުއްޖާ ހުށަހެޅެއެވެ. މި ދަންނަވާ ނަފްސާނީ މައްސަލަތަކުގެ

ޝިކާރައަކަށް މިހާރު އެތައް މިލިއަން ކުޑަކުދީން ވެފައި ވަނީ ޮކން ސަބަބަކާ ހުރެކަން ދެނެގަތުމުގެ މަޤުޞަދުގައި ސައިންސްވެރީން ވަނީ އެތައް ދިރާސާތަކެއް ޮކށްފައެވެ. އެ ހުރިހާ ދިރާސާތަކަކުން ވެސް ދައްކާފައި ވާ ޮގތުގައި އޭގެ

އެންމެ އާއްމު ސަބަބަކީ ޓީވީއެވެ. ކުޑަ ދަރިފުޅުގެ ހަޔާތުގައި "ބަކުން" އާއި "ޮޕޓީ" އެކޭ އެއްފަދައިން މުހިއްމު ކަމަށް އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންނަށް

ގަބޫލުފުޅުކުރެއްވޭ ޓީވީއެވެ. "އެމެރިކަން އެކަޑަމީ ޮއފް ޕީޑިއޭޓްރިކްސް" އިން އިރުޝާދު ދެނީ

އުމުރުން 2 އަހަރު ނުފުރޭ ތުއްތު ކުއްޖަކަށް އެއްވެސް އިރަކު، އެއްވެސް މިންވަރަކަށް ޓީވީ ނުދެއްކުމަށެވެ. މީގެ މުރާދަކީ އެއަށްވުރެ ޮބޑު ކުދީންނަށް ޓީވީ ދެއްކުމަކީ ރަނގަޅު ކަމެކޭ އެއް ނޫނެވެ. ޓީވީގެ ސަބަބުން ހުރިހާ އުމުރެއްގެ ކުދީންނަށް

ވެސް ލިބޭ ނަމަ ލިބޭ "މަސްނޫއީ" ފައިދާތަކަށް ވުރެ ލިބޭ ގެއްލުންތައް މާ ޮބޑެވެ. ޓީވީ ބަލާ ކުއްޖެއްގެ އުމުރުން 7 އަހަރަށް ދާ އިރު ކުއްޖާގެ ކިބައިގައި ހުންނަ

ޮކންސެންޓްރޭޓްކުރުން ނުވަތަ ވަކި ކަމަކަށް ސަމާލުކަމާއި ވިސްނުން ހުއްޓައިލައިގެން ހުރުމުގެ ގާބިލިއްޔަތު ދަށަށް ދާ ކަމަށް އެމެރިކާގެ ސިއެޓްލްގެ ކުޑަ ކުދީންގެ

ހަސްފަތާލަކުން ކުރި ދިރާސާއަކުން ވަނީ ސާބިތުވެފައެވެ. ކުއްޖާއަކީ ބޭގަރާރުކަމުގައި ވަގުތުތައް ހޭދަކުރާ، ވިސްނައިލުމެއް ނެތި ހިތަށް އެރިހައި ކަމެއް ބައެއް ފަހަރު ޮކށްލާ

ކުއްޖަކަށް ވާ ކަން ވެސް ވަނީ ސާބިތުވެފައެވެ. ކުއްޖާގެ ޅަފަތުގައި ޓީވީއާ ޯދޅުވެއްޖެ ނަމަ ޮބޑުވާން ވާ އިރަށް

"އޭޑީއެޗްޑީ" ގެ ސީރިއަސް ފައްތަރަކަށް ކުއްޖާ ދިޔުމަކީ ވަރަށް ގާތް ކަމެކެވެ.

އެމެރިކާގެ ޔުނިވަރސިޓީ ޮއފް ޕިޓްސްބަރގް ގެ ތަޖުރިބާކާރުންގެ ދިރާސާއަކުން ދައްކާ ޮގތުގައި "އޭޑީއެޗްޑީ" ސީރިއަސް މިންވަރަކަށް ތަހައްމަލުކުރާ ކުދީން ވަކި ވަރަކަށް

ޮބޑުވުމުން، ނުވަތަ "ޓީންއޭޖް" އޭ ކިޔޭ އުމުރުފުރައަށް ދިޔުމަށް ފަހު ސިނގިރޭޓާއި މަސްތުވާ ތަކެއްޗާއި ރާ ފަދަ ތަކެތި ބޭނުންކުރުމުގެ ފުރުސަތު އެ ނޫން ކުދީންނަށް ވުރެ އެތައް ގުނައެއް ޮބޑެވެ. މީގެ އިތުރަށް ޓީވީން އާއްމުޮކށް ފެންނަ ތަކެތީގެ ސަބަބުން ކުދީންގެ ކިބައިގައި އަޚްލާޤީ

އެތަކެއް ބައްޔެއް އަށަގަންނަ ކަމުގެ ވާހަކައަކީ އަބަދު ވެސް ދެކެވޭ، އިވޭ ވާހަކައެއް އެހެން ނޫންޯތއެވެ؟ ހަމަ އެހެންމެ، އެތައް ކުދީންނެއް އުމުރުން ހައެއްކަ އަށެއްކަ އަހަރު ވެސް

ނުވަނީސް ނަންބަރު އައިނަކަށް ބަޯރސާ ވާން ޖެހެނީ ކީއްވެގެން ކަމުގެ ވާހަކަ ވެސް އަދި ޮއތީއެވެ.

ަރިފުޅު ޓީވީ ކައިރީގައި ބެއިންދުމުން އޭނާ އެއްވެސް ކަމަކާ ދ ޝަކުވާ ނުޮކށް، ޮބޑާ ނުހާކައި، "އުނދަގޫ" ނުޮކށް މަޑުމަޑުން އިންނާތީ އެހެން ހައްދަވާ ނަމަ، ތިޔަ ކުރެއްވޭ ކަންތަކުގެ ސީރިއަސް ނަތީޖާތަކާ މެދު ވަރަށް ފުންޮކށް ވިސްނަވާލައްވާށެވެ. ދަރިފުޅު ޓީވީ ކައިރީގައި ބައިންދަވަނީ އޭނާގެ އިނގިރޭސި ފެންވަރު ރަނގަޅުކުރެއްވުމުގެ ނިޔަތުގައި ނަމަ، އެ ކަމާ ވެސް ވިސްނަވާލައްވާށެވެ. އެހެނީ މަންމަ ނުވަތަ ބައްޕަ ޮފތެއް ހިފައިގެން ދަރިފުޅާ އެކު އިށީނދެ، ދަރިފުޅު ލައްވައި ޮފތް ކިޔުއްވައި، ދަރިފުޅަށް ޮފތް ކިޔައިދީ، ޮފތުގައި ހުރި އެއްޗަކާ މެދު ދަރިފުޅާ ސުވާލުޮކށް، ދަރިފުޅާ މަޝްވަރާޮކށްލައި ހެދުމުގެ ނަތީޖާ އެތައް ގުނައެއް ރަނގަޅުވާނެއެވެ. ހަމައެއާއެކު ވިސްނާލަން ޖެހޭ ކަމަކީ ޓީވީ ބެލުމާ ވީޑިޯއ ގޭމުތަކަށް ޯދޅުވުމުގެ "ބައްޔާ" އެއްފަދަ ކަމެވެ. ވީޑިޯއ ގޭމުގެ ގެއްލުންތައް މާ ޮބޑު ކަމަށް ވެސް ބުނެވިދާނެއެވެ.

Page 28: Magazine 20

2016 ވަނަ އަހަރު އަންނަ އިރު ސްާމރޓްފޯނުގެ ާބާޒރުގެ

45 އިން ސައްތަ އެންޑްރޮއިޑް އަތުާލނެ!އެމެރިކާގެ އޭބީއައި ރިސާރޗުން ހާމަކުރާ ޮގތުގައި މިހާރު ބާޒާރުގެ

ހަރަކާތްތައް ހުރިޮގތުން، 2016 ވަނަ އަހަރު އަންނަ އިރު، ސްމާރޓްޯފނުގެ ބާޒާރުގެ 45 ޕަސެންޓް ގޫގްލްގެ އެންޑްޮރއިޑް ޯއއެސް އަތުލާނެއެވެ. މި

ރިސާރޗުން ދައްކާ ޮގތުގައި އެ ހިސާބަށް ދާއިރު ބާޒާރުގައި ދެވަނައިގައި އުޅޭނީ 19 ޕަސެންޓާއެކު އެޕަލް އައިޯއއެސް އެވެ. އޭގެ ފަހަތުން ތިންވަނައިގައި އުޅޭނީ

14 ޕަސެންޓާއެކު އާރްއައިއެމެވެ.

އޭބީއައި ރިސާރޗުން ހާމަކުރާޮގތުގައި މި ދިޔަ އަހަރު އެންޑްޮރއިޑްގެ 69 މިލިއަން ޔުނިޓް ވަނީ ވިކިފައެވެ. "އެންޑްޮރއިޑާއި ބާޑާއާއި ބްލެކްބެރީ

ވަނީ ސިމްބިއަން ޯއއެސް ފެއިލްވުމުން ބާޒާރަށް އައި ހުސްކަމުގެ ފައިދާ ވަރަށް ޮބޑަށް ނަގާފައި." އޭބީއައި ރިސާރޗްގެ ސީނިއަރ އެނަލިސްޓް މައިކަލް ޯމރގަން

ވިދާޅުވިއެވެ.

2010 ވަނަ އަހަރު ޖުމުލަ 302 މިލިއަން ސްމާރޓް ޯފން ވިކިފައި ވާ އިރު، އެއީ 2009 ވަނަ އަހަރާ އަޅާ ބަލާ އިރު 71 ޕަސެންޓް

ކުރިއެރުމެކެވެ.

2011 ވަނަ އަހަރުގެ މިާހތަނަށް ާބާޒރުގައި ހުރި އެންމެ ފުރިހަމަ 10 ސްާމރޓް ފޯނަީކ ކޮބައިތަ؟ 2011 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް

ފާއިތުވެފައި ވާ އިރު، ސްމާރޓް ޯފނުގެ ބާޒާރުގައި މިހާރު ހުރި ޯފނުތަކުގެ ތެރެއިން އެންމެ ޮމޅު،

އަދި އެންމެ ފައްކާ 10 ޯފނަކީ ޮކބައިޯތ ބަލާލަމާ ހިނގާށެވެ! އެކި މީހުންގެ ހިޔާލު ތަފާތު ވެދާނެއެވެ. ނަމަވެސް ވަރަށް ގިނަ ބައެއްގެ ނަޒަރުގައި ލިސްޓު

ތަރުތީބު ކުރެވޭނީ ތިރީގައި ބަޔާންކުރެވިފައި ވާ ޮގތަށެވެ.

II ްސެމްސުންގ ގެލެކްސީ އެސ .1ޮމޮޓޯރލާ ޑްޮރއިޑް ބަޯޔނިކް – ވެރިޯޒން .2

G2X ީޓީ-ޮމބައިލް އެލްޖ .3އެޕަލް އައިޯފން 4 .43D އެޗްޓީސީ އީޯވ .5

އެޗްޓީސީ ތަންޑަރޯބލްޓް .6ޮސނީ އެރިކްސަން އެކްސްޕީރިއާ ޕްލޭ .74G ިގޫގްލް ނެކްސަސް އެސް އަދ .8

އެޗްޕީ ޕްރީ 3 .9ޑެލް ވެނިއު ޕްޯރ .10

Page 29: Magazine 20

29

Page 30: Magazine 20

ހަވީރުގެ ހިތް ފަސޭހަ ވަގުތެވެ. އުތުރުން ޖެހެމުންދާ ހިތްފަސޭހަ ވައިޯރޅިފަށް ރަށުގެ ޮގނޑުޮދށަށް އައިސް ވެއްޓެނީ އެއިން އެތައް ބަޔަކަށް ފިނިކަމާއި ތާޒާކަން ގެނެސް ދިނުމުގެ

މަގުޞަދުގައި ކަންނޭނގެ އެވެ. ވައި ޯރޅިގެ އެ އަމިއްލަ އެދުމެއް ނެތް މަގުޞަދު ޙާޞިލުވަނީ ކިހާ ވަރަކަށް ކަމެއް ނޭނގެ އެވެ. ހަމަ ގައިމުވެސް ރަށުގެ ޒުވާން ފުރައިގެ ކުދިން އަތިރިމަތީގައި

އެތިބެނީ ހިތަށް ފަސޭހަކަމާއި އުފާ ލިބޭތީ އެވެ. ދުވަހުގެ އިރު މަޑު މަޑުން ހުޅަނގަށް ތިރިވަމުން

އެދަނީ އެ ސާފު ނޫ އުޑުދެކެ ހިތާނުވެގެނެއް ނޫނެވެ. އާރެއަކަށް ދުނިޔެއަށް ތަން ދިނުމުގެ ޮގތުންނެވެ. ގުދުރަތީ ނިޔާއަށް

ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުމުގެ މަތިވެރި މަގުޞަދުގަ އެވެ. ޖައްވު ފިނި ކުރުމުގެ ބޭނުމުގަ އެވެ. ދުވާލުގެ ގަދަފަދަ

ހޫނުން ދުނިޔެއަށް އަރާމެއް ޯހދައި ދިނުމަށްޓަކަ އެވެ.އަތިރިމަތީގައި ހެދިފައި ހުރި ބިޔަ ފުނަގަސް ޮދށުގައި

ރަޝާގާއާއި ރަޝްފާ އައިސް އެ ޖައްސާލީ އާދައިގެ މަތިން ޮކންމެ ދުވަހަކުވެސް މިގަޑީގައި އައިސް މަޑުޮކށްލާ އުޞޫލަށް ތަބާވުމުގެ ޮގތުންނެވެ. އެހެންނާ އެތަނުން ހިތް އުފާޮކށްލާށެވެ. އެހެންނާ އަމިއްލަ ހަޔާތާމެދު ޚިޔާލު ބަދަލުޮކށްލާށެވެ. މާ ޮބޑު

މަގުޞަދެއްނެތި މަޖާޮކށްލަން ކަމަށް ވެސް ވެދާނެ އެވެ."ހިނގާ އަކުން ބަކުން ކުޅެން." ރަޝްފާ ވެއްޔާ

ކުޅެން ފެށި އެވެ."އަކުން ބަކުން ކުޅޭށޭ!" ރަޝާގާގެ އަޑުގައި ހުރީ ގަޔާނުވާކަހަލަ ޮގތެކެވެ. "ތީ ކުޑަކުދިން ކުޅޭ ކުޅިވަރެއްނު.

30

ވަކި ނުވިނަމަ

މުހައްމަދު ާގސިމް، އއ. މަތިވެރި

އެހެންނޫނަސް އަކުން ބަކުން ކުޅެން ތިއްބާ އިހޫއަށް ފެނިއްޖެއްޔާ ވަރަށް މަލާމަތް ކުރާނެ." ރަޝާޤާ ފެށީ އިހުސާންގެ ވާހަކަ އެވެ.

"ތިޮއތް އިހޫއެއްޯދ!" ރަޝްފާ ޮޗކެއް ޖަހައިލި އެވެ. އެވަގުތު އޭނާގެ މޫނުމަތިން ފެނިގެން ދިޔައީ ފޫހި ކުލަވަރެކެވެ.

"އެމީހަކު ދައްކާނީ އެމީހަކު ޯލބިވާ މީހެއްގެ ވާހަކައެއްނު. އަހަރެން އިހޫދެކެ ހާދަ ޯލބިވެއޭ" ރަޝާގާ ހިނިތުންވެލި އެވެ. "ރަޝްފާ

ދައްކާނީ އަދީލުގެ ވާހަކަ""އަޗި! މަށެއް ނޫޅެން ރަޝާ ތި އުޅޭހެން ގުއިކައިގެނެއް." "ޯލބި ވުމަކީ ގުއި ކެއުންތަ؟ ތިއޭ ރަޝްގެ މައްސަލައަކީ" "ހެއްދިހާ ޮގތަކަށް ހެދިގެން، އުޅުމަކީ މަދެކޭ ޮގތުގައި ހަމަ ގުއި

ކެއުން.""ތިހެން ބުނާކަށް ނުވާނެ."

"ދެން ކީކޭ ބުނާނީ. އަހަރެން މިނާނީ މިނެދިން ނާޅިއަކުން. އެއީ މަގޭ ހުކުމް." ރަޝްފާ އިނީ ވަރަށް ޯފރި ހިފާފަ އެވެ.

"އަހަރެންވެސް ގަބޫލުކުރަން އިހޫ ރުޅި ގަދަކަން. އެކަމަކު އޭނައަކީ ޯގސް މީހެއް ނޫނެއްނު."

"އާނ، ރުހުމުގެ ޮލލަކަށް އައިބެއް ނުފެންނާނެ. އެއީ ތިވާޮގތަކީ." ރަޝްފާ އިނީ ދޫކުރާ ކަހަލަ ޮގތަކަށް ނޫނެވެ.

"ދެން ހިނގާ ތިވާހަކަ ހުއްޓާލާފަ ޮކންމެވެސް އެހެން ވާހަކައެއް ފަށަން!" ރަޝްފާ މާ ހޫނުވާހެން ހީވުމުން ރަޝާގާ

ގަސްދުކުރީ މައުޟޫ ބަދަލުޮކށްލާށެވެ."އާނ، އެހެން ވާހަކައެއްވެސް ފެށިދާނެ." ރަޝްފާ ބަލައިލީ ހުޅަނގަށެވެ. އެވަގުތު އޭނާގެ ޮލލުގައި އަޅައިގަތީ ހުސެންނެވެ. އެއީ

Page 31: Magazine 20

31

ރަޝާގާމެންނާ އެއް އުމުރުގެ ޒުވާނެކެވެ. ރަޝްފާގެ އަވަށްޓެރި އެކެވެ. ރަޝްފާ ހުސެންނަށް ޮގވި އެވެ. ހުސެން މިޞްރާބު

ބަދަލުޮކށްލުމަށްފަހު އެ މީހުންނާ ދިމާއަށް ހިނގައިގަތެވެ. ރަޝާގާގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަމެވެ. ކަންޮބޑުވުމެވެ.

"ކީއްކުރަން އޭނައަށް ތި ޮގވީ؟" ކަންޮބޑުވެފައި އިނދެ ރަޝާގާއަށް އަހައިލެވުނެވެ."ކިހިނެއްވީ؟"

"ރަޝްއަށް އެނގެއެއްނު އޭނަ މިތާ ހުއްޓާ އިހޫއަށް ފެނިއްޖެއްޔާ ވާނެ ޮގތް." ރަޝާގާގެ ނުތަނަވަސްކަން އިތުރުވި އެވެ."ސާބަހޭ! ދެން ތި އިހޫއެއް ޮގވައިގެން ފަޅުރަށަކަށް

ދާންވީނު. ޯލބި ވުމަކީ އަޅުވެތިވުން ކަމަށް ނުދެކިބަލަ!" ރަޝްފާ ހިތްހަމަ ނުޖެހުނެވެ. ރަޝްފާ އިތުރަށް ވެސް އެއްޗެހި ކިޔަން

ބޭނުންވި އެވެ. އެހެންނަމަވެސް އެއިން ކަމެއް ހުސެންނަށް އަންގަން ބޭނުން ނުވާތީ ހުއްޓާލީ އެވެ.

"ހާދަ ޮއލަޮކށްލައިގެން." ހުސެން އައިސް އެމީހުން ގާތު ޖައްސައިލި އެވެ.

"މި ދެން ހަމަ އެޮގތް މިޮގތުގެ ވާހަކަ ދައްކާލަނީ. ޮކންތާކަށް ތި ދަނީ؟" ހުސެންނާ ވާހަކަ ދެއްކީ ރަޝްފާ އެވެ.

ރަޝާގާ އިނީ ހުސެންނާ ދިމާއަށް ބަލައިވެސް ނުލަ އެވެ. ބަލައިލާ ތަނުންވެސް އިހުސާނަށް އާދެވިދާނެ އެވެ. ފެނިދާނެ އެވެ.

އެހެންވެއްޖެނަމަ މައްސަލަ ޯގސްވާނެކަން އެނގޭތީ އެވެ."ވަކި ތަނަކަށް ނޫން! ގޭގަ ޮއވެ ޮއވެ ފޫހިވެގެން ހަމަ

ނިކުމެލީ.""މިއަދު މެންދުރު ތިގޭގަ ޖެހިއެއްނު ލަވަ ސީޑީއެއް.

ޮކންމެވެސް އިރަކުން އެ ސީޑީ ގެނެސްދީބަލަ!""ޮކން ސީޑީ އެއް؟" "ނަމެއް ނޭނގެ."

މިފަހަރު އައި އިރު ގެނައި ތިން ސީޑީ އެއް އުޅޭނެ. މިރޭ ގެންދިޔައްޔާ ލަސްވާނެތަ؟"ޯއކޭ މިރޭ ވިޔަސް."

"ރަޝާ މި އިންނަނީ ރުޅި އައިސްފަތަ؟" ރަޝަގާއާ ދިމާއަށް ހުސެން ބަލައިލުމަށްފަހު ހިނިތުންވެލި އެވެ.

ރަޝަގާއަށް މަޖުބޫރުވީ ހުސެންނާ ދިމާއަށް ބަލައިލާށެވެ. ހިނިތުންވެސް ވެލާށެވެ. އެޮގތަށް އިސްދަށަށް ޖަހައިގެން މީހުންނަށް ފުސް މޫނު ދައްކައިގެން އިނުމަކީ އޭނާ ބޭނުންވާ ޮގތެއް ނޫނެވެ. އެހެންނަމަވެސް ހިތް އެކަމަށް މަޖުބޫރު ކުރާތީ އިނދެވެނީ އެވެ.

"ރުޅިއެއް ނާދޭ!" ހުސެންނާ ދިމާއަށް ބަލައިލުމަށްޓަކައި ހިނިތުންވެލަމުން ރަޝާގާ އުފުލާލި އިހާއެކު، އޭނާގެ ޮލލުގައި

ފުރަތަމަވެސް އަޅައިގަތީ އެމީހުންނާ ވިއްސަކަށް ތިރީހަކަށް ފޫޓު ދުރުގައި ހުރި އިހުސާނެވެ. ދިގު ޯސޓަކާއި ޓީޝާޓެއް ލައިގެން ހުރި

އިރު، އޭނާ ހުރީ ކަޅި ޖަހާނުލައި ރަޝާގާގެ މޫނަށް ބަލާށެވެ. އެ ބެލުމުގައި ހުރީ ނުރައްކާތެރިކަމެވެ. ބިރުވެރިކަމެވެ. ރަޝާގާގެ މޭ ތެޅިގަތެވެ. ޮއބި

ޯނންނަ ދަރަޖައަކަށެވެ."އާނ، ރުޅި ނާންނަންޏާ ޯއކޭ." ހުސެން ތެދުވި އެވެ. "އޭތް!

މަ ދެން ދަނީ އިނގޭ!" ހުސެން ހިނގައިގެންފި އެވެ. އެހެންނަމަވެސް މިއިން ކަމެއް

ރަޝާގާއަކަށް އެނގޭވަރެއް ނުވެއެވެ. އެއަށް ވުރެ އޭނާގެ ހާލު މާ ޮބޑެވެ. އިހުސާންގެ ތޫނު ކަޅިއެޅުމުން އޭނާގެ ހިތް ޮފތިޮފތިވަމުން ދާ ކަހަލަ އެވެ. އިސާހިތަކު މީހާ ދަލުން ޯފވަން ފަށައިފި އެވެ. އޭރުވެސް އިހުސާނުގެ ކަޅި

ތަތްވެފައި ހުރީ ރަޝާގާގެ މޫނުގަ އެވެ.ރަޝާގާ ފާޑަކަށް ހުއްޓުން އަރާފައި އިންނުމުން ރަޝްފާ

އަށް ބަލައިލެވުނީ ރަޝާގާގެ ނަޒަރު ހުއްޓިފައިވާ ދިމާއަށެވެ. އެވަގުތު ރަޝްފާގެ ޮލލުގައި އަޅައިގަތީ، ކުޅަނދުރެއްހެން ހުރެ އެދިމާއަށް އަންނަ އިހުސާނުގެ ބިރުވެރި މޫނެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން އައިއިރު،

ހީވަނީ ބިންގަނޑުވެސް ފަޅާލަން އުޅޭހެންނެވެ. މިތަން ފެނިފައި ރަޝާގާއަށް ތެދުވެވުނެވެ. ބިރުން ވިރިވިރި ހުރި ކަހަލަ ޮގތަކަށެވެ. ރަޝްފާއަށް

އިނދެވުނީ ފަހަރަކު މީހެއްގެ މޫނަށް ބަލާށެވެ. އެކަކުގެ މޫނު މަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. އަނެކަކުގެ މޫނުމަތިން

ފެންނަނީ ހަމަ އެފަދަ ބިރުވެރިކަމެވެ.އިހުސާނަކީ މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބަލާ މީހެއް ނޫނެވެ.

ރުޅި އަތުވެއްޖެނަމަ މިސިފަ އަދި ވަކިން ޮބޑު ވާނެ އެވެ. މިއަދުވެސް ވީ އެފަދަ ޮގތެކެވެ. ރަޝްފާ އަކަށްވެސް ބަލައިލުމެއް ނެތި އެއައި ޮގތަށް އައިސް ހިފީ ރަޝާގާގެ އަތުގަ އެވެ. ބަހަކުން ބަހެއް ވެސް ނުބުނެ އެވެ. ޮގވައިގެން ހިނގައިގެންފި އެވެ. ރަޝްފާއަށް އިނދެވުނީ ބަލާށެވެ. ރަޝާގާގެ

ހާލާމެދު ހަމްދަރުދީ ވެފަ އެވެ.ރަޝާގާ ޮގވައިގެން އިހުސާން ދިޔައީ އެދުމާ ތުނޑިއަށެވެ.

ޮއއްސެން ތައްޔާރުވަމުން ދިޔަ އިރުގެ ރަން ދަޅަ ތުނޑިއަށް އެޅިފައިވާއިރު، ތުނޑީގެ ޮދންވެލިގަނޑު ވަނީ ރަންކުލައިން ފެވިފަ އެވެ. މުޅި ތަނަށް

ވެރިވެފައި ވަނީ ފުން ހަމަހިމޭން ކަމެކެވެ. އެއްވެސް މީހަކު އެ ސަރަޙައްދުން ފެންނާކަށް ނެތެވެ. އިހުސާނާއި ރަޝާގާ ފިޔަވަ އެވެ.

"ރަޝާ މަދެކެ ކިހާ ވަރަކަށް ޯލބިވޭ!" ތުނޑީގެ މެދުގައި ރަޝާގާ ބަހައްޓާފައި ހަރުކަށި ރާގަކަށް އިހުސާން ސުވާލު ކުރި އެވެ. ރަތްވެފައިވާ

ދެޯލ ހުރީ ޮބޑުވެފަ އެވެ. ކަޅި ހުއްޓިފައި ހުރީ ރަޝާގާގެ މޫނަށެވެ. "ވަރަށް ޮބޑަށް. ޮމޔަވާވަރަށް." ރަޝާގާގެ އަޑުގައި ތުރުތުރެއް

ހުއްޓެވެ. ދެޮލލުން ކަރުނައިގެ ތިކިތައް ވިދަ އެވެ."ދެން ކީއްވެގެންތަ އެހެން ފިރިހެނުންނާ ވާހަކަ ދައްކަނީ؟" ރަޝާގާގެ މޫނުގެ ދެފަރާތުން ކުއްލިއަކަށް އިހުސާނު ހިފެހެއްޓި އެވެ.

"ކިތައްދުވަހު ރަޝާގާތު ބުނެފިން ފިރިހެނުންނާ ވާހަކަ ނުދައްކާށޭ! މަށަށް އެމަންޒަރު ބަލާކަށް ފަސޭހައެއް ނުވާނޭ. ރަޝާއަށް ކީއްވެތަ ބުނާއެއްޗެހި

އަޑު ނީވެނީ؟" )ނުނިމޭ(

Page 32: Magazine 20

32

28 އަހަރަށް ފަހު އިންޑިާޔއަށް ބޮޑު އުފަލެއް

އިންޑިޔާގެ ކާމިޔާބާއެކު 50 ޯއވަރުގެ ކްރިކެޓަށް ވެސް އިތުރު ޔަގީންކަން

ކްރިކެޓް ޯވލްޑް ކަޕަކީ ރާއްޖޭގައި ވެސް ގިނަ ބަޔަކު ސަމާލުކަން ދިން މުބާރާތެކެވެ. ހާއްސަޮކށް

ދެކުނު އޭޝިޔާގެ ޓީމުތަކަށާއި ޮއސްޓްރޭލިޔާއަށް ރާއްޖޭގައި ޮއތް ތާއީދު ޮބޑެވެ. 41 ދުވަހަށް

ދިގުދެމިގެން ދިޔަ، 48 މެޗުގެ މުބާރާތް ޮހނިހިރު ދުވަހު ނިމުނުއިރު މުބާރާތުގެ ފައިނަލުގައި ސްރީ ލަންކާ

ބަލިޮކށް ޗެމްޕިއަންކަން ޯހދީ ވަރުގަދަ އިންޑިޔާއެވެ. ދެކުނު އޭޝިޔާގެ ތިން ގައުމު ކަމަށް ވާ އިންޑިޔާ އާއި ސްރީ ލަންކާ އާއި ބަންގްލަދޭޝް ގުޅިގެން، އެ ތިން ގައުމުގައި މެޗުތައް ކުޅެގެން ބޭއްވުނު މި މުބާރާތުގައި

14 ޓީމެއް ވާދަޮކށްފައި ވެއެވެ. މުބާރާތުގެ އެންމެ ޮމޅު ކުޅުންތެރިޔާގެ މަގާމު ޯހދީ އިންޑިޔާގެ ޔުވްރާޖް ސިންގެވެ. އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިޔަކީ ސްރީ ލަންކާގެ ތިލަކަރަތުނަ ދިލްޝާނެވެ. އޭނާ ވަނީ

މުބާރާތުގެ 9 މެޗުގައި 500 ލަނޑު ހަދާފައެވެ. އެންމެ ގިނަ ވިކެޓް ނެގީ ޕާކިސްތާނުގެ ޝާހިދު އަފްރީދީ އާއި އިންޑިޔާގެ ޒަހީރް ޚާނެވެ. މީގެ ޮކންމެ ކުޅުންތެރިއަކު ވެސް 21 ވިކެޓް ނަގާފައި ވެއެވެ. ޒަހީރް ޚާން 21 ވިކެޓް ނެގީ 9 މެޗުންނެވެ. އަފްރީދީ އެ އަދަދަށް

ވިކެޓް ނަގާފައި ވަނީ 8 މެޗު ކުޅެގެންނެވެ.

ތިން ވަނަ އަށް އެންމެ ގިނަ ބަޔަކު ބެލި މުބާރާތް

ދުނިޔޭގެ އެކި ގައުމުތަކުގައި ކުޅޭ ކުޅިވަރުތައް 100 އިން ގުނާލެވޭ އިރު، މި މުބާރާތަކީ ދުނިޔޭގައި ތިން ވަނައަށް އެންމެ ގިނަ މީހުން ބެލި ކުޅިވަރު މުބާރާތެވެ. މިއަށް ވުރެ ގިނައިން މީހުން ބަލާފައިވަނީ ފީފާ ޯވލްޑް ކަޕް ފުޓްޯބޅަ މުބާރާތާއި ހޫނު

މޫސުމުގެ ޮއލިމްޕިކްސްއެވެ. އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލުން އިންތިޒާމުޮކށްގެން ބޭއްވި ދުނިޔޭގެ ދިހަވަނަ އައިސީސީ ކްރިކެޓް މުބާރާތް ދުނިޔޭގެ 200 ގައުމަކުން 2.2 ބިލިއަން މީހުން ބަލާފައި ވެއެވެ. މި މެޗުތަކާއި، 2015 ވަނަ އަހަރު ޮއސްޓްރޭލިޔާ އާއި ނިއުޒީލޭންޑްގައި ބާއްވާ ޯވލްޑް ކަޕުގެ ބްޯރޑްކާސްޓިން ރައިޓްސް ވިއްކާލާފައިވަނީ 1.1

ބިލިއަން ޮޑލަރަށެވެ. ސްޮޕންސާރޝިޕް ރައިޓްސްގެ އަގު 500 މިލިއަން ޮޑލަރަށް އަރައެވެ.

ދިގު އިންތިޒާރެއްގެ ޮފނި ނިމުން

ކްރިކެޓް ޯވލްޑް ކަޕް އެންމެ ފުރަތަމަ ބޭއްވީ 1975 ވަނަ އަހަރު

އިންގްލޭންޑްގައެވެ. އޭގެ ފަހުން 36 އަހަރުވީ އިރު މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ

ޮއސްޓްރޭލިޔާއެވެ. އެ ގައުމު ފަސް ފަހަރު ޯވލްޑް ކަޕް ކާމިޔާބުކުރިއިރު ވެސްޓް އިންޑީޒް ދެ ފަހަރު އަދި އިންޑިޔާއާއި ޕާކިސްތާނުގެ

އިތުރުން ލަންކާ މުބާރާތް ކާމިޔާބު ޮކށްފައިވަނީ އެންމެ ފަހަރަކުއެވެ. މިހެންވެ ހަ ވިކެޓުން ލަންކާ ބަލިޮކށް އިންޑިޔާ ޯހދި ތައްޓަކީ ކްރިކެޓަށް މަރުދެމުންދާ އިންޑިޔާގެ

ރައްޔިތުންނަށް ލިބުނު ޮބޑު ހިތްހަމަޖެހުމެކެވެ. ޕާކިސްތާނާއި ލަންކާއަށް ވުރެ އިންޑިޔާގެ ފުންނާބު ކްރިކެޓުގެ މައިދާނުގައި އުސް

ވެގެންދާނެ ކަމެކެވެ. އެ މީހުން ތަށި ޯހދީ އެންމެ ފަހުގެ ތިން މުބާރާތުގެ ޗެމްޕިއަން

ޮއސްޓްރޭލިޔާ ވެސް ކަޓުވާލައިފައެވެ.

އިންޑިޔާގެ ކާމިޔާބީން 50 ޯއވަރުގެ ކްރިކެޓަށް ދިރުން

މި ފަހަރުގެ ޯވލްޑް ކަޕް ފެށުނު އިރު ވެސް އެންމެ ގިނަ ބަޔަކު ސުވާލުކުރަމުން ދިޔަ ކަމަކީ 50 ޯއވަރުގެ މެޗުތަކެވެ. ގިނަ ވަގުތު މެޗަށް ހޭދަ

ކުރަން ޖެހުމުން ބައެއް ފަރާތްތަކުގެ އުދާސް ޮބޑުވާ ވާހަކަ އިވެމުން ދިޔައީ ނުހަނު އަޑުގަދަޮކށެވެ. ހާއްސަޮކށް ޓުވެންޓީ 20 ކްރިކެޓުގެ މަޝްހޫރުކަން ޮބޑުވުމަކީ 50 ޯއވަރުގެ މެޗުތަކަށް ކުރިމަތިވެފައިވާ ޮބޑުޮގންޖެހުމެވެ. ސަބަބަކީ މަދުވަގުތުޮކޅެއްގެ

ތެރޭގައި ބޭނުންވާ ރާސްތާއާ ހަމައަށް ޓުވެންޓީ 20 ކްރިކެޓްގައި ދެވޭތީއެވެ. ސްޮޕންސަރުންނާއި ބްޯރޑްކާސްޓަރުންގެ ޯލ އެ ދިމާއަށް ހުއްޓޭލެއް ގިނަކަމުގެ ވާހަކަ

ދެކެވުނީ ވެސް މިހެންވެއެވެ. ނަމަވެސް 50 ޯއވަރުގެ މެޗުތައް އުވާނުލުމަށް އެންމެ ޮބޑަށް ބާރުއަޅާ

ގައުމަކީ އިންޑިޔާއެވެ. އެ ގައުމުގެ އައިޕީއެލް މުބާރާތާއި އަލަށް ތައްޔާރުކުރާ ދަނޑުތަކާއި ގާއިމްކުރާ ވަސީލަތްތައް އެކަނި ވެސް މިކަމުގެ ހެއްކަކަށް ފުދެއެވެ.

Page 33: Magazine 20

33

އިންޑިޔާގެ ކާމިޔާބާއެކު 50 ޯއވަރުގެ ކްރިކެޓަށް ވެސް އިތުރު ޔަގީންކަން

މިހެންވެ 50 ޯއވަރުގެ މެޗުތަކުގެ ދިރުން ޮއތީ މުބާރާތް ފެށުނު އިރު އިންޑިޔާގެ އަތުގައެވެ. އެ ގައުމަށް ތަށި ނުލިބިއްޖެނަމަ ހުދު އިންޑިޔާ ވެސް 50 ޯއވަރުގެ ބަދަލުގައި 40 ޯއވަރުގެ މެޗުތައް ބާއްވަން ތާއީދު ކުރާނެކަމަށް ގިނަބަޔަކު ތިބީ

ޔަގީންޮކށްގެންނެވެ.50 ޯއވަރުގެ ކްރިކެޓްގެ ޯފރި އަދިވެސް ގަދަކަމަށް ބުނާ

ފަރާތްތަކަށް ބާރުލިބިދޭ ފަދަ މެޗުތަކެއް މި ފަހަރުގެ މުބާރާތުން ފެނިގެންދިޔައެވެ. އިނގިރޭސީންނާއި އިންޑިޔާ، އަދި އިންޑިޔާ އާއި ޕާކިސްތާން ކުޅުނު މެޗުގެ އިތުރުން، ލަންކާ އާއި ޕާކިސްތާން ކުޅުނު މެޗުތަކަށް ފަހު، މެޗު ދިގުވެގެން ޯފރިއަށް ބަދަލު

އަންނަކަމުގެ ވާހަކަތަކަށް ޮކންމެވެސް ވަރެއްގެ މަޑުޖެހުމެއް ވަނީ އައިސްފައެވެ.

ބައެއް ކުޅުންތެރިންގެ ފަހު މުބާރާތް

އިންޑިޔާގެ އިތުރުން މުޅި ދުނިޔެ ވެސް ފަހުގެ ތާރީޚެއްގައި ދުށް އެންމެ ޮމޅު ކްރިކެޓް ކުޅުންތެރިއަކީ އިންޑިޔާގެ ސަޗިން ޓެންޑުލްކަރެވެ. އޭނާ އަކީ ޯވލްޑް

ކަޕުގެ އެންމެ ގިނަ ލަނޑު ހެދުމުގެ ރެޯކޑާއި އެންމެ ގިނަ ސައްތަ ހެދުމުގެ ރެޯކޑްގެ ވެރިފަރާތެވެ. ކުރިއަށް ޮއތް ޯވލްޑް ކަޕުން އޭނާ ނުފެންނާނެ ކަމަށް ބެލެވެނީ އުމުރު މަތިވަމުން ދާތީއެވެ. ޕާކިސްތާނުގެ ބާރު އުކުންތެރިޔާ ޝުޢައިބް އަޚްތަރު ވެސް ދެން ޯވލްޑް ކަޕުން ނުފެންނާނެއެވެ. ޮއސްޓްރޭލިޔާގެ ކުރީގެ ކެޕްޓަން ރިކީ ޮޕންޓިން އަކީ

ވެސް ޯވލްޑް ކަޕުން ދެން ނުފެނުން ގާތް ކުޅުންތެރިއެކެވެ.

ޕާކިސްތާނަށް ހީނުކުރާފަދަ ކާމިޔާބީއެއް

މި ފަހަރުގެ މުބާރާތުގައި އެންމެ ހައިރާންކުރުވަނިވި ކާމިޔާބީއެއް ޯހދީ އެއް ޓީމަކީ ޕާކިސްތާނެވެ. ޕާކިސްތާނަކީ ދުނިޔޭގެ އެންމެ ހުނަރުވެރި، އެންމެ

ޮމޅު ކުޅުންތެރީންގެ ތެރޭގައި ހިމެނޭ އެތައް ކުޅުންތެރީން އުފައްދާފައިވާ ގައުމަކަށް ވިޔަސް، އަދި ކްރިކެޓުގައި ދުނިޔޭގެ ބާރަކަށް ޕާކިސްތާނު ވިޔަސް، އެ ގައުމުގެ

ކްރިކެޓަށް ފަހަކަށް އައިސް ވަނީ އެތައް މައްސަލައެއް ކުރިމަތިވެފައެވެ. ޕާކިސްތާނު ޓީމު މުބާރާތް ފެށީ ރިޝްވަރުގެ ހިޔަނީގެ ތެރެއިންނެވެ. އެންމެ މުހިންމު ތިން

ބެޓްސްމަނުން ރިޝްވަތު ހިފިކަމަށް ސާބިތުވުމުން އެ ކުޅުންތެރިން ސަސްޕެންޑް ކުރީ 7 އަހަރާއި 10 އަހަރާ ދެމުދުގެ މުއްދަތަކަށެވެ. މިހެންވެ މުޅި މުބާރާތުގައި ވެސް ޕާކިސްތާނާ މެދު ގިނަ ބަޔަކު ޝައްކުކުރަމުން ދިޔައެވެ. ސެމީ ފައިނަލުގައި

އިންޑިޔާ އަތުން ބަލިވި އިރު ވެސް ޕާކިސްތާނާ ތައްޓާ ދެމެދަށް ހުރަސްއެޅީ ރަނގަޅު ބެޓްސްމަނުން ނެތުމުގެ އުނިކަމެވެ. އުމަރު ގުލް އާއި ކެޕްޓަން ޝާހިދު އަފްރީދީ

މުބާރާތުގެ އެންމެ ގިނަ ވިކެޓްނެގި އިރު، ސަލްމާން ބަޓާއި މުހައްމަދު އާސިފް ފަދަ ޮމޅު ބެޓްސްމަނުން ޓީމުގައި ތިބި ނަމަ ތައްޓަކީ އެ މީހުންގެ އެއްޗަކަށް ނުހެދޭނެ

ސަބަބެއް ނެތްކަމަށް ހަސަދަވެރީން ވެސް އެއްބަސްވެއެވެ. ސަބަބަކީ ޯވލްޑް ކަޕުގައި ބަލި ނުވެ ޮއސްޓްރޭލިޔާ ދަމަހައްޓަމުން އައި ރެޯކޑު ވެސް ޕާކިސްތާނުން ނިމުމަކަށް ގެނެސްފައި ވާތީއެވެ. އެންމެ ފަހުން ޯވލްޑް ކަޕުގައި ޮއސްޓްރޭލިޔާ ބަލިވީ 1999 ވަނަ އަހަރު ވަސީމް އަކުރަމުގެ ކެޕްޓަންކަމުގެ ދަށުން ހަމަ ޕާކިސްތާނު އަތުންނެވެ.

މުބާރާތުގެ ސަރޕްރައިޒް ޓީމު

މި ފަހަރުގެ މުބާރާތުގެ ހަގީގީ ސަރޕްރައިޒް ޓީމަކީ އަޔަރލޭންޑް ކަމަށް ބައެއް މީހުން ދެކެއެވެ. ކްރިކެޓުގެ ދުނިޔޭގައި އާދައިގެ ގައުމެއް ކަމަށް ވާ

އަޔަރލޭންޑް ވަނީ ކުޅިވަރުގެ ޮބޑު ބާރެއްގެ ޮގތުގައި ބެލެވޭ އިންގްލެންޑް ބަލިކުރުމާ އެކު، އެ ގައުމާ ދެޮކޅަށް ދުނިޔޭގެ ރެޯކޑްތަކެއް ވެސް ހަދާފައެވެ. އަޔަރލޭންޑުގެ

ކެވިން ޯއބްރަޔަން ވަނީ އެންމެ 50 ޯބޅައިން ސައްތަ ހަމަޮކށް، ޯވލްޑް ކަޕްގެ އެންމެ އަވަސް ސައްތަ ހަދާފައެވެ. މީގެ ކުރީން މި ރިޯކޑް ޮއންނަނީ 2007 ވަނަ އަހަރު

ސައުތު އެފްރިކާއާ ދެޮކޅަށް 66 ޯބޅައިން ސައްތަ ހެދި ޮއސްޓްރޭލިޔާގެ މެތިއު ހެއިޑްން އަތުގައެވެ. ހަމައެއާއެކު އަޔަރލޭންޑް ވަނީ އިންގްލޭންޑް ބަލިކުރުމަށް ޓަކައި، ޯވލްޑް ކަޕްގެ ތާރީޚުގައި، ލަނޑުހެދުމުގެ އެންމެ މަތީ ޓާގެޓް ވެސް ހާސިލުޮކށްފައެވެ.

ގްރޫޕް ސްޓޭޖުގައި އިންގްލެންޑާއި އަޔަރލޭންޑް ބައްދަލުކުރި މެޗުގައި އިންގްލެންޑް ބެޓްކުރަން އަރައި 327 ލަނޑު ހަދާފައި ވަނިޮކށް، އަޔަރލޭންޑް ވަނީ ފަހުން އަރައި

ބެޓްޮކށް 329 ލަނޑު ހަދައިގެން މެޗު ކާމިޔާބުޮކށްފައެވެ. މީގެ ކުރީން މި ރިޯކޑް ޮއންނަ ލަންކާ ވަނީ 1992 ވަނަ އަހަރު ނިއު ޒީލެންޑް ގައި ބޭއްވުނު ޯވލްޑް ކަޕުގައި ޒިމްބާބުވޭ

313 ލަނޑު ހަދާފައި ވަނިޮކށް، ފަހުން އަރައި ބެޓްޮކށްގެން މެޗު ކާމިޔާބުޮކށްފައެވެ.

އިންޑިޔާ-ޕާކިސްތާނުގެ ސިޔާސީ މައްސަލަ ހައްލުކުރަން ކެރިކެޓް!

ޯވލްޑް ކަޕުގެ ކުރިން އިންޑިޔާ އާއި ޕާކިސްތާނުގެ ގުޅުން ޮއތީ ވަރަށް ޯގސް ފައްތަރެއްގައެވެ. 2008 ވަނަ އަހަރު މުމްބާއީގެ ތާޖް ޮހޓަލަށް ދިން ހަމަލާގެ ރޭވީ ޕާކިސްތާނުން ކަމަށް އިންޑިޔާ ބުނަން ފެށުމާއެކު ދެ ގައުމުގެ ގުޅުމުގައި އާއްމު މިންވަރަށް

ވުރެ ވެސް ޮބޑަށް ކުނިޖެހުނެވެ. އަދި ސާކްގެ ހަތަރު ގައުމު )އިންޑިޔާ، ލަންކާ، ބަނގްލަދޭޝް، ޕާކިސްތާން( ގުޅިގެން ބާއްވާ މުބާރާތް ކުޅެން ޕާކިސްތާނަށް ނުދާނެކަމަށް އިންޑިޔާ އާއި ލަންކާ ބުނުމުން ޕާކިސްތާނުގައި މެޗުތައް ނުބާއްވާ ޮގތަށް ހަމަޖެހުނެވެ.

މީގެ ބަދަލެއްގެ ޮގތުން ޕާކިސްތާނަށް ދީފައިވަނީ ފައިސާއެވެ. އިންޑިޔާ އާއި ޕާކިސްތާނުގެ ސެމީ ފައިނަލް ކާމިޔާބުޮކށް ޕާކިސްތާނު

ފައިނަލަށް ހިނގައްޖެ ނަމަ ފައިނަލް މެޗު ކުރިޔަށް ގެންދެވުނަ ނުދޭނެ ކަމަށް އިންޑިޔާގެ ހައްދުފަހަނައަޅާފައިވާ ހަރުކަށި ޕާޓީ، ޝިވް ސެނާއިން އިންޒާރު ދީފައި ވެއެވެ. ނަމަވެސް

މިފަދަ ކަމަކަށް މަގު ނުހުޅުވުނީ ސެމީ ފައިނަލުގައި އިންޑިޔާ އަތުން ޕާކިސްތާނު ބަލިވުމުންނެވެ. މި މެޗުން ޕާކިސްތާނު ޮމޅުވި ނަމަ ހީނުކުރާ ފަދަ ކަންތައްތަކެއް

ހިނގުމަކީ އެކަށީގެންވާ ކަމެކެވެ. މި ހާލަތުގައި މަސްރަހު ޮއއްވައި ދެ ގައުމުގެ ގުޅުން ރަނގަޅުކުރަން ކްރިކެޓް

ޯވލްޑް ކަޕުގެ ތެރެއިން ޮދރެއް ހުޅުވުނު ތަން ފެނުނީ މި ދެ ގައުމު ކުޅުނު ސެމީ ފައިނަލް މެޗު ބައްލަވަން އިންޑިޔާއަށް ވަޑައިގަތުމަށް އިންޑިޔާގެ ޮބޑުވަޒީރު މަންޯމހަން ސިންގް، ޕާކިސްތާނުގެ ޮބޑު ވަޒީރު ޔޫސުފް ރިޒާ ޖީލާނީއަށް ދައުވަތު ދެއްވުމުންނެވެ.

އޭނާ އިންޑިޔާއަށް ވަޑައިގެން މެޗު ފެށުމުގެ ކުރިން އިންޑިޔާގެ ކުޅުންތެރިންނާ ސަލާމްކުރެއްވިއެވެ. ސެމީ ފައިނަލްގައި ދެ ގައުމު ކުޅެން ޖެހުމުން އިންޑިޔާ ވަނީ އެ ގައުމުގެ ޯބޑަރުތައް ހުޅުވާލައި، ޕާކިސްޔތާނުގެ 3000 އަށް ވުރެ ގިނަ މީހުންނަށް

ވިސާވެސް ދީފައެވެ. ޕާކިސްތާނުގެ އެންމެ ޮބޑު އިދިޮކޅު ލީޑަރު ނަވާޒް ޝަރީފު ވެސް ވަނީ މި ކަމާ ގުޅިގެން ޮޕޒިޓިވްޮކށް ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ ދެކުނު އޭޝިޔާގެ އެންމެ ބާރުގަދަ ދެ ގައުމުގެ ސިޔާސީ ގުޅުމަށް ކްރިކެޓް ޑިޕްޮލމަސީ ނުފުދޭ ނަމަވެސް،

މިއީ ކުރިއެރުމެއް ކަމަށެވެ.

Page 34: Magazine 20

34

ވާހަކަދައްކަން ޖެހެނީ ޮކން އިރަކު؟

އަބްދުهللا ފާރޫގު ހަސަންދިޔަ ތިކި

އަބޫ މޫސަލް އަޝްޢަރީ ރަޟިޔަهللا

ޢަންހު އަކީ ޞަޙާބީންގެ ތެރެއިން ދަރަޖަ މަތިވެރި ބޭކަލެކެވެ. ކައުސާހިބާ ޞައްލަهللا ޢަލައިހި ވަ ސައްލަމަ އެކަލޭގެފާނަށް ޔަމަނުކަރައިގެ ޢަދަނުގެ

ގަވަރުނަރުކަން ދެއްވިއެވެ. އިތުރު ސާހިބާއަށް ފަހު

ޢުމަރު ރަޟިޔަهللا ޢަންހު އެކަލޭގެފާނަށް ކޫފާއާއި

ބަޞަރާގެ ގަވަރުނަރުކަން ދެއްވިއެވެ.

އަބޫ މޫސާގެ ބުއްދިވެރި ބަސްފުޅުތަކުގެ ތެރެއިން ބަސްފުޅެއްގައި ވެއެވެ.

"ދުވާލާއި ރޭގަނޑާ ވަކިވާ ވަރަށް ކަމެއްގެ ޙައްޤު ޮއތް ޮގތް ޮއޅުންފިލުމުގެ ކުރީން ވަކި ޮގތަކަށް ނިޔާއެއް ކަނޑައެޅުމަކީ ޤާޟީއަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ." އަމީރުލްމުއުމިނީން ޢުމަރުލްފާރޫޤު ރަޟިޔަهللا ޢަންހު އަށް އެ ޚަބަރު ލިބިވަޑައިގަތުމުން

ވިދާޅުވިއެވެ. "އަބޫ މޫސާ އެ ވިދާޅުވީ ވަރަށް ޮބޑު ތެދުފުޅެކެވެ. ޤާޟީން ޢަމަލުކުރަން ވާނީ

އެޮގތަށެވެ." އަބޫ މޫސަލް އަޝްޢަރީ ރަޟިޔަهللا ޢަންހުގެ އެ ބަސްފުޅާ އެއްޮގތަށް ޢަމަލުކުރާން ޖެހެނީ

ހަމައެކަނި ޤާޟީންނެއް ނޫނެވެ. ވާލީންނެއް ވެސް ނޫނެވެ. އަދި ކީއްޯތއެވެ؟ އެއީ ހަމަ ޮކންމެ އިންސާނަކާ ވެސް ގުޅިފައިވާ ޙަޤީޤަތެކެވެ.

ޮކންމެ މީހަކު ވެސް ކަންކުރާން ޖެހޭ ޮގތެވެ. ޤާޟީންނާއި ޙާކިމުންގެ ކުރިމައްޗަށް އެކިއެކި

ޚަސްމުންގެ މަސްއަލަތައް ހުށަހެޅޭ ފަދައިން އެހެން މީހުންގެ ކުރިމައްޗަށް ވެސް މަސްއަލަތައް ހުށަހެޅެއެވެ. ޤާޟީން ދެ ޚަސްމުންގެ ވާހަކަ އަޑުއެހުމަށް ފަހު ނިޔާ ކަނޑައަޅާ ފަދައިން އެހެން މީހުން ވެސް ތިމާއަށް އަޑުއިވޭ ވާހަކަތަކުގެ

އަލީގައި އެހެން މީހުންގެ ކަންތައްތަކާ މެދު ތިމާގެ ޚިޔާލު ފާޅުކުރެއެވެ. ތިމާ ދެކޭ ޮގތް ކަނޑައަޅައި ބުނެއެވެ. އިންފިރާދީ ފެންވަރުގައި ކަމަކާ މެދު ރައުޔެއް ފާޅުކުރުމާއި ޚަސްމުންގެ ފެންވަރުގައި ނިޔާއެއް ކަނޑައެޅުމާ މި

ދެ ކަންތައްތަކަކީ ވެސް ޢަދަުލުވެރިކަމާ ގުޅިފައިވާ ދެ ކަންތަކެވެ. ތަފާތަކީ ޤާޟީންގެ ނިންމުންތައް ޤާނޫނީ ޙައިޘިއްޔަތެއް

ލިބިގެން ތަންފީޒުވަމުން ދިޔުމެވެ. އަމިއްލަ މީހުން

އަނެކުންނާ މެދު ކަނޑައަޅާ ކަނޑައެޅުން ޢަމަލީޮގތުން

ތަންފީޒުކުރެވެމުން ނުދިޔުމެވެ.

މިކަމުގައި ވިސްނަން ޖެހޭ ޙަޤީޤަތެއް އެބަޮއތެވެ. ވަރަށް ޮބޑަށް ރައްކާތެރިވާން ޖެހޭ މަސްއަލައެއް އެބަޮއތެވެ.

ޮކންމެ މީހަކު ބުނާ ޮކންމެ ބަހަކާ މެދު މާތްهللا ގެ

ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހުމެވެ. މި ޙަޤީޤަތުގެ އަލީގައި ވިސްނާ އިރު ޤާޟީއަކު ނިޔާކަނޑައެޅުމުގެ ޮގތުން

ބުނާ ބަހާއި މީހަކު އަނެކަކާ މެދު ވަކި ޮގތެއް ކަނޑައަޅައި ބުނާ ބުނުމާ

މެދު އުޞޫލީ ތަފާތެއް ނެތެވެ. ދެ މީހުންނަކީ ވެސް އެއް ޙައިޘިއްޔަތަކުން

މަސްއޫލިއްޔަތު އުފުލާން ޖެހޭ ދެ މީހުންނެވެ.

ތިމާ ކުރާ މުޢާމަލާތަކާ މެދު މާތް هللا ގެ ޙަޟުރަތުގައި މަސްއޫލުވާން ޖެހޭނެ ކަމުގެ ޢަޤީދާ ގެންގުޅޭ މީހަކު އެއްވެސް

ކަމަކާ މެދު ވާހަކަދައްކާން ވާނީ އެ ކަމެއްގެ ޙަޤީޤަތް ތިމާޔަށް ފުރިހަމަޔަށް އެނގިހުރެގެންނެވެ. ދުވާލާއި ރޭގަނޑު ވަކިކުރަން އެނގޭ ޮގތަށް އެ ކަމެއްގެ ޙަޤީޤަތް ރަނގަޅަށް އެނގިގެންނެވެ. ކަންކަމުގެ ޙަޤީޤަތް އެ ވަރަށް

ޮއޅުންނުފިލާ ނަމަ އެ މީހަކަށް ޮއތީ އެ ކަމަކާ މެދު ހަނުހުރުމެވެ. ތިމާގެ އަނގަ ބަންދުކުރުމެވެ.

މާތްهللا އަށް ބިރުވެތިވާ މީހުން ވާހަކަދައްކާނީ ހަމައެކަނި ތިމާޔަށް ރަނގަޅަށް އެނގޭ ކަންތަކާ މެދުގައެވެ. ތިމާއަށް ރަނގަޅަށް ޙަޤީޤަތް ނޭނގޭ ކަންތައް ޙަވާލުކުރާން ޖެހޭނީ ތިމާގެ ވެރި ރަސްކަލާނގެ

ތިމާ ކުރާ މުޢާމަލާތަކާ މެދު މާތް هللا ގެ ޙަޟުރަތުގައި މަސްއޫލުވާން ޖެހޭނެ ކަމުގެ ޢަޤީދާ ގެންގުޅޭ މީހަކު އެއްވެސް

ކަމަކާ މެދު ވާހަކަދައްކާން ވާނީ އެކަމެއްގެ ޙަޤީޤަތް ތިމާޔަށް ފުރިހަމަޔަށް އެނގި ހުރެގެންނެވެ. ނޫން ނަމަ އެ

މީހަކަށް ޮއތީ ހަނު ހުރުމެވެ.

Page 35: Magazine 20
Page 36: Magazine 20