ރ20 :ުގަ އ2011 ،ުޓްސަގ އ24 ،30 :ުރަބްމަ ންށަމަކިރެ ވްށަމިސ ގ؟ ބެނ ދިވެދ އިފިއަކްއަ ދަކަހާ ވާންނިހެވި ދީލިއަހި މިޓްނެ ސުރޫންނަންނަ ކާޖާރީލަ އ

Sun Magazine 30

  • Upload
    sun

  • View
    294

  • Download
    16

Embed Size (px)

DESCRIPTION

Sun Magazine 30

Citation preview

Page 1: Sun Magazine 30

2ރ0 ގު: އަ2011 ،ސްޓު

ޯއގަ 24 ،30 ރު:މްބަނަ

ާގސިމަށް ވެރިކަމަށް ާއދެވިާދނެާބ؟

ސެންޓި މިހައިލީ ދިވެހިންނާ ވާހަކަ ދައްކައިފި

ކަންނަންނޫރު

އަލީރާޖާ

Page 2: Sun Magazine 30
Page 3: Sun Magazine 30

އެޑިޓަރުގެ ނޯޓް

އެޑިޓަރު: ސިނާން އަލީ

އެގްޒެކެޓިވް އެޑިޓަރުން:

އަހުމަދު ޒާހިރު )ހިރިގާ(މުހައްމަދު އާމިރު ފަރެސް

ޑިޕިއުޓީ އެޑިޓަރު: މުންޑޫ އާދަމް ހަލީމް

އެސިސްޓެންޓް އެޑިޓަރު: އަލްއުސްތާޒު އަހުމަދު މާޖިދު

ލިޔުންތެރިން:

އަބްދުهللا އަޒްމީންއިޔާޒު ނަސީމް

ކަނީރު ޢަބްދުއްރަޙީމްޢަލީ ޚާލިދު

ޢަބްދުهللا ޝިނާން

ޮކލަމިސްޓުން:ސިކުނޑީގެ ތޫފާން: ސީނާ އަހުމަދު ޒާހިރު

ކެޮޔނިރު: މުހައްމަދު ބުޝްރީފަސްމަންޒަރު: އަހުމަދު ޒާހިރު )ހިރިގާ(އަޅުގަނޑުމެންގެ މާހައުލުން: މީމުޒަވިޔަނި

އުޑުދަށުން: މުހައްމަދު ގާސިމްދިޔަތިކި: އަބްދުهللا ފާރޫގު ހަސަން

ސިއްކަ: ސިއްކަގޭ މުހައްމަދު ނަސީމް ދިޔަވަރު: މުހައްމަދު އާމިރު ފަރެސް

ރަންދެލި: މުންޑޫ އާދަމް ހަލީމްފަންވަތް: އިމާދު ލަތީފުޮކމާޯކޅި: ސިނާން އަލީ

މާކެޓިން:

ސަން އެފްއެމް މާކެޓިން ޓީމް

ކަލަސަޕެރޭޝަން އެންޑް ޕްރިންޓިން: ޮނވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑް

"ސަން" އަކީ 14 ޖުލައި 2010ން ފެށިގެން "ސަންއެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން މަހަކު ދެ ފަހަރު ނެރޭ މަޖައްލާއެކެވެ.

ސަންގެ އިދާރާ: ގ. ވިޔަވަތި، ކަށިމާ ހިނގުން / މާލެއީމެއިލް:

ވެބްސައިޓް: ޯފނު: 3312747، ފެކްސް: 3343789

[email protected]

އަދަދު: 30 24 ޯއގަސްޓް 2011

ސިނާން އަލީއެޑިޓަރު

"ސަން" މަޖައްލާގެ 30 ވަނަ އަދަދު ވިދާޅުވަމުން ގެންދަވާ ހުރިހާ ކިޔުންތެރިންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ. ސަންގެ 29 ވަނަ އަދަދަށް

ދެއްވި ހޫނު ތަރުހީބު އުފަލާ އެކު ފާހަގަ ޮކށް ޝުކުރު އަދާ ކުރަމެވެ.ސަންގެ މި ފަހަރުގެ އަދަދު މި ނުކުންނަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގައި ކަމަށް ވާތީ، ފަހު ދިހައިގެ ސަވާބާއި ދަރުމަ މިންވަރު ކުރެއްވުން އެދި

ދުޢާ ކުރަމެވެ.ސަން މަޖައްލާގައި ހިމެނޭ ބައިތަކާއި އޭގެ ރަހަތައް ކިޔުންތެރިންގެ ދުލަށް

ހެޮޔވަރު ޮކށްލެވޭޯތ ކުރެވެން ޮއތް ހުރިހާ ކަމެއް ޯހދާ ބަލައި އެ ހުރިހާ ކަމެއް ވެސް އެންމެ ފުރިހަމަ ޮގތުގައި ޮކށްދެވޭޯތ މި އަންނަނީ ބަލަމުންނެވެ. އެ ޮގތުން މި ފަހަރުގެ ސަން ގައި ވެސް ތަފާތު ގިނަ

ބައިތައް ހިމެނިގެން އަތުރާލާފައި ވާ ލިޔުންތައް ގިނަކަން ކިޔުންތެރިންނަށް ފާހަގަ ކުރެވޭނެ އެވެ.

ކުރިޔަށް ޮއތް ތަނުގައި މިހާރަށް ވުރެ ވެސް ރަހަ ތަފާތުޮކށް، ގިނަ ލިޔުންތައް ގެނެސްދެވޭޯތ

މަސައްކަތް ކުރެވޭނެ އެވެ. ރާއްޖޭގެ ފުރަތަމަ

ރައީސުމްޖުމްހޫރިއްޔާ މުހައްމަދު އަމީންގެ ވެރިކަމުގައި ނިމުމުގެ ސިއްކަ ޖެހިގެން ދިޔަ ޮގތް އެއީ ޮކންމެ ދިވެއްސަކަށް ވެސް

އެނގުން މުހިންމު ވާހަކަ ތަކެއް ކަމަށް ދެކެމެވެ. އެހެން ނަމަވެސް އެ ހާދިސާގެ ހަގީގީ ތެދު މައުލޫމާތު ހިމެނިގެން ލިޔެ ޗާޕު ކުރެވިފައިވާ ލިޔުންތައް މަދެވެ. ގައުމެއް ކުރިޔަށް ދާ އިރު އެ ގައުމެއްގެ ތާރީޚުން އިބުރަތް ލިބިގަތުމަކީ މުހިންމު ކަމެކެވެ. ޮކންމެހެން ބޭނުންތެރި ކަމެކެވެ. ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި ސިއްކަ ޖެހިގެން ދިޔަ

ޮގތް ބަޔާން ޮކށްދޭ ވަރަށް ތަފްސީލު ރިޯޕޓެއް އެތެރޭގައި ހިމަނާފައި ވާނެ އެވެ. ސިއްކަ ނަސީމް ލިޔުއްވައިފައިވާ މި ލިޔުމަކީ މިހާރުގެ ޮފތަކުން ކިޔައިލަން ނުލިބޭ ފަދަ ޮމޅު

ލިޔުމެކެވެ. ކުރިޔަށް ޮއތް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތައް އެކި ސިފަ ސިފައިގައި

މިހާރު ވަނީ ފަށައިފަ އެވެ. އެހެން ނަމަވެސް ރިޔާސީ އިންތިޚާބާ ދެމެދު ދިގު މުއްތަދެއް ޮއތުމާ އެކު، ސިޔާސީ މައިދާނަށް ގިނަ ބަދަލު ތަކެއް އައުމުގެ ފުރުސަތު ޮބޑެވެ. ދެހާސް އަށްވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވައި ރިޔާސީ ރޭހުގެ ހަތަރު ވަނަ ލިބިވަޑައިގެންނެވި ގާސިމް އިބްރާހީމަށް ކުރިޔަށް ޮއތް ރިޔާސީ އިންތިޚާބުގައި އެއްވެސް

ފުރުސަތެއް ޮއވެދާނެޯތ މީ އުފައްދަން އެންމެ ރަނގަޅު ސުވާލެކެވެ. މި ކަމާ ގުޅޭ ޮގތުން ސަންގެ ލިޔުންތެރިޔާ ޝިނާން ލިޔުއްވާފައިވާ ރިޯޕޓަކީ ވެސް ކިޔައިލުން މުހިންމު

ރިޯޕޓެކެވެ. ތިޔަ ބޭފުޅުންގެ ސަންގެ ލިޔުން ތަކަކީ ވީހާ ވެސް އިލްމީ ލިޔުން ތަކަކަށް ހެދޭޯތ އަބަދުވެސް މި އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ޮގތުން ރާއްޖޭގެ ތާރީޚާ ގުޅޭ ޮގތުން ސަންގެ ލިޔުންތެރިޔާ، އިޔާޒް ގެނެސްދޭ ލިޔުން ތަކާއި މާޖިދު ލިޔުއްވަމުން ގެންދަވާ އަދަބީ ދާއިރާގެ ލިޔުން ތަކަކީ މި ޮރނގުން ވަރަށް ޮބޑަށް ފާހަގަ ޮކށްލެވޭ

ލިޔުން ތަކެކެވެ. މި ފަހަރުގެ އަދަދުގައި ވެސް ތިޔަ ބޭފުޅުންގެ މަގުބޫލު އެހެން ހުރިހައި

ސަފުހާ ތަކެއް ހިމަނާފައި ވާނެ އެވެ. އެ ޮގތުން ތިޔަ ބޭފުޅުންގެ މަގުބޫލު ބިއުޓީ ޕޭޖް އަދި ކުޅިވަރު ސަފުހާ މި ފަހަރު ވެސް ހިމަނާފައި ވާނެ އެވެ. ކުރިޔަށް ގެންދަވާށެވެ.

Page 4: Sun Magazine 30
Page 5: Sun Magazine 30

5

ނަފުރަތުގެ ބަދަލުގައި ޯލބި

އަބްދުهللا ފާރޫގު ހަސަންދިޔަ ތިކި

ބެންގަލޫރުގެ މުސްލިމް ޝަޚްޞިއްޔަތެއް ކަމުގައިވާ ޮޑކްޓަރ އަޙްމަދު ސުލްޠާނަކީ ވަރަށް އާދަޔާ ޚިލާފު ޝަޚްޞިއްޔަތެއްގެ ވެރިޔެކެވެ.

އޭނާއަކީ މަޝްހޫރު އިސްލާމީ ބަޠަލެއް ކަމުގައިވާ ޓީޕޫ ސުލްޠާނުގެ ޢާއިލާގެ ބޭފުޅެކެވެ. އޭނާ އަވަހާރަވީ ގާތްގަނޑަކަށް ޢުމުރުފުޅުން

ފަސްޮދޅަސް އަހަރުގެ ޢުމުރުފުޅުގައެވެ. 13 ޑިސެމްބަރ 1999 ގައެވެ. އޭނާގެ ކާމިޔާބު ޙަޔާތްޕުޅުގެ ޮމޯޓއަކީ "ނަފުރަތުގެ ބަދަލުގައި ޯލބި" އެވެ.

ތިރީގައި މި ބަޔާންކުރަނީ އޭނާގެ ޙަޔާތްޕުޅުގެ ބައެއް މިސާލުތަކެވެ. އޭނާގެ ދަރިކަލެއް އެއްފަހަރަކު ރޭގަނޑު ކާރުޮކޅުގައި

ބޭރަށް ވަޑައިގެންނެވިއެވެ. ގާތްގަނޑަކަށް އެގާރަ ޖަހާ އެހާކަންހާ އިރު އެނބުރިވަޑައިގެން ކާރުޮކޅު ބޭރުގައި ބާއްވަވައިފައި ވަރަށް ބާރަށް ގެއަށް

ވެދެވަޑައިގެން ޮކޓަރިޮކޅަށް ވަޑައިގެންފިއެވެ. އިރުޮކޅެއްގެ ތެރޭގައި ބޭރުން ޮދރުގައި ޓަކިޖަހާ އަޑު އިވިއްޖެއެވެ. ޮޑކްޓަރ އަޙްމަދު ސުލްޠާން ޮދރު ހުޅުއްވައިލެއްވި އިރު ހިންދީ ދެ ޒުވާނުން ބޭރުގައި ތިއްބެވެ. އެ ދެމީހުން ވަރަށް ރުޅިއައިސްގެން ތިބެ ވާހަކަދެއްކިއެވެ. "ތިޔަ ބޭފުޅާގެ

ދަރިކަލުން އަޅުގަނޑުމެންގެ ސްކޫޓަރުގައި ކާރުން ޖައްސަވައިފައި ފިލައިވަޑައިގެން ވަޑައިގެންފިއެވެ." ޮޑކްޓަރ އެވާހަކަޔަށް ސީދާ ޖަވާބެއް

ދެއްވުމުގެ ބަދަލުގައި މަޑުމައިތިރިކަމާއެކު ވިދާޅުވިއެވެ. "އެތެރެއަށް ވެދެވަޑައިގަންނަވާށެވެ. އިށީދެވަޑައިގެން ތިއްބަވައި ވާހަކަދައްކާނީއެވެ." އެ ދެޒުވާނުން އެތެރެއަށް ވަދެއްޖެއެވެ. ޮޑކްޓަރ އެތާނހުރި މޭޒެއްގެ

ކައިރީގައި ހުރި ދެ ޮގނޑީގައި އެ ދެ ޒުވާނުން ބައިތިއްބެވިއެވެ. ވިދާޅުވިއެވެ. "މިރޭ ވަރަށް ފިންޏެވެ. އިހަށް ސައިޮފދު ހިއްޕަވާށެވެ.

އެއަށްފަހު ވާހަކަދައްކާނީއެވެ." އިރުޮކޅެއް ވީއިރު އެ ދެޒުވާނުންގެ ރުޅި މަޑުވެއްޖެއެވެ. އެ ދެޒުވާނުން ވަރަށް ހިތްހަމަޖެހިފައި ތިބެ އެނބުރި

ހިނގައްޖެއެވެ. އެއްފަހަރަކު ހިންދީ ޒުވާނެއް ޮޑކްޓަރ ސުލްޠާނުގެ އަރިހަށް އަތުވެއްޖެއެވެ. އޭނާ ޮރއިޮރއިފައި ވާހަކަދެއްކިއެވެ. "އަޅުގަނޑަށް ވަރަށް ޮބޑު ޯގހެއް ހެދިއްޖެއެވެ. އެކަމާހުރެ ބައްޕަ ރުޅިގަދަވެގެން އަޅުގަނޑު ގެއިން ނެރެލައްވައިފިއެވެ. މިހާރު އޭގެ ފަހުން ހަ މަސް ވެއްޖެއެވެ. އަދިވެސް ބައްޕަގެ ރުޅި މަޑެއް ނުވެއެވެ. އަޅުގަނޑުގެ މަސްއަލަ

ޙައްލުކުރާނެ ޮގތެއް ވިދާޅުވެދެއްވާށެވެ."ޮޑކްޓަރ ވިދާޅުވިއެވެ. "ބައްޕަޔަށް ވިސްނައިދެއްވަން

މަސައްކަތް ނުކުރައްވާށެވެ. މަޑުމަޑުން ގެއަށް ވަޑައިގެން ބައްޕަގެ ފައިންޕުޅުގައި ޮބސްދެއްވާފައި ދަންނަވާށެވެ. ބައްޕާއެވެ! އަޅުގަނޑަށް

ޯގހެއް ހެދުނީއެވެ. އަޅުގަނޑަށް މަޢާފް ކުރައްވާށެވެ!" އެޒުވާނާ އެޮގތަށް ޢަމަލުކުރިއެވެ. އޭނާ ގެއަށް ދިޔުމާއެކު ބައްޕަ އެއްޗެހި ޮގވައިގަތެވެ. ނަމަވެސް ޒުވާނާ އެއްވެސް ޖަވާބެއް ނުދީ ޮގސް ބައްޕަގެ ފައިމައްޗަށް ތިރިވިއެވެ. އިރުޮކޅެއްގެ ތެރޭގައި

ބައްޕަގެ ދަރިކުލުނު ހޭލައިފިއެވެ. ދަރިފުޅު ނަގައި މޭގައި ޖައްސައިލިއެވެ.

މިނިޓްޮކޅެއްގެ ތެރޭގައި މަސްއަލަ ހަމަޖެހިއްޖެއެވެ. އެއްފަހަރަކު ޮޑކްޓަރ އަޙްމަދު ސުލްޠާން އިންޑިޔާގެ އެހެން ރަށަކަށް ވަޑައިގަތުމުން އެ ރަށުގެ މުސްލިމުން ދެންނެވިއެވެ. "މިރަށުގެ ހިންދީން ވަރަށް ޮބޑު ނަރުދަގީ )އުފާ ފާޅުކުރުމުގެ ޮގތުން ގިނަ ބަޔަކު

އެއްވެގެން ބާއްވާ ހިނގާލުން( އެއް ބާއްވަން އެބަ ތައްޔާރުވެއެވެ. އެމީހުން މުސްލިމުންގެ އަވަށުތެރެއިންވެސް ދާނެއެވެ. ޮކންމެވެސް

ބަހަނާއެއް ޯހދައިގެން މުސްލިމުންނާއި ހިންދީންނާ ދެމެދު ތަޅާޮފޅުމެއް އުފައްދާނެއެވެ.

ޮޑކްޓަރ އަޙްމަދު ސުލްޠާން ޖަވާބުދެއްވިއެވެ. ތިޔަބައިމީހުން ވަރަށް ގިނަ "އެއްޮގތަކަށްވެސް ތިޔަހެނެއް ނުވާނެއެވެ.

މާފަތި ތައްޔާރުކުރާށެވެ. ނަރުދަގީ މުސްލިމުންގެ އަވަށަށް ވަނުމާއެކު ކުރިޔަށް ތިބޭ އެންމެންގެ ކަރުގައި މާފަތި އަޅުވާށެވެ. ތިޔަބައިމީހުންނަށް މަރުޙަބާ ކިޔަމުއޭ ބުނާށެވެ." އެރަށުގެ މުސްލިމުން ޮޑކްޓަރ އަޙްމަދު

ސުލްޠާނުގެ މަޝްވަރާ ޤަބޫލުކުރިއެވެ. ހިންދީންގެ ނަރުދަގީ މުސްލިމުންގެ މިސްކިތާ ހަމަޔަށް އައުމާއެކު އަވަށުގެ ކަމުޮވށިގެންވާ މުސްލިމުން

ނިކުމެ ހިންދީ ނަރުދަގީގެ ކުރީގައި ތިބި އެންމެންގެ ކަރުގައި މާފަތި އެޅުވިއެވެ. މަރްޙަބާ ކިޔެވެ. ނަތީޖާއަކަށް ވީ ހިންދީ-މުސްލިމު ފަސާދައިގެ ދުވަހެއް ކަމުގައި ބެލެވިފައި ޮއތް ދުވަހެއް ހިންދީންނާއި މުސްލިމުންގެ

އެކުވެރިކަމުގެ ދުވަހަކަށް ވުމެވެ. ޮޑކްޓަރ އަޙްމަދު ސުލްޠާނު އޭނާގެ ގޭޮދށުން މަގުމަތީގައި ވަޑައިގަންނަވަނިޮކށް ހިންދީއެއްގެ ކާރުން އޭނާގެ ގައިޮކޅުގައި ޖެހުނެވެ.

ޮޑކްޓަރ އަޙްމަދު ސުލްޠާނުގެ ގައިޮކޅުގައި ވަރަށް ގިނަ ޒަޚަމު އުފެދުނެވެ. އޭނާ މަގުމައްޗަށް ވެއްޓިވަޑައިގެންނެވިއެވެ. ކާރު ދުއްވަން

އިން ހިންދީންގެ މީހާއަކީ މުސްލިމުންނާ އިދިޮކޅު ކަމުގައި ބެލެވޭ މީހެކެވެ. އޭނާ ކާރު މަޑުޮކށްލައިފައި ޮޑކްޓަރގެ އަރިހަށް އައިސް ދެންނެވިއެވެ. "ކަލާ އަޅުގަނޑުގެ ކާރަށް އަރައިވަޑައިގަންނަވާށެވެ.

އަޅުގަނޑު ކަލާ ހަސްފަތާލަށް ގެންޮގސްދޭނަމެވެ." ޮޑކްޓަރ އޭނާއަށް ޖަވާބު ދެއްވިއެވެ.

"ކަލާ އަވަހަށް މިތަނުން ދުރަށް ވަޑައިގަންނަވާށެވެ. މިއީ މުސްލިމުންގެ ސަރަޙައްދެކެވެ. މިތަނަށް މީހުން އެއްވެއްޖެނަމަ ކަލާ އަވަހާރަ ޮކށްލާނެއެވެ." ޮޑކްޓަރ ވަރަށް ޮބޑަށް ބާރު އަޅުއްވައިގެން

އެމީހާ ޮފނުއްވައިލެއްވިއެވެ. އޭގެ ފަހުން އެ ހިންދީންގެ މީހާ ވީ ޮޑކްޓަރ އަޙްމަދު ސުލްޠާނުގެ ވަރަށް ގާތް ރަޙްމަތްތެރިއަކަށެވެ.

ޮޑކްޓަރ އަޙްމަދު ސުލްޠާނުގެ ހިތްޕުޅުގައި އެއްވެސް މީހަކަށް ނަފްރަތެއް ޯނވެއެވެ. އޭނާގެ ހިތްޕުޅުގައި އެންމެންނާ މެދުވެސް ޮއންނަނީ

ޯލތްބެވެ. ހަމްދަރުދީއެވެ. މި ދުނިޔޭގައި އެންމެ ބާރުގަދަ ހަތިޔާރަކީ ޯލތްބެވެ. ނަމަވެސް ނުވިސްނޭ ބައެއް މީހުން ހީކުރަނީ އެންމެ ވަރުގަދަ

ހަތިޔާރަކީ ނަފްރަތާއި ރުޅި ކަމުގައެވެ.

Page 6: Sun Magazine 30

6

އިބްނު ޠުފައިާލއި އޭާނގެ ޙައްޔު ބިން ޔަޤްާޡންހުޅަނގުން ކިތަންމެ ވަރަކަށް ޮފރުވަން މަސައްކަތް ކުރިޔަސް

ހަގީގަތަކީ އެންމެ ގަދީމީ ޒަމާނުން ފެށިގެން މިއަދާ ހަމަޔަށް ދުނިޔެ ދެކެފައި ވާ އެންމެ ހިކުމަތްތެރި، އެންމެ ފަލްސަފީ ސިކުނޑިތަކަކީ އިސްލާމީ ރަން ޒަމާނުގެ

"ޮޕލިމެތިކް" ފަލްސަފާވެރީން ކަމެވެ. މި ދަންނަވާ ބަހުގެ، ނުވަތަ މި ކުރާ ދައުވާގެ އެންމެ ޮބޑު އެއް ހެއްކަކީ މީލާދީން ބާރަވަނަ ގަރުނުގެ ކުރީޮކޅު ސްޕޭން ނުވަތަ އަންދަލުސްގެ އިސްލާމީ ހަޒާރަތުގެ ތެރެއިން އުފެދުނު އާލިމެއް ކަމަށް ވާ

އަބޫބަކުރު އިބްނުއް ޠުފައިލެވެ. އަބޫބަކުރު މުޙައްމަދު ބިން ޢަބްދުލްމަލިކް ބިން މުޙައްމަދު ބިން ޠުފައިލުލް ޤައިސީ އަލްއަންދަލޫސީ ދުނިޔޭގައި އުޅުއްވީ މީލާދީން 1105 އިން

ފެށިގެން 1185 ވަނަ އަހަރާ ހަމަޔަށެވެ. އޭނާއަކީ ފަލްސަފާވެރިއެކެވެ. އިސްލާމް ދީނުގެ ޮބޑު ޢާލިމެކެވެ. ބޭސްވެރިކަމުގައި އަރައިހުންނެވި ޑަކްޓަރެކެވެ. އޭގެ

އިތުރަށް އޭނާއަކީ ކުޅަދާނަ އަދީބެކެވެ. ލިޔުންތެރިއެކެވެ. އޭނާގެ އެންމެ މަޝްހޫރު އެއް މަސައްކަތަކީ އޭނާ ލިޔުއްވި ނާވިލެކެވެ. މި މަޒުމޫނުގައި ދަންނަވާލަން މި އުޅެނީ އެ ނާވިލުގެ ވާހަކައެވެ. އެއީ ދުނިޔޭގެ އަދަބީ ތާރީހުގައި ރަން އަކުރުން

އެ ނާވިލެއްގެ ނަން ފަވާލެވޭ "ޙައްޔު ބިން ޔަޤްޡާން" އެވެ. ހުޅަނގުގައި އާއްމުޮކށް ކިޔާ ޮގތުން "ފިޯލޮސފަސް ޮއޯޓޑިޑެކްޓަސް" )މާނައަކީ "އަމިއްލަޔަށް

އެދުރު ވި ފަލްސަފާވެރިޔާ" މިއެވެ( އެވެ. "ޙައްޔު ބިން ޔަޤްޡާން" އަކީ ވެސް ފަލްސަފާގެ ފިލާވަޅުތަކެއް

އަލްއުސްތާޛު އަޙުމަދު މާޖިދު

ރޮބިންސަން ކްރޫސޯ

"ޮރބިންސަން ކްރޫޯސ" އަކީ ދުނިޔޭގެ އެކި ތަންތަނަށް ދިގު ދަތުރުތަކެއް ކުރުމަށް ފަހު، ދަތުރު ކުރި އުޅަނދު ފަރަށް އެރުމުން އެއްވެސް އިންސާނަކު ނެތް

ރަށެއްގައި އެކަނި އުޅެން ޖެހޭ ދަތުރުވެރިއަކަށް ދިމާ ވާ ހާދިސާތަކުގެ މައްޗަށް ބިނާ ޮކށް ލިޔެވުނު ވާހަކައެކެވެ. ޮފތުގެ މުސައްނިފަކީ އިނގިރޭސި ބަހުގެ އެންމެ ކުޅަދާނަ އަދީބުންގެ ލިސްޓުން ޖާގައެއް ޯހއްދެވި ޑެނިއެލް ޑެޯފއިއެވެ. "ޮރބިންސަން ކްރޫޯސ"

ޝާއިއު ކުރެއްވީ މީލާދީން 1719 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ އޭނާގެ އުމުރުފުޅުން 60 އަހަރުގައެވެ. "ޮރބިންސަން ކްރޫޯސ" އަކީ މަޝްހޫރު މުސްލިމް ފަލްސަފާވެރި

އާލިމެއް ކަމަށް ވާ އިބްނު ޠުފައިލްގެ "ޙައްޔު ބިން ޔަޤްޡާން" އިން ހިޔާލު ޯހއްދަވައިގެން، ހަގީގީ ހާދިސާއެއްގެ މައްޗަށް ވެސް ޮކންމެވެސް ވަރަކަށް ރިއާޔަތް

ކުރައްވައިގެން ޑެޯފއި ލިޔުއްވި ޮފތެކެވެ. "ޮރބިންސަން ކްރޫޯސ" އަކީ އިނގިރޭސި ބަހުގެ ކިޔުންތެރީންގެ މެދުގައި އެންމެ ޮބޑު މަގުބޫލުކަމެއް ޯހދި އެއް ޮފތެވެ. އިނގިރޭސި ބަހުން ލިޔެވުނު އެންމެ ފުރަތަމަ ނާވިލަކީ ވެސް އެއީ ކަމަށް އިނގިރޭސި އަދަބިއްޔާތުގެ ގިނަ މާހިރުން ވިދާޅުވެއެވެ. 1700 އިގެ ކުރީޮކޅު ޝާއިއު ކުރެވުނު މި ނާވިލަކީ އެއިރުއްސުރެ މިއަދާ ހަމަޔަށް އެ ޮފތެއްގެ މަޝްހޫރުކަމާއި މަގުބޫލުކަމަށް ބަދަލެއް އައިސްފައި ނުވާ ނާވިލެކެވެ. އިނގިރޭސި އަދަބިއްޔާތުގެ ދަރިވަރުން އެ ނާވިލެއް ވަރަށް

ފުންޮކށް ދިރާސާ ކުރަން ޖެހޭ ނާވިލެކެވެ. އެ ނާވިލެއްގެ މައްޗަށް ބިނާ ޮކށް އެތައް ތަމްސީލަކާއި ފިލްމެއް ކުޅެވިފައި ވާ ނާވިލެއް މެއެވެ.

ނާވިލެއްގެ ތެރެއިން ލައިފައި ޯފރު ޮކށްދޭން ކުރެވުނު ލާމަސީލު މަސައްކަތެކެވެ. އެފަދަ މަސައްކަތެއް އިބުނުއް ނަފީސް ފިޔަވައި އެހެން އިލްމުވެރިޔަކު ކުރީން

އެއްޮގތަކަށް ވެސް ކުރައްވާފައި ނުވާ މަސައްކަތެކެވެ. އާދެ، މި ދެ ބޭފުޅުންނަކީ "ފަލްސަފީ ނާވިލު" ގެ ނަން ދެވޭ ނާވިލުގެ ވައްތަރު ވުޖޫދަށް ގެންނެވި ދެ

ބޭފުޅުންނެވެ. "ޙައްޔު ބިން ޔަޤްޡާން" ގެ ބަޠަލަކީ "ޙައްޔު ބިން ޔަޤްޡާން" އެވެ. ވާހަކައިގެ ރިވާޔާ އެކުލަވައިލެވިފައި ވާ ޮގތުން ޙައްޔަކީ އެއްވެސް އިންސާނަކާ

ގުޅުމެއް ނެތި، ސަހަރާއެއް ފަދަ ފަޅު ރަށެއްގައި އެކަނި އުޅެން ޖެހޭ ޒުވާނެކެވެ. އޭނާ އެކިއެކި ކަންތައްތަކާ މެދު ވިސްނައެވެ. ވިސްނުމާއި ފިކުރު ކުރުމުގެ

ތެރެއިން ހައްގާއި ބާތިލް ވަކި ކުރުމުގެ ފިތުރީ މަރުހަލާތައް ކަޑައްތު ކުރެއެވެ. އިބްނު ޠުފައިލުގެ މަގުސަދަކީ ވެސް ބުއްދިއާއި ވިސްނުމުގެ ޒަރީއާއިން، ފިތުރަތުގެ އަލިކަމުގެ އެހީގައި އިލާހަކު ޮވޑިގެންވާ ކަމުގެ ހަގީގަތާ ހަމަޔަށް އިންސާނާއަށް

ވާސިލު ވެވިދާނެކަން ސާބިތު ކުރެއްވުމެވެ. އެކަން ވާނެ ޮގތް ހާމަ ކުރެއްވުމެވެ. އިންސާނާގެ ދުނިޔަވީ ހަޔާތުގައި އޭނާގެ އެންމެ ޮބޑު ޒިންމާއަކީ ވިސްނައި ފިކުރު

ކުރުން ކަމާއި، ވިސްނާ ފިކުރު ކުރުމުގެ މާނައަކީ ޮކބައިކަމާއި، އަދި އެކަން ކުރަން ޖެހޭ ޮގތަކީ ޮކބައިކަން ދެއްކެވުމެވެ. އެހެންކަމުން "ހައްޔު ބިން ޔަޤްޡާން" އަކީ ދުނިޔެ ދުށް އެންމެ ހިކުމަތްތެރި، އެންމެ އިލްމުވެރި ހަކީމް އިންސާނިއްޔަތަށް ދެއްވި އަގުހުރި ހަދިޔާއެކެވެ. ރަނަކުން ރިއްސަކުން ޖަވާހިރަކުން އޭގެ އަގު ހަމަ

އަދަބާއި ފަންނު

ފޮތުގެ ދުނިޔެއިން

Page 7: Sun Magazine 30

7

ޑެނިއަލް ޑެޯފއި އުފަންވެވަޑައިގެންނެވީ މީލާދީން 1660 ވަނަ އަހަރު ލަންޑަނުގައެވެ. އޭނާގެ ބައްޕާފުޅު ޖޭމްސް ޯފއި އަކީ އުއްބައްތި ހަދައި ވިއްކައިގެން ލިބޭ އާމުދަނީން ދިރިއުޅުނު ވަރަށް އާދައިގެ މީހެކެވެ. ބައްޕާފުޅު އެދިވަޑައިގެންނެވީ ކްރިސްޓިއަން ރާހިބުންނާއި ފާދިރީންގެ ޖަމާއަތަށް ޑެނިއެލް ވެދެވަޑައިގެންނެވުމެވެ.

ނަމަވެސް ޑެނިއެލްގެ އުއްމީދުތަކުގެ މަންޒިލަކަށް ވީ ވިޔަފާރީގެ މައިދާނެވެ. މީލާދީން 1682 ވަނަ އަހަރު ޑެނިއެލް ވިޔަފާރި ކުރައްވަން ފެއްޓެވިއެވެ.

ދިހަ ވަރަކަށް އަހަރުގެ ބުރަ މަސައްކަތަށް ފަހު އޭނާ މުއްސަނދިކަމުގެ ނިއުމަތް ހާސިލު ކުރެއްވިއެވެ. މުއްސަނދި، ނަވާބީ ހާންދާނެއްގެ އަންހެން ބޭފުޅަކާ ކައިވަނި

ކުރެއްވިއެވެ. އޭނާ ޔޫރަޕުގެ ކަންޮކޅުތަކުގައި އެތައް ދަތުރުފުޅެއް ކުރެއްވިއެވެ. ޑެޯފއި ލިޔުންތެރިކަމުގެ މައިދާނަށް ވެދެވަޑައިގަތީ އޭނާގެ ވިޔަފާރި ބަނގުރޫޓު ވުމުންނެވެ.

ޑެނިއެލް ޑެޯފއިއަކީ 18 ވަނަ ގަރުނުގައި އިނގިރޭސި ދުނިޔެ ދެކެފައި ވާ އެންމެ ކުޅަދާނަ އެއް ލިޔުންތެރިޔާއެވެ. އޭނާ އެތައް ސަތޭކަ މަޒުމޫނެއް ލިޔުއްވިއެވެ. ގިނަ އަދަދެއްގެ ޮފތް ލިޔުއްވިއެވެ. ނޫސްވެރިކަން ކުރެއްވިއެވެ. ސިޔާސީ ލިޔުންތައް ލިޔުއްވިއެވެ. ވިޔަފާރިއާ ބެހޭ ލިޔުންތައް ލިޔުއްވިއެވެ. ޅެން ހެއްދެވިއެވެ. ނަމަވެސް

އޭނާ އެންމެ ޮބޑަށް މަޝްހޫރު ވެފައި ވަނީ ނާވިލު ލިޔުންތެރިއެއްގެ ޮގތުގައެވެ. މަޝްހޫރު "ޮރބިންސަން ކްރޫޯސ" ގެ މުސައްނިފުގެ ޮގތުގައެވެ.

ޑެޯފއިއަކީ ސިޔާސީ މައިދާނުގެ ޯކޅުންތަކުގެ ތެރެއަށް ވެސް ވެދެވަޑައިގެންނެވި ބޭފުޅެކެވެ. އިނގިރޭސި ސިޔާސީ ދާއިރާގައި "ޯޓރީން" ނާއި "ވިގުން" ގެ ވާދަވެރިކަމާއި ކުރިމަތިލުންތަކުގައި އޭނާ އެންމެ ފުރަތަމަ ހުންނެވީ

ޯޓރީންގެ ބޭފުޅެއްގެ ޮގތުގައެވެ. ނަމަވެސް ޯޓރީން ބާރުގެ ޮގނޑިތަކުން ފައިބަން ޖެހި، ވިގުންގެ އަތްމައްޗަށް ބާރުތައް އައުމުން، އޭނާ ވިގުންގެ ފަރާތަށް ޖެހިވަޑައިގެންނެވިއެވެ.

އޭނާގެ ގަލަންޮކޅުގެ ބާރުގައި އެއިރަކު އޭނާ އެބައެއްގެ ތެރޭގައި ހުންނެވި ބަޔަކަށް ޮބޑެތި ހިދުމަތްތަކެއް ކުރެއްވިއެވެ. ބައެއް މީހުން އޭނާއާ ދެޮކޅަށް އަރާ އިރަށް އަޅުކަން

ކުރުމުގެ ތުހުމަތު ވެސް ކުރިއެވެ. ނަމަވެސް ޑެޯފއި ވަނީ އޭނާގެ ސިޔާސީ ތާއަތު ބަދަލު ކުރެއްވުމުގެ ސަބަބުތަކާ ބެހޭ ޮގތުން އޭނާގެ މަޒުމޫނުތަކުގައި ވަރަށް ދިގުޮކށް،

ކިޔާ މީހުންގެ ބުއްދިއަށް ގަބޫލު ކުރެވޭ ފަދަ ޮގތަކަށް ވާހަކަ ދައްކަވާފައެވެ. ޑެނިއެލް ޑެޯފއި އަވަހާރަވީ މީލާދީން 1731 ވަނަ އަހަރުގެ އޭޕްރިލް މަހުގެ

26 ވަނަ ދުވަހު ލަންޑަނުގައެވެ.

ހިލާ ނުކުރެވޭނޭ ވަރުގެ ޒަހީރާއެކެވެ. ޔޫރަޕުގެ ބަހަކަށް "ޙައްޔު ބިން ޔަޤްޡާން" އެންމެ ފުރަތަމަ ތަރުޖަމާ ކުރެވުނީ މީލާދީން 1671 ވަނަ އަހަރުގައެވެ. އޭގެ ކުރީންވެސް

ޔޫރަޕުގެ އިލްމުވެރީން ވަނީ ޢަރަބި ބަހުން ޮއތް އެ ޮފތުގެ އަސްލު ވަރަށް ޮބޑަށް ދިރާސާ ޮކށްފައެވެ. ނަމަވެސް 1671 ވަނަ އަހަރުގެ ލެޓިން

ތަރުޖަމާއާ އެކު "ޙައްޔު ބިން ޔަޤްޡާން" ޔޫރަޕުގެ ފަލްސަފީ މަޖިލިސްތަކުގެ ބޭރުގައި މަޝްހޫރު ވެގެން ދިޔައެވެ. އޭގެ ފަހުން ފަންސާހަކަށް އަހަރު

ވެސް ނުވަނީސް ޖަރުމަނު ބަހާއި ޑަޗް ބަހަށް ވެސް އެ ނާވިލު ތަރުޖަމާ ކުރެވުނެވެ. މި ތަރުޖަމާތަކުން އެންމެ ޮބޑު "އެހީތެރިކަމެއް" ޯހއްދެވި އެއް ބޭފުޅަކީ އިނގިރޭސި ބަހުގެ މަޝްހޫރު އަދީބު، އަދި އިނގިރޭސި ބަހުން

އެންމެ ފުރަތަމަ ނާވިލެއް ލިޔުއްވި ޑެނިއެލް ޑެޯފއި އެވެ. "ޮރބިންސަން ކްރޫޯސ" އަކީ އިނގިރޭސި އަދަބިއްޔާތުގެ އެންމެ ފުރިހަމަ، އެންމެ އަގުހުރި މުތީތަކުގެ ތެރެއިން މުތީއެއް ކަމަށް އެންމެން

އެއްބަސް ވެއެވެ. އެ ނާވިލަކީ އިނގިރޭސި އަދަބިއްޔާތުގެ ދަރިވަރުން ވަރަށް ތަފްސީލީ ޮގތެއްގައި ދިރާސާ ކުރަން ޖެހޭ އެއް ނާވިލެވެ. ހުޅަނގުގެ ފިކުރީ

މުގައްރަރުގެ އެންމެ މުހިއްމު އެއް ޮފތެވެ. މިހާތަނަށް އެ ވާހަކަޔަކަށް ބިނާޮކށް އެންމެ ގިނަ ތަމްސީލާއި ޑްރާމާއާއި ފިލްމު ތައްޔާރު ކުރެވުނު އެއް ނާވިލެވެ. މި ނާވިލަކީ "ޙައްޔު ބިން ޔަޤްޡާން" ގެ މައްޗަށް ބިނާ ކުރެވިފައި

ވާ ނާވިލެކެވެ. ނާވިލުގެ "ސްޯޓރީލައިން" އެކުލަވައިލެވިފައި ވަނީ ދާދި ކުޑަކުޑަ ތަފާތުތަކަކާ އެކު، "ޙައްޔު ބިން ޔަޤްޡާން" ގެ މައްޗަށެވެ.

"ޮރބިންސަން ކްރޫޯސ" ގެ އިތުރުން "ޙައްޔު ބިން ޔަޤްޡާން" ގެ ނުފޫޒު އެ މަސައްކަތްތަކަކަށް ޯފރާފައި ވާ ހުޅަނގުގެ މުހިއްމު ފަލްސަފީ

އަދި އަދަބީ މަސައްކަތްތަކުގެ ތެރޭގައި ރުޑްޔާރޑް ކިޕްލިންގ ގެ "ދަ ޖަންގަލް ބުކް" އަދި ޖީން ޖެކްސް ޮރސީގެ "އެމީލް" ހިމެނެއެވެ. އަދި "ޙައްޔު ބިން ޔަޤްޡާން" ވަރަށް ރަނގަޅަށް ދިރާސާ ކުރެއްވި، އަދި އެ

ބޭފުޅުންނެއްގެ މަސައްކަތްޕުޅުތަކުން އިބްނު ޠުފައިލްގެ ނާވިލުގެ އަސަރުތައް ފެންނަން ހުރި ހުޅަނގުގެ މަޝްހޫރު ފަލްސަފާވެރީންގެ ތެރޭގައި ޮގޓްފްރިޑް

ލެއިބްނިޒާއި ޯޖން ޯލކް ހިމެނިވަޑައިގަންނަވައެވެ. މިއީ ހުޅަނގުގެ ފަލްސަފާގެ ރައީސުންނެވެ. އެ ބޭފުޅުންގެ ނަންފުޅުތަކާ ނުލައި ހުޅަނގުގެ ފަލްސަފާގެ

ތާރީހުގެ ފުރަތަމަ ސަފުހާ ވެސް ފުރިހަމަ ނުވާނެ ބޭފުޅުންނެވެ.

ޑެނިއެލް ޑެފޯއި

Page 8: Sun Magazine 30

ސިއްކަގޭ މުހައްމަދު ނަސީމް )ނ.ދ.ޝ.ޢ(

8

ރަީއސް އަީމންގެ ވެރިކަމުގެ ސިއްކަ

އާދެ ދުވަހަކީ 31 ޯއގަސްޓް 1953 ވީ ޯހމަ ދުވަހެވެ. އަޅުގަނޑު އިނީ އަޅުގަނޑުގެ ތަޢުލީމީ މަންމަ ކަމުގައި ހިމެނޭ އޭރުގެ

މަދަރުސަތުލް އަމީރު އަހުމަދުގެ އަޅުގަނޑުގެ ކްލާހުގައެވެ. މިއަދު ކުލާހުގައިވެސް ދެކެވޭ އެންމެޮބޑު އެއްވާހަކަ އަކީ އަލްއަމީރު މުޙައްމަދު އަމީނު )މިހާރު މަޤާމުން ދުރުކުރެވިފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ ރައީސް( ސިޯލނުގައި ހުންނަވާފައި މާލެ ވަޑައިގަންނަވާ ވާހަކައެވެ. އެވަގުތު ވެސް އަންނަނީ

ކައިރިވަމުންނެވެ. މިބާވަތުގެ ކަންތައްތައް އެދުވަސްވަރު ރައްޔިތުންނަށް އަންގަވާ ޮގތަކީ ހަތަރު އަވަށު މައިޒާން ގޭގައި ބަހައްޓަވާ އިޢުލާނަކުންނެވެ. އާދެ

މިހެން ދެންނެވުން ބައެއް ބޭފުޅުންނަށް ސުވާލު އުފެއްދެވިދާނެ ކަމެއްކަމަށް ވާތީ މައިޒާން ގޭގެ ވާހަކަވެސް ތަޢާރަފު ޮކށްލަންޖެހޭނެ ކަމަށް ދެކެމެވެ. އޭރު ހަތަރު އަވަށުގައި ވެސް ޮކންމެ އަވަށެއްގައި އަވަށުވެރި ގެއެއް ހުންނަފަދައިން

އެއަވަށުވެރި ގެއާމާދުރުނޫން ހިސާބެއްގައި މައިޒާންގެ ހުންނާނެއެވެ. އެޔަކީ ދަންނަވަންޯތ ގެއެއް ނޫނެވެ. ކިޔާނަމެކެވެ. އެތަން ހުންނަނީ ބޭނުންވެއްޖެ

ހިނދެއްގައި ދައުލަތުގެ ބޭބޭފުޅުންނަށް ވެދެވަޑައިގެންނެވޭ ޮގތަށް ތައްޔާރު ކުރެވި ޮކންމެ އަވަށެއްގައި ވެސް އެއަވަށެއްގެ ކުލަ )ހެންވޭރު ނަމަ ނޫކުލަ، މާފަންނު ނަމަ ފިޔާޮތށިކުލަ، މައްޗަންޮގޅި ނަމަ އަޅިކުލަ، އަދި ގަޮލޅު ނަމަ ފެހިކުލަ( ލާފައެވެ. ދޭތެރެ ދޭތެރެއިން އަވަށު ރައްޔިތުން އެކި ކަންކަމުގައި އެއްކުރެވޭ

ސަރަހައްދެއްގެ ޮގތުގައެވެ. ރައްޔިތުން އެއްކުރެވޭނީ މައިޒާންގޭގެ ކުރިމައްޗަށެވެ. އެކަމަކަށް ވަޑައިގަންނަވާ ދައުލަތުގެ ޮބޑުން ތިއްބަވާނީ މައިޒާންގޭގެ ތެރޭގައެވެ. މައިޒާންގެ ހުންނަނީ ގާތްގަނޑަކަށް ބިމަށްވުރެން ދެފޫޓުހާތަން އުސްޮކށް ތަޅުން

އަޅާފައެވެ. ޮކންމެ މައިޒާންގެއެއްގެ ވެސް ބިއްޮދށު ފާރާއި އަރިމަތީ ފާރުގެ އެއްބައި ހުންނާނީ ރާނާފައެވެ. ދެން ހުންނަނީ ފަތި ފިލައިން ހަދާފައިހުންނަ ބައި

އިންޗިހާ ހަނި ދެއިންޗިއެއްހާ ފުޅާމިނުގެ ފަތިތަކެކެވެ. ޮކންމެ ފަތިގަނޑެއްގެ މައްޗާ ތިރީގައި ދެޯލވަޅު ޮތރުފާ ޑިޒައިންޮކށްފައެވެ. އެތެރޭގެ ބިތުފާރުގައި

ބަރާބަރަށް ހަމަޔަށް ހިނގާ ގަޑިއެއް ހުންނާނެއެވެ. އެގަޑި ހަމަޮކށް ބަލަހައްޓަނީ އަޅުގަނޑުމެން ކުޑައިރު މުންނާރުން ބަންގިޮގވަން އަރާ މީހެކެވެ. އަޅުގަނޑު މިދަންނަވާ ދުވަސްވަރު މުންނާރުން ބަންގިޮގވަނީ އަޅުގަނޑުމެން ކިޔާ ޮގތުން

ނަމަ "މުންނާރު އެދުރުބެ" އާދެ މަޝްހޫރު މުންނާރު ތުއްތު މަނިކެވެ. އޭނާވެސް މިގަޑި ބަލަހައްޓަވާނެއެވެ. އަދި އެދުވަސްވަރު ސަރުކާރުގެ ހުރިހާ ގަޑިއަކަށް ޗާބީ ދީ ގަޑި ހަމަކުރައްވަނީ މުޅި ރާއްޖެއަށް މަޝްހޫރު ހިސާބު އިލުމުވެރިޔާ

އަލްއުސްތާޛު އަބްދުهللا އިސްމާއީލު )މަޝްހޫރު ނަމުން ނަމަ ހިމިތީ އިސްމާއީލު ކަލޭފާނުގެ ތުއްތު( އެވެ. އެއީ ރާއްޖޭގައި އެދުވަސްވަރު ހުންނެވި ހިސާބު

އިލްމުގެ އެންމެ ފުންނާބު އުސް އިލްމުވެރިޔާއެވެ. ރާއްޖޭގައި މަޝްހޫރުވެފައި ވަނީ ހިސާބު އިލްމުވެރިން ތިއްބަވަނީ ފ އަޮތޅު ހިމިތީއަށް ނިސްބަތްވާ ބޭފުޅުން

ކަމަށެވެ. ހަމަގައިމުވެސް މާލޭގައި ކަންޮއތީ އެޮގތަށެވެ. އެދުވަސްވަރަކީ އަތުކުރީގަޑި އާއްމު ދުވަސްވަރެއްނޫނެވެ.

ބައެއް މަދު ބޭފުޅެއްގެ އަތްޕުޅެއްގައި ގަޑިއެއް ޮއވެދާނެއެވެ. މުސްކުޅި އުމުރުގެ މީހުން ގިނައިން ގެންގުޅެނީ ޖީބުގަޑިއެވެ. ރީތި ފޭރާމަށާ އަދި

ރީތިކަމަށް ޯލބިކުރައްވާ ބޭފުޅުން ޖީބުގަޑީގައި ރިހީގެ ނުވަތަ ހުދުޯލގެ ޗޭނުފަށެއް ހަރުޮކށް ގަމީހުގެ މޭމަތީ ޮގށްވަޅެއްގައި

ޗޭނުގެ އެއްޮކޅު ހަރުޮކށް ޖީބަށް ގަޑިލެވޭޮގތަށް ހަދާފައެވެ. އާދެ

ގަޑީގެ ވާހަކަ މިހާޮބޑަށް މިލިޔެވުނީ މައިޒާންގޭގެ ވާހަކައާ ގުޅިގެންނެވެ.

އަޅުގަނޑު ކުރިން މިދެންނެވި ދުވަހު ވަރަށް ހެނދުންޮކޅުގެ ވަގުތެއްގައި ތަންޮކޅެއް ޮބޑު

އިޢުލާނެއް ހެންވޭރުމައިޒާނުގައި ހުއްޓާ އަޅުގަނޑަށް ފެނިއްޖެއެވެ. އޭރު އަޅުގަނޑަކީ އުމުރުން ބާރަ

އަހަރުގެ ކުއްޖެކެވެ. އަޅުގަނޑުމެންގެ ގެ ކަމުގައިވާ ހ. ސިއްކަ ގެ ހުންނަނީ މެދުޒިޔާރަތް މަގަށް ކަމަށް ވާތީ އަޅުގަނޑުމެންގޭ

ޮދޯރށި ޮދށުގައި ހުންނަ އިރު މެދު ޒިޔާރަތްމަގު އިރަށްޮގސް ނިމެނީ

މިދެންނެވި މައިޒާންގެއަށެވެ. މައިޒާންގޭ ކުރިމަތިން ދެން ޮއންނާނީ ޯސސަންމަގެވެ. މި ދެންނެވި އިޢުލާނު ފެނުމާއެކީ

އަޅުގަނޑު އެއިއުލާނު ކިޔުމަށްޓަކައި ދުއްވައިގެންފީމެވެ. އަޅުގަނޑަށް ދެވުނުއިރު އެތާގައި ހިސާބަކަށް

މީހުން ޮއތީ ބައިޯބވެފައެވެ. އަޅުގަނޑު ދިޔުމުން ބައެއް މީހުން

އެދުނީ އެއިއުލާން ތަންޮކޅެއް ބާރަށް ކިޔައިދިނުމަށެވެ. ދެން

އަޅުގަނޑު އެތާ ތިބި އެންމެންނަށް އިވޭވަރަށް އެއިޢުލާނު ކިޔާދިނީމެވެ. އެއިޢުލާނުގައި ވަނީ މިއަދު މެންދުރު

ފަހުގެ ވަގުތެއްގައި ސިޯލނުގައި ހުންނެވި އަލްއަމީރު މުޙައްމަދު

އަމީނު މަތިންދާ ޯބޓެއްގައި މާލެއަށް ވަޑައިގަންނަވާ ވާހަކައެވެ. ދައުލަތުން އެދިވަޑައިގަންނަވަނީ ރައްޔިތުން މަޑުމައިތިރިކަމާ ކިޔަމަންތެރިކަމާ އެކު ތިއްބެވުމަށެވެ. ދައުލަތުން ކަންތައްތައް

ގެންދަވާނީ ރަނގަޅަށް ކަމަށެވެ. އަޅުގަނޑު މަދަރުސާއަށް ދިޔައިރުވެސް ހުރިހާ ކުދިންނަށް ކަހަލަ

Page 9: Sun Magazine 30

ޮގތަށް މިކަންތައް ޮއތީ އެނގިފައެވެ. އެހެންކަމުން އަޅުގަނޑުމެން ތިބީ މަތިންދާ ޯބޓުގެ އަޑުއިވުމުން ދުއްވައިގަންނަން ތައްޔާރުވެގެންނެވެ. ގަޑިއެއް ކަނޑައެޅިގެން

ދަންނަވާކަށް ނޭނގެއެވެ. ހަމަގައިމުވެސް މެންދުރު ދޭއް ޖެހުމުގެ ކުރިއެވެ. ކުއްލިޔަކަށް އެއިވެންފެށީ ހަމަގައިމުވެސް މަތިންދާ ޯބޓެއްގެ އަޑެވެ. މިއަޑު ހަމަ އިވުމާއެކީ މުޅި މަދަރުސާ ތެރެ ހަލަޮބލިވެ މުދައްރިސުންނަށް ކުދިން ޮކންޓްޯރލު ކުރުން ދަތި ކަމަކަށް ވެއްޖެއެވެ. މަދަރުސާގެ ޮދޯރށި ހުންނަނީ ޯސސަން މަގަށް

)މިހާރުގެ ނަމަ އޭޑީކޭ ޮހސްޕިޓަލާ ދިމާއަށެވެ( އަޅުގަނޑުމެންނަށް މާގިނަ ކުދިންތަކެކޭ ހީވިޔަސް މަދަރުސާގައި އުޅޭނެކަމަށް އަޅުގަނޑަށް ލަފާ ކުރެވެނީ އަށްޑިހަވަރަކަށް ކުދިންނެވެ. މިއިވުނު އަޑުގެ ސަބަބުން ކުދިންތައް ހަލަޮބލިވެ ދުއްވައިގަތީ ޮފތް ޮބނޑި

ހިފައިގެން އަވަހަށް މަދަރުސާގެ ޮދރުން ނުކުތުމަށެވެ. އޭރު މަދަރުސާގެ މުދައްރިސުންގެ

ތެރެއިން ވަރަށް ގައިބާރު ހުރި އިސްޮކޅާ ރޫފަހުރި ޒުވާން

ބޭފުޅެއްކަމުގައިވާ އަލްފާޟިލް މުހައްމަދު އަލި ދީދީ އާދެ ކުއްޅަވަށް މުޙައްމަދު ދީދީ

ހުންނެވީ މަދަރުސާގެ ޮދރުގެ ދެކަނީގައި އަތް އަޅުއްވައިގެން ކުދިން ނުކުތަ ނުދެއްވުމަށް

ވަރަށް ގަދަހައްދަވައިގެންނެވެ. ނަމަވެސް ކަންދިމާވި ޮގތަކީ ބާރުޮބޑުވެގެން އެންމެފަހުން

ޖެހިވަޑައިގަތީ ދޫޮކށްލައްވާށެވެ. އަޅުގަނޑުމެންނަށް

ޯސސަންމަގަށް ނުކުމެވުނުއިރު މާލޭގެ އިރުމަތީ ފަރާތުން

މަތިންދާޯބޓު ދާތަން ފެނެއެވެ. ވަރަށް ބާރަށް މީހުންގަނޑު ދުވެއެވެ. މީހުން އަޑުގެ

ޮކޅަށް ޮގވަމުންދަނީ މިފަދަ ޮކންމެ ދުވަހެއްގައިވެސް މާލޭ މީހުން ޮގވުމަށް

އާއްމުވެފައިވާ ބަހެކެވެ. އާދެ އިސްލާމަކު ހުރިއްޔާ ޯކއްޓޭޮކޅަށް ދާށޭ އެވެ.

އަޅުގަނޑުމެން މަދަރުސާއިން ނުކުތް އިރު މަގުގެ އިރުމަތީ ފަރާތުން ގުއިފުތު ޮދންކަޯލ

)ކިޔާ މާލޭގެ ވަރަށް އަޑުގަދަ މީހެއް( ކުދިންނޭ ކުދިންނޭ ބާރަށް ދުވާށޭ ޮގވަމުން

އޭނާވެސް ދުވެފައި ޮއވެދެއެވެ. އަޅުގަނޑުމެންގެ ގެ ސިއްކަގެ ވެސް ފޭރުގަސްޮދށުގެ ވެސް މާދުރުނޫން ކަމުން ގެއަށް ޮފތް ޮބނޑި އެއްލާފައި އަވަހަށް ދުވުނީ ޯކއްޓޭޮކޅަށެވެ. މީހުންތަކުތެރެއިން ޖާގަ

ޯހދަމުން ޮބޑުފާލަމުގެ އުތުރުން ޮތށިގަނޑުޮކޅުން އަޅުގަނޑު ޖާގަ ޯހދީމެވެ. އެތަނަށް ރީއްޗަށް ހުރިހާ ކަމެއްވެސް ފެންނާނެއެވެ. އޭރު ދައުލަތުގެ ހުރިހާ ޮބޑުން ވަޑައިގެން ތިއްބެވީ ފާލަން މައްޗާ އަދި ކަސްޓަމުގެ ސަރަހައްދުގައެވެ. ރައްޔިތުން

ޮއތީ ހަމަ ފުރިބާރުވެ ޮތއްޖެހިފައެވެ. ދަންނަވަންޯތއެވެ. އޭރު ދިވެހިރައްޔިތުން ކަމަށްވިޔަސް މާލޭގެ އަންހެނުންނަކީ މިބާވަތުގެ ތަންތަނަށް އެއްވެ އުޅޭ ބައެއްނޫނެވެ. އެކަނބަލުން ބައެއް އެހެން މަގު މަގު ގަ އުޅުއްވިޔަސް

އެކަނބަލުން ތިއްބަވަނީ ގޭގައެވެ. ގިނަ ބޭފުޅުން ގޭގެ ޮދރު އަށި ކައިރިން، ގޭގޭގެ ފާރުމަތިން ބޭރުގައި ހިނގާ ކަންތައް ބައްލަވާނެއެވެ. މިބާވަތުގެ ކަމެއް ފެންނާނީ އަމީރު އަހުމަދު މަގާއި، ޯސސަންމަގާއި، މެދުޒިޔާރަތް މަގުންނެވެ.

މާލޭގެ އެތެރެއަށް މިބާވަތުގެ ކަންތައްތަކުގެ ހަބަރު ވަރަށް ނުދާނެއެވެ. ހަބަރު ލިބޭނީ ކަމެއްވާ ފަހުންނެވެ.

އަމީން ދީދީ ވަޑައިގަންނަވާ މަތިންދާ ޯބއްޓު މާލެ ވަށައިގެން ދެތިން ބުރެއް ޖަހައިލުމަށް ފަހު ގާދޫ ޮކލާ ދިމާލުން ތިރިކުރަމުން އައިސް ވަރަށް ރީއްޗަށް ކަނޑުގައި ޖައްސައިފިއެވެ. އެއީވެސް ބަލައިލަން ވަރަށް ހިތްފަސޭހަ މަންޒަރަކެވެ. ޯބޓު ޖެއްސީ ފުނަދުއާ މާލެއާ ދެމެދަށެވެ. އޭގެ ނަލަ ދުވެލީގައި ޮގސް ކަނޑިންމަޔާ ދިމާލުން ބޭރުގައި އަޅާފައި ޮއންނަ ޮބއެގައި ހިފައިފިއެވެ. ހަމަ ޯބޓު މަޑުޮކށްލުމާ އެކީގައި ޯބޓުގެ މައްޗަށް ދިވެހިރާއްޖޭގެ ގައުމީ ދިދަ ނަގައިފިއެވެ. ޯބޓުގެ ދެތިން ޮއފިސަރަކު

ޯބޓުމަތީގައި ހަރަކާތްތެރިވަމުން ދެއެވެ. އަޅުގަނޑުމެން ދެކެން ބޭނުންވާ މޫނެއް ނުފެނުނެވެ.

ޯބޓު ޖެއްސިތާ ގިނަ އިރެއްނުވެ ޯދނި ޮކޅެއްގައި އިންގިލާބީ ސަރުކާރު ހިންގެވުމާއި ހަވާލުވެ ތިއްބެވި ދެބޭފުޅުން ކަމުގައިވާ އަލްއަމީރު

އިބްރާހީމް ފާމުލަދޭރި ކިލެގެފާނާއި އަލްފާޟިލް މާޖެހިގޭ އިބްރާހިމް މުހައްމަދު ދީދީ އާއި ދެބޭފުޅުން މަތިންދާ ޯބޓުކައިރިއަށް ވަޑައިގެންފިއެވެ. އެއީ ނޭވާ ހިފަހައްޓާލަން ޖެހުނު ވަގުތު ޮކޅެކެވެ. އާދެ ރައްޔިތުންނަށް ހަމެޖެހުމެއް

އައީ މުހައްމަދު އަމީން ދީދީ ޯދނިޮކޅަށް ފައިބާ ވަޑައިގަތުމުންނެވެ. ހުންނެވީ ފަޓުލޫނު ޮކޅަކާއި ބުޝް ގަމީސް ޮކޅެއް ތުރުކުރައްވާފައެވެ. ޯދނިޮކޅަށް ފައިބާ

ވަޑައިގަތުމާއެކު މަތިންދާޯބޓުގެ ޮއފިސަރަކު މުހައްމަދު އަމީނުގެ އަތްޕުޅަށް ޓެނިސް ރެކެޓެއް އެރުވިއެވެ. އަދި އަމީން ދީދީ ގެ ދަބަސްޮކޅުވެސް ޯދންޏަށް އަރުވައިފިއެވެ. ހަމަ މުހައްމަދު އަމީނު އަރާވަޑައިގަތުމާއެކު ޯދނި ފަލިޖަހައިގަތީ

ދޫނިދޫ އާ ދިމާލަށެވެ. ޯދނި ޮކޅު ތެރޭ ދެކެވުނު އެއްވެސް ވާހަކައެއް އެއްވެސް ޮފތަކުން އެއްވެސް ތާރީޚަކުން ފެންނާކަށް ނެތެވެ. ޮކންމެވެސް ވަރަކަށް އެއްޗެއް އެނގެނީ ދޫނިދޫގައި ހުންނެވި ދުވަސްވަރު އަމީންދީދީގެ ޚާދިމަކަށް ކުރިންވެސް އަތިރީގޭގައި ހުރި މާބަނޑޭރި އިބްރާހިމް މަނިކު ކިޔާދެއްވި ބައެއް ވާހަކަތަކެވެ. އިބްރާހިމް މަނިކު ދޫނިދޫއަށް ގެންދެވުނީ

މުޙައްމަދު އަމީނު ދޫނިދޫގައި ބަންދުކުރެވުމަށް ފަހު ހަމަ އެދުވަހުގެ ވަރަށް ހަވީރުޮކޅުއެވެ. އަމީން ދީދީ ގެ އަރިހުގައި ޯނކަރަކު ހުންނަންޖެހޭނެ

ކަމަށް ސަރުކާރުގެ ޮބޑުންނަށް ފެނިވަޑައިގަންނަވާތީ ހަމަ އެދުވަހު ވަރަށް ހަވީރުޮކޅު އިބްރާހިމް މަނިކު އަމީން ދީދީގެ އަރިހުގައި ހުންނަޮގތަށް ދޫނިދޫ އަށް ގެންދެވުނީއެވެ. އިބްރާހިމް މަނިކު ބުނުއްވާ ޮގތުން އޭނާ ޮގވައިގެން

ދޫނިދޫއަށް ވަޑައިގަތީ އިންގިލާބު ޮކމެޓީގެ ވަރަށް އިސް މެންބަރެއް ކަމުގައިވާ އަލްފާޟިލް އިބްރާހިމް ނާޞިރު އެވެ. މުޙައްމަދު އަމީން ދީދީ ގެންގުޅުއްވި ޯއކިޑް ކިޔާ ޯލންޗުގައެވެ. އެޯލންޗު ދުއްވެވީ ވެސް އިބާރާހިމް ނާޞިރުއެވެ. އިބްރާހިމް މަނިކު ބުނުއްވަނީ ތިމަންނާ ދޫނިދޫ އަށް ފައިބައިގެން ދިޔައީ

ދޫނިދޫގައި ހުންނަ ގަނޑުވަރަށެވެ. އެގަނޑުވަރަކީ ދެވަނަ ޮބޑުހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިން އައިސް ދޫނިދޫގައި ތިބެންޖެހޭލެއް ގިނަކަމުން މުހައްމަދު އަމީން ދީދީ ދޫނިދޫ ގައި ބިނާ ކުރެއްވި ވަރަށް ޮބޑު ގެއެކެވެ.

އިބްރާހިމް މަނިކު ބުނުއްވާ ޮގތުން އޭނާ އަށް އެގެއަށް ދެވުނު އިރު މުހައްމަދު އަމީން އިންނެވީ އެގޭ ފެންޑާގައި ހުރި ސަރަންފީއެއްގަ އެވެ.

ތިމަންނާ އަށް މުހައްމަދު އަމީން ފެނުމާއެކީ ތިމަންނާއަށް ޮރއިގަނެވިއްޖެއެވެ. އަވަސް އަވަހަށް ޮގސް އިށީނީ މުހައްމަދު އަމިނު ދީދީ ގެ ފައިންޕުޅުގައި

ހިފޭވަރަށް ސަރަންފީކައިރީގަ ތަޅުންގަނޑުމަތީގަ އެވެ. ތިމަންނާ ހަމަ ވަގުތުން މުހައްމަދު އަމީނު ދީދީ ގެ ފައިންޕުޅު ޮމޑެން ފަށައިފީމެވެ. )ނުނިމޭ(

9

Page 10: Sun Magazine 30

10

މުޙައްމަދުއްރަސޫލުهللا ސިލްސިާލމުޙައްމަދުއްރަސޫލުهللا ސިލްސިލާއަކީ ޮކންމެ ޯރދަމަހެއްގައި ވެސް ދިވެހިންގެ ތެރެއިން ގިނަ ބަޔަކު އެންމެ ބަލަން ޝައުގުވެރިވާ ސިލްސިލާއެވެ. މި ސިލްސިލާ ކުޅެފައިވަނީ މިޞްރުގެ ލިޔުންތެރިއެއް ކަމުގައިވާ ޢަބްދުލްޙަމީދު ޖައުދަތުއްސައްޙާރު )ޮފޯޓގައި( ލިޔުއްވާފައިވާ

ސީރަތުގެ ވާހަކައެއްގެ މައްޗަށެވެ. އެހެން ކަމުން އެހެން ސިލްސިލާތަކާ މި ސިލްސިލާއާ ވަރަށް ތަފާތެވެ. މި ސިލްސިލާގެ ވާހަކަ ލިޔުނު ޮގތް ތަފާތެވެ. މި ސިލްސިލާގެ މަގުސަދު ތަފާތެވެ. މި ސިލްސިލާގެ ވާހަކަ ލިޔެފައިވަނީ

މީހަކު، އާދައިގެ ފިލްމީ ސިލްސިލާއަކަށް ވާހަކައެއް ލިޔާ ބީދައަކުން ނޫނެވެ. މި ސިލްސިލާގެ މަގުސަދަކީ ތާރީހު ޮފތްތަކުންނާއި ސީރަތު ޮފތްތަކުން، ކުރީ ޒަމާނުގެ ވާހަކަތަކާއި ހަބަރުތައް ކިއުމުން އެ މަންޒަރުތައް ހިތަށް

ތަސައްވަރުޮކށް، ތިމާގެ ބުއްދީގެ އިސްކިރީނުން ބަލާލުމުގައި ދިމާވާ ދަތިތައް ނައްތާލައި، ގަދީމީ ޒަމާނަށް ތިމާގެ ނަފްސާއި

ރޫހާ އެކު ދަތުރުޮކށް، އެ ޒަމާންތަކުގައި ހިނގި ހާދިސާތަކުގެ ސުހުބަތުގައިވުމުގެ ރޫހީ އުފާ

ޯހދައިދިނުމެވެ. ތިމާމެންގެ ތާރީހާއި ކާބަފައިންގެ އުޅުން ފެނުމުގެ ނަސީބު ލިބިފައި ނެތުމުގެ މާޔޫސްކަމުން ދުރުޮކށް، ޮކންމެވެސް ވަރެއްގެ

ތަސައްލީއެއް ހިތަށް ޯހދައިދިނުމެވެ. މި ސިލްސިލާ ކުޅެފައިވަނީ މީގެ އެތައް

އަހަރެއް ކުރީންކަމުން، މަންޒަރުތައް ކުޅުމުގައި މިހާރާ ތަފާތު ޮގތްތަކެއް ހުންނާނެކަން ގަބޫލުކުރަން ޖެހެއެވެ. މިހާރުގެ ވަސީލަތްތައް ބޭނުންޮކށްގެން، މަންޒަރުތައް މާ ސާފުޮކށް، މާ ޮބޑަށް ހަގީގަތް

ދައްކުވައިދޭ ޮގތަށް ތަމްސީލުކުރެވިދާނެއެވެ. ޓީވީގެ އިސްކިރީނުން މި ސިލްސިލާ ބަލައިގެން ސީރަތާއި

ތާރީހު އުނގެނުމާއި، ޓީވީން އިލްމުވެރިއަކު ތާރީހު ކިޔައިދެއްވާތަން ބަލަން އިނދެގެން ތާރީހު އުނގެނުމާ ދެމެދު ހުރި ތަފާތަކީ ޮކބައިހެއްޔެވެ؟

ފަހުން މި ބުނިޮގތަށް ވުރެ ކުރީން މި ބުނިޮގތުން މަންޒަރުތައް ހިތަށް ނެގޭލެއް ފަސޭހަވާނެއެވެ. އެހެންކަމުން

މުޙައްމަދުއްރަސޫލުهللا ސިލްސިލާ ވެފައިވަނީ، ޔުނިވަރސިޓީއަކަށް ނުޮގސް، އަދި ދިރާސާކުރުމުގެ އިލްމީ އުސޫލުތައް ނޭނގި ހުރެމެ، ސީރަތާއި ތާރީހުގެ ފުން ދިރާސާއެއް ކުރުމުން ލިބޭ މައުލޫމާތު ފަސޭހައިން ލިބޭނެ ޮގތް މަގު ފަހިޮކށްދިން ސިލްސިލާއަކަށެވެ. ދުނިޔޭގެ މަސައްކަތުގައި މީހުން ހޭދަކުރަން

ޖެހޭ ވަގުތު ގިނަވެ، ސީރަތު ފަދަ މުސްތަޙައްބު އިލްމުތައް ޯހދުމަށް ހޭދަކުރަން ލިބޭ ވަގުތުޮކޅު މަދުވެފައި ވަނިޮކށް، ނަބީ ބޭކަލުންގެ ސީރަތުގެ އާލިމަކަށް ވުމުގެ ފުރުސަތު ތަނަވަސްޮކށްދިން ސިލްސިލާއަކަށެވެ. ބުދުތަކަށް

އަޅުކަން ކުރާ މީހުންގެ ވިސްނުން ޮކށިކަމާއި، އެ ފަދަ މީހުން ދައްކާ ވާހަކަތަކަށް، ބުއްދީގެ ދަލީލުތަކުން ރައްދު ދޭނެ ޮގތް އެނގި، އިލްމުގެ

އާލަމަށް ތިމާގެ ޯލ ހުޅުވައިދޭ ސިލްސިލާއަކަށެވެ.މި ސިލްސިލާ އޭގެ މައްޗަށް ކުޅެފައިވާ ސީރަތަކީ މީހަކު

ޕީ.އެޗް.ޑީ ހާސިލުކުރުމަށް ކުރާ ދިރާސާއަކަށް ވުރެ މާ ޮބޑު ދިރާސާއެއް

ކުރެއްވުމަށް ފަހު ޢަބްދުލްޙަމީދު ޖައުދަތުއްސައްޙާރު ލިޔުއްވި ސީރަތެކެވެ. މި ސިލްސިލާ އޭނާ ލިޔުއްވީ މީގެ 50 ވަރަކަށް އަހަރު ކުރީންނެވެ. މީލާދީން 1913 ވަނަ އަހަރު އުފަންވެ ވަޑައިގަތް ޢަބްދުލްޙަމީދު ޖައުދަތުއްސައްޙާރު

އޭރުގެ މިޞްރު ޔުނިވަރސިޓީ އަދި މިހާރުގެ ޤާހިރާ ޔުނިވަރސިތީން ދަސްވެނިވެވަޑައިގަތީ 1937 ވަނަ އަހަރުއެވެ. އަވަހާރަވީ 1974 ވަނަ

އަހަރުގައެވެ. ޢަބްދުލްޙަމީދު ޖައުދަތުއްސައްޙާރު ލިޔުއްވި ނަބީބޭކަލުންގެ

ސީރަތުގައި، އިބްރާހީމްގެފާނުން ފެށިގެން މުޙައްމަދު ޞައްލަهللا ޢަލައިހި ވަސައްލަމަ އަވަހާރަވުމާ ހަމަޔަށް ހިނގި ހާދިސާތަކަށް ވަރަށް ހުލާސާ،

އެހެނަސް ވަރަށް ފުރިހަމަ ޮގތަކަށް ގެންނަވާފައިވެއެވެ. މި ސީރަތު ބަހާލެވިފައިވަނީ 20 ޮވލިޔުމަށެވެ. އެއިން ޮކންމެ ޮވލިޔުމެއްގައި 300 ވަރަކަށް

ސަފްހާ ހިމެނިފައިވެއެވެ. މުޅި މި ސީރަތުގެ ސަފްހާގެ އަދަދު 6000 އަށް ވުރެ މައްޗެވެ.

މިއީ ސީރަތެއްގެ އިތުރުން އަރަބި ބަހުގެ އަދަބިއްޔާތުގެ ޮގތުން ބަލާއިރު ވެސް ވަރަށް މަތީ ވަނައެއް ލިބޭވަރުގެ ޮމޅު މަސައްކަތެކެވެ.މި ސީރަތު ލިޔުއްވުމަށް ޓަކައި، ކީރިތި

ޤުރްއާނާއި، ސީރަތު އިލްމުގެ މައްޗަށް މިހާތަނަށް ލިޔެވިފައި ހުރި ހުރިހާ ޮފތަކާއި،

ހަދީސް ޮފތްތަކާއި، ދުނިޔޭގެ ތާރީހު ޮފތްތަކާއި، އަރަބި ކަރައިގެ އާސާރުތަކުގެ ދިރާސާތައް ބައްލަވައި، ދީންތައް އަޅައިކިޔުމުގެ އިލްމުގެ މައްޗަށް ލިޔެވިފައި ހުރި ޮފތްތައް މުތާލިއާ

ކުރެއްވުމުގެ އިތުރުން ޢަބްދުލްޙަމީދު ޖައުދަތުއްސައްޙާރު ވަނީ، ގަދީމީ ޒަމާނުގައި

އެ ސަރަހައްދުތަކުގައި ބޭނުންކުރި ބަސްތަކާއި، އެބަސްތައް ލިޔަން ބޭނުންކުރި އަކުރުތައް ވެސް ދިރާސާކުރައްވާފައެވެ. ހަމައެހެންމެ

ނަބީބޭކަލުންގެ ސީރަތާ ގުޅުން ހުރި ބިންބިމަށާއި ތަންތަނަށް ވަޑައިގެން، އަމިއްލަފުޅަށް ދިރާސާކުރައްވާފައެވެ.

ހަމަ އެހެންމެ އަހާއި ޖަމަލު މަތީގައި، އަދި ފައިމަގުގައި ހަމަ އެ މަގުތަކުން ދަތުރުކުރައްވައި، އަރަބި ސަހަރާ ތެރެއާއި، އަޑިގުޑަން މަގުތަކުން

ދަތުރުކުރެއްވުމުގެ ބުރަކަން ތަޖްރިބާ ކުރައްވައިފައެވެ. މި މަސައްކަތުގައި އޭނާ ވަނީ ފުރިހަމަ 12 އަހަރު ހޭދަކުރައްވާފައެވެ.

އެހެންކަމުން މުޙައްމަދުއްރަސޫލުهللا ސިލްސިލާއަކީ ނަބީބޭކަލުންގެ ސީރަތާ މެދު މިހާތަނަށް ކުރެވިފައިވާ އެންމެ ފުރިހަމަ ދިރާސާގެ މައްޗަށް ލިޔެފައިވާ ސީރަތެއްގެ މައްޗަށް ބިނާކުރެވިފައިވާ ސިލްސިލާއެކެވެ. ނަބީ

ބޭކަލުންގެ ސީރަތާއި އިންސާނީ ތާރީހުގެ ތެރެއަށް ޯލ ހުޅުވައިދެނިވި ފުރިހަމަ މަސައްކަތެކެވެ. މި ސިލްސިލާގެ މަންޒަރުތައް މި ޒަމާނުގެ ވަސީލަތްތައް ބޭނުންޮކށްގެން އަލުން ފުރިހަމަ ކުރެވިއްޖެ ނަމަ، އެއީ މި ސިލްސިލާއަށް

ލިބޭނެ އިތުރު ފުރިހަމަ ކަމެކެވެ.

އަލިފު ނޫނު

Page 11: Sun Magazine 30
Page 12: Sun Magazine 30

12

ފޮއިދުވަސް

ލީބިޔާގެ ޒައީމް ކާރނަލް މުޢައްމަރުލްޤައްޛާފީ އެ ގައުމުގެ ވެރިރަށް ތަރާބުލްސް )ޓްރިޮޕލީ( ދޫކުރައްވައި ވަޑައިގެންފި ކަމުގެ ހަބަރު ފެތުރިއްޖެއެވެ. މި ހަބަރު ފަތުރާފައިވަނީ ލީބިޔާގެ އިދިޮކޅު އިންތިޤާލީ މަޖިލީހުގެ އިސްވެރިއެއް ކަމަށްވާ

ޢަބްދުލްޢަޒީޒް ތޫނިސްގެ ރޭޑިޯޔއަކަށް ދިން ބަޔާނެއްގައެވެ. ގައްޛާފީ ތަރާބުލްސްއިން ފުރާވަޑައިގަތުމުގެ ކުރިން އޭނާގެ އަނބިކަނބަލުން ސަފިއްޔާ އާއި ދަރިކަނބަލުން

ޢާއިޝާ އާއި ފިރިހެން ބޭފުޅުންގެ އަނބިއަނބިކަނބަލުންނާއި ގައްޛާފީއަށް ކާފަ ވިދާޅުވާ ބޭފުޅުން އެއްގަމު މަގުން ކުއްލި ޮގތަކަށް ތޫނިސްގެ ޖިރްބާއަށް ގެންޮގސްފައިވާ ކަމަށް

ވެސް ޢަބްދުލްޢަޒީޒްއާ ހަވާލާދީ ތޫނިސްގެ ރޭޑިޯޔއިން ބުނެއެވެ.

އިސްރާއީލުން މިސްރުގެ ސަރަޙައްދީ ޮރނގު ހުރަސްޮކށް މިސްރަށްވަދެ މިސްރު ފުލުހުންގެ 5 މީހަކު މަރާލައިފިއެވެ. މިމައްސަލާގައި މިސްރުގެ ސަރުކާރާއި ރައްޔިތުން އައިސްފައިވާ ރުޅިއާގުޅިގެން އިސްރާއީލުންވަނީ މިސްރު ރުއްސުމަށްޓަކައި ޤާހިރާއަށް

މަންދޫބަކު ޮފނުވައި ރަސްމީ ޮކށް މަޢާފަށް އެދިފައެވެ. އަދި ފުލުހުން މަރުވި މައްސަލަ ތަޙްޤީޤް ކުރާނެ ކަމަށާއި މިސްރަށް ކުޑަޮކށް ވެސް ޯގނާކުރަން ބޭނުންނުވާ ކަމަށް ވިދާޅުވެ އިސްރާއީލުގެ ދިފާޢީ ވަޒީރު ވަނީ ބަޔާނެއް ދެއްވާފައެވެ. އިސްރާއީލަށް

ދޫދެމުން ގެންދިޔަ މިސްރުގެ ކުރީގެ ރައީސްގެ ދުވަސްވަރާ ޚިލާފަށް މިދުވަސްވަރަކީ އެމެރިކާއަށާއި އިސްރާއީލާ ދެޮކޅަށް މިސްރުގައި ޢަރަބި ޤައުމީ ރޫހެއް އުފެދިފައިވާ ދުވަސްވަރަކަށްވާތީ މިމައްސަލަ އެހާ ފިނިޮކށް ނުދާނޭކަން އިސްރާއީލަށް އެނގެއެވެ.

އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ރަށެއް ކަމަށްވާ ޤުދްސުގައި ޔަހޫދީންނާ ގުޅުންހުރި އެއްވެސް އާޘާރީ ކަމެއް އަދި ތަނެއްގެ އަސަރެއް ފެނޭޯތ މިހާތަނަށް

ތާރީޚީ ޮގތުން ޯހދިޯހދުންތަކުން ނާއި އެތަށް އަހަރެއްވަންދެން ބިމުގެ އަޑި ޮކނެގެން ކުރި ދިރާސާތަކުން މިފަދަ ކަމެއްގެ ހިލަމެއް ފެނިފައިނުވާ ކަމަށް އިސްރާއީލުގެ ނޫހެއް ކަމަށް ޖެރޫސަލަމް ޯޕސްޓަށް ދެއްވި ބަސްދީ ގަތުމެއްގައި އިސްރާއީލުގެ އިސް އާކިޮޔޮލޖިސްޓެއް ކަމަށްވާ ޔިސްރާއިލް ފެންކްލިސްޓައިން ވިދާޅުވެއްޖެއެވެ.

މަސްޖިދުލްއަޤްސާ ހުރި ސަރަޙައްދުގެ ބިމުގެ އަޑީގައި ސުލައިމާންގެ ފާނުގެ ހައިކަލް )ސްޓްރަކްޗާ(އެއް ވާކަމަށް ކުރެވޭ ހީތަކަކީ ޙަޤީޤީޤަތެއް ކަމަށް ބެލެވެންނެތް ކަމަށް

އޭނާ ވިދާޅުވިއެވެ.

ހަނަފަސްކަމުގެ ސަބަބުން ޯސމާލިޔާގެ ރައްޔިތުން ތަޙައްމަލް ކުރަމުން ގެންދާ އުނދަގޫތަކަށް ދުނިޔޭގެ ސަމާލުކަން ޯހއްދެވުމަށާއި، ޯސމާލިޔާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނާ އެހީވުމަށް ޓަކައި، ޯސމާލިޔާގެ ހާލު ބައްލަވާ ލެއްވުމަށް، އެ ގައުމަށް

ވަޑައިގަތުމަށް ތުރުކީގެ ޮބޑުވަޒީރު ރަޖަބް ތައްޔިބު އުރްދުޣާން ނިންމަވައިފިއެވެ. މިކަން ހާމަކުރައްވަމުން އުރްދުޣާން ވިދާޅުވީ އެމަނިކުފާނާއި ތުރުކީގެ ޚާރިޖީވަޒީރު އަޙްމަދު ދާވޫދު ވަރަށް އަވަހަށް ޯސމާލިޔާއަށް ޒިޔާރަތް ކުރައްވާނެ ކަމަށާއި މިދަތުރުފުޅުގައި ދެބޭފުޅުންގެ އާއިލާވެސް ބައިވެރިކުރައްވާނެ ކަމުގައެވެ. ޯސމާލިޔާއަށް ކުރައްވާ މި ދަތުރުފުޅުގައި ކާޯބތަކެއްޗާއި ބޭސް ގެންދަވާނެ ކަމަށްވެސް ޮބޑުވަޒީރު އުރްދުޣާން

ވިދާޅުވިއެވެ.

20 ޯއގަސްޓު 2011 – ޤައްޛާފީ ތަރާބުލްސް ދޫކުރައްވައި ވަޑައިގެންފި

18 ޯއގަސްޓް 2011 – އިސްރާއީލުން މިޞްރުގެ ފަސް ފުލުހަކު މަރާލައިފި

13 ޯއގަސްޓު 2011 – ޤުދުސަކީ ޔަހޫދީންގެ ތަނެއް ނޫން

11 ޯއގަސްޓު 2011 – ރަޖަބް ޠައްޔިބް އުރްދުޣާން ޯސމާލިޔާއަށް

ދުނިޔޭގެ ޚަބަރުތަކަށް ކަޅިއެއް ...

Page 13: Sun Magazine 30

13

ސަން މާފާނު

އިމްހޫތަބަކީ އީސާއީ މީލާދުގެ 27 ގަރުނު ކުރީގައި މިސްރުގައި އުޅުއްވި އާލިމެކެވެ. އޭނާ

އުފަން ވެވަޑައިގަތީ އީސާއީ މީލާދުގެ 2655 އަހަރު ކުރީންނެވެ. އަވަހާރަވީ އީސާއީ މީލާދުގެ 2600 އަހަރު

ކުރީންނެވެ. އިމްހޫތަބް ވަނީ މިސްރުގެ ތިންވަނަ ޝާހީ ދަރިޮކޅުގެ ރަސްގެފާނު ޒޫސަރުގެ އަރިހުގައި ފިރުއައުނުގެ މުސްތަޝާރެއްގެ މަގާމު ފުރުއްވާފައެވެ. އަދި އައިނުޝަމްސު ނުވަތަ ހެލިޯއޮޕލިސްގައި ދީނުގެ

އެންމެ އިސް ފަރާތަކަށް ވެސް އެ ޒަމާނުގައި ހުންނެވީ އިމްހޫތަބެވެ. އިމްހޫތަބަކީ ދުނިޔޭގެ ޮޕލިމެތުން )އެތައް

އިލްމަކާއި ހުނަރެއްގެ އަހްލުވެރީން( ގެ ސަފްހާގެ ވަރަށް ކުރިން ޖާގަ ޯހއްދަވާފައިވާ ބޭފުޅެކެވެ. އޭނާއަކީ

އިންޑިޔާގެ ޮކންމެ ސްޓޭޓެއް ވެސް ބަހާއި ސަގާފަތާއި އާދަކާދައިގައި އެހެން ސްޓޭޓުތަކާ ތަފާތެވެ. މިއިން ޮކންމެ ސްޓޭޓެއްގައި ވެސް

ލާމަރުކަޒީ އުސޫލުން ހިނގާ ވަކި ސަރުކާރެއް ޮއވެއެވެ. ހަމަ އެފަދައިން ޮކންމެ ސްޓޭޓެއްގައި ވެސް ވަކި ބަރުލަމާނެއް ޮއވެއެވެ. މި ތަފާތުތަކާ ހުރެ މިއިން ޮކންމެ ސްޓޭޓަކީ ވެސް ތަފާތު ވަކި ދައުލަތެއްގެ ސިފަ ލިބިގެންވާ

ސަރަހައްދެއްގެ ޮގތުގައި ބެލެވެއެވެ. އެހެންކަމުން އިންޑިޔާ ރަނގަޅަށް ދެނެގަނެވޭނީ މި ހުރިހައި ސްޓޭޓަކާ ބެހޭ މައުލޫމާތު ޯހދައިގެންނެވެ.

އަންދްރަޕްރަދޭޝް ޮއންނަނީ އިންޑިޔާގެ އިރުދެކުނު އައްސޭރީގައެވެ. މިއީ އާބާދީގެ ޮގތުން އިންޑިޔާގެ ފަސްވަނައަށް އެންމެ ޮބޑު ސްޓޭޓެވެ. ބިމުގެ

ދުނިޔޭގެ ގަދީމީ ތާރީހުގައި ފާހަގަކުރެވޭ އެންމެ ފުރަތަމަ އާކިޓެކްޓެވެ. ރޫހީ ލީޑަރެކެވެ. ސިޔާސީ

މުދައްބިރެކެވެ. އިންޖިނޭރެކެވެ. ހަކީމެކެވެ. ކުޅަދާނަ މާވަޑިއެކެވެ. ހިލައިގައި ކުރެހުން

އެޅުއްވުމުގެ މާހިރެކެވެ. ރޭނުންތެރިއެކެވެ. ޮބޑު ގަނޑުވަރުގެ އިދާރީ ކަންތައްތައް ބަލަހައްޓަވާ އެންމެ އިސް ބޭފުޅާއެވެ. އޭނާއަށް ތާއީދުކުރާ މީހުން އެންމެ ގިނައީ މަންފު ޝަހަރުގައެވެ.

އޭނާއަކީ ގަބުރުތައް ކުނި ނުވާ ޮގތަށް ތައްޔާރު ކުރުމުގެ ހުނަރާއި ބިއްލޫރީން ތަފާތު

ތަކެތި ހެދުމުގެ ހުނަރު ތަރައްގީ ކުރެއްވި މޭސްތިރިޔާއެވެ.

ތަބް ހޫ އިމް

އިޔާޒު ނަސީމް

ބުއްދީގެ ފުރާގު "ހަރަދާއި އާމްދަނީގެ ރޭހަކީ ކަންޒު ކަހަނބާއި މުސަޅުގެ ރޭސް ފަދަ ރޭހެކެވެ. އާމްދަނީ ޯހދުމުގެ މަސައްކަތް، މުސަޅު ފަދައިން ފިކުރެއް ނެތި ނިދައިފި ނަމަ

ކަންޒު ކަހަނބު ފަދައިން، ރޭހުގައި ހަރަދު ކުރި ޯހދައެވެ." - އަބޫ އިޒްޔަން

ޮގތުން ބަލާއިރު ހަތަރުވަނައަށް އެންމެ ޮބޑީ މި ސްޓޭޓެވެ. އަންދްރަޕްރަދޭޝްގެ އަންދްރަ ޕްރަދޭޝްވެރި ރަށަކީ، އަދި އެންމެ ޮބޑު ޝަހަރަކީ ހައިދަރުއާބާދެވެ. އަންދްރަޕްރަދޭޝްގެ

ރަސްމީ ބަހަކީ ތެލުގޫ ބަހެވެ. މިއީ ޑްރެވީޑިޔަން އާއިލާއަށް ނިސްބަތް ވާ ބަހެކެވެ. ވެރިރަށް ހައިދަރުއާބާދުގައި ރަސްމީ ބަހުގެ ދަރަޖަ، ތެލުގޫ ބަހުގެ

އިތުރުން އުރުދޫ ބަހަށް ވެސް ލިބިފައިވެއެވެ. ހައިދަރުއާބާދަށް ދެކުނުގެ އުރުދޫގެ ޝަހަރޭ ވެސް ކިޔައެވެ.

އިދާރީ ޮގތުން އަންދްރަޕްރަދޭޝް ބަހާލެވިފައިވަނީ 23 ޑިސްޓްރިކްޓަށެވެ. މި ސްޓޭޓު އުފެދިފައިވަނީ ތާރީހީ ތިން ސަރަހައްދެއް

ގުޅިގެންނެވެ. އެއީ އަންދްރާ އާއި ރާޔަލްސީމާ އާއި ތެލަންގާނާއެވެ. މީގެ ތެރެއިން ތެލަންގާނާއަކީ ވަކި ސްޓޭޓެއްގެ ދަރަޖަ ލިބިގެންވާ ސަރަހައްދަކަށް ހެދުމަށް

ޓަކައި ވަރަށް ގިނަ ބަޔަކު މިހާރު ވެސް ދަނީ އަޑު އުފުލަމުންނެއެވެ. ވެރިރަށް ހައިދަރުއާބާދު ހިމެނެނީ ތެލަންގާނާ ސަރަހައްދުގައެވެ. އަންދްރަޕްރަދޭޝްގެ

އާބާދީއަކީ ގާތްގަނޑަކަށް 85 މިލިޔަނެވެ. އަންދްރަޕްރަދޭޝްއަށް ނިސްބަތްވާ ކާނާގެ ބާވަތްތަކުގެ ތެރެއިން ހައިދަރުއާބާދު ބިރިޔާނީއަކީ ދިވެހީންގެ ތެރޭގައި

ވެސް ވަރަށް މަގުބޫލު ކެއުމެކެވެ.

Page 14: Sun Magazine 30

14

ބަސް ޮމށުންތެރިކަން ކިތަންމެ ފުރިހަމައަކަށް ވެސް އަރަބީންނަށް ލިބިގެންވެއެވެ. އަރަބި ނޫން މީހުންނަށް އިހުޒަމާނުގައި އަޖަމީންނޭ

ނުވަތަ ދޫ ފަސޭހަ ނޫން މީހުންނޭ ކިޔައި ނަންދިނުމުގެ ސަބަބަކީ ވެސް ބަސްޮމށުންތެރިކަމަށް އަރަބީން ޮމޅުކަމުންނާއި ހުޝިޔާރުކަމުން ކަމަށް ވެދާނެއެވެ.

އަރަބި ބަހަކީ ބަސްތަކުގެ ތެރެއިން ބަލާޣާތްތެރިކަމާއި ފަސާހާތްތެރިކަމަށް މަޝްހޫރު ބަހެކެވެ.

މިއަދުގެ ބަދަލުވެފައިވާ ދުނިޔޭގައި އަދިވެސް ބަދަލުނުވެ ދިގުދެމިގެންދާ ކަންކަމުގެ ތެރޭގައި އަރަބީންގެ ބަސްޮމށުންތެރިކަން ހިމެނެއެވެ.

އަނެކާއަށް ނުބުނެވޭވަރުގެ ޮމޅު ބަސް ބުނެގެން ކަންކަން ހަމަޖެއްސުމުގެ ނުވަތަ ހަމަޖެއްސޭޯތ އުޅުމުގެ އާދަ މިއަދުވެސް އެންމެ ޮބޑަށް ފެންނަމުންދަނީ އަރަބި

ގައުމުތަކުންނެވެ. އަމަލަށް ވުރެ ގިނައީ ޮމޅު ވާހަކައެވެ.މިދެންނެވުނު ބަހުގެ ހެތްކަކީ އަރަބި ގައުމުތަކަށް މުސީބާތާއި ހަލާކު ކުރިމަތިވާއިރުވެސް އެތަންތާނގެ ވެރިން އެދައްކަވާ ޮމޅު ވާހަކަފުޅުތަކާއި ބޭނުން ކުރައްވާ މުއްސަނދި އިބާރާތްތަކުގެ ފަށުވިކަން ޮބޑުކަމެވެ. އެބޭފުޅުންގެ ސިފަ

ކުރެއްވުންތަކާއި ހަގީގީ މަންޒަރުތަކާ ގުޅުން ހުންނަ މިންވަރު ކުޑަކަމެވެ. ގަލްފު ހަނގުރާމައިގެ ދުވަސްވަރު އިރާގުގެ އިންޮފމޭޝަން

މިނިސްޓަރު ކަމުގައި ހުންނެވި މުހައްމަދު ސައީދު އައްސަހާފު ދުނިޔޭގެ މީޑިއާއަށް ސިފަޮކށްދެއްވަމުން ގެންދެވި މަންޒަރުތަކާއި ހަނގުރާމައިގެ

މައިދާނުގައި ތަމްސީލުވަމުންދިޔަ ހަގީގީ މަންޒަރުގެ ތަފާތު ވަރަށް ގިނަ ބަޔަކު އަދިވެސް ހަނދާން ހުންނާނެއެވެ. އިރާގަށް އެރި ކާފަރު ޮދން ސިފައިން ފަހަމުން ގިއްގަޅުވަމުން އަދި ޮބލުގެ ފުއްކިބައިގައި ޓަކިޖަހަމުން އިރާގުގެ ރައްޔިތުން އެދަނީއޭ ސައްހާފު ވިދާޅުވާއިރު ސައްހާފު އާއި ސަރުކާރުގެ ވެރިން އަދި އިރާގު ސިފައިންގެ ޮބޑެތި ޮބޑެތި ޮކމާންޑަރުން ފިއްލެވުމަށް

ދުވެވަޑައިގަންނަވަނީއެވެ. ސައްހާފުގެ މިކަހަލަ ޮމޅު ވާހަކަތަކާ ހެދި އެމެރިކާގެ އޭރުގެ

ރައީސް ބުޝް ވެސް ހުސް ވަގުތު ޯހއްދަވައިގެން ހަމައެކަނި ހިނިފުޅުވެޑުވުމަށް ސައްހާފުގެ ޕްރެސް ޮކންފަރެންސްތައް ބައްލަވާ ކަމަށްވެއެވެ.

ސައްހާފުގެ ވެރިމީހާ ސައްދާމު ހުސައިން ވެސް ވަކިން ސަހަލު ކަމަށް ނުފެނެއެވެ. އިރާގުގެ ސަރަހައްދަށް ވަންނަ ބިދޭސީ ސިފައިންގެ ޮކންމެ

މީހެއްގެ ފައިތިލައިގެ ދަށުން އަލިފާން އަންދައި ގަދަފަދަ އަޒާބު ދައްކާނޭ ކަމަށް ސައްދާމު ވިދާޅުވަމުން ގެންދަވަނިޮކށް ބިމުގައި ޮކނެފައިވާ ޒާތެއްގެ

ވަޅުގަނޑެއްގެ ތެރޭން ސައްދާމުގެ އިސްތަށިތަކުގައި ހިފައި ދަމައި ގަދަކަމުން އޭނާ ނެރުނީ ހަމަ އެއްކަލަ ބިދޭސީ ސިފައިންގެ ތެރޭން މީހެކެވެ.

ލީބިޔާގެ ޒައީމް ކާނަލް ގައްޒާފީ އާއި ބަސްޮމށުންތެރިކަމަށް ކުޅަދާނަ އޭނާގެ ބޭފުޅުން އެހެރަގެން ދައްކަވަނީ ވެސް ހަމަ މިޒާތުގެ

ވާހަކަފުޅު ތަކެކެވެ. ލީބިޔާގެ ރައްޔިތުން ގައްޒާފީ ދެކެ ޯލބިވާ ވާހަކަ އާއި ލީބިޔާގެ ބިމުގެ އެންމެ އިންޗިއެއްވެސް ބާޣީންނަށް މަރުހަބާ ނުކިޔާނެ ކަމަށް

ފެހި މައިދާނުގައި ހަރު އަޑުފުޅުން އެބޭފުޅުން ވިދާޅުވަމުން ގެންދަވަނިޮކށް އައި ނައި ތަނެއްވެސް ނޭގި، ކުއްލިއަކަށް ގައްޒާފީއާ ދެޮކޅު ހަނގުރާމަވެރިން ފެހި މައިދާނުން ފާޅުވެ ވެރިރަށް ޓްރިޮޕލީ އެމީހުންގެ ބާރު ދަށަށް ޮގސް ގައްޒާފީގެ

ބައެއް ދަރިދަރިކަލުން ހައްޔަރުވެސް ވެއްޖެއެވެ.މިހިސާބަށް ދިޔުމަކުން ވެސް ގައްޒާފީގެ ބަސްމަގަށް ބަދަލެއް

ނާދެއެވެ. ރައްޔިތުންނަށް ޖިހާދުގެ ހިތްވަރުން ހިތްވަރު ދެއްވުމުގައި ގައްޒާފީ ޮކންމެވެސް ތަނެއްގައި ފިއްލަވާ ހުންނެވިއިރު ރައްޔިތުން މައިދާންތަކަށް އެއްވެ

ގައްޒާފީގެ ވެރިކަން ނިމުމަކަށް ގެނެވޭތީވެ އުފާ ފާޅުކުރަމުންދަނީއެވެ. ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ވެސް ހަމަ މިފަދައެވެ. އޭނާ މިހާރު ވިދާޅުވާ ވާހަކަފުޅަކީ ސީރިޔާގެ އަސްކަރީ ކެރިޯފރުންތެރިކަމާއި ކުޅަދާނަކަން ދުނިޔޭގެ ހަމައެއްވެސް ބާރަކަށް ރޭކާވެސް ނުލާނެ ކަމަށާއި

އަރަބި ގައުމުތަކުގެ

ދޫ ވެރިންގެ ދުލުގެ ާޖއިާމދު ލަީތފު

Page 15: Sun Magazine 30

15

އޭނާގެ ސަރުކާރު ވައްޓާލަން އުޅޭ ބާޢީންގެ މަދު ބަޔަކަށް ވާގިވެރިވާން އެހެން ގައުމަކުން ދިމާޮކށްފިނަމަ ގަދަފަދަވެގެންވާ ރައްދަކުން ރައްދުދީ އެބަޔަކު

ނިކަމެތިޮކށްލާނެ ކަމުގައެވެ. ބައްޝާރު މިހެން ވިދާޅުވާއިރު ޖެހިގެން ޮއތް އިޒްރޭލު ބޭނުން

ޮކންމެ އިރަކު ސީރިޔާގެ ވައިގެ ސަރަހައްދުގެ ހުރުމަތް ކަނޑައި ބައްޝާރުގެ ގަނޑުވަރުގެ މަތިން މަތިންދާޯބޓު އުދުއްސައި ބޭނުންތާކަށް ޮބން ވައްޓަމުންދާއިރު

އެއްކަލަ ޮގތް ނޭގޭ ބާރުވީތަނެއް އެނގޭ މީހަކު ނެތެވެ. ސީރިޔާގެ އެންމެ މުއްސަނދި އެއް ސަރަހައްދު ކަމަށްވާ ޯގލާން ހައިޓްސް ހިފައިގެން ތިބެ ސީރިޔާގެ ވެރިރަށް ދިމިޝްގަށް ވަދެ ނުކުމެވާ މީހުން ބަލަން އިޒްރޭލް ސިފައިން ދުރުމި އަޅާއިރުވެސް އެއްކަލަ ބާރު ހަމަ ޮއތްޮގތަށް ޮއތީ

އެވެ. އެބާރުގެ މަތިން ރައީސް ބައްޝާރު ހަނދުމަފުޅުވީ އޭނާގެ ވެރިކަން ވެއްޓިދާނޭހެން ހީފުޅުވެ ރައްޔިތުން ދެކެ ބިރުފުޅުގެން ވަޑައިގަތުމުންނެވެ. ބައްޝާރު އެވިދާޅުވާ ހާސް

ބާރު ހުއްޓަސް އޭނާގެ ވެރިކަން ނިމެން ދެން މާގިނަ ދުވަސްތަކެއް ނެތްކަމީ މުޅިން

ޔަގީން ކަމެކެވެ.ޒަމާނުއްސުރެ އަރަބި

ގައުމުތަކުގެ ވެރީން ގެންދަވަނީ އެ ބޭފުޅުގެ ދުލުގެ ޖާދޫ އޭގެ

އެންމެ މަތީ ފެންވަރުގައި ބޭނުންފުޅު ކުރައްވަމުންނެވެ. އެހެން ނަމަވެސް ކުރީގެ މަންޒަރު މިހާރު އެދަނީ

ބަދަލުވަމުންނެވެ. ކުރިމަގުގެ މަންޒަރު ކައިރިވަމުން ޮބޑުވަމުން އެހެރަގެން އަންނަނީއެވެ. އަރަބި ދުނިޔޭގެ މަސްރަހަށް މި އަންނަ

ބަދަލުތަކަކީ ހިނިއައިސްގެން ޯޖކަކަށް ދައްކާލެވޭ ވަރަށް ވުރެ

ސީރިޔަސް ވާހަކައެކެވެ.

Page 16: Sun Magazine 30
Page 17: Sun Magazine 30
Page 18: Sun Magazine 30

18

މީހުން ބައެއް ފަހަރު ބުނެއެވެ. ގާސިމަށް ކުރެވޭނީ ޮކންވެރިކަމެއް ހެއްޔެވެ. އެބެފުޅާއަކަށް އެކަމެއް ނުވާނެއެވެ. އެކަމަކު އެބޭފުޅާ ދައްކަވާ

ބޭފުޅަކަށް ރައްޔިތުންގެ ބަޔަކު ޯވޓު ދެއްވަފާނެއެވެ. ތެދުފުޅެކެވެ. އިއްޔެގެ މަންޒަރަށް ބަލައިފިނަމަ އެވާހަކައިގެ

ޮކންމެވެސް އަސްލެއް އެބަޮއތެވެ. މިޮގތަށް ޒުވާބުދޭ ފަރާތްތަކުގެ އަސާސް ބިނާކުރައްނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާއަށެވެ. އެ އިންތިހާބުގައި ގާސިމް އިބްރާހިމަށް ލިބިވަޑައިގަތީ ހަސަން ސައީދުގެ

ފަހަތްޕުޅުން 4 ވަނައެވެ. ގާސިމަށް ވެރިކަމަށް ނާދެވޭނެއޭ ބުނާ މީހުންގެ ވާހަކަތައް ބިނާކުރަނީ މިނަތީޖާ އަސްލަކަށް ބަލައިގެނެއެވެ. އަދި އެ އިންތިހާބުގައި ގާސިމު ވެރިކަމަށް އަންނަން ކުރި ހޭދައިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމު ޯހދި ޯވޓުގެ އަދަދަށެވެ. 2008 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެއްގެ ޮގތުގައި ގާސިމް ނުކުންނަވައި ކާމިޔާބުކުރެއްވީ 27056 ޯވޓެވެ. މިއީ ޯވޓުލީ މީހުންގެ

ނިސްބަތުން 15.32% މީހުނެވެ. މިއީ އެކަނި ގިނިކަންޏާ ނުކުންނަވައިގެން މަދު އަދަދެއް ނޫނެވެ. އެކަމަކު ގާސިމު ފަދަ ބޭފުޅަކަށް މިއީ މަދު އަދެއްކަމަށް ބައެއް މީހުން ނަށް ގާބުލުކުރެވުނެވެ. ސަބަބު ވަރަށް ސާފެވެ. ރާއްޖޭގެ ކުދި ޮބޑު އެންމެން ކަހަލަ

ޮގތަކަށް ދަންނަ ބޭފުޅެކެވެ. އެތަކެއް ބަޔަކަށް އެހީތެރިކަން ޯފރުވައި އަދި ޯފރުވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ރާއްޖޭގެ އެންމެ ޮބޑެތި މުއްސަދިންގެތެރޭން

އެކެކެވެ. މިސަބަބައްޓަކައި ހުރެ "ބުރުމާ" ގާސިމު މިއަށްވުރެ ގިނަ ޯވޓު ޯހދަން ޖެހޭނެކަމަށް ބައެއް މިހުންނަށް ގަބޫލުކުރެވުނެވެ. އަދި އެކަން އެޮގތަށް

ވާންޖެހޭނެކަމަށް އާންމުންގެ ހިތްތަކުގައިވަނީ ބިންވަޅުނެގިފައެވެ. ގާސިމަށް ލިބިލެއްވި 27056 ޯވޓަކީ ގާސިމު ވީމަ ލިބިލެއްވި

ޯވޓެވެ. ގާސިމަށް ދިން ޯވޓެވެ. އިންޑިޕެންޑެންޓް ނުވަތަ ވަކި ފަރާތަކަށް ނުޖެހޭ ބައެއްގެ ޯވޓު ގާސިމަށް ކާމިޔާބު ކުރެއްވުނު ކަމަކަށްނުފެނެއެވެ. އެހެނީ އޭރު ގާސިމު ލޭބަލް ވެފައި ޮއތީ އެންދެރިމާގޭ "މީހެއްގެ" ޮގތުގައެވެ. އިލްޔާސް

އިބްރާހިމްގެ މާ އަރިސް ބޭފުޅެއްގެ ޮގތުގައެވެ. ގާސިމު ނުކުންނެވީ އިލްޔާސް ވިދާޅުވެގެން ޯވޓު ބައިބައި ކުރައްވަންކަމައްވެސް ވާހަކަތައް ދެކެވުނެވެ. އަދި

ގާސިމަކީ ޮގތްނޭގޭ އެޖެންޓެއްގެ ޮގތުގައިވަނީ ލޭބަކްކުރެވިފައެވެ. މިހުރިހާކަމަކަށް ވުރެން ޮބޑަށް ގާސިމު ޯހއްދެވި ޯވޓުގެ

އަދަދު މަދުވުމުގެ އެއްސަބަބަކީ ގާސިމުގެ ރިޔާސީ ކެންޕޭނަކީ އެއްވެސް ރޭވުންތެރިކަމެއް ނެތް ހަމައެކަނި ފައިސާއާއި ޮޑލަރުގެ މަތީގައި ބިނާކުރެވިފައިވާ

ކެންޕޭނެއްކަމަށް އެކެންޕެއިން ހިންގަވަން ތިބި ބޭފުޅުންނަށް ހީފުޅުވުމެވެ. އިންތިހާބެއްގައިފައިސާއާއި ޮޑލަރަކީ ވަރަށް މުހިއްމު އެއްޗެކެވެ.

އެކަމަކު އެއީ "އިލާހެއް" ނޫންކަން މި އިންތިހާބުގައި ގާސިމަށް ލިބިލެއްވި ޯވޓުންވަނީ ކަށަވަރުޮކއްދީފައެވެ. އަދި މި އިންތިހާބުން އެންމެ މުހިއްމު ފިލާވަޅެއް ލިބިލެއްވި އެއްބޭފުޅަކީ ހުދު ގާސިމް ކަމަށް ވުމީ ވެސް އެކަށީގެން ވާކަމެކެވެ.

ބޮޑުމަންޒަރު ފެންާނީނ ކިހިނެއް؟ާގސިމަށް ވެރިކަމަށް ާއދެވުމުގެ ފުރުސަތު އޮީތ ކިާހ ވަރަކަށް؟

އަބްދުهللا ޝިާނން

Page 19: Sun Magazine 30

19

އަޅުގަޑު ދަންނަވަން މިއުޅެނީ މީހާ ޯދހަޅި، އެއްވެސް ދުރު ވިސްނުމެއް ނެތް، ރޭވުންތެރިކަމެއް ނެތް، ވާދަވެރި އިންތިހާބެއްގައި ބައިވެރިވެ ވަޑައިގެން

"ބުރުމާ ގާސިމް ބްރޭންޑަށް" ޯހދި ޯވޓަކީ މަދު އަދަދެއް ނޫނެނެވެ. އެއީ ރަގަޅު ރޭވުންތެރިކާމާއި ތޫނުފިލިކަމާއިއެކު، ކަމުގެ ހުނަރުވެރިން ގެ އިހްލާސްތެރި މަސައްކަތްތަކެއް

އެކުލެވިގެން ހިންގުނު އިންތިހާބެއްނަމަ މިއަދަދު

މީގެ 02 ގުނައަށް ގެންދިއުމުގެ ފުރުސަތު

ޮއތް ކެންޕޭނެކެވެ. މިކަން 2008 ވަނަ އަހަރުގެ

ނަތީޖާއިން ވަރަށް ރަގަޅަށް ސާފުވާނެއެވެ.

ގާސިމުގެ ކުރިން 29633 ޯވޓުގެ

ނަތިޖާއާއި އެކު ރިޔާސީ އިންތިހާބުގެ ފުރަތަމަބުރުން

3 ވަނަ ޯހއްދެވީ ޑރ.ހަސަން ސައީދެވެ. އެއީ ޯވޓު ލީމީހުންގެ ނިސްބަތުން %16.78 މީހުނެވެ. ޑރ.ހަސަން

ފާހަގަކުރެއްވުނީ އިސްލާހީ ހެޮޔބަދަލްތަކެއް،

އިހްލާސްތެރިކަމާއި އެކު ގެންނަވަން މަސައްކަތް

ކުރެއްވި ބޭފުޅެއްގެ ޮގތުގައެވެ. އަނެއްޮކޅުން ޑރ.ހަސަނަކީ ރާއްޖޭގ2ެ ވަނައަށް އެންމެ އާބާދީ ޮބޑު އާއްޑުއަށް ނިސްބަތްވެ ވަޑައިގެންނަވާ ބޭފުޅެކެވެ.

އިލްމީޮގތުން ފުންނާބުއުސް ބޭފުޅެއްވެސް މެއެވެ. އަދި ޑރ.ހަސަންގެ ގެ އަރިހުން ފެންނަމުން ދިޔަ ބޭފުޅުން މަދުކަމުގައިވިޔަސް އެބޭފުޅުންޮކޅަކީ ތައުލީމީ އަދި

ބޮޑުމަންޒަރު ފެންާނީނ ކިހިނެއް؟ާގސިމަށް ވެރިކަމަށް ާއދެވުމުގެ ފުރުސަތު އޮީތ ކިާހ ވަރަކަށް؟

ސިޔާސީ ޮގތުން ތަޖްރިބާކާރު ބޭފުޅުންޮކޅެކެވެ. އެންމެ އާދާއިގެ ޮގތަށް ބުނާނަމަ ހަސަންގެ އަރިހުގައި އޭރު މައްސައްކަތްކުރާތަން ފެންނަމުންދިޔައީ

ޒުވާން ތައުލީމީ ޓީމެކެވެ. ޑރ.ހަސަންގެ ރަނިންމޭޓަކަށް ހުންނެވީ ވެސް ތައުލީމީ ގާބިލް ބޭފުޅެކެވެ. ރައީސް މައުމޫނުގެ ހާރީޖީ ވަޒީރުކަމުގައި ހުންނަވައި އިސްލާހީ ހެޮޔބަދަލުތައް ނުގެންނަވާކަމަށް ވިދާޅުވެ އަމިއްލަފުޅަށް އިސްތިއުފާ ދެއްވައި ނުކުންނެވި ބެފުޅެކެވެ. ސިޔަސީ ތަޖުރިބާގެ ޮގތުން މުއްސަނދި އަދި އޭރޫގެ ރާއްޖެގެ ހާލަތު އެންމެ ރަގަޅަށް ދެނިވަޑައިގެން ހުންނެވި އެއް ބޭފުޅާއެވެ. އެހެންކަމުން އޭރު ޮއތް ހާލަތުގައި މިބޭފުޅުން ބަލައިގަނެވުނީ ޖެހިލުންކުޑަ ޒިންމާދާރު ޒުވާން ލީޑަރުންތަކެއްގެ ޮގތުގައެވެ. އަދި މީގެތެރައަށް އިތުރުވި

އަނެއް މުހިއްމު ބޭފުޅަކީ ކުރީގެ ޖަސްޓިސް މިނިސްޓަރ ކަމުގައި ހުންނަވައި އަމިއްލަފުޅަށް އިސްތިއުފާ ދެއްވި އިސްލާހީ މަސައްކަތައް ނުކުންނެވި

ޑރ.ޖަމީލެވެ. އެހެންކަމުން މިބޭފުޅުންގެ މަސައްކަތް އޭރު ޮއތް މާހައުލުގައި ވަރަށް ޮބޑަށް ބަލައި ގަނެވުނެވެ. އަދި ހަމަ އެއާއި އެކު އެބޭފުޅުން އޭރުގެ ރައީސް މައުމޫނަށް ދެއްވަމުން ގެންދެވި ސިޔާސީ ހަމަލާތައް ވެގެން ދިޔައީ

އާންމުގެ ކުރިމަތީ މަގްބޫލު އަދި ބަލައިގަނެވޭފަދަ ވާހަކަތަކަކަށެވެ. އެހެންކަމުން އެދުވަހު އެޮއތް މާހާލުގައި ރޭވުންތެރިކަމާއި

ސިޔާސީ ހިކުމަތު އަމަލީ ބެނުން ކުރެއްވުމުގެ ސަބަކަށްވީ ޑރ.ހަސަން ސައީދު ގާސިމުގެ މައްޗަށް 2577 ޯވޓުގެ ކުރިއެރުމެއް ޯހދުމެވެ.

ގާސިމާއި ރައީސް ނަޝީދާއި އަޅުވާކިޔާއިރު 17237 ޯވޓުގެ ތަފާތަކުން ކުރި ޯހއްދަވާފައިވަނީ ރައީސް ނަޝީދެވެ. މިދިޔަ ރިޔާސި އިންތިހާބައް ބަލާއިރު އެންމެ ޑިސިޕްލިން އަދި އެންމެ ސްޓްރެޓެޖިކް

ކެންޕެއިނެއް ހިންގާފައިވަނީ އެމްޑީޕީންނެވެ. ރޭވުންތެރިކަމާއި ދުރުވިސްނުމާއި ކަމުގެ ފަންނުވެރިންނާއި އެބައިމީހުންގެ މަސައްކަތާއި ރޫހު އެންމެ

ފުރިހަމަޔަށް ފެނިގެން ދިޔައީ އެމްޑީޕީގެ ކެންޕެއިންގެތެރެއިންނެވެ. އަދި އިންތިހާބުގެ ވަގުތު ކައިރިވަމުންއައި ވަރަކަށް ރައީސް ނަޝީދުގެ ފަހަތުގައި

ވަރުގަދަ ޓީމެއް ޮއތްކަމުގެ އިމޭޖް ދިޔައީ ދައްކުވަމުންނެވެ. އެޮގތުން ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ރައީސް ނަޝީދުގެ ރަނިންގް މޭޓަކަށް

ޮނމިނޭޓް ކުރެއްވުން ފާހަގަކުރެވެއެވެ. 2008 ވަނަ އަހަރު އެމްޑިޕީން އެކުރި މަސައްކަތް އެރޫހުގައި

Page 20: Sun Magazine 30

20

އެޯފރީގައި 2013 ވަނަ އަހަރު ތަކުރާރު ކުރުމަކީ ނާދިރުކަމެކެވެ. އެދުވަހާއި މިއަދުގެ ހާލަތު މިވަނީ މުޅިން ބަދަލުވެފައެވެ. އެދުވަހު މުޅިއެމްޑީޕީ

މަސައްކަތްކުރީ ވަރަށް ވަރުގަދަ ޓީމެއްގެ ޮގތުގައެވެ. އެދުވަހު އެމްޑީޕީ އެކުރި މަސައްކަތް ވަރަށް ރަގަޅަށް ވަރަށް

ގިނަބަޔަކަށް ފެންނާނެއެވެ. 2008 ވަނަ އަހަރު ފުރަތަމަ ބުރުގައި 2 ވަނާގައި ޮއވެ ރައީސް ނަޝީދު އިންތިހާބު ނިންމެވުމުގެ މައިގަންޑު އަސްލަކީ ރައީސް ނަޝީދާއެކު އެމްޑީޕީގައި މަސައްކަތް ކުރަމުންދިޔަ ޓީމުގެ ހިކްމަތާއި ހުނަރެވެ.

އެބައިމީހުންގެ ކެރުމާއި ހިއްވަރެވެ. އަދި އެމީހުންތެރެއިން ފާޅުވަމުންދިޔަ ފަންނީ އިލްމީ މޫނުތަކެވެ. އަދި ރައީސް ނަޝިދު ގިކަންޏާ ހުންނަވައިގެން ކުރައްވާ

ކަމެއް ނޫކަން އެހިސާބުން ރައްޔިތުންނަށް ދިޔައީ ފެންނަމުންނެވެ. އޭގެ ނަތިޖާއަކީ ރިޔަސީ އިންތިހާބުގެ ފުރަތަމަ ބުރުން 44293 ޯވޓު ޯހއްދަވައިގެން ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގައި ރައީސް މައުމޫނާއި ވާދަކުރެއްވުމުގެ

ފުރުސަތު ޯހއްދެވުމެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެކުރި ޮގތަށް އެރޫހުގައި ދެން ކެންޕެއިނެއް ކުރުމަކީ ވުމައްވުރެން ނުވުން ގާތްކަމެކެވެ.

ކުރިޔަށް ޮއތް 30 އަހަރުވެސް އެފަދަ ރޫހެއްގައި އެފަދަ ވަރުގަދަ ކެންޕެއިނެއް

ފެނުމަކީ ދުރުކަމެކެވެ. ދިވެހިރާއްޖެގަ އުފެދިފައި ޮއތް އެއްވެސް ސިޔާސީ ޕާޓީއަކުން ކައިރި މުސްތަގްބަލެއްގައި އެފަދަ ރޫހެއްގައި އެފަދަ ވަރުގަދަ ކެންޕެއިނެއް ކުރުމަކީ ދަތިކަމެކެވެ. މިހާ ފުރިހަމަ ކެންޕެނެއް އެމްޑިޕީން

ހިންގިނަމަވެސް އެ ޕާޓީއަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ކާމިޔާބު ކުރެވުނީ ޯވޓުލީ މީހުންގެ % 20.09 ޯވޓެވެ. މިއަދަދަކީ ރާއްޖެގެ ސިޔާސީ މައިދާނުގައި ނާގާކިޔާކަމަށް އޭރު ބުނަމުން އައި ޮޕލިޓިކަލް ހެވީ ވެއިޓުންގެ

މާޮބޑު ބައިވެރިވުމެއް އަމަލީ ޮގތުން ރައްޔިތުންނަށް ނުފެނި ރައީސް ނަޝިދު އިސްވެހުންނަވައި އެމްޑިޕީއަށް ޯހއްދަވައި ދެއްވި ޯވޓެވެ.

ނަމަވެސް މިދެންނެވި ވަރުގަދަ ކެންޕެއިންގައި މުޅިއެމްޑިޕީގެ މެޝިން "މެކުހަށް" ޖަހައި، އެއްރޫހެއްގައި، ނުކުމެ ޯހދި ޯވޓުގެ 2 ގުނަ ޑީއާރުޕީން ނުކުންނެވި ކެންޑިޑޭޓް ކުރީގެ ރައީސް މައުމޫނު ޯހއްދެވިއެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް މައުމޫނު 71731 ޯވޓު ކާމިޔާބު ކުރެއްވިއެވެ. އެއީ ޯވޓުލީ މީހުންގެ ނިސްބަތުން 40.63% މީހުނެވެ. ފުރަތަމަ ބުރުން

ރައީސް މައުމޫނު ރައީސް ނަޝީދުގެ މައްޗަށް ކުރި ޯހއްދެވީ 27438 ޯވޓުގެ ތަފާތުންނެވެ.

އޭރު ޮއތް، ރައީސް މައުމޫނާއި ދެޮކޅުވެރި މާހައުލުގައި ރައީސް ނަޝިދާއި ރައީސް މައުމޫނާއި ދެމެދު އެޮއތް ތަފާތު އެޮގތަށް ފެނުނީ ކީއްވެޯތ

މިއީ ބައެއްގެ ހިތުގައި އުފެދިދާނެ ސުވާލެކެވެ. އެސުވާލުގެ ޖަވާބަކީ ރާއްޖޭގެ އެވަގުތު ތިބި ޮޕލިޓިކަލް ހެވީ ވެއިޓުން

ރައީސް ނަޝިދުގެ ޓީމަށް ލުމަށް އެބެފުޅާ ނުކުޅެދުމެވެ. ނަމަވެސް 2 ވަނަ ބުރުގައި މަންޒަރު މުޅިންތަފާތެވެ. ރައީސް ނަޝީދުގެ ޯބޓަށް އެވަގުތު ރާއްޖޭގެ ސިޔާސީ މައިދާނުގައި ނަގާކިޔާ ހުރިހާ ފަރާތްތަކެއް އެރުވިއެވެ. އަދި އެއްފަހަރާ ރާއްޖޭގެ އެކި ކަންޮކޅުތަކުގައި

އިއްތިހާދުގެ ނަމުގައި ކެންޕޭނުތައް އޭރުގެ ރައީސް މައުމޫނާއި ދެޮކޅަށް ކުރިޔަށް ގެންދިޔައެވެ. އޭރު މަންޒަރު ބެލި މީހުނަށް ފެނިގެން ދިޔައީ ވަރަށް

އުންމީދުން ފުރިގެންވާ ޒުވާން، އިސްލާހަށް މަސައްކަތްކުރާ ވަރަށް ގާބިލް ޓީމެއް ރައީސް ނަޝީދުގެ އަރިހުގައި މަސައްކަތް ކުރައްވަމުން ދިޔަތަނެވެ. އަދި އެޓީމަކީ އެވަގުތު ރާއްޖެ ޮއތް ހާލަތު އެންމެ ރަގަޅަށް އެގޭނެ އަދި ރާއްޖެގެ

ކަންކަން ހަމަ މަގަށް އެޅުވުމުގެ ގާބިލްކަން ހުރި ޓިމެއްކަމާއި މެދު ރައްޔިތުން

Page 21: Sun Magazine 30

21

ޝަކުނުކުރާވަރުގެ ޓީމެކެވެ. އެޓީމުގައި އެވަގުތު ރާއްޖެގެ އެންމެ ވަރުގަދަ ސިޔާސީ "ހެވީ ވެއިޓުން" ފެންނަމުން ދިޔައެވެ. އޭގެތެރޭ ރައީސް ނަޝީދާއި، ޑރ. ހަސަން ސައީދާއި، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، ގާސިމް

އިބްރާހިމާއި، ޑރ.ޖަމީލާއި އަދި އިބްރާހިމް އިސްމާއިލް )އިބްރާ( ފަދަ އެތަކެއް ބޭފުޅުންނެއް ފާހަގަޮކއްލެވެއެވެ.

އެމްޑިޕީގެ ކެންޕެއިން ގެފުރިހަމަކާމާއި އަދި

އެކެން ޕެއިންގެ ޮމމެންޓަމް މިބޭފުޅުން

ގުޅުނު ހިސާބުން ބާރުވެގެން ދިޔައެވެ. އެބެފުޅުން ގުޅުމުގެ ސަބަބުން ލިބުނު

ފުރިހަމަކަން ވެގެން ދިޔައީ ރައީސް

މައުމޫނުގެ ޒަމާންވީ 30 އަހަރު ވެއްޓިގެން ދިޔަ

ސަބަބަށެވެ.

އެހެންކަމުން އަޅުގަނޑު ދަންނަވަން މިއުޅެނީ ރައީސް ނަޝީދު

ވެރިކަމަށް އިންތިހާބުވި އުސޫލުން ގާސިމް އިބްރާހިމަށްވެސް

ރާއްޖެގެ ރައީސުލްޖުމްހޫރިއްޔާގެ ޮގންޑިޔަށް އިންތިހާބު

ވެވިދާނެއެވެ.އެއްވެސް ރޭވުންތެރިކަމެއް ނެތް

އަދި ގާސިމުގެ މައްޗަށް ޝައްކާއި ވަހުމުގެ ބެލުމަކުން ބަލަމުން ދިޔަ ވަގުތެއްގައި

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި

27056 ޯވޓު ކާމިޔާބު ކުރެއްވުނު އިރު 2013 ގެ ރިޔާސީ އިންތިހާބުގައި ގާސިމު ވާދަކުރައްވައިގެން އެއަދަދު މިއަދުގެ މާހައުލުގައި 03 ގުނަ ކުރުމުގެ

ފުރުސަތު އެބަޮއތެވެ. ނަމަވެސް 2008ގެ ޯގސްތައް އަލުން ތަކުރާރު ކުރައްވައިގެން ނުވާނެއެވެ. ޖުމްހޫރީ ޕާޓީން ނުކުންނަވައިގެން ރާއްޖޭގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުން ވާނީ ސިޔާސީ މުއުޖިޒާތަކަށެވެ. އެކަން ކުރެއްވޭނީ ސިޔާސި ވަރުގަދަ ޓީމެއް އުފައްދަވައިގެނެވެ. ސިޔާސީ ވަރުގަދަ ހެވި

ވެއިޓުންގެ މަދަދާއި އެހީތެރިކަން ލިބިގެނެވެ. އެމިހުން ގާސިމުގެ ފަހަތައް ވެއްދިގެނެވެ. ނުވަތަ ގާސިމް އެމީހުންގެ ފަހަތައް ވަދެވިގެނެވެ.

އެއާއި ހިލާފަށް 2008 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ގާސިމް އަމަލު ކުރެއްވި ޮގތަށް ފައިސާއާއި ޮޑލަރަކީ އިންތިހާބުގައި

ނަތީޖާ ކަންޑައަޅާ އަސްލު ކަމައްބައްލަވާ އަދި މީހުން ނުދަންނަ މިއަދުގެ

އަޅުގަޑުމެންގެ މި ހަލަޮބލި ސިޔާސީ މައިދާނަށް ނުފަރިތަ ބޭފުޅަކު ކާއިރި ކުރައްވައިގެން ނުކުންނަވައިފިނަމަ 2008 ގެ ނަތީޖާ 2013 ވަނަ އަހަރު ހަމަ

ތަކުރާވުމަކީ ދުވާލުގެ އިރު ފަދައިން ކަށަވަރު ކަމެކެވެ.ވެރިކަމަށް އަންނަން ބެނުންފުޅު ޮކންމެ ބެފުޅަކުވެސްމެ ރައީސް

ނަޝީދުގެ 2008 ވަނަ އަހަރުގެ ފަލްސަފާ ބެނުންކުރައްވައިފިނަމަ 2013 ގެ އިންތިހާބު އެފަރާތަކަށް

އެންބުރުމަކީ ގާތްކަމެކެވެ. ރައީސް ނަޝީދު އޭރު ގެންގުޅުއްވި

ފަލްސަފާއަކީ ހިފަން ޖެހުނު ޮކންމެ ބޭފުޅެއްގެ އަތްޕުޅުގައި ހިފުމެވެ.

އަދި އަތްލައްވަން ޖެހުނު ޮކންމެ

ބޭފުޅެއްގެ ގައިޮކޅުގައި އަތްލެއްވުމެވެ. އަދި ކަންވުމުން އެންމެން

އެއްފަރާތްކުރުމެވެ.2013 ވަނަ އަހަރުވެސް ކަންވާނީ ހަމަ މިޮގތައް ކަމައް ބެލެވެއެވެ. ގާސިމް

އިބްރާހިމުގެ ކުޅަދާނަކަމެއް ހުރިނަމަ އެބޭފުޅާގެ

ޯބޓަށް "ފިސާރި މީހުން" އަރުވަން ޖެހެއެވެ.

މިގައުމުގައި އޭރުވެސް އަދި މިހާރުވެސް މުހިއްމީ ޑިޮމކްރަސީއެއް ނޫނެވެ.

އަދި ޑިޮމކްރެޓިކް އުސޫލެއްވެސް ނޫނެވެ. މިގައުމުގައި އޭރުވެސް

އަދި މިހާރުވެސް މުހިއްމީ މީހާއެވެ.

އެމްޑިޕީއަށް މުހިއްމީ ރައީސް ނަޝީދެވެ. ޑީއާރުޕީއަށް މުހިއްމީ

ކުރީގެ ރައީސް މައުމޫނެވެ. ބަޔަކު ގަބޫލުކުރިޔަސް އަދި ނުކުރިޔަސް އަދިވެސް މިރާއްޖެގައި

މުހިއްމީ މީހާއެވެ. އޭގެ ހެއްކަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމެވެ. މިވަގުތު ސިޔާސީ އެންމެ ވަރުގަދަ ހެވީ ވެއިޓަކީ ރައީސް މައުމޫނެވެ. އޭގެ

ހެކިތައް ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް "ޒެޑް-ޑިއާރުޕީގެ" އެއްވުންތަކުން އެދަނީ ފެންނަމުންނެވެ.

2013 ވަނަ އަހަރު ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީނަމަ ރައީސް ނަޝިދު ހެއްދެވިހެން އަތުގައި ހިފަންޖެހޭ މީހެއްގެ އަތުގައި ހިފަން ނުކެރި

ހުރެގެން ނުވާނެއެވެ. އަދި އެފަރާތްތަށް ގާސިމުގެ ސަވާރިއަށް އެރުވިއްޖެނަމަ ކުރިން މީހުން އެބުނާ ބުނުން ބަދަލުކުރެވޭނެއެވެ. ގާސިމް ބުނާ މީހަކަށް ޯވޓުލުމުގެ ބަދަލުގައި އެބެފުޅުން ބުނާ ބުނުމަށް ގާސިމަށް ޯވޓުލާނެއެވެ. މިގައުމުގައި އޭރުވެސް

އަދި މިހާރުވެސް މުހިއްމީ ހަމަ މީހާއެވެ.

Page 22: Sun Magazine 30

22

މެދުގައި ޮކށްފައި ޮއތް ޢަހްދަކާއި ޤަރާރަކާ އެބަޮއތޭ.. މިކަންތައް ދުވަހަކު ވެސް އުވި ނުދާނެޔޭ.. މިހެން ތިމަން މީހުންގެ އަތުގައި ލިޔެފައި އެބަޮއތޭ.. ހަމަ ތިމަން މީހުންގެ ރަށްތައް ފަދައިން ތިމަން މީހުންގެ އަމުރުގެ ދަށުގަޔޭ ދިވެހިރާއްޖެ ވެސް ވަނީ.. އެއީ

ކިޔެއްވެހޭ ތިޔަ ރާއްޖެޔަށް ރަސްކަލަކު ތިމަން މީހުން ލީމުއޭ.. އެއީ އުއްތު މުޙައްމަދު ޮބޑު ތަކުރުފާނެވެ.. އަދި އޭނާގެ ގާތުގައި ވަޒީރު ކަމުގައި ޢަލީ ޙާޖީ ބެހެއްޓީމުއޭ ..."

އެހެންކަމުން މީލާދީން 1495 ވަނަ އަހަރުން ފެށިގެން 1828 ވަނަ އަހަރާ ހަމައަށް )333 އަހަރު( ދިވެހީންނަށް ކަންނަންނޫރުގެ ވެރިކަމުގައި ހުންނެވި އަލީރާޖާއަކާ މުވާމަލާތް ކުރެވިފައިވާކަމަށް ތާރީހުން ދައްކާއިރު، އެއީ އެކަކު ކަމަށް ވެދާނެބާވައެވެ؟ މި ސުވާލަށް ޖަވާބު ޯހދުމަށް ޓަކައި އަވައްޓެރި ކެރެލާގެ މަލާބާރު ސަރަހައްދުގެ ތާރީހަށް

ނަޒަރެއް ހިންގައިލުމަކީ މުހިއްމުކަމެކެވެ. މަލާބާރު ސަރަހައްދަކީ މިހާރުގެ ކެރެލާ އިސްޓޭޓުގެ އުތުރުބައެވެ. މިހާރު ކެރެލާ އިސްޓޭޓު ޮއތް ޮގތުން އެ އިސްޓޭޓުގެ އުތުރުގެ ހަތް ޑިސްޓްރިކްޓު ނިސްބަތް ވަނީ މަލާބާރު ސަރަހައްދަށެވެ. އެއީ ކަސަރަޮގޑާއި، ކަންނަންނޫރު )ކަންނޫރު( އާއި، ވަޔަނާޑާއި، ކާލީޯކޓު )ޯކޜިއްޯކޑު( އާއި، މަލައްޕޫރަމާއި، ޕާލައްކާޑާއި، ތުރިޝޫރެވެ. މަލާބާރުގައި ނުހިމެނޭ ހަތް ޑިސްޓްރިކްޓަކީ ޮކއްޗޭ ނުވަތަ ޮކޗިން )އެރްނާކުލަމް( އާއި، އިޑުކީ އާއި، ޮކއްޓަޔަމް އާއި، އަލަޕޭ )އަލައްޕުޜާ( އާއި، ޕަތަނަމްތިޓާ އާއި، ޮކއްލަމާއި،

ޓްރިވެންޑްރަމް )ތިރުވަނަންތަޕޫރަމް( އެވެ.ކަންނަންނޫރު ޮއންނަނީ ކާލީޯކޓު )ޯކޜިއްޯކޑު( ގެ

އުތުރުން ގާތްގަނޑަކަށް 90 ވަރަކަށް ކިޯލމީޓަރު ދުރުގައެވެ. މިއީ ގަދީމީ ކެރެލާގެ މުހިއްމު ބަނދަރުތަކުގެ ތެރެއިން

ބަނދަރެކެވެ. މީލާދީން 1505 ވަނަ އަހަރު ޯޕޗުގީޒުން ބިނާ ކުރި ޯކއްޓޭއަކީ ކަންނަންނޫރުގެ މުހިއްމު ބިނާތަކުގެ ތެރެއިން

ބިނާއެކެވެ. ޑަޗުން ވަނީ މިތަން 1663 ގައި ޯޕޗުގީޒުން އަތުން އަތުލައި 1772 ގައި ކަންނޫރު އަލީ ރާޖާއަށް

ވިއްކާލާފައެވެ. އަލީ ރާޖާ އަތުން އިނގިރޭސީން މިތަން އަތުލައިގަތީ 1790 ވަނަ އަހަރުއެވެ. އިނގިރޭސީން މި ޯކއްޓޭ

އަލުން ބިނާކުރިއެވެ. އަދި ފަހުން މި ޯކއްޓޭ ވެގެން ދިޔައީ މަލާބާރުގައި ހުރި އިނގިރޭސީންގެ އެންމެ މުހިއްމު އަސްކަރީ މަރުކަޒަށެވެ.

ކަންނަންނޫރުގެ މުސްލިމް ޝާހީ ދަރިޮކޅުގެ ފެށުމާ ބެހޭ ޮގތުން ކިޔޭ ކާދައިގައި ވާ ޮގތުން ގަރުނުތަކެއް ކުރީން ޮކލަތުނާޑޫ )މިހާރުގެ ކަންނަންނޫރު( ގައި ވެރިކަން ކުރައްވަމުން ގެންދެވީ ޗިރައްކަލް ރާޖާއެވެ. އެއް ދުވަހަކު މި ރާޖާގެ ދަރިކަނބަލުން

"ޗިރައްކަލްކުޅަމް"އޭ ކިޔޭ ފެންގަނޑަށް އެރިވަޑައިގެން ނާނޭ ފިއްލަވާން އުޅުއްވަނިޮކށް އެކަމަނާ ފެތިވަޑައިގަންނަވާތަން ފެނުމުން އެކަމަނާގެ އަރިހުގައި ދިޔަ ބާނދީން ހަޅޭއް ލަވަން ފެށިއެވެ. އެމީހުންނަށް އެކަމަނާ ސަލާމަތް ކުރެވޭނެ ޮގތެއް ނެތުމުންނެވެ. އެ

ވަގުތު އެ ހިސާބުގައި ހުރި މުސްލިމު ފިރިހެން ކުއްޖަކަށް އެ އަޑު އިވިގެން އެކަމަނާ ސަލާމަތް ކުރިއެވެ. އަދި އެކަމަނާގެ ގައިޮކޅު ނިވާ ކުރެއްވުމުގެ ޮގތުން ތުރުކުރެއްވުމަށް

އޭނާގެ މުންޑު ދިނެވެ. މި ހަބަރު ރާޖާއަށް ލިބި ވަޑައިގަތުމުން އެ ފިރިހެން ކުއްޖާ

ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންޮކޅުގައި ލިޔުއްވާފައިވެއެވެ. "މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތީ 898ހ. ވަނަ

އަހަރުއެވެ. މިރަދުން ރަސްކަން ކުރައްވާތާ 2 އަހަރާއި 4 މަސް ދުވަސް ވީ ތަނާ، ކަންނަންނޫރު އަލީރާޖާގެ އެހީތެރިކަމާއެކު، އައްސުލްޠާން މުޙައްމަދު )ކަޅު މުޙައްމަދު ރަސްގެފާނު( ރަސްކަން އަތުލައްވައިފިއެވެ. އައްސުލްޠާން މުޙައްމަދު ސިރީ ދަންމަރު

ބަވަނަ މަހާރަދުން ރާއްޖޭގެ ރަސްކަމަށް އިސްވެ ވަޑައިގަންނަވާ، މިއީ ދެވަނަ ފަހަރެވެ. މިކަން ހިނގީ 900ހ. )1495މ.( ވަނަ އަހަރުއެވެ. ދެވަނަ ފަހަރެކޭ އެއްފަދައިން ތިންވަނަ ފަހަރަށް ކަޅު މުޙައްމަދު ރަސްގެފާނު ރަސްކަމަށް އިސްވެ ވަޑައިގަތީ ވެސް ކަންނަންނޫރު އަލީރާޖާގެ އެހީތެރިކަމާއެކުގައެވެ. މީގެ ބަދަލެއްގެ

ޮގތުން ޮކންމެ އަހަރަކު އެއް ފަހަރު، ދިވެހި ދައުލަތުން އަލީރާޖާއަށް ޖިޒީ ދެއްވުމަށް ކަޅު މުޙައްމަދު ރަސްގެފާނުވަނީ ވަޢުދުވެ

ވަޑައިގެން މުޢާހަދާއެއްގައި ޮސއިކުރައްވައިފައެވެ. ތިންވަނަ ފަހަރަށް ކަޅު މުޙައްމަދު ރަސްގެފާނު ރަސްކަމަށް އިސްވެ ވަޑައިގަތީ

918ހ. )1512މ.( ވަނަ އަހަރުއެވެ." އެހެން ކަމުން މީލާދީން 15 ވަނަ ގަރުނު ނިމި 16 ވަނަ ގަރުނަށް އެޅުނު ހިސާބުން ފެށިގެން ދިވެހި ތާރީހުން ކަންނަންނޫރު އަލީރާޖާގެ ވާހަކަ އެބަ

ފެނެއެވެ.މީގެ ފަސްޮދޅަހަކަށް އަހަރު ފަހުން އުތީމު މުޙައްމަދު ތަކުރުފާނު ޯޕޗުގީޒުންނާ ހަނގުރާމަ ކުރެއްވުމަށް ވެސް އަލީރާޖާގެ އެހީ ޯހއްދެވިއެވެ. މިފަހަރު މުޙައްމަދު ތަކުރުފާނާއި އަލީރާޖާއާ ދެމެދު ވެސް އެއްބަސްވުމެއްވެވުނެވެ. މިކަން ހިނގީ 981ހ. )1573މ.( ވަނަ އަހަރުއެވެ. މުޙައްމަދު ތަކުރުފާނަށް ފަހުން ދިވެހިރާއްޖޭގެ ކަންތައްތައް ހިންގުމާ ހަވާލުވީ އެ ތަކުރުފާނުގެ

ދަރިކަލުން ކަލާފާނެވެ. މަލާބާރީންގެ ހަމަލާއަކުން ކަލާފާނު ޝަހީދުވީ ހިޖްރައިން 1017 ވަނަ އަހަރުގެ ޝައްވާލު މަހުގެ 29 ވީ ބުދަ ދުވަހުއެވެ. އެއީ މީލާދީ ޮގތުން 1609 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 4 ވަނަ ދުވަހެވެ. އޭރު ވެސް ކަންނަންނޫރުގެ ވެރިކަމުގައި ހުންނެވީ އަލީރާޖާއެވެ. އަދި މަލާބާރީން ޮކރު ބަންޑާރައިން ހައްޔަރުޮކށްގެން ގެންޮގސް އެންމެ ފަހުން އެރަދުން 7 ޝައްވާލު

1170ހ. )23 ޖޫން 1757( ވީ ބުރާސްފަތި ދުވަހު މަލިކުގައި އަވަހާރަވީ އިރު ވެސް ކަންނަންނޫރުގެ ވެރިކަމުގައި ހުންނެވީ އަލީރާޖާއެވެ. ހަމަ އެހެންމެ އައްސުލްޠާން މުޙައްމަދު މުޢީނުއްދީނުގެ ރަސްކަމުގައި، މީލާދީން 1828 ވަނަ

އަހަރު ޖަނަވަރީން 25 ވީ ހުކުރު ދުވަހު އޭރު ކަންނަންނޫރުގެ ވެރިޔަކަށް ހުންނެވި އަލީރާޖާގެ ސިޓީއެއް ރަދުންނަށް ލިބިވަޑައިގަތެވެ. މި ސިޓީގައިވާކަމަށް "ދިވެހި ތާރީޚު" މި ޮފތުގައި ވާ އެއްބަޔަކީ މިއެވެ. "... ތިޔަބައިމީހުނާއި އަހަރެމެނާ

ކަންނަންނޫރު އަީލާރާޖ: ކިތައް ސަތޭކަ އަހަރު ރަސްކަން ކުރެއްވިާބ؟

އިާޔޒު ނަީސމް

ސުލްޠާނާ ޢައިޝާ ޢަލީރާޖާ )1922-2006(

Page 23: Sun Magazine 30

23

ގަނޑުވަރަށް ގެންދެވިއެވެ. އެމީހުންގެ ތެރޭގައި ޮއންނަ ޮގތުން މީހަކާ ނީނދެ ހުރި އަންހެނަކަށް ފިރިހެނަކު އޭނާގެ މުންޑު ދީފި ނަމަ ބެލެވެނީ، އެދެމީހުންގެ ކައިވެނި

އަގުދު ކުރެވުނީކަމުގައެވެ. ރާޖާގެ ދަރުބާރުގެ ޮބޑުން ރާޖާއަށް ލަފާ ދިނީ އެ އުސޫލުގެ މަތީން އެދެކުދީންގެ ކައިވެނިވެވިފައިވާތީ އާއި އެ ފިރިހެން ކުއްޖާއަކީ ދެރަ ނިކަމެތި

މުސްލިމަކަށް ވާތީ، އޭނާގެ އަތްނބެއް ކަމުގައި ވާ ހާލު، އެ އަންހެން ބޭފުޅާއަށް ވެސް ގަނޑުވަރަށް ވެދެވަޑައިގަތުމުގެ ހުއްދަ ނުދެއްވުމަށެވެ. ރާޖާގެ ދަރިކަނބަލުން ދެރަ ނިކަމެއްޗަކާ ކައިވެނި ބައްލަވައިގެން، އެ ނިކަމެތި އާއިލާގެ ތެރެއަށް ވަޑައިގަތުމަކީ

ރާޖާ އެއް ޮގތަކަށް ވެސް ހިތްޕުޅު ހަމަޖެހި ވަޑައިގަންނަވާ ކަމަކަށް ނުވިއެވެ. އެންމެ ފަހުން ރާޖާ ހެއްދެވި ޮގތަކީ އޭނާގެ ވެރިކަން ހިނގާ ސަރަހައްދުގެ އެއްބައިގެ ވެރިކަން އެ މުސްލިމު ކުއްޖާއަށް ދެއްވީއެވެ. އެމީހުންނަށް ރާޖާ ދެއްވި ސަރަހައްދަށް ކިޔަނީ އަރައްކަލްއެވެ. އެހެން ކަމުން އެ އާއިލާގެ ނަމަކީ އަރައްކަލް އާއިލާ ކަމުގައި މަޝްހޫރުވިއެވެ. ރާޖާގެ ދަރިކަނބަލުންގެ ލަގަބުފުޅަކަށް ވީ "އަރައްކަލް ބީވީ"އެވެ. އަރައްކަލް އާއިލާ ވެގެން ދިޔައީ ކެރެލާގެ އައްސޭރި އާއި ލަކްޝަދީބުގެ މައްޗަށް

ވެރިކަން ހިންގި ހަމައެކަނި މުސްލިމު އާއިލާއަށެވެ.އަރައްކަލް އާއިލާއަކީ މެޓްރިއާކަލް ނިޒާމަށް ތަބާވި އާއިލާއެއް ކަމުން

މި އާއިލާގައި ވާރުތަ ހިނގާފައިވަނީ މައިފުށަށެވެ. މި އާއިލާގެ މެންބަރުންގެ ތެރެއިން ދުނިޔޭގައި ހުރި އެންމެ ޮދށި މީހަކީ އާއިލާގެ އެން އިސް ފަރާތެވެ. އަންހެނަކަށް ވިޔަސް އަދި ފިރިހެނަކަށް ވިޔަސް ތަފާތެއް ނެތް ޮގތުންނެވެ. އަލީރާޖާއަކީ މި

ދަރިޮކޅުގެ ފަރާތުން ވެރިކަމުގައި ތިއްބަވާ ވެރީންގެ ލަގަބުފުޅެވެ.މަލާބާރުގެ މި މުސްލިމް ދަރިޮކޅުތަކުގެ އަހުލުވެރީން ބުނާ ޮގތުގައި

އެމީހުންގެ އަސްލު ޮގސް ގުޅެނީ އަރަބި ކަރައާއެވެ. އަރަބީން ވިޔަފާރި ދަތުރުތަކުގައި އައިސް މަލާބާރުގެ އަންހެނުންނާ ކައިވެނިޮކށްގެން އެ ސަރަހައްދުގައި ދިރިއުޅެން

ފެށުމުގެ ނަތީޖާއެއްގެ ޮގތުންނެވެ.

މީލާދީން 15 ވަނަ ގަރުނުގެ

ފަހުޮކޅުގައި އަރައްކަލް ދަރިޮކޅުގެ ވެރިން

ނުވަތަ އަލީރާޖާއިންގެ ވެރިކަން ފެށުނު ކަމުގައި

ވިޔަސް، މި އާއިލާގެ ވެރިކަން މަޝްހޫރުވެގެން ޮގސްފައިވަނީ 16 ވަނަ ގަރުނުގެ މެދުތެރޭގައި

މި އާއިލާއިން ވެރިކަން ކުރެއްވި އަލީރާޖާ އަލީގެ

ވެރިކަމާ ހަމައިންނެވެ.

1909 ވަނަ އަހަރާ ހަމަޔަށް އައި އިރު އަރައްކަލް ދަރިޮކޅަށް ވަނީ ކަންނަންނޫރުގެ ވެރިކަން

ގާތްގަނޑަކަށް ގެއްލިފައެވެ. 1911 ވަނަ އަހަރާ ހިސާބުގައި އެ ދަރިޮކޅުގެ ވެރިކަމުގެ ރަމްޒެއް ކަމުގައި ހިމެނޭ ކަނޑި ގެއްލުން ވެގެން ދިޔައީ މި އާއިލާއަށް ކުރިމަތިވި އިތުރު ބަލިކަށިކަމަކަށެވެ. އަރައްކަލް ދަރިޮކޅުގެ ބާރުތަކުގެ މައްޗަށް ގަދަ ވެގަތީ

އިނގިރޭސީންނެވެ. އަރައްކަލް ދަރިޮކޅުގެ ވެރީންގެ ތެރެއިން އެންމެ ފަހުން ހުންނެވި އެއް ބޭފުޅާ ކަމުގައިވާ އަބްދުއްރަޙްމާން 2 ވަނަ އޭނާގެ ރައްޔިތުންނަށް އެހީތެރިވެ ވަޑައިގަތުމުގައި ހުންނެވިއެވެ. އޭގެ ފަހުން ވަޑައިގަތީ އަލީރާޖާ މަރިއަންމާ ބީބީ

ތަންގަލްއެވެ. މި ކަމަނާއަށް ފަހު އެ އާއިލާގެ ރަސްމީ ހައިސިއްޔަތު މުޅީން ކެނޑިގެން ދިޔައެވެ. މި އާއިލާގެ ރަސްމީ ހައިސިއްޔަތު މުޅިން ގެއްލިގެން ދިޔައީ 1947 ގައި

އިންޑިޔާއަށް މިނިވަންކަން ލިބުމާ ގުޅިގެންނެވެ. އަރައްކަލް ގަނޑުވަރުގެ ދަރުބާރު މާލަން މިހާރު ވަނީ ދާރުލްއާސާރަކަށް ބަދަލު ކުރެވިފައެވެ. މި މަސައްކަތް ޮކށްފައިވަނީ ކެރެލާ އިސްޓޭޓުގެ ސަރުކާރުންނެވެ.

މި ދާރުލްއާސާރު ހުޅުވާފައިވަނީ 2005 ވަނަ އަހަރު ޖުލައި މަހުގައެވެ. ސަރުކާރުން މި ތަނުގެ އާބާތުރަ ފިލުވި ކަމުގައި ވިޔަސް އަދިވެސް މިތަނުގެ މިލްކުވެރިކަން ޮއތީ އަރައްކަލް އާއިލާއަށެވެ. މިތަން ބަލަހައްޓަނީ "އަރައްކަލް ފެމިލީ ޓްރަސްޓް"އިންނެވެ.

އެހެން ކަމުން އިންޑިޔާގެ އާސާރީ ތަންތަން ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެފައިވާ އާރކިޮޔޮލޖިކަލް ސަރވޭ ޮއފް އިންޑިޔާގެ ދަށަކަށް މިތަނެއް ނުދެއެވެ. ކެރެލާގެ

ސަރުކާރުން އަރައްކަލް އާއިލާއާ ގުޅުން ހުރި ތަންތަން ހިމާޔަތް ކުރުމަށް ވަރަށް ޮބޑު އަހައްމިއްޔަތެއް ދެއެވެ. އެއީ މަލާބާރުގެ ތާރީހުގައި އެމީހުން އަދާޮކށްފައިވާ މުހިއްމު

ދައުރަށް ޓަކައެވެ. އަލީރާޖާގެ ގަނޑުވަރުގައި ހަދާފައިވާ ދާރުލްއާސާރަށް ވަނުމުގެ ފީއެއް "އަރައްކަލް ފެމިލީ ޓްރަސްޓް"އިން ނަގައެވެ. މިތަނުގައި އަލީ ރާޖާއިން ބޭނުންކުރެއްވި

ވަރަށް ގިނަ ތަކެތި ބަހައްޓާފައިވެއެވެ. ތިރީގައި މިވަނީ 16 ވަނަ ގަރުނުން ފެށިގެން ކަންނަންނޫރުގައި ތިއްބެވި

އަލީރާޖާއިންގެ ނަންފުޅުތަކެވެ. މިބޭފުޅުންގެ ނަންތައް ކިޔާޮގތް ލިޔެފައި މިވަނީ މަލަޔާޅަމް އަސްލުން ބަލައިގެންނެވެ. އެއީ ޯރމަން ނުވަތަ އިނގިރޭސި ލެޓިން އަކުރުން ލިޔެފައި ހުންނަ ނަންތައް ބަލައިގެން ކިޔުމުން އަސްލު ކިޔާ ޮގތާ ބައެއް ފަހަރު ތަފާތުވާތީއެވެ.1. އަލީރާޖާ ޢަލީ )1591-1545(، 2. އަލީރާޖާ އަބޫބަކުރު 1 )1591-1607(، 3.

އަލީރާޖާ އަބޫބަކުރު 2 )1610-1607(، 4. އަލީރާޖާ މުޙައްމަދު ޢަލީ 1 )1610-1647(، 5. އަލީރާޖާ މުޙައްމަދު ޢަލީ 2 )1655-1647(، 6. އަލީރާޖާ ކަމަލް )1655-1656(، 7. އަލީރާޖާ މުޙައްމަދު ޢަލީ 3 )1691-1656(، 8. އަލީރާޖާ ޢަލީ 2 )1691-1704(،

9. އަލީރާޖާ ކުންޏި ހަމްސަ )ހަމްޒާ( 1 )1720-1704(، 10. އަލީރާޖާ މުޙައްމަދު ޢަލީ 4 )1728-1720(، 11. އަލީރާޖާ ބީވި ހަރާބިއްޗި ކަޑަވުބެ )ކަޑަވުބީ( )-17281732(، 12. އަލީރާޖާ ބީވި ޖުނުމާބެ )ޖުނުމާބީ( 1 )1745-1732(، 13. އަލީރާޖާ

ކުންޏި ހަމްސަ )ހަމްޒާ( 2 )1777-1745(، 14. އަލީރާޖާ ބީވި ޖުނުމާބެ )ޖުނުމާބީ( 2 )1819-1777(، 15. އަލީރާޖާ

ބީވި މަރިޔަމްބީ )-18191838(، 16. އަލީރާޖާ ބީވި ހަޔަޝާމްބީ )1838-1852(، 17. އަލީރާޖާ ޢަބްދުއްރަޙްމާން

.18 ،)1852-1870( 1އަލީރާޖާ މޫސާ ޢަލީ .19 ،)1870-1899(

އަލީރާޖާ މުޙައްމަދު ޢަލީ .20 ،)1899-1907( 5އަލީރާޖާ ބީވި އިންޕިއްޗި

)1911-1907(، 21. އަލީރާޖާ އަހައްމަދު ޢަލީ )-1911

1921(، 22. އަލީރާޖާ ބީވި އައިޝަ )1921-1931(، 23.

އަލީރާޖާ ޢަބްދުއްރަޙްމާން .24 ،)1931-1946( 2

އަލީރާޖާ ބީވި އަރައްކަލް މަރިޔުއްމަ )1947-1946(، 25. އަލީރާޖާ ސުލްޠާން ހަމްސަ، 26. އަލީރާޖާ ސުލްޠާނާ އައިޝާ މުތު ބީވި )2006-1997(، 27. އަލީރާޖާ ސުލްޠާނާ ސައިނަބާ އައިޝާ ބީވި )2006 - މިހާރަށް(. 1924 ވަނަ އަހަރު އުފަންވެ ވަޑައިގަތް

ސުލްޠާނާ ސައިނަބާ އައިޝާ ބީވީއަށް އަރައްކަލް ދަރިޮކޅުގެ އިސްފަރާތުގެ ލަގަބު ލިބުނީ 1922 ވަނަ އަހަރު އުފަންވެ ވަޑައިގަތް ސުލްޠާނާ އައިޝާ އަލީރާޖާ މުތު ބީވި 2006 ސެޕްޓެންބަރު 27 ވަނަ ދުވަހުގެ ހެނދުނު އަވަހާރަވުމުންނެވެ. މި ލަގަބު އެރުވި

ރަސްމިއްޔާތުގައި، ބަރުލަމާނުގެ މެންބަރުންގެ ތެރެއިން އެ ސަރަހައްދަށް ނިސްބަތްވާ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަތެވެ.

ރަސްމީ ވެރިކަމެއް ނެތް ނަމަ ވެސް މިބޭފުޅުން، ސުލްޠާން އަދި އަލީރާޖާ ފަދަ ލަގަބުތައް ބޭނުން ކުރެއްވުމާއި، އާއިލާގެ އިސް ފަރާތް ކަނޑައަޅައިގެން އާއިލީ

އާދަތައް ދެމެހެއްޓުން އިންޑިޔާ ސަރުކާރުން މަނައެއް ނުކުރެއެވެ. އެހެން ކަމުން އަދިވެސް އަލީރާޖާއިންގެ ސިލްސިލާއަކަށް ނިމުމެއް ނާދެއެވެ.

Page 24: Sun Magazine 30

24

އުޑުދަށުން

ކުރީ ރެއަކު ރައްޓެއްސަކު ބުންޏެވެ. ތިމަންނާމެންގެ ޮއފީހަށް ތަރާވީސްދަމު ހާދަ ގިނަ ކައި އެއްޗިއްސެއް ގެންދެއެވެ.

ތަފާތު ވައްތަރުގެ ހެދިކާއާއި ފަންޏެވެ. ސޫޖީއާއި ކަންޖެވެ. އަދިވެސް އެތައް އެއްޗެކެވެ. އެކަމަކު ރަހަ ބަލައިލުން ފިޔަވައި

މިއިން އެއްޗެއް ކާނެ މީހަކު ނުވެއެވެ. ޮކންމެ މީހަކުވެސް ރޭގަނޑު ޮއފީހަށް އަންނައިރު ހުންނަނީ ފުރިފަ އެވެ. އެއްޗެހިތައް

ވަނީ ގިނައެވެ. އަކަމަކު އަނެއްރޭވެސް ހަމަ މި މަންޒަރު ތަކުރާރު ކުރެއެވެ.

މިއީ އެންމެ ޮއފީހެއް ދެ ޮއފީހެއްގައި ކަން ޮއންނާނެ ޮގތެއް ނޫނެވެ. ސަރުކާރު ޮއފީސްތަކާއި އަމިއްލަ

ކުންފުނިތަކާއި ޖަމާޢަތްތަކުގައި ވެސް ޮއންނަ ކަމެކެވެ. އެތައް އެއްޗެއް ގިނަވެގެން އުކާލެވެއެވެ. އިސްރާފު ކުރެވޭ މިންވަރު

ވަޒަން ޮކށްލެވޭނީ މިޮގތަށް އުކާލާ ހުރިހާ އެއްޗެއް އެއްތަނަކަށް ޖަމާޮކށްލެވޭނަމަ އެވެ.

މިއީ ބަރަކާތްތެރި ރަމަޟާންމަހެވެ. މާތްކަމާއި މަތިވެރިކަމުގެ މަހެވެ. ހެޮޔ އަމަލުތައް ގިނަޮކށް، ވިޔާނުދާ އަމަލުތަކާ ވީވަރަކުން ދުރުވުމަށް އެންމެ ޮބޑު އިސްކަމެއް

ދޭންޖެހޭ މަހެވެ. ގަބޫލުކުރަމެވެ. ރަމަޟާންމަހު ދިވެހިން އަޅުކަންތަކަށް ދޭ ސަމާލުކަން ޮބޑުކުރެ އެވެ. މިސްކިތްތަކަށް ބަލައިލިޔަސް މިކަން އެނެގޭނެ އެވެ. އެހެނިހެން މަސްމަހާ އަޅައި ބަލާއިރު

އެތައް ގުނައެއް އިތުރަށް، މިމަހު މީހުން މިސްކިތަށް އަރަ އެވެ. ނަމާދުޮކށް ނިމިގެން هللا ކަލާންފުޅު ހިފައިގެން ތިބޭމީހުންގެ އަދަދު ގިނަ އެވެ. ތަފާތު ޮގތް ޮގތަށް ޞަދަޤާތް ކުރާމީހުންގެ

އަދަދު ވެސް ވަނީ މައްޗަށް ޖެހިފަ އެވެ.ޞަދަޤާތަކީ އޭގެޒާތުގައި ކުރެވޭ ވަރަށް ޮބޑު

ހެޮޔކަމެކެވެ. މާތް މަޤުޞަދެއްގައި ކުރެވެނީނަމަ އެވެ. އޭގައި ޯގސް ނިޔަތެއް ނެތް ނަމައެވެ. އެހެންނަމަވެސް ކިތަންމެ މާތް މަތިވެރި މަޤުޞަދެއްގައި ކުރާކަމެއްގައި ވެސް، އަދި ކިތަންމެ

ހެޔޮ ކަމުގެ މަހެކެވެ.

މުހައްމަދު ގާސިމް

ރަނގަޅުކަމެއް ކަމަށް ނިންމައިގެން ކުރެވޭ ކަމެއެްގައިވެސް، ޯގސް ފަޅިއެއް ޮއވެދާނެ އެވެ. ކުރަން ނުވާ ޮގތަކަށް ކަމެއް ކުރެވިދާނެ

އެވެ. ދަންނަވަން މިއުޅެނީ ގިނަ މީހުންނަށް މިމަހު ކުރެވޭ އެންމެ ޮބޑު އެއް ވިޔާނުދާ ކަންތަކުގެ ވާހަކަ އެވެ. އިސްރާފުގެ

ވާހަކައެވެ. ޯރދައަށް ހުންނައިރު ޮކންމެ މީހަކުވެސް ހުންނަނީ ވަރަށް ހައިވެފަ އެވެ. ނަތީޖާއަކަށް ވަނީ ހެދޭ ބާވަތްތައް ގިނަވުމެވެ.

ހެދޭ މިންވަރު އިތުރު ވުމެވެ. އެކަމަކު ވީއްލުމާއެކު ވަނީ ކިހިނެއް ހެއްޔެވެ؟ ފުރެނީ އެވެ. އެންމެ ފަނިތައްޓަކާއި ދެ ހެދިކާއަކުން

ފުދެއެވެ. ތައްޔާރުކުރި އެއްޗެހިތައް ވަނީ ގިނަ އެވެ. އިސްރާފަކީ ޯގހެއްކަން އެނގޭއިރުވެސް ކުރެވެނީ އިސްރާފެވެ. އެކަމަކު އަނެއް

ދުވަހުވެސް ކަން ކުރެވެނީ މިކަހަލަ ޮގތަކަށެވެ.ބަޔަކު ޯރދަވީއްލަން ނުވަތަ ތަރާވީޙަށް ގެންނަން

ގަސްދުކުރާނަމަ، އެގެއެއްގައި ތައްޔާރުކުރާ އެއްޗެހި އެތައް ގުނައަކަށް އިތުރު ކުރެއެވެ. ތަފާތުވައްތަރުގެ ހެދިކާ އެވެ. އެތައް ވައްތަރެއްގެ

ފަންޏެކެވެ. ގަދަފަދަ ކެއުން ގަނޑެވެ. އަމިއްލަ ހައިބަތު ޮބޑު ކުރާށެވެ. ހިތަށް ހަމަޖެހުން ޯހދާށެވެ. ނުފުދޭ ބައެއްގެ ލޭބަލް

ތަތްވެދާނެތީ އެކަމުން ވެސް ސަލާމަތްވާށެވެ. ކާތަކެތިން މޭޒުތައް ފުރާލައިގެން، ހިތްހަމަޖެހިފައި ހުއްޓާ، ކަން ނިމިގެން ދަނީ ކިހިނެއް ހެއްޔެވެ؟ ގެއަށް އަންނަ މެހެމާނުން ކައި ނިމިގެން ދާއިރު، ތަށިމަތި އަޑިއަޅައެއް ނުލަ އެވެ. ބަރާޮކށްލި

މޭޒު، އެ ބަރާކަންމަތީގައި ހުރެއެވެ. ދެން މިތަކެއްޗަށް ވެސް ޖާގަ ލިބެނީ ޮގނޑުންނެވެ. ކުރެވުނު ބުރަ މަސައްކަތަކާއެކު، ޮބޑު

އިސްރާފެކެވެ.މިއީ ބަރަކާތްތެރި މަހެކެވެ. އަޅުކަމުގެ މަހެކެވެ. ޯގސް އެންމެހާ ކަންކަމާ ދުރުވެ ތިބެންޖެހޭ މަހެކެވެ. ކަމެކޭ ކިތަންމެ ހީނުވިޔަސް، އިސްރާފަކީ ކުރެވޭ ޯގސްކަމެކެވެ. ވީއިރު މިފަދަ

މަހަކާ ގުޅުވައިގެން ކުރެވޭ އިސްރާފު އިތުރުވުމަކީ ހެދޭ ވަރަށް ޮބޑު ޯގހަކަށް ނޫނީ ވަނެއެކޭ ހިތެއް ނުބުނެއެވެ. ވިސްނައިލާށެވެ.

Page 25: Sun Magazine 30

25

Page 26: Sun Magazine 30

26

ކޮާމކޯޅި

ބޮޑު ހޮސްޕިޓަލުގެ ކުޑަ ފިާހރަ

ސިނާން އަލީ

އައިޖީއެމްއެޗް ގައި ހުންނަ ފިހާރަ އަކީ ފިސާރި ފިހާރަ އެކެވެ. އެ ފިހާރައިގެ ކަޑަކަން ހިތަށް އަރާތާ އަހަރު ތަކެއް ވެއްޖެ އެވެ. އެ ފިހާރައިގެ ބޭނުމަކީ ބަލި މީހުންނަށާ ޮހސްޕިޓަލުން ޚިދުމަތް ޯހދަން ދާ

މީހުނަށް ބޭނުންވާނެ އެކި ކަހަލަ ސާމާނު ވިއްކުމެވެ. އައިޖީއެމްއެޗުން ދުވާލަކު ޚިދުމަތް ޯހދާ މީހުންގެ އަދަދު އުޅޭނީ

ހާހުން މަތީގައި ކަމަށް ލަފާ ކުރެވެ އެވެ. މީގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ގިނަ ވަގުތު ތަކެއް ޮހސްޕިޓަލުގައި ހޭދަ ކުރަން ޖެހޭ މީހުނެވެ.

އެޑްމިޓްޮކށްފައި ތިބޭ މީހުންގެ އެހީތެރިންނާއި ބަލި މީހުނަށް ޮގވައިލާން ދާ މީހުންގެ ޑިމާންޑް ވެސް އެ ފިހާރަ އަށް ޮބޑެވެ. އެހެން ކަމުން

ޮހސްޕިޓަލުގައި ހުންނަ ހަމަ އެކަނި އެ ފިހާރަ އަށް ވަންނަ މީހުންގެ އަދަދު ވެސް ހާހުން ގުނައި ލެވޭނެ ކަމާ މެދު ޝައްކެއް ނެތެވެ. މިއާ ގުޅިގެން

އެ ފިހާރަށް ލިބޭ އާމްދަނީ ގުނައިލާން ޖެހޭނީ ކިތައް ހާހުން ކަމެއް ނޭނގެ އެވެ.

އެ ފިހާރަ އަށް ވަދެލުމުގެ ފުރުސަތު އެންމެ ފަހުން ލިބުނީ މިދިޔަ ހަފުތާގަ އެވެ. ވަންނަން ވެސް ޖެހުނީ ކިޔުގައި މަޑު ކުރާށެވެ.

ކައުންޓަރު ކައިރީގައި ދެ ކަސްޓަމަރަކު ތިބީމަ އެވެ. ފިހާރައިގެ ޮދރު ހުންނަ ޮގތުން ދެ ކަސްޓަމަރަކު ކައުންޓަރުގެ ކުރިމަތީގައި ތިބި ނަމަ ތިން ވަނަ މީހަކަށް ނުވަދެވޭނެ އެވެ. ޮދރު ނުހުޅުވޭނެތީ އެވެ. އޭގެ ތެރެއިން އެކަކު

ނުކުތުމުން އެތެރެޔަށް ވަދެފީމެވެ. ވަނީއޭ ބުނުމަށްވުރެ ހެޮޔ ވާނީ އެތެރެޔަށް ދެމިގަތީއޭ ބުނުމެވެ. އެއީ އަހަރެންނަށް ޖެހުނީ ކައުންޓަރު ކައިރީގައި ދެން ހުރި މީހާ ގައިގައި ޖެހިދާނެތީ ހަނިއަރިއަށް ހުރެގެން އެތެރެއަށް ވަންނާށެވެ. ފިހާރައަށް ވަދެފައި ނިކަން ރަނގަޅަށް އެތެރެ ބަލައިލީމެވެ. އެ ފިހާރައަށް ވަންނަ ޮކންމެ ފަހަރަކު ވެސް ތަނުގެ "ކަޑަ" ކަން ހިތަށް އަރަ އެވެ. އެކަމަކު މި ފަހަރު ބަލައިލުމުން އެނގުނީ އެ ތަނަށް މީގެ އަހަރު

ތަކެއް ކުރީއްސުރެ އެއްވެސް ބަދަލެއް އައިސްފައި ނުވާކަމެވެ. ތަނުގެ ދިގު މިނުގައި ހުންނާނެ ކަމަށް ލަފާ ކުރެވެނީ

ގާތްގަނޑަކަށް 15 ވަރަކަށް ފޫޓެވެ. އެއީ ދެކުނު ބިތުގަ އެވެ. އެއީ އެ ފިހާރައިގެ އެންމެ ދިގު ބިތެވެ. ހުޅަނގު ބިތުގައި ހުންނާނީ 10 ވަރަކަށް

ފޫޓެވެ. އުތުރު ބިތުގައި ސީދަލަށް ހުރި ބައިގައި ހައެއްކަ ފޫޓު އަދި ހުޅަނގު އުތުރަށް ކައްޗަށް ކަނޑާލައިފައި ހުރި ބައިގައި ހައެއްކަ ފޫޓެވެ. އިރުމަތީ ބިތުގައި 10 ވަރަކަށް ފޫޓު ހުރެދާނެ އެވެ. މީ ބަލައިލައި ބަލައިލުމަށް

ނެގުނު މިން ތަކެވެ. މީހަކު ޮގސް މިން އަޅައިފި ނަމަ ފަރާތަކުން ފޫޓެއް ދެ ފޫޓު މަދު ނުވަތަ އިތުރު ނުވާނެ ކަމެއް ނޭނގެ އެވެ.

ދެން ޮއތީ ގަންނަން ލިބެން ހުރި ތަކެތީގެ ވާހަކަ އެވެ. ދައްކަން އެންމެ ހެޮޔ ވާނީ ޮހސްޕިޓަލަކުން ބޭނުން ވާނެ އެންމެ އަސާސީ ބައެއް

ތަކެތީގެ ވާހަކަ އެވެ. މޭވާ އަށް ބަލާ އިރު އާފަލާ ޮއރެންޖު ފިޔަވައި އެހެން

އެއްވެސް އެއްޗެއް އެ ތަނުން ލިބޭކަށް ނެތެވެ. އެ ދެވައްތަރުގެ މޭވާ މީރު ނޫން މީހަކަށް ޮގތެއް ނެތެވެ. ގްރޭޕްސް އެއް ނެތެވެ. ފަޮޅލެއް ނެތެވެ. ޮދންކޭލެއް

ނެތެވެ. އަންނާރެއް ނެތެވެ. ފޭރެއް ނެތެވެ. އަނބެއް ނެތެވެ. މީ އެންމެ ޢާންމު ޮގތެއްގައި މީހުން ބޭނުންވާނެ މޭވާ ތަކެވެ. މި ވައްތަރުގެ މޭވާތައް އެ ތަނުން ހުސްވެފައި ހުރީ އެއް ނޫނެވެ. އެއީ އަބަދުގެ ވެސް ހާލެވެ. ޮއރެންޖާ އާފަލު ނޫން އެހެން މޭވާއެއް އެ ފިހާރައިން އަޅުގަނޑު ދުވަހަކު ވެސް ނުދެކެމެވެ. ދެން ކިރު ޕެކެޓު ނުވަތަ ޖޫސް ޕެކެޓް ބަލަމާ ހިނގާށެވެ. ބައެއް

ކަހަލަ ޖޫސް ފުޅި ފިޔަވައި އެއްވެސް ވައްތަރެއްގެ ޖޫސް ޕެކެޓެއް ނުވަތަ ކިރު ޕެކެޓެއް ލިބޭކަށް ނެތެވެ. މީ ވެސް އެންމެ ގިނައިން ބޭނުންވާ އެއް އައިޓަމެވެ. ޯބން ބޭނުން ކުރާ ފެނަށް ބަލާ އިރު ވެސް ތާޒާ ނޫން ޮޗއިސް އެއް ނެތެވެ. އެއްވެސް ކަހަލަ މަލެއް ނެތެވެ. މަލަކީ ބަލި މީހުންނަށް ޮގވައިލާން ދާ އިރު ވަރަށް ގިނަ މީހުން ބޭނުންވާ އެއްޗެކެވެ. މީހުންނަށް އުފާވެރިކަން ގެނެސްދޭ

އެއްޗެކެވެ. މި ތަކެތި ނެތެއް ކަމަކު، ޖަންކު ފުޑްސްގެ ތެރޭ ހިމެނޭ ތަފާތު ގިނަ ވައްތަރުތައް މި ފިހާރައިން ލިބެން އެބަ ހުއްޓެވެ.

މި ކަމަށް ޮއތް ދެ ހައްލެއް އަޅުގަނޑަށް ފެނެ އެވެ. އެއް ހައްލަކީ އަޅުގަނޑުގެ ރަހުމަތްތެރި ޮޑކްޓަރެއް ކަމަށްވާ ޑރ. ރާޒީ ވިދާޅުވި ޮގތެވެ.

އެއީ ޮހސްޕިޓަލުގައި ހިންގާ މި ފަދަ ޮޝޕުތައް ތަނުން ހިންގުމެވެ. އަމުދުން ޯކޕަރޭޝަނަކުން ތަން ހިންގާ އިރު އެކި ތަންތަން ޮކޅު ކުއްޔަށް ދީގެން ބޭރު

މީހުނަށް ވިޔަފާރި ކުރަން ފުރުސަތު ދިނުމުގެ މާނައެއް ނެތެވެ. ދެ ވަނަ ޮގތަކީ ބޭރު ބަޔަކު ޮހސްޕިޓަލުގަ ހުންނަ މިފަދަ ތަނެއް ހިންގާ ނަމަ އެ ތަނުގައި

ހުންނަން ވާނޭ ޢާންމު ތަކެއްޗާއި އޭގެ މިންގަނޑުތައް ތަނުން އެކަށަ އެޅުމެވެ. އޭރުން އެ ތަނުގައި ހުންނާނީ ބަލި މީހާ އާއި ޮހސްޕިޓަލުން ޚިދުމަތް ޯހދާ

މީހުނަށް އެންމެ މުހިންމު ތަކެއްޗެވެ. ގަންނަން ދާ މީހާ ބޭނުން އެއްޗެއް ނެތް ނަމަ އޭގައި ސިއްހީ ސަބަބެއް ޮއންނާނެ އެވެ.

މި ބުނި ޮގތް ނޫން ޮގތް ޮގތަށް ތަންތަންޮކޅު ކުއްޔަށް ދިނީމަ އޭގައި ޮއންނާނީ ޚިދުމަތުގެ ކުލަޔަށް ވުރެ ވިޔަފާރީގެ ފައިދާއަށް އިސްކަން ދެވިފަ އެވެ. ފިހާރައިން ފެންފުޅި އަކާ ދެ އާފަލާ ދެ ޮއރެންޖު ގަނެގެން

ކައުންޓަރަށް ފައިސާ ދެއްކުމަށް ފަހު ފަހަތަށް ހިރިލި ވަގުތު ފައިން އެރުނީ ފަހަތުގައި ހުރި ޒުވާން ފުރައިގެ ފިރިހެން ޮސރެއްގެ ފަޔަށެވެ. ވާނީ އެހެންނެވެ. އޭރު ވެސް ހުންނަން މި ޖެހެނީ ފިތި ބާރު ވެގެނެވެ. ތިން މީހުން އެ ފަހަރާ

ކައުންޓަރާ ކައިރި ވެއްޖެ ނަމަ ނޭވާ ހާސްވާ ވަރުވެ އެވެ. "ކިހާ ދެރަ ކަމެއް، ތި އެރީ ފަޔަށޭ، ތީތި ކަޑައެންނު،" އެ ޮސރު ނުރުހުމުގެ ރާގަކަށް ޯލ

އަޅައިލަމުން ބުނެލި އެވެ. "ޮސރީ" އޭ ބުނުމަށް ފަހު އަހަރަން އަވަހަށް ނުކުތީ އެވެ. އަނެއްކާ އެހެން މީހެއްގެ ފަޔަށް އެރި ދާނެތީ އެވެ.

Page 27: Sun Magazine 30

ީނ ރެ ނެ ން މަ ކް ވޯ ތް ވި ވް އި ލަ ން ނު ސަ ކް ރި އެ ީނ ސޮ

ޮސނީ އެރިކްސަން ކުންފުނީން "ޮސނީ އެރިކްސަން ލައިވް ވިތް ޯވކްމަން" ގެ ނަމުގައި އެންޑްޮރއިޑް ސްމާޓްޯފނެއް ވަރަށް އަވަހަށް އުފައްދައި ބާޒާރަށް ނެރޭނެއެވެ. މިއީ މިހާތަނަށް އެއްވެސް ޯފނެއްގައި ނުހިމެނޭ ފަދަ

ސިސްޓަމެއް މިޔުޒިކް އަޑު އެހުމަށް ޓަކައި ހިމެނިފައިވާ

ޯފނެއް ކަމަށް ޮސނީ އެރިކްސަން ކުންފުނިން ބުނެއެވެ. ޯފނުގައި އިންނަ ޚާއްސަ ބަޓަނަކުން ޯފނުގެ މިޔުޒިކް ޕްލޭޔަރު ހުޅުވޭނެއެވެ. އަދި އެންމެ

ފަހުގެ މިޔުޒިކް އަޕްޑޭޓްތަކަށް ފޭސްބުކް މެދުވެރިޮކށް ކަނެކްޓް

ކުރެވޭނެއެވެ. މިޔުޒިކާ އެކު ވީޑިޯއ ވެސް ވަރަށް ރަނގަޅު

ފެންވަރުގައި މި ޯފނުން ބަލާލެވޭނެއެވެ.

ބަލާލަން ރީތި ޑިޒައިނަކަށް ހެދިފައިވާ މި ޯފނުގެ ޑިސްޕްލޭ ހުންނާނީ

މިނަރަލުންނެވެ. ޯފނުގެ ސްކްރީނަކީ 3.2 އިންޗި

ސްކްރީނެކެވެ. ޯފނުގައި ހުންނާނީ 1 ގިގަހާރޓްޒް ޕްޮރސެސަރެކެވެ. ހަމައެއާއެކު، ސްކައިޕް ވީޑިޯއ ޯކލިންގ ފަންކްޝަނަށް ޓަކައި ޯފނުގެ ކުރިމަތީގައި ކެމެރާއެއް ހުންނާނެއެވެ. ޯފނުގެ ފަހަތުގައި

ހުންނަ ކެމެރާއަކުން 720 ޕިކްސެލް ފެންވަރުގައި ހައި ޑެފިނިޝަންޮކށް ވީޑިޯއ ވެސް

ކުރެވޭނެއެވެ. ޯފނުގެ ސައުންޑް ޑިވައިސް އަކީ ޮސނީގެ އެންމެ ފަހުގެ އެންމެ ފަހުގެ ޓެކްޮނޮލޖީއެއް ކަމަށް ވާ އެކްސްލައުޑް އެވެ. މި ފީޗަރތަކާއެކު، ޯފނުގައި ހިމެނޭނީ އެންޑްޮރއިޑްގެ އެންމެ ފަހުގެ ޕްލެޓްޯފރމް، ޖިންޖަރބްރެޑް 2.3 އެވެ. މި ޕްލެޓްޯފރމުން އެންޑްޮރއިޑް މާރކެޓުގައި ހިމެނޭ 250000 އަށް ވުރެ ގިނަ

އެޕްލިކޭޝަނަށް އެކްސެސް ވެވޭނެއެވެ.

ޮސނީ އެރިކްސަންގެ ހެޑް ޮއފް ޕްޮރޑަކްޓް މާރކެޓިން ނިޮކޯލސް ޝިއުރަރ ވިދާޅުވިޮގތުގައި ޮސނީ އެރިކްސަން ލައިވް ވިތް ޯވކްމަން އަކީ ޮކންސިޔުމަރުން ބޭނުންވާ ފަދަ މުއްސަނދި ޯސޝަލް އެކްސްޕީރިއަންސެއް

ކުރެވޭނޭ ޮގތްތައް ފަހިޮކށްދޭނޭ ޯފނެކެވެ. އެޮގތުން މި ޯފނުން ހަމައެކަނި މިޔުޒިކް އަޑުއަހައިލުމުގެ ބަދަލުގައި އެކުވެރީންނާ އެކު ހިއްސާޮކށް، އެންމެ

ފަހުގެ މިޔުޒިކަށް އެކްސެސް ވެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޮސނީ އެރިކްސަލް ލައިވް ވިތް ޯވކްމަން ދުނިޔޭގެ ބާޒާރަށް

އާއްމުޮކށް ނެރޭނީ މި މަހުގެ ތެރޭގައެވެ.

Page 28: Sun Magazine 30

ވެކްސް ކުރުމަކީ ޒީނަތްތެރިވުމުގެ ޮގތުން އެންމެންވެސް ކުރާ ކަމެކެވެ. މިއީކީ ހަމަ އެކަނި މިހާރަކު މަޤްބޫލު ވެގެން އުޅޭ ކަމެއް

ނޫނެވެ. މިސްރުގައި އެންމެ ކުރީ ޒަމާނުއްސުރެ ވެސް އަންހެނުން ގޭގައި ވެކްސް ޮކށްހެދުމަށް

ބާރުއަޅައެވެ. އެއީ އަންހެނުންގެ ރީތިކަން ޮބޑަށް ފާޅު ކުރުމުގެ ބޭނުމުގަ އެވެ. އެ

ޒަމާނުގައި އެމީހުން ރީތި ވުމަށް ވަރަށް ޮބޑު އަހައްމިޔަތު ކަމެއް ދެއެވެ. އެޮގތުން ވެކްސް

ކުރުމަކީ ހަށިގަނޑުން އިސްތަށިތައް ނައްތާލުމުގެ އިތުރުން ސާފު ތާހިރު ކަމަށްވެސް )ހައިޖީނިކް ޮކށް( ރަނގަޅުކަމެކެވެ. މިސްރުގެ ގޭގޭގައި ޮއތް ވެކްސް ކުރުމުގެ އާދަ ދެން ފެތުރުނީ ގްރީސް އަށެވެ. އެއަށްފަހު 10ވަނަ ގަރުނުގައި މިކަންތައް މަޑުޖެހުނެވެ. އެހެނީ ސެލޫން ތައް ތައާރަފް ވުމުން ގޭގައި ވެކްސް ހަދައިގެން

ވެކްސް ކުރުން ހުއްޓުމެވެ. އެކަމަކު، ޮކންމެހެން ވެކްސް ކުރަން ސެލޫނަކަށް ޮގސް ޮބޑެތި ހަރަދު ނުޮކށް ގޭގައި އަމިއްލަ އަށް ތައްޔާރުޮކށްލައިގެން ވެސް ވެކްސް

ކުރެވިދާނެއެވެ. އެންމެ އާއްމު ވެކްސް އަކަށް ގޭގައި ހަދަނީ ހަކުރުން ހަދާ ވެކްސް އެވެ. )ޝުގަރ ވެކްސް( މި ވެކްސް އަކީ މަދު އެއްޗެހި ބޭނުން ޮކށްގެން އެންމެ ފަސޭހައިން ހެދޭ އެއް ވެކްސް އެވެ. މިވެކްސް ފައި، ބުމަ، މަތިމަސް އަދި އަތަށް

ވެސް ބޭނުން ކުރެވިދާނެއެވެ.

ޝުގަރ ވެކްސް ހަދަން ބޭނުންވާ ތަކެތި:

2 ޯޖޑު ހަކުރު¼ ޯޖޑު ފެން

¼ ޯޖޑު ލުނޯބ ހުތް

ޮކޓަން ޮފތި ދިގުޮކށް ކަފާފައި

ތައްޔާރު ކުރާނެ ޮގތް:

ހަކުރު، ފެން އަދި ލުނޯބ ހުތް ތަވައަކަށް •އަޅާށެވެ.

މަޑު ގިނީގަ ހަލަމުން ގެންދާށެވެ، ޮބކި ޖަހަން •ފަށަންދެން މިޮގތަށް ހަލާށެވެ.

ވެކްސް ތައްޔާރު ވެފައި ހުންނަ އިރު، ހުންނާނީ •ޮއލަޮކށް ބްރައުން ކުލައިގައެވެ.

ދެން ތަށްޓެއް ނުވަތަ ފުޅި އަކަށް އަޅާފައި ހިހޫ •ވަންދެން ބަހައްޓާށެވެ.

ވެކްސް ކުރާނެ ޮގތް:

ތައްޔާރު ކުރި ވެކްސް ހިހޫ ވުމުން ފައިގެ •)ނުވަތަ ވެކްސް ކުރަން ބޭނުންވާ ގުނަވަނުގެ( ތަން ޮކޅެއްގަ ހާކާށެވެ. ވެކްސް ހޭކުމަށް ޮކށި ވަޅިއެއް

މިންނު

28

ގޭގައި ވެކްސް ކުރެވިާދނެ ފަސޭހަ ގޮތެއް...

Page 29: Sun Magazine 30

29

ނުވަތަ ފަތިޮކށް ޮއންނަ ޮއމާން ފިލާޮކޅެއް ވެސް ބޭނުން ކުރެވިދާނެއެވެ. ވެކްސް ހާކާނީ އިސްތަށި ފަޅާފަ ހުންނަ ޮކޅަށެވެ. •

• ވެކްސް ހޭކުމަށް ފަހު މަތީގައި ޮކޓަން ޮފތި އަޅައި ރަނގަޅަށް ވާން ޮކށްފައި ޮފތިޮކޅު ދަމާލާށެވެ.

އަބަދުވެސް ޮފތިޮކޅު ދަމާނީ އިސްތަށި ފަޅާފައި ހުންނަ ޮކޅު ނޫން •އަނެއްޮކޅަށެވެ. އޭރުން އިސްތަށީގެ ބުޑުން ނެއްޓިގެން އަންނާނެއެވެ.

ވެކްސް ޮކށް ނިމުމުން ވެކްސް ކުރި ގުނަވަން ތާފަނާ ފެން •ޮފދަކުން ޮދވެލާށެވެ. އަދި ރަނގަޅު ޮމއިސްޗަރައިޒިން ޯލޝަނެއް ހާކައިލާށެވެ.

ސެންސިޓިވް ހަމުގައި ވެކްސް ކުރުމުން ބިހި ނަގައި ކަހައި ރަތް ވާ ޮގތް ދިމާވެއެވެ. މިކަހަލަ ކަންތައްތަކުން ރައްކާތެރި ވުމަށް ކުރެވިދާނެ

ކަންތައްތަކަކީ:

ވެކްސް ޮކށް ނިމިގެން ހޫނުފެނުން ފެންނުވަރާށެވެ. އެއީ •ވެކްސް ކުރުމަށް ފަހު އެހާ އަވަހަށް، ހޫނު ފެނުން ފެންވެރުމުން ހަންގަނޑު

ހަލާކުވާނެތީ އެވެ. 24 ގަޑި އިރު ފަހުން ހޫނު ފެނުން ފެންވެރުން ރަނގަޅެވެ.

ވެކްސް ޮކށް ނިމޭތާ 24 ގަޑި އިރު ހަމަ ނުވަނީސް މޫދަށް •ނުވަތަ ފަތަން ޕޫލް ފަދަ ތަނަކަށް ނުދާށެވެ. އެއީ ވެކްސް ކުރުމުން

ހުޅުވިފައި ހުންނަ ހަމުގެ ވަޅުތައް )ސްކިން ޯޕރސް( ބަންދުނުވަނީސް ފަތަން ދިއުމުން އިންފެކްޝަންސް ޖެހެން ފުރުސަތު ޮބޑުވާނެތީއެވެ.

ހަން ރަތްވެ، ބިހި ނަގައި، ކަހާ ނަމަ، ވެކްސް ކުރުމަށްފަހު ގަޔަށް •ބާރު ހެދުން ނުލާށެވެ. އެއީ ޮބޑަށް ކަހާނެތީއެވެ.

ވެކްސް ކުރި ގުނަވަނުގައި 24 ގަޑި އިރު ވަންދެން މޭކަޕް •ނުކުރާށެވެ.

ވެކްސް ކުރި ގުނަވަނުގައި 48 ގަޑި އިރު ވަންދެން ފޭކް •ޓޭން )ހަމުގެ ކުލަ ރީތި ކުރުމަށް ނުވަތަ މާ ޮދންނަމަ ކަޅު ކުރުމަށެ

ބޭނުން ކުރާ ބިއުޓީ ޕްޮރޑަކްޓެއް( ބޭނުން ނުކުރާށެވެ. ވެކްސް ކުރި ގުނަވަނުގައި 48 ގަޑި އިރު ވަންދެން •އެންޓިސެޕްޓިކް ކްރީމް )މި މާއްދާ ބައެއް ޯލޝަން، ޯކލާވަޓަރު،

ސައިޯބނި ގަ ވެސް ހިމެނެއެވެ. އަދި މި ކްރީމް އަކީ ވަކިންވެސް ވިއްކަން ހުންނަ އެއްޗެކެވެ( ވީހާވެސް މަދުން ބޭނުން ކުރާށެވެ.

އިތުރު އެހީ އަކަށް:

އިންޗިއަށް ވެކްސް ކުރަން ފަސޭހަ ވާނީ އިސްތަށި ¼ •ދިގު ވުމުން އެވެ. އިސްތަށި މާ ކުރު ނަމަ ބުޑުން ނައްޓަން

އުނދަގޫވާނެއެވެ. ތައްޔާރު ކުރި ވެކްސް އެއްޮކށް ހުސްނުވާ ނަމަ އަލުން •ބޭނުން ކުރެވިދާނެއެވެ. އެޮގތުން ވައިބޭރު ނުވާ ފުޅި އެއް ނުވަތަ

ތަށްޓެއްގައި އައިސްއަލަމާރީގައި ބަހައްޓާށެވެ. އަދި ބޭނުން ކުރަންވީމަ މައިކްޯރވޭވް ޮކށްގެން ހޫނުޮކށްލާށެވެ.

ވެކްސް ކުރަން އިތުރަށް ފަސޭހަ ވާނީ، ކުރުމުގެ ކުރިން •ރަނގަޅަށް ފެންވަރާލައިގެން ވެކްސް ކުރަން އުޅޭ ގުނަވަން )ފައި ނަމަ

ފައި( ސްކްރަބް ކުރުމުންނެވެ. އޭރުން މަރުވެފައި ހުންނަ ހަންތައް ދާނެއެވެ.

Page 30: Sun Magazine 30

)ކުރީގެ އަދަދާ ގުޅޭ(

ޒައިދު ހުއްޓާލި އެވެ. އެމީހުން ވާހަކަ ދައްކަމުން ގެންދަނީ ޒައިދު އެގެއަށް ބަދަލު ވުމާ ބެހޭޮގތުންނެވެ. އަހުމަދު އައިސް ވަހީދުގާތު އެވާހަކަ ދެއްކީ އެވެ. ވަހީދުވެސް އެޮގތަށް އެކަން ކުރަން ބޭނުންވަނީ އެވެ. އެހެންވެ ޒައިދަށް އެކަން ހުށައެޅީ އެވެ. ޒައިދުވެސް ހުރީ އެކަމަށް ބޭނުންވެފަ އެވެ."އެކަމަކު ކިހިނެއްވީ؟" ވަހީދު އަހައިލި އެވެ.

"ވަ... ވަގުތީ ޮގތުން އަންނާކަށް އެހާ ބޭނުމެއް ނޫން!" ބުނަން ނުބުނަން އިނދެ ބުނާކަހަލަ ޮގތަކަށް ޒައިދު ބުނެލި އެވެ.

"ތިބުނި އެއްޗެއް އަދި ނުވިސްނުނު." ވަހީދަށް ނުވިސްނުނީ ކަމެއް ވިސްނުނު ކަމަށް ނުހެދީކަމެއް ނޭނގެ އެވެ. ފަހަރެއްގައި ޒައިދުގެ އަނގައިން ސީދާ ބަސް

ނެރެން ވަހީދު ބޭނުންވަނީ ކަމަށް ވެދާނެ އެވެ. "އަހަންނަށް....." ޒައިދު ޖުމުލަ މެދުކަނޑައިލި އެވެ.

ސިތާރާ އެތަނަށް އައުމުންނެވެ."ބުނޭ.. ބުނޭ!"

ޒައިދަށް ހިތްވަރު ލިބުނެވެ. ވަހީދު ދެޮކޅު ނުހަދާނޭކަމަށް އޭނާގެ ހިތް އެވަގުތު ބުނެފި އެވެ. ސިތާރާ އައުމަކީ މައްސަލައެއް ނޫންކަން ވަހީދު ޔަގީންޮކށްދީފި އެވެ.

އެހެންނަމަވެސް ޒައިދަށް ބަލައިލެވުނީ ސިތާރާގެ މޫނަށެވެ."ޮކންވާހަކައެއް ބުނަން ތި ކިޔަނީ؟" ސިތާރާ

ހިނިތުންވެލީ ޒައިދަށެވެ.

30

ވަކި ނުވިނަމަ

މުހައްމަދު ާގސިމް، އއ. މަތިވެރި

"ޒައިދު މިގެއަށް ގެންނަން ކަމަށް މިއުޅެނީ.." "ތިކަން ކުރަން މިހާރު މާ ލަސްވެސް ވެއްޖެ." ސިތާރާ

ވަގުތުން ބުންޏެވެ."އެކަމަކު އަހަރެން ބޭނުންވަނީ ދާއިމީ އައުމެއް އަންނަން."

ޒަައިދު އިސްދަށަށްޖެހި އެވެ."ޒައިދު ކިތަންމެ ދުވަހަކު އުޅުނަސް މިގޭން ނެރެވޭނެ މީހަކު

ނުހުންނާނެ. ޯދ ސިތާރާ.""އަހަންނަށް ރަޝާޤާ ވަރަށް ކަމުދޭ!"

ސިތާރާގެ މޫނުމަތިން ފެނުނީ ހިތްހަމަޖެހުނު ކަމުގެ ކުލަވަރެވެ. ވަހީދުގެ މޫނުމައްޗަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. ޒައިދު އިނީ އިސްދަށަށް ޖަހައިގެންނެވެ. ލިބޭނެ ޖަވާބަކަށް އިންތިޒާރު ކުރަނީ

ކަންނޭނގެ އެވެ."ޒައިދުގެ އުޅުމާއި މިޒާޖާއި ހުރިހާ ކަމެއް ބޭބެމެންނަށް ވެސް ވަރަށް ކަމުދޭ! ރަޝާ ގުޅިގެން އުޅޭތަން ދެެކެން ބޭބެމެން ބޭނުންވަނީ ތިކަހަލަ ކުއްޖަކާ. އެކަމަކު..... ކީއްކުރާނީ؟" ވަހީދު ފުން ނޭވާއެއް

ދޫޮކށްލި އެވެ."ކިހިނެއްވީ؟" ޒައިދުގެ ގަޔަށް ކައްޓެއް ހަރައިލި ކަހަލަ އެވެ. "ޒައިދަށް ވެސް އެނގޭނެ ކަންނޭނގެ އޭނަ ކުއްޖަކާ ރައްޓެހި ވެގެން އުޅޭކަން. އެކަމަކު އެއީ އަހަރެމެން އެހާ ހިތްހަމަޖެހޭކަމެއް ވެސް

ނޫން!""އަހަންނާ ގުޅޭށޭ ރަޝާގާތު ބުންނަންވީނު."

ރަޝާޤާގެ ޯލތްބަށް ޒައިދު އިނީ ކަރު ހިތްކައިގެންފަ އެވެ. ޮކންމެ ޮގތަކުންވެސް ރަޝާގެ ޯލބި ހާޞިލު ކުރަން އޭނާ ހުރީ ބޭނުން

Page 31: Sun Magazine 30

31

ވެފަ އެވެ. އެކަމުގައި އޭނާ ޮކންމެ ފަދަ ގުރުބާނެއްވެސް ހީވަނީ ވެދާނެހެންނެވެ. ވަހީދުގެ ކިބައިން އެފަދަ ކަމަކަށް އޭނާއަށް އެދެން

ކެރުނީ އެހެންވެގެންނެވެ. އެހެންނަމަވެސް ދަރިންނަށް އެފަދަ ކަންކަމަަށް މަޖުބޫރުކުރުމުގެ ވިސްނުމެއް ވަހީދުގެ ކިބަޔަކު ނެތެވެ.

"އެއީ މަޖުބޫރު ކުރުމެއްނޫން!" ސިތާރާއަކަށް ނީނދެވުނެވެ. ސިތާރާ ބޭނުންވަނީ ރަޝާޤާ ޒައިދާ ގުޅުވާށެވެ. އެއީ އޭނާ މާ ކުރިންވެސް ބޭނުންވެފައި ހުރި

ކަމެއް ކަހަލަ އެވެ. "އަހަރެން ރަޝާޤާއާ ތިވާހަކަ ދައްކާނަން. ތިބުނާ މީހަކާ އިނދެގެން އެމަންޖެގެ ދިރިއުޅުން ޮއޔާލުން ނޫން ކަމެއް ނުވާނެ."އެއްޮކޅަކަށް ވެސް، ދެޮކޅަކަށް ވެސް ވަހީދު އެއްޗެއް ނުބުނެވެ.

ސިތާރާ ބޭނުން ޮގތެއް ހަދަން ދޫޮކށްލި ކަހަލަ އެވެ. ޒައިދު އިނީ ހިތްހަމަޖެހިފަ އެވެ. ކާމިޔާބުގެ ފެހި ބައްތި މިހާރުވެސް އޭނާގެ

ހިތުގައި ދިއްލިއްޖެ ކަހަލަ އެވެ. "ކީކޭ ތި ކިޔަނީ މަންމާ!" ރަޝާޤާގެ އަޑުގައި

ހުރީ ހައިރާންކަމެވެ. މަންމަގެ އެ ޖުމުލަ އޭނާއަކަށް ގަބޫލެއް ނުކުރެވުނެވެ. މަންމަ އައިސް އެފަދަ ވާހަކައެއް ދައްކަފާނޭ ކަމަކަށް އޭނާ ހުވަފެނުންވެސް ދެކެފައެއް ނެތެވެ. މިހާ ދުވަސް ވީއިރުވެސް

އެފަދަ އެއްޗެއް ބުނެފައި ނެތީމަ އެވެ. "ޮކންމެ ކަމަކަށް ވެސް ވަގުތު އަންނާނެ. މިހާރު މިޮއތީ މިވާހަކަ ދައްކަންޖެހޭ ވަގުތު އައިސްފައި. މިއަދުން މިއަދަށް ތި

އިހުސާނާ ގުޅުން ކަނޑާލާ!""އަޅެ މަންމާ! ތީ ކުރާ ސަމާސާއެއްތަ؟"

ރަޝާގާ އައިސް ސިތާރާގެ އަތުގައި ހިފެހެއްޓި އެވެ. އެއަތް ޮއތީ ގަނޑުފެންޮކޅަކަށް ވެފަ އެވެ. ސިތާރާއަށް އެކަން އިހުސާސްވި އެވެ. ރަޝާޤާގެ ހިތަށް ފުން އަސަރުތަކެއް ކުރަމުން ދާކަން ސިތާރާއަށް އެނގުނެވެ. ސިތާރާގެ ހިތުގައި މީހަކު ޖަހާލިހެން

ހީވި އެވެ. އެވާހަކަ އެހާތަނުން ހުއްޓާލަންވީއޭ ހިތަށް އެރި އެވެ. އެހެންނަމަވެސް ހަމަ އެވަގުތު ޚިޔާލު ބަދަލުވެއްޖެ އެވެ. ހިތްވަރު ލިބުނީ އިހުސާނުގެ އުޅުމެއް ނެތްކަމާއި ޒައިދުގެ މާތް އަޚުލާޤު

ހިތަށް އަރާފަ އެވެ. "ދަރިފުޅާ! މަންމަ މި ދައްކާ ވާހަކަ ވަރަށް ވިސްނުންތެރި ކަމާއެކު އަޑުއަހާބަލަ!" ސިތާރާ ވާހަކަ ދައްކަންފެށީ ވަރަށް ޯލބިން މަޑުމައިތިރިކަމާއެކުގަ އެވެ. "ތި އިހުސާނަކީ މީހަކާ އިނދެގެން އުޅެވޭ ކަހަލަ މީހެއް ނޫންކަން މަންމައަށް ވުރެ ޮބޑަށް އެނގޭނީ

ދަރިފުޅަށް. ޯލތްބަކުން ހުރިހާކަމެއް ހާޞިލެއް ނުކުރެވޭނެ. މަންމައަށް ފެންނަނީ ތިކަން ހުއްޓާލާފަ......."

"ހުއްޓާލާފަ.... ކީއްކުރަންވީ؟" ސިތާރާ ވާހަކަ ހުއްޓާލި ޮގތުން ރަޝާޤާއަށް އެއްޗެއް ހީވެގެން އަވަސް އަވަހަށް އެހި އެވެ."ހުރިހާ ޮގތަކުން ވެސް ދަރިފުޅާ ގުޅޭ، ދަރިފުޅުދެކެ

އިންތިހާއަށް ޯލބިވާ މީހަކު އެބަހުރި." ސިތާރާގެ ވާހަކަ ފެށުމާއެކު ރަޝާޤާގެ ހިތް ތެޅެން ފެށިއެވެ. ވަރަށް ބާރަށެވެ. އޭނާއަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ޮބން ޮގވާނެ އިރެއްގެ އިރެއްގެ އިންތިޒާރުގަ އެވެ. ވާހަކަ ނިމޭނީ ޮބން ޮގވައިގެންކަން އެނގޭތީ އެވެ. އެކަމަކު ވީ އެހެނެއް ނޫނެވެ. އެ ބުނާ މީހެއްގެ މާތް ސިފަތައް ކިޔައި ނިންމާލި އިރުވެސް ކާކުކަމެއް ނުބުންޏެވެ. ނުއެއް ޮގވި އެވެ. ރަޝާޤާގެ ހިތުގެ ހެލުމަކަށް

ބަދަލެއް ނާދެ އެވެ. "އެއީ..... ކާކު...؟" މިއީ ރަޝާޤާއަށް އަމިއްލަ އިޚުތިޔާރުގައި ކުރެވުނު ސުވާލެއް ނޫނެވެ. ސުވާލު ނިކުމެގެން ދިޔައީ އޭނާގެ އެއްވެސް

ބާރެއް ނެތި އެވެ. "އެއީ ޒައިދު..."

ރަޝާޤާގެ ބަޑި ފަޅައިގެން ހިނގައްޖެ އެވެ. ހީވީ ފައިދަށުން ބިންގަނޑު ކަނޑައިގެން ޮގސް، އެތައް ހިސާބު އަޑިއަކަށް ފައިބައިގެން

ދިޔަހެންނެވެ. ބިންގަނޑު އައިސް ހަތަރު ފަރާތުން އޭނާ ވަށާލައި ފިއްތާލަން މަސައްކަތް ފެށި ކަހަލަ އެވެ. ހާސްވާން ފަށައިފި އެވެ. ދާހިއްލަނީ އެވެ. މޭނުބައި ކުރަނީ އެވެ. އޭނާއަށް ދުއްވައިގަނެވުނީ ޮކޓަރިއާ ދިމާއަށެވެ.

ރަޝާޤާއަށް ޮގތް ހުސްވެއްޖެ އެވެ. ޮކޓަރީގައި ޮއވެ އެތައް އިރަކު ޮރއި، އެތައް ޮގތަކަށް ވިސްނި އިރުވެސް އޭނާއަކަށް ރަނގަޅު ޚިޔާލެއް ނައެވެ. އިހުސާން ދޫޮކށްލެވޭނެ އެއްވެސް ޮކޅެއް ނުފެނުނެވެ. ޒައިދާ ގުޅެން ޖެހޭ

އެއްވެސް ސަބަބެއް ނުވިސްނުނެވެ. ޒައިދުދެކެ އޭނާ ޯލބެއް ނުވެއެވެ. ޯލބި ވާނެ ޮގތެއްވެސް ނޭނގެ އެވެ. އެއާޚިލާފަށް އިހުސާންދެކެ އޭނާ އިންތިހާއަށް

ޯލބިވެ އެވެ. މިކަން އެނގިއްޖެއްޔާ އިހުސާން ޮމަޔަވެސް ވެދާނެ އެވެ."އަޅެ އަހަރެން ކިހިނެއް ހަދާނީ؟" ރަޝްފާއާއި ރަޝާޤާ ތިބީ އަތިރިމަތީގަ

އެވެ. ރަޝާޤާގެ ދެޮލލުގައި ހުރީ ކަރުނައިގެ ތެތްކަމެވެ. އޭނާ ހުރިހާ ވާހަކައެއް ރަޝްފާއަށް ކިޔައިދީފި އެވެ.

"މަންމަގެ ޚިޔާލު އަހަންނަކަށް ޯގހެއް ނޫން!" އެއްޗެއް ނުބުނެ އިރުޮކޅަކު އިނދެފައި ރަޝްފާ ފުން ނޭވާއެއް ދޫޮކށްލި އެވެ.

"ކީކޭ!؟ ރަޝްވެސް އެއަތަށްތަ؟" ރަޝާޤާއަކަށް ގަބޫލެއް ނުކުރެވުނެވެ.

"ރަޝާ! ވިސްނަންވާނެ! ޮކންމެ ޮގތެއް ވިޔަސް އިހޫއަކީ ރަނގަޅު މީހެއް ނޫން! އޭނަ އެއްޮގތަކަށް ވެސް ރަޝާއާ ދޭތެރެއަކު ނުވިސްނާ!

ތެދުތެދަށް ބުނަންޏާ ބުނެވޭނީ އެއީ ކައިވެންޏެއް ކުރަން ހަމަ ހެޮޔވާވަރުގެ މީހެއްވެސް ނޫނޭ! އެއާޚިލާފަށް ޒައިދަކީ ރަނގަޅު މީހެއް. އަޚުލާގު ރަނގަޅު،

މުރާލި، މަސައްކަތް ދަންނަ..... މިހެން ޮގސް ދެން ކިޔާނެކަމެއް ނެތް. ކައިވެންޏަކަށް ދާއިރު މިހުންނަނީ ހައްތާވެސް ވިސްނަން ޖެހޭ ކަންކަމެއްނު."

ރަޝާޤާ އަނގައަކުން ނުބުނެ އެވެ. އެއްދިމާއަކަށް ކަޅި ހުއްޓާލައިގެން އިންއިރު ދެޮލލުން ކަރުނަ ޮއހެމުންދެ އެވެ. ހީވަނީ ރަޝްފާ ދެއްކި

ވާހަކަތަކާމެދު ފުން ވިސްނުމަކުން ވިސްނަން އިނީހެންނެވެ."ދެން ޮކންމެވެސް އެއްޗެއް ކިޔާބަލަ!" ރަޝާޤާ އެއްޗެއް ނުބުނެ

އިންނަން ފެށުމުން ރަޝްފާއަކަށް އެޮގތެއް ކަމަކު ނުދިޔަ އެވެ. )ނުނިމޭ(

Page 32: Sun Magazine 30

32

އެންޓަލް ސެންޓިމިހައިލީއޭ ބުނުމުން މިހާރުގެ ގިނަ ޒުވާނުންނަށް އެއީ ކާކުކަން ނޭނގުން ވަރަށް ގާތެވެ. ނަމަވެސް މިހައިލީއަކީ ރާއްޖޭގެ ފުޓްޯބޅައާ ވަރަށް ޮބޑަށް

ގުޅިފައިފައިވާ މީހަކަށްވުމުން އޭނާ މިހާރު ޮކބައިޯތ އާއި ކުރާ ކަމަކާއި އޭނާ ރާއްޖޭގައި ޯކޗުޮކށްދިން ދުވަސްވަރު ހިނގައިދިޔަ ކަންތައްތަކުގެ މައުލޫމާތު އޭނާގެ ގާތުން ޯހދުމަށް

ވަރަށް ކުރިއްސުރެ އަޅުގަނޑު ޝައުގުވެރިވިއެވެ. މިހެންވެ އޭނާއާ ގުޅޭޮގތްވޭޯތ ރާއްޖޭގައި މަސައްކަތް ކުރި ހަންގޭރީގެ ގިނަ ޯކޗުންގެ ކިބައިން ވެސް އެދުނީމެވެ. އެކަމަކު އެއްވެސް ޯކޗަކަށް އޭނާއާ ގުޅޭނެ ޮގތެއް ޯހދައިނުދެވުނެވެ. ކިރިޔާ ވެސް މިހައިލީއާ ގުޅޭނެ މައުލޫމާތު އެނގޭ މީހަކަށް ހުރީ އޭނާގެ އިރުޝާދުގެ ދަށުން ވެލެންސިއާ އަށް ގެނައި ޯކޗު ލާސްޯލ ކިސް އެވެ. އެކަމަކު ކިސް، މިކަން ޮކށްދޭން ބޭނުމެއްނުވި އެވެ. ނަމަވެސް ހުއްޓާނުލައި

ކުރި މަސައްކަތުން މިހައިލީއާ ގުޅޭޮގތްވީ ގާތްގަނޑަކަށް ދެ އަހަރު މަސައްކަތް ކުރި ފަހުންނެވެ. ހަންގޭރީ އަށް އުފަން މިހައިލީ އަކީ 1992 ވަނަ އަހަރުން ފެށިގެން 1995 ވަނަ އަހަރުގެ ނިޔަލަށް ކްލަބް ވެލެންސިއާ އަށް ޯކޗުޮކށްދިން އަދި އެ ކުލަބުގެ އެންމެ ކާމިޔާބު އެއް ޯކޗެވެ. އުމުރުން މިހާރު 72 އަހަރުވެފައިވާއިރު އޭނާ އަކީ ހަންގޭރީގެ

ފުޓްޯބޅައިގެ ތާރީހުގައި ވެސް މިހައިލީއަކީ ހާއްސަ މީހެކެވެ. އެ ގައުމުގެ ގައުމީ ޓީމަށް 31 މެޗު ކުޅެދީފައިވާއިރު މިހައިލީ އަކީ 1964 ވަނަ އަހަރުގެ ޮއލިމްޕިކްސް ޯގލްޑް މެޑަލް ޯހދި ހަންގޭރީ ޓީމުގެ އެއްވަނަ ޯގލްކީޕަރެވެ. އަދި ހަމައެއަހަރުގެ ޔޫޯރ ފުޓްޯބޅަ މުބާރާތުގެ ތިން ވަނަ މަގާމު ހަންގޭރީ ޯހދި އިރު ވެސް ޯގލު ބެލެހެއްޓީ އޭނާ އެވެ. ޔޫޯރގެ އިތުރުން ދެ

ފަހަރެއްގެ މަތީން ޯވލްޑް ކަޕްގައި ވެސް ކުޅުނު މިހައިލީ ވެލެންސިއާގެ ޯކޗަކަށް އައީ އޭނާގެ އުމުރުން 53 އަހަރުގަ އެވެ. ނަމަވެސް ނިއު 0-7 އިން ބަލިޮކށް، 1993 ވަނަ އަހަރު ޯހދި

ގައުމީ ތަށި، 1995 ވަނަ އަހަރު މިލްކު ނުކުރެވުމުން ލިބުނު ހިތާމައާއި ޮމޅުވެރިކަމުގައި މިހައިލީ އެނބުރި ގައުމަށް ދިޔަ ފަހުން އޭނާގެ އެއްވެސް ހަބަރެއްނުވެ އެވެ. ސަން

މިފަހަރު މި ގެނެސްދެނީ އޭގެ ފަހުން ދިވެއްސަކަށް މިހައިލީ ދިން ހަމައެކަނި އިންޓަވިއުގެ މުހިންމު ބައިތަކެވެ.

އަބްދުهللا އަޒުމީން

ާރއްޖޭގައި ހޭދަކުރި ހަތަރު އަހަރުގެ ތެރެއިން އެންމެ ހަނދާންކުރަން ބޭނުމީ ޮކން ކަމެއް؟ފުރަތަމަ ވެސް އަހަރެން ވަރަށް އުފާވެއްޖެ ދިވެހިރާއްޖޭގެ މީހަކު އަހަންނާ ބައްދަލުކުރަން އުޅުމުން. ވަރަށް އުފާވެއްޖެ އަހަރެންގެ ކުޅުންތެރިންގެ މައުލޫމާތާއި ވެލެންސިއާގެ މިހާރުގެ މައުލޫމާތު ލިބުމުން. ރާއްޖޭގައި އަހަރެން ހޭދަކުރި ދުވަސްތަކުގެ މަތިން ދުވަހަކު ވެސް

ހަނދާނެއް ނުނެތޭނެ. ހާއްސަޮކށް އަހަރެން އެންމެ ފުރަތަމަ ރާއްޖެ ދިޔަ ދުވަހު ޯލތްބާއެކު އަހަންނަ ކިޔާފައިވަނީ ވަރަށް ހޫނު މަރުހަބާ އެއް. މުބާރާތުގެ ތެރޭގައި ވެސް ޮއންނަނީ ވަރަށް އުފާވެރި މާހައުލެއް. އަހަންނާއި އަހަރެންގެ އަންހެނުން ކަނިފިޮނޅު ރިޯސޓްގައި

ހޭދަކުރި ކުރު ޗުއްޓީއަކީ ވެސް ވަރަށް ހަނދާން ހުންނަ ދުވަސްތަކެއް.

ވެލެންސިއާއިން ފުރުސަތު ލިބުނީ ކިހިނެތް؟އެއިރު ރާއްޖޭގެ ގައުމީ ޯކޗަކަށް ހުރި )މިޮކލަސް( ޓެމިސްވާރީ އަކީ ގާތް ރަހުމަތްތެރިއެއް.

އޭނާ އަހަރެން ގާތު ބުނީ ޒުވާން ކުދިން ތަކެއް އެބަތިއްބޭ ޯކޗަކަށް ބޭނުންވެފަ.

އެހެންބުނުމުން އެއިރު އަހަރެން އަދާކުރަމުން އައި ޯކޗުކަމުގެ ވަޒީފާ ދޫޮކށްލާފައި މާލެ ދިޔައީ ވަރަށް ޮބޑު އުފަލަކާއެކު.

ރާއްޖޭގައި އެންމެ ދެރަވި ދުވަހަކީ ޮކބާ؟1995 ވަނަ އަހަރުގެ ގައުމީ ފައިނަލަށް ފަހު

ދެރަވި ވަރަކަށް އަހަރެން ދުވަހަކު ވެސް ދެރައެއްނުވޭ.

އެއީތަ އެނބުރި ނާންނަ ޮގތަށް ގައުމަށް ދިޔަ ސަބަބަކީ؟

ނޫން. ހަގީގަތަކީ އެ )ފައިނަލް( މެޗުގެ ކުރިން އަހަރެން ވަރަށް ޮބޑަށް ބަލިވި. އެއީ ކުރިން

ވެސް ހުރި ބައްޔެއްގެ ސަބަބުން ވީ ކަމެއްކަން ޔަގީންވީ އޭގެ މާ ފަހުން ކުރި ޓެސްޓްތަކުން. ހަގީގަތުގައި އެ ބަލީގެ ސަބަބުން އަހަންނަށް ވެސް ފައިނަލް މެޗުގައި ޯގސްތަކެއް ހެދުނު.

ޮބޑު ފައިނަލެއްގެ ކުރިން ކުއްލިޮގތަކަށް ބަލިވުމުގެ ފަހަތުގައި އެއްވެސް ސަބަބެއްވޭތަ؟ އެއީ ޮކންކަހަލަ

ބައްޔެކަން ތަފްސީލު ޮކށްދެވިދާޯތ؟ތިޔައީ ކުރަން ވަރަށް ފަސޭހަ ސުވާލެއް.

އެކަމަކު ޖަވާބުދޭން ވަރަށް އުނދަގޫ ސުވާލެއް. ފައިނަލް މެޗު ކުޅުމުގެ ދެތިން ދުވަސް ކުރިން

އެއްދުވަހު މެންދުރު ބަނޮޑހުން ކައިގެން އަހަރެން މާލެ އައިތާ މާގިނަ އިރެއްނުވެ ގަދަ ހުމެއް އައީ. އަހަރެން ވަރަށް ބަލިވި. ޓީމުގެ

އިސް މީހުން އަހަރެން ޮހސްޕިޓަލަށް ގެންދިޔަ. އެކަމަކު ވީ ކިހިނެތް ކަމެއް ނޭނގުނު. އެކަމަކު

މި ބަލީގެ ސަބަބުން ފިޒިކަލީ ވެސް އަދި މެންޓަލީ ވެސް އަހަންނަށް އަހަރެންގެ ނަފްސު

ޮކންޓްޯރލެއްނުވި.

ތަށި މިލްކު ކުރަން ނުކުތުމުގެ ކުރިން އަދި ލީޑުގައި ޮއވެ ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމުމުން އިންޓަވަލް ގަޑީގައި ކުޅުންތެރިން

ގާތު ދެއްކީ ޮކން ވާހަކައެއް؟އެހެން މެޗުތަކެކޭ ވެސް އެއްޮގތަށް ފައިނަލް މެޗުގެ ކުރިން ވެސް އަހަރެން ނަފްސާނީ

ޮގތުން ކުޅުންތެރިންނަށް ވިސްނައިދީ އެ މީހުންނަށް ޯޖޝް ގެނުވަން މަސައްކަތް ކުރިން. ކުރީ ދެ އަހަރުގެ ގައުމީ ފައިނަލުން ޮމޅުވެފައި ޮއތުމުން ކުޅުންތެރިން ވެސް

ތިބީ ވަރަށް އިތުބާރާއެކު.

އަހަންނަށް ވެސް ގޯސް ހެދުނު: މިހައިީލ ސެންޓި މިހައިލީ 16 އަހަރު ފަހުން ދިވެހިންނާ ވާހަކަ ދައްކައިފި!

ކުޑަހީނާއަކީ ރާއްޖޭގެ މެސީ، އެންމެ ޮމޅު ކުޅުންތެރިއަކީ ކުޑަމޫސަ

Page 33: Sun Magazine 30

33

ދެން ޮކބާޯތ ޯކޗަށް ހެދުނު މިސްޓޭކަކީ؟ހާފް ޓައިމްގައި އަހަންނަށް ޯގސް ހެދުނު. ހަންގޭރީ ޯފވަޑް )ރަޒުވާން( ބަދަލު ނުކުރުމަކީ އަހަންނަށް ހެދުނު ވަރަށް ޮބޑު ޯގހެއް. )ވެލެންސިއާގެ ގިނަ މީހުން

ބުނާ ޮގތުގައި މިހައިލީގެ އިރުޝާދުގެ ދަށުން ގެނައި ރަޒުވާން އަކީ ރާއްޖެ އައިއިރު ވެސް ތަނަވަސްކަން ލިބިފައިވުމުން، ބައެއް ފަހަރު، ވަރަށް ކަންނެތްޮކށް އުޅޭ

ކުޅުންތެރިއެކެވެ(.

ގަދަ ފަދަ ޓީމެއް ޮއއްވައި ފައިނަލް މެޗުގައި ޕެޓްރިކް ޗިކާޔާ އަށް ވެލެންސިއާ ޮކޅަށް ދެ ޯގލު ޖެހުނީ އެހެންވެޯތ؟

ޕެޓްރިކް އަކީ ވަރަށް ޮމޅު ކުޅުންތެރިއެއް. އެކަމަކު ފައިނަލް މެޗުގައި އޭނާ ނަގައިގެން ކުޅުނު ޑިފެންޑަރުގެ ޑިސިޕްލިން ނެތީ. ވަރަށް ގިނަ ފަހަރު މާކް ނުޮކށް

ޕެޓްރިކް ދޫޮކށްލާފައި ބެހެއްޓީ.

ތަށި މިލްކު ނުކުރެވުނަސް މިހައިލީ އަކީ ރާއްޖޭގައި މަސައްކަތްކުރި އެންމެ ކާމިޔާބު އެއް ޯކޗު. ޮކބާޯތ ކާމިޔާބީގެ ސިއްރަކީ؟

އަހަރެން ޯލބި ކުރިން ޒުވާން ކުޅުންތެރިންނާއެކު މަސައްކަތް ކުރަން އަދި

ރަނގަޅު މެނޭޖްމަންޓަކާ އެކު ވެސް މަސައްކަތް ކުރަން. އެ މީހުން )ވެލެންސިއާގެ

ކުޅުންތެރިންނާއި މެނޭޖްމަންޓަށް( އެކަން

އިހުސާސް ކުރެވުނު. އަދި އަހަރެން ބޭނުންވި ޮގތަށް

މަސައްކަތް ކުރަން އެދިގެން ތިބީ.

1993 ވަނަ އަހަރުގެ ފައިނަލުގައި ނިއު ޮކޅަށް

ހަތް ލަނޑު ޖަހައިގެން ގައުމީ ތަށި ލިބިދާނެ ކަމަށް ގަބޫލު

ކުރެވުނުބާ؟ހަގީގަތުގައި އެއީ އެތްލީޓަކަށް ލިބޭނެ އެންމެ ޮބޑު އުފާ.

އަހަރެން ވެސް ވަރަށް އުފާވި އެ ދުވަހު. ވެލެންސިއާ ތަށި ޯހދަން ބޭނުންވެފައި ތިބިލެއް ޮބޑުކަމުން އެ ތަށި ލިބުނީ. ކުޅުންތެރިންގެ މެދުގައި ޮއތް އެކުވެރިކަމާއި ޯފރި ވެސް

ވަރަށް ޮބޑު ދައުރެއް ކުޅުނު.

ނިއު ރޭޑިއަންޓުގައި އެއިރު ހުރި ޯކޗު ކެންޯމޓަން ސިފަ ކުރަނީ ކިހިނެތް؟

އަހަރުމެން ދެ މީހުންނަކީ އެހާ ރަހުމަތްތެރި ދެ މީހުނެއްނޫން. އެކަމަކު އަހަރެން ދެކޭ ޮގތުގައި ޯމޓަން އަކީ ވަރަށް އަޒުމް ވަރުގަދަ، އަމިއްލަ ނަފްސަށް

އިތުބާރުކުރާ، ވަރަށް ޕްޮރފެޝަނަލް ޯކޗެއް.

މިހައިލީގެ ނަޒަރުގައި ވެލެންސިއާ އަށް ކުޅުނު އެންމެ ޮމޅު ކުޅުންތެރިއަކީ ކާކު؟

އެ ޓީމުން ވަކި ކުޅުންތެރިއަކު ޮހވުމަކީ އުނދަގޫ ކަމެއް. ފަހަތާއި މެދުތެރެ އަދި ކުރީގައި ވެސް ތިބީ ޮމޅު ކުޅުންތެރިން. އެކަމަކު ވަކި މީހަކު ފާހަގަ ކުރަންޏާ އެމީހަކަށް ވާނީ ކުޑަމޫސަ.

ބައިވަރު ޮމޅު ކުޅުންތެރިންތަކެއް ތިއްބާ މޫސަ އަށް ކެޕްޓަންކަން ދިނީ ކީއްވެ؟ އެ ނިންމުމަކީ މިހައިލީގެ ނިންމުމެއްތަ؟

މޫސަގެ ކިބައިގައި މެނޭޖް ކުރުމުގެ ހުނަރާއި ގާބިލްކަން ހުރޭ. އޭނަ އަށް ކެޕްޓަންކަން ދިނީ ކުޅުންތެރިން. އެ ނިންމުން އަހަރެން ގަބޫލުކުރިން. އޭނާއަކީ ޓީމެއް ތަމްސީލު ކުރަން ނަމޫނާ

މިސާލެއް ފަދަ ކުޅުންތެރިއެއް. ދަނޑުމަތީގައި ވެސް މޫސަ އަށް ޯކޗެއްގެ ޯރލު ކުޅެވޭ.

މިހައިލީ އަށް ފަހު ވެލެންސިއާ އަށް ގެނައީ ހަންގޭރީގެ ޯކޗު ލާސްޯލ ކިސް. އޭނާ ވެލެންސިއާ ގެނައުމަށް ލަފާދިނީ ކިސްގެ ކިބައިގައި ޮކންކަހަލަ ޮކލިޓީތަކެއް ހުރެންގެންތަ؟

ކިސް އަކީ އުފެދުމުގައި ވެސް އޭނާއާ ޑީލް ކުރަން ވަރަށް އުނދަގޫ މީހެއް. އެކަމަކު އެ ވަގުތު އޭނާ އަށް ވުރެ ރަނގަޅު މީހަކު އަހަންނަށް ފެނިފައި ނެތިގެން ވެލެންސިއާ އަށް ކިސް

ޮފނުވައިދިނީ.

94 ވަނަ އަހަރުގެ ސީޒަނަށް ފަހު ޗުއްޓީ އަށް ދަމުން ކުޑަހީނާ ވެލެންސިއާގައި މަޑުކުރުވަން މިހައިލީ ހުށަހެޅިންތަ؟ އަދި މުހިންމު އަހަރެއް ކުރިމަތީގައި ޮއއްވައި ކުޑަހީނާ ކުލަބުގައި މަޑުނުޮކށް

ދިއުމާމެދު ދެކެނީ ކިހިނެތް؟ އެކަމާ މެނޭޖްމަންޓާ ޑީލް ކުރީ ކިހިނެތް؟ ތިކަން މިހާރު މާޮބޑަށް ހަނދާނެއްނެތް. ކުޑަހީނާ ކުލަބުން ދާން ބޭނުންވެގެންދިޔައީ. އެކަމަކު އޭނާ ދާން އުޅުނުކަން ކުރިން އަހަންނަށް އެނގުނުނަމަ ވެލެންސިއާގައި މަޑުކުރަން އަހަރެން

ހީނާގާތު ބުނާނަން. ކުޑަހީނާ އަކީ ރާއްޖޭގެ މެސީ. ޓީމުގެ ތެރޭގައި އެއްބައިވަންތަކަން ދަމަހައްޓަން އެނގޭ ވަރަށް ޮމޅު ކުޅުންތެރިއެއް އެއީ.

މިހައިލީގެ މިހާރުގެ ވަޒީފާއަކީ ޮކބާ؟ ރިޓަޔާ ކުރީ ޮކން އިރަކު؟ވެލެންސިއާއިން އައި ފަހުން އަހަރެން ޓީމަކާ ހަވާލުވިން. އެކަމަކު ވަރަށް ކުޑަދުވަސްޮކޅެއްގެ

ތެރޭގައި ރިޓަޔާޮކށްފިން. ފަހުން އަހަރެން ހަވާލުވި ޓީމު ކުޅުންތެރިންގެ އަހުލާގު އެހާ ރަނގަޅެއްނޫން. އަހަންނަކީ ޮއލިމްޕިކް ޗެމްޕިއަނެއް. މިތަނުގައި އިހްތިރާމާއެކު އަހަރެން މި

އުޅެނީ. މިހާރު އުޅެނީ ގޭގައި. ރިޓަޔާޮކށްގެން އުޅުނު ފުރަތަމަ ދުވަސްޮކޅު ގޭގައި ހުންނަންވީމަ ވަރަށް އުނދަގޫވި. އެކަމަކު ޮއލިމްޕިކް ޯގލްޑް މެޑަލިސްޓް އެޯސސިއޭޝަނުން އަހަންނަށް ވަރަށް

އެހީވި. އުފާވެރި ދިރިއުޅުމެއް އަހަރެން ހޭދަކުރަމުންދަނީ.

ވެލެންސިއާގެ މިހާރުގެ ޓީމަށް ދޭނެ މެސެޖަކީ ޮކބާ؟ވެލެންސިއާގެ ވެބްސައިޓުން އަހަންނަށް ފެނުނު ވަރަށް ރީތި ޯގލުތަކެއް. ވަރަށް ގިނަ މައުލޫމާތު

ވެސް ލިބުނު. ހީނާ އާއި އިގުބާލް އަދި ބިންމާއަކީ އެކުގައި މަސައްކަތްޮކށްފިނަމަ ވަރަށް ޮމޅުވާނެ ކާމިޔާބު ތިން މީހުން. ކުޅުނު އިރު ވެސް ވަރަށް އެކުވެރިބައެއް އެއީ. އަހަރެން ވަރަށް

އުފާކުރަން އެމީހުން މިހާރު ތިބި މަގާމުތަކާމެދު. ހާއްސަޮކށް ވެލެންސިއާގެ ޯކޗެއްގެ ޮގތުން ބިންމާ އަށް ކާމިޔާބީ އަށް އެދެން.

ފުޓްޯބޅައިގެ އެންމެ އިސް މަގާމުތަކުގައި ވެލެންސިއާގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގައި މިހައިލީއާއެކު މަސައްކަތްކުރި މީހުން އެބަތިބި. ހިޔަލީ އާއި ޝާހުއާމެދު ދެކެނީ ކިހިނެތް؟

ހިޔަލީއާ އަހަންނާ ވަރަށް ގާތް ގުޅުމެއް ޮއތް. އެއީ ވަރަށް ހަރުދަނާ ބޭފުޅެއް. އިތުބާރު ކުރެވޭ މީހެއް. އަހަރެން ވަރަށް އުފާވޭ ހިޔަލީ އެހާ ޮބޑު މަގާމެއްގައި ހުންނަވާތީވެ. ދެން ޝާހުގެ

މަތިން މިހާރު ވެސް ހަނދާންވޭ. އޭނާ ދީފައިވާ ޮފޯޓ ޮފތެއް މިހާރު ވެސް އަހަރެން ގެންގުޅެން. އަހަރުމެން އެކުގައި ނަގާފައިވާ ޮފޯޓތައް ފެނުމުން ރާއްޖެ މަތިން ވަރަށް ހަނދާންވޭ. ޝާހު އަކީ އަބަދުވެސް ކުރިއަށް ދާން މަސައްކަތް ކުރާ ކުއްޖެއް. އަހަރެން ގާތު އަބަދުވެސް އޭނާ ދައްކާނީ

ފުޓްޯބޅައިގައި ކުރިއަށް ދެވޭނެ ޮގތެއްގެ ވާހަކަ.

ދައުވަތު ދީފިއްޔާ އަލުން ރާއްޖެ އަތުވެދާނަންތަ؟އަހަރެންގެ އުމުރުން މިހާރު ހަތްދިހަ ދެއަހަރާއިބައި ވެއްޖެ. އަހަންނަށް ދެން ޯކޗުކަމެއް

ނުކުރެވޭނެ. ރާއްޖޭގައި އަހަރެންގެ ހަނދާންތަކެއް ވާނެ. އެއީ ފުޓްޯބޅަ އަށް ވަރަށް ޯލބިކުރާ ވަރަށް އެކުވެރި ބަޔަކުއުޅޭ ރީތި ގައުމެއް.

އަހަންނަށް ވެސް ގޯސް ހެދުނު: މިހައިީލ

Page 34: Sun Magazine 30

34

"ތިމާއަށް ދެރަކަމެއް ކުރިމަތި

ވާ ވަގުތުގައި، ތިމާއަށް ވުރެ

ނިކަމެތި ހާލުގައި އުޅޭ މީހަކާ

މެދު ވިސްނާލާށެވެ. އޭރުން

ހިތަށް ފިނިކަން ލިބޭނެއެވެ."

ޮކފީ ކަސްޓަޑް

ބޭނުންވާތަކެތި 1 ޯޖޑު ކަސްޓަރޑް

1 ދަޅުގެރިކިރު1 މޭޒުމަތީ ސަމުސާ ޮކފީ

)ކިރިޔާ ގިރާލެވޭވަރުގެ ފެންޮފދެއްގައި ގިރާފައި(

4 ޯޖޑުފެންތައްޔާރުކުރާނެޮގތް

ކަސްޓަރޑް ޮކޅު ފެން އަޅާފައި ގިރާލުމަށްފަހު

އުނދުންމައްޗަށް އުދާލާފައި މަޑުގިނީގައި ދޭފަތުން ހަލަމުންކައްކާށެވެ.

ޯރނުފިލަނީސް ހިކޭޮގތްވާނަމަ ކުޑަ

ފެންޮފދެއް އެއްޮކށްލާށެވެ. ޮއލަވާންފެށުމުން ކިރާއި

ގިރާފައިހުރި ޮކފީ އެއްޮކށްފައި ޯރފިލުމުން އުދުންމަތިން ބާލާށެވެ.

-- ޖުވޭރިޔާ ވަޖުދީ

Page 35: Sun Magazine 30
Page 36: Sun Magazine 30