36
ރ20 :ުގަ އ2011 ުރަބްނެސި ޑ28 ،39 :ުރަބްމަ ންނިއު ބްސަ ރެގޭޔިނު ދުރަހަ އަންނަ އު ކު ބްސޭ ފ.. ނަރު ކުދްނަ ބ ލޯކ ކޮ ކ

Sun Magazine 39

  • Upload
    sun

  • View
    315

  • Download
    16

Embed Size (px)

DESCRIPTION

Sun magazine 39

Citation preview

Page 1: Sun Magazine 39

2ރ0 ގު: އަ2011ރު ންބަސެ ޑި28 ،39 :ބަރުނަމް

ދުނިޔޭގެ ރަސް ބުއިން

އަންނަ އަހަރު ފޭސްބުކު

ބަންދު ކުރަީނ ..ކޮާކކޯާލ

Page 2: Sun Magazine 39
Page 3: Sun Magazine 39

އެޑިޓަރު: ސިނާން އަލީ

އެގްޒެކެޓިވް އެޑިޓަރުން:

އަހުމަދު ޒާހިރު )ހިރިގާ(މުހައްމަދު އާމިރު ފަރެސް

ޑިޕިއުޓީ އެޑިޓަރު: މުންޑޫ އާދަމް ހަލީމް

އެސިސްޓެންޓް އެޑިޓަރު: އަލްއުސްތާޒު އަހުމަދު މާޖިދު

ސްޓާފް ރައިޓަރ: އިޔާޒު ނަސީމް

ލިޔުންތެރިން:އަބްދުهللا އަޒްމީން

ކަނީރު ޢަބްދުއްރަޙީމްޢަލީ ޚާލިދު

ޢަބްދުهللا ޝިނާންމިންނު

ޮކލަމިސްޓުން:ސިކުނޑީގެ ތޫފާން: ސީނާ އަހުމަދު ޒާހިރު

ކެޮޔނިރު: މުހައްމަދު ބުޝްރީފަސްމަންޒަރު: އަހުމަދު ޒާހިރު )ހިރިގާ(އަޅުގަނޑުމެންގެ މާހައުލުން: މީމުޒަވިޔަނި

އުޑުދަށުން: މުހައްމަދު ގާސިމްދިޔަތިކި: އަބްދުهللا ފާރޫގު ހަސަން

ސިއްކަ: ސިއްކަގޭ މުހައްމަދު ނަސީމް ދިޔަވަރު: މުހައްމަދު އާމިރު ފަރެސް

ރަންދެލި: މުންޑޫ އާދަމް ހަލީމްފަންވަތް: އިމާދު ލަތީފުޮކމާޯކޅި: ސިނާން އަލީ

މާކެޓިން:

ސަން މީޑިއާ ގްރޫޕް މާކެޓިން ޓީމް

ކަލަރ ސެޕަރޭޝަން އެންޑް ޕްރިންޓިންގ: ޮނވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕވޓ. ލޓޑ.

"ސަން" އަކީ 14 ޖުލައި 2010ން ފެށިގެން "ސަންއެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން މަހަކު ދެ ފަހަރު ނެރޭ މަޖައްލާއެކެވެ.

ސަންގެ އިދާރާ: ގ. ވިޔަވަތި، ކަށިމާ ހިނގުން / މާލެއީމެއިލް:

ވެބްސައިޓް: ޯފނު: 3312747، ފެކްސް: 3343789

އެޑިޓަރުގެ ނޯޓް

[email protected]

އަދަދު: 39 28 ޑިސެންބަރު 2011

ސިނާން އަލީއެޑިޓަރު

ސަން މަޖައްލާގެ 39 ވަނަ އަދަދު ވިދާޅުވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށް މަރުހަބާ ދަންނަވަމެވެ.

ސަންގެ 38 ވަނަ އަދަދަށް ދެއްވި ތަރުހީބަށް ޓަކައި ޝުކުރު އަދާ ކުރަމެވެ.

ސަންގެ 38 ވަނަ އަދަދުގެ ކަވަރު ސްޯޓރީ އަށް ވަނީ ވަރަށް ޮބޑު ތަރުހީބެއް ލިބިގެން ޮގސްފަ އެވެ. ޮބލީވުޑްގެ ރަސްގެފާނު، އަމީތާބް

ބައްޗަން ޤުރުއާން ކިޔަވާ ކަމަށް ދާދި ފަހުން މީޑިއާގައި ފެތުރިގެން ދިޔަ އަޑު ތަކާ ގުޅޭ ޮގތުން ސަން ގައި ޝާއިއު ކުރި ރިޯޕޓު ކިޔުންތެރިންނަށް ވަރަށް ވެސް ކަމު ދިޔަ އެވެ.

އެއީ އާ ރަހަ އެކެވެ. ސަން ޓީމުން ވެސް ކުރި އާ ތަޖުރިބާ އެކެވެ.

ނިމިގެން ދިޔަ ހަފުތާގެ ޮބޑު ވާހަކަ އަކީ މި ރާއްޖޭގައި ފަހުގެ ތާރީޚުގައި ބޭއްވި އެންމެ ޮބޑު މުޒާހަރާ އެވެ. އިސްލާމް ދީނުގެ ހިމާޔަތުގައި ދިވެހިން އަޑު އުފުލުމަށް ބޭއްވި

މި މުޒާހަރާގައި މުޅި ރާއްޖޭގެ އެކި ކަންޮކޅުތަކުން އެއް ލައްކަ އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް މުޒާހަރާ އިންތިޒާމް ކުރި މަދަނީ އިންތިހާދުން ހާމަ ކުރި އެވެ. އެ މުޒާހަރާ ނިމިގެން ދިޔައީ ގިނަ ފިލާވަޅު ތަކެއް ދީފަ އެވެ. ދިވެހިންގެ ހިތްތަކުގައި

އިސްލާމް ދީނަށް ދީފައިވާ ގަދަރާއި ޯލބި ދައްކުވައިދީފަ އެވެ. އިސްލާމް ދީނަށް ޓަކައި ހަށީގެ އެންމެ ފަހު ލޭ ތިކި ވެސް ގުރުބާން ކުރާން ދިވެހިން ތިބީ ތައްޔާރަށްކަން

ދައްކައިދެމުންނެވެ.

ފޭސް ބުކަކީ މިއަދު ދުނިޔޭގެ ޒުވާން ޖީލުގެ ވިންދެވެ. ހަޔާތުގެ ހާލު އަހުވާލާއި އަދުގެ ވާހަކަ ތަކާއި މާދަމާގެ ރޭވުންތައް ރާވާލުމުގައި އެންމެ ގާތް އެކުވެރިޔަކީ ވެސް ފޭސް

ބުކް ކަމަށް މިއަދު މި ވަނީ ވެފަ އެވެ. ކުރުޮކށް ބުނާ ނަމަ މިއަދު ފޭސް ބުކް ވެގެން ޮގސްފައި މި ވަނީ ޒުވާން ޖީލުގެ މުނިފޫހި ފިލުވައި ދިނުމުގެ އެންމެ މުހިންމު ބައިވެރިޔާ އަށެވެ. މި ފަދަ މުހިންމު ބައިވެރިޔަކު ބީވެގެން ދިޔުމަކީ އެކަކު ވެސް އެދޭނެ ކަމެއް ނޫނެވެ. އެހެން ނަމަވެސް މިފަހަރު ޮއތީ ހިތާމަވެރި ވާހަކަ އެކެވެ. އެއީ އަންނަ އަހަރު

ފޭސް ބުކްގެ ޚިދުމަތް ހުއްޓައިލާ ވާހަކަ އެވެ. މިހާރު އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކަ އަށް މި ވާހަކަ ވަނީ ވެފަ އެވެ. ދުނިޔޭގެ ބައެއް މީޑިއާ ތަކުން މިހާރު ގަދަޔަށް ދައްކަމުން

އަންނަ މި ވާހަކަ އަކީ ކިހާ ވަރެއްގެ ހަގީގަތެއް ކަމެއް ނޭނގުނު ނަމަވެސް މި ކަމާ ގުޅޭ ޮގތުން އެއީ ޮދގެކޭ ނުވަތަ ތެދެކޭ ވެސް ފޭސް ބުކް ގެ ފަރާތުން ރަސްމީޮކށް އަދި

ބުނެފައެއް ނުވެ އެވެ. މީ މިފަހަރުގެ ކަވަރު ސްޯޓރީ އެވެ.

ދުނިޔޭގައި އެކި ކަހަލަ ބުއިންތައް ތަޢާރަފުވެ، ވާދަވެރި މާހައުލެއްގައި ދައުރު ކުރަމުން އަންނަ އިރު މިއަދާ ހަމައަށް ވެސް ޮކކާ ޯކލާ ނުވަތަ ޯކކާ ވާދަ ޮކށްލެވޭނެ ބުއިމެއް

އެއްވެސް ބަޔަކަށް އުފެއްދިފައި ނުވުމުގެ ސިއްރަކީ ޮކބައިޯތ މީ ޝައުގުވެރި ވާހަކަ އަކަށް ވާނެ އެވެ. އަށާރަ ސަތޭކައިގެ އަހަރު ތަކުގެ ތެރޭގައި ދުނިޔެ އަށް ތައާރަފު ކުރި ޯކކް މިއަދު ވެސް އެއީ ދުނިޔޭގެ "ރަސް ބުއިން" ކަމުގައި ގަބޫލު ކުރާން ޖެހެ އެވެ. މުޅި

އުމުރުގައި އެއް ފަހަރު ނަމަވެސް ޯކކް ނުޯބ މީހަކު ހުރުމަކީ ވަރަށް ނާދިރު ކަމެއް އެހެން ނޫންޯތ އެވެ! މި އާދަޔާ ޚިލާފު ބުއިމާ ގުޅޭ ޮގތުން ތައްޔާރު ޮކށްފައިވާ ވަރަށް ފުރިހަމަ

ލިޔުމެއް މި ފަހަރުގެ އަދަދުގައި ހިމަނާފައި ވާނެ އެވެ.

މީގެ އިތުރުން ވެސް ތިޔަ ބޭފުޅުންގެ މަގުބޫލު އެހެން ހުރިހާ ޮސފުހާއެއް ހުންނާނެ އެވެ. ވިދާޅުވަމުން ގެންދަވާށެވެ.

Page 4: Sun Magazine 39

ޙަޤީޤަތާ ޚިލާފު ފާޑުކިޔުންތަކާ ކުރިމަތިލައްވާނީ ކިހިނަކުންޯތއެވެ.އިޢުތިރާޟުކުރުމާއި، ކުށްދެއްކުމުގައި އެކި މީހުންގެ މިޒާޖު ތަފާތެވެ.

ބައެއް މީހުންނަކީ ޙަޤީޤަތުގައިވެސް ހެޮޔއެދޭ އިޚްލާޞްތެރީންނެވެ. އެކަމަކު ނަޞޭޙަތް ދޭން ނޭނގޭ މީހުންނެވެ. އެހެންކަމުން އެބައިމީހުން ވާހަކަދައްކާ ޮގތުން ކަލާގެ ހިތްޕުޅަށް އަސަރުކުރުމަކީ ވެދާނެކަމެކެވެ. ބައެއް މީހުންނަކީ ޙަޤީޤަތުގައިވެސް ޙަސަދަވެރީންނެވެ. ހިތްނުބައި މީހުންނެވެ. އެބައިމީހުންގެ މަޤުޞަދަކީ ކަލާގެ ހިތްޕުޅުގައި ޖެއްސުމެވެ. ފާޑުކިޔުމަކީ އަނެއް ބައެއްގެ

ޠަބީޢަތުގެ ބައެކެވެ. އެފަދަ މީހުން މުޅި ދުނިޔެއާ މެދުވެސް ބަލަނީ ކަޅުކުލައިގެ އަވިއައިނަކުންނެވެ.

ތަންޮދރު ނުދަންނަ ބައެއް މީހުން މާތްهللا ސުބުޙާނަހޫ ވަތަޢާލާގެ ޒާތުފުޅަށް ނިސްބަތްޮކށް ވެސް ބޭއަދަބީ ބަހުރުވައިން ވާހަކަދައްކައެވެ. އެކަލާނގެއީ ވަނިވިހައި ތަކެއްޗެއްގެ ޚާލިޤެވެ. މާލިކެވެ. ރިޒުޤުދެއްވައި

ގެންގުޅުއްވާ ރަސްވަންތަ ފަރާތްޕުޅެވެ. އެކަލާނގެ ރަސްކަންފުޅު ފިޔަވައި އެހެން އެއްވެސް އިލާހަކު ނުވެއެވެ. ކަންމިހެން ހުރިއިރު، އަޅުގަނޑާއި

ތިޔަބޭފުޅާގެ ޙައިޘިއްޔަތކީ ޮކބައިޯތއެވެ؟ އަޅުގަނޑުމެންނަކީ ކުށުގެ މަޙައްލުގައިވާ މީހުންނެވެ. ފާފަކުރެވޭ މީހުންނެވެ. އެހެންކަމުން ކަލާއަށް

އެހެން މީހުންގެ ޙަޤީޤަތާ ޚިލާފު ފާޑުކިޔުމާ ކުރިމަތިވާނެއެވެ. ޮދގު

އިލްޒާމުތަކާ ކުރިމަތިލައްވަން ޖެހޭނެއެވެ. ކަލާގެ ދުވަސް ދުއްވައިލުމުގެ މަޝްރޫޢުތައް ރޭވޭނެއެވެ. ގަސްދުގައި އިހާނެތިޮކށް ހިތެވެމުންދާނެއެވެ.

ކަލާގެ އަތްޕުޅުމަތީގައި ވަސީލަތްތައް ހުރިހައި ހިނދަކުއެވެ. ކަލާ އާބާދުވެވަޑައިގަންނަވާހައި ދުވަހަކުއެވެ. ކަލާގެ ނުފޫޒު ހިނގާހައި ދުވަހަކުއެވެ. ކަލާ ކުރިޔަށް އަރައިވަޑައިގަންނަވާހާ ދުވަހަކުއެވެ.

ކަލާގެ ކަންތައް މިދެންނެވި ޮގތަށް ހުރިހައި ހިނދަކު މީހުން ކަލާއަށް ބިންގަނޑު ފަޅުއްވައިފައި ކަލާ ފާޑުކިޔުން ހުއްޓައެއްނުލާނެއެވެ.

އަޑިޔަށް ވަޑައިނުގަންނަވާހައި ހިނދަކުއެވެ. ކަލާ އެހެން މީހުންގެ ޯލތަކަށް ޮއބައިނުލާހައި ހިނދަކުއެވެ. ހަނދުމަފުޅު ކުރައްވާށެވެ. މީހުންގެ ތެރޭގައި ކަލާ އުޅުއްވާހައި ހިނދަކު ކަލާޔަށް އިހާނެތިކަމާ ކުރިމަތިވަމުން ދާނެއެވެ. ޯލފުޅުން ކަރުނަ ޮއޮހރޭތަން އަންނާނެއެވެ. އަވަހާރަފުޅު ނުލެއްޕެވޭ ރޭރޭ

އަންނާނެއެވެ. ހަނދުމަފުޅު ބަހައްޓަވާށެވެ. ހަނގުރާމައިގެ މައިދާނަށް ވެއްޓޭނީ ފިސާރި ފަހުލަވާނުންނެވެ. ބިންމަތީގައި އިށީދެލައިގެންތިބޭ އަންހެންދުޅާ

މީހުންނެއް ނޫނެވެ. އެތައްބަޔަކު ކަލާޔަށް ނަފުރަތުކުރަނީ ކަލާގެ ތަންޮދރު

ދެނެވަޑައިގަތުމާ ހުރެއެވެ. ޤާބިލިއްޔަތާހުރެއެވެ. ޚުލުފުޤުފުޅު ރީތިކަމާ

Page 5: Sun Magazine 39

ޢަބްދުهللا ފާރޫޤު ޙަސަންޙަޤީޤަތާ ޚިލާފު ފާޑުކިޔުންތަކާ ކުރިމަތިލައްވާނީ ކިހިނަކުންޯތއެވެ.

ހުރެއެވެ. އެބައިމީހުންނަށްވުރެ ތަނަވަސް ދިރިއުޅުއްވުމެއް އުޅުއްވާތީއެވެ. ކަލާގެ މިދެންނެވިހައި ނިޢުމަތެއް ނުދަނީސް އެބައިމީހުން ކަލާއަށް މަޢާފެއް ނުކުރާނެއެވެ. ކަލާގެ ހުރި ރަނގަޅު ހުރިހާ ކަމެއް ބީނުވަނީސް އެބައިމީހުން ހިމޭނަކުން ނުތިބޭނެއެވެ. ކަލާގެ ބުރަދަން

ހުރި ވަރަކަށް މީހުން ކަލާޔާ ދިމާޔަށް ޯހޯބލަވާނެއެވެ. އެހެންކަމުން ކަލާ އެބައިމީހުންގެ ފާޑުކިޔުންތައް ބަރުދާސް ކުރައްވާށެވެ. އިހާނެތިޮކށް ހިތުމާއި

އަގު ވައްޓައިލަން ކުރާ މަސައްކަތްތަކާ އަޅުއްވައިނުލައްވާށެވެ. އުޙުދު ފަރުބަދައެކޭ އެއްފަދައިން ސާބިތުކަންމަތީ ހުންނަވާށެވެ. އެ ފަރުބަދައެއްގެ

މައްޗަށް ގަނޑުފެން ފެއިބުމުން އެ ފެންތައް ވިރި ހުސްވެގެންދާ ފަރުބަދައެއް ފަދައިން ދެމިހުންނަވާށެވެ.

މީހުންގެ ފާޑުކިޔުންތަކާމެދު ފިކުރު ޮބޑުކުރައްވައި އެކަމަށް އަހައްމިއްޔަތު ދެއްވާން ފައްޓަވައިފިނަމަ އެމީހުން ކަލާގެ ދިރިއުޅުން

ކިލަނބުޮކށްލަފާނެއެވެ. ދިރިއުޅުއްވަން ދަތިޮކށްފާނެއެވެ. އޭރުން އެބައިމީހުންގެ ހިތްތަކުގެ މުރާދު ޙާޞިލުވީއެވެ. އެހެންކަމުން އެހެންމީހުންގެ

ޙަޤީޤަތާ ޚިލާފު ފާޑުކިޔުމަށް އަޅުއްވައިނުލައްވާށެވެ. އެބައިމީހުނާ ފޭވެ ހުންނަވާށެވެ. ކުޑަވެސް ސަމާލުކަމެއް ނުދެއްވާށެވެ. އެހެނީ ކަލާއަށް

ބަންދުކުރެވޭނީ ކިތައް މީހުންގެ އަނގަޯތއެވެ. ކަލާ އެބައިމީހުންގެ ފާޑުކިޔުމާ އަޅުއްވައިނުލައްވައި އެބައިމީހުންގެ މަސައްކަތަށް އެބައިމީހުން ދޫޮކށްލައްވައިފިނަމަ ކަލާއަށް އެބައިމީހުންގެ ނުޙައްޤު ފާޑުކިޔުންތަކުން

ރައްކާތެރިކަން ލިބިވަޑައިގެންފާނެއެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ރުޅިއައިސްގެން މަރުވާށެވެ!" )އާލުޢިމްރާން: 119(

ހަމައެކަނި މިކަމެއް ނޫނެވެ. ކަލާގެ މަތިވެރިކަމާއި މާތްކަން

އިތުރުކުރައްވާށެވެ. ކަލާގެ ނަފުސު ހިސާބުކުރައްވައި ހުރިނަމަ ހުރި

އުނިކަންފުޅެއް އިޞްލާޙު ކުރައްވާށެވެ. މިޮގތުން ކަލާއަށް އެބައިމީހުންގެ

ދޫތަކުގައި ތަޅުލެއްވިދާނެއެވެ. ނަމަވެސް ހަނދުމަފުޅު ބަހައްޓަވާށެވެ. ހުރިހާ

ޢައިބެއް ފިލުއްވައިލައްވަވައި އެންމެންގެ ކުރިމަތީގައި މަޤްބޫލު މީހަކަށް

ވެވަޑައިގަންނަވަން އެދިވަޑައިގަންނަވާނަމަ، އެއީ ވުން އެކަށީގެންވާ ކަމެއް

ނޫނެވެ. ފުރިހަމަވުން ވަރަށް ދުރު އުއްމީދެކެވެ.

Page 6: Sun Magazine 39

6

އިސްާލީމ ފައްނުތަކުގެ ތެރެއިން ޚައްާޠއި ޒަޚްރަާފކެލިގްރަފީ، ނުވަތަ ޚައްޠަކީ ނިޝާނާތަކަށާއި އަލާމާތްތަކަށް މާނައިން

ފުރިގެންވާ، ތައުބީރީ، އަދި ގުޅިއެކުލެވިގެންވާ ޮގތެއްގައި ވަކި ސިފައެއް ދިނުމުގެ ފައްނެވެ. ތަންޮކޅެއް ތިލަ އިބާރާތުން ދަންނަވާ ނަމަ، ކެލިގްރަފީގެ ފައްނަކީ އިންސާނުން ވާހަކަދައްކައި އުޅޭ ބަސްބަހުގެ އަކުރުތައް ލިޔުމުގައި، އެ އަކުރުތަކުގައި ފައްނީ ހުނަރުވެރިކަމާ އެކު ހާއްސަ ސިފަތަކެއް ޖައްސައި، ޯލތަކުގެ މިޔުޒިކެއް ކަމަށް ހިމެނޭނޭ ފަދަ ޮގތަކަށް، އަދި ވަކި ހަމަތަކަކާއި ގަވާއިދުތަކަކަށް ތަބާ ވާ ޮގތަށް، ލަފުޒުތަކާއި އިބާރާތްތައް އަތުން ލިޔުމުގެ

ފައްނެވެ.

ޚައްޠުގެ ފައްނަކީ ދުނިޔޭގެ ވަރަށް ގިނަ ހަޒާރަތްތަކުން އަޅުގަނޑުމެންނަށް ފެނިފައި ވާ ފައްނެކެވެ. ޓިބެޓްގެ ލާމާއިންނާ ހަމައިން

ފެށިގެން ޮގސް، ޔޫރަޕުގެ މެދުޒަމާނުގެ ބައިބަލްތަކުން ވެސް އަޅުގަނޑުމެންނަށް ޚައްޠުގެ ފައްނު ފެނެއެވެ. ފާހަގަ ޮކށްލަން ޖެހޭ އެއް ކަމަކީ މި ފައްނަކީ ވަރަށް ގިނަ ފަހަރު ދީނީ ލިޔުންތަކާއި، ދީނީ އިމާރާތްތަކަށް ހާއްސަ ވެފައި

ޮއންނަ ފައްނެއް ކަމެވެ. މި ފައްނަށް ޮބޑަށް އިސްކަން ދޭ ދީންތަކަކީ މުގައްދަސް ޮފތްތަކުގެ މައްޗަށް ބިނާ ވެފައި ވާ، އަދި ލިޔެކިޔުމަށް އިސްކަން

ދޭ ދީންތަކެވެ. އެޮގތުން ބަލާއިރު، ދުނިޔޭގެ ތާރީހުގައި ޚައްޠުގެ ފައްނަށް އެންމެ އިސްކަން ދިން، އަދި އެ ފައްނު އެންމެ ޮބޑަށް ތަރައްގީ ކުރި ހަޒާރަތަކީ

އިސްލާމީ ހަޒާރަތު ކަމަށް ވުމަކީ ހައިރާން ވާން ޖެހޭ ކަމެއް ނޫނެވެ. އިސްލާމީ ހަޒާރަތުގައި ޚައްޠުގެ ފައްނު އާއްމުޮކށް ބޭނުން ކުރެވިފައި ވަނީ ކީރިތި ޤުރްއާން ލިޔުމުގައެވެ. އަދި ޤުރްއާން ލިޔެވޭ ފަތްފުށްތައް ޒީނަތްތެރި ކުރުމުގައެވެ. މި ޮރނގުން ޚައްޠުގެ ފައްނު މުސްލިމުން ތަރައްގީ ޮކށްފައި ވަނީ ހައިރާން ވާން ޖެހޭ ހައި މަތީ ދަރަޖައަކަށެވެ. މިސްކިތްތަކާއި ރަސްރަސްކަލުންގެ ގަނޑުވަރުތަކުގެ އެތެރޭގެ ޒީނަތެއްގެ ޮގތުގައި ވެސް ޚައްޠު ބޭނުން ކުރެވިފައި ވެއެވެ. މިޮގތުން މުސްލިމުން ޚައްޠު ލިޔެފައި ވަނީ އާއްމު ޮގތެއްގައި ޢަރަބި ލިޔުމުންނެވެ. ނަމަވެސް ފާރިސީ ލިޔުމާއި ތުރުކީ ލިޔުމުން ވެސް މުސްލިމުން ޚައްޠުގެ ފައްނު ތަރައްގީ ޮކށްފައި ވެއެވެ. ފަހުގެ

ދައުރުތަކުގައި އުރްދޫ ބަހުގެ ޚައްޠަކީ ވެސް އިސްލާމީ ޙައްޠުގެ ފައްނުގެ ތެރެއަށް

އިތުރު ވި ބައެކެވެ. އިސްލާމީ ހަޒާރަތުގައި،

މުގައްދަސް ފަތްފުށްތަކާއި ތަންތނާ ގުޅިފައިވާ ފައްނެއްގެ

ޮގތުގައި ޚައްޠުގެ ފައްނު އާދަޔާ ހިލާފަށް ތަރައްގީ

ވެގެން ދިޔުމުގެ އެއް ސަބަބަކީ އިސްލާމް ދީނުގައި ބުދު

ފަދަ ސޫރަތައް ހެދުން މަނާ ކުރެވިފައި ޮއތުމެވެ. އޭގެ ސަބަބުން ކީރިތި ޤުރްއާން ލިޔެވޭ މުސްހަފުގައި، ނުވަތަ

މިސްކިތްތަކުގައި އެކި ކަހަލަ ސޫރަތަކާއި ބުދުތައް

ބެހެއްޓުމަކީ މުސްލިމުން ކުރާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި މުސްލިމުންގެ ތެރޭގައި އުފެދުނު ފައްނަކީ هللا ގެ

މަތިވެރި ކަލާމްފުޅުގެ ބަސްތައް ހާއްސަ ޮގތްތަކަކަށް ލިޔުމުގެ ފައްނެވެ. ޚައްޠާ ވަރަށް ޮބޑަށް ގުޅި ލާމެހިފައިވާ އަނެއް ފައްނަކީ ޒަޚްރަފާގެ ފައްނެވެ. މިއީ ވެސް ދުނިޔޭގެ އެހެން އެއްވެސް ބަޔަކަށް ވާދަ ޮކށްނުލެވޭނޭ

ފެންވަރަށް މުސްލިމުން ތަރައްގީ ކުރި ފައްނެކެވެ. ޒަޚްރަފާގެ ފައްނަކީ ޖިޯއމެޓްރިކް ކުރެހުންތަކެއް، ސިމެޓްރިކަލް ނަމްތުތަކެއް ނުވަތަ ޕެޓަރންތަކެއްގެ ޮގތުގައި، ކުރަހައިލުމުގެ ފައްނެވެ. މި ކުރެހުންތަކުގައި ހިމެނޭ ޖިޯއމެޓްރިކް ނަމްތުތައް

ހުންނާނީ މަންތިގީ ނުވަތަ ޮލޖިކަލް ހަމަތަކެއްގެ މަތީން ސިމެޓްރިކަލް ވެފައެވެ. އެހެންކަމުން އިންސާނުން ތަރައްގީ ޮކށްފައި ވާ ފައްނުތަކުގެ ތެރެއިން ހިސާބު

އަދަބާއި ފަންނު

Page 7: Sun Magazine 39

7

އަލްއުސްތާޛު އަޙުމަދު މާޖިދު

އިލްމާއި މަންތިގާ އެންމެ ޮބޑަށް ގުޅިފައި ވާ ފައްނަކީ ވެސް ޒަޚްރަފާގެ ފައްނެވެ.

އިސްލާމީ ފައްނުވެރިކަމުގެ މައިދާނުގައި، ޒަޚްރަފާ އާއި ޚައްޠާ ގުޅިފައި ވާ ގުޅުން އެންމެ ޮބޑަށް ފެންނަނީ މުސްލިމުން ބިނާ

ޮކށްފައި ވާ މިސްކިތްތަކާއި ގަނޑުވަރުތައް ފަދަ ތަންތަނާއި، އަދި ކުރީ ޒަމާނުގައި މުސްލިމުން ލިޔެފައި ހުންނަ ޮފތްތަކުގައި ޒަޚްރަފާގެ

ކުރެހުންތަކެއްގެ ޮގތުގައި ޚައްޠު ލިޔެފައި ހުންނަ ހުރުމުންނެވެ. ޒަޚްރަފާގެ ފައްނު އިސްލާމީ ދުނިޔޭގައި އެންމެ ޮބޑަށް ތަރައްގީ

ވާން ފެށީ މީލާދީން 900 އިގެ އަހަރުތަކުގައެވެ. މި ދުވަސްވަރުގައި އިސްލާމީ

ދުނިޔޭގެ ޮބޑެތި ޝަހަރުތައް ކަމަށްވާ ބަޣުދާދާއި ޤާހިރާ އާއި ދިމިޝްޤާއި ޤުރްޠުބާ ފަދަ ޝަހަރުތަކުގައި މި ފައްނުތައް އިންސާނުންގެ ބުއްދި ހައިރާން ޮކށްލާ

ފަދަ ކާމިލު މިންވަރަކަށް ތަރައްގީ ކުރެވުނެވެ. އަދި

މުސްލިމް މިއުމާރުން، އިމާރާތް ކުރުމުގައި އެ ފައްނުތައް

ވަރަށް ޮބޑަށް ބޭނުން ކުރިއެވެ. ފަހުން، މީލާދީން 1500

އިގެ އަހަރުތަކުގެ ތެރޭގައި ޔޫރަޕުގެ "ރެނެއިސެންސް" ގެ ދުވަސްވަރު ޔޫރަޕުގައި

ވެސް ޒަޚްރަފާގެ ފައްނު އާއްމު ވެގެން ދިޔައެވެ. ޔޫރަޕަށް މި ފައްނު ވެސް ވާސިލު ވެފައި ވަނީ، ސައިންސާއި ފަލްސަފާ އާއި ފައްނުވެރިކަމުގެ އެހެން ބާބުތަކެކޭ ވެސް އެއްފަދައިން،

އިސްލާމީ ހަޒާރަތުންނެވެ. ނަމަވެސް ޔޫރަޕުގައި އެ ފައްނު ތަރައްގީ ކުރެވުނީ އެމީހުންގެ

އަމިއްލަ ސަގާފަތާއި އާދަކާދަތަކުގެ ގިއުގަނޑުގެ ތެރޭގައެވެ.

ޚައްޠާއި ޒަޚްރަފާ އަކީ ފައްނުވެރިކަމުގެ ތެރޭގައި ހިމެނޭ އެންމެ އިލްމީ ދެ ފައްނު ކަމުގައި ބެލެވިދާނެއެވެ. ހަމައެއާއެކު، މި ޒަމާނުގައި އެ ފައްނު ވަރަށް

ޮބޑަށް ވަޅު ޖެހިފައި ވާ ކަން ވެސް ފާހަގަ ކުރަން ޖެހެއެވެ. ހާއްސަޮކށް މާއްދިއްޔަތާއި ފައިސާ ޯހދުން ފިޔަވައި އެހެން މަގުސަދެއް ނެތް މުޖުތަމައުތަކުގައި މި ބާވަތުގެ

ފައްނުތަކަށް ޖާގައެއް ޯނންނަ ކަމީ ވަރަށް ޮބޑު ހަގީގަތެކެވެ. މިފަދަ ފައްނުތަކުގެ ހަގީގީ އަގު ވަޒަން ކުރެވޭނީ ތަހުޒީބާއި ތަމައްދުންގައި ކުރި އަރައިފައި ތިބޭ މުޖުތަމައުތަކަށެވެ. އިލްމީ މުޖުތަމައުތަކަށެވެ. އެހެންކަމުން އަޅުގަނޑުމެންގެ ތެރޭގައި މި ފައްނުތަކަށް މާކަ

ޮބޑު ޖާގައެއް ޯނންނަ ކަމީ ހައިރާންވާން ޖެހޭ ކަމެއް ވެސް ނޫނެވެ.

Page 8: Sun Magazine 39

8

ދުންފަތްދަރިންާނއި ދަރިންގެދަރިން ސަާލމަތް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައި

ގައިންގަޔަށް ނާރާ އެކިއެކި ބަލިބަލިން މަރުވުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމާއި ހުރި ގުޅުމަކީ މިހާރު އިތުރަށް ބަހުސް ކުރާނެ ޖާގަ

އެއް ނެތް ހަޤީޤަތެކެވެ. މިވަބާ އިން ސަލާމަތް ވުމަށްޓަކައި ތަރައްޤީ ވެފައިވާ ޤައުމުތަކުގެ ސަރުކާރު ތަކުން ގެންގުޅުއްވި ހަރުދަނާ ސިޔާސަތު ތަކުގެ ސަބަބުން

މިހާރު އެޤައުމުތަކުގައި ދުންފަތުގެ އިސްތިޢުމާލު ކުރާ ފަރާތްތަށް އަންނަނީ ދުވަހަކަށް ވުރެ ދުވަހެއް މަދު ވަމުންނެވެ. ދުންފަތުގެ އިސްތިޢުމާލު ނުކުރާ

ގައުމެއް އުފެދިއްޖެނަމަ ސިއްޙީޮގތުން ދުޅަހެޮޔ ރައްޔަތެއްގެ އިތުރުން އެޤައުމެއް ވާހުށީ އިޤްތިސާދީ ޮގތުންވެސް ކުރިއެރުމެގެ ފުރުސަތުޮބޑު ޤައުމަކަށެވެ.

ދިރާސާ ތަކުން އެނގޭ ޮގތުގައި، ދުންފަތުގެ އިސްތިޢުމާލު ކުރުން މަދުކުރެވިފައި ވަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ރައްޔަތުންގެ

ބައިވެރިވުން ލިބިގެންނެވެ. މިޮގތުން އާބާދީގައި ދުންފަތުގެ އިސްތިޢުމާލު ކުރާމީހުން ކާމިޔާބާއި އެކު މަދުކުރި ސަރުކާރުތަކުން އެޅި އެންމެ މުޙިއްމު ފިޔަވަޅު ތަކުގެ ތެރޭގައި ދުންފަތުން ލިބޭގެއްލުމާއި ބެހޭޮގތުން ރައްޔަތުން ހޭލުންތެރި ކުރުމާއި، ދުންފަތުގެ ބާވަތްތައް ލިބޭ އަގު ޮބޑުކުރުމާއި، އާއްމުންގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލު ނުކުރެވޭ ފަދަ ޤަވާއިދުތައް ހަދާ ތަންފީޒުކުރުމާއި، ދުންފަތުގެ ބާވަތްތައް ސީދާޮގތުންނާއި ނުސީދާ ޮގތުން ނަމަވެސް އިސްތިހާރު ކުރުން

މަނާކުރުން ހިމެނެއެވެ. ދުންފަތުގެ ހަނގުރާމަ ކާމިޔާބު ކުރަމުންދަނީ ދުންފަތުން ލިބޭ ގެއްލުމަކީ ތިމާއަށް އެކަނި ލިބޭ ގެއްލުމެއްގެ އިތުރުން، ތިމާ އެންމެ ޯލބިވާ ދަރިންނަށް ވެސް އަދި ގާތުގައި އުޅޭ ރައްޓެހިންނަށް ވެސް އޭގެ ނުބައި އަސަރު

ކުރުމުގެ އިތުރުން ބަލިޖެހުމުގެ ފުރުސަތު ޮބޑުޮކށްދޭ ކަމެއްކަން އެޤައުމެއްގެ ރައްޔަތުން ބަލައިގަތް ޤައުމު ތަކުންނެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ

އެއްވެސް ފައިދާއެއް ނެތް، އޭގެ ސަބަބުން އެތައް ގެއްލުމެއް ލިބޭ، މިކަމަށް ކުރާ ހޭދައަކީ ކަނޑައެޅިގެން ކުރެވޭ އިސްރާފެއް ކަމަށް ޤަބޫލު ކުރި ޤައުމުތަކުންނެވެ.ދުންފަތުން ދިވެހިން ސަލާމަތް ކުރުމަށް ޓަކައި ރާއްޖޭގައި ވެސް އެކިފަހަރު

މަތިން ވަރަށް ޮބޑު މަސައްކަތް ތަކެއް ވަނީ ކުރެވިފައެވެ. މިޮގތުން ދިމުކްރާތީ ވެއްޓެއްގައި ސިއްޙީ ޮގތުންނާއި އިޤްތިޞާދީ ޮގތުން ދުރުވިސްނުމެއްގައި އެޅުނު އެންމެ ރަނގަޅު އެއްފިޔަވަޅު ދިވެހިން ވަނީ ބަލައި ނުގެންފައެވެ. އެއީ ރާއްޖޭގެ

ފުރަތަމަ ޖުމްޙޫރިއްޔާ އިން ރާއްޖެއަށް ދުންފަތުގެ ބާވަތް ތައް އެތެރެ ޮކށް ވިއްކުން ޮކންޓްޯރލު ކުރުމެވެ. މިއީ މިޒަމާނުގައި ތަރައްޤީ ވެފައިވާ ގިނަ ޤައުމު ތަކުން އެބައިމީހުންގެ ލަނޑުދަނޑި ކަމުގައި ހަދައިގެން މަސައްކަތް ކުރަމުން ދާ އެއް އަމާޒެވެ. އެކަމަކު ތިމާއަށާއި، ތިމާގެ ގާތް ރައްޓެހިންނަށް ވެސް ގެއްލުން ލިއްބައިދޭ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ، ފަރުދީ މިނިވަން ކަމެއްކަމުގައި

ވަކާލާތް ކުރާ ފަރާތް ތަކާއި، ދުންފަތް އުފައްދާ ކުންފުނި ތަކާއި، ދުންފަތު ގެ ވިޔާފާރި ކުރާ ފަރާތްތަކުގެ ފިއްތުންތަކުގެ ސަބަބުން އެއްވެސް ޤައުމަކަށް އަދި

މިވަނީ މި ލަނޑުދަނޑި ޙާސިލު ނުކުރެވިފަ އެވެ. ދިވެހިރާއްޖެއަކީ ދުންފަތުގެ ވަބާއިން ސަލާމަތް ވެފައިވާ ޤައުމަކަށް ހެދުމުގެ އުއްމީދުގައި، ފުރަތަމަ ދިވެހި ޖުމްހޫރިއްޔާ އިން ކުރި މަސައްކަތް ނާކާމިޔާބުވުމުން ދެން ފެނިގެން ދިޔައީ ޖެހިޖެހިގެން އައި ސަރުކާރުތަކުން

ދުންފަތުގެ ސަބަބުން ދިވެހި ރައްޔަތުންނަށް ލިބޭ ގެއްލުންތައް ރަނގަޅު ނިޔަތުގައި އަންގައިދިނުމަށް ޖެހިލުން ވެފައި ތިބި މަންޒަރެވެ. ނަމަވެސް 1990 ވަނަ އަހަރުގެ ފަހުޮކޅުގަޔާއި އައު ސާސްކަފުގެ ކުރީޮކޅުގައި، ޚާއްޞަޮކށް ދިވެހި

ޒުވާނުންނަށް އަމާޒު ކުރެވިގެން ހިންގުނު ދުންފަތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގެ ނަތީޖާ ފެންނަން ފެށިކަން އޭރު ކުރެވުނު ދެ ދިރާސާއަކުން

ދައްކައެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ރަސްމީޮކށް ޒުވާނުންގެ މެދުގައި ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ އާދަ އަށަގެންފައިވާ މިންވަރު އަދި ސަބަބުތައް ދެނެގަތުމަށް

ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ބެހޭ ދިރާސާއެއް ކުރެވިފައިވަނީ 2003 އަދި 2007 ވަނަ އަހަރުއެވެ. ޮގޯލބަލް ޔޫތް ޮޓބޭޯކ ސަރވޭ ގެ ނަމުގައި މި

ދެއަހަރު ކުރެވުނު ދިރާސާއިން ޯހދިފައި ވަނީ 2003 ވަނަ އަހަރާ އަޅާ ބަލާއިރު 2007 ވަނަ އަހަރު ޒުވާނުންގެ މެދުގައި ދުންފަތުގެ އިސްތިޢުމާލުކުރުން 6.9 އިންސައްތައިން 3.8 އިންސައްތަ އަށް މަދުވެފައިވާ ކަމެވެ. މި ދިރާސާގައި

އެންމެ ފާހަގަ ޮކށްލެވުނު ކަމަކީ ޒުވާނުންގެ މެދުގައި ދުންފަތުގެ އިސްތިޢުމާލު ކުރުން އެންމެ ޮބޑަށް ފެށޭ އެއް ސަބަބު ކަމުގައިވާ ރައްޓެހި ކުދިންގެ އެދުމާއި

ޕްރެޝަރު ކުރުމުގެ ސަބަބުން ދުންފަތުގެ އިސްތިޢުމާލު ކުރަން ފެށިކުދިންގެ އަދަދު ފާހަގަ ކުރެވޭ ވަރަށް މަދުވި ކަމުގައިވިޔަސް ގޭތެރެއިންނާއި ބޭރުތެރެއިން ދުންފަތުގެ ދުމުން ރައްކާތެރި ވެވިފައިނުވާ ކަމެވެ. މި ދިރާސާގައި ބައިވެރިވި

ޒުވާނުންގެ ތެރެއިން 90 އިންސައްތަ އެދިފައިވަނީ އާންމު ސަރަހައްދު ތަކުގައި ދުންފަތުގެ އިސްތިޢުމާލު ނުކުރެވޭޮގތް ހަދައިދިނުމަށެވެ. މިފަދަ ނަތީޖާއެއް އޭރު

ފެނިފައި ވަނީ ގިނަ މަސައްކަތް ތަކެއް ދުންފަތާ ދެޮކޅަށް ކުރެވިގެންނެވެ. މީގެތެރޭގައި އެއްވެސް ޮގތަކަށް ދުންފަތާއި އޭގެ ބާވަތް ތަކުގެ އިޝްތިހާރުކުރުން

މަނާ ކުރުމާއި އަދި ޞިއްހީ ޚިދުމަތްދޭ ތަންތާންގައާއި ސަރުކާރުގެ އިދާރާ ތަކުގައި އަދި ސްކޫލްތަކުގައި ދުންފަތުގެ އިސްތިޢުމާލު ކުރުން ވަނީ

މަނާކުރެވިފައެވެ. މީގެ އިތުރުން ޞިއްޙީ ގެއްލުމުގެ އިންޒާރު ޖަހައިގެން ނޫނީ

Page 9: Sun Magazine 39

9

ދަރިންާނއި ދަރިންގެދަރިން ސަާލމަތް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައި

ދުންފަތުގެ ބާވަތްތައް ނުވިއްކުމާއި 18 އަހަރުން ދަށުގެ ކުދިންނަށް ދުންފަތް ވިއްކުން މަނާ ކުރުމުކީ ވެސް ދުންފަތް ޮކންޓްޯރލް ކުރުމަށް އެޅިފައިވާ

ފިޔަވަޅުތަކެވެ. މީގެ އިތުރުން 2003 ގައި ދިވެހިރާއްޖޭގައި ވަނީ ދުންފަތުގެ އިސްތިޢުމާލު ކުރުން ޮކންޓްޯރލް ކުރުމާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ

)ފްރޭމްވާރކް ޮކންވެންޝަން ޮއން ޓްބޭޯކ ޮކންޓްޯރލް( ގައި ޮސއިޮކށްފަ އެވެ. ދުންފަތުން ދިވެހިން ސަލާމަތް ކުރުމަށްޓަކައި ރާއްޖޭގައި އެޅުނު މުޙިއްމު

އަނެއް ފިޔަވަޅަކީ ދުންފަތް ޮކންޓްޯރލް ކުރުމާއި ބެހޭ ޤާނޫނު ވުޖޫދަށް އައުމެވެ. މިޤާނޫނާއި ޤާނޫނު ގެ ދަށުން ހެދޭ ޤަވާޢިދު ތައް ރާއްޖޭގައި ތަންފީޒު ކުރަން ފެށުމުން އޭގެ ފައިދާ ސީދާ ޮގތުން ޢާއިލާ ތަކަށާއި ސަރުކާރަށް ކުރާނެކަމީ ޝައްކެއް ނެތް ކަމެކެވެ. ނަމަވެސް ޤާނޫނު ހެދެމުން ދިޔަ މަރުހަލާ ގަޔާއި، އަދި ޤަވާޢިދު ތައް ހެދެމުން ދާ މަރުޙަލާގައި ވެސް ދުންފަތުގެ ވިޔާފާރީގެ

ފައިދާ ލިބޭފަރާތް ތަކުން އެފަރާތް ތަކުގެ ނުފޫޒު ޯފރުވަން މަސައްކަތް ކުރާނެ ކަމީ ކަށަވަރު ކަމެކެވެ. އެހެން ނޫން ނަމަ މިޤާނޫނުގެ ދަށުން ދިވެހިންނަށް ލިބިދޭ ރައްކާތެރިކަން މިހާރު މިފެންނަ ދުވެއްޔަށް ވުރެ ހަލުވި މިނެއްގައި

ފެންނަމުންދާނޭކަން ޔަޤީނެވެ.ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ދިވެހިންނަށް ވެސް

ދުންފަތުން ލިބޭ ގެއްލުންތައް ޢާއްމު ޮގތެއްގައި އެނގުނު ކަމުގައި ވިޔަސް، މި ގެއްލުން ތަކުން ތިމާއަށާއި ތިމާގެ ދަރިންނަށާއި ދަރިންގެ ދަރިންނަށް އަދި ޢާއިލާއަށް ލިބިދޭ ގެއްލުން ތަކުގެ ޮބޑުމިން އިޙްސާސް ނުކުރެވޭކަން ފާހަގަ

ކުރެވެ އެވެ. އެހެންނޫން ނަމަ ލިޔަންކިޔަން ދަތުމުގެ ޮރނގުން މިސަރަހައްދުގެ ޤައުމުތަކުގައި ނަގާކިޔާ މިރާއްޖޭގައި ދުންފަތުގެ ވަބާގައި ޖެހޭ ޒުވާނުން މިހާރު

މިފެންނަ ހަލުވި މިނެއްގައި އިތުރުވަމުން އަންނަ ތަނެއް ނުފެނުނީހެވެ.ދެކުނު އިރުމަތީ ހުރިހާ ރަށްތަކަށް ބަލާއިރު ވެސް ދުންފަތުގެ ވަބާގައި

ރާއްޖޭގެ އާބާދީ ޖެހިފައިވާ މިންވަރު މަތިކަން ފާހަގަ ޮކށްލެވެއެވެ. ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ޮގތުގައި ރާއްޖޭގެ ޮބޑެތި މީހުންގެ އާބާދީގެ 45 އިންސައްތަ ފިރިހެނުން އަދި 11 އިންސައްތަ

އަންހެނުން ދުންފަތުގެ އިސްތިޢުމާލު ކުރެއެވެ. އަދި މިއަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން ފާހަގަ ކުރެވެ އެވެ. ރާއްޖޭގައި ޤައުމީ ފެންވަރެއްގައި

ސްކޫލް ތަކުގައި ކުރެވުނު ދިރާސާއެއް ކަމުގައިވާ، 2009 ވަނަ އަހަރުގެ ގްޯލބަލް ސްކޫލް ބޭސްޑް ހެލްތް ސަރވޭ އިން ދައްކާ ޮގތުގައި މިދިރާސާ ގައި ބައިވެރިވި 11.6 އިންސައްތަ ކުދިން އެއްދުވަހަށް ވުރެ ގިނަދުވަހު ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ސިގިރެޓް ބޭނުން ޮކށްފައިވެއެވެ. އަދި މީގެ ތެރެއިން 65 އިންސައްތަ

ކުދިން ފުރަތަމަ ސިގިރެޓް ޮބއިފައިވަނީ ޢުމުރުން ސާދަ އަހަރު ނުވަތަ އެއަށްވުރެ ކުރިންނެވެ. ދުންފަތުގެ އިސްތިޢުމާލު ކުރާ ކުދިން ވެސް ދުންފަތާ ދުރުވާން ބޭނުންކަން މިދިރާސާއިން ވަރަށް ރަނގަޅަށް ހާމަވެއެވެ. އެއީ ދުންފަތުގެ

އިސްތިޢުމާލު ކުރުމަށް ސިގެރެޓު ޯބ ކުދިންގެ ތެރެއިން 60.5 އިންސައްތަ ކުދިން ސިގިރެޓު ބުއިން ހުއްޓާލުމަށް މަސައްކަތް ޮކށްފައިވެ އެވެ.

ދެހާސް ހަތަރު ވަނަ އަހަރު ކުރެވުނު އެހެން ދެ ދިރާސާއަކުން ވެސް ރާއްޖޭގެ އާބާދީ ގައި ދުންފަތުގެ އިސްތިޢުމާލުކުރުމުގެ އަމަލު ހުރިވަރު އެނގެއެވެ. އެ އަހަރު މިނިސްޓްރީ ޮއފް ހެލްތުން މާލޭގައި ކުރި ގައިން ގަޔަށް

ނާރާ ބަލިބަލީގެ ދިރާސާއަކުން ދެއްކިޮގތުގައި މާލޭގެ އާބާދީގެ 27.4 އިން ސައްތަ ދުންފަތުގެ އިސްތިޢުމާލު ކުރެއެވެ. އަދި މީގެތެރެއިން ގިނަމީހުން ދުންފަތުގެ އިސްތިޢުމާލު ކުރަން ފައްޓާފައި ވަނީ ޢުމުރުން 18 އަހަރު ވުމުގެ ކުރިން

ސިގިރެޓަކުންނެވެ. އަދި ހަމަ އެއަހަރު ނެޝަނަލް ނާޮކޓިކް ޮކންޓްޯރލް ބިއުޯރއިން ކުރި ރެޕިޑް އެސެސްމެންޓް ސަރވޭ އިން ދެއްކިޮގތުގައި މަސްތުވާތަކެތި

ބޭނުންކުރާ މީހުންގެ ތެރެއިން 90 އިންސައްތަ މީހުން 10 އަހަރާއި 19 އަހަރާ ދޭތެރޭ ދުންފަތުގެ އިސްތިޢުމާލު ކުރަން ފަށާފައިވެ އެވެ. މީގެތެރެއިން 86 އިން ސައްތަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާފައި ވަނީ ސިގިރެޓުންނެވެ.

ދުންފަތުގެ ގެއްލުމުގެ ވާހަކަ ދެކެވޭއިރު ގިނައިން ދެކެވިފައި ހުންނަނީ ދުންފަތުގެ ސަބަބުން ސިއްޙީ ޮގތުން ލިބޭ ފަރުދީ ގެއްލުން ތަކެއްގެ ވާހަކައެވެ. ނަމަވެސް ސިއްޙީ ޮގތުން ލިބޭ ޮކންމެ ގެއްލުމަކީ އިޤްތިޞާދީ ޮގތުން ތިމާއަށާއި

ތިމާގެ ޢާއިލާއަށް ވެސްލިބޭ ޮބޑު ގެއްލުމަކަށް ވާހިނދު މިއީ ކިހާ ޮބޑު ގެއްލުމެއްކަން ގިނަބަޔަކަށް އިޙްސާސް ކުރަން ދައްޗެވެ. ބަލިވެގެން ޮޑކްޓަރަށް ދެއްކުމާއި ޓެސްޓު ތައް ހެދުމާއި ފަރުވާ ޯހދުމަށް ކުރަން ޖެހޭ ޚަރަދު ތަކުގެ

އިތުރުން ބަލީގައި ހޭދަކުރާ ދުވަސް ތައް ވެގެންދަނީ ތިމާއަށް އިތުރު އާމްދަނީއެއް ޯހދުމުގެ ފުރުސަތު ބަންދު ވެގެންދާ ދުވަސް ތަކަކަށެވެ. އެހެންކަމުން ބަލިވެ ގިނަދުވަހު އުޅެން ޖެހުމަކީ ތިމާގެ އާއިލާ އަށް އޭގެ ވަރަށް ޮބޑު އަސަރެއް

ކުރާކަމެކެވެ. އަދި ގިނަ ޢާއިލާ ތަކަކީ ފަހަށް ގިނަ ފައިސާ ތަކެއް ރައްކާ ކުރެވޭ ވަރަށް ވުރެ އާމްދަނީ ޯހދުމުގެ ވަސީލަތްތައް މަދު ޢާއިލާ ތަކަކަށް ވާހިނދު

މިފަދަ ވަގުތު ތަކުގައި އަތްމަތި ހުސްވެ ގާތްތިމާގެ މީހުންގެ އެހީ އަށް އެދުމުގެ އިތުރުން ސަލާން ޖަހަން މަޖުބޫރުވާ ޙާލަތަށް ދާކަމީ އަޅުގަނޑުމެންގެ ޯލމަތިން

މިހާރު ވެސް ފެންނަ ހަޤީޤަތެކެވެ. މިވަގުތު ބަލިމީހާ ތަޙައްމަލު ކުރަމުންދާ ތަދާއި ވޭނާއި ކެކުޅުން، އަދި ބަލީގެ ސަބަބުން ތިމާގެ އުމުރުގެ ދެންޮއތްބައި ހޭދަކުރެވޭނެ

ޮގތަކާއި މެދު ވިސްނުމުން ލިބޭ ނަފްސާނީ ގެއްލުމަކީ ރުފިޔާ އިން އެއީ ކިހާ

ޑރ. އިބްރާހީމް ޔާސިރު އަހުމަދު

Page 10: Sun Magazine 39

10

މިންވަރެއް ކަން މިނެލެވޭނޭ ވަރަށް ވުރެ ޮބޑު ގެއްލުމެކެވެ.ދުންފަތަކީ މެދުފަންތީގެ އާމްދަނީ ލިބޭފަރާތްތައް ފަގީރުކުރާ އެއްޗަކަށްވީ ހިނދު، މީގެއަސަރު ފަޤީރު ޢާއިލާ ތަކަށް ކުރާނެ މިންވަރު އިޙްސާސް ޮކށްލައްވާށެވެ. ދުންފަތުން ދިވެހިން ސަލާމަތް ކުރުމަށް ޓަކައި ފާސްކުރެވިފައިވާ ދުންފަތް ޮކންޓްޯރލް ކުރުމާއި ބެހޭ ޤާނޫނާއި، މިޤާނޫނުގެ ދަށުން ހެދޭ ޤަވާޢިދު ތައް ރާއްޖޭގައި ތަންފީޒު ކުރަން ފެށުމުން

އޭގެ ފައިދާ ސީދާ ޮގތުންކުރާނެ ފުރަތަމަ ފަރާތަކީ ފަޤީރު ޢާއިލާ ތަކެވެ. އެފަދަ ފަރާތްތަކުން ދުންފަތުގެ ބޭނުން ކުރުން މަދުވުމުން ލިބޭ އާމްދަނީ އާއިލާގެ ޒަރޫރީ

އެހެން ބޭނުންތައް ފުއްދުމުގައި ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2010 ވަނަ އަހަރު

ރާއްޖެއަށް ދުންފަތުގެ ބާވަތްތަކުން ސިގިރެޓް އެތެރެކުރެވިފައި ވަނީ 46،371،400 ސިނގެރެޓެވެ. މިއީ ޮކންމެ ސިގިރެޓަކުން ތިރީސް ލާރި

ކަސްޓަމް ޑިއުޓީ ނެގޭ މާއްދާއެއް ކަމުގައިވާއިރު ސަރުކާރުގެ އާމްދަނީއަށް 103911420 ރުފިޔާ ލިބިފައިވާނެއެވެ. 2012 ވަނަ އަހަރުން ފެށިގެން

ދުންފަތުގެ ބާވަތްތަކުން ނެގޭ ޑިއުޓީ 200 އިންސައްތަ ޮބޑުކުރުމުން 2010 ވަނައަހަރު އެތެރެކުރި ވަރަށް 2012 ގައި އެތެރެކުރި ކަމުގައި ވިޔަސް މީގެ ތިންގުނަ ކަމުގައިވާ 311734260 ރުފިޔާ ސަރުކާރުގެ ޢާމްދަނީއަށް

ވަންނާނެއެވެ. މީގެއިތުރުން ދުންފަތް ގަންނަފަރާތްތަކުން ނެގޭ ޖީ.އެސް.ޓީ އިން

އިތުރު އާމްދަނީއެއް ލިބޭނެއެވެ. ދުންފަތުގެ ހަނގުރާމަ ކާމިޔާބުކުރަމުން އަންނަ ބައެއް ޤައުމުތަކުން ސީދާ ދުންފަތުން ދައުލަތަށް ލިބޭ އާމްދަނީގެ ޮބޑު ބައެއް ދުންފަތުގެ

ސަބަބުން ރައްޔަތުންނަށް ލިބޭ ގެއްލުންތަށް އަންގައިދީ، ސިއްހީ ޮގތުން ދުޅަހެޮޔ ރައްޔަތެއް

ތައްޔާރުކުރުމަށް ބޭނުންކުރަމުން ދެއެވެ. ދުންފަތުގެ ސަބަބުން ސިއްޙީ ޮގތުންނާއި އެހެނިހެން ޮގތްޮގތުން ސަރުކާރު ތަކުން

ކުރަންޖެހޭ ހޭދަ، ލިބޭ އާމްދަނީއަށްވުރެ މާޮބޑު ކަމީ ދުނިޔޭގެ އެކިހިސާބުގައި ޮކށްފައިވާ

ދިރާސާތަކުން އެނގޭ ޙަޤީޤަތެކެވެ. ދުނިޔޭގެ އެކިކަންޮކޅު ތަކުގައި

ކުރެވިފައިވާ ފަހުގެ ދިރާސާ ތައް ދައްކާޮގތުން ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ދުއްވާ އުޅަނދުތައް އެކްސިޑެންޓް ވުމުގެ ފުރުސަތު

ޮބޑެވެ. މިހެން ދިމާވާ އެންމެ ޮބޑު ސަބަބަކީ ހަނދާން ނެތުމާއި، ހިނގަމުންދާ ކަންތައްތަކަށް ވިސްނުމުގެ ބާރު ދަށްވުމާއި، ދުއްވުމުގައި ކުރެވޭ ކުށްތައް އިތުރުވުމުގެ

ސަބަބުންނެވެ. ދުންފަތުގެ އިސްތިޢުމާލުކުރާ ޒުވާނުން ގިނަވަމުންދާ މި ދިވެހި މާޙައުލުގައި ފަހަކަށް އައިސް ހިނގަމުން އަންނަ ޮބޑެތި އެކްސިޑެންޓު ތަކަކީ އޭގެ ސަބަބުން އެތައް އާއިލާ ތަކެއް އިޤްތިޞާދީ ވަޅުގަނޑަކަށް

ވެއްޓެމުންދާ ކަމެއް ކަމުގައިވާއިރު،

ރާއްޖޭގައިވެސް ދުންފަތުގެ އިސްތިޢުމާލު ކުރުމާއި އެކްސިޑެންޓުތައް ގިނަވުމާއި ގުޅުމެއް ހަމަ ނުވާނެބާއޭ ސުވާލު ޮކށްލަން ޖެހެއެވެ.

ޒުވާންކުދިން ދުންފަތުގައި ޖެހި ހަލާކުވެގެން ދާ މިންވަރު އިތުރުވާނަމަ ކުރިމަގުގައި ދުންފަތް ޮކންޓްޯރލް ކުރުމަށް ވަރަށް އުނދަގޫ ވާނެއެވެ. އަދި

ދުންފަތް ޮކންޓްޯރލު ކުރުމުގެ ޤާނޫނު ތަންފީޒު ކުރުމަށް ހުރަހަކަށް ވާނެއެވެ. ދިރާސާ ތަކުން ދައްކާ ޮގތުގައި ދުންފަތުގެ ސަބަބުންޖެހޭ ބަލިބަލީގެ ޮބޑުއަސަރެއް އަންހެނުންނަށް ކުރެއެވެ. ޚާއްސަ ޮކށް ވިހާއުމުރު ގެ އަންހެނުންނާއި މާބަނޑު މީހުން ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ލިބޭ ދަރިފުޅުގެ ޞިއްޙަތަށް އޭގެ ނުރަނގަޅު އަސަރު ކުރުވާނެ ކަމެކެވެ. ޮކންމެ ޒުވާނަކީ ވެސް މަންމައަކަށް ނުވަތަ ބައްޕަ އަކަށް ވާން ތައްޔާރުވާ ފަރާތަކަށް ވާއިރު، ޢާއިލާގެ ޒިންމާދާރު

ވެރިންނަށް ވުމުގެ ރީތި ނަމޫނާ އެއް ދުންފަތުގެ އިސްތިޢުމާލު ކުރާނަމަ ދެއްކޭކަށް ނެތެވެ. އެހެންކަމުން ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ޢާއިލީ

ޒިންމާއަށް ވެވޭ އިހްމާލެކެވެ. ރާއްޖޭގެ ޒުވާން އަންހެންކުދިންގެ ތެރޭގައި މިހާރު ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ އާދަ އިތުރުވަމުން އަންނަ ދުވަސް ވަރެއްގައި ކުރިމަގުގައި ދުޅަހެޮޔ ޖީލެއް ބިނާކުރެވޭނީ ލިބޭ ދަރިންގެ ޞިއްޙަތު ރަނގަޅު ވެގެންކަން ވިސްނާ ހުރިހާ ފަރާތަކުން ވެސް ޒިންމާތަކެއް އުފުލައިގެން މެނުވީ

އަޅުގަނޑުމެންގެ މުސްތަޤްބަލް ފެހި އަދި ފާގަތި މުސްތަޤްބަލަކަށް ހެދޭކަށް ނެތެވެ.

Page 11: Sun Magazine 39

11

ސަން މާފާނު

އަބޫ ޢަލީ އަލްޙަސަން ބިން އަލްޙަސަން ބިން އަލްހައިޘަމް އަކީ މުސްލިމް ސައިންސްވެރިއެކެވެ. އަދި ޮޕލިމެތެކެވެ. އޭނާ އުފަންވެ ވަޑައިގަތީ މީލާދީން 965 ވަނަ އަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހު

މިހާރުގެ ޢިރާޤުގެ ބަޞަރާގައެވެ. އިބްނު ހައިޘަމް ނުވަތަ އަލްބަޞަރީ އަކީ ފެނުމާ ބެހޭ އިލްމަށް ވަރަށް ޮބޑެތި ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ދުނިޔޭގައި އެންމެ

ފުރަތަމަ ފަހަރަށް ޮފޯޓ ނަގާ ކެމެރާއެއް އީޖާދު ކުރެއްވީ ވެސް އޭނާއެވެ. ފިޒިކްސް އާއި ފަލަކީ އިލްމާއި ހިސާބުގެ އިލްމާއި ޮލލަށް ފެނުމާ ބެހޭ

އިލްމާއި ފަލްސަފާ އާއި މަންޠިޤު ފަދަ ޮރނގުތަކުގައި އޭނާއާ ވާދަކުރެވޭ ވަރުގެ އިލްމުވެރިޔަކު އެ ޒަމާނުގައި ނެތެވެ.

އަޅުގަނޑުމެން އެ ސަރަހައްދަކަށް ނިސްބަތް ވާ ދެކުނު އޭޝިޔާ ސަރަހައްދަށް އަހުލުވެރިވެ، އާންމު މައުލޫމާތު މުއްސަނދި ކުރުމަށް ޓަކައި، ހުށަހަޅާ ލިޔުންތަކުގެ މި ސިލްސިލާގައި މި ފަހަރު ބަލައިލާނީ އިންޑިޔާގެ

ސްޓޭޓުތަކުގެ ތެރެއިން ހަރިޔާނާއަށެވެ. ހަރިޔާނާގެ ވެރިރަށަކީ ޗަންޑީގަޅެވެ. ޗަންޑީގަޅަކީ ހަރިޔާނާގެ އިތުރުން ޕަންޖާބު ސްޓޭޓުގެ ވެސް ވެރި ރަށެވެ. އެހެން ކަމާއެކު އިދާރީ ޮގތުން ޗަންޑީގަޅު ހިންގަނީ ޔޫނިއަން ޓެރިޓަރީއެއްގެ ޮގތުގައެވެ. ހަރިޔާނާ

ސްޓޭޓުގެ އެންމެ ޮބޑު ޝަހަރަކީ ފަރީދު އާބާދެވެ. ހަރިޔާނާގެ ރަސްމީ ބަހަކީ ހިންދީ ބަހާއި ޕަންޖާބީ ބަހެވެ.

ހަރިޔާނާގެ އުތުރުގައި ޮއތީ ޕަންޖާބާއި ހިމާޗަލް ޕްރަދޭޝްއެވެ. ހުޅަނގާއި ދެކުނުން ހަރިޔާނާގެ އިން ގުޅެނީ ރާޖަސްތާނާއެވެ. ހަރިޔާނާގެ

އިރުމަތީ އިމުން އުއްތަރުކަންދާއި އުއްތަރުޕްރަދޭޝްއާ ގުޅޭ ޮރނގު ކަނޑައަޅައިދޭ ފާހަގައަކީ ޔަމުނާ ޯކރެވެ. އިންޑިޔާގެ ވެރިރަށް، ދިއްލީގެ އުތުރާއި ހުޅަނގާއި ދެކުނު ބިތް ގުޅިފައިވަނީ ހަރިޔާނާގެ އިމާއެވެ. ހަރިޔާނާ ސްޓޭޓުގެ އެންމެ މުހިންމު ޯކރަކީ ގަހއްގަރް-ހަކްރާ ނުވަތަ ހާގަރު )ހާޖަރު( ޯކރެވެ. ގަދީމީ

ވާހަކަތަކުގައި ކިޔޭ ޮގތުގައި ހާގަރަކީ ބްރަހްމާއަށް ސަރަސްވަތީ ކުރި ހަދިޔާއެކެވެ. މި ވާހަކަ އާއި މި ނަންތަކުން މި ވާހަކައާ އިބްރާހީމްގެފާނުގެ ވާހަކައާ ގުޅުން ހުރިކަން ފާހަގަކުރެވެއެވެ. ބްރަހްމާ އާއި އިބްރާހީމް، ސާރާ

އާއި ސަރަސްވަތީ، އަދި ގަހއްގަރް ނުވަރަ ހާގަރް އާއި ހާޖަރު، މި ނަންތަކުގައި ވަރަށް ޮބޑު އެއް ޮގތް ކަމެއް އެބަހުއްޓެވެ. މި ނަންތަކަށް ނިސްބަތްޮކށް

ހަމަ އެހެންމެ ނަފްސާނީ އިލްމާއި ޯޖމެޓްރީ އާއި ބޭސްވެރިކަމާއި އިސްލާމީ ފިގުހު ފަދަ އިލްމުތަކުގައި ވެސް އޭނާއަކީ ފާހަގަޮކށްލެވޭ ބޭފުޅެކެވެ. އިބްނު ހައިޘަމް އަކީ މި ޒަމާނުގެ ސައިންސުގެ ބިންގާ ކަމުގައިވާ "ސައިންޓިފިކް މެތަޑް" ގެ ބާނީއެވެ. އެހެން

ކަމުން ހަގީގަތުގައި އިބްނު ހައިޘަމް އަކީ ޒަމާނީ ސައިންސުގެ ބައްޕައެވެ.

އިބްނު ހައިޘަމްގެ ހަޔާތުގެ ޮބޑު ބައި ހޭދަ ކުރައްވާފައިވަނީ މިޞްރުގައެވެ. އިބްނު ހައިޘަމް

އިލްމީ ޮގތުން ޯހއްދަވާފައިވާ ޯހއްދެވުންތައް އަދިވެސް ފުރިހަމައަށް ދިރާސާ ކުރެވިފައެއް ނުވެއެވެ. އޭނާގެ އިލްމީ މަސައްކަތްތަކުގެ ތެރެއިން މިހައިތަނަށް ދިރާސާ ކުރެވިފައިވާ މަސައްކަތްތަކަށް ޓަކައި މީގެ އެއް ހާސް އެތައް އަހަރެއް

ކުރީން އުޅުއްވި އެ އިލްމުވެރިޔާގެ އިލްމީ ގާބިލުކަމާ މެދު މިހާރުގެ އިލްމުވެރީން ހައިރާންވެ އަންތަރީސްވެއެވެ.

އިބްނު ހައިޘަމް އަވަހާރަވީ މީލާދީން 1040 ވަނަ އަހަރުގެ މާރިޗު މަހުގެ 6 ވަނަ ދުވަހު މިޞްރުގެ ޤާހިރާގައެވެ.

އިބްނު ހައިޘަމް

އިޔާޒު ނަސީމް

ބުއްދީގެ ފުރާގު

ހަރިާޔާނ

ޯކރުތަކަށް ވެސް ނަންދެވިފައިވަނީއެވެ.ހަރިޔާނާގެ އާބާދީއަކީ 26 މިލިޔަނެވެ. އާބާދީގެ ޮގތުން ބަލާއިރު

ހަރިޔާނާ އަންނަނީ އިންޑިޔާގެ ސްޓޭޓުތަކުގެ ލިސްޓުން 16 ވަނައަށެވެ. ބިމުގެ ޮގތުން ބަލާއިރު 20 ވަނައަށެވެ. އިދާރީ ޮގތުން ހަރިޔާނާ ބަހައިލެވިފައިވަނީ 21

ޑިސްޓްރިކްޓަށެވެ.

"މީހެއްގެ ޮގތާއި ބާވަތް ދެނެގަތުން އުނދަގޫ ވެއްޖެ ނަމަ އޭނާގެ ރަހުމަތްތެރީންނަކީ ޮކން ކަހަލަ ބައެއްޯތ ބަލާށެވެ.

Page 12: Sun Magazine 39

12

މިހާރު ރާއްޖޭގައި ގާއިމު ކުރެވިފައިވާ، ލާމަރުކަޒީ އުސޫލުން އަޮތޅުތައް ހިންގުމުގެ ނިޒާމު އޭގެ ރޫހުގައި ރަނގަޅަށް މަސައްކަތެއް ނުކުރެއެވެ. އޭގެ ސަބަބުތައް އެބަހުއްޓެވެ. އެހެންކަމުން މި ސަބަބުތައް އިތުރަށް ޯހދައިބަލައި އެންމެ ފައިދާހުރި ޮގތަކަށް އަމަލުކުރުމަށް އިތުރު ވިސްނުމަކަށް ދާން ވަނީ

ޖެހިފައެވެ. ޒަމާނުއްސުރެ އަޮތޅުތަކާއި ރަށްތައް ހިންގަމުން އައި ނިޒާމު ބަދަލުޮކށް އަޮތޅުތަކާއި ރަށްތައް ހިންގުމަކީ ރައްޔިތުންގެ ޯވޓަކުން އިންތިޚާބު ކުރާ ބަޔަކު، ލާމަރުކަޒީ އުސޫލުން ކުރާ ކަމެއް ކަމުގައި ހަމަޖެހި މިހާރު މިދަނީ އެޮގތުގައި ހިނގަމުންނެވެ. މި ބަދަލު ގެނެވުނީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު

އަސާސީ އިން އެބަދަލަށް އަމުރުކުރާތީ އެވެ. ގާނޫނު އަސާސީގެ ދަށުން ހެދިފައިވާ ގާނޫނު އެޮގތަށް އަމުރުކުރާތީ އެވެ. ނަމަވެސް ގާނޫނު އަސާސީ އާއި ގާނޫނުގެ

މަގުސަދު އެންމެ ފުރިހަމަ ޮގތުގައި ހާސިލްވަމުން ނުދާކަން ފާހަގަ ކުރެވެއެވެ. މި މަގުސަދު ފުރިހަމައަށް ހާސިލް ނުވުމުގެ ސަބަބުތައް އެބަހުއްޓެވެ.

ލާމަރުކަޒީ އުސޫލުން އަޮތޅުތަކާއި ރަށްތައް ހިންގުމަކީ ދިވެހިންނަށް އާކަމެކެވެ. މިކަމުގެ އިލްމާއި ތަޖުރިބާ ހުރި މީހުންގެ ރާއްޖޭގައި ވަރަށް މަދެވެ. އެހެންކަމުން ގާނޫނު އަސާސީ ޑްރާފްޓް ކުރި މަރުހަލާގައި ވެސް މައްސަލަތަކަކާ ކުރިމަތިވި

ކައުންސިލްތަކުގެ ނިާޒމު މަގުސަދަށް ފެއްތުން

އެވެ. ރާއްޖޭގައި މިކަމުގެ އިލްމާއި ތަޖުރިބާ ލިބިފައިވާ މީހުންގެ އިލްމާއި ތަޖުރިބާގެ ސައްހަ މައުލޫމާތު ރައްޔިތުންނާ ހަމައަށް ސީދާޮގތެއްގައި ޯފރައިފައިވާ މިންވަރު ވަކިން ކުޑަ އެވެ. ސިޔާސީ ޕާޓީތަކުން ކައުންސިލްތަކުގެ ޮކންޓްޯރލް

ޯހދުމަށްޓަކައި ފެތުރި ވާހަކަތަކުގެ ރޫހާއި ސައްހަކަމާ ގުޅިފައިވާ ކަންތައްތަކެއްގެ ސަބަބުން ރައްޔިތުންނަށް ޮއޅުންތަކެއް އެރި އެވެ.

ރައްޔިތުންނަށް ރަނގަޅަށް މި ނިޒާމު އޭގެ މަގުސަދާ އެއްޮގތަށް ދޭހަނުވީ މި ނިޒާމު ތައާރަފުޮކށް އޭގެ މައުލޫމާތު އެންމެ ޮބޑަށް ފެތުރީ ލާމަރުކަޒީ އުސޫލުން ހިންގުމުގެ އިލްމާއި ތަޖުރިބާ ހުރި މީހުންކަމަށް ނުވުމުންނެވެ. ސިޔާސީ

ޕާޓީތަކުގެ ހަރަކާތްތެރިން »ދަންނަ« ލާމަރުކަޒީ ނިޒާމެއް ޯވޓުލާ މީހުންނާ ހަމައަށް ގެންދެވުމެވެ. ސިޔާސީ ޕާޓީތަކުން ލާމަރުކަޒީ ނިޒާމާއި ކައުންސިލްތަކުގެ ދައުރު ރައްޔިތުނަށް ކިޔައިދީފައިވަނީ އެމީހުން »ދަންނަ« ޮގތަށެވެ. އެހެންކަމުން މައިގަނޑު އެއް މަގުސަދެއްގައި ގާނޫނުގެ ރޫހާ އެއްޮގތަށް މި ނިޒާމު ރައްޔިތުންގެ

ގިނަ ބަޔަކަށް ސާފުވެފައެއް ނުވެއެވެ. މި ޮގތަށް ސާފުޮކށްދޭކަށް ޕާޓީތަކަށް ވަގުތެއް ވެސް ނުލިބެ އެވެ.

މަޝްހޫރު ގާނޫނީ ވަކީލު މުޙައްމަދު ނަޝީދު ވިދާޅުވި ޮގތުގައި، ކަން މިހެން ދިމާވުމުން، ލާމަރުކަޒީ ވިސްނުމަކީ ޮކބައިކަން ދެނެގަތުމަށް އާންމު މީހާއަށް

ދަތިތަކެއް ދިމާވެއެވެ. ލާމަރުކަޒީ ވިސްނުމަކީ ޮކބައިކަން ސިޔާސީ ފިކުރެއްގެ ތެރެއިން ނޫންޮގތަކަށް އެނގެން އާންމު މީހާއަށް ބޭނުންވެ އެވެ. ނަޝީދުގެ ޚިޔާލު

ފުޅުގައި ކަމަކާ މެދު ސިޔާސީ ޮގތުން ފިކުރެއް ބައްޓަން ކުރަންވާނީ ވެސް، ފުރަތަމަ އެކަމަކީ ޮކބައިކަން ރަނގަޅަށް އެނގިގެންނެވެ.

ރާއްޖޭގައި ކަން ހިނގައިފައިވާ ޮގތް ރަނގަޅަށް ދަންނަ މީހުންނަށް ނަޝީދުގެ ވާހަކަ ފުޅު ގަބޫލު ކުރަން ފަސޭހަވެދާނެ އެވެ. ނަމަވެސް އެއާ ގުޅިގެން

އަމަލުތަކެއް ކުރާނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންކަމެއް ބުނާކަށް ނޭނގެ އެވެ. ނަމަވެސް މިއީ ތަޖުރިބާގެ މައްޗަށް އަމަލު ކުރަން ރަނގަޅު ވަގުތެކެވެ. އަނެއް އިންތިޚާބު ޯބމަތިވުމުގެ ކުރިންނެވެ. ކައުންސިލްތަކުން އަޮތޅުތަކާއި ރަށްތައް ހިންގޭ މިންވަރަށް ބަލައިގެންނެވެ. ރަނގަޅަށް ކުރެވޭ

ކަންކަމާއި ރަނގަޅަށް ނުކުރެވޭ ކަންކަމުގެ ސަބަބު ޯހދައިގެންނެވެ. ވަކި ސިޔާސީ ފިކުރެއް ޮއތަސް ކަމުގެ ހަގީގަތް ބަލައިގެންނެވެ. ވޭތުވެދިޔަ ތަނުގެ ޒިންމާ

ހަމައެކަނި އެއްފަރާތުގެ ޮބލުގައި އެޅުވުމުގެ ބަދަލުގައި ކަމުގެ ހުރިހައި ސަބަބަކަށް ބަލައިގެންނެވެ.

އަޅުގަނޑު ދުށްތަނުގައި ކައުންސިލްތަކުން އެންމެ އެދެވޭ ނަތީޖާ ނުނުކުންނަ ސަބަބުތަކެއް އެބަހުއްޓެވެ. އެއް ސަބަބަކީ ލާމަރުކަޒީ ނިޒާމެއްގެ

މުޙައްމަދު ޢާމިރު ފަރެސް

Page 13: Sun Magazine 39

13

ވިސްނުން ލިބިފައިވާ މިންވަރު ކުޑަވުމެވެ. ޮހވިފައިވާ ބައެއް ކައުންސިލަރުންގެ އިލްމާއި ތަޖުރިބާ އެވެ. ބައެއް ކައުންސިލްތަކުންނާއި ސަރުކާރުގެ ބައެއް

އިދާރާތަކުން ދައްކަމުންދާ ސުލޫކެވެ. ގާނޫނީ ދައުލަތެއްގެ ވިސްނުން ލިބިފައިވާ މިންވަރެވެ. ކައުންސިލެއްގެ ދައުރާއި ދައުލަތް ހިންގުމުގެ ބާރު

ކަމަށްވާ ސަރުކާރުގެ ދައުރަށް ގިނަ ފަހަރަށް ރަނގަޅަށް ބަލައިނުލެވޭ ކަމެވެ. ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ރޫހަށް ދެވަނަ ދަރަޖަ ލިބި، ހުއްޓުވުމާއި ވިޔަ

ނުދިނުމުގެ ރޫހު އިސްކުރެވޭ ފަރާތްތަކެއް މިކަމުގައި ޝާމިލްވުމެވެ. ނަތީޖާ އަކީ ބައެއް ކަންކަން ނުވުމެވެ. ބައެއް ކަންކަން ލަސްވުމެވެ. ބައެއް ކަންކަން

ބަލައިނުގަނެވުމެވެ. ހުރިހާ ކަމެއްގެ އާޚިރު ނަތީޖާ އަކަށް ވަނީ ރައްޔިތު މީހާއަށް ލިބެން ޮއންނަ ޚިދުމަތް ނުލިބުމެވެ. ނުވަތަ ލަސްވުމެވެ. ނުވަތަ ފޭރާން

ދެރަވުމެވެ. ކައުންސިލްތަކުގެ އިންތިޚާބަށް ބަލާއިރު ފާހަގަ ކުރެވޭ ވަރަށް ޮބޑު ކަމެއް ޮއވެއެވެ. އެއީ އަޮތޅުތަކާއި ރަށްތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ

ކައުންސިލަރުން މާ ޮބޑަށް މަދުވުމެވެ. ބައެއް ކައުންސިލްތަކުގައި އެއްޮގތަކަށް ވެސް ނެތުމެވެ. މިހެން ވާންޖެހުނު ސަބުތަކެއް އެބަހުއްޓެވެ. އެއްކަމަކީ ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ތިބެފައި ތިން އަހަރުގެ ކުރު ދައުރަކަށް ކުރިމަތިލައި

ވަޒީފާގެ ޔަގީންކަން »ނަގާލުމަށް« ބައެއް މީހުން ބޭނުން ނުވުމެވެ. އަނެއް ކަމަކީ ރައްޔިތުންގެ ޯވޓަށް ބާރު ޯފރުވޭ ވަރުގެ މީހުންގެ ރުހުން އެފަދަ ބައެއް މީހުންނަށް

ނެތުމެވެ. އޭގެ ސަބަބުން އިންތިޚާބުގެ ކާމިޔާބާ މެދު ޔަގީންކަން ކުޑަވުމެވެ. މީގެ ސަބަބުން އިންތިޚާބީ ވާދައަކަށް ޮގސް ރައްޔިތުން ކަނޑައަޅާ ނިޔާއަކާ ކުރިމަތިލާން ކެރޭ ވަރަށް ޑިޮމކްރެސީ އާއި ލާމަރުކަޒީ ވިސްނުން ފައްކާވެފައި

ނެތުމެވެ. މިނޫން ވެސް އެތައް ސަބަބަކެވެ. ޮކންމެ ސަބަބަކާ ހުރެ މިކަން މިހެން ވިޔަސް ތައުލީމާއި ތަޖުރިބާ ހުރި މީހުންގެ ތަޖުރިބާ އަކީ އަޮތޅުތަކާއި ރަށްތައް

ހިންގުމަށް ބޭނުންތެރި އެއްޗެކެވެ. ބޭނުން ހިފާން ޖެހޭ އެއްޗެކެވެ. މި ހުރިހައިކަމަކުން ރައްޔިތުންނަށް އަސަރުތަކެއް ކުރަމުން އެބަދެ އެވެ.

މާޔޫސްވަމުން އެބަދެ އެވެ. ފޫހިވަމުން އިތުބާރު ގެއްލެމުން އެބަދެ އެވެ. ސިޔާސީ އަޑުތަކާއި ތަރައްގީގެ ވާހަކަތަކުގެ އިހުސާސް ކުޑަވަމުން އެބަދެ އެވެ. ރައްޔިތުންގެ

ބައިވެރިވުން ކުޑަވަމުން ބުރަހެލި ވަމުން އެބަދެ އެވެ. ރައްޔިތުންގެ ތެރެއިން އެއްބަޔަކު ދެކޭ ޮގތުގައި އަޮތޅުތަކާއި ރަށްތައް ހިންގުމަށް ޮހވައިފައިވާ ކައުންސިލަރުންގެ އަދަދު މާ ގިނަ އެވެ. އެ މީހުންގެ

ފަރާތުން ލިބޭ ޚިދުމަތަށްވުރެ އެމީހުންގެ މުސާރައަށް ދާ ޚަރަދު ޮބޑެވެ. ނަމަވެސް އެއީ މިހިނދަށް ޮއތްޮގތެވެ. ކައުންސިލްތަކުގެ ކަންކަން މިހިނދަށް ހިނގާނީ

މިހާރު ޮއތް ގާނޫނާ އެއްޮގތަށެވެ. ނަމަވެސް މިބާވަތުގެ ގާނޫނަކީ ރާއްޖޭގެ ތަރައްގީގެ މިސްރާބުތަކާ ގުޅިގެން، ނުވަތަ ކުރެވޭ ތަޖުރިބާތަކާ ގުޅިގެން

ބަދަލުގެނެވޭނޭ، އަދި ބަދަލު ގެންނާން ޖެހޭނޭ ގާނޫނުތަކެވެ. ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަކީ މަޖިލީހަށް ހުށަހެޅި

ފަހުން ގިނަ ބަދަލުތަކެއް އައިސްފައިވާ ގާނޫނެކެވެ. އެ ގާނޫނު ބަދަލުވެގެން ދިޔަ ޮގތުގެ ތަޖުރިބާ އަކީ ބައެއް މީހުން މަސައްކަތަށް ވަރުބަލި ޮކށްފާނެ

ސަބަބެކެވެ. ނަމަވެސް އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުން އެއަށްވުރެ ހަންޯބވެފައި ޮތށި ވަރުގަދަ ވާނެ ކަމަށް ގަބޫލު ކުރަމެވެ. އަޅުގަނޑުމެންގެ މަޖިލިސްގެ މެންބަރުން އެއަށް ވުރެ މާ އުންމީދު މަތިވެރިވެފައި މުރާލިވާނެ

ކަމަށް ގަބޫލު ކުރަމެވެ. އެހެންކަމުން ވަގުތު ޮއއްވައި މިކަންކަން ހަމަ މަގަށް ގެންނާން ވެއްޖެ އެވެ. މައުލޫމާތު ދީގެންނެވެ. ޮއޅުންފިލުވައިދީގެންނެވެ. ތެދުމައުލޫމާތު ދީގެންނެވެ. ޮއޅުވައި ނުލައެވެ. މިހާރު ކުރެވޭ ތަޖުރިބާ ބޭނުންޮކށްގެންނެވެ. ގާނޫނުތަކަށް ބަދަލު ގެންނާން ޖެހޭނަމަ އެ ބަދަލެއް ވެސް ގެނެސްގެންނެވެ.

މި ދެންނެވި ހުރިހައި ބަދަލެއް ގެނައުމާއި ނުގެނައުން، އެއަށް އަމަލު ކުރުމާއި ނުކުރުން، ލާމަރުކަޒީ އުސޫލު ކާމިޔާބު ވުމާއި ނުވުން ޮއންނާނީ އެކަންކަމުގެ މައުލޫމާތު ސައްހަ ޮގތުގައި، މަގުސަދާ އެއްޮގތަށް އެންމެންނަށް ލިބިގެންނެވެ. އިތުބާރު ކުރެވޭ ޮގތުގައި މި މައުލޫމާތު ފަތުރައި އާންމު ހޭލުންތެރިކަން އެތައް ތަނަކުން އިތުރު އިތުރުކުރާން މިވަނީ ޖެހިފަ އެވެ. މި ހޭލުންތެރިކަން އިތުރު ކުރުމުގައި ރާއްޖޭގައި ތިބި މިކަމުގެ އިލްމާއި ތަޖުރިބާ ހުރި މީހުންގެ ދައުރު

ފުޅާޮކށް ވަރުގަދަ ޮކށްގެން ނޫނީ ސާފު މަގުސަދާ ހަމައަށް ދިއުމަކީ ދަތިކަމަށް ވާނެ އެވެ.

ލާމަރުކަޒީ އުސޫލުން އަޮތޅުތަކާއި ރަށްތައް ހެޮޔ ޮގތުގައި ހިންގަން އަޅުގަނޑުމެން ބޭނުން ނަމަ މި ނިޒާމުގެ ސައްހަ މައުލޫމާތު މުޅި ރައްޔިތަށް

ސާފުޮކށް ޮއޅުން ފިލުވައިދޭން ވެއްޖެ އެވެ. މިހިނދަށް ހުރި ގާނޫނާއި ގަވާއިދުތަކަށް ބަދަލުތައް ގެންނާން ވެއްޖެ އެވެ. ފުލުފުލުގައި އަންނާން ޮއތް

ދެ އިންތިޚާބުގެ ހޫނުކަމުގައި ކައުންސިލްތަކުގެ އިންތިޚާބުގެ ވަގުތު ކުޑަވެގެން ނުދަނީސް ތަޖުރިބާގެ މައްޗަށް ބިނާޮކށް މި ނިޒާމް މުރާޖިއާ ކުރުމުގެ

މަސައްކަތް ފަށާން ވެއްޖެ އެވެ. މި ދެއްކި ވާހަކަތައް މިނޫން ޮގތްޮގތަށް ދެކޭ މީހުންގެ އަޑުގެ އިއްވާން ވެއްޖެ އެވެ. ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމާއި

ޚިދުމަތް ލިބިގަތުމުގެ ކާމިޔާބު މުސްތަގުބަލަކަށްޓަކަ އެވެ. ފައްކާ ވެފައިވާ ޑިޮމކްރަސީ އަކުން ރައްޔިތުން ބާރުވެރި ކުރުމަށްޓަކަ އެވެ.

Page 14: Sun Magazine 39
Page 15: Sun Magazine 39
Page 16: Sun Magazine 39

ކޯާކކާޯލ

އެއް ގަރުނަށް ވުރެ ގިނަ ދުވަސް ވީ އިރު ވެސް ދުނިޔޭގައި އެންމެ މަޝްހޫރު ބުއިމެއްގެ ޮގތުގައި ޮއތް ޮކކާޯކލާގެ މަގުބޫލު ކަމަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ޮކކާޯކލާގެ ތާރީހަށް ބަލާލާއިރު މި ބުއިމުގެ ރެސެޕީއަކީ އެމެރިކާގެ ޯޖޖިޔާ ސްޓޭޓުގެ ފާމަސިސްޓެއް ކަމުގައިވާ

Page 17: Sun Magazine 39

ގަރުނެއް ީވ އިރު ވެސްދޭ މަގުބޫލު ކަމަށް ބަދަލެއް ާނ ކޯާކކޯާލ

މިލިޔަނަށް ވުރެ ގިނަ ކޭސް ޮކކާޯކލާ ޒީޯރ ވިކިފައިވެއެވެ. މިހާރު ދުނިޔޭގެ 130 ގައުމަކުން މި ބުއިން ލިބެން އެބަ ހުށްޓެވެ.

އިންޓަރބްރޭންޑްސްގެ ބެސްޓް ގްޯލބަލް ބްރޭންޑް 2011 ގެ ޯވރލްޑްސް ޯމސްޓް ވެލުއެބްލް ބްރޭންޑުގެ މަގާމު ލިބިފައިވަނީ ވެސް ޮކކާޯކލާ

އަށެވެ. ޮކންމެ ދުވަހަކު 1.7 ބިލިއަން މީހުން ޮކކާޯކލާ ކުންފުނީގެ އުފެއްދުންތައް ބޭނުން ކުރެއެވެ. މިއީ ދުނިޔޭގެ އާބާދީގެ ޮކންމެ ހަތަރު މީހަކުން އެކެކެވެ. ޮކކާޯކލާ ކުންފުންޏަށް 125 އަހަރުވެފައިވާއިރު، މި ކުންފުނީގައި 139600 މުވައްޒަފުން މަސައްކަތް ކުރެއެވެ. ޮކކާޯކލާ ކުންފުނީގެ ޗެއަރމަން އަދި ސީއީޯއ ކަމުގެ މަގާމު 2008 ވަނަ އަހަރުން ފެށިގެން ފުރުއްވަމުން

ގެންދަވަނީ ތުރުކީ ދަރިޮކޅުގެ ބޭފުޅެއް ކަމުގައިވާ މުހްތާރު ކެންޓެވެ. މުހުތާރު ކެންޓް ހަތަރު ފަހަރެއްގެ މަތީން ދިވެހިރާއްޖެ އަށް ޒިޔާރަތް ޮކށްފައިވެއެވެ.

އޭނާ ވިދާޅުވާ ޮގތުގައި ކުރިޔަށް ޮއތް ތިން ގަރުނުގެ ތެރޭގައި ވެސް ޮކކާޯކލާގެ މަގާމު އަތުލެވޭ ފަދަ އެހެން ބުއިމެއް ބާޒާރަށް ނުނެރެވޭނެ ކަމުގެ ޔަގީންކަން

ޮކކާޯކލާ ކުންފުންޏަށް އެބަޮއތެވެ. އެހެންކަމުން އަދިވެސް ޮކކާޯކލާގެ ކުރިމަގު ޮއތީ އުޖާލާޮކށް ކަމަށް ބުނަން ޖެހެއެވެ.

ގަރުނެއް ވެގެން ދިޔަ އިރުވެސް ރަހަޔަކަށް ބަދަލެއް ނާދެއެވެ. މަގުބޫލު ކަމަކަށް ވެސް ބަދަލެއް ނާދެއެވެ. އެހެން ކަމުން އަދިވެސް ދުނިޔޭގެ

ރަސްބުއިމަކީ ޮކކާޯކލާއެވެ.

ޯޖން ޕެންބަރޓަން އުފެއްދި ރެސެޕީއެކެވެ. އެންމެ ފުރަތަމަ ފަހަރަށް ޮކކާޯކލާ ވިއްކަން

ފަށާފައިވަނީ ޯޖޖިޔާގެ އެޓްލާންޓާގައި 8 މެއި 1886 ގައެވެ. އެންމެ ފުރަތަމަ ޮކކާޯކލާ ވިއްކަން ފަށާފައިވަނީ ފުޅީގައި ބަންދުޮކށްގެންނެއް ނޫނެވެ. އޭރު އެންމެ ފަސް ސެންޓަށް ވިއްކި މި ބުއިން ފުޅީގައި

ބަންދުޮކށްގެން ވިއްކަން ފެށުމުން މުޅި ދުނިޔޭގައި ވެސް މި ބުއިމަށް ވަރަށް ޮބޑު މަގުބޫލުކަމެއް ލިބިގެން

ދިޔައެވެ. ގަރުނެއް ވެގެން ދިޔަ އިރު ވެސް މި ބުއިމުގެ ރެސެޕީ އާންމު ވެފައެއް ނުވެއެވެ. މިއީ ދުނިޔޭގައި ވިޔަފާރީގެ އެންމެ ޮބޑު

ސިއްރެއްގެ ޮގތުގައި ބެލެވޭ ރެސެޕީއެވެ. ޮކކާޯކލާގެ ޮއރިޖިނަލް ރެސެޕީ ރައްކާ ކުރެވިފައިވަނީ އެޓްލާންޓާގައި ހުންނަ ސަން ޓްރަސްޓް

ބޭންކުގެ މައި ޯވލްޓުގައެވެ. ރަހައިގެ ޮގތުން ޮކކާޯކލާގެ ރަހައާ ވަރަށް އެއްޮގތް ބުއިންތަކެއް އުފެއްދޭޯތ އެތައް ބަޔަކު މަސައްކަތް ކުރި ނަމަވެސް އަދި މިހާ ތަނަކަށް ޮކކާޯކލާގެ އަސްލު ރަހައާ

އެއްޮގތް އެއްވެސް ބުއިމެއް ދުނިޔޭގެ މާކެޓަށް ނެރެވިފައި ނުވާކަން ފާހަގަޮކށްލަން ޖެހެއެވެ. ޮކކާޯކލާއާ އެންމެ ގާތްކުރާ ބުއިންތަކުގައި

ވެސް މާ ޮބޑަށް ޮފނި ރަހަ ގަދަވުން ފަދަ ނުވަތަ ހިތި ރަހަ ގަދަވުން ފަދަ މައްސަލަތައް ހުންނަކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ޮކކާޯކލާ ފެކްޓަރީތައް ވަނީ ގާއިމު

ކުރެވިފައެވެ. މި ޮގތުން ޮކކާޯކލާ ކުންފުނީގެ 300 އަށް ވުރެ ގިނަ ޮގފި ދުނިޔޭގެ 200 އަށް ވުރެ ގިނަ ގައުމުގައި ހުރެއެވެ. މި ހުރިހާ ފަރާތަކުން ވެސް ޮކކާޯކލާ ފުޅީގައި ބަންދުޮކށް ހަދާއިރު، އަސްލު ރެސެޕީ ނެރޭ މާއްދާ އަންނަނީ މައި މަރުކަޒުންނެވެ. އެހެން ކަމުން ޮކކާޯކލާގެ ރެސެޕީގެ ސިއްރު ހާމަވުމުގެ

ފުރުސަތެއް ނެތެވެ. މިއަދު ޮކކާޯކލާ ކުންފުނިން ގެންދަނީ ޮކކާޯކލާގެ ތަފާތު ވައްތަރުތައް ބާޒާރަށް ނެރެމުންނެވެ. މީގެ ތެރޭގައި ހަކުރު ބަލީގެ މީހުންނަށް އަމާޒުޮކށްގެން

ހަދާފައިވާ “ޮކކާޯކލާ ޒީޯރ” އާއި ޑައެޓް ކުރާ މީހުންނަށް އަމާޒުޮކށްގެން ނެރެފައިވާ “ޑައެޓް ޯކކް” އަދި “ލައިޓް ޯކކް” އާއި ތަފާތު ފްލޭވަރތަކުގެ

ބުއިންތައް ފާހަގަކުރެވެއެވެ. މީގެ ތެރޭގައި ޗެރީ އާއި ވެނީލާފަދަ ފްލޭވަރތަކުގެ ޮކކާޯކލާ ހިމެނެއެވެ. މީގެ ތެރެއިން މި ވަގުތު އެންމެ ޮބޑު ތަރުހީބެއް ޯހދަމުން އަންނަ އެއް ބުއިމަކީ ޮކކާޯކލާ ޒީޯރއެވެ. މިއީ އެއްވެސް ކެލަރީއެއް ނުހިމެނޭ ޮގތަށް ތައްޔާރުޮކށްފައިވާ ބުއިމެކެވެ. 2009 ވަނަ އަހަރު އެކަނި ވެސް 600

ގަރުނެއް ވެގެން ދިޔަ އިރު ވެސް މި ބުއިމުގެ ރެސެޕީ އާންމު ވެފައެއް ނުވެއެވެ. މިއީ ދުނިޔޭގައި ވިޔަފާރީގެ އެންމެ ޮބޑު ސިއްރެއްގެ ޮގތުގައި ބެލެވޭ ރެސެޕީއެވެ. ޮކކާޯކލާގެ ޮއރިޖިނަލް ރެސެޕީ ރައްކާ

ކުރެވިފައިވަނީ އެޓްލާންޓާގައި ހުންނަ ސަން ޓްރަސްޓް ބޭންކުގެ މައި ޯވލްޓުގައެވެ.

, ,

17

Page 18: Sun Magazine 39

18

އަންނަ އަހަރު ފޭސްބުކު ބަންދު ކުރަީނާބ؟

ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބޭނުންކުރަމުން އަންނަ ޯސޝަލް ނެޓުޯވކަކީ ފޭސްބުކެވެ. ފޭސް ބުކުގެ ތެރެއަށް ވަދެ ގެއްލި ތިބެ ދުވާލަކު 8

ގަޑިއިރު ހޭދަ ކުރާ އެތައް ލައްކަ ބަޔަކު މިދުނިޔޭގައި އެބަ އުޅެއެވެ. ހަތްސަތޭކަ މިލިއަނަށް ވުރެ ގިނަ މީހުން ރަޖިސްޓުރީ ވެފައިވާ މަޝްހޫރު ފޭސްބުކުގެ ބާނީ މާރކު ޒުކަބާރކު އަބަދުވެސް ބުނަމުންދާ ވާހަކަ އަކީ އެތަކެއް ބިލިއަން ޮޑލަރު

އެފަރާތަށް ފޭސްބުކުގެ ސަބަބުން ލިބުނު ނަމަވެސް އެއާއި އެކު ލިބޭ ނުތަނަވަސް ކަމާއި ޮބލުގެ ރިހުން ވެސް ވަރަށް ޮބޑުކަމަށެވެ. އަދި ލިބެމުންދާ އިތުރު ވަރަށް ގިނަ އުނދަގޫތައް ވެސް އެބަހުރިކަމަށް އެންމެ ޒުވާން އުމުރުގައި ބިލިއަނަރަށްވި

މާރކު ޒުކަބާރކު ދަނީ ބުނަމުންނެވެ.އިންޓަނެޓުގެ ވަރަށް ތަފާތު ޚަބަރުތައް ގެނެސްދޭ ވެބުސައިޓެއް

ކަމަށްވާ ވީކުލީ ޯވލްޑު ނިއުސް ކިޔާ ސައިޓަކުން ބުނާ ޮގތުގައި އަންނަ އަހަރުގެ މާރޗު 15 އިން ފެށިގެން ފޭސްބުކު ހުއްޓާލާނެއެވެ. އަދި އިތުރު އެއްވެސް

ފަރާތަކަށް ފޭސްބުކުގައި ރަޖިސްޓުރީ އެއް ނުކުރެވޭނެވެ. އަދި އޭގެ އެއް އަހަރު

ފަހުން މުޅިން ފޭސްބުކު ބަންދު ކުރާނެއެވެ. އެއް އަހަރުގެ މުއްދަތެއް ދިނުމަށް ޒުކަބާރކު ބޭނުންވާ ސަބަބަކީ ފޭސް ބުކަށް ދެވި ހިފާފައިވާ ފަރާތްތަކަށް އެކަމުން

ދުރުވުމަށް މުހުލަތެއް ދިނުމެވެ. އެހެނަސް މި ޚަބަރާއި ގުޅިގެން ގިނަ ބަޔަކު ބުނަމުންދަނީ މީ އަދި ހަޤީޤީ ޚަބަރެއް ނޫން ކަމަށެވެ.

މި ޚަބަރާއި ގުޅިގެން ތަފާތު ވާހަކަ ތައް ހުދު ފޭސްބުކު ތެރޭގައި ވެސް ދެކެވެމުންދާއިރު ފޭސްބުކު ބަންދު ކުރުމާއި ދެޮކޅަށް ދަނީ ޕެޓޝަނެއްގައި ޮސއިކުރަމުންނެވެ. ޮއންލައިން ޕެޓިޝަން ހިންގާ ވެބުސައިޓެއް ކަމަށްވާ ޕެޓިޝަން

ޮއންލައިން ވެބުސައިޓުގައި ބުނެފައިވާ ޮގތުން ފޭސްބުކުގެ ތެރެއިން ދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ވިޔަފާރިތައް އިޝްތިހާރު ކުރުމަށް ލިބޭ

ޮބޑު ފުރުސަތުގެ އިތުރުން ދުވަހެއްގެ ތެރޭގައި އެކަކު އަނެކަކާއި ކުރެވޭ ތަފާތު މުޢާމަލާތްތަކަށް ފޭސްބުކު ހުއްޓާލައިފި ނަމަ ވަރަށްޮބޑަށް ބުރޫ އަރާނެއެވެ.

އެހެންކަމުން ފޭސްބުކު ހުއްޓާލުމަކީ ފޫނުބެއްދޭނެ ފަދަ ގެއްލުން ތަކެއް އެތައް މިލިއަން ބަޔަކަށް ލިބިގެން ހިނގައިދާނެ ކަމެއް ކަމަށް ދަނީ ބުނަމުންނެވެ. ދިވެހިރާއްޖޭގައި ވެސް

އެތައް ހާސްބަޔަކު ބޭނުން ކުރަމުންދާ ފޭސްބުކުގެ އަވާގައި ޖެހިފައިވާ

އެތަކެއް ބަޔަކު އެބަ ތިއްބެވެ. ހާއްސަޮކށް މިއަދު އިންޓަނެޓުގެ މައި ޮދރުއަށްޓަކީ ފޭސްބުކު ކަމުގައި ދިވެހިން މިވަނީ ބަލައިގަނެފައެވެ.

ޒުވާނުން އެމީހުންގެ ދުވަހުގެ ހުރިހާ ކަމެއް

އާދަމް ނަސީރު

Page 19: Sun Magazine 39

19

ރާވަމުންގެންދަނީ ފޭސްބުކުގެ ތެރޭގައި ތިބެގެނެވެ. ރައްޓެހިވެގެން އުޅޭ ކުއްޖާއަށް އެދުވަހުގެ މޫޑު އަންގާލަދެނީ ފޭސްބުކުގައި ލިޔެލާ ސުޓޭޓަސް މެދުވެރިޮކށެވެ.

ޮކފީއަށް ނުވަތަ ކެއުމަކަށް ދާނެ ގަޑި އަންގާލަދެނީ ފޭސްބުކު ޗެޓު މެދުވެރިޮކށެވެ. ރައްޓެހިންގެ ލިސްޓަށް ޯފރުޮކށްލަދޭ މެސެޖު އަމިއްލަ ޯވލްގައި ޯޕސްޓު ޮކށްލާ

ކަމަށްވެއެވެ. ފޭސްބުކު ބޭނުންކުރުމަށް ޯފނާއި، ތަފާތު ޓެބުލެޓުތައް ބޭނުން ކުރަމުންދާއިރު، އާދައިގެ ޯޓޗުބައްތި ޮނކިޔާ ޯފނަކުން ޮފނުވާލެވޭ އެސް.އެމް.އެސް

އަކުންވެސް ފޭސްބުކުގެ ހަރަކާތްތައް ކުރިއަށް ގެންދެވެއެވެ.އެހެންކަމުން މިއަދު އަޅުގަނޑުމެންގެ ދިރިއުޅުމާއި އެންމެ ޮބޑަށް

ގުޅިޅާމެހިފައިވާ އެކައްޗަކީ ފޭސްބުކު ޯސޝަލްނެޓުޯވކު ކަމާއިމެދު ޝައްކެއް ކުރާނެ ބަޔަކު ނޫޅޭނެއެވެ. އެވެބު ސައިޓު ހުއްޓާލަފާނެ ކަމަށް ދެކެވޭ ވާހަކަތަކާއި މެދު

ގިނަބަޔަކު ކަންޮބޑުވަނީ އެހެންވެއެވެ. އެހެނަސް އެ ވެބުސައިޓުގެ ނާޒާއިޒު ފައިދާ ނަގާ މީހުންގެ ސަބަބުން ފޭސްބުކު އުފެއްދި ބާނީ މާރކު ޒުކަބާރކުގެ ޮބލުގެ ރިހުން ދަނީ ހައްތަހާ ގަދަވަމުންނެވެ. ތަފާތު އެތަކެއް ވައިރަސްތަކެއް އިއްޔެ

ވެސް ފޭސްބުކުގެ ތެރޭގައި ފެތުރެމުންދިޔަ އެވެ. ނިވާކަންކުޑަ ތަފާތު ޮފޯޓ ތަކެއް އެކިއެކި މީހުންގެ ޯވލްގައި އެކިއެކި ރައްޓެހިންގެ ނަމުގައި ޯޕސްޓު ކުރެވެމުންދިޔަ

ނަމަވެސް ހަޤީޤަތަކީ އެއީ ހުސް ވައިރަސް އަށްވުމެވެ. ވަރަށްގާތް ރައްޓެހިން އެފަދަ ކަމެއް ނުކުރާނެ ކަން ޔަޤީން ވިޔަސް ފޭސްބުކުގެ ތެރޭގައި މިނޫން

ވެސް އެތަކެއް ކަމެއްދަނީ ހިންގަމުންނެވެ. އެޮގތުން މީހުންގެ ވަރަށް ވެސް ޒާތީ ޮފޯޓތަކާއި ވީޑިޯއތައް އަބަދުވެސް ލީކުވެ ބޭޒާރުވަމުންދެއެވެ. އެހުރިހާ ކަމެއްގެ

ހުތުރު ނަން ލިބޭ ފަރާތަކީ ފޭސްބުކު އުފެއްދި ފަރާތްކަމަށްވާ މާރކު ޒުކަބާރކެވެ.އެހެންކަމުން ޒުވާން މި ހުނަރުވެރިޔާގެ ހަޤީޤީ ދިރިއުޅުން މިހާރު ވެގެން ޮގސްފައިވަނީ ހާސްކަމާއި ޮބލުގެ ރިހުންގިނަ ނުތަނަސްކަމުން ފުރިގެންވާ ދިރިއުޅުމަކަށް ކަމަށް ބުނެވެއެވެ. ޒުވާން އުމުރުގައި ލިބެމުންދާ ބިލިއަން ޮޑލަރަށް ހިތްހަމަ ޖެހުމެއް ނުގަނެވިގެން އުޅެނީ މަތީގައި ދެންނެވި ގިނަ

ސަކުވާތަކެއް ޮކންމެ ދުވަހަކުވެސް ޒުކަބާރގާ ހަމަ އަށް ޯފރާތީއެވެ. ކިތަންމެ ވަރަކަށް ފުރޭނިގެން މައްސަލަތައް އެންމެ މަތީ ފަންތިއަށް ގެންދިޔަ ނަމަވެސް އެ މައްސަލަތައް ހައްލުކުރަން ދޭންޖެހޭ ގިނަ ވަގުތާއި ހެދި ޒުވާން އުމުރުގައި

އުޅެން ބޭނުންވާ ހިތްހަމަ ޖެހޭ ދިރިއުޅުމުން މަހުރޫމް ވެފައިވާ ކަމަށް ޒުކަބާރކުގެ ރައްޓެހިން ކައިރީ އަބަދުމެ ދަނީ ބުނަމުންޏެވެ. އެހެން ކަމުން ފޭސްބުކު

އުފެއްދުމުގެ ކުރިން އުޅެމުން ދިޔަ މަޖާ އުފާވެރި ދިރިއުޅުން އަލުން ޯހދުމަށް ފޭސްބުކު ބަންދު ޮކށްފާނެ ކަމަށް ބެލުމުގެ ފުރުސަތު އެބަޮއތެވެ.

އެހެނަސް ބިލިއަން ޮޑލަރު ލިބެމުންދާ މިޮބޑު ވިޔަފާރި ހަމަ ކުއްލި އަކަށް ހުއްޓާލަފާނެ ކަމާއި މެދު ގިނަބަޔަކު ދަނީ ޝައްކުގެ ނަޒަރަކުން

ބަލަމުންނެވެ. ސަބަބަކީ ޒުކަބާރކު ފޭސް ބުކު ހިންގުމާއި ދުރުވެލިޔަސް ފޭސްބުކު ހިންގޭނެފަދަ އެތައްސަތޭކަ ބަޔަކު ތިބުމުނެވެ. އެހެނަސް ޤަބޫލުކުރަންޖެހޭ

ހަޤީޤަތަކީ އަމިއްލަ ދަރިން ބަލަން އެހެން މީހެއްގެ އަތަށް ދިނުމަކީ ގިބަ ބަޔަކު ހިތްހަމަ ޖެހޭ ކަމެއްނޫން ކަމެވެ.

އިންޓަނެޓުގެ ވަރަށް ތަފާތު ޚަބަރުތައް ގެނެސްދޭ

ވެބުސައިޓެއް ކަމަށްވާ ވީކުލީ ޯވލްޑު ނިއުސް

ކިޔާ ސައިޓަކުން ބުނާ ޮގތުގައި އަންނަ

އަހަރުގެ މާރޗު 15 އިން ފެށިގެން ފޭސްބުކު

ހުއްޓާލާނެއެވެ. އަދި އިތުރު އެއްވެސް ފަރާތަކަށް

ފޭސްބުކުގައި ރަޖިސްޓުރީ އެއް ނުކުރެވޭނެވެ. އަދި

އޭގެ އެއް އަހަރު ފަހުން މުޅިން ފޭސްބުކު ބަންދު

ކުރާނެއެވެ.

, ,

Page 20: Sun Magazine 39

މި ޑިސެންބަރު މަހުގެ 23 ވަނަ ދުވަހަކީ ރާއްޖޭގެ މި ޒަމާނުގެ ތާރީހުގައި އެންމެ ފާހަގަ ޮކށްލެވޭ އެއް ދުވަހެވެ. އެދުވަހު ދިވެހީންގެ އެތައް

ހާސް ބަޔަކު ވަނީ އިސްލާމް ދީން ފިޔަވައި އެހެން ދީނެއް، އަދި ހަޔާތުގެ އެހެން ނިޒާމެއް އެމީހުން ގަބޫލު ނުކުރާނެކަމުގެ މެސެޖު ދީފައެވެ. އިސްލާމް ދީނަށް

ފުރައްސާރަޮކށް، ފުރައްސާރަ ކުރުވުމަކީ ދިވެހީން ގަބޫލު ކުރާނެ ކަމެއް ނޫންކަން ހާމަޮކށްދީފައެވެ.

އިސްލާމް ދީނުގެ ހިމާޔަތުގައި މުޅި ރާއްޖޭގައި ބޭއްވުނު “ޮބޑު މުޒާހަރާ” އިންތިޒާމު ކުރީ މަދަނީ އިއްތިޙާދުގެ ފަރާތުންނެވެ. އިދިޮކޅު ސިޔާސީ ޕާޓީތައް ވެސް މި މުޒާހަރާގައި ބައިވެރިވެފައި ވެއެވެ. މުޒާހަރާގެ ތެރޭގައި ވާހަކަ ދައްކަވަމުން، ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުهللا ވަނީ މާލޭގައި މުޒާހަރާ ބޭއްވުނު ސުނާމީ ބިނާ ސަރަހައްދަށް “ނަސުރުގެ މައިދާން” މި ނަމުން ނަން

ދެއްވައިފައެވެ. ނަސުރުގެ މައިދާނުގައި ދިވެހީންގެ އެތައް ހާސް ބަޔަކު ދައްކުވައިދިނީ

އިސްލާމް ދީން ދެކެ ދިވެހީން ހަގީގަތުގައި ވެސް ޯލބިވާ ކަމެވެ. މުޒާހަރާ ކުރިޔަށް ދަނިޮކށް މަޣްރިބް ނަމާދާއި ޢިޝާ ނަމާދުގެ ވަގުތު ޖެހުމުން، މުޒާހަރާގެ ބައިވެރީން މޫދުގެ ޮލނުފެނުންނާއި، ކުދި ފެންފުޅިތަކުން ވުޟޫ ޮކށްގެން ނަމާދު ކުރިއެވެ. ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ޮބޑު ނަމާދުގެ ޖަމާއަތް

ކަމުގައި ވުން އެކަށީގެންވާ އެ ޖަމާއަތުގައި ދިވެހި މުސްލިމު އަޚުންނާއި އުޚުތުންގެ އެތައް ހާސް ބަޔަކު އެކީގައި ރުކޫޢުޮކށް، ސަޖިދަޮކށް، އެއްކައުވަންތަ މަތިވެރިވަންތަ މާތްهللا ގެ އިލާހުވަންތަކަމުގެ ހައްގު ނިދާ އިއްވަމުން ދިޔަ އިރު

އެފެނުނު މަންޒަރަކީ ދިވެހި ޖައްވުން ފަހަކަށް އައިސް އަޅުގަނޑަށް ފެނުނު އެންމެ ރީތި މަންޒަރެވެ. އެންމެ އަސަރުގަދަ މަންޒަރެވެ. އެ މަންޒަރަކީ މި ފަސްގަނޑުގައި ހައްގުގެ އަޑު އަދި މަރުވެގެން ނުދާ ކަމުގެ ސާބިތު ހެކި

ތަމްސީލު ޮކށްދިން މަންޒަރެކެވެ. އެ މަންޒަރަކީ ޮލލުން އުފަލުގެ ކަރުނަ ހިލުވާލި މަންޒަރެކެވެ. ދުވަހަކުވެސް ހަނދާނުން ފިލައިނުދާނެ މަންޒަރެއް މެއެވެ.

23 ޑިސެންބަރުގެ ޮބޑު މުޒާހަރާއަކީ މި ގައުމު މިހައިތަނަށް ދުށް

އެންމެ ޮބޑު މުޒާހަރާއެވެ. މަދަނީ އިއްތިޙާދުގެ ފަރާތުން ހާމަ ޮކށްފައިވާ ޮގތުގައި އެ މުޒާހަރާގައި މުޅި ރާއްޖޭގައި ލައްކައަކަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ.

ހަމައެކަނި މާލޭގައި މުޒާހަރާއަށް ޖަމާވި މީހުންގެ އަދަދަށް ބެލިޔަސް، މިއީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ޮބޑު މުޒާހަރާ ކަން ފެނިގެން ދެއެވެ. ނަސުރުގެ މައިދާނަށް އެއްވި މީހުންގެ އަދަދަކީ ގާތްގަނޑަކަށް 20000 ކަމަށް މަދަނީ

އިއްތިޙާދުން ވަނީ ބުނެފައެވެ. ނަން ހާމަކުރަން އެދިވަޑައިނުގަންނަވާ ޮޕލިސް އިންސްޕެކްޓަރަކު ވިދާޅުވި

ޮގތުގައި، ނަޞްރުގެ މައިދާނަށް އިސްލާމް ދީނުގެ ޙިމާޔަތުގައި ނިކުތް މީހުންގެ ޢަދަދު 25000 އާ ގާތް ކުރާނެ ކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކައެވެ.

އޭނާއަކީ މުޒާހަރާގެ ކަންތައްތައް ބަލަހައްޓަވަން އުޅުއްވި ފުލުހުންގެ ޔުނިޓްތަކުގެ ތެރޭގައި ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ.

އިސްލާމް ދީނުގެ ޙިމާޔަތުގައި ދިވެހީން ތިބިކަމަށް ބުނެ ކުރާ މުޒާހަރާއެއް އިއުލާން ކުރުމާ އެކު، ސަރުކާރު ހިންގާ އެމްޑީޕީގެ އެކި ފެންވަރުގެ

އެކި ބޭބޭފުޅުން އެކަމާ ދެޮކޅަށް ވާހަކަދައްކަވަން ފެއްޓެވިއެވެ. މިއީ ހައިރާން ވާން ޖެހުނު ކަމެކެވެ. މަދަނީ އިއްތިޙާދުގެ ފަރާތުން އިދިޮކޅު ޕާޓީތަކާ ގުޅިގެން އިއުލާން

ކުރީ ދިވެހި ސަރުކާރު ވައްޓާލަން ކުރާ މުޒާހަރާއެއް ނޫނެވެ. އެމްޑީޕީއާ ދެޮކޅު މުޒާހަރާއެއް ނޫނެވެ. އިސްލާމް ދީން ދެކެ ދިވެހީން ޯލބިވާކަން ހާމަކުރާ، އިސްލާމް

ދީނާ ދެޮކޅަށް ސަރުކާރުން ކުރާ ކަންތައްތަކާ ދެޮކޅަށް ކުރާ މުޒާހަރާއެކެވެ. އެމްޑީޕީއަށް ވެސް އެ މުޒާހަރާއަށް ދައުވަތު ދެވިފައި ވެއެވެ. އެހެންވިއްޔާ،

އެމްޑީޕީން އެ މުޒާހަރާގެ ދައުވަތަށް އިންކާރުޮކށް، މުޒާހަރާއަށް ދެޮކޅު ހެދުމުގެ މާނައަކީ، ބޭނުމަކީ ޮކބައިހެއްޔެވެ؟

ސަރުކާރުގެ މިނިސްޓަރުންނާއި އެމްޑީޕީގެ އިސް ވެރީން ވަނީ މުޒާހަރާއާ ދެޮކޅަށް އެކިއެކި ތުހުމަތުތައް ޮކށްފައެވެ. އިސްލާމް ދީނުގެ ހިމާޔަތުގައި މުޒާހަރާ

ކުރަނީ ހައްދުފަހަނަޅާފައި ތިބޭ މީހުން ކަމަށް ބުނެ “ހޭޓްސްޕީޗް” ދައްކަވައިފައެވެ. އެންމެފަހުން އެމްޑީޕީން ނިންމީ ޮބޑު މުޒާހަރާގެ ވަގުތުގައި، އެ މުޒާހަރާއާ ދެޮކޅަށް

އެހެން މުޒާހަރާއެއް ކުރާށެވެ. ބޭނުމަކީ ޮކބައި ހެއްޔެވެ؟ އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް

އުފެދުމާ ގުޅިގެން، 23 ޑިސެންބަރުގައި އެ ޕާޓީން ބޭއްވި މުޒާހަރާ ބޭއްވުނީ

20

އިސްާލމް ީދން ވަީނ ދިވެީހންގެ ލެާޔ ގުޅިފައިބޮޑު މުާޒހަާރގެ މެސެޖު

މިހާތަނަށް ބޭއްވި އެންމެ ޮބޑު މުޒާހަރާ

އަލްއުސްތާޛު އަޙުމަދު މާޖިދު

ހަޖަމު ނުކުރެވުނީ ކީއްވެ؟

Page 21: Sun Magazine 39

“ބައްދަލުވުމެއްގެ” ޮގތުގައެވެ. އެ ބައްދަލުވުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. ތަގުރީރު ވެސް ކުރެއްވިއެވެ. އެމަނިކުފާނުގެ

ތަގުރީރުގައި އިސްލާމް ދީނުގެ ހިމާޔަތުގައި ކުރެވުނު ޮބޑު މުޒާހަރާގެ ބައިވެރީންގެ ޮބލުގައި ތުހުމަތު ތަކެއް އެޅުއްވިއެވެ.

ނަމަވެސް ހަގީގަތަކީ ޮބޑު މުޒާހަރާ އިއުލާން ކުރެވުނީއްސުރެ މިއަދާ ހަމަޔަށްވެސް ރައީސް ނަޝީދު ވިދާޅުވި ފަދަ ކަމަކަށް މުޒާހަރާގެ ހަރަކާތްތަކުގެ

އެއްވެސް ބައިވެރިޔަކު ޮގވާލާފައި ނުވާކަމެވެ. 23 ޑިސެންބަރުގެ ހަވީރު 4 ޖެހީއްސުރެ އެ ރޭގެ ދަންވަރު 12 ޖަހާކަށްހާއިރު ވަންދެން މުޒާހަރާ ކުރިޔަށް ދިޔައިރު ވެސް ރައީސް ނަޝީދު ވިދާޅުވިފަދަ ޮގވައިލުމެއް މުޒާހަރާގެ އެއްވެސް

ދިމާއަކުން ނުއިވެއެވެ. 23 ޑިސެންބަރުގެ މުޒާހަރާ އެތައް ގަޑިއެއް ވަންދެން ކުރިޔަށް ދިޔުމަށް ފަހު، އެ ރޭ 11 ޖަހަން ވީ އިރު އެމްޑީޕީގެ އިސް ލީޑަރުން ތިބީ

އެމްޑީޕީ ހަރުގޭގައެވެ. އެތަނުގައި ތިއްބަވައިގެން އެމްޑީޕީގެ ލީޑަރުންގެ ތެރެއިން ރީޯކ މޫސައާއި ޑރ. ޑީޑީ ފަދަ ބޭފުޅުން ތަގުރީރު ކުރައްވައި، ޮބޑު މުޒާހަރާގެ

ބައިވެރީންނާ ދެޮކޅަށް އެތައް އިންޒާރެއް ދެއްވިއެވެ. ދަންވަރު 12 ޖަހަންވާ އިރަށް މުޒާހަރާ ނުހުއްޓައިފި ނަމަ ބާރުގެ ބޭނުންޮކށްގެން މުޒާހަރާ ރޫޅައިލާނެކަމުގެ އިންޒާރުތަކެވެ. ފުލުހުންނަށް ވެސް މައިތިރި ނުކުރެވޭނެ ވަރުގެ މުޒާހަރާތައް

ބާއްވާނެކަމުގެ ބިރުވެރި އިންޒާރުތަކެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި، އަދި އިންސާނީ ތަހުޒީބުގެ އެންމެހައި އުސޫލުތަކަކާ ހިލާފަށް، ޮބޑު މުޒާހަރާގެ ސުލްހަވެރި

ބައިވެރީންނާ ދެޮކޅަށް މިފަދަ ޓެރަރިސްޓް އިންޒާރުތަކެއް ދެއްވުމަށް ފަހުގައި ވެސް، އެމްޑީޕީގެ ޕާރލަމެންޓޭރިއަން އިމްތިޔާޒު ފަހުމީ، ޮބޑު މުޒާހަރާގެ

ބައިވެރީންނަށް ނިސްބަތް ކުރައްވައި ވިދާޅުވީ “އަހަރެމެން ޓެރަރިސްޓުންނާ މުއާސަލާތެއް ނުކުރަމޭ” މިހެންނެވެ.

މުޒާހަރާގެ ބައިވެރީން ސަރުކާރަށް ފަސް ކަމަކަށް ޮގވާލިއެވެ. އެއް ކަމަކީ އައްޑޫ ސިޓީގައި ބަހައްޓާފައި ހުރި ޣައިރު ދީންތަކުގެ ކަލާނގެތަކުގެ ބުދުތައް ނެގުމެވެ. އެފަދަ ބުދުތަކެއް މުސްލިމުންގެ ތެރޭގައި

ބެހެއްޓޭނެ އެއްވެސް ޮގތެއް ޯނންނާނެ ކަމަށް ދީނުގެ ދަންނަ ބޭކަލުން ވިދާޅުވަމުން ގެންދެވި އިރު ވެސް ސަރުކާރު ހިންގާ އެމްޑީޕީން ވަނީ “ބުދު

21

އިސްާލމް ީދން ވަީނ ދިވެީހންގެ ލެާޔ ގުޅިފައިއެހެރީ ބަހައްޓާފައޭ، އަދިވެސް ބަހައްޓާނަމޭ، ކަލޭމެންނަށް ކުރެވޭނެ އެއްވެސް

ކަމެއް ޯނންނާނެޔޭ” ބުނެ ޖެއްސުންކުރުންތަކުން ރައްދުދީފައެވެ. މުޒާހަރާގެ ބައިވެރީންގެ ދެވަނަ ޮގވައިލުމަކީ ދުނިޔޭގައި މިހާރު ޮއތް އެންމެ ނުބައި، އެންމެ އަނިޔާވެރި، އެންމެ ރަހުމު ކުޑަ އެއް ގައުމު ކަމަށް ވާ އިޒްރޭލުގެ ގައުމީ އެއަރލައިނުގެ ފްލައިޓުތައް ރާއްޖެއަށް ބާއްވަން ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލުކުރުމެވެ. ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ރެޔާއި ދުވާލު އިޒްރޭލުން ދެމުންދާ ރަހުމު ކުޑަ އަނިޔާތަކާ މެދު އެއްވެސް ހިތެއް ފިތެއް ނެތި ޯލމަރާލައި، ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ މޫނަށް

ކުޅުޖެހުމާ އެއްފަދަ މި ނިންމުން ސަރުކާރުން ނިންމާފައި ވަނީ ވެސް ރާއްޖޭގެ ކަންޮކޅުތަކުގައި އެކަމާ ދެޮކޅަށް އެކި ފަރާތްތަކުން އަޑު އުފުލަމުން ދަނިޮކށެވެ. އެއްވެސް ޢިލްމީ ބިންގަލެއް ނެތި އިސްލާމް ދީނުގެ ހައްދަކަށް ހަޖޫ ޖަހައި ޕިއްލޭ ދެއްކި ވާހަކަ ތަކަށް ރައީސް ނަޝީދު މާފަށް އެދިވަޑައިގަތުމަކީ މުޒާހަރާގެ އަނެއް ޑިމާންޑެވެ. ހަމައެއާއެކު މާލޭގައި ގިނަވެފައިވާ ޒިނޭހާނާތައް

ބަންދުކުރުމާއި، ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ސަރުކާރުން ކުރާ މަސައްކަތް ހުއްޓާލަން ވެސް މުޒާހަރާގައި ޮގވާލެވިފައި ވެއެވެ.

ނަމަވެސް މިހާތަނަށް އެމްޑީޕީގެ ޒައާމަތާއި ސަރުކާރުން މި ޮގވައިލުންތަކަށް ވެސް ޖަވާބު ދީފައި ވަނީ މަލާމާތާއި ފުރައްސާރަ ކުރުން ކަމަށް

ބސެލެވޭނޭފަދަ ޮގތްޮގތަށެވެ. ކީއްވެގެން ހެއްޔެވެ؟

23 ޑިސެންބަރުގެ މުޒާހަރާއަކީ ދިވެހިރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު މުޒާހަރާއެވެ. އެ މުޒާހަރާއަކީ ދިވެހިރާއްޖޭގައި އެންމެ ގިނަ ބަޔަކު ބައިވެރިވި މުޒާހަރާއެވެ. ގާތްގަނޑަކަށް އަށް ގަޑި އިރަށް މުޒާހަރާ

ދެމިގެން ދިޔައެވެ. މުޒާހަރާގެ ތެރޭގައި ވިއްސަކަށް ބޭފުޅުން ވާހަކަ ދައްކަވާފައި ވެއެވެ. ނަމަވެސް އެއްވެސް މީހަކާ ދިމާޔަށް ހުތުރު ބަހުން އެއްޗެހި ޮގވައި، ފުރައްސާރަ ކުރުމުގެ އިބާރާތްތައް މުޒާހަރާގެ ސްޓޭޖުން ވެސް، މުޒާހަރާގެ

ބައިވެރީންގެ ތެރެއިން ވެސް އިވިފައެއް ނުވެއެވެ. އެއްވެސް މީހެއްގެ ފުރާނަޔާއި މުދަލާއި މިނިވަންކަމާއި އަބުރުގެ ހައްގަށް އަރައިގަތުން ފަދަ އަމަލެއް ހިންގުމަށް

މުޒާހަރާގެ އެއްވެސް ބައިވެރިއަކު ޮގވާލައިފައެއް ނުވެއެވެ. މުޒާހަރާ ފެށި، ކުރިޔަށް ޮގސް، ނިމިގެން ދިޔައީ އާދަޔާ ހިލާފު ސުލްހަވެރިކަމާއެކު، އެއްވެސް ކަހަލަ ހަރުކަށި އަމަލުތަކެއް ފެނުމަކާ ނުލައެވެ. އެއީ މުޒާހަރާ ކުރާނެ ޮގތާމެދު

މުޒާހަރާގެ ޑިމާންޑްތައް

މުޒާހަރާގެ ރީތި ނަމޫނާއެއް

Page 22: Sun Magazine 39

22

އެމްޑީޕީއަށް ނަގައިދެވުނު ފިލާވަޅެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.

ވެރިކަން ކުރާ އެމްޑީޕީގެ މުޒާހަރާތަކުގައި އަޅުގަނޑުމެންނަށް މުޅީންހެން ފެންނަނީ މިއާ ތަފާތު މަންޒަރެކެވެ. މީގެ ދުވަސްޮކޅެއް ކުރީން

ދިވެހިރާއްޖޭގެ ސުޕްރީމް ޯކޓު ޮދށަށް އެމްޑީޕީގެ ލީޑަރުންގެ ބައެއް ބޭފުޅުންނާއި އެކްޓިވިސްޓުން އެއްވެ ކުރި މުޒާހަރާއަކީ އެންމެ ރީތި އެއް މިސާލެވެ. އެ

މުޒާހަރާގައި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ހިލާފަށް ސުޕްރީމް ޯކޓު ޮދށަށް އެއްވެ، އެޯކޓުގެ ޝަރީއަތުގެ މަޖިލީހަށް ނުފޫޒު ޯފރުވަން މަސައްކަތް ޮކށްފައި ވެއެވެ.

އެ މުޒާހަރާގެ ބައިވެރީން ވަނީ މުޒާހަރާ ނިންމާލުމުގެ ޮގތުން މއ. އެންދެރިމާގޭ ޮދށަށް އެއްވެ، އެ ގެއަށާއި ކައިރީގައި ހުރި އެހެން ގެއަކަށް ހަމަލާ ދީ، ޮބޑެތި ގެއްލުންތަކެއް ދީފައެވެ. 23 ޑިސެންބަރުގެ މުޒާހަރާއާ ގުޅިގެން، އެރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވުނު ބައްދަލުވުމުގައި ވެސް އަޅުގަނޑުމެންނަށް އިވިގެން ދިޔައީ

ދާދި އެއްކަހަލަ އަޑުތަކެކެވެ. މީސްމީހުންގެ ގޭޮދށަށް އެއްވާނެ ވާހަކަޔާއި، ހަމަލަ ދޭނެ ވާހަކަޔާއި، އަނިޔާކުރާނެ ވާހަކަޔާއި، މުދާތައް އަތުލައިގަންނާނެ ވާހަކައެވެ.

23 ޑިސެންބަރުގެ މުޒާހަރާއާ ގުޅިގެން ދިވެހި ފުލުހުންގެ ވާޖިބު އަދާޮކށްފައިވާ ޮގތާ މެދު ތައުރީފު ކުރަން ޖެހެއެވެ. ފުލުހުންނަށް ސާބަސް ދީ، ސެލިޔުޓް ކުރަން ޖެހެއެވެ. މުޒާހަރާގެ ބައިވެރީންގެ ހައްގުތަކަށް އިހުތިރާމުޮކށް، މުޒާހަރާގެ ކަންތައް ޤާނޫނާ އެއްޮގތަށް ގެންދިޔުމުގައި ފުލުހުން ވަނީ ފުރިހަމަ

އެއްބާރުލުން ދީފައެވެ. ޮބޑު މުޒާހަރާގެ ހަރަކާތްތައް ކުރިޔަށް ދަނިޮކށް އެމްޑީޕީން

އާރޓިފިޝަލް ބީޗުގައި ބޭއްވި އެއްވުން ނިންމާލުމަށްފަހު، އެ އެއްވުމުގެ ބައެއް ބައިވެރީން ޮބޑު މުޒާހަރާގައި ހަމަނުޖެހުން އުފެއްދުމުގެ މަގުސަދުގައި ނަސުރުގެ މައިދާނަށް ވަންނަން ވެސް މަސައްކަތް ކުރި ކަމަށްވެ އެވެ. ނަމަވެސް ފުލުހުން ވަނީ ހަމަނުޖެހުމަކަށް ޮދރު ހުޅުވުނަ ނުދޭންވެގެން، އެމީހުން ނަސްރުގެ މައިދާނަށް

ވަނަނުދީ ހިފަހައްޓާފަ އެވެ. އެހެންކަމުން ވަރަށް ގިނަ ފަރާތްތަކަކުން ވަނީ ފުލުހުން އެމީހުންގެ ޒިންމާތައް އަދާކުރި ޮގތަށް ތައުރީފު ޮކށްފައެވެ.

އިސްލާމް ދީނަކީ ހައްގު ދީނެވެ. އިސްލާމީ ޝަރީއަތަކީ ވަޟަޢީ އެންމެހައި ގާނޫނުތަކަށް ވުރެ ފުރިހަމަ ގާނޫނެކެވެ. ޔޫރަޕު އަނދިރިކަމުގައި

ޮއއްވައި، ޔޫރަޕުގައި ތަހުޒީބުގެ ބައްތިތައް ދިއްލައިދިނީ މުސްލިމުންނެވެ. ޔޫރަޕުގެ ގާނޫނީ ނިޒާމުތަކުގައި މިއަދު ފެންނާން ހުރި އިންސާނީ ހައްގުތަކާއި އަދުލު އިންސާފުގެ އަސާސީ އުސޫލުތަކަކީ ސްޕޭނާއި، ސިސިލީއާއި، މެދުއިރުމަތީގެ

އިސްލާމީ މުޖުތަމައުތަކުން ޔޫރަޕަށް އިމްޯޕޓު ކުރެވުނު އުސޫލުތަކެވެ. މި ހަގީގަތް ޢައްލާމާ މުޙައްމަދު އަސަދު، މުރާދު ވިލްފްރިޑް ޮހފްމަން، ސައްޔިދު ޙުސައިން

ނަޞްރު، ޯރޒް ވިލްޑަރ ލޭން، ލީ ގައި އީޓަން، ޯޖން މަޤްދީސީ، ސީ.ޖޭ. ވީރަމަންތްރީ ފަދަ ބޭފުޅުންގެ ޢިލްމީ ޮފތްތަކުން ޮއޅުން ފިލުއްވޭނެއެވެ.

އެމެރިކާއަކީ އަހަރަކު 14.5 ޓްރިލިއަނަށް ވުރެ ޮބޑު އާމުދަނީއެއް ލިބޭ ގައުމެކެވެ. އެމެރިކާގައި ގާތްގަނޑަކަށް 5760 ޔުނިވަރުސިޓީ/ޮކލެޖް

އެބަހުއްޓެވެ. “އެބޭފުޅުން” ގަބޫލުފުޅު ކުރައްވާ އެންމެ ޮމޅު ގާނޫނީ ނިޒާމު

ޮއތީ އެމެރިކާގައެވެ. ނަމަވެސް ހަމައެކަނި ކުށްކުރުމުގެ ނުބައި ވަބާ ޮކންޓްޯރލް ކުރުމަށް ވެސް އެމެރިކާ ވަނީ ނުކުޅެދިފައެވެ.

ދެތިން މިސާލެއް ދަންނަވާލާނަމެވެ. ދުނިޔޭގައި ޖަލަށް ލެވިފައިވާ މީހުންގެ 25 އިންސައްތައަކީ އެމެރިކާގެ ޖަލުތަކުގައި ތިބި މީހުންނެވެ. އެމެރިކާގެ

ނެޝަނަލް ސެންޓަރ ޯފރ އިންޖުރީ ޕްރިވެންޝަން އެންޑް ޮކންޓްޯރލުގެ ތަފާސްހިސާބުތަކުން ދައްކާޮގތުގައި އެގައުމުގައި ޮކންމެ އަހަރަކު އެވްރެޖްޮކށް،

4.8 މިލިއަން އަންހެނުންނަށް ފިރީން ނުވަތަ އެކީގައި އުޅޭ ފިރިހެނުންގެ ފަރާތުން ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާތައް ލިބެއެވެ. އެމެރިކާގެ ނެޝަނަލް

ކްރައިމް ވިކްޓިމައިޒޭޝަން ސަރވޭއިން ދައްކާޮގތުގައި 2006 ވަނަ އަހަރު އެކަނި އެގައުމުގައި 232960 އަންހެނުން ރޭޕްޮކށްލެވިފައި ވެއެވެ. އެއީ ދުވާލަކަށް 638 ރޭޕެވެ. ގަޑިއަކަށް 26 ރޭޕެވެ. ޮކންމެ ފަސް މިނެޓަކަށް 2 ރޭޕެވެ. އެމެރިކާއަކީ

ފަހެ އިންސާނީ މުޖުތަމައެއް ހެއްޔެވެ؟ ނުވަތަ ރޭޕް މެޝިނެއް ހެއްޔެވެ؟ މިއީ 14 ޓްރިލިއަން ޮޑލަރާއި، 5760 ޔުނިވަރުސިޓީއާއި، “އެންމެ ޮމޅު ގާނޫނީ ނިޒާމު” ޮއތް އިރު ވާ ވަރެވެ. މުސްލިމުން އިސްލާމީ ޝަރީޢަތް

ގާއިމުކުރި ދުވަސްވަރުގެ ތާރީހު ބައްލަވާށެވެ. ފަގީރުކަން ނެތި، އަދުލު އިންސާފުގެ ކުރިމަތީގައި ހުރިހާ އެންމެން ހަމަހަމަވެ، އަންހެނުން އެކަނިމާއެކަނި އަމިއްލަ ވަޒަނުން ނިކުމެ، ރައްކާތެރިކަމާއެކު އެތައް މޭލެއް ކަޑައްތުޮކށް މައްކާއަށް

ޒިޔާރަތް ކުރަމުން ދިޔަ ޒަމާން މުސްލިމުން ވަނީ ގެނެސްފައެވެ. ދިވެހީން މުޒާހަރާ ކުރީ ރޫހާނީ އަދި އަހުލާގީ ބަނގުރޫޓުވުމުން

އެމީހުން ސަލާމަތްވާން ޮއތް ހަމައެކަނި ޮގތަކީ މަތިވެރިވަންތަ هللا ގެ އިލާހީ ޝަރީޢަތް ކަމަށް ގަބޫލު ކުރެވިގެންނެވެ. އިސްލާމީ އަގީދާ އަކީ ދިވެހީންގެ

މިއަދާއި މާދަމާގެ ބާއްޖަވެރިކަމުގެ ތަޅުދަނޑިކަން ދިވެހީންނަށް ޔަގީން ވާތީއެވެ. އިސްލާމީ އިބާދާތުގެ ނިޒާމަކީ ހަގީގީ އަދި ދެމިހުންނަނިވި ހިތްހަމަޖެހުމާއި

ބުއްދީގެ ހަމަޖެހުން ލިއްބައިދޭ ވަސީލަތް ކަމުގައި ގަބޫލު ކުރާތީއެވެ. ނުބައި ފާހިޝްކަންތައްތަކާއި ނުބައި ޖަރީމާތަކުގެ ހާއްޔަކަށް މި ގައުމު ބަދަލުވެގެން ދިޔުން ހުއްޓުވާނެ ހަމައެކަނި މަގަކީ އިސްލާމީ ޝަރީއަތް ކަމުގައި ވާތީއެވެ. އިސްލާމް ދީން ފިޔަވައި އެހެން “ޒަމް” ތަކަށް މި ޒަރޫރީ މަގުސަދުތައް

ހާސިލުޮކށް ނުދެވޭނެތީއެވެ. 23 ޑިސެންބަރުގެ މުޒާހަރާގައި ދިވެހިން ދިން މެސެޖު ވަރަށް

ސާފެވެ. އެ މެސެޖަކީ، އިސްލާމް ދީން ވަނީ ދިވެހީންގެ ލެޔާ ގުޅިފައި ކަމުގެ މެސެޖެވެ. އިސްލާމް ދީނަކީ ހަރުކަށިކަމުގެ ދީނެކޭ، އިސްލާމް ދީނަކީ ތަރައްގީގެ ދުޝްމަނެކޭ، އިސްލާމް ދީނަކީ ޮދގުވެރި ދީނެކޭ ބުނެ ނުބައި މީހުން ދައްކަމުންދާ ވާހަކަތަކަކީ ދިވެހީން ގަބޫލު ކުރާނޭ ވާހަކަތަކެއް ނޫންކަމުގެ މެސެޖެވެ. އިސްލާމް ދީން ޮގނޑަށް އެއްލާލައި، ވަޟަޢީ ގާނޫނުތަކާއި ހުޅަނގުގެ ލާދީނީ ފިކުރުތަކާއި

އުސޫލުތައް ރާއްޖެއަށް ގެނައުމަކީ ދިވެހީން ބޭނުންވާ ކަމެއް ނޫންކަމުގެ މެސެޖެވެ. ބަނގުރާ ބުއިމާއި، ޒިނޭކުރުމާއި، ޝިރުކުގެ ޮބޑު ފާފަޔަކީ ދިވެހީންގެ ގާތުގައި

“ކޫލް” ކަންތައްތަކެއް ނޫންކަމުގެ މެސެޖެވެ. އެހެންކަމުން، ދިވެހީން އިސްލާމްދީނުގެ އަޑު އުފުލުމުން ދުނިޔޭގެ ކުފުރުގެ ބާރުތަކުގައި ގާތުގައި ޝަކުވާ ކުރައްވައިގެން، ޮބޑާ ހާއްކަވައިގެން، ދިވެހީންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅުއްވައިގެން، ދިވެހީންގެ ދީން ކަތިލާން

މަޖުބޫރު ކުރައްވަން އުޅުއްވާނެކަމެއް ނެތެވެ. އިސްލާމް ދީނަށް ފުރަގަސްދީގެން ނޫންޮގތަކަށް ދިވެހީންނަށް ބްރިޖާއި ޓަވަރު ނުލިބޭނޭ ކަމުގެ ބިރު ދައްކަވައިގެން ދިވެހީންނަކީ هللا އަށް ކާފިރުވާ، އެކަލާނގެ ނިއުމަތްތަކަށް ޝުކުރުވެރި ނުވާ،

މަގު ފުރެދިފައިވާ ބަޔަކަށް ހައްދަވަން އުޅުއްވާނެކަމެއް ނެތެވެ.

ދިވެހި ފުލުހުންނަށް ސާބަސް

އިސްލާމް ދީނަށް ޮގމެއް ނުޖެހޭނެ!

Page 23: Sun Magazine 39

23

އިންސާނެއްގެ ހަޔާތް، ހިތްހަމަޖެހުމާއި އަމާންކަމާއި ސުލްހަ މަސަލަސްކަމާއެކު ވޭތު ކުރުމުގައި، އެމީހަކު ހިމެނިފައިވާ މުޖުތަމައުގެ

ހާލަތު ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. މުޖުތަމައުގެ އަޚްލާޤީ ފޭރާން ވީދި، އިންސާނީ ކަރާމަތާ ނުގުޅޭ އާދަތަކެއް މުޖުތަމައުގައި އަށަގެންފި ނަމަ އެމުޖުތަމައެއްގައި ހިމެނޭ ފަރުދުންގެ ދިރިއުޅުމުގެ ޮކންމެ ދުވަހެއްގައި ވެސް

ތަފާތު އެތައް ދަތިތަކަކާ ކުރިމަތިލާން ޮއންނާނީ ޖެހިފައެވެ. މުޖުތަމައުގެ ފަރުދުންގެ ގުޅުންތައް ރަނގަޅުވެ، އެއް ބަޔަކު އަނެއް

ބަޔަކަށް އިޙްތިރާމް ކުރުމުގެ ރޫޙު އުފެދި، އަދި އެ މުޖުތަމައަކީ ބަދަހި މުޖުތަމައަކަށް ވެގެން ނޫނީ ވަކިވަކި ފަރުދުންގެ ދިރިއުޅުމުގައި ވެސް ހަމަޖެހުމެއް

ޯނންނާނެއެވެ.ޯކރެއް ޯކރަކަށް ވަނީ ފެންތިއްކަކާއި ފެންތިއްކެއް ގުޅި އެކުލެވުމުގެ

ނަތީޖާއިން ކަމަށްވާ ފަދައިން މުޖުތަމައެއް ވެސް ބިނާ ވަނީ ތަފާތު އުންސުރުތަކެއް ގުޅިގެންނެވެ. މިޮގތުން މުޖުތަމައެއް އުފެދުމުގައި ހިއްސާވާ އެންމެ މުހިންމު އުންސުރަކީ އެ މުޖުތަމައެއްގައި ހިމެނޭ އާއިލާތަކެވެ. މި ސަބަބާ ހެދި

މުޖުތަމައުގެ ކަންކަން ބައްޓަންވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އެމުޖުތަމައަކަށް ނިސްބަތްވާ އާއިލާތަކެވެ. އެހެންކަމުން މުޖުތަމައެއް އޭގެ މައްޗަށް ބިނާވާ އާއިލާތަކުގައި ހަރުދަނާ ކަމެއް ނެތް ނަމަ އެ މުޖުތަމައަކީ ވެސް ހަރުދަނާ

މުޖުތަމައަކަށް ނުވާނެއެވެ."އިންސާނީ ހުރިހާ މުޖްތަމަޢުތަކަކަށް ކުރިމަތިވެފައިވާ އެންމެ ޮބޑު އެއް ކާރިސާއަކީ ޢާއިލާތަކުގެ ބަނދެވުން ދޭސީވަމުން ދިއުން" ކަމަށް ވާއިރު

"ޢާއިލާތައް ރޫޅެމުން ދިޔުމުގެ ބިރުވެރި ވަބާގެ ފަރުވާ" އަކަށް ވާނެ އިރުޝާދާއި ނަމޫނާ ޢާއިލާތަކެއް އެކުލަވައިލާނެ ޮގތުގެ މަޢުލޫމާތު ހިމެނޭ ޮފތަކަށް ބޭނުންވެފައި ވަނިޮކށް، ނަބަވީ ސީރަތުގެ އަލީގައި، އަލްއަޚް ޢަބްދުهللا ފާރޫޤު ޙަސަން ލިޔުއްވި، "ނަމޫނާ ޢާއިލާއެއް" މި ޮފތަކީ މުޖުތަމައުގެ ޮކންމެ ފަރުދަކު ވެސް އެއިން ފައިދާ

ހާސިލުކުރަންޖެހޭ ޮފތެއްކަން ކަށަވަރެވެ.މި ޮފތަކީ ނަބަވީ ސީރަތުގެ އަލީގައި ލިޔުއްވާފައިވާ ޮފތެއް ކަމުން މި ޮފތުގައި ހުށަހަޅުއްވާފައިވާ ނަމޫނާއާ މެދު ޝައްކު ކުރުމުގެ އެއްވެސް ޖާގައެއް ނެތެވެ. އެހެނީ މި ޮފތުގައި ބަޔާންކުރައްވާފައިވާ ފަދައިން އިންސާނީ ޙަޔާތުގެ

ޮކންމެ ކަމަކާ ބެހޭ ޮގތުން ނަމޫނާއަކަށް ބަލާނެ މިސާލެއް ޯހދަން ބޭނުން ވިޔަސް ބަލައިލަން ޖެހޭނީ މީލާދީން ހަވަނަ ޤަރުނުގެ ދުވަހެއްގެ ފަތިހަށް ޮދންޮކށްލި

ވަގުތު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މަތިވެރި ޝަޚްޞިއްޔަތާ ދިމާޔަށެވެ. ދުނިޔޭގެ މައްސަލައެއްގެ ޙައްލު ޯހދާނެޮގތަކާމެދު އެހީއެއް ބޭނުންވާ ޮކންމެ

ފަހަރަކު އުކާލަން ޖެހެނީ އެމަތިވެރި ޝަޚްޞިއްޔަތުގެ ޙަޔާތްޕުޅުގެ ޞަފްޙާތަކެވެ. އެއަރާ ހުންނެވި، މަތިވެރި ޝަޚްޞިއްޔަތަކީ އިސްލާމްދީނުގެ ނަބިއްޔާ މުޙައްމަދު

ޞައްލަهللا ޢަލައިހި ވަސައްލަމައެވެ. މި ޮފތުގައި އެ މާތް ނަބިއްޔާގެ ދިރިއުޅުއްވުން ހުރި ޮގތާއި، ޒަވާޖީ

ޙަޔާތްޕުޅުގެ ކަންތައްތައް ހުރި ޮގތާއި، ޢާއިލީ ދިރިއުޅުއްވުމުގައި

ދައްކަވައިފައިވާ ނަމޫނާ އާއި ގާތްތިމާގެ މީހުންގެ ޙައްޤުތައް އަދާކުރެއްވި

ޮގތުގެ މަޢުލޫމާތު ވަރަށް ފުރިހަމައަށް ގެންނަވާފައިވެއެވެ. މި މަޢުލޫމާތުތައް ގެންނަވާފައިވަނީ ކިޔުންތެރީންނަށް ފަސޭހަވާނޭހެން

އަރިމަތީ ސުރުޚީތަކެއްގެ ދަށުގައެވެ.

މިއަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ޝާއިޢުވެގެން ނުކުތް، 74 ޞަފްޙާގެ މި މުހިންމު ޢިލްމީ ޮފތަކީ އަޅުގަނޑުމެންގެ ތެރެއިން ހަމަ ޮކންމެ މީހެއްގެ ޮފތް އަލަމާރީގައި

ވެސް، ޮކންމެހެން ޮއންނަން ޖެހޭ ޮފތެކެވެ. ނަބަވީ ސީރަތުގެ އަލީގައި އަލްއަޚް ޢަބްދުهللا ފާރޫޤު ޙަސަން ލިޔުއްވާފައިވާ "ނަމޫނާ ޢާއިލާއެއް" މި ޮފތުގެ މުހިންމު ކަމާއި މި

ޮފތުން ލިބިދޭ ފިލާވަޅުތަކުގެ ބޭނުންތެރިކަން ފުރިހަމައަށް ކަށަވަރު ކުރެވޭނީ މި ޮފތް މުތާލިއާ ކުރި މީހަކަށެވެ. މުޖުތަމައަށް ބޭނުންތެރި، ރަނގަޅު އާއިލާއެއް

ބިނާ ކުރުމުގައި ކަންތައް ކުރާނެ ޮގތުގެ އިރުޝާދު އެންމެ ރަނގަޅަށް ދެވިފައިވާ ޮފތަކަށް މިހާތަނަށް ދިވެހިބަހުން ލިޔެވިފައިވާ ހަމަ އެކަނި ޮފތަކީ "ނަބަވީ ސީރަތުގެ އަލީގައި ނަމޫނާ ޢާއިލާއެއް" މި ޮފތެވެ. މީގެ ކުރީން އަލްއަޚް ޢަބްދުهللا ފާރޫޤު ޙަސަން ލިޔުއްވާފައިވާ ޮފތްތަކެކޭ އެއްފަދައިން،

މި ޮފތުގެ ޢިބާރާތްތަކަކީ ވެސް ދިވެހިބަހުގެ ރީތިކަމާއި ފަށުވިކަން ދައްކައިދޭ ޢިބާރާތްތަކެއްކަން ފާހަގަޮކށްލަން ޖެހެއެވެ. އެހެން ކަމުން މިއީ ދިވެހި ބަހަށް

އަހުލުވެރިވުމުގެ ޮގތުން ވެސް ޮކންމެހެން ކިޔައިލަން ޖެހޭ އަދަބީ ވެސް ޮފތެކެވެ.އަޅުގަނޑުމެން އިޚްލާޞްތެރި ދުޢާއަކީ އަލްއަޚް ޢަބްދުهللا ފާރޫޤު

ޙަސަން އެދިވަޑައިގެންފައިވާ ފަދައިން، މި މަސައްކަތަކީ އޭނާގެ ދެމިހުންނަނިވި ޞަދަޤާތެއް ކަމުގައި ލެއްވުމެވެ. މި މަސައްކަތުގެ ސަބަބުން އޭނާ އާއި އޭނާގެ އަނބިދަރީންނާއި، މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި، ރަޙްމަތްތެރީންނަށް

ފުއްސެވުމާއި ރުއްސެވުމުގެ ނިޢުމަތް ދެއްވުމެވެ. އަދި ދިވެހި އިސްލާމީ މުޖުތަމަޢަށް މި ޮފތުން މަންފާތަކެއް ޙާޞިލުވުމުގެ ތައުފީގު ދެއްވުމެވެ.

އިޔާޒު ނަސީމް

އް އެ ާލ އި ާޢ ާނ މޫ ނަ

ޮފތެއްގެ ތާރަފު

އި ގަ ީލ އަ ގެ ތު ީސރަ ީވ ބަ ނަ

Page 24: Sun Magazine 39

24

Page 25: Sun Magazine 39

ގަބޫލުކުރަމެވެ.ރައީސް ނަޝީދު ސްޕްރީމް ޯކޓަށް ހާޒިރުކުރަންޖެހޭ ކަމަށް ސަންދާން

ލުތުފީ ވިދާޅުވީ އ.ދ ގެ ހިމާޔަތުގައި ސުވިޒަލޭންޑްގައި ހުންނަވައިގެންނެވެ. ލުތުފީގެ ވާހަކަ ހަމަރަނގަޅެވެ. ނަމަވެސް އަޅުގަނޑު ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ ޯވޓެއް ނެގުމަށް މިޮގވާލަނީ މިދިވެހި ފަސްގަނޑުގައި،

އެއްވެސް މީހެއްގެ ހިމާޔަތެއް ނެތި، ހުސް އަތާ ހުރެގެންނެވެ. »އިސްލާމު ދީނުގެ ދިފާއުގައި ދިވެހިން« މި ޝިއާރުގެ ދަށުން ބޭއްވި މުޒާހަރާގައި ވާހަކަދެއްކެވި އިލްމުވެރިޔަކު ވިދާޅުވި ޮގތުގައި އެންމެ މަތިވެރި

ޖިހާދަކީ އަނިޔާވެރި ވެރިއެއްގެ ކުރިމަތީގައި، އެވެރިމީހާއާ ޖަދަލުޮކށްފައި، ހައްޤު ބަސް ބުނުމެވެ. އެއްވެސް ޝައްކެއް ނެތްޮގތުގައި، އަޅުގަނޑު ދެކޭޮގތުގައި ރައީސް ނަޝީދަކީ އަނިޔާވެރި ވެރިއެކެވެ. އެއްޮގތަށް ވުރެން ގިނަ ޮގތަށް، އެމަނިކުފާނުގެ އަނިޔާވެރިކަން ދިވެހިރައްޔިތުންނަށް މިދަނީ ފެނި، ސާބިތުވަމުންނެވެ. އެހެންކަމުން މިދެންނެވި އަނިޔާވެރިކަމުގެ ކުރިމަތީގައި އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުގެ

ހައްގު ބަހެވެ. ހައްގު ބަސް ބުނުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެއީ ބައެއް ފަހަރު ރައްކާތެރިކަމެއް ވެސް ނޫނެވެ. އަދި ކިއެއްތަ، އެއީ ޖިހާދެކެވެ. އިލްމުވެރިޔާ

ވިދާޅުވި ފަދައިން އެންމެ މަތިވެރި ޖިހާދެވެ. ހައްގު ބަސް ގަބޫލުކުރާ ހުރިހާ ދިވެހި ރައްޔިތުންނަށް އަޅުގަނޑު

ޮގވާލަނީ ރައީސް ނަޝީދު އާއި ހަމައަށް ހައްގު ބަސް ރައްދުކުރުމަށެވެ. އެމަނިކުފާނަކީވެސް ދިވެހި ދައުލަތުގެ ޤާނޫނު އަސާސީ އަށް ޯބލަނބަން ޖެހޭ،

އިސްލާމީ ޝަރީޢަތަށް އިހްތިރާމު ކުރަންޖެހޭ ދިވެހި ރައްޔިތެއްކަން އެމަނިކުފާނަށް ހަނދާންޮކށް އެރުވުމަށެވެ.

އަޅުގަނޑުމެން ހިލޭ ބޭސްފަރުވާ ވެސް ބޭނުމެވެ. ބްރިޖް އަޅަންވެސް ބޭނުމެވެ. ޯބހިޔާވަހިކަމުގެ މިނިވަންކަން ވެސް ބޭނުމެވެ. އަތްޯފރާ ފަށަށް ތަކެތީގެ

އަގު ގެންނަން ވެސް ބޭނުމެވެ. ނަމަވެސް އަޅުގަނޑުމެން މިދެންނެވި މާއްދީ ފަސޭހަތައް ބޭނުންވަނީ ގައުމުގައި ހުރި ހުރިހާ ހަރުމުދާ ބިދޭސީންނަށް ވިއްކާލާފަ، އެންމެ ފަހުން ދިވެހި ގައުމުގެ ދީނާއި، އެގައުމުގެ އިސްތިގުލާލު ވެސް ބިދޭސީންގެ

އަތްމައްޗަށް ދޫޮކށްލާފައެއް ނޫނެވެ. ރައީސް ނަޝީދު އާއި ރީޯކ މޫސައާއި، ސަރަނގު އާދަމް މަނިކާއި، މާރިޔާ އާއި އިމްތިޔާޒް ފަހުމީ ފަދަ އެމް.ޑީ.ޕީ ގެ އިސް ބޭފުޅުން ކިތަންމެ ވަރަކަށް އަޑަށް ބާރުލައްވާފަ ހީލަތްތެރި ވާހަކަ ވިދާޅުވިއަސް ހުރިހާ ދިވެހި ރައްޔިތުން ޮއޅުވައެއް ނުލެއްވޭނެއެވެ. ހަގީގަތް އެނގޭ ދިވެހިން ހައްގު

ބަސް ބުނާނެއެވެ. އަދި هللا އިރާދަފުޅު ކުރެއްވިއްޔާ މިވަގުތަށް ހަގީގަތް ނޭނގޭ ދިވެހިން ވެސް ފަހުން ހައްގު ބަސް ގަބޫލުކުރަނެއެވެ. އެދުވަސް މިހާރުވަނީ

މާދުރުގައި ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އަޅުގަނޑުވެސް އެދެނީ އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަމެވެ.

ވަލްހަމްދު ލިއްهللا...

24

23 ޑިސެމްބަރ ވަނަ ދުވަހު އިސްލާމު ދީނުގެ ދިފާއުގައި ދިވެހިން މުޒާހަރާއަށް ނިކުތުމުން ރައީސް ނަޝީދާއި އޭނާއަށް ތާއީދުކުރާ ފަސްސަތޭކަ

ވަރަކަށް މީހުން ހެދި ޮގނޑުޮދށަށް އެއްވެ ދެއްކި މުޑުދާރު ވާހަކަ ތަކަކީ ދިވެހި ތާރީހުގައި ޮކންމެވެސް ދުވަހަކުން ކަޅު އަކުރުން ލިޔެވިގެންދާނެ ވާހަކަ ތަކެކެވެ. ރައީސް ނަޝީދު އެދުވަހު ދެއްކެވި ވާހަކަ ތަކުން ދޭހަވީ އެމަނިކުފާނު ގަބޫލް

ކުރައްވާ ޮގތުގައި އިސްލާމު ދީނަކީ ޖާރިއާއިން ގެންގުޅޭ ދީން ކަމަށާއި، އެދީނަކީ ނުވަ އަހަރުގެ ކުޑަކުދިން ކައިވެނި ކުރުމަށް ބާރުއަޅާ ދީންކަމަށާއި، އަންހެން

ކުދިން ހިތާނު ކުރުމަށް ބާރު އަޅާ ދީން ކަމަށެވެ. އިސްލާމީ ޝަރީއަތަށް ރައްދުވާޮގތަށް ބަދުބަސް ބުނެ هللا އަށާއި

ކީރިތިރަސޫލާއަށް ނިސްބަތްވާފަދަ މަލާމާތުގެ ބަސްތައް ރައީސް ނަޝީދުގެ ދުލުން ބޭރުވުމަކީ މިހާރު އާއްމު ކަމެކެވެ. ރައީސް ނަޝީދު ގެ މިފަދަ ބަސްތަކާއި،

މިސަރުކާރުގެ މިފަދަ ނޭއްގާނީ އަމަލުތަކުގެ ސަބަބުން ދިވެހި އިސްލާމީ މުޖުތަމައުގެ ފޭރާން ދަނީ ވީރާނާ ވަމުން، ބަލިކަށި ވަމުންނެވެ. މިއީ ޮފރުވިފައިވާ

އެޖެންޑާއެއްގެ ދަށުން، ރޭވިގެން ކުރުވާ ކަމެއް ކަމަށް ޝައްކު ކުރާނެ ޖާގަ ކިތަންމެ ވަރަކަށް ވެސް އެބަޮއތެވެ.

ރައީސް ނަޝީދު ކިތައްފަހަރު އިތުރުފުޅު ހެއްދެވީމަޯތ އެމަނިކުފާނުގެ އިތުބާރެއް ނެތް ކަމަށް ދިވެހިރައްޔިތުން ގަބޫލު ކުރާނީ؟

އައްޑޫގައި ބެހެއްޓި ބުދުތަކުގެ މައްސަލަ ހޫނުވުމުން އެކިފަހަރު އެކި ޮގތަށް ވާހަކަދައްކަވަމުން ޮގސް ނަޝީދު އެންމެ ފަހުން ވިދާޅުވީ

އެބުދުތައް އެމަނިކުފާނު އެންމެ ފުރަތަމަ ދެކެވަޑައިގަތީ ވެސް އޭގެތެރެއިން ބައެއްބުދު ރައްޔިތުން ނިކުމެ ތަޅާލިފަހުން ކަމަށެވެ. ނަމަވެސް އެބުދުތައް

އިފްތިތާހު ކުރެއްވުމަށްޓަކައި ސާކްގެ ވެރިންނާއެކު ރައީސް ނަޝީދު ހުންނެވި މަންޒަރުގެ ޮފޯޓ އާއި ވީޑިޯއ އާއްމުޮކށް ފެންނަން އެބަހުއްޓެވެ. ޮކންފަދަ ޮބޑު އިތުރުފުޅެއްޯތއެވެ. އިސްލާމީ ޝަރީޢަތަށް ފުރައްސާރަޮކށް ޕިއްލޭ

ދެއްކެވި ވަހަކަ އާއި ގުޅިގެންވެސް ރައީސް ނަޝީދު ވިދާޅުވަނީ ޕިއްލޭ އެފަދަ ވާހަކައެއް ދައްކަވާފާނެ ކަން ނަޝީދުއަށް ކުރިން އެނގިވަޑައިގެންފައި ނެތް

ކަމަށެވެ. އެހެންކަމަށް ވާނަމަ ކުޑަމިނުން އެވަހަކަތައް ކުށްވެރި ކުރައްވައި ރައީސް ނަޝީދު އަދި އަދަށްވެސް އެއްޗެއް ވިދާޅުނުވަނީ ކީއްވެގެންޯތ އެވެ.؟

ރާއްޖޭގައި ނަސާރާ ދީން ފަތުރަން މަސައްކަތް ކުރުމުގެ ކުށުގައި މީގެކުރިން ރާއްޖެއިން ޑީޯޕޓު ޮކށްފައިވާ ބިދޭސީން ރާއްޖެ ގެންނަވައި، ރައީސްނަޝީދުގެ ވެރިކަމުގައި އެފަދަ މީހުނަށް ދިވެހި ސަރުކާރުން އިއްޒަތްތެރި

މަޤާމުތައް ދެއްވައި ދިވެހި ދައުލަތުން އެފަދަ ބިދޭސީންނަށް މަހު މުސާރަ ދެއްވަނީ އިސްލާމުދީނާއި މެދު ރައީސްނަޝީދު ޮކން ޮގތަކަށް ދެކެވަޑައި ގަންނަވާތީޯތއެވެ؟

ތިޔަ ބުނާ »ރައްޔިތުންގެ« މަޖިލީހުގެ މަންބަރެއްގެ ޮގތުގައި އަޅުގަނޑު ހުރިނަމަ ރައީސް ނަޝީދު އިތުބާރު ނެތްކަމުގެ ޯވޓެއް

ނެގުމަށް މަޖިލިހަށް މައްސަލަ ހުށަހަޅާނަމެވެ. އެއީ އިސްލާމު ދީނާއި، މިދިވެހި ގައުމުގެ މަސްލަހަތަށްޓަކައި ކުރަން ޮކންމެހެން ޖެހޭ ކަމެއް ކަމަށް އަޅުގަނޑު

ރަީއސް ނަީޝދު ގެ އިތުާބރެއް އަޅުގަނޑަކަށް ނެތް!

މުހައްމަދު ބުޝްރީކެޮޔނިރު

Page 26: Sun Magazine 39

26

)38 ވަނަ އަދަދާ ގުޅޭ(

ކީރިތި މަހާރަދުން އައްސުލްޯތން މުހައްމަދު ފަރީދުލް އައްވަލު ގެ ރަސްކަން ފެށުނީ

ވަރަށް ވެސް ސުލްހަވެރި ދިވެހިރައްޔިތުންގެ އިންތިހާ ދަރަޖައިގެ ރުހުމާއެކު ފެށުނު

ރަސްކަމެއްގެ ޮގތުގައެވެ. ކީރިތި މަހާރަދުންގެ ރަސްކަމުގެ 11 ވަނަ އަހަރު އިނގިރޭސީންގެ

ހިމާޔަތުން ދިވެހިން މިނިވަން ވެއްޖެއެވެ. އެއީ ސާހިބުއްދައުލާ އަލްފާޟިލް އިބްރާހިމް ނާޞިރުގެ ގަދައަޅާ ކުރެއްވި މަސައްކަތުގެ

ނަތީޖާއެވެ. އެއައްފަހު ދިވެހިރާއްޖޭގައި އުފެދުނީ ޖުމްހޫރިއްޔަތެކެވެ. އާދެ، އެއީ ދިވެހިންގެ

ދެވަނަ ޖުމްހޫރިއްޔަތެވެ. ފުރަތަމަ ޖުމްހޫރިއްޔަތުގެ ބާނީ އަލްއަމީރު

މުހައްމަދު އަމީނު މިހާރުވަނީ އަވަހާރަވެ ވިހަމަނާ ފުށީގައި ފަސްދާނުލެވިފައެވެ. އާދެ، އެއްވެސް ބޭރުބަޔަކާ ނުބެހޭ އަމިއްލަ

ރަސްކަމެއް މިގައުމުގައި ޮއތީ ވަރަށް ހަރުދަނާކަމާ އެކީ ހިނގަ ހިނގައެވެ. މިއުފެދުނީ ދިވެހި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔަތެވެ. މިޮގތް ދިމާވީ ހަމައެކަނި

ދިވެހި ރާއްޖެއަކު ނޫނެވެ. ދުނިޔޭގެ ބައެއް ޮބޑެތި ގައުމުތަކުގައި ވެސް

މިޮގތް ދިމާވެފައި އެބަހުއްޓެވެ. އާދެ، ދިވެހިރާއްޖެ ތަރައްޤީ އާޢި ތަހުޒީބުގެ އާ މަރުހަލާތައް ކަޑައްތު ކުރުމުން ދިވެހިރާއްޖޭގެ ގައުމައިގެން ދިވެހި ގައުމުގެ ވެރިން

މުހައްމަދު އަީމން އަވަާހރަވުާމއި، އަދި އެއަށްފަހު....ސިއްކަގޭ މުހައްމަދު ނަސީމް )ނ.ދ.ޝ.ޢ(

ވަރަށް ހަރުދަނާ ކަމާއެކު ކުރިއަށް ހިންގަވަމުން ވަޑައިގަތެވެ. މުހައްމަދު ފަރީދު މަނިއްޕުޅުގެ ރަސްކަމުގެ ދުވަސްވަރަކީ ވެސް ސުލްހަވެރި އަމާން ދުވަސްވަރެކެވެ. އެދުވަސްވަރު ޮބޑުވަޒީރުކަމުގެ މަތިވެރި މަޤާމުގައި

ހުންނެވީ ދިވެހިންގެތެރޭގައި ވަރަށް މަޝްހޫރު އާއިލާއެއް ކަމުގައިވާ އެއްގަމުގޭ އާއިލާގެ ފަހުރުވެރި ދަރިއެކެވެ. އެބޭފުޅަކީ ދިވެހިރާއްޖޭގައި އުފެދުނު ދިވެހި ބޭހުގެ

އަރާހުރި އިލްމުވެރިއެއްކަމުގައިވާ އެއްގަމުގޭ ތުއްތު އަލިދީދީގެ ސީދި ނުވަތަ އަލްފާޟިލް އެއްގަމުގޭ އިބްރާހިމް އަލީ ދީދީ އެވެ. އެއީ މިގައުމުގައި އުފެދުނު

ވަރަށް ޮބޑު އިލްމުވެރިއެކެވެ. އިނގިރޭސި ތައުލީމު އުނގެނިވަޑައިގަތީ ސިޯލނުގެ މައުންޓް ލެވެނިޔާ ގައި ހުންނަ ސެންޯތމަސް ޮކލެޖުންނެވެ. އަދި މިސްރުން ކިޔަވާ ވިދާޅުވުމުގެ ފުރުސަތު ވެސް ލިބުނެވެ. އެހެން ދިމާވީ ދިވެހިރާއްޖޭގެ

ވަރަށް މަޝްހޫރު ރަސްކަލެއް ކަމުގައިވާ ސުލްތާން ހާޖީ އިމާދުއްދީނު ދިވެހިން ކިޔާޮގތަށް ނަމަ ސުވެއިހު ރަދުން މިސްރުގައި ހުންނެވި އިރު ތުއްތު އަލި

ދީދީ ގެ ސީދި ނުވަތަ އިބްރާހިމް އަލި ދީދީ ކައިވެނި ބައްލަވައިގެން ހުންނެވީ ހާޖީ އިމާދުއްދީނު ރަދުންގެ ގުލިސްތާނު އިމާދުއްދީނާއެވެ. އެއީ ރާއްޖޭގެ ޝާހީ

އާއިލާގެ ޮބޑެތި އިއްޒަތްތެރިންނެވެ. އެފަރާތުން އިބްރާހިމް އަލި ދީދީ އަށް ބޭފުޅަކު ލިބިވަޑައިގަތެވެ. އެބޭފުޅަކީ ހެންވޭރު ޯއކިޑްމާގޭ އައްނަބީލާ ފާތިމަތު

އިބްރާހިމް ދީދީ އެވެ. ދިވެހިންގެ ވަރަށް ގިނަ މީހުން ފާތިމަތު އިބްރާހިމް ދީދީ އަށް ކިޔާ އުޅެނީ ތުއްތު ޮގމާއެވެ. މި ޮގމާގެވެސް ހުންނެވީ އެންމެ ބޭފުޅެކެވެ.

އެއީ ދިވެހިރާއްޖޭގެ ޮބޑުވަޒީރުކަން ކުރެއްވި އަލްފާޟިލް އަހުމަދު ޒަކީއަށް ލިބިވަޑައިގެންނެވި ބޭފުޅެކެވެ. އެބޭފުޅަކު މިހާރުވެސް ދުނިޔޭގައި އެބަހުންނެވިއެވެ. އެއީ ދިވެހިރާއްޖޭގެ ކައިރި މާޒީގައި ވަރަށް ގިނަ ވުޒާރާތަކެއްގެ ވަޒީރެއްގެ މަޤާމު

ފުރުއްވާފައިވާ އަލްފާޟިލް އިސްމާއިލް ޝަފީޢު އެވެ. )ނުނިމޭ(

Page 27: Sun Magazine 39

ާފން ސިކުނީޑގެ ޠޫ

ރާއްޖޭގެ ޤާނޫނުއަސާސީ ބުނާޮގތުން ރައްޔިތުންގެ އަތުން އެއްވެސް

ޓެކްސެއް ނެގޭނީ، އެޓެކްސެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް

ފަހުގައެވެ. މިނަޒަރުން ބަލާއިރު މާލޭގެ ބައިނުލްއަޤްވާމީ ވައިގެ ބަނދަރު

ތަރައްޤީކުރުމަށް ދާދިފަހުން، ނެގުމަށް ހަމަޖެހުނު 25 ޮޑލަރު ވެސް ހިމެނިގެންދާނީ

ޓެކްސްގެ ގިންތީގެ ތެރޭގައެވެ. ޤާނޫނުގެ އަކުރަށް ބެލިއަސްއެވެ. އަދި މާޒީގައި

ކަންތައް ހިނގާފައިވާ ޮގތަށް ބަލާލިއަސްއެވެ. އެއަރޯޕރޓުން ފުރާ ޮކންމެމީހެއްގެ

އަތުން އިސްތިސްނާއެއް ނެތި ނެގެމުން އަންނަ ފައިސާއަކީ އަބަދުވެސް

ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިގެން ނެގެމުން އަންނަ ފައިސާއެކެވެ. އަދި

ޓެކްސްގެ ޮގތުގައި ބެލެމުންދާ ފައިސާއެކެވެ. އެއަށް ޮކންމެ ނަމެއް ކިޔަސްއެވެ.

ރާއްޖޭގެ ބައިނުލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމަށް

ބޭރުގެ ކުންފުންޏަކާއި ޙަވާލުކުރެވުނު އިރު ވައިގެ ބަނދަރު ތަރައްޤީކުރުމަށްޓަކައި،

ފުރާ ޮކންމެ ފަސިންޖަރެއްގެ އަތުން 25 ޮޑލަރު ނެގޭނެކަމަށް އެއްބަސްވެފައިވާ

ކަމުގައިވެއެވެ. މިހެންވުމާއިއެކު އެ 25 ޮޑލަރު ނެގޭނެ ޮގތެއް ސަރުކާރުން

ހަމަޖައްސަވައި ދެއްވަން ޖެހެއެވެ. މި އެއްބަސްވުމުގައި ޮސއިކުރެވުނު އިރު

ސަރުކާރުގެ ޤާނޫނީ މާހިރުންނަށް ވެސް ރައްޔިތުންގެ އަތުން ޓެކްސެއް ނެގޭނީ،

ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިގެންކަން ރަގަޅަށް އެނގިވަޑައިގަންނަވާނެ

އެވެ. މިހެންވުމާއި އެކު މިއެއްބަސްވުމުގައި 25 ޮޑލަރުގެ ވާހަކަ ހިމަނާފައި

ވަނީ އެފަދަ ފައިސާއެއް ނެގުމަށް ޮއންނަ ޤާނޫނީ މަރުޙަލާތައް ކަޑައްތުކުރުމަށް

ފަހުގައި އެފައިސާއެއް ނެގޭނެ ޮގތަށް ކަމުގައި ބަލައިގަންނަން ޖެހެއެވެ. ސަބަބަކީ

މިބާވަތުގެ އެއްބަސްވުންތަކުގައި ޮސއިކުރެވެނީ ސަރުކާރުގެ ޮއނިގަނޑުގެ ތެރޭގައި

ހިމެނޭ ޤާނޫނީ ތަފާތު ހަރުފަތްތައް ގިރާކުރުމަށްފަހުގައި، މިޮގތަށް ދިމާވާ ބައިވަރު

މައްސަލަތައް ހައްލު ކުރެވިގެން ކަމަށްވާތީ އެވެ. ވައިގެ ބަނދަރު ތަރައްޤީކުރާ

ކުންފުނީގެ ބައެއް މަސްއޫލު ބޭފުޅުން ވިދާޅުވިކަމަށް މީޑިޔާއިން ރިޯޕޓްކުރިފަދައިން

އެފައިސާ ޯހދުމަށް ކުރަންޖެހޭ ކަންތަކާއި އެފަރާތުން ކަންޮބޑުވާކަށް ނުޖެހެއެވެ.

އެއީ ޤާނޫނީޮގތުން ނެގިދާނޭ ފައިސާއެއްޯތ ވެސް އެފަރާތުން ބަލާކަށް ނުޖެހެއެވެ.

އެއީ ސަރުކާރުގެ ވަޢުދެކެވެ. ސަރުކާރުން އެއްބަސްވުމާއި އެއްޮގތަށް ކަންތައް

ކުރެއްވުމަށް ކުރަން ޖެހޭ ކަމެކެވެ.

މިހެން މިކަންޮއތް އިރު ސަރުކާރުން ރައްޔިތުންގެ މަޖިލީސް އާއި

ނުލައި މިކަން ކުރެއްވުމަށް އުޅުއްވުމުގެ ބޭނުމަކީ ޮކބައިބާވައެވެ؟ މިކަމުގައި ޮއތީ

އެންމެ ސަބަބެކެވެ. ސަރުކާރުން ބޭނުންވާ ޮގތަށް ބޭނުންކަމެއް ކުރެއްވޭނެކަން

ދެއްކެވުމެވެ. ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުން ސަރުކާރުގެ މިހަރަކާތަށް ތަފާތު

ނަންނަން ދެވިދާނެއެވެ. ޚުދުމުޚްތާރު ކަމޭވެސް ބުނެފާނެ އެވެ. ޮގތްދޫނުކުރުމޭ

ވެސް ބުނެފާނެ އެވެ. ޮކންމެއަކަސް ސަރުކާރުން ގެންގުޅުއްވާ، ޤާނޫނު އަސާސީ

އާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ފާސްކުރުންތަކާއި، ބައެއް ފަހަރަށް ޯކޓުން

ނިންމާ ނިންމުންތަކަށް އަމަލު ނުކުރެއްވުމުގެ ސިޔާސަތާއި ޚިލާފަށް މިފަހަރު 25

ޮޑލަރުގެ މައްސަލާގައި ޤާނޫނާއި އެއްޮގތަށް ފިޔަވަޅު އެޅުއްވުމަށް ނިންމެވީ ކީއްވެ

ބާވައެވެ؟ އިދިޮކޅު ފަރާތްތަކުން އެހެންފަހަރު ތަަކެކޭ އެއްޮގތަށް މިފަހަރުވެސް

ޝަރުޢީ މަރުޙަލާގެ ބޭނުން ކުރިއެވެ. ޝަރީޢަތުން ޙުކުމު އައިސްފައިވަނީ

ސީނާ އަޙްމަދު ޒާހިރު

27

ސަރުކާރާއި ދެޮކޅަށެވެ. މީގެ ކުރިންވެސް މިފަދަ ޙުކުމު އައިސްފައިވެއެވެ.

އެހެންނަމަވެސް ޮކންމެވެސް ޢުޒުރެއް ދެއްކުމަށްފަހު ސަރުކާރުން އެފަދަ ޙުކުމާއި

އެއްޮގތަށް ކަންތައްކުރައްވާފައި ނުވެއެވެ. މިފަހަރު ތަފާތުވީ ކީއްވެގެންބާވައެވެ؟

އަޅުގަނޑަށް ޝައްކު ކުރެވެނީ އެންމެ ކަމެކެވެ. ޑެޮމކްރަސީއެވެ. އެއް

ފަރާތުގައި ޮއތީ ދުނިޔޭގެ ޮއތް އެންމެ ޮބޑު ޑެޮމކްރަސީއެވެ. އަދި ޑެޮމކްރަސީގެ

އުޞޫލުތަކަށް ތަބަޢަވެގެން ހިނގާ ކުންފުންޏެކެވެ. އެފަރާތްތަކުން ޮކންމެވެސް

ހިސާބަކުން "އުޅަނޮބށި" އަނބުރާލީ ކަމަށް ވެދާނެއެވެ. ޤާނޫނީ މަގުން

ހިނގުމަށެވެ. ޯކޓުގެ ނިންމުންތަކާއި އެއްޮގތަށެވެ.

ޢާއްމުޮގތެއްގައި ޑެޮމކްރަސީތަކުގައި ކަންތައް ކުރާޮގތަކީ

ޯކޓަކުން ނުވަތަ އެފަދަ ބާރުލިބިދޭ އެހެންވެސް ފަރާތަކުން އެއިރެއްގައި ޮއންނަ

ސަރުކާރަކުން ނުއެދޭޮގތަކަށް ޤާނޫނެއްގެ ތަރުޖަމާއެއް ކުރެވިއްޖެނަމަ، އަދި

ސަރުކާރުން އެކަން ދޫކުރައްވަން ބޭނުން ނުވާނަމަ، ސަރުކާރުން ބޭނުންޮގތަކަށް އެ

ޤާނޫނަކަށް އިޞްލާޙް ގެނެވުމެވެ.

ވައިގެ ބަނދަރު ތަރައްޤީކުރުމަށް 25 ޮޑލަރުގެ ޓެކްސެއް ނެގުމުގެ

މައްސަލަ ރައްޔިތުންގެ މަޖިލީހަށް ޮފނުއްވުމަށް ނިންމެވުމަކީ، އަޅުގަނޑުގެ

ނަޒަރުގައި ވަރަށް ރަގަޅު ނިންމެވުމެކެވެ. ޑެޮމކްރެޓިކް ނިންމެވުމެކެވެ. ޤާނޫނާއި

ޝަރުޢީ ޙުކުމަށް ޯބލެނބުމުގެ ނިންމެވުމެކެވެ. ތެދުފުޅެކެވެ. އަޣްލަބިއްޔަތު

ޮއތްޮގތަކަށް ހުށައެޅޭ ހުށައެޅުމެއް ފާސްވެގެންދާނެއެވެ. ރައްޔިތުންގެ

މަޖިލީހުން ފާސްކުރައްވާ އަޅުގަނޑަށް ޝަޢުޤުވެރިކަން ދެވޭ ގިނަ ބިލްތަކަކީ

"ފިޔަގަނޑުޮކށާލާފައި" ހުންނަ ބިލްތަކެކެވެ. މިސާލަކަށް ދަންނަވާނަމަ ދުންފަތުގެ

އިސްތިޢުމާލުކުރުމާއި ބެހޭ ބިލް އާއި ޓެކްސް ދެއްކުމަށް މަކަރު ހަދާމީހުންގެ

އަދަބާއި ބެހޭޮގތުން ފާސްޮކށްފައިވާ ބިލްފަދަ ބިލްތަކެވެ. މިހެންވުމާއިއެކު

އަޅުގަނޑުމެން ނުރުހޭޮގތަށް ނުވަތަ އިވޭ އަޑުތަކަށް ބަލާއިރު ގިނަބަޔަކު ނުރުހޭ

ޮގތަށް ރައްޔިތުންގެ މަޖިލީހުން ކަމެއް ފާސްވުމަކީ އާކަމަކަށް ނުވާނެއެވެ.

އެކަމަކު އެއީ ރައްޔިތުންގެ މަންދޫބުން ނިންމެވި ޑެޮމކްރެޓިކް ނިންމެވުމެއްކަމަށް

ޤަބޫލުކުރަަންޖެހެއެވެ. ޑެޮމކްރަސީއަށް ތަބަޢަވާނަމައެވެ. ހަމަ ޤަބޫލުކުރާނަމައެވެ.

ރާއްޖެއިން ބޭރަށް ޗުއްޓީއަށް ދާމީހުން ނުވަތަ ތަފާތު ފަރާތްތަކުގެ

އެހީން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ މީހުން ޮކންމެހެން އެއަރޯޕޓުގެ

ތަރައްޤީއަށް 25 ޮޑލަރު ދައްކަން ބޭނުން ނުވެދާނެއެވެ. އެއީ ތަފާތު ޮގތްޮގތަށް

ސަރުކާރަށް އެމީހުން ސީދާޮކންނާއި ނުސީދާޮކށް ޓެކްސްގެ ޮގތުގައި ބައިވަރު

ފައިސާ ޮކންމެ ދުވަހަކުހެން ދައްކާތީވެއެވެ. އެހެން ނޫނަސް އެމޭރުމުން

ޢިއްޒަތްތެރިން ވާހަކަދެއްކެވުމަކީ އައިބުކަމެކެވެ.

އަޅުގަނޑުގެ ނަޒަރުގައި މިފަހަރު ވައިގެ ބަނދަރު ތަރައްޤީ

ކުރުމުގެ ޓެކްސް ނެގުމުގެ މައްސަލައިގައި ކާމިޔާބުވީ ދެފަރާތެކެވެ. ސަރުކާރާއި

އިދިޮކޅު ފަރާތްތަކެވެ. ސަރުކާރުން ބޭނުންފުޅުވީ އެޓެކްސް ނަންގަވާށެވެ. އެކަން

ސަރުކާރުން ކުރައްވާނެ އެވެ. އިދިޮކޅު ފަރާތްތަކުން ބޭނުންވީ ޤާނޫނާއި އެއްޮގތަށް

އެކަންކުރުވުމެވެ. އެކަން ކުރެވިއްޖެއެވެ.

Page 28: Sun Magazine 39

ވިހި އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރަކީ އެންމެ ޮބޑަށް ހަމަށް ސަމާލުކަން ދޭންޖެހޭ އުމުރު ފުރައެވެ. މި އުމުރު ފުރައިގައި ހަމަށް ސަމާލުކަން ދޭން ޖެހޭ ރަނގަޅު އާދަތައް އަށަގަތުމުން އުމުރުން ދުވަސްވާއިރު ހަންގަނޑު ހުންނާނީ ރީތިޮކށް އުޖާލާ ޮކށެވެ. މި އުމުރުގެ އެންމެ މުހިއްމު އެއްކަމަކީ އުމުރުގެ ކުރިއަށް ޮއތް ބަޔަށް ހަންގަނޑު ތައްޔާރު ޮކށް ރައްކާ ކުރުމެވެ.

މީގެ އިތުރުން މި އުމުރު ފުރަޔަކީ ފަސޭހައިން ބިހިނަގައި ހަމުގެ އެކި ކަހަލަ

މިންނު

ހަމުގެ ފަރުާވ....މައްސަލަތައް ވެސް އެންމެ ފަސޭހައިން ދިމާވާ އުމުރު ފުރައެވެ. މިހެން ކަމުން

މި އުމުރު ފުރައިގައި ހަމަ ދެވިދާނެ ފަރުވާ ތަކަށް ބަލައިލާނަމެވެ.

ހަންގަނޑު އަވަހަށް ދުވަސް ވެދާނެތީ ދޭނެ ފަރުވާތައް:

• ސަންސްކްރީން ހާކަން އާދަ ކުރާށެވެ. މިއީ ހަމުގައި ރޫ ޖެހުމާއި ދުވަސް ވުމުން ޖަހާ ލައްތައް ދުރުކުރުމަށް ކުރެވިދާނެ ކަމެކެވެ. ދިރާސާ ތަކުން ދައްކާ ޮގތުގައި 80 އާއި 90 ޕަސެންޓް

ހަމުގެ މައްސަލަތައް ދިމާވަނީ އަވީގެ ސަބަބުންނެވެ. ހާއްސަޮކށް އަވި ގަދަ ދުވަސް ތަކުގައި ސަންސްކްރީން އެއް ހާކަން އާދަ

ކުރާށެވެ. މޫނުގަ އާއި އަތާއި ކަރު އަދި ވެސް އަތްވަށް ހަށިގަނޑުން އެންމެ ޮބޑަށް ފެންނަން ޮއންނަ ބައިގައި ސަންސްކްރީން ހާކަން ވާނެއެވެ. އަތަކީ ހަމަށް

ދުވަސް ވާކަން އެންމެ ފަސޭހައިން ފެންނަން ފަށާ އެއް ގުނަވަނެވެ. އެހެން ކަމުން އަތަށް ސަމާލުކަން ދިނުން މޫނަށް ވުރެން ވެސް މުހިއްމެވެ.

• ޮމއިސްޗަރައިޒް ކުރުން އުމުރުން ވިހި އަހަރު ފުރުމުގެ ކުރީއްސުރެ ފެށިގެން ވެސް ހަން ޮމއިސްޗަރައިޒް ކުރަން އާދަކުރާށެވެ. 20 އަހަރާއި 30 އަހަރާ ދެމެދު ގެ އުމުރަކީ ހަމުގެ އުޖާލާކަން އެންމެ އަވަހަށް ފިލާދާ ދުވަސް ވަރެވެ. މި

ދުވަސްވަރު ހަންގަނޑު ހިކޭ ޮގތް ދިމާވާނެއެވެ. "އެންޓިޮއކްސިޑެންޓް" ހިމެނޭ ރަނގަޅު ޮމއިސްޗަރައިޒަރެއް އިހްތިޔާރު ކުރާށެވެ. އޭރުން ހަމަށް އުޖާލާކަން ގެނެސްދީ ހަން ޮއމާން ޮކށް އަދި "ފްރީ ރެޑިކަލްސް" އިން ހަންގަނޑު

ސަލާމަތް ޮކށްދޭނެއެވެ. "ފްރީ ރެޑިކަލްސް" ހިމެނެނީ ޯއޯމ ފާޑުގެ ތަކެތީގަޔާއި އަވި، ދުން، އަދި ޮޕލިއުޓަންޓްސް ގައެވެ. މި "ފްރީ ރެޑިކަލްސް" އަކީ ހަމުގައި ހިމެނޭ

"ޮކލަޖެން" ނައްތާލާ އެއްޗެކެވެ. އޭގެ ސަބަބުން ހަމުގައި ރޫޖެހެން ދިމާވާނެއެވެ. އެހެން ކަމުން "އެންޓިޮއކްސިޑެންޓް" އަބަދުވެސް އެކި ޮގތް ޮގތަށް ބޭނުން

ކުރެވޭޯތ ބަލާށެވެ. މިޮގތުން ކެއުމުގައި ތަރުކާރީ އާއި މޭވާ އިހްތިޔާރު ކުރުމުގެ އިތުރުން، ދަޅުގައި ބަންދު ކުރި ކާނާ ކެއުން މަދު ކުރާށެވެ. އަދި ވިޓަމިނެއް

ކާން އާދަކުރާށެވެ.

20 އަހަރާ 30 އަހަރާ ދެމެދުގެ މީހުނަށް

Page 29: Sun Magazine 39

29

ޯލ ކައިރީގައި ލައިޓް ޮމއިސްޗަރައިޒަރެއް )އެހާ ބާރު ގަދަ ނޫން( ބޭނުން ކުރާށެވެ. އެއީ ޯލ ކައިރީގެ ހަމަކީ މޫނުގައި ހުންނަ އެހެން ހަމަށް ވުރެ ވަރަށް ޮބޑަށް ތުނި ހަމަކަށް ވުމުންނެވެ. މިހެން ވުމުން ހަން މުސްކުޅި ވާކަމުގެ އަލާމާތް ތައް ޯލ ކައިރިން ފަސޭހައިން ފެންނަން ފަށައެވެ. އައި ޖެލް ނުވަތަ ކްރީމް ގަންނައިރު އެ ކްރީމް ގައި ހަން މުސްކުޅިވުން ދުރުޮކށްދޭ މާއްދާ ) އެންޓި އޭޖިން( ހުރި ކްރީމެއްޯތ ބަލާށެވެ. އަދި އަމިއްލަ އަށް ޯލ ކައިރީގައި ހަން ރޫ ޖެހޭކަން އިހްސާސް ވާން ފެށުމުން ކުރިއަށް ވުރެ ބާރު ގަދަ އައި

ކްރީމް ނުވަތަ ޖެލް އަކަށް ބަދަލު ކުރާށެވެ. އަވި ގަދަ ނަމަ އެސްޕީއެފް ހިމެނޭ ޮމއިސްޗަރައިޒަރެއް ބޭނުން ކުރާށެވެ. އޭރުން ދެ ބޭނުން އެއް ކްރީމް އަކުން

ފުދޭނެއެވެ.

ބިހިން ސަލާމަތް ވުމަށް ކުރެވިދާނެ ކަންތައް:

ބިހި ނެގުމަކީ ޅަފުރާގައި ހަމަށް ދިމާވާ އެންމެ ޮބޑު އެއް މައްސަލައެވެ. ބައެއް މީހުން މުޅި އުމުރުގައި ބިހިން ސަލާމަތް ނުވެވިގެން

އުޅެއެވެ. ހާއްސަ ޮކށް 20 އަހަރާއި 30 އަހަރާ ދެމެދު ގެ އުމުރު ފުރަޔަކީ ބިހީ ގެ އުނދަގޫ އެންމެ ޮބޑުވާ ދުވަސް ވަރެވެ.

އެހެން ކަމުން މޫނު ރަނގަޅަށް ސާފު ޮކށް ބަހައްޓަން އާދަ ކުރަންޖެހެއެވެ. ސައިޯބނީގެ ބަދަލު ގައި ހަމާ ގުޅޭ "މައިލްޑް

ކްލެންސަރެއް" އިހްތިޔާރު ކުރާށެވެ. އަދި "އަލްކަޯހލް ފްރީ" ޮޓނިކް އެއްވެސް ބޭނުން ކުރާށެވެ. ޮޓނިކް އަކީ މޫނު ޮދވުމަށް ފަހު ކަފައިން މޫނުގައި ހާކާ އެއްޗެކެވެ. މީގެ ސަބަބުން މޫނުގައި

އިތުރަށް ހުންނަ ޖަރާސީމް ފުހެދީ އަދި މޫނު ޮދވުމުގެ ސަބަބުން ފިލާފައިވާ އުޖާލާކަން ގެނެސްދޭނެ އެވެ.

ހަފްތާ އަކު އެކެއް ނުވަތަ ދެ ފަހަރު "ޑީޕް ކްލެންސިން ކްލެއި މާސްކް" އެއް ބޭނުން ކުރަން ވެސް އާދަ ކުރާށެވެ. މި މާސްކް ގަންނަ އިރު މީގައި "އެންޓި-

ކަހަލަ( އާއި ބެކްޓީރިއަލް" މާއްދާ )ޓީ ޓްރީ ޮއއިލް

މޫނަށް އުޖާލާކަން ގެނެސްދޭ މާއްދާ )އެޮލއި، ކެޮމމައިލް( ހިމެނޭޯތ ބަލާށެވެ. ހަމަށް ކަމޭހިތަން ވާނީ ޯލބިން ކެތްތެރި ކަމާ އެކުގަ އެވެ.

ހަރުކަށިޮކށް ހަމަށް ފަރުވާ ކުރާ ނަމަ ހަމަށް ލިބޭ ފައިދާ އަށް ވުރެ ގެއްލުން ޮބޑުވާނެ އެވެ.

ދެން ޮއތީ އެކްސްޯފލިއޭޓް ކުރުމެވެ. މިއީ އުމުރުން 20 އަހަރުގެ ފަހުޮކޅުގަޔާއި 30 އަހަރުގެ ކުރީ ޮކޅު ޮކންމެހެން ކުރުން މުހިއްމު ކަމެކެވެ.

އެކްސްޯފލިއޭޓް ކުރުމުން އާ ސެލްސްތައް އުފެދުމަށް ފުރުސަތު ލިބެއެވެ. އެހެނީ މިކަމުގެ ސަބަބުން މަރުވެފައި ހުންނަ ސެލްސް ތައް ނައްތާލާތީ އެވެ.

ތިން ވައްތަރެއްގެ އެކްސްޯފލިއޭޝަން ހިމެނެއެވެ. އެއީ މެނުއަލް، އެންޒައިމް އަދި ކެމިކަލް އެވެ. މީގެ ތެރެއިން އެންމެ ފަސޭހަ އަދި އެންމެ ގިނަ މީހުން ބޭނުން ކުރަނީ މެނުއަލް އެކްސްޯފލިއޭޝަނެވެ. އެކްސްޯފލިއޭޓް ކުރުމުން ހަމުގެ ބޭރު

ފަށަލައިގެ ކުލަ ރީތިވެ އުޖާލާޮކށްދެ އެވެ. ފަހު ކަމަކަށް އުމުރުން 20 އަހަރާއި 30 އަހަރާ ދެމެދު ހަމަށް ފަރުވާތެރި ވުމަށް

ވަކި ތާވަލެއް ހަދާ އެޮގތަށް އަމަލު ކުރަން އާދަކުރާށެވެ. އެޮގތުން ހެނދުނާއި ރޭނގަޑު މޫނު ޮދވެ ޯޓން ޮކށް ޮމއިސްޗަރައިޒް ކުރުމުގެ އިތުރުން ހަފްތާ އަކު ވަކި ދުވަސް ތަކެއްގައި އެކްސްޯފލިއޭޓް ޮކށް މާސްކެއް ބޭނުން ކުރަން އާދަ

ކުރާށެވެ. މިއީ ޒުވާންކަން ދަމަހައްޓަން މަސައްކަތް ފަށަން ޖެހޭ ފުރަތަމަ އުމުރު ފުރަ އެވެ. ދެން ޮއތް އަދަދުގައި އުމުރުން 30 އަހަރާއި 40 އަހަރުގައި ހަމަށް

ސަމާލު ވާންޖެހޭ ކަންތަކަށް ބަލާލާނަމެވެ. )ނުނިމޭ(

Page 30: Sun Magazine 39

30

ފާނަބަސަނދު ނުވަތަ ޗިކަން ޮޕކްސް އަކީ ދިވެހިރާއްޖޭގައި މިފަހަކަށް އައިސް ފިލައިނުޮގސް ޢާންމުޮކށް އުޅޭ ބައްޔެކެވެ. ސެންޓަރ ޯފރ ޮކމިއުނިޓީ ހެލްތް އެންޑް

ޑިޒީސް ޮކންޓްޯރލް އިން ދާދި މިދާކަށް ދުވަހު ވަނީ މިދުވަސްވަރު އާދަޔާޚިލާފަށް މާލޭގައި މިބަލި ފެތުރެމުންދާ ކަމުގެ އިންޒާރު ދެއްވައިފައެވެ. މިއީ ހުން އައުމާ އެކު ގައިން ބިހި ނުވަތަ ޮފޅު ނަގާ ބައްޔެކެވެ. އުސޫލެއްގެ ޮގތުން މިޮފޅުތައް މުޅި ހަށިގަނޑުގައި )އަތްފައިވެސް ހިމެނޭޮގތަށް( ނަގައެވެ. އެހެނަސް ބައެއް މީހުންގެ ގައިގައި ވަރަށް މަދުމިންވަރެއްގެ ޮފޅު ހަށިގަނޑުގެ ވަރަށް ކުޑަ ތަންޮކޅެއްގައި ނެގުމަށްފަހު

ބަލި ފަސޭހަވެއެވެ. ހަމަ އެހެންމެ ހަށިގަނޑަށް ޖަރާސީމު ވަދެ ބަލި ނުޖެހި )އެބަހީ ހުން އައުމާއި ޮފޅު ނެގުންފަދަ ޢަލާމާތެއް

ނުފެނި( ތިބޭ މީހުން ވެސް އުޅެއެވެ. ބަލީގެ އެންމެ ފުރަތަމަ ޢަލާމާތް ތަކަކީ

ހުން އައުމާއި، ޮބލުގައި ރިއްސުމާއި ކަރުތެރެއަށް ތަދު ވުމެވެ. މިއާއެކު ޮލޑުވުމާއި ކާހިތް ނުވުން ފަދަ ކަންތައް މެދުވެރިވެދާނެ އެވެ. މިފަދަ ޢަލާމާތްތައް ފެންނަތާ އެކެއް

ނުވަތަ ދެ ދުވަސްފަހުން ބިހި ނަގަން ފަށައެވެ. ހުން އައުން ފަދަ ޢަަލާމާތަކާއި ނުލައި ވެސް ބައެއް މީހުންގެ ގައިގައި ޮފޅުނަގައެވެ. ޢާންމުޮކށް މިޮފޅުތައް ވަރަށް ހިރުވާނެއެވެ.

މިޮފޅުތައް ފުރަތަމަ ފެންނާނީ ރަތްކުލައިގެ ބިއްސެއް ނުވަތަ ބިހިތަކެއްގެ ޮގތުގައެވެ. އެއަށް ފަހު ބިހީގެ އެތެރޭގައި ފެންހެދި ފެންޮފޅަކަށް ބަދަލުވެއެވެ. އަދި ފެންޮފޅުގެ އެތެރެ ފުސްވެ ޮފޅު

ފަޅައިގެން ޮގސް ކުރަމަގާލި ލައެވެ. ބިހިތަކުގެ މިސައިކަލް ފުރިހަމަވާން އެކެއް ނުވަތަ ދެ ދުވަސް ނަގައެވެ. އަދި

ގާތްގަނޑަކަށް ހަފްތާއެއް ވަންދެން ޮކންމެ ދުވަހަކު އައު ބިހި ނަގައެވެ. އެހެންކަމުން ބަލިމީހާގެ ހަށިގަނޑުގައި އެކި ސްޓޭޖްގެ

ބިހި އެއްފަހަރާ ފެންނަން ހުރެއެވެ. މިއީ ފާނަބަސަނދުގެ ޚާއްސަ ޢަލާމާތެކެވެ. ހަށިގަނޑަށް ޖަރާސީމު ވަންނަ ދުވަހުން

ފެށިގެން ފުރަތަމަ ޢަލާމާތް ފެންނަން ގާތްގަނޑަކަށް ދެހަފްތާވަރު ނަގާފާނެއެވެ. ޢާއިލާގެ ތެރޭގައި އެކަކު ރަނގަޅުވާ އަތަށް އަޅާއިރު އަނެކެއްގެ ކިބައިން ބަލި ފެންނަނީ މިސަބަބަށް

ޓަކައެވެ.

ފާނަބަސަނދަކީ ވެރިސެލާ ޮޒސްޓާރ ކިޔާ ވައިރަސް )ޖަރާސީމު( އަކުން ޖެހޭ އަދި ވަރަށް ފަސޭހައިން ފެތުރޭ ބައްޔެކެވެ. މިޮގތުން

ބަލީގެ ޖަރާސީމު ފެތުރެނީ ބަލި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު ނުވަތަ ކާޯބތަކެތި ހިއްސާ ކުރުމުގެ ތެރޭގައި ނުވަތަ ބަލި ޖެހިފައިވާ މީހާގެ ގައިގައި ހުންނަ ޮފޅުގައި ނުވަތަ ޮފޅުތަކުގައި އުފެދޭ ދިޔައިގައި އަތްލެވިގެންނެވެ. ބަލި އެންމެ ޮބޑަށް ފެތުރެނީ

ބިހި ނުވަތަ ޮފޅު ނެގުމުގެ ދެތިން ދުވަސް ކުރީގައެވެ. އަދި ހުރިހައި ޮފޅުތަކެއްގައި ކުރަމަގާލި ލަންދެން ބަލި ފެތުރެއެވެ.

ފާނަބަސަނދު ޖެހުމަށްފަހު ގިނަމީހުންގެ ހަށިގަނޑުން މިޖަރާސީމު ނުފިލައި ގާތްގަނޑަކަށް މުޅި ޢުމުރަށް ދެމިހުރެއެވެ.

އަދި ދޭތެރެ ދޭތެރެއިން ހަރަކާތްތެރިވެ ފާނަބަސަނދުގައި ނަގާކަހަލަ ޮފޅު ހަށިގަނޑުގެ ޮކންމެވެސް ހިސާބެއްގައި ނަގާޮގތް މެދުވެރިވެ އެވެ. މިއަށް ކިޔަނީ ޝިންގަލްސް ނުވަތަ ހާރޕީސް ޮޒސްޓަރ

އެވެ.ފާނަބަސަނދު ޖެހުމަށްފަހު މުޅިން ފަސޭހަޮކށްލެވޭނެ

ބޭހެއް ނުހުރެއެވެ. އެހެނަސް ބަލީގެ ކުރީޮކޅު )އުސޫލެއްގެ ޮގތުން ފުރަތަމަ ޮފޅު ނަގާތާ 48 ގަޑި އިރުތެރޭގައި( ބޭނުންކުރުމުން ބަލީގެ އަސަރު ކުޑަޮކށްދޭ ނުވަތަ ޮފޅުނަގާ މިންވަރު ވަރަށް

ޮބޑަށް މަދުޮކށްދޭ ބޭސް ހުރެއެވެ. ބަލިޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަކީ މިކަމުގައި ވެސް ޮއތް އެންމެ ރަނގަޅުޮގތެވެ. މިޮގތުން ބަލިޖެހިފައިވާ މީހުންނާއި ގައިޯގޅިނުވެ އެފަދަ މީހުން އެހެން މީހުންނާއި ވަކިން ޮކޓަރިއެއްގައި ބޭތިއްބުން މުހިންމެވެ. އަދި ކެއިންބުއިމަށް ބޭނުންކުރާ ތަކެތި ވެސް ވަކިން ގެންގުޅުން

މުހިންމެވެ. ބަލިން ރައްކާތެރި ވުމަށް ވެކްސިންއެއް މިހާރު ލިބެން އެބަހުއްޓެވެ. މިވެކްސިން ދެވެނީ ޢުމުރުން އެއް އަހަރުން

ފެށިގެން މަތީ ކުދިންނަށާއި މީހުންނަށެވެ. ޖުމްލަ ދެ ޯޑޒް ހިމެނޭ މިވެކްސިންގެ ދެވަނަ ޯޑޒް ދެވެނީ ފުރަތަމަ ޯޑޒަށްފަހު ގާތްގަނޑަކަށް ހަ ހަފްތާ ފަހުންނެވެ. އެއްވެސް ވެކްސިންއަކީ ސައްތައިން ސައްތަ ކާމިޔާބު އެއްޗެއް ނޫނެވެ. އަދި ޮކންމެ ވެކްސިންއެއް ދިނުމުގެ ކުރިން ވެސް ބަލަންޖެހޭ ކަންތަކެއް

ހުރެއެވެ. އެހެންކަމުން ވެކްސިން ގަތުމުގެ ކުރިން ޞިއްޙީ ބޭފުޅަކާ މަޝްވަރާޮކށް ޮޑކްޓަރަކަށް ދައްކަންޖެހޭ ފަދަ ސަބަބެއް ޮއތްކަމަށް

ބެލެވޭނަމަ ޮޑކްޓަރަކާ މަޝްވަރާކުރުން މުހިންމެވެ.

ޑރ. އަހުމަދު ޖަމްޝީދު މުހައްމަދުދަމަނަ

ާފނަބަސަންދުން ރައްާކތެރިވުން

Page 31: Sun Magazine 39

)ކުރީގެ އަދަދާ ގުޅޭ(

ނިދަން ޮއތް އިރުވެސް ރަޝްފާގެ ޮބލުގެ ރިހުމަކަށް ލުޔެއް ނުލިބެ އެވެ. އިހުސާންގެ ފަރާތުން ލިބުނު އަނިޔާގެ ރަހަ އަރުތެރޭގައި ކިތަންމެ ރަނގަޅަކަށްވެސް ވަނީ ހިފާލާފަ އެވެ. އިހުސާނަކީ

ނުރައްކާތެރި މީހެއްކަމަށް ރަޝާޤާއަށް މިއަދު ވަނީ ގަބޫލުކުރަން ޖެހިފަ އެވެ. އިހުސާންދެކެ ރަޝާޤާ ޯލބިވެއެވެ. އެހެންނަމަވެސް

އެޯލބީގެ ތެރެއަށް ބިރުވެރިކަން ވަންނަން ފަށައިފި އެވެ. ރަޝާޤާއަށް ނިދުނުއިރުވެސް ޮބލުގެ ރިހުމަކަށް ލުޔެއް ނުލިބެ

އެވެ. އޭނާއަށް ހޭލެވުނީ ޒައިދު އޭނާގެ ޯބ ޮމޑެދޭން އިންދައެވެ. ރަޝާޤާ ޮލލެއް ނުހުޅުވަ އެވެ. އެފަދަ ކަމަކަށް އޭނާ ޮއތީ ނިހާޔަތަށް ބޭނުންވެފަ އެވެ. އެހެންނަމަވެސް އެވަގުތު ރަޝާޤާގެ ސިކުނޑީގައި ސުވާލެއް އުފެދިއްޖެ އެވެ. އަހަރެންގެ ޮބލުގައި ރިއްސާކަން ޒައިދަށް އެނގުނީ ކިހިނެއް ބާވެއެވެ. ފަހަރުގައި ނިދީގައި އުޅެވުނުޮގތަކުން

އޭނާއަށް އެނގުނީކަމަށް ވެދާނެ އެވެ.ޒައިދު ޯބ ޮމޑެދޭން ފެށުމާއެކު ރަޝާޤާގެ ޮބލަށް ލުއިވާންފެށި އެވެ. ރަޝާޤާގެ ހިތަށް އަރަމުންދިޔަ އެވެ. އިހޫއަކީ އަހަރެން ޯލބިވާ މީހާ އެވެ. ދެޯލ ނޭދި އެދޭ މީހާ އެވެ. އޭނާގެ ކިބައިން އަހަންނަށް މި ލިބެނީ އަނިޔާ އެވެ. ކުރިމަތިވަނީ ނުރައްކަލެވެ. ޒައިދަކީ އަހަރެން ފޫހިވާ މީހާ އެވެ. އަނގައިން ބުނަންވެސް ބޭނުންނުވާ މީހާ އެވެ. އެކަމަކު އޭނާގެ ކިބައިން ލިބެމުން މިދަނީ ޯލތްބެވެ. ޯއގާވެރިކަމާއި

ހަމްދަރުދީ އެވެ. ދުނިޔޭގެ އުޞޫލަކީ މިއީ ހެއްޔެވެ؟އެތައް އިރަކު ރަޝާޤާގެ ޯބ ޮމޑެދޭން ޒައިދު އިނެވެ. އެންމެފަހުން އޭނާ އެކަން ހުއްޓާލައިފި އެވެ. ރަޝާޤާގެ ގައިމަތީގައި ބެޑުޝީޓް އަޅާލަދިނުމަށްފަހު، އެނދުން ތެދުވެއްޖެ އެވެ. އިރުޮކޅަކު ޮއވެފައި

ރަޝާޤާ ޯލ ހުޅުވައިލި އެވެ. ޒައިދު ޮކބައިޯތ ބަލައިލި އެވެ. 31

ވަކި ނުވިނަމަ

މުހައްމަދު ާގސިމް، އއ. މަތިވެރި

ދަންޮކޅެއް ދުރުގައި ބެޑްޝީޓެއް އަޅައިގެން އޭނާގެ އާދައިގެ މަތިން ނިދާފައި ޮއތެވެ.

ރަޝާޤާ މަޑުމަޑުން ތެދުވި އެވެ. އޭނާގެ ނަޒަރު ހުއްޓިފައި ވަނީ އުޑުތިލަމަތިން ކަހަލަ ޮގތަކަށް ނިދާލާފައި ޮއތް ޒައިދާ ދިމާއަށެވެ. އެހެން

އިންއިރު އޭނާގެ ސިކުނޑީގައި އެނބުރެމުންދަނީ ޮކންފަދަ ޚިޔާލުތަކެއްކަމެއް ނޭނގެ އެވެ. އެނގޭ ކަމަކީ އޭނާގެ އެ ބެލުމުގައި ތަފާތެއް އެބަހުރިކަމެވެ.

އެހެންޏާ ޒައިދާ ދިމާއަށް ނުބަލާ އާ ޮގތަކަށް ބަލާކަމެވެ. ހަމަ ޔަގީނުންވެސް އޭނާ އެބަ ޒައިދާ ދޭތެރޭ ވިސްނަ އެވެ.

ޖެހިގެން އައި ދުވަހެވެ. ހެނދުނު ސައި ޮބއިގެން ރަޝާޤާ ނިކުތީ މަންމައާއެކު ފިހާރައަކަށް ދާށެވެ. އޭނާ ދާން ބޭނުންވެގެނެއް ނޫނެވެ.

އިހުސާނު އިއްޔެ ކަންތައް ކުރިޮގތް، ދެންމެ ހިނގި ކަމެއްހެން މިހާރުވެސް އޭނާގެ ސިކުނޑީގައި ހަރުލާފައި އެބަ ހުއްޓެވެ. އިހުސާނަށް

އޭނާ ފެނިއްޖެއްޔާ އަދިވެސް އެެޮގތަށް ދިމާކުރުމަކީ ވެދާނެކަމެކެވެ. އެހެންނަމަވެސް މަންމަ ކިޔާވަރުން އޭނާ ފިހާރައަށް ދާން އެއްބަސްވީ އެވެ.

ފިހާރައަށް ދިޔައިރު ރަޝާޤާއަށް ހުރެވެނީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އަބަދުވެސް ހުރެވެނީ ވަށައިގެން އެކި ދިމަދިމާއަށް ބަލަބަލަ އެވެ. ގިނަ ފަހަރަށް މަންމަ ދައްކާ ވާހަކަވެސް އޭނާއަކަށް ނީވެއެވެ. އެންމެފަހުން

ސިތާރާއަށް އެކަން ފާހަގަ ކުރެވިއްޖެ އެވެ."ދަރިފުޅު ޯކއްޗެއް ތި ޯހދަނީ މާވަރަކަށް؟" ޮގތަކަށް އުޅެވޭކަން

ރަޝާޤާއަށް އެނގުނީ މަންމަގެ ސުވާލު އަމާޒު ވުމުންނެވެ."އެއްޗެއް ނުޯހދަން."

ސިތާރާގެ ފަހަތުން ރަޝާޤާ ފިހާރައަށް ވަނެވެ. ފިހާރައަށް ވަދެ އެޅުނީ ތެދިން ފިޔަވަޅެކެވެ. މޭތެޅިގަތީ އަމަށަކު ވަރަކަށް ނޫނެވެ. ހަރުގަނޑުގެ އަނެއް ފަރާތުގައި އެހެރީ އިހުސާނެވެ. އިހުސާނަކަށް ނަސީބަކުން އަދި

ރަޝާޤާއެއް ނުފެނެ އެވެ. )ނުނިމޭ(

Page 32: Sun Magazine 39

32

ތަރިއެއްގެ ޮގތުގައި ވެސް އަދި ޑައިރެކްޓަރެއްގެ ޮގތުގައި ވެސް 2011 ވަނަ އަހަރު ޮބލީވުޑުން އެންމެ ފާހަގަޮކށްލެވޭ ފަރާތަކީ ފަރްހާން އަޚްތަރެވެ. "ޒިންދަގީ ނަ މިލޭގީ ދުބާރާ" ގައި ފަރްހާން އަޚްތަރް އަދާޮކށްފައިވާ

ދައުރަކީ ވަރަށް ފާހަގަޮކށްލެވޭ ދައުރެކެވެ. ޑައިރެކްޓަރެއްގެ ޮގތުގައި 2001 ވަނަ އަހަރު "ދިލްޗާހްތާހޭ"ގެ މަސައްކަތަށް ފަހުގައި އޭނާގެ މިފަދަ

މަސައްކަތެއް ނުފެނި ދުވަސްތަކެއް ފަހުން "ޮޑން 2" ޑައިރެކްޓު ކުރުމުގައި ހަރަކާތްތެރިވުމަކީ އަލުން އަނެއްކާ ވެސް ޑައިރެކްޝަނާ ދިމާއަށް ފަރްހާން އަހްތަރުގެ ޝައުގުވެރިކަން ހުއްޓުނު ކަމުގެ ހެތްކެކެވެ. ޝާހްރުޚްޚާން އާއި ޕްރިޔަންކާ

ޯޗޕްރާ ހަރަކާތްތެރިވާ މި ފިލްމަކީ އުމުރުން 37 އަހަރުގެ ޑައިރެކްޓަރުގެ ފިލްމީ ހަޔާތުގައި ފާހަގަޮކށްލަންޖެހޭ ސަފްހާއަކަށް ވާނެކަމަށް ގަބޫލުކުރެވެއެވެ.

ފަރްހާން އަޚްތަރް ފާހަގަ ކުރެވެނީ މަޝްހޫރު ކަމާއެކުގައި ވެސް ވަރަށް ސާދާ ޮގތަކަށް ދިރިއުޅުން ބައްޓަން ޮކށްފައިވާ ތަރިއެއްގެ ޮގތުގައެވެ. ކުޑައިރު މޭޒެއްގެ ކަނުގައި ޖެހުމުގެ ސަބަބުން އޭނާގެ ކަނާތުގެ ޮލލުގެ ތިރީގައި ލާފައިވާ ލަކުނަކީ ފަރްހާން އަޚްތަރުގެ އައިޑެންޓިފިކޭޝަން މާކެއްގެ ޮގތުގައި ފާހަގަކުރެވޭ އިރު ފިލްމީ ހަޔާތުގައި ލަކުނެއް ނުވަތަ ލަތްގަނޑެއް ޖެހުމެއް ނެތި ކުރިޔަށް ދިއުމަކީ އޭނާގެ އަޒުމްކަމަށް އޭނާ ބުނެއެވެ.

މޫނުގައި ލާފައިވާ ލަކުނުގެ ސަބަބުން ކެމެރާގެ ފުރަގަހުގައި ކުރާ މަސައްކަތަށް އަސަރެއް ނުކުރާ ފަދައިން ކެމެރާގެ ކުރިމަތީގައި ކުރާ މަސައްކަތަށް ވެސް އެ ލަކުނުގެ އަސަރެއް ނުކުރާނެކަން ސާބިތުޮކށްދޭން އޭނާ ބޭނުންވެއެވެ.

ކެމެރާގެ ކުރިމަތީގައި މަސައްކަތް ކުރުމަށް ފަހު ކެމެރާގެ ފުރަގަހުގައި މަސައްކަތްކުރަން ފެށުމަކީ ފިލްމީ ދާއިރާގައި އާންމު ކަމެއް ނަމަވެސް، ކެމެރާގެ ފުރަގަހުން ކުރިމައްޗަށް އައުމަކީ އެހާ އާންމު ކަމެއް ނޫނެވެ. ފަރްހާންގެ ނަމުގެ

މާނައާ އެއްޮގތަށް އޭނާއަކީ ބެލުންތެރިންނަށް އުފާވެރިކަން ގެނެސްދެވިދާނެ ތަރިއެއްކަމަށް ގިނަ ބަޔަކު ދެކެއެވެ.

ފަރްާހން އަޚްތަރް

ދެކުނު އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރި އަސިން މިހާރު އެންމެ ބޭނުންވަނީ ސުޕަރސްޓަރ ރަޖްނީކާންތާއެކު ފިލްމެއްގައި މަސައްކަތް ކުރާށެވެ. ރަޖްނީކާންތާއެކު މަސައްކަތް ކުރުމަކީ ވަރަށް ގިނަ ތަރީންގެ އުންމީދެކެވެ. ރަޖްނީކާންތުގެ ޮމޅު ކަމުންނެވެ. ފިލްމު އިންޑަސްޓްރީގައި ލިބިފައިވާ މަގާމަށް ޓަކައެވެ. އޭނާގެ

މަޝްހޫރު ކަމުންނެވެ. ރަޖްނީކާންތުގެ މަޝްހޫރުކަން ޮއންނަވަރުން އެކަމަށް މިސާލު ޖެހުމުގެ ޮގތުން ކިޔޭ ޯޖކުތައް ވެސް

ހުރެއެވެ. މީގެ ތެރެއިން ޯޖކެއްގައި ކިޔާ ޮގތުން، ރަޖްނީކާންތާއި އަމީތާބާ ދެމީހުން އެމެރިކާއަށް ދިޔަ ދަތުރެއްގައި ވައިޓްހައުސް ކުރިމަތީގައި ތިއްބައި ކުއްލިއަކަށް އެމެރިކާގެ ރައީސް ކްލިންޓަން ނުކުމެވަޑައިގެން ރަޖްނީކާންތާ ސަލާމްކުރައްވައި، އަމީތާބަށް އިޝާރާތް ކުރައްވަމުން ރަޖްނީކާންތު ކުރެން އެއީ ކާކުޯތ ސުވާލު ކުރެއްވި ކަމަށް

ޯޖކުގައި ކިޔައެވެ.އަދި ހަމަ އެހެންމެ އަމީތާބާއި ރަޖްނީކާންތު ލަންޑަނަށް ދިޔަ ފަހަރެއްގައި ބަކިންހަމް ޕެލަސް

ކުރިމަތީގައި ތިއްބައި އިނގިރޭސި ރާނީ އެކަމަނާގެ އަރިހަށް ރަޖްނީކާންތު ގެންދެވި ކަމަށާއި، ރާނީ، ރަޖްނީކާންތާ ވާހަކަ ދައްކަވަން އިންނަވަނިޮކށް އަމީތާބު ކައިރިޔަށް ޖެހިލައިފައި ރަޖްނީކާތާއެކު ދެން އެ އިން މުސްކުޅި

އަންހެނަކީ ކާކުޯތ މީހަކު ސުވާލު ކުރިކަމަށް ކިޔޭ ޯޖކެއް ވެސް ޮއވެއެވެ. ހަބަރު ލިބޭ ޮގތުގައި "ޮކޗަދައިޔާން" ނަމަކަށް ކިޔާ ފިލްމެއް އުފެއްދުމަށް މަސައްކަތް ކުރާ ޕްޮރޑިއުސަރުން ވަނީ ރަޖްނީކާންތާއެކު އެ ފިލްމުގައި ހަރަކާތްތެރިވާނީ އަސިން އާއި ވިދްޔާބާލަން ކަމަށް

ނިންމައިފައެވެ.

އަސިން ބޭނުންވަީނ ރަޖްީނާކންާތއެކު ފިލްމެއް ކުޅެން

Page 33: Sun Magazine 39
Page 34: Sun Magazine 39

34

ޑާލް ސޫޕްބޭނުންވާތަކެތި ބޭނުންވާތަކެތި

1 ޯޖޑު މުގު

1 ފިޔާ ) ގާނާފައި (

2 /1 ސައިސަމުސާ މުގުރި އަސޭމިރުސް

2 ޮލނުމެދު ) ގާނާފައި(

2 /1 ސައިސަމުސާ ގާނާފައި ހުރި އިނގުރު

2 ހިކަނދިފަތް

1 މޭޒުމަތީ ސަމުސާ ޯކންފްލަރ

1 ލުނޯބ

2 / 1ޯޖޑު ޯރމަސް ހިމުންޮކށް ޮކށާފައިހުރި

1 ޯޖޑު ދިޔާކިރު

6 ޯޖޑު ފެން

ޮލނު

"ފުރަތަމަ ފަހަރު މީހަކަށް

ކަމެއް ޮއޅުވައިލެވޭ ހިނދު

ކުށްވެރިޔަކީ ޮއޅުވާލި މީހާއެވެ.

ދެވަނަ ފަހަރު ކުށްވެރިޔަކީ

ޮއޅުވާލެވުނު މީހާއެވެ."

ތައްޔާރުކުރާނެޮގތްމުގު ޮދވެސާފުޮކށްފައި މަޑުކުރަން އުދާލާށެވެ. މަޑުވީމާ ކިރާއި ޯކން ފްލަރ ފިޔަވައި ބާކީހުރި ހުރިހާބާވަތް އެއްޮކށް އަޅާފައި ރަހަނިކުންނަ ވަރަށް ކެކުނީމާ

ކިރުޯކން ފްލަރގައި ގިރާފައި އަޅާލާށެވެ. ކެކިގަތީމާ ޮލނު ހެޮޔ ވަރުޮކށްފައި އުނދުނބްމަތިން ބާލާށެވެ. ހޫނުކަން ހުއްޓާޕާންޮކޅަކާއި އެއްޮކށް ސާރވް

ކުރާށެވެ.

--ޖުވޭރިއްޔާ ވަޖްދީ--

Page 35: Sun Magazine 39
Page 36: Sun Magazine 39