36
ރ20 :ުގަ އ2012 ްލިރްޕޭ އ4 ،44 :ުރަބްމަ ނ

Sun Magazine 44

  • Upload
    sun

  • View
    292

  • Download
    5

Embed Size (px)

DESCRIPTION

Sun Magazine 44

Citation preview

Page 1: Sun Magazine 44

2ރ0 ގު: އަ2012ލް ޕްރި އޭ4 ،44 ރު:މްބަނަ

Page 2: Sun Magazine 44
Page 3: Sun Magazine 44

ސަން މަޖައްލާގެ 44 ވަނަ އަދަދު ވިދާޅުވަމުން ގެންދަވާ ހުރިހާ ކިޔުންތެރިންނަށް ވެސް ހޫނު މަރުހަބާއެއް

ދަންނަވަމެވެ. އަދި ސަންގެ 43 ވަނަ އަދަދަށް ދެއްވި ތަރުހީބު ފާހަގަ ޮކށް އެކަމަށް ޓަކައި ޝުކުރު އަދާ

ކުރަމެވެ.

ރާއްޖޭގެ ރައްޔިތުން 2008 ވަނަ އަހަރު އިންތިޚާބު ކުރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުހައްމަދު ނަޝީދު ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން

ގައުމުގައި ހިނގަން ފެށި ހަމަނުޖެހުން ތަކަށް އަދިވެސް ނިމުމެއް ނާދެ އެވެ. އެކި ކަހަލަ ހާލަތު ތަކާ ގުޅިގެން މި މައްސަލަ ތަކުގައި ކުރި ފަޅައި، ހަމަނުހުން އުފެއްދުން އަދި ވެސް ދަނީ ތަކުރާރު ވަމުންނެވެ. އެ ޮގތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ތަކާއި ސިޔާސީ ޕާޓީ ތަކުގެ އެއްވުން ތަކުން މި ފަދަ ހަމަނުޖެހުން ތަކަށް ވާގިދޭ މަންޒަރު ދަނީ ފެންނަމުންނެވެ. މީގެ އިތުރުން ފުލުހުންނާއި ސިފައިންނަށް އަމާޒު ޮކށްގެން ދޭ ހަމަލަ ތައް ވެސް ވަނީ މި ފަހަކަށް އައިސް އާދަޔާ ޚިލާފަށް އިތުރު ވެފަ އެވެ. މި

ކަންކަމަކީ ވެސް މި އުފެދިގެން އުޅޭ ސިޔާސީ ހަލަޮބލި ކަމާ ގުޅުން ހުރު ކަންތައްތައް ކަމަށް ބެލެވޭނެ ޖާގަ އެބަ ޮއތެވެ.

ރާއްޖޭގެ މާލީ ހާލަތުގެ ނާޒުކު ކަމާ ގުޅޭ ޮގތުން، ދުނިޔޭގެ މާލީ އިދާރާ ކަމަށްވާ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު ނުވަތަ އައިއެމްއެފުން ވަނީ ދާދި ފަހުން ވާހަކަ ދައްކައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހުށަހެޅި ޕްރެސެންޓޭޝަން

އެއްގައި އައިއެމްއެފުން ބުނެފައި ވަނީ ލިބޭ އާމްދަނީ އާއި ކުރާ ޚަރަދު ދިމާ ނުކުރެވޭ ނަމަ ރާއްޖޭގެ ރައްޔިތުން ބަނޑަށް ޖެހިދާނެ ކަމަށެވެ. މީ ވަރަށް ސީރިއަސް މައްސަލަ އެވެ. ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުން މި ކަމާ ވަރަށް ސީރިއަސް ނަޒަރަކުން

ވިސްނާން ޖެހެ އެވެ. އަދި އަވަސް ފިޔަވަޅު ތަކެއް އަޅާން ޖެހެ އެވެ. އެ ޮގތުން ޚަރަދު ކުޑަ ކުރެވޭނެ ހުރީ ޮކން ދާއިރާ ތަކަކުން ޯތ ބަލައި އެ ދާއިރާ ތަކުން ޚަރަދު ކުޑަ ކުރުމަކީ ލަސް ކުރުމެއް ނެތި މިހާރުން މިހާރަށް ކުރާން ޖެހޭނެ ކަމެކެވެ. މާ ޮބޑަށް

ލަސް ވެއްޖެ ނަމަ ދެން ކުރިމަތިލާން ޖެހޭ އަޑިގަނޑު މިހާރަށް ވުރެ ވެސް ފުން ވާނެ އެވެ. އަދި އަރައިގަންނާން އުނދަގޫ ވާނެ އެވެ.

މި ފަހަރު ސަންގެ ކަވަރު ސްޯޓރީ ގެ ޮގތުގައި ހިމަނާފައި ވާނީ މިހާރު އެންމެ މަޝްހޫރު އެއް ވާހަކަ ކަމަށްވާ ބާޣީންނާއި ބަތަލުންނާ ގުޅޭ ޮގތުން އަހުމަދު މާޖިދު ލިޔުއްވާފައިވާ

ޚާއްސަ ރިޯޕޓެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލު ވުމަށް ފަހު އެމްޑީޕީ އަށް ތާއީދު ކުރާ ގިނަ ބަޔަކު ވަނީ ރައީސް ވަހީދަށް ބާޣީ އެއްގެ ލަގަބު ދީފަ އެވެ. ހަމަ

އެހެންމެ މި އައި ބަދަލުގައި އެކި ޮގތްޮގތުން ހަރަކާތްތެރިވި އެހެން އެންމެންނަށް ވެސް ވަނީ މި ލަގަބު ދީފަ އެވެ. މި މުޅި މައްސަލައިގެ މައްޗަށް މާޖިދުގެ މި ރިޯޕޓުގައި

އަލިއަޅުވާލާފައިވެ އެވެ.

މީގެ އިތުރުން މި ފަހަރުގެ އަދަދުގައި ވެސް ތިޔަ ބޭފުޅުންގެ ޝައުގުވެރި އެހެން ހުރިހާ ބައިތަކެއް އެތެރޭގައި ހިމަނާފައި ހުންނާނެ އެވެ. ވިދާޅުވަމުން

ގެންދަވާށެވެ.

3

އެޑިޓަރުގެ ނޯޓް

ސިނާން އަލީއެޑިޓަރު

އެޑިޓަރު: ސިނާން އަލީ

އެގްޒެކެޓިވް އެޑިޓަރުން:

އަހުމަދު ޒާހިރު )ހިރިގާ(މުހައްމަދު އާމިރު ފަރެސް

ޑިޕިއުޓީ އެޑިޓަރު: މުންޑޫ އާދަމް ހަލީމް

އެސިސްޓެންޓް އެޑިޓަރު: އަލްއުސްތާޒު އަހުމަދު މާޖިދު

ސްޓާފް ރައިޓަރ: އިޔާޒު ނަސީމް

ލިޔުންތެރިން:އަބްދުهللا އަޒްމީން

ކަނީރު ޢަބްދުއްރަޙީމްޢަލީ ޚާލިދު

ޢަބްދުهللا ޝިނާންމިންނު

ޑރ. އިބްރާހިމް ޔާސިރު އަހުމަދު

ޮކލަމިސްޓުން:ސިކުނޑީގެ ތޫފާން: ސީނާ އަހުމަދު ޒާހިރު

ކެޮޔނިރު: މުހައްމަދު ބުޝްރީފަސްމަންޒަރު: އަހުމަދު ޒާހިރު )ހިރިގާ(އަޅުގަނޑުމެންގެ މާހައުލުން: މީމުޒަވިޔަނި

އުޑުދަށުން: މުހައްމަދު ގާސިމްދިޔަތިކި: އަބްދުهللا ފާރޫގު ހަސަން

ސިއްކަ: ސިއްކަގޭ މުހައްމަދު ނަސީމް ދިޔަވަރު: މުހައްމަދު އާމިރު ފަރެސް

ރަންދެލި: މުންޑޫ އާދަމް ހަލީމްފަންވަތް: އިމާދު ލަތީފުޮކމާޯކޅި: ސިނާން އަލީ

ޑރ. ޖުނެއިދުގެ އިރުޝާދު: ޑރ.ޖުނެއިދުދަމަނަ: ޑރ. އަހުމަދު ޖަމްޝީދު

ތައުޢިޔާ: އަލްއުސްތާޛު މޫސާ އަންވަރު ޙަސަން

މާކެޓިން: ސަން މީޑިއާ ގްރޫޕް މާކެޓިން ޓީމް

ކަލަރ ސެޕަރޭޝަން އެންޑް ޕްރިންޓިންގ: ޮނވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕވޓ. ލޓޑ.

"ސަން" އަކީ 14 ޖުލައި 2010ން ފެށިގެން "ސަންއެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން މަހަކު ދެ ފަހަރު ނެރޭ މަޖައްލާއެކެވެ.

[email protected]

އަދަދު: 44 4 އޭޕްރިލް 2012

c

Page 4: Sun Magazine 44

4

Page 5: Sun Magazine 44

5

އަލްއުސްތާޛު މޫސާ އަންވަރު ޙަސަންތައުޢިާޔ

ޔަހޫދީންނާއި ނަޞާރާއިންގެ ފިކުރަކީ އެމީހުންނަކީ މާތް اهللއިޚްތިޔާރު ކުރައްވައިފައިވާ ބައެއްކަމުގެ ފިކުރެވެ. އެހެން އިންސާނުންނަށްވުރެ، މާތްކަމުގެ ނަޒަރެވެ. މިބައިމީހުން ގެ މިތާކުންތާކު ނުޖެހޭ ޚިޔާލާއި ބެހޭޮގތުން މާތް هللا ވަޙީ ކުރައްވައިފައިވަނީ ބަސްފުޅުގެ މާނާގައި ބުނެފޫއެވެ. ނަޞާރާއިން މިފަދައިންނެވެ.”ޔަހޫދީންނާއި، ވަނީ ތިމަންމެންނީ، اهللގެ ދަރިންނެވެ. އަދި އެކަލާނގެ ޯލބިވެޮވޑިގެންވާ މީހުންނެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންވިއްޔާ ތިޔަބައިމީހުންގެ ފާފަތަކުގެ ސަބަބުން ތިޔަބައިމީހުންނަށް އެކަލާނގެ ޢަޛާބުދެއްވަނީ އާޔަތުގެ ޖަވާބު މިބަސްތަކުގެ އެމީހުންގެ ކީއްވެގެންހެއްޔެވެ؟” ފަހުބައިގައި ބަޔާންކުރައްވާފައިވަނީ މިފަދައިންނެވެ.”އަދި ކިއެއްތަ! ތެރެއިންވާ މީހުންގެ ހެއްދެވި އެކަލާނގެ ތިޔަބައިމީހުންނީ، މީހުންނެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފާފަފުއްސަވަތެވެ.

އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ޢަޛާބު ދެއްވަތެވެ.”ހަމައެފަދައިން ޔަހޫދީންނާއި ނަޞާރާއިން ދެކޭޮގތުގައި، ޝަރީޢަތަށް ޢީސާގެފާނުގެ ނުވަތަ ޝަރީޢަތަށް މޫސާގެފާނުގެ ރައްކާތެރިކަމެއް، މީހަކަށް އެއްވެސް ނޫނީ ތަބަޢަވުމުން އިސްރާއީލަށް ހަމައެފަދައިން އަދި ނެތެވެ. ސަލާމަތްތެރިކަމެއް ނިސްބަތްވުމަކީ މީހާ މާތް اهللގެ ޢަޛާބުން ސަލާމަތްވާ ކަމެކެވެ. އެއުރެން މިވަފައިންނެވެ.” ބުނެފައިވަނީ އެމީހުން އެހެންކަމުން ބުނޫއެވެ. ޔަހޫދީއަކު ކަމުގައި ނުވަތަ ނަޞާރާއަކު ކަމުގައިވާ މީހަކު

މެނުވީ، ސުވަރުގެޔަކަށް ނުވަންނާނެތެވެ.” މިތަނުގައި ޔަހޫދީން ބުނަން މިއުޅެނީ “އިސްރާއީލަށް” ނިސްބަތްވުމަކީ ނުވަތަ މީހާ ޔަހޫދީއަކަސް އަދި ނަޞާރާ އަކަށް ލިބިގެންދާނެ ތަޅުދަނޑި ސުވަރުގޭގެ ބާއްޖަވެރިކަމާއި ވުމަކީ ސަބަބެކެވެ. މިކަމަށް ކީރިތިޤުރްއާނުގައި ވަނީ ރައްދު ދެއްވާފައެވެ. ނިސްބަތްވުމަކީ ރަށަކަށް ވަކި ނުވަތަ ބަޔަކަށް ވަކި މީހާ ސުވަރުގެ ލިބުމުގެ ސަބަބެއް ނޫނެވެ. ނުވަތަ ބާއްޖަވެރި ކަމުގެ ލިބޭނީ ސުވަރުގެ ނޫނެވެ. ސަބަބެއް ޖެހޭނެ ލިބެން ތަޅުދަނޑި މާތް ޮކށްގެންނެވެ. ހެޮޔޢަމަލުތައް އީމާންވެ ، ތެދުވެރިކަމާއިއެކު މިފަދައިންނެވެ. މާނާގައިވަނީ ބަސްފުޅުގެ ކުރައްވާފައިވާ اهللވަޙީ

“އެއީ، އެއުރެންގެ ޮދގު އުންމީދު ތަކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވަނީނަމަ، ތިޔަބައިމީހުން )އެކަމަށް(ދަލީލު ގެންނާށެވެ!” އަދިވެސް ވަޙީ ކުރައްވައިފައިވެއެވެ.މީހަކު ކަންތައްކުރާ ހެޮޔޮކށް އެހެންނަކުންނޫނެވެ! މާނައަކީ:” އެމީހާ(اهلل މުޅި )އެބަހީ: މޫނު އެމީހެއްގެ ޙާލު، ކަމުގައިވާ ވެރިރަސްކަލާނގެ އޭނާގެ ފަހެ، މީހަކަށް، ކިޔަމަންޮކށްފި އަށް މައްޗަކަށް އެއުރެންގެ އަދި ދަރުމަހުށްޓެވެ. ޙަޟުރަތުގައި އޭނާގެ

ބަޔަކު ހިތާމަކުރާނޭ އެއުރެންނީ، އަދި ބިރެއްނެތެވެ. )އެއްވެސް( ކަމުގައިވެސް ނުމެވޭމެއެވެ.” )ސޫރަތުލް ބަޤަރާ: 112( މި އާޔަތުގައި ޚާލިޞް ހިމެނެނީ ދާއިރާގައި މާނަތަކުގެ ޢިބާރާތްތަކުގެ އެކުލެވޭ އީމާން ކަމެވެ. ހެޮޔހިތުން މާތް اهللއަށް ތަސްލީމު ކުރުމެވެ.އަޅާ އޭނާ

އީމާންވާ ޝަރިޢަތާއި އެއްޮގތްވާޮގތުގެ މަތިން ޢަމަލު ކުރުމެވެ.ދުވަހުގައި ޤިޔާމަތް އެނގިގެންދަނީ، އާޔަތުން މި ރައްކާތެރިކަން ލިބުންވަނީ އީމާންވެ ހެޮޔޢަމަލު ކުރުމުންނެވެ. އެއްވެސް ނިސްބަތްވުމަކުން ނަޞާރާއިންނަށް ނުވަތަ ޔަހޫދީނަށް ޙާލެއްގައި ނިސްބަތްވުމަކުން ގެޮކޅަށް ނަބަވީ ހަމައެފަދައިން އަދި ނޫނެވެ. ނޫނެވެ. މައްސަލައެއް ވުމުގެ ނިސްބަތް މައްސަލައަކީ ނޫނެވެ. ޞާލިޙު ތެދުވެރިކަމާއެކު އީމާންކަމާއި، މައްސަލައަކީ ނަމަވެސް

ޢަމަލުތައް ކުރުމުގެ މައްސަލައެވެ.

އަދިވެސް ޔަހޫދީންނާއި ނަޞާއިންގެ ބުނުންތަކުގެ ތެރޭގައި ކަމުގައި ތަބަޢަވެގެން އެމީހުންނަށް ލިބުންވަނީ ހިދާޔަތު ޙަޤީޤީ ކުރައްވަނުން ބަޔާން ވާހަކަ އެމީހުންގެ ހިމެނެއެވެ. ބުނާބުނުން ކީރިތިޤުރްއާނުގައި ބަޔާން ކުރައްވައިފައިވަނީ މިފަދައިންނެވެ.”އެއުރެން )އެބަހީ: ޔަހޫދީންނާއި ނަޞާރާއިން( ބުނެފޫއެވެ. ތިޔަބައިމީހުން ޔަހޫދީން ތިޔަބައިމީހުންނަށް ވާށެވެ! ކަމުގައި ނަޞާރާއިން ނުވަތަ ކަމުގައި

ތެދުމަގު ލިބޭނީ އޭރުންނެވެ.” ވަޙީ ރައްދުދެއްވަމުން ބިލާހަށް މިހުވަފެނީ އެމީހުންގެ އަދި ވިދާޅުވާށެވެ! ކަލޭގެފާނު މިފަދައިންނެވެ.” ކުރައްވައިފައިވަނީ އެއްކިބާވެ މަގުން ބާޠިލުގެ ތަބަޢަވާނީ( )ތިމަންމެން ކީއްހެއްޔެވެ؟ އަދި ދީނަށެވެ. އިބްރާހީމުގެފާނުގެ ތަބަޢަވެގެންވާ މަގަށް ޙައްޤުގެ ޝަރީކުކުރާ މީހުންގެ ތެރެއިން އެކަލޭގެފާނެއް ނުވެއެވެ.”)ސޫރަތުލް

ބަޤަރާ: 135(ޙަޤީޤީ ހިދާޔަތު އިންސާނާއަށް ލިބެނީ އިބްރާހީމްގެފާނުގެ މިއްލަތަށް ތަބަޢަވުމުންނެވެ. އަދި އެއްވެސް ކުނިބުނިކަމެއް ޮއޅުމެއް

ނެތްޮގތުގައި ތިމާގެ ތަޥްޙީދު މާތް اهللއަށް ޚާލިޞް ކުރުމުންނެވެ.

ވަކިޤައުމަކަށް ނިސްބަތްވުމަކީ ސުވަރުގެ ލިބުމުގެ ސަބަބެއް ނޫނެވެ.

ޤިޔާމަތް ދުވަހުގައި ރައްކާތެރިކަން ލިބުންވަނީ

އީމާންވެ ހެޮޔޢަމަލު ކުރުމުންނެވެ. އެއްވެސް

ޙާލެއްގައި ޔަހޫދީނަށް ނުވަތަ ނަޞާރާއިންނަށް

ނިސްބަތްވުމަކުން ނޫނެވެ. އަދި ހަމައެފަދައިން ނަބަވީ ގެޮކޅަށް ނިސްބަތްވުމަކުން ނޫނެވެ. “

Page 6: Sun Magazine 44

6

ދިވެހިން ޒަމާނުއްސުރެ ލިޔަމުން އައި އަކުރުތަކަކީ ދެކުނު އޭޝިޔާ ސަރަހައްދުގެ އެހެން ބަސްބަސް ލިޔަން ބޭނުންކުރާ އަކުރުތަކާ

ތިމާގެ އަކުރުތަކެވެ. ދިވެހިންގެ އެވޭލާ އަކުރާއި ދިވެސް އަކުރަށް ބެއްޔަސް މިކަން ޮއތީ މިހެންނެވެ. އެހެން ނަމަވެސް ތާނަ އަކުރު އުފެދިގެން ދިޔައީ މިއަކުރުތަކާ ވަރަށް ތަފާތު އަކުރެއްގެ ޮގތުގައެވެ. ވާތުން ކަނާތަށް ލިޔަމުން އައި އަކުރުތަކުގެ ބަދަލުގައި ކަނާތުން ވާތަށް ލިޔާ އަކުރެއްގެ ޮގތުގައެވެ.

ތާނަ އަކުރު އުފެދިގެން އައީ ސީދާ ވަކި މިވެނި ދުވަސްވަރެއްގައޭ ބުނަން ދައްޗެވެ. މީލާދީން 15 ވަނަ ގަރުނުގައި

ވެސް ދިވެހީން ތާނަ އަކުރު ބޭނުންޮކށްފައިވާކަމަށް ބުރަވެވޭ ބައެއް ހެކި އެބަ ހުށްޓެވެ. މި ޮގތުން އަލްއުސްތާޒު މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވާފައިވާ ޮގތުގައި އަލްޙާއްޖު ސައްޔިދު މުޙައްމަދު ވެލަވަޅުނައިގެ

މަހާނަގަލުގައި ތާނައަކުރުން ބިންވަޅު ނަގާފައިވާ ލިޔުމުގައި ޖަހާފައިވަނީ ހިޖްރައިން 884 ވަނަ އަހަރު )މީލާދީން 1479 ވަނަ އަހަރު( ގެ

ތާރީހެވެ. އެހެންކަމުން މީލާދީން 15 ވަނަ ގަރުނާ ހިސާބުގައި ވެސް ދިވެހިން ތާނަ އަކުރު ބޭނުން ކުރި ކަމަށް ބުނެ ބަހުސް ކުރެވޭނެ ޖާގަ އެބަ ޮއތެވެ. އެހެންކަމުން ތާނައަކުރަކީ މީލާދީން 15 ވަނަ ގަރުނުން ފެށިގެން ވަކި އަކުރެއްގެ ޮގތުގައި ދިވެހީން ތަރައްގީ ކުރަމުން އައި

އަކުރެއް ކަމަށް ގަބޫލުކުރެވެއެވެ. ހަމަ އެހެންމެ އައްސައްޔިދު މުޙައްމަދު ވެލަވަޅުނައި އަވަހާރަވެފައިވަނީ މީލާދީން 15 ވަނަ ގަރުނުގައި ކަމަށް

ވެފައި، މަހާނަ ގަލުގައި ހުރި ލިޔުމަކީ އޭގެ ތަންޮކޅެއް ފަހުގެ ޒަމާނެއްގައި ތާނަ އަކުރުން ލިޔެފައިވާ ލިޔުމެއް ކަމުގައި ވުމަކީ ވެސް އެކަށީގެންވާ

ކަމެކެވެ. ތާނަ އަކުރުން ލިޔެފައިވާ އެންމެ ކުރީގެ ލިޔުމަކަށް ފެނިފައިވަނީ މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ހުކުރު މިސްކިތުގެ އުތުރު ފަރާތުގައި ހުރި ޮދރެއްގެ ދެ ފަރާތުގެ ފިލާގަނޑު ކަނޑާ ނަގައި ތާނައިން ލިޔެފައި ހުރި ލިޔުންޮކޅެކެވެ. މި ލިޔުމުގައި ވަނީ، “އިށް ހާހާއި ވިހިވަނަ އަހަރު ފަށްގެލީކަމު ހަދާށް” މިހެންނެވެ. މިއީ ހިޖްރައިން 1020 ވަނަ އަހަރު

)މީލާދީން 1611 ވަނަ އަހަރު( ގެ ލިޔުމެކެވެ.މީލާދީން 1835 ވަނަ އަހަރު ދިވެހިރާއްޖެއަށް ވަޑައިގެން ދިރާސާތަކެއް ކުރެއްވުމަށް ފަހު ލެފްޓިނެންޓް ވިލްޮމޓް ކްރިސްޮޓފަރ

ލިޔުއްވާފައިވަނީ ތާނަ އަކުރު ތައާރަފްވީ އުތީމު މުޙައްމަދު ތަކުރުފާނުގެ ޒަމާނުގައި ކަމަށެވެ. މުޙައްމަދު ތަކުރުފާނު މާލެ ހިއްޕެވީ ހިޖްރީ ޮގތުން

981 ވަނަ އަހަރުއެވެ. އެއީ މީލާދީ ޮގތުން 1573 ވަނަ އަހަރެވެ.

ތާނަ އަކުރުކުރީގެ ތާނައަކުރު ލިޔުމެއް )ރާދަވަޅި(

އިޔާޒު ނަސީމް

ދިވެހިންގެ ލިޔެކިޔުމުގެ ާތީރހަށް ބަލައިލުމެއް

އެހެންކަމުން ކްރިސްޮޓފަރ ވިދާޅުވާ ފަދައިން ތާނަ އަކުރު އުފެދުނީ އުތީމު މުޙައްމަދު ތަކުރުފާނުގެ ދުވަސްވަރު، މީލާދީން 16 ވަނަ ގަރުނުގައި ކަމަށް ވުން

ވެސް އެކަށީގެންވެއެވެ. ކަނޑިތީމު ހުކުރު މިސްކިތުގައިވާ ލިޔުމަކީ މީލާދީން 17 ވަނަ ގަރުނުގެ ކުރީޮކޅުގެ ލިޔުމެކެވެ. ތާނަ އަކުރުން ލިޔެވިފައި ޮއތް އެންމެ ދުވަސްވީ

ފަތްޮކޅަކީ މީލާދީން 1705 ވަނަ އަހަރުގެ ފަތްޮކޅެކެވެ. އޭރު ދިވެހިރާއްޖޭގެ

Page 7: Sun Magazine 44

7

ތާނަ އަކުރުއިލްހާމު ލިބިގެން ތާނައިގެ /ސ/ އާއި /ރ/ އަށް ބިނާ ޮކށްގެންނެވެ. މިއަދުގެ ތާނައިގައި މިދެއަކުރުގެ ތަރުތީބަށް ވެސް ވަނީ ބަދަލު އައިސްފައެވެ. ޝ އާއި ޕ އަކީ ތިކިޖެހިފައި ޮއތެއް ކަމަކު ތިކި ޖެހި ތާނައިގެ ތެރޭގައި ނުހިމެނޭ ދެ

އަކުރުކަމުގައި އައްނަބީލާ އާމިނަތު ޙުސައިން ލިޔުއްވާފައިވެއެވެ. އެހެން ނަމަވެސް މިއަދު ޝ ހިމަނާފައިވަނީ ތިކިޖެހިތާނައިގެ ތެރޭގައެވެ.

އިހު ބުނެވުނު އަށާރަ އަކުރާއި ފަހުން ބަޔާން ކުރެވުނު ދެ އަކުރުގެ ފަހުން ދެން ހުރީ ބަދަލުވާ އަކުރުތަކެވެ. މިއަކުރުތަކުގެ ތަރުތީބަކީ އެއަކުރާ

ގުޅޭ އަސްލު އަކުރުތަކުގެ ތަރުތީބެވެ. އެއީ ޓ، ޏ، ޔ، ޕ، ޖ، ޗ މިއެވެ. ށ ބަދަލުވަނީ ޓ އަށެވެ. އެއީ ޮފށި، ޮފށްޓެއް މި ޮގތަށެވެ. ޓ ގެ ޯބޮކޅު މިހާރު ބ އަކާ ވައްތަރު ވިޔަސް ކުރީގެ ލިޔުންތަކުން އެއީ ށ އަށް ބިނާކުރެވިފައިވާ އަކުރެއްކަން އެނގެއެވެ. ދެން އަންނަނީ ނ ގެ ބަދަލު އަކުރު ކަމުގައިވާ ޏ އެވެ. އެއީ އުނި، އުންޏެއް މި ޮގތަށެވެ. ކުރީގައި ބުނެވުނު ފަދައިން މިއަދުގެ

ތާނައިގެ ތަރުތީބުގައި މިއަކުރު ހިމަނާފައިވަނީ ކުރީން ބަރުނޫނު ޮއތް ތަނުގައެވެ. ޏ ބިނާ ކުރެވިފައިވަނީ ނ އަށެވެ. ނ ގެ ފައިޮކޅު ލަނބާލައިގެންނެވެ. ދެން ޮއތީ އ ގެ ބަދަލު އަކުރު ކަމުގައިވާ ޔ އެވެ. އެއީ މުއި، މުޔެއް މި ޮގތަށެވެ.

މިއަކުރު ބިނާކުރެވިފައިވަނީ އ އަށެވެ. އަލިފުގެ ފަހަތު ފައިކަށްޓަށް ޮބޅެއް އިތުރުޮކށްގެންނެވެ. ދެން ޮއތީ ފ ގެ ބަދަލު އަކުރު ކަމުގައިވާ ޕ އެވެ. އެއީ

ކަފި، ކަތްޕެއް މި ޮގތަށެވެ. މިއަކުރު ބިނާޮކށްފައިވަނީ ފ އަށެވެ. ފާފުގެ ތިރީގައި ތިއްކެއް ޖަހައިގެންނެވެ. ދެން ޮއތީ ދ ގެ ބަދަލުވާ އަކުރު ކަމުގައިވާ ޖ އެވެ. އެއީ ޯބދި، ޯބއްޖެއް މި ޮގތަށެވެ. މި އަކުރު ބިނާޮކށްފައިވަނީ ދ އަށެވެ. ދ ގެ ފައިޮކޅު ލަނބާލައިގެންނެވެ. ދެން ޮއތީ ތ ގެ ބަދަލުވާ އަކުރު ކަމުގައިވާ ޗ އެވެ. އެއީ ފަތި، ފައްޗެއް މި ޮގތަށެވެ. މިއަކުރު ބިނާޮކށްފައިވަނީ ތ އަށެވެ.

އެހެންކަމުން މައް ދިވެހި އަކުރުތަކަކީ ދެ ވައްތަރުގެ ވިޔަ އަކުރުން އުފެއްދި އަށާރަ އަކުރާއި، ދިވެސް އަކުރުގެ ޒަމާނުގައި ވެސް ބޭނުންކުރި ޝ އާއި ޒ މި ދެއަކުރާއި، ބަދަލުވާ އަކުރުގެ ހަ އަކުރެވެ. ޖުމްލަ ސައްބީސް

އަކުރެވެ. އެހެން ނަމަވެސް މިހާރުގެ ތާނައިގައި ބަރުނޫނު ބޭނުންކުރުން ވަރަށް ވެސް މަދުވެފައިވުމާއި ޝ އަކީ ތިކިޖެހި ތާނައިގެ އަކުރެއް ކަމުގައި ބެލުމުގެ

ނަތީޖާއެއްގެ ޮގތުން މިއަދު ތާނައިގެ އަސްލު އަކުރުތަކުގެ ޮގތުގައި ބައެއް މީހުން ދެކެނީ ސައުވީސް އަކުރެވެ.

މީލާދީން 16 ވަނަ ގަރުނުން ފެށިގެން ތާނައިން ލިޔެވިފައި ހުރި ލިޔުންތައް ފެންނަން އެބަހުށްޓެވެ. މަހާނަގާ ތަކާއި ފަތްޮކޅުތަކާއި ސިޓީތަކުންނެވެ.

ރާދަވަޅިތަކުންނެވެ. ދިވެހިންގެ ތެރޭގައި މިއަދު ލިޔެވިފައި ހުރި ޮފތްތައް ހުރީ ތާނައިންނެވެ. ދިވެހިންގެ ލިޔުންތެރިކަމުގެ އެންމެ ގިނަ ވައްތަރުތައް ލިބެން ހުރީ

ތާނަ އަކުރުންނެވެ. ދުނިޔޭގެ ތަފާތު އަކުރުތައް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ

ގޮތުގައި ތާނަ އަކުރަކީ ދުނިޔޭގައި ބޭނުން ކުރެވޭ އަކުރުތަކުގެ ތެރެއިން އެންމެ ސައިންޓިފިކް އެއް އަކުރެވެ. ތާނައިގެ އެންމެ މުހިއްމު ސިފައަކީ ކިޔާ ޮގތަށް ލިޔުމެވެ. ދުނިޔޭގެ އެހެން ބަސްބަހުގެ އަކުރުތަކުގައި ކިޔާ ޮގތާއި ސްޕެލިންގއާ

ތަފާތުވި ނަމަވެސް ތާނައިގައި އިސްކަން ދެނީ ކިޔާ ޮގތަށެވެ.ތާނައަކުރަކީ ކުރީގައި ބޭނުންކުރި ދިވެސް އަކުރު ފަދަ އަކުރުތަކާ

ހިލާފަށް ލިޔަން ފަސޭހަ އަކުރެއް ކަމުން ތާނައިގެ ސަބަބުން ދިވެހި ލިޔުންތެރިންނަށް ލިބިގެން ދިޔައީ ވަރަށް ޮބޑު ފަސޭހަކަމެކެވެ. 1970 ގެ އަހަރުތަކުގެ ފަހުޮކޅުގައި ތާނައިގެ ބަދަލުގައި ލެޓިން އަކުރު ބޭނުންޮކށްގެން

ލިޔުމުގެ އުސޫލެއް ގެންގުޅުނު ނަމަވެސް ފަހުން އަނެއްކާ ވެސް ތާނައަކުރު ވަނީ ދިވެހިބަސް ލިޔެކިޔުމުގައި ބޭނުންކުރާ ރަސްމީ އަކުރުކަމުގައި ހަމަޖެހިފައެވެ.

ތަހުތުގައި ރެދަލި ކުރައްވަމުން ވަޑައިގެންނެވީ އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން )ދިޔަމިގިލީ ބަންޑާރައިން( އެވެ. އެހެންކަމުން ރަސްމީ ފަތްޮކޅުތައް ފަދަ ލިޔުންތަކުގައި ތާނަ އަކުރު ބޭނުންކުރެވެން ފެށީ އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން )ދިޔަމިގިލީ ބަންޑާރައިން(ގެ ރަސްކަމުގައި، މީލާދީން 18

ވަނަ ގަރުނުގައެވެ.މީލާދީން 1705 ވަނަ އަހަރާއި 1778 ވަނަ އަހަރާ ދެމެދު ދިވެސް

އަކުރާއި ތާނަ އަކުރާ ދެ ވައްތަރުގެ އަކުރު ރަސްމީ ލިޔުންތަކުގައި ބޭނުން ކުރަމުން ޮގސްފައިވާކަން ތާރީހުން ފެނެއެވެ. މީލާދީން 1779 ވަނަ އަހަރާ

ހިސާބުން ރަސްމީ ލިޔުންތައް މުޅީން ތާނަ އަކުރަށް ބަދަލުވެގެން ދިޔައެވެ. އެއީ އައްސުލްޠާން ޙަސަން ނޫރައްދީން )އެއްވަނަ( ގެ ރަސްކަމުގައެވެ.

ދިވެސް އަކުރުން ތާނައަކުރަށް ރަސްމީ ލިޔުންތައް ބަދަލު ކުރެއްވުމުގެ މައިގަނޑު ދެ ސަބަބެއްވާކަމަށް އަލްއުސްތާޒު މުޙައްމަދު އިބްރާހީމް ލުޠުފީ

ދެކެވަޑައިގަންނަވައެވެ. ފުރަތަމަ ސަބަބަކީ ދިވެހީން ކުރީން ލިޔެ އުޅުނު ދިވެސް އަކުރަކީ އަވަށްޓެރި ކެރެލާގެ މަލަޔާޅަމް އަކުރާ ވަރަށް އެއްޮގތް އަކުރެއް

ކަމުން، ދިވެހީން ލިޔެފައި ހުންނަ ތަކެތި ކިޔުން ވެފައި ޮއތީ ކަންނަންނޫރުގެ މަލާބާރީންނަށް ވަރަށް ފަސޭހަ ކަމަކަށެވެ. އެހެން ކަމުން ދިވެހި ބަސް

ލިޔާނޭ އަކުރަކީ ތާނަ އަކުރު ކަމުގައި ހަމަޖެއްސުން ވެގެން ދިޔައީ ސަގާފީ މިނިވަންކަމާއި އަމިއްލަވަންތަކަން ހަރުދަނާކުރުމަށް ޓަކައި އެޅުނު މުހިންމު

ފިޔަވަޅަކަށެވެ.ދެވަނަ ސަބަބަކީ ދިވެހީންގެ ލިޔުންތަކުގައި އަރަބި އަކުރުން އަރަބި

ލަފްޒުތައް ލިޔަމުން ގެންދާއިރު، ދިވެސް އަކުރަކީ ވާތުން ކަނާތަށް ލިޔާ އަކުރަކަށް ވެފައި، އަރަބި ލިޔުންތައް ކަނާތުން ވާތަށް ލިޔަން ޖެހޭއިރު ދިމާވާ އުނދަގޫތަކާ ހެދި، ކަނާތުން ވާތަށް ލިޔެވޭ އަކުރަކަށް ބޭނުންވުމެވެ. ދިވެހިންގެ

ލިޔުންތަކުގެ ތެރޭގައި އަރަބި ލަފްޒުތައް ބޭނުން ކުރަން ފެށުމުން ކަނާތުން ވާތަށް ލިޔާ އަކުރެއް ޮއތުމުގެ ބޭނުން ޮބޑުވެގެންނެވެ. އެހެން ނަމަވެސް ތާނައިގެ ކުރީން ދިވެހީން ބޭނުންކުރި ދިވެސް އަކުރަކީ ވެސް ދިވެހިރާއްޖެ އިސްލާމްވުމަށް

ފަހު، އަދި ދިވެހި ލިޔުންތަކުގައި އަރަބި އަކުރުން އަރަބި ލަފްޒުތައް ލިޔަން ފެށުމުގެ ފަހުން ތަރައްގީ ކުރެވިފައިވާ އަކުރަކަށް ވާއިރު، ދިވެސް އަކުރު ތަރައްގީޮކށްފައިވަނީ ކަނާތުން ވާތަށް ލިޔާ އަކުރެއްގެ ޮގތުގައި ނޫންކަމުން،

ތާނަ އަކުރަށް ރަސްމީ އަކުރުގެ ދަރަޖަ ލިބުނީ ފުރަތަމަ ސަބަބާ ހެދި ކަމަށް ގަބޫލުކުރުމުގެ ފުރުސަތު ޮބޑެވެ.

ތާނަ އަކުރުގެ ފުރަތަމަ ނުވަ އަކުރު ހެދިފައިވަނީ މިހާރު އަރަބީންގެ ތެރޭގައި ހާއްސަޮކށް ފާރިސީ ބަހުގެ އަހުލުވެރީން ބޭނުންކުރާ ހިންދުސްތާނު ވިޔަ އަކުރުތަކުންނެވެ. އެއީ ހ، ށ، ނ، ރ، ބ، ޅ، ކ،

އ، ވ މި ނުވަ އަކުރެވެ. ދެވަނަ ނުވަ އަކުރު ހެދިފައިވަނީ ދިވެހި ވިޔައިގެ ނުވަ އަކުރުންނެވެ. އެއީ މ، ފ، ދ، ތ، ލ، ގ، ޱ )ޱަވިޔަނި ނުވަތަ

ބަރުނޫނު(، ސ، ޑ މި ނުވަ އަކުރެވެ. ފަހުން ދިވެހި ލިޔުންތަކުގައި ބަރުނޫނު ބޭނުން ކުރުން މަދުވެ،

އަދި އޭގެ ފަހުން ބަރުނޫނު ބޭނުންކުރުން ގާތްގަނޑަށް ނެތިދިއުމުން، ތާނައިގެ އަކުރުތަކުގެ ތަރުތީބުގައި މިހާރު ބަރުނޫނުގެ މަގާމުގައި ޮއތީ ޏ އެވެ. ހަގީގަތުގައި ޏ އަކީ ބަދަލުވާ އަކުރުތަކުގެ ބައިގައި ހިމެނޭ އަކުރެކެވެ.

ވިޔަ އަކުރުތަކުން ހެދިފައިވާ އަށާރަ އަކުރުގެ ފަހަށް ދެން ޮއތީ ކުރީގައި ދިވެސް އަކުރުން ލިޔުނު ޒަމާނުގައި ވެސް ބޭނުން ކުރެވުނު ޝ

އާއި ޒ ގެ އަޑު ރަމްޒުޮކށްދޭ ދެ އަކުރެވެ. މި ދެ އަކުރު ފަރުމާ ޮކށްފައިވަނީ އަރަބިންގެ /ސ/ އިން /ޝ/ އަދި /ރ/ އިން /ޒ/ އުފައްދާފައިވާ ޮގތުން

Page 8: Sun Magazine 44

8

އިޔާޒު ނަސީމް ސަން މާފާނު

ޚްވާރިޒްމީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީން 780 ވަނަ އަހަރު ފާރިސްކަރައިގައެވެ. ޚްވާރިޒްމީއަކީ ޮޕލިމެތެކެވެ. ހިސާބާއި ފަލަކީ އިލްމާއި ޖިޮއގްރަފީގެ އިލްމުގެ އިސް ސަފުގައި

ފާހަގަ ކުރެވޭ އާލިމެކެވެ. ހިސާބުގެ އިލްމުގެ ޑެސިމަލްގެ ނިޒާމު ހުޅަނގަށް ތައާރަފުވީ ޚްވާރިޒްމީ ފެތުރުއްވި ތައުލީމުގެ ތެރެއިންނެވެ. ޚްވާރިޒްމީ ފާހަގަ ކުރެވިފައިވަނީ އަލްޖިބްރާގެ

ބާނީގެ ޮގތުގައެވެ.މީގެ އިތުރުން އޭނާ ވަނީ ޢިރާޤުގެ ބަޣުދާދުގައި ހުރި ބައިތުލްޙިކްމާގައި ޢައްލާމާއެއްގެ

ޮގތުގައި ވަރަށް މުހިންމު އިލްމީ ހިދުމަތްތަކެއް ކުރައްވައިފައެވެ. މުޙައްމަދު ބިން މޫސާ އަލްޚްވާރިޒްމީ އަވަހާރަވީ މީލާދީން 850 ވަނަ އަހަރުއެވެ.

މުޙައްމަދު ބިން މޫާސ އަލްޚްާވރިޒްީމ

ކެރެާލ

އަޅުގަނޑުމެން އެ ސަރަހައްދަކަށް ނިސްބަތް ވާ ދެކުނު އޭޝިޔާ ސަރަހައްދަށް އަހުލުވެރިވެ، އާންމު މައުލޫމާތު މުއްސަނދި ކުރުމަށް ޓަކައި، ހުށަހަޅާ ލިޔުންތަކުގެ

މި ސިލްސިލާގައި މި ފަހަރު ބަލައިލާނީ އިންޑިޔާގެ ސްޓޭޓުތަކުގެ ތެރެއިން ކެރެލާ އަށެވެ. ކެރެލާ އަކީ ހުޅަނގު-ދެކުނު އިންޑިޔާގެ މަލާބާރު އައްސޭރިއަށް ނިސްބަތްވާ ސްޓޭޓެކެވެ. ކެރެލާގެ އުތުރާއި އިރުއުތުރުގައި ޮއތީ ކަރްނާޓަކާއެވެ. އިރުމައްޗާއި ދެކުނުގައި ޮއތީ ޓެމިލްނާޑެވެ. ހުޅަނގުގައި ޮއތީ އަރަބި ކަނޑެވެ. ކެރެލާގެެ ވެރިރަށަކީ އަދި އެންމެ ޮބޑު ޝަހަރަކީ ތިރުވަނަންތަޕޫރަމް ނުވަތަ

ޓްރިވެންޑްރަމްއެވެ. ކެރެލާގެ ރަސްމީ ބަހަކީ މަލަޔާޅަމް )ނުވަތަ އިހުގައި ދިވެހިން ކިޔާ ޮގތުން ނަމަ "ޮހޅި"( ބަހެވެ.

ކެރެލާއަކީ ހިންދުސްތާނުގެ މައިކަރައިގެ ރާއްޖެތަކުގެ ތެރެއިން ދިވެހިރާއްޖެއާ އެންމެ އަވަށްޓެރި ރާއްޖެ ނުވަތަ ސްޓޭޓެވެ. މީގެ އިތުރުން ވެސް ކެރެލާ

އަކީ ވަރަށް ގިނަ ޮގތް ޮގތުން ދިވެހިންނާ ގުޅުން ޮއތް ސްޓޭޓެކެވެ. ކެރެލާ ސްޓޭޓުގެ އުތުރުގެ ބައި ކަމުގައިވާ މަލާބާރަކީ ދިވެހި ތާރީހުގައި މުހިންމު

ދައުރެއް އަދާޮކށްފައިވާ ސަރަހައްދެކެވެ. މަލާބާރާއި ދިވެހިރާއްޖެއާ ދެމެދު ޮއތް ގާތްގުޅުމެވެ. މަލާބާރީން ދިވެހިންނަށް ވެދީފައިވާ އެހީތެރިކަމެވެ. އޭގެ ފަހުން ޮއތް ދެޮކޅުވެރިކަމެވެ. އަދި އާއިލީ ގުޅުންތަކެވެ. ސަގާފީ ޮގތުން ޮއތް ގުޅުންތަކެވެ.

ދިވެހިންގެ ސަގާފީ އަދި ހެވިކަމުގެ ކުޅިވަރެއްގެ ޮގތުގައި ޮއތް ކުޅިޖެހުން މިހާރުވެސް ކެރެލާގައި އެބަޮއތެވެ. ކަޅަރިއްޕަޔައްޓުގެ ނަމުގައެވެ.

ހަމަ އެހެންމެ ކެރެލާގެ ޮކއްޗޭގެ ބަނދަރާއި ކާލީޯކޓާއި ކަންނަންނޫރުގެ ބަނދަރަކީ ކުރީ ޒަމާނުގައި ދިވެހިން އެންމެ ގިނައިން ދަތުރުޮކށް އުޅުނު ބަނދަރުތަކުގެ

ތެރޭގައި ހިމެނޭ ބަނދަރުތަކެވެ. މިއަދުވެސް ޓްރިވެންޑްރަމާއި ޮކއްޗޭއަކީ ދިވެހިންގެ ގިނަ ބަޔެއްގެ ދިރިއުޅުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ދެ

ތަނެވެ.އާއިލީ ގުޅުންތަކަށް ބަލާއިރު، މަލާބާރުގެ ނުފޫޒުގަދަ ދަރިޮކޅެއް

ކަމުގައިވާ ނަހާ ދަރިޮކޅަށް ނިސްބަތްވާ ސައްޔިދު މުޙައްމަދު ނަހާ ރާއްޖެއަށް ވަޑައިގެން ދިވެއްސަކާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް ދަރިކަލުން،

ފަސްމަންދޫ އަލްވަޒީރު ޙަސަން ހަކުރާ ތަކުރުފާނުގެ ދަރިޮކޅަކީ ނުވަތަ ޮހޅިނަހާގެ ދަރިޮކޅަކީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ފާހަގަޮކށްލެވޭ ދަރިޮކޅެވެ.

ފަސްމަންދޫ އަލްވަޒީރު ޙަސަން ހަކުރާ ތަކުރުފާނުގެ ފާޠިމާ މާވާކިލެގެފާނުގެ ޢާއިޝާކަނބާފާނަކީ މަޝްހޫރު ޙާޖީ ބަންޑާރައިން ނުވަތަ އައްސުލްޠާން

މުޙައްމަދު ޣިޔާޘުއްދީންގެ މަންމާފުޅެވެ. މީގެ އިތުރުން ވެސް ދިވެހިރާއްޖޭގެ ރަސްރަސްކަލުންނާއި ރައީސުންނާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުންގެ ތެރޭގައި ވެސް މަލާބާރުގެ މި ދަރިޮކޅަށް

ނިސްބަތްވާ ބޭފުޅުން ފާހަގަކުރެވެއެވެ.ކެރެލާގެ އާބާދީއަކީ 34 މިލިޔަނެވެ. އާބާދީގެ ޮގތުން ބަލާއިރު މިއީ އިންޑިޔާގެ ސްޓޭޓުތަކުގެ ލިސްޓުން 12 ވަނައެވެ. ބިމުގެ ޮގތުން ބަލާއިރު 21

ވަނައެވެ. އިދާރީ ޮގތުން ކެރެލާ ބަހައިލެވިފައިވަނީ 14 ޑިސްޓްރިކްޓަށެވެ.

ބުއްދީގެ ފުރާގު "ދުނިޔަވީ އިލްމުތަކުގެ ތެރެއިން އެންމެ ޝާހީ އިލްމަކީ

ހިސާބު އިލްމެވެ." - އަލްޚްވާރިޒްމީ

Page 9: Sun Magazine 44

9

Page 10: Sun Magazine 44

10

އަލީ ޚާލިދު

ޖްމަންޓްގެ ާދއިާރ މެނޭހިާޔރު ކުާރނަމަ..

ތިމާ ކުރިއަށް ދާންބޭނުންވާ ދާއިރާއަކީ މެނޭޖްމަންޓްޯތ، ހިންގުމުގެ ދާއިރާޯތ، މެނޭޖަރަކަށްވުންޯތ މުއައްޒަފުން ބެލެހެއްޓުންޯތ މިއީ ތިމާގެ ކެރިޔަރ ކަނޑައެޅުމުގައި ކުރިމަތިވާ ސުވާލުތަކެވެ. ތިމާ ހުރިވަޒީފާގެ ސަބަބުން ނުވަތަ ކިޔަވަމުން ދަނީ މެނޭޖްމަންޓްނަމަ މިފަދަ ސުވާލު އަމިއްލަ ނަފްސާކުރެވެމުން

ދިއުމަކީ ވެދާނެކަމެކެވެ. ޮކންމެ ކަމެއްގައި ނަމަވެސް ހިންގުމުގެ ދާއިރާގައި ތިމާ ކުރިއަށް

ދިއުމަށް ކަނޑައަޅާނަމަ ވިސްނާލަންވީ ކަންކަން ފާހަގަޮކށްލާނަމަވެ.ހިންގުމުގެ ދާއިރާގައި ކުރިއަށްދާން ކަނޑައަޅާނަމަ އެކަންކަމަށް ބަލަންވީ

ސަބަބުތަކެއް ހުރެއެވެ. އެއީ މެނޭޖަރަކަށް އެހެންމީހުންނަށްވުރެން ޮބޑު ބާރާއި އިޚްތިޔާރުތަކެއް ލިބޭނެއެވެ. އަދި މުސާރަޮބޑުވުމުގެ އިތުރުން އިނާޔަތްތަކާއި

ވަޒީފާގެ ގަދަރު ލިބޭނެއެވެ.

މުސާރަ - ކުންފުނީގެ، މަރުކަޒުގެ ނުވަތަ ރިޯސޓުގެ އެންމެ އިސް މެނޭޖަރު- މެނޭޖިންގް ޑައިރެކްޓަރ ނުވަތަ ޗީފް އެގްޒެކެޓިވް ޮއފިސަރގެ މުސާރަ އެހެން

އެންމެނަށް ވުރެން އުސޫލެއްގެ ޮގތުން ޮބޑުވާންވާނެއެވެ. ގިނަފަހަރު ކަންހިނގަނީ މިޮގތަށެވެ. އަދި ޑިޕާރޓްމަންޓް ނުވަތަ ސެކްޝަނުގެ މެނޭޖަރުގެ މުސާރަވެސް

މެނޭޖަރަށް ރިޯޕރޓްކުރާ މުއައްޒަފުންނަށްވުރެން ޮބޑުވާނެއެވެ. އަޅުގަނޑު އެއްފަހަރު މަސައްކަތްކުރި ކުންފުންޏެއްގައި އިންޖިނޭރުންގެ

މުސާރަ މެނޭޖަރުންނަށްވުރެ ޮބޑެވެ. ބުއްދިވެރި ޯއގަނައިޒޭޝަންތަކުން މުސާރަ ކަނޑައަޅަނީ ވަޒީފާއަކަށް ނޫނެވެ. އެމީހުންގެ މުހިންމުކަމުގެ މަަައްޗައްށެވެ. އިންޖިނޭރުންގެ މުހިންމުކަން މިދެންނެވި ކުންފުންޏަށް މާމުހިންމުވަނީއެވެ.

ބާރު – ގިނަ މީހުން އަދި މެނޭޖަރުންވެސް ދެކޭޮގތުގައި އޭނަ ސުޕަވައިޒްކުރާ ޑިޕާރޓްމަންޓްގެ މުއައްޒަފުނަށް ބާރުޯފރުވާ ފަރާތަކީ އެތަން ހިންގުމަށް

މެނޭޖްމަންޓުން ހަވާލުޮކށްފައިވާ ފަރާތެވެ. މިއީ ޮކންމެވެސް ވަރެއްގެ ހަގީގަތެއް ހުރިވާހަކައެކެވެ. މެނޭޖަރުންނަކީ ޑިޕާރޓްމަނޓެއް ހިންގުމުގައި އެތަނުގެ

މަސައްކަތު ތާވަލުރާވައި ހިންގުމުގެ ޒިންމާއުފުލާފަރާތެވެ. ހަގީގީ ޒިންމާއާއި ބާރު ވަޒީފާ ބަޔާނުން ނުވަތަ ވެރިންގެ ފަރާތުން މެނޭޖަރަކަށްނުދެވޭނެއެވެ. ބާރު ލިބެނީ އެ ސެކްޝަނެއް ހިންގުމުގައި މެނޭޖަރުގެ ހުރި ހިންގުމުގެ ގާބިލުކަމުގެ މައްޗަށް

ސެކްޝަނުގެ މުއައްޒަފުންލެނބި އެމީހުންގެ ފަރާތުން ލިބޭ އެއްބާރުލުމުންނެވެ.

ވަޒީފާއިން ލިބޭ ގަދަރު – އަޅުގަނޑުމެންގެ މުޖްތަމައުގައި ތިމާ އަދާކުރާ ވަޒީފާގެ ނަމަކީ އެމީހެއްގެ ގަދަރާއި އިޙްތިރާމް ލިބޭކަމެކެވެ. ސިވިލް ސާވިސްގެ ޮއފީހެއްގެ ޑައިރެކްޓަރ ފެންވަރުގެ ބޭފުޅެކޭ ބުނުމުން އެބޭފުޅަކަށް ޮކންމެވެސް

އިޙްތިރާމްއެއް ލިބެއެވެ. އެކަމު މިދެންނެވި ބޭފުޅާއަކީ އެހާ ނުފޫޒްގަދަ ވަޒީފާއެއް އަދާކުރައްވާ ބޭފުޅަކަށްނުވެދާނެއެވެ. ހަމަ މިޮގތަށް މެނޭޖަރަކޭ ބުނުމުންވެސް

މިފަދަ އިހްސާސް ލިބެއެވެ.

ހާސިލްކުރުމުގެ އިހްސާސް – ބޭނުންވަނީ ކުންފުޏެއްގެ މެނޭޖިންޑަރެކްޓަރަކަށް ނުވަތަ ރިޯސޓެއްގެ މެނޭޖަރަކަށްވާން ނަމަ

މެނޭޖްމަނޓްގެ ޮރނގުން ކުރިއަށްދާން ހިޔާރުކުރަންވީއެވެ. ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާއަށް ނުވަތަ މިނިސްޓަރަކަށްވާނ ބޭނުން ނަމަ ޮކންމެހެން މެނޭޖްމަޓް ޚިޔާރުކުރާކަށްނުޖެހެއެވެ. ސިޔާސީ ޮރނގުން ކުރިއަށް ދިއުމަށް ޖެހޭނީ ސިޔާސީ އެކްޓިވިސްޓްއަކަށްވެ އާންމުންގެ ތާއީދު ޯހދާށެވެ. އެހެންނަމަވެސް މުޖްތަމައުގައި ގަދަރުވެރި ވަޒީފާއެއް ޯހދައި، ރަނގަޅު މުސާރައެއް ލިބި، ވަޒީފާގެ ބާރާ ނުފޫޒު

ލިބެން ބޭނުންނަމަ މެނޭޖްމަންޓްގެ ދާއިރާ ޚިޔާރު ކުރަންވީއެވެ. މިދެންނެވުނީ މެނޭޖްމަންޓް ޙިޔާރުކުރަންވީ ސަބަބުތަކެވެ. ހަމަ

މިޮގތަށް ބައެއް ބޭފުޅުންނާ ހިންގުމުގެ ދާއިރާ ނުގުޅޭ ސަބަބުތައް ވެސް ހުރެއެވެ. މެނޭޖަރަކަށްވުމަކީ ޮބހަށްވުމެވެ. ގިނަ މުއައްޒަފުން ވެރިޔާއަށް ގަބޫލެއްނުވާނެއެވެ.

ޮބސްކިތަންމެ އިންސާފުވެރިޮކށް ކަންކުރިއަސް ހިތްހަމަ ނުޖެހޭ މުއައްޒަފުން ތިބޭނެއެވެ. ރަނގަޅަށްވިޔަސް ނުބައިޮކށްވިޔަސް ޮގތްނިންމަންޖެހޭނެއެވެ. އަދި

ތިމާގެ ވަޒީފާއަށް ފަރިއަޅާ ވާދަވެރި އެތަށް ބައެއް ތިބޭނެއެވެ. ގާނޫނީ ތަރަހައިގެ ތެރޭގައި އުޅެންޖެހުމާއި ފައިސާގެ ޙުދޫދުގައި ހިންގުން ބައްޓަންކުރަންޖެހުމަކީ

މިވަޒީފާގެ މައިގަނޑު އިންތަކެވެ.

މަތީފަޑީގައި ހުންނަންޖެހޭނީ އެކަނި – ތިމާ ބަލަހައްޓާ މުއައްޒަފުންނާމާޮބޑު ގާތް ގުޅުމެއް ބާއްވައިގެންނެއް އެމީހުންނާ ގުޅޭ އުނދަގޫ

ނިންމުތަކެއް ނުނިންމޭނެއެވެ.

Page 11: Sun Magazine 44

11

ތިމާ ވެރިޔާއަކަށް ވުމުގެ ކުރީގައި ޑިޕާރޓްމަންޓް ތެރޭއެކުއުޅުނު މުއައްޒަފުން ތިމާއަށް ޕްޮރޯމޝަންލިބުމަށްފަހަކު ތިމާއަކާ އެގުޅުމުމެއް

ނުބާއްވާނެއެވެ. އަދި ހަމަ މިޮގތަށް ވަޒީފާ ލިބިގެން އެހެން ތަނަކުށް ވަޒީފާއަށް ނިކުންނަ މެނޭޖަރުނާވެސް މުއައްޒަފުން މެދުގައި ޮއންނަ ގާތްކަމެއް އަލަށް

އަންނަ ވެރިޔާއަކާމެދުވެސް ޯނންނާނެއެވެ. އެހެންކަމުން މަތިފަޑިމައްޗަށް އަރައި އިންނަންޖެހޭނީ އެކަނިމާއެކަންޏެވެ.

ނަތީޖާއަށް ކެތްތެރިވުން – ކުރެހުން ތެރިއެއްނަމަ އޭނަ ކުރަހަމުންދާ މަންޒަރުގައި ހުރި އުނިކަންކަން ވަގުތުން ފާހަގަ ކުރެވޭނެއެވެ. ކުލަ

ރަނގަޅުކުރެވޭނެއެވެ. ކުރެހުމުގައި ހުރި ހިތްހަމަ ނުޖެހޭކަން މަސައްކަތް ކުރިއަށްދާއިރު ހަމައަކަށް އަޅުވަމުން ކުރިއަށް ދެވޭނެއެވެ. އެހެންނަމަވެސް މެނޭޖްމަންޓް ހިނގަނީ މިހެނެއްނޫނެވެ. ވަގުތުން ނަތީޖާއެއް ނުނެރެވޭނެއެވެ. ލަނޑުދަނޑި ހާސިލުކުރުމަށްް މަސައްކަތްރާވާފައި މިހުންނަނީ މަސްދުވަހަށް،

ތިންމަހަށް، ހަމަށް އަދި އަހަރުދުވަހަށް ނުވަތަ އެއަށްވުރެވެސް ދިގުމުއްދަތަށެވެ. ހަގީގަތުގައި މެނޭޖަރެއްގެ ކާމިޔާބީއަކީ އޭނަގަދަށުން މަސައްކަތްކުރާ މުއައްޒަފުންގެ

ހުނަރު ކުރިއަރުވައިދިނުމެވެ. މިކަންކަމަކީ ދިގުމުއްދަތުގައި ހިނގާނެކަންކަމެވެ. ތިމާގެ ކެތްތެރިކަން މިހިސާބަށް ޯފރާނަމަ މެނޭޖްމަޓްއަކީ ތިމާއާއި ގުޅޭދާއިރާއެކެވެ.

ޒިންމާ ނިމޭ ހިސާބު – ތިމާގެ ދަށުގައި މަސައްކަތްކުރާ މުއައްޒަފުން ކުރާހުރިހާކަމެއް، ނިންމާހުރިހާކަމެއްގައި ނިކުންނަ ނަތީޖާގެ ޒިންމާ އުފުލާ ފަރާތަކީ މެނޭޖަރެވެ. މިސާލަކަށް މުޒާހަރާއެއް ރޫޅާލުމުގައި ކުރީސަފުގައި މަސައްކަތްކުރާ

ފުލުހުން ހިންގާ އަމަލަކުން ނުވަތަ ޮއޕަރޭޝަނަކުން ޮއފިސަރު ދޭ ޯއޑަރުން ކަންހިނގާޮގތެއްގެ ސަބަބުން ޮޕލިސް ޮކމިޝަނަރަކަށް ޖަވާބުދާރީވުމުން ބަރީއައެއް

ނުވެވޭނެއެވެ. ރަނގަޅަށްވިޔަސް ޯގހުންވިޔަސް ހުރިހާ ނިންމުމެއްގެ ޒިމާ ނަގަންޖެހޭ ފަރާތަކީ މެނޭޖަރަވެ.

ވަޒީފާއަށް ފާރަލާއެހެން މީހުން ތިބޭނެ – ތިމާ އާ ހަވާލުވެފައިވާ ހުރި ހިންގުމުގެ ވަޒީފާ ތިމާއަށްވުރެ ރަނގަޅަށް ކުރެވޭނެ ކަމުގެ ޔަޤީންކަމުގައި

ތިބި އެތަށް ބައެއް ތިބޭނެއެވެ. އެހެންކަމުން ތިމާގެ

ނިންމުންތަކާއި އެއްބަސްނުވާނެ

ބަޔަކު

އުޅޭނެއެވެ. އަދި ޯގސްނިންމުންތަކުގައި ތިމާގެ ނާގާބިލުކަން ދައްކާއެކަމުގައި އޭގެ ފައިދާ ނަގާނެއެވެ. ތިމާގެ ހިންގުމުގައ ވަޒީފާ ޮއތީ ޮއނިގަޑުގެ އެންމެ މަތީގައި

ތަނުގެ ކަމަށް ވަނީ ވިއްޔާ ވާދަވެރިން ގިނަވާނެއެވެ. ބޭރުންވެސް ތިމާގެ ވަޒީފާ ބޭނުންވެގެން ފާރަލަމުންދާ މީހުންތިބޭނެއެވެ. ވަޒީފާ

މަތިވިވަރަށް އެހެން މީހުންގެ ވާދަވެރިކަން ޮބޑުވާނެއެވެ.

ޤާނޫނީ ޒިންމާ – އަޅުގަނޑުމެންގެ ވަޒީފާގެ މާހައުލުގައި މިހާރު ވަރަށް ގިނަ ގަވާއިދުތައް ހުރެއެވެ. ވަޒީފާއަދާކުރާފަރާތުގެ ހައްގުތައް ވަރަށް ގިނައެވެ. މެނޭޖަރެއްގެ ހައިސިއްޔަތުން މިހުރިހާކަމެއް އެނގެންޖެހޭނެއެވެ. އާދައިގެ މުއައްޒަފުން ގާނޫނީޮގތުން ނަގަންނުޖެހޭ ކިތަންމެ ޒިންމާތަކެއް

މެނޭޖަރު ނަގަންޖެހޭނެއެވެ. އަދި ކިތަންމެ މިފަދަ ގާނޫނީ ލިޔެކިޔުންތަކުގައި ސޮއިކުރަންޖެހޭނެއެވެ. މީގެ އެއްވެސް ޒިމާއަކުން މެނޭޖަރެއްގެ ހައިސިއްޔަތުން

ހުންނަމީހަކަށް ބަރީއައެއް ނުވެވޭނެއެވެ.

ވިޔަފާރި ކުރުން – ތިމާގެ ވަޒީފާއާ ގުޅުން ހުރި ވިޔަފާރިއެއް ނުކުރެވޭނެއެވެ. މިސާލަކަށް ޝިޕިންގްލައިނެެއްގައި މަސައްކަތްކުރާ މެނޭޖަރަކަށް ޝިޕިންގާއި ގުޅުން ހުރި ވިޔަފާރިއެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް އާދައިގެ

މުއައްޒަފުންނަށް މިފަދަ ހުރަހެއް ނެތިޮއވެދާނެއެވެ.ޮކންމެ މީހަކަށް މެނޭޖްމަންޓަކީ ކުރިއަށްދާން އެންމެ ރަނގަޅު ދާއިރާއެއްނޫނެވެ.

މެނޭޖްމަންޓްގެ ދާއިރާއިން ކުރިއަށް ދާން ބޭނުންނަމަ އެދާއިރާގައި ތިމާ ގަޔާވާކަންކަމާއި ހިތާނުވާކަންކަމަކީ ޮކބައިކަން ތިމާއަށް ސާފުޮކށްއެގެންވާނެއެވެ.

މިދެބައި މިނެފައި ނޫނީ ޮގތެއް ނިންމާކަށް ނޭނގޭނެއެވެ. ބާރާއި، ނުފޫޒާއި، ރަނގަޅު މުސާރައާއި ޒިންމާ ނަގަން ކެރުމާއި މީހުނާއި މުއާމަލާތްކުރުމާއި

ވަޒީފާގެ ގަދަރަކީ ތިމާ އެދޭ ކަންކަމަށްވަނީނަމަ މެނޭޖްމަންޓް ޮރނގު ޚިޔާރުކުރަން ރަނގަޅެވެ. އަނެއްޮކޅުން ފައިސާގެ ޒިންމާނެގުމާއި ގާނޫނީ ކަންކަމައި

ލަނޑުދަނޑި ހާސިލުކުރުމަށް މަސަކަތްކުރުމަކީ އެހާ ގަޔާވާކަންކަމަށް ނުވަނީނަމަ މެނޭޖްމަންޓްއެއީ ތިމާއާއި ގުޅޭކަމަކަށް ނުވާނެއެވެ. އެެންވީމާ ތިމާ ހިތާވާކަންްކަމާއި

ގަޔާނުވާކަންކަމާމެދު ވިސްނާފައިނޫނީ މެނޭޖްމަންޓްގެ ވަޒީފާއަދާކުރުމާއި މެދު ޮގތެއް ނިންމައިގެންނުވާނެއެވެ.

Page 12: Sun Magazine 44

12

... ޑު ވޯ ާރ ާޕސް ގައި އެންމެ ގިނައިން ބޭނުން ކު ދުނިޔޭ

އާދަމް ނަސީރު

ޕާސްޯވޑަކީ ހުރިހާ މާނައެއްގައިވެސް ރައްކާތެރިކަމުގެ ޮގތުން ލިޔާ އަކުރު ތަކަކަށް ނުވަތަ ލިޔެލާ ސިއްރު ބަހަށް ކިޔާ ނަމަކެވެ. އެއީ އިންގިރޭސި

އަދި ހިސާބު އަކުރުތަކެއް ނަމަވެސް ނުވަތަ އެހެން ބަހެއްގެ އަކުރު ތަކެއް ނަމަވެސް ޕާސްޯވޑުގެ ޮގތުގައި ތަފާތު އެތައް ބިލިއަން ބަސްތަކެއް ދަނީ

މިދުނިޔޭގައި ބޭނުން ކުރަމުންޏެވެ. ޕާސްޯވޑު ކިޔަން ޖެހުނީ ގިނަ ފަހަރަށް ކޮންމެވެސް މާނަ އެއް ދޭހަވާ ބަހެއް ބޭނުން ކުރާތީއެވެ. އަސާސީ ތައުލީމު

ދަންނަ އެންމެ އާދައިގެ މީހާ އަށް ޕާސްޯވޑު މާނަ ކުރެވެނީ އީމެއިލް ހުޅުވުމަށް ޖަހާ ސިއްރު ބަހުގެ ޮގތުގައެވެ.

މިއަދު ޮއފީހެއްގައި ނުވަތަ އެހެންވެސް ތަކެއްގައި މަސައްކަތް ކުރާ ގިނަމީހުން ތިން ހަތަރު ޕާސްޯވޑު ހިތު ދަސްކުރަން ޖެހެއެވެ. ފައިސާ ނެގުމަށްގެންގުޅޭ ކޭސްކާރޑުގެ އިތުރުން އީމެއިލް އަދި ބައެއް ޮއފީސް ތަކަށް

ވަދެވެނީވެސް ޕާސްޯވޑު ޖަހައިގެންނެވެ. އެހެން ކަމުން ބައެއް މީހުންގެ އާދައަކީ ހުރިހާ ކަމަކަށް އެއްޕާސްޯވޑެއް ބޭނުން ޮކށްލުމެވެ. ކޭސްކާރޑުގެ ޕިން ނަމްބަރ

އެއީ ޯފނު ހުޅުވާ ޮލކު ޯކޑުގެ ޮގތުގައި ބޭނުން ކުރެވޭއިރު ހަމަ އެނަމްބަރު ޮއފީހަށް ވަނުމަށް ހުޅުވާ ޮދރުގެ ޕާސްޯވޑަށް ވެފައިވަނީވެސް އިއްތިފާޤަކުން

ނޫނެވެ. ޮކފީއެއް ޯބލުމަށްފަހު ފައިސާ ދެއްކުމަށް ކޭސްކާރޑު ދިއްޮކށްލާއިރު ޕިންނަމްބަރ ލިޔެލަދޭ ގިނަ ފަރާތްތަކެއް އަދިވެސް މިރާއްޖޭގައި އެބައުޅެއެވެ.

އެލިޔެލަދެވެނީ ހުރިހާ ޮދރެއް ހުޅުވޭ ތަޅުދަނޑިކަން ނޭގިއެވެ. ވަކި ހާއްސަ ދިރާސާ އެއް ކުރެވިފައި ނުވި ނަމަވެސް ދިވެހިރާއްޖޭގައި

ގިނަ މީހުން ޕާސްޯވޑުގެ ޮގތުގައި ލިޔެއުޅެނީ އެމީހެއްގެ ޯލބިވެރިޔާގެ ނަން، ދަރިންގެ ނަން ނުވަތަ ޯފނު ނަންބަރެވެ. އަދި ވަރަށް ގިނަ ފަހަރަށް ހުތުރު ބަހެއް ބޭނުން ކުރާކަންވެސް ފާހަގަ ކުރެވެއެވެ. އަދި ހަމަ އެއާއި އެކު އައި.ލަވް.ޔޫ ޕާސްޯވޑެއްގެ ޮގތުގައި ބޭނުންކުރާ މީހުން މަދެކޭ ދެންނެވޭކަށްވެސް

ނެތެވެ. ގިނަ ބަޔަކަށް ޓެކުޮނޮލޖީ ތައުލީމުޏެތް އާންމުން ބޭނުން ކުރަނީ ވަރަށް ފަސޭހަ ޕާސްޯވޑު ތަކެކޭ ހީވިޔަސް ޓެކުޮނޮލޖީ ދާއިރާގައި މަސައްކަތްކުރާ ގިނަ މީހުން އެންމެ ގިނައިން ބޭނުން ކުރާ ޕާސްޯވޑު ތަކަކީ އަދި މާފަސޭހަ ޕާސްޯވޑް

ތަކެކެވެ. ޓެކުޮނޮލޖީ ދާއިރާގައި މަސައްކަތް ކުރާ ގިނަ މީހުންނަކީ ކަންޏެތް ބަޔެއްކަމަށް ގިނަ ބަޔަކު ބުނަނީވެސް އެހެންވެއެވެ. “އެޑުމިން” “އެޑުމިން” އަކީ އައިޓީ މީހުންގެ އެންމެ އާންމު ޕާސްޯވޑެވެ. ޔޫސަ ނޭމުގެ ޮގތުގައިވެސް އެޑުމިން

އަދި ޕާސްޯވޑުގެ ޮގތުގައިވެސް ހަމަ އެޑުމިން އެވެ.އިންގިރޭސި ބަހުން ފަސް އަކުރު ހިމެނޭ »އެޑުމިން«

»އެޑުމިން« މިބަސް ގިނަ ބަޔަކު ޕާސްޯވޑުގެ ޮގތުގައި އަދިވެސް ބޭނުން ކުރާ އިރު ވަރަށް ފަހަކާ ޖެހެންދެންވެސް ގިނަ ޮއފީސް ތަކުގައި އުޅޭ އައި.ޓީ އެޑުމިނިސްޓުރޭޓަރުންގެ އެންމެ އަތްމަތީ ޕާސްޯވޑަކީ އަދި މާ ފަސޭހަ

ބަހެކެވެ. އެއީ »ވެލްކަމް« ނުވަތަ »ވެލްކަމް ވަން،ޓޫ« އެވެ. މަރުހަބާ ކިއުމަށް އިންގިރޭސިންބޭނުން ކުރާ މިބަހުގެ ފަހަތަށް ހިސާބު އަކުރު ބޭނުން ކުރަން

ޖެހުނު ސަބަބަކީ ޕާސްޯވޑުގެ ރައްކާތެރިކަން އިތުރު ކުރުމަށް މައިކުޯރޮސފްޓު އެކުޓިވް ޑައިރެކުޓްރީން ކަނޑައަޅާފައިވާ މިންގަނޑެވެ.

ދިވެހިރާއްޖޭގައި ޕާސްޯވޑަކީ މާ ގިނަ ބަޔަކު އެއާއި މެދު މާޮބޑަށް ސަމާލުވާ އެއްޗެކޭ ދެންނެވޭކަށް ނެތެވެ. އޭ.ޓީ.އެމް މެސިންތަކުން ލާރި ނެގުމަށް

ޖަހާ ޕިން ނަމްބަރަކީވެސް ހަމަ ޕާސްޯވޑެވެ. އެ ނަމްބަރައާއި މެދުވެސް ގިނަ ބަޔަކު ކުޑަޮކންވެސް ވިސްނަން ފެށީ ދާދިފަހަކުންޏެވެ. ގިނަ ބައެއްގެ ކޭސްކާރޑު ތަކުގެ ޕިންނަމްބަރ ޯހޑައިގެން އެކާރކްތަކުގެ މައުލޫމާތު ނަކަލު

ކުރެވޭ ކުޑިކުޑި މެސިނުގެ އެއީގައި ފޭކު ކޭސްކާރޑު ހެދުމަށްފަހު އެތައް ލައްކަ ރުފިޔާއެއް މިކުޑަކުޑަ ދިވެހިރާއްޖޭގައިވެސް ވަނީ ވަގަށް ނަގާފައެވެ. އެހެން ކަމުން

ޕާސްވޯޑަކީ ކިހާ މުހިއްމު އެއްޗެއްކަން މިއަދު މިވަނީ ދެނެގަންނަށް މަޖުބޫރު ވެފައެވެ.

ޕާސްޯވޑުގެ ޮގތުގައި ލިޔެއުޅޭ ބަސްތަކުގެ ތެރެއިން އެންމެ ގިނަ މީހުން ބޭނުން ކުރާ ބަހަކީ ޮކބައިޯތ މިހާރު ވަނީ ބެލިފައެވެ. އެކަމަށް ރަސްމީ

”Password1“ ޭދިރާސާ އެއް ވަނީ ކުރެވިފައެވެ. އެއީ އިންގިރޭސި ބަހުން ލިޔޭވއެވެ. ކެނެޑާގެ ޮއންލައިން ނޫހެއް ކަމަށްވާ »ދަ ލިންކު ޕޭޕަރ ވެބު ސައިޓުން ކުރި ދިރާސާ އިން މިކަން ވަނީ ޔަޤީން ކުރެވިފައެވެ. ދެން އުފެދޭ ސުވާލަކީ ޕާސްޯވޑު އެކެއް އެހާ ގިނަ ބަޔަކު ދުނިޔޭގައި ބޭނުން ކުރަނީ ކީއްވެހެއްޔެވެ. ދުނިޔޭގެ ގިނަ ޓެކުޮނޮލޖީ ކުންފުނި ތަކާއި ޮއފީސް ތަކުގައި އަދިވެސް އެންމެ

ގިނަ އިން ބޭނުން ކުރަނީ މައިކުޯރޮސފްޓު ވިންޯޑސް ސަރވައެވެ. އެސަރވަރުގެ އެކުޓިވު ޔޫސަރ ޑައިރެކުޓަރީ އަކީ އޭގެ ހިތެވެ. އެ ޙިދުމަތަކީ ޮއފީހެއްގައި ނަމަ ހުރިހާ ފަރާތްތަކެއް ބޭނުންކުރާ ޮކންޕިއުޓަރުތަކަށް ޮލގިން ވުމަށް ޖަހާ ނަމާއި އަދި ޕާސްޯވޑު ރައްކާ ޮކށްދޭ ޙިދުމަތެވެ. މިބުނާ އެކުޓިވް ޔޫސަރ

ޑައިރެކުޓަރީން ކަނޑައަޅާފައިވާ އެންމެ އާދައިގެ ޕާސްޯވޑެއްގެ ސަރުތު ތަކަކީ ކެޕިޓަލް އަކުރެއް ހިމެނުމާއި މަދުވެގެން އަށްއަކުރު ހިމެނުމާއި ހިސާބު އަކުރެއް

ހިމެނުމުގެ ސަރުތެކެވެ. އެހެން ކަމުން މަތީގައިވާ އިންގިރޭސި އަކުރުން ލިޔެފައިވާ »ޕާސްޯވޑު އެކެއް« ގައި މިދެންނެވި ހުރިހާ ސަރުތެއް ހަމަވާނެވެ. ކުރިން ދެންނެވި ކަންޏެތް އައި.ޓީ ދާއިރާގައި މަސައްކަތް ކުރާ ގިނަ މީހުން މިހާރު

ބޭނުން ކުރާ ޕާސްޯވޑަކީ މަތީގައި ދެންނެވި ފަސޭހަ ޕާސްޯވޑަށް ވެގެން ދިޔައީ އެހެންވެއެވެ.

މިއަދު ދުނިޔޭގައި އެންމެ ގިނަ މީހުން ބޭނުން ކުރަނީ »ޕާސްޯވޑު އެކެއް« ކަމަށް ކުރި ދިރާސާތަކުން ދައްކަނީ ނެޓުޯވރކު އެޑުމިނިސްޓުރޭޓަރ ނުވަތަ ގިނަ ޓެކުޮނޮލޖީ ދަންނަ މީހުންގެ އަތްމަތީ ޕާސްޯވޑަކަށް ޕާސްޯވޑުވަން

ވެގެން ދިއުމުންޏެވެ. ނުވަތަ އެންމެ ގިނަ ވިޔަފާރި ތަކުގައި ބޭނުން ކުރާ ޕާސްޯވޑަކީވެސް ހަމަ »ޕާސްޯވޑު އެކެއް« އެވެ. އެއީ ހެކަރުންނާއި އެހެންވެސް

ގިނަ ބަޔަކަ ނެޓުޯވކުތަކަށް ގެއްލުންދެވޭ މައިގަނޑު ސަބަބެވެ. އެހެންކަމުން »ޕާސްޯވޑު އެކެއް« ވެގެން ޮގސްފައިވަނީ ކަންޏެތްކަމުގެ ރަމްޒަކަށެވެ.

އާދަމް ނަސީރު

Page 13: Sun Magazine 44
Page 14: Sun Magazine 44

14

ޑރ. ޖުނެއިދުގެ އިރުާޝދު

ލޭސިކް ނުވަތަ ޮލލުގެ އައިނު ނަންބަރު ކުޑަކުރުވަން ކުރާ

ސާރޖަރީ އަކީ މިޒަމާނު ގައި އެންމެ ގިނައިން އަދި އެންމެ

ކާމިޔާބު ކަމާއި އެކީ ކުރެވޭ ޮލލުގެ އެއް ޮއޕަރޭޝަނެވެ.

ނަމަވެސް މިޮއޕަރޭޝަނަކީ ދާއިމީ ބަދަލުތަކެއް ޮލަލަށް ގެނެސްދޭ

ކަމަކަށް ވުމާއި އެކު މިކަން ކުރުމުގެ ކުރީގައި ވިސްނާލަން ޖެހޭ

ބައެއް މުހިންމު ކަންތައް ތަކެއް ހުރެ އެވެ. އެންމެ މުހިންމު

އެއްކަމަކީ މިކަން ކުރަނީ މިކަމުގެ ތަޖްރިބާ ހުރި ޮޑކްޓަރެއްޯތ

ބެލުމެވެ. އަދި މިކަން ކުރެވޭ ޮހސްޕިޓަލަކީ ގިނަގިނައިން

މިޮއޕަރޭޝަން ކުރެވޭ ކަމުގެ ތަޖުރިބާކާރު ޓީމެއް ހިމެނޭ

ތަނެއްޯތ ބެލުމަކީވެސް މުހިންމުކަމެކެވެ. މީގެ އިތުރުން ފާހަގަ

ކުރަން ޖެހޭ މުހިންމު އަނެއް ކަމަކީ ވަރަށް ކުޑަ ނަންބަރެއްގެ

އައިނެއް އަޅާނަމަ މިޮއޕަރޭޝަން ނުޮކށް އައިނެއް އެޅުން

ބުއްދިވެރިވާނެކަމެވެ. ޮބޑެތި އައިނު އަޅާމީހުން ބައެއް ފަހަރު

ދެފަހަރަށް މިޮއޕަރޭޝަން ކުރަންޖެހޭ ތަން ވެސް އަތުވެދާނެއެވެ.

މިކަން ވެސް ކުރީން ޮއޅުން ފިލުވުމުން ފަހުން މިކަމާ

ކަންޮބޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. ލޭސިކް ޮއޕަރޭޝަނަކީ

ހުރިހާ މީހުންގެ ޮލލަށް ދެވޭ ފަރުވާއެއް ނޫންކަން ވެސް ހަނދާން

ކުރަންޖެހެއެވެ. ބައެއްކަހަލަ ހާލަތުތަކުގައި މިކަން ކުރުމަކީ

އެއްޮގތަކަށް ވެސް ބުއްދިވެރި ކަމެއް ނޫނެވެ. މިސާލަކަށް

ޮލލުގައި އާދަޔާ ޚިލާފަށް ކަރުނަ ހިކޭ މީހުން، ކަރުނަ ވަޅު

ނުސާފު މީހުން، ކަޅުކަޅީގައި އުފެދުމުގެ އުނިކަމެއްވާ މީހުން،

ޮލލަށް ވައިރަހެއްގެ އަސަރު ދޭތެރެ ދޭތެރެއިން ކުރާމީހުން

)މިސާލަކަށް ހަރޕީސް ނަމަކަށް ކިޔާ ވައިރަސް( މިކަން ކުރުމަކީ

އޭގެ ނަތީޖާ ނުބައި ވެދާނެ ކަމެކެވެ. ކަޅުކަޅި ވަކިވަރަކަށް ވުރެ

ތުނި މީހުންނަކީ ވެސް ލޭސިކް ސާޖަރީ ހަދައިފި ނަމަ ޮބޑެތި

މަސްއަލަ ތަކެއް ދިމާވެދާނެ މީހުންނެވެ. މީގެއިތުރުން ހަކުރު

ވަކިވަރަށް ވުރެ މަތީގައި ހުންނަ މީހުން އަދި ރާއްޖެބަލީގެ

ބައެއް ވައްތަރުގެ މީހުން ލޭސިކް ސާޖަރީ ގެ ކުރީގައި

މިބަލިތައް ވަކިމިންގަނޑެއްގެ ތެރޭގައި ނުހިފަހައްޓައިފިނަމަ

ފަހުން ވަރަށްގިނަ މަސްއަލަތައް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.

މާބަނޑު މީހުންނާއި ޅަ ދަރީންނަށް ކިރުދޭ މީހުން ރަނގަޅު ވާނީ

މިކަންތައްތައް ނިމެންދެން ލޭސިކް ނަހަދާ މަޑުޮކށްލިއްޔާއެވެ.

އަދި ހަމަ މިޔާއި އެކު ފާހަގަ ޮކށްލަން ޖެހޭ އަނެއްކަމަކީ

18 އަހަރަށް ވުރެދަށުގެ މީހުންނަށް މިކަން ނުކުރެވޭނެކަމެވެ.

އުމުރުން 21 އަހަރު ފުރޭއިރު ގިނަފަހަރަށް އައިނު ނަންބަރު

ވަކިވަރެއް ގައި ހިފެހެއްޓޭނެއެވެ. މީގެ ފަހުން މިކަން ކުރުން

"ލޭސިކް" ސާރޖަރީ ގެ ކުރިން ވިސްނަން ވީ ބައެއް ކަންތައް ތައް

ރަނގަޅު ވާނެއެވެ. ލޭސިކް އަކީ ޯލއައްސި ކުރުމަށްފަހު ކުރެވޭ ކަމަކަށް ވާތީ މިކަމުގެތެރޭގައި ކަންތަައް ކުރިއަށް ދާނެ ޮގތާއިމެދު ބައެއް ސުވާލު ޮކށްލުމަކީ ހަމަ ރަނގަޅު ކަމެކެވެ.

މިހެން ހެދުމުން ޮއޕަރޭޝަން ކުރާއިރު ހާސްވުމާއި ހިތް އަވަސްވުން ކުޑަވާނެއެވެ. ލޭސިކް ޮއޕަރޭޝަނަކީ ގިނަފަހަރަށް ވަރަށް ރަނގަޅު ނަތީޖާ ލިބޭ ކާމިޔާބު ޮއޕަރޭޝަނެކެވެ. މީގެ މައިގަނޑު ބޭނުމަކީ އައިނު ނަންބަރު ކަނޑުވާލައި އައިނު

ނާޅާ އުޅުން ކަމަށް ވާތީ ޮއޕަރޭޝަން ކުރާ ޮޑކްޓަރު އަރިހުން ޮއޕަރޭޝަނުގެ ފަހުން އައިނު ނާޅައި އުޅުމުގެ ކިހާ ގެރެންޓީއެއް ޮއތްޯތ އަހާލަން ޖެހެއެވެ. ސަތޭކަ ޕަސެންޓު ގެރެންޓީ ދީފިނަމަ

ޮޑކްޓަރ ގެ އިޙްލާސް ތެރިކަމާމެދު ސުވާލު އުފެދޭނެއެވެ. ސަބަބަކީ މިއީ ވެސް އެހެނިހެން ގިނަސާޖަރީ ތަކާ އެއްޮގތަށް ސަތޭކް ޕަސެންޓް ގެރެންޓީ އެއް ދެވޭވަރުގެ ކަމެއްނޫނެވެ.

ގިނަފަހަރަށް ޮއޕަރޭޝަން ގެ ފަހުން ވެސް ޮކންމެވެސް ވަރެއްގެ ކުޑަ އައިނު ނަންބަރެއް ޮލލުގައި ހުރެެދާނެއެވެ. އަދި އޭނާ އަށް ފެންނާނީ ޮއޕަރޭޝަން ގެ ކުރީގައި އައިނު އެޅުމުން ހަމަ ފެންނަ ވަރަށެވެ. ސާޖަރީގެ ފަހުން އޭނާއަށް ފެންނަވަރު ކުރިއަށް ވުރެ

ކުޑަވެއްޖެނަމަ މިވާހަކަ ޮޑކްޓަރު ކައިރީގައި ކިޔައިދީ ދެން ހަދާނެ ޮގތެއް އަވަހަށް ޮއޅުން ފިލުވަން ޖެހޭނެއެވެ. ލޭސިކް

ސާޖަރީ އަކީ މައިގަނޑު ޮގތަކަށް ދުރު ނުސާފުވުން ކުޑަކުރުމަށް ކުރެވޭ ކަމެކެވެ. މިހެން ވުމާއި އެކު އުމުރު ފަހަތަށް ދިއުމުން ޮފތްކިޔާ އައިނެއް އެޅުމަކީ ކުރަން ޖެހިދާނެ ކަމެއް ކަންވެސް

ހަނދާން ކުރަން ޖެހެއެވެ. ޮއޕަރޭޝަނަށް ފަހު ވަކިޮގތަކަށް ވަކި ދުވަސްވަރެއް ވާންދެން ޮލލަށް ބޭސް އެޅުމަކީ މިކަން ކާމިޔާބު ކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއްކަންތަކެވެ. ވުމާއިއެކު ޮޑކްޓަރު ގެ އިރުޝާދުގެ މަތީން މިކަން ފަރުވާބަހައްޓައިގެން

ވަކި މުއްދަތެއް ވާންދެން ކުރިއަށް ގެންދަން ޖެހޭނެެއެވެ. އަދި ޮއޕަރޭޝަނަށް ފަހު ހިރަފުހުގެ މާހައުލެއްގައި ދުވަސް ޮކޅެއްވާންދެން ނުއުޅުމާއި ޮލލަށް އަނިޔާއެއް ވެދާނެ ކަހަލަ ކުޅިވަރުތައް ނުކުޅެ ދުވަސް ޮކޅަކު މަޑުޮކށްލަން ޖެހެއެވެ.

މިހެން ނަހަދައިފިނަމަ ފަހަރުގައި ޮލލަށް ޮބޑު ގެއްލުމެއް ލިބިދާ ނެއެވެ. ލޭސިކް ސާޖަރީ އަކީ ފުރިހަމަ މައުލޫމާތު ލިބިގެން ރަނގަޅު ތަޖްރިބާކާރު ޮޑކްޓަރެއް ގެ ބެލުމުގެ ދަށުން ކުރާ ކަމެއްނަމަ ޮއޕަރޭޝަން ކުރުމަށް ފަހުން އެތައް އަހަރު ތަކެއް ވަންދެން

އައިނުގެ ބޭނުން ކުރާކަށް ނުޖެހޭނެއެވެ.

Page 15: Sun Magazine 44

15

Page 16: Sun Magazine 44

16

ގައިންގަޔަށް ނާރާ އެކިއެކިބަލިބަލި ޖެހުމާއި، ތިމާގެ ކޭންބުއިމުގެ އާދަތައް ބެހެއްޓޭ ޮގތާއި ހުރި ގުޅުމަކީ ޮކބައިޯތ އެއީ މިހާރަކަށް އައިސް ވަރަށް

ގިނައިން ކުރިމަތިކުރެވޭ ސުވާލެކެވެ. ތިމާއަށް ދިގުލާ ބައްޔެއް ޖެހިއްޖެނަމަ، ތިމާގެ ކެއިން ބުއިމަށް ބަދަލުތަކެއް ގެނައުމަށް ގިނަފަހަރަށް ޮޑކުޓަރު ނަސޭހަތް

ދެނެއް އަހަރެން ޑރ. އިބްރާހީމް ޔާސިރު އަހުމަދު

ޑްރިންކްސް ތަކަކީ ޚާއްޞަޮކށް ކުޑަކުދިންނަށް އޭގެ ނުރައްކާތެރިކަން ޮބޑު އެއްޗެއްކަން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ވަނީ ހާމަޮކށްފައެވެ. ތައްޔާރީ

ގިނަ ކާނާއަކީ އޭގައި ގިނަ ޮލނު، ތެޮޔ އަދި ހަކުރުހިމެނޭކާނާ ކަމުން މި ތަކެތީގެސަބަބުން އާއިލާގެ ހުރިހާ މެންބަރުންނަށް މަޑުމަޑުން ކުރަމުން ދިޔަ

ލޮނުލައިގެން ބަތެއް ނުާކނަން

ދެއެވެ. ކެއުމުގައި ބޭނުން ކުރުން ރަނގަޅު އެއްޗެއްސާއި ރަނގަޅު ނޫން އެއްޗެތި ޯހދާ އޮޅުންފިލުވައިގެން އެތަކެތި ބޭނުން ކުރަން ފަށައެވެ. ތިމާއަށް އެންމެ މީރު ކެއިން ބުއިމުގެ ތެރޭގައި ހިމެނޭ އައިސް ކުރީމާއި، ޯކލާ އާއި، ތެލުލި ކުކުޅު ނުކެވޭ އެއްޗެތީގެ ލިސްޓު ތެރެއަށް ވަދެގެން ދެއެވެ. އެހެންޏާ ނުކައި އުޅޭ ޒާތްޒާތުގެ ތަކެތި ކެއުމަށް މަޖުބޫރު ވެއެވެ. ސަރުބީ މަދު ކިރާއި، ޯރމޭވާ އާއި ތަރުކާރީ، ފަތާއި ޮގވާމުގެ ބާވަތްތަށް، ތިމާގެ ކެއުމުގެ މެނޫ ގައި ހިމަނަން ޖެހެއެވެ. ހެޮޔވަރު ރަހައެއް ލާވަރަށް ހަކުރު ޮކޅެއް، ނޫނީ ޮލނު ޮކޅެއް އަޅަން

ބިރުގަންނަވަރު ވެއެވެ. ތެލުލި އެއްޗެއް ކެވޭވަރެއް ނުވެއެވެ. އިހުޒަމާނުގައި ކަމެއް ވާނެކަމުގެ ޔަޤީންކަން ޮއތުމުން އެކަމެއް ނުވާނަމަ ޮލނު ލައިގެން ބަތެއް ނުކާނަމޭ

ބުނެއުޅުނު ނަމަވެސް، މިޒަމާނުގައި ޮލނު ނުލައި ބަތް ކާނެކަމަށް ވަޢުދުވާ ކިތަންމެ ބަލިމީހަކު އެބައުޅެއެވެ.

އިހުޒަމާނުގައި ރާއްޖޭގެ ކެއިންބުއިމުގެ އާދަތަކުގައި ހުރި ރަނގަޅު ސިފަތައް ބަދަލުވާން ފެށީ އަށްޑިހައިގެ އަހަރުތަކުގައި ދުނިޔޭގެ ދަނޑުވެރިކަމުގެ

ބާޒާރު ގައި މާރުކޭޓަށް ނެރެންފެށި ދަޅުގައި ބަންދުކުރި ތައްޔާރީ މޭވާއާއި ތަރުކާރީ ގެ ބާވަތްތައް ރާއްޖޭގެ މާރުކޭޓުން ފަސޭހައިން ލިބެން ފެށި ހިސާބުން ފެށިގެންނެވެ. މިއާއި އަދި އެހެނިހެން ތައްޔާރީ ކާނާ ރާއްޖެއިން ލިބެން ފެށުންވީ

އިހުގައި ކެވުނު މީރު ތަކެތި ނުބައިވެ، އައު ރަހަތަކަށް ދިވެހިދޫތަށް ހޭނެން ފެށުމެވެ. ފަސޭހަ ޮގތް ފަސޭހަވެ، ކައްކަން ފަސޭހަ ކާނާތައް ބަދިގެ ތައް

ފަޅުފިލުވަން ފެށިއެވެ. އެދަޅުތަކުގައިވާ، ތެލާއި، ހަކުރު އަދި ޮލނަކީ އޭގެސަބަބުން ކުރިމަގުގައި ތިމާއާއި ތިމާގެ ދަރިން އެތައް ބަލިތަކަކަށް ހުށަހެޅޭ ތަކެތިކަން އޭރު ވިސްނައިދޭނެ ފަރާތެއް ނެތެވެ. ހިތާމަޔަކީ އަވަސް ކުރިމަގެއްގައި ވެސް މިނުރައްކާތެރި އާދަތަކުން އަވަހަކަށް ސަލާމަތްވެވޭކަށް ނެތެވެ. ރެސްޯޓރަންޓް

ތަކާއި ކެފޭތަކުންނާއި ޮހޓާތަކުން ތައްޔާރީ ކާނާތައް ގަނެގެން ކެއުމުގެ ޮއއިވަރެއް މިވަނީ އަށަގެންފައެވެ. ރާއްޖޭގެ ތަރައްޤީގެ ނަމުގައި އެކިއެކި ފާސްޓް ފުޑް އައުޓްލެޓް ތައް މިދަނީ ތައާރަފު ކުރެވެމުންނެވެ. ތައްޔާރީ ކާނާއާއި އެކު ހިލޭލިބޭބުއިންތަކުން ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ ގިނަ ހަކުރު ދަނީ ހަދިޔާކުރަމުންނެވެ. މިފަދަ ބުއިންތަކާއި ވަގުތުން ހަކަތަލިބިދޭ އެނަރޖީ

ނޭދެވޭ އަސަރު އެނގިގެން ދަނީ ޮޑކްޓަރަށް ދެއްކުމާއެކު ލޭމަތިކަން ބުނާހިސާބުން ފެށިގެންނެވެ. ހެދި ލޭގެ ޓެސްޓުގެ ނަތީޖާ ގައި ސަރުބީގެ ބާވަތްތައް މާމަތި

ވެފައި ހުރި ހިސާބުން ފެށިގެންނެވެ. ކައްޓާއިން ކިރާލިއިރު ތިރީސް ކިޯލ ލުއި ކުރަން ޖެހިއްޖެ ކަން އެނގޭހިސާބުން ފެށިގެންނެވެ. ލޭގައި ހަކުރު މަތިވާން ފަށައިފިކަން އެނގޭ ހިސާބުން ފެށިގެންނެވެ. ކަށި ފީވެގެން އަތެއް ފަޔެއް

ބިންދައިގެން ދާ ހިސާބުން ފެށިގެންނެވެ. ކެއުމުގެ އާދަތަކާއި އުޅުމުގެ އާދަތައް ބަދަލުކުރަން ޖެހިއްޖެކަމަށް ޮޑކްޓަރު ލަފާ ދޭހިސާބުން ފެށިގެންނެވެ.

ގައިން ގަޔަށް ނާރާ ބަލިބައްޔަކީ ކުއްލިއަކަށް ޖެހޭ ބަލިބައްޔެއް ނޫނެވެ. ބަލި ޖެހިއްޖެކަމުގެ ޚަބަރު ލިބެނީ ކުއްލި ޚަބަރެއްގެ ޮގތުގައި ކަމުގައި ވިޔަސް ބަލިޖެހެން އެތަކެއް ދުވަސް ނަގައެވެ. އަދި ބަލިން ރައްކާތެރި ވުމަށް ޓަކައި ބަލިޖެހުމުގެކުރިން ވަރަށް ގިނަ ފުރުސަތު ތަކެއްވެސް ލިބޭ ކަން އަދި

އެފުރުސަތުތަކުގެ ބޭނުންނުހިފިދިޔަކަން ގިނަ ބަޔަކަށް އެނގެނީ ބަލި ޖެހޭ ފަހުންނެވެ. ޢާއިލާގެ އެތައް ބަޔަކަށް ފުލުފުލުގައި ބަލިޖެހެމުން ދިޔުމުގައި

ޢާއިލާގެ މެންބަރުންގެ ކޭންބުއިމުގެ އާދަތައް ވަރަށް ޮބޑު ދަޢުރެއް އަދާކުރާކަން ގިނަބަޔަކަށް ޤަބޫލުކުރަން ދައްޗެވެ. ކެއުމުގެ ރަނގަޅު އާދަތަކަށް ރުޖޫއަވަނީ ގިނަފަހަރު ހަމައެކަނި ބަލިވުމުން ޢާއިލާގެ ބަލިވާ ފަރާތް އެކަންޏެވެ. ޢާއިލާގެ

އެހެން މެންބަރުން ބަލި ނުޖެހުނުކަމަށް ޝުކުރުޮކށް ދުލަށް މީރުހާ ކާނާތައް ކޭން ކެއުމުގައި ދެމިތިބެއެވެ. ބަލިވި ފަރާތް ޖެހެނީ ހަކުރާއި، ޮލނާއި ތެލުގެ މީރުކަމުން

އެކަހެރިވެ ރަހަ ނުބައި ތަކެތި ކެއުމުގައި މުޅި ޢުމުރު ހޭދަ ކުރާށެވެ. އަޅުގަނޑުމެންގެ ކޭންބުއިމަށް ފަހަކަށް އައިސް ގެނެވުނު ނުރަނގަޅު ބަދަލުތަކަކީ ޮކބައި ބާވައެވެ؟ ކޭންބުއިމަށް ރަނގަޅު ބަދަލުތަކެއް ގެނެސްގެން އަދިވެސް އަޅުގަނޑުމެންނަށް ޢާއިލާގެ ބަލިނުޖެހި ތިބި މެންބަރުން ސަލާމަތް ކުރެވިދާނެ ބާވައެވެ؟ ގައިން ގަޔަށް ނާރާ ބަލިބަލިން ރައްކާތެރިވުމަށްޓަކައި

ކެއުމަށް އެންމެ ރަނގަޅު ޞިއްޙަތަށް ފައިދާވާ ކާނާއަކީ ޮކބައިބާވައެވެ؟ މިއީ ހައްތަހާ ކުރެވޭ ސުވާލުތަކެވެ. މި ސުވާލުތަކަށް ކުރުޮގތަކަށް ޖަވާބު ދެވޭޯތ

އަޅުގަނޑު ބަލައިލާނަމެވެ.އަޅުގަނޑުމެންގެ ކޭންބުއިމަށް ފަހަކަށް އައިސް ގެނެވުނު އެންމެ

Page 17: Sun Magazine 44

17

ނުރަނގަޅު ބަދަލުތަކަކީ ސެޗުރޭޓެޑް ސަރުބީ އަދި ހަކުރު ގިނަ ކާނާތައް ބޭނުންކުރަން ފެށުމެވެ. ޒަމާނުއްސުރެ ދިވެހީންނަކީ ޮލނުގިނަ ކެއުމުގެއާދަތަކެއް

އަށަގެންފައިވާ ބަޔެކެވެ. ޮލނުނުލައި ބަތް ނުކާނެކަމަށް ޮގންޖަހަން ޖެހުނު އެންމެ ޮބޑުސަބަބަކީ އެއީކަމުގައި ވެސް ވެދާނެ އެވެ. ޒަމާނުއްސުރެ ލޭމައްޗަށް ދިޔުމާއި،

އެއްފަޅި ވާގިނެތުމުގެ ބައްޔަކީ ދިވެހިންނަށް އައުބައްޔެއް ނޫނެވެ. ސަރުބީ އަދި ހަކުރުގިނަ ކާނާތައް ދިވެހިންގެ ތެރެއަށް ތަޢާރަފުވީ ދާދި ފަހަކުންނެވެ.

ނަތީޖާއަކަށްވީ ލޭމައްޗަށް ދިޔުމުގެ އިތުރުން، ހަށިގަނޑު ފަލަވުން އިތުރުވުމެވެ. ހަކުރުބައްޔާއި ޮކލެސްޓްޯރލް މަތިވެފައިވާ ޢާއިލާ ތައް ދިވެހިންގެ

ތެރޭގައި ގިނަވުމެވެ. އެހެންކަމުން އަޅުގަނޑުމެންނަށް ބަލިނުޖެހި ތިބި ޢާއިލާގެ މެންބަރުން ސަލާމަތް ކުރެވިދާނެ އެންމެ ފަސޭހަ ޮގތަކީ ހަކުރު، ޮލނު އަދި ތެޮޔ މަދު ކާނާއިން މޭޒުޮދށް ފަޅުފިލުވަމުން ގެންދިޔުމެވެ. ތިމާގެދަރިން ކުޑައިރުއްސުރެ ފަލަވިޔަ ނުދީ ވޭޯތ ބެލުމެވެ. ހަށިގަނޑު ބުރަ އަދި ބަރު ފަރާތްތައް ލުއިކުރުމުގެ

މަސައްކަތް ކުރަން ފެށުމެވެ. މިޮގތުން އެޅޭނެ އެންމެ މުޙިއްމު ފިޔަވަޅަކީ ހަކުރުން ޮފނިޮކށްފައިވާ ތަކެތިން ދުރުހެލިވުމާއި އެކު ޤަވާއިދުން ކަސްރަތެއް

ކުރަންފެށުމެވެ. ހަށިގަނޑު ލުއިވުމުން އެޮގތުގައި ދެމިހުރުމަށް ގަދައަޅާ މަސައްކަތް ކުރުމެވެ.

ގައިން ގަޔަށް ނާރާ ބަލިބަލިން ރައްކާތެރިވުމަށްޓަކައި ބޭނުންކުރުމަށް އެންމެ ރަނގަޅު ޞިއްޙަތަށް ފައިދާވާ ކާނާއަކީ އެކާނާއެއް ގައި ތިރީގައިމިވާ

ބައިތައް ހަމަވާ ކާނާ އެވެ.

1. 15-30 އިންސައްތަ ޖުމްލަހަކަތަ ސަރުބީ ހިމެނޭ ކާނާ. މީގެތެރެއިން

ސެޗުރޭޓަޑް ސަރުބީ 10 އިންސައްތައަށް ވުރެ މަދުވުމާއި ޓްރާންސް ފެޓް އެކެއް އިންސައްތަ އަށް ވުރެ މަދުވުން.

2. 55-75 އިންސައްތަ ޖުމްލަ ހަކަތަ ކާޯބހައިޑްރޭޓް ގެބާވަތް ތަކުން ލިބޭކާނާ. މީގެ ތެރެއިން ހަކުރު އަޅާފައިވާ ބާވަތްތައް 10 އިންސައްތަ އަށްވުރެ މަދުކުރުން.3. 10-15 އިންސައްތަ ޖުމްލަ ހަކަތަ ޕްޮރޓީން ގެ ބާވަތްތައް. މީގެތެރޭގައި

ގިނަކުރުން ރަނގަޅީ ގަސްގަހުން ލިބޭ ޕްޮރޓީންގެ ބާވަތްތައް.4. ޮލނު:- ކާނާގައި ދުވާލަކު ފަސް ގްރާމަށް ވުރެމަދުން

5. ޯރމޭވާ އާއި ތަރުކާރީ:- ދުވާލަކު 400 ގްރާމަށް ވުރެ ގިނައިން.އެހެންޮގތަކަށް ދަންނަވަނީނަމަ ޞިއްޙަތަށް ރަނގަޅު ކާނާ އަކީ އެކާނާ އެއްގައި ގިނަ ޢަދަދަކަށް ޮގވާމުގެބާވަތާއި، މޭވާ އާއި ތަރުކާރީ އަދި މުގުގެ ބާވަތްތައް ހިމެނޭ ކާނާ އެވެ. އެއްގަމު މަހުގެ ބާވަތްތައް މަދު ކާނާއެވެ. ސަރުބީމަދު

ކިރުގެ ބާވަތްތަކާއި ހަކުރު ނާޅައި ހަދާފައި ހުންނަ ޖޫހާއި އެހެނިހެން ބުއިމުގެބާވަތްތަކެވެ. މިފަދަކާނާ ގައި ފައިބަރު ގެބާވަތްތައް ގިނަވުމުގެއިތުރުން،

ބޭނުންވާ ވިޓަމިނާއި ދަގަނޑުގެބާވަތްތަށް ފުރިހަމަވެ، ސަރުބީ މަދުވެ އަދި ހަކުރާއި ޮލނުގެ ބާވަތްތައް މަދުވުމުން ހުރިހާ ފައިދާތަކެއް ލިބިދެއެވެ. މިފަދަ

ކާނާ ބޭނުންކުރުމުން ހަޖަމު ރަނގަޅުވެ ހަށިގަނޑު ފަލަވިޔަ ނުދީ ހިފެހެއްޓުމުގެ ނަތީޖާ އަކީ ގައިންގަޔަށް ނާރާ ބަލިބަލިން ރައްކާތެރިކަން ލިބުމެވެ. ދުޅަހެޮޔ

ޞިއްޙަތެއްގައި ޢާއިލާ ބަހައްޓަން ބޭނުން ފުޅު ނަމަ މިފަދަ ސިއްޙަތަށް ރަނގަޅު ކާނާތައް ދާއިމީ ޮގތެއްގައި ބޭނުން ކުރަމުން ގެންދިޔުމަކީ މުޙިއްމު ކަމެކެވެ.

ބަލިވުމުގެކުރިން ދުރާލާ މަސައްކަތް ތަކެއް ކުރެވިއްޖެނަމަ ބަލިވުމުން ޢާއިލާ އަށް ލިބޭ އެތައް ގިނަ ވޭނާއި ކެކުޅުން ތަކަކުން ސަލާމަތް ވެވިދާނެއެވެ.

Page 18: Sun Magazine 44

18

ހެޔޮވެރިކަާމއި ާބީޣންާނއި ބަޠަލުން7 ފެބުރުވަރީ 2012 ވީ ބުދަ ދުވަހުގެ ކުރީން، ރައީސް ޮއފީސް

ކައިރީން ސައިކަލުގައި ދުއްވާލާ މީހަކަށް މަދު ފަހަރަކު ނޫނީ ފެންނާނީ، އެ ޮއފީހަށް

ރީނދޫ ކުލައިގެ ޓައީ އަޅާފައި ތިބޭ މީހުން ވަދެނިކުމެވާ މަންޒަރެވެ. ރީނދޫ ޓައީ

އަޅައިގެން ތިބޭ މީހުން އެ ޮއފީހުގެ ވަށައިގެން ޮއންނަ މަގުތަކުގައި އެކި ޮކޅުޮކޅަށް

ހެލިފެލިވާ މަންޒަރެވެ. އެ މަންޒަރު ފެނުމުން އަޅުގަނޑުގެ ހިތަށް އަރައެވެ. ވަކި

ޕާޓީއަކަށް ވެރިކަން ލިބުމާއެކު، ޤައުމުގެ ރިއާސީ ގަނޑުވަރާއި ރައްޔިތުންގެ މަޖިލިސް

ފަދަ ތަންތަނުން ފެންނަން ޖެހޭނީ އެ ޕާޓީއެއްގެ ކުލަ ބާވައެވެ!

އަޅުގަނޑު ހިތުން ކަން ޮއންނަން ޖެހޭނީ އެޮގތަކަށެއް ނޫނެވެ. ޮކންމެ

ޕާޓީއެއްގެ ބޭފުޅަކު ރައީސްކަމުގައި ހުންނެވިޔަސް، ޮކންމެ ޕާޓީއަކަށް ރައްޔިތުންގެ

މަޖިލީހުގައި އަޣުލަބިއްޔަތު ޮއތަސް، އެ މުއައްސަސާތައް ހިނގާ ޢިމާރާތްތަކުގެ

ސަރަޙައްދުން ފެންނާން ޖެހޭނީ އެތަންތަނަކީ ހުރިހާ ރައްޔިތުންގެ ކުލައެވެ. ދިވެހި

ޤައުމީ ކުލައެވެ. ފެއްސާއި ރަތާއި ހުދެވެ. ޕާޓީގެ ކުލަ ފެންނާން ޖެހޭނީ ޕާޓީގެ

ޮއފީހުންނެވެ.

ދެން ހަނދާނަށް އަންނަނީ ތަންޮކޅެއް ކުރީން، އެއިރުގެ ރައީސް

އަލްފާޟިލް މުޙައްމަދު ނަޝީދު ވިދާޅުވި ބަސްފުޅުތަކެކެވެ. އެމަނިކުފާނު

ވިދާޅުވިޮގތުގައި، އެމަނިކުފާނުގެ ޕާޓީގެ މެންބަރަކު ފިޔަވައި އެހެން މެންބަރަކު

އެމަނިކުފާނުގެ އަރިއަހަށް މުހުތާދަކައިގެން ޮގސް އުނދަގޫ ކުރުމުން އެމީހަކަށް

ފެންނާނީ އެމަނިކުފާނުގެ “ނުލަފާ” ކަމެވެ. 11 ޮނވެންބަރު 2008 އިން، 7

ފެބުރުވަރީ 2012 އަށް އަލްފާޟިލް މުޙައްމަދު ނަޝީދު ދިވެހިރާއްޖޭގެ ރައީސްކަމުގައި

ހުންނެވި 1183 ދުވަހު، ރައީސް ޮއފީސް ކައިރިން އެމްޑީޕީގެ ރީނދޫކުލައިގެ

އަސަރުތައް އަބަދުހެން ފެނިފެނި ހުރުމަކީ އެމަނިކުފާނު އެ ވިދާޅުވި ބަސްފުޅުގެ

ތެދުކަން ދައްކައިދޭ އެއް މިސާލު ކަމަށް ވެސް ބުނެވިދާނެއެވެ.

ވެރިކަން ވެއްޓުނީ ކީއްވެ؟

މި ދެންނެވީ އަލްފާޟިލް މުޙައްމަދު ނަޝީދުގެ ވެރިކަން ނާކާމިޔާބު ވުމުގެ އެންމެ ޮބޑު އެއް ސަބަބުގެ ވާހަކައެވެ. ނަޝީދަކަށް މުޅި ދިވެހިރާއްޖޭގެ

ރައްޔިތުންގެ ރައީސަކަށް ވެވަޑައެއްނުގެންނެވުނެވެ. ނަޝީދަށް ބެއްލެވުނީ، ނުވަތަ ނަޝީދު ބެއްލެވީ އަމިއްލަފުޅު ޕާޓީގެ މެންބަރުންނަށް ހުރިހާ ކަމެއްގައި ވެސް އިސްކަން ދެއްވުމަށެވެ. އެޮގތުން ނަޝީދު ދެއްކެވި ނަމޫނާގެ ހިޔަނި، އެމަނިކުފާނުގެ ޯމލްޑިވިއަން ޑިޮމކްރެޓިކް ޕާޓީގެ އެހެން ބޭފުޅުންގެ ކިބައިން ރީތިޮކށް ދިޔައީ ފާޅުވަމުންނެވެ. ސަރުކާރުން ރައްޔިތުންނަށް ޓަކައި ބިނާކުރާ ފްލެޓުތަކުގެ ތެރެއިން އެމްޑީޕީގެ މެންބަރުން ނަގައިފައި ބާކީ ހުރި އެއްޗެއް

ނޫނީ އެހެން ރައްޔިތަކަށް ނުލިބޭނެ ކަމަށް އެމްޑީޕީގެ ޕާރލަމެންޓޭރިއަނަކު، ޕާޓީގެ ހަރުގޭގައި ވާހަކަ ދައްކަވަމުން ވިދާޅުވި ވިދާޅުވުމަކީ މި ދެންނެވި ބަހުގެ

ހެއްކެކެވެ. ނަޝީދުގެ ޕާޓީގެ މެންބަރުންނަށް ޤާނޫނާއި ޤަވާޢިދާއި ޑިޮމކްރަޓިކް ހަމަތަކާއި އުޞޫލުތަކުގެ ބޭރުން ޯހދައިދެވުނު ފައިދާތަކުގެ ވާހަކަތަކަކީ ދިގު ވާހަކައެކެވެ. ޕާޓީގެ އެކްޓިވިސްޓުންނަށް، ޢިލްމީ ޤާބިލުކަމާއި މަސައްކަތުގެ

ތަޖުރިބާއާއި އަޚްލާޤީ ފެންވަރަށް އެއްވެސް ރިޢާޔަތެއް ނުޮކށް ދެއްވި ސިޔާސީ މަޤާމުތަކުގެ ވާހަކައާއި، ޕާޓީގެ އެކްޓިވިސްޓުންނަށް ޤާނޫނުތަކާ ޚިލާފަށް އެތައް

ސަތޭކަ ރަށެއް ދެއްވި ވާހަކަ ފަދަ އެތައް ވާހަކައެކެވެ.ރައްޔިތުންނާ މުޢާމަލާތު ކުރެއްވުމުގައި ތެދުވެރިކަމެއް ނެތުމަކީ ވެސް ނަޝީދުގެ ކިބައިން އަޅުގަނޑުމެންނަށް ފެނުނު ޮބޑު އުނިކަމެކެވެ. ތެދުވެރިކަމެއް ނެތް މީހަކަށް ރައްޔިތުންނަށް އިތުބާރެއް ނުކުރެވޭނެއެވެ. ދައުރުގެ މެދުތެރެއިން

އިންތިޚާބެއް ބާއްވާނަމޭ ވިދާޅުވެ ކުރެއްވި ވަޢުދާ ޚިލާފުވެވަޑައިގަތުމަށްފަހު ވެސް ނަޝީދު ވަނީ ރައްޔިތުންނަށް ޖެއްސުން ކުރައްވަނީއޭ ބުނެވޭ ދަރަޖައަށް ތަފާތު ވާހަކަތައް ވިދާޅުވެފައެވެ. އެއްފަހަރު ވިދާޅުވީ ތިމަންނާ އެފަދަ ވަޢުދެއް ނުކުރައްވަމޭ އެވެ. އަނެއްފަހަރު ވިދާޅުވީ އެއީ ފަލްސަފާއެއް ކަމަށެވެ. އަނެއް ފަހަރު ވިދާޅުވީ އެއީ ޑރ. ޙަސަން ސަޢީދު އުނދަގޫ ކުރެއްވުމުން ވިދާޅުވި އެއްޗެއް ކަމަށެވެ. ދެން ވިދާޅުވީ އެއިރު ވެވަޑައިގެންނެވި ވަޢުދަކީ ޯލކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވަޢުދު ކަމަށެވެ. އެންމެފަހުން، ވެރިކަން ދޫޮކށްލެއްވުމަށްފަހު ވިދާޅުވީ އެއްކަލަ ވަޢުދަކީ މި ދުވަސް އަންނާނެކަން

އެނގިވަޑައިގަންނަވާތީ، މި ދުވަސް އައުމުން ވަގުތުން ރިއާސީ އިންތިޚާބެއް ބާއްވަން ޖެހޭނެތީ، އެ އިންތިޚާބުގެ ވާހަކަ ކަމަށެވެ.

ދިވެހިރާއްޖޭގެ ގިނަ ރައްޔިތުންތަކެއް ރައީސް ނަޝީދާ ދެޮކޅަށް ތެދުވާން ޖެހުނު މައިގަނޑު ސަބަބަކީ އިސްލާމް ދީނާ ދެޮކޅަށް ނަޝީދުގެ

ސަރުކާރުން ގެންގުޅުނު އަތްނުލައި އައްޮދ ކިޔުއްވުމުގެ ސިޔާސަތެވެ. ނަޝީދުގެ އަރިސް ބޭފުޅުންނާއި، އޭނާގެ ސަޯޕޓަރުން މިހާރުވެސް ޤަބޫލުނުކުރާ، އެކަމަކު ޯލ ހުޅުވައިގެން ހުރި ޮކންމެ މީހަކަށް ވެސް ފެންނާން

އަލްއުސްތާޛު އަޙްމަދު މާޖިދު

Page 19: Sun Magazine 44

19

ޖެހޭ ވަރަށް ކަޝްފުވެފައި ޮއތް ޙަޤީޤަތަކީ، ނަޝީދުގެ ސަރުކާރުން އިސްލާމް ދީނާ މެދު ޢަމަލުކުރީ ވަރަށް ވެސް އިހާނެތިޮކށް ކަމެވެ. އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކުގެ ތެރެއިން، ރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގައި ޮއތް ޙުކުމްތައް އެއިން ނަގަން ނަޝީދު ވަކާލާތު ކުރެއްވިއެވެ. އިސްލާމީ ޝަރީޢަތަކީ މި ޒަމާނަށް ނުފެތޭ އެއްޗެއް ކަމަށް ދޭހަވާ ޮގތަށް ނަޝީދު ވާހަކަފުޅު ދެއްކެވިއެވެ. ހަމަ އެ މޭރުމުން ނަޝީދުގެ ޕާޓީގެ ޕާރލަމެންޓޭރިއަނުން ރައްޔިތުންގެ މަޖިލީހުގައި

ވާހަކަ ދެއްކެވިއެވެ. ޚުދު ނަޝީދު، ކީރިތި މާތް ރަސޫލުهللا ގެފާނުގެ އަބުރުފުޅަށް އަރައިގަތުން ކަމަށް ނުހަނު ސާފުޮކށް ބެލެވޭ ފަދަ ޢިބާރާތްތަކުން ވާހަކަފުޅު ދެއްކެވިއެވެ. ދިވެހި މުސްލިމުންގެ ބިމުގައި، ޣައިރު މުސްލިމުން އަޅުކަން

ކުރާ ޠާޣޫތުތައް ބަހައްޓައިފައި، އެހެރީ ބަހައްޓާފައޭ، އަދިވެސް ބަހައްޓާނަމޭ، އެއްކަމެއްވެސް ނުކުރެވޭނެޔޭ، ބުނެ ތަޙައްދީ ކުރެއްވިއެވެ. ދީނީ އަޅުކަމެއް ކަމަށްވާ ނަމާދުގެ ޙަރަކާތްތަކަށް ހަޖޫ ޖެއްސެވިއެވެ. ނަޝީދުގެ ސަރުކާރުގެ

ފުރިހަމަ ބައިވެރިވުމާއެކު، ރާއްޖެއިން ބޭރުން މީހަކު ގެންނަވައި، އޭނާގެ ދުލުގެ ބޭނުން ކުރައްވައިގެން އިސްލާމީ ޝަރީޢަތަށް އެންމެ ހުތުރު، އެންމެ ނިކަމެތި ޮގތުގައި މަލާމާތް ކުރެއްވިއެވެ. އެންމެ ފަހުން، ތިމާމެންގެ ޮގތާ ޚިލާފަށް هللا

ސުބުޙާނަހޫ ވަތަޢާލާ ވަޙީ ބާވައިލެއްވިޔަސް، އެ ވަޙީއަށް ވެސް ފުރަގަސް ދޭނެ ކަމަށް މާނަ ދޭހަވާ ޮގތަށް ވާހަކަ ދެއްކި އެވެ.

އިސްލާމް ދީނާ ދެޮކޅަށް ނަޝީދުގެ ސަރުކާރުން ގެންގުޅުނު ރުޅިވެރިކަމާއި ނަފްރަތުގެ ސިޔާސަތުގެ ނަތީޖާއެއްގެ ޮގތުން ޤައުމު ކެކިއަރަން ފެށުމަށްފަހު، ނަޝީދު ހެއްދެވި އެންމެ ޮބޑު ޯގހަކީ، ޤާނޫނާއި ޤާނޫނުގެ ޙުކުމަށް އޭނާގެ ސަރުކާރުން ފެށުނީއްސުރެ ގެންގުޅުނު ބޭއިޙުތިރާމުގެ ސަގާފަތް މުޅީން

އައު ފައްތަރަކަށް ގެންނެވުމެވެ. ޤާނޫނާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިޮކށް ހިތުމަކީ އެއް އިރެއްގައިވެސް

ނަޝީދުގެ ސަރުކާރަކަށް މާކަ މުހިއްމު ކަމެއް ނޫނެވެ. އެކަން ނަޝީދުގެ ސަރުކާރު ދެމިޮއތް 1183 ދުވަހުގެ ތެރޭގައި ވަނީ ރީތިޮކށް ފެނިގެން ޮގސްފައެވެ.

ސުޕްރީމް ޯކޓުގެ ތަޅު އެޅުވި ދުވަހުއެވެ. ޯކޓަށް ޙާޟިރުވުމުގެ އަމުރުތައް ބޮލާލައި ޖެހުމުގެ އާދައެއް ސަރުކާރުގެ އިސްވެރީން އުފެއްދެވި އުފެއްދެވުމުންނެވެ.

ޤާނޫނާއި ކޯޓުގެ އަމުރާ ޚިލާފަށް ސަރުކާރުގެ މީޑިއާ ހިންގެވި ހިންގެވުމުންނެވެ. އެންމެފަހުން، ދިވެހިރާއްޖޭގެ ފަނޑިޔާރަކު، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ އިތުރުން ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާ ބެހޭ އެންމެހައި

ހަމަތަކާ ވެސް މުޅީން ޚިލާފަށް “ވަގަށް ނެންގެވި” ދުވަހަކީ ނަޝީދުގެ ސަރުކާރުން ގެންގުޅުނު ޤާނޫނުގެ ޙުކުމް ފުނޑުފުނޑުޮކށްލުމުގެ ސަގާފަތު ޮދން ވެ

ފައްކާ ވީ ދުވަހެވެ. ނަޝީދުގެ ވެރިކަމުގެ ނިމުން ފެށުނީ މި ދެންނެވި ޮގތުގެ މަތީން ކްރިމިނަލް

ޯކޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުهللا މުޙައްމަދު ހައްޔަރު ކުރެވުނު ދުވަހު ކަމަށް ބެލެވިދާނެއެވެ. ނުވަތަ އެ ދުވަހަކީ 23 ޑިސެންބަރުގެ ޮބޑު މުޒާހަރާގެ

ދުވަސް ކަމަށް ވެސް ބުނެވިދާނެއެވެ.

ބާޣީންނާއި ބަޠަލުން

އަނިޔާވެރި، ޮދގުވެރި، ޢަދުލުވެރިކަމެއް ނެތް، ލާދީނީ ވެރިކަންތަކާ ދެޮކޅަށް ތެދުވުމުގެ ޙައްޤަކީ ޮކންމެ ރައްޔިތަކަށް ލިބިގެންވާ ޙައްޤެކެވެ. ހަމައެކަނި

ޙައްޤެއް ވެސް ނޫނެވެ. އެއީ ޮކންމެ ޤައުމެއްގެ ޮކންމެ ރައްޔިތެއްގެ މައްޗަށް ޮއންނަ ގައުމީ ވާޖިބެކެވެ. އިސްލާމް ދީނުގެ ނަމުގައި ޮދގުވެރި ވާހަކަތައް، މައުޟޫޢު އަދި ޟަޢީފް ޙަދީޘްތަކުގެ އަލީގައި ފަތުރަމުންދާ ބައެއް މީހުން ޓީވީއަށް އަރައި، އަދި މަޖައްލާތަކުގައި ލިޔެގެން ޮދގުތައް ފަތުރައި، މުސްލިމުން ތިބެން ޖެހޭނީ ނިކަމެތި ކުއްތާތަކެއް ފަދައިން، ނުބައި ވެރީންގެ އަޅުން ކަމުގައި ވެގެން، އިސްލާމް ދީނާއި

ރައްޔިތުންގެ ޙައްޤުތައް ނެތިގެން ދާ އިރުވެސް ޮރއިލަޮރއިލައި، ކަމެއް ނުޮކށް ކަމަށް ބުނަމުން ގެންދިޔަޔަސް ޙަޤީޤަތަކީ އެއެއް ނޫނެވެ. އިސްލާމީ ޝަރީޢަތާ ޚިލާފުވެއްޖެ

އެއްވެސް ވެރިއަކަށް، އިސްލާމް ދީނުގެ ޙިމާޔަތުގައި ވެރިކަމެއް ނުކުރެވޭނެއެވެ. އެފަދަ ވެރިއަކަށް، ވެރިމީހާއަށް މުސްލިމުން ކިޔަމަން ވާން ޖެހޭ ކަމަށް ކަނޑައަޅާ އާޔަތެއް،

ޙަދީޘެއްގެ ހިޔާވަހިކަމެއް ނުލިބޭނެއެވެ. ހަމައެފަދައިން މި ޒަމާނުގެ ސިޔާސީ ފަލްސަފާވެރީންގެ ތެރެއިން ހެންރީ ޑޭވިޑް ޮތޯރ ފަދަ ބޭބޭފުޅުންގެ ފިކުރުތައް ދިރާސާ ޮކށްލުމުން، ޢިލްމާނީ ފަލްސަފާގައި

ޢަދުލުވެރި ނޫން ވެރިކަންތަކާ ދެޮކޅަށް ރައްޔިތުންނަށް ލިބިގެންވާ ޙައްޤުތަކަކީ ޮކބައިކަން އަޅުގަނޑުމެންނަށް ފެނިގެން ދެއެވެ.

ނަޝީދުގެ ސަރުކާރު ވެއްޓުމަށް ފަހު، ނަޝީދުގެ ސަޯޕޓަރުން މެދުނުކެނޑި ކުރާ ދަޢުވާއަކީ ނަޝީދު ވެރިކަމުން ވެއްޓުނީ ބަޣާވާތަކުން ކަމުގެ ދަޢުވާއެވެ. އެ

ބަޣާވާތް ކުރީ ދިވެހި ފުލުހުންނާއި ދިވެހި ސިފައިން ކަމުގެ ދަޢުވާއެވެ. ރައްޔިތުންގެ ކުރިމަތީގައި ހުއްޓިހުރެ، ރައްޔިތުންގެ ތެރެއިން ތިމާގެ ޕާޓީއަށް ނިސްބަތްވާ މީހުން ފިޔަވައި، އެހެން ޕާޓީއެއްގެ މީހަކު ތިމާގެ ގާތަށް

Page 20: Sun Magazine 44

20

ކަމެއް ބޭނުންވެގެން އަތުވެއްޖެނަމަ، އެމީހަކަށް ފެންނާނީ ތިމާގެ ނުލަފާކަމޭ ވިދާޅުވާ ރައީސަކު އެ ކުރައްވަނީ ޮކންކަމެއް ބާވައެވެ! ޤާނޫނީ ބާރުތަކުގެ ބޭރުން،

ޢަސްކަރީން ޮފނުއްވަވައިގެން ޤައުމުގެ ސުޕްރީމް ޯކޓުގައި ތަޅު އަޅުއްވާ ރައީސަކު އެ ކުރައްވަނީ ޮކންކަމެއް ބާވައެވެ! ދިވެހި މުސްލިމު ޤައުމުގެ ރައްޔިތުންގެ ކުރިމަތީގައި

ހުއްޓިވަޑައިގެން ހުންނަވައި، އިސްލާމް ދީނުގެ ނަބިއްޔާގެ އަބުރުފުޅާ ބެހިވަޑައިގަންނަވާ ރައީސަކު އެ ކުރައްވަނީ ޮކން ކަމެއް ބާވައެވެ! ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ މުޅީން ޚިލާފަށް، ދިވެހިރާއްޖޭގެ ޯކޓެއްގެ ފަނޑިޔާރަކު، އޭނާގެ ތުއްޕުޅު ބޭފުޅުންގެ ކުރިފުޅުމަތީގައި، ކިޑްނެޕް ކުރައްވާ ރައީސަކު އެކުރައްވަނީ ޮކންކަމެއް

ބާވައެވެ! އަޅުގަނޑު ދެކޭޮގތުގައި މި ދެންނެވި ކަންކަމަކީ ރައްޔިތުންނާއި، ޤައުމާއި، ޤާނޫނާއި، ދީނާ ދެޮކޅަށް ކުރެވޭ އެންމެ ޮބޑު ބަޣާވާތެވެ. ވެވޭ އެންމެ ޮބޑު ޚިޔާނާތެވެ. 7 ފެބުރުވަރީ 2012 ވީ ބުދަ ދުވަހު ދިވެހި ޤައުމާއި، ދިވެހި ރައްޔިތުންނާއި، ޤައުމުގެ

ޤާނޫނާ ދެޮކޅަށް ދިވެހި ފުލުހުން ބަޣާވާތެއް ނުކުރެއެވެ. އެމީހުން އަދާކުރީ ދީނީ، ޤައުމީ ވާޖިބެވެ. ޤާނޫނީ ޒިންމާއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައި ވަނީ އެއްމެ ހެޮޔ ޖިހާދަކީ ނުބައި ވެރިއެއްގެ ކުރިމަތީގައި ޙައްޤުގެ އަޑު އިއްވުން ކަމުގައެވެ. އެ

ދުވަހު ދިވެހި ފުލުހުން އިއްވީ ޙައްޤުގެ އަޑެވެ. އެހެންކަމުން އެމީހުން އެދުވަހު ކުރީ ހެޮޔ ޖިހާދެކެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި، ދިވެހި ރާއްޖޭގެ ފުލުހުންގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ސިފައިންގެ ޤާނޫނުގެ ޞަރީޙު ނައްޞުން ކަނޑައަޅައި އަންގާފައި ޮއންނަނީ، ޣައިރުޤާނޫނީ އެއްވެސް އަމުރަކަށް ފުލުހުން ވެސް އަދި

ސިފައިން ވެސް ތަބަޢަ ނުވުމަށެވެ. އެހެންކަމުން ދިވެހި ފުލުހުންނަށް، ސަރުކާރުގެ ވެރީންގެ ކުރިމައްޗަށް ހުއްޓި، ޣައިރުޤާނޫނީ އަމުރުތަކަށް ތިމަންނަމެން ތަބަޢައެއް ނުވާނަމޭ، މީގެ ފަހުން އެފަދަ އަމުރުތައް ތިމަންނާމެންގެ މައްޗަށް ނުކުރާނެކަމުގެ

ޔަޤީންކަން ދޭށޭ، މިހެން ބުނެވޭނެއެވެ. އެހެން ބުނުމުގެ ސަބަބުން އެމީހުންގެ މައްޗަށް ބަޣާވާތް ކުރުމުގެ ހުތުރު ތުހުމަތު އެޅުވޭނެ އެއްވެސް ޮގތެއް ޯނންނާނެއެވެ.

ރައީސް ނަޝީދަށް އެ ދުވަހުވެސް ދެ ޮގތުން ކުރެ ޮގތެއް އިޚްތިޔާރު ކުރެއްވުމުގެ ފުރުޞަތު ޮއތެވެ. ފުރަތަމަ އިޚްތިޔާރަކީ ފުލުހުން އެދުނު ފަދައިން، އެމީހުންގެ މައްޗަށް ޣައިރުޤާނޫނީ އަމުރެއް ނުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވުމެވެ. ދެވަނަ އިޚްތިޔާރަކީ

އެ ޔަޤީންކަން ދެއްވުމަށް އިންކާރު ކުރެއްވުމެވެ. އިންކާރު ކުރެއްވުމުގެ މާނައަކީ ޮކބައިހެއްޔެވެ؟ އޭގެ މާނައަކީ އަދިވެސް އެފަދަ އަމުރުތައް ކުރައްވާނޭ ކަމެވެ.

ދެން ދިވެހި ފުލުހުން ހަދަންވީ ކިހިނެއްޯތއެވެ؟ “އަދިވެސް ކުރައްވާނަމު ދެއްޯތ، އެހެންވިއްޔާ ރަނގަޅު، އަޅުގަނޑުމެން ދެން ދަނީ، ޢިއްޒަތް ތެރި ރައީސް ވިދާޅުވި

ޮގތެއް” މިހެން ބުނެފައި އެމީހުން ގެއަށް ދާންވީޯތއެވެ؟ ނުވަތަ، ނަޝީދު ނިންމަވާފައި ޮއތް ޮގތަށް، ހައްޔަރުވެގެން ޖަލުތަކުގެ އަނދިރި ޮގޅިތަކަށް ފެތިގަންނަންވީޯތއެވެ؟

ޤަބޫލު ނުކުރާ މީހަކު ޤަބޫލު ނުކުރިޔަސް، ފުލުހުންގެ ވާޖިބަކީ ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާނުވެ، އެފަދަ އަމުރުތަކަށް ތަބާ ނުވާނެކަމަށް ބުނުމެވެ. އެމީހުން އެހެން ބުނުމުން، އެމީހުންގެ މައްޗަށް ޣައިރުޤާނޫނީ އަމުރު ކުރާ ވެރީން ޖެހޭނީ

އެމީހުންގެ ކިބައިން މަޢާފަށް އެދޭށެވެ. ނަމަވެސް 7 ފެބުރުވަރީގައި އަޅުގަނޑުމެންނަށް ފެނުނީ ރައީސް ނަޝީދު އަނެއްކާވެސް ޮގތްދޫނުކުރެއްވުން ކުރިޔަށް ނެރުއްވި

މަންޒަރެވެ. ފުލުހުންގެ އެދުމުގައި އެމަނިކުފާނު ޖެއްސެވީ ޮކޅުފައިންނެވެ. މިކަންކަން ހިނގަމުން ދިޔައިރު، އެމްޑީޕީގެ އެކްޓިވިސްޓުންގެ

ބަޔަކު، ޕާރލަމެންޓޭރިއަނުން ކަމަށްވާ މާރިއާ އަޙުމަދުދީދީ އާއި އީވާ ޢަބްދުهللاގެ ފަހަތުން ބައި ހަދައިފައި “ބާޣީން ހައްޔަރުކުރޭ” މިހެން ކިޔައި ހަޅޭއްލަވަމުން،

ޖުމްހޫރީ މައިދާނުގައި ތިބި ފުލުހުންނާ ދެޮކޅަށް އެތަނަށް އައެވެ. އެތަނުގައި އެމީހުން ހިންގި ހަމަނުޖެހުންތަކުގައި ފުލުހުންނަށް އެތައް އަނިޔާއެއް ކުރިއެވެ. ފުލުހުންގެ މީހެއްގެ ގަޔަށް ތޫނު ދަގަނޑެއް ވެސް ހަރާލިއެވެ. ފުލުހުން، އެމީހުންގެ މައްޗަށް

ޣައިރުޤާނޫނީ އަމުރު ނުކުރާށޭ ބުނީތީވެ، ރައީސް ނަޝީދު އެމީހުން ހައްޔަރުކުރައްވަން ނިންމަވައި، އެމަނިކުފާނުގެ ޕާޓީގެ އެކްޓިވިސްޓުން “ބާޣީން ހައްޔަރުކުރޭ” ކިޔައި

ޮގވަމުން އައުމުގެ މާނައަކީ ޮކބައިބާވައެވެ! 20 ފެބުރުވަރީ 2012 ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި، ނަޞުރުގެ

މައިދާނުގައި އެއްވެ ތިބި އެމްޑީޕީގެ މެންބަރުންނާ ވާހަކަ ދައްކަވަމުން، ޕާރލަމެންޓޭރިއަން ޙަސަން ޢަފީފު ވިދާޅުވިޮގތުގައި، 7 ފެބުރުވަރީގައި ފުލުހުން “އެމީހުންގެ ވެރީންނަށް ނުކިޔަމަންތެރިވީއެވެ”. އެހެން ވިދާޅުވިއިރު، ޙަސަން ޢަފީފަށް އެނގިވަޑައިނުގަންނަވާ ކަމަކީ، ޤާނޫނުގެ ޙުކުމް ހިނގާ ޑިޮމކްރަޓިކް

ޤައުމެއްގައި، ޙަޤީޤީ ވެރިއަކީ ޤާނޫނު ކަމެވެ. ވެރިއަކު ވެރިއަކަށް ވަނީ، އެ ވެރިމީހާ ޤާނޫނުގެ ތަރަހައިގެ މަތީގައި ޤާއިމުވެ ހުންނަހައި ހިނދަކުއެވެ. އެވެރިމީހާ ޤާނޫނު މުގުރައިލުމުން، ދެން ތިބޭ ބަޔަކު ޖެހޭނީ އޭނާ ދޫޮކށްލައި، އެ ބަޔަކު އަމިއްލަޔަށް ނަމަވެސް ޤާނޫނު ރައްކާތެރި ކުރާށެވެ. ޢަފީފަށް އެނގިވަޑައިނުގެންނެވި ކަމަކީ، ޯތމަސް ޯހބްސްގެ ފަލްސަފާ އަކީ މިހާރު ބައުވެފައިވާ ފަލްސަފާއެއް ކަމެވެ.

މިހާރުގެ ފަލްސަފާއަކީ އިސްލާމީ ފަލްސަފާ ކަމެވެ. ހުޅަނގުގެ އެދުރުންގެ ކިބައިން ފިލާވަޅު ލިބިގަންނަ ނަމަ، ހެންރީ ޑޭވިޑް ޮތޯރ ވިދާޅުވަނީ، “އަނިޔާއެއް ނުވަތަ

ބޭއިންޞާފެއްގައި އެހީތެރިވާން ޮގވައިލެވިއްޖެ ނަމަ، އެކަމާ އިންކާރުޮކށް އެކަމުން ދުރުހެލިވެގަތުމަކީ ތިބާގެ މައްޗަށް ވާ ވާޖިބެއް” ކަމަށެވެ. ދިވެހި ފުލުހުންނާއި

ސިފައިން އެދުވަހު ދެއްކީ މީގެ ރިވެތި ނަމޫނާއެކެވެ. ދުނިޔެއިން ވެސް މަދުން ނޫނީ ނުފެންނަ ފަދަ ފުރިހަމަ ނަމޫނާއެކެވެ. އެހެންކަމުން، އެމީހުންނަކީ ޙަޤީޤަތުގައި ވެސް

ބަޠަލުންނެވެ. 7 ފެބުރުވަރީ 2012 ވީ ބުދަ ދުވަހު ދިވެހި ފުލުހުންނާއި، އަދި ފަހުން ދިވެހި ސިފައިން، ދެއްކި ރިވެތި ނަމޫނާއަކީ ޙަޤީޤަތުގައި މުޅި ދުނިޔެއަށް ދިވެހިން ދިން ޢިބުރަތްތެރި ފިލާވަޅެކެވެ. އެއީ ޒަމާންތަކެއް ފާއިތުވެދިޔުމަށްފަހު، ދިވެހީންނަށް

ދުނިޔޭގެ ކުރިމަތީގައި ފަޚުރުވެރިވާން ލިބުނު ސަބަބެކެވެ. މިއަދު ދިވެހީންނަށް މުޅި ދުނިޔޭގެ ކުރިމައްޗަށް އިސް އުފުލާލައިގެން ތިބެ ހުއްޓެވިދާނެއެވެ. އަދި

ބުނެވިދާނެއެވެ. “އަހަރެމެންގެ ޤައުމުގައި ހުރި ވެރިއަކު އަހަރެމެންގެ ރައްޔިތުން ބައިބައިޮކށް، ވަކި ބަޔަކަށް ޤާނޫނާ ޚިލާފަށް އިނާމާއި އިނާޔަތްތައް ދީ، ރައްޔިތުންގެ

ޙައްޤުތަކަށް ފައިން އަރައި، ޤާނޫނުއަސާސީއާއި ޤާނޫނުތައް މުގުރަން ފެށުމުން، އަހަރެމެންގެ ފުލުހުންނާއި ސިފައިން ޞުލްޙަވެރިކަމާއެކު ތެދުވެ، ރައްޔިތުންނާ ދެޮކޅަށް

ކުރެވޭ ޣައިރު ޤާނޫނީ އަމުރުތައް ތަންފީޛު ނުކުރާނެ ކަމަށް ބުނެ، ރައްޔިތުންނާއި ޤާނޫނު ޙިމާޔަތް ޮކށްދިނެވެ. މިފަދަ މިސާލެއް ދުނިޔޭގެ އެހެން ތަނަކުން، ފަހުގެ

ތާރީޚެއްގައި ފެނިފައެއް ނެތެވެ. އެހެންކަމުން ޑިޮމކްރަސީގެ ވާހަކަ މުޅި ދުނިޔޭގައި ދައްކާ މީހުންނަށް، އަހަރެމެންގެ ފުލުހުންނާއި ސިފައިން ޑިޮމކްރަސީގެ ޙަޤީޤީ ނަމޫނާ

ދައްކައިދީފިއެވެ.” ދިވެހި ފުލުހުންނާއި ސިފައިންނަކީ ބާޣީންނެއް ނޫނެވެ. އެމީހުންނަކީ މި ޤައުމުގެ ބަޠަލުންނެވެ. 7 ފެބުރުއަރީ 2012 ވީ ބުދަދުވަހު ޖުމްހޫރީ މައިދާނުގައި، ޣައިރުޤާނޫނިއްޔަތާ ދެޮކޅަށް ތެދުވި އެ ބަޠަލުންގެ ނަންތައް މި ޤައުމުގެ ތާރީޚުގައި

ލިޔެވޭނީ ރަން އަކުރުންނެވެ. އެމީހުންނަކީ “ހެޮޔ ވެރިކަން” މި ޝިޢާރުގެ ފަހަތުގައި ޮފރުވިފައި ޮއތް ޢަދުލުވެރިކަމެއް ނެތް، ލާދީނީ، ނުބައި، ފަސާދައިން ފުރިގެންވާ، އަދި ފޭލިވެފައި ޮއތް ސަރުކާރެއްގެ ކިބައިން ދިވެހިރާއްޖޭގެ ޤާނޫނާއި ދިވެހި ރައްޔިތުން

ޙިމާޔަތްޮކށްދިން ބަޠަލުންނެވެ.

Page 21: Sun Magazine 44

21

ދާދިފަހުގެ ދުވަހެކެވެ. ހަވީރުގެ ވަގުތެވެ. މަގުމަތީގައި މީހުން މަދެއް

ނޫނެވެ. އަހަރެންގެ ކުރިން ޓެކްސީއެއް ދުއްވާފައި ދެއެވެ. މާ ހަރު

ދުވެއްޔެއްގައެއް ނޫނެވެ. އަހަރެންވެސް ދުއްވަމުން ދިޔައީ ހަމަ އެފަދަ

ދުވެއްޔެއްގަ އެވެ. މަގުގެ ދެފަރާތުން ހިނގާ މީހުން ވެސް ޮކޅުޮކޅަށް

ދަތުރުކުރެ އެވެ. މަގު ޮއތީ އާދައިގެ ހާލަތެއްގަ އެވެ.

އިރުޮކޅަކުން ފަހަތުން ގަދަފަދަ އަޑުފަށް ގަނޑަކާއެކު،

ވައިރޯޅިއާ ވާދަކުރާފަދަ ދުވެއްޔެއްގައި ދުއްވާފައި އަންނަ ސައިކަލެއްގެ

އަޑު އިވިއްޖެ އެވެ. އަރާ ހަމަޮކށް ފަސްދީފި އެވެ. ކަންފަތް

ބަށްޮކށްލާފަ އެވެ. އޭގައި ތިބީ ޒުވާން ފުރައިގެ ދެ ޮސރެވެ. މަގަކީ

ހަނި މަގެކެވެ. އެހެންނަމަވެސް ފަރިތަކަމާއެކު ނަންނުގަތީގެ ދުވެއްޔަށް

ދުއްވާފައި ޮގސް، ކުރީގައި ޮއތް ޓެކްސީން ނައްޓައި، ކުރިއަށް އަރަން

އުޅުމުގެ ތެރޭގައި، ޓެކްސީގެ އެއްފަރާތުގައި ސައިލްގެ ހުންގާނުގެ ޮކޅު

ޖެހި ގޭނިއްޖެ އެވެ.

ޓެކްސީ މަޑުޮކށްފި އެވެ. ސައިކަލްވެސް މަޑުޮކށްފި އެވެ. ޓެކްސީން

ފޭބީ އުމުރުން ދުވަސްވެލާފައި ހުރި މީހެކެވެ. ފޭބިއިރުވެސް އޭނާ

ހުރީ ވާނެ ހަތަރެއްޗެއްވެ ނިމިފަ އެވެ. އޭނާ ކާރަށް ބަލައިލި އެވެ.

ހެޮޔވަރުގެ ކޫރެއް އެޅިފައި ހުއްޓެވެ. މިތަން ފެނިފައި އޭނާގެ ރުޅި

ހައްދުން ނައްޓައިފި އެވެ. ފުރަތަމަވެސް އެ ދެޮސރާ ދިމާއަށް، ހެއްދެވި

ނެހެއްދެވިއަށް ޮގވައިގަތީ އެވެ. އެވެރިންވެސް ދުލެއް ނުކުރި އެވެ.

އޭނާއަށް ވުރެ ބާރަށް، އަމުދުން ހުތުރުޮކށް ހަޅޭއްފަޅޭއް ޖަހައިގެންފި

އެވެ. ޑްރައިވަރު އެއްޗެހި ކިޔަމުން ޮގސް ކާރަށް އަރައިފި އެވެ.

އެހެންނަމަވެސް އެ ދެޮސރު ހުއްޓައެއް ނުލަ އެވެ. ސައިކަލުން

ފައިބައިގެން އައިސް، ޓެކްސީގެ ޮދރުފަތް ހުޅުވައިގެން ވެސް އެމީހާއާ

ދިމާއަށް ހަޅޭއްލެވި އެވެ. ސައިކަލަށް އަރައި ނައްޓާލަމުން ޮކންމެ

މީހަކުވެސް ފައި ކުރުޮކށްފައި ޓެކްސީގައި ފައިން ޮބނޑިއެއް އެޅި އެވެ.

އަހަންނަށް އިނދެވުނީ ބަސްހުއްޓިފަ އެވެ.

އެހެން ދުވަހެކެވެ. މިއީވެސް ހަމަ މިފަދަ ކަމެކެވެ. ކަން ހިނގަން

މެދުވެރިވި ސަބަބެއް ސީދާ ބުނާކަށް ނޭނގެ އެވެ. އަހަންނަށް

އެހިސާބަށް ދެވުނުއިރު، ފެންނަން ޮއތީ ހިތަށް އުނދަގޫކުރާފަދަ

މަންޒަރެކެވެ. މިފަހަރުވެސް ޓެކްސީ އެކެވެ. ޒުވާން ފިރިހެން ކުއްޖަކު،

ޓެކްސީގެ ކުރިމައްޗަށް ސައިކަލް ހުރަސްޮކށްލައިގެން، އޭގެ މަތީގައި

އަރިއަކަށް ޖައްސާލައިގެން އިނެވެ. އެޮސރު އިނީ ރުޅި އައިސް ރަތްވެފަ

އެވެ. އިނދެގެން ކިޔަނީ ދެން ނިކަން ޮގސްބަލާށެވެ! މަށަށް ވެސް

ޖެއްސުން ކުރަން އެނގޭކަން ދައްކާލާނަމެވެ. މިކަހަލަ ބަނދިވަރެކެވެ.

“ރުޅި”އެއްނޫން! ާމފު.....

މުހައްމަދު ގާސިމްއުޑުދަށުން

ގިނަ އިރުތަކެއް ނުވި އެވެ. ފަހަތުން މަގު ބުޮލކް ވެއްޖެ އެވެ.

ބަރުޮގނުގެ އަޑުން މުޅިތަން އަޑުބައްދާލައިފި އެވެ. ޒުވާނާގެ ހިތަށް

ކަހެރުވަކެކޭވެސް ހީނުވެ އެވެ. އެހެންނަމަވެސް ފަހަތުން މީހުންގަނޑު

ހަޅޭއް ފަޅޭއް ޖަހަންފެށުމުން އިންނާކަށް ނުކެރުނެވެ. ކާރުމަތީގައި

ގޮށްމުށް ކަވާފައި އެތިފަހަރެއް ޖަހަމުން ތި.... އަށް ހޭއަރުވައިލާނަމޭ

ބުނެފައި ސައިކަލަށް އަރައިގެން ނައްޓާލައިފި އެވެ. ސަހަޯރއޭ ހިތަށް

އެރި އެވެ. އިރު އަރައި ޮއއްސޭއިރު މިފަދަ ކިތަން ކަންތައް މި

މާލޭގައި ހިނގާނެބާވަ އެވެ.

މިއީ މިއަދު މިގައުމުގެ ހާލަތެވެ. ހެޮޔވާނީ ކިހިނެއް ހެއްޔެވެ؟

އެއްވެސް މީހަކު އަނެކަކަށް ދޫޮކށްގެން ވާކަށް ނެތެވެ. ތިމާއަށް ވުރެ

ވަކިން ބާރުގަދަ މީހަކު، ކެރޭ މީހަކު ނެތްކަން ދައްކަން މަސައްކަތް

ކުރާއިރު، އަހަރެމެންގެ ޮއތީ ޮކން ބާރެއް ހެއްޔެވެ؟ އެންމެ ކުޑަމިނުން

އެސްފިޔަވެސް މި ހަލުވައި ލެވެނީ، އެ ކުޅަދާނަކަން ވަކި ފަރާތަކުން

ދެއްވީމަ އެވެ. މީހެއްގެ މުދަލެއްގައި ފައި ކުރުޮކށްފައި ޖަހާއިރު، ޮގށް

މުށްކަވާފައި ޖަހާއިރު، އެފައިގެ ނުވަތަ އެ އަތުގެ މާދަމާގެ ހާލަތެއް

އެނގެނީ ކާކަށް ހެއްޔެވެ؟ ނިކަން ވިސްނައި ފިކުރުޮކށްބަލާށެވެ!

ބާރު އަޑުން ޮމޅުބަސް ބުނެ، މޭ ފުއްޕައި މަތިހަށި ނަގައިފައި މީހުންނާ

ދިމާކުރަން، ނުވަތަ ތަންތަން ހަލާކުޮކށް ސުންނާފަތި ކުރަން ދުވާއިރު،

އަހަރެމެން އިންސާނުންނަކީ ކިހާވަރެއްގެ ނިކަމެތި ބައެއް ކަމާމެދު

ވިސްނައިލިން ހެއްޔެވެ؟ ދުނިޔެއަށް ޮފނުއްވި އުޞޫލުން ގެންދަވާނެ

އެވެ. ގެންދަވާނީ ޮކން ވަގުތަކުކަން އެނގޭ މީހަކު ނޭޅެ އެވެ.

އެހެންކަމުން އެކަމަށް އަބަދުވެސް ހޭ އަރަން އެބަ ޖެހެ އެވެ. މީހަކު

ތިމާއާ ދޭތެރޭ ނުކިއްސަރު ޮގތަކަށް ކަމެއް ކުރާހާ ފަހަރަކު، އެމީހަކު

ފަހާ ދުވުމުގެ ބަދަލުގައި، އެއީވެސް ހަމަ އަހަރެމެންފަދަ އިންސާނެއްކަން

ހަނދާން ބަހައްޓާށެވެ!

މީހަކަށް ކަމެއް ކުރެވިދާނެ އެވެ. އެފަދަ ޮކންމެ ވަގުތަކީ ރުޅި

އިސްކުރަންޖެހޭފަދަ ވަގުތަކަށް ނަހަދާށެވެ! ދެފަރާތުން ވެސް

މަސްލަޙަތަށް އިސްކަންދޭށެވެ! އެންމެ ރީތި، ޮމޅު ޮގތަކީ، ކުށެއް

ކުރެވިއްޖެނަމަ އެކަމަށް މާފަށް އެދުމެވެ. ނޭނގިގެން ކަމަށް ވިޔަސް،

އެނގިގެން ކަމަށް ވިޔަސް، ވީ އެންމެ އަވަހަކަށް މާފަށް އެދޭށެވެ! އަދި

މީހަކަށް ކުށެއް ކުރެވިގެން އެކަމަށް މާފަށް އެދިއްޖެނަމަ އެންމެ ރީތި

ޮގތަކީ އެމީހަކަށް މާފުވެސް ދިނުމެވެ. ދީނީ ނަޒަރަކުން ބެއްޔަސް މިއަށް

ވުރެ ވަކިން ރަނގަޅު ޮމޅު އިތުރު ޮގތެއް ޯނންނާނެ އެވެ. މިކަހަލަ

ކަންކަމާދޭތެރޭ މިއަދުގެ މުޖުތަމަޢު ވިސްނާނެނަމަ ޮކންފަދަ ހެއްޔެވެ؟

Page 22: Sun Magazine 44

22

ހިނދުކޮޅު ފުށި )މި ނަމާއި އެ ޚިޔާލުވެސް މަށަށް ހަމަ ރީތިވެފައި ކަމުދިޔައީއެވެ.(

ކަނީރު ޢަބްދުއްރަޙީމް

އަގުތައް ނުރައްޓެހި ކަމާއިހުރެ ކުރިން ވަދެއުޅުނުހެން ޮހޓާ ޮހޓަލަކަށް މިހާރަކު ނުވަދެވެއެވެ. އެކަމަކު އިހަކަށްދުވަހު ފަތިހު މަގުމަތިން ރައްޓެއްސަކާދިމާވެ އޭނާގެއެދުމުގެމަތިން ޮހޓަލަކަށް ވަނީމެވެ. ބައިހެޮޔ ކަމާއިއެކު ހިސާބަކަށް އަޑުތައްހުރީއުފުލިފައެވެ. ގިނައީ ހަރުއުމުރުގެ މީހުންނެވެ. މަދުންނަމަވެސް

ނޫކަށިފުރައިގެ ޒުވާނުން ތިއްބެވެ. އަހަރެމެންނަށް އިށީނދެވުނީ ދިގުމޭޒެއްގެ އެއްކޮޅުގައެވެ. އަށެއްކަ މީހުންގެ އެމޭޒުގައި އޭރު ތިބީ އަހަރެމެނާއިއެކު ފަސް

މީހުންނެވެ. ދެތަށި ހިކިކިރު ގެނުވައިގެން ބިސްޯކދާއި ބިސްގަނޑަކާއެކު

އަހަރެމެންތިބީ، ފުރަތަމަ އެމީހުނާއި ވަރަށް ވަކިން އެކަނިއެކަންޏެވެ.

މިދުވަސްވަރުގެ އާއްމުއުސޫލުގެމަތީން އެމީހުންވެސް ދައްކަމުންދިޔައީ އެއްމެން ދައްކާ އާއްމުވާހަކަ އެވެ. ސިޔާސީ ވާހަކައެވެ. ވެރިކަމާއިބެހޭ ވާހަކައެވެ.

ޯޖޝާއިޯފރީގައި އެކަކު ވަރަށް ބާރަށް އޭނާގެޮކޅު ޮމޅުކުރުމުގައި އަޑުގަދަކުރިއިރު އަނެކަކު ބުނެލަނީ ދޭތެރެއަކުން ކުރުކުރު ޖުމުލަޖުމުލަ އެވެ. ކުރަސް ފިސާރި “ ލާނެތް “ މާނަލާފައެވެ. ތިންވަނަމީހާ އަކީ އާނ ހޫނ ކިޔަމުން ތަށިތަކުގައިހުރި ހެދިކާތަކާއި އެކު ބައިވެރިވެގެން އިންމީހެކޭ ބުނެވޭވަރުވެއެވެ. އެހާވެސް އޭނާގެ

ވާހަކަ މަދެވެ. އަމަލުގިނައެވެ. ދެކެވެމުން އޭރު ދިޔައީ މުޒާހިރާތަކުގެ ވާހަކައެވެ. އެކަކު އެކަމަށް ތާއީދުކުރާކުރުމަށް އަނެކަކު އިދިޮކޅުހަދަމުން އެކަން ޯގސްކަން

ސާބިތުޮކށްދެމުން ހެކިތައް ދައްކަމުން ދިއައެވެ. ވަކިހިސާބަކުން ހަމަކުއްލިއަކަށް އެއްކަލަ އަނގައިން ނުބުނެއިންމީހާ އަހަންނަށް ސުވާލެއް ހުށަހެޅީ އެވެ. އަޅެ ދެން މިކަން ހަމަޖެހުމަކަށް އަންނާނީ

ޮކންއިރަކުން ކިހިނެއްޯތ އެހީއެވެ. ތައްޔާރުނުވެ އިންދާ ޮކށްލި އެސުވާލަށް ވިސްނާލެވުނުތަނާ އެމީހުންގެ ތެރޭގައި އިން އަޑުގަދަކުރާ އެއަށް ޖަވާބުދީފިއެވެ.

އެއާއިއެކު މިނޫން ޮގތެއް އެބަޮއތްޯތ އަހަރެންކުރެން އެއްސެވެ. އަހަންނަށް ޖެހުނީ ނުވަތަ ފެނުނީ އެއީ ރަނގަޅު ޮމޅުޮގތެކޭ ބުނެ އޭނާއާއި އެއްބަސްވާށެވެ.

އޭރު އެއްބަސްވެވުނީ މަޖަލަކަށާއި ޮބލުންނައްޓާލުމަކަށެވެ. އެކަމަކު ފަހުން ގެއަށްޮގސް އަހަރެމެން ދެމީހުން ދުފަންތިބެގެން އެވާހަކަ ދައްކާލެވުނުއިރު އެޖަވާބު އަހަންނަށް ހަމަ ރަނގަޅުވެސްވީއެވެ. އެ ނަމާއި އެޚިޔާލު ކަމުވެސް ދިޔައީއެވެ.

މިހާރު މިހިސާބުގައި ދެން

ހަދަންވީޮގތަކީ އައްޑޫސިޓީގައި ހެން

މާލޭސިޓީގައިވެސް އެ ސަރަހައްދު

ފަޅުރަށެއްކަމުގައި ހަމަޖައްސައި

ކުއްޔަށް ދޫކުރަންވީ. އެރަށުގެ

ނަމަކަށް ހިނދުޮކޅުފުށި ކިއައި

ނިންމަންވީ

Page 23: Sun Magazine 44

23

ހިތަށްއެރިއެވެ. ޖެއްސުމަށް ނުވަތަ ޯފރިގަދަޮކށްލަން ވެގެން އޭނާއެޮގތަށް ޖަވާބުދިން ކަމުގައި ވިޔަސް އެއީހަމަ ރަނގަޅުވާހަކައެކެވެ. ޮކންވާހަކައެއް

ކަމަށް ހެއްޔެވެ. އޭނާބުނީ “ މިހާރު މިހިސާބުގައި ދެން ހަދަންވީޮގތަކީ

އައްޑޫސިޓީގައި ހެން މާލޭސިޓީގައިވެސް އެ ސަރަހައްދު ފަޅުރަށެއްކަމުގައި ހަމަޖައްސައި ކުއްޔަށް ދޫކުރަންވީ. އެރަށުގެ ނަމަކަށް ހިނދުޮކޅުފުށި ކިއައި ނިންމަންވީ “ ކަމުގައެވެ. ވިސްނާލިއިރު އެޮގތަށް އެހިސާބު ވަކިޮކށް ފަޅުރަށަކަށް

ހެދުމުގައި ގެއްލުމެއް ނެތެވެ. ތަފުސީލަކަށް ނުދިޔަސް އެޮގތުގައި ޮއތީ ސަރުކާރަށާއި އާއްމު ފަރާތްތަކަށްވެސް ގެއްލުންކަން ސާބިތުޮކށެއް ހަމަ ނުދެވޭނެއޭ

ބުނެލާނަމެވެ. ބަހުސްކުރާޮގތަށް ވާހަކަ ދައްކާނަމަ ދެޮކޅަށްވެސް ދައްކާނެ ވާހަކަތައް ހުންނާނެއެވެ. އެކަމަކު ލިޔަމުން އަޅާކަނޑަމުން މާކުސްދީފިނަމަ

ގިނަވާނީ އޭނާގެ އެވާހަކަ ރަނގަޅުކަމަށް ލިބޭނެ އަދަދުކަން ހަމަޔަގީނެވެ. ދެން އޮތީ އެނަމުގެވާހަކަ އެވެ. އެއީވެސް ހަމަ ވަރަށް ގުޅޭ އެކަށީގެންވާ ރީތީނަމެކެވެ. މިއީ ފަހަރެއްގައިވެސް މަލާމާތަކަށް ނޫނެވެ. ބަޔަކު ނުރުހިތިބެ ގަބޫލުނުކުރިޔަސް އެވާހަކަ، ނުވަތަ ހިނދުޮކޅުއައުން އެއީ ހަމަ ހަގީގަތެކެވެ. މަށާއި ކަލެއާއި މީނަ އޭނަ އަދި ހަމަ އެއްމެންނަށްވެސް އެހެންވާނެއެވެ. ހިނދުޮކޅު ހަމަ އަންނާނެ

އެވެ. ތަފާތުވާނީ އަންނަޮގތެވެ. މެދުވެރިވާ ސަބަބެވެ. ޮކންމެމީހަކަށްވެސް ހިނދުޮކޅު އައުމަކީ ދެބަސްވެވެންނެތް ހަގީގަތެކެވެ.

ހިނދުޮކޅު އައުމުގައި ތަފާތުކަންކަމާއި ސަބަބުތައް ދިމާވާކަން ކޮންމެމީހަކަށްވެސް ) ރުޅިއާއި ފޫއްސާއި ނުރުހުން ދުރަށްޖައްސާލުމަށްފަހު ( ވިސްނާލައިފިނަމަ އެނގި ފެންނަން ޮއންނާނެކަންކަށަވަރެވެ. އެއްބަޔަކު އަންނަގަދަރުޅީގައެވެ. އަތްފައިން ޯގސްހަދައި އަމިއްލަހަށިގަނޑަށް ނުވަތަ އަނެކުންނަށް އެތަކެއް ޮބޑެތި އަނިޔާދީ ގެއްލުންތައް ލިބިގަންނަނީއެވެ. ދަރިފުޅު ގެއިންނެރެލައި އަނބިމީހާ ވަރިޮކށްލަނީއެވެ. އެއީވެސް ހަމަ

ހިނދުޮކޅު އައުމެކެވެ. އަނެއްބަޔަކަށް ތަނަވަސްކަން އިތުރުވެގެން ޮގސްގެން

ވެސް މިކަން ދިމާވެއެވެ. ބަލައިލުމެއް ވިސްނާލުމެއްނެތި ކައިވެންޏެއްގެ ރަނަށް މިލިއަންޮޑލަރުވެސް އެއްލާލާފައި ހުންނާނީ ހެވިފައެވެ. ވެރިކަން ލިބިދާނެކަމުގެކުލައެއް ދައްކާލިޔަސް ހުސްގަޔާ މަގުމައްޗަށް ނިކުމެވޭވަރު

ވެފައި އެބަހުއްޓެވެ. ބައްޕަ އެތައްދުވަހަކު ނުފެނިހުރެފައި އައިސް ދެކިލަން ގެއަށްވަނީމާ އެބައްޕަ ގާތު ތިޔަހެން މިގެޔަށް ދެންނާންނާށޭ އަހަރެން ލަދުގަނެޔޭ އެބަ ބުނެލައެވެ. އެއީވެސް ހަމަ އެބުނާ ހިނދުޮކޅު އަންނައައުން ނޫންކަމަކަށް ނުވާނެއެވެ. ނުހެދޭނެއެވެ. އެކަކު އަނެކަކުގާތު ވެޔޭ، ވަމޭ،ހުއްޓާނުލައި

ކިޔަމުން ޮރއެހޭރެމުން ފަހަތުން ދުވެހަދާ، މިކިޔާ ޯލބީގައިވެސް އެކަހަލަ ވަގުތުތައް ފެނިފައިވެއެވެ. އަމިއްލަ އަށް މަރުވާންއުޅުމާއި މަރުވުމާއި ޮމޔަވުމާއި ޮމޔައަކަށް

ހެދިގެން އުޅުމަކީ ފާހަގަޮކށްލަންޖެހޭ ކަން ކަމެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ ހިނދުޮކޅުއައުމަކީ ޮކންމެހެން

ވަކިޮގތަކަށް ނިޔާކަނޑައަޅައިގެން މިވެނިޮގތެއްވެގެން ވާކަމެކޭ ބުނެވޭނެތަނެއް ޯނންނަކަމެވެ. އެއްބަސްވެވެނީ މަސްތުވެގެން ވާ ޮގތެއްކަމުގައެވެ. އެކަމަކު

އެމަސްތުވުމަކީ ޮކންމެހެން ) ބަޔަކު ސާބިތުކުރެވޭޯތ ( މިކިޔާ ދިޔާތަކެއްޗާއި ހިކިއެއްޗެތި ބޭނުން ޮކށްގެން ކުރިމަތިވާ ކަމެއްނޫނެވެ. ކުރިންދެވުނު

ބައެއްމިސާލުތަކާއި އަދި ވެރިކަމާއި އެފަދަ އެތަކެއް ބައިވަރު ސަބަބުތައްވެސް އެކުރުވަނީ ހަމަ މަސްތެކެވެ. އެވަނީ ހަމަ އެއްޮގތެކެވެ. އަންނަނީ ނުވަތަ

ގެނެވެނީ އެބުނާ މަޝްހޫރު ހިނދުޮކޅު ތަކެވެ. މިހަގީގަތްތަކަށް ވިސްނާލެވުމުން އަހަންނަށް އެޮހޓަލުން އެއިވުނު

ނަމާއި ޚިޔާލު މާޮބޑަށްވެސް ރީތިވެ ކަމުދިޔައީއެވެ. އިދިޮކޅަށް އެތަކެއް ތަފާތު ވާހަކަތަކާއި ފާޑުކިއުންތައް ހުންނާނެކަން ޔަގީނެވެ. ދެން ވެސް

ވަކިފަރާތަކަށް ނުޖެހި ހަމަޖެހިގެން ޯފރައިގެން ހިނދުޮކޅުން ބޭރުގައި ރަނގަޅަށް ވިސްނާލައިފިނަމަ މިލިއުމަކަށް އެހާ އިދިކީލި، ހަމަލާތަކެއް ނާންނާނެކަން ޔަގީން ކުރެވެ އެވެ. ބަޔަކު، ނުވަތަ މީހަކު ޮކންމެ އެއްޗެކޭ ކިޔަސް ހަގީގަތްވާނީ އަދި

ޮއންނާނީވެސް ހަގީގަތުގެ ޮގތުގައި ހަމަ އެހެންނެވެ.

Page 24: Sun Magazine 44

24

މުޙައްމަދު ޢާމިރު ފަރެސް

ީމދަލުގެ ހައްތިން ާވ ފެންބުއިންމީދަލުގެ ހައްތިން ވާ ފެންބުއިމަކީ ދިވެހި ބަހުގައި ބޭނުންކުރާ މިސާލެކެވެ. ދިވެހި ވެއްޓަށް ފެތޭޮގތަށް މިބަސް މާނަ ކުރުމަށްޓަކައި ކަން

ހިނގާޮގތް ބަލާލަމާ ހެއްޔެވެ؟ވާލަކީ މީދަލުގެ ނިސްބަތުގައި ބަލިކަށި އެއްޗެކެވެ. މީދަލުގެ އެންމެ ގަދަފަދަކަން

ހުންނަނީ އޭގެ ދަތްތަކުގަ އެވެ. އެހެންކަމުން ރުއްރުކުގައި ހުންނަ މިރިޔާއި ކުރުނބާ ފަދަ ތަކެތީގެ ބޭރުގެ ހުރިހައި ފަށަލައެއް ފޫއަޅުވާލައި އޭގެ އެތެރޭގައި ހުންނަ ފެނާ ހަމައަށް ވާސިލް ވުމަކީ މީދަލަށް ދާދި ފަސޭހަ ކަމެކެވެ. ނަމަވެސް މި މަސައްކަތަކީ ވާލަށް ކުޅަދާނަ ވެގެންވާ ކަމެއް ނޫނެވެ. އެހެންކަމުން މީދާ

ކުރުނބާފެން ޯބއިރު ވާ ޮއންނަން ޖެހެނީ ދަހިވެ ދަހިވެ ކުޅު ދިޔާވެފަ އެވެ. އެހެންކަމުން ކުރުނބާ ފެން ޯބން ބޭނުން ނަމަ ވާލަށް ޮއތީ އެންމެ ޮގތެކެވެ.

އެއީ މީދަލުގެ ހައްތިން ކުރުނބާފެން ބުއިމެވެ. ހައްތި އަކީ ތައްޕާހެވެ. ތައްޕާހަކީ މުށްފަތެވެ. ތައްޕާހުން އުޅުމާއި

މުށްފަތުން އުޅުމަކީ ބުނެކިޔައިގެން މީހެއްގެ އަތުން ހިލޭ ލިބޭ އެއްޗަކުން ދިރިއުޅުމެވެ. ހައްތީގެ ދެން ހުންނަ މާނައަކީ، މެދުވެރި އެވެ. ވަސީލަތެވެ.

ހައްތީގެ ނުވަތަ ތައްޕާހުގެ ތަފާތު މާނަތައް ހުއްޓަސް މިއިން އެއްވެސް މާނައެއް އެއީ އީޖާބީޮކށް )ޮޕޒިޓިވްޮކށް( ބޭނުންކުރާ މާނައެއް ނޫނެވެ. ދެރަޮކށްލުމާއި

ނިކަމެތި ކޮށްލުމަށް ބޭނުންކުރާ މާނަތަކެކެވެ. އާރެއް ބާރެއް ނެތް ފުދުންތެރިކަމެއް ނެތް، ޮގތެއް ވަސީލަތެއް ނެތް މީހެއް ކަމަށް ބުނުމަށް ނުވަތަ އެމާނަ ދޭހަޮކށް

ދިނުމަށް ބޭނުންކުރާ މާނަތަކެކެވެ. ދެން ޮއތީ މީދަލުގެ ހައްތިން ވާ ފެންޯބ ޮގތެވެ. މިކަން ކުރުމަށްޓަކައި މީދަލާއި ވާލާ ދެމެދުގައި އެއްވެސް ގުޅުމެއް ނުވަތަ އެއްބަސްވުމެއް ޮއންނާކަށް ނުޖެހެއެވެ. ޮއންނަން ޖެހޭނީ ދެނެގަތުމެކެވެ. ދެނެގަންނަން ޖެހެނީ ވެސް ވާލެވެ. ވާލަށް އެނގެން ޖެހެނީ މީދާ ކުރުނބާ ފަޅާލާ ކަމެވެ. އެކަން އެނގެނިޮކށް އެވީ

އެވެ. ދެން ޮއންނަނީ އެކަން ހިނގާނޭ ވަގުތަކަށް ބަލައިގެން އިންތިޒާރުގައި ޮއތުމެވެ. މީދާ ކުރުނބާ ފަޅާލާ ވަގުތުގެ އިންތިޒާރުގައި ވާ ޮއންނަ ޮއތުމަށް

ޝަރުޠެއް ޮއވެއެވެ. އެއީ މީދަލަށްވުރެ ތިރީގައި ޮއތުމެވެ. މީދާ ފަޅާލާ

ކުރުނބާއިން ފައިބާ ފެން ތިރިއަށް ޮއހިގެންދާ މިސްރާބަށް ޮއލަނބުވާ ޮގތަށް އަނގަ ދިއްޮކށްގެން ތިރީގައި ޮއވެ އިންތިޒާރު ކުރުމެވެ. މިޮގތަށް ވަގުތުގެ

އިންތިޒާރުގައި ވާ ޮއންނަކަން މީދަލަށް އެނގޭކަށް ނުޖެހެ އެވެ. ގިނަފަހަރަށް ނުވެސް އެނގެ އެވެ.

މީދާ ކުރުނބާ ފަޅާލަނީ ވާލަށްޓަކައެއް ނޫނެވެ. މީދަލުގެ އަމިއްލަ ބޭނުމަކަށްޓަކައެވެ. ނަމަވެސް ކުރުނބާ ފަޅާލީމާ އެއިން ފައިބާ ފެންތިކިތައް

ޮބވޭޮގތަށް ޮއންނަ ވާލަށް އިތުރު މަސައްކަތަކާ ނުލައި ކުރުނބާފެން ލިބެ އެވެ. ކުރުނބާފެން ޮބވެ އެވެ.

މީދަލުގެ ހައްތިން ވާ ފެންބުއިމަކީ މީދަލުގެ މަސައްކަތުން ފަޅާލާ ކުރުނބާއިން ފައިބާ ފެން، މަސައްކަތެއް ނުޮކށް ޮއންނަވާ ބުއިމެވެ. މީދަލުގެ

Page 25: Sun Magazine 44

25

މަސައްކަތުން، މީދަލުގެ ވަސީލަތުން، މީދަލުގެ އެހީގައި، މީދާ މެދުވެރިވެގެން އަމިއްލަ މަސައްކަތާ ނުލައި ވާލަށް ފެންލިބިގެން ވާ ފެން ބުއިމެވެ.

މީދަލުގެ ހައްތިން ވާ ފެންބުއިމޭ ބުނަނީ އެކަކު ކުޅަ މަސައްކަތަކުން އަނެކަކު ފައިދާ ޯހދުމަށެވެ. މި މާނައިގައި މިބަސް ބުނަނީ މަސައްކަތް ނުޮކށް ފައިދާ

ލިބިގަތް މީހާ ދެރަޮކށްލުމަށެވެ. އަގުވައްޓާލުމަށެވެ. އާރެއް ބާރެއް ހިއްވަރެއް ނެތް މީހެއް ކަމަށް ބުނުމަށެވެ. އަމިއްލަ ހިންމަތަކާއި މިންނަތެއް ނުކުރާ، އަމިއްލަ

ބާރުވެރިކަމެއް ނެތް މީހެކޭ ބުނެ ދެރަޮކށްލުމަށެވެ. ދިވެހި ވެށީގެ ތެރެއިން ވާލާއި މީދަލާ

ގުޅުވައިގެން މި މިސާލު އުފެދިފައިވަނީ ސަބަބުތަކެއް ހުރެގެންނެވެ. ވާލާއި މީދާ މިކަމާ މައްސަލަ

ޖައްސައިގެނެއް ނޫނެވެ. ދެން ކިހިނެއް ވެގެން ހެއްޔެވެ؟ ދިވެހި ވެށިން މިފަދަ ކަންކަން ހިނގާތީ

އެވެ. ދިވެހިންގެ ތެރޭގައި

ކަންނެތްކަމާއި

މަސައްކަތް ނުކުރުން ޮއންނަ މިންވަރު ބަޔާންޮކށް ގިނަގުނަ މިސާލުތަކެއް ޖައްސަވައި ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ޅެމެއް ހައްދަވައިފައިވަނީ

ވެސް މި ސަބަބަށްޓަކައި ކަމަށް ގަބޫލު ކުރެވެ އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހަށް ފުންޮކށް ވިސްނައިފި މީހަކަށް ވެސް މި މިސާލާ ގުޅޭ ތަފާތު ގިނަގުނަ ކަންތައްތައް ފާހަގަ ކުރެވިދާނެ އެވެ. ބަޔަކު ދިނީމައި ކައިގެން ޮބއިގެން އުޅޭ ބައެއް ޒުވާނުންގެ ތެރެއިން ވެސް މިފަދަ

މިސާލުތައް ފާހަގަ ކުރެވިދާނެ އެވެ. ޮއފީސްތަކުން މިފަދަ މިސާލުތައް ފެންނަލެއް ވަކިން ގިނަވެދާނެ އެވެ. ވަކިވަކި އާއިލާތަކުން ވެސް މިފަދަ މިސާލު ފެނުމަކީ

ހަމަ ޮއތްކަމެކެވެ. މިފަދަ މީހުންނަކީ ޮމޅު ޮގތްޮގތުން މާ ޮމޅު ނަތީޖާ ލިބުމަށް އެދޭ

މީހުންނެވެ. އެއްވެސް ޮކޅަކަށް މަސައްކަތެއް ނުޮކށް ތިބޭ މީހުންނެވެ. ގައުމުގައި ފަރުދެއްގެ ގޮތުން ތިމާ އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އަދާނުކުރާ މީހުންނެވެ. ވަށައިގެން ހިނގާ ކަންކަމަށް ދެޯލ ނުހުޅުވައި އުޅޭ މީހުންނެވެ. މިފަދަ މީހުން އެދެނީ ކުއްލިއަކަށް ޮބޑު ފައިދާތަކެއް ލިބިގަންނާށެވެ. އެއްވެސް މަސައްކަތަކާ ނުލަ އެވެ. ބުރަ އުފުލުމަކާ ނުލަ އެވެ. ދިވެހި ރާއްޖޭގެ މާޒީ އިން ނެއްޓިގެން

ތަހުޒީބު ދިވެހިރާއްޖެއަކަށް ދާން ބޭނުން ނަމަ ގިނަ ބަޔަކު ހިންމަތްތަކެއް ކުރަން ޖެހެއެވެ. މަސައްކަތް ކުރަން ޖެހެއެވެ. ބުރަ އުފުލަން ޖެހެއެވެ. މަސައްކަތް ކުރާ މީހުންނަށް ހިއްވަރުދީ އެއްބާރުލުން ދޭންޖެހެއެވެ. ނަމަވެސް ގިނައިން ފެންނަނީ

ކަމުން ރެކިގެން ތިބޭތަނެވެ. މަސައްކަތްކުރާ މީހުންނަށް ފުރައްސާރަކުރެވޭ ތަނެވެ. އަމުދުން ތިމާއަށް އެކަނި މާލީ ޮބޑު މަންފާއެއް ލިބެން ނެތް ޮކންމެ ކަމަކަށް

މަލާމާތްޮކށް ދުއްތުރާކުރާ ތަނެވެ. މިއީ ޒިންމާދާރު ޮގތެއް ނޫނެވެ. މިދެންނެވީ ގިނަ ބައެއްގެ ވާހަކައެއް ނޫނެވެ. މަދު ބައެއްގެ ވާހަކައެވެ.

މަސައްކަތެއް ނުޮކށް މަންފާ ލިބިގަތުމަށް އެދޭ މަދުބައެއްގެ ވާހަކައެވެ. މިފަދަ މީހުންނާ މެދު ދިވެހިން ޖަހައި އުޅުނު ސަގާފީ މިސާލަކީ

މީދަލުގެ ހައްތިން ވާ ފެންޯބ މިސާލެވެ. މިފަދަ މިސާލު ޖަހަނީ ބޭނުމަކު އެވެ. އެފަދަ ކަންކަމުން މީހުން ދުރުހެލި ކުރުމަށެވެ. އެއީ ހުތުރުކަމަކަށް ވާތީ،

ލަދު ކަމަކަށް ވާތީ އެކަމުން ސަލާމަތްވެ ތިބުމަށް ސަމާލު ކުރުވުމަށެވެ. އެހެންކަމުން މީދަލުގެ ހައްތިން

ވާ ފެންޯބ އުސޫލު ދޫޮކށްލާފައި ހިއްމަތްތެރިންގެ ސަފަށް ވަދެ ގައުމުގައި އެމީހެއްގެ ދައުރު އަދާޮކށް ފުރިހަމަ ގައުމެއް ބިނާކުރުމަށް އަލުން

ފަށައިގަތުމަކީ ރާއްޖޭގެ މިއަދާ މުނާސަބު ކަމެކެވެ. ގައުމަށްޓަކައެވެ. ތިމާގެ

އަމިއްލަ ކުރިއެރުމަށްޓަކައެވެ. އަންނާ ޮއތް

ޖީލުތަކަށްޓަކައެވެ.

މީދަލުގެ ހައްތިން ވާ ފެންބުއިމަކީ

މީދަލުގެ މަސައްކަތުން ފަޅާލާ

ކުރުނބާއިން ފައިބާ ފެން، މަސައްކަތެއް

ނުޮކށް ޮއންނަވާ ބުއިމެވެ. މީދަލުގެ

މަސައްކަތުން، މީދަލުގެ ވަސީލަތުން،

މީދަލުގެ އެހީގައި، މީދާ މެދުވެރިވެގެން

އަމިއްލަ މަސައްކަތާ ނުލައި ވާލަށް

ފެންލިބިގެން ވާ ފެން ބުއިމެވެ.

Page 26: Sun Magazine 44

26

Page 27: Sun Magazine 44

27

ސީނާ އަޙްމަދު ޒާހިރު

ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ދެވަނަ، ޝަރުޢީ ދާއިރާ އާއި

ބެހޭގޮތުން ރާއްޖޭގައި ދައްކަވާ ޙަޤީޤަތާއި ޚިލާފް ގިނަވާހަކަތަކާއިމެދު އިންޞާފްވެރި

ނަޒަރަކުން ބަލާލަމާޯތއެވެ؟ އެމަނިކުފާނު މިމޭރުމުން ބޭރުގެ ނޫސްވެރިންނަށް

ބަސްދީގަތުންތައްވެސް ދެއްވާފައިވެއެވެ. އަދި އެމަނިކުފާނު އަމިއްލަފުޅަށް ބޭރުގެ

ނޫސްތަކުގައި ލިއުއްވާފައިވެސްއެވެ. އެމަނިކުފާނުގެ މިއަމަލާއިމެދު ދެޮގތަކަށް ބެލެވިދާނެއެވެ.

އެއްޮގތަކީ އެމަނިކުފާނަށް ޙަޤީޤަތުގައިވެސް ރާއްޖޭގެ ޝަރުޢީދާއިރާގައި ކަންތައް ޮއންނަޮގތް

ނުވަތަ ކަންތައް ހިނގަމުންދާޮގތް އެނގިވަޑައިނުގަތުމެވެ. އަނެއްޮގތަކީ އެނގިވަޑައިގެން

ހުންނަވައިގެން ސިޔާސީ މަޝްހޫރުކަމެއް ޯހއްދަވަން، ނުވަތަ ބޭރުގެ ނޫސްތަކުގެ ފަލަ

ސުރުޚީއަށް އަރައިވަޑައިގަތުމަށް، ނުވަތަ ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް

ބިރުދައްކަވައި، އެމީހުން ކުޑައި މީސްޮކށް އެމަނިކުފާނު ބޭނުންފުޅުޮގތަކަށް އެދާއިރާގެ

މަސައްކަތްތައް ކުރެއްވޭޯތ ބެއްލެވުމެވެ. އެމަނިކުފާނު ރައީސްކަމުގައި ހުންނެވިއިރު

ފަނޑިޔާރުންނަށް މައްސަލަތަކާއި ގުޅޭޮގތުން ޯފނުކުރައްވާޯތ ނުވަތަ ނޫންޯތ، ނުވަަތަ

މައްސަލަތަކާއި ގުޅޭޮގތުން ވާހަކަދެއްކެވުމަށް އެބޭފުޅުންގެ އަރިހަށް މީހުންޮފނުއްވާޯތ ނުވަތަ

ނޫންޯތ، ވަކިކަމެއް ޮކއްދެއްވުމުން އެބޭފުޅުންނަށް ވަކި ކަމެއް ޮކއްދެއްވާނެކަމަށް ވަޢުދު

ކުރެއްވުނުޯތ، ނުވަަތަ ނޫންޯތ، ނުވަތަ އެމަނިކުފާނު ދިރިއުޅުއްވާ ގެއަށް ވަޑައިގަންނަވަން

ނުޖެހޭ ފަނޑިޔާރުން ވަޑައިގަންނަވާޯތ، ނުވަތަ ނޫންޯތ އެނގިވަޑައި ގަންނަވާނީވެސް

އެމަނިކުފާނަށެވެ. މިފަދަ ކަމެއް ކުރެއްވިޔޭ ނުވަތަ މިފަދަކަމެއް ހިނގިކަމަށް އަޅުގަނޑު

ފަހަރެއްގައިވެސް ނުދަންނަވަމެވެ. އެފަދަ ކަންތައް ހިނގާޮގތެއް އަޅުގަނޑަށް އެނގޭނެޮގތެއް

ނުޮއންނާނެތީވެއެވެ.

ތެދުފުޅެކެވެ. ކުރީގެ ރައީސްދެވަނައާއި، އެމަނިކުފާނުގެ އަރިހުގައި

މަސައްކަތްކުރާ، ރާއްޖޭގެ ޝަރުޢީ ދާއިރާއަށް އަބަދު ޮގންޖަހާ ބައެއް މީހުންވެސް

ހާމަކުރާ ފަދައިން ރާއްޖޭގެ ޝަރުޢީ ދާއިރާގައި ރަގަޅުކުރަންވީ ބައިވަރު ކަންތައްތައް

އެބަހުއްޓެވެ. ދެފުށް ފެންނަޮގތަށް ބަދަލުވާންވީ ބައިވަރުކަންތައްތައް އެބަހުއްޓެވެ. ޝަރުޢީ

ދާއިރާގެ މަސައްކަތްތައް ޒަމާނީކުރަންޖެހެއެވެ. ވިސްނުންވެސް ޒަމާނީކުރަންޖެހެއެވެ.

ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ޢިލްމީ ފެންވަރު މަތިކުރަންޖެހެއެވެ.

އަދި އާ ޤާނޫނުތަކާއި، ޝަރުޢީދާއިރާ އާއި ކުރިމަތިވާ މައްސަލަތަކަށް ފަނޑިޔާރުން

އަހުލުވެރިކުރުވުމަށް ނުވަތަ ދެނެގަތުމަށް ދާއިމީޮކށް މަސައްކަތު ބައްދަލުވުންތަކާއި

މަހާ ސިންތާތައް ބޭއްވެންޖެހެއެވެ. އާ ޤާނޫނުތައް ތަޢާރަފްވާންޖެހެެއެވެ. ޤަވައިދުތައް

އިޞްލާހުވާންޖެހެއެވެ. ޤާނޫނުގެ ހުދޫދުން ބޭރުގައި ޝަރުޢީ ދާއިރާ އަށް ކުޑައިމީސްބަސް

ބުނެ އެއްޗެތިގޮވާ މީހުންނާއި މެދު ފިޔަވަޅު އެޅެންޖެހެއެވެ. މޫނަށް، މަޤާމަށް، ހުތުރުދުލަށް،

ބެލުމެއްނެތިއެވެ. ކެރިގެންނެވެ. ޙުކުމު ތަންފީޒުކުރާފަރާތުން އެ ޙުކުމެއް ތަންފީޒް

ނުކުރިޔަސް އެވެ. އެ ޙުކުމެއް ރެޯކޑުން ޮފހެނުލެވޭނެތީވެއެވެ. އެ ހުކުމެއްކުރެވުނު މީހަކު

މަރުވަންދެން އެމީހެއްގެ ފަހަތުން އެ ޙުކުމެއް ދުވާނެތީވެއެވެ. އިންތިޚާބީ މަޤާމަކަށް

ކުރިމަތިލާނަމަ އެފަދަ ޮކންމެ ފަހަރަކު ނޫސްވެރިން އެޙުކުމެއް ތިލަކުރާނެތީވެއެވެ. ކުރިން

ދެންނެވުނުފަދަ ކަންތައްތައް ދިމާވަނީ ޝަރުޢީ ދާއިރާ ރަގަޅުކުރުމަށް މަސައްކަތްކުރަން

ޤާނޫނު ލާޒިމްކުރާ ފަރާތްތަކުގެ ހިންގުމުގެ ދުވެލި ލަސްކަމުންނެވެ. މީގެ ތެރޭގައި

ރައްޔިތުންގެ މަޖިލީސް އާއި، ޖޫޑިޝަލްސަރވިސްކަމިޝަން އާއި، ސުޕްރީމް ޯކޓު

ހިމެނެއެވެ. އަދި ތަޙްޤީޤީ ފުލުހުންނާއި ޕުޮރޮސކިއުޓަރ ޖެނެރަލާއި ޕެނިޓެންޝެރީ އާއި

ހޯމް މިނިސްޓްރީ ހިމެނެއެވެ. ބޭނުންވާ ނަތީޖާ ނެރުމަށް މިހުރިހާ ފަރާތްތަކުން އެކުއެކީގައި

މަސައްކަތް ކުރައްވައިގެން ނޫނީ އެނަތީޖާއެއް ނުނެރެވޭނެއެވެ. އިންޞާފް ޯހދަން

ގޮވާމީހުން، މަގުމަތީގައި މިދައްކަނީ މުޅިން އެހެން ވާހަކައެކެވެ. ޙަޤީޤަތުގައި އިންޞާފުގެ

ވާހަކައެއް ނޫނެވެ. އަމިއްލަ އެދުމުގެ ވާހަކައެވެ. އަމިއްލަ އަށް ބޭނުންޮގތަކަށް ބައެއް

ކަންތައްތައް ނުނިމުމުން އެ ހިތްދަތިކަމުގެ ވާހަކައެވެ.

ޝަރުޢީ ދާއިރާގައި މަސައްކަތްކުރައްވަނީ ގުރޭޑް ތިނެެއް ނުވަތަ

ގްރޭޑް 7 ގެ ފެންވަރު ނެތްމީހުންކަމުގެ ވާހަކައަކީވެސް ޙަޤީޤަތެއް ނޫނެވެ. ތެދުފުޅެކެވެ.

އެމީހުންނަށް އިނގިރޭސިބަސް ނޭގިދާނެއެވެ. އަދި އޭގެތެރެއިން އުމުރުން ދުވަސްވީ ބައެއް

ފަނޑިޔާރުން، ރަޖިސްޓްރީ ކުރެވިފައިވާ ސްކޫލެއްގައި، ރަސްމީ ތަޢުލީމު، ގްރޭޑް އެކަކުން

ފެށިގެން 7 އާއި ހަމައަށް ނުވަތަ 10 އަކާއި ހަމައަށް ޙާޞިލުނުޮކށްފާާނެއެވެ. ޙަޤީޤަތަކީ

ޝަރުޢީ ދާއިރާގައި، ޝަރީޢަތްކުރުމުގެ ބައިގައި މަސައްކަތްކުރައްވާ ޮކންމެ ބޭފުޅަކީ އެންމެ

ކުޑަމިނުން ޤާނޫނާއި ޝަރީޢާއިން ސެޓްފިކެޓް ޯކހެއް ނުވަތަ ޑިޕްޮލމާ ޯކހެއް ހައްދަވާފައި

ތިއްބެވި ބޭފުޅުންނެވެ. އެބޭފުޅުންގެތެރޭގައި، ޤާނޫނީ ޮރނގުން ޑިގްރީއެއް އެޮތްބޭފުޅުން އަދި

ވަރަށް މަދެވެ. އިނގިރޭސިވިލާތުގެ މެޖިސްޓުރޭޓް ޯކޓުތަކުގައި، ޤާނޫނީޮރނގުން ޑިގްރީ

ނުޮއންނަ މީހުން މިހާރުވެސް މަސައްކަތްކުރެއެވެ. ރާއްޖެތެރޭގައި، ވަރަށް ފަހަކާއިޖެހެންދެން

މެޖެސްޓުރޭޓުން ބައްލަވަމުންގެންދެވި މައިގަނޑު މައްސަލަތަކަކީ ތަރިކައިގެ މައްސަލަތަކާއި،

އިސްލާމީ ޝަރީޢާގެ ކުށުގެ މައްސަލަތަކާއި އާދައިގެ ޤާނޫނީ ކުށްކުށުގެ މައްސަލަތަކެވެ.

ތަރިކައިގެ މައްސަލަތަކަކީ އުނދަގޫ އެހެންނަމަވެސް ޮއމާންކަމާއިއެކު ރާއްޖޭގެ

ހުރިހާ ރަށެއްގެ ޯކޓުތަކުގައި އަބަދުވެސް ބަލަމުން ގެންދިޔަ މައްސަލަތަކެކެވެ. އަދި

އެންމެ ގިނައިން ރަށު ޯކޓުތަކަށް ހުށައެޅޭ މައްސަލަތަކެވެ. ތެދުފުޅެކެވެ. މިޒަމާނުގެ

ޒަމާނީ މައްސަލަތަކަށް އަޮތޅުތަކުގެ ފަނޑިޔާރުން އަހުލުވެރި ނުވެދާނެއެވެ. އެކަން

އަތުލައިގަންނަން އަހަރުތަކެއް ނަގާނެއެވެ. އެކަމަށް ޮއތް ހައްލަކީ އަވައްޓެރި ޤައުމުތަކުން

ޝަރީޢަތްކުރާނެ މީހުން އިންޯޕރޓުކުރުންބާވައެވެ؟ ޝަރީޢަތްކުރެވޭނީ ޮކންބަހަކުންބާވައެވެ؟

އިނގިރޭސިބަހުންބާވައެވެ؟ ނުވަތަ ބެންޯގލީބަހުންބާވައެވެ؟ ޝަރީޢަތުގެ މަޖިލީހުގައި

ދެކެވޭވާހަކަ ދިވެހިބަހަށް ތަރުޖަމާކުރާނެ ބަޔަކުވެސް ތިބެންވާނެއެވެ. އަވާ މެންދުރުގެ

ހިޔަންޏަށް މުޑިނުނަގަމާޯތއެވެ!

ކުރީގެ ރައީސް އެއްވަނައިގެ ދައުރުގައި ފަނޑިޔާރުކަން ދެއްވާފައިވަނީ

ވަކި ބަޔަކު ޮހވައިގެން ކަމަށް ކުރީގެ ރައީސް ދެވަނަ ނިއުޯޔރކްޓައިމްސްގައި

ލިއުއްވާފައިވަނީވެސް ޙަޤީޤަތާއި ޚިލާފު ވާހަކައެކެވެ. އެޒަމާނުގައި ފަނޑިޔާރުންގެ

މުސާރައާއި އިނާޔަތްތައް ކުޑަވެފައި ޒިއްމާ ޮބޑުވެފައި ޙިމާޔަތެއް ލިބިފައި ނުޮއންނާތީވެ،

ފުންނާބުއުސް ޤާނޫނީ ޢިލްމުވެރިން، ފަނޑިޔާރުކަމުގެ މަޤާމު ބޭނުންފުޅެއް ނުވެއެވެ.

ފަހުން އެޓަރނީ ޖެނެރަލްކަން ކުރެއްވި ބޭފުޅުންނާއި، ޖަސްޓިސް މިނިސްޓަރކަންކުރެއްވި

ބޭފުޅުންނާއި ޕުޮރސިކިއުޓަރ ޖެނެރަލް ޮއފީހުގެ ބައެއް އިސް ބޭފުޅުންނަކީ އާދޭސް

ޮކށްގެން ފަނޑިޔާރުކަމަށް ގެނެވުނު ބޭފުޅުންނެވެ. އެބޭފުޅުން އެ މަޤާމު ބޭނުންފުޅުވެގެނެއް

ނޫނެވެ. ޤައުމީ ޚިދުމަތެއް “ހިލޭސާބަހަށް” ޮކށް ދެއްވުމުގެ ނިޔަތުގައި ވަޑައިގެންނެވި

ބޭފުޅުންނެވެ. ޤާނޫނީ ޢިލްމުގެ ބައެއް ބޭފުޅުން ފަނޑިޔާރުކަމަށް އާބަސް ވިދާޅުވެފައި

އެންމެ ފަހުވަގުތުގައި ނޫނެކޭ ވިދާޅުވެފައިވެސް ވެއެވެ.

ފަނޑިޔާރުންނަކީވެސް އިންސާނުންނެވެ. އިސްތިސްނާއެއް ނޫނެވެ.

އެބޭފުޅުންގެ ތެރޭގައިވެސް ކަރަޕްޝަނު ޮއވެދާނެއެވެެ. އެހެންކަމަށްވާނަމަ އެކަމާއިމެދު

ފިޔަވަޅުއެޅެންވާނީ ޤާނޫނީ ޮގތުންނެވެ. މަގުމައްޗަށް ނުކުމެ ހުތުރު ދުލުގެވެރިން ލައްވާ

އެއްޗެތިޮގަވައިގެންނެެއް ނޫނެވެ.

ޖިނާއީ ޯކޓުގެ އިސްޤާޒީ އަކީ ރާއްޖޭގައި ވަރަށް ބާރުގަދަ

ނުފޫޒުގަދަ، ފަނޑިޔާރެއްކަން އަޅުގަނޑަށް އެގުނީ ނިޔުޯޔކް ޓައިމްސްގައި ޮއތް މަޒުމޫނެއް

ކިޔާލުމުންނެވެ. އެހެންނަމަވެސް މިހާރު އެއީ ތެދަކަށްވެދާނެކަމަށް ޤަބޫލުކުރެވެއެވެ.

ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނެވިބޭފުޅަކު ހާސްކަމެއްގެ ތެރޭގައި، އޭނާގެ އަމިއްލަ

ޒަމީރު މަޖުބޫރުޮކށްގެން މަޤާމުން އިސްތިޢުފާދެއްވޭވަރު ކުރެވޭނީ ވަރަށް ބާރާއި ނުފޫޒު

ހުރެގެންނެވެ. މަޢާފް ކުރައްވާށެވެ. މިހެން މިދެންނެވީ ނިޔުޯޔކް ޓައިމްސްގައި ޮއތް

ލިއުމަކަށް ބިނާޮކށެވެ.

ން ާފ ސިކުނީޑގެ ޠޫ

Page 28: Sun Magazine 44

28

)ކުރީގެ އަދަދާ ގުޅޭ(

އިރުގެ އަނިޔާވެރިކަމާ ދެޮކޅަށް މަސައްކަތް ކުރާފަދަ ޮގތަކަށެވެ. ރަޝާޤާގެ ފަން އިސްތަށިގަނޑާ ސަމާސާ ކުރަމުންނެވެ.

ރާޅު ފެނަށްވުރެ އެއްގަމުގައި ތެލިތައް ބަހައްޓާފައި ދުރު ދުރަށް ފެތުރިފައިވާ ހުދު ދޮންވެލިގަނޑަށް ރަޝާޤާ ބަލައިލި އެވެ. މީހެއްގެ ހިލަމެއް ނެތެވެ. އެއް ހަރުން ނިކުމެގެން، އަނެއް ހަރާ ދިމާއަށް، ހަލުވިކަމާއެކު ދުވެލާފައިދާ ކިރުކަކުންޏެއް

ފިޔަވައި ދިރޭ ފުރާނައެއްގެ ހިލަމެއް ނެތެވެ. ހަރުވާޅުގެ ފައިކުރި ޮކށިޮކށްލުމަށްފަހު، ރަޝާޤާ ތެލިތައް ކައިރީގައި އިށީނެދެއްޖެ އެވެ. މާޮބޑު ފިކުރެއް ނެތި ތެލިތައް ޮދންނަން ފަށައިފި އެވެ. ފަހަރަކު ތެއްޔެއް ޮދވެ ނިންމަމުން ޮގސް، ގެނައި ތިން ތެލި ޮދވެލައިފި އެވެ. އެއްތެލީގެ ތެރެއަށް އަނެއް ތެލި ލުމަށްފަހު ތެލިތައް ހިފައިގެން މޫދާ ދިމާއަށް ރަޝާޤާ ހިނގައިގެންފި

އެވެ. ޮދވެލުމަށެވެ. ރާޅުފެނާ ހަމައަށް ދިޔަތަނާ ކަހަލަ ޮގތަކަށް ފަހަތުން ހިޔަންޏެއް ވީހެން ހީވެގެން، ކުޑަ ސިހުމަކާއެކު ރަޝާޤާއަށް އެނބުރި ބަލައިލެވުނެވެ. މޭގަނޑު ހީވީ އަނގަޔަށް

އައި ހެންނެވެ. އޭނާގެ ގައިގައި ޖެހޭ ނުޖެހޭހާ ކައިރީގައި އެހުރީ އިހުސާނެވެ. ނުބައި ފާޑަކަށް ހިނިއައިސްފަ އެވެ.

“ފިލައިގެން އުޅެން ވަރަށް މަސައްކަތް ޮކށްފީމެއްނު.” އިހުސާނުގެ އަޑުގައި ހުރީ ހަރުކަށި ބިރުވެރި ޮގތެކެވެ. ރަޝާޤާގެ މޭ އިހުނަށްވުރެ ބާރަށް ތެޅިގެންފި އެވެ.އިހުސާނުގެ އަނިޔާވެރިކަން ހުންނާނީ ކިހާ މިންވަރަކަށް ކަން އޭނާއަށް އެނގެ

އެވެ. އެހެންކަމުން އޭނާ އުޅުނީ ތެއްޔަކަށް ތެއްޔެއް ދޫޮކށްލާފައި އެއްގަމާ ދިމާއަށް ދުއްވައިގަންނާށެވެ. އެ ވިސްނުމުގައި އޭނާއަށް އެނބުރި އެއް ފިޔަވަޅު

ކުރިއަށް އެޅުނެވެ.“ކީއްކުރާނަމޭ ހިތާ ތިއުޅެނީ؟” އިހުސާނު ވަގުތުން ރަޝާޤާގެ އަތުގައި

ހިފަހައްޓައިފި އެވެ. ހިފެހެއްޓިލެއް ބާރުކަމުން ރަޝާޤާގެ އަތަށް ތަދުވެސް ވިއެވެ.“ދޫޮކށްލާ!” ރަޝާޤާ މަސައްކަތްކުރީ ޮފޅުވައިލާށެވެ. އެހެނަސް އެކަމެއް ނުވި

އެވެ. ސަލާމަތް ވެވޭޯތ ކުރި މަސައްކަތުން ނިކުތީ އެއަށްވުރެ ޯގސް ނަތީޖާއެކެވެ. އަރި އަޅައިލީއެވެ. އެއާއެކު ވެއްޓިއްޖެ އެވެ. ހަމަ އެވަގުތު ޖެހި ރާޅަކާއެކު

ރަޝާޤާ ތެމި ޯފވެއްޖެ އެވެ.

މުހައްމަދު ާގސިމް، އއ. މަތިވެރިވަކި ނުވިނަމަ

“ތިހެން މިއަދަކު ސަލާމަތެއް ނުވެވޭނެ!” އިހުސާނުގެ ދެދަތްޕިލަ ހުރީ ޖެހި ފިތިފަ އެވެ. މޫނުމަތިން ހުޅު ޯރވަން އުޅޭކަހަލަ އެވެ. ގަތް ބިރެއްގެ ޮބޑުކަމުން ރަޝާޤާއަށް ޮރއިގަނެވުނެވެ. އިހުސާންގެ ފަރުވާލެއް ނެތެވެ. އޭނާ މަސައްކަތް ކުރީ ރަޝާޤާ ދެއަތްދަނޑި މައްޗަށް ނަގައިގަންނާށެވެ. ރަޝާޤާ ތެޅި ޮފޅެމުން

ދިޔައެވެ. އޭރު ދެމީހުން ތިބީ ތެމި ޯފވެފަ އެވެ.“ކިތަންމެ ގަދައެއް ހެދިޔަސް ދެނެއް ކުރެވޭނެ ކަމެއް ޯނންނާނެ! ކަލޭގެ

ފިރިމީހާއަށް ދެން ފެންނާނީ ކަލޭގެ ފުރާނަ ނެތް މަސްގަނޑު.” ރަޝާޤާ ތެޅި ޮފޅެމުން ދަނިޮކށް އިހުސާން އޭނާ އުފުލާލައިފި އެވެ. އެއާއެކު

މޫދަށް އެރިގެންފި އެވެ. ހިފަހައްޓާލައިފައި ހުރީ ގުޑުމެއް ވެސް އަރުވައި ނުލެވޭހާ ބާރަށެވެ. ރަޝާޤާ ސަލާމަތަށް އެދި ހަލޭއްލަވަމުން ޮރއި ހޭރެން ފެށި އެވެ.

އެހެނަސް އެއަޑު އަހާނެ އެއްވެސް މީހަކު އެހިސާބަކު ނެތެވެ. އެކަން ރަޝާޤާއަށް އެނގެ އެވެ. މިއަދަކީ އޭނާގެ ހަޔާތުގެ އެންމެ ފަހު ދުވަސްކަން ކަށަވަރު

ވުމާއެކު، ދުލަށް އައިހައި ހެޮޔ އެއްޗެއް ކިޔަން ފެށި އެވެ.އުނަގަނޑުތާ ފެނަށް އެރެވިފައި ހުއްޓާ ކުއްލިއަކަށް އިހުސާން އަރި އަޅާލައިފި

އެވެ. ދެމީހުންއެއްޮކށް މޫދަށް ވެއްޓި އެވެ. ރަޝާޤާ އަޑިއަށް ދިޔަ އެވެ. އެއާއެކު ޮލނު ޮބވިއްޖެ އެވެ. އޭނާ ފުންމައިގެން ތެދުވި އެވެ. ޮކށި އަރައިފި އެވެ.

ތަންޮދރު އެނގޭވަރުވިއިރު މަންޒަރު ވަނީ މުޅިން ބަދަލުވެފަ އެވެ. އިހުސާން ވަނީ ޒައިދުގެ އަތްދަށުވެފަ އެވެ. ރަޝާޤާއަށް ބަލައިލެވުނު އިރު ޒައިދުގެ އަތުގެ ހޫނު

އެތިފަހަރެއް އިހުސާންގެ ކަންކަށިމައްޗަށް އަރުވާލަނީ އެވެ. އިހުސާންގެ ކަރުބުޑުން ނިކުން ގަދަފަދަ އަޑާއެކު މޫދަށް ވެއްޓިއްޖެ އެވެ.

ވެއްޓުނުލެކަށް ވުރެ އަވަހަށް އިހުސާން ތެދުވެއްޖެ އެވެ. އެހެނަސް އެނާ އަކަށް ހަމައަށް ޮކޅަކަށް ނުހުރެވުނެވެ. ފާޑަކަށް ކާލިއަޅާޮގތް ވެފައި އަނެއްކައިވެސް އަރި

އަޅާލައިގެން މޫދަށް ވެއްޓިއްޖެ އެވެ. ބިރުން ފިތްކަނޑައިގެންދާވަރުވެފައި ހުރި ރަޝާޤާއަށް ބޭއިޚުތިޔާރުގައި ކަހަލަ ޮކތަކަށް އައިސް ޒައިދުގެ ގައިގައި ފުރަގަހުން ބައްދައިގަނެވުނެވެ. އެކަމަށް މާޮބޑު ސަމާލުކަމެއް ދިނުމެއްނެތި ޒައިދު ގުދުވެފައި

ހިފީ އިހުސާންގެ ޮބލުގެ އިސްތަށިގަނޑުގަ އެވެ. ޮކޅަށް ނަގައިފި އެވެ. “ހަނދާން ކުރާތި! މީ މަގޭ އަންހެނުން. އަހަރެން ވަރަށް ޯލބިން ގެންގުޅޭ

އަންބެއް މީ. މީނާގެ ގައިގައި މީގެފަހުން ފުން އިގިނލިކުރި ޖައްސައިލިޔަސް ކަލޭގެ ހަށިގަނޑާ ފުރާނަޔާ ދެތަން ކުރާނަން.” )ނުނިމޭ(

Page 29: Sun Magazine 44

29

Page 30: Sun Magazine 44

30

Page 31: Sun Magazine 44

31

ބޮީލވުޑް

ލަންޑަން ޕެރިސް ނިއުޔޯކް

ޕާން ސިންހ ޮތމަރ ނުކުތްތާ މާ ގިނަ ދުވަހެއް ވެފައި ނުވިޔަސް އެ ފިލްމު މިހާރުވަނީ ކާމިޔާބީގެ

ހަރުފަތްތަކަށް ވާސިލުވާން ފަށާފައެވެ. މި ޮގތުން ފުރަތަމަ ހަފްތާގައި ވެސް 4 ކުޯރޑަށް ވުރެ ގިނަ ރުޕީސްގެ

އާމްދަނީއެއް ޯހދާފައިވާކަން ފާހަގަ ކުރެވެއެވެ. ފިލްމު ހެދުމަށް 4.5 ކުޯރޑު ރުޕީސް ހޭދަޮކށްފައިވާއިރު، އެންމެ

ފުރަތަމަ ދުވަހުގެ އާމްދަނީ އުޅެނީ 85 ލައްކައިގައެވެ. އެހެން ކަމުން މިއީ އެހާ ރަނގަޅު އަދަދެއް ނޫން ކަމަށް

ބެލެވުނަސް، ޖެހިގެން އައި ދުވަސްތަކުގައި ވަނީ 1 ކުޯރޑު އަދި 2 ކުޯރޑާ ދެމެދުގެ އަދަދަކަށް ފައިސާ ޮކންމެ

ދުވަހަކު ވެސް އާމްދަނީގެ ޮގތުގައި ޯހދާފައެވެ.

އިރްފާން އިސް ދައުރެއް އަދާ ކުރާ މި ފިލްމަކީ ގައުމީ ފެންވަރުގެ މަޝްހޫރު އެތުލީޓެއް ކަމުގައިވާ ޕާން

ސިންހ ޮތމަރްގެ ހަގީގީ ހަޔާތުގެ މައްޗަށް ތައްޔާރު ކުރެވިފައިވާ ފިލްމެކެވެ.

މި ފިލްމު ވެގެންދާނީ ޮބލީވުޑްގެ ތާރީހުގައި ވަރަށް ހާއްސަ ފިލްމަކަށް ކަމަށް ގިނަ ބަޔަކު ބުނަމުން ދަނީ

ކީއްވެގެންކަން ނޭނގޭ ކަމަށް ބައެއް ނޫސްވެރިން ގެންދަނީ ބުނަމުންނެވެ.

އަނެއްޮކޅުން ފިލްމު އުފެއްދުމުގައި ހަރަކާތްތެރިވި ފަރާތްތަކުން ގެންދަނީ އިރްފާންގެ މަސައްކަތަށް ވަރަށް ޮބޑަށް

ތައުރީފް ކުރަމުންނެވެ. މި ފިލްމުގެ ކާމިޔާބީއެއް ވާނަމަ އޭގެ ފަހަތުގައިވާ އެންމެ ޮބޑު ސިއްރަކީ އިރްފާންގެ

މަސައްކަތް ކަމުގައި ފިލްމުގެ މަސްއޫލު ފަރާތްތަކުން ބުނެއެވެ. އެހެން ނަމަވެސް މިއީ ޮބލީވުޑުގެ އޭ ކްލާހުގައި

ގުނޭ ވަރުގެ ފިލްމަކަށް ވެދާނެޯތ އެއީ އަދިވެސް ސުވާލު ކުރެވިދާނެ ކަމެކެވެ.

'ލަންޑަން ޕެރިސް ނިއުޯޔކް' ނުވަތަ ކުރުޮކށް ކިޔާ ޮގތަށް ނަމަ »އެލްޕީއެންވައި« އަކީ ޯލބީގެ ޮކމެޑީ ފިލްމެކެވެ. ޮބލީވުޑުގެ މި ފިލްމުގެ ވާހަކަ ލިޔެ ޑައިރެކްޓްޮކށްފައިވަނީ އަނޫ މެނަންއެވެ. ފިލްމުގައި އެންމެ

އިސް ޯރލެއް އަދާޮކށްފައިވާ ދެ ތަރިންނަކީ އަލީ ޒަފަރު އާއި އަދިތީ ރާޯއ ހައިދަރީއެވެ. މި ފިލްމު ރިލީޒްޮކށްފައިވަނީ މާރިޗު މަހުގެ 2 ވަނަ ދުވަހުއެވެ. 12 ކުޯރޑު އިންޑިޔަން ރުޕީސް )2.64 މިލިޔަން

ޔޫއެސް ޮޑލަރު( ހަރަދުކޮށްގެން ހަދާފައިވާ މި ފިލްމުގެ މިއުޒިކު ތައްޔާރު ކުރީ އަލީ ޒަފަރެވެ.ފިލްމުގެ އެޑިޓިންގ މަސައްކަތްޮކށްފައިވަނީ ޝިޔާމް ސަލްގާޮއންކަރެވެ. ސިނެމެޯޓގްރަފީ

ހަދައިދީފައިވަނީ ސަމީރް އާރިޔާއެވެ. މި ފިލްމުގައި އެންމެ އިސް ޯރލެއް އަދާ ކުރާ އަލީ ޒަފަރަކީ ވަރަށް ވެސް ހުނަރުވެރި ފަރާތެކެވެ. މިއުޒިކާއި ލަވައިގެ ފަންނުގައި ވެސް އަލީ އަކީ ޮމޅު މީހެކެވެ. ހިންދީ ފިލްމެއްގައި ބޮލީވުޑުން ފެނުނު ކަމުގައި ވިޔަސް ހަގީގަތުގައި އޭނާއަކީ ޕާކިސްތާނުގެ ލާހޫރުގެ މީހެކެވެ.ފިލްމުގެ ބަޮތލާ އަދިތީ ރާޯއ ހައިދަރީއާ މެދު ބުނެވޭނެ އެންމެ ކުރު ލަފްޒަކީ އެއީ ރީތީގެ

ރާނީއެއް ކަމެވެ. ވަރަށް ރީތިޮކށް ލަވަވެސް ކިޔާ އަދިތީ އާއި އަލީ ޒަފަރުގެ މި ފިލްމު ޯހދާނީ ކިހާވަރެއްގެ ކާމިޔާބީއެއްޯތ އެނގޭނީ އަދި ދުވަސްޮކޅެއް ފަހުންނެވެ.

އިންޑިޔާ އާއި އެމެރިކާ އާއި އިނގިރޭސިވިލާތުގައި އެއް ދުވަހެއްގައި މި ފިލްމު ރިލީޒްކޮށްފައިވާއިރު، މި ފިލްމަށް ކުރި ހަރަދު ލިބުމާމެދު ވެސް ޝައްކުކަމަށް ބައެއް މީހުން

ބުނަމުންދާއިރު ފިލްމުގެ ޑިސްޓްރިބިއުޓަރުން ހާހެއް ނުވެއެވެ. އެއީ މި ފިލްމުގެ ކާމިޔާބީގެ މަންޒަރުތައް އެމީހުންނަށް ކުލަޮކށް ފެންނާތީ ކަމަށް އެމީހުން ބުނެއެވެ.

ާޕން ސިންހ ތޮމަރް

Page 32: Sun Magazine 44

32

ދެވޭ ފަރުާވ...

މިންނު

އިސްތަޑިގަނޑު ދެކަފި ވުމަށް ހައްލު ޯހދާކަށް

ޮކންމެހެން ޮބޑެތި ހަރަދު ކުރާކަށެއް ނުޖެހޭނެއެވެ. އަދި

ޯލބިން ދިގުކުރި އިސްތަށިގަނޑު ޮކށާލާކަށް ވެސް ނުޖެހެއެވެ. މިހާރު

އިސްތަށިގަނޑު ނުޮކށައި، ގޭގައި ހުރެގެން ވެސް މިކަމަށް ހައްލު

ޯހދިދާނެއެވެ. އަދި ގިނަފަހަރު ބޭނުންވާ ތަކެތި ބަދިގެ ތެރެއިން ލިބެން ހުރެއެވެ.

މި އާޓިކަލްގައި މި ބަލާލަނީ އިސްތަށި ދެކަފި ވުމުން ސަލާމަތް ޮކށްދޭ ކަންކަމަށެވެ. ދިރާސާ ތަކުން ދައްކާ ޮގތުގައި މި ކަންތައްތަކަކީ %100

ފައިދާ ކުރުވަނިވި ކަންތައްތަކެވެ.

1. ބިސް ޝޭމްޕޫ

އެންމެ އާދައިގެ ޓްރީޓްމަންޓަކަށް ބިސް ޝޭމްޕޫ އިޚުތިޔާރު ކުރާށެވެ. މި ޓްރީޓްމަންޓް ތައްޔާރު ޮކށްލުމަށް ބޭނުން ވަނީ އެއް ބިހާއި

ފެންޮފދެކެވެ. އަދި ލިބޭ ނަމަ ޯރސްމަރީގެ އައުންސެކެވެ. ޝޭމްޕޫ ހެދުމަށް އެންމެ ފުރަތަމަ ޯރސްމަރީ ފެނަށް އަޅައި 20 މިނިޓް ވަންދެން މަޑު ގިނީގައި

ކައްކާލާށެވެ. އެއަށްފަހު ހިހޫ ވަންދެން ބެހެއްޓުމަށްފަހު ކެކިފައި ހުރި ފެނަށް ބިސް އަޅައި އެއްޮކށްލާށެވެ. އަދި ތައްޔާރު ކުރި ޝޭމްޕޫ އިން އިސްތަށިގަނޑު މަސާޖް ޮކށްލާށެވެ.

އެއަށް ފަހު ޮދވެލާށެވެ.

2. ޕަޕާޔަރ ހެޔަރ ޕެކް

ޕަޕާޔަރ ނުވަތަ ފަޯޅ ޕެކް ހަދަން ބޭނުން ވާނީ ވަރަށް ޅަ ފަޅެލެކެވެ. ފަޯޅ ޯހދާއިރު އިސްތަށިގަނޑު

އިސްތަށި ދެކަފި ވުމުން

Page 33: Sun Magazine 44

ދިގު ނަމަ ޮބޑު ފަޮޅލެއް އަދި ކުރުނަމަ ކުޑައެއްޗެއް ޯހދާށެވެ. ފަޯޅ މެދުން ފަޅާލުމަށް ފަހު ޮތށި މަށާފައި އެތެރޭގައި ހުރި ޮއށްތައް ނަގާށެވެ. މިކްސްޗަރަށް ފަޯޅއަޅައި މިކްސް ޮކށްލާށެވެ. އެއަށް ފަހު ބައި

ޯޖޑު އާދައިގެ )ޕްލެއިން( ޯޔގަޓް ވެސް މިކްސްޗަރަށް އަޅައި ފަޮޅލާއި މިކްސް ޮކށްލާށެވެ. ޯޔގަޓް ރަނގަޅަށް ފަޮޅލާއި މިކްސް ވުމުން އިސްތަށިގަނޑު ބައިބަޔަށް ބަހާލުމަށްފަހު ހެދި ޕެކް މުޅި އިސްތަށިގަނޑުގައި ހާކާށެވެ. 30 މިނިޓް ބެހެއްޓުމަށްފަހު ރަނގަޅަށް އިސްތަށިގަނޑު ޮދވެލާށެވެ.

3. ކްރީމް ޮޓނިކް

މި ޓްރީޓްމަންޓް ނަގާނީ ޯބ ޮދވެގެން އައިހެވެ. ޓްރީޓްމަންޓް ތައްޔާރު ކުރުމަށް އެއް ސައިސަމުސާ ހެވީ ކްރީމް ބައި ޯޖޑު ކިރާ އެއްޮކށްލާށެވެ.

)ކްރީމް އަކީ ކިރުގެ ބާވަތެކެވެ. މިއީ އާންމު ޮކށް ކާނާ ވިއްކާ ފިހާރަ ތަކުގައި ލިބެން ހުންނަ އެއްޗެކެވެ(. ކިރާއި ކްރީމް ރަނގަޅަށްް އެއް ވުމުން އިސްތަށީގައި ހާކާށެވެ. ހާކާއިރު ޮބޑަށް އިސްތަށި ޮކޅުގައި ހާކާށެވެ. 15

މިނިޓް ބެހެއްޓުމަށްފަހު ޮދވެލާށެވެ.

4. މާމުއި ގެ ޖާދޫ

މާމުޔަކީ އިސްތަށި ދެކަފި ވުމުން އެއަށް ދެވޭ ވަރަށް ރަނގަޅު ފަރުވާ އެކެވެ. ހާއްސަ ޮކށް ކާރޑް އާއި އެއްޮކށްގެން ބޭނުން ކުރުމުންނެވެ. ބައި ޯޖޑު ކާރޑް އަށް އެއް ސައި ސަމުސާ މާމުއި އަޅައި އެއްޮކށްލުމަށްފަހު

އިސްތަށިގަނޑުގައި ހާކާށެވެ. ހާކާއިރު ގިނައިން އިސްތަށި ޮކޅުގައި ހާކާށެވެ. 20 މިނިޓް ބެހެއްޓުމަށްފަހު ޮދވެލާށެވެ.

ޮދންނާނީ ހަމައެކަނި ފެނުންނެވެ. ޝޭމްޕޫ ބޭނުން ނުކުރާށެވެ. މި ޓްރީޓްމަންޓުން އިސްތަށިގަނޑު ދެކަފި

ވުން ރަނގަޅުވުމުގެ އިތުރުން އިސްތަށިގަނޑު މަޑުވެ އަދި އިސްތަށިގަނޑު ވިދައެވެ.

އެވަކާޯޑ .5

އެވަކާޯޑ ގިނައިން ކާ ކަމުގައި ވަނީނަމަ ހަންގަނޑު މަޑުވެ އިސްތަށިގަނޑުވެސް މަޑުވާކަން ފާހަގަ ވާނެއެވެ. އެވަކާޯޑ ގައި ހިމެނޭ ތެލަކީ ހަމަށާއި އިސްތަށިގަނޑަށް ވަރަށް ފައިދާކުރުވަނިވި

ޓްރީޓްމަންޓްއެކެވެ. އެވަކާޯޑއެއް ޗަސްޮކށްލުމަށްފަހު ތެތް އިސްތަށިގަނޑެއްގައި މަސާޖްކުރާށެވެ. އިސްތަށީގެ ބުޑު ހާއްސަޮކށް ދެކަފި ވެފައި ހުރިބައިގައި

ރަނގަޅަށް ހާކަންވާނެއެވެ. 15 މިނެޓާއި ބައި ގަޑިއިރުގެ ވަގުތެއް ވަންދެން ބެހެއްޓުމަށްފަހު ޮދވެލާށެވެ. ޒައިތޫނި ތެޮޔ ޮކޅެއް އެއްކުރުމުން އިތުރު އަލި ކަމެއް

އިސްތަށިގަނޑަށް ލިބެއެވެ.

6. ޒައިތޫނި ތެޮޔ

މުޅި އިސްތަށިގަނޑުގައި ލެވޭވަރަށް ޒައިތޫނި ތެޮޔ ޮކޅެއް ހޫނު ކުރުމަށްފަހު އިސްތަށިގަނޑުގައި މަސާޖް ޮކށްލާށެވެ. އިސްތަށީގެ ޮކޅުގަޔާއި ހާއްސަޮކށް

ދެކަފިވެފައި ހުރި ބައިގައި ރަނގަޅަށް ތެޮޔ ހާކަން ވާނެއެވެ. އެއްޮކށް އިސްތަށިގަނޑުގައި ތެޮޔ ހޭކުނީމާ ތުވާއްޔެއް ޮބލުގައި އައްސާށެވެ. މިޮގތަށް

އައްސާނީ އިސްތަށިގަނޑު އެއްޮކށް ޮފރުވޭޮގތަށެވެ. ނުވަތަ ޝަވަރ ކެޕެއްވެސް ބޭނުން ކުރެވިދާނެއެވެ. މިހެން ހެދުމުން ތެޮޔތައް ހުންނާނީ ރަނގަޅަށް

އިސްތަށިގަނޑަށް ވަދެފައެވެ. ބައިގަޑިއިރު ބެހެއްޓެމަށްފަހު ޯބ ޮދވެލާށެވެ.

އިސްތަށިގަނޑު ދެކަފި ވުމުން ސަލާމަތް ވުމަށް ބައިވަރު ޓްރީޓްމަންޓްސް ގޭގައި ތައްޔާރު ޮކށްލެވިދާނެއެވެ. އިސްތަށި ކުލަޖައްސާ އަޔަންބޭނުން ޮކށް ބްޯލޑްރައި ކުރާނަމަ މި އާޓިކަލް ގައި ހިމަނާފައިވާ

ކަންތައްތައް ކުރުމުން އިސްތަށިގަނޑު ހަލާކުވުން ދުރުވެ އުޖާލާޮކށް، ސިއްހަތު ރަނގަޅުޮކށް ހުންނާނެއެވެ. މި ޓްރީޓްމަންޓް ތަކަކީ ހުރިހާ ވައްތަރެއްގެ

އިސްތަށިތަކާ ވެސް ގުޅޭ ޓްރީޓްމަންޓް ތަކެކެވެ.

Page 34: Sun Magazine 44

ބޭނުންވާތަކެތި

2 ޯޖޑު ޑިނގާ2 ފިޔާ ހިމަހިމަ ޮކށް ޮކށާފައި

4 ފެހިޮތޅިމިރުސް ) ފަޅިފަޅިޮކށްފައި(1 އިންޗި އިނގުރު ޮފތިފިތިޮކށްފައި

12 ޯޖޑުފެން2 މޭޒުމަތީ ސަމުސާ ޯސޔާޯސސް2 މޭޒުމަތީ ސަމުސާ ވިނިގަރ

ޮލނުޮކޅެއް ) ރަހަދޭވަރަށް(

ތައްޔާރުކުރާނެޮގތްތެއްޔަކަށް ފެން އަޅާފައި ކައްކަން އުދާލާށެވެ. ކެކި ގަތީމާ ޑިނގާ އަޅާފައި ޯސސް އާއި ވިނިގަރ ފިޔަވައި ބާކީހުރި ހުރިހާބާވަތްތައް އެއްޮކށް އަޅާލާފައި

ރަހަނިކުންނަވަރަށް ކެކުނީމާ ބާކީދެބާވަތް އެއްޮކށްފައި ކެކިގަތީމާ އުނދުންމަތިން ބާލާށެވެ.

34

ރެސިޕީ - ޖުވޭރިއްޔާ ވަޖްދީ

ޑިނގާ ސޫޕް

Page 35: Sun Magazine 44
Page 36: Sun Magazine 44