ރ20 :ުގަ އ2010 ުރަބްމެސި ޑ1 ،11 :ުރަބްމަ ނަޔި ބިވަލި ތްނުނޑަ ކ

Sun Magazine Issue 11

  • Upload
    sun

  • View
    289

  • Download
    32

Embed Size (px)

DESCRIPTION

Sun Magazine

Citation preview

Page 1: Sun Magazine Issue 11

2ރ0 ގު: އަ2010ރު މްބަސެ ޑި1 ،11 ރު:މްބަނަ

ކަނޑުން ތިލަވި ބިޔަ

Page 2: Sun Magazine Issue 11
Page 3: Sun Magazine Issue 11

އެޑިޓަރުގެ ނޯޓްއެޑިޓަރު: ސިނާން އަލީ

އެގްޒެކެޓިވް އެޑިޓަރުން:

އަހުމަދު ޒާހިރު )ހިރިގާ(މުހައްމަދު އާމިރު ފަރެސް

ޑިޕިއުޓީ އެޑިޓަރު: މުންޑޫ އާދަމް ހަލީމް

އެސިސްޓެންޓް އެޑިޓަރު: އަލްއުސްތާޒު އަހުމަދު މާޖިދު

ލިޔުންތެރިން:

އަބްދުهللا އަޒްމީންމުހައްމަދު ގާސިމްފުއާދު ގާސިމްޢަލީ ޚާލިދު

ޮކލަމިސްޓުން:ސިކުނޑީގެ ތޫފާން: ސީނާ އަހުމަދު ޒާހިރު

ކެޮޔނިރު: މުހައްމަދު ބުޝްރީފަސްމަންޒަރު: އަހުމަދު ޒާހިރު )ހިރިގާ(އަޅުގަނޑުމެންގެ މާހައުލުން: މީމުޒަވިޔަނި

ޑރ. ރާޒީގެ އިރުޝާދު: ޑރ. އަހުމަދު ރާޒީދިޔަތިކި: އަބްދުهللا ފާރޫގު ހަސަން

ސިއްކަ: ސިއްކަގޭ މުހައްމަދު ނަސީމް ދިޔަވަރު: މުހައްމަދު އާމިރު ފަރެސް

ރަންދެލި: މުންޑޫ އާދަމް ހަލީމްފަންވަތް: އިމާދު ލަތީފުޮކމާޯކޅި: ސިނާން އަލީ

މާކެޓިން:

ސަން އެފްއެމް މާކެޓިން ޓީމް

ކަލަސަޕެރޭޝަން އެންޑް ޕްރިންޓިން: ޮނވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑް

"ސަން" އަކީ 14 ޖުލައި 2010ން ފެށިގެން "ސަންއެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން މަހަކު ދެ ފަހަރު ނެރޭ މަޖައްލާއެކެވެ.

ސަންގެ އިދާރާ: ގ. ވިޔަވަތި، ކަށިމާ ހިނގުން / މާލެއީމެއިލް:

ވެބްސައިޓް: ޯފނު: 3312747، ފެކްސް: 3343789

[email protected]

އަދަދު: 11 1 ޑިސެމްބަރު 2010

ސިނާން އަލީއެޑިޓަރު

"ސަން" މަޖައްލާގެ އެގާރަ ވަނަ އަދަދަށް ހުރިހާ ކިޔުންތެރިނަށް ވެސް ހޫނު މަރުހަބާއެއް ދަންނަވަމެވެ. ސަންގެ ދިހަ ވަނަ އަދަދަށް ދެއްވި ތަރުހީބު

ޝުކުރުވެރި ކަމާއެކު ބަލައިގަންނަމެވެ. ދިހަ ވަނަ އަދަދުގެ ކަވަރު ސްޯޓރީގެ ޮގތުގައި ގެނެސްދިން ރިޯޕޓު ވެގެން ޮގސްފައި ވަނީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ރިޯޕޓަކަށެވެ. ކުރިޔަށް ޮއތް ރިޔާސީ އިންތިޚާބު ކުޑަ ޕާޓީ އަކަށް ކާމިޔާބު ވުމުގެ ފުރުސަތު ހުޅުވިފަތް ޮއތް ޮގތް އެ ރިޯޕޓުން ވަރަށް ރަނގަޅަށް އެނގިގެން ދެ އެވެ. އޭގައި ބަޔާން ޮކށްދީފައި ހުރި ތިއަރީ ތަކަކީ އޭގެ ޒާތަށް ބަލާ އިރު މަސައްކަތް ޮކށްފާނެ ތިއަރީ ތަކެއް ކަމަށް

ބައެއް ކިޔުންތެރިން ފާހަގަ ކުރި އެވެ. ހަމަ މިއާއެކު ދިހަ ވަނަ އަދަދުގައި ހިމެނި ޯލބީގެ ދެ ސަފުހާ ވެސް ކިޔުންތެރިންނަށް ވަނީ ވަރަށް ޮބޑަށް ކަމު

ޮގސްފަ އެވެ.ރާއްޖޭގައި އެކި ދުވަސްވަރު ހިނގާފައިވާ

އެކި ކަހަލަ ހަގީގީ ހާދިސާ ކިޔަން ކިޔުންތެރިން ވަރަށް ޮބޑު ތަރުހީބެއް ދެ އެވެ. އެކަންކަން

އެނގެން ބޭނުންވެ އެވެ. މި ފަދަ ހަގީގީ ވާހަކަތައް ކިޔުންތެރިންނާ ހަމަޔަށް ގެނެސްދިނުމަށް ސަން

ޓީމުގެ ފަރާތުން މި ވަނީ ޚާއްސަ މަސައްކަތް ތަކެއް ފަށައިފަ އެވެ. އޭގެ ފެށުމަކީ ކެޯނއެއްގައި ކަނޑު

މައްޗަށް ނުކުމެ އުޅެނިޮކށް ގެއްލުނު ހުޅުދުއްފާރު ތިން ކުދިންގެ ވާހަކަ އެވެ. މި ފަހަރުގެ އަދަދުގައި ސަން ޓީމުން އަނެއްކާ ވެސް މި ވަނީ އެ ފަދަ ވަރަށް ފުރިހަމަ މަސައްކަތެއް ޮކށްފަ އެވެ. މާ ކަނޑަކީ ހަގީގަތް ނޭނގޭ ތަނެކެވެ.

ކަނޑުމަތީގައި ބިރުވެރި ތަފާތު އެކި ކަހަލަ ގިނަ ހާދިސާތައް ދިވެހިން ވަނީ ތަޖުރިބާ ޮކށްފަ އެވެ. އެ ޮގތުން މި ފަހަރު މި ގެނެސްދޭ ހަގީގީ ހާދިސާ އަކީ ދ. ބަނޑިދޫން މަހަށް ނުކުމެ އުޅުނު ބަޔަކަށް ދިމާވި ހާދިސާ އެކެވެ. ކަނޑު މަތީން "ބިޔަ" އެއް ތިލަވެ މަސް ޯދނީގައި ޮއޅުލައިގަނެގެން އުޅުނު ޮގތުގެ ވާހަކަތައް މި ގެނެސްދެނީ އެ ބިރުވެރި ހާދިސާ ތަޖުރިބާ ކުރި މީހުންގެ ދުލުންނެވެ. އެއީ ބިރުވެރި ވާހަކަ އެކެވެ.

މީ މި ފަހަރުގެ ކަވަރު ސްޯޓރީ އެވެ. ސަން ޓީމު ބަނޑިދޫ އަށް ދަތުރު ކުރީ މިދިޔަ ހުކުރު ދުވަހު އެވެ. މި ދަތުރުގައި ބަނޑިދޫ ރައްޔިތުންނާއި މި ހާދިސާ ސަން ޓީމުގެ

ނޫސްވެރިންނާ ހިއްސާ ޮކށްދިން ފަރާތްތަކަށް ޚާއްސަ ޝުކުރެއް އަދާ ކުރަމެވެ."ޕާޓީ ފިކުރުގައި ހަފުސްވުން" މި ސުރުޚީގެ ދަށުގައި ފުއާދު

ލިޔުއްވާފައިވާ ރިޯޕޓަކީ ކިޔާލުން މުހިންމު ސިޔާސީ ރިޯޕޓެކެވެ. މީގެ އިތުރުން މި ފަހަރު ވެސް އެއްކަލަ ޯލބީގެ ސަފުހާ ހިމަނާފައި ވާނެ އެވެ. މި ފަހަރުގެ ޯލބީގެ

ސަފުހާގައި ވެސް ހިމަނާފައި ވަނީ ކިޔާލުން ޮކންމެހެން މުހިންމު މައުލޫމާތު ތަކެކެވެ. ޯލބީގެ ސަފުހާ ޮބޑަށް އަމާޒު ޮކށްފައި ވާނީ ޒުވާނުންނަށެވެ. ތިޔަބޭފުޅުންގެ މަގުބޫލު ޮކލަމްތައް މި ފަހަރު ވެސް ހިމަނާފައި ހުންނާނެ އެވެ. ވިދާޅުވަމުން ގެންދަވާށެވެ.

Page 4: Sun Magazine Issue 11
Page 5: Sun Magazine Issue 11

ސިނާން އަލީކޮާމކޯޅި“

ާއ ހަތް އަޖައިބުގެ ތެރެއަށް ާރއްޖެ ދުނިޔޭގެ އާ ހަތް އަޖައިބުގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނިގެން ދިޔުމަކީ އަޅުގަނޑު ވެސް ވަރަށް ޮބޑަށް އެދޭ ކަމެކެވެ. އެކަމަށް ޓަކައި

އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވެސް ކުރަމެވެ. ރައްޓެހިން ގާތުގައި ޯވޓު ދޭން ބުނަމެވެ. ތިމާގެ މީހުން ގާތުގައި ވެސް އެ ވާހަކަ

ދައްކަމެވެ. އެ މީހުންގެ ގާތް މީހުންނާއި ދަންނަ މީހުން މެދުވެރިޮކށް ވެސް އެ މަސައްކަތް ޮކށްދޭން އެދެމެވެ. އަމިއްލަ ފަރުދެއްގެ ޮގތުން އަޅުގަނޑަށް

ކުރެވެން ޮއތް ހުރިހާ ކަމެއް މި އަންނަނީ ކުރަމުންނެވެ. ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި މި ދިވެހި ރާއްޖެ ހިމެނިގެން ދިޔުމަކީ ވަރަށް ޮބޑު ފަޚުރެކެވެ. އެ ފަޚުރު ޯހދުމަށް ޮކންމެ ދިވެއްސަކު ވެސް މަސައްކަތް ކުރުމަކީ ގައުމީ ވާޖިބެކެވެ. ދިވެއްސަކަށް ވީތީ އެވެ. އެކި މީހުންނަށް ކުރެވޭނީ އެކި މަސައްކަތެވެ. މި ޝަރަފުވެރި މަގާމަށް

ވާދަ ކުރާ ޮބޑެތި ގައުމުތަކަށް ބަލާ އިރު ރާއްޖެއިން ކުުރެވެން

ހުރި މަސައްކަތް މަދު ވާނެ އެވެ. ރާއްޖޭގެ

އާބާދީ ކުޑަ ވީމަ އެވެ. އެހެން ކަމުން މި

ޮބޑު މަސައްކަތުގައި އެހީ ވާން ތިބި

ޮބލުގެ އަދަދު މަދު ވާނެ އެވެ. އެކަމަކު އެއީ އަޅުގަނޑުމެންގެ ހިއްވަރު އެލެން ޖެހޭ ސަބަބެއް ނޫނެވެ. މި ފަދަ ޮބޑު ކަމަކަށް

ކުރިމަތިލައިގެން އުޅޭ އިރު އަޅުގަނޑުމެންގެ

ހުރި ބަލިފައިތައް ދެނެގަނެ އެއަށް ފަރުވާ

ކުރާން ޖެހެ އެވެ. އަޅުގަނޑަށް ގަބޫލު ކުރެވޭ ޮގތުގައި ރާއްޖެ ފަދަ ގައުމެއްގައި މި ކަމަށް ޓަކައި ކުރެވެން ޖެހޭ އެންމެ މުހިންމު ކަމަކީ މި ކަމުގެ ރޫހު

އެންމެންގެ ހިތުގައި އުފެއްދުމެވެ. ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ދިވެހި ގައުމު ހިމެނުމުގެ މަސައްކަތުގައި ގައުމީ ކުލަ ޖެއްސުމެވެ. ދިވެހިންނަކީ

ގައުމު ދެކެ ޯލބިވާ ބައެކެވެ. މި ކަން ކުރުމަށް ޓަކައި އެންމެން އެ ވާނަކަށް ނުކުތުމުގެ ރޫހު ދިވެހި ހިތްތަކުގައި އަށަގެންނެވުމަކީ އުނދަގޫ ކަމެއް ނޫނެވެ. "އަހަރެމެންގެ ފަހަރު" ކަމުގައި ބުނެ ދިވެހިން ސާފް

ޗެމްޕިއަންޝިޕުގެ ތަށި ދިވެހި ފަސްގަނޑަށް ގެނައުމަށް ސްރީ ލަންކާ އަށް

ކުރި ފަދަ ދަތުރަކަށް މި މަސައްކަތް ވެސް ހަދާން އެބަ ޖެހެ އެވެ. ދިވެހިރާއްޖެ ދުނިޔޭގެ އާ ހަތް އަޖައިބުގެ ތެރޭގައި ހިމެނުމަށް ކުރާން ޖެހޭ ދަތުރު ފުރިހަމަ ކުރެވޭނީ އެ ފަދަ ރޫހެއްގައި މި ގައުމުގެ މީހުން އެކަމާއިގެން ނުކުމެގެން ކަމާ މެދު ޝައްކެއް ނެތެވެ. އާދައިގެ މީހުނުން ފެށިގެން މުއްސަދިން ވެސް ހިމެނޭ

ޮގތުންނެވެ.މި މުޅި މަސައްކަތުގެ ޮބޑު ކަމަށް ބަލާ އިރު، ރަސްމީ ފަރާތްތަކުން

މި ކަމަށް ކުރާ މަސައްކަތް ކުޑަ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެ އެވެ. ހޭލުންތެރި ކުރުވުމަށް ކުރެވޭ މަސައްކަތަށް ސަތޭކަ އަކުން ދޭނީ ކިހާ ވަރެއް

ކަމެއް ނޭނގެ އެވެ. އެނގޭ ކަމަކީ ކަމުގެ މައުލޫމާތު ހުރި މީހުން މި ގައުމުން ފެންނަލެއް މަދު ކަމެވެ.

މި މަސައްކަތަށް ރަސްމީ ފަރާތްތަކުގެ ވިސްނުން ހުރި މިންވަރު އަޅުގަނޑަށް

އެންމެ ޮބޑަށް ފާހަގަ ކުރެވުނީ

މިދިޔަ ހަފުތާގައި އެއާރޯޕޓަށް ކުރި ދަތުރެއްގަ އެވެ. "ހޭވް ޔޫ ޯވޓެޑް" މިހެން ޖަހާފައި

ޮއންނަ ޯބޑެއް ފުރާ މީހުން ޗެކިން

އަށް ވަންނަން ދާ އިރު ފެންނާން ހުރެ އެވެ. އެ

ޯބޑާ ދިމާ ތިރީގައި ޮބޑު ސިންގާ ކަޅު

ކުލައިގެ ދެ އެއްޗެއް ފެންނާން ހުރެ އެވެ. އަޅުގަނޑު ހީކުރީ އެއީ ޯވޓު ލެވޭ

ޮގތަށް ހަދާފައި ހުރި ސިސްޓަމެއް ކަމަށެވެ. އެކަމަކު ރަނގަޅަށް ބަލައިލުމުން އެނގުނީ އެއީ އެތާ ތިރީގައި ބަހައްޓާފައި ހުރި ދެ ޑަސްބިން ކަމެވެ. އޭގެ ބަދަލުގައި އެ ތަނުގައި ފުރަންދާ އެންމެންނަށް ރާއްޖެ ދުނިޔޭގެ އާ ހަތް

އަޖައިބުގެ ތެރޭގައި ހިމެނުމަށް ޯވޓު ދެވޭނެ އިންތިޒާމު ހަމަޖައްސާފައި ހުރި ނަމަ ހާދަ ގިނަ ޯވޓެއް ލިބޭނޭ އަޅުގަނޑު ހިތަށް އަރަ އެވެ. "ހޭވް ޔޫ ޯވޓެޑް"

ނުވަތަ "ކަލޭ ޯވޓު ދީފިންހޭ؟،" ޖަހާފައި ޮއތުމަކުން ނުފުދެ އެވެ. ރަސްމީ ފަރާތްތަކުން މި ކަމަށް އިތުރު ސަމާލުކަމެއް ދީގެން މަސައްކަތް ޮކށްފި ނަމަ ކުރެވޭނެ އިތުރު ކިތަންމެ ކަމެއް ހުންނާނެ އެވެ. އަޅުގަނޑު ފަދަ އަމިއްލަ

ފަރުދަކަށް ކުރެވޭނީ ނިސްބަތުން ވަރަށް ވެސް ކުޑަ މަސައްކަތެކެވެ.

Page 6: Sun Magazine Issue 11

www

ހޯމަރގެ އިލިއެާޑއި އޮޑިއްީސޯހމަރ އަކީ ޤަދީމީ ގްރީކު ނުވަތަ ޔޫނާނުގެ ޅެންވެރިއެކެވެ. އޭނާގެ އެންމެ މަޝްހޫރު މަސައްކަތަކީ "އިލިއެޑް" އާއި "ޮއޑިއްސީ"

ގެ ނަމުން ނަންދެވިފައިވާ ދެ ދާސްތާނީ ޅެމެވެ. މި ދެ ޅެމަކީ ގްރީކުގެ ޙަޟާރަތުގެ ތެރެއިން އުފެދިގެން އައިސްފައިވާ އެންމެ މަޝްހޫރު އަދަބީ

މަސައްކަތްތައް ކަމުގައި ހިމެނޭ ދެ ޅެމެވެ. ވަރަށް ޮބޑަށް ލަފާކުރެވޭޮގތުގައި މި ދެ ޅެމަކީ މެދުއިރުމަތީގެ ޙަޟާރަތްތަކާއި، ޚާއްސަޮކށް ޤަދީމީ މިސުރުގެ

ޙަޟާރަތުގެ ފުޯލކުތަކާއި އަދަބީ އުފެއްދުންތަކުގެ މައްޗަށް ބިނާވެގެން އުފެދިފައިވާ ދެ ޅެމެވެ. ނަމަވެސް މި ޒަމާނުގެ ހުޅަނގުގެ އަދަބީ

މުއައްރިޚުން މި ޙަޤީޤަތް ޢާއްމު ޮގތެއްގައި ޤަބޫލުފުޅެއް ނުކުރައްވައެވެ. ޯހމަރ އަކީ ބުނެވޭ ޮގތުގައި ޯލފުޅު އަނދިރި ބޭފުޅެކެވެ.

އޭނާ ދުނިޔޭގައި އުޅުއްވި ދުވަސްވަރާ ބެހޭޮގތުން މުއައްރިޚުންގެ މެދުގައި ޮބޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައި ވެއެވެ. ޔޫނާނުގެ މުއައްރިޚެއް ކަމުގައިވާ ހެޮރޮޑޓަސް ލަފާކުރައްވާޮގތުގައި ޯހމަރ ދުނިޔޭގައި އުޅުއްވީ

އަލްއުސްތާޛު އަޙުމަދު މާޖިދު

ޚަީލލް ޖިބްާރންގެ "އައްނަީބ"ފޮތުގެ ދުނިޔެއިން"އައްނަބީ" އަކީ ލުބްނާނުގެ ޢަރަބި ޅެންވެރިއެއް، އަދި ފަލްސަފާވެރިއެއް

ކަމުގައިވާ ޚަލީލް ޖިބްރާން އެކުލަވާލައްވާފައިވާ ފަލްސަފީ ޮފތެކެވެ. 1923 ވަނަ އަހަރު ޝާއިޢުކުރެވުނު ޖިބްރާން މި ޮފތުގެ އަސްލު ލިޔުއްވީ އިނގިރޭސި ބަހުންނެވެ.

މި ޮފތަކީ އޭނާގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ޮބޑު ތަރުޙީބެއް ލިބިގެންދިޔަ އެއް މަސައްކަތެވެ. މި ޮފތާއި އަދިވެސް އެހެނިހެން ބައެއް ޮފތްތަކާއި ޅެންތަކާއެކު އޭނާ ހިމެނިވަޑައިގެންފައިވަނީ ދުނިޔޭގެ ތާރީޚުގައި، އިނގިރޭސި ވިލާތުގެ ވިލިއަމް

ޝޭކްސްޕިއަރާއި ޗައިނާގެ ލާޮއޓްޒޫގެ ފަހަތްޕުޅުން، ތިންވަނަޔަށް އެންމެ ގިނަ ޢަދަދަކަށް އެ ޅެންވެރިއެއްގެ ޅެންތައް ވިކިފައިވާ ޅެންވެރިޔާ ކަމުގައެވެ. އޭނާގެ

ޅެންތައް ދުނިޔޭގެ ސާޅީސް ބަހަކަށް ތަރުޖަމާކުރެވިފައި ވެއެވެ.

"އައްނަބީ" އަކީ އެއް މައުޟޫއަށް ލިޔެވިފައިވާ ޮފތެއް ނޫނެވެ. އެއާ ޚިލާފަށް، އެ ޮފތަކީ ތަފާތު އެތަކެއް މައުޟޫޢުތަކަށް ފަލްސަފީ ޚިޔާލުތަކެއް

ފާޅުކުރެވިފައިވާ ޮފތެކެވެ. މި ޮފތުގައި އެ މައުޟޫޢުތަކަކަށް ޖިބްރާން ވާހަކަދައްކަވާފައިވާ މައުޟޫޢުތަކުގެ ތެރޭގައި ޯލތްބާއި، ކައިވަންޏާއި، ދަރީންނާއި،

އުފަލާއި ހިތާމައާއި، ޤާނޫނާއި، މިނިވަންކަމާއި، އެކުވެރިކަމާއި، އަރާމާއި، މަރު ފަދަ މައުޟޫޢުތައް ހިމެނެއެވެ. މިއިން ޮކންމެ މައުޟޫޢަކަށްވެސް ޖިބްރާން ފާޅުކުރައްވާފައިވާ

ޚިޔާލުތައް ފުނެވެ. އެ ޚިޔާލުތައް ފާޅުކުރައްވަން އޭނާ ބޭނުންފުޅު ކުރައްވާފައިވާ ބަސްމަގުގެ ފުރިހަމަކަމާއި މޫސީގިއްޔަތާއި ރިވެތިކަން ފަރުބަދަޔަކުން ޮއހިގެންދާ ސާފު ފެނުގެ އާރެއް ފަދައެވެ. އެ ޮފތް ޯހއްދަވައިގެން އަމިއްލަފުޅަށް ތަޖުރިބާ

ޮކށްލައްވާށެވެ!

ހެޮރޮޑޓަސްގެ 400 ވަރަކަށް އަހަރުކުރީންނެވެ. އެއީ ޢީސާއީ މީލާދުގެ 850 ވަރަކަށް އަހަރު ކުރިއެވެ. ނަމަވެސް ގިނަ މުއައްރިޚުން ބައްލަވާޮގތުގައި ޯހމަރ ދުނިޔޭގައި އުޅުއްވީ ޢީސާއީ މީލާދުގެ ގާތްގަނޑަކަށް 1184 ވަރަކަށް އަހަރު

ކުރީންނެވެ. ހަމައެއާއެކު، ޯހމަރ އަކީ ޚިޔާލީ ނަމެއް ކަމަށާއި، "އިލިއެޑް" އާއި "ޮއޑިއްސީ" އަކީ އެކިއެކި ދައުރުތަކުގައި ކިޔިފައިވާ އެތައް ފުޯލކުވާހަކަތަކެއް އެއްޮކށްލައިގެން ހެދިފައިވާ ދެ ޅެން ކަމަށްވެސް ބައެއް ބޭފުޅުން ވިދާޅުވެއެވެ.

ޯހމަރގެ ޙަޔާތްޕުޅާ ބެހޭޮގތުން ތާރީޚީ ޮގތުން އިތުބާރު ހުރި އެއްެސް މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. "އިލިއަޑް" އާއި "ޮއޑިއްސީ" އާއި ދެ ޅެން ކިޔައިލުމުންވެސް އެއީ އެކަކު އެއްދުވަސްވަރެއްގައި އެކުލަވާލާފައިވާ ޅެންތަކެއް

ކަމަށް ޤަބޫލުކުރަން ދަތިވެއެވެ. މާރޓިން ވެސްޓް ފަދަ ހުޅަނގުގެ އަދަބީ މުއައްރިޚުންގެ ބައެއް ބޭފުޅުން ވިދާޅުވާ ޮގތުގައި ޯހމަރ އަކީ ދުނިޔޭގައި

އުޅުއްވި ބޭފުޅެއްވެސް ނޫނެވެ. މިހާރުގެ ޢިލްމުވެރީން އިއްތިފާޤުވެވަޑައިގަންނަވާ ޮގތުގައި "އިލިއަޑް"

އަދަބާއި ފަންނު

6

Page 7: Sun Magazine Issue 11

7

To commentSUN (comment) and send to 2747

www

ބަހްލޫލުލް މަޖުނޫން އެއް ފަހަރަކު ކަނޑުމަގުން ބަޞަރާއަށް ދަތުރުކުރިއެވެ. އޭނާ ދަތުރުކުރި ނަވަކީ ބަޣުދާދުގެ ސައުދާގަރަކު އޭނާގެ

މުދާތަކާއިގެން ބަޞަރާއަށް ކުރެއްވި ވިޔަފާރި ދަތުރެކެވެ. އެ ސައުދާގަރަކީ ބަހުލޫލުގެ ވަރަށް ޒަމާންވީ ރަޙުމަތްތެރިއެކެވެ. ޮކންމެވެސް މުހުތާދެއްގައި ބަޞަރާއަށް ދާން ބޭނުންވެފައި ބަހުލޫލު ހުއްޓައި ސައުދާގަރު ކަލޭގެފާނާ

ދިމާވެގެން އޭނާގެ ނަވުގައި ބަހުލޫލަށްވެސް ބަޞަރާއަށް ދެވޭ ޮގތް ވީއެވެ. ނާ ފުރައިގެން މާކަނޑަށް ނިކުތްތާ މާކަ ގިނަ އިރުތަކެއް

ނުވަނީސް ވިއްސާރަވެ ދުނިޔެމަތި އަނދިރިޮކށްލައިފިއެވެ. ވައިގަދަވެ، ކަނޑު ގަދަވެ، ޮބޑެތި ރާޅުތަކުގެ ތެރޭގައި ނާ ނަށަން ފަށައިފިއެވެ. ދެން ވީޮގތަކީ، ނަވުގައި ތިބި ސައުދާގަރުގެ ޚައްދާމުންގެ ތެރެއިން މީހަކު ވަރަށް ބާރަށް

ޮރއިހަޅޭއްލަވަން ފަށައިފިއެވެ. ފަޅުވެރީން ވީޮގތެއް ބަލައި ހެދުމުން އެނގުނީ އެ ކަލޭގެ ޮރއިހަޅޭއްލަވަނީ ކަނޑު ދެކެ ބިރުން ކަމެވެ. ފަޅުވެރީން އޭނާގެ

ހިތްހަމަޖައްސައިދޭން އެކި ވާހަކަތައް ދައްކައިގެންވެސް އޭނާގެ ހިތުން ބިރުވެރިކަން ފިލައިގެންދާ ޮގތެއް ނުވިއެވެ. ސައުދާގަރު ކަލޭގެފާނު އޭނާއާ ވާހަކަދެއްކެވުމުންވެސް ނަތީޖާއެއް ނުފެނުނެވެ. ދެން ސައުދާގަރު ކަލޭގެފާނު ހެއްދެވި ޮގތަކީ ބަހުލޫލު ގެންނަވައި މަޝްވަރާއަކަށް އެދިލެއްވީއެވެ. ބަހުލޫލު

ހުރެލާފައި ނަންގަތެވެ. "ނާ މަޑުޮކށްފައި، އޭނާ ކަނޑަށް އެއްލާލައްވާށެވެ! އަދި އޭނާގެ ފަހަތުން ރަނގަޅަށް ފަތަން ދަންނަ، ޯޖރު ހުރި ދެތިން މީހުންވެސް

ކަނޑަށް ފުންމާލާށެވެ! އަދި ދެން އޭނާ ޣަރަގު ވަންޏާ ސަލާމަތްކުރައްވާށެވެ! ނޫންނަމަ އޭނާ އަމިއްލަޔަށް ނަވަށް އަރަންދެން މަޑުކުރައްވާށެވެ!"

ބަހުލޫލުގެ މަޝްވަރާ އިވުމުން އެތާގައި ތިބި އެންމެންވެސް އެކަކު އަނެކެއްގެ މޫނަށް ބަލަން ފެށީއެވެ. ސައުދާގަރު ކަލޭގެފާނުވެސް އިރުޮކޅެއް ވަންދެން ބަހުލޫލުގެ މޫނަށް ބަލަހައްޓަވައިގެން އިންނެވިއެވެ. ދެން ބަހުލޫލު ދެންނެވިއެވެ. "ކަލޭގެފާނު އަޅުގަނޑުގެ މަޝްވަރާއަކަށް އެދިލެއްވި ހިނދު

މަޝްވަރާއެއް ދިނީއެވެ. އެއީ މަގުބޫލު މަޝްވަރާއަކަށް ނުވަނީނަމަ ކަލޭގެފާނަށް ފެނިވަޑައިގަންނަވާ އެހެން ޮގތަކަށް ޢަމަލުކުރައްވާށެވެ!" އެ ވަގުތު ސައުދާގަރު ކަލޭގެފާނު އަވަސް އަވަހަށް ބުނުއްވިއެވެ. "ނޫނެކެވެ! ނޫނެކެވެ! ތިޔައީ ހަމަ ރަނގަޅު މަޝްވަރާއެކެވެ!" ދެން ފަޅުވެރީންނާ ދިމާޔަށް ބައްލަވައިލައްވާފައި

ބުނުއްވިއެވެ. "ކަލޭމެން ތިޔަ ތިބީ ކިހިނެއް ވެފައި ހެއްޔެވެ؟ އަވަހަށް ބަހުލޫލު ބުނިޮގތަށް ޢަމަލުކުރާށެވެ! ލަސްނުޮކށް އަވަސްކުރާށެވެ!"

އިސާހިތަކު ނާ މަޑުޮކށް، އެއްކަލަ ޚައްދާމުކަލޭގެ ޮރއިޮރއި ޮއއްވައި އޭނާ ކަނޑަށް އެއްލާލާފައި އޭނާގެ ފަހަތުން ވަރުގަދަ ހަތަރު ޒުވާނުންވެސް ކަނޑަށް ފުންމާލައިފިއެވެ. އެއްކަލަ ކަލޭގެ އިރުޮކޅެއް ވަންދެން ރާޅުތަކުގެ ތެރޭގައި ޮގތްހުސްވެފައި ޮއތެވެ. އެތައް ފަހަރަކު އަޑިޔަށް ޮގސް މައްޗަށް

އަރައި، އެތައް ފަހަރަކު ޮލނު ޮބވި، މަރުގެ ރަހަ އަރުތެރޭގައި ހިނގުމަށްފަހު އޭނާ ރާޅުތަކާ ހަނގުރާމަކުރަން ފެށިއެވެ. ކަށީން ހިތްވަރު ނެރެގެން ފަތައިގަނެ،

އެންމެފަހުން ނަވުން ތިރިޔަށް ވައްޓާފައި ޮއތް ވަލެއްގައި އެލިގަނެގެން އުންކާރު ދެމުން ދެމުން ނަވަށް އެރިއެވެ. އެއިރު އޭނާގެ ހިތުން ބިރުވެރިކަމުގެ

އަސަރުތައް މުޅީން ނެތިހިނގައްޖެއެވެ. ނާ ފުރައިގެން ގަދަ ކަނޑުގައި ދަތުރުޮކށްފައި ބަޞަރާގެ ބަނދަރާ ހަމަޔަށް ދިޔައިރުވެސް ޚައްދާމު ކަލޭގެ ހުރީ ނިކަން ހަމަޖެހިފައެވެ. އެއަށްފަހު ސައުދާގަރު ކަލޭގެފާނު ކަނޑުމަގުން ކުރައްވާ

ޮކންމެ ދަތުރެއްގައި އެންމެ ހީވާގި އެއް އެހީތެރިއަކީ އެ ކަލޭގެއެވެ.

އާއި "ޮއޑިއްސީ" އާ ދެ ޅެމުގެ ތެރެއިން ފުރަތަމަ އެކުލަވައިލެވުނު ޅެމަކީ "އިލިއަޑް" އެވެ. "ޮއޑިއްސީ" އެކުލަވައިލެވުނީ "އިލިއަޑް" ގެ ވިއްސަކަށް

އަހަރު ފަހުންނެވެ. އެހެންކަމުން "އިލިއަޑް" އަކީ ހުޅަނގުގެ އަދަބީ ތާރީޚުގެ ފެށުން ކަމަށްވެސް ބުނެވެއެވެ.

"އިލިއަޑް" ނުވަތަ "އިލިއަންގެ ޅެމު"ގެ މައިގަނޑު ވާހަކައަކީ މަޝްހޫރު "ޓްޯރޖަން" ހަނގުރާމައިގެ ތާރީޚެވެ. ޓްޯރޖަން ހަނގުރާމައަކީ

ފުޯލކުވާހަކަތަކުގައި ކިޔޭޮގތުން ޔޫނާނީންގެ ރަސްކަލެއް ކަމުގައިވާ އަގަމެމްނަން، ޓްޯރއީއަށް ޙަމަލަދެއްވައި އެރަށް ސުންނާފަތިޮކށްލެއްވުމަށްޓަކައި ކުރެއްވި ދިހަ އަހަރު ދުވަހުގެ ދިގު ހަނގުރާމައެވެ. "އިލިއެޑް" ގައި އިންސާފުކުރެވިފައިވަނީ

މި ދިހަ އަހަރު ދުވަހުގެ ތެރެއިން އެންމެ ފަހު އަހަރުގެ ތެރޭގައި ހަނގުރާމައިގެ މައިދާނުގައްޔާއި ލަޝްކަރުތަކުގެ އެތެރޭގައި ހިނގައިދިޔަ

ޙާދިސާތަކަށެވެ. އެޮގތުން މަޝްހޫރު ހަނގުރާމަވެރިޔާ އެކިލިސްއާއި އަގަމެމްނަން ރަސްގެފާނާއި ދެ ބޭފުޅުންގެ ކުރިމަތިލުންތަކާއި، ޓްޯރއީގެ މަޝްހޫރު ބަހާދަރު އަމީރު ހެކްޓަރ އެކިލިސްގެ އަތުން ޤަތުލުވާޮގތާއި، ޓްޯރއީ ފަތަޙަވެ، ޔޫނާނީން އެ ޝަހަރު އަންދާލާޮގތުގެ ތަފްސީލުތައް "އިލިއެޑް" ގައި ބަޔާންކުރެވިފައި

ވެއެވެ. މި ޅެމުގައި ވަނީ 15000 ބައިތެވެ. "ޮއޑިއްސީ" އަކީ "އިލިއަޑް" ގެ ޙާދިސާތައް ނިމިގެން

ދިޔުމަށްފަހު ދެން ހިނގާ ޙާދިސާތަކުގެ މައްޗަށް އަލިއަޅުވާލާ ޅެމެކެވެ. 12000 ވަރަކަށް ބައިތުގެ މި ޅެމުގެ މައިގަނޑު އެކުލެވިފައިވަނީ

ޔޫނާނީންގެ ބަޠަލެއް ކަމުގައިވާ ޮއޑީސިއަސް ނުވަތަ އުލައިސަސް ޓްޯރއީގެ ހަނގުރާމައިން އެނބުރި ޔޫނާނަށް ކުރެއްވި ދަތުރުފުޅުގެ މައްޗަށެވެ. މި ޅެމުގައި އޭނާގެ އަނބިކަނބަލުން ޕެނިޯލޕާއި ދަރިކަލުން ޓެލެމެކަސްއާއި

ދެމައިކަނބަލުންނަށް އޭނާގެ ޣައިރުޙާޒިރުގައި ދިމާވެވަޑައިގަންނަވާ އުނދަގޫތަކުގެ ވާހަކަތައްވެސް ބަޔާންކުރެވިފައި ވެއެވެ. ޮއޑީސިއަސްއަށް އެނބުރި އޭނާގެ ވަޒަން ކަމުގައިވާ ޔޫނާންގެ އިތާކާއަށް ވަޑައިގެންނެވެނީ ދިހަ އަހަރުގެ ދިގު

އަދި ބިރުވެރި ދަތުރުފުޅަކަށްފަހުއެވެ. މި ދަތުރުފުޅުގައި އޭނާއަށް ނުބައި ދޭވަތާއިންގެ އުނދަގޫތަކާއި، މިނިކާ މީހުންނާއި، ބިރުވެރި އިފުރީތުންނާއި ޖައްބާރުންގެ ފަރާތުން އެތައް ނުރައްކާތަކެއް ކުރިމަތިވެވަޑައިގަތެވެ. މި ހުރިހާ ކަމަކުން ސަލާމަތްވެވަޑައިގަތުމަށްފަހު އޭނާ އެނބުރި އިތާކާއަށް ރުޖޫޢަވެވަޑައިގެންނެވިއެވެ. އަދި އޭނާ ނެތިދިޔަ ދުވަސްވަރު އޭނާގެ

އަނބިކަނބަލުންނާހެދި އުޅުނު ފިރިހެނުންނާ ހަނގުރާމަކުރައްވައި އެއެންމެން ޤަތުލުޮކށްލެއްވިއެވެ. އެއަށްފަހު އޭނާ ޢާއިލާއާއެކު އުފަލުގައި ދިރިއުޅުއްވީއެވެ.

ބަހުލޫާލއި ޚައްާދމު ކަލޭގެ

Page 8: Sun Magazine Issue 11

8

ދުޢާކުރުން

އަބްދުهللا ފާރޫގު ހަސަންދިޔަ ތިކި

To commentSUN (comment) and send to 2747

ދުޢާކުރުމަކީ މާތްهللا ސުބުޙާނަހޫ ވަ ތަޢާލާގެ ޙަޟްރަތުން ކަމަކަށް އެދި ދެންނެވުމެވެ. ދުޢާއަކީ އިންސާނާގެ ހިތުގައި އުފެދޭ ފުން އިހްސާސެއްގެ ފާޅުވުމެކެވެ. ދުޢާކުރުމަކީ ވަރަށް މާތް އަޅުކަމެކެވެ. އަރަހުށި މާތްهللا ވަނީ

އަޅުގަނޑުމެންގެ ބޭނުންތަކުގައި އެކަލާނގެ ޙަޟުރަތަށް ދުޢާދެންނެވުމަށް އަމުރުކުރައްވައިފައެވެ. އިޚްލާސްތެރިކަމާއެކު ކުރާ ދުޢާތަކަށް އިޖާބަދެއްވުމުގެ

ޝަރަފް ދެއްވާނެކަން އަންގަވައިފައެވެ.ދުޢާކުރެވެނީ އިންސާނާ ކަމަކަށް އިންތިހާ ދަރަޖައަށް އެދުންވެރިވުމުންނެވެ. ތިމާގެ ނަފްސު އެކަމަކަށް ނުހަނު ޮބޑަށް

ދަހިވެތިވުމުންނެވެ. ދުޢާއަކީ އެފަދަ ޙާލަތުގައި އެކަމަކަށް ނުވަތަ އެ އެއްޗަކަށް އެދި ތިމާގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ދެންނެވުމެވެ.

މާތްهللا އަށް ފުރިހަމަޔަށް އީމާންވެ އެކަލާނގެ ދެއްކެވި ތެދުމަގާ އެއްޮގތަށް ދިރިއުޅެމުންގެންދާ މުއުމިނަކަށް އެކަލާނގެ ތައުފީޤަށް

ބޭނުންވާ އެތައް ޙާލަތްތަކެއް ކުރިމަތިވެއެވެ. ތިމާގެ ބޭނުންތައް ޙާސިލުކުރުމަށެވެ. ޝައިޠާނާގެ ކިބައިން

ރައްކާތެރިވުމަށެވެ. މިފަދަ ޮކންމެ ޙާލަތެއްގައި މުއުމިނުން ހިފަންޖެހޭ ހަތިޔާރަކީ މާތްهللا އަށް

ފުރިހަމަޔަށް ކިޔަމަންތެރިވުމާއި އެކަލާނގެ ރަސްކަންފުޅަށް އަޅުވެތިވުމުގެ ހަތިޔާރެވެ. އެކަލާނގެ ޙަޟްރަތަށް އިބްތިހާލުވެ ދުޢާކުރުމުގެ ވަސީލަތެވެ.

މުއުމިނުންގެ ޙަޔާތުގެ ޮކންމެ ހިނދުޮކޅެއް ވޭތުކުރަން ޖެހޭނީ މާތްهللا ގެ ޙަޟްރަތުގައި ތިމާގެ އާދޭހުގެ ދާވަނި ފަތުރައިލައިގެންނެވެ.

އެކަލާނގެ މަތިވެރިވަންތަކަމާއި، ރަސްވަންތަކަން ވާސިޠާއަކަށް ހަދައިގެންނެވެ. ތިމާގެ ނިކަމެތިކަމާއި ނުކުޅެދުންތެރިކަމުގެ އިޢުތިރާފާއެކުގައެވެ. އެކަލާނގެ

ރަޙްމަތްވަންތަކަމުގެ ޯކރު އުތުރިއެރުން އެދިގެންނެވެ. މި ސިލްސިލާ އޭނާގެ ޙަޔާތުގައި ތާއަބަދު ދަމަހައްޓަން ޖެހޭނެއެވެ. އޭނާގެ ހެނދުނާއި

ހަވީރުއެވެ. ދަތުރުމަތީގައްޔާއި، ރަށުގައި ޤާއިމުވެހުރުމުގައެވެ. މިސްކިތުގައްޔާއި ބާޒާރުމަތީގައެވެ. އުފަލާއި ހިތާމައިގެ ވަގުތުތަކުގައެވެ. އެކަހެރިކަމުގައި ހުންނަ އިރުއާއި، ޖަމާޢަތުގައި ބައިވެރިވެއުޅޭ އިރުއެވެ. ބަޔާންވެދިޔަ ވަގުތުތަކުގައި އޭނާގެ ހިތުގެ އެންމެ ފުންމިނުން ދެންނެވޭ ދެންނެވުންތަކާއި މުނާޖާތަކުގެ

ނަމަކީ ދުޢާއެވެ. އަޅުގަނޑުމެން މާތްهللا ގެ ޙަޟްރަތަށް ދުޢާދަންނަވާއިރު

ވިސްނައިލަން ޖެހޭ އެތައް ކަންތައްތަކެއްވެސް އެބަހުއްޓެވެ. މީހަކު އޭނާގެ

ދިރިއުޅުމުގައި މާތްهللا އަށް އަޅުވެތިވުމުގެ ސަބަބުން ލާޒިމުވާ ކަންތައްތަކަށް ބެލުމެއް ނެތި މާތްهللا ކަނޑައަޅުއްވައިފައިވާ ޙަރާމް ޙަލާލްގެ އިންތަކަށް

ފަރުވާލެއް ނުބަހައްޓައި އުޅެމުން ހަމައެކަނި ދުޢާގެ ލަފުޒުތަކެއް ދުލުކުރިން އަމުނައިލުމަކީ ދުޢާގެ މަޤުޞަދު ފުރިހަމަވާ ކަމެއް ނޫނެވެ. ދުޢާކުރުމުގެ ދާއިމީ ނަތީޖާއެއް ކަމުގައިވާ ދަރުމައާއި ޘަވާބު ލިބޭނޭ ކަމެއް ނޫނެވެ.

ތިމާގެ ދުޢާ ޤަބޫލުކުރެއްވުމުގެ ޝަރަފް ޙައްޤުވާ ކަމެއް ނޫނެވެ. އާދެ، މިއީ ދުޢާކުރާއިރު ވަރަށް ޮބޑަށް ހަނދާން ބަހައްޓަން ޖެހޭ ކަމެކެވެ. އެހެނީ މާތްهللا

އަމުރުކުރައްވައިފައިވަނީ އެކަލާނގެ ރަސްކަންފުޅަށް ދީން ޚާލިސްޮކށްގެން ހުރެ ދުޢާކުރުމަށެވެ. އެކަލާނގެ އަންގަވައިފައިވަނީ އެކަލާނގެ ޤަބޫލުކުރައްވަނީ

ތަޤުވާވެރީންގެ ޢަމަލުތައް ކަމަށެވެ. ބައެއް މީހުން ހީކުރާޮގތުގައި، ދުޢާ އިޖާބަކުރެއްވުމަކީ ހިފައިގެންދާ ޮކންމެ މީހަކަށް ފައިސާ ނެގޭ ޮގތަށް ޮއންނަ ޗެކަކަށް ފައިސާ ލިބޭޮގތަށް

އެއްެވެސް އުނިއިތުރެއް ނުވަތަ ލަހެއް ފަހެއް ނެތި ދުޢާގެ ނަތީޖާ ފެނުމެވެ. ނަމަވެސް މިއީ ވަރަށް

ޮބޑު ކުށްހީއެކެވެ. އަޅަކު އޭނާގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް ތަކުރާރުޮކށް އާދޭސް ދެންނެވުމުގެ ފުރުސަތު ލިބޭކަމީވެސް އޭނާއަށްޓަކައި ފުދިފައި އިތުރުވާފަދަ ނިޢުމަތެކެވެ. ދުޢާ އިޖާބަކުރެއްވުމާ ބެހޭ ޮގތުން ކައުސާހިބާ ރަސޫލުهللا ޞައްލަهللا ޢަލައިހި ވަ ސައްލަމަ ދެއްވާފައިވާ އިރުޝާދަކީ

އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭ އިރުޝާދެކެވެ. އިތުރު ސާހިބާ އިރުޝާދުދެއްވާފައިވާ ޮގތުގައި،

މާތްهللا ގެ އަޅާ އެކަލާނގެ ޙަޟްރަތަށް ކުރާ ދުޢާ އިޖާބަކުރައްވައެވެ. ބައެއް ފަހަރު

ދުނިޔޭގައި އެ ދުޢާގެ އަސަރު ފާޅުކުރައްވައެވެ. ނުވަތަ އާޚިރަތަށްޓަކައި އެ ދުޢާގެ ދަރުމައާއި ޘަވާބު ރައްކާކުރައްވައެވެ.

އަނެއްބައިފަހަރު އެ ދުޢާގެ ނިސްބަތުން އޭނާގެ ފާފަފުއްސަވައެވެ. ޝަރުޠަކީ ފާފަވެރިވާފަދަ ކަމަކަށް އެދި ނުވަތަ ރަޙިމުގެ ގުޅުން ކެނޑޭ ފަދަ ކަމަކަށް އެދި ދުޢާނުކުރުމާއި، ދުޢާ އިޖާބަނުވެގެން އެކަމާ ލަސްވެގެން ނުއުޅުމެވެ.

ޝައްކެއް ނެތެވެ. އަޅުގަނޑުމެންގެ މާއްދީ ބޭނުންތަކާއި، މަޢުނަވީ ބޭނުންތަކާއި ވަސީލަތްތައް ޯހދައި ލިބިގަންނަން ޖެހޭ ފަދައިން ދުޢާކުރުމަކީވެސް

ވަސީލަތެކެވެ. ހެޮޔ ކަންތައްތައް ލިބިގަތުމަށާއި، ނުބައި ކަންތައްތަކުން ދިފާޢުވުމަށްޓަކައި އިޚްތިޔާރުކުރަން އަމުރުކުރައްވައިފައިވާ ވަސީލަތެކެވެ.

މުއުމިނުންގެ އެންމެ އިތުބާރު ހުރި ކިއްލާއެވެ. އެންމެ ބާރުގަދަ ހަތިޔާރުވެސް މެއެވެ.

އަޅުގަނޑުމެންގެ މާއްދީ ބޭނުންތަކާއި، މަޢުނަވީ ބޭނުންތަކާއި ވަސީލަތްތައް ޯހދައި ލިބިގަންނަން ޖެހޭ ފަދައިން ދުޢާކުރުމަކީވެސް

ވަސީލަތެކެވެ. ހެޮޔ ކަންތައްތައް ލިބިގަތުމަށާއި، ނުބައި ކަންތައްތަކުން ދިފާޢުވުމަށްޓަކައި އިޚްތިޔާރުކުރަން އަމުރުކުރައްވައިފައިވާ ވަސީލަތެކެވެ.

Page 9: Sun Magazine Issue 11

ފިލްމްފެއަރއިން ދާދި ފަހުން ނެގި ޯޕލްއަކުން ދައްކާޮގތުގައި އިންޑިޔާގެ އަންހެން ފިލްމީތަރިންގެ ތެރެއިން ފިރިހެނުންނަށް އެންމެ ރީތި ބަޠަލާއަކީ އާމިރުޚާންގެ ގަޖްނީގައި ބަޠަލާއެއްގެ ޯރލް އަދާޮކށްފައިވާ އަސިން ޮތޓުމްކަލް އެވެ. ފިލްމްފެއަރއިން އަސިންއާ ކުރި އިންޓަރވިއުއެއްގައި އެކަމާ ބެހޭ ޮގތުން ސުވާލުކުރުމުން އަސިން ވަނީ ހީލާފައި އޭނާއަށް ޯވޓު ދިން މީހުންގެ ތެރެއިން

އޭނާއަށް ހިތްގައިމު ފިރިހެނަކު ހުރިޯތ ބަލަންވީ ކަމަށް ބުނެފައެވެ. އަސިންއާމެދު ބުނެވެނީ އޭނާއަކީ ވަރަށް ސީދާސާދާ އަންހެންކުއްޖެއް ކަމުގައެވެ. ނަމަވެސް އަސިން ބުނާޮގތުގައި އޭނާއަކީ ވަރަށް ސިޔާސަ ކުއްޖެކެވެ. މީހުންނަށް އެކަން ނޭނގެނީއެވެ. ޮބލީވުޑްގައި މަސައްކަތްކުރާ އަންހެންތަރީންގެ ތެރެއިން އޭނާއާ އެންމެ ގާތް

އެކުވެރިންނަކީ އޭނާ ބުނާޮގތުގައި ދީޕިކާ ޕަޑުޯކނާއި ޯސނަމް ކަޕޫރާއި އަނޫޝްކާ ޝަރްމާއެވެ. އެ ބައެއްގެ ފަރާތުން އަސިން އިރުޝާދު ޯހދާ މީހުންނަކީ އާމިރު ޚާނާއި ސަލްމާން ޚާނެވެ. މި ދެ ތަރީންނަކީ މިހާތަނަށް އަސިން ކުޅުނު ޮބލީވުޑް ފިލްމުތަކުގައި އޭނާއާއެކު ޙަރަކާތްތެރިވެފައިވާ ދެ

ތަރީންނެވެ. އަޝޫޯތޝް ޮގވަރިކާރް ގެ "ކޭލޭނ ހަމް ޖީޖާންސޭ" އިން ވަކިވީ ކީއްވެގެންޯތ

ކުރެވުނު ސުވާލުގެ ޖަވާބުގައި އަސިން ބުނީ އޭނާ އެ ފިލްމުން ވަކިނުވާ ކަމަށެވެ. "ތިޔައީ އަރާފައި ޮއންނަ ޮބޑު ޮއޅުމެއް. އަހަރެން ބޭނުން ތިޔަ ޮއޅުންފިލުވައިދޭން.

އަހަރެން އެ ފިލްމުން ވައްކެއް ނުވަން. ތާރީޚުތައް ފުށުއެރުމުގެ މައްސަލައެއް ދިމާވެގެން، ވަރަށް ދެރަވެހުރެ އަހަރެން ފިލްމު ދޫޮކށްލީ މަޖުބޫރުވެގެން. އަހަރެންނާ އަޝޫޯތޝްއާއި އޭނާގެ އަންހެނުން ސުނީތާއާ ދެމެދުގައި ނުލާހިކު ގުޅުން ރަނގަޅު.

އަހަރެން އުއްމީދުކުރަން ކުރިމަގުގައި އަހަންނަށް އަޝޫޯތޝްއާއެކު މަސައްކަތްކުރުމުގެ ފުރުސަތު އަދިވެސް ލިބޭނެކަމަށް." އަސިން ބުންޏެވެ.

ދާދި ފަހުން ނިކުމެ، ސުޕަރ ހިޓް ވީ ފިލްމް ދަބަންގްގައި ޮސނާކްޝީ ސިންހާ ކުޅެފައިވާ ޯރލަށް ބެލުންތެރީންނާއި ފާޑުކިޔާ ފަރާތްތަކުގެ ތައުރީފު ޮއހިފައިވިޔަސް،

މިހާތަނަށް ލިބުނު ޓްޮރފީއެއް ލިބިފައިވަނީ އެ ފިލްމުގައި އައިޓަމް ނަންބަރެއް އަދާކުރި މަލާއިކާ އަޯރރާ ޚާނަށެވެ. އެހެންކަމުން ޮސނާކްޝީގެ އުއްމީދުތައް މިހާރު ގުޅިފައިވަނީ

މަޝްހޫރު ޯކރިޮއގްރާފަރ އަދި ޑައިރެކްޓަރ ފަރަހް ޚާންގެ ދެން ނިކުންނަ ފިލްމާއެވެ. މި ފިލްމުގެ ބަޠަލާގެ ޯރލް ކުޅޭނީ ޮސނާކްޝީއެވެ. ޮސނާކްޝީއާއެކު ފިލްމުގެ ބަޠަލެއްގެ ޯރލް

ކުޅެން ހަމަޖެހިފައިވަނީ އަކްޝޭ ކުމާރެވެ. މި ފިލްމުގެ ޕްޮރޑިޔުސަރުންނަކީ ފަރަހް ޚާނާއި އަކްޝޭ ކުމާރާއި ޝިރިޝް

ކުމާރެވެ. މީގެ ކުރީން ފަރަހް ޚާންގެ ނެރެވިފައިވާ ފިލްމުތަކާ ޚިލާފަށް މި ފިލްމު ޑައިރެކްޓްކުރާނީ ފަރަހެއް ނޫނެވެ. ޑައިރެކްޓަރަކީ ޝިރިޝް އެވެ. މި ފިލްމުވެގެންދާނީ

ޖާނޭމަން އަށްފަހު ޝިރިޝް ޑައިރެކްޓްކުރާ ފުރަތަމަ ފިލްމަށެވެ. މި ފިލްމުގައި ޮސނާކްޝީ ކުޅޭނީ ޝަހަރުގެ ދިރިއުޅުން އުޅޭ އަންހެންކުއްޖެއްގެ ޯރލެވެ. އަދި ދަބަންގަށްވުރެ ޮބޑަށް މި ފިލްމުގައި ޮސނާކްޝީގެ އެކްޓިންގ ދައްކުވައިދިނުމުގެ ފުރުސަތު ޮއންނާނެކަމަށްވެސް

ޝިރިޝް ބުންޏެވެ.

އަސިން އިރުާޝދު ހޯދަީނ ސަލްާމާނއި ާއމިރުާހންގެ ާގތުން

ފަރަހް ާޚންގެ ދެން ނިކުންނަ ފިލްމެއްގައި އަކްޝޭ ާއއި ސޮާނކްީޝ

Page 10: Sun Magazine Issue 11

ދ. އުއްދޫން: އާދަމް ހަލީމް

10

ދ. އުއްދޫ އަކީ ސަން އިންވެސްޓްމެންޓުގެ ދަށުން ހިންގާ ވިލުރީފް ބީޗް އެންޑް ސްޕާ ރިޯސޓުގެ ބެލެނިވެރިކަމުގެ ދަށުން މި އަޮތޅުގައި ދަނޑުވެރިކަން ކުރާ ކުޑަކުޑަ ރީތި ރަށެކެވެ. މި ރަށަށް އަރައިގެން ދާއިރު ރާއްޖޭގެ ޮގތަބަޔާ ރާޖަަޕްކްސަ

ރަށްރަށުން މިހާރު މަދުން ނޫނީ ނުފެންނަ މަންޒަރެއް ފެނެ އެވެ. އެއީ ހޭޅި ފަށުގައި އާދަޔާ ހިލާފަށް އެނބޫ ހެދިފައި ޮއތުމާއި ޮދންވެ ފައްކާވެފައިވާ އެނބޫތައް ބިމަށް

ފައިވަމުން ދިއުމެވެ. މި ރަށުގެ ހާއްސަ އަނެއް

އުއްދޫ ސަންީފލްޑް: ދަނޑުވެރިކަމުގައި

ފެހިވަމުން ބިޔަވަމުންދަީނ

Page 11: Sun Magazine Issue 11

11

ކަމަކީ ވިލު ރީފު ރިޯސޓުން ޮކށްފައިވާ ތަފާތު ދަނޑުވެރިވެރި ކަމެވެ. އެހެންނަމަވެސް މިރަށް، އުއްދޫ އަކީ ދަނޑުވެރިކަމުގައި

މީގެ ކުރިން އަޑު އިވޭ ނަމެއް ނޫނެވެ. "އަޅުގަނޑުމެން މިރަށުގައި ދަނޑުވެރިކަން ފަށައިގަތީ

2007 ވަނަ އަހަރުގެ ފަހުޮކޅު. އޭރު ހީކުރެވިފައި ޮއތީ ރާއްޖޭގައި ކުރާ ދަނޑުވެރި ކަމަށް ހެޮޔވަރު ރަށެއް ކަމަށް. އެކަމަކު މިހާރު އަޅުގަނޑުމެން ކުރާ ދަނޑުވެރި ކަމަށް މިރަށް ކުޑަވެއްޖެ،" މިރަށާ ހަވާލުވެ ހުންނެވި ވިލުރީފުގެ ޮއޕްރޭޝަން މެނޭޖަރު އަލީ ޔޫސުފު

ވިދާޅު ވިދާޅުވި އެވެ. "ސަން ފީލްޑް"ގެ ނަމުގައި އުއްދޫގައި ތަރައްގީ

ޮކށްފައިވާ ދަނޑުވެރިކަމަށް ބަލާއިރު މުޅި ރަށުގެ ޯބ ޖަންގައްޔަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ އެއްވެސް

ރަށަކުން ފެންނާން ނެތް ވަރުގެ ބިޔަ ފަތްކެޮޔ ދަނޑެކެވެ. މުޅި ރަށުގެ ޖަންގައްޔަކީ ވެސް ފަތްކެޮޔ ފީނިތަކެވެ.

"މިއީ އާދަޔާ ހިލާފު ދަނޑެއް. މިވަރަށް ފަތް ކެޮޔ ހައްދާފައިވާ ދަނޑުތައް ރާއްޖޭގެ ރަށްރަށުގައި ވަރަށް މަދު ވާނެ،" އަލީ ވިދާޅުވި އެވެ. "ޯބ ބިޔަ ޖަންގައްޔެއްގެ ޮގތުގައި މި ވަނީ

މުޅިން ވެސް ރާއްޖޭގެ ޮދންކެޮޔ، އޭގެ އިތުރުން އަޅުގަނޑުމެން ރުވާފައި އެބަޮއތް ތައިލެންޑްގެ ޮދންކެޮޔ ދަނޑެއް ވެސް"

މުޅި ސަންފީލްޑަށް ބަލާއިރު ޮޓމާޯޓ އާއި ރެޑިޝް އާއި ލެޓިއުސްގެ ބާވަތްތަކާއި މިރުހާއި ކެބެޖާއި ބައްޓާއި ޮކޕީ އާއި ލުނޮބއާއި ކަރައާއި ބަރަޮބލާއި ޮތޅި އާއި ކަރަލާއި ޮރކްމެލަމާއި ފަޮޅލާއި ފޭރާއި ފުފުލާއި ގިއްސާ އާއި ޮތރަލާއި ޗިޗަންޑާ އާއި

ބަނބުކޭލާއި ޖަނބުޯރލް އަދި އަނބު، އެއިން ޮކންމެ ބާވަތަކަށް ތަފާތު ދަނޑުތައް ހައްދާފައިވެ އެވެ.

"ޮކންމެ ބާވަތަކަށް ތަފާތު ގިނަ ދަނޑުތައް ތައްޔާރުޮކށްފައި އެ ވަނީ މަތިވަރު ގެއްލުނަ ނުދިނުމުގެ ޮގތުންނާއި ދަނޑުތަކަށް ބަދަލު އަންނަ ޮގތުގެ ދިރާސާތައް ހެދުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް،"

އަލީ ވިދާޅުވި އެވެ. ސަން ފީލްޑަށް ބަލާއިރު މުޅި ރަށުގެ އެކި ހިސާބުން ފެންނަ ޮކންމެ ގަހެއްގައި ވެސް އެ ގަހަކާ ބެހޭ ހުރިހާ ވަނަވަރެއް އެންމެ ފުރަތަމަ

ގަސް ރުވި ހިސާބުން ފެށިގެން ޮކންމެ ދުވަހަކަށް އައިސްފައިވާ ބަދަލުތައް ރިޯކޑުޮކށް ބަރާބަރަށް ޮލގްޮކށްފައި ވެއެވެ.

"އެ މައުލޫމާތުތަކުގެ އެހީގައި އަޅުގަނޑުމެނަށް ވަރަށް

Page 12: Sun Magazine Issue 11

12

ފަސޭހަވޭ އިތުރަށް ދަނޑުތައް ތަރައްގީ ކުރަން، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ތަޖުރިބާ ކުރަމުން ކުރިއަރުވަން. އޭގެ ނަތީޖާ

ވެސް ފެންނަނީ ރަނގަޅަށް،" އޭނާ ވިދާޅުވި އެވެ. އުއްދޫގައި ބިމުގެ ދަނޑުވެރި ކަމާއެކު ފެނުގެ ދަނޑުވެރި ކަމުގައި އެންމެ ބާރަށް ހިނގާ ހައިޑްޯރޯފނިކްސް ނިޒާމްވެސް ވަނީ

ގާއިމުޮކށްފަ އެވެ. މުޅި ރަށް ފެހިޮކށްފައިވާ ދަނޑުވެރިކަމުން ވިލުރީފާ އެއް ޗޭނެއްގައިވާ ރިޯސޓްތަކަށް ބޭނުންވާ ތަރުކާރީ އާއި މޭވާ

ޯހދަން އެހެން ބާޒާރަކަށް ދާން ޖެހޭ ޖެހުން ވަރަށް ޮބޑުތަން މަދު ކުރެވިފައިވެ އެވެ.

އެއްމިލިޔަން ޮޑލަރުގެ އިންވެސްޓެއް ޮކށްގެން އުއްދޫގައި ފަށާފައިވާ ދަނޑުވެރިކަމުގެ މަސައްކަތުގައި މިވަގުތު ދިވެހިންނާއި ބޭރު މީހުންގެ 20 މުވައްޒަފުން ތިބޭ އިރު ދަނޑުވެރި ކަމުގެ

ޮކންސަލްޓަންސީ ދޭނެ ފަރާތްތައް އެރށަަށް ވަނީ ހާއްސަޮކށްފަ އެވެ. "އަޅުގަނޑުމެންގެ އަމާޒަކީ އާންމު ބާޒާރަށް ނުކުތުމެއް

ނޫން. އަޅުގަނޑުމެންގެ ބޭނުމަކީ މި އިންވެސްޓްމެންޓް ބޭނުންޮކށްގެން ފުރިހަމަ ދަނޑުވެރިވެރި ކަމެއް ތަޖުރިބާ ކުރުން. އެ ހާސިލުކުރެވޭ

ތަޖުރިބާގެ އަލީގައި އަޅުގަނޑުމެންގެ ރިޯސޓްތަކަށް ބޭނުންވާ ތަރުކާރީއާއި މޭވާ ފުދޭ މިންވަރަކަށް ޯހދުން. އަޅުގަނޑުމެންގެ

އަމާޒުތައް މިދަނީ ހާސިލު ވަމުން، މިހާރު ވެސް އެ މިންވަރަށް އަޅުގަނޑުމެނަށް ދަނޑުވެރިކަން ކުރެވޭ،" އަލީ ވިދާޅުވި އެވެ. ހަގީގަތުގައިވެސް ސަން ފީލްޑް ފެހިވެ ބިޔަވަމުން

ފެތުރެމުން ދަނީ ދަނޑުވެރި ކަމުގެ ނަމޫނާއަކަށް ބަލާމިންވަރަށެވެ.

Page 13: Sun Magazine Issue 11
Page 14: Sun Magazine Issue 11

14

އަދުލު އިނާްސފު

21

ފަރެސް މުހައްމަދު އާމިރުގެ

ދިޔަވަރު

މައިން މަގަށް ލައްގަޅޭ އަކީ ދޫންޏެއްގެ އާދޭހެކެވެ. ކުޑަކުދިންގެ ވާހަކައެއްގައި އަންނަ ޮގތުގައި އަނިޔާ ލިބުނު ފިނދަނައެއް އަތިރިމަތީގައި އިނދެގެން މިހެން ކިޔުމުގެ ސަބަބުން ފިނދަނަ އިންދިމާއަށް ރަންޮފއްޓެއް ލެއްގިއެވެ. އަތިރިމަތީގައި އިނދެ އެ ދޫނި ކީ ކަމަށް ވަނީ "ރަންޮފއްޓެއް

ލައްގަޅޭ މައިން މަގަށް ލައްގަޅޭ" އެވެ.ރާއްޖޭގެ ސިޔާސީ މަސްރަހުން ހިނގާ އަމިއްލަ އެދުމުން ފުރިގެންވީ

ކަންކަމަށް ބަލާއިރު މި ވާހަކަ ހަނދާންވެގެން އާދެއެވެ. ބުނެވޭތީ އަޑު އިވެނީ ސިޔާސީ މީހުން ފައިސާ ޖަމާވާނޭ ޮގތްތައް ޯހދުމަށް އަވަދިނެތި އުޅޭ ވާހަކައެވެ. ހަމަ ޮކންމެ "އަގެއްގައި" ވެސް ތަކެތި ޖަމާކުރަން ފޫގަޅައިފައިވާ ވާހަކައެވެ. މަޖިލިސް މެންބަރުން ވިކޭ ކަމަށް ދައްކާ

ވާހަކައެވެ. ބައެއް ބޭފުޅުން ރިޝްވަތު ދެއްވާ ވާހަކައެވެ. ބައެއް ބޭފުޅުން ރިޝްވަތު ހިއްޕަވާ ވާހަކައެވެ. މިވާހަކަތަކަކީ މުޅިން ތެދު ވާހަކަތަކެއް ކަމަށް

މިހާތަނަށް ކަށަވަރު ކުރެވިފައެއް ނެތެވެ. ނަމަވެސް މިވާހަކަތައް މީހުންގެ ސިކުނޑިއަށް ވަންނަމުންދާ ކަމަށް ގަބޫލު ކުރެވެ އެވެ. މީހުންގެ ހިތްތައް ޮތރުފަމުންދާ ކަމަށް ގަބޫލު ކުރެވެ އެވެ. ނަތީޖާއެއްގެ ޮގތުން މީހުންގެ

އުންމީދުތައް ފަނޑުވެ މާޔޫސްކަން އިތުރުވެ މުޖުތަމައު ހިމޭންވަމުން އެބަދެއެވެ. މުޖުތަމައު ހިމޭންވުމުގެ މާނައަކީ އާ އުސްމިންތަކަށް ވާސިލްވެ އަނެއް ދިވެހިރާއްޖެ އަށް ދާން ކުރި މަސައްކަތުގެ އުންމީދު ދޫޮކށްލުމެވެ.

އުންމީދު ކެނޑި މުޖުތަމައެއް ހިމޭންވުމުގެ މާނައަކީ ދައުލަތް ހިންގުމަށްޓައި، ގައުމުގެ ތަރައްގީއަށްޓަކައި ރޭވޭ ކަންތައްތަކުގައި ރައްޔިތުން ބައިވެރި ނުވުމެވެ.

މީގެ ނަތީޖާއަކަށް ވާނީ ގައުމު އިދަޖެހުމެވެ. މަޝްރޫއުތައް ނާކާމިޔާބުވެ އިންވެސްޓަރުންގެ އިތުބާރު ކެނޑި އިގުތިސާދު ކުޑަކަކޫ މައްޗަށް ތިރިވުމެވެ. ރައްޔިތުން މާޔޫސްވެ އިގުތިސާދު ދަށަށް ޮގސްފައިވާ ގައުމެއްގެ ރައީސްކަން ކުރަން ޝައުގުވެރިކަން ހުރި ސިޔާސީ ލީޑަރަކީ ކާކު ހެއްޔެވެ؟

އެފަދަ ގައުމެއް ހަމަ އިސްޮކޅަށް ނެގެހެއްޓޭނޭ ގާބިލްކަން ހުރި ލީޑަރަކީ ކާކުހެއްޔެވެ؟

ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު ގިނަ ސިޔާސީ އިންގެ ރަނގަޅު ސުލޫކެއް ނެތެވެ. މި ދެންނެވީ ބަސްމަގު ހުތުރު ވާހަކައެއް ނޫނެވެ.

އަމަލުތައް ރީތި ނޫން ވާހަކައެވެ. ހަމަމަގުން ގައުމު ހިންގުމުގެ ނަމުގައި ގައުމަށް ދެވޭ އަނިޔާގެ ވާހައެވެ. ސަރުކާރު ޒިންމާދާރު ކުރުވުމުގެ ނަމުގައި ގައުމަށް ދެވޭ

އަނިޔާގެ ވާހަކައެވެ. ފިނޭސް މިނިސްޓަރު މަޖިލީހަށް ވަޑައިގަންނަވަންވީ ހަނގުރާމަމަތީ އުޅަނދެއްގައެއް ނޫނެވެ. ޖީއެމްއާރު ކުންފުންޏަށް އެއަރޯޕޓް ކުއްޔަށް ދިނުން

ހުއްޓުވަންވީ އެ ކުންފުންޏާ އެއަރޯޕޓް ހަވާލުޮކށް ނިމުނީމައެއް ނޫނެވެ. މި ބާވަތުގެ ޮކންމެ ކަމަކުން ނުކުންނާނޭ ނަތީޖާ ވަރަށް ސާފެވެ. ހުރިހާ

ސިޔާސީންނަށް އެ ނަތީޖާ އެހާމެ ސާފެވެ. ނަތީޖާއަކީ ކަންކަން ހުއްޓުމެވެ. ޚިދުމަތްތައް މެދުކެނޑުމެވެ. އިތުބާރު ގެއްލުމެވެ. ރައްޔިތުން މާޔޫސްވުމެވެ.

މިކަންކަން އެނގޭ އިރުވެސް އަމަލުތައް މިހުންނަނީ މިޮގތަށެވެ. މިހެން ވާންޖެހޭ ސަބަބަކީ ޮކބައިހެއްޔެވެ؟

ސަބަބުތައް ވަރަށް ގިނަ އެވެ. ނަމަވެސް ގިނަ ސަބަބުތައް

އުފެދިގެން އައިސްފައިވަނީ އެންމެ ކަމަކުން ކަމަށް ގަބޫލުކުރެވެ އެވެ. އެއީ އެއްވެސް ވަރަކަށް އިންތިޒާރު ކުރުމެއް ނެތި ވަރަށް އަވަހަށް ވަރަށް ގިނަ ކަންކަން ސިޔާސީ

މީހުން ބޭނުންވުމެވެ. ޮކން ކަމެއް ހެއްޔެވެ؟ތިމާގެ ޖާހު އުފުލި މަތިވެރިވުމެވެ. މުއްސަދިވެ މަހުޖަނަކަށްވުމެވެ.

ތިމާގެ ޮބޑުކަން ހާމަޮކށް ދެއްކުމެވެ. ހައްގަކަށް ބާތިލަކަށް އީމާންވާންޖެހޭ ކަލެއްގެ މަތިވެރިކަމަށް ބެލުމެއް ނެތި އަތުޖެހުނު ޮކންމެ ޮގތަކުން ތިމާއަށް އެކަނި ޮމޅުވާޮގތް

ޯހދުމަށް އަވަސްވެގަތުމެވެ. ލިބިފައިވަނީ ކުޑަކުޑަ ފުރުސަތެއް ކަމަށް ދެކި އެ ފުރުސަތުގައި މުދާ އެއްކުރުމާއި އެހެނިހެން މަންފާ ލިބިގަތުމަށް އަވަސްވުމެވެ.

ރާވައިގެން މަސައްކަތްޮކށްގެން ގައުމު މުއްސަދިޮކށްގެން ރައްޔިތުންނަށް ލުއިޮކށްދީގެން ތިމާގެ ކަންކަން ކުރުމުގެ ވިސްނުމާއި ކެތްތެރިކަމާއި ވަފާތެރިކަމާއި ދުރު ވިސްނުން

ނެތުމެވެ. ޮކންމެ މީހަކު އެމީހެއްގެ އެކަނި ފައިދާއާއިގެން ތެދުވެއްޖެ ނަމަ އެފައިދާގެ

ނަތީޖާ ދެކޭނޭ ގައުމެއް ނުޮއންނާނެއެވެ. އެފައިދާ ޯހދައިދޭން މަސައްކަތްކުރާނޭ ރައްޔިތެއް ނުޮއންނާނެ އެވެ.

ރައްޔިތުންގެ ޝަކުވާތައް ގިނަ އެވެ. އަދިވެސް އަސާސީ ޚިދުމަތް ފުރިހަމަ ނުވާ ވާހަކައެވެ. ޮކންމެ ވެސް ބޭފުޅަކަށް މާ ޮބޑު މަސައްކަތެއް ހަވާލުކުރި

ވާހަކައެވެ. ގައުމު ވިއްކާ ވާހަކައެވެ. ސިޔާސީ ޕާޓީތަކާ ހުރެ ގައުމުގެ އަޚުލާގު ގެއްލުނު ވާހަކައެވެ. އިދިޮކޅު ލީޑަރުންނާ ހުރެ ގައުމުގެ ހިނގުން ހުއްޓުނު ވާހަކައެވެ.

އެއްބަޔަކަށް ރިޯޒޓް ލިބޭވާހަކައެވެ. އަނެއް ބަޔަކަށް ބިންހިއްކަން ލިބޭވާހަކައެވެ. އަނެއް ބަޔަކަށް "ޓިކެޓް" ލިބޭވާހަކައެވެ.

ހަގީގަތެއް ޮއތަސް ނެތަސް ރައްޔިތުންގެ ގިނަ ބަޔަކަށް މިވާހަކަތައް ގަބޫލު ކުރެވެނީ އެމީހުންގެ އަމިއްލަ ތަޖުރިބާއިންނެވެ. ސިޔާސީ މަސްރަހުގައި

ތިބި ގިނަ މީހުންނަކީ އެކިއެކި އިންތިޚާބުތަކުގައި ރައްޔިތުންނަށް އެމީހުންގެ އެތެރެ ފެނިފައިވާ މީހުންނެވެ. އިންތިޚާބުތަކުގައި ދެއްކި ވާހަކަތަކާއި ރައްޔިތުންނާ މެދު އަމަލުކުރި ޮގތުގެ މައްޗަށް ބަލާއިރު މި އިވޭ ޮދގު ވާހަކަތަކާ އެއްޮގތް ކަންކަން ސިޔާސީ މީހުން ޮކށްފާނޭ ކަމަށް ރައްޔިތުންނަށް ވެސް ގަބޫލު ކުރެވެނީއެވެ.

އަދުގެ ހާލަތަކީ ޝައްކުކުރުމެވެ. އިތުބާރު ނެތުމެވެ. ތުހުމަތު ކުރުމެވެ. އެހެންކަމުން މިފަދަ ލީޑަރުންތަކެއް ޮގވައިގެން މަގުމަތީގައި ހިތްވަރު ކުރި

މީހުންގެ ބުރަކަށިތައް ވާޅުވެއްޖެ އެވެ. އެ މީހުންގެ ޯޖޝް ފިނިވެއްޖެ އެވެ. ދެން ފެންނަނީ އެންމެ ޮގތެކެވެ. ދީލާލުމެވެ. ޮއއި ފައްސިއަށެވެ. ވައި ފައްސިއަށެވެ.

ބަކަރި ޮކއްޓެއްގައި އުޅެން ފަސޭހައީ ހަތަރު ޮމއްގަނޑު ޖަހައިގެންނޭ ބުނެ އިންސާނިއްޔަތުކަން ދޫޮކށްލުމެވެ. ގައުމުގެ ލީޑަރުންގެ ނަމޫނާގައި ހިފައި ތިމާމެން

ވެސް ތިމަތިމާމެންގެ ނަފުސާއިގެން އުޅެގަތުމެވެ. މަލިކައްޑޫ ދެމެދުގެ ޮކންމެ ދުލަކުން މައިން މަގަށް ލައްގަޅޭ ޮގވަޮގވާ ތިބުމެވެ. ގައުމުގެ ހާލަތު މިހިސާބަށް ހިނގައްޖެ

ނަމަ އަނެއް ދިވެހިރާއްޖޭގެ ތަސައްވުރު ދެއްކި މީހުންގެ ބުއްދީގެ ތޫނުކަމާއި ސިޔާސީ ފިކުރުގެ ޮމޅުކަމަށް ސަތޭކައަކުން ކިތަކެއް ހެއްޔެވެ؟ ރަން ތިރީސް އަހަރަށް

ފަހު އާ އުސްމިންތަކަކަށް ގައުމު އުފުލާލަން އަޑު އުފުލި މީހުންގެ ތަޖުރިބާއާއި ދުރު ވިސްނުމަށް ސަތޭކައަކުން ކިތަކެއް ހެއްޔެވެ؟ މި މީހުންނަށް މާކްސް ދޭނީ ރައްޔިތުންނެވެ. މާކްސް ދޭނޭ ވަގުތަކީ ކުރިމަތީގައި ޮއތް އިންތިޚާބުގައި ޯވޓު

ދޭވަގުތެވެ.

Page 15: Sun Magazine Issue 11

15

Page 16: Sun Magazine Issue 11
Page 17: Sun Magazine Issue 11
Page 18: Sun Magazine Issue 11

މިރަށު އަބްދުލް ގާދިރު އޭނާގެ ނޫމަސް ޯދނީގައި މަހަށް ނުކުތީ ރަބީއުލް އައްވަލު މަހުގެ އެއްވަނަ ދުވަހު އެވެ. އެ މީހުން ބުނާ ޮގތުންނަ

ނަމަ ފިސާރި ރަނގަޅަށް ތާވަޅަ އާއި ރެއްސާއި ޮހނޑެލި ދަމައިގެން ބަނޑިދޫ މާކަނޑުން، ބޭރުކަނޑަށް ނުކުތީ މެންދުރު ހަރުގެއަށް ގެންދާ ކޭމަށް ބޭނުންވާނެ

މަސް ޯހދުމަށެވެ. ނަމަވެސް ދުވަހުގެ މަސްވެރިކަން ބަދަލުވެގެން ދިޔައީ ޮބޑުވެގެންވާ ބިރުވެރި ކަމަކަށެވެ. ނޫމަސް ޯދނީގެ ޯމހިރުގެ ތެރެއިން އަޖައިބެއް ކަހަލަ ޮބޑު ޮބޑު "ބިޔަ" އެއް ތިލަވެ 17 ރިޔަނުގެ "ނޫމަސް" އެމީހުންނާއެކު

ކަނޑުގެ ފުނަށް "ދަމައިގަންނަން" އުޅުނީ އެވެ. އަބްދުލް ގާދިރަކީ މިހާރު 70 އަހަރުން މައްޗަށް ޮގސްފައިވާ

މަސްވެރިއެކެވެ. މިރަށުގެ އެންމެ މަޝްހޫރު ކެޮޔޅެވެ. މަހަށް ދިއުން މިހާރު ހުއްޓާލާފައި ވީނަމަވެސް މިރަށު މީހުން ބުނާ ޮގތުންނަމަ މިރަށުގައި އެވަރުގެ ކެޮޔޅަކު ނުއުފެދެ އެވެ. މިރަށު މީހުން ދެކޭ ޮގތުގައި "ބިޔަ" ތިލަވި ދުވަހު

މީހުންނާއި ޯދނި ސަލާމަތްވީ ވެސް ގާދިރުބޭގެ ހުޝިޔާރު ކަމުންނެވެ. ގާދިރުބެ ބުނި ޮގތުގައި ނޫމަސް ޯދނީގައި ކަނޑަށް ނުކުމެ އައިނުގައި މަސް ބާނަމުން ދަނިޮކށް ސިފަކުރަން ދަތި "ބިޔަ" އެއް ތިލަވެ އޭގެ ދެ ފިޔަގަނޑު

ޯދނީގެ ދެ ފަރާތުން މަތީގައި އަޅުވައިލައި އަޑިއަށް ދަމައިގަންނަން އުޅުނު ވަގުތަކީ ބިރުވެރިވެރިކަމުން ފުރިފައިވާ އާދަޔާހިލާފު ވަގުތު ޮކޅެކެވެ.

"އަޅުގަނޑުމެން އެން އަޅައިގެން ކަނޑަށް ނުކުތުމުގެ ކުރިން އެކަކު

މާޮބޑަށް ހަގީގަތް ފިލާފައި ޯނންނަ ޮބޑެތި ވާހަކަތަކުގެ ތެރޭގައި ކަނޑުން ޮބޑުމަސް ތިލަވާ ވާހަކަ ނޫނީ މާކަނޑުން "ބިޔަ" ތިލަވާ ވާހަކަ ހިމެނެ އެވެ. މީގެ 40 އަށް އަހަރު ކުރި މި ރަށުން ހަ މީހުންނާއެކު މަހަށް ނުކުތް ޯދންޏަކަށް ވަނީ މި ފަދަ "ބިޔަ" އެއްގެ ހާދިސާ ތަޖުރިބާ ކުރަންޖެހިފައެވެ. އެ ހަމީހުން މިހާރު ވެސް ދުނިޔޭގައި އެބަތިއްބެވެ. އޭގެތެރެއިން ތިން މީހަކު ވަނީ މިރަށުގައި "ސަން" އަށް

ވާހަކަ ދައްކާފަ އެވެ.

ދ. ބަނޑިދޫން: ސިނާން އަލީ އަދި ފަރެސް މުހައްމަދު އާމިރު

ދަހިކޮށް މަސް ާބނަނިކޮށް ބިޔައެއް ތިލަވެ ދޯނި

އަޑިއަށް ދަމައި ނުގަީތ ކިރިާޔ

ހަގީގީ ހާދިސާ

Page 19: Sun Magazine Issue 11

19

ފުންމާލައިގެން އެރީ ރަށަށް. އޭނާ ފުންމައިލި އިރު އިރުއަރައި ހަތެއް ޖަހަން އުޅޭ. އަޅުގަނޑުމެން ހަ މީހުން މަހަށް ނުކުތީ ބަނޑިދޫ މާ ކަނޑުން ރަށުގެ ވެލިރާޅުފަށް ޮއބާ ހިސާބު ބޭރަށް،" ގާދިރުބެ ހާދިސާ ކިޔައިދޭން ފެށި އެވެ.

އޭނާ ބުނީ އެ މީހުން ކަނޑަށް ނުކުތް އިރު ކިރިޔާ ފެންނަ ހިސާބުގައި އެހެން ޯދންޏެއް މަސް އައިނަކަށް އަރާ ޮއތުމުން "ނޫމަސް" ވެސް ބެހެއްޓީ

އެދިމާއަށެވެ. "ބޭރަށް ނުކުމެ ބަނޑިދޫ ވެލި ޮއބާ ހިސާބަށް ދިޔަ ތަނާ އައިން

ތިލަ ވެއްޖެ ހެޮޔވަރު ފަލަ މަސް ހުރި އައިނެއް. އަޅުގަނޑުމެން ކުރު ޮދށީގައި އެ އައިނުން މަސް ބާނަން ފަށައިފިން،" އުމުރާއި ސިއްހަތުގެ ޮގތުން

ބަލިކަށިވެފައި ވީނަމަވެސް ބިރުވެރި ހާދިސާގެ ވާހަކަ ތާޒާވުމުން ގާދިރުބެ ވާހަކަ ކިޔައިދެމުން ދިޔައީ ފިސާރި ޯޖޝުގައެވެ.

އެ ޯދނިން ގާދިރުބެއާއެކު އޭނާގެ 14 އަހަރުގެ ފިރިހެން ދަރިފުޅު ހާޝިމް އަބްދުލް ގާދިރު ވެސް މަހަށްދިޔަ އެވެ. ދަހިޮކށް މަސް ބާނަމުން ދިޔަ އައިނުގެ ތެރެއިން "ބިޔަ" އެއް ތިލަވެ ފެނުން މައްޗަށް އުފުލުނު މަންޒަރު ފުރަތަމަ ފެނުނީ ވެސް މިހާރު 40 އިން މައްޗަށް

ޮގސްފައިވާ އޭރު ކުޑަކުޑަ ހާޝިމަށެވެ. "އަޅުގަނޑު ވަރަށް ކުޑަ، އުމުރުން 13 ނޫނީ 14 އަހަރު ވާނީ. އައިނަށް އަރާ މަސް ބާނަން ފެށިއިރު އަޅުގަނޑާ އެންކެޮޔޅު ނޫން އެންމެން

ވެސް ގެންދިޔައީ ކުރުޮދށީގައި މަސް ބާނަމުން ހެޮޔވަރު ފަލަ މަސް. އަޅުގަނޑު އިނީ ފިލާގަނޑު މަތީގައި ފެން އުކަން. އޭރު އަޅުގަނޑަކީ ކުޑަ

ކުއްޖެއްވީމާ ފެން އުކަން ބައްޕަ ބައިންދަނީ،" ހާޝިމް ކިޔައިދިނެވެ.

އޭނާ ބުނީ ފެން އުކަނިޮކށް ކުއްލިއަކަށް ޯމހިރުގެ ތެރެއިން އެއްޗެއް ފެނުނު ކަމަށައި އޭތި ހުރީ ޮލނުގަނޑުގެ ތެރެއިން ޮއލަނބަށް މައްޗަށް އުފުލިފައި ކަމަށެވެ.

އަދި ބުނީ އޭތި ކަނޑުން އުފެލެމުން ދިޔައިރު ވެސް މަސް އައިން އަޑިއަށް ނުޮގސް ދަހިޮކށް ތިލަވެފައި ޮއތް ކަމަށާއި ކުރު ޮދށީގައި މަސް ބާނަމުން ދިޔައީ

ހޭވައްޓާލާފައި ކަމަށެވެ. "ފުރަތަމަ އިނދެވުނީ ބަލައިގެން. ދެން އޭތި ޯދންޏާ ދިމާއަށް އަންނަން

ފެށީމާ އަޅުގަނޑު ބުނެފިން ބައްޕާއޭ އެ އަންނަނީ ޯކންޗެއް ހެއްޔޭ؟ ބައްޕާއޭ އެއަންނަނީ ޯކންޗެއް ހެއްޔޭ؟. އަޅުގަނޑު އެހެން ބުނި ނަމަވެސް ބައްޕަ އަޅައެއް ނުލައި. ހަމަ މަސް ބާނަމުންދިއައީ އޭތި ފެނުން މައްޗަށް އަރާ ހުރި ނަމަވެސް ޯފރީގައި ތިބިވަރުން ބައްޕަމެނަށް ފެނުނު ހެނެއް ހީއެއް ނުވޭ،" އޭނާ ބުންޏެވެ.

ހާޝިމް ބުނީ ފެނުން މައްޗަށް އުފުލިފައިވާ "ބިޔަ" އޭނާ ބައްޕައަށް ދައްކަމުންދިޔަ ނަމަވެސް ދަހި އައިނުން މަސް ބާނަމުން ދާތީ އެކަކު ވެސް އެކަމާ އަޅައި

ނުލުމުން މަޑުމަޑުން އިނީ އޭތީގެ ހަރަކާތްތައް ބަލަން ކަމަށެވެ. ފެން އުކަމުން ދިޔައީ ވެސް އޭތި ހަދާ ޮގތެއް ބަލަން އިނދެގެން ކަމަށެވެ.

"އިރުޮކޅަކުން އަޅުގަނޑު އަނެއްކާވެސް ބުނެފިން ބައްޕާއޭ މީ ޯކނޗެއް ހެއްޔޭ؟ ބައްޕާއޭ އެ އަންނަނީ ސަކަރާތް އެއްޗެކޭ. އަޅުގަނޑު އެހެން ބުނިތަނާ އެންމެން ދުއްވައިގެންފި. އޭތީގެ ވެސް ފެންމަތީގައި ހުރި ބައި އަޑިއަށް

ގެނބި ޯދނީގެ ފަށަން ދަށަށް ދެމިގެންފި، ދެން ފެނުނީ ޮބޑު މާސިންގާ ދެ ފިޔަގަނޑުކަހަލަ ޮގތަކަށް ޮއތް "ދެފިޔަ" ޯދނީގެ ދެ ފަރާތުން މައްޗަށް އުފުލައި

ޯދނީގައި އަޅުވައިލިތަން،" ހާޝިމް ބުންޏެވެ.ހާޝިމްގެ ބައްޕަ ގާދިރުބޭ ބުނީ ފަށަން ދަށުގައި ތަތްވެގެން ޮއތް

Page 20: Sun Magazine Issue 11

"ބިޔަ" ޯދނީ ދެފަރާތުން މައްޗަށް އުފުލާލާފައިވާ ފިޔަގަނޑު ޮއތީ ޯދނީގެ ކުނބަށް ވުރެވެސް ޮބޑަށް ދިރުނބާޮކޅާ ކައިރިން ފަހަތަށް ކަމަށާއި ފަހަތުން ޯދނިން ނެއްޓި

ޯމހިރުގެ ތެރޭގައި ވެސް ވިއްސަކަށް ފޫޓުގެ ދިގު ބައެއް ޮއތް ކަމަށެވެ. "އޭތި ފަށަން ޮދށަށް ވަދެ ޯދނީގެ ދެ ފަރާތުން ހިތްލައިލި ބައި ޯދނީގައި ދެފަރާތުން

އަޅުވައިލުމުން ފިލާގަނޑު މަތީން ޯހސްލާފައި ޮލނުގަނޑު އަރައިގެންފި. ޯދނީގެ ކުރި އިނީ އުފުލިފައި،،" ގާދިރުބޭ ބުންޏެވެ.

ހާޝިމް ބުނީ ޯދނީގެ ފަހަތު ޮކޅު ގެނބި، ދިޔަ އަރަން ފެށުމާއެކު ޯދނީގައި ތިބި އެންމެން ގަންނާ ކުރެއްވި ބިރަށް ޮރމުން އެމީހަކަށް

އެރުނު ޮގތަކަށް ޯދނީގެ ކުނބަށް އެރީ ކަމަށެވެ. އެންމެން ވެސް ތިބީ ބިރުން ފިތްކެނޑޭވަރުވެފައި ކަމަށް އޭނާ ބުންޏެވެ.

"ހުންގާނުގައި ހުރި މީހާ ޮރމުން ޮރމުން ޮގސް އެރީ ކަމެއް އެރުނީ ކަމެއް ނޭނގޭ އޭނާ ޮއތީ ހުންގާނު ދޫޮކށްލާފައި ޯދނީގެ ކަތްޕަށް އަރާ. އޭރު ޯދނީގެ މަސްކަނދާ ހަމައިން ފެށިގެން ފަހަތުޮކޅުގެ ހުރިހާ ދިމާއަކުން

ޮލނު އަރަމުންދޭ،" ހާޝިމް ބުންޏެވެ. "ނޫމަސް" ޯދނިން މަހަށްދިޔަ އުމަރު މުހައްމަދު ބުނީ

ހުންގާނު ދޫޮކށްލުމަށް ފަހު ބިރުގެންފައި ހުރިވަރުން ކަފީގެ ޮކޅަށް އެރުނު ޮގތް އޭނާއަށް ނެނގޭ ކަމަށެވެ. "ވީކަމެއް ވެ ނިމެންދެން

އަޅުގަނޑު އިނީ ކަފީގެ ޮކޅުގައި،" އޭނާ ބުންޏެވެ.ގާދިރުބޭގެ ދެ ބަފައިންނާއެކު އެ ޯދނިން މަހަށްދިޔަ އުމަރުބޭ

ބުނީ ޯދނި އަޑިއަށް ދާތީ އާއި ޯދނީގެ ދެފަރާތުން އަރާ ޯދނި "ހައްޔަރު ޮކށްލައިގެން" ޮއތް

"ބިޔަ"

Page 21: Sun Magazine Issue 11

ފެނިފައި އެންމެން ބިރުގަނެ ވާނުވާ ނޭނގޭ ހިސާބަށް ދިޔައިރު އެކަމުގެ ތެރޭގައި ގާތްގަނޑަކަށް ގަޑިއެއްހާއިރު ވާނެ ކަމަށެވެ. އަދި ބުނީ ޯދނީގެ ދެފަރާތުން ފިޔަގަނޑު އަޅުވާލާފައި ޮއތް އެތީގެ ހަރަކާތުން ހީވަނީ ޯދނީ

އަޑިއަށް ދަމައިގަންނަން ނޫނީ ފުޮރޅައިލަން އުޅެނީ ކަމަށެވެ.ހާޝިމް ބުނީ ބިރުވެރިކަމުގައި ތިއްބާ "ބިޔަ" ޯދނި ދޫޮކށްލީ އޭނާގެ ބައްޕަ

ކިޔަވާފައި ޮދއްޓަކުން އޭތީގައިގައި މަޑުމަޑުން ތިން ފަހަރު ޮބނޑިއެއް ޖެހުމުން ކަމަށެވެ.

"ބައްޕަ ޮދއްޓެއް ކިޔަވާފައި ޖެހީމާ ޯދނީ ދޫޮކށްލާފައި ދިރުނބާ ޮކޅުން ބަޑިއެއް އެޅުމަށް ފަހު އަޑިއަށް ދިޔައީ. އޭގެ

ފަހަކުން ދެން ނުފެނޭ،" ހާޝިމް ބުންޏެވެ.ގާދިރުބެއާއި ހާޝިމާއި އުމަރު ބުނީ އެމީހުން ތިބި ޯދނީގެ ދެފަރާތުން އުފުލާފައިވާ

"ދެފިޔަ" އާއި ފަހަތަށް ޮއތް ނަގޫފަތް ވެސް ޮއތީ ހުދު ކުލައަކަށް ކަމަށާއި ފެނުނު ފެނުމަށް ވައްތަރީ

އެއީ ބިޔަވެގެންވާ އެންޯބ މަޑިއަކާ ކަމަށެވެ. "އޭގެ ސިފައަކީ ޮކބައިޯތ ބަލަން އޭގައިހުރި ކުރެހުންތައް ބަލާނެ ހޭވެރިކަމެއް

އެކެއްގެވެސް ނެތް. ޯދނި އަޑިއަށް ދާތީ އެންމެން ވެސް ބެލީ ކުނބަށް އެރޭޯތ. އެކަމަކު ބައްޕަ ކުރާ ކަމެއް ކުރަންދެން އަޅުގަނޑު ހުރިން

ބަލަހައްޓައިގެން އޭރު އެން އުކާ މީހާވެސް ޮއތީ ކުނބަށް އަރައި،" ހާޝިމް ބުންޏެވެ.

ގާދިރުބޭ ބުނި ޮގތުގައި އޭނާ ޮދށީގައި ފަންޑިތަ ލިޔުނީ ދުންފަތް ތަނޑަކުންނެވެ. އެ

ފަންޑިތައަކީ ރ. މަޑުއްވަރީގައި މަސް ފަންޑިތަ ހަދާ މީހަކު އޭނާއަށް ދަސްޮކށްދިން ފަންޑިތައެއް ކަމަށް ވެސް ބުންޏެވެ.

"އެކަކުގެ ވެސް ހޭވެރި ކަމެއް ނެތް. އެއްބައި މީހުން ވެއްޓިފައި އަނެއްބަޔަކު ކުނބަށް އަރައި ތިބެ ޮރނީ މީނާ ގާތުގައި )އުމަރު ގާތުގައި( ބުނިން ބޭބެ އަތަށް ޮދއްޓެއް ގެނެސްދީބަލާށޭ، މީނާ ގެނައީ ފައްޔެއް. މަ ބުނެފިން ކަލޭ ހޭ އަރައި ހުރެބަލާށޭ މީ ފައްޔެކޭ، މިއަކުން ފަންޑިތައެއް ނުހެދޭނޭ ގެންނާށޭ ޮދއްޓެއް. އެހެން ބުނީމާ ގެނައީ ޯދނީގައި ޮއތް އެންމެ ދިގު ޮދށި. އަހަރެން ދުވެފައި ޮގސް ކުރު ޮދއްޓެއް ހިފައިގެން އައިސް

ލިޔެފައި ޯދނީގެ ކަންކަށީގަ އާއި އޭތީގެ ފިޔަގަނޑުގައި ޖެހުމުން އަޑިޔަށް ދިޔައީ. އެދިޔަ ޮގތަށް ދިރުނބާ ޮކޅުން ވަރުގަދަ ބަޑިއެއް އަޅައިފައި

ހުރިދިމާއިން އަޑިއަށް ދިޔައީ. އެ ޖެހި ބަޑިން އުފެދުނު ރާޅުގެ ސަބަބުން

ދިރުނބާ ޮކޅާއެކީގައި ޮލނު އަރައި މުޅި ޯދނި އަޑިއަށް ނުދިޔައީ ކިރިޔާ. އެހާވެސް ބިޔަ ރާޅެއް،" ގާދިރުބެ ބުންޏެވެ. "އޭތި ޯދނި ވީއްލުމުން ދެން

މަޑުވެސް ނުޮކށް ރިޔާ ފުޮރޅާލައިގެން އައީ އަވަހަށް ރަށަށް. އަޅުގަނޑު އެކަނި ރިޔާ ފުޮރޅީ ވެސް ހުންގާނު ހިފީވެސް ހުރިހާ ކަމެއް ކުރީ. މިބައި މީހުންނަށް

ތަނެއް ޮދރެއް ނޭނގޭ މިބައި މީހުން ތިބީ ވެއްޓިފައި،" ހާޝިމް ބުނި ޮގތުގައި ހުރިހާ މީހުން ތިބީ ހެއަށް ޮގތްވެފައި ނޫން ނަމަވެސް

ތިބެވުނީ ވަރަށް ޮބޑަށް ބިރުގެންފަ އެވެ. އޭނާ ބުނީ އެންމެން ތިބީ "ޮޝކެއްޖެހިފައި" ކަމަށެވެ.

"އެންމެން މިހާރު ވެސް ދުނިޔޭގައި އެބަތިބި، އަދިވެސް އަޅުގަނޑުމެން އެންމެން އެކަން

ސިފަ ކުރަނީ ޮބޑު ބިރުވެރި ކަމެއް ޮގތުގައި. ތާރީހީ ކަމެއްގެ ޮގތުގައި،"ހާޝިމް ބުންޏެވެ. ގާދިރުބޭ ބުނީ ހާދިސާއަށް ފަހު ޯދނި ރަށަށް

ޮގނޑުކުރީ ވަރަށް މަސައްކަތުން ކަމަށާއި ރިޔަލާއެކު ޯދނި ރަށަށް ބިއްޮކށްލުމަށް ފަހު

ދެން ކަންވީޮގތް ދެނެހުރި އެކަކުވެސް ޯދނީގައި ނެތް ކަމަށެވެ.

"އެމީހުން ވެސް ހެއެއް ނެތް. މަވެސް ހޭވެރިކަމެއް ނެތް،"

ގާތްގަނޑަކަށް 150 އެއްހާ މަސް ބޭނި ދަތުރާމެދު މިރަށު މީހުން ބުނަނީ އެއީ މަހަށް

ނުކުތް ދުވަހެއްގެ ސަބަބުން ވީ ޮގތެއް ކަމަށެވެ.

"މިރަށުގައި ޯނވޭ އެ ދުވަހު މަހަށް ނުދިއުމެއް. މިރަށު މީހުން ޖަމާއަތަށް ކޭން ކައްކައިގެން ހަރުގެއަށް ގެންދާނެ އެދުވަހު. އަޅުގަނޑުމެން މަހަށް ނުކުތީ އެ ކޭމަށް ބޭނުންވާ މަސް ޯހދަން،

އެކަމަކު މި ހާދިސާގެ ފަހަށް މަހަކަށް ނުދޭ އެދުވަހަކު،" ގާދިރުބެ ބުންޏެވެ. ގާދިރުބެ ބުނީ އޭނާ ދުއްވި ނޫމަސް ޯދންޏަށް ދިމާވި ހާދިސާއަށް

ފަހު އާވަޑިޮކށްގެން އަލުން ބޭލުމަށް ބައެއް މީހުން ބުނި ނަމަވެސް ޯދނި ބާކުރީ އާވަޑި ނުޮކށް ކަމަށެވެ. އަދި މީގެ އެތަކެއް އަހަރު ކުރިން ނޫމަސް ބާވެ،

ވީރާނާވެގެން ދިޔަ ނަމަވެސް އެ ޯދނީގައި މަހަށް ނުކުމެގެން އުޅުނިޮކށް އައިން ތެރެއިން ތިލަވި "ބިޔަ" އަދިވެސް ހިތުގެ ތެރޭގައި ތިލަވެފައި ޮއންނަ ކަމަށެވެ. _____________________________________________________________________

އިންޓަވިއު: މުންޑޫ އާދަމް ހަލީމް

"އޭގެ ސިފައަކީ ޮކބައިޯތ ބަލަން އޭގައިހުރި ކުރެހުންތައް ބަލާނެ

ހޭވެރިކަމެއް އެކެއްގެވެސް ނެތް. ޯދނި އަޑިއަށް ދާތީ އެންމެން ވެސް ބެލީ

ކުނބަށް އެރޭޯތ. އެކަމަކު ބައްޕަ ކުރާ ކަމެއް ކުރަންދެން އަޅުގަނޑު ހުރިން ބަލަހައްޓައިގެން އޭރު އެން އުކާ މީހާވެސް ޮއތީ ކުނބަށް އަރައި

Page 22: Sun Magazine Issue 11
Page 23: Sun Magazine Issue 11

މުހައްމަދު ގާސިމް އުޑުދަށުން

ާބ؟ ވޭ އަދިވެސް ވިސްާނާލކަށް ނުއެއީ ހުސްވި ޮއކްޯޓބަރު ސައުވީސްވަނަ ދުވަހެކެވެ. މެންދުރު

ކުރީގެ ވަގުތެވެ. ޮއން ލައިންޮކށް ދުވަހު ނޫސް ކިޔައިލުމަށްޓަކައި ޮކންޕިއުޓަރު ޮދށުގައި އިށީނދެ، ނޫހުގެ ސުރުޚީތައް ބަލަންފެށުމާއެކު އެންމެ ފުރަތަމަވެސް އަޅައިގަތީ، މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، ކާރެއްދަށުވެ އަންހެނަކާއި ފިރިހެނަކަށް ވަރަށް ނުރައްކާތެރި އަނިޔާތަކެއް ލިބުނުކަމަށް ބުނެ ލިޔެފައިވާ ސުރުޚީ އެކެވެ. ސުރުޚީގެ ބާވަތުން ޚަބަރު

ކިޔާލާހިތްވެގެން އަވަސް އަވަހަށް ކިޔަންފެށީމެވެ. އެކްސިޑެންޓުގެ ވާހަކަ ކިޔައިގެން ލިބުނު ސިހުމަށްވުރެ ޮބޑު

ސިހުމެއް ލިބުނީ، އެކްސިޑެންޓުގެ ސަބަބުން ގެއްލުން ލިބުނު އަންހެންކުއްޖާގެ ނަން ފެނިފަ އެވެ. އެއީ އެ ނަން ކިޔާ، ވަރަށް

ގާތް ކުއްޖަކު އުޅޭތީ އެވެ. ފުރަތަމަވެސް ހިތަށް އެރީ ޮއތް އެންމެ ޯގސް ޮގތަށެވެ. ޖީބުން

ޯފނު ނަގައި، އެ ކުއްޖާގެ ނަންބަރަށް ގުޅާލެވިއްޖެ އެވެ. ފުރަތަމަ ރިންގާއެކު ކަހަލަ

ޮގތަކަށް ޯފނު ނަގައިފި އެވެ. ހިތުގައި ހިނގި ޝައްކު ޔަގީނަށް ބަދަލުވީ އެހާތަނުންނެވެ. ޯފނުން

ޖަވާބުދިން އޭނާގެ ދައްތަ ބުނީ، ޮކއްޮކ ޮއތީ ޯކމާއެއްގައި ކަމަށާއި، ޮޑކްޓަރުން އުއްމީދު

ކަނޑާލާފައި ވާކަމަށެވެ. ލިބުނު ހިތާމަވެރި ޚަބަރުގެ

ސަބަބުން އެތައް އިރަކު ހުއްޓުން އަރާފައި އިނދެވުނެވެ. އެއީ

މިއަހަރު އަމިއްލަޮގތުން ޖީ ސީ އީ ހަދަމުން ގެންދާ، އެންމެ

ވިއްސަކަށް އަހަރުގެ ކުއްޖެކެވެ. ކުރިމަގަށް ޓަކައި ޮފނި އުއްމީދުތަކެއް ކުރަމުން ގެންދިޔަ ކުއްޖެކެވެ.

އެކްސިޑެންޓާ ބެހޭޮގތުން ލިބުނު މަޢުލޫމާތުގެ މައްޗަށް ބުރަވެ ދަންނަވާނަމަ ދެންނެވެން ޮއތީ، އެ އެކްސިޑެންޓަކީ އިންތިހާއަށް ބާރަށް

ދުއްވާފައި އައި ސައިކަލެއް މަތަ ނުކުރެވިގެން އައިސް ޖެހުނު ޖެހުމެއްގެ ސަބަބުން ހިނގި އެކްސިޑެންޓެއް ކަމަށެވެ. މި އެކްސިޑެންޓުގައި މިދެންނެވި

ސައިކަލުގައި އިން ކުއްޖާގެ ޙާލުވެސް ހަމަ އެހާ ނާޒުކެވެ.ހިތަށް އަރަނީ މިހާހިސާބަށް ކަންތައް ދާއިރުވެސް އަދިވެސް މިކަންކަމާމެދު ވިސްނާލާކަށް ނުވޭބާވަ އެވެ؟ ސައިކަލުތަކުގައި "އުދުހޭ" ކުދިން، ތިމާމެންގެ އަމިއްލަ ނަފުސުގެ ރައްކަލަށްވެސް ބަލައިލަން އެބަ

ޖެހެއެވެ. ކިތަންމެ ފަރިތަޮކށް ދުއްވޭކަމަށް ގަބޫލު ކުރެވުނަސް، މާލޭގެ މަގުތަކަކީ އެފަދަ ފަރިތަކަމެއް ދެއްކޭފަދަ ހާލަތެއްގައި ހުރި ތަންތަނެއް ނޫނެވެ. މަގުތަކުގެ ހަލަޮބލިކަން މިވަނީ އިންތިހާގަ އެވެ. ދުއްވާ ތަކެތިންނާއ،ި ހިނގާ މީހުންތަކުން ޮތއްޖެހިފަ އެވެ. ދުވާލެއްގެ މައްޗަށް އެތައް ބައިވަރު އެކްސިޑެންޓެއް ހިނގައެވެ.

މަހެއްގެ މައްޗަށް އެތައް ބަޔަކަށް ޮބޑެތި އަނިޔާތައް ލިބެ އެވެ. އެއްބަޔަކު ނުކުޅެދޭ މީހުންނަށް ބަދަލުވާއިރު، މި ދުނިޔެއާ އަލްވަދާޢު ކިޔަމުން ދާ

މީހުންވެސް މަދެކޭ ބުނާހިތެއް ނެތެވެ.މީހަކު ބުނާއަޑު އެހީމެވެ. މަގުތަކުގެ ނުރައްކާތެރިކަން މިހާ ހިސާބަށް ދާއިރުވެސް، ފުލުހުންނަކަށް މިކަންކަމެއް ނުބެލެހެއްޓެ އެވެ. އެއީ ކީއްކުރާ ބަޔެއް

ހެއްޔެވެ؟ ބަލަ އެމީހެއްގެ ހާލަށް އެންމެ ފުރަތަމަ

ވިސްނަން ޖެހޭނީ އެމީހަކު ނޫންހެއްޔެވެ؟ މަގުމައްޗަށް ނިކުންނަ ޮކންމެ މީހެއްގެ ފަހަތުގައި "ވިއްދާފައި"

ފުލުހަކަށް ހުރެވޭނެ ހެއްޔެވެ؟ ސަރުކާރުން ގަވާއިދެއް ހަދާފައި އެބަ ޮއތެވެ.

އެގަވާއިދަށް އަމަލުކުރާ ބަޔަކަށް އަޅުގަނޑުމެން ނުވާހާ ހިނދަކު،

މިކަންކަން ހައްލެއް ނުވާނެ އެވެ. ތިމާގެ ކުޅަދާނަކަމާއި، ޮމޅުކަން އެހެންމީހުންނަށް

ދައްކަން މަސައްކަތް ކުރުމުގެ ބަދަލުގައި، އަމިއްލަ ނަފުސަށާއި އަނެކާގެ ނަފުސަށް ވެސް ޯލބި ކުރާ މީހެއްގެ ޮގތް ދައްކަން

މަސައްކަތް ނުކުރާހާ ހިނދަކު، މަގުމަތީގެ ބިރުވެރިކަމުން

ސަލާމަތެއް ނެތެވެ.އެކުވެރި ކުއްޖާއަށް

ކުރިމަތިވި ނުރައްކާތެރި ހާދިސާގެ ފިކުރުގައި އެދުވަހު ހުއްޓާ، އެ ރޭ ......." ހަތްގަޑިބައި އެހައިކަންހާއިރު، ޯފނަށް އައީ މެސެޖެކެވެ.

ނިޔާވެއްޖެ." ދެޯލ ފެންކަޅިވި އެވެ. އޭގެ ހަފުތާއެއްހާ ދުވަސް ފަހުން ލިބުނީ އެ އެކްސިޑެންޓުގައި އަނިޔާލިބުނު ފިރިހެންކުއްޖާ ރާއްޖޭންބޭރުގައި ނިޔާވި ޚަބަރެވެ.

ކުރާނެކަމެއް ނެތެވެ. މަރަކީ ޮކންމެ މީހަކަށް ވެސް ޮކންމެވެސް އެއް ދުވަހަކުން ކުރިމަތިލާން ޖެހޭނެ ކަމެކެވެ. މިކަމުންވެސް ބަޔަކަށް އިބުރަތެއް ލިބި، މަގުމަތީގެ ގަވާއިދުތަކަށް ޯބ ލަނބައިފިނަމަ ކިތަންމެހާވެސް ރަނގަޅެވެ.

އެކަމަކު އަދިވެސް ބައެއް މީހުންގެ ފުށުން ފެންނަނީ އެފަދަ މަންޒަރެއް ނޫނެވެ. ހިތާމަހުއްޓެވެ. މިކަންކަމާމެދު ވިސްނާލާކަށް އަދިވެސް ހަމަ ނުވޭބާވަ އެވެ؟

މަގުމައްޗަށް ނިކުންނަ ޮކންމެ މީހެއްގެ ފަހަތުގައި "ވިއްދާފައި" ފުލުހަކަށް ހުރެވޭނެ ހެއްޔެވެ؟

Page 24: Sun Magazine Issue 11

24

ރަނގަޅު ކަމެއްވެސް ރަނގަޅުވާނީ ރަގަޅަށް ކުރީމައެވެ. ދީނުގެ ޮބޑެތި އަޅުކަންތަކުންފެށިފެން ފަރުފަރުން ފިޮލޅު ބޭނުމާއިވެސް ހަމައަށެވެ.

އެއްޒާތަކަށް، އެއްފާޑަކަށް ރާއްޖޭގައި ކުރެވެމުންއައި ވެރިކަމާއިމެދު ރައްޔިތުން ފޫހިވީ ކުއްލިއަކަށް ނޫނެވެ. 1930 ގެ ތެރޭގައި ދުސްތޫރީ ހަމަތަކަކަށް

ވެރިކަން ބައްޓަންވެގެން ދިޔަސް، 1960 ގެ އަހަރުތަކުގައި، މިނިވަންކަން ލިބިގެންދިޔަސް، ނުވަތަ ޖުމްހޫރިއްތަކަށް ބަދަލުވެ، "އެޒަމާނަކަށާއި އެޙާލަތަކަށް އެންމެ ފުރިހަމަ" ޮގތްޮގތަށް ޤާނޫނު

އަސާސީ ބަދަލުވެގެންދިޔަސް، ރައްޔިތު މީހާއަށް ކުރި ރާހަތެއްނެތެވެ.

ދިވެހިން އެނބުރުނު ޮކންމެ ބަދަލަކާއިއެކުވެސް، އުފާފާޅުކުރުމުގެ ޙަފްލާތައް

ބާއްވައެވެ. ޮބނޑިބަތްތައް ކެއްކެއެވެ. ނަށާ ލަވަވެސް ކިޔައެވެ. ގެނެވޭ

ބަދަލަށް ތާއީދުކުރާ މީހުން، ލިބުނު ޮފނިމީރުކަމުގެ މަސްތުގައި، ހެޮޔނުބައި ބަލާ ޯހދާކަށް ބޭނުމެއްވެސް ނުވެއެވެ.

އަމިއްލަ ހިއްސާވެސް ޮއވެގެން ގެނެވުނު ބަދަލަށްވީތީ، އިމެއް

މިނެއްނެތް ޯލތްބާއި ތާއީދު ކުރުންމަތީ ދެމިތިބެނީ ހިތްހަމަޖެހިގެންނެވެ. ނުރުހޭމީހާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތުމުން ނުރުހުނަސް މަޑުން ހުންނަން އޭރު ޮއންނަނީ

ޖެހިފައެވެ.

މިފަހުގެ ތާރީޚުގައި ރާއްޖެއަށް އައި ސިޔާސީ ބަދަލުތައް ތަފާތުވަނީ ހަމަ އެންމެ ޮގތަކުންނެވެ. މަލްޓި ޕާޓީ ޑިޮމކްރެސީއާއިއެކު ރާއްޖެއަށް ވަދެގެންއައި ސިޔާސީ

ޮއއިވަރުގެ ތެރޭގައި، ސަރުކާރަށް ފާޑުކިއުން މިއަދު މިވަނީ، ކުރީގެ ސަރުކާރުތަކަށް ކިޔުނު ސަނާތަކާއި އެއްމަޤާމަކަށް ވާޞިލް ވެފައެވެ. ރައްޔިތުންގެ ބަޠަލުންނަކީ މިއަދު، ސަރުކާރާއި

އިދިޮކޅު މީހުންނެވެ. ޕާޓީ ސިސްޓަމެއްގެ އެންމެ ހަރުދަނާ އެއްސިފައަކީ މީހަކު ވެރިކަން ކުރުމުގެ ބަދަލުގައި ބަޔަކު ވެރިކަން ކުރުމެވެ. އެކަކު ފާސިދު ވުމަށްވުރެ، ގިނަބަޔަކު ފާސިދުވެގެން ދިއުމުގެ ފުރުޞަތު ކުޑަވާނެތީއެވެ. ޕާޓީގެ ވެރިކަމަށް އަންނަމީހާ ޯގސްޮކށް ކަންތައްކުރުމުގެ ފުރުޞަތު ޕާޓީގެ މެންބަރުން ނުދޭނެތީއެވެ. ނަމަވެސް ރާއްޖެއިން ފެންނަނީ އެމަންޒަރެއްނޫނެވެ. ވެރިކަންކުރާ ޕާޓީއަށް ނުވަތަ އެޕާޓީގެ މެންބަރުންނަށް ސަރުކާރުގެ ހުރިހާކަމެއް ރަނގަޅެވެ. ބަރާބަރެވެ. އަމިއްލަ ރަށުގެ ޞިއްޙީ މަރުކަޒުގައި ޮޑކްޓަރެއް، ނަރުހެއް ނެތްތާގައި، ބޭހެއް ސިރިންޖެއްވެސް ނެތްއިރު، އަނެއް ރަށުގައި،

ރައްޔިތުންގެ ފައިސާއިން ގެސްޓްހައުސްތަކާއި، ސްވިމިންގ ޕޫލްތައް ހެދިޔަސް މައްސަލައެއް ނެތެވެ.

އަހަރެމެންގެ ރަށަށް އެއްކަމެއްވެސް ޮކށްނުދީ، ޖެހިގެން ޮއތްރަށުގައި، ބޭންކާއި، ސިނަމާއާއި، ސެކަންޑަރީ ސްކޫލާއި، ޮހސްޕިޓަލް އެޅުމުގެ ޝަކުވާކުރަމުން، އެކަންކަމާއިމެދު ނުރުހިގެން ސަރުކާރު ބަދަލުކުރިކަން މިއަދަކު ހަނދާނެއް ޮކންމެ ސަރުކާރެއް އަޔަސް ނެތެވެ.

ޮކރަޕްޝަން ޮއންނާނެކަމާއި، ވެރިކަމުގައި ތިބޭބަޔަކު ބާރުގެ ބޭނުންވެސް ކުރާނެކަމުގައި ބުނެ ފުއްދާލާއިރު، ކުރީސަރުކާރުން އެމަގަށްކުރި ކަންކަން ޤަބޫލު ނުކުރެވުނީތީ ކުރި

މުޒާހަރާތަކާއި، ބަންދުގައި ހޭދަކުރި ދުވަސްތައް ހަނދާނެއްވެސް ނެތެވެ. މާލޭގެ މަޖީދީމަގުގެ ހުރަހަށް 4 ފާރު ރާނާ، ގޭޓް ހަރުޮކށް، ގޭޓްތައް ހުޅުވާ ވަގުތުތަކުގައިނޫނީ

ާޕީޓ ފިކުރުގައި ދިވެހިން ހަފުސް ވަީނ!

ފުއާދު ގާސިމް

Page 25: Sun Magazine Issue 11

25

ދަތުރު ނުކުރެވޭޮގތަށް ހެދިނަމަވެސް އެފަދަމީހުން މިއަދު ތާއީދު ކުރާނެއެވެ. ވޭތުވެދިޔަ 30 އަހަރު އެންމެ ފާރެއްވެސް ނުރޭނޭ ކަމަށާއި، އާވެރިކަމަށް އެންމެ 2 އަހަރުވީ އިރު މަޖީދީ މަގުގައިވެސް ހުރަހަށް 4 ފާރު ރާނައިފި

ކަމުގައި ބުނެ ސަރުކާރުގެ ޤާބިލްކަން ހާމަޮކށްދޭނެއެވެ. ހަމަ އެޮގތަށް އިދިޮކޅު މީހުންގެ ނަޒަރުގައި ރަނގަޅު

އެއްކަމެއްވެސް ނެތެވެ. 65 އަހަރުގެ މީހުންނަށްވެސް ލާރި ލިބެނީ މާލަހުންނެވެ. ބައެއް ފަހަރު ބާ ރުފިޔާވެސް ލިބެއެވެ. ރައީސުގެ ސެކްރެޓަރީވެސް އައްޔަން

ކުރަން ޖެހޭނީ އެމީހުންނެވެ. ނަމަވެސް މިޮގތަކަށް ޤައުމަށް ކުރިޔަކަށް

ނުދެވޭނެއެވެ. އިދިޮކޅު މީހުންވެސް ކަންކަން ރަނގަޅުކުރުމަށް އެއްބާރުލާން ޖެހޭނެއެވެ. ޤައުމީ ވިސްނުމެއްގައެވެ. އަޅުގަނޑުމެން އެންމެންގެ ދަރިންގެ

މުސްތަޤުބަލަށް ޓަކައެވެ.ހަމައެއާއިއެކު، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްވެސް ރޭވުންތެރިކަމާއިއެކު ކުރަންޖެހޭނެއެވެ.

ޤާނޫނުތަކާއި ތަކުރާރުޮކށް ޚިލާފުވާނަމަ، އިތުބާރުނެތްކަމުގެ ޯވޓުވެސް ނަގަން ޖެހޭނެއެވެ. ސިޔާސީ މީހުންގެ، ޚާއްޞަޮކށް ސިޔާސީ ޕާޓީތަކުގެ ޒިންމާއަކީ

އެއީއެވެ. ސަރުކާރާއި އެއްޮކޅު މީހުންނާއި ދެޮކޅު މީހުންވެސް ޤައުމުގެ ޙާލަތާއިމެދު ފުންޮކށް ވިސްނަން މިވަނީ ޖެހިފައެވެ. ވެރިކަމުގެ ތެރޭން ކަން ހިނގަމުންއައި ޮގތްތައް ރަގަޅު ނުވެގެން، ތިމާ އުފުލި އަޑުތަކާއި

ވީ ޤުރުބާނީތަކާއި އަޅާ ބަލާއިރު، ރަނގަޅުވީ ކަންކަމާއި އިތުރަށް ޯގސްވީ ކަންކަން ދެނެގަންނަން އެބަޖެހެއެވެ. އެދުނު ބަދަލުތައް އަތުވެއްޖެޯތ ހެޮޔހިތުން ވިސްނަން އެބަޖެހެއެވެ. ކުރިން ޖަހަމުން ދިޔަ ކަޑަތަކުގެ ބަދަލުގައި އަޅަންފެށި

ބިންގާތަކާއިމެދު ސަމާލުވާން އެބަ ޖެހެއެވެ. ކުށްވެރިންނަށް ޙައްޤު އަދަބު

ދެވޭޯތ ނުވަތަ ނޫންޯތ ދެނެގަންނަން އެބަޖެހެއެވެ. ތިމާއަށާއި، ތިމާގެ ރަށަށް އަދި ޤައުމަށް ޮމޅެއް ފައިދާއެއް ވެއްޖެޯތ

ނުވަތަ ވަމުން ދޭޯތ ހިސާބުޮކށް ބަލަން އެބަޖެހެއެވެ. ރަށުގެ ބަނދަރުކުޑަވެ ނުވަތަ ނެރުމަގު ތިލަވެ ނުވަތަ ސްކޫލާއި ޞިއްޙީ މަރުކަޒުގެ ފެންވަރުދަށްވެ، ރަށުން ވަޒީފާގެ ފުރުޞަތު ނެތުމުން އާއިލާއަށް އަޅާލެވޭނެ ޮގތެއް ނެތަތީވެ ހިތްހަމަ ނުޖެހިގެން ނުކުމެ ވެރިކަން ބަދަލުޮކށްފައިމެ، އެކަންކަން ހަމަ އެޮގތަށް ހުއްޓާ، ނުވަތަ ބައެއް ކަންކަން

ހުރިވަރުގައިވެސް ނެތްއިރު، ތިމާ އުޅޭ ޕާޓީ ވީތީ، ތިމާވެސް ބައިވެރިވެގެން ގެނެވުނު ބަދަލަކަށް ވީތީ، ވެރިކަމުގެ ދިފާޢުގައި ނުވަތަ ބަދަލުގެ ދިފާއުގައި ތިބުމަކީ

ޮމޔަކަމަކަށް ނޫނީ ނުވާނެއެވެ. ހަމައެޮގތަށް، ތިމާއަށާއި، ރަށަށް އަދި ޖުމްލަޮކށް މުޅި ޤައުމުގެ ޙާލަތަށް ވިސްނުމަށްފަހު، ހެޮޔބަދަލުތަކެއް އަންނަ ނަމަ، ހާސްކަން ފިލާނަމަ، ސަރުކާރަށް ތާއީދުނުޮކށް، ޮގތްދޫނުޮކށް ތިބުމަކީވެސް

ހެޮޔވާނެ ކަމެއްނޫނެވެ.އެމްޑީޕީގެ މީހުންވެސް އަދި ޑީއާރްޕީގެ މީހުންވެސް ތިބެން ޖެހޭނީ އެބައެއްގެ ފިކުރުގެ މަތީގައެވެ. ސަރުކާރު

ހިނގަމުންދަނީ އެފިކުރާއި އެއްޮގތަށްޯތ އަބަދުވެސް މިނެކިރަންވާނެއެވެ. އެބައެއްގެ އަސްލު ފިކުރާއި ޚިލާފަށް ވެރިކަންކުރާނަމަ އިސްލާޙު ކުރުމަށް ނުކުތުން އެންމެ އައުލާކަންޮބޑީ

އެބަޔަކު އަމިއްލައަށެވެ. ޤައުމަށާއި ރައްޔިތުންނަށް މަންފާ ކުރާނީ އޭރުންނެވެ. މުހިންމީ ނިޝާނެއް ނޫނެވެ. ނިޝާން އުފެދުނު މަޤުޞަދެވެ. ހެޮޔ ވެރިކަމާއި، އަދުލު އިންޞާފެވެ. ހަމަހަމަކަމާއި ރައްޔިތުންގެ ހިތްހަމަޖެހުމެވެ. ޤަބޫލުކުރި ހަމަތަކާއި، ޤުރުބާން ވަމުންދިޔަ ފިކުރާއި އެއްޮގތަށް ހުރުމަށްޓަކައި، ގެންނަންޖެހޭ ޮކންމެ ބަދަލެއް ނުގެނެވޭނަމަ ރިޯފމިސްޓަކަށް ނުވާނެއެވެ. އޭރުންވާނީ "ޮގޅަޔަކަށް" ނުވަތަ "ގަންޖާ"

އަކަށެވެ.

Page 26: Sun Magazine Issue 11

26

ބައެއް ކަހަލަ ކަންކަމުގައި ބައިވެރިޔާއާ ވާހަކަ ދައްކަން ފެށުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ބައިވެރިޔާއާ ގުޅުން ކަނޑައިލުމަށް ނުވަތަ ބްރޭކްއަޕް ވާން ބޭނުން ވެގެން އެ ވާހަކަ ދެއްކުމަކީ ވަކިން

އުނދަގޫ ކަމެކެވެ. ގިނަ ފަހަރަށް ކަން ކުރެވޭ ޮގތަކީ ވަކިވާން ބޭނުން ވުމުން ބައިވެރިޔާ އިގްޯނ ޮކށްލަނީ އެވެ. އެކަން ކުރުމަށް މި ހަދާ

ޮގތަކީ ބައިވެރިޔާ ގުޅުމުން ޯފނު ނުނަގަނީ އެވެ. މެސެޖު ކުރީމަ ޖަވާބު ނުދެނީ އެވެ. ޮއފީހުގެ ނަންބަރަށް ގުޅިޔަސް ޕާސް ނުކުރުމަށް ބުނެފައި

ބާއްވަނީ އެވެ. ބައިވެރިޔާގެ ރައްޓެއްސަކު ގުޅިޔަސް ޯފނު ނުނަގަނީ އެވެ. ބައިވެރިޔާގެ ރައްޓެހިންގެ ޮގތުގައި ތިބާގެ އަމިއްލަ ވަރަށް ގިނަ މީހުން

ވެސް ހިމެނޭނެ އެވެ. ތިބާގެ ޢާއިލާގެ ތެރެއިން ވެސް ބައިވެރިޔާގެ ޮކޅަށް ތާއީދު ކުރާ މީހުނާ ގުޅުން ކަނޑައިލަނީ އެވެ. މިހެން ޮގސް ކިޔާނެ

ކަމެއް ނެތެވެ. ވަކިވާން ބޭނުންވާ ސްޓޭޖުގައި ކަން ކުރަންވީ ރަނގަޅު ޮގތަ ނޭނގުމުން ފަހުން ލިބޭ ގެއްލުން ޮބޑުވެ އެވެ. މީހުންގެ ކުރިމަތީގައި ތިބާގެ އަގު ވެއްޓެ އެވެ. ރަހުމަތްތެރިންނާއި ތިމާގެ މީހުނާ ޮއންނަ ގުޅުން ކެނޑިގެންދެ އެވެ. އެންމެ ފަހުން ތިބާ ބާކީވެ ދިރިއުޅުން މަތިން މާޔޫސްވާ

ޮގތް ދިމާވެ އެވެ. އެއީ އެންމެ ރަނގަޅު ޮގތެއް ނޫނެވެ. ބައިވެރިޔާއާއި ދެ މީހުން ރީއްޗަށް ވާހަކަ ދައްކައިގެން ސުލްހަވެރި ޮގތުގައި ވަކި ވުމުގެ

ކަންތައް ކުރިޔަށް ގެންދެވެން ވާނެ އެވެ. އެ ނޫން ޮގތެއް އިޚުތިޔާރު ކުރަން ވާނީ ދެމެދުގައި ސީރިއަސް މައްސަލަތަކެއް ހުރި ނަމަ އެވެ.

މިސާލަކަށް ބައިވެރިޔާ ތިބާ އަށް ޖިސްމާނީ ޮގތުން އަނިޔާ ކުރުން ފަދަ

ކަމެކެވެ. ބައިވެރިޔާއާ އެއްވެސް ޮގތަކަށް ވާހަކަ ނުދައްކައި އޭނާ ކުއްލިއަކަށް ދުރު ޮކށްލުމުން ބައެއް ފަހަރަށް އެހެން ނަތީޖާ އެއްވެސް ނުކުމެދާނެ އެވެ. އެއީ ބައިވެރިޔާ ވެސް ތިބާ ދެކެ ފޫހި ވުމެވެ. އަދި ދެ މީހުންގެ ދެމެދުގައި ގުޅުން ޮއތް އިރު ލިބިފައި ހުރި "ސިއްރު" ތަކުގެ ވާހަކަ ދައްކައި ތިބާ ބަދުނާމުވާ

ޮގތަށް ވެސް ޢަމަލު ޮކށްފާނެ އެވެ. ބްރޭކްއަޕް ނުވަތަ ވަކިވުމުގެ ވާހަކަތައް ފަށައިގަނެވިދާނެ ބައެއް

ޮގތްތައް މި ފަހަރު ފާހަގަ ޮކށްލާނަމެވެ. މިއީ ކާމިޔާބު ކަމަށް ތަޖުރިބާ ކުރެވިފައިވާ ޮގތްތަކެއް ކަމަށް ދިރާސާ ތަކުން ދައްކަ އެވެ. މި ކަން މި ފާހަގަ

ޮކށްލަނީ ކަމުގެ މުހިންމުކަން އަދުގެ މުޖުތަމައުން ފެންނާތީ އެވެ.

އަހަރެމެން ވާހަކަ ދައްކަން އެބަ ޖެހެ އެވެ.

ވާހަކަ ދައްކަން ފަށައިގަތުމުގެ ކުރިން އެ ކަމަށް އެކަށީގެންވާ މާހައުލެއް މުހިންމެވެ. އެހެން ކަމުން ހަމަ ހިމޭން މާހައުލެއް އިޚުތިޔާރު ކުރާށެވެ. ވާހަކައެއް ދައްކަން އެބަ ޖެހޭ ކަމަށް ބުނުމުން އެ ވާހަކައިގެ

ސީރިއަސް ކަން ބައިވެރިޔާ އަށް ނަގައިގަނެވޭނެ އެވެ. އެއީ ވާހަކައެއް ދައްކާ ޮކންމެ ފަހަރަކު މިހެން ބުނެފައި ނުވާނެތީ އެވެ. މި ޮގތަށް ބުނުމުން އޭނާ

ވެސް އެ ކަމަށް ނަފުސާނީ ޮގތުން ތައްޔާރު ވާނެ އެވެ. އެހެން ކަމުން ކާމިޔާބު ކަމާ އެކު ވަކި ވުމުގެ ވާހަކަ ފަށައިގަތުމަށް ފުރުސަތު ހުޅުވޭނެ އެވެ.

ނޭ! ގުޅޭ މި ދެހިތް އަލަކުން ނު

Page 27: Sun Magazine Issue 11

27

ތިބާގެ ކުށެއް ނެތެވެ. ކުށްވެރިޔަކީ އަހަރެންނެވެ.

ވަކި ވަނީ ބައިވެރިޔާގެ ކުށަކުން ކަމަށް ނުވާ ނަމަ އެކަން ސާފުޮކށް ބުނެދޭށެވެ. އެކަމުގައި އޭނާގެ އެއްވެސް ކުށެއް ނެތް ކަމަށް ބުނާށެވެ. އޭނާގެ ކުށް ދައްކަން އުޅޭ ނަމަ އޭނާ އޭގެ ދިފާޢުގައި ވާހަކަ ދައްކާނެ އެވެ. ކުށެއް ނެތްކަން ދައްކަން އުޅޭނެ އެވެ. އޭގެން ފައިދާއެއް ނުކުރާނެ އެވެ. އިތުރަށް ވާނީ ޯގހެވެ. ކުށްދައްކަން އުޅޭ ނަމަ އޭނާ ގިނަ ފަހަރަށް ވިސްނާނީ ޮކންމެވެސް އެއްޗެކޭ ކިޔައިގެން ދުރަށް ދާން އުޅެނީ ކަމަށެވެ. ހާސިލު ކުރަން އުޅޭ މަގުސަދަށް އެކަމުން އެޅޭނީ ހުރަހެވެ.

އަހަރެން ޯލތްބެއް ނުވަމެވެ.

ޯލބި ނުވިޔަސް "ލަވްޔޫ" ބުނުމަކީ މި

ރާއްޖޭގައި ވަރަށް އާންމު ކަމެކެވެ. ހަނދާން ނުވިޔަސް

"މިސްޔޫ" ބުނުމަކީ އަދި މާ ޮމޅު ކަމެއް ކަމަށް މި

ޮއންނަނީ ވެފަ އެވެ. އެކަމަކު މި ދެ ޖުމުލައިގެ ހަގީގީ މާނަ

ދަންނަ މީހުން އެކަން އެ ޮގތަކަށް ނުކުރެ އެވެ. ޯލބި ނުވެ ޯލބި ވެޔޭ ކިޔާ ނަމަ އެއީ ޯލތްބަށް ކުރެވޭ ކިހާ ޮބޑު މަލާމާތެއް ހެއްޔެވެ؟ ބައިވެރިޔާ ދެކެ ޯލބި ނުވާ

ނަމަ އެކަން ސާފުޮކށް ބުނާށެވެ. އެކުގައި އުޅެން ބޭނުންވާތީ ޯލބި ވެވޭޯތ

މަސައްކަތް ކުރެވިއްޖެ ކަމަށް ވެސް ބުނާށެވެ. އެކަމަކު

އެކަން ކާމިޔާބު ނުވި ކަމަށް ބުނާށެވެ. ޯލބި ނުވާ ނަމަ އެކުގައި އުޅެން މަސައްކަތް ކުރުމުން ބޭކާރު ވެގެން ދާނީ ހަޔާތުން ދުވަސް ތަކެކެވެ. އިތުރު ފައިދާއެއް ނުކުރާނެ އެވެ. ދެ މީހުންނަށް ވެސް ލިބޭނީ ގެއްލުމެވެ. ޯލބި

ނުވާކަމަށް ބުނުމުން ބައިވެރިޔާ ދެރަވާނެ ވަރު ހިތަށް އަރާތީ އެވާހަކަ ނުބުނެ ހުންނަން ނުހަދާށެވެ.

އަހަރެން ޮދގު ހެދީ އެވެ.

ބައިވެރިޔާ ދެކެ ޯލބި ނުވާ ނަމަ އޭނާ އަށް ޮދގު ހެދޭނެ އެވެ. އެހެން ގިނަ ފަހަރަށް ދިމާވާ ސަބަބަކީ ޯލބި ނުވިޔަސް އެކުގައި އުޅެން މަސައްކަތް ކުރާތީ އެވެ. މި ޮގތުގައި ގިނަ ދުވަސް ވާ ވަރަކަށް ހެދޭ

ޮދގުތައް ދާނީ އިތުރު ވަމުންނެވެ. ޮދގު މައްޗަށް ޮދގެވެ. މީގެ ނަތީޖައެއްގެ ޮގތުން ހިތް ނުތަނަވަސް ވާނެ އެވެ. އުނދަގޫ ތަކެއް ވާނެ އެވެ. މި

ކުރެވެނީ ވައްކަމެއް ކަމުގެ އިހުސާސް ވެސް ކުރެވޭނެ އެވެ. އާޚިރު ނަތީޖާ އަކަށް ވާނީ ބައިވެރިޔާ އަށް ވަގަށް އަނެއް ޖިންސުގެ ކުދިންނާ އެކު ގުޅުންތައް ބާއްވަން ފެށުމެވެ. ޮކފީ އަށް ދާން ފެށުމެވެ. ދަތުރު ދާން ފެށުމެވެ. ބުރު ޖަހަން ދާން ފެށުމެވެ. އެންމެ ފަހުން ވަގު ބައިވެރިޔަކު ގެންގުޅެން ފެށުމެވެ. މި ހާލަތަށް ދިއުމުގެ ކުރިން ފިޔަވަޅު އަޅަން ޖެހެ އެވެ. ބައިވެރިޔާ އަށް ޮދގު ހެދޭނީ އޭނާ

އަށް ވުރެ އެހެން މީހަކު މުހިންމު ވީމަ އެވެ. ނުވަތަ އޭނާ އަށް ކަންކަން ސިއްރު ކުރަން ޖެހޭ ފަދަ ސަބަބެއް ޮއތީމަ އެވެ. ޮދގު ހަދައިގެން އެކުގައި

އުޅުމުގެ ބޭނުމެއް ނެތެވެ. ޮއލުވާލައިގެން އުޅެން ޖެހޭ ނަމަ ތި ގުޅުމުގެ މާނައެއް ނެތެވެ. ތިބާ ޮދގު ހެދީ ކަމަށް އަވަހަށް ބުނާށެވެ. އެހެން ވާން ޖެހޭ ސަބަބު ވެސް ބުނާށެވެ. އަދި އެ ސަބަބު ތަކަށް ޓަކައި ވަކި ވާން ބޭނުންވާ

ވާހަކަ ވެސް ބުނާށެވެ. އެހެން ނޫން ނަމަ އަދި ވެސް ހެދޭނީ ހަމަ

ޮދގެވެ.

މި ގުޅުމާ މެދު އަހަރެން ހިތްހަމައެއް ނުޖެހެ އެވެ.

ބައިވެރިޔާއާ އެކު ހޭދަ ކުރާ ވަގުތު ތަކުން ތިބާއަށް އުފަލެއް ނުލިބެ އެވެ. ޮކންމެވެސް ކަމެއް މިސްވެ އެވެ. އެކުގައި ހޭދަ ކުރާ

ވަގުތު ތަކުގެ ތެރެއިން ވެސް ފޫހިކަން އިހުސާސް ކުރެވެ އެވެ. ބައިވެރިޔާ ދުރުގައި ހުންނަ އިރު މާ ޮބޑަށް ހިތްހަމަ ޖެހެ އެވެ.

އުފާވެރިކަން އިހުސާސްވެ އެވެ. މީގެ ނަތީޖާއެއްގެ ޮގތުން ބައިވެރިޔާއާ

އެކުގައި އުޅެން ބޭނުމެއް ނުވެ އެވެ. އެކަމަކު އެ ވާހަކަ ބުނާކަށް ވެސް ނުކެރެ އެވެ. ހަޔާތުގެ ދުވަސްތައް

ބޭކާރު ވެގެން ދަނީ އެވެ. މި ކަމުން ލިބޭނެ ފައިދާއެއް ނެތެވެ. މި ފަދަ ޮގތަކަށް ކަންކަން ދިމާވާ ނަމަ އެ ވާހަކަ ބުނުމަށް ފަހު އަވަހަށް ދުރުވުމަކީ މުހިންމު ކަމެކެވެ. މި

ގުޅުމާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ބައިވެރިޔާ ގާތުގައި ރީއްޗަށް ބުނާނީ

އެވެ. ވާ ޮގތް ވެސް ރީއްޗަށް ކިޔައިދޭނީ އެވެ. އޭރުން ބައިވެރިޔާ

އަށް ވިސްނޭނެ އެވެ.

ނިންމާލުން މި ތަނުގައި މި ކިޔައިދިން ޮގތް ތަކަކީ ހުރިހާ ހާލަތެއްގައި ކާމިޔާބު

ޮގތް ތަކަކަށް ނުވެ ހިނގައިދާނެ އެވެ. ޮކންމެ ކަމެއްގައި ވެސް ފިޔަވަޅު އެޅުން މުހިންމު ވާނީ ހާލަތަށް ވިސްނާފަ އެވެ. މުހިންމީ ބައިވެރިޔާއާ ވަކިވާ އިރު އެ ކަމުގެ ރީތި ޮގތް އިޚުތިޔާރު ކުރުމެވެ. ބައިވެރިޔާ ތިބާ ދެކެ ނަފުރަތު ނުވާނެ ޮގތަކަށް ވަކި ވުމެވެ. ޢާއިލާގެ މީހުންނާއި ރައްޓެހިން ތިބާ ދެކެ ފޫހި ނުވާނެ ޮގތަކަށް ބައިވެރިޔާއާ ވަކި ވުމުގެ ކަންކަން ކުރިޔަށް ގެންދިއުމެވެ.

Page 28: Sun Magazine Issue 11

28

ހުސްވި ސީޒަނުގައި އިޓާލިއަން ލީގާއި އިޓާލިއަން ކަޕް އަދި ޗެމަޕިއަންސް ލީގު ޯހދި އިންޓަމިލާނު ޓީމުގެ 10

ކުޅުންތެރިއަކު ޯވލްޑް ކަޕުގައި ކުޅުނެވެ. އެހެން އަހަރުތަކާ ހިލާފަށް ޮއފް ސީޒަނުގައި ޯވލްޑް ކަޕް ފަދަ ޮބޑު މުބާރާތެއްގައި ބުރަޮކށް އުޅެން ޖެހުމުން މި ކުޅުންތެރިންނަށް ވަނީ ޮލޑުކަން އިހުސާސް ކުރަން ޖެހިފަ އެވެ. އިންޓަމިލާނުގެ ހަބަރުތައް ކަވަރު ކުރުމުގައި

ހާއްސަވެ ހުންނަ މަޝްހޫރު ނޫސްވެރިޔާ ގިއާނީ ސެރާ ބުނާ ޮގތުގައި ފާއިތުވެދިޔަ ތިން ސީޒަނާ އަޅާބަލާއިރު ބައެއް ކުޅުންތެރިންގެ

ހަރަކާތްތައް ލަހީ މިހެންވެ އެވެ. ލީގު ތާވަލުގައި އެ ޓީމު ހަތަރު ވަނަ އަށް ޮސއްސާލުމަކީ މީގެ ހެއްކެކެވެ.

އަނިޔާގެ މައްސަލަ:

ފާއިތުވެދިޔަ ސީޒަނުގައި އިންޓަމިލާނުގެ ކުޅުންތެރިން އިންޖަރީވެފައިވަނީ އެންމެ 12 ފަހަރު އެވެ. ނަމަވެސް މި އަހަރުގެ

ސީޒަނުގައި މިހާތަނަށް 3 މަހާއި ދުވަސްޮކޅެއް ފާއިތުވެދިޔައިރު 31 ފަހަރަކު ކުޅުންތެރިންނަށް ވަނީ އަނިޔާވެފަ އެވެ. މިހާ ކައިރި

ކައިރީގައި ކުޅުންތެރިން އިންޖަރީވުމުގައި ޮއތީ ދެ ސަބަބެކެވެ. ފުރަތަމަ ކަމަކީ ޯވލްޑް ކަޕުގެ ސަބަބުން ކުޅުންތެރިން ޮލޑުވެފައި ތިބެ ގިނަ މެޗުތަކެއް ކުޅެން ޖެހުމެވެ. ދެ ވަނަ ސަބަބަކީ އާ ޯކޗު ރަފޭލް

ބެނީޓޭޒްގެ ޓްރޭނިން މެތަޑްތައްް ޯގސްވުމެވެ.

ޓްރާންސްފާ މާކެޓްގައި ރަނގަޅަށް ހަރަކާތްތެރިނުވުން:

ހުސްވި ސީޒަނުގައި ކުޅުނު ޓީމުގެ އަށް ކުޅުންތެރިން ވިއްކާލައިގެން އިންޓައިން ވަނީ 53.2 މިލިއަން ޕައުންޑް ޯހދައިފަ

އެވެ. އެކަމަކު ކުޅުންތެރިން ގަތުމަށް ހޭދަ ކުރީ އެންމެ 8.3 މިލިއަން ޕައުންޑެވެ. މިއީ ޮބޑު މައްސަލައެއް ކަމަށް ސަޯޕޓަރުން ސިފަ ކުރާއިރު ކުލަބުގެ ރައީސް މަސިޯމ ޮމރާޓީ ބުނީ ޓީމު ޮއތީ

ގަދަފަދަޮކށް ކަމަށާއި ޮމޅު ޯކޗުންނަކީ އެވަގުތަކު ލިބިފައިތިބޭ ކުޅުންތެރިން ރަނގަޅަށް ދެނެގަނެ ނަތީޖާ ނެރޭ ޯކޗު ކަމަށެވެ. ނަމަވެސް ގިއާނީ ފާހަގަ ކުރާ ޮގތުގައި

ރަފޭލް ބެނީޓޭޒްގެ އިރުޝާދުގެ ދަށުން އިންޓަމިލާނުގައި ކުރިއެރުން ލިބުނީ ހަމައެކަނި ކުޅުންތެރިއަކީ ސެމިއުލް އެޓޫ އެވެ.

ބެނީޓޭޒްގެ ގާބިލްކަން:

ބެނީޓޭޒަކީ ވަރަށް ގިނަ ޮމޅު ކުޅުންތެރިންތަކެއްގެ އިތުބާރާއި ޯލބި ޯހދައިފައިވާ ޯކޗެކެވެ. ނަމަވެސް އިންޓަމިލާނުގެ ކުރީގެ ޯކޗު ޯހސޭ ޮމރީނިޯއ އަށް ކުޅުންތެރިން ދިން އިތުބާރު ބެނީޓޭޒަށް ވަނީ އެ ކުލަބުގައި ޯހދައިގަނެވޭޮގތް ނުވެފަ އެވެ. ގިއާނީ ގަބޫލު ކުރާ ޮގތުގައި މީގެ ސަބަބަކީ މާ އަވަސް އަވަހަށް ބެނީޓޭޒް

ޮބޑެތި ބަދަލުތަކެއް ގެނައުމުން ކުޅުންތެރިންނަށް އެކަންކަން ބަލައިގަނެވޭޮގތް ނުވުމެވެ. ގިނަ ބަޔަކު ދެކޭ ޮގތުގައި ޒަމާނުއްސުރެ އިންޓަމިލާނުގެ ކާމިޔާބީއަކީ އެމީހުން ގެންގުޅޭ

ކައުންޓަ އެޓޭކިން ސިސްޓަމެވެ. 1960ގެ ކުރީޮކޅު ހެލްނިޯއ ހެރޭރާގެ އާއި 1980 ވަނަ އަހަރު ޔުޖީނިޯއ ބާސެލީނީ އަދި 1988 ވަނަ އަހަރު ޖިޮއވާނީ ޓްރަޕަޯތނީ އަދި 2010 ވަނަ އަހަރު ޮމރީނިޯއ ކާމިޔާބު ޯހދީ ވެސް ޑިފެންސް ޮކށްފައިކުރާ ފާސްޓް

ކައުންޓަ އެޓޭކްގަ އެވެ.

ޮމރީނިޯއގެ ހިޔަނި:

ޯހސޭ ޮމރީނިއަކީ ހުސްއަކަނި ޯކޗެއް ނޫނެވެ. އޭނާ އަކީ ކުޅުންތެރިން ޯމޓިވޭޓް ކުރާ ހިތްހެޮޔ ބައްޕަ އެކެވެ. އޭނާގެ އިރުޝާދުގެ ދަށުން ޮކންމެ ކުޅުންތެރިއަކު ވެސް ޮމޅަށް ކުޅެ އެވެ. އެ ކުޅުންތެރިއަކާ އޭނާ ވަކިވާ ފަހުން ވެސް ކުޅުންތެރިންގެ

މިާލނުގެ ދެ ކުލަބަށް ވަމުންާދ ގޮތް

އަބްދުهللا އަޒްީމން

Page 29: Sun Magazine Issue 11

31

ތައުރީފު ޮއހެނީ މިހެންވެ އެވެ. ކުޅުންތެރިންނަށް އަބަދުވެސް ޮމރީނިޯއ ވިސްނައިދެނީ އެ މީހުން ބަލިނުވާނެ ކަމުގަ އެވެ. ނަމަވެސް އިންޓަމިލާނުގެ

ކުޅުންތެރިން ޮޓޓެންހަމާއި އޭސީ މިލާނާއެކު ކުޅުނު އިރު ޮމރީނިޯއއާއެކު އެކުޅުންތެރިން ގެންގުޅުނު އިތުބާރާއި ޔަގީންކަން ގެއްލިފައިވާކަން ހަށިގަނޑުގެ ހަރަކާތްތަކުން ދޭހަޮކށްދޭކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މިހެންވެ އަދިވެސް އިންޓަގެކުޅުންތެރިންގެ ސިކުނޑީގައި ވަނީ ޮމރީނިޯއގެ ނަންކަމުގައި ގިއާން

ޝައްކުކުރެ އެވެ.

އަހަރުތަކަކަށް ފަހު އޭސީ މިލާން ކުރި ޯހދި ސަބަބުތައް:

މަސިމިލާޯނ އަލެގްރީ މި އަހަރުގެ ސީޒަން ފެށީ 3-4-3 ސިސްޓަމަށެވެ. މިއީ ކުރީގެ ޯކޗު ލިޮއނާޯޑ ވެސް ބޭނުންކުރި ޯފމޭޝަނެވެ. މި ޮގތަށް ކުޅެގެން ހުސްވި ސީޒަނުގައި މިލާން ވަނީ ލީގު ޓޭބަލުގެ ތިން

ވަނަ އަށް ވެއްޓި ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ އަތުން 2-7 އިން ބަލިވެފަ އެވެ.

މި ޮގތަށް ކުޅޭއިރު މެދުތެރެ އާއި ޯފވަޑް ލައިނާ ދެމެދު ޕާސް ކުރަން މިލާނަށް

އުނދަގޫވެ އެވެ. އަދި ދެ އަރިމަތިން އެއް ޑިޕާޓްމަންޓް އަނެއް ޑިޕާޓްމަންޓާ ގުޅުން ކުޑަވެދެ އެވެ. މިކަމުގެ އެއް

ސަބަބަކީ މިލާނުގައި މުސްކުޅި ކުޅުންތެރިން ގިނަވުމެވެ. މިހެންވެ އާ ޯކޗު ވަނީ 2-1-3-4 ނުވަތަ -4-3

1-2 ޯފމޭޝަނަށް މިލާނު ޓީމު ލައްވައި ކުޅުވަން ފަށައިފަ އެވެ. އަދި ކްލަރެންސް ސީޯޑފަށް ވަނީ މެދުތެރެ އާއި ޯފވަޑް ލައިން ގުޅުވައި ދިނުމުގެ ޯރލު ދީފަ އެވެ. މިލާނުގެ މި ސިސްޓަމަކީ ކާޯލ އެންޗެޮލޓީގެ އިރުޝާދުގެ ދަށުން އިޓާލިއަން ލިގާއި

ޗެމްޕިއަންސް ލީގު ޯހދި ޯފމޭޝަނެވެ.

މިޑްފީލްޑް ކުޅުންތެރިންގެ ޒިންމާ ޮބޑު ކުރުން:

ޯފމޭޝަން ބަދަލުކުރުމުގެ އެންމެ ޮބޑު ބޭނުމަކީ މެދުތެރެ ވަރުގަދަ ކުރުމެވެ. ސީޯޑފަށް އެޓޭކިން ޯރލު ދިން އިރު މެތިއު ފްލެމީނީ އާއި މަސިޯމ އަމަބްޮރސިނީ އަދި ގެނާޯރ ގަޓޫޯސއަށް ދިފާއީ ޯރލެއް ދިނީ މިއީ ވަރުގަދަ

އަށް ޓެކްލް ކުރާ ތިން ކުޅުންތެރިންނަށް ވުމުންެނެވެ. މިހެން ހެދުމުން ޑިފެންސް ލައިނުގެ ކުރިމަތިން ވެސް މިލާން ވަރުގަދަވެ ޓީމެއްގެ ސިފަ ޖެހުނު އިރު އަންދްރޭ ޕީރްޯލ ނެތުމުގެ އުނިކަން ވަނީ އިހުސާސް ކުރަން

ޖެހިފަ އެވެ. ސަބަބަކީ މެދުތެރޭގެ އުފެއްދުންތެރިކަން ދަށްވުމެވެ.

ގަދަ ހަތަރު ތަރިން އެކުގައި ނުނެރުން:

ޮރނާލްޑީނިޯއ އާއި ޮރބީނިޯއ އަދި އެލެގްޒެންޑާ ޕަޯޓ އާއި ލާޓަން އިބްރަހިޮމވިޗް ތިބުމުން މިލާނުގެ ފަރާތުން ވަރުގަދަ އެޓޭކިން ފުޓްޯބޅައެއް

ފެންނާނެ ކަމަށް އުއްމީދު ކުރެވުނެވެ. ނަމަވެސް ޓީމާއެކު ހޭދަކުރި ފުރަތަމަ މަހެއްހާ ދުވަހަށް ފަހު ޯކޗު އަލެގްރީ ބޭނުންވީ މީގެ ތެރެއިން ތިންމީހަކު އެއްފަހަރާ ބޭނުންކުރާށެވެ. ސަބަބަކީ ގަޓުޯސ އާއި އަމްބްޮރސިނީ ފަދަ ކުޅުންތެރިންގެ އުމުރުމަތިވުމުން މުޅި ދަނޑު ކަވަރު ކުރަން އެ މީހުން

ނުކުޅެދުމެވެ. މިހެންވެ ޮރބީނިޯއގެ ބަދަލުގައި ސީޯޑފަށް އެޓޭކިން މިޑްފީލްޑަރުގެ ޯރލު ދިނުމުން އެޓޭކިންތާޑްގައި ވެސް ޓީމެއްގެ ޮގތުގައި މިލާން މާޮބޑަށް ފުރިހަމަވި އެވެ. މިހެންވެ އަލެގްރީ ބުނީ "ކުރިއަށް ކުޅޭ ހަތަރު ތެރިން

އެކީގައި ފެނުމަކީ ވުމަށްވުރެ ނުވުން ކައިރިކަމެއް،'' ކަމަށެވެ.

ޮރނާލްޑީނިޯއ ފުރަތަމަ 11 އިން ބޭރުކުރުން:

ޮއކްޓޫބަރު މަހުގެ 16ގެ ފަހުން މިލާނުގެ ފުރަތަމަ 11ގައި ޮރނާލްޑީނިޯއ ނުކުޅެ އެވެ. އޭނާ ބެންޗަށް ބަދަލުކުރީ ފުރަތަމަ 11ގައި

ކުޅުނު މެޗުތަކުގައި އެކަށީގެންވާ ކުޅުމެއް ނުދެެއްކުމުންނެވެ. ދަނޑުމަތީގައި ޮރނާލްޑިނިޯއ ސިފަކުރެވިފައިވަނީ ޮމޅުވުމުގެ ރޫހެއް ނެތި ދަނޑު ވަށައިގެން ދުވާ ކުޅުންތެރިއެއްގެ ޮގތުގަ އެވެ. އޭނާ އަށް ޖާގަ ގެއްލެން މެދުވެރިވި އެންމެ މުހިންމު ސަބަބަކީ ރެއާލް މެޑްރިޑާއެކު ކުޅުނު މެޗުގައި އޭނާގެ

ބަދަލުގައި ކުޅެން ނެރުނު 35ގެ ޯފވަޑް ފިލިޯޕ އިންޒާގީ އެ މެޗުގައި ދެ ޯގލު ޖެހުމެވެ.

ޮރނާލްޑީނިޯއ އަކީ އަދިވެސް ޯބޅަ ގެންގުޅުމުގެ ހުނަރު ޮމޅު ކުޅުންތެރިއެކެވެ. ނަމަވެސް

މިލާނުގެ ޯކޗު އޭނާއާ މާޮބޑަށް ގަޔާނުވަނީ އެއްފެންވަރެއްގައި

ޮރނާލްޑީނިޯއ އަށް ގިނަ މެޗުތަކެއް ނުކުޅެވޭތީ އެވެ. 3-4-3 ގެ ޯފމޭޝަނަށް

ޮރނާލްޑިނިޯއ ހިމަނައިގެން ޓީމު ސެޓް ނުކުރެވުނު ސަބަބަކީ ވެސް އޭނާގެ މަސައްކަތުގެ

ރޭޓް ދަށްވުމުން އެހެން ކުޅުންތެރިންނަށް ބުރަޮބޑުވެ، ޓީމަށް އޭގެ ގެެއްލުން ޯފރަން ފެށުމުންނެވެ. މީގެ އިތުރުން ފިޮއރެންޓީނާ އަތުން މިލާން 0-1 އިން ބަލިވި ދުވަހުގެ ހެނދުނު ޮރނާލްޑީނިޯއ މިލާނުގެ ނައިޓްކުލަބަކުން ނުކުތް މަންޒަރު

ނޫސްވެރިން ވަނީ އާއްމުޮކށްފަ އެވެ. މިހެންވެ ޯކޗު ބުނީ އެއީ ޕްޮރފެޝަނަލް ކުޅުންތެރިންގެ އުޅުން ހުންނަންވީ ޮގތް ނޫން ކަމަށެވެ. މިހެންވެ އިޓަލީގެ

ނޫސްވެރިން ވަނީ އަހުލާގީ މައްސަލަތަކާ ހުރެ ބާސެޯލނާއިން ވެސް ވަކިވާން ޖެހުނު ދުނިޔޭގެ ކުރީގެ ޮމޅު ކުޅުންތެރިޔާ މިލާނުގައި ހޭދަ ކުރާނެ އެންމެ

ފަހު ސީޒަނަކީ މިއީ ކަމަށް ބުނަން ފަށައިފަ އެވެ.

އިބްރަހިޮމވިޗްގެ ބަރާބަރު ނިންމުންތައް:

ބާސެޯލނާގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނަސް މިލާނަށް ބަދަލުވުމަށް ފަހު އިބްރަހިޮމވިޗް ވަނީ އޭނާ ދޫޮކށްލުމަކީ ބާސެޯލނާ ނިންމި ޯގސް ނިންމުމެއްކަން ސާބިތުޮކށްދޭން ފަށައިފަ އެވެ. މިހާތަނަށް ހަތް ޯގލު ޖަހައި ހަތަރު ފަހަރު އެހެން ކުޅުންތެރިންނަށް ލަނޑު ޖަހަން ފުރުސަތު

ތަނަވަސްޮކށްދިން އިރު އޭނާ ހުއްޓުވޭނެ އެއްވެސް ޮގތެއް އިޓަލީގައި ކުޅޭ ވަރުގަދަ ޑިފެންޑަރުންނަށް ނުޯހދުނެވެ. ޔުވެންޓަސް އާއި އިންޓަމިލާނާ ދެޮކޅަށް

އޭނާ ދެއްކި ޮމޅު ކުޅުމުން މިކަމަށް ހެކިދެ އެވެ.ޕެނަލްޓީ އޭރިޔާ ތެރޭގައި އެފަދަ ދެވަނައެއް ނެތް ޯފވަޑް ވަނީ ފާއިތުވެދިޔަ ހަތް އަހަރު ހަތަރު ކުލަބެއްގައި ހަތް ފަހަރަކު

ލީގު ޗެމްޕިއަންކަން ޯހދައިފަ އެވެ. އެއީ އަޔެކްސް، ޔުވެންޓަސް އަދި އިންޓަމިލާނުގެ އިތުރުން ބާސެޯލނާގަ އެވެ. މިހެންވެ އޭނާގެ ޯގލުތަކުން

މިފަހަރަކީ އޭސީމިލާނުގެ ފަހަރު ކަމަށް ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ.

Page 30: Sun Magazine Issue 11

)ކުރީގެ އަދަދާ ގުޅޭ( "އާނ، އަދި މި އުމުރުގައި އިންނާނެ ރަނގަޅު ކުދިން ލިބޭނެ. ޯލބި ނުވިޔަސް، އިތުބާރު ހިފޭ ކުއްޖަކާ އިނދެގެން ރަނގަޅު

ދިރިއުޅުމެއް ފެށީމަ، މި ހިތާމައަށް ވެސް ލުޔެއް ލިބިދާނެ. ނަޖީބުވެސް އަހަރެންގެ މި މަގަށް ހުރަސް އަޅަަން މަސައްކަތް ނުކުރޭ!" މި ހުރިހާ ވާހަކަ

ދެއްކި އިރުވެސް ރަމީޒުގެ އަޑުގައި ހުރި ތުރުތުރަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

"ދެން ކުރާނެކަމެއް ނެތް! ތިޮގތް ބަދަލު ނުކުރަންޏާ މާލެ ފުރަން އަވަަށް ތައްޔާރުވޭ! އެބަޮއތް މިރޭ ފުރާ ޯދންޏެއް. އެކަމަކު އެމީހުން ބާރަ ޖަހާއިރު ފުރާނެ." ހިތާ ދެޮކޅަށް ބުނާ ކަހަލަ ޮގތަކަށް ނަޖީބު ބުންޏެވެ.

"ރަނގަޅީވެސް ތިޮގތް. މިހާރު ބޭނުންވަނީ ވީ އެންމެ އަވަހަކަށް މިރަށުން ފުރަން. މަގޭ ހިތަށް ދެން ކުޑަވެސް ހަމަޖެހުމެއް ލިބޭނީ މިރަށުގެ

ފަސްގަނޑުން ފައި އުފުރައިލެވިގެން ކަންނޭނގެ.""އާނ، ރަމީޒުގެ ތި ނިންމުމަކަށް ބަދަލެއް ނުގެންނާނެވިއްޔަ. ދެން އަވަހަށް ޮގސް ދަތުރަށް ހަދާ! އަހަރެން ޯދނީ މީހުންނާ ވާހަކަ ދައްކާނަން."

ނަޖީބު ޯފނު ކަނޑާލައިފި އެވެ. ރަމީޒު އިރުޮކޅަކު އިނދެފައި ތެދުވި އެވެ. ހިނގައިގަތީ ގެއާ ދިމާއަށެވެ. ބޭނުންވަނީ ގެއަށް ޮގސް ދަތުރަށް ހަދާށެވެ.

ކިތަންމެ ހިތް ނޭދުނަސް ޝަހާމާ ދޫޮކށްލާފައި މާލެ ދިޔުން ނޫން ޮގތެއް ދެނެއް ރަމީޒަށް ޮއތް ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ. ރަމީޒު އެންމެ

ކަން ޮބޑުވަނީ މާލެ ދިޔުމުން ބައްޕަގެ ކިބައިން ކުރިމަތިވާނެ ސުވާލުތައް ހިތަށް އަރާފަ އެވެ. ޝަހާ ބަހައްޓާފައި ދިޔުމުން ވީ ޮގތަކާމެދު ބައްޕަ ސުވާލު

ކުރާނޭކަމީ މެންދުރުގެ އިރުފަދައިން ޔަގީންވާ ކަމެކެވެ.ޮކންމެ ޮގތެއް ވިޔަސް މިކަން ބައްޕައަށް ވެސް ޖެހޭނީ އަންގާށެވެ.

ކިޔައިދޭށެވެ. ޢާއިލާގެ އެހެނިހެން މެންބަރުންނާއި ހުރިހާ ރައްޓެހިންގެ ފަރާތުންވެސް ކުރިމަތިވާނީ ހަމަ އެއްކަހަލަ ސުވާލުތަކެކެވެ. އެ ސުވާލުތަކަށް ތެދުބަހުން ޖަވާބު ދޭހާ ހިތްވަރު ރަމީޒަށް ލިބޭނެބާވަ އެވެ. ޮކންމެ މީހަކުވެސް ދެކޭނީ ރަމީޒުގެ ފިރިހެންކަމެއް ނެތްކަމަށް ކަންނޭނގެ އެވެ. ހުރިހާ މަލާމާތެއް

ރައްދުވާނީ ރަމީޒަށް ކަންނޭނގެ އެވެ.މިކަހަލަ ސިކުނޑި ހާސްކުރާފަދަ ފިކުުރުތަކެއްގައި ހުރެ ގެއާ ހަމައަށް އާދެވުނު އިރުވެސް ރަމީޒަކަށް ނޭނގުނެވެ. އޭނާއަށް ރޭކާލީ

ކުއްލިއަަކަށް ހަފީޒާގެ މޫނު ފެނުމުންނެވެ. ސިހިފައި ކަހަލަ ޮގތަކަށް ބަލައިލެވުނު އިރު ހަފީޒާ އެގެއިން ނިކުންނަނީ އެވެ. ފަހަތުން އާތިފާވެސް ނިކުތެވެ. ރަމީޒު

މަޑުޮކށްލި އެވެ."ޮބޑުދައިތާ! މިރޭ ބާރަ ޖަހާއިރު ފުރަން މި އުޅެނީ. ޝަހާ ތިގެއަށް

ގެންދަންވީނު." ރަމީޒު މަޑުމަޑުން ބުންޏެވެ.

"ތިކަން އެނގިގެން އޭނަ ބަލާ މިއައީވެސް. އޭނާ ދާކަށް ބޭނުމެއް ނުވި." ހަފީޒާ ބުންޏެވެ.

"އެކަމަކު އޭނާ އެކަނި ބާއްވާކަށް ނުވާނެ." "ދެން ރަމީޒު އެކަމާ ނުވިސްނާ!" ހަފީޒާ ހިނގައިގަތެވެ.

"އާތި! ފުރަނީ އިނގޭ!" އާތިފާއާ ދިމާއަށް ރަމީޒު އަތް ދިއްޮކށްލި އެވެ. ސަލާން ޮކށްލުމަށް ޓަކަ އެވެ.

"ބޭނުމެއްނޫން ސަލާން ކުރާކަށް." އާތިފާ ވެސް ހަފީޒާގެ ފަހަތުން ހިނގައިގަތެވެ.

ރަމީޒަށް ހުރެވުނީ ހުއްޓުން އަރާފަ އެވެ. މިކަމުގައި އޭނާގެ ކުށަކީ ޮކބައިބާވަ އެވެ؟ ކުށް ކުރީ ޝަހާ އެވެ. އެކަމަކު ޮބޑުދައިތަ ވެސް އާތިފާވެސް

ރުޅިއައީ ރަމީޒު ދެކެ އެވެ. މިހެން ވާންވީ ކީއްވެގެން ހެއްޔެވެ؟ އާއެކެވެ. އެހެން ވެދާނެ އެވެ. ޝަހާއަކީ އެމީހުންގެ މީހާ އެވެ. ލޭގެ ގުޅުމެވެ. އެކުވެރިކަމުގެ

ބަދަހިކަމެވެ. ރަމީޒަކީ ކާކުހެއްޔެވެ؟ ޮއތް ގުޅުމެއް ޮއންނާނީ ޝަހާއާ ގުޅިގެން އުޅޭ ދުވަހަކު އެވެ. ވަރިކުރުމާއެކު އެ ގުޅުން ކެނޑިގެން ދާނެ އެވެ.

ރަމީޒަށް ދޫޮކށްލެވުނީ ފުން ނޭވާއެކެވެ. އެނާއަށް އެނބުރި ބަލައިލެވުނެވެ. ހަފީޒާއާއި އާތިފާ ދިޔަ ދިމާއަށެވެ. މަގަށް ވެރިވެފައިވާ ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް އެ މީހުން ވަނީ ޮއބިފަ އެވެ. މިހާރު އެއިން އެކަކުވެސް ފެންނާކަށް ނެތެވެ. ރަމީޒު ހިނގައިގަތީ ގެއަށް ވަނުމަށްޓަކައި ޮދރާ ދިމާއަށެވެ.

ޮފށްޓަށް އެއްޗެހި އަޅާ ތައްޔާރު ވުމަށެވެ. ޯފނު ރިންގުވާންފެށީ އެވަގުތު އެވެ. ގުޅީ ހަބީބެވެ. ރަމީޒު ޯފނު ނެގި އެވެ.

"އޭތް، ޮކބާ ކިހިނެއް ތިހަދަނީ؟ ނަޖީބު ބުނި ޝަހާ ވަރިޮކށްފަ ރަށަށް ދާން އުޅޭ ވާހަކަ. ތެދެއްތަ؟" ހަބީބު ފުރަތަމަ ވެސް ފެށީ އެވާހަކައެވެ.

"ހަބީބު މިމަގާމުގަ ހުރި ނަމަ ހަދާނީ ކިހިނެއް؟" ރަމީޒު އެހީ ހަބީބުގެ ޚިޔާލަކަށެވެ.

"ޖަވާބުދޭން ވަރަށް ދަތި ސުވާލެއް." ހަބީބު ދޫޮކށްލީ ފުން ނޭވާއެކެވެ.

"އާނ، މިކަހަލަ ކަމެއް ކުރިމަތި ނުވާ މީހަކަށް، މިކަހަލަ ކަމެއްގައި ހުންނާނެ އަސަރެއް އިޙުސާސެއް ހަމަ ނުކުރެވޭނެ."

"އަހަންނަކަށް ވެސް ތިކަހަލަ ކުށަކަށް މާފެއް ނުކުރެވޭނެ ކަންނޭނގެ." ހަބީބު މަޑުމަޑުން ބުނެލި އެވެ.

"އެހެންވީމާ އަހަންނަށް މި އެޅޭ ފިޔަވަޅު ޯގހެއް ނޫނެއްނު. ދެން އެވާހަކަ ބާއްވަމާ. ޮކންކަމަކު ތި ގުޅީ؟"

"ނަޖީބު ބުނީ މިރޭ ބާރަޖަހާއިރު ޯދނި ފުުރާވާހަކަ. އެހެންވީމަ ތަންޮކޅެއް ކުރިން ޯދންޏަށް އަރަންވާނެއެއްނު." )ނުނިމޭ(

މުހައްމަދު ާގސިމް، އއ. މަތިވެރި

30

ވަާފތެރި މަީވމޭ

Page 31: Sun Magazine Issue 11

31

Page 32: Sun Magazine Issue 11

32

ދެ މީހުންގެ ގުޅުން ނިމިގެން ދިޔައަސް ވާހަކައެއް ބުނެވިދާނެ އެވެ.

އެ ވާހަކައަކީ އަހަރުމެންގެ ގުޅުން ހީނަރުވެ ފަނިވާންޖެހުނީ އަހެރެންގެ

ކުށުން ނޫންކަން ޔަގީން ޮކށްދިނުމެވެ. އަހަންނާމެދު ކުރި ހީތަކަކީ

މުޅިން ކުށެއް ކަމަށް ބުނެލުމެވެ. އަހަރެން މިވަނީ ތިބާއާ ދުރުގައެވެ.

އަހަރެންވެސް ބޭނުމީ ހަނދާން އާނުޮކށް ދުރުގައި މަޑުޮކށްލާށެވެ. އަނެއްް ދުނިޔެއަށް ދާށެވެ. ތިބާ

އަހަރެން ދޫޮކށްލި ފަދައިން އަހެރެން ވެސް ބައިވަރު ކަންކަން

ދޫޮކށްލައިފީމެވެ.

ހަސަނު ގުރާ ވިއްކާ ފިހާރައަކަށް ވަނުމުން ސޭޓު ބުންޏެވެ. "މިއީ ވަރަށް ފައްކާ ގުރައެއް!"

"ޮކބައި ފައްކާ ޮގތަކީ؟" ހަސަނު ސުވާލު ކުރި އެވެ. ސޭޓު ބުނީ އޭނާ ވިއްކާ ގުރާގެ ވާތު ފަޔަށް ދަމައިލުމުން ސަލާމް

ޮގވައިލާނެ ކަމަށެވެ. އަދި ކަނާތު ފަޔަށް ދަމައިލުމުން ގައުމީ ސަލާމް ކިޔައިދޭނެ ކަމަށެވެ.

ހަސަނު ހައިރާން ވެގެން އިރުޮކޅަކު ހުރެފައި ސުވާލު ކުރި އެވެ. "ތިޔަހެންޏާ މި ގުރާގެ ދެ ފަޔަށް ދަމައިލުމުން ބުނީ ކީކޭ؟"

އެވަގުތު ގުރާ ބުންޏެވެ: "މިހިރަ ގަމާރާ އެވެ! އަހަރެންގެ ދެ ފަޔަަށް ދަމައިލުމުން ބަންލައިފައި

އަހަރެން ވެއްޓޭނީ ނޫން ހެއްޔެވެ؟"

ސިީޓމަދަރުސާއެއްގެ ޮދރާށި

ހުޅުވައިދޭ މީހާ އެ ލައްޕައިދެނީ ހުރަގެއެއްގެ ޮދރާއްޓެވެ.

މުތް

ކިރު ޯބކިބާބޭނުންވާތަކެތި

3 ޯޖޑް ހަނޑޫ3 ކިބަ ކާށި ކިރު

މާ ފެންޮފދެއްފިނި ފެންޮފދެއް

ރާނބާފަތު ފެންޮފދެއް4 ޯޖޑް ހަކުރު

ހަދާނެ ޮގތް

ފުރަތަމަ ހަނޑޫ ފެނުލައްވާށެވެ. ދެން ޮދންނަވައިގެން ފުނޑުއްވާށެވެ. ކާށިން ހުނި ގާނުއްވާކިރު ފެއްލަވާށެވެ. ދެން ރާނބާފަތު ފެން ކައްކަވާށެވެ. އެއަށްފަހު ހަނޑުލުފުށާއި ހަކުރާ އެއްކުރައްވާ ރަނގަޅަށް ގިރުއްވާށެވެ. ދެން ކިރާއި މާ ފެނާއި ރާނބާފަތު ފެނާއި މިތިންބާވަތުން ހަ ޯޖޑު އަޅުއްވާށެވެ. އެއަށްފަހު ހިއްލަވަން އުއްދަވާށެވެ. ރަނގަޅަށް ޯރފިލާ

ހިލުނީމާ ފިއްސަވަން ބޭނުންވާ ތެއްޔެއްގައި ތެޮޔލައްވާ އެހިއްލެވި ފުށްއެތި އޭގެތެރެއަށް އަޅުއްވާށެވެ. ރަނގަޅަށް މަތި ޮއމާން ކުރެއްވުމަށްފަހު ފިއްސަވަން އުދުން މައްޗަށްއުއްދަވާށެވެ. ތެލީގެދަށަށް ކުޑައަލިފާންޮކޅެއް ލައްވާ މައްޗަށްވެސް ކުޑައަލިފާންޮކޅެއްލައްވާ މަޑުގިނީގައި އިރުޮކޅަކުބަހައްޓަވާފާ ބާލުއްވާށެވެ. ކުޑަޮކށް ރަތްކުލަޖަހާލުމުން

އެއްމެ ރަނގަޅެވެ. -- ދިވެހި ކާނާ އެކަކުން ނަގާފައި

ގަާމރު

Page 33: Sun Magazine Issue 11

އިނގިރޭސި ވިލާތުގެ އެކްސްޕްޯލރާރ އިންނާއި މެކޭނިކުންނާއި ސައިންސްވެރީންގެ ޓީމެއް އެންޓާރކްޓިކް ޮކންޓިނެންޓް ފައިމަގުގައި

ހުރަސްކުރުމަށްޓަކައި އެ ޮކންޓިނެންޓަށް ހިނގައްޖެއެވެ. "މޫން ރޭގަން ޓްރާންސްއެންޓާރކްޓިކް އެކްސްޕެޑިޝަން" ގެ ނަން ދެވިފައިވާ މި މަޝްރޫޢުގެ މަޤުޞަދަކީ މީގެކުރީން ފައިމަގުގައި ހިނގާފައި

އެންޓާރކްޓިކް ހުރަސްކުރެވިފައިނުވާތީ އެކަން އެންމެ ފުރަތަމަ ފަހަރަށް ކުރާ ބަޔަކަށް ވުމެވެ.

މޫން ރޭގަން މަޝްރޫޢުގައި ޓީމުގެ މެމްބަރުން އެންމެ ފުރަތަމަ ދުވަސްޮކޅު ހޭދަކުރާނީ އެންޓާރކްޓިކްގެ ސަރަޙައްދާއި،

ހުރަސްކުރުމުގައި ބޭނުންކުރަން ހަމަޖެހިފައިވާ ރާސްތާ މިދުވަސްޮކޅު ޮއތްޮގތް ދިރާސާ ކުރުމުގައެވެ. އޭގެ ބޭނުމަކީ ފިނީގެ ސަބަބުންނާއި،

އަދި އެންޓާރކްޓިކާގެ ތަފާތު މާޙައުލުގެ ސަބަބުން ޓީމުގެ މެމްބަރުންގެ ސިއްހަތަށް ޮކށްފާނޭ އަސަރުތަކަކީ ޮކބައިޯތ ބެލުމެވެ. އަދި ދަތުރުމަތީގައި

ބޭނުންކުރާ ބަޯޔފިޔުލްގެ ސަބަބުން އެންޓާރކްޓިކާގެ މާޙައުލަށް ކުރާނޭ އަސަރުތައްވެސް އެމީހުން ދިރާސާކުރާނެއެވެ. ޓީމުގެ ފަރާތުން މައުލޫމާތުދޭ ޮގތުގައި އެމީހުން އުއްމީދުކުރަނީ ހުރަސްކުރުމުގެ ހިނގުން

މި އަހަރު ނިމުމުގެ ކުރީން ނިންމައިލެވޭނޭ ކަމުގައެވެ.

އިނގިރޭސި ވިާލތުގެ ީޓމެއް އެންާޓރކްޓިކް ހުރަސްކުރަީނ

އިނގިރޭސި ވިލާތުގެ އެކްސްޕްޯލރާރ އިންނާއި މެކޭނިކުންނާއި ސައިންސްވެރީންގެ ޓީމެއް އެންޓާރކްޓިކް

ޮކންޓިނެންޓް ފައިމަގުގައި ހުރަސްކުރުމަށްޓަކައި އެ ޮކންޓިނެންޓަށް

ހިނގައްޖެއެވެ. "މޫން ރޭގަން ޓްރާންސްއެންޓާރކްޓިކް އެކްސްޕެޑިޝަން" ގެ ނަން ދެވިފައިވާ މި

މަޝްރޫޢުގެ މަޤުޞަދަކީ މީގެކުރީން ފައިމަގުގައި

ހިނގާފައި އެންޓާރކްޓިކް ހުރަސްކުރެވިފައިނުވާތީ އެކަން

އެންމެ ފުރަތަމަ ފަހަރަށް ކުރާ ބަޔަކަށް ވުމެވެ. މޫން ރޭގަން މަޝްރޫޢުގައި ޓީމުގެ މެމްބަރުން

އެންމެ ފުރަތަމަ ދުވަސްޮކޅު ހޭދަކުރާނީ އެންޓާރކްޓިކްގެ ސަރަޙައްދާއި، ހުރަސްކުރުމުގައި ބޭނުންކުރަން ހަމަޖެހިފައިވާ ރާސްތާ މިދުވަސްޮކޅު ޮއތްޮގތް

ދިރާސާ ކުރުމުގައެވެ. އޭގެ ބޭނުމަކީ ފިނީގެ ސަބަބުންނާއި، އަދި އެންޓާރކްޓިކާގެ ތަފާތު މާޙައުލުގެ ސަބަބުން ޓީމުގެ މެމްބަރުންގެ ސިއްހަތަށް

ޮކށްފާނޭ އަސަރުތަކަކީ ޮކބައިޯތ ބެލުމެވެ. އަދި ދަތުރުމަތީގައި

ބޭނުންކުރާ ބަޯޔފިޔުލްގެ ސަބަބުން އެންޓާރކްޓިކާގެ މާޙައުލަށް ކުރާނޭ

އަސަރުތައްވެސް އެމީހުން ދިރާސާކުރާނެއެވެ. ޓީމުގެ ފަރާތުން މައުލޫމާތުދޭ ޮގތުގައި އެމީހުން އުއްމީދުކުރަނީ ހުރަސްކުރުމުގެ

ހިނގުން މި އަހަރު ނިމުމުގެ ކުރީން ނިންމައިލެވޭނޭ ކަމުގައެވެ.

އެޕަލްއިން އެޗްީޕގެ ކަޕަރީޓނޯ ކެމްޕަސް ގަނެފި

Page 34: Sun Magazine Issue 11

34

Page 35: Sun Magazine Issue 11
Page 36: Sun Magazine Issue 11