36
ރ20 :ުގަ އ2011 ،ުރަބްނެވ ނ16 ،36 :ުރަބްމަ ނ... ިއަގްޓިމަ ސޫޑްއަ އް ޚ ރ ތެ ގު ނ ދު ދު ބި އަ ގޭ ޖް އ ރ ޔިދަ ހުޑޮބުގަ އެމްނެ އެގ ބޯ ލ

Sun Magazine 26

  • Upload
    sun

  • View
    310

  • Download
    20

Embed Size (px)

DESCRIPTION

Sun Magazine 36

Citation preview

Page 1: Sun Magazine 26

2ރ0 ގު: އަ2011 ،ބަރުވެން ޮނ16 ،36 :ބަރުނަމް

އައްޑޫ ސަމިޓްގައި ...

ްޚ ީރ ާތ ގެ ނު ީދ ދު ބު އި ގަ ޖޭ އް ާރ

ލޯީބގެ އެންމެ އަގުބޮޑު ހަދިާޔ

Page 2: Sun Magazine 26
Page 3: Sun Magazine 26

އެޑިޓަރުގެ ނޯޓް

[email protected]

އަދަދު: 36 16 ޮނވެންބަރު 2011

ސިނާން އަލީއެޑިޓަރު

ސަން މަޖައްލާގެ 36 ވަނަ އަދަދު ވިދާޅުވަމުން ގެންދަވާ ހުރިހާ ކިޔުންތެރިންނަށް

މަރުހަބާ ދަންނަވަމެވެ. ސަންގެ 35 ވަނަ އަދަދަށް ކިޔުންތެރިންގެ ފަރާތުން ލިބުނު ޚިޔާލުތައް

އުފަލާއެކު ބަލައިގަންނަމެވެ. އަދި ދެއްވި ޚިޔާލު ތަކަށް ޝުކުރު ދަންނަވަމެވެ. މި ޮނވެމްބަރު މަސް ފެށިގެން މިހާ ހިސާބަށް މި އައީ އެކި ކަހަލަ

މުނާސަބާތަކުގެ ތެރެއިންނެވެ. ނަސްރުގެ ދުވަހާއި ޖުމުހޫރީ ދުވަސް އަދި ސާކް ސަމިޓު އެކުވެގެން އަޅުގަނޑުމެންނާ ބައްދަލު ކުރި އިރު މި މުނާސަބާ ތަކާ ގުޅިގެން ގައުމުން ފެނިގެން ދިޔައީ ޮކން ކަމެއްޯތ ބަލައިލުން އެއީ މިހާރަށް އެންމެ ރަނގަޅު ކަމެކެވެ. އަޅުގަނޑަށް ފާހަގަ ކުރެވުނު އެންމެ ޮބޑު ކަމަކީ މި ފަހަކަށް އައިސް މި ރާއްޖޭގައި ނުދެކެވޭ މިންވަރަށް މި ފަހަރުގެ ނަސްރުގެ ދުވަހުގައި އެ ދުވަހުގެ

ވާހަކަތައް ދެކެވުނު ކަމެވެ. ހަމަ އެހެންމެ ޖުމުހޫރީ ދުވަހުގެ ވާހަކަތައް ވެސް ވަރަށް ފުޅާ ދާއިރާއެއްގައި ދެކެވިގެން ޮގސްފައިވެ އެވެ. މީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. އެހެން ނަމަވެސް ބުނެލަން ބޭނުންވާ ވާހަކައެއް އެބަ ޮއތެވެ. އެއީ ނަސްރުގެ ދުވަހާއި ޖުމުހޫރީ ދުވަހުގެ ވާހަކަ އެވެ. މި ދެ ދުވަހުގެ ވާހަކަ ހަމަ އެކަނި މި ދެދުވަހު އިވެނީ

ކީއްވެ ހެއްޔެވެ؟ ނަސްރުގެ ދުވަހާއި ޖުމުހޫރީ ދުވަހުގެ ހުރިހާ ކަމެއް އެންމެ ދުވަހަކު އެ ވާހަކަ ދައްކައިލުމުން ނިމޭނެ ހެއްޔެވެ؟ ހަމަ ގައިމުވެސް އެކަން އެހެނެއް ނުވާނެ އެވެ. އަޅުގަނޑުމެންގެ ގައުމީ މި ފަދަ ދުވަސްތަކުގެ ވާހަކަ ތަކަކީ މިއަށް ވުރެ ފުޅާ ޮގތެއްގައި

ދައްކަން ޖެހޭ ވަހަކަ ތަކެކެވެ. އަޅުގަނޑުމެންގެ ޅަ ދަރީންގެ ތައުލީމީ ނިޒާމުގެ ތެރޭގައި މި ވާހަކަތައް ފުޅާ ކުރާން އެބަ ޖެހެ އެވެ. ނަސްރުގެ ދުވަހާއި ޖުމުހޫރީ ދުވަހާއި ޝަހީދުންގެ

ދުވަހާއި ގައުމީ ދުވަސް ފަދަ މުހިންމު ދުވަސްތައް އައިސްފައި ނިމިގެން ދާ އިރު އެ ދުވަސްތަކަށް ކިޔާ ނަން ފިޔަވައި އެހެން އެއްޗެއް ނޭނގުމަކީ ލަދުވެތި ކަމަކަށް ނޫނީ

ނުވާނެ އެވެ. އެކަމަކު ހަގީގަތަކީ އެއީ އެވެ. މި ދުވަސްތައް އައިސްފައި ދާ އިރު ނިމިގެން މި ދިޔައީ ޮކން ދުވަހެއް ކަމެއް، ފާހަގަ މި ކުރެވުނީ ޮކން ކަމެއް ކަމެއް، މި ހެވުނީ ޮކން ހުނުމެއް ކަމެއް ނޭނގޭ މީހުން މަދެއް ނޫނެވެ. އެނގޭހާ ވެސް ވަރަކީ ޝަހީދުންގެ ދުވަސް ކަމެވެ. ނޫނީ ނަސްރުގެ ދުވަސް ކަމެވެ. ނޫނީ ގައުމީ ދުވަސް ކަމެވެ. އެއީ ޮކން ކަމަކާ ގުޅިގެން ފާހަގަ ކުރާ ދުވަހެއް ކަމެއް އަދި އެ ދުވަހުގެ ތާރީޚަކީ ޮކބައި ކަމެއް ނޭނގެ

އެވެ. ދެން ޮއތީ ނިމިގެން ދިޔަ ސާކް ސަމިޓުގެ ވާހަކަ އެވެ. އެއީ ދައްކަން ޖެހޭ

ވާހަކަ އެކެވެ. ހިތްހަމަ ނުޖެހުން ތަކާއި ސިޔާސީ ވާހަކަތަކުން ބައެއް ކަންކަމުގެ މަންޒަރު ބަދަލުވެފައި ވީ ނަމަވެސް، އަޅުގަނޑު ފާހަގަ ޮކށްލަން ބޭނުންވާ ދެތިން ކަމެއް އެބަ

ޮއތެވެ. އެއީ ސާކު ސަމިޓުން ފެނިގެން ދިޔަ ގައުމީ ރޫހެވެ. ދިވެހިންގެ ގައުމީ ރޫހެވެ. ހަމަ މިއާއެކު މި ކަމުން އައްޑޫ އަށާއި ފުވައްމުލަކަށް ކިތަންމެ ކުޑަ ނަމަވެސް ތަރައްގީއެއް

އައިސްފައި ވާނަމަ އެއީ ފައިދާއެއް ކަމަށް ގަބޫލު ކުރާން ޖެހެ އެވެ. ސާކް ސަމިޓު ނިމިގެން ދިޔަ އިރު އައްޑޫ އަށާއި ފުވައްމުލަކަށް އުމްރާނީ ޮގތުން ޮބޑެތި ފައިދާ ތަކެއް

ކުރި ކަމީ ހަގީގަތެކެވެ. އެއީ ގައުމަށް ލިބުނު ފައިދާ އެކެވެ. މި ފަހަރު ސަންގެ ކަވަރު ސްޯޓރީ އަކީ ދުނިޔޭގައި ޯލބީގެ ޮގތުން ދެވުނު

އެންމެ އަގު ޮބޑު ހަދިޔާ އެވެ. އެއީ ތާޖަ މަހަލް އެވެ. މީ ވަރަށް އާދަޔާ ޚިލާފު ވާހަކަ އެވެ. މީގެ އިތުރުން މި ފަހަރު ވެސް އެހެން ހުރިހާ ބައި ތަކެއް އެތެރޭގައި ހިމަނާފައި

ހުންނާނެ އެވެ. ވިދާޅުވަމުން ގެންދަވާށެވެ.

އެޑިޓަރު: ސިނާން އަލީ

އެގްޒެކެޓިވް އެޑިޓަރުން:

އަހުމަދު ޒާހިރު )ހިރިގާ(މުހައްމަދު އާމިރު ފަރެސް

ޑިޕިއުޓީ އެޑިޓަރު: މުންޑޫ އާދަމް ހަލީމް

އެސިސްޓެންޓް އެޑިޓަރު: އަލްއުސްތާޒު އަހުމަދު މާޖިދު

ސްޓާފް ރައިޓަރ: އިޔާޒު ނަސީމް

ލިޔުންތެރިން:އަބްދުهللا އަޒްމީން

ކަނީރު ޢަބްދުއްރަޙީމްޢަލީ ޚާލިދު

ޢަބްދުهللا ޝިނާންމިންނު

ޮކލަމިސްޓުން:ސިކުނޑީގެ ތޫފާން: ސީނާ އަހުމަދު ޒާހިރު

ކެޮޔނިރު: މުހައްމަދު ބުޝްރީފަސްމަންޒަރު: އަހުމަދު ޒާހިރު )ހިރިގާ(އަޅުގަނޑުމެންގެ މާހައުލުން: މީމުޒަވިޔަނި

އުޑުދަށުން: މުހައްމަދު ގާސިމްދިޔަތިކި: އަބްދުهللا ފާރޫގު ހަސަން

ސިއްކަ: ސިއްކަގޭ މުހައްމަދު ނަސީމް ދިޔަވަރު: މުހައްމަދު އާމިރު ފަރެސް

ރަންދެލި: މުންޑޫ އާދަމް ހަލީމްފަންވަތް: އިމާދު ލަތީފުޮކމާޯކޅި: ސިނާން އަލީ

މާކެޓިން:

ސަން އެފްއެމް މާކެޓިން ޓީމް

ކަލަރ ސެޕަރޭޝަން އެންޑް ޕްރިންޓިންގ: ޮނވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕވޓ. ލޓޑ.

"ސަން" އަކީ 14 ޖުލައި 2010ން ފެށިގެން "ސަންއެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން މަހަކު ދެ ފަހަރު ނެރޭ މަޖައްލާއެކެވެ.

ސަންގެ އިދާރާ: ގ. ވިޔަވަތި، ކަށިމާ ހިނގުން / މާލެއީމެއިލް:

ވެބްސައިޓް: ޯފނު: 3312747، ފެކްސް: 3343789

Page 4: Sun Magazine 26
Page 5: Sun Magazine 26

5

ވެދިޔަތަން ވެދިޔައީއެވެ.

ޢަބްދުهللا ފާރޫޤު ޙަސަންދިޔަ ތިކި

މާޒީގެ ހަނދާނުގައި ދިރިއުޅުމާއި މާޒީގެ ހިތިކަމާއި ހިތާމަތައް އާކުރުމަކީ ޮމޔަކަމާއި ދެޮކޅުނުޖެހުމުގެ

އިންތިހާއެވެ. އެކަމުން ލިބޭނޭ އެއްވެސް މަންފާއެއް ނެތެވެ. ހައްތާވެސް ލިބޭނީ ގެއްލުމެވެ. ތިމާގެ ޠަބީޢަތު

ކަންނެތްވުމެވެ. ފޫހިވުމެވެ. މާޔޫސްވުމެވެ. ޢަޒުމު ބަލިކަށިވުމެވެ. ހިތްވަރު އެލޭޮގތް ވުމެވެ.

އެހެންކަމުން ބުއްދިވެރީން ނަސޭހަތްތެރިވެވަޑައިގަންނަވަނީ މާޒީގެ ފައިލުތައް

ލައްޕައިލުމަށެވެ. އަލުން ނުހުޅުވުމަށެވެ. ހުޅުވަން ނުޖެހޭ ތަނަކަށް ލައި ބަންދުކުރުމަށެވެ. އޭގެމަތީން ހަނދާން ނައްތައިލުމަށެވެ. އެހެނީ "ވެދިޔަތަން ވެދިޔައީ" އެވެ. އެކަމުގެ މަތީން ހަނދާންކުރުމަކުން އެކަން އަނބުރާ

ނުގެނެވޭނެއެވެ. އެކަމާ ކިތަންމެ ވަރަކަށް ފިކުރު ކުރިޔަސް، ހިތާމަ ކުރިޔަސް އެކަމެއް އަލަކުން ނުދިރުވޭނެއެވެ. އެހެނީ

މާޒީގެ މާނައަކީ ފަސްދީ ދިޔުމެވެ. ފަހަނަޅައިދިޔުމެވެ.

އެހެންކަމުން މާޒީއަށް "އަޅުކަންކުރުމުގެ" ބަލީގައި ހައްޔަރުވެފައި ނުތިބެމާ ހިންގަވާށެވެ. ވެދިޔަތާނގެ

ހިޔަނިން ނެއްޓެމާ ހިންގަވާށެވެ. އަޅުގަނޑުމެންނަކަށް ޮއއިދެމޭ ޯކރެއް އެޯކރުގެ ފެށުނު ނުކުތާއަކަށް

ޮފނުވައެއްނުލެވޭނެއެވެ. އިރު އަނބުރާ އިރުމަތީ ފަރާތަކަށް ނުގެންދެވޭނެއެވެ. ކުޑަކުއްޖަކު މަންމަގެ ބަނޑުތެރެއަކަށް

ނުވެއްދޭނެއެވެ. ކިރު އުރަމަތީގެ ތެރެޔަކަށް ކަރުނަ ޮލލުތެރެޔަކަށް އަނބުރާ ރައްދެއް ނުކުރެވޭނެއެވެ.

މާޒީގެ ހިޔަނީގައި ދިރިއުޅުމާއި، އެކަންކަމުގެ ހަނދާނުގައި ކަރުނައެޅުމާއި، އެކަންކަމުގެ ވޭނުގައި

ހިތްތައް އުދާސްކުރުމަކީ ވަރަށްވެސް ހިތާމަހުރި ކަމެކެވެ. މާޒީގެ ޮފތް ކިޔުމަކީ ޙާލަތު ބަރުބާދު ޮކށްލުމެވެ. ވަގުތު

ނަގައިލުމެވެ. އަޅުގަނޑު މިދެންނެވީ ޢިބްރަތެއްގެ ޮގތުން މާޒީގެ ތާރީޚު ދިރާސާޮކށްލުމުގެ ވާހަކައެއް ނޫނެވެ. އެޮގތުން އަޅުގަނޑުމެން ތާރީޚު ދިރާސާކުރާއިރުވެސް އެއީ ފަސްދީ ޮގސްފައިވާ ޒަމާނެއްކަން ހަނދާން ބަހައްޓަން ޖެހޭނެއެވެ. މިތާނގައި އަޅުގަނޑު މި އިޝާރާތްކުރަނީ އަޅުގަނޑުމެންގެ ޙަޔާތުގައި ދިމާވެފައިވާ އެކިއެކި ހިތްދަތި ޙާދިޘާތަކަށެވެ.

ހިތާމަވެރި ތަޖްރިބާތަކަށެވެ. އަޅުގަނޑުމެންގެ މަސްއަލަޔަކީ އަޅުގަނޑުމެންގެ މިއަދުގެ ޙާލަތު

ބަދަލުކުރަން ކުރަންޖެހޭ މަސައްކަތްތަކަށް ފަސްޖެހެވިފައިވާ ކަމެވެ. ނުކުޅެދިފައިވާ ކަމެވެ. އަޅުގަނޑުމެންގެ މިއަދު

އުޖާލާކުރުމަށް ގަދައަޅައި މަސައްކަތްކުރުމުގެ ބަދަލުގައި މާޒީގެ މުސްކުޅި ހަނދާންތަކުގައި ބަގުޑި ބައްދާލައިގެން ތިބެވޭކަމެވެ.

ނަފްސާނީ ޢިލްމުވެރިޔަކު ވިދާޅުވެފައި ވެއެވެ.

"އިއްޔެގެ ހިތި ހަނދާންތަކާއި

މާދަމާ ކުރިމަތިވެދާނެ ކަމަކާމެދު

ބިރުން އުޅޭ މީހަކަށް ނަފްސާނީ

ދުޅަހެއިކަމުގައި ދެމިއެއްނުހުރެވޭނެއެވެ."

ހަނދުމަފުޅު ބަހައްޓަވާށެވެ. އިންސީންނާއި ޖިންނީން އެއްބައިވެގެން ވެސް މާޒީ އަނބުރާ އިޢާދައެއް ނުކުރެވޭނެއެވެ. އިންސާނުންގެ ޯލ ހުންނަނީ ފުއްކިބައިގައެއް ނޫނެވެ. އޭނާގެ

މޫނުމަތީގައެވެ. އޭނާގެ ކުރިމަތީގައެވެ. ކުރިޔަށް ބެލުމަށްޓަކައެވެ. ވައިޯރޅި ދަތުރުކުރަނީ ފަހަތަކަށެއް ނޫނެވެ. ކުރިޔަށެވެ. ޮއއިދެމެނީ

ކުރިޔަށެވެ. ފެންގަނޑު ދެމިގެންދަނީ ކުރިޔަށެވެ. ޤާފިލާތައް ދަތުރުޮކށްފައި ދަނީ ކުރިޔަށެވެ. ޙަޔާތުގެ ސުންނަތަކީ މިއީއެވެ.

ކަލާޔަށް މިސުންނަތަކާ ދެޮކޅެއް ނެހެއްދެވޭނެއެވެ.

Page 6: Sun Magazine 26

6

ކޮންފިޔުޝަސްގެ ކްލެސިކްސްޮކންފިޔުޝަސް ނުވަތަ ކުންގ ފޫ ޓްޒޫ ގެ ފަސް ކްލެސިކަކީ ސީނުކަރައިގެ އަދަބިއްޔާތުގައި ވަރަށް ފާހަގަ ޮކށްލެވޭ ފަސް ޮފތެވެ. މިއީ ސީނުކަރައިގެ ގަދީމީ ޒަމާނުގައި ލިޔެވިފައި ވާ ޮފތްތަކުގެ ތެރެއިން ވަރަށް މުހިއްމު ފަސް ޮފތެވެ. މި ޮފތްތަކަކީ ސީނުގެ މަޝްހޫރު ފަލްސަފާވެރިޔާ

އަދި މުރްޝިދު ކުންގ ފޫ ޓްޒޫގެ ތައުލީމުގެ މުހިއްމު އަސްލުތަކެއް ކަމަށް ބެލެވޭ ޮފތްތަކެކެވެ. އިލްމުވެރީންގެ މެދުގައި މި ޮފތްތަކުގެ އަސްލާ ބެހޭޮގތުން ހިލާފުތަކެއް އުފެދިފައި ވެއެވެ. ބައެއް އިލްމުވެރީން ވިދާޅުވާ ޮގތުގައި އެ ޮފތްތައް ލިޔުއްވީ ކުންގ ފޫ ޓްޒޫއެވެ. ބައެއް އިލްމުވެރީން

ވިދާޅުވާ ޮގތުގައި އެ ޮފތްތަކަކީ ކުރީއްސުރެ އެކި ޮގތްޮގތުން ވާރިދުވެފައި ވާ މައުލޫމާތު އެއް ކުރައްވައިގެން، ކުންގ ފޫ ޓްޒޫ އެކުލަވައިލެއވި ޮފތްތަކެކެވެ. ބައެއް އިލްމުވެރީން ވިދާޅުވާ ޮގތުގައި އެ ޮފތްތަކަކީ ކުރީގެ މަސައްކަތްތަކެއް ތަހުރީރު ކުރައްވައިގެން، ނުވަތަ ޝަރަހަ ކުރެއްވުމުގެ ޮގތުން ކުންގ ފޫ ޓްޒޫ

ކުރެއްވި މަސައްކަތްތަކެކެވެ.ކުންގ ފޫ ޓްޒޫގެ ފަސް ކްލެސިކަކީ ޝިއުރުގެ ކްލެސިކް،

ތާރީހުގެ ކްލެސިކް، ރަސްމުގެ ކްލެސިކް، ބަދަލުގެ ކްލެސިކް، އަދި ބަހާރާއި ޚިޒާނުގެ ހައުލިޔާތެވެ.

މީގެ ތެރެއިން ޝިއުރުގެ ކްލެސިކަކީ ތިންސަތޭކަޔަށް ވުރެ ގިނަ ޅެމުގެ މައްޗަށް އެކުލެވޭ ޅެންޮފތެކެވެ. މި ޅެންޮފތަށް "ގަސީދާގެ ކްލެސިކް"

އަލްއުސްތާޛު އަޙުމަދު މާޖިދު

ސެންސް އެންޑް ސެންސިބިލިީޓ

"ސެންސް އެންޑް ސެންސިބިލިޓީ" އަކީ އިނގިރޭސި އަދަބިއްޔާތުގެ ދުނިޔޭގައި "ޮފޅުނު އެންމެ ވަސްމީރު މާ" ކަމަށް ވާ ޖޭން ޮއސްޓެންގެ އެންމެ

މަޝްހޫރު އެއް ނާވިލެވެ. އެ ނާވިލު ޝާއިއު ކުރެވުނީ 1811 ވަނަ އަހަރުއެވެ. ޖޭންގެ ނާވިލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޝާއިއު ކުރެވުނު ނާވިލަކީ ވެސް މިއީއެވެ.

މި ނާވިލު ޝާއިއު ކުރެވުނީ ޖޭންގެ ނަންފުޅަކު ވެސް ނޫނެވެ. "އަ ލޭޑީ" މި ގަލަމީ ނަމުގައެވެ.

"ސެންސް އެންޑް ސެންސިބިލިޓީ" އަކީ އާއިލާއެއްގެ ދެ އަންހެން ކުދީންގެ ހަޔާތުގެ މައްޗަށް ބިނާ ޮކށް ލިޔެވިފައި ވާ ވާހަކައެކެވެ. އެ ދެ ކުދީންގެ

ޒުވާން އުމުރުގައި އެ ކުދީންގެ ބައްޕަ ނިޔާވެއެވެ. އަދި ބައްޕަގެ އާއިލީ ގެޮދރާއި މުދާ، ބައްޕަޔަށް އެހެން ބަނޑަކަށް ލިބުނު ފިރިހެން ދަރިއަކަށް ލިބެއެވެ. ނަތީޖާއަކީ އެ ދެ އަންހެންކުދީން ބިކަވުމެވެ. ދުނިޔޭގެ ހިތި ހަގީގަތްތަކާ ކުރިމަތިލައި، ހިތްދަތިކަމާއި ދަތި ހާލުގެ އެތައް ތަޖުރިބާއެއް ކުރަން ޖެހުމެވެ. އެންމެ ފަހުން އެ ދެ ކުދީންނަށް އުފަލާއި

ހިތްހަމަޖެހުން ލިބެނީ ޯލތްބާއި ޯއގާވެރިކަމުގެ ހިޔަލުންނެވެ. "ސެންސް އެންޑް ސެންސިބިލިޓީ" އަކީ ޖޭން ޮއސްޓެންގެ އެހެން

ވާހަކަތަކެކޭ އެއްފަދައިން، އެ ވާހަކައެއްގެ މައްޗަށް ބިނާ ޮކށް، އިނގިރޭސި ވިލާތާއި އެމެރިކާގައި އެތައް ތަމްސީލަކާއި ފިލްމެއް ތައްޔާރު ކުރެވިފައި ވާ ވާހަކައެކެވެ. މި ފިލްމުތަކާއި ތަމްސީލުތަކަށް ލިބޭ ޮބޑު ތަރުހީބުން ވެސް ވާހަކައިގެ މަގުބޫލުކަން

ފެނިގެން ދެއެވެ.

މިހެން ވެސް ކިޔެއެވެ. މިއީ ސީނީ ޅެންވެރިކަމުގެ ތާރީހުން ފެންނަން ޮއތް އެންމެ ކުރީގެ މަސައްކަތެވެ. މި ޮފތުގައި ޅެންތައް ތަރުތީބު ކުރެވިފައި ވަނީ ބާބުތަކަކަށް ބަހައިލެވިގެންނެވެ. ޮކންމެ ބާބެއްގައި ވެސް ހުންނަނީ ވަކި މައުޒޫއަކަށް ހެދިފައި ހުންނަ ޅެންތަކެވެ. އޭގެ ތެރޭގައި ޯލބި، ކައިވަނި، މަސައްކަތް، ހަނގުރާމަ ފަދަ މައުޒޫތައް ހިމެނެއެވެ. މި ޅެން ޮފތަކީ މުސްކުޅި މަސްދަރުތަކަށް ބައްލަވައިގެން

ކުންގ ފޫ ޓްޒޫ އެކުލަވައިލެއްވި މަޖުމޫއާއެކެވެ. މިހާރު ގަބޫލު ކުރެވޭ ޮގތުގައި އޭނާ ވަނީ އެއް ކުރެއްވި ޅެންތައް ޮކންމެވެސް ވަރަކަށް ތަހުރީރު ވެސް ކުރައްވައިފައެވެ.

ތާރީހުގެ ކްލެސިކަކީ ޒޫ ދަރިޮކޅުގެ ރަސްކަމުގެ ދައުރުގައްޔާއި، އޭގެ ކުރީގެ ގަރުނުތަކުގައި ރަސްރަސްކަލުންނާއި ވަޒީރުންނާއި އަމީރުން ފަދަ ބައެއް ބޭފުޅުންގެ މުސްތަނަދުތަކާއި ތަގުރީރުތައް އެ މަޖުމޫއާއެއްގައި އެއްކުރެވިފައި ވާ މަޖުމޫއާއެކެވެ. ބެލެވޭ ޮގތުގައި މި ކްލެސިކްގެ އަސްލު އެކުލަވައިލެވިފައި ވަނީ

މީލާދުގެ 600 އަހަރު ކުރީންނެވެ. އެހެންކަމުން މިއީ ސީނީ އަދަބިއްޔާތުގެ އެންމެ މުސްކުޅި އެއް ތަރިކައެވެ. ހަމައެއާއެކު މިއީ ސީނީ ނަޘުރުގެ އެންމެ ގަދީމީ އެއް

މިސާލެވެ. ރަސްމުގެ ކްލެސިކަކީ ގަދީމީ ސީނުކަރައިގައި އެކި ކަހަލަ، އެކި ބާވަތްތަކުގެ ރަސްމިއްޔާތުތަކާއި ރަސްމުތަކުގައި ގެންގުޅެން ޖެހޭ އަދަބުތަކާއި ވައްޓަފާޅިއާ ބެހޭޮގތުން ދެވިފައި ވާ އިރުޝާދުތަކެއްގެ މައްޗަށް އެކުލެވިފައި

ވާ ޮފތެކެވެ. ހަމައެއާއެކު، ދީނީ ރަސްމުތަކާ ބެހޭ ބައިތައް ވެސް މި ޮފތުގައި

އަދަބާއި ފަންނު

ފޮތުގެ ދުނިޔެއިން

Page 7: Sun Magazine 26

7

ލިޯއ ޮޓލްސްޮޓއި އަކީ، އަދަބިއްޔާތުގެ ދުނިޔޭގެ ވަރަށް ގިނަ މާހިރުންގެ ނަޒަރުގައި ދުނިޔޭގައި އުފެދުނު އެންމެ ޮމޅު ނާވިލު ލިޔުންތެރިޔާއެވެ. އޭނާއަކީ ރޫސީ ވިލާތުގެ ބޭފުޅެކެވެ. އުފަން ވެވަޑައިގަތީ 1828 ވަނަ އަހަރުއެވެ. އަވަހާރަ ވީ 1910 ވަނަ އަހަރުއެވެ. 20 ވަނަ ގަރުނުގެ އަދަބިއްޔާތަށް އޭނާ ޯފރުއްވެވި ނުފޫޒާ އެއްފަދަ ނުފޫޒެއް ޯފރުއްވެވި އެހެން އަދީބުން މަދެވެ. އޭނާއަކީ ޮމޅު ނާވިލު ލިޔުންތެރިޔަކަށް

ވުމުގެ އިތުރަށް، އަހުލާގީ ފަލްސަފާގެ ވެސް މާހިރެކެވެ. ޮޓލްސްޮޓއިގެ މަޝްހޫރު ނާވިލުތަކުގެ ތެރެއިން "ޯވރ އެންޑް ޕީސް" މި ނާވިލުގެ ފަރަންސޭސި ތަރުޖަމާ ވިދާޅުވެފައި، ފަރަންސޭސި ވިލާތުގެ އެންމެ ކުޅަދާނަ އަދީބުންގެ ތެރޭގައި ހިމެނިވަޑައިގަތް ގުސްޓާވް ފްޮލއިބަރޓް ޮޓލްސްޮޓއިއާ ބެހޭޮގތުން

ވިދާޅުވެފައި ވަނީ "ޮކންފަދަ ފަންނުވެރިއެއް، ޮކންފަދަ ނަފްސާނީ އިލްމުވެރިއެއް" މިހެންނެވެ. ފްޮލއިބަރޓްގެ މުރާދަކީ "ޯވރ އެންޑް ޕީސް" މި ވާހަކައިގެ އަދަބީ

ފެންވަރު ފާހަގަ ކުރެއްވުމާއި، އެ ވާހަކައިގައި އިންސާނީ ޖަޒުބާތުތަކާއި އިހުސާސްތަކާއި އިންސާނީ ޝަހުސިއްޔަތު ހުށަހަޅުއްވައިދެއްވައިފައި ވާ ފުރިހަމަކަން ފާހަގަ ކުރެއްވުމެވެ.

ލިޯއ ނިޮކލަޔެވިޗް ޮޓލްސްޮޓއި ލިޔުއްވީ އޭނާގެ މާދަރީ ބަހުންނެވެ. ނަމަވެސް އޭނާގެ ނާވިލުތަކާއި ފަލްސަފީ ލިޔުއްވުންތައް، ރޫސީ ވިލާތުގެ މުޖުތަމައުގައި މަޝްހޫރު ވެ މަގުބޫލު ވެގެން ދިޔަ މިންވަރަށް މުޅި ޔޫރަޕުގައި ވެސް މަޝްހޫރު ވެ

މަގުބޫލު ވެފައި ވެއެވެ. އޭނާގެ މަޝްހޫރު ނާވިލުތަކުގެ އިތުރަށް، ގިނަ އަދަދަކަށް ކުރު ވާހަކަ ވެސް ލިޔުއްވިއެވެ. އޭނާގެ ނާވިލުތަކުގެ ތެރެއިން އެންމެ މަޝްހޫރު ދެ ނާވިލަކީ

"ޯވރ އެންޑް ޕީސް" އާއި "އާނާ ކެރަނީނާ" އެވެ. މީގެ ތެރެއިން "ޯވރ އެންޑް ޕީސް" އަކީ ވަރަށް ގިނަ އަދީބުންގެ ނަޒަރުގައި މިހައިތަނަށް ދުނިޔޭގައި ލިޔެވިފައި

ވާ އެންމެ ޮމޅު ނާވިލެވެ. އެ ނާވިލު ވިދާޅުވެފައި، އައިސާކް ބާބެލް ވިދާޅުވެފައި ވަނީ "ދުނިޔެ އޭގެ ޒާތުގައި ލިޔާ ނަމަ، ދުނިޔެ ލިޔުނީހީ ޮޓލްސްޮޓއި ލިޔުއްވާ ޮގތަށް"

ކަމަށެވެ.

ހިމެނެއެވެ. ހާއްސަ ޮގތެއްގައި، ޒޫ ދަރިޮކޅުގެ މުލޫކިއްޔާގެ ދުވަސްވަރު ރަސްކަމުގެ ނިޒާމު ޮއތް ޮގތާއި، ދަރުބާރުގެ ރަސްމުތައް ޮއންނަ ޮގތުގެ މައުލޫމާތު މި ޮފތުން ލިބެއެވެ. ޒޫ ދަރިޮކޅުގެ ރަސްކަން ޮއތީ މީލާދުގެ 1050 އަހަރު ކުރީއްސުރެ، މީލާދުގެ 256 އަހަރު ކުރިޔާ ހަމަޔަށެވެ.

މިހާރުގެ އިލްމުވެރީން ވިދާޅުވާޮގތުގައި މި ޮފތުގެ އަސްލު އެކުލަވައިލެއްވީ ހުދު ކުންގ ފޫ ޓްޒޫއެވެ. ނަމަވެސް ފަހުގެ ދައުރުތަކުގައި އޭނާގެ ބައެއް

ދަރިވަރުން އެ ޮފތް ތަހުރީރު ކުރެއްވީއެވެ. ބަދަލުގެ ކްލެސިކަކީ ފާލު ބެލުމުގައި، ނުވަތަ ރަމަލުގެ މަސައްކަތުގައި ގެންގުޅޭ ހަމަތަކާއި އުސޫލުތައް ކިޔައިދޭ ޮފތެކެވެ.

މިހާރުގެ އިލްމީ މަސައްކަތްތަކަށް ބައްލަވާފައި، ގިނަ އިލްމުވެރީން ގަބޫލު ކުރައްވަނީ މި ޮފތުގެ އަސްލު އެކުލަވައިލެވުނީ މީލާދުގެ 2000 ވަރަކަށް އަހަރު ކުރީން ކަމަށެވެ. ހަމައެއާއެކު، މި ޮފތް އެކުލަވައިލެވުނީ މީލާދުގެ

1000 އަހަރު ކުރީން ކަމަށް ވެސް ބުނެވެއެވެ. މި ޮފތަކީ ގަދީމީ އިލްމުލް ކައުނިއްޔާތު ނުވަތަ ޮކސްޮމޮލޖީގެ ފިކުރުތައް ވެސް އެ ޮފތަކުން ފެންނަ ޮފތެކެވެ. ކާއިނާތުގެ އަސްލުތަކާ ބެހޭ ސީނީ ފަލްސަފާގެ އެންމެ މުސްކުޅި އެއް ތައުބީރުގެ ޮގތުގައި ވެސް މި ޮފތް ފާހަގަ ކުރެވެއެވެ.

ބަހާރާއި ހިޒާނުގެ ހައުލިޔާތަކީ ކުންގ ފޫ ޓްޒޫ އެ ރަސްކަމެއްގެ ދައުރުގައި އުޅުއްވި ލޫ މުލޫކިއްޔާގެ ތާރީހާ ބެހޭ ޮފތެކެވެ. މި މުލޫކިއްޔާއަކީ ސީނުކަރައިގެ ތާރީހުގައި "ބަހާރާއި ޚިޒާނުގެ ދައުރު" ގެ ޮގތުގައި މަޝްހޫރު ވެފައި ވާ ދައުރުގައި، ސީނުގެ އުތުރު އިރުމަތީ

ސަރަހައްދުގައި އުފެދުނު ކުޑަވަރެއްގެ ރަސްކަމެކެވެ. މި ދެންނެވި ދައުރަކީ މީލާދުގެ 722 އަހަރު ކުރީން ފެށިގެން، މީލާދުގެ 481 އަހަރު ކުރިޔާ ޖެހެންދެން، ނުވަތަ މީލާދުގެ 403 އަހަރު ކުރިޔާ ޖެހެންދެން ހޭދަ ވި މުއްދަތެވެ. މިއީ ވަރަށް ހުލާސާ ޮގތެއްގައި އެކުލަވައިލެވިފައި

ވާ ޮފތެކެވެ. ޝަރަހައިގެ ބޭރުން، މުޅި ޮފތުގައި ހިމެނެނީ ގާތްގަނޑަކަށް 16000 ލަފުޒެވެ. މި ޮފތަކީ ކުންގ ފޫ ޓްޒޫ އެކުލަވައިލެއްވި ޮފތެއް ކަމަށް ޒަމާނުއްސުރެ ބެލެވިފައި ޮއތަސް، މިޒަމާނުގެ ދިރާސާތަކުން

ދޭހަވަނީ މި ޮފތުގެ މަސައްކަތް ޮކށްފައި ވަނީ ލޫ މުލޫކިއްޔާގެ އަމީރުންގެ ތެރެއިން އެތައް ބައެއް ކަމެވެ.

ލިއޯ ޓޮލްސްޓޮއި

Page 8: Sun Magazine 26

ޢަބްދުهللا ޝިނާން

8

މިއީ މި ފަހަކަށް އައިސް އަޅުގަނޑުމެންނަށް ވަރަށް ގިނައިން އިވޭ އަޑެކެވެ. ހާއްސަޮކށް ޕާޓީތަކުގެ ވެރިންނާއި އެކްޓިވިސްޓުންގެ ޮގތުގައި ހަރަކާތްތެރިވާ ބޭބޭ ފުޅުން އެހެން ދިވެހި އަހުންނަށް އިނގިލި ދިއްޮކށް މި

ބާވަތުގެ ވާހަކަ ބުނެ އުޅެއެވެ. އެހެން އެބުނާ ބޭބޭފުޅުންނާ އަޅުގަނޑު ޮކށްލަން ބޫނުންވާ ސުވާލެއް އެބަޮއތެވެ.

ތިޔަ ބުނާ ސިޔާސީ ޮގތުން ގަމާރުނޫން މީހުން ތިބީ ދުނިޔެ މަތީ ޮކންހިސާބެއްގެ ޮކން ޤައުމެއްގަ ޯތއެވެ؟ އެއީ ތިޔަވިދާޅުވާ އެމެރިކާގަ ޯތއެވެ؟ ނޫނީ

އިނގިރޭސިވިލާތުގަ ޯތއެވެ؟ ދެންނޫނީ ތިޔަވިދާޅުވާ އެންމެ ޮބޑު ޑިޮމކްރަސީ ގާއިމްވެފައި ވާ އިނޑިޔާގަ ޯތއެވެ؟

އަޅުގަނޑުމެން އެންމެ ކުރިއަރާ ތަހުޒީބުވެފައިވާ އެމެރިކާއަށް ބަލާލިނަމަވެސް ފެންނާނީ ހަމަ އެބުނާ ކަހަލަ "ގަމާރުން" ނެވެ. 2001 ވަނަ

އަހަރު، ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ރައީސް ކަމުގެ ހުވާ ޯޖޖް ޑަބްލިއު ބުޝް ކުރެއްވި އިރު، އެމެރިކާގެ ރައްޔިތުންނަށް ފުޮލރިޑާގައި ބުޝްއާއި

ރިޕަބްލިކަނުން ހިންގެވި މަކަރުވެރި ރޭވުން ނޭނގެނީބާއެވެ؟ އެމެރިކާގެ މަޝްހޫރު ނޫހެއްކަމުގައިވާ ނިއުޯޔކް ޓައިމްސްގައި ޯވޓުގެ މައްސަލަ ޖެހިގެން އުޅޭ ފުޮލރިޑާއާއި ބެހޭ ޮގތުން އެމީހުންނަށް ޯހދުނު ޯހދުންތައް އާންމުކުރިއެވެ. މީގެތެރެއިން ބައެއް ކަންތައް އެނޫހުން ހާމަ ކުރިއެވެ. އެޮގތުން 344 ޯވޓު ޮފއްޓަށް ޯވޓު ލާފައިވަނީ ޯވޓުލާން ޮއތް ދުވަހުގައި ކަމެއް ނުވަތަ

އެ ތާރީޚުގެ ކުރިޔަކުން ކަން ހާމަވާނެ އެއްވެސް ހެއްކެއްނެތެވެ. 96 ޯވޓު ޮފށި އެކަށީގެންވާ ޮގތަށް ނުބެލެހެއްޓޭކަމާއި 169 ޯވޓު ޮފއްޓަށް ޯވޓު ދީފައިވަނީ ޯވޓު ދިނުމަށް ރަޖިސްޓްރީ ޮކށްފައިވާ ބައެއްނޫން ކަމެވެ. އަދި 5 ޯވޓު ޮފށި އައިސް ފައިވަނީ ޯވޓު ޮފށި ގެންނަން ޖެހޭ އެންމެ ފަހުގެ މުހުލަތު 17 ޮނވެންބަރުގެ

ފަހުންކަމާއި އެހެންނަމަ ވެސް އެޮފށިތައް ވެސް ގުނުމުގައި ބައިވެރިކުރިކަމެވެ. މި ހުރިހާ ޯވޓު ޮފށިތައް ގުނުމުގައި ބައިވެރި ކުރި ކަން ފާހަގަޮކށްފައި ވެއެވެ. މީއީ ފުޮލރިޑާގެ ޤާނޫނާއި ޤަވައިދު ހުއްދަކުރާ ކަމެއްނޫނެވެ. އެހެންނަމަވެސް މިކަން

ހިނގީ އެމެރިކާގެ އެންމެހައި ރައްޔިތުންގެ ކުރިމަތީގައެވެ.ދެން ފެނިގެންއައީ ޯވޓު ގުނުމުގައި މައްސަލައެއް އުޅޫކަމަށް ނިންމާ 2000 ޑިސެންބަރ ގެ 9 ވަނަ އަށް ވީ ޮހނިހިރު ދުވަހު ހެނދުނު ފުޮލރިޑާގެ

ސުޕްރީމް ޯކޓުން އަލުން ޯވޓު ގުނުމަށް އަމުރު ނެރުނު ތަނެވެ. ދެވަނަ ގުނުން ކުރިޔަށް ދިޔަ ދިޔަހެން ފެންނަމުން ދިޔައީ

ބުޝް އާއި ޑިޮމކްރެޓިކް ކެނޑިޑޭޓް އަލްޯގއާއި ދެމެދު ޮއތް ތަފާތު ހީނުކުރާ ބާރުމިނެއްގައި ކުޑަވަމުންދާތަނެވެ. ދެބޭފުޅުންގެ ތަފާތު މިހާ ކުޑަވެ ޯވޓު ގުނުމުގެ

ޯފރި އެންމެ ގަދަވި ހިސާބުން ދެން ކުއްލިއަކަށް އިވުނީ ޯވޓުގުނުން ހުއްޓާލުމަށް ފުޮލރިޑާގެ ސުޕްރީމް ޯކޓުން ނެރުނު އަމުރެވެ.

ދެވަނަ ފަހަރަށް މައްސަލަ ޖެހިގެން އުޅޭ ފުޮލރިޑާގައި ޯވޓުގުނަން ނިންމީ ސުޕްރީމް ޯކޓަށް ޯވޓު ގުނުމުގައި މައްސަލައެއް އުޅޭކަމަށް ފެނުމުންނެވެ. ނަމަވެސް

ޯވޓުގުނާ ނިމެން އެހާ ކައިރިވެފައި ހުއްޓާ ކުއްލިއަކަށް ޯވޓު ގުނުން ހުއްޓާލަން ޯކޓުން އަމުރު ނެރުއްވީ ކީއްވެ ގެންޯތއެވެ؟ އެއީ ޯވޓުގުނާ ނިމޭއިރު ޑިޮމކްރެޓިކް ކެނޑިޑޭޓް އަލްޯގއަށް ކުރިލިބިދާނެކަން ޔަގީން ކުރެވުނީމައެވެ. މިކަން ހުއްޓުވުމަށް އެމެރިކާގެ

ތަޙްޒީބު ރައްޔިތުންނަށް ކުރެވުނީ ޮކންކަމެއް ހެއްޔެވެ؟ މިމަކަރު ނުހުއްޓުވުނީ އެމެރިކާގެ އާންމުން ހޭލުންތެރި ނުވީމަ ހެއްޔެވެ. އެމެރިކާގެ ރައްޔިތުންނަށް މިކަން ނުހުއްޓުވުނީ އެމީހުނަށް މިކަން ހިނގިޮގތް ނޭނގޭތީހެއްޔެވެ. ނޫނީ އެމީހުން ގަމާރުވީމަ ހެއްޔެވެ.

ޯޖގް ޯވނަރ ބުޝް ވައިޓްހައުސް ފަތަހަ ކުރެއްވީ މުޅިއެމެރިކާގެ ތާރީޚު ދުށް އެންމެ މަޤްބޫލު ކަން ކުޑަ ރައީސްގެ ޮގތުގައެވެ. އެމެރިކާގެ ބައެއް ލިޔުންތެރިން ބުޝް

ސިފަކުރައްވަނީ "ޤާނޫނާއި ޤަވައިދު މުގުރާލައި އިންތިހާބް ކުރި" ރައީސްގެ ޮގތުގައެވެ. އަދި އަނެއްބަޔަކު ސިފަކުރައްވަނީ " 30000 ޯވޓު ވަގަށް ނަގައިގެން ކުރިޯހއްދެވި"

މަޑުން ތިބެީނ ސިާޔީސ ގޮތުން

ގަާމރުީވމައެއް ނޫނެވެ.

Page 9: Sun Magazine 26

9

ރައީސްގެ ޮގތުގައެވެ. ނަމަވެސް ސެޕްޓެންބަރ 11 ގެ ހާދިސާ މިހުރިހާ ކަމެއް

ރައްޔިތުންގެ ސިކުނޑިން ޮފހެލިއެވެ. ބުޝްގެ ތަޅާޮފޅުމާއި ފަނާކުރުމުގެ ސިޔާސަތު ކުރިޔަށްނެރުއްވިއެވެ. ރައްޔިތުންގެ ބަޔަކު އެކަމާ ދެޮކޅު ނަމަވެސް އެސިޔާސަތު

ދަމަހައްޓާ ކުރިޔަށް ގެންދިޔައެވެ. އެންމެ ސަބަބަކާހުރެއެވެ. ރައްޔިތުންގެ ތެރެއިން މަދު އެކަމަކު ފައިސާވެރި ބާރުވެރި މީހުންގެ މަސްލަހަތަށް ޓަކައެވެ. މިކަމުގެ

އިނާމެއްގެ ޮގތުން ދެވަނަ ދައުރަކަށް މިބައިމީހުންގެ މަސައްކަތުން ބުޝް އިންތިހާބް ޮކށްދިނެވެ. މިއީ އެމެރިކާގެ ހުރިހާ ރައްޔިތުން ދަންނަ ޮބޑު ސިއްރެކެވެ. އެމެރިކާގެ ތާރީޚު ދުށް އެންމެ ޒުވާން ރައީސަކީ ޯޖން އެފް

ކެނެޑީއެވެ. މިއީ އެމެރިކާގެ ރައްޔިތުންގެ މެދުގައި ވަރަށް މަޤްބޫލު ރައީސެކެވެ. ނަމަވެސް އެބޭފުޅާގެ މަރުގެ ހަޤީޤަތް މިއަދާ ހަމައަށް އައި އިރުވެސް މިވަނީ ޮބޑު

ޮއޅުންގަނޑެއްގެ ތެރޭގައެވެ. ކެނެޑީގެ މަރުގެ ފަހަތުގައިވަނީ ހަމައެކަނި ޮއސްޯވލްޑް ނަމަކަށް ކިޔާ ޒުވާނެއްކަމުގައި އެމެރިކާގެ ތަހުގީގި އިދާރާއިން ހާމަކުރެއެވެ. މިއީ އެމެރިކާގެ

ގިނަބަޔަކު ގަބޫލު ކުރާ ވާހަކައެއް ނޫނެވެ. ހުދު ޮއސްޯވލްޑް އޭނާ ގަޔަށް ބަޑި ޖހާ މަރާލުމުގެ ކުރިން އެކަން ޮދގުކުރިއެވެ. އޭނާ ބުނާޮގތުން އޭނާއަކީ އެފް.ބީ.އައި އިން މިމައްސަލަ ހިންދާލުމަށްޓަކައި އެ މައްސަލައިގެ ތެރެއަށް ފައްތާލި މީހެކެވެ. ގިނަ ތަޖްރިބާކާރުން އެބަސްވެލައްވަނީ

ޮއސްޯވލްޑް އަމިއްލައަށް މިފަދަ ކަމެއް ހިންގާ ރޭވުމަކީ

ޤަބޫލުކުރެވޭނޭ ކަމެއްނޫން ކަމުގައެވެ. މީގެ ސަބަބުތައް ބައިވަރެވެ.ކެނެޑީގެ ގަޔަށް

ތިންވަޒަން އަރާފައިވެއެވެ. މިތިން ވަޒަން އަރާފައިވަނީ ތަފާތު ތިން

އޭންގަލަކުންނެވެ. މިއީ ދިގު ވާހަކައެކެވެ. އެހެންކަމުން ބަޑިޖެހި އޭންގަލްގެ ވާހަކަ ބާއްވާފައި 7

ސުކުންތެއްހާ އިރު ތެރޭ ޮއސްޯވލްޑް ކިހިނެއްޯތ ދުއްވާފައި ދިޔަ ކާރެއްގައި

އިން މީހެއް ގަޔަށް ތިން ވަޒަން )ޮކންމެ ވަޒަނެއް ޖެހުމަށްފަހު

ޯލޑްކުރަން ޖެހޭ ކަހަލަ ބަޑިއެއް( ޮފނުވާލީ؟ މިއީ ކުރެވިދާނޭ ކަމެއްޯތ

ބެލުމަށްޓަކައި އެފް.ބީ.އައިގައި މަސައްކަތްކުރާ އެންމެ އަމާޒަށް ބަޑި

ޖަހާ މީހުން ގެނެސް ޯއސްޯވލްޑް ހުރި ކަމަށް ބުނާ ތަނަށް ގެން ޮގސް ކެނެޑީގެ ކާރު ޮކޅު ޮއތް ދުރުމިނުގައި ކާރެއް ބާއްވާފައި )އިންޖީނު ނިވާ ހުއްޓާފަ( އެކާރަށް ދެވަނަ ވަޒަނެއް ޮފނުވާލާއިރު އެބުނާ ވަގުތު ހަމަވެއެވެ. އެހެން ކަމުން ދުއްވާފަދާ ކާރަކަށް ނުވަތަ މޫވިން ޮއބްޖެކްޓަކަށް

އެހާ އަވަސް ސިކުންތު ޮކޅެއްގެ ތެރޭ އެކަކަށް 3 ވަޒަން ސީދާ މިސްރާބަށް ޮފނުވާލުމަކީ ވުމަށް ވުރެ ނުވުން ގާތްކަމެއްކަން އެފް.ބީ.އައިން ކުރި ދިރާސާއިން

ވެސް ގަބޫލުކުރެވުނެވެ. ކެނެޑީގެ މަރާއި ގުޅިގެން ހިނގި އަނެއް އަޖައިބު ކަމަކީ އެބޭފުޅާގެ

އާއިލާއާއި އެބޭފުޅާގެ ހަށިގަނޑު ހަވާލު ކުރިއިރު އެބޭފުޅާގެ ސިކުނޑި ވީހިސާބެއް ނޭނގުމެވެ. މިއަދާ ހަމައަށް ވެސް އެކަން ޮއތީ ޮބޑު ސިއްރެއްގެ ޮގތުގައެވެ.

ކެނެޑީގެ އާއިލާގެ ފަރާތުން މަސައްކަތް ކުރި އަމިއްލަ އިންވެސްޓިގޭޓަރުން ބުނާޮގތުގައި ޯވރަން ޮކމިޝަންގެ ތަހުޤީޤުގައި އެމީހުންނަށް ދެއްކީ އަސްލު ކްރައިމް

ސީނުގައި އެމީހުން ބަލާ އަތް ކޭތި އެއްޗިއްސެއް ނޫނެވެ. އަނެއްޮކޅުން މިއަދާ ހަމައަށް ވެސް ކެނެޑީގެ މަރުގެ މައްސަލައާއި ގުޅޭޮގތުން ދައުލަތުން އެއްވެސް

މީހަކު ޝަރިއަތުގެ ކުރިމައްޗަށް ހާޒިރު ކުރެވިފައި ނެތެވެ. ނަމަވެސް ހިތްވަރުގަދަ މިނިވަން ޤާނޫނީ ވަކީލެއް ކަމަށްވާ ޖިމް ގެރިޝަން އެބޭފުޅާ އެއްޮކށްފައިވާ ހެކިތަކާއި މައުލޫމާތުގެ މައްޗަށް ބިނާޮކށް ތިން ގާޒީންގެ ހެކިބަސް ޯހދައި އެމެރިކާގެ ވިޔަފާރި ވެރިއެއްކަމުގައިވާ ކްލޭ ޯޝ ޝަރިޔަތުގެ ކުރިމައްޗަށް ހާޒިރު ކުރިއެވެ. ނަމަވެސް

އެޝަރިއަތް ކާމިޔާބުވާ ޮގތެއް ނުވިއެވެ. މި ޮއޅުވާލުމާއި މަކަރު އެމެރިކާގެ ރައްޔިތުންނަށް ނޭނގެނީ ހެއްޔެވެ؟ ނޫނީ މިކަން އެނގޭ ވަރަށްވުރެ އެމެރިކާގެ

ރައްޔިތުން ގަމާރީ ހެއްޔެވެ.އިނގިރޭސި ވިލާތުގެ ޮބޑުވަޒީރަކަށް ހުންނަވައި 2003 ވަނަ އަހަރު

ސައްދާމު ހުސެއިންގެ ވެރިކަމާއި ދެޮކޅަށް އެމެރިކާނުންނާއި އެބަސްވެ އިނގިރޭސި ސިފައިން އިރާގަށް ޮފނުވާފައިވަނީ އިނގިރޭސި ޕާލިމެންޓް، ހައުސް ޮއފް ޮކމަންސްއަށް ޮއޅުވާލާއި ޮދގު މައުލޫމާތުތަކެއް ހުށައަޅައިގެނެވެ. އެޮގތުން ޕާލިމެންޓް މެންބަރުންނަށް އިރާގަކީ އިނގިރޭސިންނަށް ޮއތް ނުރައްކަލެއް ނޫންކަމަށް ގަބޫލުކުރެވޭ ގަބޫލުކުރުން

ބަދަލު ކުރުމުގެ ޮގތުން ޕީ.އެޗްޑީއަށް ކިވަމުން ދިޔަކުއްޖަކު އިރާގާއި ބެހޭޮގތުން ލިޔެފައިވާ ތީސީސެއްގެ ބައިތަށް ހިމަނައިގެން އެއީ އިނގިރޭސި ސިއްރު ސިފައިން އެއްޮކށްފައިވާ މައުލޫމާތުކަމަށް ބުނެ ޕާލިމެންޓާއި އެމައުލޫމަތު ހިއްސާކުރި ކަމަށްވެ

އެވެ. އަދި ފަހުން އެއީ ސިއްރުފުލުހުން އެއްކުރި މައުލުމާތެއް ނޫންކަން ހާމަވެ އެކަން ވަރަށް ޮބޑު މައްސަލައަކަށް ވެސް ވިއެވެ.

ނަމަވެސް ތަހުޒީބާއި ތޫނުފިލި ހުޅަނގުގެ އިނގިރޭސިން ވެސް ތިބީ ވާނުވާ ނޭނގިފައެވެ. މީޑިޔާގެ މިނިވަންކަން ވެސް ޮއތެވެ. ވަރަށް ފުންނާބު އުސް ނޫސްވެރިން ވެސް އެވާހަކަތައް ލިޔެ ހެދިއެވެ. ޯޓނީ ބްލެއަރއަށް ވީ އެއްވެސް ކަމެއް ނެތެވެ. އަދި ރައްޔިތުންނަށާއި ޕާލިމަންޓަށް ޮއޅުވާލި ޮއޅުވާލުމުން ވެސް

ރެކިގަތެވެ. ފަނާކުރަނިވި ހަތިޔާރެއް ވެސް ނުފެނުނެވެ. އެކަންވެސް އެއީ ނުރަނގަޅު މައުލޫމާތެއްކަން ފަހުން އެމެރިކާއިން ވެސް އެއްބަސް ވިއެވެ. ކުރި މުޒާހަރާތަކުގެ

ނަތީޖާ ޮކބާ ހެއްޔެވެ. މިލިޔަނުން ލަންޑަންގެ ޓްރެފެގަރ ސްކެއާއަށް އެއްވި މީހުނަށް ކުރެވުނީ ޮކންކަމެއް ހެއްޔެވެ. ބްލެއަރ މިހާރުވެސް އެހުންނެވީ ދުނިޔޭގެ ބާރުތަކުން

މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެއްގެ ޮގތުގައެވެ. އަވަށްޓެރި އިންޑިޔާއަށް ކުރު ކުރު ޮގތަކަށް ބަލާލަމާ ހިނގާށެވެ. ދުނިޔޭގެ އެންމެ ޮބޑު ޑިޮމކްރަސީ އެވެ. އިންޑިޔާގެ މީހުނަކީ އެމީހުންގެ އަމިއްލަވަންތަކަމާއި

ގައުމިއްޔަތާއި އާދަ ކާދައަށް ވަރަށް ބަލާ ބައެކެވެ. އެކަމަކު އެމީހުންގެ އެންމެ ޮބޑު، މިއަދު ސަރުކާރު ހިންގާ ޕާޓީގެ ރައީސަކީ އިޓަލީއަށް އުފަން އިޓަލީގެ ބޭފުޅެކެވެ.

ރަޖީވް ގަންދީގެ ހުވަފެން އަނބިކަނބަލުން ޯސނިޔާ ގާންދީއެވެ. ނެހެރޫގެ އާއިލާއާއި ގުޅުމުން އަމިއްލަވަންތަކަމާއި އާދަކާދަ ވެސް ފަހަނަ އަޅާ ދިޔައީއެވެ. 1.2 ބިލިޔަން

އިންޑިޔާ މީހުންގެ ތެރެއިން ކަމުދާ ބޭފުޅަކު އެމަގާމަށް ހަމަ ނުފެނުނީ ޯތއެވެ. ނޫނީ އިންޑިޔާ މީހުން ޮމޔައީޯތއެވެ. ނޫނީ އިންޑިޔާގައި ކިޔަވައިގެން ތިބި ތަންޮދރު ދަންނަ މީހުން ނެތީ ޯތއެވެ. ނޫނީ އެއީ ހުސް ގަމާރުން ހެއްޔެވެ. ތިޔަ ބޭފުޅުން

މިސުވާލުތަކުގެ ޖަވާބު ތިބޭފުޅުންގެ ހިތުގައި ވަޒަން ކުރައްވާށެވެ. އަޅުގަނޑުމެން ދިވެހިރާއްޖޭގައި ވެސް ކަންތައްތައް މިވަނީ ދުނިޔޭގެ އެހެން

ތަންތާވެސް ކަންތައްތައްވާ ޮގތަށެވެ. ފައިސާވެރި ނުފޫޒުގަދަ ސިޔާސީ ބާރުތަކުން ބޭނުންވާ ޮގތްޮގތަށް ކަންކަން އަނބުރާލަނީއެވެ. އެމީހުންގެ މަސްލަހަތަށްޓަކައި

އަޅުގަނޑުމެންގެ ދިޔަ ފެލާލަނީއެވެ. އެމީހުންގެ ފައިސާ އާއި ބާރު ބޭނުންޮކށްގެން އަޅުގަނޑުމެންގެ އަނގަ ބަންދު ކުރަނީއެވެ. އެމީހުންގެ ބާރާއި ނުފޫޒު ބޭނުންޮކށްގެން

ޮދގު ޚަބަރު ފަތުރަނީއެވެ. ދިވެހިންނަށް މިޤައުމުގައި ވާކަންތައްތައް ނޭނގޭ ވަރަށް ގަމާރު ކަމަށް ބުނަންޏާ، އެމެރިކާއާއި އިނގިރޭސިންނާއި އަދި އިންޑިޔާގެ އާންމު ރައްޔިތުންނަށް އެތަންތަނުގައި ހިނގާ ކަންތައްތައް ނުހުއްޓުވެނީ އެމީހުން

ސީޔާސީ ޮގތުން ހަމަ ގަމާރުވީމަ ހެއްޔެވެ. އެހެނެއް ނޫނެވެ. ކުރެވޭނެ ކަމެއް ނެތި އަތްބަނދެވިފައި ވާތީއެވެ.

Page 10: Sun Magazine 26

10

ޚް ީރ ާތ ގެ ނު ީދ ާދ ބޯ ގެ ޖޭ އް ާރދިވެހިރާއްޖެއަކީ އެއް ދީނަކަށް ތަބާވާ ރައްޔިތެއް ދިރިއުޅޭ ގައުމެކެވެ.

މިއަދުގެ ދިވެހީންނަކީ ސައްތައިންސައްތަ މުސްލިމު ރައްޔިތެކެވެ. ދިވެހިރާއްޖޭގެ

ގާނޫނުއަސާސީން މިކަން ކަށަވަރުޮކށް ދެއެވެ. ރާއްޖެއަށް އިސްލާމް ދީން އައުމުގެ

ކުރީން، ދިވެހީންގެ ތެރޭގައި ޮއތީ ހިންދޫ ދީނާއި ބޫދިއްޔަތުކަން ރާއްޖޭގެ ރަށްރަށުން

ފެންނަން ހުރި އާސާރުތަކުން ސާބިތުވެއެވެ. މީގެ އިތުރުން ވަކި ނަމެއް ކިޔޭ ދީނަކަށް

ނިސްބަތް ނުވެ، ވެށީގައިވާ ތަފާތު ދިރުންތަކަށާއި ރޫހާނީ ބާރުތަކަށް އަޅުކަން ކުރި

ބަޔަކު ވެސް އެއް ޒަމާނެއްގައި ރާއްޖޭގައި އުޅުނުކަން އެނގެއެވެ. މިއީ ދިވެހިރާއްޖޭގެ

ގަދީމީ ތާރީހުގެ ބައެކެވެ.

އިސްލާމް ދީން އައުމުގެ ކުރީން ހިޖާޒު ކަރައިގައި ވެސް ޮއތީ ބުދަށް

އަޅުކަން ކުރުމެވެ. އެހެން ނަމަވެސް އެއީ ބޫދިއްޔަތުގެ މަޒްހަބެއް ނޫނެވެ. އެހެނީ

މައްކާގައި ބުއްދާގެ ބުދެއް ހުރި ވާހަކައެއް ތާރީހުން ފެންނާކަށެއް ނެތެވެ. ބޫދިއްޔަތު

ފެތުރިގެން ޮގސްފައިވަނީ އިންޑިޔާއިންނެވެ. އަރަބި ކަރަ ޮއތީ އިންޑިޔާގެ ހުޅަނގުގައެވެ.

އިންޑިޔާގެ ހުޅަނގުން ބޫދިއްޔަތުގެ އަސަރުތައް ޯފރާފައިވަނީ އަފްޣާނިސްތާނާ ހަމައަށެވެ.

މި އަސަރު އަރަބި ކަރައަކަށް ޯފރާފައެއް ނުވެއެވެ.

ދިވެހި ބަހުން ޮކންމެ ވައްތަރެއްގެ ބުދަކަށް ވެސް ބުދު ކިޔާތީ، މައްކާގައި

ޮއތީ ބުދުދީން ނުވަތަ ބޫދިއްޔަތު ކަމަށް ވިސްނިފައި ޮއންނަނީއެވެ. ހަގީގަތުގައި

އޭރު މައްކާގައި ޮއތް "ބުދުދީން" އެންމެ ވައްތަރީ މިހާރަށް ބަލާނަމަ ހިންދޫދީނާއެވެ.

އަނެއް ޮކޅުން ހިންދޫދީނުގެ އިސް ނަންތައް ސަމާވީ ދީންތަކުގެ މުހިންމު ފަރާތްތަކުގެ

ނަންފުޅުތަކާ ވަރަށް އެއް ޮގތެވެ. މިސާލެއްގެ ޮގތުން ބަލާއިރު، ހިންދޫންގެ ތެރޭގައި

"ބްރަހްމާ" މި ނަން ޮއންނަ އިރު، މި ނަން "އިބްރާހީމް" ނުވަތަ "އަބްރަހަމް" އާ

ވަރަށް އެއް ޮގތް ކަން ފާހަގަ ކުރެވެއެވެ. އިބްރާހީމްގެފާނުގެ އަނބިކަނބަލުންނަކީ ސާރާ

ކަމުގައިވާއިރު، ހިންދޫންގެ "ބްރަހްމާ" ގެ ބައިވެރިޔާގެ ނަމަކީ "ސަރަސްވަތީ" އެވެ.

މި ދެ ނަމުގައި ވެސް އެއް ޮގތް ކަން އެބަ ހުށްޓެވެ. އިބްރާހީމްގެފާނަށް ސާރާ ހަދިޔާ

ކުރެއްވި، އަނބިކަނބަލުންނަށް "ހާޖަރު" ކިޔާއިރު، ހިންދޫންގެ ތެރޭގައި ސަރަސްވަތީގެ

ހަދިޔާއަކީ "ގާޖަރް" އެވެ. އިބްރާހީމްގެފާނުގެ އަނެއް އަނބިކަނބަލުންނަށް "ޤަންޠޫރާ"

ކިޔާއިރު، ބްރަހްމާގެ އަނެއް ބައިވެރިޔާއަކީ "ގަޔައްތްރީ" އެވެ. މި ނަންތަކުގެ އެއްޮގތް

ކަމަށް ބަލާއިރު، އަރަބި ކަރައެކޭ އެއްފަދައިން އިންޑިޔާގައި ވެސް އިބްރާހީމްގެފާނުގެ

ދީނަށް ބަދަލުތަކެއް ގެނެވިފައި ޮއތީކަމަށް ބެލެވެއެވެ. އެހެންކަމުން، އަރަބި ކަރައަށް

އިސްލާމް ދީން އައުމުގެ ކުރީން އެ ކަރަ އާއި އިންޑިޔާގައި ޮއތީ އެއް ދީނެއް ނުވަތަ

އެއް ދީނަކަށް ނިސްބަތްވާ ދެ މަޒްހަބެއް ކަމަށް ގަބޫލުކުރެވެއެވެ.

ޮކންމެ ދީނެއްގައި ވެސް ތަފާތު މަޒްހަބުތައް ހުރެއެވެ. ދިވެހިރާއްޖޭގައި ބޫދިއްޔަތަށް

ވުރެ ކުރީން ހިންދޫ ދީން ޮއތް ކަމަށް ހެކި ލިބެއެވެ. އެހެން ނަމަވެސް މި ތަނުގައި

ޮއތީ ހިންދޫ ދީނުގެ ޮކން މަޒްހަބެއްކަން އަދި މިހާތަނަށް ކުރެވިފައި ހުރި ދިރާސާތަކުން

ސާފެއް ނޫނެވެ. ބޫދިއްޔަތަށް ބަލާއިރު، އެ އަގީދާގެ ތަފާތު މަޒުހަބުތަކާ ގުޅުން ހުރި

އާސާރީ ތަކެތި ރާއްޖެއިން ފެނިފައިވެއެވެ.

ދިވެހިރާއްޖޭގައި ބޫދީ ވެރިކަމެއް ގާއިމުވެ، ހިނގަމުން އައިކަން އެނގޭއިރު،

އޭރު މި ތަނުގައި ޮއންނާނީ ބޫދިއްޔަތުގެ ތޭހރަވާދަ މަޒްހަބު ކަމަށް ގަބޫލު ކުރެވެއެވެ.

އޭގެ ފަހުން ބީސީން 270 ވަނަ އަހަރުގެ ފަހުން މިހާރުގެ އިންޑިޔާގެ ރަށެއް ކަމުގައިވާ

ބައިރާތުން ބޫދިއްޔަތު އުނގަންނައިދޭން ރާއްޖެއަށް ބަޔަކު އައި ކަމަށް ލިޔުންތަކުން

އިޔާޒު ނަސީމް

Page 11: Sun Magazine 26

11

ފެނެއެވެ. ބޫދިއްޔަތު ފެތުރުމަށް އަޯޝކާ ރަސްގެފާނު ޮފނުއްވި ބަޔަކު އިންޑިޔާގެ

ބައިރާތަށް ޮގސް ތޭހރަވާދަ ބޫދިއްޔަތު އެ ތަނަށް ތާރަފު ކުރިކަން އެނގޭތީ، ބައިރާތުން

ރާއްޖެއަށް އައިސްފައިވާނީ ވެސް ތޭހރަވާދަ ބޫދިއްޔަތުކަމަށް ގަބޫލުކުރެވެއެވެ.

ބޫދިއްޔަތުގައި މައިގަނޑު ޮއންނަނީ ދެ މަޒްހަބެވެ. އެއީ ތޭހރަވާދަ )ނުވަތަ

ސްތަހވިރަވާދަ( ބޫދިއްޔަތާއި މަހާޔާނަ ބޫދިއްޔަތެވެ. ބައެއް މީހުން ވަޖްރްޔާނަ

ބޫދިއްޔަތަކީ ވެސް ވަކި މަޒްހަބެއްގެ ޮގތުގައި ފާހަގަ ކުރެއެވެ. އެހެން ނަމަވެސް

ބައެއް މީހުންގެ ނަޒަރުގައި މިއީ މަހާޔާނަ ބޫދިއްޔަތުގެ ޮގތްޕެކެވެ. ވަޖްރްޔާނަ

ބޫދިއްޔަތަށް ތަންތިރީ، ތަންތްރަޔާނަ ނުވަތަ މަންތްރަޔާނަ ބޫދިއްޔަތޭ ވެސް ކިޔައެވެ.

ދިވެހިރާއްޖޭގެ ތާރީހަށް ގިނަގުނަ ހިދުމަތްތަކެއް ޮކށްދެއްވި އަލްއުސްތާޒު މުޙައްމަދު

އިބްރާހީމް ލުޠުފީ ވިދާޅުވާ ޮގތުގައި ބޫދިއްޔަތުގެ މަޒްހަބުތަކުގެ ތެރެއިން ހިންދޫ

ބޫދިއްޔަތު ނުވަތަ ވަޖްރްޔާނަ ބޫދިއްޔަތު ދިވެހިރާއްޖެއަށް ތާރަފު ވެފައި ވަނީ މީލާދީން

985 އާއި 1014 އާ ދެމެދުއެވެ.

އާސާރީ ތަންތަނުން ފެނުނު ހެކިތަކަށް ބަލާއިރު، ކާށިދޫ ކުރުހިންނަ

ތަރާގަނޑަކީ ބުދު ފައްޅިއަކާއި އެއާ ގުޅޭ ބިނާތައް ކަމަށާއި، މި ތަން ވައްތަރު ވަނީ

އެވޭލާ ޒަމާނުގެ ބަރުމާގެ ބުދު ފައްޅިތަކާ ކަމަށް ނަސީމާ މުޙައްމަދު ވިދާޅުވެއެވެ.

އަދި ވިދާޅުވަނީ، އެހެން ނަމަވެސް ފ. ނިލަންދޫއިންނާއި ހައްދުންމަތީ ގަމުން ފެނުނު

އާސާރުތައް ވައްތަރުވަނީ އިންޑިޔާގެ ސަންޗީ އާއި އަމަރާވަތީ އާއި ލަންކާގެ ބޫދީ

ބައެއް ބިނާތަކާ ކަމަށެވެ.

ނަސީމާ މުޙައްމަދު ހާމަކުރައްވާ ޮގތުގައި ތާންތްރީ ބޫދިއްޔަތު ނުވަތަ

ވަޖްރްޔާނަ ބޫދިއްޔަތުގެ އަސަރު ޮބޑަށް ފެނިފައި ވަނީ މާލެ އަޮތޅާއި އަރި

އަޮތޅުންނެވެ. މިއީ އަވަށްޓެރި ލަންކާގައި މާ ޮބޑަށް ޮއތް މަޒްހަބެއް ނޫނެވެ.

ދިވެހިރާއްޖެއާ އަވަށްޓެރި ސިޯލނުގައި ޮއތީ ބޫދިއްޔަތުގެ މަޒްހަބުތަކުގެ ތެރެއިން

ތޭހރަވާދަ ބޫދިއްޔަތެވެ. ދެކުނުއިރުމަތީ އޭޝިޔާގެ ގައުމުތަކުގައި ވެސް ޮއތީ މި

މަޒްހަބެވެ. އެހެނަސް އިރުމަތީ އޭޝިޔާގައި ޮބޑަށް ޮއތީ މަހާޔާނަ ބޫދިއްޔަތެވެ.

ޮމންޯގލިޔާ އާއި ޓިބެޓަށް ބަލާއިރު ފާހަގަ ކުރެވެނީ ވަޖްރްޔާނަ ބޫދިއްޔަތެވެ.

އިންޑިޔާއަށް ބަލާއިރު، މި މަޒްހަބު ޮބޑަށް ޮއތީ އިންޑިޔާގެ ބަންގާޅާއި ޮއރިއްސާގެ

އިތުރުން ވެސް އިރުމަތީ އިންޑިޔާގެ އެކި ހިސާބުތަކުގައެވެ. ހަމަ އެހެންމެ

އިންޮޑނޭޝިޔާގައި ވެސް މި މަޒްހަބު ޮއތެވެ. ބަންގާޅާއި ޮއރިއްސާ އަދި އިންޮޑނޭޝިޔާ

ހިސާބުން ރާއްޖެއަށް މީހުން އައިސް ވަޒަންވެރިވެފައިވެއެވެ. މި ޮގތުން އީސާއީ

މީލާދުގެ މާ ކުރިން ވެސް ޮއރިއްސާގެ ކަޅިންގާއިން ރާއްޖެއަށް މީހުން އައިސްފައިވާކަން

ފާހަގަ ކުރެވެއެވެ. ދިވެހިރާއްޖެ އިސްލާމް ވުމަށް ފަހުގައި ވެސް މި ގުޅުންތައް ޮއތެވެ.

މަޝްހޫރު ރެހެންދި ޚަދީޖާގެ ކާފާފުޅު ޞަލާޙުއްދީނަކީ ބަންގާޅުގެ ބޭފުޅެކެވެ. އަދި ރާއްޖޭގެ

ރަސްކަލެއް ކަމުގައިވާ ސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ޮއރިއްސާގެ ގަންޖާމުން ބޭފުޅަކާ

ކައިވެނި ބައްލަވައިގަތްކަން ވެސް ތާރީހުން އެނގެއެވެ. އަދި ހަމަ އެހެންމެ ދިވެހީންނަކީ

ޒަމާނުއްސުރެ އަސޭ އަށާއި ޖާވާއަށް )މިހާރުގެ އިންޮޑނޭޝިޔާ ހިމެނޭ ސަރަޙައްދަށް(

ދަތުރު ކުރި ބައެކެވެ. އިންޮޑނޭޝިޔާގައިވާ ބޫދީ މަކާނެއް ކަމުގައިވާ ޮބޮރބުދުރުން ފެންނަނީ

މަހާޔާނަ ބޫދިއްޔަތުގެ އަސަރެވެ. ދިވެހިރާއްޖޭގެ އުތުރުގެ ރަށްތަކުގެ ތެރޭގައި ޮހރުބަދޫ

ކިޔާ ރަށެއް ޮއތުމާއި، ހަމަ މި ސަރަހައްދުގައި ޖާވާކަރަ ކިޔާ ތަނެއް ޮއތުމަކީ ވެސް

އިންޮޑނޭޝިޔާގެ ޮބޮރބަދުރު އަދި ޖާވާއާ ދިވެހިރާއްޖެއާ ގުޅުމެއް ޮއތް ކަމަށް ބެލެވޭ

ކަންކަމެވެ.

ކުރީގައި ދިވެހީން ތިބި ދީންތައް ދޫޮކށް އިސްލާމް ދީނަށް ތަބާވެފައިވަނީ

މީލާދީން 12 ވަނަ ގަރުނުގެ ތެރޭގައެވެ. އެއީ ހިޖްރީ ޮގތުން ބަލާއިރު 6 ވަނަ ގަރުނެވެ.

ދިވެހިރާއްޖޭގެ ރަދުން އިސްލާމް ވެވަޑައިގެން ދިވެހި ވެރިކަމުގެ ރަސްމީ ދީނަކީ އިސްލާމް

ދީން ކަމުގައި ހަމަ ޖެހުނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ

އަށް ވީ ހުކުރު ދުވަހުއެވެ. އެ ދުވަސް މީލާދީ ޮގތުން ދިމާވަނީ 26 ޖޫން 1153 އާ އެވެ.

ދިވެހިރާއްޖޭގެ ރަދުން އިސްލާމްދީނަށް ވެދެވަޑައިގަތީ ފާރިސްކަރައިގެ )މިހާރުގެ އީރާނުގެ(

ރަށެއް ކަމުގައިވާ ތަބްރޭޒުން ވަޑައިގެން ހުންނެވި އައްޝައިޚް އަލްޖަލާލީ އަބުއްރިކާބި

ޔޫސުފުއް ތަބްރީޒީގެ އަތްޕުޅު މައްޗަށެވެ. ދިވެހިރާއްޖެ އިސްލާމްވި ތާރީހާ މެދު، އައްޑުއަޮތޅު

ގަމުގެ ހުކުރު މިސްކިތުގައި ބެހެއްޓުނު ލަކުޑި ފިލާ ފަތްޮކޅުގައި ވަނީ ދިވެހިރާއްޖެ

އިސްލާމްދީނަށް އެނބުރުނީ ޝައިޚް ޖަލާލު ޔޫސުފުއް ތަބްރީޒީ ގެ އަތް މައްޗަށް ކަމަށެވެ.

މާލޭ ހުކުރު މިސްކިތު ފިލާގައި ވެސް އައްޝައިޚް އަލްޖަލާލީ އަބުއްރިކާބި ޔޫސުފުއް

ތަބްރީޒީއޭ އެބަ ޮއތެވެ.

ދިވެހިރާއްޖެ އިސްލާމް ކުރެއްވީ މަޣުރިބު ކަރައިގެ )ޮމޮރޯކގެ( އަބުލްބަރަކާތު

ޔޫސުފް އަލްބަރްބަރީގެ އަތްމައްޗަށް މާ ފަހުގެ ތާރީހެއްގައި ކިޔަން ފެށުނީ ޮމޮރޯކގެ

ދަތުރުވެރިއެއް ކަމުގައިވާ އިބްނު ބަޠޫޠާ މާލޭ ހުކުރު މިސްކިތުގައި ހުރި ފިލާ ވިދާޅުވުމުގައި

އެރި ޮއޅުމެއްގެ ސަބަބުންނެވެ.

)ޮފޯޓ: ކަނާތުން ވާތަށް، ކާށިދޫ ކުރުހިންނަ ތަރާގަނޑު، ޮތއްޑޫން ފެނުނު ބުދު،

އިންޮޑނޭޝިޔާގެ ޮބޮރބަދުރް(

Page 12: Sun Magazine 26

12

އުޑުދަށުން

އެއްދުވަހަކު ރައްޓެއްސަކު ވަރަށް ހެއްވާ ސުވާލެއް ޮކށްފި އެވެ.

ހެއްވާ ސުވާލެކޭ މިދެންނެވީ ހަމަ ވަރަށް ތާކުން ތާކު ނުޖެހޭ ސުވާލަކަށްވީމަ

އެވެ. މީނާ މި ކުރާ ސުވާލަކީ މަގުތަކުގެ ދެފަރާތުގައި، ނުވަތަ އެއްފަރާތުގައި

ނަމަވެސް ހަދާފައި މިހުންނަ ދުވާރުގެ ބޭނުމަކީ ޮކބައިހެއްޔެވެ؟ އަޅުގަނޑުގާތަށް

އައީ ހިންޏެވެ. ތީ ދެން ހާދަ ހެއްވާ ސުވާލެކޭ ބުނުމުން އޭނާ ބުނީ، އެއީ

ހެއްވާ ސުވާލެއް ނޫންކަމަށެވެ. އެދުނީ ޖަވާބު ދިނުމަށެވެ. އެއީ މަގުހިނގާ

މީހުންނަށް ޚާއްޞަޮކށްފައި ޮއންނަ ތަނެކޭ އަޅުގަނޑު ހަމަ ބުނެ ނުނިމެނީސް

ބުނެފި އެވެ. ނުބައެވެ. ތިދިނީ ރަނގަޅު ޖަވާބެއް ނޫނެވެ.

އަޅުގަނޑަށް ނިންމުނީ އޭނާ އެއުޅެނީ އަނގަޮގއްވަން ކަމަށެވެ. ދެން

ތިވާހަކަ ބާއްވާށޭ ބުނެފީމެވެ. ވާހަކަ ބޭއްވޭނީ ސުވާލުގެ ރަނގަޅު ޖަވާބުދީފައޭ

ބުނެފައި، އޭނާ ބުނީ، ދުވާރަކީ ހިނގަން ޮއންނަ ތަނެއް ނޫންކަމަށާއި، އެއީ

ފިހާރަވެރިން އެމީހުންގެ މުދާ ބަހައްޓަން ޮއންނަ ތަނެއްކަމަށެވެ. އޭނާ ވާހަކަ

ދެއްކީ ވަރަށް ސީރިޔަސްވެ އިނދެއެވެ.

އޭނާ ބުނަން އެއުޅޭ އެއްޗެއް ވިސްނުނީ ދެނެވެ. އަޅުގަނޑު

އޭނާއަށް ޖަވާބު ދިނީ، ދުވާރުގެ ހަގީގީ ބޭނުމާ ގުޅުވައިގެންނެވެ. އޭނާ

ޖަވާބު އެދިނީ، ބައެއް މީހުން ދުވާރު ބޭނުންޮކށް އުޅޭ ޮގތާ ގުޅުވައިގެންނެވެ.

އެހެންކަމުން އޭނާގެ އެ ޖަވާބު ނުބައެކޭ ބުނާކަށް ފަސޭހައެއް ނުވި އެވެ.

އެހެންކަމުން ހަނު އިނުމުގެ ހައްގު ޯހދައިގެން އަޅުގަނޑު މަޑުން އިނީ އޭނާ

ދެން ކިޔަނީ ކީކޭޯތ ބަލާށެވެ.

އިރުޮކޅަކު އިނދެފައި އޭނާ ފެށި އެވެ. އޭނާއަށް ދާދިފަހުން ދިމާވި

ކަމެކޭ ކިޔާފަ އެވެ. އެއީ ހަނި މަގެކެވެ. ދުވާރު ޮއތީ މަގުގެ އެއްފަރާތުގަ

އެވެ. އަނެއްފަރާތުގައި ޕާކުކުރާ ޖާގަ އެވެ. ކުޑަ ކުއްޖަކު އުރާލައިގެން އަންނަ

ދެބައި އުމުރުގެ އަންހެނަކު، ދުވާރުމަތިން ހިނގާފައި އަންނަތަން ފެނެއެވެ.

އަންހެން މީހާއަށް ދުވާރުމަތިން ޖާގަ ލިބުނީ، އެމަގުގައި ހުރި ޮބޑު ފިހާރައަކާ

ހަމައަށެވެ. އެހާތަނުން ދެން ޮއތީ ފިހާރައަށް ޚާއްޞަޮކށްފައި ޮއތް ޖާގަ އެވެ.

ފިހާރައިގެ ދިގުމިނަށް، ދުވާރުގެ ފުޅާމިނަށް ހުރީ، އެކި ކަހަލަ މުދާ އަރުވާ

ބަރާޮކށްފަ އެވެ. އަންހެންމީހާއަށް މަޖުބޫރުވީ މަގަށް ފައިބާށެވެ.

ދެތިން ފިޔަވަޅުވެސް އޭނާއަށް އެޅޭޮގތެއް ނުވި އެވެ. ފަހަތުން

އައިސް އޭނާއާ އަރާހަމަވީ ކާރެކެވެ. ދުވާރުގައި ހުރި މުދަލާއި ކާރާ ދެމެދުގައި،

ކުޑަދަރިފުޅާއެކު އަންހެންމީހާ ތާށިވެއްޖެ އެވެ. އަންހެންމީހާ ހަނިއަރިއަށް

ޖެހިލެވޭޯތ މަސައްކަތް ކުރި އެވެ. ކާރަށް ތަންދޭށެވެ. ޮކންމެ ޮގތެއްވިޔަސް

ދުާވރުގެ ބޭނުމަީކ ކޮާބ؟

މުހައްމަދު ގާސިމް

އޭނާ އެހުރީ ކާރުގެ ޖާގައިގަ އެވެ. ކާރު މަސައްކަތް ކުރީ ދެމިގަންނާށެވެ.

އަންހެންމީހާގެ އުޅަނޮބށީގައި ކާރުގެ ޯލގަނޑުން އެތިފަހަރެއް އަޅާފައި ކާރު

ރައްކާވެއްޖެ އެވެ. އެންމެ ކަންޮބޑުވީ އޭނާގެ އުރުގައި އިން ކުޑަދަރިފުޅު އޭނާގެ

އަތުން ނައްޓާލަން އުޅުނު މަންޒަރު ފެނިފަ އެވެ. ނަމަވެސް އޭނާ އެޮގތް މިޮގތުން

ކުއްޖާ ސަލާމަތްކުރި އެވެ.

އެކުވެރިޔާ ވާހަކަ ނިންމާލުމުން އަޅުގަނޑަށް އަހައިލެވުނީ

ދެންވީ ކިހިނެއްހެއްޔެވެ؟ އޭނާ ބުންޏެވެ. ދެންވާނީ ކިހިނެއްހެއްޔެވެ؟ އަތަށް

ތަދުޮކށްލައިގެން އެފަކީރު ދިޔަޮގތަށް ދިޔައީ އެވެ. އެއްޗެއް ބުނާނީ، ނުވަތަ

ބުނެވޭނީ ކާކާ ދިމާއަށް ހެއްޔެވެ؟ ދަރިފުޅު ޮގވައިގެން އޭނާ ގޭގައި އިންނަމަ

އެހެނެއް ނުވީހެއްނޫންހެއްޔެވެ؟

އެކަމަކު ތީދެން ވަަރަށް ތާކުންތާކު ނުޖެހޭ ވާހަކައެކޭ ބުނުމުން، އޭނާ

އަޅުގަނޑާ ދިމާއަށް ބަލައިލާފައި، ލާނެއް ފާޑަކަށް ހިނިތުންވެލި އެވެ. ދުވާރަކީ

ހިނގާމީހުންނަށް ޮއންނަ ތަނެކޭ އަދިވެސް ބުނާނަންހެއްޔޭ އެހީ ކުޑައިރުޮކޅަކު

އަޅުގަނޑުގެ މޫނަށް ބަލަން އިނދެފަ އެވެ. އަޑަށް ބާރުލާފައި އާއެކޭ ބުނެފީމެވެ.

ކަންޮކންމެ ޮގތަކަށް ކަން ޮއތަސް އެއީ ހިނގާ މީހުންނަށް ޚާއްޞަޮކށްފައި

ޮއތްތަނެކެވެ. ފިހާރަތަކުން ޖާގަ ލިބިފައި ނެތް މުދާތައް ޖަހަން ހުރި ހަރެއް

ނޫނެވެ. ނުނީ މުދާ ބަހައްޓާ "ގުދަނެއް" ވެސް ނޫނެވެ.

އެކުވެރިޔާގެ މި މަޢުޟޫއަކީ ވަރަށް މުހިންމު މަޢުޟޫއަކަށް އަޅުގަނޑަށް

ވެއްޖެ އެވެ. ހަގީގަތުގައި ވެސް މިއީ މިހާރު ވަރަށް ޮބޑަށް ވިސްނަންވެއްޖެ

ކަމެކެވެ. ގިނަ މަގުތަކުގެ ދުވާރުތަކުން ހިނގާ މީހުންނަށް ޖާގައެއް ޯހދުން ވަރަށް

ދަތި ކަމަކަށް ވެއްޖެ އެވެ. ތަނެއް އިމާރާތްކުރިޔަސް ދުވާރެއް ޯނވެ އެވެ. ގޭގެއިން

އުކާލަން ނެރިފައި ހުންނަ ކުނިބުނީގެ ސަމާނުތައް ފުނިޖަހާފައި އެތައް ދުވަހެއް

ވާންދެން ދުވާރުމަތީގައި ހުރެދާނެ އެވެ. އުނގު ވިޔަފާރިކުރާ ބައެއް މީހުންގެ

ދުއްކާނަކީވެސް ދުވާރެވެ. މިހެން ޮގސް ތަނާ ނުގުޅޭ އެތައް ކަމެއް ހިނގާތަނަކަށް

މިތަން މިހާރު ވެއްޖެ އެވެ.

ކަމެއް ކުރާއިރު، އެކަމެއްގެ ސަބަބުން އެހެން މީހުންނަށް ވާނެ

އުނދަގުލެއް، ނުވަތަ ގެއްލުމެއް ޮއތްޯތ ބަލައި، ވިސްނާލުމަކީ ވަރަށް މުހިންމު

ކަމެކެވެ. އަމިއްލަ ފައިދާއަށް ވިސްނަންވީ އޭގެ ފަހުންނެވެ. ހުރިހާ މީހުން މިޮގތަށް

ވިސްނުން ބަހައްޓައިގެން ކަންކަން ކުރާނަމަ، ކުޑަދަރިފުޅު ޮގވައިގެން މަގުމައްޗަށް

ނިކުންނަ އަންހެންމީހާ ވެސް އެނބުރި ގެއަށް ވަންނަނީ ނުތަނަވަސްކަމެއް ނެތި

އެވެ. ވޭނަކާނުލަ އެވެ.

Page 13: Sun Magazine 26

13

ސަން މާފާނު

އާކިމިޑީސް އަކީ ޔޫނާނުގެ ހިސާބު އިލްމުވެރިއެކެވެ. ފިޒިކްސްގެ އިލްމު ވެރިއެކެވެ.

އިންޖިނޭރެކެވެ. އައު އީޖާދުތައް ކުރެއްވި ބޭފުޅެކެވެ. ފަލަކީ އިލްމުވެރިއެކެވެ. އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ އީސާއީ މީލާދުގެ 287 އަހަރު

ކުރީންނެވެ. އޭނާގެ ހަޔާތާ ބެހޭ ޮގތުން މާ ގިނަ މައުލޫމާތުތަކެއް ލިބެން ނެތް ކަމުގައި ވިޔަސް،

އޭނާ އަކީ ގަދީމީ ޒަމާނުގައި އުފެދުނު އެންމެ ޮމޅު ސައިންސްވެރިޔާ ކަމަށް އިލްމުވެރިން އިއްތިފާގުވެއެވެ.

ލިވަރު މަސައްކަތް ކުރާ އުސޫލު ޯހއްދަވައި، ހައިޑްޯރސްޓެޓިކްސް އާއި ސްޓެޓިކްސްގެ ބިންގާ

އަޅުގަނޑުމެން އެ ސަރަހައްދަކަށް ނިސްބަތް ވާ ދެކުނު އޭޝިޔާ ސަރަހައްދަށް އަހުލުވެރިވެ، އާންމު މައުލޫމާތު މުއްސަނދި

ކުރުމަށް ޓަކައި، ހުށަހަޅާ ލިޔުންތަކުގެ މި ސިލްސިލާގައި މި ފަހަރު ބަލައިލާނީ އިންޑިޔާގެ ސްޓޭޓުތަކުގެ ތެރެއިން ޯގވާއަށެވެ. ޯގވާ އަކީ

ދިވެހިރާއްޖޭގެ ތާރީހާ ވެސް ގުޅިފައިވާ ތަނެކެވެ. ދިވެހިރާއްޖޭގެ ރަސްކަލުންގެ ތެރެއިން އީސާއީ ދީނަށް ވެދެވަޑައިގަތް 9 ވަނަ

ޙަސަން ރަސްގެފާނު )ފަހުން، ކިންގ ޮޑމް މަޮނއެލް( ގެ ބޭފުޅުން އުޅުއްވީ ޯގވާގައެވެ. ރަސްގެފާނު އަވަހާރަވެ ފަސްދާނުލެވިފައިވަނީ

ޮކއްޗޭގައެވެ.ޯގވާ އަކީ އިންޑިޔާގައި ޯޕޗުގީޒުން ވެރިކަން ކުރި

ސަރަހައްދެވެ. ދިވެހިރާއްޖެއަށް ޯޕޗުގީޒުން އައިސްފައި ވަނީ ޯގވާގެ މަގުންނެވެ. ޯގވާ އަކީ އިންޑިޔާގެ ސްޓޭޓުތަކުގެ ތެރެއިން އެންމެ މުއްސަނދި

އެއް ސްޓޭޓެވެ. ޯގވާ އަކީ ފަތުރުވެރިކަމުގެ ޮގތުން ބަލާއިރު ވެސް ވަރަށް މަޝްހޫރު

މަންޒިލެކެވެ. ޯގވާ އަކީ ރީތި ކަމާއި ސާފު ތާހިރުކަމަށް ވެސް މަޝްހޫރު ތަނެކެވެ. ޯގވާގެ އާބާދީގެ %60 އަކީ ހިންދޫންނެވެ. %20 އަކީ އީސާއީންނެވެ.

%10 އަކީ މުސްލިމުންނެވެ. %2.5 އަކީ ބޫދީންނެވެ. ހަމަ މި އަދަދަށް ސިކުންނާއި ޖައިނީން ތިބި އިރު އެހެން އަގީދާތަކުގެ މީހުންގެ އަދަދު ވެސް

އުޅެނީ ހަމަ މިހާ ވަރުގައެވެ.ޯގވާގެ ވެރިރަށަކީ ޕަނަޖީއެވެ. މި ސްޓޭޓުގެ އެންމެ ޮބޑު ޝަހަރަކީ

ވަސްޮކޑަގާމާއެވެ. ޯގވާގެ ރަސްމީ ބަހަކީ ޮކންކަނީ ބަހާއި ޯޕޗުގީޒު ބަހެވެ. ޮކންކަނީ ބަހާއި ދިވެހި ބަހާއި ސިންގަޅަ ބަހާއި މަރާޓީ ބަސް، ނިސްބަތްވަނީ

އެޅުއްވީ އޭނާއެވެ. އިސްކުރު ޕަންޕު ފަދަ އީޖާދުތަކަކީ އޭނާގެ ކުޅަދާނަކަން ދައްކައިދޭ

އުފެއްދުންތަކެވެ. ގަދީމީ ޒަމާނުގައި ދުނިޔެ ދުށް އެންމެ ޮމޅު ހިސާބު އިލްމުވެރިޔާގެ އިތުރުން އޭނާ އަކީ މުޅި ދުނިޔޭގެ ތާރީހުގައި ވެސް ހިސާބުގެ ޮރނގުން އެންމެ ފާހަގަޮކށް ލެވޭ

އިލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ. އާކިމިޑީސް އަވަހާރަޮކށްލީ

ރޫމީ އަސްކަރީއެކެވެ. އެއީ އާކިމިޑީސްގެ އިލްމީ ޯހއްދެވުންތައް އެމީހުންގެ އަގީދާއާ

ފުށުއަރާތީއެވެ.އާކިމިޑީސް އަވަހާރަވީ އީސާއީ

މީލާދުގެ 212 އަހަރު ކުރީންނެވެ.

ާއކިމިީޑސް

އިޔާޒު ނަސީމް

ބުއްދީގެ ފުރާގު "އިލްމާއި އެކަށީގެންވާ ހަތިޔާރު ހުރެއްޖެ ނަމަ ޮކންމެ ކަމެއް ވެސް

ކުރެވިދާނެއެވެ." އާކިމިޑީސް

ގޯާވ

އެއް އާއިލާއަކަށެވެ.ޯގވާގެ އާބާދީއަކީ 1.5 މިލިޔަނެވެ. އާބާދީގެ ޮގތުން ބަލާއިރު

ޯގވާ އަންނަނީ އިންޑިޔާގެ ސްޓޭޓުތަކުގެ ލިސްޓުން 25 ވަނައަށެވެ. ބިމުގެ ޮގތުން ބަލާއިރު 28 ވަނައަށެވެ. އިދާރީ ޮގތުން ޯގވާ ބަހައިލެވިފައިވަނީ 2

ޑިސްޓްރިކްޓަށެވެ.

Page 14: Sun Magazine 26

14

ނިމިގެން ދިޔަ ސަތާރަ ވަނަ ސާކު ސަމިޓް ތެރޭގައި ބޭނުން ކުރެވުނު އިންޮފމޭޝަން ޮކމިއުނިކޭޝަން ޓެކުޮނޮލޖީގެ ފުރިހަމަ ކަމުގެ ވާހަކަ ބޭރު

ޤައުމުތަކުގެ ގިނަ ފަރާތްތަކުން ވަނީ ދައްކާފައެވެ. އެންމެ އެތެރެއިން ފެށިގެން އެންމެ ބޭރާއި ހަމައަށް އޭގެ ހެކި ފެނިފައިވެއެވެ. އެކި އެކި ކަންކަމުގައި

ބޭނުން ކުރެވުނު ފުރިހަމަ އެންމެ ފަހުގެ ޒަމާނީ ޓެކުޮނޮލޖީގެ ވާހަކަ ގިނަ ބަޔަކު ދެއްކުމަކީ ނިމިގެން ދިޔަ ސާކު ސަމިޓަށް ލިބިގެންދިޔަ ޮބޑު

ކާމިޔާބީއެކެވެ. ބޭރުގެ ނޫސް ތަކުންނާއި

ސަމިޓުގައި ބައިވެރިވި ގިނަ ބަޔެއްގެ

ފަރާތުން އިނގޭ ޮގތުގައި އައްޑޫގައި ބޭއްވުނު ސަމިޓަކީ މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު

ސަމިޓްވެސް މެއެވެ.ސައުތު އޭޝިޔާގައިވާ

އެންމެ ފުރިހަމަ އެއްބިނާ ކަމުގައިބެލެވޭ

އިކްއިޯޓރިއަލް ޮކންވެންޝަން

ސެންޓަރުގެ ބިންގާ އެޅުނު ދުވަހުން ފެށިގެން ސަމިޓު

ނިމެންދެން ބޭނުން ކުރެވުނު ތަފާތު

އެކިއެކި ޓެކުޮނޮލޖީގެ ފުރިހަމަ ކަން ޔަޤީންޮކންދިނީ އެއްވެސް މައްސަލަ އަކާއި ދިމާނުވެ ސަމިޓު ކާމިޔާބު ކަމާއި އެކު ނިންމާލެވުމުންނެވެ.

ސެކިއުރިޓީއަށް ބަލާނަމަ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް ބޭނުން ކުރާ އެންމެ ޖަމާނީ ޓެކުޮނޮލޖީ ބޭނުން ކުރަން މަޖުބޫރުވި އެއް ސަބަބެއް ކަމުގައި ބެލެވެނީ ދުނިޔޭގެ އެންމެ ހައިރިސްކު ވެރިން ނިމިގެން ދިޔަ ސަމިޓުގައި ބައިވެރި ވުމެވެ. ސުރީލަންކާ، އިންޑިޔާ އަދި އަފުޣާނިސްތާނުގެ އިތުރުން ޕާކިސްޓާނު ފަދަ ޤައުމުތަކުގެ ވެރިންނަށް

ކުރިމަތިވެދާނެ ނުރައްކާ ތަކެއް ހުރުމެވެ. އެހެން ކަމުން އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށެއްގެ އިތުރުން އައްޑޫ ސަރަހައްދުގެ ހުރިހާ ނުރައްކަލެއް

ބެލުމަށްޓަކައި ވަގުތުން ޮކންޓުޯރލް ސެންޓަރަށް ފެންނަ އެތަކެއް ކެމެރާ ތަކެއް ގިނަބައެއްގެ ޯލ ތަކަށް ނުފެނި މުޅި ހިސާބުގައި އުޅުނުކަމަށް ވެއެވެ.އެއާއި އެކު ސަމިޓާއި ގުޅިފައިވާ އެންމެހާ ހަރަކާތްތަކެއް ރާއްޖޭގެ ޓެލެޮކމިއުނިކޭޝަން ޚިދުމަތްޯފރުޮކށްދޭ ވަތަނިޔާގެ އެންމެ ހަލުއި

ޮކމިއުނިކޭޝަން ލިންކެއް މެދުވެރިޮކށް ގަން އިންޓަނޭސަނަލް އެއަރޯޕޓުގައިވާ ސިފައިންގެ ޮކމާންޑު ސެންޓަރުން ވަގުތުން ބަލަމުންދާ ކަމަށް އެމް.

ޑީ.އެފް އިން ވަނީ އެއްބަސް ވެފައެވެ. އެތަކެއް އެއްގަމު ވެހިކަލް އެއްފަހަރާ ހަރަކާތްތެރިވަމުންދާއިރު އެތަކެއް ކަނޑުގެ އުޅަނދު ފަހަރު ވެސް ކަނޑުމަތީގައި ދިޔައީ އެކިއެކި ކަންކަމުގައި ވަރަށް އަވަދިނެތި ހަރަކާތްތެރިވަމުންނެވެ. އެހުރިހާ

އުޅަނދު ތަކެއްވެސް އުޅެމުންދާ ޮގތް ޮލކޭޝަން ބަލާ ގީ.ޕީ.އެސް ނުވަތަ ވަތަނިޔާގެ ޑަބުލިއު ޮލކޭޓަރ ޓެކުޮނޮލޖީގެ އެހީގައި ބަލަމުންދިޔަމަށް ވެއެވެ.

ދުނިޔޭގެ ޓެކުޮނޮލޖީ، މިއަދު ކުރިއަރާފައިވާ މިންވަރާއި އަޅާ ކިޔާނަމަ ނިމިގެން ދިޔަ ސަތާރަ ވަނަ ސާކުސަމިޓުގެ އެންމެ އެތެރެއާއި ބޭރުގައި ބޭނުންކުރެވުނު އެކިއެކި

ޓެކުޮނޮލޖީ އަކީ އެންމެ ފަހުގެ އެންމެ ޒަމާނީ

ޓެކުޮނޮލޖީކަމުގައި ދަންނަވަން ޖެހެއެވެ.

ދިވެހި ސިފައިން ބޭނުން ކުރި

ޓެކުޮނޮލޖީގެ އިތުރުން ސަމިޓު ބޭއްވުމަށް ތައްޔާރު ޮކށްފައިވާ

ޮކންވެންޝަން ސެންޓަރުގެ

އެތެރެއާއި ބޭރު ފަރުމާ ޮކށްފައިވަނީ

ވެސް ދިވެހި ސިވިލް އިންޖިނިއަރުން އެމީހުން ޯހދާފައިވާ އެންމެ ފަހުގެ

ޓެކުޮނޮލޖީ ބޭނުން ޮކށްގެނެވެ.

ޮބޑު ޯކރެއްގެ މެދުގައި މާސިންގާ ބިޔަ

އިމާރާތެއް އެންމެ ހަމަސް ދުވަހުގެ ތެރޭގައި އިމާރާތްޮކށް ނިންމޭނީ ވަރަށްވެސް ކުޅަދާނަ ވެގެންނެވެ. އެޮގތުން އިމާރާތުގެ ބަރު މިނާއި ތަނބުތަކުގެ ފަންވަރު

ބެލުމަށްވެސް އެތަކެއް އިންޖިނިއަރިން ޮސފްޓުވެއަރ އަކާއި ހާރޑުވެއަރ އެއް ވަނީ ބޭނުން ޮކށްފައެވެ. އެއީވެސް ހަމަ އެންމެ ފަހުގެ އެންމެ ޒަމާނީ ޓެކުޮނޮލޖީއެވެ.ސާކު ސަމިޓަށް ވަމުންދިޔަ ތައްޔާރީގެ އެކިއެކި މައުލޫމާތާއި ލިޔެކިއުން ބަދަލު

ކުރުމުގައި ފެކުސް އަދި ޓެލެކުސް ބޭނުން ޮކށްފައިވަނީ ވަރަށްވެސް މަދު ފަހަރަކު ކަމަށްވެއެވެ. ފެކުސް އަދި ޓެލެކުސްގެ ބަދަލްގައި ސަމިޓުގެ ޓާސްކު ޯފސްގެ

އެކިއެކި ޓީމުތަކުން ސަމިޓަށް ހާއްސަ ޮކށް ހަދާފައިވާ އީމެއިލްތައް ބަދަލު ކުރަމުން ދިއަ އިރު އެ ހުރިހާ އީމެއިލް ތަކެއް ސާކު ޓާސްޯފހުގެ ސެކްރެޓޭރިއޭޓަށް

ދިޔައީ ފެންނަ މުންނެވެ. އެޮގތުން އެ ހުރިހާ މައުލޫމާތެއް އެކަންކަމާއި ގުޅުން ހުރި އެންމެހާ ފަރާތްތަކަށް ލިބި ކުރަންޖެހޭ ނުވަތަ އަޅަންޖެހޭ ފިޔަވަޅު އަޅާޯތވެސް

ދިޔައީ ބަލަމުންނެވެ. ނިމިގެން ދިޔަ ސާކު ސަމިޓަށް ތައްޔާރު ވަމުން ދިޔަ އިރު ގިނަ ބަޔަކު ދެއްކި

އެތަކެއް ވާހަކައެއް މިހާރު މިވަނީ ބުހުތާނު ޮދގަށްވެ ނިމިގެން ޮގސްފައެވެ.

އާދަމް ނަޞީރު

ީޖ ލޮ ޑޫ ސަމިޓްގައި ... ހުރިާހ ކަމެއްގައި ވެސް އެންމެ ފަހުގެ ޓެކުނޮ އް އަ

Page 15: Sun Magazine 26

އެޮގތުން ސަމިޓުގެ ތެރޭގައި އެތަކެއް މައްސަލަ އެއް ދިމާވާނެ ކަމަށް ބުނެވުނެވެ. ފާޮބޑު އެކުޅީގެ ތެރެއަށް އެ ބިޔަ އިމާރާތް ގަނބައިގެން ދާނެ ކަމަށް ގިނަ ބަޔަކު ވާހަކަ ދެއްކި އިރު އެ ހިސާބަށް އިންޓަނެޓާއި އަދި ކަރަންޓު ސަޕުލައިގެ އިތުރުން

އެހެނިހެން ވައިރިން ވެއްދުމަކީ ވެސް ކުރެވޭނެ ކަމެއް ނޫންކަމަށް ބުނަމުންދިޔަ ބަޔަކު ތިއްބެވެ. އެހެނަސް އެންމެ ހަލުއި އިންޓަނެޓުގެ ހިދުމަތް ލިބޭއިރު އެ ބިޔަ

އިމާރާތުގެ އެތެރޭގެ ހުރިހާ ނެޓުޯވކެއް ވެސް އެހާ ފުރިހަމައެވެ. މިފަހަރުގެ ސާކު ސަމިޓުގައި އެންމެ ފާހަކަ ޮކށްލެވޭ ކަމަކަށްވެގެން ދިޔައީ ވެސް

އެންމެ ފަހުގެ އެތަކެއް ޓެކުޮނޮލޖީއެއް ބޭނުން ޮކށްގެން ބިނާޮކށްފައިވާ އަޖައިބެއްފަދަ ރީތި ޮކންވެންޝަން ސެންޓަރެވެ. ވަށައިގެންވާ ފެންގަޑަށް ހިޔަނި އެޅޭޮގތަށް

ކުލަބިއްލޫރި ލައްވާފައިވާ އެ އިމާރާތުގެ ޮކންމެ ކަމެއް ވެސް ނިމިގެން ޮގސްފައިވަނީ އެންމެ ފަހުގެ ޓެކުޮނޮލޖީގެ ބޭނުން ކުރެވިގެންނެވެ. މިއަދު އެއިމާރާތް ޮފޯޓ ނެގުމަށް އެކަނިވެސް އެތަކެއް ބައެއް އައްޑޫ ސިޓީ އަށް އަންނަމުންދާ އިރު އެފަރާތްތަކުގެ ހަރަކާތްތައް ބެލޭނެ ސެކިއުރިޓީ ކެމެރާތައް ޮކންވެންޝަން ސެންޓަރުގައި ވަނީ

ހަރުކުރެވިފައެވެ. އެހެނަސް ތަފާތަކީ އެހެން ގިނަ ޮބޑެތި އިމާރާތްތަކުގެ ތެރެއިން ގިނަ ކެމެރާ ތަކެއް ފެންނަން ހުރި ނަމަވެސް އައްޑޫގައި ހުރި ޮކންވެންޝަން

ީޖ ލޮ ޑޫ ސަމިޓްގައި ... ހުރިާހ ކަމެއްގައި ވެސް އެންމެ ފަހުގެ ޓެކުނޮ އް އަސެންޓަރުން މަދު ކެމެރާ އެއްނޫނީ ގިނަ ބައެއްގެ ޮލލުގައި އަޅައިނުގަންނަ

ކަމެވެ. ސާކު ސަމިޓުގެ އެންމެހާ ކަންކަމުގައި ބޭނުން ކުރެވުނު އެކި އެކި

ޓެކުޮނޮލޖީގެ ހުރިހާ މައުލޫމާތެއް މަދު ފަރާތަކަށް ނޫނީ އަދިވެސް ނޭނގޭ އިރު ނިމިގެން ދިޔަ ސަތާރަ ވަނަ ސާކު ސަމިޓުގެ ކާމިޔާބީ އާއި

ގުޅިފައިވަނީ ޓެކުޮނޮލޖީން ފުރިފައިވާ ހިކުމަތްތެރި ރޭވުން ތަކެވެ. ކުޑަކުޑަ މާލޭގައި ކުރިން ބޭއްވި ދެ ސާކު ސަމިޓަށް ވުރެ އެތަކެއް ޮގތަކުން

މިފަހަރުގެ ސާކު ސަމިޓަކީ ޮގންޖެހުންތައް ގިނަ އެތަކެއް ބުރަ މަސައްކަތް ކުރަންޖެހުނު ސަމިޓެއް ކަމަށް އެންމެންވެސް އެއްބަސް ވެއެވެ.

އެހެނަސް ގިނަ ބަޔަކު ހީކުރިޮގތާއި ހިލާފަށް މިފަހަރުގެ ސަމިޓު ވެގެން ޮގސްފައިވަނީ އެތަކެއް ކާމިޔާބު ތަކެއް ޯހދި ސަމިޓެއްގެ ޮގތުގައެވެ. މީ މިހާތަނަށް ރާއްޖޭގައި ހިންގުނު އެފަދަ އެންމެ ޮބޑު ޮއޕަރޭޝަން ވެސް

މެއެވެ. އެހުރިހާ ކަމެއް ކާމިޔާބު ކަމާއި އެކު ނިންމާލެވުނީ ހުރިހާ ފަރާތަކުންވެސް ބޭނުން ކުރި ފަހުގެ އިންޮފމޭޝަން ޮކމިއުނިކޭޝަން

ޓެކުޮނޮލޖީގެ ފުރިހަމަ އެހީގައެވެ.

Page 16: Sun Magazine 26
Page 17: Sun Magazine 26
Page 18: Sun Magazine 26

18

)ކުރީގެ އަދަދާޮއ ގުޅޭ(

އިބްރާހިމް ހިލްމީ ހުންނެވީ މާބަގީޗާގޭ ޮދރުމަތީގައެވެ. އެއީވެސް މެދުޒިޔާރަތް މަގެވެ. އެހެންކަމުން އަޅުގަނޑުމެންގޭ ޮދށުގަ ތިބޭއިރު އެތާހިނގާ ހަރަކާތްތައް ވަރަށް ރީއްޗަށް ފެނެއެވެ. އަދި

އަޑުވެސް އިވެއެވެ. އިބްރާހިމް ހިލްމީ ހުންނެވީ މުގުރުގަނޑެއް ވެސް ހިއްޕަވައިގެންނެވެ. އިބްރާހިމް ހިލްމީ ބޭނުންފުޅުވަނީ ރަސްކަމަށް އަރާވަޑައިގަތުމުގެ

ނަމުގައި މުހައްމަދު ފަރީދު މާބަގީޗާގެއިން ނެރުއްވާށެވެ. މުހައްމަދު ފަރީދު މަނިއްޕުޅު ގެ

އާދަ ކާދަ ހުންނަޮގތުން ރޭގަނޑު އެގޭ ޯގތިތެރޭގައި މުހައްމަދު ފަރީދުގެ ޯނކަރުންގެ ތެރެއިން ޮކންމެވެސް ހަރުދަނާ މީހަކު ހޭލާ ޯފރިއަށް ހުރުމަކީ އާދައެކެވެ. ކަންދިމާވިޮގތުން އަދި އެރޭ ޯފރިއަށް ހުންނަވަން

ދިމާވީވެސް މުހައްމަދު ފަރީދު މަނިއްޕުޅުގެ އެންމެ ހާއްސަ ޯނކަރު އަލްފާޟިލް ތުރުކީ މުހައްމަދު ފުޅެވެ. އޭނާ އޭނާގެ ސާހިބާ ބެލެހެއްޓެވުމުގައި

ފަސްވެސް ނުޖެހެއެވެ. މުހައްމަދު ފުޅު މުހައްމަދު ފަރީދު މަނިއްޕުޅު ނުކުމެވަޑައިގަތަކަ ނުދިނެވެ. ވަރަށް ގަދަ ހެއްދެވީމާވެސް މުހައްމަދު ފުޅު

ގަބޫލެއް ނުވިއެވެ. އޭނާއަށް އެނގިލައްވާޮގތުން ބޭރުގައި މިހިނގަނީ ޮކންމެވެސް ގަޑުބަޑެއްގެ

ކަންތައްގަނޑެކެވެ. އެހެންކަމުން މުހައްމަދު ފަރީދު މަނިއެްޕުޅަށް ޖެހިވަޑައިގަތީ ނުކުމެވަޑައި ނުގަތް

ގޭގައި އިށީންދެވަޑައިގެން އިންނަވާށެވެ. އޭރު މިޮއތީ ގުޅަކުޅޭ ފަސްގަނޑުގައި ވެސް ކަންތައްގަނޑު

ފެށިފައެވެ. އިސްލާމަކު ހުރިއްޔާ ގުޅަ ކުޅޭ

ފަސްގަނޑަށް އަންނާށޭ ޮގވާ ޮގވުމުން ރަށުތެރެ ޮއތީ ގުގުމާލާފައެވެ. އިބްރާހިމް ހިލްމީ ހުންނެވީ

ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން މުގުރި ބުރި ހިއްޕަވައިގެން މާބަގީޗާގޭ ޮދރުމަތީގައެވެ. ކުއްލިޔަކަށް އެތަނަށް ވަޑައިގެންނެވުނީ ވެލާނާގޭ އިބްރާހިމް ދީދީ އާއި ގަސްޮދށުގޭ އަހުމަދު ދީދީ އާ ދެބޭފުޅުންނަށް އެކުއެކީގައެވެ. އެވަގުތު އެތާގައި މާލޭގެ ހިތްވަރު

ހުރި ޒުވާނުންގެ ތެރެއިން ބަޔަކު ތިއްބެވެ. އޭގެ ތެރޭގައި ސިކުނޑި އަހުމަދު މަނިކު ފާހާގަ

ޮކށްލެވެއެވެ. އިބްރާހިމް ދީދީ ވިދާޅުވެގެން ސިކުނޑު އަހުމަދު މަނިކު އިބްރާހިމް ހިލްމީ ގައިޮކޅުގައި ވަރަށް ބާރަށް ބައްދައިފިއެވެ. ހަމަ އެވަގުތު އިބްރާހިމް ދީދީ ވަޑައިގެން އަތްޕުޅުގައި ޮއތް ކުރެދި ބުރި އަތުލައްވައިފިއެވެ. އަދި ހިލްމީ އާއި މުހާތަބުކުރައްވާ އިބްރާހިމް ދީދީ ވިދާޅުވިއެވެ. ތިޔައުޅުއްވަނީ ކީއްވެގެންޯތއެވެ.

ތިޔައީ ތިޔަބޭފުޅުންނާ އެކަށީގެންވާ ކަމެއްނޫނެވެ. ޮކންމެއަކަސް ޝަމްސުއްދީނު ހިލްމީ އާއި އިބްރާހިމް ހިލްމީ އާއި

ދެބޭފުޅުން ބަނޑޭރިގެއަށް ގެންޮގސް އަނދަޮގނޑި ޖައްސަވައިފިއެވެ. އޭގެ ކުޑައިރުޮކޅެއް ފަހުން އިބްރާހިމް ނާސިރު ވަޑައިގެން އަނދަޮގޑީގެ ޮކޅުގައި

އިށީންދެވަޑައިގެންފިއެވެ. އަދި މީހަކަށް ޮގވާފާ ވިދާޅުވިއެވެ. އެދެބޭފުޅުންގެ ގައި

މުހައްމަދު އަީމން އަވަާހރަވުާމއި، އަދި އެއަށްފަހު....ސިއްކަގޭ މުހައްމަދު ނަސީމް )ނ.ދ.ޝ.ޢ(

Page 19: Sun Magazine 26

ޮދށުގައި ފަން އަޅާފައި އޭގެ މަތީގައި ކުނަލެއް އަޅާށެވެ. އޭރު ނާސިރުގެ ގަމީސްޮކޅުގައި ވަރަށް ޮބޑަށް ލޭ ހުއްޓެވެ. އިބްރާހިމް ހިލްމީ ދީދީ ފަހުން ކިޔައިދެއްވިއެެވެ. ނާސިރުގެ ހެދުންޮކޅުގައި އެވާ ލެޔަކީ މުހައްމަދު އަމީނުގެ

ގައިޮކޅުން ޮއޮހރުން ލޭކަން ތިމަންނާއަށް އެނގިވަޑައިގަތެވެ. ނާސިރަކީ މުހައްމަދު އަމީނަށް އަނިޔާއެއްނުވެ ސަލާމަތްކުރެވޭޯތ ވަރަށް ގަދައަޅާ މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެހެންނަމަވެސް އެޮބޑު ހަމަނުޖެހުން ޮކންޓްޯރލު ނުވެ ނާސިރަށްވެސް އަނިޔާ ލިބިވަޑައިގަތީއެވެ. އިބްރާހިމް ހިލްމީމެންނަށް ނާކާމިޔާބުވެ ހައްޔަރުވުމާއެކު އެބޭފުޅުންނަށް ނާކާމިޔާބު

ވެއްޖެ ހިނދަކު އަވަހަށް ފުރައިގެން ރާއްޖެއިން ބޭރުގެ ތަނަކަށް ދިޔުމަށް ތައްޔާރަށް ޮއތް ޯދނީގެ މީހުން އަވަސް އަވަހަށް އަތިރީގޭ ފާލަމުގައި

ތައްޔާރަށް ޮއވެފައި ފުރައިގެން ދިޔައީއެވެ.

އާދެ، އަދި އަދަށްވެސް އެޯދންޏާ ޯދނިން ދިޔަ މީހުންގެ ކުޑަވެސް ހަބަރެއް ނުލިބެއެވެ. އިބްރާހިމް ހިލްމީ ދީދީ މެން ރޭއްވެވި ރޭއްވެވުން ދިޔައީ މުޅިން ނާކާމިޔާބުވެގެންނެވެ. އެހާދިސާ ހިމެނިގެން ދިޔައީ ދިވެހިރާއްޖެ އުފެއްދި އެންމެ އަގުހުރި އެއްދަރި އާދެ، ސުމުއްވުލް އަމީރު މުހައްމަދު އަމީނު ޮދށިމޭނާ ކިލެގެ ފާނު ދެމިޮއތުމުގެ އާލަމަށް ދަތުރުކުރައްވަން

ޖެހިވަޑައިގެންނެވި އެ ހިތާމަވެރި ހާދިސާ މެދުވެރިވުމުގެ ސަބަބަކަށެވެ. ނުަލާހިކު ރީތިޮކށް ބޭނުންފުޅުހާ ކަމެއް ކުރެއްވޭޮގތަށް ޯނކަރުން ވެސް ބައިތިއްބަވާފައި މުހައްމަދު އަމީނު ދޫނިދޫގައި ހުންނަވަނިޮކށް މިހިންގި ހަރަކާތުގައި އިސްވެރިޔަކީ އެދެބޭފުޅުން ވެސް އެއްބަސްވެވަޑައިގަންނަވާ

ފަދައިން އިބްރާހިމް ހިލްމީ ދީދީ އެވެ. މިއީ ދިވެހި ތާރީޚުގެ ވަރަށް ވެސް ކަޅު ޮސފްހާއެއް ލިޔެވުނު ރެއެކެވެ. އެރެޔަކީ 1953 ޑިސެމްބަރު 31 ވީ

ބުރާސްފަތި ވިލޭރެއެވެ. )ނުނިމޭ(

Page 20: Sun Magazine 26

20

ޯލތްބަކީ އިންސާނީ ހަޔާތަށް ވަރަށް މުހިންމު އެއްޗެކެވެ. ޯލބި ޯހދުމަށް ތަފާތު މީހުން ތަފާތު މަސައްކަތް ކުރެއެވެ. އެތައް ގުރުބާނީއެއް

ވެއެވެ. ޯލބި ނުލިބުމުން ބައެއް މީހުން ޮމޔަ ވެއެވެ. އާވާރާ ވެއެވެ. އެހެން ނަމަވެސް ގެއްލިގެން ދިޔަ ޯލތްބެއްގެ ހަނދާނުގައި ޮބޑެތި ހަރަދުތައް ކުރުމަކީ އިންސާނީ ތާރީހުން ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ. އިންސާނީ ތާރީހުގައި މިފަދަ ކަންތައް ހިނގާފައިވާ ކަމަށް ދެކެވޭ ގިނަ ވާހަކަތަކަކީ ފުޯލކު ވާހަކަތަކެވެ. މިފަދަ ވާހަކަތަކަށް ބާރު ދޭނޭ ހެތްކެއް އަމުދަކުން ނުހުރެއެެވެ. އެހެން ނަމަވެސް އިންޑިޔާގެ އުއްތަރަޕްރަދޭޝްގެ

އާގަރާގައި، މުޣަލް ރަސްގެފާނު ޝާހް ޖަހާން ބިނާ ކުރެއްވި ތާޖްމަހަލް އަކީ ހަގީގަތެކެވެ.

ޝެހެންޝާހް ޝާހް ޖަހާން ތާޖްމަހަލް ބިނާ ކުރެއްވީ އެމަނިކުފާނުގެ ތިންވަނަ އަނބިކަނބަލުން މުމްތާޒު މަހަލްގެ ހަނދާނުގައެވެ. ތާޖްމަހަލް އަކީ އިންޑިޔާގެ މުސްލިމް ފަންނުވެރި ކަމުގެ އެންމެ ފުރިހަމަ މުތީއެވެ. މިއަދު ވެސް މުޅި ދުނިޔޭގައި ވެސް އެފަދަ ދެވަނައެއް ނެތް ބިނާއެކެވެ. އީރާނީ، ތުރުކީ އަދި ހިންދުސްތާނީ ފަރުމާތަކުގެ ހާރެކެވެ. ތާޖްމަހަލްގެ އުމްރާނީ މަސައްކަތް ފެށިފައިވަނީ މީލާދީން

1632 ވަނަ އަހަރުއެވެ. މަސައްކަތް ނިމިފައިވަނީ 1653 ވަނަ އަހަރުއެވެ. ތާޖްމަހަލް އިމާރާތް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންޮގސްފައިވަނީ މިއުމާރީ މުހަންދިސުންގެ ޖަމާއަތެއްގެ ފުރިހަމަ ބެލުމުގެ ދަށުންނެވެ. ތާޖްމަހަލް ފަރުމާ ކުރެއްވި މައި މޭސްތިރިއަކީ އުސްތާދު އަޙްމަދު

ލަހައުރީއެވެ. ތާޖްމަހަލް އަކީ ޯލބީގެ ލާސާނީ ހަނދާނެކެވެ. އެއީ ޝާހް ޖަހާން އެ ރަދުންގެ ޯލބިފުޅުވާ ރަނިކަނބަލުން އަރްޖުމަންދް ބާނޫ ބޭގަމް ނުވަތަ

މުމްތާޒް މަހަލްގެ ހަނދާނުގައި ބިނާ ކުރެއްވި ލަރީހެވެ. އެއީ ޝާއިރުން

އެމީހުންގެ ހިޔާލީ ވަރައިގައި އުދުހިފައި ޮގސް ތިރިޮކށްލަން ބޭނުންވާ ގަނޑުވަރެވެ. ހެނދުނުގެ ހިތްގައިމު ވަގުތުގައި ތާޖުމަހަލް ފެންނަނީ ހިތަށް ފިނިކަން ލިއްބައިދޭ ނަލަ ފިޔާޮތށި ކުލައެއްގައި ވަނިޮކށެވެ. އިރުގެ ތޫނު ޯދދިތަކާ ތާޖްމަހަލް ބައްދަލު

ކުރަނީ ހުދު ކުލައިގެ ސާލެއް ޮއޅާލައިގެންނެވެ. ހަނދުވަރު އަލީގައި ތާޖްމަހަލް ވިދައި ބަބުޅަނީ ރަން ކުލައިގެ ޒަހީރާއަކަށް ވުރެ ވެސް މާ ފުރިހަމަ ޮކށެވެ. އޭ ގަލަމާއެވެ! ތާޖްމަހަލްއާ މެދު މި ލިޔެވޭ ބަސްތައް އިންސާފުން ބޭރު ވެއްޖެ ހެއްޔެވެ؟ ތާޖްމަހަލް

ހާއްސަ ވަނީ އެތައް ޮގތަކުންނެވެ. އެކަމަކު މިހައި މަދު ޮފޅުވަތްތަކަކުން ތާޖް ސިފަޮކށްދޭނީ ވެސް ކިހިނަކުން ހެއްޔެވެ؟ ސާދަވަނަ ދަރިފުޅު ވިހެއުމުގެ ތެރޭގައި

މަރުވި، އަތްނބެއްގެ ހައްގުގައި މީހަކު އެ ވަރުގެ ބިނާއެއް ހަދައިފާނެ ކަމަށް ބުނުމުން ގަބޫލު ކުރާނީ ވެސް ކާކު ހެއްޔެވެ؟ މިއަށް ވުރެ ވަކި އަސަރުގަދަ ޯލބީގެ

ވާހަކައެއް އެއްވެސް ތާކުން އަޑެއް ނީވޭނެއެވެ. އެ ބޭފުޅުން އަވަހާރަވިތާ ތިން ސަތޭކަ އެތައް އަހަރުވެފައިވާ އިރު ހަގީގަތުގައި ޝާހް

ޖަހާން އާއި މުމްތާޒް މަހަލްގެ ގުޅުމާ މެދު އެނގެނީ ޮކން މައުލޫމާތެއް ހެއްޔެވެ؟ އެނގޭހައި ވެސް އެއްޗަކީ ޝާހް ޖަހާން ޮކންމެ ތަނަކަށް ވަޑައިގެންނެވި ކަމުގައި

ވިޔަސް، އަރިހުގައި އަނބިކަނބަލުން މުމްތާޒް މަހަލް ގެންދަވާ ކަމެވެ. ޮލލަށް އިވެނީ ތާޖްމަހަލް އެ ބިނާގެ ދުލުން ކިޔައިދޭ އަފްސާނާއެވެ.

މުމްތާޒު މަހަލް އުފަންވެ ވަޑައިގަތީ 1593 ވަނަ އަހަރުގެ އެޕްރީލު މަހުގެ 14 ވަނަ ދުވަހު ހިންދުސްތާނުގެ އާގަރާގެ ނަވާބީ ހާންދާނަކަށެވެ. އެކަމަނާގެ ފިރިކަލުން އަދި މުޅި ހިންދުސްތާނުގެ ރަސްގެފާނު ޝާހް ޖަހާން އުފަންވެ ވަޑައިގަތީ އޭގެ އެއް އަހަރާއި ހަތަރު މަސް ދުވަސް ކުރީން، 5 ޖަނަވަރީ 1592 ގައި އޭރުގެ

ހިންދުސްތާނުގެ ލާހޫރުގައެވެ. މުމްތާޒު މަހަލް އަވަހާރަވީ 17 ޖޫން 1631 ގައި މަދްޔަޕްރަދޭޝްގެ ބުރްހާންޕޫރުގައެވެ. އޭރު އެކަމަނާގެ އުމުރުފުޅަކީ 38 އަހަރެވެ.

މުމްތާޒް މަހަލް އަވަހާރަވީ ޝާހް ޖަހާން އާއި އެކަމަނާއަށް ލިބިވަޑައިގަތް 14 ވަނަ ބޭފުޅާ ރައްކައުވުމުގެ ތެރޭގައެވެ. އެ ބޭފުޅަކީ ޝެހެޒާދީ ގައުހާރާ ބޭގަމްއެވެ. އެކަމަނާ އަވަހާރަވީ އުމުރުފުޅުން 75 އަހަރުގައެވެ. ހަމަ ޯލފުޅުން ދުވަހަކު ވެސް

މަންމާފުޅު ފެނިވަޑައިގަތުމުގެ ނަސީބު ލިބިވަޑައިގެންފައި ނެތް އިރު، ބައްޕާފުޅުގެ ހަޔާތްޕުޅުގެ އުފާވެރި ދުވަސްތައް ފެނުމުގެ ނަސީބެއް ވެސް

އެކަމަނާއަކަށް ލިބިވަޑައެއް ނުގަތެވެ. މަންމާފުޅު އަވަހާރަވުމަށް ފަހު ބައްޕާފުޅު ޝާހް ޖަހާންގެ ދުނިޔެ ވަނީ ސުވަރުގައަކުން ނަރަކައަކަށް

ބަދަލުވެފައެވެ.ޝާހް ޖަހާންގެ އަސްލު ނަންފުޅަކީ ޚުއްރަމެވެ. އެ

ދުވަސްވަރު އެއީ މުޣަލް ޚާންދާނުގެ ރަސްކަމުގެ ވަލީޢަހްދެވެ. ޝާހް ޖަހާނަށް މުމްތާޒް މަހަލް ފެނިވަޑައިގަތީ ޝާހީ މީނާ ބާޒާރުންނެވެ.

އޭރު އެމަނިކުފާނުގެ އުމުރުފުޅުން އެންމެ ޯސޅަ އަހަރެވެ. މިއީ އާގަރާ ގެ ރަތް ކިއްލާގައި ޮކންމެ އަހަރަކު އެއް ފަހަރު ޮއންނަ ބާޒާރެކެވެ. ޝާހީ ޚާންދާނުގެ އަންހެން ބޭފުޅުން ފިރިހެނުންގެ ކުރިމަތީގައި މޫނު

ބުރުގާ ނާޅުއްވައި އުޅުއްވަނީ މި ބާޒާރުގައި އެކަންޏެވެ. އަރްޖުމަންދުގެ ބައްޕާފުޅު އަބުލްޙަސަން އާޞިފް ޚާނަކީ ޚުއްރަމްގެ ބައްޕާފުޅު އަދި

ާތޖްމަހަލް: ލޯީބގެ އަގު ބޮޑު ހަދިާޔއެއް

Page 21: Sun Magazine 26

21

ާތޖްމަހަލް: ލޯީބގެ އަގު ބޮޑު ހަދިާޔއެއްމުޣަލް ޝެހެންޝާހް ޖަހާންގީރް ގެ އެންމެ އިސް

އަނބިކަނބަލުން ނޫރު ޖަހާން ގެ ޮކއްޯކފުޅެވެ.އަރްޖުމަންދް އިންނެވި ކަޝަކަށް

ޚުއްރަމް ވަޑައިގެން އެ ކަޝަކުގައި ހުރި މުދަލުގެ އަގު އެއްސެވިއެވެ. އަގު ވިދާޅުވީމައި، އަގު ދެއްވާފައި ހުރިހައި މުދާ ބައްލަވައިގަތީއެވެ. ކަޝަކުގެ ވިޔަފާރިއެއްގެ ތެރެއިން ބަދަލު

ކުރެވުނު ޯލބީގެ ޝުއޫރުތައް، އެ ދެ ބޭފުޅުން ގުޅުވައިދިނީ ދުނިޔޭގެ އެއްވެސް ބާރަކަށް، އެ ގުޅުމުގެ ތެރެއަށް ނުވަދެވޭ ވަރަށެވެ. މަރަށް ވެސް ކުރެވުނު ކަމަކީ އެ ދެ ހަށިގަނޑު

ވަކިޮކށްލުމެވެ. އެ ދެ ރޫހުގެ ގުޅުމަކަށް ކުޑަ ވެސް ބަދަލެއް ނުގެނެވުނެވެ.

މުމްތާޒް ބޭގަމާއި ޝާހް ޖަހާންއާ ދެމެދު ޮއތް ޯލބީގެ ގުޅުމަކީ ވަރަށް ވެސް ސާފު، އަދި އިހުލާސްތެރި ގުޅުމެކެވެ. އެ ދުވަސްވަރުގެ ރަސްރަސްކަލުންގެ އަނބިއަނބިކަނބަލުން ހަމައެކަނި ބޭނުންފުޅުވަނީ ރަސްގެފާނުގެ

އަނބިކަނބަލެއްގެ ލަގަބުފުޅެވެ. ރަސްރަސްކަލުން ވެސް އެކަން ދެނެ ވަޑައިގަންނަވައެވެ. އެހެން ކަމުން އަނބިއަނބިކަނބަލުންނަކީ މާ މުހިންމު ބައެއް ކަމަކަށް ރަސްރަސްކަލުން ނުބައްލަވައެވެ. އެހެން ނަމަވެސް ޝާހް ޖަހާނާއި މުމްތާޒް މަހަލްއާ ދެމެދު ޮއތީ އެ ޒަމާނުގެ ރަސްކަލަކާއި އެ ރަސްކަލެއްގެ އަނބިކަނބަލަކާ ދެމެދު

ޮއންނަ ފަދަ ޯދދިޔާ ގުޅުމެއް ނޫނެވެ. އެއަށް ވުރެ މާ ފުރިހަމަ، މާ ހަރުދަނާ، މާ މާތް، މާ ސާފު، މާ އިހުލާސްތެރި ގުޅުމެކެވެ. ރަސްގެފާނު ވަޑައިގަންނަވާ

ޮކންމެ ތަނަކަށް އަރިހުގައި އެކަމަނާ ގެންދަވައެވެ. ހުރިހައި ކަމެއްގައި އެކަމަނާގެ މަޝްވަރާ އާއި ޚިޔާލުފުޅު ޯހއްދަވައެވެ.

ޝާހް ޖަހާންގެ ބައްޕާފުޅުގެ ވެރިކަމުގެ ދުވަސްވަރު އެމަނިކުފާނުގެ މައްޗަށް ވެސް އަނބިކަނބަލުން ނޫރު ޖަހާންގެ ނުފޫޒު ވަރަށް ޮބޑަށް ޮއތް ކަމަށް ވެއެވެ. އެއީ އެންމެން ދަންނަ ކަމެކެވެ. މުމްތާޒް ބޭގަމަކީ ވެސް ވަރަށް ނުފޫޒު ގަދަ ބޭފުޅެކެވެ. އެހެން ނަމަވެސް ޝާހް ޖަހާން

އެކަން ބޭއްވެވީ ވަރަށް ޮބޑު ސިއްރެއްގެ ޮގތުގައެވެ. ބުނެވޭ ޮގތުގައި ޝާހީ ސިއްކަފުޅު ވެސް ޮއންނަނީ މުމްތާޒް ބޭގަމްގެ ބެއްލެވުމުގެ ދަށުގައެވެ. އެކަމަކު ބޭރަށް ފެންނަ ފެނުމުގައި ހުރިހައި ބާރެއް ޮއންނަނީ ޝާހް

ޖަހާންގެ އަތްޕުޅުގައެވެ. ސިއްރު ސިއްރުން ވެރިކަން ހިންގަވަމުން ގެންދެވީ މުމްތާޒް ބޭގަމެވެ. އެހެން ނަމަވެސް އެއްވެސް ކަމެއްގެ ބާރެއް އެ ކަމަނާގެ

އަތްޕުޅުގައި ޮއތް ކަމަކަށް އާންމުންނަކަށް ނުދައްކަވައެވެ. މުމްތާޒް ބޭގަމް އަވަހާރަވުމުގެ އާލާސްކަންފުޅުގައި ޮއންނަވައިގެން

އެ ކަމަނާގެ ބޭފުޅުންނަށް ހެޮޔޮކށް ހިއްތެވުމަށާއި މަންމާފުޅާއި ބައްޕާފުޅު

ދޫޮކށް ނުލެއްވުމަށް އެދިވަޑައިގަތެވެ. މުމްތާޒް ބޭގަމް އަވަހާރަވީމާ ޝާހް ޖަހާންގެ މުޅި ދިރިއުޅުއްވުން ބަދަލު ވެގެން ދިޔަ ކަމީ އެންމެން ދަންނަ ހަގީގަތެކެވެ.

ބަސްފުޅު ވިދާޅުވުން މަދު ވެގެން ދިޔައެވެ. ގިނަ ވަގުތު ހޭދަ ކުރައްވަނީ ޝާހީ ބަގީޗާގެ ތެރޭގައި ގިނިކަންޏާއެވެ.

ތާޖް މަހަލް ހުންނަނީ ޔަމުނާ ޯކރުގެ އައްސޭރީގަ އެވެ. ތާޖް މަހަލް ބިނާ ކުރުމުގެ މަސައްކަތުގައި 20000 މީހުން އުޅުނެވެ. ބިނާޮކށް ނިމުނީ 22 އަހަރުންނެވެ. މަސައްކަތުގައި އުޅުނު 20000 މީހުން ދިރިއުޅެން ކައިރީގައި އާ އަވަށެއް ހެދީ އެވެ. އެ އަވަށް މިހާރު ވެސް ޮއވެއެވެ. އަވަށުގެ ނަމަކީ ތާޖް ގަންޖެވެ. ގަނޑުވަރު ހަދަން ބޭނުންވާ އަގު ޮބޑު ސަންގުމަރުމަރު ހިލަ އާއި

ޖަވާހިރާއި ރަން ގެނެސްފައި ވަނީ އިންޑިއާގެ އެކި ތަންތަނުންނާއި ބޭރުންނެވެ. ގަނޑުވަރުގައި ޖަހާފައިވާ އަގުޮބޑު ސަންގުމަރުމަރު ހިލައިގައި 28 ވައްތަރުގެ

މައުދަން ބޭނުން ޮކށްފައި ވެއެވެ. ތާޖަމަހަލް ގައި ހިމެނެނީ މުހިއްމު ފަސް ބައެކެވެ. އެއީ ދަރްވާޒާ ނުވަތަ މައި ޮދރާށްޓާއި، ބަގީޗާ އާއި، މިސްކިތާއި، ނައްގާރްޚާނާ

ނުވަތަ އަރާމު ކުރައްވާ ތަނާއި، ރައުޒާ ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިނގާ ތަނެވެ. ގަނޑުވަރުގެ އެތެރޭގައި ހުންނަނީ ދެ މަގްބަރާ އެވެ. އެއީ ޝާހް ޖަހާންގެ މަޤްބަރާ އާއި މުމްތާޒް ބޭގަމް ގެ މަގްބަރާއެވެ. ބުނެވޭ ޮގތުގައި ޝާހް ޖަހާންގެ މަގްބަރާ އަކީ އޭނާ އަވަހާރަވުމުގެ ކުރީން އަމިއްލަފުޅަށް އަމުރު ކުރައްވައިގެން ހެއްދެވި ތަނެވެ. އަވަހާރަވީމާ އެ ތާނގައި ވަޅުފުޅުލާން އަމުރު ކުރެއްވި ކަމަށް

ވެއެވެ. )ޯނޓް: މި ލިޔުމުގެ ބައެއް ބައިތައް ނަގާފައިވަނީ "ސުލްތާން" ލިޔުއްވާފައިވާ ލިޔުއްވުމަކުންނެވެ.(

Page 22: Sun Magazine 26

22

ވެރިން ކަންކަން ނިންމަނީ އެނާއަށް އެކިޮގތްޮގތުން ޯފރުޮކށްދެވޭ މައުލޫމާތުގެ މައްޗަށް

ބިނާޮކށެވެ. އަދި މި މައުލޫމާތަކީ ރަނގަޅު މައުލޫމާތަށްވުމާއި ޯފރުޮކށްދެވެނީ

ރަނގަޅު ވަގުތުގައި ކަމުގައި ވުމަކީވެސް ވެރިޔާއަށް ދެވޭ އިތުރު އެހީތެރިކަމެކެވެ.

ޮކންމެ ކަހަލަ ހިދްމަތެއްދޭ މުއައްސާސައެއްކަމުގައި ވިޔަސް، އެއީ ވިޔަފާރި

މަރުކަޒެއްކަމުގައި ވިޔަސް އަދި މަދަނީ ޖަމިއްޔާއެއް ކަމުގައި ވިޔަސް ކަންކަން

ނިންމުމަށް ވެރިޔާ ނިހާޔަތަށް މައުލޫމާތު ބޭނުންވާނެ އެވެ. މިމައުލޫމާތު ވެރިޔާއަށް

އެންމެ ފަސޭހައިން ލިބެން ހުރި އެއްދިމާއަކަށް ވާނީ އޭނާއަށް އެހީތެރިވެދޭން ތިބި

މުއައްޒަފުންނެވެ. މިޓީމްގައި ތިމާ ހިމެނޭޮގތަށެވެ. ނަމަވެސް ފުރުތަމަ ދެނެގަންނަން

ޖެހެނީ ޮބސް ހެލްޕެއް ބޭނުންޯތއެވެ.

އެކި މުއައްސަސާތަކުގައި މައުލޫމާތު ޯފރުޮކށްދިނުމުގެ ވެށި ތަފާތުވާނެވެ. ނަމަވެސް

ޮކންމެވެސް ލެވެލްއެއްގައި މިމަސްއޫލިއްޔަތު ތިމާގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭނެ

އެވެ. ބައެއް މަރުކަޒުތަކުގެ މުއައްޒަފުންގެ ޮއނިގަނޑު ކަނޑައަޅާފައި ޮއންނަ

ޮގތުން ޑިޕާރޓްމަންޓެެއްގެ އިސްވެރިޔާއަށް ސީދާ ރިޯޕޓް ކުރަންޖެހޭ މުއައްޒަފަކަށް

ތިމާ ނުވެދާނެއެވެ. މިސާލަކަށް ފުލުހުން، ނުވަތަ ސިފައިން އަދި ވިޔަފާރި ބަައެއް

ކުންފުނިތަކުގެ ޮއނިގަނޑު ހަމަޖައްސާފައި ހުންނާނީ މިޮގތަށެވެ. ބަރިބަރިއަށެވެ. އަދި

ޮކންމެ ބަރިއަކަށް ޒިންމާވާ ވެރިއެއް ހުންނާނެ އެވެ. އެހެންކަމުން ތިމާ ރިޯޕޓް

ކުރަން ޖެހޭ ޮކންމެވެސް ވެރިއެއް ހުންނާނެއެވެ. ޖޫނިއަރ މުއައްޒަފުން ރިޯޕޓް

ކުރަންޖެހޭ ވެރިޔާ އަކީ މެނޭޖްމަންޓްގެ އެންމެ މަތީ ހަރުފަތުގައި ތިބިވެރިން ކަމުގައި

ނުވެދާނެއެވެ. ނުވަތަ ޑިޕާޓްމަންޓެއްގެ ވެރިޔަކަށް ވެސް ނުވެދާނެއެވެ. އަދި ހުރިހާ

ކަމެއް ނިންމާނީކީ އެންމެ މަތީފަންތީގެ ވެރިންނާއި ހަމައިންނެއްވެސް

ނޫނެވެ. ހުރިހާ ދަރަޖައެއްގައި ވެސް އެންމެ އިސްޮކށް ހުންނަމީހަކު

ކަންކަން ނިންމަންޖެހޭނެ އެވެ. ނިންމާނެއެވެ. އޭނާ މައުލޫމާތު ވެސް

ބޭނުންވާނެ އެވެ.

ނުވެވެސް ވެރިޔާ އާއި ވެރިޔާ ބޭނުންފުޅު

ހިއްސާކުރަން

ޖެހޭ

ބޮސް ހެލްޕެއް ބޭނުންތަ ؟މައުލޫމާތު ހުންނާނެ އެވެ. ވެރިޔާ ނިންމަން ޖެހޭ ހުރިހާ ކަމަކާ ބެހޭ މައުލޫމާތު

އޭނާގެ ކިބައިގައި ހުރެދާނެބާއެވެ؟ ނުވަތަ ހުރުން ލާޒިމު ބާވައެވެ؟ ޮކންމެހެން

ހުރުން ލާޒިމެއް ނޫނެވެ. އެހެންކަމުން ތިމާގެ އިލްމާ، ތަޖުރިބާ އާއި މަސައްކަތް

ކުރުމުގައި މުއާމަލާތް ކުރެވޭ ފަރާތްތަކުން ލިބޭ މައުލޫމާތުތަކެއްގެ މައްޗަށް

ބިނާޮކށް ވެރިޔާ އާއި މައުލޫމާތު ހިއްސާކުރަން ޖެހެއެވެ. ވެރިޔާއާއި އެކު ކުރެވޭ

މި މުއާމަލާތުން ތިމާއަށް ލިބޭ ފައިދާއަކީ ތިމާ މަސައްކަަތަށް ހުރި ޝައުގުވެރިކަމާއި

މަސައްކަތް ކުރަނީ ދެނެ އެނގިގެން ކަމާއި، ގާބިލްކަމާއި އަދި މަސައްކަތަށް

ބޭނުންވާ ހުނަރު އެބަހުރިކަން ވެރިޔާއަށް އެނގިގެން ދިއުމެވެ.

އަނެއް ޮގތަކީ ކަންކަން ނިންމުމަށް ބޭނުންވާ މައުލޫމާތުތައް ޯހދައިދިނުމަށް ސީދާ

ވެރިޔާ ތިމާގެ ކިބައިން އެދުމެވެ. އަދި މިމައުލޫމާތުތައް ބޭނުންވާ ވަގުތުގައި

ޯފރުޮކށްދެވުމަކީ ވެރިޔާ ތިމާގެ މައްޗަށް ބަޯރސާވެ އިތުބާރު ކުރާނެ ކަމެކެވެ. މިހެން

ވެއްޖެނަމަ ވެރިންގެ މެދުގައި މުވައްޒަފުންގެެ ކުރިއެރުމުގެ ވާހަކަ ދައްކާއިރު ތިމާގެ

ނަންނުގަނެވިއެއް ނުދާނެއެވެ. ކުރިއެރުން ލިބުމާއި ނުލިބުން އެއީ އެހެންކަމެކެވެ.

ނަމަވެސް ވެރިންނާ މައުލޫމާތު ހިއްސާކުރުމަކީ އޭގައި ޮގންޖެހުންތަކެއް ހުރި ކަމެކެވެ.

އެ މައުލޫމާތަކީ ރަނގަޅު މައުލޫމާތަށް ވާން ޖެހެއެވެ. މައުޟޫ އާއި ނުގުޅޭ ބޭކާރު

ވާހަކަތައް ނުހިމެނުން މުހިންމެވެ. ވެރިޔާ ބޭނުންވާ ޯފމެޓުގައި ސާފު އިބާރާތުން

ހުރުން މުހިންމެވެ. އަދި އެ މައުލޫމާތު ދެވެނީ އެންމެ އެކަށީގެންވާ ދަނޑިވަޅު

ނުވަތަ ވަގުތުގައި ކަމުގައި ވުމަކީ ވެސް މުހިންމު ކަމެކެވެ. ސަބަބަކީީ ވެރިޔާ އަކީ

އަވަދި ނެތި އުޅޭ މީހެކެވެ. އަދި ގިނަފަހަރު

މައުލޫމާތުގެ ތެރެއިން ވީ ޮހވާނެ

ވަގުތެއް ވެރިޔާއަކަށް ޯނންނާނެ

އެވެ. މިސާލަކަށް ތަފާސް

ހިސާބުގެ އަދަދުތަކެއް ޮރލާ

ވެރިޔާއަށް ދީފިނަމަ

ޮއޅުންއަރައި

Page 23: Sun Magazine 26

23

ނިންމަންޖެހޭ ކަންކަން ދިގުލައި ލަސްވެގެން ދާނެއެވެ. އަދި އިތުރު ހާސްކަމެއްގެ

ތެރެއަށް ވެރިޔާ ހުށަހެޅިގަން ދާނެ އެވެ. ވެރިޔާއާއި ހަމައަށް އަންނަން ޖެހޭނީ

ޖުމުލަ އަދަދު ތަކެވެ. ޖުމުލަ އަދަދަށް ވާސިލުވުމަށް ކުރަންޖެހޭ މަސައްކަތަކީ ތިމާގެ

މަސައްކަތެކެވެ. މިއީ ތިމާގެ ގާބިލުކަން ސާބިތުޮކށްދޭ ވަގުތެވެ.

ވެރިޔާގެ ޓީމްގައި ތިމާ ތިހުރީ މުއައްސަސާގެ ކަންކަން ނިންމުމަށް ވެރިޔާއަށް

ބޭނުންވާ މައުލޫމާތު ޯހދައިދީ ވެރިޔާއާއި ހިއްސާކުރުމަށް ކަމަށް ވާއިރު ތިމާ އެއްކުރި

މައުލޫމާތަކީ ވެރިޔާއަށް ބޭނުންހިފޭނެ މައުލޫމާތުޯތ ސުވާލު އުފެދި ދާނެއެވެ؟ އަދި

ވެރިޔާގެ އެދުމަކާ ނުލައި އަތުގައި ހުރި މައުލޫމާތު ހިއްސާ ކުރަން އެންމެ ރަނގަޅު

ވަގުތަކީ ޮކބާޯތ ވެސް ސުވާލު އުފެދޭނެ އެވެ؟ މިކަމުގެ ހައްލަކީ ތިމާ އަމިއްލައަށް

ތިމާ އަތުގައި ހުރި ޑާޓާތަކުގެ ބޭނުންތެރިކަމާ މެދު ސުވާލު އުފެއްދުމެވެ. އަދި މި

މައުލޫމާތަކީ ވެރިޔާގެ ޝައުގެވެރިކަން ހުންނާނެ އެއްޗިއްސަށް ހެދުމެވެ. ވެރިޔާގެ

ވައްޓަފާޅިއާއި ޮގތްފާޑު ޯހދައި ދަސްކުރުމެވެ.

ވެރިޔާ ބޭނުންވާޮގތް ޯހދުން.

ވެރިޔާ ބޭނުންވާޮގތް ޯހދުމަށް އެންމެ ފަސޭހަ ޮގތަކީ އަހައި ޮއޅުން ފިލުވުމެވެ.

މައްސަލައަކާއި ބެހޭޮގތުން މައުލޫމާތު އެއްކުރެވިފައި ހުރިނަމަ އެކަން

ހިއްޞާކުރުމެވެ. މިސާލަކަށް: ޖަނަރޭޓަރެއް ޯހދުމުގެ މަސައްކަތް ކުރެވެމުން

ދާނަމަ، ރާއްޖޭން ލިބެންހުންނަ ޖަނަރޭޓަރުގެ ވައްތަރުތަކާއި އެތަކެތި ވިއްކާ ޯސލް

ޑިސްޓްރިބުއުޓަރުންގެ މައުލޫމާތު ވެރިޔާއާއި ހިއްޞާ ކުރެވިދާނެއެވެ. ހަރަދު ކުޑަޮގތާއި

ލާއިގު މަގު އަންގައިދޭން ވާނެއެވެ. އެހެންކަމަށް ވަނީނަމަ ތިމާގެ މައުލޫމާތު

ބައްޓަން ކުރަންވާނީ މަގުސަދު ހާސިލުވާ ޮގތަށެވެ. އަދުގެ މާހައުލު މިދަނީ ދުވަހުން

ދުވަހަށް ބަދަލުވަމުންނެވެ. މިބަދަލުތަކުގެ މައުލޫމާތު ތިމާގެ ކިބައިގައި ހުރެގެން ނޫނީ

ވެރިޔާއަށް އެންމެ ރަނގަޅަކަށް އެހީތެރިއެއް ނުވެވޭނެއެވެ. ވެރިޔާގެ ކިބައިން އިތުބާރު

ހިފުމަށް ފުރުޞަތު ޯހދާށެވެ.

އެންމެ ރަނގަޅުވަގުތަކީ ޮކބާޯތ؟

ބައެއް ކަންތަކަކީ ނުހަނު އަވަހަށް ކުރަންޖެހޭ ކަންކަމެވެ. މިސާލަކަށް ގެއަކުން

ޮބޑުވައްކަމެއް ހިނގީއެވެ. މިއީ އަމިއްލަ ފަރުދަކަށް ވަރަށްޮބޑު ގެއްލުމެއް ވާނެ

ކަމާމެދު ޝައްކެއް ޮއތްކަމެއް ނޫނެވެ. ނަމަވެސް މިފަދަ ވައްކަން އާންމުނަމަ މިއީ

ގައުމުގެ އަމަނަށް ހުރި ނުރައްކަލަކަށް ވެސް ވެދާނެ އެވެ. މިވައްކަމުގެ މައްސަލަ

ބަލައި ފުލުހުން މިމައްސަލަ ފަރުދެއްގެ މައްސަލައެއް ކަމުގައި ނުބަލައި، ގައުމީ

މައްސަލައެއްގެ ޮގތުގައި ބަލައި، ރިޯޕރޓް ކުރަންޖެހޭ ވެރިޔާއަށް ވަގުތުން ވަގުތަށް

މައްސަލައިގެ ޙަގީގަތް ޯހދެމުންދާޮގތުގެ ތަފްސީލު ދެވޭނަމަ ގައުމުގެ އަމަނަށް

މިއައިސްގެން އުޅޭ ޮލޅުން ކުޑަކުރެވި އާންމުންގެ ހިތުގައި ޮއތް ނުތަނަވަސްކަން

ފިލުވައިދިނުމަށް ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ވެރިޔާއަށް އެހީތެރިވެ

ދެވުނީއެވެ. އެންމެ ރަނގަޅު ވަގުތަކީ ޮކބައިޯތއެެވެ؟ އެމައްސަލަ ހިނގަމުންދާ

ވަގުތު ވެރިޔާއަށް ރިޯޕޓު ކުރުމެވެ. މައްސަލައިގެ ބާވަތުގެ ޖުމުލަ ތަފާސް ހިސާބު

ވެރިޔާގެ ސަމާލުކަމަށް ގެނައުމެވެ. އާންމުންގެ ހިތުގައި ނުތަނަވަސްކަން ވެރިވެފައިވާ

ވަގުތެއްގައި ހިޔާލުދޭން ވާނީ ރައްޔިތުނާއި ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭ

ޮގތުންނެވެ. ތިމާގެ ވިސްނުން ކުރިޔަށް ނެރެވުނީ އެވެ.

ތިމާގެ ހިޔާލު ގަބޫލުކުރާނެބާ؟

ކަމަކާމެދު ނުވަތަ މައްސަލައެއް ހައްލުކުރުމަށް ތިމާގެ ހިޔާލު ވެރިޔަކަށް ހުށަހެޅުމުގެ

ކުރިން ހަފަރާތުން ވިސްނާފައި ނޫނީ ހުށަހެޅުން ރަނގަޅެއް ނުވާނެއެވެ. އަމަލީޮގތުން

ކަންކުރާއިރު ދިމާވާނެ ޮގންޖެހުންތައް އެނގެން ވާނެއެވެ. އަދި އެޮގންޖެހުންތައް

ގިރާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ޕްލޭންއަކާއެކު ހިޔާލު ހުށަހަޅާށެވެ.

ހާވިޔާ ހުށަހެޅުމަކަށްވުރެ ކުރަންވީ ކަންކަމާއި އެކު ފުރިހަމަޔަށް ތައްޔާރުކުރެވިފައިވާ

ހުށަހެޅުމަކަށް ވެރިޔާގެ ސަމާލުކަމާއި ފެހި ސިގްނަލު ލިބުން މާ ގާތް ވާނެއެވެ.

އަދި ވެރިޔާއަށް މުހިންމުވާ މައްސަލައަކަށް ރިޢާޔަތް ކުރެވިފައިވާ ހުށަހެޅުމަށް ވެރިޔާ

ފުރަގަސް ދިނުން ދުރުވާނެއެވެ. އެހެން ކަމުން ތިމާގެ އަމިއްލަ ލަނޑުދަނޑިތަކަށް

މަސައްކަތްކުރާ ހިޔާލުތައް ހުށަހެޅުމުން ދުރުވުން ބުއްދިވެރިއެވެ. މިޮގތަށް ކަންކުރުމުން

އެފުރުޞަތު ދާދި އަވަހަށް ޚުދު ވެރިޔާގެ ފަރާތުން ތިބާއަށް ހުޅުވިގެން ދާނެއެވެ.

ކަނޑައެޅިގެން ނުކުރަންވީ ކަމަކީ ޮކބައިޯތއެވެ. ތިމާގެ ހިޔާލު ގަބޫލު ކުރުމަށް

ވެރިޔާއަށް ޕްރެޝަރުދިނުުމެވެ. ރަނގަޅު ހިޔާލެއް ޮއވެއްޖެނަމަ ފުރިހަމަ ހުށަހެޅުމެއް

ތައްޔާރުޮކށް ވެރިޔާއަށް ޯފރުޮކށްދިނުން އެއީ ތިމާގެ ޒިންމާއެކެވެ. އެކަމުގެ

ހިތްހަމަޖެހުމާއި އުފާ ލިބިގަންނާށެވެ. ހުށަހެޅުން ގަބޫލުކުރުމާއި ނުކުރުން އެއީ

ވެރިޔާގެ ޒިންމާއެކެވެ. ޕްރެޝަރު ދިނުމަކީ ތިމާގެ ވެއްޓުމަވެ.

ކަންކަން ނިންމުމުގައި ވެރިޔާއަށް އެހީތެރިވެދިނުމަކީ ތިމާގެ ވަޒީފާގެ ޒިންމާގެ

ތެރޭގައި ހިމެނޭކަމެވެ. އަދި މިއީ މަސައްކަތްކުރާ މުއައްސަސާގެ ވެސް ހައްގުގައި

ކުރެވޭ ކަމެއްކަމަށް ދެކޭށެވެ. ކުރިމަގުގައި މިކަމުގެ ފައިދާ ތިމާއަށް ކުރާނެކަމީ

ޝައްކެއް ޮއތް ކަމެއް ނޫނެވެ.

ވެރިންގެ ބަހާތައް.

ވެރިންނަށް އެހީތެރިވާއިރުު ވެރިންގެ ހިންގުމުގެ ވައްޓަފާޅި އާއި މަސައްކަތްކުރާ

މާހައުލު ދެނެގަނެފައި ޮއތުމަކީ މުހިންމުކަމެކެވެ. އެހެން ނޫނީ ކުރެވޭ މަސައްކަތްވާނީ

ފޫނެއް ފަޔަކަށް ފެންފުރުން ކަހަލަކަމަކަށެވެ. ކުރާކަންތަކުން ދިމާވާނީ މުޅިންވެސް

ހިތްނުތަވަސްވާނެހާ ކަންކަމެވެ.

ސައިޮކޮލޖީގެ ޮރނގުން Phd ހަދާފައިވާ Dr.William Glaser ޝާޢިއުޮކށްފައިވާ

ޮފތެއްކަމުގައިވާ Choice Theory ގައި ބަޔާންޮކށްފައިވާ ޮގތުން ހިންގުން ބެހެނީ ދެ

ބަޔަކަށެވެ. އެއީ "ޮބސް ހިންގުމާއި" "ވެރިޔާ އިސްނަގައިގެން ހިންގުމެވެ."

ޮބސްހިންގުމުގެ ވައްޓަފާޅީގެ މައިގަނޑު އަސާސަކީ މުއައްޒަފުން ޮބސްދެކެ

ޖެހިލުންވެތިބެ މަސައްކަތް ކުރުމެވެ. ކުރަންވީ މަސައްކަތް ބުނާނީ ވެރިޔާއެވެ.

އެކަމަކު ކުރާޮގތަށްވުރެ ރަނގަޅަށް ކުރުމަށް މަގެއް ދައްކައެއް ނުދޭނެއެވެ. ވެރިޔާއަށް

ޮގތްކިޔައިދީ ޚިޔާލު ހުށަހެށުމެއް ޯނންނާނެއެވެ. މިޙާލަތުގައި މުއައްޒަފުން ތިބޭނި

އަވަހަށް މަސައްކަތް ނިންމުމަށް ދަނޑިމާރު އަޅާފައެވެ. ފެންވަރަށްވުރެ އިސްކަން

ދެވޭނީ އަދަދު ހަމަކުރުމަށެވެ. ގަޑި ފުރުމަށެވެ. ޖެހިލުންވެ ތިބެގެން ނަމަވެސް ބަލާނީ

އެންމެ ކުޑަޮކށް މަސައްކަތް ޮކށްލައިގެން ފަރުޖައްސާލެވޭޯތއެވެ. އަދި ވެރިޔާއާއި

ޚިޔާލު ތަފާތުވުމުގެެ ފުރުޞަތެއް ނުދޭނެއެވެ. ބިރުދައްކައި އަދަބުދީގެން ވެސް ވެރިޔާގެ

އެޖެންޑާ ކުރިއަށް ނެރޭނެއެވެ. މިފަދަ މާހައުލެއްގައި އިވޭނީ އެންމެ އަޑެކެވެ. އެއީ

ވެރިޔާގެ އަޑެވެ. ވާހަކަ ދައްކާނީ ވެސް ޯޖކު ކިޔާނީވެސް ވެރިޔާއެވެ.

ވެރިޔާ އިސްނަގައިގެން ހިންގާ ވައްޓަފާޅިއަކީ ވެރިޔާއާއި މުއައްޒަފުންނާއި

ގުޅިގެން ހިނގާ ނިޒާމެކެވެ. މީގެމައިގަނޑު އަސާސަކީ މުއައްޒަފުންނަށް ހެޮޔޮކށް

ކަންތައް ޮކށްދީ އެމީހުންގެ ފަރާތުން ވެރިޔާ ބޭނުނުންވާ ކަންކަން ޯހދައި، ނަތީޖާ

ނެރުމަށް އަދި ލަނޑުދަނޑި ހާޞިލު ކުރުމަށް މުއައްޒަފުނަށް ބަޯރސާވެފައި ޮއތުމެވެ.

މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް ތެދުވެރިކަމާއެކު މުއައްޒަފުންނާއި ވެރިޔާ

މަޝްވަރާ ކުރާނެއެވެ. އަދި މަސައްކަތުގެ ފެންވަރު ރަނގަޅުޮކށް ހަރަދު ކުޑަކުރުމަށް

މުއައްޒަފުންދޭ ހިޔާލު އަޑުއަހާނެއެވެ. މިފަދަ ވެރިންނަށް މަޝްވަރާ ހުށަހަޅައި،

މައުލޫމާތުޯފރުޮކށްދީ، ޚިޔާލުބަލަދުކުރުމުގެ މާހައުލެއް ތަނަވަސްވެފައި ޮއންނާނެ އެވެ.

ވީމާ، ވެރިންގެ ޮގތްފާޑު އަދި ވައްޓަފާޅި އެބަ އެނގެން ޖެހެއެވެ. ވެނިންނަށް

މައުލޫމާތު ޯފރުޮކށްދިނުމުގެ އެންމެ މުހިންމު އަސާސަކީ ވެރިޔާ ދެނެގަތުމެވެ.

މައުލޫމާތު ޯހދައި، އެއްޮކށް، ބައްޓަންކުރުމަކީ ފަހުގެ ކަމެކެވެ. އެހެންނޫންޯތއެވެ؟

Page 24: Sun Magazine 26

24

އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރި ދީޕިކާ ޕަޑުޯކން މިހާރު ތައްޔާރު ވަމުން ދަނީ ލަންޑަނުގައި

2012 ގައި ބާއްވާ ޮއލިމްޕިކްސްއާ ގުޅިގެން، ކުޅިވަރަށް ޒުވާނުން ޝައުގުވެރި ކުރުވުމުގެ ޮގތުން ހިންގޭ

ހަރަކާތްތަކުގައި އިސް ދައުރެއް އަދާ ކުރުމަށެވެ. ދީޕިކާ އަކީ ވަރަށް ގިނަ ޒުވާނުންގެ މެދުގައި މަގުބޫލު

ތަރިއަކަށް ވާތީ، ކަމަކަށް ޒުވާނުން ޝައުގުވެރި ކުރުވާ ނަމަ ދީޕިކާ ފަދަ ތަރިންގެ ބޭނުން ހިފަން ޖެހޭނެ

ކަމަށް މި ހަރަކާތްތައް އިންތިޒާމު ކުރާ ފަރާތްތަކުން ބުނެއެވެ.

ދީޕިކާ އަކީ ވެސް ކުޅުމަށް ވަރަށް ޮބޑު ޝައުގުވެރިކަމެއް ބަހައްޓާ ތަރިއެކެވެ. ދީޕިކާގެ

ބައްޕައަކީ އިންޑިޔާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިއެއް ކަމުގައިވާ ޕްރަކާޝް ޕަޑުޯކންއެވެ.

"އަހަރެން އެންމެ ޯލބި ކުރަނީ ކުޅިވަރަށް. އެހެން ކަމުން ކުޅިވަރު ކުރިއެރުވުމަށް ކުރެވޭ ޮކންމެ

މަސައްކަތެއްގައި އަހަރެން ބައިވެރިވާނަން. އަދި އަހަރެމެންގެ ގައުމުގައި ޮމޅު ކުޅުންތެރިންތަކެއް އުފެދުމަކީ

އަހަރެން ވަރަށް ޮބޑަށް އެދޭ ކަމެއް." ދީޕިކާ ބުންޏެވެ.

އުމުރުން 25 އަހަރުގެ ދީޕިކާގެ މި އައު މަސައްކަތުގައި ވެސް އޭނާ ވާނީ ތަރިއަކަށް ކަމުގައި

އޭނާ ދަންނަ ގިނަ މީހުން ބުނެއެވެ.

ކުޅިވަރު ކުރިއެރުވުމަށް ީދޕިާކ

މަޝްހޫރު ފިލްމީ ތަރި ސައިފް ޢަލީ ޚާން އަކީ ޝާހީ ޢާއިލާއަކަށް ނިސްބަތްވާ ފަރާތެއް

ކަމާއި، އޭނާގެ މަންމަ ޝަރްމީލާ ޓޭޯގރ )ބޭގަމް އައިޝާ ސުލްތާނާ(ގެ އެއް ހޫރު ޮބޑުބޭބެއަކީ އިންޑިޔާގެ

ގައުމީ ސަލާމްގެ ޝާއިރު އަދި ޯނބެލްގެ އިނާމު ލިބިފައިވާ މަޝްހޫރު ފައިލަސޫފް ރަބިންދްރަނާތު ޓޭޯގރ

ކަން ގިނަ މީހުންނަކަށް ނޭނގެއެވެ. އިންޑިޔާގެ ހަރިޔާނާ ސްޓޭޓުގެ ގުޑްގައުމުގެ ޕަޓައުދީގެ ވެރިކަން

ހިންގަމުން ޒަމާނުއްސުރެ އައީ ސައިފްމެންގެ އާއިލާއިންނެވެ. އިސްޮކށް ހުންނަވާ ބޭފުޅާއަކީ ޕަޓައުދީގެ

ނަވާބެވެ. އިންޑިޔާ ޖުމްހޫރިއްޔަތަކަށް ވުމުން ނަވާބުންގެ އަތުގައި ޮއތް ވެރިކަމުގެ ބާރު ކެނޑިގެން

ދިޔަޔަސް، އަދިވެސް އާދައެއްގެ ޮގތުން އެ ލަގަބު ދަނީ ބޭނުން ކުރެވެމުންނެވެ. ސައިފަކީ ނަވާބް އިފްތިޚާރު

ޢަލީ ޚާން ޕަޓައުދީގެ ދަރިކަލުން ނަވާބް މަންޞޫރު ޢަލީ ޚާން ޕަޓައުދީގެ ދަރިކަލެކެވެ. ސައިފުގެ ކާފަ

އިނގިރޭސިވިލާތުގެ ގައުމީ ޓީމަށާއި އިންޑިޔާގެ ގައުމީ ޓީމަށް ކުޅުއްވައި އަދި އިންޑިޔާގެ ކްރިކެޓް ޓީމުގެ

ކެޕްޓަންކަން ކުރައްވައިފައިވާއިރު، ސައިފްގެ ބައްޕަ ވެސް ވަނީ އިންޑިޔާގެ ގައުމީ ކްރިކެޓް ޓީމުގެ

ކެޕްޓަންކަން ކުރައްވާފައެވެ. ސެޕްޓެންބަރު 22، 2011 ގައި ސައިފްގެ ބައްޕަ އަވަހާރަވުމުން ސައިފަށް

މިހާރުވަނީ ޕަޓައުދީގެ ނަވާބު ކަމުގެ ލަގަބު ލިބިވަޑައިގެންފައެވެ. އެހެންކަމުން މިހާރު އެއީ ނަވާބް ސައިފް

ޢަލީ ޚާން ޕަޓައުދީއެވެ. ސައިފް ވިދާޅުވަނީ ނަވާބް ކަމާއެކު މިހާރު ވެރިކަމުގެ ޒިންމާތަކެއް ޮކނޑުގައި

ނޭޅުނަސް، ނަވާބެއްގެ ހައިސިއްޔަތުން ވަރަށް ގިނަ ޒިންމާތަކެއް އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

)ޮފޯޓގައި: ނަވާބް ސައިފް ޢަލީ ޚާން ޕަޓައުދީ ސަގާފީ ފަގުޑިޮކޅު ތުރުކުރައްވައިގެން(

ޕަޓައުީދގެ އައު ނަާވބަކަށް ސައިފް

Page 25: Sun Magazine 26

25

Page 26: Sun Magazine 26

26

ކޮާމކޯޅި

ާފން ސިކުނީޑގެ ޠޫ

)ކުރީގެ އަދަދާ ގުޅޭ( ޖީ.އެސް.ޓީ ނެގުމަކުން ވިޔާފާރިވެރިންނަށް އެކަމުގެ

އަސަރު ސީދާ ނުޮކށްފާނެއެވެ. އެހެންނަމަވެސް ރައްޔިތުންނަށް އަންނަނީ

އެއްފަހަރާ ތިން އެތިފަހަރެކެވެ. ގަންނަ ޮކންމެ އެއްޗެއްގެ އަގުގެ ތެރެއަށް

އިންސައްތަ 3.5 އިތުރުވެގެން އޭގެ ތެރެއަށް ޮޑލަރު ލިބެން ހުންނަތަަނަކުން

ލިބެންހުންނަ އަގަކަށް ގަތުމުގެ ޚަރަދު އިތުރުވެގެން އަދި އޭގެ ތެރެއަށް

ޑިއުޓީއަށް ދައްކަންޖެހޭ ފައިސާވެސް އަގުގެ ތެރެއަށް އެއްވެގެން އައުމެވެ.

ޖީ.އެސް.ޓީ. ހިލޭވުމަކީވެސް ޮއޅުން ނުފިލާ އަރަތައެކެވެ. ކުރުނބައާއި

ކާށިން ޖީ.އެސް.ޓީނެގެއެވެ. ގަބުޅިއަކުން ނުނެގެއެވެ. ކަމާއިބެހޭ ފަރާތުން

ކުރުނބާ އާއި ކާއްޓާ ދެމެދު ޮއންނަ މަރުހަލާ ޤަބޫލު ނުކުރައްވަނީކަމަށް

ވެދާނެއެވެ. ޙަޤީޤަތަކީ ގަބުޅީގެ މަރުހަލާއެއް ޮއންނަކަމެވެ. ހަމައެކަނި ގަބުޅީގެ

ބޭނުންޮކށްގެން އުފައްދާ ތަކެތި ވެސް ހުންނަކަމެވެ. ހަވާދުތަޅާ މީހާގެ

ހަވާދު ޖީ.އެސް.ޓީ ހިލެއެވެ. އެހެންނަމަވެސް މޫދު ޮލނު ގަނޑުޮކށްގެން

މަސްވެރިންނަށް ވިއްކާ އައިސްގެ ޖީ.އެސް.ޓީ. ހިލެއެއްނުވެއެވެ. މޭވާގެ ހުރިހާ

ބާވަތެއްގެ ޖީ.އެސް.ޓީ. ހިލޭއެވެ. ތަރުކާރީގެ ތެރެއިން ޮޓމާޯޓ އާއި ކެބޭޖް

އާއި ބީންސް އިން ޖީ.އެސް.ޓީ ހިލޭވެއެވެ. އެހެންނަމަވެސް ބަނބުކޭލުން

ޖީ.އެސް.ޓީ. ނަންގަވައެވެ. މުއާސަލާތީ )ޓެލެޯފނާއިގުޅޭ( ހުރިހާ އެއްޗަކުން

ޖީ.އެސް. ޓީ . ހިލެއެވެ. ހައްޖާއި ޢުމްރާ އަށް ކުރާ ދަތުރަށް ޖީ.އެސް.ޓީ

ދައްކަންޖެހެއެވެ. ރަގަޅު ރެސްޮޓރާންޓަކުން ކެއުމަށްފަހު ދައްކާ ސަރވިސް

ޗާޖުންވެސް ޖީ.އެސް.ޓީ ނެގެއެވެ. އޭގެ މާނައަކީ ޚިދުމަތުލިބިގަންނަ މީހާ

ޚިދުމަތަށް އަގުދައްކާއިރު "ބަކްޝިޝް" އަށް ދޭ ލާރިޮކޅުވެސް ޖީ.އެސް.

ޓީ. ގިންތީގެތެރޭގައި ހިމެނުމެވެ. ސީދާ ސާފު ކިރު ޖީ އެސް.ޓީ ހިލެއެވެ.

ކަޅުސައިތަށި ޖީ އެސް.ޓީ ހިލެއެވެ. އެހެންނަމަވެސް އެއަށް އެހެން އެއްޗެއް

އެއްޮކށްފިނަމަ ޖީ.އެސް.ޓީ ހިލެއެއްނުވެއެވެ.

ކުއްޔަށްދޭ އިމާރާތްތަކުން އަހަރަކު ފަސްލައްކަ ރުފިޔާއަށްވުރެ

ޮބޑު އާމްދަނީއެއް ލިބޭނަމަ އެފަރާތަކުން ވިޔަފާރީގެ ފައިދާގެ ޓެކްސްއެއް

ދައްކަންޖެހެއެވެ. އެފަދަ އިމާރާތަކީ ބޭންކު ދަރަނި ދައްކަންޖެހޭ

އިމާރާތަކަށްވިޔަސް ޓެކްސް ނެގުމުގެ ހިސާބުގައި އުނިކުރެވެނީ ބޭންކު

އިންޓަރެސްޓް އަށް ދައްކަންޖެހޭ ފައިސާގެ އަދަދެވެ. އޭގެ އިތުރަށް ބޭންކަށް

ދައްކަންޖެހޭ ޖުމުލަ އަދަދު ބަހާލަނީ 25 އަހަރަށެވެ. މިޮގތަށް ބަހާލުމުން

އަހަރަކަށް ޖެހޭވަރު އުނިކުރެވޭނެކަމަށްވެއެވެ. ބައެއް ޮބޑެތި ޯލނުތަކުގައި

އެ އަދަދަކީ ބޭންކަށް ދައްކަންޖެހޭ އަދަދަށް ވުރެ ކުޑަ އަދަދަދަކަށްވާނެކަން

ޔަޤީންވާކަމަށް ދެންނެވުމުން މީރާއިން ވާހަކަ ދެއްކެވި ފަރާތުން ވިދާޅުވީ

މަދުވާ ފައިސާ އެހެން ވިޔަފާރިއަކުންނެރޭނީކަމަށެވެ. އެހެން ވިޔަފާރިއެއް

ނުކުރާނަމަ ވާނީ ކިހިނެއްޯތ ދެންނެވުމުންވެސް ވިދާޅުވީ އެފައިސާ

ދައްކަންޖެހޭނޭކަމަށެވެ. ވިޔަފާރިއެއްގައި ތަފާތު ބައިވެރިންނާއިއެކު ތަފާތު

ކުންފުނިތައް ހިނގަފާނެއެވެ. މިޮގތަށް ހިނގާ ޮކންމެ ކުންފުންޏެއްގެވެސް

ހިސާބު ކިތާބާއި ލިޔެކިޔުންތައް ތަފާތު ވާނެއެވެ. މިހެންވުމާއި އެކު

އެއްކުންފުންޏަކުން ލިބޭ ފައިދާއެއް އަނެއް ކުންފުނިން ލިބޭ ގެއްލުމުގެ

ސީނާ އަޙްމަދު ޒާހިރު

ތެރެއަށް ލައިގެން ވިޔަފާރިން ފައިދާވިކަމަށް ދެއްކިދާނެބާވައެވެ؟

އެއްކުޑައެއްގެ ދަށުގައި ހިނގާ ޮބޑު ބިސްނަސް އެމްޕަޔަރަކުން އެޮގތަށް

ދެއްކިދާނެކަންނޭގެއެވެ. ފައިދާއިން ޓެކްސް ނެގޭނަމަ ޓެކްސްނެގެންވާނީ

ލިބޭފައިދާެއަކުންނެވެ.

އަޅުގަނޑުގެ ރައްޓެއްސަކު ބުނިޮގތުގައި އޭނާގެ ޮބޑު އާއިލާގެ

ހުރިހާ މެންބަރުންގެ އެއްމެދު ޮބޑު އިމާރާތެއް ބިނާކުރީ ބޭންކުން ޯލނެއް

ނަގައިގެންނެވެ. އިމާރާތުގެ ބައިބައި ކުއްޔަށް ދިނުމަށް ފަހު ލިބޭ އާމްދަނީން

ބޭންކު ޯލނަށް ޮކންމެ މަހަކު ދައްކަންޖެހޭ މިންވަރަށް ފައިސާ ނުލިބޭތީވެ

އެ އާއިލާގެ ޮކންމެ މެންބަރަކު ޮކންމެ މަހަކު ފަނަރަވަރަކަށް ހާސް ރުފިޔާ

އިމާރާތުން ލިބޭ މުޅިއާމްދަނީގެ އިތުރުން ބޭންކަށް ދައްކަންޖެހޭ ފައިސާގެ

އަދަދު ހަމަކުރުމަށް ދައްކަންޖެހޭ ކަމަށެވެ. އެހެންނަމަވެސް އެ އާއިލާގެ

ހުރިހާ މެންބަރުން ދިރިއުޅެމުން ގެންދަނީ އެ އިމާރާތުގައި ކަމަށްވުމާއި އެކު

އެފެންވަރުގެ އިމާރާތެއްގައި ކުއްޔަށް އުޅޭނަމަ އެއަށްވުރެ މާޮބޑު ކުއްޔެއް

ދައްކަންޖެހޭނެކަމަށެވެ. މިފަދަ ފައިދާއެއް އެފަރާތްތަކަށް ލިބުނަސް ޙަޤީޤަތުގައި

އިންވެސްޓުމެންޓުގެ ފައިދާ އަތަށްއަރާ ފައިސާއިން އެފަރާތްތަކަށް ނުލިބެއެވެ.

އެ އިންވެސްޓްމެންޓުގެ ނަފާ ލިބޭކަމަށް ބެލެވޭނީ އެންމެ ކުޑަމިނުން ބޭންކުގެ

އިންޓަރެސްޓް ފައިސާ ދެއްކުމަށްފަހު، ނަގާފައިވާ ޯލނުގެ މައިގަނޑު އަދަދުން

ޮކންމެ މަހަކު ބޭންކަށް ދައްކަން ކަނޑައެޅިފައި ޮއންނަ އަދަދުގެ އިތުރަށް

ފައިސާ ލިބޭކަމަށްވާނަމައެވެ.

ސަރުކާރުން ނުވަތަ މީރާއިން ޤާނޫނެއް ފާސްކުރަންވީ އިމާރާތް

ކުއްޔަށްދޭ ފަރާތްތަކަށް އަހަރަކު ފަސްލައްކަ ރުފިޔާއަށްވުރެ އިތުރަށް

އާމްދަނީ ލިބޭނަމަ އެލިބޭ އާމްދަނީއަކުން ސަރުކާރަށް ޓެކްސް ނެންގުވުމަށް

ނުވަތަ އިތުރުވާ އާމްދަނީއެއް ސަރުކާރުގެ ޯބހިޔާވަހިކަމުގެ މަޝްރޫޢުއަށް

ޚަރަދުކުރުމަށް ނުވަތަ ފަޅުހިއްކުމުގެ މަޝްރޫޢުއަށް ޚަރަދުކުރުމަށް ނެގުމަށެވެ.

ލިބޭ އާމްދަނީއަކުން ޓެކްސް ނަގަން ނިންމަވާނަމަ ޤާނޫނު އެޮގތަށް

ފާސްކުރަންވާނެއެވެ. މިބާވަތުގެ ކަންތަކުގެ ދާއިރާ ޤާނޫނުން ބާރުލިބިގެން ހެދޭ

ޤަވައިދަކުން ފުޅަލެއް ނުކުރެވޭނެއެވެ. ނުލިބޭ ފައިދާއަކުން ފައިދާގެޓެކްސް

ދެއްކުމަށް ފައިސާ ޯހދާނީ ކިހިނެއްޯތ ދެންެނެވުމުންވެސް މީރާއިން ވިދާޅުވީ

ޤާނޫނުގައި ޮއތީ އެހެންކަމަށެވެ. )ޤާނޫނުގައި އެހެނެއް ޯނވެއެވެ.( ބޭންކުން

ދޫކުރާ ޯލނު އަނބުރާ ދެއްކުމަށް ރާއްޖޭގައި ޢާއްމުޮގތެއްގައި ޮއންނަނީ ވަރަށް

ކުރު މުއްދަތަކަށް ކަމަށް ދެންނެވުނެވެ. ދިގުވެގެން މިވައްތަރުގެ ޯލނަކަށް

އަށެއްކަ އަހަރުކަމަށް ދެންނެވުމުންވެސް އެއީ އެފަރާތުން ވިސްނަވަންޖެހޭ

ނުކުތާއެއްކަަމަކަށް ވާހަކައިން ދޭހައެއްނުވިއެވެ. ނުވާ ފައިދާއަކުން، ނުލިބޭ

ފައިސާއަކުން ޓެކްސް ދައްކާ ޮގތް ދިމާވާ ފަރާތްތަކަށް ސަރުކާރުގެ

ބައިތުލްމާލުން ނުވަތަ ޒަކާތުގެ ފައިސާއިން ބަޔެއް އެޅޭޮގތަށްވެސް

ހަމަޖެއްސެވިދާނެކަންނޭގެއެވެ. ޯކޓު ޙުކުމަށް ތަބަޢަނުވި ދަރަނިވެރިޔާގެ ދަރަނި

ބަލިކަށި ޢުޒުރައަކާއި އެކު ސަރުކާރުން ޚަލާސްކުރެެއްވިޮގަތަށެވެ. އެފަދަ

ޚަރަދަކަށް އެއްވެސް ޤާނޫނީ ހުއްދައެއް ނެތްއިރުގައެވެ.

26

Page 27: Sun Magazine 26
Page 28: Sun Magazine 26

13. ޯޔގަޓް ބޭނުން ކުރާށެވެ. ޯޔގަޓަކީ ހަމަށާއި ހަށިގަނޑަށް ވަރަށް ފައިދާ ކުރުވަނިވި ނިއުޓްރިއަންޓްސް ހިމެނޭ އެއްޗެކެވެ. ޯޔގަޓުގައި ހިމެނޭ ވިޓަމިންސް އަދި މިނެރަލްސް އިން

މިންނު

ބިހިން ސަާލމަތްާވނެ 15 ގޮތްހަންގަނޑު ތާޒާ ޮކށްދެއެވެ. އަދި ޯޔގަޓު ގަވައިދުން ކާ ކަމަށް ވާނަމަ

ހަށިގަނޑުގެ ދިފާއީ ނިޒާމު ވެސް ވަރުގަދަ ޮކށްދޭނެ އެވެ. ކެއުމުގެ އިތުރުން މާސްކެއްގެ ޮގތުގައި ވެސް ޯޔގަޓު ބޭނުން ކުރެވިދާނެއެވެ. އެޮގތުން ޯޔގަޓު ތައްޓެއް ގަތުމަށްފަހު ރަނގަޅަށް އެއްޮކށްލާށެވެ. ބައެއް ޯޔގަޓަކީ މޭވާ ވެސް

އެއްޮކށްފައި ހުންނަ ޯޔގަޓު ކަމުން އެއްކުރާއިރު މި މޭވާ ތައްވެސް ރަނގަޅަށް ޯޔގަޓާއި އެއްކުރަން ވާނެއެވެ. އެއީ މޭވާ ގައި ހިމެނޭ

ސަލިސިލިކް އެސިޑް ކިޔާ މާއްދާ އަކީ ބިއްސަށާއި ލަކުނު ފިލުވަން ފައިދާ ހުރި މާއްދާ އަކަށް ވާތީއެވެ. ރަނގަޅަށް އެއްކުރުމަށް ފަހު އެއްކުރި ޯޔގަޓު މޫނުގައި ހާކާށެވެ. 10

މިނެޓް ފަހުން ރީތި ފެނުން ޮދވެލާށެވެ.

14. ކެއުމަށް ބަލާށެވެ. އާދަޔާ ޚިލާފަށް ގިނައިން ބިހި ނަގާ ކަމަށް ވާނަމަ އެތެރެ ހަށިން ވެސް ހަށިގަނޑަށް ރަނގަޅަށް ފަރުވާ ދޭން ޖެހެއެވެ. އެޮގތުން ކެއުމުގައި ސެލެޑްސް، ޮކޓެޖް ޗީސް، މަސް، ޯޔގަޓް

އަދި ގިނައިން މޭވާ ޖޫސް ޯބން އާދަ ކުރަން ވާނެއެވެ. މި ކާނާ ތަކަކީ ހަށިގަނޑު ސާފު ޮކށްދޭ ކާނާ އެވެ. އަދި

ބިހިން ސަލާމަތް ވާން އެހީވެދޭ ބައެއް ކާނާ ތަކެވެ. މީގެ އިތުރުން ގިނައިން ފެން ޯބން ވެސް އާދަ ކުރަން

ވާނެއެވެ. ފެނަކީ ހަށިގަނޑާއި ހަމުގެ ވަރަށް ގިނަ ކަންތައްތަކަށް ފަރުވާ އެކެވެ. ޒުވާންކަން ގިނަ ދުވަހު

ދަމަހައްޓަން ވެސް ފެން ބުއިން މުހިއްމެވެ.

15. ކްލީން އަޕް އެއް ނަގަން އާދަ ކުރާށެވެ. މޫނުގައި ބިހި ނަގަން ދިމާވާ އެންމެ މައިގަނޑު ސަބަބެއް ކަމަށް ވަނީ މޫނު ސާފު ނުކުރުމެވެ. ނުވަތަ މޫނަށް ދޭންވާ ވަރަށް ސަމާލުކަން ނުދެވުމެވެ. ހެނދުނު ތެދުވުމަށް ފަހު

އާއި ރޭނގަޑު ނިދަމުން މޫނު ޮދވުމުގެ އިތުރުން ޮކންމެ 15 ދުވަހަކުން އެއް ފަހަރު މޫނު އިތުރަށް ސާފު ކުރަން ކްލީން

އަޕެއް ނަގާށެވެ. ސެލޫން އަކަށް ޮގސް ކްލީން އަޕެއް ހަދަން އުނދަގޫ ވާނަމަ ގޭގައި އަމިއްލަ އަށް ވެސް މިކަން

ޮކށްލެވި ދާނެއެވެ.

Page 29: Sun Magazine 26

29

ގޭގައި ކްލީން އަޕެއް ހަދާނެ ޮގތް:• ހަމާ ގުޅޭ ރަނގަޅު މޫނު ޮދންނަ ފުޅި އަކުން މޫނު

ޮދންނާށެވެ. މޫނު ޮދންނަ އިރު ކަރާ ކަންފަތް ކައިރި ވެސް ސާފު ވާ ޮގތަށް ޮދންނާށެވެ. މޭކަޕެއް ބޭނުން ޮކށްފައި ވާނަމަ މޭކަޕް ރިމޫވާ އަކުން

މޭކަޕް ވެސް ފުހެލަން ވާނެއެވެ.

• އެކްސްޯޕލިއޭޓް ކުރަން ހަމާ ގުޅޭ ސްކްރަބް އެއް ސަރްކިއުލަރ ޮކށް )ވަށްޮކށް( މޫނުގައި އިނގިލިން ހާކާށެވެ. ޮބޑަށް ނޭފަތް ކައިރިއާއި

ނިތްކުރި އަށް އިސްކަންދޭށެވެ. ރަނގަޅަށް ސްކްރަބް ކުރެވުމުން ރީތިޮކށް މޫނު ޮދވެލާށެވެ.

• ސްޓީމް ކުރުމަކީ އެންމެ މުހިއްމު އެއް ކަންތަކެވެ. ކްލީން އަޕެއް ނުހެދި ކަމުގައި ވިއަސް މޫނު ރީތި ޮކށް ބަހައްޓަން ހަފުތާ އަކު އެއް ފަހަރު ސްޓީމް ކުރެވިދާނެއެވެ. ސްޓީމް ކުރެވިދާނެ އެކި ޮގތް ޮގތް ހުރެއެވެ. މީގެން އެމީހަކަށް

އެންމެ ފަސޭހަ ޮގތެއް އިހްތިޔާރު ކުރުން އެންމެ ރަނގަޅުވާނެ އެވެ. ސްޓީމަރެއް

ގޭގައި ނެތިއްޔާ ޮބޑު ތަށްޓަކަށް ހޫނު ފެން އެޅުމަށް ފަހު ތުވާއްޔެއް

ޮބލުގައި އަޅައިގެން މޫނަށް ފެނުގެ ހޫނު އިހްސާސް ވާ ހިސާބުގައި ފަހެއް ނުވަތަ 10 ވަރަކަށް މިނެޓް )ފެނުގެ ހޫނުކަން ކެނޑެންދެން( މަޑުޮކށްލާށެވެ. މިޮގތަށް ސްޓީމް ކުރަން އުނދަގޫކަމަށް ވާނަމަ ސްޓީމް ކުރެވިދާނެ އެހެން ޮގތަކީ ހޫނު

ފެނަށް ތުވާއްޔެއް ލައި ރަނގަޅަށް ތެންމާލުމަށް ފަހު މޫނު މަތީގައި ތުވާލި

އަޅާފަ ފަސް މިނެޓް ވަންދެން ބާއްވާށެވެ. މިޮގތަށް ދެތިން ފަހަރު ތަކުރާރު ކުރާށެވެ.

• ދެން ޮއތީ މާސްކެއް މޫނުގައި ހޭކުމެވެ. ކުރިން ބުނި ޯޔގަޓު މާސްކް ނުވަތަ އިހްތިޔާރުކުރާ އިތުރު އެހެން

މާސްކެއް ވިއަސް މޫނުގަޔާއި ކަރުގައި ރަނގަޅަށް ހާކާށެވެ. 10 ނުވަތަ 20 މިނެޓު ފަހުން ޮދވެލާށެވެ.

• އެންމެ ފަހު ކަމަކަށް މޫނާއި ކަރުގައި ޮމއިސްޗަރައިޒިން ޯލޝަނެއް ހާކާށެވެ.

Page 30: Sun Magazine 26

)ކުރީގެ އަދަދާ ގުޅޭ(

ފާޑަކަށް މައްޗަށް ބަލަން ހުރެފައި ދެޯލ މަރައިލި އެވެ. އަތުގައި

ޮއތް ދަނޑިބުރި އަތުން ދޫވެއްޖެ އެވެ. ދެއަތުން ޮބލުގެ އިސްތަށިގަނޑުގައި

ބާރަށް ހިފަހައްޓައިފި އެވެ. އެއާއެކު ދެން ފެނުނީ ހުރިތަނަށް ތިރިވި ތަނެވެ.

ދެޮލލުން ކަރުނަ ޮއހިގަތްތަނެވެ. ދެކަކޫ މައްޗަށް މޫނު ޖަހައިގެން އިރުޮކޅަކު

އިނދެފައި، ޯބ ހިއްލައިލިއިރު ދެޯލ ހުރީ ރަތްވެފަ އެވެ. ތެދުވެ ހިންދެމިލި

އިރު މުޅި މީހާ ތުރުތުރު އަޅައެވެ.

ގުދުވެ ދަނޑިގަނޑު ނަގައިފި އެވެ. ދަތްކުނޑި ވިކައިގަތެވެ.

ދަނޑިގަނޑު އަތަށް ހެޮޔވަރުޮކށްލައިފި އެވެ.

"ރަޝާ! ތީ ބޭވަފާތެރިއެއް! އަނިޔާވެރިއެއް! ކަލެއަކަށް އުފަލަކު ނޫޅެވޭނެ!"

ޒައިދު ޮމޔައެއް ފަދައިން އެތަނުގައި އެނބުރެން ފަށައިފި އެވެ. "މަރާލާނަން.

އެންމެ ނޭވާއެއްވެސް ލިޔަކަނުދޭނަން."

ޒައިދު ކުރިއަށް ހިނގައިގަތެވެ. ދަނޑިބުރި އަތުގައި ޮއތެވެ.

އަތަށް ހެޮޔވަރުޮކށްލާފަ އެވެ. އޭނާ ތަންޮކޅަކަށް ޮގސްފައި ހުއްޓިއްޖެ އެވެ.

އޭރު ކުރިމަތީފައި ހުރީ ކުޑަވަރެއްގެ ފަޯޅ ގަހެކެވެ. ގަހަށް ބަލަހައްޓައިގެން

އިރުޮކޅަކު ހުރެފައި ދެއަތް އުފުލާލައިފި އެވެ. އަތުގެ ޮކޅަށް ދަނޑިބުރި

ދަމާލި އެވެ. ގަޔަށް ލެވުނުހާ ބާރެއް ލާފައި ގަހުގައި ޖަހައިފި އެވެ. ގަހުގެ

ފަތްތައް ކުދިކުދި ވެގެން އެކި ދިމަދިމާއަށް އުދުހިގެންފި އެވެ. ޒައިދުގެ

ރުޅިވެރި ހަރަކާތަކަށް ހުއްޓުމެއް ނާދެ އެވެ. އެތެޅިޮގތަށް ތަޅާ ގަސް ބިމާ

ހަމަޮކށްލިއިރު އޭނާ ހުރީ ވަރުބަލިވެ ގުނބުހިލިފަ އެވެ. އަތުގައި ޮއތް

ދަނޑިބުރި އަތުން ދޫވެއްޖެ އެވެ. އެއާއެކު ހުރިތަނަށް ތިރިވެއްޖެ އެވެ.

30

ވަކި ނުވިނަމަ

މުހައްމަދު ާގސިމް، އއ. މަތިވެރި

އަނެއްކާވެސް ޮރވިއްޖެ އެވެ.

ހެނދުނުގެ ވަގުތެވެ. އާދުވަހެކެވެ. އެތައް ކަމެއް އެޮގތް މިޮގތަށް

ބަދުވެގެން ޮގސްފައިވާ ދުވަހެކެވެ. ރަޝާޤާއާއި އިހުސާނުގެ ގުޅުން އަބަދަށް

ކެނޑުނީ އެވެ. ޒައިދުގެ އެދުން ހާސިލުވެ އޭނާގެ ހިތުގެ ނުތަނަވަސްކަމަށް

ނިމުމެއް އައީ އެވެ. ސިތާރާއާއި ވަހީދު ކުރަމުން އައި ފިކުރުގެ ދިގު ސިލާއަށް

ވެސް ނިމުމެއް އައީ އެވެ.

ހެނދުނުގެ ސަޔަށްފަހު ޮކނޑުގައި ދަބަސް އަޅުވާލައިގެން ވަހީދު

ނިކުތީ ފުރަންދާށެވެ. ގެއިން ނިކުތުމުގެ ކުރިން އޭނާ ޒައިދާ ބައްދަލުކުރި

އެވެ. ވަހީދު ކުރިމަތީގައި މިހާރު އެއީ ހަމައެކަނި ޒައިދެއް ނޫނެވެ. އޭނާގެ

ދަނބިދަރިވެސް މެ އެވެ. އެހެންކަމުން ދައްކަން ހުރި ވާހަކަވެސް ގިނަ އެވެ.

"ބައްޕަ އަނެއްކާވެސް މި ފުރަނީ. ގޭގެ ހުރިހާކަމެއް ބަލަހައްޓަން ހުރި

މީހަކީ ޒައިދު. ރަނގަޅަށް އުޅޭތި!"

"އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ދާނީ ރަނގަޅަށް." ޒައިދު ހުރީ

ވަރަށް ހަމަޖެހިފަ އެވެ.

"ކައިވެނީގެ ކަންތަކާ ރަޝާޤާ ކިތަންމެ ނުރުހިފައި ހުއްޓަސް

ދުވަސްޮކޅަކުން ހަމައަކަށް އެޅިދާނެ. ކެތްތެރިކަމާއި ވިސްނުންތެރިކަމާއެކު،

ޮކންމެކަމަކާ ވެސް ކުރިމަތިލީމަ، އެއްވެސްކަމެއް ޯގހެއް ނުވާނެ!"

"ރަޝާޤާއާމެދަކު އަހަރެން ކަންޮބޑެއް ނުވޭ! މަދު ދުވަސްޮކޅެއްގެ

ތެރޭގައި އަހަރެން އޭނާގެ ހިތް ޯހދާނަން." ޒައިދު ޔަގީންކަމާއެކު ބުންޏެވެ.

"ބައްޕަ މިފަހަރު ފުރައިގެން ދާނީ ވަރަށް އުފަލުން ހުރެ. ތިކަހަލަ

ދަނބިދަރިއަކަށް އަބަދުވެސް ބައްޕަ އުއްމީދު ކުރަމުން އައީ. އިރާދަކުރެއްވީތީ

މިއަދު އެ އުއްމީދު ޙާޞިލުވެއްޖެ."

ބޭރުން މީހަކު އައިސް ޮދރުމައްޗަށް އެރީ އެވަގުތު އެވެ. ވަހީދު

Page 31: Sun Magazine 26

ބަލައިލި އެވެ. އެއީ އޭނާ ލަސްވެގެން ބަލާ އައިސް ހުރި މީހެކެވެ.

އެންމެންނާ ސަލާޮކށްފައި ވަހީދު ނިކުތެވެ. ވަހީދުގެ ފަހަތުން ޒައިދުވެސް

ނިކުތެވެ. އަހުމަދު ހުރީ ޒައިދުގެ އަތުގައި ހިފާލައިގެންނެވެ.

މެންދުރު ފަހުގެ ވަގުތެވެ. އަތިރިމައްޗަށް ވެރިވެފައި ވަނީ

ވަރަށްޮބޑު އެކަނިވެރިކަމެކެވެ. މަޑުމަޑުން ޮގނޑުޮދށަށް އައިސް ބީއްސާލާ

ރަޅެއްގެ އަޑު ފިޔަވައި އެއްވެސް އަޑެއް ބަޑެއް އެހިސާބަކު ނެތެވެ. އެއީ

ރަށުގެ ދެކުނު ފަރާތުގައި ޮއންނަ ޮބޑު ތުނޑިއާ ދިމައެވެ. އާންމުޮކށް

މީހުން އައިސް ޮގސްވާ ހިސާބެއް ނޫނެވެ.

ކުއްލިއަކަށް މޫދު ތެރެއިން ޮބޑު ބަޑިއެއް އަޅައިފި އެވެ. ފެނުނީ

އިހުސާނެވެ. މޫދުންތެރެއިން ހިނގާފައި އައިސް އެއްގަމަށް އަރާތަނެވެ. އޭނާ

ހުރީ ކުރު ޯސޓެއް ލައިގެން ހުސްގަޔާ އެވެ. ދެޯލ ހުރިީ ރަތްވެފަ އެވެ.

ތެމި ޯފވެފައިވާ އިސްތަށިގަނޑު ވަނީ އޭނާގެ މަރުވެފައިވާ މޫނުމަތީގެ ޮބޑު

ބައެއް ޮފރުވާފަ އެވެ.

އިހުސާނު އެއައިޮގތަށް އައިސް އިށީންނީ، ހިކިފައި ޮއތް ޮދން

ވެލިގަނޑުމަތީގަ އެވެ. އިރުޮކޅަކު އިނދެފައި އެތަނުގައި އުޑުތިލަ މަތިން

ޮއޯށވެއްޖެ އެވެ. އެއާއެކު އަޑުގައި ނެތްތަނަށް ހަޅޭއްލަވައިގެންފި އެވެ.

ކަރުން ހަންދާވަރަށެވެ. ނާރުނަގާފަ އެވެ. ދެން ފެނުނީ ވެލަގަނޑު މަތީގައި

ފެތުރިގަތްތަނެވެ. މުޅި ގައިގައި ޮދންވެލި ތަތްވެ މީހާ ހުދުވެއްޖެ އެވެ.

އިރުޮކޅަކުން ތެދުވެ އިށީނދެ ދެއަތުން މުޅި ޮބލަށް ވެލި ފުރަން ފަށައިފި

އެވެ. އޭރު ދެޯލ ހުރީ މެރިފަ އެވެ. ދަތްކުނޑި ވިކިފަ އެވެ.

އެތައް އިރަކު މިސަކަރާތެއްގައި އުޅެފައި ތެދުވެއްޖެ އެވެ. އޭރު އޭނާއަށް ވަނީ ޮރވިފަ

އެވެ. ޮބލުގެ އިސްތަށިގަނޑުގައި ބާރަށް ހިފަހައްޓައިފި އެވެ. ތިން ހަތަރު ފަހަރު ލަކި

ޖަހައިފި އެވެ. ދެން ފެނުނީ އެއްގަމަށް ހިނގައިގަތްތަނެވެ. ވިނަގަނޑު މަތީގައި ކުޑަ

ދަބަހެއް ޮއތެވެ. ދަބަހުން ނެގީ ކުޑަ ޯލގަނޑެކެވެ. ޯލގަނޑުން މޫނަށް ބަލައިލުމަށްފަހު،

ފެށީ ހޭށެވެ. ވަރަށް ބާރަށެވެ.

"މިއަށްވުރެވެސް ހުދުޮކށްލާނަން." އިހުސާން ދަތްކުނޑި ވިކައިގަތެވެ. "ހަށިގަނޑުގައި

ހުރިއްޔާ ހުރި ލެޔެއް ދަމައިގަންނާނަން. ދިރިދިރި ހުއްޓާ ވަޅުލާނަން."

އަތުގެ ޮކޅަށް ޯލގަނޑު ހޫރާލައިފި އެވެ. އެއާއެކު އެ ހުރިތަނަަށް ދެކަކޫ

މައްޗަށް ތިރިވެއްޖެ އެވެ. ޮބލުގެ އިސްތަށިގަނޑުގައި ދެއަތުން ހިފައިފި އެވެ.

ބިމުގައި ޯބ ޖެހުމަށްފަހު ޯރން ފަށައިފި އެވެ. އެތައް އިރަކު ޯރން ޮއވެފައި ތެދުވެ

ހިންދެމިލައިފި އެވެ. ދެން ފެނުނީ ދަބަހުން ޮފޯޓއެއް ނެގިތަނެވެ. ރަޝާޤާގެ ޮފޯޓއެކެވެ.

ޮފޯޓގައި ރަޝާޤާ ހުރީ ވަރަށް ރިތިޮކށް ހިނިތުންވެލައިގެންނެވެ. އިހުސާނު އިނީ އެ

ޮފޯޓއަށް ބަލާށެވެ. ކަރުނައިން ޯފވެފައިވާ ދެޮލލުންނެވެ.

"ތި ހިނިތުންވުމުގެ ނިވަލުގައި ޮއތް ކެހިވެރިކަން ކުރިން އެނގުނުނަމަ..."

އިހުސާން ތުރުތުރު އަޅައިގަތެވެ. ދެދަތްފިލަ ޖެހި ބާރުވި އެވެ. އެއާއެކު ފެނުނީ

ރަޝާޤާގެ ޮފޯޓ އޭނާގެ އަތުގެ ތެރޭގައި ޮބނޑިވާންފެށިތަނެވެ.

"މަކަރުވެރި..... ބޭވަފާތެރިޔާ.... ތި ހިނިތުންވުމަށް މުޅި އުމުރަށް ސަލާން ކިޔަން

ތައްޔާރުވޭ!"

އިސުސާނު ގާތަށް އައިސްފައި ހުރި އަލިފާން ރުޅިގަނޑު ބާލަމުން ގެންދިޔައީ، އެ

ޮފޯޓއަށެވެ. )ނުނިމޭ(

Page 32: Sun Magazine 26

32

)ކުރީގެ އަދަދާ ގުޅޭ(

ކުރީޒަމާނުގައި ސަރުކާރުތައް ހިންގާ ނިޒާމް ބައިކުރެވިފައިވަނީ ޔޫނާނުގެ ފިޯލސަފަރެއް ކަމުގައިވާ އެރިސްޯޓޓްލް ނުވަތަ އަރިސްތޫ، ބަހާލެއްވި އުސޫލުންނެވެ. އެރިސްޯޓޓްލް ގެ ންގުޅުއްވި އުސޫލަކީ

ޙަޤީޤަތުގައި އޭނާގެ އަމިއްލަ އުސޫލެއް ނޫނެވެ. އޭނާ ތަބާވެވަޑައިގަތީ ޕްލެޯޓ ނުވަތަ އަފްލާޠޫން އަށެވެ. ޕްލެޯޓ ތަބާވެވަޑައިގަތީ ޮސކްރޭޓްސް

ނުވަތަ ސުކުރާތަށެވެ. އެރިސްޯޓޓްލް އޭނާގެ ބައިކުރެއްވުންތައް ބިނާކުރެއްވީ ވެރިކަން ހިންގުމުގެ އެންމެމަތީ ބާރު ޙިއްޞާ ކުރާ

ފަރާތްތަކުގެ މަދު ގިނަކަމުގެ މައްޗަށެވެ. އޭނާގެ ލިއުއްވުމުގައި އެއްފަރާތެއްގެ އަތްމަތީގައި ހުރިހާ ބާރުތައް ޤާއިމްވެފައިވާ ނިޒާމަކީ ''ޮމނާރކީ'' ނުވަތަ ރަސްކަން

ކަމަށާއި، މަދު ބައެއްގެ އަތްމަތީގައި ބާރުތައް ޤާއިމް ވެފައިވާ ނިޒާމަކީ ''އެރިސްޮޓކްރަސީ'' ނުވަތަ ބޭފުޅު ނިޒާމް ކަމުގައި ލިއުއްވިއެވެ.

ހަމައެފަދައިން ގިނަބައެއްގެ އަތްމައްޗަށް ބާރުލިބޭ ޮގތަށް ޤާއިމްކުރެވޭ ނިޒާމަށް އެރިސްޯޓޓްލް ކިއުއްވާފައިވަނީ ''ޮޕލިޓީ'' އެވެ. އަދި މިތިން

ނިޒާމްގައި ވެސް ދެފުށް ވާކަމަށް އޭނާ ބަޔާންކުރައްވާފައި ވެއެވެ. އެއީ މިތިން ނިޒާމް ވެސް ހެޮޔޮގތުގައި ބޭނުން ކުރެވޭޮގތާއި ނުބައި ޮގތުގައި

ބޭނުން ކުރެވޭޮގތެވެ.

ނުބައިޮގތުގައި ބޭނުންކުރެވޭ ޮގތް ހެޮޔޮގތުގައި ބޭނުންކުރެވޭ ޮގތް

ޓިރަނީ - ޮމނާރކީ ޮއލިގާރކީ - އެރިސްޮޓކްރަސީ ޑިޮމކްރަސީ - ޮޕލިޓީ

މިތާ ފާހަގަޮކށްލަންޖެހޭކަމަކީ، އެރިސްޯޓޓްލްގެ ލިއުއްވުމުގައި، އެރިސްޮޓކްރަސީ އާ ޮއލިގާރކީ ތަފާތުޮކށް ބައިކުރައްވާފައިވީ ނަމަވެސް މިޒަމާނުގައި މިދެބަސްވެސް ބޭނުންކުރެވެނީ އެއްމާނައެއްގައި ކަމެވެ.

އަނެއް ކަމަކީ އެރިސްޯޓޓްލް، ޑިޮމކްރަސީގެ މާނަކުރައްވާފައިވަނީ މިހާރު އަޅުގަނޑުމެން މިބޭނުންކުރައްވާ މާނާގައި ނޫންކަމެވެ.

އޭނާ ބަޔާންކުރައްވާޮގތުގައި ޑިޮމކްރަސީ އަކީ ''ޮޕލިޓީ''ގެ ނިޒާމް ނުބައިޮގތުގައި ބޭނުންކުރުމެވެ. އެކަމަކު މިޒަމާނުގައި އަޅުގަނޑުމެން

މިބަލަނީ ޑިޮމކްރަސީ އެއީ އެންމެ ރަނގަޅު ނިޒާމް ކަމަށެވެ. މިޒަމާނުގައި، އަޞްލުޮއޅުވާލެވި، ނުބައިޮކށް ބޭނުންކުރެވޭ ޑިޮމކްރަސީ

އަށް ކިޔަނީ ''ޮމޮބކްރަސީ'' ނުވަތަ ''ޮއކްޮލކްރަސީ'' އެވެ. އަދިހަމައެފަދައިން މިޒަމާނުގެ އިޖްތިމާޢީ ޢިލްމްވެރިން

ބަޔާންކުރައްވާ ޮގތުގައި ހުރިހާމީހުން ނުވަތަ ގިނަމީހުން ބައިވެރިވެގެން

ސަރުާކރު ނުވަތަ ދައުލަތުގެ ސިފަތައްހިންގާ ސަރުކާރެއް ޯނވެއެވެ. ހުރިހާ ސަރުކާރުތަކަކީވެސް މަދުބައެއް

ބައިވެރިވެގެން ހިންގާ ސަރުކާރުތަކެކެވެ. އެހެންވީމާ ހަޤީޤަތުގައި ހުރިހާ ސަރުކާރުތަކަކީވެސް ''ޮއލިގާރކީ'' ތަކެކެވެ.

އެހެނިހެން ބައިކުރުންތައް: ވަރަށް ފަހަކާޖެހެންދެން، މުޅިދުނިޔޭގައިވެސް ސަރުކާރު

ހިންގާނިޒާމްތައް ބައިކުރުމުގައި އަޞްލެއް ކަމަށް ބެލެވިގެން އައިސްފައިވަނީ އެރިސްޯޓޓްލް ބައިކުރެއްވި އުސޫލެވެ. މިޮގތުން އެއްވަނަ ޮބޑުހަނގުރާމައާ ހަމައަށް ވެސް ސަރުކާރު ހިންގާ ނިޒާމްތައް ބަހާލެވިފައިވާ ބައިތަކަކީ

ޮމނާރކީ، އެރިސްޮޓކްރަސީ، އަދި ޮޕލިޓީ އެވެ. މިފަހުގެ ފިޯލސަފަރުންގެ ތެރެއިން ޮމންޓެސްކީ ވެސް މި ބައިތައް ބައްސަވާ ލައްވާފައިވަނީ ތިންބަޔަކަށެވެ. އެއީ ރިޕަބްލިކަން (

ޖުމްހޫރީ ވެރިކަން)، ޮމނާކިކަލް (ރަސްކަން)، އަދި ޑެސްޮޕޓިކް (ޚުދުމުޚްތާރު ވެރިކަން) އެވެ. އޭނާ ބަޔާންކުރައްވާޮގތުގައި ރިޕަބްލިކް ނިޒާމުގައި މީހުންނަށް ނުވަތަ މީހުންގެ ތެރެއިން ބަޔަކަށް ބާރު ލިބިގެންވެއެވެ. ޮމނާކިކަލް ވެރިކަމުގައި ވެރިކަން ހިންގާނީ އެންމެ މީހެކެވެ. އެކަމަކު

އޭނާ ވެރިކަން ހިންގާނީ ހަމަޖެހިފައިވާ އަދި ޤާއިމްވެފައިވާ ޤާނޫންތަކަކާއި އާދަކާދަތަކެއްގެ މައްޗަށެވެ. އަނެއްޮކޅުން ޑެސްޮޕޓިކް ސަރުކާރެއްގައި ވެރިކަން ހިންގާނީ އެންމެމީހަކު އެއްވެސްކަހަލަ ޤާނޫނެއްނެތި އޭނައަށް

ފެންނަޮގތަކަށެވެ. އެހެން ފިޯލސަފަރެއް ކަމުގައިވާ ޖެކް ޯރޯސ ގެ ނަޒަރުގައި

ސަރުކާރުތައް ބެހެވިގެންވަނީ، ޮމނާރކީ، އެރިސްޮޓކްރަސީ އަދި ޑިޮމކްރަސީގެ މައްޗަށެވެ. އަދި މީގެ އިތުރުން އޭނާ އެރިސްޮޓކްރަސީ އިތުރު ތިން ބަޔަކަށް ބައްސަވާ ލެއްވިއެވެ. އެއީ ޠަބީޢީ، އިންތިޚާބީ، އަދި ވިރާސީ

އެވެ. އޭނާ ބަޔާންކުރައްވާޮގތުގައި އިންތިޚާބީ އެރިސްޮޓކްރަސީ އެއީ އެންމެ ރަނގަޅު ނިޒާމެވެ. އެންމެ ޯގސް ނިޒާމަކީ ވިރާސީ އެރިސްޮޓކްރަސީ އެވެ.

އަދިވެސް އެހެން ފިޯލސަފަރެއް ކަމުގައިވާ ބްލަންޓްޝްލީ، އޭނާގެ ލިއުއްވުމުގައި އެރިސްޯޓޓްލްގެ ބައިކުރެއްވުން އަޞްލެއް ކަމަށް ބައްލަވައިގެން އޭނާ ވެސް އިތުރުބައެއް ލެއްވިއެވެ. އެއީ ޮމނާރކީ،

އެރިސްޮޓކްރަސީ، ޑިޮމކްރަސީ އަދި ތިޮއކްރަސީ އެވެ. ތިޮއކްރަސީ އަކީ ވެރިކަން ހިންގުމުގެ ނިޒާމް އެބަޔަކު އީމާންވާ ކަލަކުގެ އެންގެވުމާ

އެއްޮގތަށް ޮއތުމާއި، އަދި ވަކި ދީނަކަށް ނުވަތަ ވަކި ފަލްސަފާ އަކަށް ތަބާވާޮގތަށް ވެރިކަމުގެ ނިޒާމް ޤާއިމްވެފައި ޮއތުމެވެ. ބްލަންޓްޝްލީ

ވިދާޅުވާޮގތުގައި ތިޮއކްރަސީ އަކީ އެ ނިޒާމް ހެޮޔޮގތުގައި ބޭނުންކުރެވޭ ޮގތެވެ. އެނިޒާމް ނުބައިޮގތުގައި ބޭނުންކުރަންފެށުމުން ބަދަލުވަނީ

''އައިޮޑޮލކްރަސީ'' އަށެވެ.

އެންމެފަހުގެ ބައިކުރުންތައް: މިފަހުގެ ޮޕލިޓިކަލް ސައިންޓިސްޓެއް ކަމުގައިވާ ޖޭ.އޭ.އާރ. މެރިއަޓް، ސަރުކާރު ހިންގުމުގެ ނިޒާމްތައް ތިންޮގތަކަށް ބައިކުރައްވާފައިވެއެވެ.

Page 33: Sun Magazine 26

33

ސަރުާކރު ނުވަތަ ދައުލަތުގެ ސިފަތައްއޭނާވެސް އެރިސްޯޓޓްލްގެ ބައިކުރެއްވުން އަސްލެއްކަމުގައި

ބައްލަވާފައިވެއެވެ. އެކަމަކު އޭނާ ދެކެލެއްވިޮގތުގައި އެރިސްޯޓޓްލްގެ ބައިކުރެއްވުން މިޒަމާނަކަށް ނުފުދެއެވެ.

މެރިޮއޓްގެ ބައިކުރެއްވުމުގެ ފުރަތަމަ އަސާސަކީ ސަރުކާރު ހިންގުމުގެ ބާރުތައް ބެހެވިގެންވާޮގތެވެ. މިޮގތުން އޭނާގެ

ލިއުއްވުމުގައި ސަރުކާރުތައް ވަނީ ''ޔުނިޓަރީ'' އާއި ''ފެޑްރަލް'' މިދެބައަށް ބައްސަވާފައެވެ. ޔުނިޓަރީ ސަރުކާރެއްގައި

ހުރިހާ ބާރެއްވަނީ މަރުކަޒީއިދާރާއަށް ލިބިފައެވެ. ސަރަޙައްދީ ސަރުކާރުތަކުން ކުރާނީ ހަމައެކަނީ އެފަރާތްތަކާ މަރުކަޒީސަރުކާރުން ޙަވާލުކުރާ ކަންތައްތަކެވެ. ސަބަބަކީ ޔުނިޓަރީ ނިޒާމްގައި ސަރަޙައްދީސަރުކާރަކީ މަރުކަޒުން އައްޔަންކުރާ ފަރާތަކަށް ވާކަމެވެ. މިއާޚިލާފަށް ފެޑްރަލް ނިޒާމްގައި ސަރުކާރު ހިންގުމުގެ ދެ ނިޒާމެއް އެއްފަހަރާ

މަސައްކަތްކުރާނެއެވެ. އެއީ މަރުކަޒީ ސަރުކާރާއި ސްޓޭޓް ނުވަތަ ޕްޮރވިންޝަލް ސަރުކާރެވެ. ސަރުކާރުގެ މި ދެބަޔަށްވެސް ޤާނޫން އަސާސިއިން ހުއްދަކުރެވިފައިވާ ވަކި ބާރުތަކެއް ލިބިގެންވެއެވެ. އަދި އެބައެއްގެ ޤާނޫނީ ދާއިރާގައި މިބާރުތަކުގެ ބޭނުންކުރެއެވެ.

މެރިޮއޓްގެ ބައިކުރެއްވުމުގައި ދެން ބެއްލެވީ، ''ރިޖިޑް'' ނުވަތަ ފަސޭހައިން އިޞްލާޙް ނުކުރެވޭ ޤާނޫން އަސާސީ އާއި ''ފްލެގްޒިބްލް'' ނުވަތަ ފަސޭހައިން އިޞްލާޙް ކުރެވޭ ޤާނޫން

އަސީ މައިގަނޑެއް ކަމުގައި ބައްލަވައިގެން ބައިކުރެއްވުމެވެ. އަދި ތިންވަނަޮގތެއް ކަމުގައި އޭނާ ބެއްލެވީ ޤާނޫން ހަދާފަރާތާ

ޤާނޫން ހިންގާފަރާތާ ދެމެދު ޮއންނަ ގުޅުމުގެ މައްޗަށް ބަލައިގެން ބައިކުރެއްވުމެވެ. މިއުޞޫލަށް ބައިކުރެއްވުމުގައި ޤާނޫން

ހަދާފަރާތަށްވުރެ ޤާނޫން ހިންގާފަރާތް ނުވަތަ ވެރިކަންކުރާފަރާތް ބާރުގަދަނަމަ އެއީ ޑެސްޮޕޓިކް ނުވަތަ ޚުދުމުޚްތާރު ސަރުކާރެކެވެ. ވެރިކަންހިންގާފަރާތާ ޤާނޫނުހަދާފަރާތާ ގުޅި ދެފަރާތް ބައިވެރިވެގެން

ހިންގާނަމަ އެއީ ޕްރެޒިޑެންޝަލް ނުވަތަ ރިޔާސީ ނިޒާމެވެ. ވެރިކަންހިންގާފަރާތް ޤާނޫންހަދާފަރާތުގެ ދަށުގައިވާނަމަ އެއީ

ޕާރލަމަންޓްރީ ނުވަތަ ކެބިނެޓް ނިޒާމެވެ. އަދި ހަމައެފަދައިން މިޒަމާނުގެ ފިޯލސަފަރެއްކަމުގައިވާ

ސްޓެފަން ލީޮކކް، ސަރުކާރުތައް ހިންގާ ނިޒާމްތައް ބައިކުރައްވާފައިވަނީ މެރިޮއޓް އާ ދާދި އެއްޮގތަކަށެވެ. ނަމަވެސް

އޭނާގެ ބައިކުރެއްވުމުގައި މިޒަމާނަށް ނުފެތޭ ކުރީޒަމާނުގެ ނިޒާމްތައް ނުހިމަނުއްވައެވެ. ލީޮކކް ބަޔާންކުރައްވާޮގތުގައި މިހާރު ދުނިޔޭގައި

ހިނގަމުންދާ ސަރުކާރުތައް ބައިކުރެވޭނީ މައިގަނޑު ދެ އަސާސެއްގެ މައްޗަށެވެ. އެއީ ''ޑިޮމކްރެޓިކް'' އާއި ''ޑެސްޮޕޓިކް'' އެވެ. މިޮގތުން އޭނާ މިޒަމާނުގެ ސަރުކާރުތައް ހިންގާ ނިޒާމްތައް ބައިކުރައްވާފައިވާ

ޮގތް މި ލިޔުމާ އެކު މިވާ ޗާޓުގައި މިވަނީއެވެ.

ސަރުކާރު، ސަރުކާރަކަށް ވާ ޮގތް

މަތީގައި ދެންނެވިފައިވާ ނިޒާމުތަކުގެ ތެރެއިން ޮކންމެ ނިޒާމެއްގެ މަތީގައި ވިޔަސް ސަރުކާރެއް ޮއތުމުގެ މަގުސަދަކީ، ރައްޔިތުންނަށް

ބޭނުންވާ ކަންކަމަށް މަގު ފަހިޮކށްދިނުމާއި، ރައްޔިތުންނަށް ރައްކާތެރިކަން ޯފރުޮކށްދިނުމާއި، ރައްޔިތުންގެ ތަރައްޤީ އާއި ކުރިއެރުމަށް މަސައްކަތް ކުރާނެ ބަޔަކު ކަނޑައެޅިފައި ތިބުމެވެ. މި މަގުސަދުތައް ހާސިލު ނުވާ ނަމަ ސަރުކާރެއްގެ ނަމުގައި ބަޔަކު ތިބެ، ރައްޔިތުންގެ އަތުން އެމީހުން އެ ބުނާ ސަރުކާރު ހިންގުމަށް ޓެކުހާއި ޑިއުޓީތައް ނަގައިގެން، އެމީހުންގެ

އަމިއްލަ ފައިދާއަށް މަސައްކަތް ކުރަން އެކުލަވައިލާފައިވާ ނިޒާމަކަށް ސަރުކާރެކޭ ނުކިޔޭނެއެވެ. ސަރުކާރެއްގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ ރައްޔިތުންނަށް ރައްކާތެރިކަން ޯފރުޮކށްދިނުމާއި، ރައްޔިތުންގެ މެދުގައި އަދުލު އިންޞާފު ޤާއިމްޮކށް ދިނުމެވެ. ތައުލީމާއި ޞިއްޙަތާއި ރައްކައުތެރިކަން ފަދަ އެއްވެސް ކަމެއް ސަރުކާރުން ޯފރުޮކށް ނުދޭ ހާލު، އެ ހުރިހައި ކަމަކީ ވެސް ރައްޔިތުން އަމިއްލައަށް ބުރަ މަސައްކަތުން ޯހދާ ފައިސާއިން ހަރަދުޮކށްގެން ލިބިގަންނަންޖެހޭ ހިދުމަތްތަކެއް ކަމުގައި ވެފައި، ހަމަ އެއާ އެކު އެ ހުރިހައި ހަރަދެއް ޮކށްފައި އަދި ރައްޔިތުންގެ އާމްދަނީން ޓެކުހާއި ޑިއުޓީ ދައްކަން

ޖެހޭ ކަމަށް ވަނީ ނަމަ، އެފަދަ ސަރުކާރަކަށް ސަރުކާރެކޭ ނުކިޔޭނެއެވެ. އެ ވާނީ ރައްޔިތުންގެ ހައްގުތައް ފޭރިގަނެގެން ޮއތް ޖަމާއަތަކަށެވެ. އަދި އެފަދަ ހާލަތުގައި ތިބޭ ރައްޔިތުންނަކީ ގައުމު މިނިވަނަސް، މިނިވަން ރައްޔިތެއް

ނޫނެވެ. އެހެނީ އެމީހުންނަކީ ސަރުކާރު ހިންގުމުގެ ނަމުގައި ނާޖާއިޒު ފައިދާ ނަގަމުންދާ ގުންޑާ ބައިގަނޑެއްގެ އަޅުވެތިކަމުގެ ދަށުގައިވާ ބައެކެވެ.

Page 34: Sun Magazine 26

34

ވެޖިޓަބްލް ވިތް ނޫޑްލްސް

ބޭނުންވާތަކެތި

ވެޖިޓަބްލް ވިތް ނޫޑްލްސްބޭނުންވާތަކެތި

225 ގ. ކެބެޖެ ) ހިމުންޮކށް ޮކށާފައި(225 ގ. ފިޔާ ) ހިމުންޮކށް ޮކށާފައި(

100 ގ.ބީންސް ތުނިޮކށް ޮކށާފައި1 ކެޕްސިކަމް ހަނިހަނިޮކށް ޮކށާފައި

100 ގ. ކައްކާފައިހުރި ޕްލޭން ނޫޑްލްސް1 ސައިސަމުސާ ޯސޔާޯސސް4 މޭޒުމަތީ ސަމުސާ ތެޮޔ

2 /1 ސައިސަމުސާ އަޖިނަޮމޯޓޮލނުޮކޅެއް

ތައްޔާރުކުރާނެޮގތް

ތެޮޔޮފދު ތަވާޔަށް އަޅާފައި ހޫނުވީމާ ތަރުކާރީޮކޅު އަޅާލާށެވެ. ތަރުކާރީޮކޅު މަޑުވީމާ ނޫޑްލްސް ފިޔަވައި ބާކީތަކެތި އެއްޮކށްފައި 1 މިނިޓްވީމާ ނޫޑްލްސް އެއްޮކށްފައި އުނދުންމަތިންބާލާށެވެ.

ގާރލިކް ޗިކަންއާއި އަދި ޗިލީ އެން ގާރލިކް ޯސސް އާއި އެއްޮކށް ސާރވް ކުރާށެވެ.

-- ޖުވޭރިޔާ ވަޖުދީ

"ހެޮޔ ނިޔަތުގައި

ވިޔަސް ގާނޫނާ

ހިލާފުވުމަކީ ކުށެކެވެ."

Page 35: Sun Magazine 26
Page 36: Sun Magazine 26