32
ރ20 :ުގަ އ2010 ްޓްސަގ އ25 ،4 :ުރަބްމަ ނ

Sun Magazine issue 4

  • Upload
    sun

  • View
    311

  • Download
    3

Embed Size (px)

DESCRIPTION

Sun Magazine

Citation preview

Page 1: Sun Magazine issue 4

2ރ0 ގު: އަ2010ޓް ސްޯއގަ 25 ،4 :ބަރުނަމް

ނަީޝދުގެ އެީހ ާޔީމނަށް

Page 2: Sun Magazine issue 4
Page 3: Sun Magazine issue 4

އެޑިޓަރުގެ ނޯޓް"ސަން" މަޖައްލާގެ ހަތަރު ވަނަ އަދަދަށް ހުރިހާ ކިޔުންތެރިންނަށް ހޫނު މަރުހަބާއެއް

ދަންނަވަމެވެ. "ސަން"ގެ ހަތަރު ވަނަ ޢަދަދު ނުކުންނަ އިރު، އަޅުގަނޑުމެން ގުނަމުން މި ދަނީ ބަރަކާތްތެރި ޯރދަ މަހުގެ ދުވަސްތައް ކަމަށް ވާތީ، މި މާތް މައްސަރުގެ ހެޮޔ ދަރުމަ ލިބިގަތުމުގެ ތައުފީޤު އެންމެހައި މުސްލިމުންނަށް މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ.

ތިން ވަނަ ޢަދަދަށް ކިޔުންތެރިން ދިން ތަރުހީބަށް ޓަކައި މި ފުރުޞަތުގައި ޝުކުރު އަދާ ކުރަމެވެ. ތިން ވަނަ ޢަދަދުގައިވާ ލިޔުންތަކާގުޅޭ ޮގތުން ކިޔުންތެރިން ފާޅު ޮކށްފައިވާ ޚިޔާލު ތަކަށް އިޙުތިރާމު ކުރުމާއެކު އެ ޚިޔާލުތައް ޝުކުރުވެރިކަމާއެކު ބަލައިގަންނަމެވެ.

ކިޔުންތެރިންގެ ފަރާތުން ލިބޭ އެންމެ ޮބޑު ހިތްހަމަޖެހުމަކީ "ސަން" އަކީ އިތުބާރު ކުރެވޭ މަޖައްލާއެއްގެ ޮގތުގައި ބަލައިގެންފައިވާ ކަމުގެ ހިތްހަމަޖެހުމެވެ.

"ސަން"ގެ އެކި ޢަދަދުތައް ތިޔަ ބޭފުޅުންގެ އަތްޕުޅަށް ލިބިވަޑައިގަންނަވަމުން ދާއިރު، މި މަޖައްލާ ތަރައްޤީ ކުރުމަށް ތަފާތު ގިނަ މަސައްކަތްތަކެއް މި އަންނަނީ

ކުރަމުންނެވެ. އެ ޮގތުން މަޖައްލާގެ ލިޔުންތަކުގެ މުއްސަނދިކަން އިތުރު ކުރުމާއި، ތަފާތު އެކި ދާއިރާ ތަކަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ކިޔުންތެރިންނަށް ބޭނުންފުޅުވާނެ އެކި ކަހަލަ ލިޔުންތައް އެ ދާއިރާ ތަކުން އިތުރު ކުރުމަށް

ޚާއްސަ މަސައްކަތްތަކެއް ޮކށްފައި ވާނެ އެވެ."ސަން"ގެ މި ޢަދަދުން ވަރަށް އާދަޔާ ޚިލާފު ތަފާތެއް ކިޔުންތެރިންނަށް ފާހަގަ ކުރެއްވޭނެ އެވެ. އެއީ ޮކންމެ ލިޔުމެއް ވިދާޅުވުމަށް ފަހު އެ ލިޔުމަކަށް ޚިޔާލު

ފާޅު ކުރެއްވޭނެ ޮގތުގެ މަޢުލޫމާތު އެލިޔުމެއް ނިމޭ ތަނުގައި ހިމަނާފައި ވުމެވެ. އެ ޮގތުން ޚިޔާލު ދެއްވުމަށް ޓަކައި

އެސްއެމްއެސް އެއް ޮފނުއްވައިލެއްވުމުން އެ ޚިޔާލު ދުވަހުން ދުވަހަށް އަޅުގަނޑަށް ލިބެމުންދާނެ ޮގތް މިހާރު މި ވަނީ ހަމަޖައްސައިފަ އެވެ. މިއީ ރާއްޖޭގައި

އަލަށް ތަޢާރަފު ކުރެވޭ ކަމެކެވެ. މި ކަމުގެ ބޭނުމަކީ ކިޔުންތެރިންގެ އަގުހުރި ޚިޔާލުތައް ފަސޭހަ ކަމާ އެކު ޮފނުއްވޭނެ އަދި ލިބޭނެ ނިޒާމެއް ޤާއިމު ކުރުމެވެ. މިހާރު މި ހަމަޖެއްސި ޮގތުން ޮކންމެ ލިޔުމެއް ވެސް ވިދާޅު ވުމަށް ފަހު ހަމަ ވަގުތުން އެ ލިޔުމަކަށް ޚިޔާލު ފާޅު ކުރެއްވޭނެ ފުރުޞަތު މި ޮއތީ ހުޅުވިފަ އެވެ. އެހެން ކަމުން ޚިޔާލު ފާޅު ކުރެއްވުމަށް މި

ޮއތީ ވަރަށް ވެސް ފަސޭހަ ޮގތެކެވެ. ޢާންމު ޮގތެއްގައި އަތްޕުޅުގައި ޯމބައިލް ޯފނު ޮއންނާނެ އެވެ. އެހެން ކަމުން މި ނިޒާމު މެދުވެރި ކުރައްވައި ތިޔަ ބޭފުޅުންގެ އަގުހުރި ޚިޔާލުފުޅުތައް

ޮފނުއްވައި ދެއްވުމަކީ ތިޔަ ބޭފުޅުންގެ "ސަން" އިތުރަށް ތަރައްޤީ ޮކށް ކުރިއެރުވުމަށް ވެދެއްވޭ ވަރަށް ޮބޑު އެހީތެރިކަމަކަށް ވާނެ އެވެ.

މި ފަހަރުގެ މަޖައްލާގެ ކަވަރ ސްޯޓރީ އަކީ "މައުމޫނު ނަޝީދަށް، ނަޝީދު ޔާމީނަށް" މި އެވެ. މީގެ އިތުރުން ތަޢުލީމީ ނިޒާމުގައި ދިވެހި ބަހުގެ މުހިންމު ކަމާ ގުޅޭ

ޮގތުން އަހުމަދު މާޖިދު ލިޔުއްވާފައިވާ މަޒުމޫނަކީ ކިޔާލުން މުހިންމު މަޒުމޫނެކެވެ. އަދި ހަމަ އެހެންމެ މަޝްހޫރު ނޫސްވެރިޔާ ހިރިގާ އަހުމަދު ޒާހިރުގެ "ފަސް މަންޒަރު" ޮކލަމް ވެސް މި ފަހަރުގެ ޢަދަދުގައި ހިމަނާފައި ވާނެ އެވެ. މީގެ އިތުރުން މި ފަހަރު ވެސް ތިޔަ ބޭފުޅުންގެ

އެކުވެރި ޮކލަމިސްޓުންގެ ޮކލަމްތައް ހުންނާނެ އެވެ. ވިދާޅުވަމުން ގެންދަވާށެވެ.

އެޑިޓަރު: ސިނާން އަލީ

އެގްޒެކެޓިވް އެޑިޓަރުން:

މުހައްމަދު ޝަހީބުއަހުމަދު ޒާހިރު )ހިރިގާ(މުހައްމަދު އާމިރު ފަރެސް

ޑިޕިއުޓީ އެޑިޓަރު: މުންޑޫ އާދަމް ހަލީމް

އެސިސްޓެންޓް އެޑިޓަރު: އަލްއުސްތާޒު އަހުމަދު މާޖިދު

ލިޔުންތެރިން:

އަބްދުهللا އަޒްމީންމުހައްމަދު ގާސިމް

ޮކލަމިސްޓުން:ސިކުނޑީގެ ތޫފާން: ސީނާ އަހުމަދު ޒާހިރު

ކެޮޔނިރު: މުހައްމަދު ބުޝްރީފަސްމަންޒަރު: އަހުމަދު ޒާހިރު )ހިރިގާ(އަޅުގަނޑުމެންގެ މާހައުލުން: މީމުޒަވިޔަނި

ޑރ. ރާޒީގެ އިރުޝާދު: ޑރ. އަހުމަދު ރާޒީދިޔަތިކި: އަބްދުهللا ފާރޫގު ހަސަން

ސިއްކަ: ސިއްކަގޭ މުހައްމަދު ނަސީމް ދިޔަވަރު: މުހައްމަދު އާމިރު ފަރެސް

ރަންދެލި: މުންޑޫ އާދަމް ހަލީމްފަންވަތް: އިމާދު ލަތީފު

ހަވާސް: މުހައްމަދު ޝަހީބުޮކމާޯކޅި: ސިނާން އަލީ

މާކެޓިން:

ސަން އެފްއެމް މާކެޓިން ޓީމް

ކަލަސަޕެރޭޝަން އެންޑް ޕްރިންޓިން: ޮނވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑް

"ސަން" އަކީ 14 ޖުލައި 2010ން ފެށިގެން "ސަންއެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން މަހަކު ދެ ފަހަރު ނެރޭ މަޖައްލާއެކެވެ.

ސަންގެ އިދާރާ: ގ. ވިޔަވަތި، ކަށިމާ ހިނގުން / މާލެއީމެއިލް:

ވެބްސައިޓް: ޯފނު: 3312747، ފެކްސް: 3343789

[email protected]

އަދަދު: 4 25 ޯއގަސްޓް 2010

ސިނާން އަލީއެޑިޓަރު

Page 4: Sun Magazine issue 4
Page 5: Sun Magazine issue 4

5

ކޮމްޕިއުޓަރު ކައިީރގައި ކުއްާޖ އެ އިީނ ތިގޭގައިކަން ކަށަވަރެއް ނޫނެވެ.

ފަރެސް މުހައްމަދު އާމިރުގެ

ދިޔަވަރު

މި ލިޔުމަށް ހިޔާލު ފާޅުކުރައްވަން ބޭނުންފުޅު ފަރާތްތަކުން ތިރީގައިވާ ކީޯވޑް ޖެއްސެވުމަށް ފަހު އެސްއެމްއެސް ކުރައްވާށެވެ. އެސްއެމްއެސް ކުރައްވާނީ SUN ޖައްސަވައި

ސްޕޭސްއެއް ދެއްވުމަށްފަހު ޮކމެންޓް ލިޔުއްވާފައި 2747 އަށެވެ.

މައިން ބަފައިންގެ ކުރިމަތީގައި ގޭތެރޭގައި ހުންނަ ޮކމްޕިއުޓަރުން އިންޓަރ ނެޓަށް ވަދެ އިންނަ ކުއްޖާ އެއިނީ ގޭތެރޭގައި ނޫންކަމަށް ބުނެފި ނަމަ

ކިތައް މީހުން ހައިރާން ވާނެ ހެއްޔެވެ؟ ހައިރާންކަން ކިތަންމެ ޮބޑުވިޔަސް ވަރަށް ގިނަ ފަހަރަށް ކުއްޖާ އިންނަނީ ގޭތެރެއަކު ނޫނެވެ. ކުއްޖާގެ ހަށިގަނޑު ގޭތެރެއިން ފެނުނު ކަމުގައި ވިޔަސް އެ ކުއްޖާގެ ހިތާއި ސިކުނޑިއާއި ދެޮލލާއި

ދެ ކަންފަތް ނުރައްކާތެރި މާހައުލެއްގައި އަވަދިނެތިފައި ވަނީ މަދެއްޮކށެއް ނޫނެވެ.

މިއީ ހަގީގަތެކެވެ. މުވާސަލާތީ ޓެކްޮނޮލޖީގެ ތެރެއިން ކުޑަކުދިން މަގުން ކައްސާލައެވެ. ޯލބިވާ މައިންބަފައިންގެ ޯލމަތީގައި އެކަމަކު އެމީހުންނަށް

"ނުފެނި" ނުރައްކާތެރި ކަންކަމުގެ ތެރެއަށް ކުޑަކުދިންނަށް ވަދެވި މިންޖު ނުވެވޭ ހިސާބަށް ދެއެވެ.

މުވާސަލާތުގެ ޓެކްޮނޮލޖީ ކުރިއަރައިގެން ޮގސް އިންސާނާގެ އިނގިލި ކުރިއަށް ދުނިޔެ ޖަމާކުރެވުނު އިރު މިކަން ވަނީ ފެޝަނުގެ ތެރެއަށް ވަދެފައެވެ. އެހެންކަމުން ތިމާމެންގެ ދަރިންނަށް މި ވަސީލަތްތައް ޯހދައިދިނުމަކީ މައިން ބަފައިންގެ އުފަލަކަށް ވަނީ ވެފައެވެ. މައިން ބަފައިންނަށް ނުކުޅަދާނަ ޚަރަދުތައް ޮކށްގެން ޮކމްޕިއުޓަރާއި އިންޓަރނެޓް ކުދިންނަށް ޯހދައިދިނުމުން އޭގެ ސަބަބުން ނުކުންނަމުންދާ ހިތި ނަތީޖާއާ މެދު ރާއްޖޭގައި އުފެދިފައިވާ

ހޭލުންތެރިކަން ވަރަށް ކުޑައެވެ. އިންޓަރ ނެޓްގެ ޚިދުމަތްދޭ ފަރާތްތަކުގެ ޒިންމާ ވެސް މީގައި ކުޑައެއް ނޫނެވެ.

އިންޓަރ ނެޓްގެ ނުރައްކަލަކީ ޮކބައިހެއްޔެވެ؟ އިންޓަރ ނެޓްގެ ނުރައްކަލަކީ ނެޓް މެދުވެރިޮކށް ކުޑަކުދިން ނުރަނގަޅު ކަންކަން ކުރުމެވެ.

ކާކުކަން ނޭނގޭ މީހުންނާ ވާހަކަ ދެއްކުމެވެ. މިފަދަ މީހުންގެ ތެރޭގައި ޮބޑެތި ވަގުންނާއި އެއް ޖިންސުން ގުޅުން ހިންގާ މީހުންނާއި ޮބޑެތި ކަސްބީންނާއި،

ޑްރަގް ބޭނުންކުރާ މީހުންނާއި ޑްރަގް ވިއްކާ މީހުން ހިމެނުމެވެ. މިފަދަ ކަންކަމަށް ކުޑަކުދިން ޝައުގުވެރި ކުރުވާ މީހުންނާއި ފުޅާ ދާއިރާއެއްގައި މިކަން

ކުރާ މީހުން އުޅުމެވެ. މިފަދަ ވާހަކަތަކާއި އެއާ ގުޅޭ ޮފޯޓތަކާއި ވީޑިޯއތައް މިފަދަ މީހުން މެދުވެރިވެގެން ކުދިންނަށް ލިބުމެވެ. މީގެ މާނައަކީ އިންޓަރ ނެޓަށް ވަންނަ ޮކންމެ ފަހަރަކު މިކަންކަމާ ދިމާވުމެއް ނޫނެވެ. މިކަންކަން އާންމުޮކށް ދިމާވަނީ އީމެއިލް އާއި "އެމްއެސްއެން" އާއި "ސްކައިޕް" ފަދަ ވަސީލަތްތަކުންނެވެ. "ފޭސް ބޫކް" އާއި މިފަދަ ނެޓްވަރކްތަކުންނެވެ. މި

ވަސީލަތްތައް ބޭނުންކުރާ ގިނަ މީހުންނަކީ ނުރައްކާ މީހުން ކަމަށް ނުވިޔަސް އެންމެ ނުރައްކާތެރި މީހުންނާ ދިމާވަނީ ވެސް މި ވަސީލަތްތަކުންނެވެ. ޗެޓް

ގްރޫޕްތަކުންނާއި ބައެއް ނެޓްވަރކް ތަކުންނެވެ. ބެލެނިވެރިން ސަމާލުވާންވީ އިންޓަރ ނެޓުން ކުދިންނަށް މިފަދަ ޮބޑު ގެއްލުމެއް ވިޔަ ނުދިނުމަށެވެ. ވަރަށް ގިނަ ފަހަރަށް ވާޮގތަކީ ކުއްޖާ ޮކމްޕިއުޓަރ ކައިރީގައި އިނުމުން ބެލެނިވެރިންނަށް ހިތްހަމަޖައްސައި ލެވެނީ އެވެ. ތިމާގެ ޯލމަތީގައި ދަރިފުޅު އިނުމުން އެއިނީ ރައްކާތެރި ތަނެއްގައި

ރައްކާތެރިކަމާ އެކުގައި ކަމަށް ގަބޫލު ކުރެވެނީ އެވެ. މާލޭގެ ދިރިއުޅުން ހުންނަ ޮގތުންނާއި ގެޮދރުގެ ދަތިކަން ހުންނަ ޮގތުން ވެސް މިކަން މިޮގތަށް ދިމާވެއެވެ. އެހެން މީހަކަށް އުނދަގުލަކަށް ނުވެ ޮކމްޕިއުޓަރ ކައިރީގައި ކުއްޖާ އިށީނުމުން ގިނަ ފަހަރަށް ޮބޑެތި މީހުންނަށް ހިތްހަމަ ޖައްސައި ލެވެނީ އެވެ. މިއީ ޮބޑު

ނުރައްކަލެއް އޭގެ ފަހަތުގައިވާ ކަމެކެވެ. ގޭގެ ޮކޓަރިތެރޭގައި އިންޓަރ ނެޓް ބޭނުންކުރަން އިންނަ ކުއްޖާގެ ހިތާއި ސިކުނޑި އެހެން ދުނިޔެއެއްގައި ވެދާނެއެވެ. ޮކމްޕިއުޓަރ މެދުވެރިޮކށް އޭނާ "ނާސި ގެއެއްގައި" ވެސް އުޅެފާނެއެވެ. "ޑްރަގް އައްޑާ"އެއްގައި ވެސް އުޅެފާނެއެވެ. މީހުން ގަތުލުކުރާ ގޭންގެއްގައި ވެސް އިނދެދާނެއެވެ. ކުދިން އިންޓަ ނެޓް ބޭނުން ކުރާނަމަ، އެކުދިން ނެޓު ބޭނުންޮކށްގެން އެ ކުރަނީ ޮކންކަމެއްކަން ބަލަން ޖެހެއެވެ. ވަންނަނީ ޮކން ވެބްސައިޓްތަކަކަށްޯތ ބަލަން ޖެހެއެވެ. ވާހަކަ ދައްކަނީ ކާކާޯތ ބަލަން ޖެހެއެވެ.

ޮކން "ދައްތަ"އަކާޯތ ބަލަން ޖެހެއެވެ. ޮކން "ބޭބެ"އަކާޯތ ބަލަން ޖެހެއެވެ. ޮކން "ފްރެންޑަ"ކާޯތ ބަލަން ޖެހެއެވެ. ސަބަބަކީ ނުބަލައި ދޫޮކށްލައިފި ނަމަ މިއިން ޮކންމެ

ވެސް މީހެއްގެ އަތްދަށުގައި ކުއްޖާ ވުމުގެ ފުރުސަތު ޮއތުމެވެ. ނެޓްގައި އުޅޭ ނުރައްކާތެރި މީހުންނަކީ ވަރަށް ކުޅަދާނަ ބައެކެވެ. ވަރަށް ހުޝިޔާރު ވެސް ބައެކެވެ. އެމީހުން ކުދިންނާ ވާހަކަ ދައްކަނީ ވަރަށް ޯލބިންނެވެ. އެމީހުން ކުދިންނަށް އެހީތެރިވެދެއެވެ. ޯހދަން ދަތި މައުލޫމާތުތައް ޯހދައިދެއެވެ.

"ހެޮޔބަސް" ބުނެއެވެ. ޓެކްޮނޮލޖީގެ އެކިއެކި އެއްޗެހިތައް ޮއޅުންފިލުވައި ދެއެވެ. އެންމެ ފަހުން ކުއްޖާގެ ހިތުގެ އެންމެ އަޑިން މަގުބޫލު ޖާގައެއް ޯހދައެވެ. ކުއްޖާގެ ބުއްދިއާއި

އަޚުލާގު ފާސިދު ޮކށްލަނީ މިޖާގަ ޯހދައިގެންނެވެ.މިދެންނެވި ނުކުތާތަކާ ގުޅިގެން ގިނަ ކަންތައްތަކެއް ކުރަން ޖެހެއެވެ.

އެއްކަމަކީ އިންޓަރ ނެޓްގެ ޚިދުމަތްދޭ ފަރާތްތަކުން ކުރަންޖެހޭ ޚާއްސަ ކަންތައްތަކެވެ. އެއްކަމަކީ ކުޑަކުދިންނަށް ޚާއްސަ އިންޓަރނެޓް ޕެކޭޖްތަކެއް ތައާރަފް ކުރުމެވެ. މީގެ

މާނައަކީ ހަމައެކަނި އަގުހެޮޔވުމެއް ނޫނެވެ. އޭގެ ރައްކާތެރިކަމެވެ. އަނެއް ކަމަކީ ނެޓް ބޭނުންކުރާ ކުދިންގެ ގަޔަށް ޮބލަށް އަރައި ނުގަނެވޭ ކަހަލަ ރައްކާތެރިކަމުގެ

ޮސފްޓްވެއަރ ތައާރަފް ކުރުމެވެ. އަދި މިކަމުގެ މައުލޫމާތު ވަރަށް ރަނގަޅަށް ހާމަކުރުމެވެ. ކުންފުންޏަކަށް ލާރި ޯހދުން އެއީ ހަމައެކަނި މަގުސަދު ކަމުގައި ނުބަލައި، ޅަ ޖީލުތަކުގެ ރައްކާތެރި ކަމަށްޓަކައި މުވާސަލާތީ ކުންފުނިތަކުގެ އިޖުތިމާއީ ޒިންމާއެއް ވެސް ޮއތްކަން ދަނެ އެ ޒިންމާ އުފުލުމެވެ. ބެލެނިވެރިންގެ ފަރާތުން ކުރަންވީ ކަމަކީ

ކުއްޖާ އިންޓަރ ނެޓަށް ވަދެ ކުރަނީ ޮކންކަމެއްޯތ ބެލުމެވެ. މިޮގތުން ކުރަންޖެހޭ ކަންކަން ކުއްޖާގެ އުމުރުގެ ނިސްބަތުން ތަފާތުކުރަން ޖެހެއެވެ. ކުއްޖާއަށް މިނިވަންކަން

ދިނުމާއި އަމިއްލަ ބުއްދީން ކަންކަން ނިންމުމަށް ފުރުސަތު ދިނުމާއެކު ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރަންވާނެއެވެ. ކުޑަކުދިން އިންޓަރ ނެޓް ބޭނުންކުރަން

އެންމެ ރަނގަޅީ ބެލެނިވެރިޔާއާ އެކުގައެވެ. ކުއްޖާ މީހުނާ ދައްކާ ވާހަކަތައް ޮކމްޕިއުޓަރުގައި ރައްކާ ކުރެވޭޮގތަށް

ޮކމްޕިއުޓަރުގެ ސެޓިންގ ހަދައިލެވެން ވެސް ހުރެއެވެ. ކުދިން ޮކމްޕިއުޓަރުން ކުރާކަންކަން ބެލޭނޭ ޮސފްޓްވެއަރތައް ހުރެއެވެ. ވަކި ކަހަލަ އެއްޗެހިތަކަކާ ހަމައަށް ކުއްޖާއަށް ވާސިލް ނުވެވޭޮގތް ހަދައިދޭ ހިލޭ ޮސފްޓްވެއަރތައް ވެސް ހުރެއެވެ.

މިފަދަ ކަންކަމަށް ބަލައިގެން އެންމެ ރައްކާތެރި ޮގތް ކަށަވަރުޮކށްގެން ނޫނީ ކުދިން އިންޓަރ ނެޓްގެ މާސިންގާ ކަނޑަށް ދޫޮކށްލާކަށް ހެޮޔނުވާނެއެވެ.

Page 6: Sun Magazine issue 4

6

ޞަލާޙުއްދީނުލް އައްޔޫބީގެ ހަޔާތްޕުޅު 4

ސަީލީބ ހަނގުާރމައިގެ އަސްާލއި ސިއްރުތައް

ކުރީ ބާބުގައިވެސް ދަންނަވާލެވިފައި ވާނޭ ފަދައިން ޞަލީބީ ހަނގުރާމަ ފެށުނު ދުވަސްވަރު ވެޓިކަންގެ ޮބޑު ފައްޅީން ޔޫރަޕުގެ އަހުލުވެރީންނަށް ވިސްނައިދިން ޮގތުގައި މުސްލިމުންނާ ދެޮކޅަށް

ހަނގުރާމައަށް ދާން ޖެހޭ އެންމެ މުހިއްމު ސަބަބަކީ މުސްލިމުންގެ ސަބަބުން ކްރިސްޓިއަނުންނަށް ލިބެމުން ދިޔަ އަނިޔާތަކާ ދެޮކޅަށް

ތެދުވުމެވެ. ޚާއްސަޮގތެއްގައި، ސަލްޖޫޤީ މުސްލިމުންގެ ބިރުވެރިކަމުން ބައިޒެންޓައިން ދައުލަތް ސަލާމަތްކުރުމާއި، ޔޫރަޕުން ޤުދުސްގައި ހުންނަ ކްރިސްޓިއަނުންގެ މުޤައްދަސް ފައްޅިއަށް ދަތުރުކުރާ ކްރިސްޓިއަނުންނަށް

ސަލްޖޫޤީންގެ ފަރާތުން ލިބެމުން ދިޔަ އަނިޔާތައް ހުއްޓުވުމެވެ. އިސްވެދިޔަ ބާބުގައި ދެންނެވިފައިވާނޭ ފަދައިން ސަލްޖޫޤީންގެ ދުވަސްވަރު،

ޚާއްސަޮކށް މީލާދީން 1071 ވަނަ އަހަރުން ފެށިގެން ޝާމްކަރައިގެ ބަޔަކާއި އެނަޯޓލިޔާގެ ބައެއް ޮއތީ ސަލްޖޫޤީންގެ ބާރުގެ ދަށުގައެވެ. މި

ސަރަޙައްދަކީ ޔޫރަޕުންނާއި އަދި ބައިޒެންޓިއަން ދައުލަތުގެ ސަރަޙައްދުން ޤުދުސަށް ޒިޔާރަތްކުރާ އެތައް ހާސް ކްރިސްޓިއަނުން ދަތުރުކުރާ މަގުތައް އެ ސަރަޙައްދެއްގައި ޮއންނަ ސަރަޙައްދެކެވެ. އެހެންކަމުން އެމަގުތަކުން

ދަތުރުކުރާ ކްރިސްޓިއަނުންނަށް ސަލްޖޫޤީންގެ ފަރާތުން ހިސާބެއްގެ ދަތިތަކެއް ކުރިމަތިވެފައި ވެއެވެ. ދަތުރުކުރުމަށްޓަކައި ދައްކަން ޖެހޭ ޓެކްސް ޮބޑުވުމާއި، މުޢާމަލާތުކުރުމުގައި ހަރުކަށިކަން ދެއްކުން ފަދަ ކަންތައްތަކެއް ސަލްޖޫޤީންގެ ފަރާތުން ކްރިސްޓިއަނުންނަށް ކުރިމަތި

ވިއެވެ. ނަމަވެސް އެއަށްވުރެ ޮބޑަށް ކްރިސްޓިއަނުންނަށް މައްސަލަތައް ދިމާވެފައިވަނީ ހަނގުރާމައިގެ ސަބަބުން އެ ސަރަޙައްދުގައި އަމާންކަން ގެއްލިފައި ޮއތުމުގެ ނަތީޖާއެއްގެ ޮގތުން މީހުން ފޭރިކާން ނިކުމެ އުޅުނު ޑާކޫންގެ ފަރާތުންނެވެ. އަދި މި މީހުންގެ ފަރާތުން ކްރިސްޓިއަނުންނެކޭ އެއްފަދައިން މުސްލިމުންނަށްވެސް އަނިޔާތައް ލިބުނެވެ. މި ހިސާބުން

އަޅުގަނޑު ގަސްތުކުރަނީ މި ނުކުތާތަކަށް ތަންޮކޅެއް ތަފްސީލީ ޮގތެއްގައި އަލިއަޅުވާލުމަށެވެ.

އަލްއުސްތާޛު އަޙުމަދު މާޖިދުޮދގު ދަޢުވާއަކާއި މެދުގައި ދެތިން ބަހެއް

ޔޫރަޕުގެ ގިނަ މުއައްރިޚުން ވިދާޅުވާޮގތުގައި ޔޫރަޕުގެ ޯރމަން ކެތަލިކް ފައްޅީން ޞަލީބީ ހަނގުރާމަޔަށް ޮގވާލީ މުސްލިމުންގެ ނުރައްކަލުން ސަލާމަތްޮކށްދިނުންއެދި ކެތަލިކް ފައްޅީގެ ވެރީންގެ އަރިއަހުން އިރުމަތީގެ

ބައިޒެންޓައިން ކްރިސްޓިއަނުން އެދުމާ ގުޅިގެންނެވެ. މި ނަޒަރިއްޔާ ފާޅުކުރައްވާ ބޭފުޅުން ވިދާޅުވާ ޮގތުގައި ބައިޒެންޓައިން ދައުލަތުގެ ޝަހެންޝާހު އެލެކްސިއަސް ޮކމްނީނަސް ޔޫރަޕުގެ ކެތަލިކް ފައްޅީގެ ޯޕޕް އުރްބާނަށް ސިޓީފުޅެއް ޮފނުއްވައި މުސްލިމުންގެ ބިރުވެރިކަމުން ސަލާމަތްޮކށްދެެއްވުން އެދިވަޑައިގަތެވެ. މި ޮދގު ޚުދު މުސްލިމުންގެ ތެރޭގައިވެސް ވަނީ ވަރަށް ޮބޑަށް ފެތުރިފައެވެ. އިސްލާމީ

ތާރީޚު ލިޔުއްވާ ވަރަށްގިނަ މުސްލިމް މުއައްރިޚުންވެސް މި ނަޒަރިއްޔާ ޤަބޫލުފުޅު ކުރައްވައެވެ. ތިރީގައި މި ދަންނަވާލަނީ މި ތިއަރީ ޤަބޫލުފުޅުކުރައްވާ މުއައްރިޚެއްގެ

ބަޔާނެވެ. "... ހުޅަނގުގެ އެހީއަށް އެދިވަޑައިގަތުމަށް ބައިޒެންޓައިން އެމްޕެރަރ

އެލެކްސިއަސް ޮކމްނީނަސްއަށް މަޖުބޫރު ކުރުވީ މި ބިރެވެ )މާނައަކީ ސަލްޖޫޤީންގެ ބިރެވެ(. އަދި 1095 މ. އާއި ހަމަޔަށް ދިޔައިރު ހުޅަނގު ޮއތީ ބައިޒެންޓިއަނުންގެ އެދުމަށް އިޖާބަ ދެވޭފަދަ ޙާލަތެއްގައެވެ. ... 1095 މ. ގައި ބޭއްވުނު ކައުންސިލް

ޮއފް ޕިއަޗެންޒާއަށް ޝަހެންޝާހު އެލެކްސިއަސް ޮކމްނީނަސްގެ ފަރާތްޕުޅުން މަންދޫބުން އައީ ވަރަށް ރަނގަޅު ދަނޑިވަޅެއްގައެވެ. މި ދަނޑިވަޅާ ގުޅިގެން އިރުމައްޗާއި ހުޅަނގުގެ ކްރިސްޓިއަނުންގެ މެދުގައި އެއްބައިވަންތަކަން ޤާއިމު

ކުރެއްވުމުގެ ވަސީލަތެއްގެ ޮގތުގައި އަސްކަރީ އެހީ ވެދެއްވުމަށް ޯޕޕް ނިންމެވީ ކަމުގައި ވެދާނެއެވެ." - އެޑްމަންޑް ހެންރީ ބާރކާރ، އެންސައިކްޮލޕީޑިއާ ބްރިޓޭނިކާ،

ޮވލިޔުމް 16، ޞނ. 828އެންސައިކްޮލޕީޑިއާ ބްރިޓޭނިކާފަދަ ޢިލްމީ މަސައްކަތްތަކުގައިވެސް

ޞަލީބީ ހަނގުރާމައިގެ އެެއް ސަބަބަކީ ބައިޒެންޓިއަން ޝަހެންޝާހު އެލެކްސިއަސް ޯޕޕް އުރްބާންގެ އަރިއަހުން އެހީއަށް އެދިވަޑައިގަތުން ކަމުގައި ދެކެވޭ ފުޯލކު ވާހަކަ

ގެނެވިފައި ވަނީ ކީއްވެގެންޯތ މިއީ އުފެދޭ ސުވާލެކެވެ. މިހެން ދިމާވެފައިވަނީ ވަރަށްގިނަ ސަބަބުތަކާ ހުރެއެވެ.

Page 7: Sun Magazine issue 4

7

އެންމެ ފުރަތަމަ ކަމަކަށް ފާހަގަ ޮކށްލަން ޖެހެނީ ކެތަލިކް ފައްޅީގެ ޕްޮރޕެގެންޑާއެވެ. ފައްޅިއާ ގުޅިފައިވާ ފަރާތްތަކުން މި ވާހަކަ ވަރަށް ކުރީއްސުރެ ފަތުރާފައިވާލެއް ޮބޑުކަމުން މި ވާހަކަ ވެފައިވަނީ މުއައްރިޚުންގެ

ގިނަ ބޭފުޅުން އެ ރިވާއެއްގެ ޮދގުތެދާއި ޞައްޙަކަމާމެދު އިތުރު ސުވާލުތަކެއް ކުރައްވަން ބޭނުންފުޅުނުވާ ރިވާއަކަށެވެ. މިއީ ޢާއްމުޮގތެއްގައި ތާރީޚީ ޢިލްމުގައި ދިމާވާ މައްސަލައެކެވެ. ހާދިސާއެއް ހިނގުމާ

ގުޅިގެން އެ ދުވަސްވަރުގެ މުއައްރިޚުންނާއި އޭގެފަހުން ފުރަތަމަ ޖީލުތަކުގެ މުއައްރިޚުން އެ ހާދިސާއަކާމެދު ދައްކާފައި ހުންނަ ވާހަކަތަކަކީ ބައެއްފަހަރު ޙަޤީޤަތް ކަމުގައި ނުވެ ހިނގައިދެއެވެ. އަދި ފަހުގެ ދައުރެއްގައި

އެ ޙާދިސާއަކާ ބެހޭޮގތުން ކުރީގެ މުއައްރިޚުން މިދެންނެވި ބީދައިން ދައްކާފައި ހުންނަ ވާހަކަތަކުގެ ޞައްޙަނޫން ކަމާއި، ރަނގަޅުޮގތަކީ ޮކބައިކަންވެސް ސާބިތުވެގެންދާޮގތް މެދުވެރިވެއެވެ. ނަމަވެސް

ވަރަށް ގިނަ ފަހަރު ވާ ޮގތަކީ މާޮބޑަށް ފެތުރި ޢާއްމުވެގެން ޮގސްފައިވާ ތާރީޚީ ރިވާތަކަކީ ޮދގުތަކަން ސާބިތުވިޔަސް މަދު ބަޔަކު ނޫނީ އެބައިމީހުންގެ މުސްކުޅި ޚިޔާލު ދޫޮކށްލަން ނުރުހުމެވެ. ޙަޤީޤަތް

ޤަބޫލުކުރަން ފަސްޖެހުމެވެ. ހަމައެއާއެކު، ޔޫރަޕުގެ މުއައްރިޚުން މެދުޒަމާނުގެ ތާރީޚީ ދިރާސާތައް ކުރައްވާއިރު ކްރިސްޓިއަން ވަސީލަތްތަކަށް މާޮބޑަށް ރިޢާޔަތް ކުރެއްވުމުގެ ސަބަބުންވެސް ބައެއް ފަހަރު ޙަޤީޤަތް ވަޅުޖެހިގެން ދާޮގތް މެދުވެރިވެފައި ވެއެވެ. މި ދަންނަވާ މެދުޒަމާނުގެ ކްރިސްޓިއަން ވަސީލަތްތަކަކީ މުޅީން ކަހަލަ ޮގތަކަށް ކެތަލިކް ފައްޅީގެ ރާހިބުންނާއި ފާދިރީންނާއި ދެންވެސް ފައްޅީގެ ބާރާއި ނުފޫޒު އެބަޔެއްގެ މައްޗަށް

ހިނގާ ލިޔުންތެރީން ލިޔެފައި ހުންނަ ތަކެއްޗެވެ. މި ޒަމާނުގައި މި ތިއަރީ ފެތުރުމުގެ މަސައްކަތް ނުބައި ނިޔަތަކާއެކު ކުރަމުންދަނީ ޙައްދުފަހަނައަޅައިފައި ތިބޭ ކްރިސްޓިއަން މުއައްރިޚުންނާއި ލިޔުންތެރީންނެވެ.

ބޭނުމަކީ ޞަލީބީ ހަނގުރާމައަކީ ޙައްޤުން ކުރެވުނު ހަނގުރާމައެއް ކަން ދެއްކުމެވެ. ޔޫރަޕު މީހުން ޞުލްޙަވެރިކަމުގައި ތިއްބައި ސަލްޖޫޤީން އައިސް ބައިޒެންޓައިން ދައުލަތުގެ ދެމިޮއތުމަށް ނުރައްކާކުރަން ފެށުމުން، ބައިޒެންޓައިން ވެރީން އެމީހުންގެ ސަލާމަތަށް އެދި އެމީހުންގެ ޯލބިވާ ދީނީ އަޚުންގެ ފަރާތުން ރައްކާތެރިޮކށްދިނުންއެދި އާދޭސް ކުރުމުގެ ސަބަބުން މަޖުބޫރުވެގެން އެޅި ފިޔަވަޅެއް ކަމުގައި ދެއްކުމެވެ.

ޞަލީބީ ހަނގުރާމައަކީ މުސްލިމުންގެ މުޞީބާތް ޮބޑުވެގެން ދިފާޢީޮގތުން އަޅަން މަޖުބޫރުވެގެން އެޅި ފިޔަވަޅެއް ކަމުގައި ދެއްކުމެވެ. ނަމަވެސް މިއީ ޔޫރަޕްގެ ކްރިސްޓިއަނުން ޢިލްމީ މައިދާނުގައި

ހަދާފައިވާ މަޢާފު ނުކުރެވޭނޭ ފަދަ އެތަކެއް ހާސް ޮދގުތަކެއްގެ ތެރެއިން އެއްޮދގެވެ. މިއީ ޮދގެއް ކަމުގެ އިޢުތިރާފު ވެފައިވާ އެންމެ މުހިއްމު ޢިލްމީ މަސައްކަތަކީ ކްރިސްޓިއަން ނިއު އެޑްވެންޓްގެ ކެތަލިކް

އެންސައިކްޮލޕީޑިއާއެވެ. މި އެންސައިކްޮލޕީޑިއާގައި ލިޔެފައި ވެއެވެ."ޯޕޕް ގްރެގަރީއަށްފަހު އޭނާގެ ރޭއްވެވުންތައް މަތާރަނުން ނަންގަވައިގެން އެ ރޭއްވެވުންތަކަށް

ޢަމަލީ ސިފައެއް ގެންނެވި ބޭފުޅަކީ ޯޕޕް އުރްބާނެވެ. ބައިޒެންޓައިން ޝަހެންޝާހު އެލެކްސިއަސް ޮކމްނީނަސް، ޮރބާރޓް ޮއފް ފްލޭންޑާރސް އަށް ޮފނުއްވި ސިޓީފުޅެއްގެ ޮގތުގައި މުއައްރިޚުން ކަމުގައިވާ

ގައިބާރޓް ޑި ޯނޖެންޓާއި ހިއުސް ޑި ފްލިއަރީ ރިވާޮކށްފައިވާ ސިޓީއަކުން ނުސީދާޮގތެއްގައި ނެގޭ މާނައަކަށް ރިޢާޔަތްކުރެވިގެން މިހާތަނަށް ބެލެވެމުން އައީ ޞަލީބީ ހަނގުރާމައިގެ އަޞްލަކީ ޝަހެންޝާހު

އެލެކްސިއަސް، ޯޕޕް އުރްބާންގެ އަރިއަހުން އެހީއަށް އެދިވަޑައިގަތުން ކަމުގައެވެ. ނަމަވެސް ފަހުގެ ދިރާސާތަކާއި ތަޙުޤީޤުތަކުން މިއީ ޙަޤީޤަތެއް ނޫންކަން ވަނީ ސާބިތުވެފައެވެ. އެލެކްސިއަސް ޮރބާރޓްގެ

އަރިއަހުން އެދިވަޑައިގަތީ ހަމައެކަނި އޭނާގެ ލަޝްކަރުގެ ސިފައިންގެ ތެރެއަށް ވެއްދެވުމަށްޓަކައި ފްލެމިންގްގެ 500 ބަހާދަރުން ޮފނުވައިދެއްވުމަށެވެ."

ޞަލީބީ ހަނގުރާމަ ފެށުނީ ބައިޒެންޓައިން ޝަހެންޝާހު ސަލްޖޫޤީންނާ ދެޮކޅަށް ހުޅަނގު ޔޫރަޕުގެ ކްރިސްޓިއަނުންގެ އެހީއަށް އެދިވަޑައިގެން ޯޕޕް އުރްބާނަށް ޮފނުއްވި ސިޓީއަކާ ގުޅިގެން ކަމުގައި

ވާހަކަ ދައްކާ މީހުން ބުނާޮގތުގައި، އެ ސިޓީއެއް އުރްބާނަށް ލިބިވަޑައިގަތީ 1095 ވަނަ އަހަރުއެވެ. އެ އަހަރުގެ މާރޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހާއި ހަމަޔަށް އިޓަލީގެ ޕިއަޗެންޒާ )Piacenza( ގައި ބޭއްވުނު ޔޫރަޕުގެ ކެތަލިކް ފައްޅިތަކުގެ މަހާސިންތާއެއްގައެވެ. ޯރމުގެ ޮބޑު ފައްޅީގެ

ބެލުމުގެ ދަށުން ބޭއްވުނު މި މަހާސިންތާ މަޝްހޫރުވެފައިވަނީ ޕިއަޗެންޒާގެ މަހާސިންތާ ނުވަތަ ކައުންސިލް ޮއފް ޕިއަޗެންޒާ )Council of Piacenza( ގެ ނަމުންނެވެ. ކައުންސިލްގެ ރިޔާސަތުގައި އިންނެވީ ޯރމްގެ Urban( ަފައްޅީގެ ޯޕޕް، އަދި ޔޫރަޕުގެ ކެތަލިކް ކްރިސްޓިއަނުންގެ ދީނީ އިމާމް ޯޕޕް އުރްބާން ދެވަނ

II( އެވެ. މި ކައުންސިލުގައި އިރުމައްޗަށް ލަޝްކަރެއް ޮފނުވުމާއި ބެހޭޮގތުން ފައްޅީގެ އިސް ބޭފުޅުންގެ މެދުގައި މަޝްވަރާތަކެއް ކުރެވުނު ކަމަށްވެސް ޤަބޫލު ކުރެވިދާނެއެވެ. ނަމަވެސް މި މަހާސިންތާގައި ބައިޒެންޓައިން ވަފުދެއް ބައިވެރިވެ، ޔޫރަޕުގެ ކްރިސްޓިއަނުންގެ ގާތުން އެހީއަށް އެދުނުކަމަށް ބުނެވޭ ވާހަކައަކީ ތާރީޚުގެ ޞަފުޙާތަކަށް އެންމެ ޮމޅަށް ފައްތާލެވިފައިވާ ޮދގުތަކުގެ ތެރެއިން އެއްޮދގެވެ.

އަދި ކީއްޯތއެވެ. މި މަހާސިންތާގައި ބައިޒެންޓައިން ދައުލަތުގެ ވަފުދެއް ބައިވެރިވިކަންވެސް ތާރީޚުން ސާބިތުވާކަށް ނެތެވެ.

މި ލިޔުމަށް ހިޔާލު ފާޅުކުރައްވަން ބޭނުންފުޅު ފަރާތްތަކުން ތިރީގައިވާ ކީޯވޑް ޖެއްސެވުމަށް ފަހު އެސްއެމްއެސް ކުރައްވާށެވެ.

އެސްއެމްއެސް ކުރައްވާނީ SUN ޖައްސަވައި ސްޕޭސްއެއް ދެއްވުމަށްފަހު ޮކމެންޓް ލިޔުއްވާފައި 2747 އަށެވެ.

Page 8: Sun Magazine issue 4

8

އީމާންކަން

އަބްދުهللا ފާރޫގު ހަސަންދިޔަ ތިކި

"މި ދުނިޔޭގައި ދެބަސްވުން އުފެދުމަކީ ފިޠުރީ ކަމެކެވެ. ނަމަވެސް އެ

ހަމަނުޖެހުންމަތީގައި ދެމިތިބުމަކީ ހަރުކަށިކަމެވެ. ޯބހަރުކަމެވެ. ރުޅިވެރިކަމުގައި ދެމިހުންނަ މީހާ އެ ސާބިތުޮކށްދެނީ ތިމާއަކީ ކިބުރުވެރިކަމާއި، ޮބޑާކަމުގެ ބަލިމީހެއް ކަމެވެ. އޭނާ އޭނާގެ

ނަފުސާމެދު އެ ބަލަނީ ޙައްޤަށްވުރެ މަތީގައިވާ ފަރާތެއް ކަމުގައެވެ. އޭނާ އޭނާގެ އަމިއްލަ އެދުމަށް އެދޭ މަޤާމަކީ ޙަޤީޤަތުގައި އޭނާގެ ސާހިބުވަންތަ ރަސްކަލާނގެ ރަސްކަންފުޅަށް އަރުވަން ޖެހޭ މަޤާމެވެ. ޙައްޤު ޒަޚަމްޮކށްލާން

އޭނާ ރުހެއެވެ. ނަމަވެސް އޭނާގެ އަމިއްލަވަންތަކަން ފާރުޮކށްލާކަށެއް އޭނާ ނޭދެއެވެ.

އަޅުގަނޑުމެންގެ ތެރެއިން ޮކންމެ މީހަކުވެސް މަސައްކަތް ކުރާންވީ ތިމާއަކީ މާތް هللا ރުހިޮވޑިގެންވާ މީހަކު ކަމުގައި ވުމަށެވެ. އެކަލާނގެ

އަޅުތަކުންވެސް ރުހޭ މީހަކު ކަމުގައި ވުމަށެވެ. މާތް هللا ގެ ރުހިޮވޑިގަތުން ވަނީ އެކަލާނގެ އަޅުތަކުންގެ ރުހުމާ ވަރަށް ޮބޑަށް ގުޅިލާމެހިފައެވެ. މާތް هللا ގެ ރުހިޮވޑިގަތުމާއި، އެކަލާނގެ އަޅުތަކުންގެ ރުހުން ޯހދުމަށްޓަކައި

ބޭނުންވަނީ ތިމާ ކުރާ ޮކންމެ ކަމަކީވެސް މާތް هللا ގެ ރުހިޮވޑިގަތުން އަދައިގެން

ކުރާ ކަމަކަށް ހެދުމެވެ. ތިމާގެ އަޚުލާޤަކީ ރައްބާނީ އަޚުލާޤަކަށް ހެދުމެވެ.

އަނެކުންގެ ކިބައިން އެއްވެސް މަންފާއެއް ލިބުމަށް އުއްމީދު ކުރުމެއް ނެތި

އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރުމެވެ. އެހެން މީހުންގެ އަތުގައިވާ ނިޢުމަތްތަކާއި،

ވަސީލަތްތަކަށް ދަހިވެތިވުމެއް ނެތި ނަފުސުގެ ފުދުންތެރިކަމާއެކު ދެމިހުންނަ

މީހަކަށް ވުމެވެ. ޝައްކެއް ނެތެވެ. ތިމާ ދުނިޔޭގައި އުޅެމުންދާއިރު ދުނިޔަވީ އުފާތަކުން ތިމާ ލިބިގަންނަ މިންވަރު މަދުޮކށް އަނެކުންނަށް އެކަންކަމުގެ ފައިދާ އިތުރުޮކށްދޭން މަސައްކަތް ކުރުމަކީ ފަސޭހަކަމެއް ނޫނެވެ.

ނަމަވެސް މާތް هللا އާއި އެކަލާނގެ އަޅުތަކުންގެ ރުހުމާއި ޯލބި މިލްކުކުރެވޭނީ

އެޮގތަށް މަސައްކަތް ކުރެވިގެންނެވެ. ނަމަވެސް އަޅުގަނޑުމެންގެ ވަށައިގެން ވާ މީހުންނާމެދު ނަޒަރު ހިންގާއިރު

ގިނައިން ފެންނަނީ މި ދެންނެވި ބާވަތުގެ މީހުންނެއް ނޫނެވެ.

އަބޫ އައްޔޫބުލް އަންޞާރީ ރަޟިޔަهللا ޢަންހު ރިވާކުރައްވައިފައި ވެއެވެ. ރަސޫލުهللا ޞައްލަهللا

ޢަލައިހި ވަ ސައްލަމަ ޙަދީޘުކުރެއްވިއެވެ. "ތިން ދުވަހަށްވުރެ ގިނަ ދުވަހު ތިމާގެ އަޚާއާ ގުޅުން ކަނޑައިލައިގެން ހުރުން މުއުމިނަކަށް ހެޮޔވެގެންނެއް

ނުވެއެވެ. ދެމީހުން ބައްދަލުވެއްޖެ ނަމަ މީނާ މިފަރާތަށް އޭނާ އެފަރާތަށް މޫނު އަނބުރައިލައެވެ. ދެމީހުން ކުރެ ހެޮޔކަން ޮބޑީ ސަލާމް ކުރުމަށް އިސްނަގާ

މީހާއެވެ."މާތް هللا ޯލބިވެޮވޑިގެންވާ އަޅުންނަކީ ތިމާ ފާހަގަވެގަނެ

މަޝްހޫރުވެގަތުމަށް އެއްވެސް މިންވަރަކަށް ދަހިވެތިނުވާ މީހުންނެވެ. ނަންނުވެ ދުނިޔޭގައި އުޅުމަށްފަހު، ނަންނުވެ މަރުވެގެންދާ މީހުންނެވެ. އޭނާ ކުރާ ޮކންމެ ކަމެއް ކުރަނީ ހަމައެކަނި هللا އަށް ޓަކައެވެ. އެކަންކަމުގައި އޭނާގެ އެއްވެސް

ކަހަލަ އަމިއްލަ މުހުތާދެއް ނުވެއެވެ. އޭނާގެ އަޚަކާ ދެމެދު ދެބަސްވުމެއް ހިނގިކަމުގައި ވިޔަސް ދެފަރާތުގެ ގުޅުން ރަނގަޅުކުރުމަށް އަބަދުވެސް

އިސްނަގަނީ އޭނާއެވެ. އޭނާގެ އަމިއްލަ ޮބޑާކަމެއް ޯނންނާތީއެވެ. މި ދުނިޔޭގައި ދެބަސްވުން އުފެދުމަކީ ފިޠުރީ ކަމެކެވެ. ނަމަވެސް އެ ހަމަނުޖެހުންމަތީގައި ދެމިތިބުމަކީ ހަރުކަށިކަމެވެ. ޯބހަރުކަމެވެ. ރުޅިވެރިކަމުގައި ދެމިހުންނަ މީހާ އެ ސާބިތުޮކށްދެނީ ތިމާއަކީ

ކިބުރުވެރިކަމާއި، ޮބޑާކަމުގެ ބަލިމީހެއް ކަމެވެ. އޭނާ އޭނާގެ ނަފުސާމެދު އެ ބަލަނީ ޙައްޤަށްވުރެ މަތީގައިވާ ފަރާތެއް ކަމުގައެވެ. އޭނާ އޭނާގެ އަމިއްލަ އެދުމަށް އެދޭ މަޤާމަކީ

ޙަޤީޤަތުގައި އޭނާގެ ސާހިބުވަންތަ ރަސްކަލާނގެ ރަސްކަންފުޅަށް އަރުވަން ޖެހޭ މަޤާމެވެ. ޙައްޤު

ޒަޚަމްޮކށްލާން އޭނާ ރުހެއެވެ. ނަމަވެސް އޭނާގެ އަމިއްލަވަންތަކަން ފާރުޮކށްލާކަށެއް އޭނާ

ނޭދެއެވެ. އެފަދަ މީހުންގެ ކަންތައް ހުންނަ ޮގތުން މީހަކާ މެދު ޝަކުވާއެއް އުފެދޭއިރަށް ރުޅިވެރިކަން ޚިޔާރުކުރެއެވެ. އޭނާ އެމީހަކާ ދިމާޔަށް އިސްއުފުލައި ބަލާލައި، ސަލާމް

ޮގވައިލައެއް ނަހަދައެވެ. އޭނާގެ ރުޅި މަޑުވެ ޖަޒުބާތު ފިނިވުމުންވެސް އޭނާ އަލުން ގުޅުން ރަނގަޅުކުރާކަށެއް ނުއުޅެއެވެ. ތިމާގެ ކުށް

އިޙުސާސު ވިކަމުގައި ވިޔަސް އިޢުތިރާފުވާކަށެއް އަވަސްވެއެއްނުގަނެއެވެ. އޭނާގެ ނަޒަރުގައި އެއީ އޭނާ ނިކަމެތިވާ ކަމެކެވެ. އަގުވެއްޓޭ ކަމެކެވެ. އޭނާ ހީކުރަނީ ޞުލްޙައަށް އިސްނެގުމަކީ އޭނާ

ކުޑަވާ ކަމެއް ކަމުގައެވެ. މި ބާވަތުގެ ޚިޔާލުތަކަކީ ޝައިޠާނާގެ ވަސްވާސް ކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ. މުއުމިނުންނަށް ޮއތީ މި ބާވަތުގެ ވަސްވާސްތަކުން ސަލާމަތްވުމެވެ. މާތް هللا އަށްޓަކައި އެހެން ހުރިހާ ކަމެއް ހަނދާން

ނައްތައިލުމެވެ.

މި ލިޔުމަށް ހިޔާލު ފާޅުކުރައްވަން ބޭނުންފުޅު ފަރާތްތަކުން ތިރީގައިވާ ކީޯވޑް ޖެއްސެވުމަށް ފަހު އެސްއެމްއެސް ކުރައްވާށެވެ. އެސްއެމްއެސް ކުރައްވާނީ SUN ޖައްސަވައި

ސްޕޭސްއެއް ދެއްވުމަށްފަހު ޮކމެންޓް ލިޔުއްވާފައި 2747 އަށެވެ.

Page 9: Sun Magazine issue 4

ޒިންމާދާރުކަމެއް ނެތީ އެހެންވެ އެވެ. މިތަނުގައި މި ވާހަކަ މި ޮގތަށް ނަގުލުކުރީ އަޅުގަނޑުމެން ޒިންމާދާރުކަމަށް ގަބޫލުކުރާ ބައެއް މީޑިއަމްތަކުން ބައެއް ފަހަރު ކުރާ ޒިންމާދާރު ކަމެއް ނެތްވަރު ބުނެދިނުމަށެވެ. އެ އުސޫލުގައި ހުޅަނގުގެ ހަންފެތުރުމަށް ޓައިމެއް ނިއުސްވީކެއް ވަކި ތަފާތުވާނެ ކަމަކަށް އަޅުގަނޑު

ނުދެކެމެވެ.އަޅުގަނޑު ކުރިން ބުނި ހެން ރާއްޖެ އަށް ލިބޭ، އަދި ރާއްޖޭގެ

ރައީސް ޯހއްދަވާ ޮކންމެ ކާމިޔާބީ އަކީ ދިވެހިންނަށް ލިބޭ ކާމިޔާބަކާއި ޝަރަފެކެވެ. ނަމަވެސް އަޅުގަނޑު ކަންތައް ޮބޑުވަނީ އެންމެ ސަބަބަކާހުރެ އެވެ. އެއީ އެއިން ކަމެއްގެ މުގާބިލުގައި ގުންޓަނާޯމ ބޭ ޖަލު ފަދަ ތަންތަނުގައި ތިބޭ

ޮބޑެތި ޓެރަރިސްޓުން ރާއްޖޭގެ ޖަލުތަކަށް ބަދަލުކުރަން ޖެހޭ ފަދަ މަޖުބޫރު ކަމެއް ޮއވެދާނެތީ އެވެ. އެއީ ހަގީގަތުގައި ވެސް އަޅުގަނޑު ކަންތައް ޮބޑުވާ ކަމެކެވެ. އަދި ހަމަ އެހެންމެ، ދީނީ މިނިވަންކަން ރާއްޖޭގައި ނެތް ކަމަށް ބުނެ، ބޭރުގެ

ފަރާތްތަކުން ކުރާ ޕުރެޝަރުތަކަށް ޖާގައެއް ދެވިދާނެތީ ވެސް އަޅުގަނޑު ކަންތައް ޮބޑުވެ އެވެ. ބޭރުގެ ބައެއް ޑިޮޕޮލމޭޓުން

އަޅުގަނޑުމެންގެ ކައިރީ

ދައްކާ ވާހަކަ އަޅުގަނޑުމެންނަށް ވެސް އަޑުއިވެ އެވެ. ޒާކިރު

ނައިކު ވަޑައިގެން ސްޓޭޑިއަމް

ސަރަހައްދުގައި ބޭއްވި

ބައްދަލުވުމުގައި ދިވެއްސަކު އޭނާ

އިސްލާމް ދީން ގަބޫލު ނުކުރާ ކަމަށް ބުނި ބުނުމަކީ ވަރަށް އާދައިގެ ކަމެއްގެ ޮގތުގައެއް އަޅުގަނޑު ނުނަގަމެވެ. އޭގެ ފަހަތުގައި އަޅުގަނޑުމެންނަށް ފަހުމު

ނުވާ ވަރަށް ގިނަ ކަންތައް ހުންނާނެ ކަމަށް ހަމަ ޔަގީނުން ވެސް އަޅުގަނޑު ގަބޫލުކުރަމެވެ.

ދުނިޔޭގައި ޔަހޫދީންގެ ބާރު އަޅުގަނޑުމެންނަކަށް ޯނޅެ އެވެ. އެ ވާހަކަތައް ބަހައްޓާށެވެ. ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެއްވެ އެވެ. އެއީ، ރާއްޖޭގެ ބަހުން ނަމަ އެދުމެއް ނެތި ވެދުމެއް ނުކުރާނެ އެވެ. އެހެން ބައެއްގެ

މިސާލު ބަހެއް ބުނާ ނަމަ، ހިލޭދޭ ލަންޗު އެއީ ޮއންނަ އެއްޗެއް ނޫނެވެ.

ހިލޭ ދޭ ލަންޗެއް ނޯވެއެވެ.ހިލޭ ދޭ ލަންޗެއް ނޯވެއެވެ.އަހުމަދު ޒާހިރު )ހިރިގާ(ފަސްމަންޒަރުފަސްމަންޒަރު

މުގާބިލުގައި ގުންޓަނާޯމބޭ ޖަލު ފަދަ ތަންތަނުގައި ތިބޭ ޮބޑެތި ޓެރަރިސްޓުން ރާއްޖޭގެ ޖަލުތަކަށް ބަދަލުކުރަން ޖެހޭ ފަދަ މަޖުބޫރު ކަމެއް ޮއވެދާނެތީ އެވެ. އެއީ ހަގީގަތުގައި ވެސް އަޅުގަނޑު

ކަންތައް ޮބޑުވާ ކަމެކެވެ.

9

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ބޭރު ދުނިޔޭގައި ޯހއްދަވާ ޮކންމެ ކާމިޔާބަކީ ރާއްޖެ އަށް ލިބޭ ރީއްޗަކާއި ޝަރަފެކެވެ. އޭގައި ރައީސް

މައުމޫނެކޭ ރައީސް ނަޝީދެކޭ ޮއތް ތަފާތެއް ނެތެވެ. ރައީސް މައުމޫނަށް 30 އަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ ދުނިޔޭގައި ލިބިފައި ނެތް ތިމާވެށީގެ އެތައް އެޯވޑަކާއި ޝަރަފެއް ރައީސް ނަޝީދު ދެ އަހަރު ތެރޭގައި ވަނީ ޯހއްދަވައިފަ އެވެ. އެއީ ވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. ރައީސް ނަޝީދަށް މަރުހަބާ

އެވެ.ނަމަވެސް އަޅުގަނޑަށް ގަބޫލުކުރަން ދަތި ދެތިން ނުކުތާއެއްވެ

އެވެ. އެއް ނުކުތާއަކީ ބޭރުގެ ފިލްމް ކުރޫއެއް ގެނެސް، ޯކޕަންހޭގަން ސަމިޓާ ދިމާޮކށް، ރާއްޖޭގެ މަންޒަރުތަކެއް ބޭރުގައި ދެއްކުމާއި ވަޒީރުން ބޭއްވި

ކަނޑު އަޑީގެ ކެބިނެޓް މީޓިން ފިޔަވައި ރާއްޖޭގައި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށް ރައީސް ނަޝީދުގެ ދެ އަހަރު ނުވާ ސަރުކާރުން ކުރެއްވި

މާޮބޑު ކަމެއް އަޅުގަނޑަކަށް ނުފުނެ އެވެ. ރައީސް މައުމޫނު ނަމަ، ތިމާވެއްޓަށް ކުރެއްވި ގިނަ ހިދުމަތްތަކެއް ފެންނަން އެބަ ހުއްޓެވެ.

މިސާލެއްގެ ޮގތުން ބުނާ ނަމަ މިލިއަން ގަހުގެ ޕްޮރގްރާމަކީ މިދެންނެވި ބަހުގެ އަލި ގަދަ އަދި ވަރަށްގާތުން ފެންނަން ހުރި ދިރި ހުރި މިސާލެކެވެ. ރުއްގަސް ނުކެނޑުމަށާއި ކަނޑާ ގަހަކަށް ދެ ގަސް އިންދުމަށް

ރައީސް މައުމޫނު ބާރުއެޅުއްވި އެވެ. ހުޅުމާލެ ފެހި ކުރުމުގެ ހާއްސަ ޕްޮރގްރާމެއް ހިންގެވި އެވެ. ރާއްޖޭގެ ރަށްތަކުގެ ތިރިކަމުގެ ވާހަކަ އާއި

މި ތިރި ރަށްތައް ދިރިދެމި ޮއތުމަށް ހުރި ޮގންޖެހުންތަކުގެ ވާހަކަ ދުނިޔޭގެ ސަމާލުކަމަށް ގެނެސްދެއްވީ ރައީސް މައުމޫނެވެ. އެ ނޫނަސް އެތައް ބައިވަރު،

އެ ޒާތުގެ މަސައްކަތްތަކެއް އެ މަނިކުފާނު ކުރެއްވި އެވެ. އެއާ ހިލާފަށް މި ސަރުކާރު ވެރިކަމަށް އައިސް، ރާއްޖެ 10 އަހަރުގެ ތެރޭގައި ކާބަން

ނިއުޓުރަލް ގައުމަކަށް ހައްދަވާނެ ކަމަށް އިއުލާނު ކުރެއްވުމާ އެކު ފެނުނީ، އެގްރިކަލްޗާ މިނިސްޓްރީގެ ހުއްދައާ އެކު ބ. އަޮތޅުގެ ފަޅުރަށެއްގައި ހުރި

ބިޔަ ގަސްތައް ކަނޑައި ބިމާ ހަމަކުރިތަނެވެ. ޮތއްޑޫ ފަދަ ޮބޑެތި ރަށްރަށުގެ މަގުތައް މަތީގައި އިންދާފައި ހުރި ޮބޑެތި ބިޔަ ގަސްތައް ވެސް ކަނޑައިލި އެވެ. އެ ހުރިހާ ކަމެއް ހިނގާ ދިޔަ އިރު ރައީސް ނަޝީދު ޗުއްޕު ވެސް

ވިދާޅެއް ނުވެ އެވެ. އެކަމަކު އެޯވޑްތައް ރައީސް ނަޝީދަށެވެ. ހައިރާން ވަނީ އެހެންވެ އެވެ.

ދުނިޔޭގެ މަގުބޫލުކަން ޯހދާފައިވާ ބައެއް މީޑިއަމްތަކުގެ ދައުރާ ދޭތެރޭ ވެސް ބައެއް ފަހަރު ސުވާލުއުފެދެ އެވެ. އަޅުގަނޑަށް ވެސް އެންމެ

މަގުބޫލު ނޫހަކީ އެމެރިކާގެ ނިޯޔކް ޓައިމްސް އެވެ. އެކަމަކު އެ ނޫހުގެ ރިޯޕޓަރަކު ދާދިފަހުން ރައީސް މައުމޫން 400 މިލިއަން ޮޑލަރު ލޫޓުވާލި

ކަމަށް ލިޔެފައިވާ ވަރުގެ ޒިންމާދާރުކަމެއް ނެތް ރިޯޕޓެއް އަޅުގަނޑު ނުދެކެމެވެ. އަޅުގަނޑުގެ ނުކުތާއަކީ ރައީސް މައުމޫނާ ބެހޭ ޮގތުން 400

މިލިއަން ޮޑލަރުގެ ވާހަކަ ލިޔުމެއް ނޫނެވެ. އަޅުގަނޑަށް މައްސަލަ އަކަށްވީ އެ ރިޯޕޓްގައި މައުމޫން ލޫޓްވާލި ކަމަށް އެ ބުނާ 400 މިލިއަން ޮޑލަރު ލޫޓްވާލި ޮގތުގެ ސާބިތު ހެކި ގެނެސްދީފައިނުވުމެވެ؛ މީހެއްގެ ޮބލުގައި

އެވަރުގެ ޮބޑު އިލްޒާމެއް އަޅުވާއިރު، އެކަމުގެ ހެކި ގެނެސްދޭން ޖެހޭނެ އެވެ.

މި ލިޔުމަށް ހިޔާލު ފާޅުކުރައްވަން ބޭނުންފުޅު ފަރާތްތަކުން ތިރީގައިވާ ކީޯވޑް ޖެއްސެވުމަށް ފަހު އެސްއެމްއެސް ކުރައްވާށެވެ. އެސްއެމްއެސް ކުރައްވާނީ SUN ޖައްސަވައި

ސްޕޭސްއެއް ދެއްވުމަށްފަހު ޮކމެންޓް ލިޔުއްވާފައި 2747 އަށެވެ.

Page 10: Sun Magazine issue 4

މި ޚަބަރަކީ ބުއްދި ގަބޫލު ނުކުރަންވީ ޚަބަރެއް ނޫނެވެ. 3 ޮނވެމްބަރު 1988 ގައި ވެސް ވިހިވަނަ ގަރުނުގެ ޓެރަރިޒަމް މިގައުމުގެ މޭމަތި އިރާލާފައިވެއެވެ. މި

ޚަބަރުގައި ބުނާ ވާހަކަ އަށް އަމަލީ ސިފައެއް އަތުވެއްޖެ ނަމަ ދިވެހިން މިހާތަނަށް ނުދެކޭ ޮބޑު މުސީބާތެއް ކުރިމަތިވާނެއެވެ. ނަފުސާނީ ބަލިމަޑުކަމެވެ. މުޖުތަމައު

ފަސާދަވެ އަތްނުޯފރާ ހިސާބަށް ކަންތައް ދިއުމެވެ. ބަދަލު ހިފުމުގެ ހަރަކާތްތައް ފެށި ޮއބިޯނންނަ ފަށަށް ދިއުމެވެ.

އަނެއް ފަޅިއަށް ބަލާއިރު ހައިރާންވީ ކަންކަން އެބަހުއްޓެވެ. ދެޮކޅު ޖައްސަން ނޭނގޭ ކަންކަން އެބަހުއްޓެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ އުފެދޭ ސުވާލަކީ އެ ބުނާ ލިސްޓްގައިވާ މީހުން ގަތުލު ކުރުމަށްފަހު، ގާތިލުން ހާސިލް

ކުރަން އެ އުޅެނީ ޮކން އެއްޗެއް ހެއްޔެވެ؟ އެ ލިސްޓަށް ބަލާއިރު އެއީ ހަމައެކަނި ސަރުކާރާ އިދިޮކޅު ހަރަކާތެކޭ ބުނެވޭކަށް ނެތެވެ. އަދި އެހެންމެ ހަމައެކަނި

އިދިޮކޅު ފަރާތްތަކާ ދެޮކޅު ހަރަކާތެކޭ ވެސް ބުނެވޭކަށް ނެތެވެ. އެހެންވީމާ ގާތިލުން

މުހައްމަދު އާމިރު ފަރެސް

ރަީއސް ނަީޝދު ހަ ކުޅި ކުރިޔަށް

ކުޅުއްވަންމަޖުބޫރު

ރަީއސް ނަީޝދުހަ ކުޅި ކުރިޔަށް

ކުޅުއްވަންމަޖުބޫރު

ސިާޔީސ ގަތުލުގެ ބިރުވެރިކަން :

ސިޔާސީ މަަސްރަހު ހޫނުވަމުން ބިރު ޮބޑުވަމުން ދާ މި ދުވަސްޮކޅުގައި އެންމެ ފަހުން އިވުނު ޚަބަރަކީ ޮބޑުވެގެންވާ ގަތުލު އާންމެއް މިގައުމުގައި ހިނގައިފާނޭ ކަމުގެ ޚަބަރެވެ. ގަތުލުކުރާނޭ ކަމުގެ ނުރައްކަލަށް

ހުށަހެޅިފައިވާ ކަމަށް ބުނާ މީހުންގެ ލިސްޓް ބަލާއިރު އެތައް ޮގތަކުން ހައިރާންވާން ޖެހެއެވެ. އެއްކަމަކީ ދިވެހި ތާރީޚް ދުވަހަކުވެސް ނުދެކޭ ފަދަ

މުސީބާތަކަށް އެކަން ވުމެވެ. ދެވަނަ ކަމަކީ އެމީހުން ނެތް ހިނދެއްގައި ގައުމަށް ގެއްލިގެންދާ އެއްޗެއްގެ ޮބޑުކަމެވެ. ތިންވަނަ ކަމަކީ ރާއްޖޭގެ އާބާދީއާއި ސިޔާސީ

އަދި ޝަރުޢީ ދާއިރާގައި ތިބި މީހުންގެ ނިސްބަތުން މަތީ ޕަސެންޓޭޖަކަށް އެ އަދަދު ވުމެވެ. އަދިވެސް ކިތަންމެ ކަމެކެވެ.

10

Page 11: Sun Magazine issue 4

ބޭނުންވާނީ ޮކންކަމެއްކަން ދެނެގަންނަން އުނދަގޫ އެބަވެއެވެ. އެއްޮގތަކުން ބަލާއިރު މިއީ ހަގީގަތާ ދުރު ވާހަކައެއް ކަމަށް ބެލުމުގެ ފުރުސަތު ވެސް އެބަ

ޮއތެވެ. ގައުމުގެ އިސް ސަފުން އެތައް ބަޔަކު މަރާލަން އެ އުޅެނީ

ރާއްޖޭގެ ވެރިކަން ޯހދަން ހެއްޔެވެ؟ މި ސަރުކާރު ވައްޓާލަން ހެއްޔެވެ؟ ވަކި މީހަކަށް ވެރިކަން ޯހދައިދޭން ހެއްޔެވެ؟ މިފަދަ ސުވާލުތަކަށް ޖަވާބު ޯހދަން

އުނދަގުލެވެ. މިކަންކަން ޯހދޭނީ އެކަމަށް ފިސާރި ގާބިލު ބަޔަކު ކުރާ ރަނގަޅު ތަހުގީގަކުންނެވެ.

މިއީ ގައުމު ހިންގަން ތިބި މީހުންނަށް ޮޝކެއް ދިނުމުގެ ޮގތުން ފަތުރާ ހުސް ވާހަކައެއް ހެއްޔެވެ؟ މި ސުވާލު އުފެދޭ ސަބަބަކީ ސަލާމަތީ ބާރުތަކުން މިކަމާ މިހާތަނަށް ހަރު އެއްޗެއް ނުބުނާކަމެވެ. އަދި މި ހަމަލާ އަމާޒު ވެދާނެ ކަމަށް ބެލެވޭ މީހުންގެ ސެކިއުރިޓީ ވަރުގަދަ ނުކުރާކަމަށް

ސަރުކާރުން ބުނުމެވެ. ދެވަނަ ސުވާލަކީ މިއީ ހަގީގަތެއް ނޫންނަމަ، ޗީފް ޮއފް ޑިފެންސް ޯފސް އާއި ޮކމިޝަނަރ ޮއފް ޮޕލިސް މަޖިލީހުގެ ޮކމިޓީއަށް ހާޒިރު

ކުރަން ބޭނުންވުމާ މިކަމާ ގުޅުމެއް ވޭހެއްޔެވެ؟ ޮކންމެ ޮގތަކަށް ހިނގާ ޮކންމެ ފަދަ ކަމެއް ކަމަށް ވިޔަސް

މިކަމުގައި މަޖިލީހަށް ކުރެވޭނެ ކަމަކީ މިކަމަށް އިސްކަން ދިނުމާއި މިކަމަށް ސަމާލުވެ ހަރުދަނާ ފިޔަވަޅު އަޅަން އެންގުމެވެ. އަމަލީ ޮގތުން މި ފިޔަވަޅު އެޅޭނީ ހަމައެކަނި ސަލާމަތީ ބާރުތަކަށެވެ. އެހެން ކަމުން ސަލާމަތީ ބާރުތައް

ނިކަމެތިޮކށްގެން ކުޑަކަކޫ މައްޗަށް ތިރިކުރުމުގެ ވިސްނުމެއް އެއްވެސް މީހެއްގެ ޮއތްނަމަ އެއީ މި މައްސަލަ ހައްލު ކުރުމަށް ޮއތް ވަރަށް ޮބޑު ހުރަހަކަށް

ވާނެއެވެ. މި ޚަބަރާ ގުޅިގެން ރައްޔިތު މީހާގެ ހާލަކީ ޮކބައިކަން އެކަކު

ވެސް ވިސްނާލި ހެއްޔެވެ؟ މި ޚަބަރާ ގުޅިގެން އާއިލާތަކުގައި ނުތަނަވަސްކަން އުފެދިފައިވަނީ ކިހާވަރަކަށް ހެއްޔެވެ؟ ގައުމުގައި ބިރުވެރިކަން ފެތުރިފައި ވަނީ ކިހާވަރަކަށް ހެއްޔެވެ؟ މި ބިރުވެރިކަމާ ގުޅިގެން ކުޑަކުދިންނާއި މައި މީހުންގެ

ހިތާއި ނަފުސަށް ލިބިފައިވަނީ ކިހައި ވަރެއްގެ އަނިޔާއެއް ހެއްޔެވެ؟ މިވާހަކަ އަކީ ޮދގެއް ނަމަ އެކަން ކުރި ބަޔަކީ ޮކންފަދަ ނުބައި

ނުލަފާ ޖައްބާރުން ތަކެއްކަން ދެނެގަނެ އެމީހުންނާ މެދު އެންމެ ހަރުކަށިފިޔަވަޅު

އަޅަން ޖެހޭނެއެވެ. ގާނޫނާއި ގަވާއިދުގެ ތެރެއިން އަދަބު ދިނުމެވެ. އާންމު އިންތިޚާބު ތަކުގައި އެމީހުންނާ ދެޮކޅަށް ޯވޓްދީ ސިޔާސީ ޮގތުން އަދަބު ދިނުމެވެ.

މުޖުތަމައުން ބަލައި ނުގަނެ އެހެނިހެން ޮގތްޮގތުން އަދަބު ދިނުމެވެ. މި މައްސަލަ ފިސާރި ހޫނުޮކށް ބަލައި މީގައި އެއްވެސް ހަގީގަތެއް

ޮއތްނަމަ އެކަމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. މިފަދަ އުދުވާނެއް ހިންގާ ބަޔަކު ފުނޑުފުނޑު ޮކށްލެވޭނޭ ދިފާއީ އެތިފަހަރެއް އަޅަން ޖެހެއެވެ. ދިވެހި

ސިފައިންގެ ގަދަފަދަކަމާއި އެމީހުންނަށް ލިބިފައިވާ މެޑެލްތަކުގެ އަގު ރައްޔިތުންނަށް ދައްކަން ޖެހެއެވެ. ދިވެހި ފުލުހުންގެ ހުޝިޔާރު ކަމާއި ހިކުމަތްތެރިކަން ދައްކައި އެ މީހުންގެ މުލައްދަނޑީގެ ބާރު ދައްކާލަން ޖެހެއެވެ. ދިވެހި ޖުމްހޫރިއްޔާ އާއި

ރައްޔިތުންގެ ހައްގުގައި މި ގައުމުގެ ސަލާމަތީ ބާރުތަކުގެ ގެރެންޓީ ޮއތް މިންވަރެއް ދައްކައިދޭން ޖެހެއެވެ. ރާއްޖޭގައި މިފަދަ ގާބިލުކަމަކާއި ސަލާމަތީ ބާރުތަކުގައި

މިފަދަ އުރަތްޕެއް ނެތްނަމަ ދުނިޔޭގެ އެހެން ގައުމުތަކުގެ އެހީގައި ވެސް ދުޝްމަނުން ފުނޑުފުޑު ޮކށްލަން ޖެހެއެވެ.

އެކަމަކު މިކަން ކުރާނީ ކާކު ހެއްޔެވެ؟ އެއްވެސް ޝައްކެއް ނެތި އެމީހަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެވެ. އެމަނިކުފާނު "ދަނގަޑު ދަހަނާ"

އަޅުއްވަންވީ ވަގުތަކީ މިއީއެވެ. ދިވެހި ސިފައިންނާއި ފުލުހުން އެމީހުންގެ މައިންގެ ބަނޑުން އުފަންވެ މިގައުމަށް ނިސްބަތްވީ މިފަދަ ދުވަހަކަށްޓަކައެވެ. މިގައުމުގެ

މޭމަތީގައި ތަރުބިއްޔަތުދީ މަގާމުތަކަށް އުފުލައިދިނީ މިއަދަށްޓަކައެވެ. ކަމާބެހޭ މުއައްސަސާތައް ގުޅުވައި ޯކޑިނޭޓް ކުރެއްވުމާއި ކާމިޔާބު

ޯހދޭނޭ ޮކންމެ މަގަކުން ހިންގަވައި މިކަން ކުރެއްވުމުގައި ރައީސް ނަޝީދު ހަކުޅި ކުރިއަށް ކުޅުއްވަން އެބަޖެހެއެވެ. ސިޔާސީ ނުތަނަވަސް ކަމާ ގުޅިގެން ދާދި ފަހުން

ދެއްކެވި ވާހަކަފުޅެއްގައި ރައީސް ނަޝީދު ވަނީ ހަ ކުޅި ކުރިއަށް ކުޅުއްވާނޭ ކަމަށް ވިދާޅުވެފައެވެ. މިއީ އެ މަނިކުފާނުގެ ވައުދުފުޅުގެ ތެދުކަން އެއްވެސް

ޝައްކެއް ނެތް މިންވަރަށް ސާބިތު ޮކށްދެއްވަންވީ ވަގުތެވެ. ރައީސެވެ، މަނިކުފާނުގެ ހިކުމަތްތެރި އަމަލުފުޅެއްގެ އިންތިޒާރުގައި ރައްޔިތުމީހާ އެބަހުއްޓެވެ.

ރަީއސް ނަީޝދު ހަ ކުޅި ކުރިޔަށް

ކުޅުއްވަންމަޖުބޫރު

ރަީއސް ނަީޝދުހަ ކުޅި ކުރިޔަށް

ކުޅުއްވަންމަޖުބޫރު

ސިާޔީސ ގަތުލުގެ ބިރުވެރިކަން :

މި ލިޔުމަށް ހިޔާލު ފާޅުކުރައްވަން ބޭނުންފުޅު ފަރާތްތަކުން ތިރީގައިވާ ކީޯވޑް ޖެއްސެވުމަށް ފަހު އެސްއެމްއެސް ކުރައްވާށެވެ. އެސްއެމްއެސް ކުރައްވާނީ SUN ޖައްސަވައި

ސްޕޭސްއެއް ދެއްވުމަށްފަހު ޮކމެންޓް ލިޔުއްވާފައި 2747 އަށެވެ.

11

Page 12: Sun Magazine issue 4

ސިއްކަގޭ މުހައްމަދު ނަސީމުސިއްކަ

12

ދިވެހިންގެ ތެރޭގައި މަޝްހޫރު ސުވޭހު ރަދުން، ތާރީޚީ ޮގތުން ދަންނަވާނަމަ އައްސުލްޠާނުލް ޙާއްޖަ މުހައްމަދު ޢިމާދުއްދީނު )ހަވަނަ(

ނުވަތަ ހާޖީ ޢިމާދުއްދީން ތަޚުތުގައި އިންނަވަނިޮކށް ކުއްލި ޮގތަކަށް މުލީގޭ މަނިއްޕުޅު، އައްސުލްތާނު މުޙައްމަދު

ޝަމްސުއްދީނުގެ ނަންފުޅުގައި ދިވެހިރާއްޖޭގެ ރަން ސަންދާނުގައި

ރަސްކަލަކު ވަޑުވައިފިއެވެ. އޭރު ޙާޖީ ޢިމާދުއްދީނު ހުންނެވީ މިސްރުގެ ސުވޭހުގައެވެ. އީރާން ޮކންސަލްގެ

ދަރިކަނބަލުން ޝަރީފާ ހާނިމްއާ ކައިވެނި ބައްލަވައިގެންނެވެ.

މުލީގޭ މަނިއްޕުޅަށް ރަސްކަން ދެއްވެވީ އަތިރީގޭ ޢަބްދުލް މަޖީދު

ދީދީއާ ސައްޔިދު ކިލެގެފާނާ ދެބޭފުޅުން، މަނިއްޕުޅުގެ އަތްޕުޅުގައި ހިއްޕަވައިގެން

ގަނޑުވަރަށް ގެންދަވާ ތަޚުތުގައި ވެޑުވުމުންނެވެ. ދިވެހި އާދަކާދަ ނިޔާކުރާ ޮގތެއް، އެބޭފުޅުން ނުބައްލަވައެވެ. މިހާރު

އެއްވަގުތެއްގައި، އެއް ހިނދެއްގައި މިތިއްބެވީ ދެ ރަސްކަލުންނެވެ.

ޮކންމެއަކަސް އާދަކާދައާ ދީނާ ޚިލާފަށް ނަމަވެސް މިކަންތައް މިޮއތީ ހިނގާފައެވެ. ޖެހިގެން އައިދުވަހަށް

އިރުއަރައިފިއެވެ. ޯގހުން ކުރެއްވުނު ކަމެއް ނަމަވެސް ރައްޔިތުންނަށް މިކަން އަންގަން އެބަޖެހެއެވެ. ރައްޔިތުންނަކީ ހަވަރެވެ. ބުނެވޭޮގތުގައި

ހަވަރަށް ބެރުޖަހަން، ބެރުކަލޭގެފާނު ގަބޫލު ނުވުމުން ބެރުޖެއްސެވީ ޢަބްދުލް މަޖީދު ދީދީ އަމިއްލަފުޅަށެވެ. ރައްޔިތުން ތިބީ ހައިރާންވެ ސިހޭޮގތް

ވެފައެވެ. އެބެރަކީ އަލިފާން ބެރެއްކަމެއް، ހަވަރުބެރެއް ކަމެއް، ތަނެއްޮދރެއް ވަކިވާޮގތެއް ނުވިއެވެ.

އެދުވަހުގެ ވަރަށް ހެނދުނުޮކޅު ހަވަރު އެއްވިއެވެ. އެންމެ ކުރިއަށް ހުންނެވީ މިރާއްޖޭގެ ޢަދުލު އިންސާފުގެ ޮގނޑީގައި އިންނެވި މަޝްހޫރު ނައިބު ތުއްތުއެވެ. އާދެ! މުހައްމަދު ޖަމާލުއްދީނު ޢީސަލް

މުލަކީއެވެ. އެދުވަސްވަރު ރާއްޖޭގައި އެފަދަ ދެވަނައެއް ނެތްފަދަ ދޫފުޅު ހިނގާ ޢިލްމުވެރި އަދީބެކެވެ. 1887 ވަނަ އަހަރު އިނގިރޭސީންނާ ދިވެހި ސަރުކާރާ

ދެމެދު ކުރެވުނު އެގްރިމެންޓަށް، ތުއްތުގެ ސަބަބުން ހިޔަނި އެޅި އެގްރީމެންޓް

ލަސްވެގެން ދިޔައީ، އެ މަޖިލިސަށް ތުއްތު ވަޑައިނުގަތުމުގެ ސަބަބުންނެވެ. ދެން އިނގިރޭސި ވަފުދަށް ޖެހުނީ އެނބުރި

ސިޯލނަށް ދާށެވެ. އެފަހަރު ޮކންމެއަކަސް އެގްރީމެންޓް ކުރެވޭޮގތެއް ނުވިއެވެ. ތުއްތު ވިދާޅުވަނީ "ދިވެހިރާއްޖެ ބިރިޔާންކުރާތާކަށް

ތިމަންނާ ނުދާނަމޭ" އެވެ. ދެން އެ އެގްރިމެންޓް ކުރެވުނީ ތަންޮކޅެއް

ލަހުންނެވެ. ހަވަރު އެއްވި ހިނދު، ރޭގައި

މުލީގޭ މަނިއްޕުޅު ތަހުތުގައި ވެޑުވި ޚަބަރު، އަބްދުލްމަޖީދު ދީދީ ހަވަރަށް އެންގެވިއެވެ.

އެހިނދު ތުއްތު ކުރިއަށް ޖެހިލައްވާ ދެންނެވީ ކީކޭ ކަމަށް ޯތއެވެ؟ "ތިޔައީ އިސްލާމްދީން ހުއްދަކުރާ ކަމެއްނޫނޭ!

މުސްލިމް ޤައުމެއްގައި އެއްފަހަރާ އެއްވަގުތެއްގައި ދެ ރަސްކަލަކަށް ނުތިއްބެވޭނެއޭ! ކުރިން ހުންނެވި

ރަދުން ޢަޒަލު ނުޮކށް ތަޚުތުގައި އެހެން ރަސްކަލަކު ނުވެޑުވޭނެއޭ" އެވެ.

ދެނަކާ ދެނެއް ނެދެވެ. އަބްދުލްމަޖީދު ދީދީ ޯކފާވެއްޖެ އެވެ. ) އޭރު އަތިރީގޭ ޢަބްދުލް މަޖީދު ދީދީއަކީ 18 އަހަރުގެ ޒުވާނެކެވެ.( އަދި ތުއްތުއާ މުޚާތަބް ކުރައްވާ، "ތިޔަބުނާ ޮފތެއްދުށީ ކަލޭ އެކަނިހޭ؟ ބޭކަލުންނޭ! މީނާ

ގެންޮގސް ޮއޑިއަށް ލާށޭ!" ޢަބްދުލްމަޖީދު ދީދީ ވިދާޅުވިއެވެ. އާދެ! ތުއްތު ދ. އަޮތޅު މާއެނބޫދޫ އަށް ޮފނުވާލެވުނީއެވެ. ތުއްތު

އަވާހާރަވީ މާއެނބޫދޫގައެވެ.

މުލީގޭ މަނިއްޕުޅަށް ރަސްކަން

ލިބިވަޑައިގަތީ، އަތިރީގޭ ޢަބްދުލް

މަޖީދު ދީދީއާ ސައްޔިދުކިލެގެފާނާ

ދެބޭފުޅުން، މަނިއްޕުޅުގެ އަތްޕުޅުގައި

ހިއްޕަވައިގެން ގަނޑުވަރަށް ގެންދަވާ

ތަޚުތުގައި ވެޑުވުމުންނެވެ. ދިވެހި އާދަކާދަ

ނިޔާކުރާޮގތެއް، އެބޭފުޅުން ނުބައްލަވައެވެ.

މިހާރު އެއްވަގުތެއްގައި، އެއްހިނދެއްގައި

މިތިއްބެވީ ދެ ރަސްކަލުންނެވެ.

ކަލޭ އެކަނިހޭ ތިޔަ ފޮތެއް ދުީށ؟ކަލޭ އެކަނިހޭ ތިޔަ ފޮތެއް ދުީށ؟

މި ލިޔުމަށް ހިޔާލު ފާޅުކުރައްވަން ބޭނުންފުޅު ފަރާތްތަކުން ތިރީގައިވާ ކީޯވޑް ޖެއްސެވުމަށް ފަހު އެސްއެމްއެސް ކުރައްވާށެވެ. އެސްއެމްއެސް ކުރައްވާނީ SUN ޖައްސަވައި

ސްޕޭސްއެއް ދެއްވުމަށްފަހު ޮކމެންޓް ލިޔުއްވާފައި 2747 އަށެވެ.

Page 13: Sun Magazine issue 4

ސިކުނޑީގެ ތޫފާން

13

ސީނާ އަހުމަދު ޒާހިރު

ކުލަ ސިޔާސީ ބިލްތަކުގައި ފާސްކުރައްވާ މަޖިލީހުން ރައްޔިތުންގެ ޖެހިފައި ހުންނަ ކަމަށް ވަރަށް ގިނަ ފަރާތްތަކުން ވާހަކަ ދައްކައެވެ. މައިގަނޑު ބޭނުންވާ ތަނެއްގައި، ޮއންނަ މާހައުލެއް ވާދަވެރި ޕާޓީތަކުގެ ވަނީ ސަބަބަކަށް ނުދެއްވާތީކަމަށްވެސް ފަރާތަކުން އެއްވެސް ދޫދެއްވުންތައް ސިޔާސީ ވަރަށް ބުނެވެއެވެ. ހުށައެޅޭ ބައެއް ބިލްތަކާއި މައްސަލަތަކަށް ބަލާލާއިރު މިއީ ޙަޤީޤަތަކަށް ސިޔާސީޮގތުން ބިލަކީ ހުރިހާ ހުށައެޅޭ މަޖިލީހަށް އެހެންނަމަވެސް ވެދާނެއެވެ. ޤައުމުގެ ނޫނެވެ. ބިލްތަކެއް ފަދަ ކުރިމަތިލާންޖެހޭ ޯކޅުންތަކާއި ޕާޓީތަކުގެ ހުށައެޅެއެވެ. ބިލްތައް މަޖިލީހަށް ވެސް ހައްލުކުރުމަށް މައްސަލަތައް އިޖްތިމާޢީ އެތަފާތުވުން ޮއތްކަމުގައިވިޔަސް، ތަފާތުވުމެއް ޚިޔާލުގެ ބިލްތަކުގައި މިފަދަ ތަފާތުވުމަކަށެވެ. ޢިލްމީ ޮބޑަށް ތަފާތުވުމަކަށްވުރެ ޚިޔާލު ސިޔާސީ ވާނީ ތަފާތުވުމަކަށެވެ. ރާސްތާގެ ދާންޖެހޭ ދިއުމަށް ހަމައަށް ލަނޑުދަނޑިޔާއި ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރުވުން ނުވަތަ ހުއްޓުވުމާއި ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުން ގެންނެވި ބަދަލުތަކުން ވަރަށް ޮބޑު ހައިރާންކަމެއް ލިބުނެވެ. ބިލުގައި ހަރުކަށިވާންވީ ބައިތަށް ލުއިކުރެއްވުމުގެ ސަބަބުން ބިލުގެ މަޤްޞަދު ގެއްލުމުންނެވެ. މި ބިލަކީ ސަރުކާރުގެ ކަމާއި ބެހޭ ދާއިރާއިން ވަރަށް ގިނަދުވަސްތަކެއްވާންދެން ދިރާސާތަކެއް ކުރެއްވުމަށް ފަހު މިކަމުގައި އެހެން ޤައުމުތަކުން ޮކށްފައިވާ ތަޖުރިބާގެ އަލީގައި ބޭރުގެ އެހީއާއި ޤައުމެެއްގައިވެސް ހުރިހާ މިޒަމާނުގައި ބިލެކެވެ. ކުރައްވާފައިވާ ތައްޔާރު އެކު އިސްތިޢުމާލުކުރުން ދުންފަތުގެ ޮގތްޮގތުން އެހެނިހެން އަދި ޤާނޫނުތަކުންނާއި ހުއްޓުވުމަށް، ނުވަތަ މަދުކުރުމަށް ތަފާތު ފިޔަވަޅުތައް އަޅަމުންގެންދެއެވެ. މަޝްހޫރު ފިލްމީ ތަރިން ފިލްމުގައި ސިގިރެޓްޯބތަން ނުދެއްކުމަށް އެއްބަސްވުންތަކަށް ވެސް އައިސްފައިވެއެވެ. އަދި ފިލްމުތަކުގައި ސިގިރެޓް ޯބތަން ނުދެއްކުމަށް ބާރުއަޅާފައިވެސް ވެއެވެ. ޢާއްމު ފަރުދުން، ޚާއްޞަޮކށް ޒުވާނުން، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރަށް ގެންދިއުމަށެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ލިބޭ ގެއްލުން ޮބޑުކަމުންނެވެ. ޤައުމަށް ވާ ގެއްލުން ޮބޑުކަމުންނެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ދުންފަތުގެ ގިނަކަމުންނެވެ. އަދަދު މީހުންގެ މަރުވާ ބަލިތަކުން ޖެހޭ ސަބަބުން ހޭދަ ކުރެވޭ ފަރުވާދިނުމަށް ބަލިތަކަށް ޖެހޭ މީހުންނަށް ކުރާ އިސްތިޢުމާލު ޮބޑުކަމުންނެވެ. ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނަށް ޖެހޭ ބަލިތަކުގެ ސަބަބުން ވޭނުން ހިތްދަތިކަމާއި އުފުލަންޖެހޭ ޢާއިލާތަކުން އެމީހުންގެ އެމީހުންނާއި އެޅުމަށެވެ. ފިޔަވަޅު ކުރިން ނުވަނީސް ލަސް ބެލުމަށެެވެ. ކުރެވޭޯތ ސަލާމަތް ރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަދުކުރެވޭޯތ ބެލުމަށް ސަރުކާރުން ޤަވައިދުތަކުގެ ތެރެއިން ތަފާތު ފިޔަވަޅުތައް އަޅުއްވާފައިވެއެވެ. އެހެންނަމަވެސް އެ ފިޔަވަޅުތަކުން އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނެތެވެ. މިކަމުގައި މައިގަނޑު ސަބަބަކީ ދުންފަތުގެ އިސްތިޢުމާލުކުރުމާއި ބެހޭ ހަރުދަނާ ޤާނޫނެއް ނެތުމުން ކަމަށް ވެސް ވެދާނެއެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ބަލިކަށި ޤާނޫނާއި މެދު ހިތްހަމަ ނުޖެހިގެން ރާއްޖޭގައި މަސައްކަތްކުރާ އިޖްތިމާޢީ ޖަމްޢިއްޔާތަކުން އަޑުއުފުލާލި ވާހަކައިގެ ޚަބަރެއް ނީވެއެވެ. އަދި މި ބިލުން އުނިކުރެވުނު ބައިތަކުގެ ސަބަބުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުން މެދު ހުރަސްތަކާ ކުރިމަތިވެފައިވާ މަސައްކަތަށް އިޖްތިމާޢީ މަދުކުރުމުގެ ނުވަތަ ބެހޭ ކަމާއި ގުޅިގެން ޖަމުޢިއްޔާތަކަކުން ޖަމުޢިއްޔާއަކުން ނުވަތަ ކަންޮބޑުވެގެން ފަރާތަށް ޕެޓިޝަނެއް ހުށައެޅި ޚަބަރެއްވެސް ނުލިބެއެވެ. މިކަމުގައި ވެސް އަޑު އުފުލީ މިފަދަ އެހެންކަންކަމުގައި ވެސް އަޑުއުފުލާ ފަރާތުންނެވެ. ނޫސްވެރިންނެވެ. ފަރާތްތަކުން އެއްވެސް އެހެން މަސްއޫލު އިތުރުން ނޫސްވެރިންގެ މިކަމާމެދު ކަންޮބޑުވެގެން ޤައުމީ ފެންވަރުގައި އަޑު އުފުލިތަނެއް ނުފެނެއެވެ. ބިލުން ނުވަތަ މެންބަރުން ގެނައުމަށް ޤާނޫނަށް އަނބުރާ މާއްދާތައް މުހިންމު އުނިކުރެވުނު

ކަންކަމާއި މަސައްކަތްކުރެވެންވީއެެވެ. އިޞްލާޙެއްގެނެވޭޯތ މެދުވެރިވެގެން އެހެންޮގތަކަށް ނޫން ޮއތްޮގތް ނިންމާފައި ކަންކަން ހިތްހަމަނުޖެހިގެން މެދު ނޫނެވެ. ޮކށްގެންނެއް މުޒާހަރާ ހަމައެކަނި މަސައްކަތްކުރެވެނީ ބަދަލުކުރަން އުފައްދައިގެންނެއްވެސް ހަމަނުޖެހުން އުނދަގޫވާވަރަށް ދިރިއުޅުމަށް ޢާއްމު ހިނގައިގެންނެވެ. ބެހޭފަރާތްތަކަށް ކަމާއި ބަދަލުކުރުމަށް އެކަމެއް ނޫނެވެ. ވާހަކަދައްކައިގެންނެވެ. ގިނަ ރައްޔިތުން އެދޭޮގތް އެ ދާއިރާއެއް ތަމްސީލު ކުރައްވާ އުފައްދާފައިވާ އަށްޓަކައި ފައިދާ މުޖުތަމަޢުގެ ދަންނަވައިގެންނެވެ. މެންބަރަކަށް އިޖްތިމާޢީ ޖަމުޢިއްޔާ ތަކުން ޖޫޑިޝަރީގެ މަސައްކަތާއި ބެހުމަށްވުރެ ޮބޑަށް މިފަދަ ކަންތައް ރަނގަޅުކުރުމަށް ޙަރަކާތްތެރިވުމުން ޖަމާޢަތަށްކުރާ ފައިދާ ޮބޑުވާނެއެވެ. ހެދުމަށް ޤާނޫނުތައް ބެހޭޮގތުން ހުއްޓުވުމާއި ކުރުން އިސްތިޢުމާލު ދުންފަތުގެ އެހެން ބެހޭ ކަންކަމާއި މިފަދަ ފަރާތްތަކުންނާއި ބެހޭ ސިއްހަތާއި ދުނިޔޭގެ ފަރާތްތަކުން ދުނިޔޭގެ ފެންވަރުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މަޢުލޫމާތު ދިނުމާއި ހޭލުންތެރިކަން އުފެއްދުމުގެ ޖަލްސާތަކާއި މަސައްކަތު ބައްދަލުވުންތައް ބައްދަލުވުންތަކުގައި މިފަދަ ގެންދެއެވެ. ބާއްވަމުން ކަންޮކޅުތަަކުގައި ދުނިޔޭގެ މިފަދަ އަދި ބައިވެރިވެއެވެ. ފަރާތުންވެސް މަޖިލީހުގެ ރައްޔިތުންގެ ރާއްޖޭގެ ބައްދަލުވުންތަކުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމާއި ބެހޭޮގތުން ތަފާތު ޤައުމުތަކުން ފާސްޮކށްފައިވާ ޤާނޫނުތަކާއި، އެ ޤާނޫނުތައް ތަންފީޒުކުރުމުގެ ނަތީޖާ އާއި ދިމާވާ ހުރަސްތަކާއި ބެހޭޮގތުން ބައިވެރިންގެ މެދުގައި ޚިޔާލު ބަަދަލުކުރެވެއެވެ. ބައްދަލުވުންތަކެކެވެ. ބޭއްވޭ ކަހަލަޮގތަކަށް އަބަދު ބައްދަލުވުންތަކަކީ މިފަދަ ދުންފަތުގެ އިސްތިޢުމާލުކުރުމާއި ބެހޭބިލުގެ މައިކަށި ބިންދާލައިފައި އެބިލް މަޖިލީހުން ފާސްކުރުމުގައި ސަރުކާރުން ވެސް ޮއޅުމެއްގެތެރޭގައި ވިޔަސް ނުވަތަ ނޭނގުމެއްގެ ތެރޭގައި ވިޔަސް ބިލުގެ މުހިއްމު ބައިތަކާއެކު ބިލް ފާސްކުރެއްވުމަށް ބާރުއެޅުއްވުމަށް އިހުމާލުވެފައިވެއެވެ. މިހެން ދިމާވެފައިވަނީ މިފަދަ ބިލަކަށް މިފަދަ ޮބޑު ޮކށުމެއް އަންނާނެކަމަށް ނުބެލެވޭތީވެ ކަމަށް ވެދާނެއެވެ. މިފަދަ ބިލްތަކުގެ ތެރެއިން ޕާޓީތަކުގެ ބާރުއެޅުއްވުމަށް ފާސްކުރުމަށް ނުގެއްލޭޮގތަށް އަސްލު މަސައްކަތް ކުރައްވަންޖެހެއެވެ. ބިލުގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ގުޅިގެން ބޭނުންވާ ޯހދަން ލަނޑުދަނޑިއެއް ހަމައެކަނި ސިޔާސީ ކުރެވެންވީ މަސައްކަތް ބިލްތަކުގައި އެކަންޏެއް ނޫނެވެ. ހުރިހާ ބިލްތަކެއްގައި ވެސް މެއެވެ. ސަރުކާރުގެ ހަމައެކަނި ފާސްކުރުމަށް ނުގެއްލޭޮގތަށް އަސްލު ބިލްތަކުގެ ހުށައެޅޭ ފަރާތުން އެބިލެއް ތައްޔާރުކުރާ ސަރުކާރުގެ ކަމާއިބެހޭ ފަރާތަކުން މަސައްކަތްކުރައްވައިގެނެއް މެސެޖް އެ ހަމައަށް ލީޑަރުންނާއި ޕާރލަމެންޓްރީ ޕާޓީތަކުގެ ނުފުދެއެވެ. ބެހޭ ކަންކަމާ އިޖްތިމާޢީ ޕާޓީތަކުންވެސް އިދިޮކޅު ހަމައެޮގތަށް ދާންޖެހެއެވެ. ފާސްކުރުމަށް ބިލް ހެވަށް މުޖުތަަމަޢުގެ މުޅި އާއި ފައިދާ ޤައުމީ ބިލްތަކުގެ ބެހޭ އިސްތިއުމާލުކުރުމާއި ދުންފަތުގެ ނޫންނަމަ ދެއްވަންޖެހެއެވެ. އިރުޝާދު މަޤްޞަދު ރަނގަޅަށް ދޫޮކށްލެވޭނީ އަށް މުޖުތަމަޢު ޮގތަށް، ފާސްކުރެވުނު ބިލް ޙާޞިލްނުކުރެވޭނޭ ޤާނޫނެކެވެ. ހަމައެކަނި ނަމަކަށެވެ. ކަމެއްނެތިއެވެ. ދިވެހިރާއްޖޭގައި ވެސް އެންމެނަށް އަޅުގަނޑުމެން މިންވަރު ހިންގޭ ހިންގޭޮގތާއި ޤަވައިދުތައް ޤާބިލްކަން ތަންފީޒުކުރުމުގެ ޤާނޫނުތައް ރަގަޅަށް އާއި ޤާނޫނުއަސާސީ އެގެއެވެ. ކަންތައްތައްކުރުމަށް މުހިންމު ކުރަންޖެހޭ ޤާނޫނަކުން ޤައުމެއްގައި ނެތް ޤަވައިދަކަށް ދޫޮކށްލުމުން ވާނެޮގތް އަމިއްލަފުޅަށް ވެސް ތަޞައްވަރު ޮކށްލައްވާށެވެ.

މި ލިޔުމަށް ހިޔާލު ފާޅުކުރައްވަން ބޭނުންފުޅު ފަރާތްތަކުން ތިރީގައިވާ ކީޯވޑް ޖެއްސެވުމަށް ފަހު އެސްއެމްއެސް ކުރައްވާށެވެ. އެސްއެމްއެސް ކުރައްވާނީ SUN ޖައްސަވައި

ސްޕޭސްއެއް ދެއްވުމަށްފަހު ޮކމެންޓް ލިޔުއްވާފައި 2747 އަށެވެ.

Page 14: Sun Magazine issue 4

ޮބލީވުޑަށް ދެން އެންމެ އަވަހަށް ތައާރަފުވާނެ އެއް އެކްޓްރެސްއަކީ ސަތުރުގަން ސިންހާއާއި ޕޫނަމްގެ ދަރިފުޅު ޮސނާކްޝީ ސިންހާއެވެ. ޮސނާކްޝީގެ ފުރަތަމަ ފިލްމަކީ އަންނަ ސެޕްޓެމްބަރު މަހު ރިލީޒް ކުރަން ހަމަޖެހިފައިވާ 'ދަބަންގް' އެވެ. މި ފިލްމުގައި ޮސނާކްޝީއާއެކު ހަރަކާތްތެރިވާނީ މަޝްހޫރު ސަލްމާނު ހާނެވެ. އުމުރުން 23 އަހަރުގެ

ޮސނާކްޝީގެ އުއްމީދަކީ މި ފިލްމަކީ އޭނާގެ އެކްޓިންގ ކެރިއަރަށް ރަނގަޅު ފެށުމަކަށް ވާނެ ކަމުގައެވެ. ޮސނާކްޝީ ބުނެފައިވަނީ އޭނާގެ ސިޔާސަތަކީ ހަށިގަނޑު ދެއްކުމުގެ ޒަރީއާއިން މަޝްހޫރުކަމާއި ސަމާލުކަން ޯހދުމުގެ ބަދަލުގައި އޭނާގެ ހުނަރުވެރިކަމުގެ ބޭނުންޮކށްގެން

މަގުބޫލުކަން ޯހދުން ކަމުގައެވެ. ދަބަންގ ގައިވެސް ޮސނާކްޝީ ލައިފައި ހުންނާނީ އަހުލާގީޮގތުން އެކަށީގެންވާފަދަ ހެދުން ކަމަށް އޭނާ ބުނެއެވެ. އަނެއްޮކޅުން ޮސނާކްޝީގެ މަންމަ ޕޫނަމް ބުނިޮގތުގައި ޮސނާކްޝީ ހުންނަން ޖެހޭނީ އާއިލީ ސަގާފަތުގެ ތެރެއިން

އެކަށައެޅިފައިޮއތް ހައްދުތަކުގެ ތެރޭގައި ކަމުގައެވެ. ޕޫނަމް ވަނީ ޮސނާކްޝީގެ ކެރިއަރުގައި އޭނާގެ އަމިއްލަ މިނިވަންކަން ޮއންނާނެ ކަމަށް ބުނެފައެވެ. އެކްޓްރެސްއެއްގެ ޮގތުގައި

ޮސނާކްޝީ މަސައްކަތްކުރާނީ އޭނާ އެދޭ ޮގތަކަށް ކަމަށާއި އެކަމާ އޭނާގެ މައިންބަފައިންގެ އިއުތިރާޒެއް ޯނންނާނެ ކަމަށްވެސް ޕޫނަމް ބުންޏެވެ. ނަމަވެސް ޮއންނާނެ ހަމައެކަނި

ހިފެހެއްޓުމަކީ އަހުލާގީ މިންގަނޑުތައް ކަމަށް ޕޫނަމް ބުނެއެވެ.

އިންދިާރ ާގނީދގެ ޙަާޔތްޕުޅުގެ މައްޗަށް ކުޅޭ ފިލްމުގެ

ބަތަާލއަކަށް ޕްރިާޔންާކ ޗޯޕްާރއިންޑިޔާގެ ކުރީގެ ޮބޑުވަޒީރު އިންދިރާ ގާނދީގެ ހަޔާތްޕުޅުގެ މައްޗަށް ބިނާޮކށް ކްރިޝްނާ ޝާހު

ޑައިރެކްޓްކުރާ ފިލްމެއްގައި އިންދިރާ ގާނދީގެ ޯރލު ކުޅުމަށް އެންމެ އެކަށީގެންވާ ބަތަލާއަކީ ޕްރިޔާންކާ ޯޗޕްރާކަމަށާއި، މި ފިލްމުން ޕްރިޔާންކާ ފެނުމުގެ ފުރުސަތު ވަރަށް ޮބޑުކަމަށް ކްރިޝްނާ ޝާހު ބުނެފިއެވެ.

އެމެރިކާގައި އުޅެ، އެމެރިކާގައި ފިލްމު އުފައްދާ ޑައިރެކްޓަރެއް ކަމަށްވާ ކްރިޝްނާ ޝާހުގެ ޕްލޭނުގައި ކުރީން ޮއތީ މި ފިލްމުގައި އިންދިރާ ގާނދީގެ ޯރލު ކުޅުމަށްޓަކައި މަދޫރީ ޑިކްސިޓާ ވާހަކަ ދައްކާށެވެ.

ނަމަވެސް މި ފިލްމުގެ މޭކްއަޕްގެ މަސައްކަތްތައް ކުރުމަށްޓަކައި ކްރިޝްނާ ޝާހު ހަމަޖައްސާފައިވާ ޖެނީ ޝިރްޯކރ ބުނެފައިވަނީ އިންޑިޔާގައި މިހާރު ތިބި އަންހެން ތަރީންގެ ތެރެއިން މޭކަޕް ބޭނުންޮކށްގެން އިންދިރާ ގާނދީއާ އެންމެ ރަނގަޅަށް ވައްތަރުކުރެވޭނެ ބަތަލާއަކީ ޕްރިޔާންކާ ޯޗޕްރާ ކަމުގައެވެ. ޖެނީ ޝިޯކރަކީ ޮހލީވުޑް

ފިލްމުތަކުގައި މޭކަޕްގެ މަސައްކަތްޮކށް، ޮއސްކާރ އެޯވރޑްވެސް ޯހދާފައިވާ މޭކަޕް ސްޕެޝަލިސްޓެކެވެ. 'މަދަރ: ދަ އިންދިރާ ގާންދީ ސްޯޓރީ' ގެ ނަމުން ނަންދެވިފައިވާ މި ފިލްމުގައި ޮހލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމުގައިވާ އަލްބާރޓް ފިނޭއާއި، އެމިލީ ޮވޓްސަނާއި، ޮޓމް ހޭންކްސް، ނުވަތަ ޮޓމީ ލީ ޯޖންސް ފަދަ ތަރިއަކުވެސް ޮކންމެވެސް ޯރލެއް ކުޅޭނެ ކަމުގައި ވާހަކަ ދެކެވެއެވެ. ބުނެވޭޮގތުގައި ކްރިޝްނާ ޝާހު މިހާރު

ގެންދަނީ އޭނާގެ ޕްޮރޖެކްޓާ ބެހޭޮގތުން މި ތަރީންނާ މަޝްވަރާ ކުރަމުންނެވެ. ޮބޑު ބަޖެޓަކުން ތައްޔާރުކުރާ މި ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު މުޅީން ނިމިފައިވާ ކަމަށް ޝާހު ބުނެއެވެ.

ސޮާނކްީޝ ރަނގަޅު ފެށުމެއްގެ އުންީމދުގައި

Page 15: Sun Magazine issue 4

GET A LUCKYDRAW COUPONFor every purchase of Rf1000.00

WIN GRAND PRIZES

2ndPrizeHitachi 9000BTU Air-Con

3rdPrizeHitachi Refrigerator

R2530AG7D

*Terms & Conditions Apply

COLLECT STAMPS & WIN FREE GIFTSGET A STAMP FOR EVERY RF500.00 SPENT

Promotion will be held atSTO Peoples ChoiceElectronics, Home Improvement, Supermartand STO Regional Shops

Page 16: Sun Magazine issue 4

ސިނާން އަލީމިހާރުގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު )އަންނި( އެންމެ ފުރަތަމަ ސިޔާސީ ޮގތުން މަޝްހޫރު ވެގެން ދިޔައީ 1980 ވަނަ އަހަރުގެ ފަހުޮކޅު ނުކުތް ސިޔާސީ މަޖައްލާއެއް ކަމަށްވާ "ސަންގު" އާ އެކުގަ އެވެ. ސަންގު ވުޖޫދަށް ގެންނެވުމުގައި އެންމެ އިސްޮކށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ނަޝީދު ހިމެނިވަޑައިގެންނެވި އެވެ. ސަންގުގެ ނުކުތް މަދު ޢަދަދު ތަކުގައި

ނަޝީދު ވަނީ ގިނަ ލިޔުން ތަކެއް ލިޔުއްވާފަ އެވެ. އޭރު ޮއތް ނޫސްވެރި ކަމަގެ މިނިވަން ކަމަށް ބަލާ އިރު، ސަރުކާރަށް ފާޑު ކިޔުމަކީ ޮކށްގެން ވާނެ ކަމެއް ނޫން ކަމަށް ޮއތީ މާނަ ކުރެވިފަ އެވެ. އެހެން ނަމަވެސް ސަންގު ވެގެން ޮގސްފައި ވަނީ އޭރު ޮއތް ރައީސް މައުމޫނުގެ ސަރުކާރާ ސީދާ އިދިޮކޅު ޚިޔާލު ތަކާ

ފާޑުކިޔުންތަކާ އެކު ނުކުތް މަޖައްލާ އަކަށެވެ. މީގެ ނަތީޖާއެއްގެ ޮގތުން ސަންގު މަޖައްލާގެ ޅަފަތުގައި، އޭރު ޮއތް ރައީސް މައުމޫނުގެ

ސަރުކާރުން އެ މަޖައްލާ ނެރުން މަނާ ކުރި އެވެ. މީގެ ސަބަބުން އަންނިގެ މަޝްހޫރުކަން އިތުރު ވެގެން ޮގސްފައިވެ އެވެ. މީހުންގެ މެދުގައި އޭނާގެ ވާހަކަތައް ދެކެވެން ފެށި އެވެ.

1998 ވަނަ އަހަރު މުހައްމަދު ނަޝީދު )އަންނި( އޭރުގެ ރައްޔިތުންގެ މަޖިލީހަށް ޮހވިވަޑައިގަތެވެ. ރައްޔިތުންގެ މަޖިލީހަށް ނަޝީދު ޮހވިވަޑައިގަތުމުގައި، އޭރު ރައީސް މައުމޫނުގެ ސަރުކާރުގެ

ޕޭން މެނޭޖަރު : ކެމްމަައުމޫނު ނަީޝދަށް!ނަީޝދު ާޔީމނަށް!

Page 17: Sun Magazine issue 4

އިސް މަގާމު ތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ އެހީތެރިކަމާ އެއްބާރުލެއްވުން ލިބިފައިވެއެވެ. އެ ޮގތުން ބައެއް ބޭފުޅުން ނަޝީދުގެ ކެމްޕޭނުގައި މަސައްކަތް

ޮކށްދެއްވި ކަމަށް ވެސް އަޑުތައް އިވިފައިވެ އެވެ. 2000 ވަނަ އަހަރުގެ ކުރީޮކޅުގައި ވެލާނާގޭ ޯގތި ތެރެއިން ވަގަށް

އެއްޗެހި ތަކެއް ގެންދެވި ކަމުގެ ތުހުމަތުގައި ނަޝީދުގެ މައްޗަށް ރައީސް މައުމޫނުގެ ވެރިކަމުގައި ދަޢުވާ އުފުލި އެވެ. އަދި އެ މައްސަލައިގައި ވައްކަމުގެ ކުށް ނަޝީދުގެ

މައްޗަށް ސާބިތު ކުރެވި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ނިގުޅި އަދަބު ލިބިވަޑައިގެންނެވިއެވެ. މި ދުވަސް ވަރު މި ތަހުގީގާއި ވެލާނާގޭ ޯގތި ތެރެއިން

ނަޝީދު ނެންގެވި ކަރުދާސް ތަކެއްގެ ވާހަކަ މީޑިއާގެ ފަލަ ސުރުޚީ ތަކަށް އަރާފައިވެ އެވެ. މީގެ ނަތީޖާއެއްގެ ޮގތުން ނަޝީދުގެ މަޝްހޫރުކަން އަނެއްކާވެސް އިތުރު ވެގެން

ޮގސްފައިވެ އެވެ. 2005 ވަނަ އަހަރުގެ ޯއގަސްޓު މަހުގެ 12 ވަނަ ދުވަހު ޖުމުހޫރީ މައިދާނުގައި އިންނަވަނިޮކށް ފުލުހުން ނަޝީދު ހައްޔަރު ކުރި އެވެ. އަދި މި

މައްސަލައިގައި ދައުލަތުގެ ފަރާތުން އޭނާގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދަޢުވާ އާއި ދައުލަތާ އިދިޮކޅު ޢަމަލެއް ހިންގަން އުޅުނު ކަމުގެ ދަޢުވާ އުފުލި އެވެ. އަދި މި

މައްސަލަތަކުގައި ދައުލަތުގެ ފަރާތުން އެ ދެ މައްސަލަ ފަހުން އަނބުރާ ގެންދެވި އެވެ. އެހެން ނަމަވެސް މި ފަހަރު ނަޝީދަށް 11 މަސްދުވަސް ވަންދެން ގޭ ބަންދުގައި

ހުންނަން ޖެހުނެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ދައުލަތުގެ ފަރާތުން ނަޝީދުގެ މައްޗަށް

ކުރި އެންމެ ފަހު ދަޢުވާ އަކީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ޯވޓުލުން ބޭއްވި ދުވަހު ޯވޓުލާ ސަރަހައްދަށް ގަވައިދާ ޚިލާފަށް ވެދެވަޑައިގެންފައިވާ ކަމަށް ބުނެ އުފުލި

ދަޢުވާ އެވެ.މި ނޫނަސް ތަފާތު އެކި މަރުހަލާ ތަކުގައި ނަޝީދު ހައްޔަރުޮކށް އޭނާގެ މައްޗަށް އެކި ކަހަލަ ތަހުގީގުތައް ހިންގުން އެއީ ރައީސް މައުމޫނުގެ ސަރުކާރުގައި ވަރަށް

ޮބޑަށް ޢާންމު ވެފައި ޮއތް ކަމެކެވެ. ސަންގު މަޖައްލާ ނެރެން ފެށި ދުވަސް ވަރަށް ފަހު ނަޝީދުގެ މައްޗަށް ޮކންމެވެސް ދަޢުވާއެއް ނެތް ދުވަސް ވަރެއް މަދު ވާނެ

އެވެ. ހައްޔަރެއްގައި ނެތް ދުވަސް ވަރު ވެސް މަދު ވާނެ އެވެ. ނަޝީދުގެ އުމުރުގެ ޒުވާނަކަށް ބަލާ އިރު އޭނާ އަށް ވުރެ ދިވެހި ޖަލުތަކާ ރައްޓެހި ބޭފުޅުން ވަރަށް މަދު

ވާނެ އެވެ. ނަޝީދު ވިދާޅުވެފައިވާ ޮގތުގައި، އެންމެ ފުރަތަމަ އެމަނިކުފާނު ޖަލަށް ލީ 1990 ވަނަ

Page 18: Sun Magazine issue 4
Page 19: Sun Magazine issue 4

19

އަހަރު އެވެ. އޭގެ ފަހުން 14 ފަހަރެއްގެ މަތިން ހަ އަހަރަށް ވުރެ ގިނަ ދުވަހު ޖަލުގައި އުޅުއްވަން ޖެހިވަޑައިގެންފައިވެ އެވެ.

މި ހުރިހާ ހައްޔަރަކާ ބަންދު ކުރުމެއްގެ ތެރެއިން އެންމެ ފަހުން އިދިޮކޅު ސިޔާސީ ލީޑަރެއްގެ ޮގތައި ނަޝީދު ލޭބަލް ކުރެވިގެން ދިޔަ އެވެ. އެ ޮގތުގައި އޭނާ އަށް ޮބޑު މަޝްހޫރު ކަމެއް ލިބުނެވެ. މި ހުރިހާ ހާލަތެއް ނަޝީދުގެ ހަޔާތަށް މެދުވެރިޮކށް، ރައީސް މައުމޫނަށް ހުރި ނުރައްކަލެއްްގެ

ޮގތުގައި ނަޝީދު ފައްކާ ޮކށް ދިނީ ޚުދު ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިކަމުގެ ތެރޭގަ އެވެ. ރައީސް މައުމޫނުގެ ވެރިކަން ނިމުމަކަށް ގެންނަން

ބޭނުންވެފައި ތިބި ސިޔާސީންގެ ރަހުމަތްތެރިޔެއްގެ ޮގތުގައި ނަޝީދު ދައްކައި ދިނީ ރައީސް މައުމޫނެވެ. ނަޝީދު ހިމެނިފައިވަނީ މައުމޫންގެ "ނިއުކުލިއަރ އިންޖީނުގޭ"ގައި ފައްކާކުރި "ނިއުކުލިއަރ ހަތިޔާރަކަ"ށެވެ. ކުރު ޮކށް ބުނާ

ނަމަ ބުނެވޭނީ، ނަޝީދަކީ ރައީސް މައުމޫނުގެ ވެރިކަމުގައި ނިމުމުގެ ސިއްކަ ޖެހުމަށް ޓަކައި ޚުދު ރައީސް މައުމޫނު އުފެއްދެވި ސިޔާސީ ކުޅިއެއް ކަމަށެވެ.

މިހާރުގެ ސިޔާސީ ކުޅިބައި އަތުރާލާފައިވާ އިރު އެ ކުޅިގަނޑު ކުޅުއްވުމުގައި އެންމެ އިސްޮކށް ހުންނެވީ ރައީސް މައުމޫނުގެ އިހުސާންތެރިކަމުން މަޝްހޫރުކަން ޯހއްދެވި، މުހައްމަދު ނަޝީދު )އަންނި(

ނުވަތަ ރައީސް ނަޝީދެވެ. މިހާރު އަނެއްކާ ވެސް މާޒީ ތަކުރާރުވަމުން

އަންނަނީ ކަމަށް ހީވާން ފަށައިފި އެވެ. ރައީސް

މައުމޫނު ދެއްކެވި ނަމޫނާއިން ރައީސް ނަޝީދު ޢިބުރަތެއް

ޯހއްދަވަނީ ކަމަށް ވެސް ވެދާނެ އެވެ. އެއްޮގތް ކަންތައް ތަކެއް އެބަ ފެނެ އެވެ. ސިދާ ޮގތުންނާއި ނުސީދާ ޮގތެއްގައި ނަމަވެސް، އިދިޮކޅު ސިޔާސީން ޕްޮރޯމޓު ކުރުމުގެ

ހަރަކާތްތަކެއް ރައީސް ނަޝީދުގެ ސަރުކާރުން

ވެސް ކުރިޔަށް އެބަ ގެންދަވަ އެވެ. މި ޮގތުން އެންމެ ޮބޑަށް ފާހަގަ ޮކށްލެވޭ އެއް ކަމަކީ ރައީސް

މައުމޫނުގެ އެއްބަފާ ޮކއްޯކފުޅު، ޢަބްދުهللا ޔާމީން ޢަބްދުލް ޤައްޔޫމްގެ ސިޔާސީ މަޝްހޫރުކަން ރައީސް ނަޝީދުގެ ސަރުކާރުގެ ޢަމަލު ތަކުގެ ސަބަބުން އިތުރު ވެގެން ޮގސްފައިވާ ކަމެވެ. ރައީސް މައުމޫނުގެ ސަރުކާރުގައި އެ މަނިކުފާނު

ވެސް ނަޝީދަށް ސިޔާސީ ޮގތުން މަޝްހޫރު ކަން ޯހއްދަވައިދެއްވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރައްވާނެ ކަމަށް ޤަބޫލު ކުރަން ދައްޗެވެ. އެހެން ކަމުން ރައީސް ނަޝީދުގެ ސަރުކާރުން ވެސް ޔާމީނަށް ސިޔާސީ

ޮގތުން މަޝްހޫރުކަމެއް ޯހއްދަވައިދެއްވުމުގެ ޤަސްދުގައި އެއްވެސް ހެޮޔ ކަމެއް ޮކށްދެއްވާނެ ކަމަށް ޤަބޫލު ކުރެވޭނެ ޖާގައެއް ނެތެވެ.

ނިޔަތާއި މަޤުޞަދު ޮއތީ ޮކންމެ ޮގތަކަށް ނަމަވެސް، ރައީސް މައުމޫނުގެ ސަރުކާރުން އޭރު ބައެއް ކަންކަމުގައި ފިޔަވަޅު އަޅުއްވާފައިވާ

ޮގތުގެ ސަބަބުން ނަޝީދަށް އިތުރު މަޝްހޫރުކަން ލިބިފައިވެ އެވެ. ނަޝީދު އޭރު ޖެއްސެވި މީޑިއާ ސްޓަންޓް ތަކުގައި މައުމޫނުގެ ސަރުކާރުން ވަރަށް

ރީއްޗަށް ޖެހިގެން ޮގސްފައިވާ ފަހަރު ވެސް ގިނަ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. އެއްޮގތުން ނޫނީ އަނެއް ޮގތުން ވެސް ސިޔާސީއެއްގެ ޮގތުގައި ނަޝީދުގެ މޫނު ރައްޔިތުންގެ ކުރިމައްޗަށް ދައްކަވައިދެއްވީ ރައީސް މައުމޫނު

ކަމަށް ބުނެ ގިނަ ބަޔަކު ވާހަކަ ދައްކަ އެވެ. ހަމަ މި އުސޫލުން ބަލާ އިރު، ނިޔަތާއި މަޤުޞަދު ޮކންމެ ޮގތަކަށް ޮއތް ނަމަވެސް، ރައީސް ނަޝީދުގެ ސަރުކާރުން މި ފަހަކަށް އައިސް ޔާމީނާ

މެދު ޢަމަލުތައް ކުރައްވާފައިވާ ޮގތުގެ ސަބަބުން އޭނާ މޫނު ސިޔާސީ ލީޑަރެއްގެ ޮގތުގައި، ރައީސް ނަޝީދަށް ރައްޔިތުންގެ ކުރިމައްޗަށް ދައްކުވައި ދެވެނީ ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. ރައީސް މައުމޫނު ރައީސް ނަޝީދު ސިޔާސީ ޮގތުން

ޮދން ކުރައްވައި ފައްކާ ޮކށްދެއްވި ފަދައިން ރައީސް ނަޝީދު ޔާމީނު ޮދން ކުރައްވައި ފައްކާ ކުރައްވަނީ ކަމަށް ބައެއް މީހުން ސިފަ ކުރެ އެވެ.

މި ސިފަ ކުރުން ތަކަށް ބާރު ލިބިދޭ ކަންތައް ތަކެއް ދާދި ފަހުން ވަނީ ހިނގާފަ އެވެ. ޔާމީން ހައްޔަރު ޮކށްގެން ދޫނިދޫ ޖަލަށް ގެންދެވުމެވެ.

ޔާމީނު ހައްޔަރުޮކށްގެން ގެންޮގސްފައި ވަނީ، ސިފައިންގެ ވެރިޔާ އަދި ޮކމާންޑަރ އިން ޗީފް ނުވަތަ ރައީސުލް ޖުމްހޫރިއްޔާގެ މުހައްމަދު ނަޝީދުގެ ސީދާ އަމުރު ފުޅަށެވެ. ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ރަށް، އާ ރަށުގައި ޔާމީން އެތައް ދުވަސް ތަކެއް ވަންދެން "އެކަހެރި" ކުރެއްވީ ޤައުމީ ސަލާމަތާއި ޔާމީނުގެ

އަމިއްލަފުޅު ސަލާމަތަށް ވެސް ނުރައްކާ ވެގެން ކަމަށްވެ އެވެ. މި ކަމާ ގުޅިގެން އާ ރަށުގެ އެކަހެރިކަމުން

މިނިވަންވެވަޑައިގަތުމަށް ފަހު ޔާމީނު އަމިއްލަފުޅަށް ވެސް ވަނީ އެ ކަމަކީ ރައީސް ނަޝީދު އޭނާ

އަށް ޯހއްދަވައިދެއްވި އިތުރު މަޝްހޫރު ކަމެއް ކަމަށް ސިފަ ކުރައްވައި ވާހަކަ ދައްކަވައިފަ

އެވެ. ރައީސް މައުމޫނުގެ 30 އަހަރުގެ ދިގު ވެރިކަން ނިމިގެން

ދިޔަ އިރު އެންމެ ސީނިއަރ ވަޒީރުންގެ ތެރޭގައި ޔާމީން

ހިމެނިވަޑައިގެންނެވި ނަމަވެސް، އޭނާ އަކީ އޭރު ޢާންމު މީހުންގެ

މެދުގައި މަޤުބޫލުކަން ކުޑަ ބޭފުޅެކެވެ. ޔާމީނު ފާހަގަ ވެގެން ޮގސްފައި ވަނީ މީހުންނާ ބީރައްޓެހި އަދި މީޑިއާ އާ ވެސް ނުރައްޓެހި ބޭފުޅެއްގެ ޮގތުގަ އެވެ. ޔާމީނަކީ ކުރިޔަށް ޮއތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް އިޢުލާނު ކުރައްވާފައިވާ ބޭފުޅަކަށް ވާއިރު، އޭނާގެ މަޝްހޫރު ކަމާއި މަޤުބޫލުކަން އިތުރު

ވާނެ އެއްވެސް ކަމެއް ގަސްދުގައި ކުރެއްވުމަކީ ރައީސް ނަޝީދު ބޭނުން ފުޅުވެވަޑައިގަންނަވާނެ ކަމެއް ނޫން ކަމަށް ޤަބޫލު ކުރަން ޖެހެ އެވެ. ރައީސް

މައުމޫނުގެ ފަރާތްޕުޅުން ރައީސް ނަޝީދަށް ވެސް މަޤުބޫލު ކަމާއި މަޝްހޫރުކަން ލިބިވަޑައިގަތީ ރައީސް މައުމޫނު އެކަން ބޭނުންފުޅު ވެގެން ނޫން ކަމަށް ޤަބޫލު

ކުރެވޭ ފަދައިންނެވެ.

މި ލިޔުމަށް ހިޔާލު ފާޅުކުރައްވަން ބޭނުންފުޅު ފަރާތްތަކުން ތިރީގައިވާ ކީޯވޑް ޖެއްސެވުމަށް ފަހު އެސްއެމްއެސް ކުރައްވާށެވެ. އެސްއެމްއެސް ކުރައްވާނީ SUN ޖައްސަވައި

ސްޕޭސްއެއް ދެއްވުމަށްފަހު ޮކމެންޓް ލިޔުއްވާފައި 2747 އަށެވެ.

Page 20: Sun Magazine issue 4

20

އެހެންާޏ އިނގިރޭސި ބަހެވެ! ނުވަތަ ދިވެހި ބަހެވެ!

އަލްއުސްތާޛު އަޙުމަދު މާޖިދުރަބިންދުރަނާތު ޓެޯގރަކީ އިންޑިޔާ އެ ބޭފުޅަކަށްޓަކައި ފަޚުރުވެރިވާ ބޭފުޅެކެވެ. ބައިނަލް އަޤުވާމީ ޢިލްމީ މައިދާނުގައި އެންމެ ޮބޑު މަޤުބޫލުކަމެއް

ލިބިވަޑައިގެންނެވި އިންޑިޔާގެ ބޭފުޅުންގެ ތެރެއިންވެސް ފާހަގަޮކށްލެވޭ ބޭފުޅެކެވެ. އޭނާއަކީ ޅެންވެރިއެކެވެ. ވާހަކަ ލިޔުންތެރިއެކެވެ. މޫސީގާރެކެވެ.

ކުރެހުންތެރިއެކެވެ. ތަމްސީލު ލިޔުއްވި ބޭފުޅެކެވެ. ފަލްސަފާގެ ފުން ކަނޑުތަކުގެ ތެރެއަށް ފީނާވަޑައިގެންނެވި މުފައްކިރެކެވެ. ތާރީޚާއި އިޖުތިމާޢީ ޢިލްމުތަކުގެ މާހިރެކެވެ. އޭނާގެ މާދަރީ ބަސް ކަމުގައިވާ ބެންގާލީ ބަހުގެ އަދަބިއްޔާތު

ތަރައްޤީ ކުރެއްވުމަށްޓަކައި އާދަޔާ ޚިލާފު މަސައްކަތްޕުޅުތަކެއް އޭނާ ކުރެއްވިއެވެ. ގިނިކަންޏާ ކަހަލަ ޮގތަކަށް ބެންގާލީ ބަހުގެ އަދަބިއްޔާތުގެ މޫނުމައްޗާއި ސޫރަ އޭނާ

ބަދަލުޮކށްލެއްވިއެވެ. ނަތީޖާއަކަށްވީ މަޝްހޫރު ޯނބެލް އިނާމު ލިބިވަޑައިގެންނެވި އޭޝިޔާގެ ފުރަތަމަ ބޭފުޅަކަށް ރަބިންދުރަނާތު ވެވަޑައިގަތުމެވެ. އަދަބިއްޔާތުގެ

ދާއިރާއިން އޭނާއަށް ޯނބެލް އިނާމު ލިބިވަޑައިގެންނެވީ 1913 ވަނަ އަހަރުއެވެ. ރަބިންދުރަނާތުގެ ނަޒަރިއްޔާތަކުގެ ތެރެއިން އޭނާގެ ޙަޔާތްޕުޅު

ދިރާސާކުރާ މީހުންގެ ތައުރީފު އެންމެ ޮބޑަށް ލިބިފައިވާ އެއް ނަޒަރިއްޔާއަކީ ކުޑަކުދީންނަށް ތަޢުލީމު ދިނުމާމެދު އޭނާ ހުށަހަޅުއްވާފައިވާ ނަޒަރިއްޔާއެވެ.

އެ ނަޒަރިއްޔާގެ އެންމެ މުހިއްމު އެއް ނުކުތާއާމެދު ރަބިންދުރަނާތު

ވާހަކަދައްކަވާފައިވަނީ 1915 ވަނަ އަހަރު ޝާއިޢު ކުރެވުނު އޭނާގެ މަޒުމޫނެއްކަމުގައިވާ 'ޝިކްޝާރު ވަހާނާ' ގައެވެ. 'ޝިކްޝާރު ވަހާނާ'ގެ މާނައަކީ 'ތަޢުލީމުގެ ސަވާރީ' މިއެވެ. މި މަޒުމޫނުގައި ރަބިންދުރަނާތު

ވިދާޅުވެފައިވަނީ ކުޑަކުދީންނަށް ތަޢުލީމު ދިނުމުގައި އެ ކުދީންގެ މާދަރީ ބަސް ބޭނުންކުރުމަކީ ޟަރޫރަތެއް ކަމުގައެވެ. ބިދޭސީ ބަހަކުން ތަޢުލީމު ދިނުމަކީ އޭގެ ސަބަބުން ފޫނުބެއްދޭފަދަ ޮބޑު ގެއްލުންތަކެއް ކުދީންގެ

ޢިލްމީ ތަރައްޤީއަށް ލިބޭނޭ ކަމެއް ކަމުގައެވެ. އެ ދުވަސްވަރު އިންޑިޔާގެ ގިނަ ސަރަޙައްދުތަކުގައި އަސާސީ އަދި ސާނަވީ ތަޢުލީމު ދެވެމުން

ދިޔައީ އިނގިރޭސި ބަހުންނެވެ. ރަބިންދުރަނާތު އެކަމާ ދެޮކޅަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެޮގތުން އޭނާ ހިމެނިވަޑައިގެންފައިވަނީ އިންޑިޔާގެ ތަޢުލީމީ ނިޒާމުގެ އެންމެ މުހިއްމު އެއް މޭސްތިރި ކަމުގައެވެ.

އަޅުގަނޑުމެންގެ ރާއްޖޭގެ މަދަރުސާތަކުގައި އަސާސީ އަދި ސާނަވީ ތަޢުލީމު އިނގިރޭސި ބަހުން ދެވޭތާ އަހަރުތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކެއްގައި ހުރި ހުރިހާ މަދަރުސާތަކެއްގައި

ކަހަލަ ޮގތަކަށް އިރުޝާދު ދެވޭ ބަހެއްގެ ޮގތުގައި، ނުވަތަ 'މީޑިއަމް ޮއފް އިންސްޓްރަކްޝަން'ގެ ޮގތުގައި ބޭނުންކުރެވޭ ބަހަކީ އިނގިރޭސި ބަހެވެ.

އަޅުގަނޑުމެންގެ ތެރޭގައި ޮއތް ނިޒާމު އެއީ އެންމެ ޮމޅު ނިޒާމު ކަމުގައި ބަލައިގެން ޯލމަރާލައިގެން ތިބުމަކީ ޝައްކެއް ނެތް ޮގތުގައި ޒިންމާދާރު ޮގތެއް ނޫނެވެ. އެހެން ކަމުން ސުވާލު އުފެދެނީއެވެ! އަދި އެ ސުވާލު

އިހުތިާޔރު ކުރައްާވށެވެ!

Page 21: Sun Magazine issue 4

21

ކިޔަވާ ކުދިންތަކެއް:ރާއްޖޭގެ މަދަރުސާތަކުގައި އިރުޝާދު ދެވޭ ބަހެއްގެ ޮގތުގައި ބޭނުންކުރާނީ ދިވެހި ބަސްޯތ، ނުވަތަ އިނގިރޭސި ބަސްޯތ، ނުވަތަ އެހެން ޮކންމެވެސް ބަހެއްޯތ

ކަނޑައަޅާނީ ދިވެހީން

ކުރެވެނީއެވެ! އަސާސީ އަދި ސާނަވީ ތަޢުލީމުގެ ހުރިހާ މާއްދާތަކެއް ކަހަލަ ޮގތަކަށް ދިވެހި ބަހުގެ ބަދަލުގައި އިނގިރޭސި ބަހުން ކިޔަވައިދިނުމުން ކުދީންގެ ޢިލްމީ ޙަޔާތަށް ލިބެނީ ފައިދާ ބާވައެވެ! ނުވަތަ އެކަމުން ލިބޭ ފައިދާއަށްވުރެ ޮބޑީ ގެއްލުން ބާވައެވެ! ރަބިންދުރަނާތު ޓެޯގރު ވިދާޅުވީ

މާދަރީ ބަސް ފިޔަވައި އެހެން ބަހަކުން ކިޔަވައިދިނުމުން ކުދީންގެ ޢިލްމީ ޙަޔާތް ބަރުބާދުވުމުގެ މަގު ހުޅުވިގެންދާ ކަމުގައެވެ. އޭނާ ވިދާޅުވާނީ

އަޅުގަނޑުމެން މި ހަދަނީ ޮބޑުވެގެންވާ ޯގހެއް ކަމުގައެވެ. އެމީހެއްގެ ޮރނޑަކުން ހަން ދަމާނީ އެ މީހަކު ބޭނުން ޮގތަކަށޭ ދިވެހި ހަރުބަހެއްގައި ޮއވެއެވެ. އެޮގތުން ދިވެހި ރާއްޖޭގެ މަދަރުސާތަކުގައި

އިރުޝާދު ދެވޭ ބަހެއްގެ ޮގތުގައި ބޭނުންކުރާނީ ދިވެހި ބަސްޯތ، ނުވަތަ އިނގިރޭސި ބަސްޯތ، ނުވަތަ އެހެން ޮކންމެވެސް ބަހެއްޯތ ކަނޑައަޅާނީ

ދިވެހީންނެވެ. ރަބިންދުރަނާތު ޓެޯގރު، ނުވަތަ އަލްބާރޓް އައިންސްޓައިނެއް ނޫނެވެ. ނަމަވެސް ޮރނޑަކުން ހަން ދަމާނެ ވެސް އެންމެ ޮމޅު ޮގތާއި، އާދައިގެ ޮގތާއި، ކަމުނުދާ ޮގތް ހުރެއެވެ. ހަމަ އެފަދައިން ދަރީންނަށް

ކިޔަވައިދިނުމަށްޓަކައި އިރުޝާދު ދޭނޭ ބަހެއް އިޚުތިޔާރު ކުރާ އިރުވެސް އެންމެ ޮމޅު ޮގތާއި، އާދައިގެ ޮގތާއި، ކަމުނުދާ ޮގތްވެސް ޮއންނާނެތާއެވެ!

ރަބިންދުރަނާތަކީ އިންޑިޔާގެ ބޭފުޅަކަށް ވިޔަސް، އަދި އޭނާއަކީ ހިންދޫއަކަށް ވިޔަސް އޭނާ އެ ވިދާޅުވާ ވާހަކަފުޅާ އަޅުގަނޑަށްވެސް އެއްބަސްވެވެއެވެ. ދަރީންނަށް ތަޢުލީމު ދިނުމުގައި އެކުދީންގެ މާދަރީ ބަސް ބޭނުން ކުރުމަކީ

ޮކންމެހެން މުހިއްމު ކަމެއް ކަމަށް އަޅުގަނޑަށްވެސް ޤަބޫލުކުރެވެއެވެ. އެހެންކަމުން އަޅުގަނޑު ދެކެނީ ރާއްޖޭގެ މަދަރުސާތަކުގައި އިރުޝާދު

ދެވޭ ބަހެއްގެ ޮގތުގައި ދިވެހި ބަސް ބޭނުންކުރަންޖެހޭ ކަމުގައެވެ. ހުރިހާ މާއްދާތަކެއްވެސް ދިވެހި ބަހުން ކިޔަވައިދޭން ޖެހޭ ކަމުގައެވެ.

އަޅުގަނޑު އަސާސީ ތަޢުލީމު ފުރިހަމަކުރީ ޏ. އަޮތޅު ތަޢުލީމީ މަރުކަޒުންނެވެ. އެއަށްފަހު މާލެ އައިސް، ސާނަވީ ތަޢުލީމު ފުރިހަމަކުރީ އެއިރުގެ އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލުންނެވެ. ނުވަވަނަ ގްރޭޑުގައި އަޅުގަނޑުމެންނަށް އިޮކޮނމިކްސް ކިޔަވައިދެއްވަން

ވަޑައިގެންނެވީ ސްރީ ލަންކާގެ ބޭފުޅެކެވެ. ކިޔަވައިދެއްވުމުގެ މަސައްކަތުގައި އެތައް އަހަރެއް ހޭދަކުރައްވައި، ޢުމުރުން ފަސްޮދޅަހަކަށް އަހަރުވެފައި

ހުންނެވި ބޭފުޅެކެވެ. އޭނާ ހައްދަވާ ޮގތަކީ ކުލާހަށް ވަދެވަޑައިގަންނަވާޮގތަށް ޯބޑުގައި ޯނޓު ލިޔުއްވަން ފައްޓަވަނީއެވެ. އެންމެ ފުރަތަމަ ދުވަހު އޭނާ

ޯބޑުގައި ލިޔުއްވި އެއް ޢިބާރާތަކީ 'އިޮކޮނމިކްސް އިޒް ވަޓް އިޮކޮނމިކްސް ޑަޒް' މިއެވެ. އެއާއެކު ކްލާހުގެ އެތައް ދަރިވަރުން އޭނާއަށް މަލާމާތްޮކށް ހީނ ހަދަން ފެށިއެވެ. އޭނާއަށް އިނގިރޭސި އެނގިވަޑައިނުގަންނަވާކަމަށް ވާހަކަ ދައްކަން ފެށިއެވެ. އެ ދުވަހު އަޅުގަނޑަކަށްވެސް 'އިޮކޮނމިކްސް

އިޒް ވަޓް އިޮކޮނމިކްސް ޑަޒް' މި ޢިބާރާތުގެ މާނައެއް ނޭނގުނެވެ. އެހެންކަމުން އަޅުގަނޑުވެސް ހީކުރީ މުދައްރިސަށް ހަމަނުޖެހޭ ޢިބާރާތެއް ލިޔުއްވެވުނީ ކަމުގައެވެ. އެ ޢިބާރާތުގެ މާނަ އަޅުގަނޑަށް އެނގުނީ މާ ފަހުންނެވެ. މިހާރު ދިވެހި ރާއްޖޭގެ މަދަރުސާތަކުގެ ނުވަވަނަ ގްރޭޑުގައި ކިޔަވާ ކުދީންގެ ތެރެއިން 'އިޮކޮނމިކްސް އިޒް ވަޓް އިޮކޮނމިކްސް ޑަޒް' މި ޢިބާރާތުގެ މާނަ އެނގެނީ ކިތައް ކުދީންނަށް ބާވައެވެ!

މި ދެންނެވި މައްސަލައަކީ އަސާސީ އަދި ސާނަވީ ގުރޭޑުތަކުގައި ކުދީންނަށް މާދަރީ ބަހުން ކިޔަވައިދޭން ޖެހޭ އެންމެ މުހިއްމު ސަބަބު ޮއޅުން ފިލުވައިދޭ މައްސަލައެކެވެ. އާދޭހެވެ! ޯސޝަލް ސްޓަޑީޒާއި، ހިސްޓްރީއާއި،

ޖިޮއގްރަފީއާއި، ކެމިސްޓްރީއާއި، ބަޮޔޮލޖީއާއި، އިޮކޮނމިކްސްއާއި ފިޒިކްސް ފަދަ މާއްދާތައް ކުދީންނަށް ކިޔަވައިދޭ އިރު އެކުދީންނަށް ފުރިހަމައަށް ނޭނގޭ ބަހަކުން

ކިޔަވައިދިނުމުގެ ނަތީޖާއަކީ މާއްދާގެ މުޤައްރަރުގައި ހިމެނޭ މުހިއްމު އެތައް ބައިތަކެއް ކުދީންނަށް ރަނގަޅަށް ފަހުމު ނުކުރެވުމެވެ.

ރާއްޖޭގެ މަދަރުސާތަކުގައި އިނގިރޭސި ބަހުން ގިނަ މާއްދާތަކެއް ކިޔަވައިދޭ އެންމެ މުހިއްމު އެއް ސަބަބަކީ ފެންނަ ޮގތުގައި ސާނަވީ ތަޢުލީމު ފުރިހަމަކުރުމަށްފަހު

ދަރިވަރުން ހަދަން ޖެހޭ އިމްތިޙާނަކީ އިނގިރޭސި ބަހުން ޮއންނަ އިމްތިޙާނެއް ކަމުގައި ވުމެވެ. މިއީވެސް އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމެކެވެ. ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ސާނަވީ ފެންވަރުގެ އިމްތިޙާނުތަކަކީ އެ ޤައުމެއްގެ ތަޢުލީމީ

އިދާރާތަކުން އަމިއްލައަށް ފަރުމާޮކށްފައި ޮއންނަ އިމްތިޙާނުތަކެކެވެ. ދިވެހީންނަށްވެސް އެކަން ނުކުރެވޭންވީ ސަބަބެއް ނެތެވެ. ބައިނަލް އަޤުވާމީ ފެންވަރުގައި ޤަބޫލުކުރެވޭ އަމިއްލަ އިމްތިޙާނުތަކެއް ތަޢާރަފުކުރުމަކީ ނުކުރެވޭނޭ ކަމެއް ނޫނެވެ. އެއީ މިއަދު

ނުވަތަ މާދަމާ ކުރެވިދާނެ ކަމެކޭ އަޅުގަނޑު ނުދަންނަވަމެވެ. ނަމަވެސް އެއީ ހަރުދަނާ ޕްލޭންތަކެއް ކުރެވިގެން މަސައްކަތް ކުރެވިއްޖެނަމަ ކުރެވޭނޭ ކަމެއްކަން ޔަޤީނެވެ.

ގިނަ މާއްދާތަކެއް ދިވެހި ބަހުން ކިޔަވައިނުދެވުން ކަމުގައި ބެލެވިދާނެއެވެ. އެހެންކަމުން ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ 'ސަވާރީ' އަކީ ދިވެހި ބަސް ކަމުގައި ހެދުމަކީ

އަޅުގަނޑުމެން ޮކންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދެކެމެވެ. ނުވަތަ ދެން ޮއތީ އަނެއް ޮގތެވެ. ދިވެހި ބަސް މުޅީން ދޫޮކށްލަންވީއެވެ! އިނގިރޭސި ބަސް

ޚިޔާރުޮކށްފައި ދިވެހި ބަސް މާޒީގެ ސަފުހާއެއްގެ ޮގތުގައި ބާއްވަން ވީއެވެ! ރަބިންދުރަނާތު އެކަމާ ދެޮކޅަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެޮގތުން އޭނާ ހިމެނިވަޑައިގެންފައިވަނީ އިންޑިޔާގެ ތަޢުލީމީ ނިޒާމުގެ އެންމެ މުހިއްމު އެއް މޭސްތިރި

ކަމުގައެވެ.

މި ލިޔުމަށް ހިޔާލު ފާޅުކުރައްވަން ބޭނުންފުޅު ފަރާތްތަކުން ތިރީގައިވާ ކީޯވޑް ޖެއްސެވުމަށް ފަހު އެސްއެމްއެސް ކުރައްވާށެވެ. އެސްއެމްއެސް ކުރައްވާނީ SUN ޖައްސަވައި

ސްޕޭސްއެއް ދެއްވުމަށްފަހު ޮކމެންޓް ލިޔުއްވާފައި 2747 އަށެވެ.

Page 22: Sun Magazine issue 4

22

"ދައުލަތުގެ އިސް ވެރިންނަށް ދައުލަތުން ރަސްމީގެ ނުދޭންވީ ކީއްވެ؟ ކުލީ ޮކޓަރިތަކުގައި އެ ބޭފުޅުން އުޅުއްވަން ޖެހެނީ ކީއްވެ؟ އާންމުންގެ އެހެން މީހުންނާ އެކު އެ ބޭފުޅުން އުޅުއްވަންވީ ކީއްވެ؟ ސިފައިންނާއި ފުލުހުންގެ ރައްކާތެރިކަން އެ ބޭފުޅުންނަށް ޯނންނަކީ ކީއްވެ؟ އެ ބޭފުޅުންނަށް ގަދަރުވެރި ދިރިއުޅުއް ނެތީ ކީއްވެ؟" ޮކފީ

މޭޒުޮދށުގައި އިށީނުމާއެކު މަނިކުބެ ފެށި އެވެ.މަނިކުބެ އަކީ ވަރަށް ކުޑައިރު ޮބލުގައި ކާއްޓަކުން ޖެހުމުގެ ސަބަބުން، ޮބލުގެ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް އޭނާގެ އެންމެ

ގާތް ރައްޓެހިން ބުންޏަސް، އޭނާ އެ ދައްކާ ވާހަކައިގައި ޮއއްޓަރެއް ހުރި

ކަމަށް ބެލެވެ އެވެ. ތެދެކެވެ. ދައުލަތުގެ އެންމެ އިސް މަގާމުތަކުގެ ތެރޭގައި

ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، އަދިވެސް ގިނަ ބޭފުޅުންތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިސްގެ ރައީސާއި

އުއްތަމަ ފަނޑިޔާރު ހިމެނެ އެވެ. އަދި ހަމަ އެޮގތަށް، ވަޒީރުންނާއި ސުޕްރީމު ޯކޓާއި ހައިޯކޓުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން ވެސް ހިމެނެ އެވެ.

ސިފައިންނާއި ފުލުހުންގެ އިސް ވެރިން ވެސް މެ އެވެ.ގާނޫނަކުން ބާރު ލިބިދީގެން، ދައުލަތުގެ ގެޮދރުގައި، ދައުލަތުގެ ޮކއްތުގައި ދިރިއުޅުއްވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސުލްޖުމްހޫރިއްޔާ

މުހައްމަދު ޝަހީބުގެ

ގައުމުގެ އިއްޒަތްތެރިން ކުީލ ކޮޓަރިތަކުގައި

ކުޅުދުއްފުށީ މަގެއްގައި ޮއތް ފެންގަނޑެއް

ރައީސް ނަޝީދު ހުރަސްކުރައްވަނީ

Page 23: Sun Magazine issue 4

23

އެވެ. އެންމެ ޮބޑު ސަލާމަތީ ރައްކާތެރިކަމާއި ހިމާޔަތްތެރިކަން ވެސް ޮއންނަނީ އެ ދެ ބޭފުޅުންނަށެވެ. އެހެން ބޭފުޅުން އުޅުއްވަނީ، ނިސްބަތުން ވަރަށް ނިކަމެތި ޮގތަކަށެވެ. އެކަމަކު އެކަން ޮއންނަންވީ ހަމަ އެޮގތަކަށްޯތ

އެވެ؟މަނިކުބޭ އެ ކުރާ ސުވާލު ހަމަ ރަނގަޅެވެ. ދައުލަތުގެ އެންމެ އިސް ބޭފުޅުންނަށް ސަލާމަތީ ރައްކާތެރިކަމާއި ހިމާޔަތްތެރިކަން ލިބުމުގެ

އިތުރުން އެ ބޭފުޅުން އުޅުއްވަންޖެހޭނީ ވެސް ގަދަރުވެރި ދިރިއުޅުމެކެވެ. އެ ބޭފުޅުންގެ އިއްޒަތާއި ޝަރަފަކީ ހަމައެކަނި ޯކޓުފަޓުލޫނު ލެއްވީމާ ފެންނަ އެއްޗަކަށް ވެގެންނުވާނެ އެވެ. އެހެން ހުރިހާ ކަމެއް ވެސް ހުންނަންޖެހޭނީ

ވަށައިޖެހިފަ އެވެ.ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސުލްޖުމްހޫރިއްޔާ

ދިރިއުޅުއްވަމުން ގެންދަވަނީ ދައުލަތުގެ ގެއެއް ނުވަތަ އިމާރާތެއްގައި، ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުން ކަމަށް ވީ ނަމަވެސް، ރައްޔިތުންގެ މަޖިލިސްގެ ރައީސާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަނީ އަމިއްލަ ގޭގަ އެވެ. ސަލާމަތީ ޮގތުން މާ ޮބޑު ރައްކާތެރިކަމެއް ނެތް ތަންތަނުގަ އެވެ. އެހެން އާއިލާތައް ވެސް ދިރިއުޅޭ ތަންތަނުގަ އެވެ. ވަޒީރުންނާއި ސުޕްރީމު ޯކޓާއި ހައިޯކޓުގެ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ސިފައިންނާއި

ފުލުހުންގެ އިސް ވެރިން ވެސް ހަމަ އެޮގތެވެ. ބައެއް ބޭފުޅުން އުޅުއްވަނީ އަމިއްލަ ގެޮދރަކު ވެސް ނޫނެވެ. ކުއްޔަށް ތަންތަން ހިއްޕަވައިގެންނެވެ.

ބައެއް ފަނޑިޔާރުންނަށް އާންމު ފްލެޓްބަރިން އެޕާޓްމަންޓް ދީފައި ހުރެ އެވެ. ސަލާމަތާއި ރައްކާތެރިކަމެއް ނެތި އެވެ.

ހަގީގަތުގައި މި ހުރިހާ ބޭފުޅުން ވެސް އެ ބޭފުޅުންގެ މަގާމުގެ ދައުރުގައި ދިރިއުޅުއްވަމުން ގެންދަވަންޖެހޭނީ، އަބުރުވެރިކަމާއި އިއްޒަތާ އެކުގަ

އެވެ. އެއްވެސް ކަމަކު އެހެން މީހެއް ގާތަށް ސަލާންޖަހަންދާން ނުޖެހޭ ޮގތަށެވެ. އަވަށްޓެރި ބައެއް ގައުމުތަކަށް ބަލާއިރު، އެފަދަ އިސް މަގާމުތަކުގެ ބޭފުޅުންނަށް ދައުލަތުގެ އިމާރާތްތައް ހާއްސަޮކށްފައި ހުރެ އެވެ. "ޮއފިޝަލް ރެސިޑެންސް" ގެ ޮގތުގަ އެވެ. މާނަ އަކީ މަގާމުގައި ހުންނެވިހާ ދުވަހަކު ބޭނުންކުރައްވަން "ރަސްމީގެ" އެއް ހުރެ އެވެ. "ރައީސުލްޖުމްހޫރިއްޔާގެ

ރަސްމީގެ" އަދި "ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީގެ" ފަދައިންނެވެ. ވަޒީރުންނާއި ސިފައިންނާއި ފުލުހުންނާއި ސްޕީކަރަށާއި ޗީފް ޖަސްޓިސް އަށާއި ފަނޑިޔާރުން ދިރިއުޅުއްވާނެ "ރަސްމީގެ" ހުރެ އެވެ. އެ ތަންތަން ހުންނަނީ

ކަނޑައަޅާ ވަކި ސަރަހައްދެއްގައި، ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުގަ އެވެ. އަދި އެ ބޭފުޅުންގެ ދަތުރުފަތުރާއި އެހެނިހެން ކަންކަން ވެސް ބަލަހައްޓަމުން

ގެންދަނީ ސަލާމަތީ ބާރުތަކުންނެވެ. އެ ބޭފުޅުން ކިތަންމެ ބޭނުންވި ނަމަވެސް، ސިކިއުރިޓީންނާ ނުލައި، އެ ބޭފުޅުންނަށް ބޭރަށް ނުކުމެވަޑައިގެނެއް

ނޫޅުއްވެ އެވެ. އެކަމަކު ރާއްޖޭގައި މި ފެންނަނީ ހުރިހާ ބޭފުޅުން ވެސް ވަރަށް މިނިވަންޮކށް އުޅުއްވާ ތަނެވެ. މިނިސްޓަރުންނާއި ފަނޑިޔާރުންނާއި

ސިފައިންނާއި ފުލުހުންގެ އިސް ބޭފުޅުން ވެސް ސައިކަލްގައި ވެސް

އުޅުއްވަނީ އެވެ. މަގުމަތީގައި ހިންގަވައިފައި ވެސް އުޅުއްވަނީ އެވެ. ހަށިފާރަވެރިން އެއްޮގތަކަށް ވެސް ބޭނުން ނުކުރައްވަނީ އެވެ.

ޮކންމެ ބޭފުޅަކު ވެސް މިހާރު ހިތަށް އަރާނީ ތިޔަ ސުވާލުކަން އެނގެ އެވެ. އެ ބޭފުޅުންނަށް ނުރައްކަލެއް ނެތިއްޔާ ކީއްކުރާ ޮބޑީ ގާޑުންތަކެއް

ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު މިޮއތީ ފެންނާށެވެ. ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަކީ މިނިވަންޮކށް އުޅުއްވުމަށް ވަރަށް ޯލބިކުރައްވާ ބޭފުޅެއްކަން އެނގެ "ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ" މުލީއާގެއިން ނުކުމެވަޑައިގެން އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޮއފީހަށް ވަޑައިގަންނަވަނީ ވެސް ފައިމަގުގަ އެވެ. މާލޭގެ މަގުތަކުގައި ވެސް ދާދި އިހަކަށް ރޭ ވެސް ރައީސުލްޖުމްހޫރިއްޔާ ހިންގަވައިފައި އުޅުއްވި އެވެ. އަނެއްކާ އެ މަނިކުފާނު ވަޑައިގަންނަވާއިރު، ފެނިވަޑައިގަންނަވާ ރައްޓެހި ބޭފުޅުންނާ ސަލާމް ކުރައްވައި، މަޑުކުރައްވައި ވާހަކަ ވެސް ދައްކަވަ

އެވެ. އެއްވެސް ހާސްކަމެއްނެތި އެވެ. އެކަމަކު ވެސް އެ މަނިކުފާނުގެ ވަށައިގެން ޮބޑީގާޑުން ތިބެ އެވެ. ކަމެއް ހިނގާފާނެ ކަމަށްޓަކަ އެވެ. އެމަނިކުފާނުގެ ޝަރަފާއި

އިއްޒަތަށްޓަކަ އެވެ.ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ފުރިހަމަ އަށް އިތުބާރު ކުރައްވަ އެވެ. އެމަނިކުފާނަށް ހަމަލާ ދޭން ބަޔަކު ނުޅޭނެކަން އެމަނިކުފާނަށް

އެނގިވަޑައިގަންނަވަ އެވެ. ސަލާމަތީ ބާރުތަކަށް ވެސް އެކަން އެނގެ އެވެ. ވީމާ ކުރިން ދުއްވެވި ރޭލީ ބައިސްކަލްގައި މާލޭގެ މަގުތަކުގައި ރައީސުލްޖުމްހޫރިއްޔާ އުޅުއްވަންވީޯތ އެވެ؟ އެމަނިކުފާނު ބައިސްކަލްގައި ވަޑައިގަންނަވާއިރު ވެސް

ވަށައިގެން ހަށިފާރަވެރިންނަށް ތިބެވިދާނެ އެވެ. އެއީކީ އުނދަގޫ ކަމަކަށް ނުވާނެ އެވެ.

ސަރުކާރާ މެދު ހިތްހަމަނުޖެހިގެން ހަމަލާއެއް ދޭން އުޅޭ މީހެއްގެ އަމާޒަކަށް ރައީސުލްޖުމްހޫރިއްޔާވުން ވަރަށް ގާތެވެ. އެކަމަކު، ރައީސުލްޖުމްހޫރިއްޔާގެ

ނައިބަށް މީހަކު ހަމަލާއެއް ދީފާނެޯތ އެވެ؟ އެކަމަކު އެމަނިކުފާނުގެ ހިމާޔަތަށް، "ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ރަސްމީގެ" ހިލާލީގޭގައި އެ ތިބެނީ ބަޑި

ހިފައިގެން ތިބޭ ކިތައް ސިފައިންޯތ އެވެ؟މިހާރު އިވެމުންދާ އަޑަކީ ސަރުކާރުގެ އިސް ބޭފުޅުންތަކެއް

އަވަހާރަޮކށްލަން ބަޔަކު ރާވަމުންދާ ވާހަކަ އެވެ. އޭގެ ހަގީގަތެއް އަދި ނޭނގެ އެވެ. އެކަމަކު އެއީ ހިޔާލީ ވާހަކަ އަކަށް ވިޔަސް، ދައުލަތުގެ އިސް މަގާމްތަކުގެ ބޭފުޅުންނަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިބޭނެ ނިޒާމެއް ގާއިމްކުރަންޖެހެ

އެވެ. މިސާލަކަށް މާލެ ނުވަތަ ހުޅުމާލޭގެ ވަކި ސަރަހައްދެއް "ވީއައިޕީ ރެސިޑެންސް" ގެ ޮގތުގައި ތަރައްގީ ކުރުމަކީ މި ދެންނެވި މައްސަލަ އަށް ޮއތް ހައްލެއް ކަމަށް ވެދާނެ އެވެ. އޭރުން އެ ހުރިހާ ބޭފުޅުން ވެސް ދިރިއުޅުއްވަމުން

ގެންދަވާނީ ފުރިހަމަ ސެކިއުރިޓީއާއެކު، ގަދަރާއި އިއްޒަތުގަ އެވެ. ގައުމުގެ އިއްޒަތްތެރިން ކުލީ ޮކޓަރިތަކުގައި ދިރިއުޅުއްވާކަށް ނުޖެހޭނެ އެވެ.

މި ލިޔުމަށް ހިޔާލު ފާޅުކުރައްވަން ބޭނުންފުޅު ފަރާތްތަކުން ތިރީގައިވާ ކީޯވޑް ޖެއްސެވުމަށް ފަހު އެސްއެމްއެސް ކުރައްވާށެވެ. އެސްއެމްއެސް ކުރައްވާނީ SUN ޖައްސަވައި

ސްޕޭސްއެއް ދެއްވުމަށްފަހު ޮކމެންޓް ލިޔުއްވާފައި 2747 އަށެވެ.

Page 24: Sun Magazine issue 4

ގިނަ ބަޔަކު އިއްތިފާގުވާ ޮގތުގައި ދުނިޔޭގައި މި ވަގުތު ހުރި އެންމެ ޮމޅު ޯގލްކީޕަރަކީ ސްޕޭނުގެ އިކާ ކަސިޔާސް އެވެ. ސާޅީސް ހަތަރު އަހަރުގެ

ދިގު ހުސްކަމަކަށް ފަހު ސްޕޭނަށް ދުނިޔޭގެ އެންމެ ޮބޑު ދެ ފުޓްޯބޅަ މުބާރާތް ކާމިޔާބު ޮކށްދިން ކެޕްޓަނަކީ ވެސް އޭނާ އެވެ. ނަމަވެސް ނިމިގެންދިޔަ ޯވލްޑް ކަޕުގައި ލެވް ޔާޝިން އެޯވޑް ނުވަތަ އެންމެ ޮމޅު ކީޕަރުގެ މަގާމު ޯހދި އިރު ކަސިޔާސްގެ މަގުބޫލުކަން ދެމިޮއތުމުގެ އެންމެ ޮބޑު ސިއްރަކީ އޭނާގެ ހިތްގައިމު ކުޅުމާއި އާދަޔާ ހިލާފު ޮމޅު

ސޭވްތަކެއްނޫނެވެ. އޭނާގެ މަޝްހޫރުކަން ގުޅިފަައިވަނީ ޯލބިވެރިޔާ ސާރާ ކާޮބނޭޯރއާ އެވެ.

ސާރާ ކާޮބނޭޯރ އަކީ ސްޕޭނުގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރެކެވެ. މި ވަގުތު ދުނިޔޭގައި ތިބި އަންހެން

ޕްރެޒެންޓަރުންގެ ތެރެއިން އެންމެ ގިނަ ފިރިހެނުން ހިތްއެދޭ މީހަކީ ވެސް އޭނާ އެވެ. އެހާރާއި މިހާރުގެ ފުޓްޯބޅަ

ކުޅުންތެރިންނާ ގުޅުނު އަންހެނުންގެ ތެރެއިން އޭނާގެ ނަން ހިމެނެނީ ލިސްޓުގެ ގަދަ 25 ވަނާގަ އެވެ. ދިގު، ފަން އިސްތަށި

ގަނޑަކާއި ހެޮޔވަރުގެ އިސްޮކޅަކެއް ލިބިފައިވާ ކާޮބނޭޯރ އަކީ ނިމިގެންދިޔަ ޯވލްޑް ކަޕުގައި ވެސް އެންމެ ޮބޑަށް ވިދާލި އަންހެން

ފަންނާނެވެ. އޭނާ ދެކުނު އެފްރިކާ އަށް ދިޔައީ ސްޕޭން ކުޅޭ މެޗުތައް ކުޅޭއިރު ކަވަރު ކުރާާށެވެ. މެޗުތައް

ޯގލު ފުރަގަހުގައި ކެމެރާ ކުރަން ހުންނައިރު އޭނާގެ ރީތި ބުރުސޫރައިގެ އަވާގައި ޖެހި މުބާރާތުގެ އެތަކެއް ކަމެއް

ޯގހުން ޯގހަށް ބަދަލުވެދިޔަ އިރު ޓީވީން އޭނާ ފެނިފައި ވެސް މުބާރާތާ ގުޅުންހުރި އެތައް ކަމެއް ޯގސްވެ

ދިޔަ އެވެ.

ލުއިސް ޝުއަރޭޒް ޯބޅައިގައި އަތުން ޖެހުން:

އެފްރިކާ އިން ޯވލްޑް ކަޕުގެ ސެމީ ފައިނަލް ކުޅުމަށް ގާނާ ކުރި ހުރިހާ އުއްމީދެއް ވިއްސިވިހާލި ޮކށްލީ އުރުގުއޭގެ ޯފވަޑް ލުއިސް ޝުއަރޭޒެވެ. މެޗު ނިމިނިމި ޮއއްވައި ގާނާގެ ކުޅުންތެރިން ޖެހި ޯބޅަ ޯގލު ޮރނގުމަތިން އަތުން ޖަހައި ނެރުމުން ރަތްކާޑު ދައްކައި ޮފނުވާލުމުން ޝުއަރޭޒް ބުނީ ރަތްކާޑު ދައްކަންވީ

އޭނާ އަށް ނޫން ކަމަށެވެ."އަހަރެން އެކަން ޮކށްގެން

ނުވާނެ. އެކަމަކު އަހަރެން ގާތު ޯބޅައިގައި އަތުން ޖަހަން ބުނި މީހަކީ ކާޮބނޭޯރ. އޭނާގެ ސަބަބުން އަހަރެންންގެ ޒަމީރު

އެކަން ކުރަން އަހަންނަށް މަޖުބޫރުކުރުވީ،" ޝުއަރޭޒް

ބުންޏެވެ.

ވޯލްޑް ކަޕްގެއެންމެ ާކމިާޔބު

އަންހެާނ

އަބްދުهللا އަޒްމީން

Page 25: Sun Magazine issue 4

25

ލަމްޕާޑު ޖެހި ޯގލު ލައިންސްމަނަށް ނުފެނުން:

ޯވލްޑް ކަޕުގައި އެންމެ ޮބޑު މައްސަލައަކަވީ އިންގްލޭންޑުގެ ފްރޭންކް ލަމްޕާޑު ޖަރުމަނުޮކޅަށް ޖެހި ޯގލު ރެފްރީންނަށް ނުފެނުމެވެ. ޯގލު ޮރނގު ހުރަސްޮކށް ދެ ފޫޓެއްހާ އެތެރެ އަށް ޯބޅަ ވަން އިރު އެ ދިމާ ބޭރު

ޮރނގުގައި ހުރި ލަަައިންސްމަނަށް ހަގީގަތުގައި ވެސް އެ މަންޒަރު ނުފެނުނީބާ އެވެ؟"އަހަރެން ދުށިން ލަމްޕާޑު ޯބޅައިގައި ޖެހިތަން. ދެން އަހަންނަށް ބަލައިލެވުނީ ޯކނަރު ދަނޑިކައިރީގައި

އެވަގުތު ހުރި ރީތި އަންހެން ކުއްޖާ ސާރާ ކާޮބނެޯރ އަށް،" އެ މެޗުގައި ލައިންސްމަންކަން ކުރި މައުރީސިޯއ އެސްޕިޯނސާ ބުންޏެވެ. "ކުޑަ ސިކުންތުޮކޅަކަށް ނަމަވެސް އޭނާގެ އެހެރަ ރީތި ދެ ތުންފަތް ނުހަނު ގާތުން

ފެނުމުން އަހަރެން އަންތަރީސްވި. މީގެ ސަބަބުން ދެން އަހަންނަށް ފެނުނީ ޖަރުމަނުގެ ކީޕަރުގެ އަތުގައި ޯބޅަ ޮއއްވައި."

ޖަބުލާނީގެ މައްސަލައަކީ ވެސް ކާޮބނޭޯރ:

ޯވލްޑް ކަޕުގައި އެންމެ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވީ މުބާރާތުގެ ރަސްމީ ޯބޅަ ޖަބުލާނީ އަށެވެ. މި ޯބޅަ ތައްޔާރުކުރި ޖަރުމަނުގެ އެޑިޑާސް ކުންފުނީގެ އިސް ޑިޒައިނަރަކު ނަން ހާމަ ނުކުރުމަށް

އެދެމުން ބުނީ ޯބޅަ ތައްޔާރުޮކށްފައިވަނީ ވަރަށް މުހިންމު މާއްދާއެއް އުނިޮކށްފައި ކަމަށެވެ."ޯބޅަ ތައްޔާރުކުރި ޓީމުން އެންމެ ފަހުން ޑިޒައިން ފައިނަލް ކުރިމީހަކީ އަހަރެން. ޑިޒައިން

ފައިނަލް ކުރި ވަގުތު ފެކްޓަރީގެ ކަނެއްގައި ހުރި ޓީވީން ދައްކަމުންދިޔައީ ކުޅިވަރާ ބެހޭ ރިޯޕޓެއް. އަހަންނަށް އެ ރިޯޕޓް ބަލާލެވުނީ ރިޯޕޓް ހުށަހަޅައިދޭން ހުރި އަންހެން ކުއްޖާގެ ރީތިކަމުން. އެއީ ސާރާ ކާޮބނޭޯރ. އޭނާގެ ރީތިކަން ފެނިފައި ޑިޒައިން ފައިނަލްކުރި އިރު ޮކންމެހެން ހިމަނަންޖެހޭ

މާއްދާއެއް ހިމަނަން އަހަރެން ހަނދާންނެތުނު. އެ މާއްދާ ހިމެނުނުނަމަ ވައިގަދަ ދުވަހެއްގައި ބީޗްޯބޅަ ދަތުރުކުރާ ޮގތް ޖަބުލާނީއަކަށް ނުވީސް."

ސްޕޭނުގެ ކާމިޔާބީ:

ޯވލްޑް ކަޕުގައި ސްވިޒަލޭންޑް އަތުން ސްޕޭން ބަލިވި މެޗުގައި ކަސިޔާސް ބަލަހައްޓަމުންދިޔަ ޯގލަށް ޯބޅަ ވަނީ އެ ޯގލުގެ ފުރަހަގުގައި ކާޮބނޭޯރ ހުއްޓައެވެ. ސްޕޭނާއި ހާއްސަޮކށް އިނގިރޭސި ނޫސްތަކުގައި

އެކަން ސިފަޮކށްފައިވަނީ ކާޮބނޭޯރގެ ސަބަބުން ވަން ޯގލެއް ކަމަށެވެ. އެއީ ޯގލުގައި ކަސިޔާސް ލަދުރަކި ޮގތަކަށް ނެގިމަޑުވެފައި ހުންނާތީ ކަމަށްބުނެ އެވެ. މި

މައްސަލަ ޯގސްވެ ކާޮބނޭޯރ މަސައްކަތް ކުރާ ޓީވީ ސްޓޭޝަނުން އޭނާއާ ސުވާލުކުރަން ވެސް ޖެހުނެވެ. ނަމަވެސް މެޗަށް ފަހު ކުރާ އިންޓަވިއުތަކުން މަޝްހޫރުކަން ޯހދި މި ދެ

މީހުން ވަނީ ފަައިނަލް މެޗަށް ފަހު ދުނިޔޭގެ ހުރިހާ ޓީވީ ތަކުން ވަގުތުން މަންޒަރު ދައްކަމުން ދަނިޮކށް ޮދންދީ ހަދައިފަ އެވެ. މިއީ މުބާރާތުގެ އެހެން މެޗުތަކަށް ފަހު

އިންޓަވިއު ކުރާ ތަނުން ބައްދަލުވިޔަސް މި ދެމީހުންގެ ފުށުން އަލަށް ފެނުނު މަންޒަރެކެވެ. މިކަމާ ސުވާލުކުރުމުން ކަސިޔާސް ބުނީ އޭނާ ޯގލުގައި ހުރެ

ސްޕޭނަށް ލިބުނު ކާމިޔާބީގެ ސިއްރަކީ ކާޮބނޭޯރ ކަމަށެވެ.

އުމުރުން 25 އަހަރުގެ ކާޮބނޭޯރ އާއި ކަސިޔާސް އެންމެ ފުރަތަމަ ބައްދަލުވީ ވެސް ދެކުނު އެފްރިކާއިންނެވެ. އެއީ ހުސްވި

އަހަރުގެ ޮކންފެޑަރޭޝަން ކަޕުގެ ތެރޭގަ އެވެ. މިހާރު ދެ މީހުންނަކީ ސްޕޭނުގައި އެންމެ މަޝްހޫރު ދެ ސެލެބްރިޓީންނެވެ. އަދި އެންމެ

ގުޅޭ ދެ ޯޖޑުވެސްމެ އެވެ.

މި ލިޔުމަށް ހިޔާލު ފާޅުކުރައްވަން ބޭނުންފުޅު ފަރާތްތަކުން ތިރީގައިވާ ކީޯވޑް ޖެއްސެވުމަށް ފަހު އެސްއެމްއެސް ކުރައްވާށެވެ.

އެސްއެމްއެސް ކުރައްވާނީ SUN ޖައްސަވައި ސްޕޭސްއެއް ދެއްވުމަށްފަހު ޮކމެންޓް ލިޔުއްވާފައި 2747 އަށެވެ.

Page 26: Sun Magazine issue 4

)ކުރީގެ އަދަދާ ގުޅާ( ގިފިލީގެ ވަށައިގެން ކަހަލަ ޮގތަކަށް ހެދިފައި ހުރި ޮބޑެތި ބަނބުކެޮޔ ގަސްތަކާއި ދުނބުރި ގަސްތަކާއި ކަށިކެޮޔ ގަސްތަކުގެ ސަބަބުން އެ

ހިސާބު ފެންނަނީ ނާމާން ޮގތަކަށެވެ. މިއިން ކަމަކަށް މާ ޮބޑު ފަރުވާލެއް ނެތި، ޝަހާމާ ވަނީ އަވަސް އަވަހަށް ގިފިއްޔަށެވެ. ނިދަން ތައްޔާރުވެލުމަށްޓަކަ އެވެ. ގިފިއްޔަށް ވަނުމާއެކު ގައިގައި ޖެހުނު ފިނި ފިނި ވައިޯރޅީގެ ސަބަބުން އޭނާގެ ފިޔަވަޅަށް ހުއްޓުން ގެނުވައިފި އެވެ. އެވަގުތު އޭނާއަށް ގިފިލީތެރެއަށް ނަޒަރު ހިންގައިލެވުނެވެ. މާޮބޑު ފިކުރެއް ޮއވެގެނެއް ނޫނެވެ.

އިރުޮކޅަކު އެހެން ހުރެފައި ޝަހާމާ ހިނގައިގަތީ ވަޅާދިމާއަށެވެ. އޭނާއަށް އެޅުނީ ދެތިން ފިޔަވަޅެކެވެ. ކުއްލިއަކަށް ފިޔަވަޅަށް ހުއްޓުން އަރައިފި އެވެ. މޭ ތަޅުވާލައިފި

އެވެ. ހަތަރެސްފައި ތުރުތުރު އަޅައިގެންފި އެވެ. އޭނާއަށް ކަޅި ޖަހައިނުލައި ބަލަންހުރެވުނީ ފާރުމަތިން ޯބ ހިއްލައިގެން ގިފިއްޔާ ދިމާއަށް ބަލަންހުރި ބިރުވެރި

މޫނާ ދިމާއަށެވެ. އޭނާއަށް ފެންނަމުން ދަނީ އެޮގތް މިޮގތަށް ހޭވިފައި ޮއތް، ނީކުނޑި

ކުލައިގެ ދިގު އިސްތަށިގަނޑަށެވެ. ހަނދުވަރުގެ ތެރެއިން އެ މޫނު ފެންނަނީ ރަތް ޮދން ކުލައެއްގަ އެވެ. އަނގަ ޮބޑުވެފައި ދެޯލ ކަޅެވެ. ނޭފަތް ހީވަނީ، އެތަނަށް

ޖަހާފައި ހުރި ކުރު ފަލަ ކެރެޓެއް ހެންނެވެ. މޫނުގެ ހަންގަނޑު ވަނީ ދޫޖެހި، ރުލުން ފުރިފަ އެވެ.

ކުއްލިއަކަށް އެމޫނަށް ޮކންމެވެސް ވަރެއްގެ ޙަރަކާތެއް އަތުވެއްޖެ އެވެ. އެސްފިޔަ ޖަހައިލިހެންވެސް ހީވިއެވެ. ދެނަކާ ދެނެއް ނެތެވެ. ޝަހާމާއަށް ހަޅޭއް ލަވައިގަނެވުނީ

އަޑުގައި ނެތް ތަނަށެވެ. އެނބުރި ގެއާ ދިމާއަށް ދުއްވައި ގަނެވުނީ ވަކި ޮގތެއް ބަލައިގެނެއް ނޫނެވެ.

"ކިހިނެއްވީ؟" ރަމީޒު އައިސް ޝަހާމާގެ ގައިގައި ހިފެހެއްޓިއިރު އޭނާގެ ހަށިގަނޑު ހީވަނީ، މަރަށް ތެޅޭ ޯރމަހެއް ހެންނެވެ. އަނގައަކުން ނުބުނެވެއެވެ. ދެޯލ

މަރާ ފިއްތައިގެން ހުރެ، އިޝާރާތްކުރެވެނީ ގިފިއްޔާ ދިމާއަށެވެ. ވީޮގތް ރަމީޒަށް ވިސްނުނީ ކަންނޭނގެއެވެ. ޝަހާމާ އެނދުގައި ބައިންދާފައި އޭނާ ގިފިއްޔާ ދިމާއަށް

ހިނގައިގެންފި އެވެ. ގެންގުޅޭ ކުޑަ ޯޓޗު ހިފައިގެންނެވެ. ގިފިއްޔަށް ވަދެ ގިފިލީގެ އެތައްމިތަނަށް އަލިޮކށް ބެލިއިރުވެސް އޭނާއަކަށް، މީހަކު ބިރުގަންނަން ޖެހޭ ފަދަ އެއްވެސް ކަމެއް ނުފެނުނެވެ. އެހެންކަމުން އެނބުރި

އައިސް ގެއަށް ވަދެއްޖެ އެވެ. ޮކޓަރިއަށް ވަންއިރު ޝަހާމާ އެނދުގައި އިނެވެ.

އޭރުވެސް އޭނާ މުޅިން ހަމައަކަށް ނޭޅެއެވެ. "ޮކންކަމަކާތަ އެހާ ބިރެއް ތި ގަތީ؟" ރަމީޒުއައިސް ޝަހާމާ ގާތުގައި އިށީނދެ ޮބލުގެ އިސްތަށިގަނޑުގައި ފިރުމާލަމުން އަހައިލި އެވެ.

"ފާޑެއްގެ އެއްޗެއް ފާރުމަތިން ޯބ ހިއްލައިގެން ބަލަން ހުރީ." ޝަހާމާގެ އަޑު ތުރުތުރު އަޅައެވެ. އޭނާއަކަށް އަދިވެސް ފާހަކަ ދައްކާކަށް އެހާ ފަސޭހައެއް

ނޫނެވެ."ތީ ހީވިޮގތެއް ކަންނޭނގެ. ނެތް އެއްވެސް އެއްޗެއް."

ރަމީޒު އެހެން ބުންޏަސް ޝަހާއަކަށް ގަބޫލެއް ނުކުރެވެ އެވެ. ވާނީވެސް އެހެންތާ އެވެ. އޭނާއަށް ވަނީ ފެނިފަ އެވެ. އޭގެ ކުލައާއި ސިފައެވެ.

ހަރަކާތް ކުރިތަންވެސް ފެނުނެވެ. އެހެންކަމުން އެރޭ އޭނާއަށް ނިދުނީވެސް އެ ބިރުވެރިކަމުގެ ތެރޭގައި ޮއއްވައެވެ. ނިދުނުތާ މާ ގިނައިރެއް ނުވެ ސިހިފައި ހޭލެވިއްޖެ އެވެ. ހީވީ މީހަކު ޮކއްޓައިލި ހެންނެވެ. ހޭލެވުމާއެކު ފުރަތަމަވެސް

ސިފަވެގެން ދިޔައީ މިރޭ ގިފިލި ތެރެއިން ފެނުނު ބިރުވެރި ސޫރަ އެވެ. އެވަގުތު އޭނާގެ މޭ ތެޅިގަތެވެ. ފުންމައިގެން ތެދުވެވިއްޖެ އެވެ. ޮކޓަރީގައި ދިއްލާފައި ހުރި ފަސް ޯވޓު ޮބކީގެ ފަނޑު އަލިކަމުގެ ތެރެއިން ޮކޓަރީގެ އެކި ދިމަދިމާއަށް ބަލައިލެވުނެވެ. އެވަގުތު ދެން ލިބުނު ސިހުން އަދި މާ

ޮބޑުވެއްޖެ އެވެ. އެނދަކު ރަމީޒެއް ނެތެވެ. "ރަމީޒު" ޝަހާމާއަށް އަވަސް އަވަހަށް ރަމީޒަށް ޮގވައިލެވުނެވެ. އެހެނަސް އޭނާގެ ކަރުތެރެއިން ނިކުތީ އޭނާގެ އަޑެއް ނޫނެވެ. ބަރު ފިރިހެން

އަޑެކެވެ.ބިރުން ހަދާނޭޮގތް ނޭނގިފައި އިން ޝަހާމާއަށް ވީޮގތްވެސް ނޭނގުނެވެ. އެނދުން ފުންމައިލެވިއްޖެ އެވެ. ޮކޓަރީގެ އެކި ދިމަދިމާއަށް ކަޅި ހޫރަން ފެށުނެވެ. ޮކޓަރިއަކު ރަމީޒެއް ނެތެވެ. ގަތް ބިރާއި ލިބުނު

ނުތަނަވަސްކަމެއްގެ ޮބޑުކަމުން އޭނާއަށް ހިނގައިގަނެވުނީ ޮދރާ ދިމާއަށެވެ. ޮކޓަރިން ނިކުތުމަށެވެ. ރަމީޒު ޮކބައިޯތ ބެލުމަށް ކަންނޭނގެ އެވެ.

ޮކޓަރީ ޮދރު ހުޅުވާލާފައި ޝަހާމާ ބޭރަށް ނިކުމެއްޖެ އެވެ. ސިޓިން ރޫމަށެވެ. އެތަނަށް ވެސް ވެރިވެފައިވަނީ ފަނޑު އަލިކަމެކެވެ.

ކުއްލިއަކަށް ޝަހާމާގެ ޮލލުގައި އަޅައިގަތީ ރަމީޒެވެ. އޭނާ ހުރީ ޝަހާމާއަށް

ވަާފތެރި މަީވމޭ

މުހައްމަދު ާގސިމް، އއ. މަތިވެރި

"ރަމީޒު! ސަމާސާ ކުރަން މީދެން ޮކން ވަގުތެއް؟" ރަމީޒުގެ އަތުގެ މުލައްދަނޑީގައި ޝަހާމާ ހިފެހެއްޓި އެވެ. ތަޅުވައިގަތެވެ. އެވަގުތު ހަމަ ކުއްލިއަކަށް ރަމީޒު އޭނާއާ ދިމާއަށް އެނބުރިއްޖެ އެވެ. ރަމީޒުގެ މޫނު ފެނުމާއެކު

ޝަހާމާއަށް ލިބުނީ ކުއްލި ސިހުމެކެވެ.

26

Page 27: Sun Magazine issue 4

ފުރަގަސް ދީގެން ތަންޮކޅެއް ދުރުގައެވެ. ވަލުފަރާތަށް ނިކުންނަން ހުރި ޮދރު ކައިރީގަ އެވެ. އިރުޮކޅަކު ބަލަން ހުރެފައި ޝަހާމާ ހިނގައިގަތެވެ. ރަމީޒާ ދިމާއަށެވެ. ރަމީޒު އެއުޅެނީ ޝަހާމާ ބިރުގަންނުވާށެވެ. އޭނާއަށް އެކަން

އެނގެ އެވެ. އެކަމަކު މިއީ އެފަދަ ސަމާސާއެއް ކުރަން އެންމެ އެކަށީގެންވާ ދަނޑިވަޅުބާވަ އެވެ؟

"ރަމީޒު." ފުރަގަހުން ޮގސް ރަމީޒުގެ ގާތަށް ހުއްޓިފައި ޝަހާމާ ޮގވައިލި އެވެ. ރަމީޒު ބަލައެއް ނުލިއެވެ. އަޑު އިވޭހެންވެސް ހީނުވެ އެވެ. އޭރު ޝަހާމާހުރީ ކުޑަޮކށް ހިތްހަމަ ނުޖެހޭޮގތް ވެފައެވެ. އެފަދަ ސަމާސާއެއް މިވަގުތު

އޭނާއަކަށް ކަމަކު ނުދެއެވެ. "ރަމީޒު! ސަމާސާ ކުރަން މީދެން ޮކން ވަގުތެއް؟" ރަމީޒުގެ

އަތުގެ މުލައްދަނޑީގައި ޝަހާމާ ހިފެހެއްޓި އެވެ. ތަޅުވައިގަތެވެ. އެވަގުތު ހަމަ ކުއްލިއަކަށް ރަމީޒު އޭނާއާ ދިމާއަށް އެނބުރިއްޖެ އެވެ. ރަމީޒުގެ މޫނު ފެނުމާއެކު ޝަހާމާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ތެޅިގެނަފއި ފަހަތަށް ޖެހެވުނެވެ. ދެޯލ ޮބޑުވެ ގައިން ހީބިހި ނަގައިގަތެވެ. މާތްކަލާޯކ އެވެ. އެއީ ރަމީޒެއް ނޫނެވެ. ގިފިލީ ފާރުމަތިން މިރޭ ފެނުނު ބިރުވެރި ސޫރައެވެ. އެއީ ހަމަ އެ ބިރުވެރި

މޫނެވެ. އޭތި ހުރީ ޝަހާމާއާ ދިމާއަށް ކަޅި ޖަހާނުލާ ބަލާށެވެ. އިރުޮކޅަކުން ފެނުނީ އޭތި ދަތްޕިލަ ދިލުވައިލި ތަނެވެ. ހީގަތީކަންނޭނގެ އެވެ. އެކަމަކު އަޑެއް ބޭރެއް ނުވެއެވެ. އެވަގުތު ލިބުނު ކުއްލި ސިހުމާއެކު، ގަތް ބިރެއްގެ ޮބޑުކަމުން ޝަހާމާއަށް އަޑުގައި ނެތްތަނަށް ހަޅޭއްލަވައިގަނެވުނެވެ. ޮކޓަރިއާއަށް ދިމާއަށް

ދުއްވައިގަތުމަށް ކުރި މަސައްކަތް ވީ ބޭކާރެވެ.ރަމީޒަށް ހޭލެވުނީ ސިހިފަ އެވެ. ޝަހާމާ ހަޅޭއްލަވައިގަތް އަޑަށެވެ. ޮރއިގަތް އަޑަށެވެ. ރަމީޒަށް ފުންމައިގެން ތެދުވެވުނެވެ. އޭރުވެސް ޝަހާމާ ދެޯލ

މަރާ ފިއްތައިގެން ޮއވެ ތެޅި ޮފޅެނީ އެވެ. ހަޅޭއްލަވަނީ އެވެ."އޭތް! ޝަހާ!" ރަމީޒު އަވަސް އަވަހަށް ޝަހާމާގެ ދެޮކނޑުގައި ހިފާ

ތަޅުވައިގަތެވެ. "ޝަހާ! ކިހިނެއް ތިވަނީ؟"ޝަހާމާއަށް ހޭލެވުނީ އެވަގުތު އެވެ. ހޭލެވުމާއެކު ފުންމައިގެން ތެދުވެ

ރަމީޒުގެ ގައިގައި ޮއޅުލައިގެންފި އެވެ. އޭރު އޭނާގެ މުޅި ހަށިގަނޑު އެކީ އެކައްޗަކަށް ރޫރޫ އަޅައެވެ. ޯރމަހެއްހެން ތެޅެއެވެ.

"ކިހިނެއްވީ؟ ހުވަފެނެއް ފެނުނީތަ؟" ޝަހާމާ ޯބ ޖަހައިލި އެވެ. ރަމީޒުގެ ޮކނޑުގައި މޫނު ޖައްސާ ފިއްތައިގެން އިނދެއެވެ.

"ބިރުން ޮއވެ ނިދީމަ ވީޮގތެއް ކަންނޭނގެ!" ޝަހާމާ ބާލީސްމަތީގައި ބޭއްވުމަށްފަހު ޮބލުގައި ފިރުމާލަމުން ރަމީޒު ބުންޏެވެ.

ރުއްގަނޑު ހުރާގެ ޮގނޑުޮދށަށް ކުޑަ ޯދނި ބީއްސާލުމާއެކު އެންމެ ފުރަތަމަ ޯދނިން ފުންމައިލީ ނަޖީބެވެ. އޭނާގެ ފަހަތުން ރަމީޒާއި ޝަހާމާއެވެ.

އާތިފާއާއި އޭނާގެ ދެޮކއްޮކ އެވެ. އެންމެ ފަހުން ފޭބީ ހަބީބެވެ. ހަބީބަކީ ނަޖީބުގެ އެންމެ ގާތް އެކުވެރިޔާ އެވެ.

ރުއްގަނޑު ހުރާއަކީ ހުދު ފަސްގަނޑަކާއި ސާފު މޫދެއް ޮއތް އާދައިގެ ރަށަކަށްވުރެ ޮބޑު ފަޅު ރަށެކެވެ. ގަސްގިނަ ވާ ޯބ ރަށެކެވެ. މަގުލާއި ކުރެދިގަހުގެ އިތުރުން މިރިހީގެ ހިމަ ޯހލި ޮގފިތަކުން ގެތިފައިވާ ހޭޅިފަށުގައި

މަޑުމަޑު ވައިޯރޅިފަށް އައިސް ޖެހިލުމާއެކު ގަސްތަކަށް އަންނަ ލުއިލުއި ހަރަކާތް އެއީ ބަލާމީހަކަށް ހިތްހަމަޖެހުން ގެނުވާނެ ހަރަކާތެއްކަން ޔަގީނެވެ. އެހެނަސް

އެއިން ކަމަކުން ޝަހާމާގެ ހިތަކަށް ނަފުސަކަށް ލިބޭ އެއްވެސް ލުޔެއް ނެތެވެ. ހިތަށް ވެރިވަމުން އައީ ނުތަނަވަސްކަމެވެ. ކަންޮބޑުވުމެވެ.

މޫދަށް އެރުމާއި ތަފާތު ކުޅިވަރުތައް ކުޅުމުގައި ރަމީޒު އުޅެމުން ދިޔައީ ޯފރިއާއި މަޖަލުގަ އެވެ. ޚިޔާލެއް ފިކުރެއް ނެތި އެވެ. އެރަށުގައި އޭނާ ކުރަމުން ގެންދިޔަ ޮކންމެ ކަމަކީ، ޮކންމެ ތަޖުރިބާއަކީ އޭނާގެ ހަޔާތުގައި ކުރެވޭ އާ ކަމެކެވެ. އާ ތަޖުރިބާ އެކެވެ. އެހެންކަމުން އެ ކުޑަ ކުޑަ ރަށުގައި އޭނާ

ހޭދަކުރަމުން ގެންދިޔަ ޮކންމެ ސިކުންތަކީ ޢީދެކެވެ. އުފަލާއި މަޖަލުގައި ޮތށިމައްޗާއި ފަޅުތެރެއާއި ޮގނޑުޮދށާއި

ހޭޅިތެރޭގައި ރަމީޒު ވަގުތުތައް ގުނަމުން ގެންދިޔައިރު، ޝަހާމާ އިންނަނީ ފާޑަކަށެވެ. އެއްވެސް ކަމެއްގައި ގަޔަކާ ނުވެ އެވެ. މޫދަށް އެރުމެއް ނެތެވެ.

ސައިވެސް ބުއީ ނަމަކަށެވެ. ވެގެން އެ އުޅެނީ ކީއްކަން ރަމީޒަށް އެނގެ އެވެ.

ހުރިހާވެސް މައްސަލައަކީ ރޭ ފެނުނު ހުވަފެނެވެ. ހުވަފެނުގެ ހަނދާންތަކުން ހިތް ނުތަނަވަސް ކުރުވަނީ އެވެ. އެހެންކަމުން ރަމީޒު ގަސްތުކުރީ އެކަމާ އަޅާނުލާށެވެ.

މަޑުމަޑުން ޮގސް ހަމައަކަށް އެޅޭނީ މާ އެކަމާ ޮބޑަށް ނުވުމުން ކަމަށް ހިތް ބުނާތީ އެވެ.

"ޝަހާ! ކީއްވެފަ މާ ފާޑަކަށް ތި އިންނަނީ؟" އާތިފާހީވަނީ ޮދންވެލީގެ މާއްޔެއް ހެންނެވެ. މުޅި ގަޔާއި މޫނަށް ދަންދެން ހުރީ ޮދން ވެއްޔެވެ.

"ކަމެއް ނުވޭ!" ޝަހާމާ ފުރަތަމަ ބަލައިލީ އޭނާ އެގަހެއްގެ ދަށުގައި އިށީނދެ އިން ފުނަގަހާ ދިމާއަށެވެ. އެއަށްފަހު އާތިފާގެ މޫނަށެވެ. މަސައްކަތްކުރީ ހިނިތުން

ވެލާށެވެ. އެހެނަސް އެކަމެއް މާ އެދެވޭ ޮގޔަކަށް ނުވި އެވެ."އެނގޭ ތިހެން ބުނާއިރުވެސް ކަމެއް ވެގެންކަން ތި އިންނަނީ. އެކަމަކު ދެން

އެކަން ހިތުން ޮފހެލަން މަށަށް ފެންނަނީ. އެއީ ދެން މާ ކުރީގެ ކަމެއްނު. މިހާރު އޭނަވެސް ނުލާހިކު ރަނގަޅަށްތާ އެ އުޅެނީ."

"ކިހާ ރަނގަޅު. އާތި ތިބުނަނީ އޭނަ މަގޭ ހަށިގަނޑުގައި ހުރި ލޭ ޮފދު ޮބއި ނުލާ ވާހަކަ ޯދ!" ޝަހާމާ ބޭނުންވީ ކިޔައިދޭށެވެ. ހުރިހާ ވާހަކައެއް އާތިފާއަށް

ކިޔައިދޭށެވެ. ކުރިންވެސް ކަންކަން ހިއްސާ ކުރާ ޮގތަށެވެ. އެހެންނަމަވެސް އެފަދަ އެންމެ ޖުމުލައެއްވެސް އޭނާގެ ދުލާހަމައަކަށް ނައެވެ.

"ހިނގާ މޫދަށް ދާން! ޮކއްޮކމެންވެސް އެބަ އުޅޭ މޫދަށް އެރި." އާތިފާ ތެދުވި އެވެ. "އާތި ދޭ! އަހަރެން ފަހުން ދާނަން."

"އަންނާނަމޭ ކިޔާފައި ނާއިސް އިންނާނީއެއް ނޫން! އަންނަންވާނެ!" އާތިފާ ހިނގައިގެންފި އެވެ. "ހަނދާން ނެތިގެންނޭ އަދި މި ދެވެނީ." އާތިފާ އެނބުރި ޝަހާމާއާ ދިމާއަށް ބަލައިލި އެވެ. "އެބަޮއތްތަ ކެމެރާ؟ ވަރަށް ރީތި މާތަކެއް ފެނިގެން މިއުޅެނީ." ކުރަން އައި ކަންތައް އާތިފާ ހަނދާންވީ މާ ފަހުންނެވެ.

"އާނ." ޝަހާމާ ތެދުވެ ދަބަހުން ކެމެރާ ނަގައި އާތިފާ އަތަށް ދިނެވެ. "އިރުޮކޅަކުން އަންނައްޗޭ!" ކެމެރާ ހިފައިގެން އާތިފާ ހިނގައިގަތެވެ.

ޝަހާމާ އިނީ ކަޅި ޖަހައިނުލާ އާތިފާއާ ދިމާއަށް ބަލާށެވެ. އެހެން އިންއިރު އޭނާގެ ސިކުނޑީގައި އެނބުރެމުން ޮގށް ޖެހެމުން ދަނީ ޮކންފަދަ ޚިޔާލުތަކެއް ކަމެއް ނޭނގެ

އެވެ.ރަމީޒާއި ނަޖީބާއި ހަބީބު މޫދުން އެރީ ބާރަޖަހަން ކައިރިވެފައި

ވަނިޮކށެވެ. ރަށުގެ އިރުމަތީ ފަރާތުގައި މާ ރީތި އާނުގަނޑެއް ޮއތްވާހަކަ ނަޖީބު ބުނެގެން އެތަން ބަލައިލަން ދިޔުމަށެވެ. އެމީހުން މޫދުން އަރައިގެން ހިނގައިގަތް

ވަގުތު ގަސްޮދށުގައި އިން ޝަހާމާ ފެނިފައި ރަމީޒު ހިނގައިގަތީ ޝަހާމާއާ ދިމާއަށެވެ.

"އެފުޅު ނުލާ އެއްވެސް ތާކަށް ނުދެވޭނެ ޯދ!" ނަޖީބު ހިނިގަނޑެއް ޖަހައިލި އެވެ. ރަމީޒާއަށް ބަލައިލަމުން ނަޖީބުވެސް ހިނިތުންވެލި އެވެ. )ނުނިމޭ(

އޭތި ހުރީ ޝަހާމާއާ ދިމާއަށް ކަޅި ޖަހާނުލާ ބަލާށެވެ. އިރުޮކޅަކުން ފެނުނީ އޭތި ދަތްޕިލަ ދިލުވައިލި ތަނެވެ. ހީގަތީކަންނޭނގެ އެވެ. އެކަމަކު އަޑެއް

ބޭރެއް ނުވެއެވެ. އެވަގުތު ލިބުނު ކުއްލި ސިހުމާއެކު، ގަތް ބިރެއްގެ ޮބޑުކަމުން ޝަހާމާއަށް އަޑުގައި

ނެތްތަނަށް ހަޅޭއްލަވައިގަނެވުނެވެ. ޮކޓަރިއާއަށް ދިމާއަށް ދުއްވައިގަތުމަށް ކުރި މަސައްކަތް ވީ ބޭކާރެވެ.

27

މި ވާހަކައަށް ހިޔާލު ފާޅުކުރައްވަން ބޭނުންފުޅު ފަރާތްތަކުން ތިރީގައިވާ ކީޯވޑް SUN ީޖެއްސެވުމަށް ފަހު އެސްއެމްއެސް ކުރައްވާށެވެ. އެސްއެމްއެސް ކުރައްވާނޖައްސަވައި ސްޕޭސްއެއް ދެއްވުމަށްފަހު ޮކމެންޓް ލިޔުއްވާފައި 2747 އަށެވެ.

Page 28: Sun Magazine issue 4

ޕްރިންސް ހަސަންމުންޑޫ ާއދަމް ހަީލމް

)ކުރީގެ އަދަދާގުޅޭ( ޯލބީ ޮގތުން ހީނލާ ޮގތުން!

ފަރިކަންދޭ، ކަތިނަޒަރުން ކަތިލައިފިޔޭ!

ގާތުން ފެނިލީ ޮގތުން!

ހިނިތުންވާ ފަރި ޮގތަކުން ހިތް ފުރިދެޔޭ!

ޮމނިކާ ޯލ ހުޅުވާލާފައި ބަލައިލި އިރު ސަފާރީގެ ތެރެއަށް ވަނީ

މިއުޒިކު ފަތުރާލާފައެވެ. ދިޔައީ ހަމައިން ނެއްޓެމުންނެވެ. ވެވުތެރޭގައި ފެނާ ކުޅެމުން ދަނިޮކށް ފިނި ޯރޅިއެއްޖެހިލާފައި

ކެރިޮކޅެއް ވެހެން ފެށުމުން ޮމނިކާ މަތި ބަލައިލި އެވެ. ފެންވަރާ ނިމިގެން ޮމނިކާ ހިނގައިގަތެވެ. ކަޅަކާއި ހުދަކާއި ލޭ ކުލައަކުން ބިހުރަ އަޅާފައިވާ ކީމަޮކޅާ ދިމާއަށެވެ. އިހުތިޔާރާ ނުލައި ދުރު ބަލައިލެވުނެވެ. ކުޑަކިބާގެ ކިޑިކީގައި ހަސަން ސަތަރު އުދުއްސަނީ އެވެ. ހަނާ އަޅައިލުމުގެ ޮގތުން

ފިޯރށިތަޅުވައިލި އެވެ. މޭ މަތީގައި ދެއަތް ހުރަސްކުރަމުން ޮމނިކާ ކީމަޮކޅުގެ ތެރެއަށް ދެމިގަތެވެ.

ގަނޑުވަރުގެ ކުޅިޖަހާ ފެންޑާގައި ސާމަރާ ދޫނިފަތުގެ ފަންކާތައް ދިޔައީ ވިހެމުންނެވެ. ރަންކަރުދާހަކުން ކުރެހުން އަޅާފައިވާ ގިގުނީގެ ތާރަތަކާއެކު އެތުރިޮއތް ދެ ސަފުން ލަސް ލަވަ ކިޔަމުން ޮގސް މެދު ލަވަޔަށް ވައްޓާލިއެވެ. ތާރައިގެ ފުނަ އަވަސް ވަމުން ދިޔައިރު ޮމނިކާގެ އަތުގައި ހިފައިގެން ހަސަން

ކުޑަ ކިބައިން ފެންޑާއަށް ހިނގަމުން ދިޔައެވެ."އުޑުމަތި ބަލައިލަ ބަލަ؟ ފެންވިލާތައް ހީވަނީ ޮމނިކާ ތުނި

ހަށިގަނޑު ފެނިފައި، ބީހިލަން ތިރިވެލާން އުޅޭހެން،" ހަސަނު ބުނެލި އެވެ. ޮމނިކާ އޭނާގެ އަތްތިލަ ހަސަންގެ އަތާ ގުޅުވާލައި ބައްދާލިއެވެ.

ޮމނިކާގެ ޮދން ހަށިގަނޑު ޮފރުވާފައިވަނީ ޯބވަޅު އެޅި ފަށުއި ލިބާހާއި ފޭލިންނެެވ. ރުމާފަޅިއާއި ތުނި ބުރުގާއިން ރަން އިސްތަށިގަނޑު ފަޅު ފިލައެވެ. އަތުކުރީގެ ރަންު އުޅާބައި އިރުއިރުޮކޅާ ރާގު ކުޅެލައެވެ. ރަން ފައްޓަރުބައިން މޭ މަތީގެ ޖަޒުބާތު އިތުރުޮކށްދެ އެވެ. ކަންފަތު ފޫޅުގައިވާ ރަން މުދިން ފާންކުރާ

ބެބުޅުމާއެކު ޮމނިކާ ހީވަނީ ރަނުގެ ސަމޭދާނެއް ހެންނެވެ. ގަނޑުވަރުގެ ފެންޑާއަށް ވަނުމާއެކު ގުރުޒު ހިފައިގެން ޮކރަކަށް ނަށާލާފައި ހަސަން ޮމނިކާއަށް ލެނބިލި އެވެ. އަންނާށޭ ބުނަމުން ސަފުގެ

ތެރެއަށް ވަދެ ގުރުޒު ވައްޓައިލާ ޮއނު ފުމެމުން ސަފު ދެބައިޮކށް ރާގު ހަމަކުރަމުން ސަފުގެ ތެރެއަަށް ޮމނިކާ ގެނައެވެ.

މޭމަތި އުސްޮކށް އަންހެނުންގެ ސިފަޖެހިގެން ތިބި ނެށުންތެރިން ގުރުޒު ހިފައިގެން ނަށަން ފަށައިފި އެވެ. ނިސްވާނީކަން ފާޅު ކުރުމުގައި ހައްދު ފަހަނަޅައި ދާއިރު ތާރައިގެ ޯފރި އަރަމުންދިޔަ ސަފުތައް ވަޖިދަށް ބަދަލުވެ މާކިޔެވެއްޔަކުން މަތުރައި ދުން އަޅާފައިވާ އެންދެރި މުށްލީ ވަޅިއާއި ގުރުޒުތަކާއެކު ހެލުވެމުން

ތަންމިނަށް ދޫނެރެނީއެވެ. ގުރުޒުތަކުގެ ތޫނު ތުނޑު ދުލަށް ހަރައި ލޭ ޮއރުވާން ފަށައިފިއެވެ. ވަޅިތަކުގެ މިޔަ މޫނުގައި އަޅުވައި ނޭޒާތަކުން ޮބލުގެ ފުއްކިބަ ޒަހަމު

ކުރާން ފަށައިފި އެވެ. ބަރިޔަކަށް ހުރި ވަޖިދު ފެން ފުރާފައިވާ ޖަހަލާތަކަށް އެރި ޒަހަމްތަކުން ވިހަ ފިލުވައި ފާރު ހެޮޔކުރާން އުޅެގަތްއިރު މަސްހުނި ނެށުމަކުން ޮމނިކާ ހަސަންގެ ތަނަވަސް މޭމައްޗަށް ހުސްވަނީ އެވެ. ޮދންކަމާއި ކަޅުކަން ސުރެންސުރެން ފާޅުވެ

މަސްތުގެ މަސްތަކުން ލެނބި ޯލބީގެ ޒަހަމަކުން ޒަހަމުވަނީއެވެ.

ޖަންނަތެއް ފަދަ ހީލުން ދުނިޔެ ރަންކުރުވީޔޭ!

ނަންކުރާ ފިނިފެންމާ ތުންފަތުން ސިފަވީޔޭ!

މެންދަމުގެ ރަންދާނަށް ގެންނަ ހިތް މަވަނީޔޭ!

ހިތް ލެނބޭ އިހުސާސުން މީރުކަން އެދެނީޔޭ!

މެންދަމުގެ ރަންދާނުގެ ވަޖިދުގައި ޮމނިކާއަށް ލިބުނު ވާންކަން ރުލަށް ބަދަލުވަމުން

ދިޔައިރު ވަޖިދުގެ ފެން ޮފދެއް ހަސަން ޮމނިކާގެ ހިކެމުންދާ ތުންފަތުގައި އުނގުޅައިލިއެވެ.

ދަތުރުމަތީގައި ޮމނިކާ ގެނބުނު ހިޔާލުތައް ޮލނަށްވެގެން ދިޔައީ ސަފާރީގެ ތެރެއަށް ރާޅެއްޖަހައި ތެންމާލުމުންނެވެ.

ރާޅުގެ ޮލނުން ތެމިފައިވާ އައިނު ނެގުމަށްފަހު ޮމނިކާ ހަސަންގެ މޫނަށް ބަލައިލި އެވެ.

ހަސަން! ޮކންފަދަ ރީތި ފިރިހެނެއް! ހިތަށް އެރިއެވެ. މޫދުގެ ދިރިއުޅުމުގައި ވީއަކުރުގެ ބައްޓަން ލިބިފައިވާ ހަސަންގެ މޭމައްޗާއި ބަނޑު

މަތިން ބައި އެޅިފައިވާ އިންތަކަށް ޮމނިކާގެ ނޫޮލލުން ބަލަމުން ދިޔައީ ހިތަށް ފިނިކަން ޯހދުމަށެވެ.

"ހައި!" ހަސަންގެ ހިނގުމާ އެއްވަރަށް ޮމނިކާ މޫނު އަނބުރާލިއިރު މާލޭގެ ފަޅަށް ސަފާރީ ވަންނަނީ އެވެ. ހަސަން ދުވެފައި ޮގސް ދިރުނބަލުން

ވަލެއް ނަގައިގެން ޮތށިގަނޑު މައްޗަށް ފުންމާލިއެވެ. ބުރުނާލުގައި ވާ ބެއްދުމަށްފަހު ފަތުރުވެރިން ފައިބާ ހަރުފަތްބަރި ބަހައްޓައިދިނެވެ. "ހައި ހަސަން!" ފައިބަން ހަސަނަށް އަތްދިއްޮކށްލުމުން ޮމނިކާ ހިނިތުންވެލި އެވެ. ޮތށިގަނޑުގެ މައްޗަށް

ފޭބުމަށް ފަހުވެސް ހަސަންގެ އަތުން ދޫޮކށް ނުލައި ވިންދަކަށް ބަލަހައްޓައިގެން ހުއްޓެވެ.

"ތީ ހަމަ ޕްރިންސް ހަސަން!" ގެންގުޅުނު ޮފތް ހުޅުވާލުމަށްފަހު ޕްރިންސް ހަސަން އިއްޒުއްދީނުގެ ޮފޯޓއެއް ހަސަނަށް ދައްކާލުމު ޮމނިކާ އިނގިރޭސި ބަހުން ބުނެލިއެވެ. އެވަރުން އޭނާގެހިތުގެ އަޑު ހަސަނަށް އިއްވައިދެވިއްޖެ ކަމަށް ބަލައި ހިނގައިގަންނަމުން ހަސަނާ ދިމާއަށް ކެމެރާ ހަމަޮކށްލިއެވެ. ޮމނިކާ، ހަސަން ގެ ޮފޯޓއެއް ނެގުމުން އޭނާ ހުރީ އާދައިގެ މަތިން ހެވިފަ އެވެ. ހުދުހުދު ދަތްތައް

އެކީ ކާޅަށްދީގެންނެވެ. ޮމނިކާ އޭނާގެ ޕްރިންސް ހަސަން އަބަދުގެ އަބަދަށް ޑިޖިޓަލްޮކށްލީއެވެ. ހަސަން އެނބުރިލިއެވެ. އަނެއްކާ ވެސް އާ ދަތުރަކަށެވެ. އެފަދަ

އެހެން ޮމނިކާއެއްގެ ހިތުގައި ރަސްކަންކުރުމަށެވެ. )ނިމުނީ(

28

މި ވާހަކައަށް ހިޔާލު ފާޅުކުރައްވަން ބޭނުންފުޅު ފަރާތްތަކުން ތިރީގައިވާ ކީޯވޑް ޖެއްސެވުމަށް ފަހު އެސްއެމްއެސް ކުރައްވާށެވެ. އެސްއެމްއެސް ކުރައްވާނީ SUN ޖައްސަވައި ސްޕޭސްއެއް ދެއްވުމަށްފަހު

ޮކމެންޓް ލިޔުއްވާފައި 2747 އަށެވެ.

Page 29: Sun Magazine issue 4

ޕްލޭސްޓޭޝަން 3 ގައި ޕައިރެޓެޑް ގޭމު ކުޅެވޭނެ ޮގތެއް ޯހދިއްޖެކަމަށް ހާރޑްވެއަރ ހެކަރުން ބުނެފިއެވެ. ބީބީސީން ބުނާޮގތުގައި ޕްލޭސްޓޭޝަން 3 ބާޒާރަށް ނެރެވުނުތާ ތިން އަހަރު ވެގެން ދިޔައިރު މިހާތަނަށް އެއިން ޕައިރެޓެޑް ގޭމު ކުޅެވޭނެޮގތެއް ޯހދުމުގައި ހެކަރުންނަށް ވަނީ ނާކާމިޔާބު ވެފައެވެ. ނަމަވެސް ދިގު މުއްދަތެއް ވަންދެން ކުރެވުނު މަސައްކަތް މިހާރު ކާމިޔާބު

ކުރެވިފައިވާކަމަށް ހެކަރުން ޔަގީންކަން ދެއެވެ. ޕީއެސްޖެއިލްބްރޭކާރޒް ގެ ނަމުން ނަންދެވިފައިވާ ހެކަރުންގެ ގްރޫޕަކުން ބުނާޮގތުގައި

އެމީހުން އުފައްދާފައިވާ ޚާއްސަ ޔޫއެސްބީ ހާރޑްވެއަރ ޑިވައިސްއެއް ޕްލޭސްޓޭޝަނުގައި އިންސްޯޓލްޮކށް، އެ ޑިވައިސްއާގުޅޭ ޮސފްޓްވެއަރއެއް ޕްލޭސްޓޭޝަނަށް އެޅުމުން ޕައިރެޓެޑް ގޭމުތައް

ޕްލޭސްޓޭޝަންގެ ހާރޑް ޑްރައިވަށް ސޭވްޮކށްގެން އެ ގޭމުތައް ކުޅެވޭނެއެވެ. މިކަމާ ބެހޭޮގތުން އެ ގްރޫޕާ ވާހަކަދައްކަން ބީބީސީން އެދިފައިވާ އެދުމަށް ގްރޫޕުގެ ފަރާތުން ޖަވާބެއް ލިބިފައެއް

ނުވެއެވެ. ޕްލޭސްޓޭޝަން އުފައްދާ ޮސނީ ކުންފުނީންވެސް ވަނީ މިކަމާ ބެހޭޮގތުން އެއްޗެކޭ ބުނަން އިންކާރުޮކށްފައެވެ.

ޯސލާރ ޕެނަލްތަކަށް އެންމެ ޮބޑު މައްސަލަތަކެއް ދިމާވާ އެއް ސަބަބަކީ ހިރަފުހެވެ. ހިރަފުހުގެ ސަބަބުން ޕެނަލްތައް ހަލާކުވުން ވަރަށް ޮބޑުތަން އަވަސް

ކުރުވައެވެ. މި މައްސަލަ އެންމެ ޮބޑަށް ދިމާވަނީ ހަނދާއި މާރސް ފަދަ ތަންތަނުގައި ދިރާސާތައް ކުރުމަށް ބަހައްޓަން އުފައްދާފައިވާ އާލާތްތަކަށް ހަކަތަ ޯހދުމަށްޓަކައި

ބޭނުންކުރެވޭ ޯސލަރ ޕެނަލްތަކަށެވެ. ހިރަފުހުގެ ސަބަބުން ޯސލަރ ޕެނަލްތައް ހަރުކުރާތާ ދުވަސްޮކޅެއްގެ ތެރޭގައި އޭގެ ބާރު 80 ޕަސެންޓް ދަށްޮކށްލައެވެ.

ޮބޑެތި އާލާތްތަކަށް ބޭނުންވާ ވަރަށް ހަކަތަ ޯހދުމަށްޓަކައި ބެހެއްޓޭ ޯސލަރ ޕެނަލްތައް ބަހައްޓަން ޖެހެނީ ހޫނުގަދަ ސަހަރާ ސަރަހައްދުތަކުގައި ކަމަށްވާތީ،

ދުވަސްޮކޅެއްގެ ތެރޭގައި ޕެނަލްގައި ހިރަފުހުގެ ފަށަލަތައް ހިއްޕާލާ ކަމަށް ވެއެވެ. މިސާލަކަށް އެމެރިކާގެ ކެލިޯފރނިއާގެ ޮމޖޭވް ސަހަރާގައި ބަހައްޓާފައިވާ އެތައް ކިޯލމީޓަރަކަށް ފެތުރިފައިހުންނަ ޯސލަރ ޕެނެލްގައި އެއް މަސްދުވަހުގެ ތެރޭގައި ޮކންމެ ކިޯލމީޓަރެއްގައި 17 ކިޯލގްރާމްގެ

ހިރަފުސް ހަރުލާކަމަށް ވެއެވެ. ހިރަފުހުގެ ސަބަބުން ޕެނަލްގެ އެތެރެއަށް އިރުގެ އައްޔާއި ހޫނުކަން ވާސިލުވާ މިންވަރު ކުޑަޮކށްލައެވެ. ޕެނަލުން

އުފެއްދޭ ހަކަތައިގެ މިންވަރު މަދުވަނީ މީގެ ސަބަބުންނެވެ. ނަމަވެސް ދާދި ފަހުން ސައިންސްވެރީން ޯހދި އާ ޯހދުމެއްގެ ސަބަބުން މި މައްސަލަ ކުރިމަގުގައި ހައްލުވެގެން ދާނެއެވެ. މި އާ ޓެކްޮނޮލޖީއަކީ ބުނެވުނުފަދަ ޕެނަލްތަކުގައި އަމިއްލަޔަށް ހިރަފުސް ސާފުކުރާ ނިޒާމެއް ހަރުކުރުމަށް މަގުފަހިޮކށްދޭ ޓެކްޮނޮލޖީއެކެވެ. މި ޓެކްޮނޮލޖީގެ

ބޭނުންކުރުމުން ޕެނަލްގައި ވަކި ވަރަކަށް ހިރަފުސް ހަރުލުމުން، ޕެނަލްގައި ހުންނަ ޚާއްސަ ޑިވައިސްއަކުން ހިރަފުސް ޮފޅައި ޕެނަލް ސާފުޮކށްލައެވެ.

ޕްލޭ ސްޓޭޝަން ތިނެއް ާހޑްވެާއ ހެކްކޮށްފި

ސޯާލ ޕެނަލްތައް ހިރަފުހުން ސަލަާމތްާވނެ ާއ ގޮތެއް

Page 30: Sun Magazine issue 4
Page 31: Sun Magazine issue 4
Page 32: Sun Magazine issue 4