36
ރ20 :ުގަ އ2012 ުރަބްނެޓްޕެ ސ12 ،50 :ުރަބްމަ ނުބ ލިޤްނި އެގުޢ ބަ ރަމަތަރު ފޯނބު ލްށަމުއަނެ ގްނަކިތ ރ

Sun Magazine 50

  • Upload
    sun

  • View
    290

  • Download
    14

Embed Size (px)

DESCRIPTION

Sun Magazine 50

Citation preview

Page 1: Sun Magazine 50

2ރ0 ގު: އަ2012ރު ންބަޕްޓެސެ 12 ،50 ރު:މްބަނަ

ފުރަތަމަ ރަީބޢުގެ އިންޤިާލބު

ީރތިކަން ގެނައުމަށް ލުނބޯ

ކުޑަކުީދންާނއި ކުޑަ ީއދު

Page 2: Sun Magazine 50
Page 3: Sun Magazine 50

ސަން މަޖައްލާގެ 50 ވަނަ އަދަދު ވިދާޅުވަމުން ގެންދަވާ ކިޔުންތެރީންނަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ. ސަންގެ 49 ވަނަ އަދަދަށް ދެއްވި ތަރުހީބު ޝުކުރުވެރިކަމާ އެކު

ބަލައިގަންނަމެވެ.

މި ފަހަރުގެ ސަން ނުކުންނަ އިރު، ރާއްޖޭގެ ސިޔާސީ މަސްރަހަށް މި ވަނީ އަނެއްކާވެސް ޮލޅުންތަކެއް އަރައިފައެވެ. ބައެއް މީހުން ހީކުރި ޮގތާ ޚިލާފަށް ހިނގައި ދިޔަ ކަންތައްތަކެއްގެ ސަބަބުން އެއް ބައެއްގެ ސިޔާސީ ރޫހު ވަނީ

ދަށަށް ޖެހިލައިފައެވެ. އެ ކަމުން ލިބުނު ހިތްވަރުން ދެން ތިބި މީހުންގެ ހިތްތަކަށް ވަނީ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިފައެވެ. މި ކަމުން އައި ޖުމްލަ މަންފާއިން ގައުމު މި

ވަނީ ހީކުރި ފަދަ ހާލަތަކަށް ނުވެއްޓި ހަމަޖެހިލައިފައެވެ. މި ދެއްކުނީ ރައީސް ނަޝީދުގެ ވެރިކަން ނިމުނު ޮގތާ ގުޅިގެން ނެރުނު ޯކނީ ރިޯޕޓުގެ ވާހަކައެވެ. އަދި އެ ރިޯޕޓު

ނެރުމާ ގުޅިގެން ކަންތައް ވީ ޮގތުގެ ވާހަކައެވެ.

ޯކނީ ރިޯޕޓާ ގުޅިގެން މިހާރު ގައުމު މި ވަނީ ސިޔާސީ ޮގތުން ބަނޑު ދަމައިލައިފައެވެ. މި ވަގުތަކީ މުހިންމު ވަގުތެކެވެ. ސިޔާސީންނަށް ކަންކަމާ މެދު ވިސްނައި، އެއް މޭޒެއް ޮދށަށް ޖަމާވެ، ވާހަކަ ދައްކައި މަޝްވަރާ ޮކށްލެވޭ ފަދަ ހާލަތެއް މި ވަގުތު ފެންނާން

އެބަ އޮތެވެ. އެހެން ކަމުން މި ވަގުތުގެ ބޭނުން ވަރަށް ފުރިހަމަޔަށް ހިފާން މަސައްކަތް ކުރުމުގެ މުހިންމުކަން ޮބޑު ކަމަށް ގަބޫލު ކުރެވެއެވެ. މައިގަނޑު އެއް ސަބަބަކީ މި

ފަދަ ހާލަތެއް ފަހި ވެގެން އަންނަ މިންވަރު މަދު ވުމެވެ. މަޝްވަރާގެ މޭޒު ޮދށަށް ޮގސް އެކަށީގެންވާ ނަތީޖާއެއް ނެރޭން ބަލާ އިރު ސިޔާސީންގެ މެދުގައި ޮއންނަ ހޫނުކަން

ކުޑަވާން ޖެހެއެވެ. އަލިފާން ޯރވެފައި ޮއންނަ އިރަކު ވާހަކައެއް ނުދެއްކޭނެއެވެ. މިހާރު މި އޮތީ ހިހޫ ވެފައެވެ. ގައުމަށް ފައިދާ ހުރި ނިންމުންތަކެއް ނިންމާން މިހާރު ވާހަކަ

ދެއްކިދާނެއެވެ. މި ފުރުސަތުގެ ބޭނުން ހިފިދާނެއެވެ.

މި ފަހަރުގެ ކަވަރު ސްޯޓރީ އަކީ ޯކނީ ރިޯޕޓާ ގުޅޭ ޮގތުން އަލްއުސްތާޛު އަޙްމަދު މާޖިދު ލިޔުއްވައިފައިވާ ދިރާސާ ރިޯޕޓެވެ. މި ރިޯޕޓު މާޖިދު ލިޔުއްވައިފައި ވަނީ

ޯކނީ ރިޯޕޓުގެ ހުރިހާ ޮސފުހާތަކުގައި ލިޔެފައި ހުރި ވާހަކަތަކުގެ ފުރިހަމަ ދިރާސާއެއް ކުރެއްވުމަށް ފަހުގައެވެ. އެހެން ކަމުން މި ރިޯޕޓު ކިޔައިލުމަކީ މިއަދު ހަމަ ޮކންމެ

ކިޔުންތެރިއަކަށް ވެސް މުހިންމު ކަމެއް ކަމަށް ދެކެމެވެ.

ތިޔަ ބޭފުޅުންގެ ސަން މަޖައްލާ އަކީ ޢިލްމީ ޮގތުން ބަލާ އިރު، ގައުމުގައި ނެރޭ މި ފަދަ އެންމެ މުއްސަނދި ލިޔުންތައް ހިމެނޭ މަޖައްލާގެ ޮގތުގައި ކުރިޔަށް ގެންދާން

ކުރެވޭ މަސައްކަތަށް ހުއްޓުމެއް ނެތެވެ. ސަން ދެމި ޮއންނާނީ އިރާދަ ކުރެއްވިއްޔާ އެ ވިސްނުމުގައެވެ. ގައުމުގެ ހަމަޖެހުމަށް އަބަދުވެސް އިސްކަން ދެވޭނެއެވެ. ތެދު ހާމަ

ކުރުމާ އެކު ގައުމުގެ ފަރުދުން އިލްމީ ބަޔަކަށް ހަދާން ސަން ޓީމުން ކުރާ މަސައްކަތް އެ ގޮތުގައި ކުރިޔަށް ގެންދާނެ ކަމުގެ ޔަގީންކަން މި ފުރުސަތުގައި ވެސް އަރުވަމެވެ. ސަންއަށް ލިޔުންތެރީން ހަމަޖެއްސުމާއި، ލިޔުންތައް އިޚުތިޔާރު ކުރުމުގައި މި މަގަށް

އަބަދުވެސް އިސްކަން ދެވޭނެއެވެ.

މި ފަހަރުގެ އަދަދުގައި ވެސް ތިޔަ ބޭފުޅުންގެ ޝައުގުވެރި އިތުރު ބައިތައް އެތެރޭގައި ހިމަނައިފައި ހުންނާނެއެވެ. އަވަހަށް ކުރިޔަށް ވަޑައިގަންނަވާށެވެ.

3

އެޑިޓަރުގެ ނޯޓް

ސިނާން ޢަލީއެޑިޓަރު

އެޑިޓަރު: ސިނާން ޢަލީ

އެގްޒެކެޓިވް އެޑިޓަރުން:

އަޙްމަދު ޒާހިރު )ހިރިގާ(މުޙައްމަދު ޢާމިރު )ފަރެސް(

ޑިޕިއުޓީ އެޑިޓަރު: މުންޑޫ އާދަމް ޙަލީމް

އެސިސްޓެންޓް އެޑިޓަރު: އަލްއުސްތާޛު އަޙްމަދު މާޖިދު

ސްޓާފް ރައިޓަރ: އިޔާޒު ނަސީމް

ލިޔުންތެރިން:ޢަބްދުهللا ނަޢީމު އިބްރާހީމް

ޢަބްދުهللا އަޒްމީންކަނީރު ޢަބްދުއްރަޙީމް

ޢަލީ ޚާލިދުޢަބްދުهللا ޝިނާން

މިންނުޑރ. އިބްރާހީމް ޔާސިރު އަޙްމަދު

ޮކލަމިސްޓުން:ސިކުނޑީގެ ތޫފާން: ސީނާ އަޙްމަދު ޒާހިރު

ކެޮޔނިރު: މުޙައްމަދު ބުޝްރީފަސްމަންޒަރު: އަޙްމަދު ޒާހިރު )ހިރިގާ(އަޅުގަނޑުމެންގެ މާހައުލުން: މީމުޒަވިޔަނި

އުޑުދަށުން: މުޙައްމަދު ޤާސިމްދިޔަތިކި: ޢަބްދުهللا ފާރޫޤު ޙަސަން ސިއްކަ: ސިއްކަގޭ މުޙައްމަދު ނަސީމް ދިޔަވަރު: މުޙައްމަދު ޢާމިރު )ފަރެސް(

ރަންދެލި: މުންޑޫ އާދަމް ޙަލީމްފަންވަތް: ޢިމާދު ލަޠީފުޮކމާޯކޅި: ސިނާން ޢަލީ

ޑރ. ޖުނައިދުގެ އިރުޝާދު: ޑރ.ޖުނައިދުދަމަނަ: ޑރ. އަޙްމަދު ޖަމްޝީދު

ތައުޢިޔާ: އަލްއުސްތާޛު މޫސާ އަންވަރު ޙަސަން

މާކެޓިން: ސަން މީޑިއާ ގްރޫޕް މާކެޓިން ޓީމް

ކަލަރ ސެޕަރޭޝަން އެންޑް ޕްރިންޓިންގ: ޮނވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕވޓ. ލޓޑ.

"ސަން" އަކީ 14 ޖުލައި 2010ން ފެށިގެން "ސަންއެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން މަހަކު ދެ ފަހަރު

ނެރޭ މަޖައްލާއެކެވެ. ސަންގެ އިދާރާ: ގ. ވިޔަވަތި، ކަށިމާ ހިނގުން / މާލެ

އީމެއިލް:ވެބްސައިޓް:

ޯފނު: 3312747، ފެކްސް: 3343789

[email protected]

އަދަދު: 50 12 ސެޕްޓެންބަރު 2012

c

Page 4: Sun Magazine 50

4

Page 5: Sun Magazine 50

5

ޢަބްދުهللا ފާރޫޤު ޙަސަންދިޔަތިކި

ތާކުންތާކު މީހުނާއި، ނުބައިނުލަފާ އުޅޭންވީ، މުސްލިމުން

ނުޖެހޭ އާވާރާ މީހުންނާއި، ބޭކާރު އަނގަތަޅާ މީހުންނާ ދުރުހެލިވެގެންނެވެ.

އެހެންކަމުން އެފަދަ މީހުނާ އެއްކިބާވެވަޑައިގެން ކަލާގެ ހުސްވަގުތުތައް

ގޭގައި ހޭދަކުރައްވާށެވެ. ކަލާގެ ގޭގައި މަޑުމަޑުން ހުންނަވާށެވެ. ގޭގައި

ހުންނަވައިގެން މަޢުލޫމާތު މުއްސަނދި ކުރައްވައި ހެޮޔ ޢަމަލުތައް އިތުރު

ކުރައްވާށެވެ. އޭރުން ކަލާގެ ހިތްޕުޅަށް ތަސައްލީ ލިބިވަޑައިގަންނަވާނެއެވެ.

ރޫޙާނީ ހަމަހިމޭންކަން ލިބިވަޑައިގަންނަވާނެއެވެ.

އިސްލާޙީ ޮގވައިލުންތަކާއި ޮގވައިލެވޭ ހެޮޔކަމަށް

މަސައްކަތްތަކަށް ހުރަސް އެޅޭ ބޭކާރު ވިޔާނުދާ ކަންތައްތަކާ ދުރުހެލިވެ

އެކަންކަމުން އެއްކިބާވުމަކީ މުސްލިމުން ކުރެ ހެޮޔކަމުގެ އަހްލުވެރީން

މުޖައްރިބު ފަރުވާއެކެވެ. ބައްލަވައިފައިވާ އަޖުމަ ކުރައްވައި، ތަޖްރިބާ

ޯހއްދަވައިފައިވާ ކާމިޔާބު ޒަރީޢާއިން އޭގެ ޞާލިޙުން ފަންޑިތައެކެވެ.

ތަދުބީރެކެވެ.

ދަންނަވާލަން އަޚާއަށް ތިޔަ އަޅުގަނޑު އެހެންކަމުން

ބޭނުންވަނީ، ނުބައި ޢަމަލުތަކާއި، ވިޔާނުދާ ވާހަކަތަކާއި، ތާކުންތާކު ނުޖެހޭ

މީހުނާ އެކަހެރިވެވަޑައިގަތުމަށެވެ. އޭރުން ކަލާގެ ވިސްނުންފުޅު ތަރައްޤީ

އަބުރާއި، ކުރެއްވޭނެއެވެ. ރައްކާތެރި ކަރާމާތް ޢިއްޒަތާއި ވާނެއެވެ.

ޤަދަރު ހިފެހެއްޓެވޭނެއެވެ. ކަލާގެ އުއްމީދުތަކާއި، ކަލާގެ ދިރިއުޅުންވުން

މާތްهللا އާ ގުޅާލެއްވުމަށް ވަގުތު ލިބިވަޑައިގަންނަވާނެއެވެ.

ކަލާ ބައިވެރިވެވަޑައިގަތުން ރަނގަޅު އެއްވުންތަކަކީ މަގުމަތީގެ

ޯހޯބލެވުންތަކެއް ނޫނެވެ. ނެތިޮމށުމާއި، ފުރައްސާރަކުރުމާއި، ޮދގުވާހަކަތައް

ފެތުރުމުގެ ޮހޅުވަށިތަކެއް ނޫނެވެ. ނަމާދުގެ ޖަމާޢަތެވެ. ހުކުރު ނަމާދުގެ

ޢަޞުރު ޖަލްސާތަކެވެ. އިޙްޔާކުރުމުގެ ޯރދަމަސް އިޖުތިމާޢެވެ.

ނަމާދަށް ފަހު ބޭއްވޭ ދީނީ ދަރުސުތަކެވެ. ޢިލްމީ ހަވީރުކުރުންތަކެވެ.

ބާރުއެޅުމުގެ ޙަރަކާތްތަކަށް ބިނާކުރަނިވި ޮގވާލައި ހެޮޔކަންތަކަށް

ކަންނެތްކަމާ އެކަށީގެންވަނީ ކަލާއާ އެއްވުންތަކެވެ. އެއްވާ ޮގތުން

ދުރުހެލިވެވަޑައިގަތުމެވެ. ބޭކާރު ކަންކަމަށް ހުރަޮހޅިވަޑައިނުގަތުމެވެ.

ކަލާގެ އަގު ހިފަހައްޓަވާށެވެ. ފާފަޔާމެދު ކީރިތި ކުރައްވާށެވެ.

ދޫފުޅު ރައްކާތެރި ކުރައްވާށެވެ. ގޭގައި މަޑުން ހުންނަވާށެވެ. ވިޔާނުދާ

ބޭކާރު މީހުންތަކާ އެކު ހިންގަވައި، މަޖްލިސް ކުރައްވައި ހެއްދެވުމަކީ

ކުރެއްވުމެވެ. ހަނގުރާމަ ނަފުސާ އަމިއްލަފުޅު ކަލާގެ ޙަޤީޤަތުގައި

ސަބަބަކީ ނަންގަވައިލެއްވުމެވެ. އަމަންއަމާންކަން އެތެރެފުށުގެ ކަލާގެ

ޮދގުތައް ޯރމަރު ވާހަކަތަކާއި ފުޯލކު މީހުންނަކީ ބޭކާރު ވިޔާނުދާ

ފަތުރާ މީހުންނެވެ. ފިތުނައިގެ ޙާދިޘާތަކުގެ ރަހަ ހެޮޔވަރުޮކށް އެ

ޙާދިޘާތައް ވިއްކާ މީހުންނެވެ. ޮދގު ޚަބަރުތައް ފަތުރާ މީހުންނެވެ.

ކަލާގެ ޠަބީޢީ އަވަހާރަވުމުގެ ކުރިން އެތަކެއް ފަހަރު ކަލާގެ ނަފުސު

ކަލާ އުޅުއްވާނަމަ ތެރޭގައި އެބައިމީހުންގެ މީހުންނެވެ. ކަތިލާނެ

މަގުނުފުރައްދައެއް ހުއްޓައެއްނުލާނެއެވެ.

ގޭގައި ކަލާ އުއްމީދުކުރަނީ އަޅުގަނޑު އާދެ،

މަޑުކުރައްވާނެ ކަމަށެވެ. ހެޮޔކަންތަކުގައި މަޝްޣޫލުވެވަޑައިގަންނަވާނެ

ކަމަށެވެ. ޝައްކެއް ނެތެވެ. ކުރީންވެސް ދެންނެވިފަދަ ހެޮޔކަމުގެ

ފޫހިފުޅު އޭރުން ޝާމިލުވެވަޑައިގަންނަވާށެވެ. ޙަރަކާތްތަކުގައި

ފިލާނެއެވެ. ވަގުތު ބޭކާރުވުމުން ސަލާމަތް ކުރެއްވޭނެއެވެ. ހިތްޕުޅަށް

ރޫޙާނީ ހަމަޖެހުން ލިބިވަޑައިގަންނަވާނެއެވެ.

ކަލާގެ ޢުމުރުފުޅު ބަރުބާދު ނުކުރައްވާށެވެ. ނެތިޮމށުމާއި،

އަޑުން ޣީބައިގެ ކުރައްވާށެވެ. ސަލާމަތް ދޫފުޅު ދެބަޮއޑުވުމުން

ނަފުސަށް ކުށްހީތަކުން ކުރައްވާށެވެ. ރައްކާތެރި ކަންފަތްޕުޅު

އަނިޔާ ނުދެއްވާށެވެ. މިކަންކަން ތަޖްރިބާ ޮކށްލެއްވުމުން އޭގެ ހުރި

ޮފނިމީރުކަން ކަށަވަރުވެވަޑައިގަންނަވާނެއެވެ.

ހުސްވާހަކަތަކުގެ ތާކުންތާކުނުޖެހޭ ވަހްމާއި، އާދޭހެވެ.

ސަވާރީތަކަށް އަރައިތިބެ، އަނޮދޅުންނާއެކު ވަގުތު ހޭދަކުރާ މީހުންނަށް،

ޮލލުޮކޅަށް ހަމަފެނިވަޑައިގަތުމާއެކު އަލްވަދާޢު ވިދާޅުވާށެވެ.

ގޭގައި މަޑުން ހުންނަވާށެވެ!

ކަލާގެ ޢުމުރުފުޅު ބަރުބާދު

ނުކުރައްވާށެވެ. ނެތިޮމށުމާއި،

ދެބަޮއޑުވުމުން ދޫފުޅު ސަލާމަތް

ކުރައްވާށެވެ. ޣީބައިގެ އަޑުން

ކަންފަތްޕުޅު ރައްކާތެރި

ކުރައްވާށެވެ. ކުށްހީތަކުން

ނަފުސަށް އަނިޔާ ނުދެއްވާށެވެ.

މިކަންކަން ތަޖްރިބާ ޮކށްލެއްވުމުން

އޭގެ ހުރި ޮފނިމީރުކަން ކަށަވަރު

ވެވަޑައިގަންނަވާނެއެވެ.

Page 6: Sun Magazine 50

6

އަޅުގަނޑުމެންނާ ބައްދަލު ޮކށްފައި އެންމެ ފަހުން އެ ދިޔައީ ކުޑަ އީދެވެ. ކުޑަކުދީންނާއި ޮބޑެތި މީހުންގެ ވެސް ކުޑަ އީދެވެ. އެންމެހައި ދިވެހީންގެ

ވެސް ކުޑަ އީދެވެ. މުޅި އިސްލާމީ އުންމަތުގެ ފިޠުރު ޢީދެވެ. މި ލިޔުމުގައި ބަލައިލާނީ ދިވެހީންގެ ކުޑަ ކުދީން، ކުޑަ އީދާ

ބައްދަލުކުރާ ޮގތުގެ މައްޗަށެވެ. މާ އެވޭލާ ޒަމާނެއްގެ ވާހަކައެއް ނޫނެވެ. މީގެ ތިރީހަކަށް އަހަރު ކުރީގެ ބައެއް އާދަކާދައެވެ. ޚާއްޞަޮކށް މެދުރާއްޖެތެރޭގެ

ބައެއް ހިސާބުތަކުގައި ކަންޮކށް އުޅުނު ޮގތެވެ. އޭގެ ކުޑަ ކުޑަ ލުއިލުއި ތަސްވީރެކެވެ.

މާކަނޑުން ކުރުޮދށީގައި ފަސްޮރނގު މަސް ބޭނުމަށްޓަކައި އޭގެ ކުރިން، ހޭފަށުން އެންދަމާ ބީދައިން، މައުޟޫޢުގެ މައިގަނޑު ނުކުތާއަށް

ވާސިލުވުމަށްޓަކައި، އޭގެ ކުރިން ކުޑަ ކުދީންނާއި ޯރދަމަހުގެ މައްޗަށް އެއްޗެއް ދަންނަވައިލުމީ، މައުޟޫޢުން ބޭރުވުމެއް ކަމަށް ނުހިއްތެވުން އެދެމެވެ.

ޯރދަމަސް އައުމަކީ ރަށްފުށު ކުދީންނަށް އީދެއް އައުންފަދަ ކަމެކެވެ. ދަރީންނާއި އާއިލާގެ ކުރިމަގަށްޓަކައި ރަށުން ބޭރުގައި ގުދާރު ބިންދަމުން ދާ ބައްޕަމެން، ބޭބެމެން ޯރދައަށް ރަށަށް އަންނާނެއެވެ. އެ ބައްޕަމެން، ބޭބެމެން،

ޮބޑުބެމެން، ޅިޔަންބެމެންގެ ސަމާސާ ބަސްތަކާއި، ޯއގާވެރި ފިރުމުންތަކާއި ހަދިޔާ ބަދިޔާ އެ ކުދީންގެ ޯލތައް ޯލބިން ފެންކަޅި ޮކށްލާނެއެވެ. ޯފނާއި މުވާސަލާތުގެ ޒަމާނެއް ނޫނެވެ. އެ މީހުން އެ އަންނަނީ އެއް އަހަރު ވާންދެން މުޅި އާއިލާގެ

ޯލތަކަށާއި ކަންފަތްތަކަށް ވަންހަނާގައި އުޅެފައެވެ. ޯރދައަށް އެއްޗެހި ގަންނާން ރަށުން މާލެ ދިޔަ ޮއޑިފަހަރު އެނބުރި އައިސް ރަށުފަޅަށް ވަންނަ ދުވަހަކީ ވެސް އުފާވެރިކަން ވަކިން ކުޑަ ދުވަހެއް

ނޫނެވެ. މާލެ ދާ ޮއޑިން ބައްޕަ ގެންނަ ޮފނިލުނޯބ، ނާރިނގު ފަދަ ތަކެތިން ގޭގެ ޮކންމެ ކުއްޖަކަށް އެއް “މިރި” ލިބުނަސް އެއީ ހިތްފުރޭހައި މިންވަރެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ އެއް އަހަރު ދުވަހުގެ ތެރޭގައި އޭރުގެ ކުޑަ ކުއްޖަކަށް އެ ލިބެނީ ޮއރެންޖެއްގެ އެއްމެ ޮފއްޗެކެވެ. އެ ވެސް މަދު ފަހަރެއްގައެވެ. މަދު

ކުއްޖަކަށެވެ. އީދެކޭ އެއްފަދައިން ދިވެހީން ޯރދަޔަށް މަރުޙަބާ ކިޔައެވެ.

ޯރދަޔަށްޓަކައި މުޅި ގެޔާއި ބަދިގެ ފެންވަރުވައިލައެވެ. ބަދިގޭގެ ހުރިހައި ސާމާނެއް މޫދަށް ގެންޮގސް ޮދވެ، ރީތި ކުރެއެވެ. މުކައްބަ، ބަތްޮޕޅި، ދޭފަތް، ކާ އަށީގެ ސަޓައަށް ދާންދެނެވެ. ގޭތެރެ ވެސް ހަމަ އެފަދައެވެ. އެނދު އަށީގެ ބާލީހާއި ކަންނެޮޔތައް އަވީލެވޭނެއެވެ. ބިތްތަކުން މަކުނުވާ ޮފޅައި ސާފުކުރެވޭނެއެވެ.

ކުޑަ ީއދުއާދަމް ނަޞީރު އިބްރާހީމް )ޮތއްޑޫ(

ޮބޑުބާލިދީން ފެންޖަހައި ގޭ ތަޅުންގަނޑު ޯއޯމ ފެނުން ޮދންނާނެއެވެ. ޯގތިތެރެއަށް ޮދންވެލިލައި ޒީނަތްތެރި ކުރެވޭނެއެވެ. މި މަސައްކަތްތަކުގައި އެންމެ ހީވާގި

ފަހުލަވާނުންގެ ޮގތުގައި ތިބެނީ ޮކންމެ ގެއެއްގައި ވެސް ކުޑަކުދީންނެވެ. ބަދިގޭ ސާމާނު ޮގނޑު ޮދށުގައި ޮލނުވެލި ލައިގެން ޮދވުމުގެ މާހިރުންނަކީ ވެސް ހަމަ އެ ޅަވިލިފުރައިގެ ކުދީންނެވެ. ބައެއް ފަހަރު ނުވަރަފުރައިގެ ކުދީން ވެސް މި ކަންކަމުގައި ބައިވެރި ވާނެއެވެ. އެހެން ނަމަވެސް މިކަހަލަ މަސައްކަތްތަކުގައި

މައިފަންފުރައިގެ ކުދީން ބައިވެރިއެއް ނުކުރާނެއެވެ.މުލަ ޯރދަ ދުވަހު ޯރދަޔަށް ބެހެއްޓުމަކީ މައިންބަފައިންގެ މައްޗަށް ކުޑަ ކުދީން ލާޒިމު ޮކށްފައި ޮއންނަ ކަމެކެވެ. ނަމަވެސް އެ ޒަމާނުގައި ބުނާ ޮގތުން ދުވާލު ވަރަށް ދިގުވާނެއެވެ. އެހެންވީމާ ދުވަސް ކުރު ކުރާން ޖެހެއެވެ. ޯރދަ އެހައި ދިގު ނުވާނެ ޮގތްތައް ޯހދާން ޖެހެއެވެ. އެ ކަމަށްޓަކައި ޯރދަ ކުރު ކުރާނެ ކުޅިވަރުތައް ފަހި ކުރެވެއެވެ. މިއީ ޯރދައަށް ހަނދު ބަލާ އިރު މުޅިން ޮކށް ނިމިފައި އޮންނަ އިންތިޒާމުތަކެކެވެ. ގޭގެޔާއި އަވަށު ފެންވަރުގައި ކުޅިވަރުގެ

މައިދާންތަކާއި ސާމާނުތައް ހުންނާނީ ހަމަޖައްސައި، ހަމަ ކުރެވިފައެވެ. ކުޑަ ކުދީންނަށް ޮއށްވަޅު ޮގނޑިއެވެ. ތިންހަމައެވެ. މުށިގެއެވެ. އުނޯދލި ޯބމަތިން

އުކުމެވެ. ޒުވާނުންނަށް މަންޑިއެވެ. ސާޑުވާއެވެ. މުސްކުޅީންނަށް ރާޒުވާއެވެ. ދެން ޮއންނަނީ ވާހަކަ ކިޔުމާއި، ސީރަތު ކިޔުމެވެ. އާދެ! ގޭތެރޭގެ ހަރަކާތްތަކާއި

މައިދާނީ ހަރަކާތްތަކެވެ. އެންމެ ތުއްތު ކުދީންނަށް ކިޔައިދޭ ޯރދައިގެ ޚާއްޞަ ނިޔަތެއް ޮއވެއެވެ. ހާރު ދަމު ހޭލެވޭ ތުއްތު ކުދީން ޯރދަޔަށް ތިބެނީ މި ނިޔަތް

ކިޔައިގެންނެވެ. އެއީ “އެ ތުން މަތިން، މި ތުން މަތިން، ހާރުތަވާ ފިޔަން މަތިން، ހެނދުނުން ކާން ނިޔަތް ގަތިން” މިއެވެ. މިއީ ތުއްތު ކުދީންގެ ޯރދައިގެ ނިޔަތެވެ. މި ނިޔަތް ކިޔައިގެން ނިދާ ކުދީން ޯރދަ ވީއްލާނީ އެކި ގަޑިގަޑީގައެވެ. އޭގެތެރޭގައި އިރުމަތި ފަރާތު އަތިރީ ޮހޅުއަށްޓަށް އަވި ދިނީމާ ޯރދަ ވީއްލާން ޖެހޭ

ކުދީން ވެސް ތިބެއެވެ.ވަރަށް ފަހަކާ ޖެހޭން ދެން ބައެއް ދިވެހީންނަށް ގަބޫލުކުރެވިފައި

ޮއންނަ ޮގތުގައި ޯރދަމަހު ދުވާލު ކުޅު ދިރުވުމަކީ ވެސް ޯރދަ ގެއްލޭނެ ކަމެކެވެ. އެހެންކަމުން ހާރުކައި ނިޔަތް ކިޔުމަށްފަހު ދެން ކުޅުޮފދެއް ވެސް ދިރުވައެއް ނުލާނެއެވެ. ނަތީޖާ އަކީ އުމުރުން ދުވަސްވީ ބައެއް މީހުންނާއި، ބައެއް ކުޑަ ކުދީންގެ މޭގައި، މެންދުރުން އަނބުރައިގެން އަންނަ އިރު، ފެންޮފތި އަޅައިގެން ތިބޭން ޖެހުމެވެ. ގިނަގިނައިން ފެންވަރައި މެޔަށް ފިނި ކުރެވޭޯތ މަސައްކަތް

ކުޑަކުީދންާނއި

Page 7: Sun Magazine 50

7

ކުރުމެވެ. ހާރަށް ކެއި ހަވާދުގަނޑުގެ ސަބަބުން މޭން ދިލަ ނަގައި ހޫނު އަރާނީ ޮއބި ޮއންނަ ވަރަކަށް ނޫނެވެ. ޮލނު ޮބވިދާނެތީ މޫދަށް އެރެވޭކަށް ޯނވެއެވެ. ފެން ޮބވިދާނެތީ، ވުޟޫކުރާ އިރު އަނގަޔަށް ފެންޮފދެއް ލެވޭކަށް ޯނވެއެވެ. އަސުރުވެގެން އަންނަ އިރު، ގޭގޭ ގިފިލީ ވަޅު ދާންޏަށް ވަރަށް ބާރު ޮބޑު

ވާނެއެވެ. ކުޑަކުދީންގެ މެޔަށް ފެން އަޅައި ފިނި ޮކށްދިނުމުގެ ވަޒީފާގައި ވަރަށް ގިނަ ވަޅުވަޅާއި ދާނިތައް ވާނީ އަވަދިނެތިފައެވެ.

ނަމާދު ކުރުމާއި ކީރިތި ޤުރުއާން ކިޔެވުމަކީ ވެސް އިސްކަން ދެވޭ ކަންކަމެވެ. ކަނޑައެޅިފައި ޮއންނަ އުސޫލަކުން އެ ކަންކަން ޮއވެއެވެ. ކުޑަކުދީންގެ ބައިވެރިވުން ހިމެނޭ ޮގތުގައެވެ. ނަމަވެސް ފަހު ދިހަޔަށް

އަޅައިލީމާ ދެން ޮއންނަނީ އީދަށް ދުވަސް ގުނުމެވެ. ދެ ކުއްޖަކު ބައްދަލު ވާ އިރަށް ވެސް ބުނެވެނީ ޮކބާ މިހާރު އީދު އަންނާން ކިތައް ދުވަހަށް ވެއްޖެ

ހެއްޔެވެ؟ އެހައިރުން އީދުގެ ހަލުވާތަކާއި، އާ ހެދުންތައް ހުވަފެނުން ވެސް ފެންނާން ފަށައިފާނެއެވެ. އެންމެ އުފާވާނެ އެއް ކަމަކީ، އީދު ދުވަހަކީ ކުކުޅު ރިހަ ކާން ލިބޭ ދުވަހެއް ކަމަށް ވުމެވެ. އޭރުގެ ހާލު ހުންނަ ޮގތުން ރަށްފުށު ގެއެއްގެ ބަދިގޭގައި ކުކުޅު ރިހަ ޮފދެއް ކެއްކޭނީ ރަބީޢުލްއައްވަލު މަހު 12 އާއި ރަޖަބު 27ގައެވެ. ދެން ދެ އީދުގައެވެ. އެ ދެމެދުން ފާތިހާއެއް ފަދަ

ކަމެއް ލައްވައިލައިފިއްޔާ އެއީ ވެސް ދެން އިތުރު ނަސީބެކެވެ. އެހެންވީމާ އީދު ވިލޭރެއަށް އިރު ޮއއްސުނީއްސުރެ ޮކންމެ ކުޑަ ކުއްޖެއްގެ ވެސް އަރުތެރޭގައި

ކުކުޅު ރިހައިގެ ރަހަ ލާ ހެން ހީވާނެއެވެ.

އީދު އައުމުން އުފާވާ އަނެއް ކަމަކީ އާ ހެދުމެއް ލިބުމެވެ. މިއީ ކިސްރާ އަނޫޝަރުވާނުގެ ރަސްކަމުގެ ރަސްމީ ހެދުންޮކޅު ލިބުންފަދަ ޮބޑު

އުފަލެކެވެ. ރަށްފުށުގެ އެ ޒަމާނުގެ ގިނަ ކުދީންނަކީ، ހަމަ އެކަނި ޯސޓުބުރިއެއް، ނޫނީ މުންޑުބުރިޔެއް ފިޔަވައި ލާނެ އަންނައުނެއް ހުންނަ ކުދީންނެއް ނޫނެވެ.

ދުވަސްވީ ގިނަ މީހުންގެ ވެސް ހާލަކީ މި އެވެ. ހަމަ އެކަނި ދެ ތިން މުންޑުބުރިޔަކުން ނުވަތަ މުންޑަކުން، ޮކނޑުކެނޑިޔަކުން ފުދެއެވެ. ގިނަ ފިރިހެން

ކުދީން ތިބެނީ މަތިގައި ނުޮފރުވައެވެ. ކުޑަ އީދު އަންނަނީ ކުޑަ ކުދީންނަށް އާ ގަމީސް ހިފައިގެންނެވެ. އާ ފައިވާން ހިފައިގެންނެވެ. ފަޯޅގަޑިއެއް ނަމަވެސް، އާ އަތުކުރީގަޑިއެއް ނަމަވެސް ހިފައިގެންނެވެ. އެއީ ވަރަށް ޮބޑު އުފަލެކެވެ. އީދަށް އެއްޗެހި ގަންނާން މާލެއަށް ކުރާ ދަތުރުގައި ބައެއް ގޭގެއިން ކުޑަ ކުދީން ބައިވެރި ވެސް ކުރެއެވެ. ކުޑަ ކުއްޖަކު މާލެ ގެންދެއެވެ. މި ދަތުރުގައި އެންމެ ޚާއްޞަ އެއްޗެއްގެ ޮގތުގައި ފާހަގަ ކުރެވެނީ އެކި މިންމިނަށް ބުރިޮކށްފައި ހުންނަ އިޮލށިބުރިތަކެވެ. ބައެއް ގޭގޭގެ ފަހާޮފށި ދަށުން ޮހވައިގެން ގެނެސްފައި ހުންނަ ޮފތީގެ ޮކޅުދާލިތަކެވެ.

އިޮލށިޮކޅުތަކަކީ ޮކން އެއްޗެއްޯތއެވެ؟ އާއިލާގެ އެކި ކުދީންގެ ފައިން މިންނަގައިފައިވާ މިންގަނޑުތަކެވެ. މާލެ ޮގސް ފައިވާން ގަންނަން ފިހާރަތަކަށް

ދާނީ މި އިޮލށިޮކޅުތައް ހިފައިގެންނެވެ. ދަތުރުމަތީގައި މީން އިޮލށިޮކޅެއް ބިނދިއްޖެއްޔާ އެ ދެން ދުވަސް ދިޔައީ ނޫންޯތއެވެ؟ ޮފތިޮކޅުތަކަކީ އަންހެން ކުދީންގެ ބައެވެ. އެކުދީން ބޭނުންވާ ކުލަ އާއި ފޭރާން އަންގައި ދެނީ މި

Page 8: Sun Magazine 50

8

ޮފތިޮކޅުތަކެވެ. ހެދުން ފެހުން ޮއންނާނީ ރަށުގައެވެ. ރަމަޟާން މަހުގެ 28، 29 މި ދެދުވަހަކީ ވަރަށް ޚާއްޞަ ދެދުވަހެވެ. އެއީ އީދުބިޑި ތައްޔާރު ކުރާ ދެ ދުވަހެވެ. އީދު ބިޑިއަކީ ހަނދުފެނިއްޖެ ނަމަ

ކައިރީގައިވާ އެހެން ރަށްރަށުގެ މީހުންނަށް އެކަން އަންގަން ތައްޔާރު ކުރާ އެއްޗެކެވެ. އީދު ބިޑި ތައްޔާރު ކުރާނީ ރަށުގެ ޒުވާނުންނެވެ. އެހެން ނަމަވެސް

އަތްދަށު އެހީތެރީންގެ ޮގތުގައި ކުޑަ ކުދީން ހަރަކާތްތެރިވާނެއެވެ. އެންމެ ފުރަތަމަ ވަލުތެރެއަށް ވަދެ އެންމެ ދިގުހެން ހީވާ ދުނބުރިގަހެއް ނުވަތަ

ކަށިކެޮޔ ޮއންޏެއް ކަނޑައިލާނެއެވެ. ދެން ހިކިފަނާއި އިލައި، އިހާޮގނޑި، ކުނަހަނގާލި، ފަދަ ފަސޭހައިން ހުޅުޯރވާ ތަކެތި އެއްކުރާނެ އެވެ. ކަނޑާލެވުނު

ކަށިކެޮޔ ޮއނި އަތިމައްޗަށް ގެންދެވެއެވެ. ޮގފިޖަހައިލުމަށްފަހު އެވެ. ގިނަ ބަޔަކުވެގެން އަންބާ ކިޔަމުން ޮކނޑުމަތީގައެވެ. އެ އަށްފަހު އެއްކުރެވުނު

ފަނާއި އެ ނޫންތަކެތި އެ ޮއނީގައި ބަނދެލެވެއެވެ. ޚާއްޞަޮކށް ވަރަށް ގިނައިން ދުނބުރިފަތް ބަންނާނެއެވެ. ދެން އަތިރިމަތީ މަޑުފަހުގައި ވަޅެއް ޮކނެ އެ ޮއނި އެ ވަޅަށް އިންދައި ހަރު ކުރެވެއެވެ. އީދު ބިޑިއަކީ މި ޮއންޏެވެ. ހަނދުފެނިއްޖެކަން

ހަމަ ޔަގީންވުމާއެކު މި ޮއންޏަށް ހުޅުލާނެއެވެ. އެއާ އެކު ދުނބުރިފަތްތަކުން ބަޑިތަޅައިގަންނާނެއެވެ. އެ ދެން އީދުގެ މަޖާ ފެށުނީއެވެ. އެއްރަށެއްގެ އީދު ބިޑި ޯރކޮށްލާ މަންޒަރު ފެނުމާއެކު އަނެއް ރަށަކުން ވެސް އެ ރަށެއްގެ އީދު ބިޑި

ޯރޮކށްލާނެ އެވެ. އެ ޒަމާނުގައި ހަނދުފެނުނުކަން އިއުލާނު ކުރާ ޮގތަކީ މިއެވެ. މަދު ރަށެއްގެ މަދު ގެއެއްގައި ނޫނީ ރޭޑިޯޔ ނުހުންނާތީ އެވެ.

އީދު ދުވަހަށް އިރު އަރައިފާނެއެވެ. އީދު ނަމާދަށް ދިޔުމަކީ ކުޑަކުދީންނަށް

ލިބޭ ވަރަށް ޮބޑު އުފަލެކެވެ. ޮކންމެ ކުއްޖަކު ވެސް ބަލާނީ އެންމެ ރީތި ހެދުމެއްގައި ހުރީ ތިމަންނަ ޯތއެވެ؟ ހެދުމާއި ނަލަހެދުމުގެ ވާދަވެރިކަމަކީ ވަރަށްޮބޑު ކަމެކެވެ. ބައެއް ކުދީންގެ މޫނުގައި ގަނޑުފުށް ނުވަތަ ޮކޓިކިރާ

ފުށުގެ ޯބ ވިލާތަކެވެ. ޮލލާ ގުޅިފައިވާނީ އަނދުން ކޫރުގެ ދިގު ޮރނގުތަކެވެ. ބައެއް ކުދީންގެ ޮބލުއިސްތަށިގަނޑު ހުންނަނީ މާކަނާ ސަޑަށެވެ. ކާށިތެލުގެ

]ހިތްގައިމު[ ވަހާ އެކު ބަބުޅަމުންދާ ޮއފުކަމެވެ. ބައެއް ކުދީންގެ ސިނގު ބަނޑާއެކު ގަމީހުގެ ހުރިހައި ދިމާއެއްގެ ހުރިހައި ޮގށެއް އަޅުވައި،

ދަމައި ވާންޮކށްލައިފައި ހުންނަ އިރު، ހީވާނީ ރަންވަރަނގު ކަރުދާހުން ޕާރުސަލްޮކށްލައިފައި ހުރި ޯގނބިލިފުޅިއެއް ހެނެވެ.

ނަމާދުން ފައިބައިގެން ދެން ޮއންނާނީ ފަޓާސް ޖެހުމެވެ. މިއީ ވެސް ހުރިހައި ކުޑަ ކުދީންގެ ސަމާލުކަން ލިބޭކަމެކެވެ. ކުޑަ ކުދީން ޖަހާނީ އެއްފުއްލި ފަޓާހެވެ. ޮބޑެތި މީހުން ޖަހާނީ ދެ ފުއްލި ފަޓާހެވެ. ޮބޑެތި ފަޓާހެވެ. ރޭގަނޑަށް އަލިނަރު،

ހަވާ، ފައިދަށުފުރޭތައިގެ މަޖާ ސަމާސާތައް ޮއންނާނެ އެވެ. ރޯދަ މަހަކާ އެކު، ކުޑަ އީދެއް ނިމިގެންދާ އިރު ރަށުގެ ކުޑަ ކުދީންގެ

ހަނދާންތަކެއް ހުރެއެވެ. މުލަ ޯރދަ ދުވަހުގެ ހަނދާންތަކެވެ. ޯރދަ ހިފަން އުޅުނު ހާލެވެ. ޯރދަ ކުރުކުރަން އުފުލުނު ބުރައެވެ. މެޔަށް ފިނިކުރަން ފެން

އަޅަން އުޅެނިޮކށް ]ޮއޅުމަކުން[ އަނގަޔަށް ފިނިޮކށްލެވުނު ދުވަހެވެ. ކުޅެވުނު ކުޅިވަރުތަކެވެ. އީދު ދުވަހުގެ މީރު ކެއުންތަކެވެ. ރީތި ހެދުމެވެ. އެ ހެދުން ލައިގެން އެކި ގޭގެއަށް ދިޔަ ދިޔުމުން ލިބުނު ތާރީފުގެ ބަސްތަކެވެ. ބައެއް

ކުދީންގެ އީދު ހެދުން ދާ ވަނީ ވެސް ދެ ހަފުތާއެއްހައި ދުވަސް ވާ ފަހުންނެވެ.

Page 9: Sun Magazine 50
Page 10: Sun Magazine 50

10

އިޔާޒު ނަސީމް ސަން މާފާނު

އަލްމަސްޢޫދީ އަކީ އަރަބި ތާރީޚު އިލްމުވެރިއެކެވެ. ޯޖގުރަފީގެ

އިލްމުގައި އަރައި ހުންނެވި އާލިމެކެވެ. ހުޅަނގުގެ އިލްމުވެރީން

އަލްމަސްއޫދީއަށް ކިޔައި އުޅެނީ އަރަބީންގެ ހިޯރޯދތަސް އެވެ. އަލްމަސްޢޫދީ

ލިޔުއްވި މަޝްހޫރު ޮފތްތަކުގެ ތެރޭގައި "މުރޫޖުއްޛަހަބް ޥަމަޢާދިނުލް ޖަޥްހަރް"

ހިމެނެއެވެ. މިއީ ދުނިޔޭގެ ތާރީޚު ޮފތެއް ނަމަވެސް ޯޖގުރަފީގެ ސައިންސް

ވެސް ހިމެނިގެންވާ ޮފތެކެވެ.

އަލްމަސްޢޫދީ އަކީ ކީރިތި ރަސޫލާގެ ޞަޙާބީއެއް ކަމުގައިވާ

ޢަބްދުهللا ބިން މަސްޢޫދުގެ ދަރިޮކޅުން ވަޑައިގެންނެވި ޢިލްމުވެރިއެކެވެ.

އަލްމަސްޢޫދީގެ ލިޔުއްވުންތަކުގައި އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ ޮއތް

ތަނާއި ދިވެހިރާއްޖެއާ ބެހޭ ޮގތުން ވެސް ވާހަކަ ދައްކަވައިފައިވެއެވެ.

އަލްމަސްޢޫދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީން 896 ގައި

ބަޣުދާދުގައެވެ. އަވަހާރަވީ 956 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި

މިޞްރުގެ ޤާހިރާގައެވެ.

އަބުލް ޙަސަން ޢަީލ ބިން އަލްޙުސައިން )އަލްމަސްޢޫީދ(

ާނގަލޭންޑްއަޅުގަނޑުމެން އެ ސަރަހައްދަކަށް ނިސްބަތްވާ ދެކުނު އޭޝިޔާ ސަރަހައްދަށް އަހުލުވެރިވެ، އާންމު މައުލޫމާތު މުއްސަނދި ކުރުމަށް ޓަކައި، ހުށަހަޅާ ލިޔުންތަކުގެ މި ސިލްސިލާގައި މި ފަހަރު ބަލައިލާނީ އިންޑިޔާގެ

ސްޓޭޓުތަކުގެ ތެރެއިން ނާގަލޭންޑަށެވެ. މިއީ އިރުއުތުރު އިންދިޔާއަށް ނިސްބަތްވާ ސްޓޭޓެކެވެ. ނާގަލޭންޑުގެ ހުޅަނގުގައި ޮއތީ އާސާމެވެ. އުތުރުގައި ޮއތީ އަރޫނާޗަލް

ބުއްދީގެ ފުރާގު

ޕްރަދޭޝް އާއި އާސާމުގެ ބައެއް ސަރަހައްދުތަކެވެ. އިރުމަތީގައި ޮއތީ ބަރުމާއެވެ. ދެކުނުގައި ޮއތީ މަނިޕޫރެވެ. ނާގަލޭންޑަކީ އިންޑިޔާގެ އިރުމަތީ ބިތުގައި ޮއންނަ

ހަތް އުޚްތުންގެ ނަމުން ނަން ދެވިފައިވާ ސްޓޭޓުތަކުގެ ތެރޭގައި ހިމެނޭ ސްޓޭޓެކެވެ. ނާގަލޭންޑުގެ އިތުރުން "ހަތް އުޚްތުން" ގެ ތެރޭގައި ހިމެނޭ އަނެއް ހަ ސްޓޭޓަކީ އަރޫނާޗަލް ޕްރަދޭޝް އާއި، މޭގަލަޔާ އާއި، އާސާމާއި، މިޯޒރާމާއި، ތްރިޕޫރާ އާއި، މަނިޕޫރެވެ. ނާގަލޭންޑާއި ތްރިޕޫރާ ނޫން އަނެއް ފަސް ސްޓޭޓުގެ

މައުލޫމާތު މިހާރު ވާނީ ސަންގެ ކިޔުންތެރީންނާ ހަމަޔަށް ގެނެސްދެވިފައެވެ. ނާގަލޭންޑުގެ ވެރިރަށަކީ ޯކހިމާއެވެ. އެންމެ ޮބޑު ޝަހަރަކީ ދީމާޕޫރެވެ. ނާގަލޭންޑުގެ ނާޑުކަތާތަކުގައި ނުވަތަ ވެހިކާދަތަކުގައި ކިޔޭ ޮގތުގައި ނާގާއިންނަކީ ކަންފަތް ޮތރުފައިފައި ތިބޭ ބައެކެވެ. ނާގަލޭންޑަކީ ކަންފަތް ޮތރުފައިފައި ތިބޭ

މީހުންގެ ބިމެވެ. ނާގަލޭންޑުގެ ރަސްމީ ބަހަކީ އިނގިރޭސި ބަހެވެ. މީގެ އިތުރުން

ގަބީލާތަކުގެ މީހުން އެމީހުންގެ ގޭގޭގައި ގަބީލާތަކުގެ ބަސްތަކުން ވާހަކަ ދައްކައި އުޅެއެވެ.

ނާގަލޭންޑުގެ އާބާދީގެ %90 އަކީ މަސީޙީންނެވެ. %7 އަކީ ހިންދޫންނެވެ. މުސްލިމުންގެ އާބާދީއަކީ %2 އެވެ. އެހެން ދީންތަކަށް ނިސްބަތްވާ މީހުންގެ ހިއްސާއަކީ %1 އެވެ. ނާގަލޭންޑުގެ އާބާދީއަކީ 2 މިލިޔަނެވެ. އާބާދީގެ ޮގތުން ބަލާއިރު މިއީ އިންޑިޔާގެ ސްޓޭޓުތަކުގެ ލިސްޓުން 24 ވަނައެވެ. ބިމުގެ ޮގތުން ބަލާއިރު 25 ވަނައެވެ. އިދާރީ ޮގތުން ނާގަލޭންޑް ބަހައިލެވިފައިވަނީ 11

ޑިސްޓްރިކްޓް ނުވަތަ ޒިލާއަށެވެ.

Page 11: Sun Magazine 50

ބިހަކީ ޮކލެސްޓްޯރލު މަތިކުރާ އަދި ހިތުގެބަލިޖެހުން ގާތްޮކށްދޭ އެއްޗެއް ކަމަށް ބައެއް ތަޖުރިބާކާރުންނާއި

ޮޑކްޓަރުން ވިދާލުވަމުން ދިޔަކަމުގައިވިޔަސް ފަހުގެޯހދުން ތަކުން ދައްކާޮގތުގައި ބިހަކީ ނުކައި މުޅިން ދޫޮކށްލުން ރަނގަޅު އެއްޗެއް

ނޫނެވެ. އެހެނީ ބިހުން ހަށިގަނޑަށް ލިބޭ އެތައް ގިނަ ފައިދާ ތަކެއް ހުރުމުގެސަބަބުންނެވެ.

ބިހަކީ ޕްޮރޓީން ގިނަ މާއްދާއެކެވެ. ހަށިގަނޑަށް ދުވާލެއްގެމައްޗަށް ބޭނުންވާ ޕްޮރޓީންގެ 13 އިންސައްތަ

އެންމެބިހަކުން ލިބެއެވެ. ހަށިގަނޑު ހެދިޮބޑުވުމަށް ބޭނުންވާ އެންމެ މުހިއްމު މިބާވަތް ބިހުން ލިބިދެއެވެ. މީގެއިތުރުން

ސިކުޑީގެ ދުޅަހެޮޔ ކަމަށް ބޭނުންވާ ޮކލީން ނަމަކަށް ކިޔާ މާއްދާ ޮކންމެ ބިހަކުން 113 ގްރާމް ލިބެއެވެ. ޮކލީން އަކީ ހަށިގަނޑަށް މުހިންމު ވިޓަމިނެއްކަމަށްވާ ޯފލިކް އެސިޑް އުފައްދަން ބޭނުންވާ މާއްދާއެކެވެ. ސިކުޑީގެ ދުޅަހެޮޔކަމާއި ހިތުގެ ބަލިން ދިފާއުވުމަށް

ވެސް ބިހުން ލިބޭ ވިޓަމިންތަށް ވަރަށް މުޙިންމު ޯރލެއްއަދާ ކުރެއެވެ. އަދި ބިހުގައި ހިމެނޭ މާއްދާއަކުން ލޭތުނިޮކށްދިނުމަށް އެހީވެދިނުމާއި ހިތުގެބަލިން ދުރުޮކށްދޭކަންވެސް ވަނީ ބައެއް ދިރާސާ ތަކުން ދައްކާފައެވެ. ބިހުގަހިމެނޭ ވިޓަމިން ޑީ ގެ ސަބަބުން ކަށިވަރުގަދަވެ، ކަށީގެބަލިތަކުން ދުރުޮކށްދެއެވެ.

އަދިބިހަކީ ލޭގެޕްރެޝަރު ދަށްޮކށްދޭ އެއްޗެއް ކަމާއި ހަށިގަނޑު ހިކުމަށް އެހީވެދޭ އެއްޗެއްކަންވެސް ފަހުގެ ދިރާސާތަކުން

ދައްކައެވެ.އަޅުގަނޑުމެން އިހުޒަމާނުއްސުރެވެސް ބޭނުން

ކުރަމުން އައި ކުކުޅުބިހާއި ދުރުވާންޖެހުނު ސަބަބެއްކަމުގައި ފާހަގަކުރެވެނީ ބިހުން ޮކލެސްޓްޯރލު މަތިވުމެވެ. ޮކލެސްޓްޯރލު

މަތިވުމަކީ ހިތުގެބަލިޖެހުން ގާތްކުރުވާ ކަމެއްކަމުން ބިހަކީ ވަރަށް ގިނަ ބޭފުޅުން ބިރުގަންނަ އެއްޗަކަށް މިވަނީ ވެފައެވެ. ނަމަވެސް

ބިާހއި ކޮލެސްޓްރޯލް

ޑރ. އިބްރާހީމް ޔާސިރު

ކުރެވިފައިވާ ދިރާސާތަކުގެ މައްޗަށް ބުރަވެ ކާނާ ގެ ތަޖުރިބާކާރުން މިހާރު އެއްބަސްވަނީ ދުވާލަކު ބިހެއް ބޭނުންކުރުމަކީ، ގެއްލުމަށްވުރެ

ފައިދާ ޮބޑުކަމަށެވެ. ސިއްޙަތު ރަނގަޅު އިންސާނަކަށް ދުވާލަކު ބޭނުންވަނީ

300 މިލިގްރާމް ޮކލެސްޮޓޯރލެވެ. ނަމަވެސް ހިތުގެ ބައްޔާއި ހަކުރުބަލިފަދަ ބަލިޖެހިފައިވާފަރާތްތަކުން ޮކލެސްޓްޯރލު ހުންނަ ކާނާ ބޭނުންކުރާއަދަދު ދުވާލަކު 200މިލިގުރާމަށް މަދުކުރަން

ޖެހެއެވެ. އާދައިގެކުކުޅު ބިހެއްގައި 100 މިލިގްރާމު ޮކލެސްޮޓޯރލު ހުރެއެވެ. އެހެން ކަމުން ޮކލެސްޮޓޯރލު ހުންނަ އެހެން ބާވަތް ތަށް މަދުކުރުމާއެކު ހިތުގެބަލި ނުވަތަ ހަކުރުބަލިހުންނަ ފަރާތް ތަކަށް ދުވާލަކުބިހެއް ބޭނުން ކުރެވިދާނެއެވެ. ޮކލެސްޓްޯރލް

މަތިވުމުގެސަބަބުން ބޭސް ބޭނުންކުރަށްވާ ބޭފުޅުން ސެޗުރޭޓަޑް

ތެޮޔ ލިބޭކާނާ މަދުކުރަން ޖެހެއެވެ. ކުކުޅު ބިހުގައި މިވައްތަރުގެ ތެލަށްވުރެގިނައީ އަންސެޗުރޭޓަޑް ތެލެވެ. އެހެންކަމުން

ބިހުންލިބޭފައިދާ ޯހދުމަށްޓަކައި ބިސް އަލުން ބޭނުންކުރަން ފައްޓަމާޯތއެވެ.

11

"ތިމާގެ ކުރިމަތީގައި ވަނީ ޮކން ރަށްތަކެއް ކަމާއި ތިމާގެ ފުރަގަހުގައި ވަނީ ޮކން ރަށްތަކެއް ކަމާއި ތިމާގެ

ކަނާތް ފަރާތާއި ވާތް ފަރާތުގައި ވަނީ ޮކން ރަށްތަކެއް ކަން ނުދަންނަ މީހާއަށް ތާރީޚުގެ އިލްމުވެރިޔަކަށް

ނުވެވޭނެއެވެ. އަދި ދުނިޔެ ދަހެއް ވެސް ނުކުރެވޭނެއެވެ." އަލްމަސްޢޫދީ

ޮކލެސްޓްޯރލު މަތިވުމަކީ ހިތުގެބަލިޖެހުން ގާތްކުރުވާ ކަމެއްކަމުން ބިހަކީ ވަރަށް ގިނަ ބޭފުޅުން ބިރުގަންނަ އެއްޗަކަށް މިވަނީ ވެފައެވެ.

ސިއްހަތު

Page 12: Sun Magazine 50

ފަރިވާ އަކީ އެންމެން ދަންނަ ނަމެކެވެ. ދިވެހިރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަޝްހޫރު ނަމެކެވެ. ދުވަސް ވީ ނަމެކެވެ.

ފަރިވާގެ ބާނީ އަކީ މަޚްމާ ޙުސައިން ރަޝީދެވެ. ފަރިވާގެ ނަމުގައި ހުސެންގެ ވިޔަފާރި 1987 ވަނަ އަހަރު ތައާރަފު ކުރެވުނު ނަމަވެސް، ފަރިވާގެ

އަސްލު ފެށުން ކަމަށް ވާ، ހުސެންގެ ވިޔަފާރި ވަނީ މީގެ މާ ކުރިން ފެށިފައެވެ. ލުނޯބ، މިރުސް، ހެދުން ފަދަ ތަކެތި ޮކތަޅުޮކތަޅަށް އަޅައިގެން ހުސެން

ފެށި ވިޔަފާރިއަށް ލިބުނު ކުރިއެރުން ވިދާން ފެށީ ގަހަނާގެ ނަމުގައެވެ. އެއީ

ހަތްދިހައިގެ ފަހުކޮޅުގައެވެ. އެކުވެރިއަކާ އެކު ތަރައްގީ ކުރި މި ވިޔަފާރިއަށް ފަހު “ފަރިވާ” އުފެދިގެން އައީ ހުސެންގެ މުޅިން އަމިއްލަ ވިޔަފާރިއެއްގެ ޮގތުގައެވެ. “ފަރިވާ” އުފެދިގެން އައި އިރު، އެ ތަނުން އެންމެ ފުޅާ ދާއިރާއެއްގައި، ފާހަގަ ކުރެވިގެން ދިޔައީ ގަހަނާގެ ތަފާތު ބާވަތްތައް، ހާއްސަޮކށް ފެންސީ ޖުވެލަރީ އާއި ގާމެންޓްސްއެވެ. “ފަރިވާ” އުފެދުނު ފަހުން ހަމަ ޮކންމެ ދުވަހަކީ އެ ވިޔަފާރިއަށް

ކުރިއެރުންތަކެއް ލިބެމުން ދިޔަ ދުވަހެކެވެ. ވިޔަފާރި ދިޔައީ ފުޅާވަމުންނެވެ.

ފިހާރަތައް ދިޔައީ ގިނަވަމުންނެވެ. ތަފާތު ވައްތަރުތަކުގެ ވިޔަފާރިއަށް ހާއްސަ ކުރެވިގެން ފިހާރަތައް ދިޔައީ ގާއިމު ކުރެވެމުންނެވެ. ގަހަނާގެ ވިޔަފާރި އާއި ގާމެންޓްސް ވިޔަފާރީގެ އިތުރުން އިލެކްޓްޯރނިކް ސާމާނާއި ގަޑީގެ ވިޔަފާރީގައި

ވެސް ފަރިވާ އަކީ މުހިންމު ނަމެކެވެ. “ފަރިވާ އިލެކްޓްޯރނިކްސް” ފަދަ އެތައް ނަމެއް ފަރިވާގެ ކުޑައިގެ

ދަށުން ފެނިގެން ޮގސްފައި ވާ އިރު، މުނިފޫހިފިލުވުމުގެ ދާއިރާގައި ފަރިވާ ވެފައި ވަނީ އެންމެ އިސް ނަމަށެވެ. “ފަރިވާ ފިލްމްސް”ގެ ފަރާތުން ދިވެހި ފިލްމީ

ދާއިރާއަށް ނެރުނު ވަރަށް ފިލްމު ނެރުނު އެއްވެސް ފަރާތެއް އަދި މިހާތަނަކަށް ނެތެވެ. ފަރިވާގެ ލައިބްރަރީގައި ހުރި ވަރަށް ވުރެ ގިނަ އަމިއްލަ ފިލްމު ހުރި

އެއްވެސް، ފިލްމު ލައިބްރަރީއެއް ދިވެހިރާއްޖެއަކު ނެތެވެ. ފިލްމީ ދާއިރާއިން ފަރިވާއަށް ނުލިބޭ ކާމިޔާބީއެއް ނެތޭ ދެންނެވުން

ޮދގަކަށް ނުވާނެއެވެ. ފަރިވާގެ ފިލްމުތަކަށް ވަނީ ފިލްމީ ދާއިރާއިން ތަފާތު އެތައް އެޯވޑެއް ލިބިފައެވެ. އާންމުންގެ ވަރަށް ޮބޑު ތަރުހީބެއް ލިބިފައެވެ. އެހެންކަމާ

Page 13: Sun Magazine 50

އެކު ދިވެހިރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ފަރިވާއިން ވަނީ ވަރަށް މަތީ ގަދަރަކާއި ނަމެއް ހާސިލު ޮކށްފައެވެ. ފަރިވާގެ ބާނީ މަޚްމާ ހުސެން، ފިލްމީ ދާއިރާ ކުރިއެރުވުމަށް ކުރި މަސައްކަތްތައް އެންމެން ވެސް ފާހަގަ ކުރެއެވެ. ފަރިވާގެ ފިހާރަތަކުގެ އަދަދު 17 އަށް އަރައިފައި ވާ އިރު، މިއަދު ފަރިވާއިން

ވަނީ ޯހލްސޭލް ވިޔަފާރި އާއި ގެސްޓް ހައުސް ހިންގުމުގެ ވިޔަފާރި އާއި ސައިކަލުގެ ވިޔަފާރީގެ ތެރެއަށް ވެސް ވަދެފައެވެ.

ސުނާމީގެ ކުރިން ލ. އަޮތޅުގައި ޯޕލްޓްރީ ފާމަކާއި ދަނޑުވެރިކަމުގެ

މަޝްރޫއުތަކެއް ވަރަށް ފުޅާ ދާއިރާއެއްގައި ފަރިވާއިން ކުރިޔަށް ގެންދިޔަ ނަމަވެސް ސުނާމީން ލިބުނު ގެއްލުންތަކާ ގުޅިގެން އެ މަސައްކަތްތައް ވަނީ ހުއްޓިފައެވެ. މިހާރު ވެސް ހއ. ޯހރަފުށްޓާއި ހދ. ކުޅުދުށްފުށީގައި ފަރިވާގެ

ވިޔަފާރީގެ މަސައްކަތްތައް ކުރިޔަށް އެބަ ދެއެވެ.މިއަދު ފަރިވާގެ އަމާޒަކީ ފަރިވާގެ ވިޔަފާރިތައް އިތުރަށް ތަރައްގީ ކުރުމެވެ. ފަރިވާގެ ހިދުމަތްތަކުގެ ފެންވަރު މިހާރަށް ވުރެ ވެސް ރަނގަޅު

ކުރުމެވެ. ހާއްސަޮކށް ސައިކަލުގެ ވިޔަފާރިއަށް ހާއްސަ ސަމާލުކަމެއް ދީގެން، ސައިކަލުގެ ވިޔަފާރި އިތުރަށް ތަރައްގީ ކުރުމަކީ ވަރަށް ޮބޑު އިސްކަމެއް ދޭ

ކަމެކެވެ.ފަރިވާގެ ވިޔަފާރިއާ މެދު ބުނެވޭ އެއް ވާހަކައެއް އަބަދުވެސް ޮއވެއެވެ.

އެއީ، “ފަރިވާގެ ފިހާތަކުން ތަފާތު ފެންވަރުގެ ތަކެތި ލިބޭން ހުންނާނެއެވެ. އެކަން އެނގޭނީ ގަންނަ ފަހުންނެއް ނޫނެވެ. ގަންނަ އިރު ކަސްޓަމަރަށް އެ

ހުރިހާ މައުލޫމާތެއް ލިބޭނެއެވެ. ފަރިވާއިން މާކެޓު ކުރާ ޮކންމެ ޕްޮރޑަކްޓެއްގެ

ވެސް ހަގީގީ ފެންވަރާއި އެ ޕްޮރޑަކްޓަކާ ބެހޭ ތެދު މައުލޫމާތު ދިނުމަކީ ފަރިވާގެ ކަސްޓަމަރުން އެންމެ ހިތް ހަމަ ޖެހޭ ސަބަބެވެ. ޕްޮރޑަކްޓުތަކުގައި ނެތް ފެންވަރު ދައްކައިގެން، ޮއޅުވައިލައިގެން ވިޔަފާރި ކުރުމަކީ ފަރިވާގެ ޮޕލިސީއެއް ނޫނެވެ.” މި ސަބަބާ ހުރެ ކަސްޓަމަރުން ފަރިވާއަށް ކުރާ އިތުބާރަށް ބަދަލެއް ނާދެއެވެ. އެހެންކަމާއެކު “ފަރިވާ” އަކަށް މިލުމެއް ނެތެވެ. “ފަރިވާ” އަދިވެސް ދަނީ

ފަރިވަމުންނެވެ.

Page 14: Sun Magazine 50

14

ޮކންމެ ބައެއްގެ ވެސް މާދަރީ ބަހަކީ އެބައެއްގެ އައިޑެންޓިޓީއެވެ. ހަނާވަތެވެ. މާދަރީ ބަހަކީ ވަކި ނަސްލެއްގެ ޮގތުގައި ބަޔަކު ކަނޑައެޅުމުގެ

އިމެއް ކަމަށް ބެލެވެއެވެ. މި ސަބަބާ ހުރެ، އިންސާނީ ނަސްލުތައް ވަކި ޮކށް ދެނެގަތުމަށް ޓަކައި ދެވޭ ޚާއްޞަ ނަންތައް ވެސް އާންމު ޮގތެއްގައި ނިސްބަތް

ކުރެވިފައި ހުންނަނީ މާދަރީ ބަހަށެވެ. ތަމަޅައިންނަށް ތަމަޅައިންނޭ ކިޔެނީ އެމީހުންގެ މާދަރީ ބަހަކީ ތަމަޅަ ބަސް ކަމަށް ވާތީއެވެ. އަރަބީންނަށް އަރަބީންނޭ

ކިޔެނީ އަރަބީންގެ މާދަރީ ބަހަކީ އަރަބި ބަސް ކަމަށް ވާތީއެވެ. މި ޮގތުން ބަލާ އިރު، އެމީހެއްގެ މާދަރީ ބަހަކީ ދިވެހި ބަސް ކަމަށް

ވާ ޮކންމެ މީހަކީ ދިވެއްސެކެވެ. ދިވެހި ނަސްލުގެ މީހެކެވެ. އެހެންނަމަވެސް ޮކންމެ ދިވެއްސަކީ ދިވެހިރާއްޖޭގެ ރައްޔިތަކަށް ވުން ލާޒިމެއް ނޫނެވެ. ޮކންމެ

އަރަތްބަކީ އަރަބިކަރައިގެ ރައްޔިތަކަށް ވުން ލާޒިމު ނުވާ ފަދައިންނެވެ. ދިވެހިރާއްޖޭގެ ރައްޔިތުކަން ޯހދައިގެން ދިވެހިރާއްޖޭގެ ބަނދަރުފާސް )ޕާސްޕޯޓު( ގެންގުޅޭ ދިވެހީން ނޫން ކިތަންމެ ބަޔަކު މިއަދު އެބަ އުޅެއެވެ. ހަމަ އެފަދައިން ދިވެހިރާއްޖޭގެ ރައްޔިތުން ކަމުގައި ނުވާ، އެހެންނަމަވެސް

އެބައިމީހުންގެ މާދަރީ ބަހަކީ ދިވެހި ބަސް ކަމުގައި ވާ “ބިދޭސީ ދިވެހީން” ވެސް އެބަ އުޅެއެވެ. އެހެންކަމުން އެއް ދިވެއްސަކާއި އަނެއް ދިވެއްސަކާ

ގުޅުވައިދޭ ފާލަމަކީ ދިވެހިރާއްޖޭގެ ރައްޔިތެއް ކަން އަންގައިދޭ ކާޑެއް ވެސް ނޫނެވެ. އަދި ދިވެހިރާއްޖޭގެ ބަނދަރުފާހެއް ވެސް ނޫނެވެ. އެހެންނަމަވެސް ދިވެހި

ބަހެވެ.ދިވެހި ބަހަކީ ދިވެހީންގެ ހަނާވަތުގެ ތަރަހައެވެ. އެހެން ކަމުން ދިވެހި ބަހުގެ އަސްލާއި ހަމަތައް ދެނެގަންނާން ޮކންމެ ދިވެއްސަކު ވެސް ވަރަށް ޮބޑު

އިސްކަމެއް ދޭން ޖެހޭނެއެވެ.ދިވެހި ބަހުގެ އަސްލާ މެދު ވާހަކަ ދައްކާން ފެށުމުގެ ކުރިން

“ދިވެހި” މި ލަފްޒަށް ނަޒަރެއް ހިންގައިލުން މުހިންމު ކަމަށް ދެކެމެވެ. “ދިވެހި” މިއީ ޚާއްޞަ ނަމެއްގެ ޮގތުގައި ބަލާ އިރު، ދިވެހީންގެ ބަހުގެ ނަމެވެ. އަދި ހަމަ އެހެންމެ ދިވެހި ނަސްލަށް ނިސްބަތް ވާ، ޮކންމެ މީހަކަށް މި ނަން

ދިވެހި ބަހުގެ އަސްލު

ނިސްބަތް ކުރެވެއެވެ. އޭރުން މި ލަފްޒުގެ އެކަހެރި ޮގތަކީ “ދިވެއްސެއް” މިއެވެ. ގިނަ ޮގތަކީ “ދިވެހީން” މިއެވެ. ނަންއިތުރެއްގެ ޮގތުގައި ނުވަތަ ސިފައިގެ

ނަމެއްގެ ގޮތުގައި ބަލާ އިރު، “ދިވެހި” މި ލަފްޒުގެ މާނަ އަކީ “ދިވެހި ބަހާއި )ދިވެއްސާއި( ދިވެހި ނަސްލާ )ދިވެހީންނާ( ގުޅުން ހުރި”، އަދި “ދިވެހީންނާއި

ދިވެހީގެ )ދިވެހި ބަހުގެ(” މިއެވެ. “ދިވެހި ބަސް” މި ލަފްޒުތަކުގެ އަސްލެއް ކަމަށް ބެލެވެނީ

ސާންސްކްރިތު ބަހުގެ “ދްވީޕް ބާހޝާ” އެވެ. މާނަ އަކީ ޖަޒީރާތަކުގެ ބަހެވެ. އެހެންކަމުން “އައްޑޫ ބަހާއި”، “ފުވައްމުލަކު ބަހާއި”، މަލިކު ބަހަކީ” ވެސް

ހަމަ ދިވެހި ބަހެވެ. ދިވެހި ބަހުގެ ބަހުރުވަތަކުގެ ތެރެއިން އާންމު ބަހުރުވައެއްގެ ގޮތުގައި، އެންމެން ލިޔެކިޔައި އުޅޭ ބަހުރުވަ އަކީ މާލޭ ބަހުރުވަ ނުވަތަ “މާލޭ

ބަހެވެ.” އާންމު ބަހުރުވައަށް މަލިކުގައި ކިޔަނީ މަހަލް ބަހެވެ. ދިވެހިރާއްޖޭގެ މަޝްހޫރު ތާރީޚު އިލްމުވެރިޔާ އަލްއުސްތާޛު އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް ލުޠްފީ، އޭނާގެ “މުޚްތަޞަރު ތާރީޚް

ދީބާމަޙަލް” މި ޮފތުގައި ދިވެހި ބަހުގެ ނަމާ މެދު ލިޔުއްވައިފައި ވަނީ “މި ބަހަށް ކުރީ ޒަމާނުގައި ކިޔައި އުޅުނީ 'މަހަލް' ބަހެވެ.” މިފަދައިންނެވެ. “މަހަލް”

މިއީ އެވޭލާގައި މާލެއަށް ކިޔައި އުޅުނު ނަމެކެވެ. އެހެންކަމުން މަހަލް ބަހަކީ މާލޭ ބަހެވެ. އަދި ފާހަގަ ޮކށްލާން ޖެހޭ އެއް ނުކުތާ އަކީ މަހަލްދީބު، މިއީ

ދިވެހިރާއްޖެއަށް ކިޔައި އުޅުނު ނަންތަކުގެ ތެރެއިން ނަމެއް ކަމެވެ.

އިޔާޒު ނަސީމް

Page 15: Sun Magazine 50

15

ދިވެހި ބަހުގެ އަސްލާ މެދު ވާހަކަ ދައްކާ އިރު، ދިވެހި ނަސްލުގެ މީހުން އާބާދު ވެފައި ވާ ތަންތަނުގެ ވަޒަންވެރީންގެ އަސްލު ވެސް ދެނެގަންނާން ޖެހެއެވެ. ތަނެއްގެ އެންމެ ފުރަތަމަ ވަޒަންވެރީންނަކީ ޮކބައިކަން ދެނެގަތުމުގައި އެތަނެއްގެ ތަފާތު ސަރަހައްދުތަކަށް ކިޔާ ނަންތަކުގެ އަސްލު އައިސްފައި ހުރި ޮގތަކީ ވަރަށް މުހިންމު މައުލޫމާތެކެވެ. އެހެނީ ތަންތަނަށް އާންމުޮކށް ނަން

ކިޔިފައި ހުންނަނީ އެ ތަނެއްގެ އެންމެ ފުރަތަމަ ވަޒަންވެރީންގެ ބަހުން ކަމަށާއި، އަދި ވަރަށް ގިނަ ޒަމާންތަކެއް ފާއިތު ވެގެން ދާއިރު ވެސް މި ފަދަ ނަންތަކަށް

މާ ޮބޑެތި ބަދަލުތަކެއް ނާންނަ ކަމަށް މުއައްރިޚުން ވިދާޅުވެއެވެ.ދިވެހިރާއްޖޭގެ ރަށްތަކުގެ ނަންތަކަށް ބަލާ އިރު، އޭގެ ތެރެއިން ގިނަ

ރަށްރަށުގެ ނަމުގެ އަސްލު ގުޅިފައި ވަނީ ޑްރެވީޑިޔަން ބަސްތަކުގެ އާއިލާއާ ކަމަށް ނަސީމާ މުޙައްމަދާއި ޑރ. ރަގުޕަތީ ހާމަ ކުރައްވައެވެ.

އެހެން ކަމުން ދިވެހިރާއްޖޭގައި އެންމެ ފުރަތަމައަށް ވަޒަންވެރި ވި ބަޔަކީ ޑްރެވީޑިޔަން އާއިލާގެ ބަހަކުން ވާހަކަދެއްކި ބަޔަކު ކަމަށް ގަބޫލުކުރުމުގެ

ފުރުސަތު އެބަޮއތެވެ.ދިވެހިރާއްޖޭގެ ފުރަތަމަ ވަޒަންވެރީންނާ މެދު ލިޔެވިފައިވާ ލިޔުންތަކުން

ފެންނަ ގޮތުގައި، ދިވެހިރާއްޖޭގައި ފުރަތަމަ ވަޒަންވެރި ވެފައި ވަނީ ހުޅަނގު އިންޑިޔާގެ ކާލީބަންގާއަށް ނިސްބަތްވާ ބަޔެކެވެ. ކާލީބަންގާއަކީ ސިންދުވާދީގެ

ރަށްވެހިކަމަށް )އިންޑަސް ވެލީ ސިވިލައިޒޭޝަނަށް( ނިސްބަތްވާ، ގަދީމީ ރަށެކެވެ. މިހާރުގެ އިންޑިޔާގެ ރާޖަސްތާން ސްޓޭޓަށް ނިސްބަތްވާ މި ރަށަކީ ޑްރެވީޑިޔަން އާއިލާގެ ބަހަކުން ވާހަކަ ދެއްކި ބަޔަކު ގަދީމީ ޒަމާނުގައި ދިރިއުޅުނު ރަށެއް

ކަމަށް އިންޑިޔާގެ ތާރީޚީ ލިޔުންތަކުން ފެނެއެވެ. ކާލީބަންގާއަކީ އައްސޭރިފަށުގެ ރަށެއް ނޫނެވެ. އެހެން ކަމުން އެ ރަށުގެ ބަޔަކު ދިވެހިރާއްޖެއަށް އައިސްފައި ވާނީ އޭގެ ދެކުނަށް ޮއތް ގުޖުރާތުގެ ބަނދަރުތަކުގެ ތެރެއިން ބަނދަރަކުން

ލައިފައެވެ. ގުޖުރާތުގެ ބަނދަރުތަކަށް ބަލާއިރު، ޯލތާލް ބަނދަރުގެ ބިނާތަކުގެ ތެރެއިން ދިވެހި ޮބލި ފެނިފައި ވާތީ، މި ބަނދަރާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުފަތުރުގެ ގުޅުންތައް ޮއތް ކަމަށް ގަބޫލު ކުރެވެއެވެ. ޯލތާލްގެ އިތުރުން

ގުޖުރާތުގެ އެހެން ރަށެއް ކަމުގައިވާ ސޫރަތުގެ ބަނދަރުން ވެސް ދިވެހިރާއްޖެއަށް ޮއޑިފަހަރު އައިސް ޮގސް ހެދިކަން ތާރީހުން ސާބިތު ވެއެވެ. ސޫރަތު ވެސް

އަދި ޯލތާލް ވެސް ޮއތީ ކާލީބަންގާއިން ދެކުނަށް ދަތުރު ޮކށްފައި ދިވެހިރާއްޖެއާ ދިމާޔަށް އަންނަ ބައެއްގެ ދަތުރުގެ މަގުމަތީގައެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ވަޒަންވެރީންނަކީ ކާލީބަންގާއިން އައި ބައެއް ކަމުގައި ވިޔަސް، މިއަދު ދިވެހިރާއްޖޭގައި މި ޮއތް ދަރިޮކޅަކީ މަސްހުނި ވުމެއް

ނެތި ޮއތް ދަރިޮކޅެއް ނޫނެވެ. މި ޮގތުން މައިގަނޑު ޮގތެއްގައި ދިވެހީންގެ ވަންހަ އިންޑިޔަން ސަބްޮކންޓިނެންޓް އަދި ސިޯލނާ ގުޅިފައިވާއިރު، ދިވެހީންގެ ތެރޭގައި އަރަބިކަރަ އާއި ފާރިސްކަރަ އާއި އެފްރިކާ އާއި އަސޭ އަދި ޖާވާ )މިހާރުގެ

އިންޑޮނޭޝިޔާ އާއި މެލޭޝިޔާ( އާ ގުޅުން ހުރި އާއިލާތަކަށް ނިސްބަތް ވާ މީހުން އެބަ ތިއްބެވެ. މިހާރުގެ ދިވެހީންގެ ސިފަތަކަށް ވިސްނާލާއިރު، ދިވެހީންނާ އެންމެ ވައްތަރީ ދެކުނު އިންޑިޔާގެ މީހުންނާއި ބަންގާޅުގެ މީހުންނާއި ސިޯލނު މީހުންނެވެ.

ހަމަ އެހެންމެ ހުޅަނގު އިންޑިޔާގެ ޮބންބޭގެ މަސްވެރި އަވަށްތަކުން ވެސް ދިވެހީންނާ ވައްތަރު މީހުން ފެނެއެވެ. ހުޅަނގު އިންޑިޔާގެ ޯގވާ އާއި އިރުމަތީ

އިންޑިޔާގެ ޮއރިއްސާއިން ވެސް ދިވެހީންނާ ވައްތަރު މީހުން ފެނެއެވެ.ދިވެހިރާއްޖޭގެ ފުރަތަމަ ވަޒަންވެރީންނަކީ ޑްރެވީޑިޔަން ދަރިޮކޅުގެ ބައެއް ކަމުގައި ވިޔަސް، އަދި ހަށިގަނޑުގެ ސިފަތަކަށް ބަލާއިރު، ދިވެހީންގެ

ސިފަ ދެކުނު އިންޑިޔާގެ މީސްމީހުންނާ ވައްތަރަސް، ދިވެހި ބަސް ނިސްބަތްވަނީ އިރުމައްޗާއި އުތުރު އަދި ހުޅަނގު އިންޑިޔާގައި ވާހަކަ ދައްކާ ބަސްތަކުގެ

ވެސް އާއިލާ ކަމުގައިވާ އިންޯޑއާރިޔަން އާއިލާއަށް ކަން ބަހަވީ ދިރާސާތަކުން އެނގެއެވެ. ހަމަ މިއާ އެކު ދިވެހި ބަހުގެ ޮއނިގަނޑުގައި، އިންޯޑއާރިޔަން

އާއިލާގެ އެހެން ބަސްބަހުން ނުފެންނަ ބައެއް ސިފަތައް ހުރި ކަމަށް ބަހުގެ ދިރާސާ ކުރައްވާ އިލްމުވެރީން ފާހަގަ ކުރައްވައެވެ. މީގެ ތެރެއިން ގިނަ

ސިފަތަކަކީ ޑްރެވީޑިޔަން ބަސްތަކުން ވެސް ފެންނަ ސިފަތަކެއް ކަމުން، މިއީ އާރިޔަނުން ދިވެހިރާއްޖެއަށް އައުމުގެ ކުރީން މި ރާއްޖޭގައި ދިރިއުޅެމުން ދިޔަ ޑްރެވީޑިޔަން ދަރިޮކޅުގެ މީހުން ވާހަކަދެއްކި ބަހުގައި ހުރި ސިފަތަކެއް ކަމަށް ވުން އެކަށީގެންވެއެވެ. އާރިޔާ ދަރިޮކޅުގެ މީހުން ދިވެހިރާއްޖެއަށް އައުމަށް ފަހު އެ މީހުންގެ ބަހުގެ ނުފޫޒު އޭރު ދިވެހިރާއްޖޭގައި ވާހަކަދައްކައި އުޅުނު ބަހުގެ މައްޗަށް ގަދަވެ، ދިވެހިރާއްޖޭގައި ކުރީއްސުރެ ޮއތް ބަހުގެ ސިފަތައް ވެސް

މަސްހުނިވެގެން އައު ބަހެއް އުފެދިގެން ދިޔައީ ކަމަށް ގަބޫލުކުރެވެއެވެ.ދިވެހި ބަހާއި ސިންގަޅަ ބަހާ، ދެ ބަހުގައި ހުރި ގުޅުންތައް ޮބޑުކަމުން

ދިވެހި ބަހަކީ ސާފު ސިންގަޅަ ބަހުގެ ދަރި ބަހެއް ކަމަށް ބައެއް ބޭފުޅުން ލިޔުއްވައިފައި ހުރެއެވެ. އެހެންނަމަވެސް ދިރާސާތަކުން ސާބިތު ވާ ޮގތުގައި ދިވެހި ބަހާއި ސިންގަޅަ ބަހާ ދެމެދު ހުރި ގާތްކަމަކީ “މައިދަރިވަންތަކަމުގެ”

ގުޅުމެއްގެ ސަބަބުން އުފެދިފައި ޮއތް ގާތްކަމެއް ނޫނެވެ. ދިވެހި ބަހާއި ސިންގަޅަ ބަހާ ދެމެދު ހުރި ފަދަ ގާތްކަމެއް ދިވެހި ބަހާއި މަރާޓީ ބަހާ ދެމެދު ވެސް އަދި

ދިވެހި ބަހާއި ޮކންކަނީ ބަހާ ދެމެދު ވެސް އެބަ ޮއތެވެ. އަދި ހަމަ އެހެންމެ ބަންގާޅު ބަހާއި ޕަންޖާބީ ބަހާއި އުރުދޫ ބަހަކީ ވެސް ދިވެހި ބަހާ އެއްޮގތް

ސިފަތަކެއް ހިއްސާ ކުރާ ބަސް ބަހެވެ. މި އެއްޮގތް ކަމަކީ ދިވެހި ބަހާއި އަދި މި ބަސްތައް ވެސް ނިސްބަތް ވަނީ ބަހުގެ ގޮތުން ބަލާ އިރު އެއް އާއިލާއަކަށް ކަމަށް ވާތީ ހުރި ގާތްކަމެކެވެ. މީގެ އިތުރުން މި ބަސްބަހުގެ އަހުލުވެރީންނާ ދެމެދު ކުރެވިފައި ހުރި އަދި ކުރެވޭ

މުއާމަލާތްތައް ވެސް މިކަމުގެ ސަބަބަކަށް ވެފައި ވެއެވެ. )ނުނިމޭ(

Page 16: Sun Magazine 50

16

ހަރުކަށި އިބާރާތުން ކުށްވެރިކުރުމާއި މައްސަލަ ހުށަހެޅުމާއި ވިޔަނުދޭނެ ކަމަށާއި ކުރަންވެއްޖެ ކަމަށް ވިދާޅުވުމަކީ މިއަދުގެ ޒިންމާތަކުގެ ތެރޭގައި ޮއތް އެއްމެ ޮބޑަތި ބުރަ އަދި މުހިންމު ކަންކަން ކަމުގައި ޔަގީންނުޮކށް ކުރެވޭނެ

އެހެން ކަމެއް އެބަޮއތްހެއްޔެވެ. ޮކންމެ މެންދުރަކާއި ހަވީރެއް ވެއަތުވަނީ އެތައްއެތައް ފަހަރަކު މިއަޑުތައް އިވުމުގައެވެ. ކުށްވެރިކުރެއެވެ. އެއީވެސް އާދައިގެ އިބާރާތަކުން ނޫނެވެ. ހަރުކަށިޮކންނެވެ. މައްސަލަ ހުށަހަޅައެވެ.

އެއްތާކަށް ދެތާކަށްނޫނެވެ. ހުރިއްޔާހުރި ހުރިހާ ތަނަކަށެވެ. ވާޮގތް ކަމުނުދާތީ އެހެންވިޔަނުދޭނެ ކަމަށާއި އެވެނި މިވެނިކަންކަން މިވެނިހެން ކުރަންވެއްޖެ ކަމަށް ކަނޑަ އަޅައި ވިދާޅުވެއެވެ. އެކަނިގިނިކަންޏާ ހުންނަވައިގެނެއް ނޫނެވެ. އެންމެންގެ

ޒިންމާ ކުރިމަތީގައި އެނގިފެނިގެން ފާޅުގައެވެ. މިއަދުގެ އަކީ ނުވަތަ ޒިންމާތަކަކީ އެއީކަން

ޔަގީންކުރަން ޖެހޭ ސަބަބަކީ މިއީއެވެ. މިއީ ޮކންފަދަ ޮބޑުތަފާތެއް ބާވައޭ ހީވެ ހައިރާން ވެވެއެވެ. އަމަލީއެއްވެސް ފިޔަވަޅެއް

ނާޅައި ހަމައެކަނި ދުލުންނާއި ގަލަމުން އެއްމެންވެސް އެމީހުންގެ

ވަޒީފާ ނުވަތަ ޒިންމާ އަދާކުރެވޭފަދަ ދުވަހެއް ހަމަ އައީހެއްޔެވެ؟

ޯގތީގެ ވަށައިފާރު ޮއތީވެއްޓިފައެވެ. ވަރަށް ވައްޓާލީއެވެ. ގޭމީހުންނަށް އެކަން

ޮބޑުކަމަކަށްވެގެން ތެޅިޮފޅެނީ އެވެ. ނިވާކަމެއް ނެތިގެން ހަދާނެޮގތް ހުސްވެގެން އެޮކޅުމިޮކޅަށް ދުވަނީ އެވެ. ޮބޑުމީހާ އެކަން ކުށްވެރި ކުރީއެވެ. އެއްމެ

އަޑުގަދަޮކށް ދަނގަޑު އިބާރާތުންނެވެ. އެކަން އެހެންވެގެން ނުވާނެކަމަށް ބުނެ ވިޔަކަ ނުދޭނަމޭ ވެސް ބުންޏެވެ. އަދި މައްސަލަ ހުށަހަޅައިގެން ކުރިޔަށް

ގެންދާނަން ކަމުގައިވެސް ބުނެއެވެ. ފާރު ރާނަންވީއޭ މިފަހަރު ރާނާނީ ދަގަނޑު ލައްވައިގެންނޭ ވެސް ބުންޏެވެ. ވިދާޅުވިއެވެ. ފާރުވައްޓާލި ދުވަހުވެސް އިވުނީ ހަމަ އެވާހަކަ ތަކެވެ. އޭގެ އެއްހަފުތާ ފަހުންވެހެވެ. މިއަދުވެސް އިވެނީ ހަމަ

އެވާހަކަ ތަކެވެ. ގޭގައި ތިބިމީހުން ތައް ހަމަ އެފަދަ ހާލެއްގައި ތިބީއެވެ. ވީކަމެއް ވާ ކަމެއް ނެތެވެ. ވާނެކަމެއް ވާނީވެސް ލަފާ ކުރެވޭޮގތުގައި އެއްމެ އަވަހަށް

ވެސް އަހަރު ދެއަހަރު ފަހުން ނެވެ. މައްސަލަ ހުށަހެޅި ކަމަށް ވިޔަސް ފުރަތަމަ ކުރަންޖެހޭ ތަހުގީގު ތައް ނިމޭނީ އެހާދުވަހުން ނެވެ. ދެން ދެވަނަ ޮގޅީގައި

އަނެއްކާ އެއީ ރަނގަޅު މައްސަލަ އެއްޯތ ބަލަން ދުވަސްތަކެއްވާނެ އެވެ. އަސްލު ބެލުން ބަލަންފެށޭނީ ދެވަނަޮގޅިން ނިންމައި ބަލަން ޮފނުވީމައެވެ. ބަލަން ތިބޭ

މީހުންގެ ކުރިމަތީގައި މައްސަލަތަކުގެ ފުނިފުނިވަރު ހުންނާނެ އެވެ. ބެލޭނީ ވެސް ބެލޭ ވަރަކުން ކަމުގައި ގަބޫލުކުރަން ޖެހޭނެއެވެ. ނުބެލި ލަސްވާނެ ސަބަބުތަކެއް ކުރިމަތި ވުމަކީވެސް ނުވާނެކަމެކޭ ބުނާކަށް ނުވާނެއެވެ. މިހިސާބުންކުއްލިއަކަށް

ހަނދާންވީ ކުޑައިރު މާމަ ކިޔައިދޭ ވާހަކައެއްގެ ތަންޮކޅެކެވެ.

“ އެތުކަންފަތު ރީ އަޅައިނުދިން މާބުރު” އެވެނިކަމެއްޮކށްނުދިން މިވެނިމީހަކު، މިހެންޮގސް އެތައް އެތައް ވަލީއެއްގެ ޮކޅުން އެތަކެއް ދުވަހުން ކުރެވުނު ކުޑަކަމެއްގެ ވާހަކައެވެ. ހަނދާންވާޮގތުގައި އެކަމަކީ ފަޔަށް ހެރުނު ކަށްޓެއް ނެގުމެވެ. އެކަން ކުރެވުނީ އެކަކުގާތުން އަނެކަކު ގާތުން ހިނގަމުން

ހިނގަމުންޮގސް އެތަކެއް ދުވަސް ފަހުންނެވެ. މިހާރުވެސް މިވަނީ ދާދި އެކަހަލަ ޮގތެކޭ ހިތަށް އަރައެވެ. އެއްތާކަށް ދާއިރަށް ޮފނުވާލަނީ އަނެއްތާކަށެވެ. އެތަނުން

އަނެއްތަނަށެވެ. ކަންކުރެވޭނެ އަވަސް ފަސޭހަ ޮގތެއް ފެނުނު މީހަކާވެސް މިއިންދުވަހަކު ދިމާވިއެކޭ ބުނެވޭކަށް ނެތެވެ.

އެބުނާ ދިމިކުރަތީ އެއްގައި ހާލުހުރިޮގތަކީ މިއީއޭ ބުނަންވީ ހެއްޔެވެ. ގޯތީގެ ވަށައިފާރު ވައްޓާލި މައްސަލައިގައި ނިވާކަމެއް ނުލިބި އަހަރުތަކެއްވެ މައިދައިތަ މަރުވެދާއިރުވެސް އަމަލީ އެއްވެސްކަމެއް ނުކުރެވި ބަރަހަނާވެފައި ތިބެން ޖެހުމަކީ ދިމިކުރަތީގެ ހިތްގައިމުކަން ހެއްޔެވެ. އެހެންވިއްޔާ މާވެވަށް

ގެރިވެއްޓުނު ދުވަސްވަރުވެސް އެޮއތީ ދިމިކުރަތީ ކަންހަމަ ޔަގީނެވެ. އެހެންޏާފަހެ! ގެރިނެގުމާއިބެހޭ ޮގތުން އިސްމީހުންނަށް އެއްތަން ވެވިގެން ވާހަކަދެކެވިގެން

އަމަލީ ހަރަކާތުގެ ވަގުތާއިހަމަތަށް ދެވުނު އިރު ވެއްޓުނު ގެރި ޮއތީ މަރުވެ ކުނިވާންވެފައެވެ. އެކަމަކު މިޒަމާނުގައި، މިހާރު ،މިއަދު ނެގުނުވަރަކަށް،

ބޭނުންވަރަކަށް، މުސާރަ ނަގައިގެން ގަލަމުންނާއި ބަހުން އެއްމެންމެ ވަޒީފާ އަދާކުރުމަކީ ޒަމާނީ އާޯހދުމުގެ ތެރޭގައި ފެނިފައިވާ އާއްމު ސިކުނޑި ތަކަށް

ނުވިސްނޭ ވަރުގެ ޮމޅު އަދި ތަހުޒީބު، ހިންގުމުގެ ނިޒާމަކީ ކަމަށްވެސް ވެދާނެއެވެ. ނޫނީ މިއަދު އަހަރެމެންގައި އެދެވޭ ތެދުވެރިކަމެއް ނެތި އަމިއްލަ

އެދުމާއި އަމިއްލައުފާ ނޫން އެހެން އެއްވެސް ކަމެއް ހަމަ ނެތީކަމުގައި ވަނީއެވެ. ޮކންމެއަކަސް މިތިބީ މިނިވަން ކަމުގައެވެ. “ހައްޔަރުން ނެއްޓި”

ދުނިޔޭގެ އެހެން ގައުމުތަކުގެ ސަފުގައި ހުރިހާ ޮގތަކުން ފުރިހަމަ މިނިވަންކަން ލިބިގަތުމުގައި ދިމިކުރަތީ ގެނެސް އޭގައި ބަގުޑިބައްދައިގެން ނެވެ. ދިމިކުރަތީގެ

ވެސް ޮމޅުވައްތަރު ކަމުގައިވާ ބައިބައިވެގަނެގެން މައިދާންތަކަށް ނުކުމެ ދާނޑަށްދެމި މަޑިއަކަށްޖެހި އެއްބަޔަކަށް ވުރެ އަނެއްބަޔަކު ޮމޅުވެގަތުމުގެ މަސައްކަތް ކުރަންޖެހޭ ފަޅީގައެވެ. ދުނިޔޭގެ އެހެންމީހުން އުޅޭޮގތަށް ނޫޅެ

ކަމުނުދާތީ ޯޔލައެވެ. ބައެއްފަހަރު ހިތަށް އަރައެވެ. ދިމިކުރަތީ އަކީ ގުނޯބލުން ނަށް ވަރަށް ކަމުދާނެ އުސޫލެކެވެ. ފަހަރެއްގައި އެޒަމާނުގައި ޑިޮމކުރެޓިކު ގުނޯބ އައިލަންޑްސް ކިޔާ ގައުމެއްގައި ބަޔަކު އުޅުނީކަމުގައިވެސް ވެދާނެތާއެވެ.

އެހެންވެފައިވާނަމަ ގުނޯބމާގެ ކިޔާ ގެއެއްގެ ވަށައިފާރު ވެއްޓިގެން މިޮގތަށް ކަންތައްވެ އެތައް ދުވަހެއްވަންދެން ބަރަހަނާ ވެގެން ތިބެފައިވެސް ވުމަކީ

އެކަށީގެންނުވާ ކަމަކަށް ނުވާނެއެވެ. އެއީ ވެދާނެކަމެއް ކަމުގައި ބަލާނަމަ ގުނޯބ އައިލަންޑްސް ގެ ގައުމީ ސަލާމަކީ މިއީ ކަމުގައި ވެސް ނިންމިދާނެ ނޫންހެއްޔެވެ. “ ގުނޯބޯލ ގުނޯބޯލ، ފުއްޕިހަކުރު ޯބން ތެދުވެ، އާލިބާސް ލާން ތެދުވެ...” މިއަޑުއިވެން ފަށާއިރު ހުރިހާ ގުނޯބތައް ޮކޅަށްޖެހި ތެދުވެ

ނަށާން އެތިބެނީ ހަމަ އުފަލުންނެވެ.

ކަނީރު ޢަބްދުއްރަޙީމް

ޑިމޮކުރެޓިކް ގުނބޯ އައިލަންޑްސް!

Page 17: Sun Magazine 50

17

މުސްލިމުންނާ ކުރިމަތިލަނީ ދެއީދެވެ. އަޟުޙާޢީދާއި ފިތުރުޢީދެވެ.

މި ދެޢީދުވެސް އަހަރެމެންނާ ބައްދަލުކުރަނީ ވަަރަށް ޚާއްޞަ

މަތިވެރި އަޅުކަމަކަށްފަހުގަ އެވެ. ޙައްޖުގެ މަތިވެރި އަޅުކަމާ

ގުޅިގެން އަޟުޙާ އީދެވެ. ޯރދައިގެ މާތްކަމާ ގުޅިގެން

ފިތުރުޢީދެވެ. މިހާރު މިޮއތީ ފިތުރުޢީދުގެ ދުވަސްވަރެވެ. ޯރދައިގެ

ބަރަކާތް އޭގެ އެންމެ ފުރިހަމަކަމާއެކު ޙާޞިލު ކުރުމަށްފަހު

އަހަރެމެންނާ ބައްދަލުކުރާ “ކުޑަޢީދެ”ވެ.

ޢީދުދުވަސް މާތް هللا ލައްވަވާފައި ވަނީ އުފާކުރުމުގެ ދުވަހެއްގެ

ޮގތުގަ އެވެ. ދިވެހިން ޢީދުދުވަސް ފާހަގަކުރަމުން ގެންދަނީ

ވެސް އުފާވެރިކަމުގެ ދުވަހެއްގެ ޮގތުގަ އެވެ. އެދުވަހަށްޓަކައި

އެއްޮގތަށްވުރެ ގިނަ ޮގތްޮގތުން ދިވެހިން ތައްޔާރުވެ އެވެ. ޢީދު

ހެދުން ޯހދަ އެވެ. ޢީދު ސަލާން ކުރުމާއި ޢީދު ހަދިޔާ ދިނުން

ޮއވެއެވެ. ޢީދު ދުވަހުގެ ޚާއްޞަ ކެއުމާއި ކުޅިވަރެވެ.

ޢީދާ އަހަރެމެން ކުރިމަތިލަނީ މިދެންނެވިފަދަ ޚާއްޞަ ޮގތަކަށެވެ.

އެހެންނަމަވެސް ސުވާލަކީ މި މުހިއްމު ދުވަހާ އަހަރެމެންނަށް

ކުރިމަތި މިލެވެނީ، އެކަމަށް ޮއތް އެންމެ ރަނގަޅު ޮގތަށް

ހެއްޔެވެ؟ ޢީދުފެށުމުގެ ހަފުތާ ދެހަފުތާ ކުރިން، ޢީދު ހެދުން

ގަތުމާއި ފެހުމުގެ މަސައްކަތް ދިވެހިން ފަށައެވެ. ޚަރަދަކަށް

ބެލުމެއް ނެތި އެވެ. ހުރިހާ މީހުންނެއް ނޫނެވެ. އެހެންނަމަވެސް

ގިނަމީހުންނެވެ. އިސްރާފަކަށް ވިޔަސް ބެލުމެއް ނެތިއެވެ.

ބޭނުންވަނީ އަގުޮބޑު، ރީތި ހެދުމަކާއެކު، ތިމާއާއި ތިމާގެ އާއިލާ

ޢީދާ ކުރިމަތިލާށެވެ.

އީދުގެ އެންމެ ޚާއްޞަ އެއްކަމަކީ އީދު ނަމާދެވެ. އީދު ދުވަސް

ފެށެނީ އީދު ނަމާދުގެ މަތިވެރި އަޅުކަމުންނެވެ. މިނަމާދަށް

އެތައް ބަޔަކު އިންތިޒާރުކުރާކަމީ ޝައްކެއް ޮއތްކަމެއް ނޫނެވެ.

އަހަރަކު އެންމެ ދެފަހަރު މުސްލިމުންނާ ކުރިމަތިލާ ނަމާދެއް

ކަމަށްވާތީ އެކަންޏެއް ނޫނެވެ. މަތިވެރި އަޅުކަމަކަށް ވާތީވެސް

މެއެވެ. އެހެންނަމަވެސް މި މުހިންމު ނަމާދަށް ވެސް ފަރުވާ

ކުޑަކުރާ މީހުން މި ފަސްގަނޑުގައި އުޅޭކަމީ ހިތާމަ ހުރިކަމެކެވެ.

އީދަށް އަހަރެމެން ތައްޔާރުވާއިރު އެންމެ ޚާއްޞަ ޮގތެއްގައި

ތައްޔާރުވާންވީ އެއްކަމަކީ އީދުނަމާދެވެ. އީދުގެ އުފަލާއި މަޖާ

އެމީހަކަށް އެންމެ އެދެވޭ ޮގތުގައި ލިބެންޮއތީ އީދު ނަމާދުގެ

އަޅުކަން ފުރިހަމަ ކުރެވިގެންނެވެ.

އީދު ސަލާންކުރުމަކީ ސުންނަތެކެވެ. އެކަމުގައި އެތައް ފައިދާއެއް

އެކުލެވިފައިވާ ކަމެކެވެ. އެއްކަމަކީ ދޭދޭ ފަރުދުންގެ އެކުވެރިކަމާއި

ީޢދެއް އައިސްފައި ދިޔަީއއެވެ.މުޙައްމަދު ޤާސިމްއުޑުދަށުން

އެއްބައިވަންތަކަން ވަރުގަދަ ޮކށްދިނުމެވެ. އެކަކު އަނެކެއްގެ މައްޗަށް

ޮއންނަ ހިތްހެޮޔކަމާއި ގާތްކަން ފެނިގެންދިޔުމަކީވެސް މިކަމުގެ

ފައިދާއެކެވެ. ހިނިތުންވެލުމާއެކު ސަލާންޮކށްލުމުން، ހިތަށާއި ރޫހަށް

ލިބޭ ފިނިކަމާއި އަރާމަކީ، އެކަން ޮކށްލާ މީހަކަށް ނޫނީ އިޙުސާސް

ނުކުރެވޭނޭފަދަ ޮބޑު ހިތްހަމަޖެހުމެއް ގެނެސްދޭނެ ކަމެކެވެ.

އެހެންނަމަވެސް މިއަދު މި މަންޒަރަކީ އީދުގެ އުފާ ފާޅުކުރަމުން

ގެންދާއިރު، ޚާއްޞަ ޮގތެއްގައި ފެނުނަސް، އާންމު ޮގތެއްގައި ފެނުން

ވަރަށް ތަދު މަންޒަރެކެވެ.

އީދު ދުވަހާ ގުޅިގެން ވަރުގަދަ ކެއުންގަނޑު ގަނޑު ކައްކާލުމަކީ

މިއަދުގެ ސަގާފަތާ ގުޅި ލާމެހިފައިވާ ކަމެކެވެ. ގަބޫލުކުރަމެވެ. އީދަކީ

ކެއުމުގެ ވެސް ދުވަހެކެވެ. އެއްމަސްދުވަހުގެ ޯރދައަށްފަހު، ކެއުމުގެ

ވަރުގަދަ ރޫޙެއް އުފެއްދާ ދުވަހެކެވެ. ޯރދަ ހިފުން ހަރާން ދުވަސްތަކުގެ

ތެރޭގައި ޢީދުދުވަސް ހިމެނިފައި ޮއތުމުގައިވެސް ހިކުމަތެއް ޮއންނާނެ

އެވެ. އެހެންނަމަވެސް މިކަމުގައި ވެސް މިންވަރެއް ޮއންނަން ޖެހެ

އެވެ. އިސްރާފުން އެއްކިބާވާން އެބަޖެހެ އެވެ. ހިތު ހުރި އެއްޗެއް

ހިތުހުރިވަރަކަށް ހަދައިލާއިރު، އޭގެ ޮބޑުބައި، ޮގނޑުން ޖާގަޯހދާނަމަ،

ހަމަ ކަށަވަރުން އެކަން އެވީ ޯގހަކަށެވެ.

ދެން ޮއތީ އީދުގެ އެންމެ ޚާއްޞަ އެއްބަޔެވެ. ކުޅިވަރެވެ. އީދުގެ

މަޖަލާއި ޯފރީގެ ބަޔެވެ. ތަފާތު ނަންނަމުގައި އެކި އެކި ކުޅިވަރު

މުބާރާތްތަކާއި ޯޝތައް ރާވާ ހިންގުމަކީ މިއަދު ހަމަ ޮކންމެ

ރަށެއްގައި ވެސް ޮއންނަ ކަމެކެވެ. މިފަދަ ކުޅިވަރުތަކުން އުފެދެން

ޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަން ނުއުފެދި، އޭގެ ބަނޑުން

ފިތުނަވެރިކަމާއި ދެޮކޅުވެރިން އުފަންވާނަމަ، އެކަމުގައި ޮއތީ ޮކން

އުފަލެއް ހެއްޔެވެ؟ ބާއްވާ ޯޝތަކުގެ ނިވަލުގައި ދީނާ ފުށުއަރާ

ހަރަކާތްތަކެއް ހިނގާނަމަ، އެކަމަށްޓަކައި ދީން ބާރުއެޅި މަޤުޞަދު

ހާޞިލުވާކަމަށް ގަބޫލުކުރެވޭނެ ހެއްޔެވެ؟

އީދުދުވަސް އޭގެ އެންމެ އެދެވޭ ޮގތުގައި ހޭދަކުރެވޭޯތ ހަމަ ޮކންމެ

މީހަކުވެސް މަސައްކަތްކުރުމަކީ މިފަދަ ދުވަހަކާ ކުރިމަތިލާއިރު

އަޒުމު ކަނޑައަޅަން ޖެހޭ ކަމެކެވެ. ރަނގަޅު މާތް މަޤުޞަދަކާއެކު

އަހަރެމެން މުސްލިމުންނާ ކުރިމަތިލާ އުފާވެރި އީދުދުވަސް، އަހަރެމެންނާ

އަލްވަދާޢުކިޔާއިރު، އެމަގުޞަދު ޙާޞިލުނުވިތާނގައި، އެއިން ޮބޑެތި

ޯގސްތައް އުފަންވެ ފެންނަނަމަ.... ހިތާމައިގެ ޮކޅެއް އެބަ ޮއތް

ހެއްޔެވެ؟ ކަން ޮކންމެ ޮގތަކަށް ޮއތަސް ނިންމާލާނީ ދުވަސްވަރާ

އެންމެ މުނާސަބު ލަފުޒުން ނެވެ. ޢީދު އައިސްފައި ދިޔަތާ

ދުވަސްޮކޅެއް ވީއެވެ. އެހެން ނަމަވެސް އީދު މުބާރިކު އެވެ.

Page 18: Sun Magazine 50

18

މި އަހަރުގެ ފެބުރުވަރީ މަހުގެ 7 ވަނަ ދުވަހު ދިވެހިރާއްޖޭގެ ވެރިކަން

ބަދަލު ވެގެން ދިޔައީ ޤާނޫނުއަސާސީއާ އެއްޮގތަށްޯތ ނުވަތަ ނޫންޯތ ބެލުމުގެ މަސައްކަތް

ކުރި ޮކމިޝަން ޮއފް ނެޝަނަލް އިންކުއަރީ )ޯކނީ( ގެ ތަހުގީގުގެ ނަތީޖާ ވަރަށް

ސާފެވެ. ޮކމިޝަނުގެ އާޚިރީ ރިޯޕޓުގައި ބުނެފައި ވަނީ 7 ފެބުރުވަރީ 2012 ގައި

ދިވެހިރާއްޖޭގެ ވެރިކަން ބަދަލު ވީ ޤާނޫނުއަސާސީއާ އެއްޮގތަށް، ޤާނޫނީ ހަމަތަކުގެ މަތީން

ކަމަށެވެ.

ކުރީގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް އައީ

ބަޣާވާތަކުން ނޫން ކަމަށް ކަނޑައެޅީ މިނިވަންކަމާއި ނަޒާހަތާ އެކު މަސައްކަތް ކުރި،

އިތުބާރު ހިފޭ ޮކމިޝަނަކުންނެވެ. ނަޝީދާއި އޭނާގެ ޯމލްޑިވިއަން ޑިޮމކްރެޓިކް ޕާޓީ

)އެމްޑީޕީ( ގެ ޒައާމަތުން ވެސް ފުރަތަމަ ބުނެފައި ވަނީ ޯކނީގެ ނިންމުމަށް އިހުތިރާމު

ކުރާނެ ކަމަށެވެ. ނަމަވެސް ޯކނީގެ ރިޯޕޓު ނެރުމުން، ހަތްދިހަވަނަ ފަހަރަށް ސާބިތު

ވެގެން ދިޔައީ ރައީސް ނަޝީދާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންނަކީ ތިމާމެންގެ ދުލުން

ބުނާ ބަހަށް އިހުތިރާމު ކުރުމުގެ ސިފައިގެ ޒީނަތުން އިމަށް މިންވަރު ކުރެއްވީތީ މަހުރޫމު

ވެވަޑައިގެންފައި ތިއްބެވި ބޭފުޅުންޮކޅެއް ކަމެވެ. ޯކނީގެ ރިޯޕޓަށް ފަހު ވެސް ނަޝީދާއި

އެމްޑީޕީގެ ވާހަކަޔާއި އަމަލުތައް ފެންނަނީ އެނބުރޭ ވަހުތާނެއް، ނުވަތަ އެ އަރަތެއްގެ

ޖަވާބު ޯހދުން އުނދަގޫ އަރަތެއްގެ ޮގތުގައެވެ. އެބޭފުޅުންގެ ބަހާއި އަމަލު ދިމައެއް

ނުވެއެވެ. ދެ ފަހަރު އެކައްޗެއް ވިދާޅެއް ނުވެއެވެ. ވިދާޅުވާ ވާހަކައަކުން އިންސާނީ

ޒަމީރަށް ގަބޫލު ކުރެވޭ ފަދަ މާނައެއް ނެރެން ޖެހެނީ ގަދަކަމުންނެވެ.

ޮކންމެ ބަޔަކު ޮކންމެ އެއްޗެކޭ ކިޔަސް، ބަދަލު ނުކުރެވޭނޭ ހަގީގަތަކީ

ނަޝީދުގެ ވެރިކަން ނިމިގެން ދިޔައީ ބަޣާވާތަކުންނޭ ބުނެވޭނެ އެއްވެސް ހަމައެއް ނެތް

ކަމެވެ. ޯކނީގެ ރިޯޕޓުގައި ވެސް ބުނެފައި ވަނީ އެ ވާހަކައެވެ. އަންނަނިވި ނުކުތާތަކުގެ

އަލީގައި އަޅުގަނޑު ދައްކަން މި އުޅޭ ވާހަކައަކީ ވެސް އެޔެވެ. އަޅުގަނޑު އެ ވާހަކަ

ދައްކާނީ ޯކނީން ދެއްކި ޮގތަކަށެއް ނޫނެވެ. ތަންޮކޅެއް ތަފާތު ޮގތަކަށެވެ. “ސިޔާސީ

ޮގތުން ރަނގަޅު ބަހުރުވަޔާ” މެދު ފަރުވާތެރި ވުމެއް ނެތިއެވެ.

ވެރިކަމަކީ މުތުލަގު ބާރެއް ނޫންއެމްޑީޕީގެ ބައެއް ލީޑަރުންނާއި، ޕާޓީގެ ބައެއް މެންބަރުންގެ ވާހަކަތައް

ރަނގަޅަށް އަޑު އަހައި، އެ ވާހަކަތަކާ މެދު ވިސްނައިލުމުން ދޭހަ ވަނީ އެމީހުންގެ

ނަޒަރުގައި ނަޝީދަށް ދިވެހި ރައްޔިތުން ދިން ވެރިކަމުގެ ބާރަކީ މުތުލަގު ނުވަތަ

“އެބްޮސލިޔުޓް” އެއްޗެއް ކަމެވެ. އެމީހުން ދެކޭ ޮގތުގައި، ވެރިކަމުގެ ބާރުތައް

ނަޝީދާ ހަވާލު ކުރެވުމުން، ދެން ވެރިކަމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްވެސް

ހާލެއްގައި ވެރިކަމުން ނަޝީދު ދުރެއް ނުކުރެވޭނެއެވެ. ނަޝީދު ޮކންމެ ފަދަ ވާހަކައެއް

ދެއްކެވިޔަސް، ޮކންމެ ފަދަ އަމަލެއް ކުރެއްވިޔަސް، “ފަސް އަހަރުގެ މުއްދަތު ފުރިހަމަ

ވަންދެން އޭނާ ހުންނަވަން ވާނީ ވެރިކަމުގަ” އެވެ.

ހަގީގަތުގައި މިއީ ޯގސް ވިސްނުމެކެވެ. ތަހުޒީބީ އުސޫލުތައް ހިނގާ

މުޖުތަމައުތަކުގައި އެއްވެސް ސިޔާސީ ވެރިޔަކަށް މުތުލަގު ބާރުވެރިކަމެއް ނުދެވެއެވެ.

ހުދޫދެއް ނެތި، ވަކި މުއްދަތެއް ފުރިހަމަ ވާންދެން އެ މީހަކު ބޭނުންހައި ކަމެއް ކުރުމަށް

ލައިސަންސެއް އެއްވެސް ވެރިއަކަށް ނުދެވެއެވެ. މި ހަގީގަތަކީ އިރުމައްޗާއި ހުޅަނގުގެ

ސިޔާސީ ފިކުރާއި ފަލްސަފާގެ އިތުރުން އިސްލާމީ ޝަރީޢަތުގެ މަބްދައުތަކުގައި

ކަނޑައެޅި ބަޔާން ވެފައިވާ ހަގީގަތެކެވެ.

ހުޅަނގުގެ ސިޔާސީ ފަލްސަފާވެރީން ވިދާޅުވާ ޮގތުގައި ވެރިއަކަށް، ވެރިކަމުގެ

ބާރުތައް ދެވެނީ މުޖުތަމައުގައި ވެވޭ “އިޖުތިމާޢީ ޢަޤުދެއްގެ” ތެރެއިންނެވެ. މި ފިކުރު

ހުޅަނގުގައި ފެތުރުއްވެވި ބޭފުޅުންގެ ތެރެއިން ޯޖން ޯލކާއި، ޖީން ޖެކްސް ރޫޯސ

ފާހަގަ ޮކށްލެވެއެވެ. “އިޖުތިމާޢީ ޢަޤުދުގެ” މަފްހޫމުގައި ބުނާ ޮގތުން ވެރިމީހާއަށް

ދެވޭ ބާރުތަކަކީ ރައްޔިތުންނާއި އޭނާއާ ދެމެދުގައި ވެވޭ ޢަޤުދެއްގެ ދަށުން ހަވާލު

ކުރެވޭ އަމާނާތެކެވެ. އެހެންކަމުން ވެރިމީހާއަށް ވެރިކަމުގައި ދެމިހުރުމުގެ ޙައްޤު،

ނުވަތަ “ލެޖިޓިމަސީ”، ނުވަތަ “ޝަރްޢިއްޔަތު” ލިބިގެން ވަނީ އެ ޢަޤުދުގެ ދަށުން

އޭނާ އަދާ ކުރަން ޖެހޭ ވާޖިބުތަކާއި އިލްތިޒާމުތައް އަދާ ކުރާހައި ހިނދަކުއެވެ. އެ

ވާޖިބުތަކާއި އިލްތިޒާމުތަކަށް ވެރިމީހާ ޚިޔާނާތްތެރި ވެއްޖެ ނަމަ، އޭނާގެ އަތުން ވެރިކަން

އަތުލެވޭނެއެވެ.އަތުލެވެން ޖެހޭނެއެވެ. މި އުސޫލު ދުނިޔޭގެ ބައެއް ދުސްތޫރުތަކުގައި

ސަރީހަ ބަހުން ލިޔެ ގަރާރު ކުރެވިފައި ވެސް އެބަހުއްޓެވެ. މިސާލަކަށް ޖަރުމަންވިލާތުގެ

ދުސްތޫރާއި އެމެރިކާގެ ކެންޓަކީ ސްޓޭޓުގެ ދުސްތޫރު ބައްލަވައިލައްވާށެވެ.

“އިޖުތިމާޢީ ޢަޤުދުގެ” މަފްހޫމުގެ އަޞްލަކީ އިސްލާމީ ޝަރީޢަތުގައި

ޮއންނަ “ބައިޢަތުގެ” މަފްހޫމެވެ. އިސްލާމީ ސިޔާސީ ތަޢުލީމު ބުނާ ޮގތުން މުތުލަގު

އަދި ހަގީގީ ވެރިކަމާއި ބާރުވެރިކަމަކީ ހަމައެކަނި މާތްރަސްކަލާނގެ ރަސްކަންފުޅަށް

ޮއތް ކަމެކެވެ. އެކަލާނގެ އިންސާނާ އުފައްދަވައި، އެކަލާނގެ ޚަލީފާއެއްގެ ޮގތުގައި އެ

އިންސާނާ މި ދުނިޔެއަށް ޮފނުއްވިއެވެ. ދުނިޔޭގައި އިންސާނާގެ ވަޒީފާ އަކީ އެކަލާނގެ

ޙުކުމްފުޅު ތަންފީޒު ކުރުމެވެ. އެކަލާނގެ ޝަރީޢަތް ޤާއިމު ކުރުމެވެ. އިސްލާމީ ދައުލަތުގެ

އެންމެ އަސާސީ މަގުސަދަކީ މިއެވެ. މި މަގުސަދު ހާސިލު ކުރުމަށް ޓަކައި އިސްލާމީ

ދައުލަތުގައި ވެރިއަކު އައްޔަން ކުރެވެއެވެ. އަދި އެ ވެރިއަކަށް ރައްޔިތުން ބައިޢަތު

ހިފައެވެ. މިއީ އިސްލާމީ ޝަރީޢަތާ އެއްޮގތަށް، ޝަރީޢަތުގެ ޙުދޫދުގެ ތެރޭގައި ވެރިކަން

ކުރަން ވެރިމީހާ މާތްރަސްކަލާނގެ އާއި މުއުމިންތަކުންނަށް ވާ ވަޢުދެއް ފަދަ އެއްޗެކެވެ.

ފުރަތަމަ ރަީބޢުގެ އިންޤިާލބުއަލްއުސްތާޛު އަޙްމަދު މާޖިދު

Page 19: Sun Magazine 50

19

މި ޢަޤުދުގައި މުއުމިންތަކުންގެ ވަޢުދަކީ، ޝަރީޢަތުގެ ޙުދޫދުގެ ތެރޭގައި ވެރިމީހާ

ދެމިހުރިހައި ހިނދަކު އޭނާއަށް ކިޔަމަން ވެ، އޭނާގެ ފަހަތުގައި ރައްޔިތުންގެ ޮގތުގައި

ސާބިތު ވެގެން ތިބުމެވެ. އިސްލާމީ ދައުލަތުގައި ވެރިމީހާއަށް ވެރިކަމުގައި ހުރެވޭނީ

“ބައިޢަތުގެ” ޢަޤުދުގެ ދަށުން ހަވާލު ކުރެވޭ އަމާނާތަށް ތެދުވެރި ވާހައި ހިނދަކުއެވެ. އެ

އަމާނާތަށް ތެދުވެރިވުމުގެ ޮގތުން ވެރިމީހާ ކުރަން ޖެހޭ ކަންތައްތަކާއި ޮކށްގެން ނުވާނޭ

ކަންތައްތަކެއް ހުރެއެވެ. އެންމެ ކުރުޮކށް ދަންނަވާނަމަ، އޭނާ ކުރަން ޖެހޭ ކަންތައްތަކަކީ

ކީރިތި ޤުރްއާނާއި މުޙައްމަދު ނަބީ ކަލޭގެފާނުގެ ސުންނަތާ އެއްޮގތަށް އިސްލާމީ

ދައުލަތް ހިންގުމެވެ. ޮކށްގެން ނުވާނޭ ކަމަކީ ތިޯނހެއްގެ ފަނގައިގެ މަސާފާއަށް ވިޔަސް

ޤުރްއާނާއި ސުންނަތުގެ ދާއިރާއިން ބޭރުވުމެވެ.

ވެރިމީހާއާ ހަވާލު ކުރެވޭ އަމާނާތަށް، އޭނާ ޚިޔާނާތްތެރި ވެ، އެ ޚިޔާނާތުގެ

މިންވަރު ތަހައްމަލު ކުރުން ހެޮޔ ވާ ހިސާބަށް ވުރެ ޮބޑު ވެ، އެ ޚިޔާނާތުގެ މަތީގައި

އޭނާ ދެމިހުރެ، އޭނާ އިޞްލާޙު ވެދާނޭ ކަމުގެ އުއްމީދު އިތުރަށް ނުކުރެވޭ ހިސާބަށް

ކަންތައްތައް ހިނގައްޖެ ނަމަ، އޭނާ ވެރިކަމުން ދުރު ކުރުމުގެ ވަގުތު އައިސް ޖެހުނީއެވެ.

އެކަން ކުރުމަށް ޓަކައި ޮއންނަ ޤާނޫނީ އިޖުރާއާތާއި ހަމަތަކުގެ ދަށުން އެކަން

ކުރެވެންޏާ، އެޮގތަށެވެ. ޤާނޫނީ އިޖުރާއާތާއި ހަމަތަކުގެ މަތީން ވެރިމީހާ ދުރު ކުރެވޭ

ވަރަށް ވުރެ ވެރިމީހާގެ މަނަސްވަރުގަދަ ނަމަ، ވެރިމީހާ އާ ދެޮކޅަށް ބޭނުން ކުރެވެން

ޮއތް ޮކންމެ ވަސީލަތެއް ބޭނުން ޮކށްގެން އޭނާގެ ނުބައިކަމުން މުޖުތަމަޢު ސަލާމަތް

ކުރުމަކީ މުސްލިމުންގެ ވާޖިބެކެވެ. މި ވާޖިބު އަދާ ކުރުމުގައި މުސްލިމުންގެ މައްޗަށް

ޮއންނަ ޙުދޫދަކީ، ވެރިމީހާގެ ފިތުނައަށް ވުރެ ޮބޑު ފިތުނައެއް ގެނެސްނުގަތުމެވެ.

ޚުލާޞާޮކށް ދަންނަވާ ނަމަ، ޮކންމެ ވެރިއަކު ވެސް ހުންނާން ވާނީ

ޙުދޫދެއްގެ ތެރޭގައެވެ. އެ ޙުދޫދުން ބޭރު ވުމުން އެ ވެރިމީހާގެ ވެރިކަމުގެ ޙައްޤު

ގެއްލުނީއެވެ. އެ ވެރިއެއްގެ ވެރިކަމަށް ލިބިގެންވާ ޤާނޫނީ ޞައްޙަކަން، ނުވަތަ ޤާނޫނީ

ޙައްޤު، ނުވަތަ “ލެޖިޓިމެސީ” ނުވަތަ “ޝަރްޢިއްޔަތު” ގެއްލުނީއެވެ.

ނަޝީދުގެ ވެރިކަން ވެއްޓުނީ އޭނާގެ ވެރިކަމުގެ “ލެޖިޓިމަސީ” ނުވަތަ

“ޝަރްޢިއްޔަތު” ގެއްލިގެން ދިޔުމަށް ފަހުގައެވެ. އެހެން ޢިބާރާތަކުން ދަންނަވާ ނަމަ،

ނަޝީދު އިސްތިއުފާ ދެއްވީ ދިވެހިރާއްޖޭގެ “ޑި ޖޫރޭ” ވެރިއެއްގެ ހައިސިއްޔަތު

އޭނާއަށް ގެއްލި، ހަމައެކަނި “ޑީ ފެކްޯޓ” ވެރިއެއްގެ ޮގތުގައި ހުންނަވައެވެ. އޭނާގެ

ވެރިކަން ވެއްޓުނީ އޭނާގެ ވެރިކަމުގެ ލެޖިޓިމަސީ ގެއްލޭ ފަދަ އެތައް އަމަލުތަކެއް

ކުރައްވައި، އެ އަމަލުތަކުގެ ތަބީއީ އަދި ޟަރޫރީ ނަތީޖާއެއްގެ ޮގތުންނެވެ. އެޮގތުން

ނަޝީދުގެ ވެރިކަމުގެ ލެޖިޓިމަސީ ގެއްލިގެން ދިޔަ ޮގތުގެ މައްޗަށް ތަފާތު ނަޒަރުތަކަކުން

ބަލާލަމާޯތއެވެ.

ޯމރަލް ލެޖިޓިމަސީ ގެއްލުންރާއްޖޭގެ ރައީސްކަމުގެ މަޤާމަށް ނަޝީދު އިންތިޚާބު ކުރެވުނުތާ މާކަ

ގިނަ ދުވަސްތަކެއް ނުވަނީސް، ރާއްޖޭގެ ރަށެއްގައި، އެ ރަށުގެ ރައްޔިތުންނާ މުހާތަބު

ކުރައްވަމުން ނަޝީދު ވިދާޅުވީ، ތިމަންނާގެ ޕާޓީ ފިޔަވައި އެހެން ޕާޓީއެއްގެ މެންބަރަކު

ތިމަންނާގެ ގާތަށް މުހުތާދެއް ޖެހިގެން އަތުވެއްޖެ ނަމަ އެ މީހަކަށް ފެންނާނީ ތިމަންނާގެ

ނުލަފާކަން ކަމަށެވެ. މި ބަސްފުޅު ނަޝީދުގެ ދޫފުޅުން ވިދާޅުވި ހިސާބުން، ދިވެހިރާއްޖޭގެ

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނެވުމުގެ “ޯމރަލް ރައިޓް” ނުވަތަ އަޚްލާޤީ

ޙައްޤު އޭނާއަށް ވަނީ ގެއްލިވަޑައިގެންފައެވެ. އެހިސާބުން އޭނާގެ ވެރިކަމުގެ ޯމރަލް

ލެޖިޓިމަސީ ނުވަތަ އަޚްލާޤީ ޝަރްޢިއްޔަތު އެޮއތީ ގެއްލިފައެވެ.

މި ދެންނެވި ފަދަ ބަސްފުޅުތަކެއް އިންޑިޔާ، ނުވަތަ މެލޭޝިޔާ، ނުވަތަ

އިނގިރޭސިވިލާތް، ނުވަތަ އެމެރިކާ ފަދަ ޤައުމެއްގެ އިސް ވެރިޔާގެ ދޫފުޅުން ރައްޔިތުންގެ

ތެރެއިން ބަޔަކާ ދިމާޔަށް ވިދާޅުވެއްޖެ ހިނދެއްގައި، އެބޭފުޅަކު އެ ޤައުމުގެ ވެރިކަމުގައި

އިތުރަށް އެންމެ ގަޑިއެއްގެ އިރު ވެސް ބަހައްޓާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ.

މީގެ ތެރެއިން ގައުމެއްގެ ވެރިޔަކު އެފަދަ ބަސްފުޅެއް ވިދާޅުވެއްޖެ ނަމަ އެގައުމެއްގެ

މީޑިއާ ކެކިއުތުރި އަރައި، ރައްޔިތުން ނުކުމެ މަގުތައް ފުރާލައި، ޚުދު އެ ވެރިޔެއްގެ

ޕާޓީން ވެސް ކުއްލި މައްސަލައެއްގެ ޮގތުގައި އެ މައްސަލަ ނަގައި އެ ބޭފުޅަކު ޕާޓީން

ވެސް ވަކި ކުރާ ހިސާބަށް ޮގސްގެން ނޫނީ މައްސަލަ ހައްލު ވާނެ ކަމަކަށް އަޅުގަނޑުގެ

ސިކުނޑިއެއް ނުބުނެއެވެ.މި ގައުމުގެ ރައީސަށް އޭނާގެ ރައްޔިތުންގެ ކުރިމަތީގައި

ހުންނަވައި އެފަދަ ބަސްފުޅުތަކެއް ވިދާޅުވާން ކެރިވަޑައިގަތް ކަމީ، އަދި އެ ބަސްފުޅުތައް

ވިދާޅުވެފައި މަގާމުގައި ދެމިހުންނެވުނު ކަމީ މި ގައުމު ފިކުރީ އަދި އަޚްލާޤީ ޮގތުން

ވެއްޓިފައި ވާ ދަށުދަރަޖަ ރިވެލި ޮކށްދޭ ހިތްދަތި މިސާލެކެވެ.

ނަޝީދުގެ ވެރިކަމުގެ އަޚްލާޤީ ޝަރްޢިއްޔަތު ނެއްތައިލި އިތުރު ކިތަންމެ

ކަމެއް އޭނާގެ ފަރާތްޕުޅުންނާއި، އޭނާގެ ޕާޓީގެ އިސް ލީޑަރުންގެ ފަރާތުން ފެނިފައި

ވެއެވެ. އޭގެ ތެރެއިން އެއް ކަމަކީ ނަޝީދުގެ ހާޒިރުގައި، އޭނާގެ ޕާޓީގެ އިސް

ލީޑަރަކު “އެމްޑީޕީ ސަރުކާރުން އަޅާ ފްލެޓުތަކުގެ ތެރެއިން އެމްޑީޕީ މެންބަރުން

ކަމުގައި ނުހިމެނޭ ރައްޔިތުންނަށް ފްލެޓެއް ލިބޭނީ އެމްޑީޕީ މެންބަރުންނަށް ފްލެޓް ދީ

ނިމުމުން، ބާކީ ފްލެޓެއް ހުރިއްޔާ” ކަމަށް ވިދާޅުވި ވިދާޅުވުމެވެ. އެ ބޭފުޅާ އެ މަކުރޫހަ،

ދަށުދަރަޖައިގެ ބަސްފުޅުތަކުން މި ދިވެހި ޖައްވު ހަޑި ކުރެއްވި މަޖިލީހުގައި

ނަޝީދު އިންނެވިއެވެ. އެ ބަސްތައް އަޑު އެއްސެވިއެވެ. ނަމަވެސް އެ ބަސްތަކާ މެދު

އިއުތިރާޒެއްނުކުރެއްވިއެވެ. އެހެންކަމުން ލީޑަރުގެ އެ ބަސްފުޅަށް ނަޝީދު “ޓެސިޓް

އެޕްރޫވަލެއް” ނުވަތަ ސުކޫތީ އީޖާބެއް ދެއްވީއެވެ.

ޮޕލިޓިކަލް ލެޖިޓިމަސީ ގެއްލުންނަޝީދުގެ ވެރިކަމުގެ ޮޕލިޓިކަލް ލެޖިޓިމަސީ، ނުވަތަ ސިޔާސީ ޝަރްޢިއްޔަތު

ގެއްލިގެން ދިޔަ ދަނޑިވަޅަކީ، އޭނާގެ އަމަލުފުޅުތަކުގެ ސަބަބުން، “ވަތަން އެދޭ

އިއްތިހާދު” ރޫޅިގެން ދިޔަ ދަނޑިވަޅެވެ. 2008 ވަނަ އަހަރު ބޭއްވުނު ރިޔާސީ

އިންތިޚާބުގައި ރައްޔިތުންގެ ފުރަތަމަ އިޚްތިޔާރަކީ ނަޝީދު ނޫން ކަން އެއީ އަދުލުވެރި

އެއްވެސް މީހަކު އިންކާރު ނުކުރާނޭ ތާރީޚީ ހަގީގަތެކެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ

ފުރަތަމަ ރަީބޢުގެ އިންޤިާލބު

ވެރިކަމަކީ ވެރިޔާ ހިތަކަށް ދެވޭ މުތުލަގު ބާރެއް ނޫން ... ލެވިއަތަން

Page 20: Sun Magazine 50

20

ބުރުގައި ނަޝީދަށް ލިބިވަޑައިގަތް ޯވޓުގެ ގާތްގަނޑަކަށް ދެގުނަ ކުރީގެ ރައީސް

މައުމޫނު ޢަބްދުލްޤައްޔޫމަށް ލިބިވަޑައިގަތެވެ. އިންތިޚާބުގެ ދެވަނަ ބުރު ނަޝީދަށް

ކާމިޔާބު ކުރެވުނީ ޮއޅުމެއް ނެތް ފަދައިން ވަތަން އެދޭ އިއްތިހާދަށް ރައްޔިތުން ކުރި

ތާއީދުގެ ސަބަބުންނެވެ. ފުރަތަމަ ބުރުގައި ނަޝީދަށް ޯވޓު ދިން ސާޅީސް ހަތަރު

ހާހެއްހައި މީހުންނަކީ ނަޝީދުގެ ހަގީގީ ސަޯޕޓަރުންގެ އަދަދު ކަމަށް ވާ އިރު، ދެވަނަ

ބުރުގައި އޭނާއަށް އިތުރަށް ލިބިވަޑައިގަތް ފަންސާސް ތިން ހާހަށް ވުރެ ގިނަ ޯވޓަކީ

އިއްތިހާދުގެ އެހެން ޕާޓީތަކަށް ތާއީދު ކުރި މީހުން އެ ޕާޓީތަކަށް ޓަކައި ދިން ޯވޓެވެ.

މި ދެ އަދަދަށް ބަލައިލުމުން ވެސް ވަތަން އެދޭ އިއްތިހާދުގެ އެހެން ޕާޓީތަކަށް ނަޝީދު

ބައްލަވަން ޖެހޭ މިންވަރު ވަރަށް ރީތިޮކށް ހާމަ ވެއެވެ. އައު ސަރުކާރުގައި އިއްތިހާދުގެ

އެހެން ޕާޓީތަކަށް ލިބެން ޖެހޭ ހައްގު މަގާމަކީ ޮކބައިކަން ފެނިގެން ދެއެވެ.

އެހެންކަމުން، ނަޝީދަކީ ސިޔާސީ ޮގތުން ތެދުވެރި، އަޚްލާޤު ރަނގަޅު،

ރައްޔިތުންނާއި ޤައުމު ދެކެ ޯލބި ވެވަޑައިގަންނަވާ ބޭފުޅެއް ނަމަ، ޮކންމެ ފަދަ ޙާލެއްގައި

ވެސް ވެރިކަމުގެ ދައުރު ފުރިހަމަ ވަންދެން އިއްތިހާދު ދެމެހެއްޓެވޭޯތ މަސައްކަތް

ކުރެއްވީހެވެ. އޭނާގެ ސަބަބުން އިއްތިހާދު ރޫޅިގެން ދިޔަ ނުދެއްވީހެވެ. ނަމަވެސް

ނަޝީދު ކަންތައް ކުރެއްވީ އެއާ މުޅީން ޚިލާފަށެވެ. ނަޝީދަށް ވެރިކަން ލިބިވަޑައިގަތުމާ

އެކު، އިއްތިހާދުގެ އެހެން ޕާޓީތަކަށް ޖެއްސުން ކުރެއްވުމާއި، ދަތި ކުރެއްވުމުގެ

ސިލްސިލާއެއް ފެއްޓެވިއެވެ. އެ ސިލްސިލާ ނިންމަވައިލެއްވީ އިއްތިހާދުގެ ޕާޓީއަކަށް

ފަހު ޕާޓީއެއް ސަރުކާރުން ބޭރު ކުރައްވުމަށް ފަހުގައެވެ. މިއަދާ ހަމަޔަށް ވެސް،

ނަޝީދުގެ ސަރުކާރަކީ “އެމްޑީޕީ ސަރުކާރެއް” ކަމަށް ނަޝީދާއި ނަޝީދުގެ ޕާޓީގެ

ވެރީން ވިދާޅުވަމުން އަންނަ ކަމީ އެ ބޭފުޅުންގެ ކިބައިގައި އުސޫލަށް ތަބަޢަ ވުމެއް،

ތެދުވެރިކަމެއް، އަޚްލާޤެއް ނެތް ކަމުގެ ސާބިތު ހެއްކެކެވެ.

ނަޝީދުގެ ވެރިކަމުގެ ސިޔާސީ ޝަރްޢިއްޔަތު ނަފީ ކުރާ އެހެން ކަންތައްތައް

ވެސް އެބަ ހުއްޓެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ ޕާޓީ ނިޒާމުގެ

ތެރެއިން، އެހެން ޕާޓީތަކުގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރެވިފައި

ތިއްބެވި މެންބަރުން ނަޝީދުގެ ޕާޓީއަށް ގެންދެވުމަށް ހިންގެވި ކެންޕޭނެވެ. ޮއޅުމެއް

ނެތް ފަދައިން، މިހާރު މިޮއތް ރައްޔިތުންގެ މަޖިލިސް ޮހވުމުގައި ރައްޔިތުން ޯވޓު

ދިނީ ކެންޑިޑޭޓުން ނިސްބަތް ވާ ޕާޓީއަށް ބަލައިފައެވެ. ނުވަތަ ޕާޓީއަކަށް ނިސްބަތް

ވޭޯތ ނުވަތަ ނޫންޯތ ބަލައިފައެވެ. އެހެންކަމުން، ވަކި ޕާޓީއެއްގެ ޓިކެޓުގައި ވާދަ ކުރާ

ކެންޑިޑޭޓަކަށް، ރައްޔިތުންގެ ތެރެއިން އެ ޕާޓީއަކަށް ނިސްބަތް ވާ މީހުން ޯވޓު ދީގެން

އެ ކެންޑިޑޭޓު ޮހވުމުން ދެން އެހެން ޕާޓީއަކަށް ބަދަލު ވުމަކީ ރައްޔިތުންނަށް ދެވޭ ޮބޑު

ކެއްސެކެވެ. މި ދެންނެވި ޮގތުގެ މަތީން، މަޖިލީހަށް ޮހވޭ ފަހުން ޕާޓީ ބަދަލު ކުރުމަކަށް

ދިވެހިރާއްޖޭގައި ޤާނޫނީ ހުރަހެއް ނެތެވެ. އެހެނަސް ސިޔާސީ ޮގތުން އުސޫލުތަކާއި

އަދުލުވެރިކަމާއި އަޚްލާގީ ހަމަތަކަށް ބަލާ އިރު މިއީ ޮކށްގެން ވާނޭ ކަމެއް ނޫނެވެ.

ނަޝީދަކީ ޚުދު ނަޝީދު ދައުވާ ކުރައްވާ ފަދައިން “ހެޮޔ ވެރިކަމާއި،

ޑިޮމކްރަސީގެ” ޗެމްޕިއަނެއް ނަމަ، ޕާޓީތަކުގެ ޓިކެޓުގައި މަޖިލީހަށް ޮހވިފައި ތިބި

މެންބަރުން ޕާޓީ ބަދަލު ކުރުމާ ދެޮކޅު ހެއްދެވީހެވެ. ނަމަވެސް ނަޝީދަކީ ނަޝީދު

ކަމުން، މިކަމުގައި ވެސް ރައްޔިތުންނަށް ކެހި ދެއްވުމުގައި އެންމެ ކުރީގައި ހުންނެވީ

ނަޝީދެވެ. ބުނެވޭ ޮގތުގައި ނަޝީދު ވަނީ މަޖިލީހުގެ މެންބަރުން އޭނާގެ ޕާޓީއަށް

ގެންނަވަންވެގެން ރައްޔިތުންގެ ފައިސާއިން އެތައް މިލިއަނެއް ޮކރަޕްޝަނުގެ މަގުން

ޚަރަދު ވެސް ކުރައްވައިފައެވެ.ޮކންމެއަކަސް، މިއީވެސް ނަޝީދުގެ ވެރިކަމުގެ ލެޖިޓިމަސީ

ސިޔާސީ ނަޒަރަކުން ބަލާއިރު ގެއްލިގެން ދިޔުމުގެ އެއް ސަބަބެވެ.

ޤާނޫނީ ޮގތުން ލެޖިޓިމަސީ ގެއްލުންދިވެހި ރައްޔިތުން، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ މެދުވެރި ޮކށް،

2008 ގެ ރިޔާސީ އިންތިޚާބުގައި ދިވެހިރާއްޖޭގެ ވެރިކަން ނަޝީދާ ހަވާލު ކުރީ

ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްޮގތަށް ވެރިކަން ކުރައްވާށެވެ. ދިވެހި ރައްޔިތުންނާއި

ނަޝީދާ ދެމެދުގައި ކުރެވުނު ސިޔާސީ އަދި އިޖުތިމާޢީ ޢަޤުދުގެ މާއްދާތައް ޮއތީ މި

ދައުލަތުގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ސިފައިގައި އެކުލަވައިލެވިފައެވެ. ނަޝީދާ

ވެރިކަން ހަވާލު ކުރެވުނީ، ވެރިކަމުގެ ކަންތައްތައް ޤާނޫނީ ޗާޓުގެ ބޭރުން ހިންގަވާކަށެއް

ނޫނެވެ. އެހެންކަމުން، “ބޭނުން ޖެހިއްޖެ ހިނދެއްގައި ޗާޓުން ބޭރުން ވެސް ކަންތައް

ކުރައްވާނަމޭ” ވިދާޅުވެ، ޤާނޫނާ ޚިލާފަށް ކަންތައްތައް ކުރައްވައިފާނެ ކަމުގެ އިޝާރާތެއް

ނަޝީދު ދެއްވި ހިސާބުން ނަޝީދުގެ ވެރިކަމުގެ ލެޖިޓިމަސީ ނުވަތަ ޤާނޫނީ ޝަރްޢިއްޔަތާ

މެދު ސީރިއަސް ސުވާލުތަކެއް އުފެދުނެވެ.

“ޗާޓުން ބޭރުވުމުގެ” ވާހަކަ ދެއްކެވި ދުވަހުން ފެށިގެން، މި އަހަރުގެ

ޖަނަވަރީ މަހުގެ 16 ވަނަ ދުވަހުގެ ރެޔާ ހަމަޔަށް، ނަޝީދުގެ ވެރިކަމުގެ ތާރީޚު

ބައްލަވާށެވެ. ޤާނޫނާ ޚިލާފަށް، ގައުމީ ވަހުދަތު ފުނޑުފުނޑު ވެގެންދާ ފަދަ ސީރިއަސް

އެތައް އަމަލެއް އޭނާ ހިންގެވިއެވެ. އެޮގތުން ކުރެއްވި އެންމެ ޮބޑު އެއް ކަމަކީ ޤާނޫނާ

ޚިލާފަށް ދިވެހިރާއްޖޭގެ

ސުޕްރީމް ޯކޓުގައި

ޮބޑުތަޅު އަޅުއްވައި،

ސުޕްރީމް ޯކޓު

ހިންގުމަށް ހުރަސް

އެޅުއްވުމެވެ. އެފަދަ

އަނެއް ކަމަކީ

ދިވެހިރާއްޖޭގެ ޯކޓެއްގެ

އިސް ޤާޟީ، ޤާނޫނުތަކާ

ޚިލާފަށް ކިޑްނެޕް

ކުރެއްވުމެވެ.

ނަމަވެސް،

ޤާނޫނީ ޮގތުން ބަލާއިރު،

މި ހުރިހާ ކަމަކަށް ވުރެ

ވެސް ސީރިޔަސް ކަމަކީ

ނަޝީދުގެ އަމުރުފުޅަށް

ކްރިމިނަލް ޯކޓުގެ އިސް

ޤާޟީ ހައްޔަރު ކުރެވުމާ ވިދިގެން ދިވެހިރާއްޖޭގެ ހައިޯކޓާއި، ދިވެހިރާއްޖޭގެ ސުޕްރީމް

ޯކޓުން ނެރުނު މުތުލަގު، ސަރީހު އަމުރުތަކުގައި ނަޝީދުގެ ސަރުކާރުން ޮކޅުފައިން

ޖެހުމެވެ. ޯކޓު އަމުރުތަކަށް ފުރަގަސް ދިނުމުގެ މި އަމަލުގެ ސީރިއަސްކަން ވަކީން

ޮބޑު ވާ ސަބަބަކީ މި އަމަލު ފިޔަވައި ދެން ގާނޫނާ ޚިލާފަށް ނަޝީދު ކުރެއްވި ޮކންމެ

އަމަލުފުޅަކާ ގުޅިގެން ވެސް، ތިމަންނާ އަމަލު ކުރީ ތިމަންނާއަށް ގާނޫނު މާނަ ކުރެވުނު

ޮގތަށޭ ވިދާޅުވެ، ތައުވީލީ ޒުވާބެއް ދެއްވައި، ކިތަންމެ ބަލިކަށިޮކށް ނަމަވެސް ޝުބުހާއެއް

އުފެއްދެވުމުގެ ފުރުސަތު ޮއތުމެވެ. ނަމަވެސް ދިވެހިރާއްޖޭގެ އެންމެ މަތީ ދެ ޯކޓުގެ

މުތުލަގު، ސަރީހު އަމުރުތަކެއްގައި ޮކޅުފައިން ޖެއްސެވުމަށް ފަހު، ޤާނޫނުގެ ކުރިމަތީގައި

ނަޝީދު ދައްކަވާނެ، ނަޝީދަށް ދެއްކެވޭނެ އެއްވެސް ހުއްޖަތެއް، ގަރީނާއެއް، ވިދާޅުވެވޭވެ

އެއްވެސް ބަސްފުޅެއް ޯނންނާނެއެވެ. ޯކޓު އަމުރުތަކަށް ފުރަގަސް ދެއްވުމަކީ މި ޤައުމުގެ

ދުސްތޫރު ފުނޑުފުނޑު ޮކށްލެއްވުމެވެ. ޤާނޫނު ފައިދަށު ލެއްވުމެވެ. ޤާނޫނުއަސާސީއާ

ދެޮކޅަށް ބަޣާވާތް ކުރެއްވުމެވެ.

ޮކންމެއަކަސް، ދިވެހިރާއްޖޭގެ އެންމެ މަތީ ޯކޓުތަކުގެ މުތުލަގު، ސަރީހަ

އަމުރުތައް ޮބލާލައި ޖެއްސެވުމުން ނަޝީދުގެ ވެރިކަމުގެ ޤާނޫނީ ޝަރްޢިއްޔަތު ނެތުމުގެ

ދައުރާން ފުރިހަމަ ވީއެވެ. އެހިސާބުން ނަޝީދުގެ ވެރިކަމަކީ “ޑީ ފެކްޯޓ” އަދި

ޣައިރުޤާނޫނީ ވެރިކަމެކެވެ. ބަޔަކު ގަބޫލު ކުރިޔަސް، ނުކުރިޔަސް، މިއީ ހަގީގަތެވެ.

އެހެންކަމުން، 7 ފެބުރުވަރީ 2012 ގައި ވެއްޓިގެން ދިޔަ ނަޝީދުގެ ވެރިކަމަކީ އެ

ވެރިކަމަކަށް ޤާނޫނީ އެއްވެސް ޙައިސިއްޔަތެއް ނެތް، ޤާނޫނުގެ އެއްވެސް ޙިމާޔަތެއް

ލިބިނުދެވޭނޭ ވެރިކަމެކެވެ.

Page 21: Sun Magazine 50

21

ދީނީ ޝަރްޢިއްޔަތު ގެއްލުންދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ މާއްދާތަކުން ވަރަށް ސާފުޮކށް އެނގޭ

ޮގތުގައި އިސްލާމް ދީނުގެ ޝިޢާރުތައް އުފުލުމާއި، ދީނަށް ނަޞުރު ދިނުމާއި، ދީން

ޢިއްޒަތްތެރި ކުރުމާއި، ދީނަށް ވަފާތެރި ވުމާއި، ދީނުގެ އަޑު އުފުލުމާއި، ދީނުގެ ޝަރީޢަތް

ޤާއިމު ކުރުމަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އެންމެ އަސާސީ އެއް ވާޖިބެވެ.

ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލު ވުމުގެ ޮގތުން ކުރައްވާ ހުވަޔަކީ ވެސް މި

ކަންތައްތަކަށް ރައްކާތެރި ވާން ކުރާ ހުވައެކެވެ.

ނަމަވެސް ނަޝީދުގެ ވެރިކަމުގެ ދައުރު ފެށުމާ އެކު އޭނާގެ ފަރާތުން

ފެންނަން ފެށީ އިސްލާމް ދީނާ މެދު އޭނާގެ ހިތްޕުޅުގައި ވަރަށް ވަރުގަދަ ނަފްރަތަކާއި

ރުޅިވެރިކަމެއް ޮއތް ކަމުގެ ނިޝާންތަކާއި ހެކިތަކެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި

ރައީސުލްޖުމްހޫރިއްޔާގެ

މަޤާމުގެ ހުވައިން

ނަޝީދުގެ

އިސްތަށިފުޅުގައި

އެޅިގެން ދިޔަ

އިސްލާމް ދީން

އިއްޒަތްތެރި

ކުރުމުގެ ޒިންމާ

އަދާ ނުކުރެއްވި

ތާނގައި، ނަޝީދު

މަސައްކަތް ކުރެއްވީ

އިސްލާމް ދީން

ނިކަމެތި ކުރައްވާށެވެ.

ދީނަށް ފުރައްސާރަ

ކުރައްވާށެވެ.

އިސްލާމް

ދީން ނިކަމެތި

ޮކށްލުމުގެ ޮގތުން ނަޝީދާއި އޭނާގެ ސަރުކާރުން ކުރި ކަންތައްތަކުގެ ލިސްޓަކީ ދިގު

ލިސްޓެކެވެ. އޭގެ ތެރެއިން އެއް ކަމަކީ މި ރާއްޖޭގެ ފަސްގަނޑުގައި ޣައިރު މުސްލިމުން

އަޅުކަން ކުރާ ބާޠިލް އިލާހުން ރަމްޒު ޮކށްދޭ ބިނާތަކެއް ބެހެއްޓެވުމެވެ. ނަޝީދުގެ

ސަރުކާރުން އައްޑުއަޮތޅުގައި ބެހެއްޓި ބައެއް ބިނާތަކަކީ ދީނީ ޮގތުން ހުއްދަ ނޫން

އެއްޗެހިތަކެއްކަމަށް މި ރާއްޖޭގެ ހުރިހާ ދީނީ ބޭފުޅުން އިއްތިފާޤު ވެވަޑައިގަތެވެ. އެ

ބޭފުޅުންގެ ބަސްފުޅަކީ ނަޝީދުގެ އަރިއަހުގައި ހުއްޖަތަކަށް ނުވާ ނަމަ، އިސްލާމީ

އުއްމަތުގައި ފިޤުހުވެރިކަމުގެ ކަނޑުތަކެއް ފަދަ ޮބޑެތި އެތައް ޢިލްމުވެރީންނެއް އެބަ

ތިއްބެވިއެވެ. ނަޝީދުގެ ސަރުކާރުން އެކަމާ ގުޅިގެން އެ ބޭބޭފުޅުންނާ މުއާސަލާތު

ކުރައްވައި، އެކަމުގައި ފަތުވާއަކަށް އެދިވަޑައިގަތް ނަމަ ވީހީ ކީއްޯތއެވެ؟ އެއާ ޚިލާފަށް،

ނަޝީދާއި އޭނާގެ ޕާޓީގެ ވެރީން ގެންދެވީ އެކަމުގައި ދީނީ ޢިލްމުވެރީންގެ ބަސްފުޅަށް

ޖެއްސުން ކުރައްވަމުންނެވެ. އައްޑުއަޮތޅުގައި ހުރި ބުދެކޭ ދާރުލްއާސާރުގައި ހުރި ބުދެކޭ

އެއްފަދައޭ ވިދާޅުވަމުންނެވެ. އައްޑުއަޮތޅުގައި ބެހެއްޓި ބުދާއި ދާރުލްއާސާރުގައި ހުރި

ބުދާ ދެމެދުގައި، އިސްލާމީ ފިޤުހީ ނަޒަރަކުން ބަލާ އިރު، ހުރި ފަރަގަކީ ޮކބައިޯތ އެންމެ

ފަހަރަކު ވެސް ނަޝީދު މި އުއްމަތުގެ ފިޤުހުވެރިއަކާ ސުވާލު ކުރެއްވި ނަމަ ވަރަށް

ރަނގަޅަށް އޭގެ ޖަވާބު ލިބިވަޑައިގަތީހެވެ.

ނަޝީދުގެ ވެރިކަމުގެ ދީނީ ޝަރްޢިއްޔަތުގެއްލުވައިލި އަނެއް ސަބަބަކީ

އިސްލާމް ދީނުގެ ނަބިއްޔާ މުހައްމަދު ޞައްލަهللا ޢަލައިހި ވަސައްލަމަޔަށް ނަޝީދުގެ

ދޫފުޅުން ފުރައްސާރަ ކުރެއްވުމެވެ. އިންސާނިއްޔަތު ދުށް އެންމެ މަތިވެރި ސާހިބާ

ކަމުގައި ވާ އިތުރު އެކަލޭގެފާނަކީ “ތަހުޒީބު ނުވާ، ބަރުބަރީ، އަދި އަނިޔާވެރި”

އާދަކާދަތަކެއް ދުނިޔެއަށް ގެންނެވި ބޭފުޅެއް ކަމަށް މާނަ ކުރެވޭ އިބާރާތްތަކެއް ނަޝީދުގެ

ދޫފުޅުން ވިދާޅުވިއެވެ. މިޮގތުގެ މަތީން އިސްލާމް ދީނުގެ ނަބިއްޔާއަށް ފުރައްސާރަ

ކުރައްވައި، އެކަލޭގެފާނުގެ އަބުރުފުޅަށް އަރައިވަޑައިގަތުމުން، ސާބިތު ވި ކަމަކީ ނަޝީދުގެ

ޖާހިލުކަމެވެ. ނަޝީދުގެ ޚުލްޤު ނުބައިކަމާއި، ޮގތެއްޮފތެއް ނެތްކަމެވެ. އެހިސާބުން

ފެށިގެން ދިވެހި މުސްލިމް ދީބުގެ ވެރިކަމުގައި ހުންނެވުމުގެ އެއްވެސް ޙައްޤެއް

ނަޝީދަކަށް ޯނންނާނެއެވެ. އަދި ކީއްޯތއެވެ! އެ ބަސްފުޅުތައް ނަޝީދުގެ ދޫފުޅުން، 23

ޑިސެންބަރު 2011 ވަނަ ދުވަހު އިއްވެވުމުން، ނަޝީދުގެ ވެރިކަން ވައްޓައިލުން މި

ގައުމުގެ ޮކންމެ މުސްލިމް ދަރިއެއްގެ މައްޗަށް އައިނިއްޔަ ފަރުޟަކަށް ވީއެވެ.

އިތުރު ނުކުތާތަކެއްނަޝީދުގެ ވެރިކަމުގެ ޝަރްޢިއްޔަތު ގެއްލިގެން ދިޔަ ޮގތުގެ ވާހަކަ އިސް ވެ

ދެންނެވި ބީދައިން ދެއްކުމުން، ނަޝީދަށް ތާއީދު ކުރާ މީހުން ބުނެއެވެ. ނަޝީދު ތިޔަ

ބުނާ ކަންތައް ކުރެއްވި ނަމަ، އޭގެ ބަދަލުގައި އިދިޮކޅު ފަރާތްތަކުން ކުރަން ޖެހޭ ކަމަކީ

ޯކޓަށް ދިޔުމެވެ. ނަޝީދުގެ ވެރިކަން މަގުމަތީން ވައްޓައިލުމެއް ނޫނެވެ.

ފެންނަފެނުމުގައި މިއީ ރަނގަޅު ވާހަކައެކެވެ. ނަމަވެސް މި ވާހަކަ

ރަނގަޅީ ހަމައެކަނި ފެންނަފެނުމުގައެވެ. ނަޝީދުގެ ވެރިކަން ވެއްޓުމުގެ މަގު ފަހި ކުރި

މުޒާހަރާތައް ފެށުނު ދަނޑިވަޅުގައި ދިވެހިރާއްޖޭގެ ހާލަތު ޮއތް ޮގތާ މެދު ކުޑަކުޑަޮކށް

ވެސް ވިސްނައިލައިފި ނަމަ ނަޝީދުގެ ސަޯޕޓަރުންގެ މި ދެންނެވި ޒުވާބަކީ ސައްހަ

ނޫން ވާހަކައެއްކަން އަޅުގަނޑުމެންނަށް އެނގިގެން ދެއެވެ.

16 ޖަނަވަރީ 2012 ދުވަހުގެ ރޭގެ ހާދިސާ ހިނގިތާ 24 ގަޑިއިރު ވެސް

ނުވަނީސް، ދިވެހިރާއްޖޭގެ އެންމެ މަތީ ދެ ޯކޓުން ނަޝީދުގެ ސަރުކާރުގެ މައްޗަށް ތަފާތު

ދެ އަމުރެއް އިއްވިއެވެ. އެ ދެ އަމުރު ވެސް ނަޝީދުގެ އަމުރުފުޅަށް ސަރުކާރުން ވަނީ

ޮބލާލައި ޖަހާފައެވެ. މާނައަކީ، އެއިރު ޯކޓުތަކުގެ ނިންމުންތަކަށް ނަޝީދުގެ ސަރުކާރުން

ޯބ ނުލަނބާނެކަމެވެ. އެ ހާލަތުގައި، ނަޝީދުގެ ސަރުކާރުގެ ޝަރްޢިއްޔަތު ގެއްލިއްޖެކަމަށް

ބުނެ ރައްޔިތުންގެ ބަޔަކު ޯކޓަށް މައްސަލައެއް ވެއްދި ނަމަ، އެ މައްސަލަ ޯކޓުގައި

ކުރިޔަށް ގެންދެވުނީސް ބާވައެވެ! އެ މައްސަލަޔަށް ޖަވާބުދާރީ ވާން ނަޝީދުގެ

ސަރުކާރުން ޯކޓަށް ހާޒިރު ވީސް ބާވައެވެ! އެ މައްސަލައިގައި ނަޝީދުގެ ސަރުކާރާ

ދެޮކޅަށް ޯކޓުން ކުރާ ހުކުމެއް ސަރުކާރުން ބަލައިގަނެ، ތަންފީޒު ކުރީސް ބާވައެވެ!

އެއިރުގެ ހާލަތު ޮއތް ޮގތުން މިއިން އެއްވެސް ކަމެއް ނަޝީދުގެ ސަރުކާރުން ކުރާނެ

ކަމަކަށް ބުނެވޭކަށް، އަދި ބެލެވޭކަށް ނެތެވެ. އެހެންކަމުން އެ ދަނޑިވަޅުގައި ނަޝީދުގެ

ޣައިރުޤާނޫނީ، ލާދީނީ، އަނިޔާވެރި ސަރުކާރާ ދެޮކޅަށް ރައްޔިތުންނަށް ޯކޓުން އިންސާފު

ލިބޭނެ ކަމަށާއި، އެ ދަނޑިވަޅުގައި ވެސް ރައްޔިތުން ދާން ޖެހޭނީ ޯކޓަށް ކަމަށް

ބުނުމަކީ ރައްޔިތުންނަށް ކުރެވޭ ޖެއްސުމެކެވެ.

ނަޝީދުގެ ސަރުކާރު ވެއްޓުނީ ނަޝީދު ސުލްހަވެރިކަމާ އެކު އަމިއްލަފުޅަށް

އިސްތިއުފާ ދެއްވުމުން ކަމަށް ޯކނީން ވަނީ ބުނެފައެވެ. އެއީ މި ކަމުގައި ފަހު

ބަހެވެ. ނުވަތަ ފަހު ބަސް ބުނާ ޯކޓުތަކުން އެންމެ ޮބޑަށް ރިއާޔަތް ކުރާނޭ ބަހެވެ.

އަޅުގަނޑަށް އެނގޭ ކަމަކީ ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ނަމަވެސް،

ނުވަތަ އިންގިލާބެއްގައި ނަޝީދުގެ ވެރިކަން ވައްޓާލެވުނީ ކަމަށް ވިޔަސް، ނަޝީދަކީ

ދިވެހިރާއްޖޭގެ ވެރިކަމުގެ އެއްވެސް ޙައްޤެއް އެބޭފުޅަކަށް ނެތް ބޭފުޅެއް ކަމެވެ.

ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވީއޭ ބުނުމަށް ވުރެ ޮބޑަށް އަޅުގަނޑަށް ތަރުޖީހު

ދެވެނީ ވެސް ނަޝީދުގެ ވެރިކަން ހެޮޔ ވެގެން ވާ އިންގިލާބަކުން ވައްޓައިލެވުނީއޭ

ދެންނެވުމަށެވެ. ޯޖރޖިއާ ގައި ގެނެވުނީ “ފިނިފެންމާ އިންޤިލާބެވެ”. ޔުކްރޭނުގައި

ގެނެވުނީ “ޮއރެންޖް އިންޤިލާބެވެ”. ޓިޔުނީޝިއާގައި ގެނެވުނީ “ހުވަނދުމާ އިންޤިލާބެވެ”.

ދިވެހިރާއްޖޭގައި ގެނެވުނީ، އަޅުގަނޑު ހިތުން، “ފުރަތަމަ ރަބީޢުގެ އިންޤިލާބެވެ”. އެ

އިންޤިލާބު ގެނެވުނީ ރަބީޢުލްއައްވަލް މަހުގެ 15 ވަނަ ދުވަހުއެވެ. އިތުރުމާތް ރަސޫލާގެ

ޢީދު މީލާދުގެ ދުވަސްވަރުގައެވެ. ފުރަތަމަ ރަބީޢުގެ އިންޤިލާބަކީ މި ރާއްޖޭގެ ވެރިކަމުގެ

ސިންގާސަނާއަށް އަރައި ހުރެ އިތުރު އެކަލޭގެފާނުގެ އަބުރުފުޅަށް އަރައިގަތް ނުބައި

މީހެއްގެ މަނަހުން މި އިސްލާމީ ދީބު މިނިވަން ކުރި ތާރީޚީ އިންޤިލާބެވެ.

Page 22: Sun Magazine 50

22

“މީޑިޔާއަކަށް ނުކުރެވޭނެ އެއްވެސް ކަމެއް! ރާއްޖޭގައި މީޑިޔާއެއް އެބަޮއތްތަ؟ މީޑިޔާގައި ތިބީ ހުސް ފ.. ގެ މީހުން،” މިއީ ވެޓަރަންސް ކަޕްގައި ވެލެންސިއާ އާއި އީގަލްސް ކުޅުނު ދުވަހު ވީބީގެ މެނޭޖަރު އިބްރާހީމް ރަޝީދު

)ސަޯތ( ރުޅިގަދަވެ، ހަޅޭއްލަވަމުން ބުނި ވާހަކަ އެވެ.ސަޯތ ކަހަލަ މީޑިޔާއާ ރަހުމަތްތެރި އެތްލީޓަކު މިހެން ބުނީ ކީއްވެ ހެއްޔެވެ؟ ސަޯތ ބޭނުންވާ ޮގތަށް ނޫސްވެރިން ނުލިޔާތީ ހެއްޔެވެ؟ ނުވަތަ އޭނާ ދައްކާހާ ވާހަކައެއް މީޑިޔާގައި ނުގެނެސްދޭތީ ހެއްޔެވެ؟ ނޫނީ އޭނާ ބުނާ ޮކންމެ އެއްޗެއް މީޑިޔާއިން ގަބޫލުނުކުރާތީ ހެއްޔެވެ؟ ޒާތީ ހަސަދައެއް ސަަޯތ ފިލުވައިލީ

ކަމަށް ވެސް ބެލިދާނެ އެވެ. ކުޅިވަރުގެ މާޒީގައި ރުޅިއައިސްގެން ސަޯތހަޅޭއްލެވުމަކީ އާ ކަމެއް

ނޫނެވެ. އެކަމަކު މިފަހަރު އޭނާ ނުރުހިގެން ހަޅޭއްލެވިއިރު ހުއްދަނެތި އެފްއޭއެމް އިންތިހާބު ބާއްވާ ޯހލަށް ވަދެ އެތަނުގެ ހަމަޖެހުން ނަގާލުމުގެ ކުށުގައި އޭނާ ހުރީ ފަސް އަހަރަށް ފުޓްޯބޅައިގެ އެންމެހާ ހަރަކާތްތަކުން ސަސްޕެންޑްޮކށްފަ އެވެ. ސަސްޕެންޝަން ކުރިމަތިވިއިރު މަތިމައްޗަށް އައި ގިނަ ސަސްޕެންޝަންތައް ވެސް އޭނާގެ މައްޗަށް ހިނގަމުންދަނީ އެވެ. މިހެންވެ ވެޓަރަންސް މުބާރާތް ކުޅޭ

ގިނަދުވަސްދުވަހު އެތަނަށް ޮގސް ޮރސްޓްރަމްގެ ފަހަތުގައި ހުރެ ހަޅޭއްލަވައި އޭނާގެ އުދާސްތައް ބޭރުކުރަމުން ދެއެވެ.

މައިގަނޑު ބޭނުމަކީ އެފްއޭއެމުގެ ހިންގާޮކމިޓީގެ ބޭފުޅުންނާ

ދިމާކުރުމެވެ. ވެލެންސިއާ އާއި އީގަލްސް ކުޅުނު ދުވަހު ޮރސްޓްރަމުގައި އެފްއޭއެމުގެ ނާއިބު ރައީސްގެ އަދި ވެލެންސިއާގެ މުއައްސިސް ހިޔަލީ މުހައްމަދު ރަޝީދުގެ ދަރިފުޅު އިބްރާހީމް ރާއީ ރަޝީދު ވެސް އިންނެވި އެވެ. އޭނާ އަކީ ވެލެންސިއާގެ މިހާރުގެ ޗެއާމަނެވެ. ރާއީގެ އިތުރުން ވެލެންސިއާގެ ޖެނެރަލް

ސެކްރެޓަރީ އަދި އެފްއޭއެމްގެ އެކްސްޯކ މެމްބަރު އަހުމަދު މުހައްމަދު )ޮދނާ( އާއި ވެލެންސިއާގެ ވައިސް ޗެއާމަން އަދި މުއައްސިސް ވަޑި ހަސަން މަނިކާއި

ވެލެންސިއާގެ އެކްސްޯކ މެމްބަރު މުބީން ޖަލީލާއި އެފްއޭއެމުގެ އެކްސްޯކ މެމްބަރު އަދި އީގަލްސްގެ ކުރީގެ ޗެއާމަން މުހައްމަދު ތައުފީގާއި ޯއލްސްޯޕޓްސްގެ

މުހައްމަދު ރާފިއުވެސް އިނެވެ.އެތާނގައި އަޅުގަނޑުވެސް އިނީމެވެ. ކަންދިމާކުރި ޮގތުން ޮދނާގެ

އެދިވަޑައިގަތުމަކަށް އެދުވަހު މެޗުގެ ޝަރަފުވެރިމެހުމާނަކަށްވެގެން ކުޅުންތެރިންނާ ސަލާމް ކުރަން ޖެހުނީ އަޅުގަނޑަށެވެ. އަޅުގަނޑުގެ ރަހުމަތްތެރިޔާ، ސަޯތގެ

ރާޑަރު އަޅުގަނޑަށް އަމާޒުވި ހިސާބަކީ އެވަގުތުޮކޅު ކަމަށް ވުމަކީ ގާތް ކަމެކެވެ. ޮރސްޓަމުގެ ފަހަތަށް އައިސް ސަޯތ ފުރަތަމަ ދިމާކުރީ ޮދނާއާ އެވެ. ވަރަށް ކުރިން ޮކންމެވެސް ކަމެއްގައި ޮދނާ އަރުވާލި ވާހަކަ އާއި އެނޫން ވެސް ހަޑިހުތުރު ވާހަކަ ޯރދަ މަހުގެ ހަވީރުގެ ވަގުތެއްގައި ޮގވައި ހަޅޭއްލަވަމުން ޮގސް

ތައުފީގާ ވެސް ދިމާކުރި އެވެ. ދީނީ ހައިސިއްޔަތަކުން ތައުފީގާ ދިމާކުރުމުން އޭނާ ވެސް ރުޅިއައެވެ. ޮދނާ އެއްޗެއް ވިދާޅު ނުވެ މަޑުން ހުންނެވި ނަމަވެސް

ޢަބްދުهللا އަޒްމީން

ސަތޯ އަބަދުވެސް އަށްޑިހައިގައި!

Page 23: Sun Magazine 50

23

ތައުފީގަކަށް ހިމޭނަކުން ނުހުންނެވުނެވެ. އޭނާވެސް ސަޯތއާ ދިމާޮކށްލީ އެވެ.“ތުނބުޅިއޭ ކިޔައިގެން މަށާ ބެހޭއިރު މަ އެބަ ބެހެންތަ؟ މިއީ

ދެ ވަނަ ދުވަސް މަށާ ބެހޭތާ! ކީއްކުރަން މަށާ ބެހެނީ، މަކީއްކުރީ،” ތައުފީގު ސުވާލުކުރި އެވެ.

އެންމެ ފަހުން އީގަލްސްގެ ބެންޗުގައިތިބި ކުޅުންތެރިންނާއި ސަޯޕޓަރުން ވެސް ތައުފީގުގެ ދިފާއުގައި ނުކުތެވެ. މިއާއެކު ސަޯތއަށް ހިތްވަރުދޭ

މީހުން ވެސް ޮބނޑިވެގަތެވެ. އެއުދާސްގަނޑަށް ފަހު ޮކންމެވެސް ބަޔަކު ސަޯތ އެތަނުން ގެންދިޔަ

އެވެ. އެކަމަކު އޭނާ ގެންދެވުނީ ޮދނާއާ ހަމައިން ފެށި ދިމާކުރުން ރާއީއާ ހަމައިން ނިމި ފަހުންނެވެ. އެތާނގައި ހިޔަލީއާ ގުޅުވައިގެން އަޑުހަރުޮކށް ހަޅޭއްލެވިއިރު

ރާއީއާއެކު އެންމެވެސް ތިބީ އަޑުއަހާށެވެ. އެކަކު ވެސް އަނގައިން ނުބުނެ އެވެ. ފަހަރަކު މީހަކާ ދިމާކުރަމުން ޮގސް އަޅުގަނޑަށް ވެސް ސަޯތގެ ރުޅިބޭލި އެވެ.“މިތިބަ އަޒުމީނުމެން ވެސް ތުންފަތުގަ ކުލަ ޖައްސައިގެން ]ޓީވީ އަށް[ އަރާނެ. އެކަމަކު ހަގީގަތް ހާމަކުރާކަށް ނުކުރޭ!” އެވަރުން ނިންމާލީއަކީ

ނޫނެވެ. ސަޯތ ފަދައިން އަޅުގަނޑު ހިޔަލީއާ ވަރަށް ގާތް ކަމެއް ޮއވެ އެވެ. އަޅުގަނޑަކީ ސަޯތ އެކުލަބެއްގައި ހިޔަލީއާއި ޮދނާމެންގެ އެހީތެރިއަކަށް އުޅުނު

ވެލެންސިއާގެ ސަޯޕޓަރަކަށްވުމެވެ. ސަޯތ އަކީ ވެސް ވެލެންސިއާގެ ސަޯޕޓަރެކެވެ. އެކަމަކު މިލިޔުން ކިޔާފައި އޭނާމިކަމާ އިންކާރުކުރާނެ ކަމަށް އަޅުގަނޑަށް

ކަށަވަރެވެ.ވެލެންސިއާގެ ސަޯޕޓަރަކަށްވާތީވެ އެކްލަބުގެ ޮކންމެ މެނޭޖްމަންޓަކާ

ވެސް އަޅުގަނޑާ ވަރަށް ގާތްކަން ޮއވެ އެވެ. މިހެންވެ ސަޯތ ބޭނުންވީ އެދުވަހު މިގުޅުމަށް ހީނަރުކަން ގެނުވަންކަން އޭނާ އިތުރަށް ދެއްކި ވާހަކައިން ޔަގީންވި

އެވެ.“ވެލެންސިއާގެ ޯބޑުގައި އެބަތިބި ޯބޑު މެމްބަރުކަން ނޭނގޭ މީހުން! މިމައްސަލަ ޖައްސާށޭ އަހަރުމެން ގާތު ބުނީ މިއިންދަ އަޒުމީން، އަޒުމީނަކަށް

ނުކެރޭނެ ބުނާކަށް މިއީ ޮދގެކޭ،” ސަޯތ ބުންޏެވެ.އެކަމަކު އަޅުގަނޑު މިވާހަކަ ދެއްކީ އެ ބީދައަކުންނޫނެވެ. ވީބީ ޮއފީހުގައި

އެފްއޭއެމުގެ އިންތިހާބުގައި އެކުލަބުން ސަޯޕޓްކުރާ އިލްހާމް އަހުމަދުގެ ޓީމުން ބޭއްވި ޕްރެސް ޮކންފަރެންސްގައި އަޅުގަނޑު އިލްހާމާ ސުވާލުކުރީ އެވެ.

ވެލެންސިއާގެ ހިންގާ ޮކމިޓީގައި މައްސަލައެއް އުޅޭ ކަމަށާއި މިހެން އެކުލަބަށް ޯވޓްނުލެވޭޮގތް ހެދުމަށް އެމައްސަލަ ނުޖައްސަނީ ކީއްވެޯތ އަޅުގަނޑު ސުވާލުކުރީ އެވެ. އަޅުގަނޑު މިހެންބުނީ ޔުނައިޓެޑް ވިކްޓަރީގެ ޯވޓްގެ މައްސަލަ އިލްހާމްގެ ޓީމުން ތަކުރާރުޮކށް ފާހަގަކުރަމުންދާތީ އެވެ. ވެލެންސިއާ އަކީ ސަޯތމެންނާ ދެޮކޅަށް ޯވޓްލާކްލަބަކަށްވާއިރު އެކްލަބުގެ މައްސަލައެއް ޯހދައި ޯވޓްނުލެވޭ ޮގތްހަދައިފިނަމަ ސަޯތމެންނަށް އިންތިހާބު ކާމިޔާބު ކުރެވޭނެނޫންހޭ ވެސް

ހަވާސާގައި އަޅުގަނޑު ބުނީމެވެ.ނަމަވެސް އެ ދުވަހު އިލްހާމްގެ ޖަވާބަކީ “އެހެން ބައެއްގެ ހައްގު ޯހދައިދޭން އެމީހުން ނޫޅޭނެ. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ހައްގު

ޯހދަން،” ކަމަށެވެ.ސަޯތ އެދުވަހު ބޭނުންވީ އަޅުގަނޑާ ވެލެންސިއާ ޖައްސަންކަން ކަށަވަރުވީ އޭގެ އަނެއްރޭ ސަޯތމެންގެ ޓީމުގެ އެހެން މީހަކު “ރާއީ ހުރީ

އަޒުމީނު ދެކެ ރުޅިއައިސްފައިތަސަޯތ އެހެން ބުނީމަ؟” މިހެން އަޅުގަނޑު ގާތު އެހުމުންނެވެ. މީގެ ކުރިން އިލްހާމް ގާތު ސަޯތ ވަނީ އަޅުގަނޑަކީ ސީދާ ހިޔަލީގެ

މީހެއް ކަމަށްބުނެފަ އެވެ. އެކަމަކު އިލްހާމާ އަޅުގަނޑާ އާއިލީޮގތުން ވަރަށް

ގާތްކަމެއް ޮއންނަކަން އެއިރު ސަޯތއަކަށް ނޭނގެ އެވެ.ކަންމިހެން ހުރިއިރު މީޑިޔާގައި ތިބީ ‘ފ..” މީހުން ކަމަށް ސަޯތ ސިފަކުރަންޏާ އޭނާ އަކީ ވެސް ފުޓްޯބޅައިގައި އެއްވެސް ތާކުންތާކު ނުޖެހޭ

މީހެއް ކަމަށް މީހުންނަށް ސިފަ ކުރެވިދާނެ އެވެ. ޮމޅު ޮވލީ ޯކޗަކަސް ސަޯތގެ މާޒީ އަށް ބަލާއިރު ޮވލީ އާއި ފުޓްޯބޅައިން އޭނާ އަށް ދީފައިވާ ގިނަގުނަ

ސަސްޕެންޝަން ތަކަކީ ރަނގަޅު ސަސްޕެންޝަންތަކެކެވެ.އެފްއޭއެމުގެ އިންތިހާބު ޯހލަށް ފާސްނެތި ސަޯތ ވަނުމަކީ

ކުށެއްނޫންޯތ އެވެ. ވީބީގެ މެޗެއް ނިންމާފައި ގައުމީ ޓީމުގެ ކިޓް މެނޭޖަރު ހަސަން ނިޒާރު )ޮބޑޭ( އަށް ހަމަލާދިނުމަކީ މީޑިޔާގެ މައްސަލައެއް ހެއްޔެވެ؟ މެޗު ނިންމާފައި ރެފްރީންނާ ދިމާޮކށް ކުޅިވަރުގެ ރޫހާ ހިލާފު އަމަލު ހިންގަނީ މީޑިޔާ ކީއްޮކށްގެންޯތ އެވެ؟ ގައުމީ އަންހެން ޮވލީ ފައިނަލް މެޗު ނިންމާފައި ކުޅުންތެރިންނާ ދިމާޮކށް ހެދީމަ ޮވލީ އެޯސސިއޭޝަނުން އޭނާ ސަސްޕެންޑް

ނުކުރަންވީ ހެއްޔެވެ؟ ޮވލީ މުބާރާތެއްގެ ތެރޭގައި މޭޒެއް ދެބުރި ޮކށްލަނީ މީޑިޔާގެ ޯގސް ވެގެން ހެއްޔެވެ؟ ދިވެހި ސިފައިންގެ ކުލަބުގެ ބެޖް ޖެހި ޖާޒީގައި

ހުރެގެން ކުޅިވަރުގެ ރޫހާ ހިލާފު އަމަލު ހިންގަން އިންތިހާބީ ޯހލަށް ވަނީ މީޑިޔާ ބުނެގެން ހެއްޔެވެ؟

ގިނަ ބަޔަކާއެކު 23 މެއި 2012ގައި ޕީޕީއެމަށް ޮސއިކުރި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އައްޑޫސިޓީގެ ޮގނޑިއަކަށް ވާދަކުރަން ސަޯތ އަށް

ޕީޕީއެމުން ފުރުސަތު ނުދެނީ މީޑިޔާ ކީއްޮކށްގެން ހެއްޔެވެ؟އެހެންމީހުން ސަޯތ ހައްދައި އެމީހުން ބޭނުންވާ ވާހަކަތައް ޮގވައި ހެދުމަށް ބޭނުންކުރާ ޕަޕެޓެއްގެ

ޮގތުގައި ސަޯތ ބޭނުންކުރުމަކީ މީޑިޔާގެ މައްސަލައެއްނޫންވެ. ސަޯތ އަށް ގައުމީ އިނާމް ނުލިބުމަކީ ވެސް މީޑިޔާ ކުރި ކަމެއް ހެއްޔެވެ؟ އޭނާއަށް ޮމޅު ޮވލީ

ޯކޗުކަން ނުދެނީ މީޑިޔާއިން ހެއްޔެވެ؟ އަދި އޭނާ ކުޅިވަރުގައި ޯހދި ކާމިޔާބީތައް ޯހދައި ދިނީ މީޑިޔާ ހެއްޔެވެ؟ މިހުރިހާ ކަމެއް ކުރީ ސަޯތ އަމިއްލައަށް ނޫން

ހެއްޔެވެ؟ ޒާތީ ޮގތުން ދިމާކުރަންޏާ މީޑިޔާގައި ދައްކާނެ ވާހަކަ ވެސް ހުންނާނެ

އެވެ. މަގުމަތިން މީހުން ލައްވައި އިންޒާރުދީ ހެދިޔަސް ނޫސްވެރިންގެ ގަލަން ހިނގާނެ އެވެ. ދެތިން ވާހަކައެއް ބުނެލާހިތްވެ އެވެ. ރާއްޖެ ކުޅިވަރު ކިޔާ

ވެބްސައިޓަކުން 2009 ވަނަ އަހަރު ނޫސްވެރިންގެ މެދުގައި ޯވޓް ނަގައިގެން ކުޅިވަރު ޝަހުސިއްޔަތު ޮހވަން ނިންމުމުން އެކަން ޮކށްދޭޯތ ވަކިން ޮކފީއަކަށް

ގެންޮގސް އަޅުގަނޑު ގާތު ސަޯތ ބުނީ ކީއްކުރަން ހެއްޔެވެ؟ އެޮކމިޓީގެ ޗެއާމަނަކަށް އަޅުގަނޑު އިން ނަމަވެސް މިކަމަށް އަޅުގަނޑު

ބާރެއް ނާޅަމެވެ. ސަބަބަކީ އެއީ ކުރެވޭނެ ކަމަކަށް ނުފެންނާތީ އެވެ. އެކަމަކު ސަޯތ އަކީ އަޅުގަނޑަށްވުރެ ޮދށީ އެމްއީއެސްގެ އިސްދަރިވަރަކަށްވުމުން އޭނާއާ ގާތް ރަހުމަތްތެރިކަމެއް ޮއންނާތީވެ އޭނާ އެދޭ އެހެން ކަންތައްތައް ޮކށްދެމެވެ.

ޓީވީއެމްގެ އެކިއެކި ޕްޮރގްރާމްތަކުން އޭނާ އަށް ފުރުސަތު ޯހދައިދެމެވެ. އޭނާ އެންމެ ބޭނުންވީ ހޭއްޔަންޯބ މެހުމާނަކަށް ވާށެވެ. އެ ފުރުސަތު ވެސް ޯހދައިދިނީމެވެ. އޭނާ އެދުމުން ދަގަނޑޭމެންފަދަ ކުޅުންތެރިންގެ ކަންކަމުގައި ވީބީން ނެރެން ބޭނުންވި ނޫސް ބަޔާން ފަދަ ތަކެތި ތައްޔާރުޮކށްދީ އެނޫން

މަސައްކަތްވެސް ޮކށްދިނީމެވެ. މިވާހަތައް އިތުރަށް ދައްކާނަމަ ޮކނުނު ޮކނުނުހެން ފަސްގިނަވެ ސަޯތ އިތުރަށް ރުޅި އަންނާނެ އެވެ. އެކަމަކު އަބަދު އޭނާ

ސަސްޕެންޑް ކުރަނީ ރާއްޖޭގެ މީޑިޔާގައި އޭނާ ބުނާ ވައްތަރުގެ މީހުން ތިބެގެން ކަމަށް ގަބޫލެއް ނުކުރެވޭނެ އެވެ. އަޑުގަދަޮކށް ހަޅޭއްލެވޭނީ ވެސް ސަޯތއަށް އެކަންޏެއްނޫނެވެ. ސަޯތ މިހާރު ދައްކާ ރުޅިއަކީ އައްޑިހައިގެ އަހަރުތަކުގެ

ޮގތެކެވެ.

Page 24: Sun Magazine 50

ޖަމީލަކީ މި ޒަމާނުގެ ބަހުރުވައިން ނަމަ ފަތްޯބ މީހެކެވެ. އެހެން ނަމަވެސް މިހާރު އެ ނަން ވެފައި ވަނީ އޭނާއަށް ދެވިފައި ވާ ވަނަމަކަށެވެ.

މަސްތުވާ ތަކެތީގެ ބޭނުން ކުރާ މީހުންނަށް ފަރުވާ ދޭން ސަރުކާރުން އުފައްދަވާފައި ވާ މަރުކަޒުން ފަރުވާ ދެއްވައިގެން އޭނާ ވަނީ ރަނގަޅު މީހަކަށް

ބަދަލު ވެފައެވެ.އަޅުގަނޑު މި ދަންނަވާ ހާދިސާ ހިނގައިފައި ވަނީ އޭނާ ރަނގަޅު

ނުވާ ދުވަސްވަރުއެވެ. އެއީ މީގެ އަހަރުތަކެއް ކުރީގެ ކަމެކެވެ.ޖަމީލަށް ޮކންމެވެސް ކަހަލަ ބައްޔެއް ޖެހިގެން ހަސްފަތާލަށް

ގެންދެވިއްޖެއެވެ. އޭނާ ގެންދެވުނީ ރާއްޖެތެރޭގެ ރަށެއްގެ ހަސްފަތާލަކަށެވެ. ޑަކްޓަރަށް ދެއްކީމާ ހަސްފަތާލުގައި ބާއްވައިގެން ފަރުވާ ކުރާން ޖެހޭތީ ޯވޑެއްގައި

ބޭއްވީއެވެ. އޭނާ ޮއތް ޯވޑުގައި އެހެން މީހުން ވެސް ތިއްބެވެ.ޖަމީލަކީ ޮކން ކަހަލަ މީހެއް ކަން ނޭނގޭ މީހަކު އެ ހަސްފަތާލަކު ނެތެވެ. އެހެންވީމާ އޭނާގެ އަތު ޖެހޭ ހިސާބުގައި ބެހެއްޓުން މަނާ އެއްޗެހި ހުރެއެވެ. އޭގެ ތެރޭގައި ނިދާ ބޭސް، ކެއްސާތީ ޯބ ބޭސް ފަދަ އެއްޗެހި

ހިމެނެއެވެ.ޮކންމެ ކަހަލަ މީހަކަށް ވިޔަސް ގާތްތިމާގެ މީހަކު ނެތް މީހަކު

ނުހުންނާނެއެއް ނޫންޯތއެވެ؟ އެހެންވީމާ ޖަމީލަށް ޮގވައިލާން ހަސްފަތާލަށް އަންނަ މީހުން ވެސް މަދެއް ނޫނެވެ. އޭގެ ތެރޭގައި އެއްބަނޑު، ތިމާގެ މީހުންނާއި ގާތް ރަޙްމަތްތެރީން ހިމެނެއެވެ. ޮގވައިލާން އަންނަ މީހުން އޭނާއަށް ދޭން ވަރަށް ގިނަ

ހަދިޔާ ގެނެއެވެ.އެއް ދުވަހަކު އޭނާގެ ވަރަށް ގާތް މީހަކު އޭނާގެ ހާލު ދެކިލާން

ހަސްފަތާލަށް އަތުވެއްޖެއެވެ. އޭރު އޭނާ ބާއްވައިފައި ޮއންނަތާ ހަތަރު ދުވަސް ވެއްޖެއެވެ. އެ މީހާ އައިސް ދެއްކި ވާހަކައިގެ ތެރޭގައި ބޭނުން އެއްޗެއް ޮއތްޯތ

ސުވާލު ޮކށްފިއެވެ.“އަހަރެން މިހެން ޮއންނަ އިރު ވަރަށް ޮބޑަށް ގައި ކަހައެވެ.

އެހެންވީމާ ދަތި ނޫނިއްޔާ ޯކލާވާޓަރު ފުޅިއެއް ގެނެސްދޭށެވެ.” ޖަމީލު ބުންޏެވެ.އެ މީހާ ހަމަ އެ ދުވަހު ޖަމީލަށް ޯކލާވާޓަރު ފުޅިއެއް ގެނެސް

ދީފިއެވެ.ޖަމީލު ޯކލާވާޓަރު ފުޅި ޯހދީ އެއްޮގތަކަށް ވެސް ގައި ކަހާތީ، ގައިގައި

އުނގުޅާކަށެއް ނޫނެވެ. އޭނާގެ މަގްސަދު ޮއތީ އެހެން ޮގތަކަށެވެ. އެހެންވީމާ ދަނޑިވަޅު ބަލައިފައި ޖަމީލު ޮގސް ވަނީ ފާޚާނާ އަށެވެ. ފާޚާނާއަށް ވަނީ އެހެން

މީހަކަށް ނުފެންނާނޭ ހެން ޮފރުވައިގެން ޯކލާވާޓަރު ފުޅި ހިފައިގެންނެވެ.ދިހަ ވަރަކަށް މިނިޓު ފަހުން ނުކުމެގެން އައީ ކަނަކު ޢިޝާ ނަމާދަށް ދާހެން، ކާލި އަޅަމުން، ހޫރެމުންނެވެ. އޭރު ޯކލާވާޓަރު ފުޅިއެއް އަތަކު ނެތެވެ.

ފާޚާނާއަށް ވަދެ އެ ފުޅި ހުސް ވާންދެން ބުއީއެވެ.އެ އައި ޮގތަށް އައިސް އެނދަށް ވެއްޓިގެންފިއެވެ. އެކަމަކު އެރޭ އެއް ޮގތަކަށް ވެސް ނިދޭ ޮގތެއް ނުވި އެވެ. ހޫނު ވާން ފެށީ މާ ވަރަކަށެވެ.

ޖަމީލު ބަލައިލީ އިރު އޭނާގެ އެނދާ ދިމާއަކަށް ފަންކާއެއްވެސް ނެތެވެ. ޯވޑުގައި ދެ ފަންކާ ހުއްޓެވެ. އެހެން ނަމަވެސް ދެ ފަންކާ ވެސް ހުރީ އޭނާ ޮއތް އެނދާ

ތަންޮކޅެއް ދުރުގައެވެ.އިރާޮކޅުގެ ވަގުތަށް ވާތީ މީހުން ހިނގައިބިނގައިވެ އުޅެއެވެ.

އެހެންވީމާ ތަނަކަށް ނުކުންނާކަށް ވެސް ޖަމީލަކަށް ނުކެރުނެވެ. ކުރާހައި ވެސް ކަމަކީ އިރު އިރުޮކޅާ ފާޚާނާއަށް ޮގސް ގަޔަށް ފެން އެޅުމެވެ. އެކަމަކު ހޫނު

ވާ ވަރުން ހޫނު ވެއެވެ. ވާނީވެސް އެހެން ނޫންޯތއެވެ؟ މިހާރު އެ އަރާ ހޫނަކީ އެތެރެ ހަށިން ނުކުންނަ ހޫނެއް ވިއްޔާއެވެ.

މި ހާލެއްގައި ޖަމީލު ތެޅި ތެޅި ޮއއްވާ މެންދަމުން އަލިވެ އެކެއް ޖަހައިފިއެވެ. ޯވޑުގައި ތިބި އެހެން ބަލި މީހުން ނިދައިފިއެވެ.

ޖަމީލު ތެދުވެ ބަލައިލީ އިރު ޯވޑުގެ އެންމެ ޮދރާ ކައިރީގައި ހުރި އެނދާ ދިމާވާ ޮގތަށް ފަންގިފިލާ ފަންކާއެއް އެބަ ހުއްޓެވެ. ކުއްލިއަކަށް ޮމޅު ބުއްދިއެއް ކުރެވުމާއެކު އޭނާ ފުންމައިގެން ތެދުވެއްޖެ އެވެ. އަދި އެނދުއެނދު ކައިރިއަށް ހިނގައި އެކަކު ވެސް ހޭލައި ޮއތްޯތ ބަލައިފިއެވެ. ނަސީބު ރަނގަޅު

ކަމުން އެހީތެރީންގެ ޮގތުގައި ތިބި މީހުންނަށް ދާންދެން ތިބީ ނިދައިފައެވެ.ޖަމީލު ތެދުވެގެން ޮގސް ފަންކާޔާ ދިމާއަށް ހުރި އެނދާ ދިމާއަށް

ބަލައިލިއެވެ. އެ އެނދުގައި މެދު އުމުރުގެ މީހަކު ނިދައިފައި ޮއތެވެ. އެ މީހާގެ އެހީތެރިއަކަށް އެއްވެސް މީހަކު ނެތެވެ.

ހަސްފަތާލުގެ އެނދުތައް ހުންނަނީ ފުޮރޅު ލައިފައި ދުއްވޭ ޮގތަށެވެ. އެނދުގެ ނަންބަރު ޖަހައިފައި ހުންނަނީ އެނދާ ދިމާއަށް ފާރުގައެވެ. ބަލި މީހާގެ

މަޢުލޫމާތު ހުންނަ ލިޔުންތައް ހުންނަނީ އެނދުގެ ކައިރީގައި ހުންނަ ކުޑަކުޑަ އަލަމާރިގަނޑެއްގެ މަތީގައެވެ.

ޖަމީލު ބަލާކަށް ނެތި އެނދު ޮކއްޕައިފައި އޭނާގެ އެނދު ހުންނަ ތަނަށް ގެނެސްފިއެވެ. އަދި އޭނާގެ އެނދު ގެންޮގސް ފަންކާގެ ދަށުގައި

ބަހައްޓައިފިއެވެ. އަދި އެ އެނދަށް އަރައި ހަމަ ޖެހިލައިގެން ނިދައިފިއެވެ. ހެނދުނު މައްސަލައެއް ޖެހިއްޖެއްޔާ މަޢާފަށް އެދޭނީއޭ ހިތައި ހިތް ހަމަ

ޖައްސައިލީ އެވެ.ހެނދުނު ހަތެއް ޖެހި ތަނާ ނަރުހުންގެ ބަޔަކު އެ ޯވޑަށް

އަތުވެއްޖެއެވެ. ފުރަތަމަ ވެސް އައީ ޖަމީލު ޮއތް އެނދުގެ ކައިރިއަށެވެ. ކައިރީގައި ހުރި އަލަމާރިގަނޑުގެ މަތީގައި ހުރި ލިޔުންތައް ބެލުމަށްފަހު އެކަކު

އަނެކަކާ ދިމާއަށް ބަލާފައި ވާހަކަ ތަކެއް ދައްކައިފިއެވެ. އަދި ޖަމީލަށް ޮގވައިފައި ބުނެފިއެވެ.

“ޮއޕަރޭޝަން ތިއޭޓަރަށް ދާ ގަޑި ޖެހެނީއެވެ. އެހެންވީމާ ހެދުން ބަދަލު ކުރާން ތެދުވާށެވެ.”

ޖަމީލަކަށް ދެޮކޅު ހަދާކަށް ނުކެރުނެވެ. އެހެންވީމާ މަޑުމަޑުން ތެދުވެއްޖެ އެވެ.

“ޮއޕަރޭޝަން ތިއޭޓަރަށް ދަނީ ކީއްކުރާން ހެއްޔެވެ؟” “ޮއޕަރޭޝަން ކުރާށެވެ. ބަނޑުގެ ޮއޕަރޭޝަނެއް ކުރާން ޖެހޭ ވާހަކަ

ކުރިން ވެސް ޮއތީ ބުނެފައެއް ނޫން ހެއްޔެވެ؟”ޖަމީލު މޫނުމަތީގައި ޮކކާ ބުރާން ފެށި ކަމުގައި އިހްސާސް ކުރެވުނެވެ. ކުޑަޮކށް ތުރުތުރު ވެސް އަޅާން ފަށައިފިއެވެ. ބަނޑު ފަޅައިލީމާ ވާނެ ޮގތް ހިތަށް

ގެނެވުނީމާ ގަތް ބިރުން ޮލލުން ފެން ވެސް އަތުވެއްޖެއެވެ.ނަރުހުން ތައްޔާރުވާން ފެށީމާ ޖަމީލަކަށް ނުހުރެވުނެވެ. ކަންތައް ވީ ގޮތް ތެދު ބަހުން ކިޔައި ދީފިއެވެ. އެ ދުވަހު ޖަމީލުގެ ބަނޑު ފަޅައި ނުލަނީސް

ސަލާމަތްވީ ހަމަ ކިރިޔާއެވެ.

24

ޢަބްދުهللا ނަޢީމު އިބްރާހީމް ސަމާސާ

ބަނޑު ފަޅައިނުލަީނސް ސަާލމަތްީވ ކިރިާޔ

Page 25: Sun Magazine 50

25

Page 26: Sun Magazine 50

26

Page 27: Sun Magazine 50

ސީނާ އަޙްމަދު ޒާހިރު

ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ޤާނޫނުއަސާސީ ބުނާޮގތުން ރާއްޖޭގެ

އެންމެ ޮބޑު، މުސްތަޤިއްލު ތިންބާރުގެ ތެރެއިން އެއް ބާރެވެ. ރައްޔިތުންގެ މަޖިލީހާއި

ޤާނޫނުއަސާސީ އިން ހަވާލުކުރެވިފައިވާ މަސައްކަތަކީ ޤާނޫނުހެދުމުގެ މަސައްކަތެވެ.

އަދި އެތަނުން ހަދާ ޤާނޫނާއި އެއްޮގތަށް ހިންގުމުގެ ބާރު، ނުވަތަ ސަރުކާރުން

މަސައްކަތްކުރޭޯތ ބަލައި ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ. ޤާނޫނާއި އެއްޮގތަށް

ސަރުކާރުން ކަންތައް ނުކުރާނަމަ ސަރުކާރު ހަމަމަގަށް އެޅުވުމެވެ. ނުވަތަ ހަމަ މަގަށް

ގެނައުމެވެ.

ރާއްޖޭގައި ޒަމާނީ ޑެޮމކްރަސީއެއް ގައިމުކުރުމަށް ޤާނޫނުއަސާސީއަށް

ގެނެވުނު ޮބޑެތި އިޞްލާހުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ފަސޭހަކަމާއި

އެކު މަސައްކަތްކުރެވޭނެ ނިޒާމެއް ގައިމު ކުރެވުނެވެ. ކުރީގެ ތަޖުރިބާގެ އަލީގައި،

މަޖިލީސް ޑެޮމކްރެޓިކް ވެއްޓެއްގެތެރޭގައި މަސައްކަތްކުރުމަށް ކުރިމަތިވެފައިޮއތް

ދަތިތައް ނައްތާލުމަށް ހެޮޔ ނިޔަތުގައި ބަދަލުތައް ގެނެވުނެވެ. އެޮގތުން އެންމެ

ޮބޑަށް ބެލެވުނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދަށްވުރެ އިތުރަށް މެންބަރުން

ތިބެގެންނޫނީ ޖަލްސާއެއް ނުބޭއްވޭ ނިޒާމަށް ލުއިޮގތެއް ގެނެވޭޯތއެވެ. އެހެންޮގތަކަށް

ދަންނަވާނަމަ ޯކރަމްގެ މައްސަލައެވެ. ކުރީގައި ހަމަޖެހިފައި ޮއންނަޮގތުން،

ސަރުކާެރުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށްވެސް ރައްޔިތުންގެ މަޖިލީހުގެ

މެންބަރުކަންކުރެއްވެއެވެ. މިހެންވުމުގެ ސަބަބުން ސަރުކާރުގެ މުހިއްމު ޮއފީސްތަކުގަައި

ހިންގުމުގެ ދާއިރާގައި މަސައްކަތްކުރައްވާ ބައެއް އިސްބޭފުޅުން، ނުވަތަ ގިނަ

ބޭފުޅުންނަށް މަޖިލީހުގެ ޖަލްސާއަށް ހެނދުނު ވަޑައިގެންނެވޭއިރު ޖަލްސާ ޮއންނަނީ

ޯކރަމް ހަމަނުވެގެން ކެންސަލްކުރެވިފައެވެ. މަޖިލީހުގެ ޖަލްސާ ފެށޭ ގަޑިއަކަށް ޮއންނަނީ

ނުވައެއް ޖަހާއިރެވެ. ޖަލްސާ ފަށާ ގަޑިއަށްފަހު، ފަސްވަރަކަށް މިނެޓަށް، ބައެއް ފަހަރަށް

އެއަށްވުރެވެސް ގިނައިރު ބެލުމަށްފަހު ޖަލްސާ ކެންސަލްކުރުމަށް މަޖުބޫރުވަނީއެވެ.

ޯކރަމްހަމަނުވެގެންނެވެ. ގަޑިއަށް ވަޑައިގަންނަވާ މެންބަރުންނަށް އިޙްތިރާމްކުރުމުގެ

ގޮތުންވެސްމެއެވެ. ޙަޤީޤަތަކީ ނުވަގަޑިބައެއްހާއިރު، ވަރަށް މަދުދުވަހަކު ފިޔަވައި އެހެން

ހުރިހާދުވަހަކުވެސް މެންބަރުންގެ ސައިޮފދު މާލަމުގައްޔާއި ބޭރުގައި ހުންނަ އަވިކުޑައިގެ

ދަށުގައި، ޖަލްސާ ކުރިޔަށް ގެންދެވޭ އަދަދަށްވުރެ މާގިނަ މެންބަރުންވެސް ތިއްބަވާކަމެވެ.

މަޖިލީހުން އިންތިޒާމުކުރައްވާ ހިލޭ ސައިޮފދު ހިއްޕަވާށެވެ. ބައެއްފަހަރު ކުރިންވެސް

އަދި މިހާރުވެސް ޯކރަމް ހަމަނުވެގެން ރަގަބީލު ޖައްސަވަމުން ގެންދަވާއިރު މަޖިލީހުންދޭ

ޚިދުމަތްތަކުގެ އަމިއްލަފުޅު ބޭނުންތައްކުރެއްވުމުގައި މަޖިލީހުގެ ޯގތިތެރޭގައި މެންބަރުން

ތިއްބަވައެވެ. ރަގަބީލަށް ބީރުކަންފަތެއް ދެއްވައިގެންނެވެ. މަޖިލީހުގެ ރައީސްގެ

ޮގވާލެއްވުމަށް ފުރަގަސްދެއްވައިގެންނެވެ. ރައްޔިތުން އިތުބާރާއިއެކު އެބޭފުޅުންނާއި

ހަވާލުކުރި މަސައްކަތައް އިހުމާލުވެވަޑައިގެންނެވެ.

އާ ޤާނޫނުއަސާސީ އެކުލަވާލެވުނުއިރު، ކުޑަ ޯކރަމެއްގައި މަޖިލީހުގެ

ޖަލްސާތައް ގެންދިއުމާއި މެދު ވަރަށް ޮބޑަށް ވާހަކަދެކެވުނެވެ. 77 މެންބަރުންގެ

މައްޗަށް އެކުލެވޭ މަޖިލީހެއްގައި، ޮކމިޓީތައް ހިނގަމުންދާއިރުވެސް، ކުޑަ ޯކރަމެއްގައި

ޖަލްސާ ކުރިޔަށް ގެންދިއުމާއިމެދު ވާހަކަ ދެކެވުނެވެ. އެހެންނަމަވެސް މަޖިލީހުން ކަމެއް

ނިންމުމުގައި، ޚާއްޞަޮކށް އެކަމަކަށް ރައްޔިތުން އަމަލުކުރަންޖެހޭފަދަ ނިންމުންތައް

ނިންމުމުގައި ޮބޑު ޯކރަމެއް ޮއންނަޮގތަށް ވާހަކަދެކެވި އެޮގތަށް ހަމަޖެހުނެވެ.

ނަތީޖާއަކަށްވީ 77 މެންބަރުންގެ މަޖިލީހުގެ ޯކރަމަކީ 17 މެންބަރުންނަށްވުމެވެ.

މިހާރުވެސް މަޖިލީހުގެ ކިތަންމެ ޖަލްސާއެއް ޯކރަމްގެ މައްސަލާގައި ނުބޭއްވެއެވެ.

ޮކމިޓީތައް ބޭއްވޭވަރު ގިނަވެގެންނެއް ނޫނެވެ. މެންބަރުން މަޖިލީސްކުރާ ގެއަށް

ވަޑައިނުގަންނަވައިގެންވެސް ނޫނެވެ. ޖަލްސާކުރާ މާލަމަށް ވެދެވަޑައިނުގަންނަވައިގެންނެވެ.

ޮކންމެހެން މަޖިލީހުގެ ރައީސްގެ ނިންމެވުމަކަށް ނުރުހުން ފާޅުކުރުމުގެ ޮގތުންނެއްވެސް

ނޫނެވެ. އެހެންކަމަށްވާނަމަ އެފަދަ ފިޔަވަޅެއް އަޅާނީ ޖަލްސާކުރާ މާލަމުގައި އެޮގތަށް

އިޢްލާނުކުރުމަށްފަހުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، މެންބަރުކަން ފިޔަވައި އެހެން

ވަޒީފާއެއް އަދާނުކުރެއްވޭޮގތަށް ހަމަޖެހުނީވެސް ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް

އެބޭފުޅުން ހުސްކުރުމަށެވެ. މެންބަރުންގެ މުސާރަ މެންބަރުން އަމިއްލަފުޅަށް

ނަމަވެސް ޮބޑުކުރެއްވުމުގެ މައިގަނޑު ސަބަބަކީ އެބޭފުޅުންނަށް އާމްދަނީ ޯހއްދެވުމަށް

އެހެންއެއްވެސް ފަރާތެއްގައި އެހެން އެއްވެސް މަސައްކަތެއް ކުރެއްވުމަށް ޤާނޫނުއަސާސީ

ހުއްދަ ނުކުރާތީވެއެވެ.

ޑެޮމކްރަސީ ހަރުދަނާކުރުމަށްޓަކައި، މަޖިލީހަށް ގެނެވުނު ބަދަލުތަކުން،

ރައްޔިތުން ބޭނުންވާ މިންވަރާއި ކައިރިއަށްވެސް މަޖިލީހުގެ މަސައްކަތަށް ބަދަލެއް

އައިސްފައެއް ނުވެއެވެ. އެބޭފުޅުންނަށް ބައިވަރު މަސައްކަތްތަކެއް ކުރެއްވުނުކަން

ދެއްކެވުމަށް އަޅާކިޔަނީ ބައިގަޑިއިރަށް މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދެވުނު

ދައުރުތަކާއި، މަޖިލީހުގެ މެންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން

ތިއްބަވައިގެން ޖަލްސާތައް ކުރިޔަށް ގެންދިޔަ ދައުރުތަކުގެ މަސައްކަތާއެވެ. އެބޭފުޅުން

އަމިއްލަފުޅަށް މަޖިލީސް އުފެއްދުންތެރިކަމަށް ވިދާޅުވިޔަސް، ބޭއްވޭ ޖަލްސާތަކުގައި

ކަންތައް ހިނގާޮގތާއި، ދެކެވޭ ވާހަކަތަކާއި، ނިންމޭ ނިންމުންތަކާއި، ނުނިމިހުރި

މައްސަލަތަކަށް ބަލާލާއިރު، ރައްޔިތުންގެ މަޖިލީހުގައި ޮބޑެތި މައްސަލަތަކެއް ހުރިކަމަށް،

އަޅުގަނޑުމެން ކަމާއި ނުބެހޭ ޢާއްމު ރައްޔިތުންނަށް ފާހަގަކުރެވެއެވެ. ހިންގުމުގެ

މައްސަލައެވެ. ސުލޫކީ މައްސަލައެވެ. މެންބަރުންގެ ޤާނޫނީ ހުދޫދުގެ މައްސަލައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީވެސް ދެޤާފުން ނުވަތަ ޑަބަލްގާފުން )ޤާނޫނާއި

ޤަވައިދުން( ބޭރުގައި މަސައްކަތްކުރުމަށް ލައިސެންސް ދީފައިވާ ބައެއްނޫނެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިވަނީ މެދުކަނޑާލެވިފައެވެ. މިކަމެއް

ދިމާވެފައިމިވަނީ މަޖިލީހުގެ ރައީސްގެ ޮއފީހަށް މެންބަރުންތަކެއް ވެދެވަޑައިގެން،

ގަވައިދާއި ޚިލާފް ކަންތައްތަކެއް ކުރެއްވުމުން ނުވަތަ ކުރައްވަން އުޅުއްވުމާއި

މަޖިލީސް ޮއމާންކަމާއި އެކު ކުރިޔަށް ގެންދެވޭނޭ މާހައުލެއްނެތުމުންކަމަށްވެއެވެ.

ބައިވަރު ސުވާލުތައް އުފެދެއެވެ. މެންބަރުން މަޖިލީހުގެ ރައީސްގެ ޮއފީހަށް

ވެދެވަޑައިގަތީ އެޮޕއިންޓްމެންޓަކާއި އެކުޯތއެވެ؟ މަޖިލީހުގެ ސިކިއުރިޓީ ޮކބައިޯތއެވެ؟

ގަވައިދާ ޚިލާފް ކަންތައްތަކެއް މަޖިލީހުގެ ރައީސްގެ ޮއފީހުގެތެރޭގައި މެންބަރުން

ހިންގެވިކަމަށްވާނަމަ އެބޭފުޅުން އެތަނުން ވަގުތުން ނުނެރެވުނީ ކީއްވެޯތއެވެ؟ އެތަނުން

ނެރެން ނަންއިއްވާކަށް ނުޖެހެއެވެ. މަޖިލީހުގެ ޮކމިޓީތަކުގައިވެސް ދިމާވަނީ މިކަހަލަ

މައްސަލަތަކެކެވެ. ޮކމިޓީ އަޑުއައްސަވަން ވެދެ ވަޑައިގަންނަވާ ބޭފުޅުން އެތަނުގައި

މަސައްކަތްކުރިޔަށް ގެންދިޔަ ނުދީ ހަމަނުޖެހުން ހިންގުމުންވެސް އެއްވެސް ކަމެއް

ނުކުރެވެއެވެ. އެތާގައި “ނާޗަރަންގީ” ހިނގާ މެންބަރުންގެ “އަގުހެޔު” ވީޑިޯއ

މީޑިޔާތަކުގައި ދައުރުވާންފެށުމުން، އެކަންތައް ހިންގާ މީހުންނަށް ޮކންމެވެސްވަރެއްގެ

އުފަލެއް ލިބޭނެކަން ނޭގެއެވެ. މަޖިލީހުން ބޭނުންނަމަ ޖަލްސާތައް ބޭއްވޭނެ

މާހައުލެއްވެސް ގެނެވޭނެއެވެ. ޮކމެޓީއެއްގައި ޯކރަމް ހަމަވާވަރަށް ބޭފުޅުންތިއްބެވިނަމަ

އެ ޮކމެޓީއެއްވެސް ހިންގެންވާނެއެވެ. މައްސަލައަކީ ޤާނޫނާއި ޤަވައިދު ތަންފީޒުކުރުމުގައި

ކަމާއިބެހޭ ފަރާތްތަކުގައި ޯޖރެއްނެތުމެވެ.

މިހާެރު ޮއތް އެންމެ ޮބޑު ބިރަކީ ދައުލަތްހިންގުމުގެ ބާރުން ޤާނޫނުހެދުމުގެ

ބާރު ޮކޕީ ކުރައްވަފާނެކަމުގެ ބިރެވެ. ކުރީގެ ރައީސްގެ ފަރާތްޕުޅުންނޭ ކިޔައިގެން

ޮކންމެ ރެޔަކު މާލޭގެ މަގުމަތީގައި މިޮއންނަ “މަގުމަތީވޭން” އާއި ހުރެ ދައުލަތް

ހިންގުންް ވަގުތީޮގތުން ހުއްޓާލައްވާނެކަމަށް ހިންގުމުގެ ބާރުން ވިދާޅުވެފާނެކަމުގެ ބިރެވެ.

ން ާފ ސިކުނީޑގެ ޠޫ

27

Page 28: Sun Magazine 50

މިންނު

ީރތިކަން ގެނައުމަށް ލުނބޯ

• ލުނޮބއިގައި ހުންނަ މާއްދާއެއް ކަމުގައިވާ އެންޒައިމްސް ގެ ސަބަބުން

ހަމުގައި މަރުވެފައި ހުންނަ ސެލްސްތައް ސާފުޮކށްދެއެވެ. ލުނޮބލެއް

ދެފަޅިޮކށްލުމަށްފަހު މޫނުގައި ހޭކުމުން މޫނުގެ ހަންގަނޑު އުޖާލާވެ ކުލަ

އަލި ވެދެއެވެ. ހާއްސަ ޮކށް ގިނައިރު ބޭރުގައި )ހިރަފުހުގަ އާއި އަވީގައި(

އުޅުމަށްފަހު ގެއަށް އައިސް މިޮގތަށް ހެދުމުން މޫނުގެ ހަމަށް އިތުރު ދިރުމެއް

ގެނެސްދެއެވެ.

• ލުނޮބއިން ހަންގަނޑު މަޑުކުރުމަށް ޮދންކެޮޔވަކެއް ޗަސް ކުރުމަށްފަހު

އެއަށް ލުނޯބހުތް އެޅުމަށްފަހު އެއްޮކށްލާށެވެ. އެއަށްފަހު މޫނުގަޔާއި އަތުގައި

ހާކާށެވެ. އޭރުން ހަންގަނޑު މަޑުވެ އަލިވާނެއެވެ.

• މޭޒުމަތީ ސަމުސަލެއްގެ މާމުޔަށް ކުކިން ޮއއިލް ޮފދަކާއި ހަތަރުބައި

ޮކށްފަ އެއްބައި ސައިސަމުސާ ލުނޯބހުތް އަޅައި އެއްޮކށްލާށެވެ. މިހެދުނީ

މާސްކެކެވެ. މި މާސްކް އަތުގަޔާއި އުނޅަޮބށީގައި އަދި ފައިގެ ފުންނާބުގައި

ހޭކިދާނެއެވެ. 10 މިނިޓް ބެހެއްޓުމަށްފަހު ޮދވެލުމުން މި މާސްކް ހޭކި

ތަންތަން މަޑުވާނެއެވެ.

28

ލުނޮބޔަކީ ރީތިކަން ދެމެހެއްޓުމަށް ބޭނުން ކުރެވިދާނެ

ތާޒާ މޭވާއެކެވެ. މިއީ ގެއިން ފަސޭހައިން ލިބެން ހުންނަ އެއްޗަކަށް

ވުމާއެކު ލުނޮބއިން ކުރެވޭ ކަންތަކާ ލިބޭ ފައިދާ އެހާމެ ގިނައެވެ.

ލުނޮބޔަކީ ހުރިހާ ހަމަކަށްވެސް ބޭނުން ކުރެވިދާނެ

އެއްޗެކެވެ. ތެޮޔވާ ހަންގަނޑެއްނަމަ އެކަމަށް ލުނޮބޔަކީ ފަރުވާއަކަށް

ވެދެއެވެ. އެއީ އޭގައި އެކުލެވޭ އެސިޑިކް މާއްދާގެ ސަބަބުންނެވެ.

ލުނޮބއިގެ ބޭނުން ހަމުގެ އެކި ކަންތަކަށް ކުރެވޭއިރު

ލުނޮބޔަކީ އެތެރެހަށިން ވެސް ހަށިގަނޑަށް ވަރަށް ޮބޑެތި ފައިދާތަކެއް

ކުރާ އެއްޗެކެވެ. މި ޮގތުން ހެނދުނު ހޭލުމަށް ފަހު ދުވަސް ފެށުމުގެ

ކުރިން ލުނޯބހުތު ފަނިތައްޓެއް ޯބން އާދަކުރެވިދާނެއެވެ. ތައްޔާރު

ކުރާ ލުނޯބހުތު ފަނިތަށި ހަދާނީ ތާފަނާ ފެނުގައެވެ. އަދި އެއަށް

ހަކުރުގެ ބަދަލުގައި އަޅާނީ އެއް ސައިސަމުސާ މާމުޔެވެ. މިޮގތަށް

ޮކންމެ ދުވަހަކު ހެނދުނު ލުނޯބހުތު ފަނި ޯބން އާދަކުރުމުން

އެތެރެހަށި ސާފުޮކށްދީ ބަނޑުހިކޭ މީހުނަށް ފަރުވާއަކަށްވެދެއެވެ. އަދި

ލޭ ދައުރުވުމަށް ވެސް އެހީއަކަށް ވެދެއެވެ. އެހެން ކަމުން ދުވަސް

ފެށިގެންދާނީ ތާޒާކަންމަތީގައެވެ.

Page 29: Sun Magazine 50

29

ީރތިކަން ގެނައުމަށް ލުނބޯ

• ޑްރައި ހަމެއްނަމަ ތިން ސައިސަމުސާ ލުނޯބހުތް، ތިން ސައިސަމުސާ

މާމުއި، ބައި ސައިސަމުސާ ކެބެޖް )ކެބެޖް ޖެހޭނީ ކެއްކުމަށްފަހު ޗަސްކުރަން(

އަޅައި ޕޭސްޓެއް ތައްޔާރު ކުރާށެވެ. އަދި ހެދި ޕޭސްޓް މޫނުގަޔާއި ކަރުގައި

ހޭކުމަށްފަހު 10 މިނިޓް ބަހައްޓާށެވެ. އެއަށްފަހު ޮދވެލުމުން މޫނުގެ ހަން

ވަރަށް ޮބޑަށް ރީތި ވާނެ އެވެ.

• ތެޮޔ ހަމެއްނަމަ ބައި ސައިސަމުސާ ރީނދޫ، ދެ ސައިސަމުސާ

ލުނޯބހުތް، ތިން ސައިސަމުސާ ފަޯޅ އެއްޮކށްލައި ޕޭސްޓެއް ހަދާލާށެވެ.

އެއަށްފަހު މޫނުގަޔާއި ކަރުގައި ހޭކުމަށްފަހު 20 މިނިޓް ބަހައްޓާށެވެ.

އަދި ޮދވެލާށެވެ.

• ލުނޮބޔަކީ ހަށިގަނޑުގެ ވަރަށް ގިނަ ގުނަވަންތަކަށް ބޭނުން ކުރެވޭ

އެއްޗެކެވެ. މިޮގތުން ލުނޮބއިން ދަތްތަކުގެވެސް ކުލަ އަލި ކުރެވިދާނެއެވެ.

ލުނޮބލެއް ދެފަޅި ކުރުމަށްފަހު އެއަށް ކުޑަ ޮލނު ޮކޅަކާއި ބޭކިން ޮސޑާ

ޮކޅެއް އަޅައި ދަތުގައި ލުނޯބފަޅި ހާކާށެވެ. މީގެން ދަތް ހުދުވުމުގެ

އިތުރުން ދަތުގެ ކުލަ އަލިވެ އަދި އަނގައިން ވަސް ދުވާ ނަމަ

އެއަށްވެސް ހައްލު ލިބޭނެއެވެ.

• ޮބލުން ހަންޮފޅޭނަމަ ބިހުގެ ހުދުބަޔަށް ލުނޯބ ހުތް އެޅުމަށްފަހު

އެއްޮކށްލާށެވެ. އަދި ތައްޔާރުކުރި ޕޭސްޓް އިސްތަށީގެ ބުޑުގައި ހާކާށެވެ.

އެއަށްފަހު އެއްގަޑިއިރު ބެހެއްޓުމަށްފަހު އިސްތަށިގަނޑު ޮދވެލާށެވެ. މި

ޓްރީޓްމަންޓް މަހަކު އެއްފަހަރު ނެގިދާނެއެވެ.

• ތުންފަތް ޮފޅި ހިކޭނަމަ ލުނޯބހުތާއި މާމުއި އެއްކުރުމަށްފަހު

ތުންފަތުގައި ހާކަށެވެ.

Page 30: Sun Magazine 50

30

ބޮީލވުޑް

ޝަތުރުގަން ސިންާހ ހަސްފަާތލުން ދޫކޮށްފި

ބެލުންތެރީންގެ މަގުބޫލުކަން ކުޑަ ދުވަސްޮކޅެއްގައި ޯހދައިފައިވާ ކެތުރީނާ ކައިފް މިހާރު ތައްޔާރުވަމުން ދަނީ ބެލުންތެރީންނާ ހަމަޔަށް މުޅިން އާ ފިލްމުތަކެއް ގެނެސްދިނުމަށެވެ. ކެތުރީނާ ބުނާ ގޮތުގައި އޭނާގެ ފިލްމީ ކެރިއަރު ވަރަށް ކާމިޔާބެވެ. އެހެން ނަމަވެސް

ފިލްމީ ކެރިޔަރުގެ އެންމެ ކާމިޔާބު ދުވަސްތައް އަދިވެސް ޮއތީ ކުރިޔަށް ކަމަށް އޭނާ ގަބޫލު ކުރެއެވެ.

“އަހަރެން ގަބޫލު ކުރާ ގޮތުގައި އަހަރެންގެ ފިލްމީ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތައް އަދިވެސް ނާދޭ. އަހަރެން ދެކޭ ޮގތުގައި ފިލްމީ ދާއިރާގައި އަހަންނަށް އަދިވެސް ވަރަށް

ޮބޑަށް ކުރިޔަށް ދެވިދާނެ. އަހަރެންގެ ހަޔާތުގައި ހަމަ ޮކންމެ ކަމެއް ވެސް ދިމާވަމުން ދަނީ ކުއްލިއަކަށް. މިހާތަނަށް ހުރިހާ ކަމެއް ވެސް ޮގސްފައިވަނީ ވަރަށް ރަނގަޅަށް.” އުމުރުން

28 އަހަރުގެ ތަރި ބުންޏެވެ.ކެތުރީނާގެ ޯލބިވެރިޔާ ސަލްމާން ޚާނާ މެދު ކެތުރީނާ ބުނަނީ ފިލްމުތަކުގައި އެކްޓުކުރާއިރު ވެސް އަދި އާންމު ދިރިއުޅުމުގައި ވެސް ސަލްމާނުގެ މާ ޮބޑު ތަފާތެއް ނެތް ކަމުގައެވެ. އަދި “މޭނޭ ޕިޔާރް ކިޔޫނ ކިޔާ” ގައި ފެންނަ ސަލްމާނަކީ ހަގީގީ ދިރިއުޅުމުގައި ވެސް

ފެންނަ ސަލްމާނު ކަމުގައެވެ.

ބޮލީވުޑުގެ މަޝްހޫރު ތަރި ޝަތުރުގަން ސިންހާ ނުވަތަ ދިވެހީންގެ ތެރޭގައި މަޝްހޫރު ނަމުން ނަމަ ސަތަރޭ މިދިޔަ މަހުން ފެށިގެން ހަސްފަތާލުގައި އެނދުމަތި ކުރެވިފައި ވުމަށް ފަހު

ދޫޮކށްލައިފިއެވެ. ހަސްފަތާލުން ދޫޮކށްލުމުން ސަތަރޭ ވަނީ އޭނާގެ އަންހެނުން ޕޫނަމް ސިންހާއެކު ގެޔަށް ޮގސްފައެވެ.

އުމުރުން 66 އަހަރުގެ ސަތަރޭ ހަސްފަތާލުގައި އެނދުމަތި ކުރެވުނީ މިދިޔަ މަހުގެ 2 ވަނަ ދުވަހު ނޭވަޔަށް އުނދަގޫވެ ނޭވާލާން ދަތިވުމުގެ ސަބަބުންނެވެ. ސަތަރޭއަށް ނޭވަޔަށް އުނދަގޫ ވުމުގެ މައްސަލަ ކުރިމަތި ވީ ގޭގައި ދަވާދުގެ މަސައްކަތްތަކެއް ކުރަނިޮކށް ދަވާދުގެ ވަހަށް

އެލާޖިކު ވެގެންނެވެ.ނޭވަޔަށް އުނދަގޫވުމުގެ މައްސަލައެއްގައި އެނދުމަތި ކުރި ނަމަވެސް، އިތުރު ތަހުލީލުތަކުން

އޭނާއަށް ހިތުގެ މައްސަލަތައް ކުރިމަތިވެފައިވާކަން އެނގުމުން ޮޑކްޓަރުން ވަނީ ސަތަރޭގެ ހިތުގެ ޮއޕަރޭޝަނެއް ވެސް ޮކށްފައެވެ.

ބިހާރީ ބާބޫ އަދި ޮޝޓްގަންގެ ނަމުން ވަނަން ލިބިފައިވާ ސަތަރޭ އެންމެ ޮބޑަށް މަޝްހޫރުވެފައިވަނީ އޭނާގެ ތަފާތު އަޑުގެ ސަބަބުންނެވެ. 1969 ވަނަ އަހަރުން ފެށިގެން ސަތަރޭ

ވަނީ 200 އަށް ވުރެ ގިނަ ހިންދުސްތާނީ ފިލްމުގައި ހަރަކާތްތެރިވެފައެވެ. މީގެ އިތުރުން ބަންގާޅު ބަހުގެ ބައެއް ފިލްމާއި ޕަންޖާބީ ބަހުގެ ބައެއް ފިލްމު ވެސް އޭނާ ކުޅެފައިވެއެވެ.

ގޭ ެކރިއަރުގެ ފެހި ދުވަސްތައް އޮީތ ކުރިޔަށް: ކެތުީރާނ މަ

Page 31: Sun Magazine 50

31

Page 32: Sun Magazine 50

32

)ކުރީގެ އަދަދާ ގުޅޭ(އޭނާ ޮގސް ރަޝާޤާގެ ގައިގައި ޮއޅުލައިގެންފި އެވެ. މިހާހިސާބަށް ދިޔައިރުވެސް ޒައިދު ހަމަ އަޅައިވެސް ނުލައެވެ. އިހުސާންގެ ހަރަކާތްތަކަށް ބަލަން ހުރީ އެވެ.

“ރަޝާ! އަޅެ އަހަންނަށް ތިހެން ތިހަދަނީ އަހަރެން ޮކން ކުށެއް ޮކށްގެން؟ ރަޝާ ތިހެން އުޅުނީމަ އަހަރެންގެ ހިތަށް ލިބޭ އަނިޔާ ރަޝާއަކަށް ވަޒަނެއް

ނުކުރެވޭތަ؟”“އަހަރެންގެ ގައިން ދޫޮކށްލަބަލަ! އަހަންނަކީ މިހާރު މީހެއްގެ އަންބެކޭ ކިތައް

ދުވަހު ބުނެފިންތަ؟” ބިރުގެންފައި ހުރި ނަމަވެސް ރަޝާގެ އަޑުގައި ހުރީ ރުޅިވެރިކަމެވެ.

“ތި އަނިތާވެރި ލަފުޒު އަހަރެންގެ ކަންފަތަށް ނީއްވަބަލަ!” މިފަހަރު އިހުސާންގެ އަޑު ތަންޮކޅެއް ބާރުވި އެވެ. “ރަޝާ! އޭނަ ގާތުން ވަރިވެގެން އަހަންނާ

އިނދެބަލަ! އަހަރެން ރަޝާ ވަރަށް އުފަލުގަ ގެންގުޅޭނަމޭ!”“އިހުސާން! ނިކަން ހަމަޖެހިބަލަ! ކިހިނެއް ވެގެން ތިއުޅެނީ؟” އިހުސާނާ ދިމާއަށް ޒައިދު އެނބުރުނެވެ. ޒައިދުގެ އަޑުގައި ހުރީ މަޑުމައިތިރިކަމެވެ.

“އަހަރެން ކަލެއަކާ ވާހަކައެއް ނުދައްކަމެއްނު.” ޒައިދާ ދިމާއަށް އިހުސާން ބަލައިލީ ނަފުރަތުން ޯފވެފައިވާ ދެޮލލަކުންނެވެ.

“ތިކަން އެނގެއޭ. އެކަމަކު ތަންޮކޅެއް ހަމަޖެހިގެން ހުރެ، ނިކަން މަގޭގާތު ބުނެބަލަ ތިކަން ޮކށްދޭށޭ!”

“އަހަރެން ނުޖެހޭނެ ކަލޭގާތު ކަމެއް ޮކށްދޭން ބުނާކަށް. ކަލޭ ތީ ކާކު؟ ރަށަށް އަރާހުރި ފާޑެއްގެ މީހެއް.”

“އިހުސާނަށް އެނގޭތަ؟ މަށަކީ ކަލޭ ތި ޯލބިވާ ރަޝާޤާގެ ފިރިމީހާއޭ. އިހުސާނަށް ރަޝާއާ އިނދެވޭނީ އަހަރެން ރަޝާ ވަރިކުރީމައެއްނު. އިހުސާން ރަޝާއާ

އިންނަން ބޭނުމިއްޔާ މަގޭގާތު ބުނެބަލަ ރަޝާ ވަރިޮކށްދޭށޭ!”ޒައިދުގެ މި ޖުމުލައާއެކު ރަޝާއަށް ވީޮގތްވެސް ނޭނގުނެވެ. ޮބލަށް އެނބުރުން

މުހައްމަދު ާގސިމް، އއ. މަތިވެރިވަކި ނުވިނަމަ

އަރައިގަތްހެން ހީވި އެވެ. ދެޯލ ޮބޑުވި އެވެ.“އެހެންވިއްޔާ ތިކަން ޮކށްދީ! އަހަރެން ބޭނުން ރަޝާއާ އިންނަން.” ރަޝާޤާގެ

ގައިން ދޫޮކށްލާފައި އިހުސާން އައިސް ޒައިދުގެ ކުރިމައްޗަށް ހުއްޓުނެވެ. “އިހުސާން ބުނާކަމެއް މަށަށް ޮކށްދެވޭނީ މަބުނާ ކަމެއް އިހުސާންވެސް

ޮކށްދެންޏާ.” ޒައިދު ހުރީ އިހުސާންގެ މޫނަށް ބަލާށެވެ.“އާނ، ޮކށްދޭނަން. ބުނޭ!”

“އެހެންވިއްޔާ މިރޭ ދެން ގެއަށް ޮގސް ނިދާލާފައި މާދަމާ އާދޭ! އޭރުން އިހުސާން ތި ބުނާކަންތައް އަހަރެން ޮކށްދޭނަން.”

“ޒައިދު! ކިކޭތަ ތި ކިޔަނީ؟” ރަޝާޤާއަކަށް ނުހުރެވުނެވެ. އެއަޑު އިވޭކަމަށް ވެސް ޒައިދު ނުހަދަ އެވެ.

“ތިއުޅެނީ ޮދގުހަދާފަ އަހަރެން ޮފނުވާލާކަށްނު. ނުދާނަން. ވަރިކުރީމަ ދާނީ.” އިހުސާން ގަދަކުރި އެވެ.

“ތިޮގތަށް އިހުސާން ދިމާޮކށްފިއްޔާ ދުވަހަކުވެސް ތިކަމެއް ނުވާނެ. އެންމެ ފަސޭހައިން ތިކަން ވާނެ ޮގތް އަހަރެން މިބުނީ.”

ރަޝާޤާއަށް ޮރވެން ފަށައިފި އެވެ. ޒައިދު އަޅައެއް ނުލަ އެވެ. ބަލާވެސް ނުލަ އެވެ. އެނގޭކަމަށް ވެސް ނުހަދަ އެވެ.

“އެންމެ ރަނގަޅު. އަހަރެން މިދަނީ.” އެއްޗެއް ނުބުނެ އިރުޮކޅަކު ހުރެފައި އިހުސާން ޯބ ޖަހައިލި އެވެ. ހީވަނީ މިހާރު އޭނާ ތަންޮކޅެެއް ހަމަޖެހިފައި

ހުރިހެންނެވެ. “މާދަމާ ހެނދުނު ހެނދުނާ އަހަރެން އަންނާނަން. އަންނައިރަށް ޖެހޭނެ ވަރިކުރަން.”

“މައްސަލައެއް ޯނންނާނެ.” އިހުސާން ނިކުމެއްޖެ އެވެ. ޒައިދު ޮގސް ޮދރުލައްޕާ ތަޅުލި އެވެ. ރަޝާޤާއަށް ކެތް ކުރެވުނީ އެހާތަނަށެވެ. ބަޑި ފަޅައިގެން ހިނގައްޖެ އެވެ. އޭނާ އައިސް

ޒައިދުގެ ގައިގައި ޮއޅުލައިގަތެވެ.

Page 33: Sun Magazine 50

“ޒައިދު! އަހަންނަށް ތިހެން ނުހަދާ! އަހަރެން ވަރިނުކުރާތި! އަހަރެން ބޭނުމެއް ނޫން އޭނައާ އިންނާކަށް.”

********************************************ޒައިދު އެއްޗެއް ނުބުނެ އެވެ. ރަޝާޤާގެ ގައިގައި ވަރަށް ޯލބިން ބައްދާލާ ކަހަލަ

ޮގތަކަށް ބައްދައިލި އެވެ. ހީވަނީ ދުވަހަކުވެސް ދޫޮކށްލަން ބޭނުން ނުވެގެން ބައްދައިލިހެންނެވެ. އެއާއެކު ފެނުނީ އޭނާގެ ދެޮލލުންވެސް ކަރުނަ ޮއހިގަތްތަނެވެ.

ފުރަ މެންދަމުގެ ހަމަހިމޭން ވަގުތެވެ. އިހުސާން ޮއތީ އޭނާ ނިދާ އެނދުގަ އެވެ. ނިދަން ޮއޯށތެއްކަމަކު އެދެޮލލަކު ނިންޖެއް ނެތެވެ. ސިކުނޑި ޮއތީ

ހާސްކަމެއްގެ ތެރޭގައި ބަނދެވިފަ އެވެ. ފިކުރުތަކުން ބަރުވެފަ އެވެ. އޭނާގެ ހިތަށް ނުތަނަވަސްކަން ވެރިވަމުން ދަނީ އިންތިހާ ދަރަޖަ އަށެވެ. ޒައިދަށް އިތުބާރުކުރާކަށް އޭނާއަކަށް ފަސޭހައެއ ނޫނެވެ. ޒައިދު އެއުޅެނީ އޭނާއަށް

ޮދގުހަދާ ޮއޅުވާލައިގެން ޮކންމެވެސް ކަންތައްގަނޑެއް ހިންގާށެވެ. ޒައިދުގެ ބަހަށް އިތުބާރު ކުރެވުނުކަމީ އޭނާއަށް ހެދުނު ޯގހެކެވެ.

މިކަހަލަ ފިކުރުތަކެއް ކުރެވެން ފެށުމުން އިހުސާނަކަށް އެނދުގައި ޮއންނާކަށް ފަސޭހައެއް ނުވި އެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. ފާޑަކަށް ހުއްޓުން

އަރާފައި އެތައް އިރަކު އިނުުމަށްފަހު ހިނގައިގެންފި އެވެ. ބަދިގެއާދިމާއަށެވެ.ބަދިގެއަކު ގިނަ އިރުތަކެއް އޭނާ ހޭދައެއް ނުކުރެ އެވެ. ނިކުމެއްޖެ އެވެ. އޭރު އަތުގައި އޮތީ ތިލައިގައި ފޫޓެއް ހުންނަވަރުގެ މަސްވަޅި އެކެވެ. ވަޅި ހިފައިގެން ނިކުތްޮގތަށް ހިނގައިގެންފި އެވެ. ސިކުންތަކަށް ވެސް މަޑުޖައްސާލުމެއް ނެތި

އެވެ. ޯގތިތެރެއިން ޮގސް މަގަށް ނިކުމެއްޖެ އެވެ. ހިނގައިގަތީ އިރަށެވެ. އިހުސާނުގެ މަޤުސަދަކީ ޮކބައިކަމެއް، މަންޒިލަކީ ޮކބައިކަމެއް ނޭނގެ އެވެ.

މެންދަމުގެ ގަދަ ނިދީގައި ޮއތް ރަށުގެ މަގުތަކުގައި މީހެއްގެ ހިލަމެއް ނެތެވެ. މުޅިރަށް އިހުސާނަށް ހިތަކަށް ލިބިފައިވާ ކަހަލަ އެވެ. އޭނާ މަގު ހުރިޮގތަށް ފައިބައިގެން އެހެރަދަނީ އެވެ. ބިލަށް ޮލޅުން އަރާފަދަ ބަރު ފިޔަވަޅުތަތަކުން

މަގުމަތީގައި ތަޅަމުންނެވެ. އަތުގައި ޮއތް މަސްވަޅި ޮއތީ އަތަށް ހެޮޔވަރުޮކށްލާފަ އެވެ. މޫނުމަތީގައި ހުރި ކުލަވަރުން ފެންނަނީ ނަފުރަތެވެ. މީހަކު ޮކށާލަން

ޖެހުނަސް ފަސްޖެހޭނެހެނެއް ހިއެއް ނުވެ އެވެ.މަގުތަކާއި ގޯޅިތައް ފަސްދީ އިހުސާން ހިނަގަމުން އެބަދެއެވެ. މިހާރު ކަށަވަރުވާ

އެއްކަމެއް އެބަ ޮއތެވެ. އޭނާގެ މަންޒިލެވެ. އޭނާގެ މިވަގުތުގެ މަންޒިލަކީ ރަޝާޤާމެންގެ ގެ ފިޔަވައި ދެވަނަ ދެތަނެއް ނޫނެވެ. އޭނާ ހިނގަމުން އެދަނީ އެގެޔާ ދިމާއަށެވެ. މަގުޞަދަކީ ޒައިދު ނުވަތަ ރަޝާޤާގެ ދުވަސް ދުއްވާލުމެވެ.

ކުއްލިއަކަށް އިހުސާންގެ ފިޔަވަޅަށް ހުއްޓުން އަރައިފި އެވެ. ދެޯލ ޮބޑުވެއްޖެ އެވެ. ކަޅި ހުރީ އެއް ދިމާއަކަށް ހުއްޓިފަ އެވެ. އޭނާއަށް ޮކންމެވެސް އާދަޔާޚިލާގު އެއްޗެއް، ނުވަތަ މަންޒަރެއް އެބަ ފެނެ އެވެ. އޭނާ މަޑުމަޑުން ފަހަަށް ޖެހެން

ފަށައިފި އެވެ. މޫނުމަތިން ބިރުވެރިކަން ފެންނަން ފަށައިފި އެވެ. ދެތިން ފިޔަވަޅު ފަހަތަށް އެޅުމަށްފަހު، އެނބުރި އައި ޮކޅަށް ދުއްވައިގެންފި އެވެ.

ދުވަމުން ދުވަމުން ޮގސް އިހުސާނަށް ފޭބުނީ އަތިރިމައްޗަށެވެ. އޭރު އޭނާ ހުރީ ވަރުބަލިވެ ހަންވެފަ އެވެ. އޭނާއަށް ހަމަހޭވެރިކަން ލިބުނީ މޫދުގައި ފައި ޖެހުމުންނެވެ. އަވަސް އަވަހަށް އެއްގަމަށް އެރުމަށްޓަކައި ހިނގައިގެންފި އެވެ. އޭރުވެސް އޭނާގެ މޫނުމައްޗަށް ވެރިވެފައިވާ ބިރުވެރިކަމަކަށް ބަދަލެއް ނާދެއެވެ.

އިހުސާނަށް އެއްގަމަށް އެރޭވަރެއް ނުވި އެވެ. ކުއްލިއަކަށް އޭނާގެ ޮބލަށް ހަމަލާއެއް އަރަރައިފި އެވެ. މީހަކު ނުފެނެ އެވެ. ކުރިމަތިން ހިޔަންޏެއް ވީހެން

ހީވި އެވެ. ވީތަދެއްގެ ޮބޑުކަމުން އިޙުސާނަށް ހަލޭއްލަވައިގަނެވުނެވެ. ހުރި ތަނަށް ތިރިވީ ޮބލަށް އެނބުރުން އެރިލެއް ޮބޑުކަމުންނެވެ. އޭނާ މަސައްކަތް ކުރީ

ވަގުތުން ތެދުވާށެވެ. އެހެނަމަވެސް ޮބލަށް އެނބުރުން އަރާފައިވާލެއް ޮބޑުކަމުން

ތެދުވާކަށް އެހާ ފަސޭހައެއް ނުވި އެވެ. ދެއަތަށް ކާލި އަޅަމުން ކަހަލަ ޮގތަކަސް އިހުސާން ތެދުވެއްޖެ އެވެ. އޭނާ ވަށައިގެން އެކި ދިމަދިމާއަށް ކަޅި އުކަންފެށި އެވެ. ތަންޮކޅެއް ދުރުން ކަޅު

ހިޔަންޏެއް އޭނާއާ ދިމާއަށް އަންނަތަން ފެނުނެވެ. އިހުސާނަށް ހުރެވުނީ ކުރިއަށް ފިޔަވަޅެއް އަޅަން ވެސް ހަނދާން ނެތިފަ އެވެ. ކަޅި ހުއްޓިފައި ވަނީ އެ

ހިޔަންޏާ ދިމާއަށެވެ.ކުއްލި ސިހުމަކާއެކު އިހުސާނަށް ހަމަހޭވެރިކަން އައީ އެ ހިޔަނި ގެއްލުމުންނެވެ. އޭނައާ ދިހަވަރަކަށް ފޫޓަށް ކައިރިވެފައި ހުއްޓަ އެވެ. އިހުސާނަށް ތެޅިގަނެވުނެވެ. އެނބުރި އައި ޮކޅަށް ދުއްވައިގަނެވުނެވެ. އެއްގަމަށް އެރޭޯތ އެވެ. އެހެންނަމަވެސް އެ ފުރުޞަތެއް އޭނާއަށް ލިބޭޮގތެއް ނުވި އެވެ. އަނެއްކާ އަނެއް ހަމަލާ އަރައިފި އެވެ. ކަންކައްޓަށެވެ. އަތުގައި ޮއތް ވަޅި ވިއްސައިގެން މާ ދުރަށް ހިނގައްޖެ

އެވެ. މިފަހަރު އިހުސާނަކަށް ތެދުވާނެ ވަގުތެއް ނުލިބުނެވެ. ނުފެންނަ ބާރަކުން އޭނާގެ އެއްފައިގައި ހިފައިފި އެވެ. ދަމަން ފަށައިފި އެވެ. މޫދާ ދިމާއަށެވެ. އިހުސާން ތެޅި ޮފޅެންފެށި އެވެ. ބިރުން ހަޅޭއްލަވަން ފެށިއެވެ. އެހެންނަމަވެސް މިއަޑު

އަހާނެ އެކަކުވެސް އެތާކު ނެތެވެ. އޭނާ ސަލާމަތަށް އެދި އެތައް މަސައްކަތެއް ޮކށްޮކށް ޮއއްވާ އެ ގެންދިޔަ ޮގތަށް ގެންޮގސް މޫދަށް ގަންބާލައިފި އެވެ.

އިރުމަތީ ފަރާތް ޮދންކުރަން ފަށައިފި އެވެ. އާދުވަހަކާ ދުނިޔެ ކުރިމަތިލަނީ އެވެ. ރަޝާޤާއަށް ހޭލެވުނުއިރު ބިންމަތި އަލިވެއްޖެ އެވެ. ކައިރީގައި ޒައިދު ނިދާފައި ޮއތެވެ. އޭރުވެސް އޭނާގެ ޮބލަކަށް މާޮބޑު ލުޔެއް ނުލިބެ އެވެ. ރޭ އޭނާއަށް ނިދުނީ ވެސް ޮރއި ޮރއި ޮއއްވަ އެވެ. މިއަދަކީ އޭނާއަށް ވަރަށް އަނިޔާވެރި

ދުވަހަކަށް ވާނެ ދުވަހެކެވެ. އެއީ އޭނާ ހީކުރާޮގތެވެ. އެދުވަހަށް އިރުއެރުމާއެކު އޭނާއަށް ލިބުނީ ތަފާތު ޚަބަރެކެވެ. އިހުސާން މޫދުގައި

މަރުވެފައި ޮއއްވާ ފެނުނު ޚަބަރެވެ. އެޚަބަރު ލިބުމާއެކު ރަޝާޤާގެ ފިޔަވަޅަށް ހުއްޓުން އެރި އެވެ. މިއީ އޭނާއަށް ލިބުނު އުފާވެރި ޚަބަރެއް ހެއްޔެވެ؟ ނުވަތަ ހިތާމަވެރި ޚަބަރެއް ހެއްޔެވެ؟ މިޚަބަރު ލިބުމުން ކުރަންވީ އުފާހެއްޔެވެ؟ ނޫނީ ކުރަންވީ ހިތާމަހެއްޔެވެ؟ ހަމަ ގައިމުވެސް މީހެއްގެ މަރުގެ ޚަބަރަކީ އުފާވެރި

ޚަބަރެއް ނޫނެވެ. “އިރާދަކުރެއްވިއްޔާ ދެން ކުރިއަށް ޮއތް ތަނުގައި ތަންޮކޅެއް ހަމަޖެހިލައިގެން

އަހަރެމެންނަށް އުޅެވޭނެ.” ޒައިދު ބޭރުން އައިސް ގެއަށްވަދެ ރަޝާޤާގެ ފުރަގަހުން އޭނާގެ ގައިގައި ބައްދާލި އެވެ. ރަޝާޤާއަށް ޒައިދުގެ ޮކނޑުގައި ޯބ އަޅައިލެވުނެވެ. ޯލ މަރައިލެވުނެވެ. ހަމަގައިމުވެސް އެވަގުތު އޭނާގެ ހިތުގައި

ޖެހެންފެށީ އުފާވެރިކަމުގެ ރަނގަބީލެވެ.

- ނިމުނީ -

އިރުާހީބމުޅިން ާއ ާވހަކައެއް

މި އަންނަ އަދަދުން ފެށިގެން ...

މުހައްމަދު ާގސިމް، އއ. މަތިވެރި

Page 34: Sun Magazine 50

ބޭނުންވާތަކެތި

ލަޒާނިޔާ ރަހަފަތް

1/4 ޯޖޑު ޮއލިވް ޮއއިލް

500 ގ. ލަޒާނިއާ

500 ގ. ޗީޒް ) ތުނިޮކށް ޮކށާފައި(

1 ޯޖޑު ޕާރމޭސަން ޗީޒް ) ގާނާފައިހުރި( ) މައްޗަށް އަޅާން(

2 ފިޔާ ) ތުނިޮކށް ޮކށާފައި(

2 ޮލނުމެދު ) ގާނާފައި(

1 ކިޯލ މިންސްޑް ބީފް

2 ޯޖޑު ޮޓމާޯޓ ޯސސް

5 ޯޖޑު ޕީލްޑް ޮޓމާޯޓ

1/2 1 ޯޖޑުޮޓމާޯޓ ޕިއުރީ

1/2 ޯޖޑުފެން

1/2 1 ސައިސަމުސާ ޮލނު

1 ސައިސަމުސާ މުގުރި އަސޭމިރުސް

1 ސައިސަމުސާ ބޭސިލް

2 ބޭލީވްސް

2 ޯޖޑު މަޝްރޫމް ) ޮކށާފައި(

2 ސައިސަމުސާ ހަކުރު

ތައްޔާރު ކުރާނެޮގތްތެއްޔެއް އުދުންމައްޗަށް އުދާލާފައި ޮއލިވް ޮއއިލް އަޅާލާށެވެ. ހޫނުވީމާ ޮލނުމެދު

، ފިޔާ އެއްޮކށް އަޅާލާފައި ފިޔާޮކޅު ޯމޅި ވީމާ ބީފް އަޅާލާށެވެ. ބީފްޮކޅޫ ގެ

ކުލަބަދަލުވަންދެން ކެއްކުނީމާ ޮޓމާޯޓ ޯސސް ، ޕިއުރީ އަދި ޯސސްގެ ހުރި

ހާބާވަތެއްއެއްޮކށްފައި ޯސސްގަނޑަކަށް ވަންދެން ކައްކާފައި ބޭލީވސްޮކޅު ނަގާލާށެވެ. ދެން

ހިހޫވީމާ ފްރިޖަށް ލާފައި 1 ރޭވަންދެން ބަހައްޓާށެވެ. ދެން ޮބޑު ތެއްޔަކަށް ފެން އަޅާފައި

އުނދުންމައްޗަށް އުދާލާށެވެ. 1/3 ޯޖޑު ޮއލިވް ޮއއިލް ވެސް އެއްޮކށްފައި ކެކިގަތީމާ ލަޒާނިއާ

ފަހަރަކު ސީޓެއް އަޅަމުން ތަތްނުލަވާޮގތަށް އަޅާފައި މަޑުވަންދެން ކެކުނީމާ ނަގާފައި ޮއލިވް

ޮއއިލް އެއްޮކށްފައި ބަހައްޓާށެވެ. ދެން ޯސސްގަނޑު ފްރިޖުން ނަގާފައި ލާޒާނިއާ ބޭކިން

ޓްރޭއެއްގައި ފަހަރަކު ޮފއްޗެއް ލޭޔަރަކަށް އަތުރާލާފައި ޯސސް މަތީގައި ފަތުރާލާފައި

މައްޗަށް ޗީޒް ވިއްސާލާފައި މިޮގތަށް ލޭޔަރު ލޭޔަރަށް ދެބައި ހުސްވަންދެން ހަދާފައި 1 ގަޑި

އިރުވަންދެން އަވަނުން ފިހެލާށެވެ.

އުންމީދާއި އީޖާބީ ވިސްނުމަކީ ކާމިޔާބީގެ ތަޅުދަނޑިއެވެ. ނާއުންމީދާއި

ސަލްބީ ވިސްނުމަކީ ނާކާމިޔާބީގެ އަސްލެވެ.

34

Page 35: Sun Magazine 50
Page 36: Sun Magazine 50