ރ20 :ުގަ އ2012 ީރަވަނަ ޖ11 ،40 :ުރަބްމަ ނިގްނަފުތި ބ ހ މ ގަ ންސްކ ލިކި ވިއ ޖްނ ސަ އިއަގުލޮ ބެގުރ ބުޑޮ ބިއަފެ ވްށަކަމުހި ރްށައ އޯމަ ސުރިހިނޮ ހްސިއަ ނުރުކު ހ

Sun Magazine 40

  • Upload
    sun

  • View
    282

  • Download
    0

Embed Size (px)

DESCRIPTION

Sun Magazine 40

Citation preview

2ރ0 ގު: އަ2012ރީ ނަވަ ޖަ11 ،40 :ބަރުނަމް

ބިތުފަންގި ނަާގ ީމާހ

އަާސންާޖއި ވިކިީލކްސް

ބޮޑުާބރުގެ ބޮލުގައި ރިހުމަކަށް ވެފައި

ސަމޯާއއަށް ހުކުރު ނައިސް ހޮނިހިރު

ސަން މަޖައްލާގެ 40 ވަނަ އަދަދު ވިދާޅުވަމުން ގެންދަވާ ހުރިހާ ކިޔުންތެރިންނަށް ވެސް ހޫނު މަރުހަބާއެއް

ދަންނަވަމެވެ. އަދި ސަންގެ 39 ވަނަ އަދަދަށް ދެއްވި ހޫނު ތަރުހީބަށް ޓަކައި ޝުކުރު އަދާ ކުރަމެވެ.

މިދިޔަ އަދަދުގައި ޝާއިއު ކުރި ފޭސް ބުކް ބަންދު ކުރާ ވާހަކަ ވީ ކިޔުންތެރިންނަށް ވަރަށް ކަމުދިޔަ ވާހަކަ އަކަށެވެ.

ފޭސް ބުކަކީ މިއަދުގެ ޒަމާނީ މުއާސަލާތުގެ ވިންދު ކަމަށް މި ވަނީ ވެފަ އެވެ. ފޭސްބުކް ބޭނުންކުރާ މީހުންގެ އަދަދު އެތައް ސަތޭކަ މިލިއަނަކަށް ވަނީ އަރައިފަ އެވެ. ފޭސް ބުކާއި

ނުލައި އުޅޭން ދަތިވާ ވަރަށް ފޭސް ބުކްގެ އަވައިގައި ޖެހިފައިވާ މީހުން ވެސް މަދެކޭ ނުބުނެވޭނެ އެވެ. ވަކީން ޚާއްސަ ޮގތެއްގައި ޒުވާން ޖީލުގެ ޮބޑު ބައެއް ވަނީ ފޭސް ބުކާއި ވަރަށް ޮބޑަށް

ޯދޅުވެފަ އެވެ. އެބައި މީހުންގެ ދިރިއުޅުމުގެ އެއް ބަޔަށް ފޭސް ބުކް ވަނީ ވެގެން ޮގސްފަ އެވެ. އެހެން ކަމުން މި ފަދަ މުހިންމު ވަސީލަތެއް ނެތިގެން ދިއުން އެއީ އެއްވެސް މީހަކު ބޭނުން ވާނޭ ކަމެއް ނޫނެވެ. ފޭސް ބުކް ބަންދު ކުރާން އުޅޭ ވާހަކަ މުހިންމު ވާހަކަ އަކަށް ވަނީ މި

ސަބަބު ތަކަށް ޓަކަ އެވެ.

މި ހަފުތާގެ އާދީއްތަ ދުވަހުގެރޭ ދ. ކުޑަހުވަދޫ ގައި ހިންގި މީހަކު މަރާލި ހާދިސާ އަކީ ވަރަށް ވެސް ލާ އިންސާނީ ޢަމަލެކެވެ. ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލަދީ

އުމުރުން 70 އަހަރުގެ އެ މީހާ މަރާލާފައި ފަޅު ސަރަހައްދަކަށް އެއްލައިލާފައި ޮއއްވައި ފެނުމުން ކުޑަހުވަދޫ ޢާންމު ރައްޔިތުންގެ މެދުގައި ވަނީ ހިތް ނުތަނަވަސް ކަމާއި ބިރުވެރިކަން ފެތުރިގެން ޮގސްފަ އެވެ. އިންސާނީ މުޖުތަމައު ތަކުގައި އަނިޔާވެރި ކަމުގެ ހައްދެއް ނެތް މި ފަދަ ޢަމަލުތައް ފެތުރި ޢާންމު ވެއްޖެ ނަމަ އެ މުޖުތަމައެއް ވާނީ ދިރިއުޅެން އެކަށީގެން ނުވާ މުޖުތަމައަކަށެވެ. މި ފަދަ އަނިޔާވެރިކަން ހިމެނޭނީ ޖާހިލު ކަމާއި ޖަނަވާރުންގެ ދުނިޔޭގެ ޢަމަލު

ތަކުގެ ތެރޭގަ އެވެ. އެ މީހަކީ ޮކންމެ ކަހަލަ މީހެއް ނަމަވެސް، ކުރާ ކުށަށް އަދަބު ދޭން ވާނީ އެކަން ކުރާން ޮއންނަ މަގުންނެވެ. އެއީ ޝަރުއީ މަރުހަލާތައް މެދުވެރިޮކށެވެ. އެއަށް

ފަހު، ހުރިހައި ކަމެއް ޮމޅަށް ދެކެ ދެނެޮވޑިގެންވާ އެއްކައުވަންތަ މާތް هللا މަޙުސަރުގެ ބިމުގައި ފުރިހަމަ ހިސާބު ބައްލަވާނެ އެވެ. އެހެން ކަމުން މިވެނި މީހަކީ އެވެނި ކަހަލަ މީހެކޭ، އެވެނި

މީހަކީ މިވެނި ކަހަލަ ކަމެއް ޮކށްފައި ހުރި މީހެކޭ ބުނެ، ދުނިޔެ މަތީގައި އިންސާނުން އެއްބަޔަކު އަނެއް ބަޔަކަށް ހުކުމް އިއްވައި، އަދަބު ދޭން ފަށައިފި ނަމަ މި ބިމުގައި ލޭ ޮއޮހރުވުމާއި

ފަސާދަ ފިޔަވައި އެހެން އެއްޗެއް ނު ޮއންނާނެ އެވެ.

މި ފަހަރުގެ އަދަދުގެ ކަވަރު ސްޯޓރީ އަކީ ވިކިލީކްސް އެވެ. ދުނިޔޭގައި ހިންގާ ނާ ތަހުޒީބު އަދި އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި ކަންކަމާއި ޮކރަޕްޝަނާއި ފަސާދަ އަށް މަގު ހުޅުވޭ ޮގތަށް ދުނިޔޭގެ ސަރުކާރު ތަކުންނާއި އެ ނޫން ވެސް ފަރާތްތަކުން ހިންގާ ޮބޑެތި ޖަރީމާތައް

ފަޅާ އަރުވައިލުމުގައި މަޝްހޫރު ވިކިލީކްސް އަކީ ޮކބައިކަން މި ރިޯޕޓުން އެނގޭނެ އެވެ. ވިކިލީކްސް އުފެދިގެން އައި ޮގތާއި އެ ވިއުގަ ފުޅޭ ވެގެން އައި ޮގތާއި މިހާރުގެ ހާލަތު އަދު މުސްތަގުބަލު ފެންނަ ޮގތުގެ ފުރިހަމަ ތަސްވީރެއް ކުޅަދާނަ ލިޔުންތެރިޔާ އަހުމަދު މާޖިދު ވަނީ

ދައްކުވައިދީފަ އެވެ.

މީގެ އިތުރުން ވެސް ތިޔަ ބޭފުޅުންގެ މަގުބޫލު އެހެން ހުރިހާ ޮސފުހާތަކެއް މި ފަހަރު ވެސް އެތެރޭގައި ހިމަނާފައި ހުންނާނެ އެވެ.

ވިދާޅުވަމުން ގެންދަވާށެވެ.

3

އެޑިޓަރުގެ ނޯޓް

ސިނާން އަލީއެޑިޓަރު

އެޑިޓަރު: ސިނާން އަލީ

އެގްޒެކެޓިވް އެޑިޓަރުން:

އަހުމަދު ޒާހިރު )ހިރިގާ(މުހައްމަދު އާމިރު ފަރެސް

ޑިޕިއުޓީ އެޑިޓަރު: މުންޑޫ އާދަމް ހަލީމް

އެސިސްޓެންޓް އެޑިޓަރު: އަލްއުސްތާޒު އަހުމަދު މާޖިދު

ސްޓާފް ރައިޓަރ: އިޔާޒު ނަސީމް

ލިޔުންތެރިން:އަބްދުهللا އަޒްމީން

ކަނީރު ޢަބްދުއްރަޙީމްޢަލީ ޚާލިދު

ޢަބްދުهللا ޝިނާންމިންނު

ޮކލަމިސްޓުން:ސިކުނޑީގެ ތޫފާން: ސީނާ އަހުމަދު ޒާހިރު

ކެޮޔނިރު: މުހައްމަދު ބުޝްރީފަސްމަންޒަރު: އަހުމަދު ޒާހިރު )ހިރިގާ(އަޅުގަނޑުމެންގެ މާހައުލުން: މީމުޒަވިޔަނި

އުޑުދަށުން: މުހައްމަދު ގާސިމްދިޔަތިކި: އަބްދުهللا ފާރޫގު ހަސަން

ސިއްކަ: ސިއްކަގޭ މުހައްމަދު ނަސީމް ދިޔަވަރު: މުހައްމަދު އާމިރު ފަރެސް

ރަންދެލި: މުންޑޫ އާދަމް ހަލީމްފަންވަތް: އިމާދު ލަތީފުޮކމާޯކޅި: ސިނާން އަލީ

މާކެޓިން:

ސަން މީޑިއާ ގްރޫޕް މާކެޓިން ޓީމް

ކަލަރ ސެޕަރޭޝަން އެންޑް ޕްރިންޓިންގ: ޮނވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕވޓ. ލޓޑ.

"ސަން" އަކީ 14 ޖުލައި 2010ން ފެށިގެން "ސަންއެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން މަހަކު ދެ ފަހަރު ނެރޭ މަޖައްލާއެކެވެ.

ސަންގެ އިދާރާ: ގ. ވިޔަވަތި، ކަށިމާ ހިނގުން / މާލެއީމެއިލް:

ވެބްސައިޓް: ޯފނު: 3312747، ފެކްސް: 3343789

[email protected]

އަދަދު: 40 11 ޖަނަވަރީ 2012

c

4

ޢަބްދުهللا ފާރޫޤު ޙަސަންދިޔަތިކި

އުފެއްދެވީ އިންސާނުން ވަތަޢާލާ ސުބުޙާނަހޫ هللا އަޅުތަކުންނަށް ކުރުމަށެވެ. އަޅުކަން ރަސްކަންފުޅަށް އެކަލާނގެ ރިޒުޤު ދެއްވަނީ އެބައިމީހުން ޝުކުރުވެރި ވުމަށެވެ. ނަމަވެސް ގިނަ މީހުން އަޅުކަންކުރަނީ މާތްهللا ފިޔަވައި އެހެނިހެން ފަރާތްތަކަށެވެ. ޝުކުރުވެރިވާނަމަ ޝުކުރުވެރިވަނީ އެކަލާނގެ ރަސްކަންފުޅު ނޫން ފަރާތްތަކަށެވެ. މާނަޔަކީ އިންކާރު ކުރުމާއި، ޙައްޤުން އެއްކިބާވުމާއި، އަދަބުކުޑަކަމާއި، ނިޢުމަތަށް ކުފުރުވުމަކީ އިންސާނާގެ ޠަބީޢަތުގައިވާ ކަންކަމެވެ. ކަން މިހެން ހުރިއިރު މީހަކު ކަލާގެ އިޙްސާންތެރިކަން ކަލާގެ ނުޖެހެއެވެ. ޙައިރާންފުޅުވާކަށެއް ނައްތައިލިޔަސް ހަނދާން ހެޮޔފުޅުކަމާއި ރީތި ސުލޫކު ޮބލައިލާ ޖެހިޔަސް ޢަޖާއިބުފުޅު ވާކަށެއް ނުޖެހެއެވެ. އަދި ކީއްޯތއެވެ؟ ކަލާގެ ހެޮޔކަމުގެ ބަދަލުގައި ތެޮޔހަމެއް ދުޝްމިނުވެގަތަސް، ބަދަލުގައި އިޚްލާޞްތެރިކަމުގެ ދިނަސް، އިޙްސާންތެރިކަމުގެ ބަދަލުގައި ހިތްނުބައިޮކށް ޙަސަދަވެރި ވިޔަސް

އެއީ އާދައިގެ ކަންކަމެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞަދަޤާތް ބައްސަވައިދެއްވުމުން މާތްهللا އަރަހުށި ބެހޭޮގތުން ކުރިޮގތާ ކަންތައް ބައެއްމީހުން

ވަޙީކުރައްވައިފައި ވެއެވެ. ދެއްވި އެއުރެންނަށް ރަސޫލާ އެކަލާނގެ އާއި، "هللا هللا ބުނިނަމައެވެ. އެއުރެން އަދި ރުހި، އެއުރެން ތަކެއްޗާމެދު ތިމަންމެންނަށް ފުދެއެވެ. هللا އާއި އެކަލާނގެ ރަސޫލާ، އެކަލާނގެ ދެއްވާނެތެވެ. ތިމަންމެންނަށް ތެރެއިން ފަޟުލުވަންތަކަމުގެ ހަމަކަށަވަރުން ތިމަންމެން ވަނީ هللا ގެ ޙަޟުރަތަށް އެދިއެދިތިބޭ

ބަޔަކު ކަމުގައެވެ." )އައްތައުބާ: 59( ކަލާގެ ވަނީ ޮފތް ހުޅުވައިލެވިފައިވާ ދުނިޔޭގެ އެޮފތުގައި މުޅި ބައްލަވާށެވެ. ވިދާޅުވެ އެޮފތް ކުރިފުޅުމަތީގައެވެ. ބައްޕައިންގެ ޮބޑުކުރި ބަލައި ދަރީންތަކެއް ޯލބިން ނުހަނު ވަނީ ވާހަކައެވެ. އެބައްޕައިން އެބައިމީހުންގެ ދަރީންނަށް ކާން ދިނެވެ. ޯބން ދިނެވެ. އަންނައުނު ދިނެވެ. ތަޢުލީމާއި ތަރުބިޔަތު ދިނެވެ. އެކުދީންނަށް ތިއްބެވެ. ހޭލައި ޓަކައި ނިންދެވުމަށް އެކުދީން ކުރިއެވެ. ތަޙައްމަލު ބަނޑުހައިހޫނުކަން ދިނުމަށްޓަކައި ކާން އެކުދީންނަށް އަރާމު ޯހދައިދިނުމަށްޓަކައި ވަރުބަލިކަން އުފުލިއެވެ. ލިބުމުން ހަކަތަ ބާރާއި ޒުވާންވެ ޮބޑެތިވެ އެދަރީން އެކަމަކު ހަބަރަކަށް ހިތި ކިހާ އެބައްޕައިންނަށް ވެފައިވަނީ އެކުދީން ފާޅުކުރި ނަފްރަތު ފޫއްސާއި މަލާމާތްޮކށް، ކިހާވަރަކަށް ޯތއެވެ؟ ބަޔަކަށްޯތއެވެ؟ ނުކިޔަމަންތެރި ހަރުކަށި ކިހާ ބަޔަކަށްޯތއެވެ؟ ކިހައިޮބޑު ޢަޒާބެއް ކަމުގައިޯތއެވެ؟ އެހެންވީއިރު ޝުކުރުވެރި ނުވާ ބަޔަކު ކަލާގެ އިޙްސާންތެރިކަން ހަނދާން ނައްތައިލިޔަސް އެކަމާ ބަދަލުގައި އޭގެ ނުކުރައްވާށެވެ. ހިތްޕުޅުދަތި ނުވާށެވެ. ދެރަފުޅު

ޚަޒާނާ އެފަރާތްޕުޅެއްގެ ލިބިވަޑައިގެންފައިވަނީ ދަޢުވަތު ކަލާޔަށް ދުވަހަކުވެސް ހުސްވުމެއް ނެތް ފަރާތްޕުޅެއްގެ އިނާމުގެ ޙައްޤުވެރިޔަކަށް

ވެވަޑައިގަތުމަށެވެ. އިޙްސާންތެރިވެވަޑައިގަތުން އެހެންމީހުންނަށް ކަލާ ޚިދުމަތް އަނެކުންނަށް މަޑުޖައްސަވައިނުލައްވާށެވެ. ކުޑަޮކށްވެސް ދުނިޔޭގެ ކުރެއްވުމަށްފަހު އެކަންކަން އެކަމަކު ކުރައްވާށެވެ. ޮފހެލައްވާށެވެ. ހަނދުމަފުޅުން ޙަވާލުޮކށްލައްވާށެވެ. ވަޔާ ޮއޔާއި ކާފަރުވާ ނިޢުމަތަށް ހައްދަވާށެވެ. އެއީކަމުގައި އާދަފުޅަކީ ކަލާގެ ޮކންމެ ކުރައްވާ ނުކުރައްވާށެވެ. ކުޑައި ހިތްޕުޅު މީހުނާމެދު ކަލާޔަށް އޭރުން ކުރައްވާށެވެ. ވަޖުހުފުޅަށްޓަކައި هللاގެ ހެޮޔކަމެއް މީހެއްގެ ޙަރާންޯކރުވާ ނިޢުމަތަށް ލިބިވަޑައިގަންނަވާށެވެ. ކާމިޔާބީ ކަލާއަކީ ލިބިވަޑައެއްނުގަންނަވާނެއެވެ. ދުކެއް ކުޑަވެސް ފުށަކުން އިޙްސާންތެރިޔަކަށް ވާނެއެވެ. ކަލާގެ އަތްޕުޅު ޮއންނާނީ މަތީގައެވެ. މަތީގައި ޮއންނަ އަތް ތިރީގައި ޮއންނަ އަތަށްވުރެ ހެޮޔކަން ޮބޑެވެ.

ކަލާ ވިދާޅުވާށެވެ. ކަށަވަރީ، ކާންދޭކަން ތިޔަބައިމީހުންނަށް "ތިމަންމެން އެކަމުގެ ކިބައިން ތިޔަބައިމީހުންގެ ވަޖުހުފުޅަށްޓަކައެވެ. هللاގެ ތިމަންމެން ވިޔަސް ބަހަކަށް ޝުކުރުގެ އަދި އުޖޫރައަކަށްވެސް

ނޭދެމުއެވެ." )އަލްއިންސާނު: 9( ހެޮޔކަން ކަމުގައިވާ ޠަބީޢަތެއް ބައެއްމީހުންގެ ޢާއްމު ވިސްނުންތެރި ޝުކުރުވެރިނުވުމަކީ، ހަނދާންނައްތައިލުމާއި ބައެއްމީހުންނަށް ވެސް ވަރަށް ގިނަ ފަހަރަށް ހަނދާން ނައްތައިލެވޭ އެބައިމީހުން ބަސްފުޅު ވަޙީ މިދަންނަވާ މާތްهللاގެ ކަމެކެވެ.

އަޑުއަހައިފައިވެސް ނުވާ ކަހަލައެވެ. ޖެހިއްޖެނަމަ، އުނދަގުލެއް އިންސާނާއަށް "އަދި ޮކޅަށް ނުވަތަ އިނދެގެން އިށީނދެ ނުވަތަ ޮއޯށވެޮއވެގެން ފަހެ، ދުޢާކުރެތެވެ. ޙަޟުރަތަށް ރަސްކަލާނގެ ތިމަން ހުރެގެން، ތިމަންރަސްކަލާނގެ އެމީހެއްގެ ކިބައިން އެއުނދަގޫ ފިއްލަވައިފުމުން، ތިމަން ޖެހިގެން އުނދަގުލެއް ހިނގައިދެއެވެ. މަގުން( )އެދާ އޭނާ ރަސްކަލާނގެ ޙަޟުރަތަށް ދުޢާ ނުވެސް ކުރާ ކަހަލައެވެ." )ޔޫނުސު:

)12ކަލާ ފިކުރުފުޅު ނުކުރައްވާށެވެ. ކަނޮްބޑުވެވަޑައިނުގަންނަވާށެވެ. ޮގތެއް ނެތް މީހަކަށް ކަލާ ގަލަމެއް ދެއްވުމުން ކަލާއަށް މަލާމާތާއި ހަޖޫގެ ޢިބާރާތްތައް ލިޔަން ފެށިކަމުގައި ވިޔަސް ވެހެވެ. ޖާހިލަކަށް ދަރުބުރިޔެއް ދެއްވުމުން ކަލާގެ އިސްތަށިފުޅުގައި ޖަހައި އިސްތަށިފުޅު ފަޅައިލިޔަސް ވެހެވެ. އިންސާނުންގެ ނަފްސިއްޔާތަކީ އެއީއެވެ. އޭނާ ވެރިރަސްވަންތަ ފަރާތާމެދު އެޮގތަށް މުޢާމަލާތުކުރާ އިރު އަޅުގަނޑުމެން

ފަދަ ބަޔަކަށް ބަހައްޓާނީ ޮކން ޙުރުމަތެއްޯތއެވެ؟

ޝުކުރުގެ ބަހަކަށް އިންތިޒާރު ނުކުރައްވާށެވެ.

5

ޑރ. އަހުމަދު ޖަމްޝީދު ދަމަނަ

ކަންޮބޑުވެ ހާސްވުމާއެކު ހަށިގަނޑުގައި އުފެދޭ ޯހޯމންގެ ސަބަބުން އަދި ހަކުރާއި ސަރުބީ އެކުލެވޭ ލުއިކާނާގެ ސަބަބުން ގިނައިން ކެއުމުގެ އާދަ މީހާގެ ކިބައިގައި އަށަގަންނަވައެވެ. އެހެނަސް ކަންޮބޑުވެ ހާސްވުމުގެ ސަބަބުން ދިމާވާ އެންމެ ފުރަތަމަ އަދި ކުރުމުއްދަތަކަށް ދެމިހުންނަ އަސަރަކީ ކާހިތް ނުވުމެވެ.

މިއީ ސިކުނޑީގެ ބައެއް ކަމަށްވާ ހައިޯޕތަލާމަސް އިން އުފައްދާ 'ޯކޓިޯކޓްޮރޕިން ރިލީޒިންގ ޯހޯމން' ގެ ސަބަބުން އަންނަ ބަދަލެކެވެ. މިއާއެކުއެކީ ސިކުނޑީގެ އިތުރު

މަސައްކަތަކަށްވަނީ ކިޑްނީގެ މަތީގައިވާ އެޑްރީނަލް ގްލޭންޑް ކިޔާ ގުނަވަނަކުން އެޑްރީނަލިން ނުވަތަ އެޕިނެފްރިން ޯހޯމން އުފެއްދުން އިތުރުކުރުމެވެ. މިއީ މަޝްހޫރު 'ފައިޓް ޯއރ ފްލައިޓް' ރެސްޮޕންސް ގެނެސްދޭ ޯހޯމން އެވެ. މިޯހޯމންވެސް ކެއުމުގެ

ޚިޔާލު ނުވަތަ ހައިހޫނުކަމާއި ވަގުތީޮގތުން މީހާ ދުރުކުރެއެވެ.އެހެނަސް ކަންޮބޑުވެ ހާސްވުން ދިގުދެމިގެންދާނަމަ މަންޒަރު މުޅިން

ތަފާތެވެ. އެޕިންފްރިންގެ އިތުރުން އެޑްރީނަލް ގްލޭންޑުން އުފައްދާ އަނެއް ޯހޯމންއަކީ ޯކޓިޯޒލްއެވެ. މިއީ ބަނޑުހައިވުން އިތުރުޮކށްދޭ އަދި ކެއުމުގެ )އެހެން ކަންތަކުގެ

ވެސް( ޝައުގުވެރިކަން އިތުރުޮކށްދޭ މާއްދާއެކެވެ. ހާސްކަން ފިލައިދިއުމާއެކު މިޯހޯމންގެ މިންވަރު އާދައިގެ ޙާލަތައް އާދެއެވެ. އެހެނަސް ހާސްކަމާއި

ފިކުރުޮބޑުވުން ދެމިހުންނަނަމަ ޯކޓިޯޒލްގެ މިންވަރު ދަށްނުވެ ދެމިހުރެދާނެއެވެ.ކަންޮބޑުވެ ހާސްވުމާއި ގުޅިފައިވާ އަނެއް ކަމަކީ ވަކިބާވަތްތަކެއްގެ ކާއެއްޗެއްސަށް މީހާގެ ހިތްޖެހުމެވެ. މިޮގތުން ހަކުރު ނުވަތަ ސަރުބީ ނުވަތަ މިދެބައިވެސް އެކުލެވޭ ތަކެތި ކާހިތްވުން ނުވަތަ ކެއުން އިތުރުވެއެވެ. ބެލެވޭ

ޮގތުގައި މިއީ ޯކޓިޯޒލް އާއެކު އިންސިއުލިންގެ މިންވަރު މައްޗަށް ދިއުމުން އަންނަ ބަދަލެކެވެ. ބައެއް ދިރާސާތަކުން ދައްކާޮގތުން ގްރެލިން ނުވަތަ ހައިހޫނުކަމުގެ

ޯހޯމންގެ ދައުރެއްވެސް މިކަމުގައި ޮއވެއެވެ.ހަކުރާއި ސަރުބީ އެކުލެވޭ ބާވަތްތައް ހަޖަމުވެ ލޭގެ ޒަރީޢާއިން

ސިކުނޑިއަށް ދިއުމުން ކަންޮބޑުވެ ހާސްވުމާއި އަދި މިފަދަ އެހެން ޖަޒުބާތު ތަކާއި ގުޅިފައިވާ ސިކުނޑީގެ ބައިތަކަށް އަސަރުކުރުވައި މިފަދަ ޖަޒުބާތުތައް ކުޑަޮކށްދެއެވެ. އެހެންކަމުން ކަންޮބޑުވެ ހާސްވުމުން ކެއުމަށް މިއަންނަ ބަދަލަކީ އެފަދަ ކަންތަކުން

މީހާ ދުރުކުރުމަށް އަންނަ ތަބީޢީ ބަދަލަކަށްވުން އެކަށީގެން ވެއެވެ.ދިރާސާތަކުން ދައްކާޮގތުން ކަންޮބޑުވެ ހާސްވުމަކީ މީހާ ފަލަވުމާއި ވަރަށްޮބޑަށް ގުޅުން ޮއންނަ ކަމެކެވެ. ކެއުމަށް އަންނަ ބަދަލުގެ އިތުރުން ނިދި

މަދުވުމާއި، ކަސްރަތާއި ދުރުވުމާއި، ބަނގުރާފަދަ ތަކެއްޗާއި ޯދޅުވުމަކީ ހައްތާވެސް ކަންޮބޑުވެ ހާސްވުމާ ގުޅިފައިވާ އަދި މީހާ ފަލަވުމަށް އެހީވެދޭ ކަންތަކެވެ.

ކަންޮބޑުވެ ހާސްވުމާއި ފިކުރުތަކުން ދުރުވުމަށް ކުރެވިދާނެ ކިތަންމެ ކަމެއް އެބަޮއތެވެ. އެޮގތުން މީހާގެ ދީނީ ޢަޤީދާ ހަރުދަނާކުރުމާއި ނަމާދުކުރުން އިތުރުކުރުމާއި، މެޑިޓޭޓް ކުރުމާއި، ޤަވާޢިދުން ކަސްރަތުކުރުމާއި، ރައްޓެހި

ރަޙުމަތްތެރިންނާއެކު ވަގުތު ހޭދަކުރުމަކީ ހައްތާވެސް މިކަމުގެ ޙައްލުތަކުގެ ތެރޭގައި ހިމެނޭ ކަންތަކެވެ. މިއިން ޮކންމެ ކަމަކީވެސް ހަށިގަނޑުގައި އުފެދޭ ޯހޯމންތަކުގެ މިންވަރަށް އަސަރުކުރުވާ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޮޔކަމަށް އެހީވެދޭ އަދި މިކަންތަކުގެ ސަބަބުން ކެއުމަށާއި ކަންޮބޑުވެ ހާސްވުމާ ގުޅިފައިވާ އެހެންކަންތަކަށް

ހެޮޔބަދަލު ގެނުވައިދޭ ކަންތައްތަކެވެ.

ކަންޮބޑުވެ ހާސްވުމުން ގިނައިން ކެވެނީ ނުވަތަ ފަލަވަނީ ކީއްވެ؟

6

އަދަބާއި ފަންނު

ޕޭނުގެ ރަތް ކިއްާލ މުސްލިމް ސްމިއުމާރިއްޔަތު، ނުވަތަ އާރކިޓެކްޗަރ، ނުވަތަ އިމާރާތް ކުރުމުގެ ފައްނަކީ އިންސާނުންގެ ތެރޭގައި ތަރައްގީ ކުރެވިފައި ވާ

އެންމެ މުހިއްމު އެއް ފައްނެވެ. އެންމެ ބޭނުންތެރި އެއް ފައްނެވެ. ދެކޭ މީހާގެ ހިތަށާއި ރޫހަށް ހާއުހާކަމާއި ފިނިކަމާއި ހަމަޖެހުން ލިއްބައިދޭ ފަދަ ޮގތަކަށް ފަރުމާ ކުރެވި ބިނާ ކުރެވިފައި ވާ ބަގީޗާއެއް، ނުވަތަ ގެއެއް، ނުވަތަ މިސްކިތެއް، ނުވަތަ ޝަހަރެއް ފަދަ ތަނަކަށް ދެވުމުން

ޮކންމެ މީހަކަށް ވެސް މި ފައްނުގެ ހަގީގީ އަގު ވަޒަން ކުރެވޭނެއެވެ. މުސްލިމުންގެ ހަޒާރަތްތެރިކަމުގެ ރަން ޒަމާނުގައި ތަރައްގީ ކުރެވުނީ ފައްނުވެރިކަމުގެ ވަކި ދާއިރާތަކެއް ނޫނެވެ. ހުރިހާ ދާއިރާތަކެކެވެ.

އޭގެ ތެރެއިން ވެސް އެންމެ ފާހަގަ ޮކށްލެވޭ އެއް ދާއިރާއަކީ އިމާރާތް ކުރުމުގެ ދާއިރާއެވެ. މި ފައްނަކީ ހަމައެކަނި

ޮލލަށް ރީތި އިމާރާތްތަކެއް ބިނާކުރުމަށް ކުރެވޭ މަސައްކަތެއްގެ ޮގތުގައި ޮއތް ޮއތުން، މުސްލިމުންގެ

މިއުމާރުންގެ އަތްމަތީގައި ނިމުމަކަށް އައެވެ. އިމާރާތް ކުރުމުގައި މޫސުމާއި، މާހައުލާއި، އިމާރާތުގެ ތެރެއަށް ސާފު ވަޔާއި ގުދުރަތީ އަލިކަން ލިބޭނޭ ޮގތްޮގތް ފަދަ ކަންކަމަށް ސަމާލުކަން ދިނުމުގެ މުހިއްމުކަން ވިސްނައިގަނެ، އިމާރާތްތައް ފަރުމާ ކުރުމުގައި މި

ކަންކަމަށް ބަލަން ފެށި ބަޔަކީ މުސްލިމުންނެވެ. އިސްލާމީ ހަޒާރަތުގެ ތާރީހަށް ބަލައިލުމުން، އިމާރާތް

ކުރުމުގެ ފައްނުގެ ބާނީން ކަމަށް ބަލަން ޖެހޭ އެތައް ބޭފުޅުން ފެނެއެވެ. މިއުމާރު ސިނާން ފަދަ ބޭފުޅުންނެވެ. ހަމައެއާއެކު، އިސްލާމީ

ހަޒާރަތުގެ މަރުކަޒުތަކުން، އިމާރާތް ކުރުމުގެ ފައްނުގެ ލާމަސީލު ނަމޫނާތަކެއް ފަދަ އެތައް

ޖަވާހިރުތަކެއް ވެސް އަޅުގަނޑުމެންނަށް ފެނެއެވެ. މީގެ އެތައް ސަތޭކަ އަހަރެއް

ކުރީން އިމާރާތް ކުރެވިފައި ވާ ތަންތަނެވެ. ޝަހަރުތަކާއި ކިއްލާތަކާއި މިސްކިތްތަކާއި

ގަނޑުވަރުތަކާއި އާއްމު ހައްމާމުތަކާއި ބަގީޗާތަކާއި ފައްވާރާތައް ފަދަ ތަންތަނެވެ.

އޭގެ ތެރެއިން »އަލްމަދީނަތުއްޒަހްރާ« އާ ބެހޭ ބަޔާނެއް އަޅުގަނޑު ވާނީ ކުރީގެ އަދަދެއްގައި ތިޔަ ބޭފުޅުންނާ ހަމަޔަށް ގެނެސްދީފައެވެ. މި ފަހަރުވެސް އަޅުގަނޑުގެ

ނަޒަރު ހުއްޓައިލެވުނީ މުސްލިމް ސްޕޭނަށެވެ. އެނގިވަޑައިގަންނަވާނެ ފަދައިން މުސްލިމް ސްޕޭނަކީ އެއް އިރެއްގައި ދުނިޔޭގެ ބިންމަތީގައި އަރައިފައި ހުރި ފުރިހަމަ ހަނދެކެވެ. ނުވަތަ،

ދުނިޔޭގެ ބިމުގައި ހެދިފައި ޮއތް އެފަދަ ދެވަނައެއް ނެތް ބަގީޗާއެކެވެ. މުސްލިމް ސްޕޭނުގެ ވެރިރަށް ޤުރުޠުބާ އަކީ މަގުތަކުގައި ގާ އެޅުމާއި،

މަގުތައް ދިއްލަން ބައްތި ޖެހުމާއި، ޝަހަރުތަކުގެ ތެރޭގައްޔާއި، ގަނޑުވަރު، ހަވޭލި ފަދަ ތަންތަނުގެ ތެރޭގައި ބަގީޗާތަކާއި ފައްވާރާތައް

ހެދުމުގެ ސަގާފަތް ޔޫރަޕަށް ތައާރަފު ކުރި

7

ޝަހަރެވެ. މީލާދީން ހާހުގެ އަހަރުތައް ގުނެން ފެށި އިރު، ޔޫރަޕުގެ ގައުމުތަކުގެ ސަފީރުންނާއި ދަތުރުވެރީންނާއި ކިޔަވާ ކުދީން ޤުރުޠުބާއަށް އަރައި އެ ޝަހަރު ދެކެމުން ދިޔައީ ތަލީން ކުޅު ހިކިފައި

ތިބޭ ހާލުގައެވެ. ދުލުން ބަސް ހުއްޓިފައި ތިބެގެންނެވެ.

މުސްލިމް ސްޕޭނުގެ އިމާރާތް ކުރުމުގެ ފައްނު ދައްކުވައިދޭ ރީތި ބިނާތަކުގެ ތެރެއިން އަޅުގަނޑުގެ ހިތުގައި ހާއްސަ މަގާމެއް ދެވިފައި ވާ އެއް ތަނަކީ އަލްޤަލްޢަތުލް ޙަމްރާ އެވެ ކިޔުނު ރީތި ކިއްލާއެވެ. »އަލްޤަލްޢަތުލް ޙަމްރާ« ގެ

މާނައަކީ »ރަތް ކިއްލާ« މިއެވެ. އަލްޙަމްރާއަށް »ޤަޞްރުލް ޙަމްރާ« އޭ ވެސް ކިޔެއެވެ. މާނައަކީ »ރަތް ގަނޑުވަރު« މިއެވެ.

އަލްޙަމްރާ ބިނާ ކުރެވުނީ ސްޕޭނުގެ ސަރަހައްދުތަކުގެ ތެރެއިން، މުސްލިމުންގެ ވެރިކަން އެންމެ ގިނަ ދުވަސް ވަންދެން ދެމިޮއތް ޝަހަރު ކަމަށްވާ ގްރެނޭޑާ، ނުވަތަ ޣަރްނާޠާގައެވެ. އަލްޙަމްރާ އިމާރާތް

ކުރެއްވީ މީލާދީން 1300 އިގެ އަހަރުތަކުގެ ތެރޭގައި، ޣަރްނާޠާގެ މުސްލިމް އަމީރުންނެވެ. މަސައްކަތް ފުރިހަމަ ކުރެއްވީ 1391 ވަނަ އަހަރު، ސުލްޠާން މުޙައްމަދު ފަސްވަނައެވެ. އެއީ ސްޕޭނުގެ ކްރިސްޓިއަނުން ޣަރްނާޠާ ހިފައި، މުސްލިމުން ސްޕެއިނުން މުޅީން ބޭރު ޮކށްލުމުގެ ސަތޭކަ ވަރަކަށް އަހަރު

ކުރިއެވެ. މީލާދީން 1492 ވަނަ އަހަރު ޣަރްނާޠާ ހިފުމަށް ފަހު، ކްރިސްޓިއަން ރަސްކަލުން އަލްޙަމްރާގެ ބައެއް އެ ބޭފުޅުންގެ ބޭނުންފުޅުތަކަށް ހާއްސަ

ކުރެއްވިއެވެ. އަލްޙަމްރާ އަކީ މުސްލިމުންގެ މިއުމާރީ މަސައްކަތްތަކުގެ ތެރެއިން، ކްރިސްޓިއަނުން ހަލާކު ޮކށްނުލައި ބެހެެއްޓި މަދު ތަންތަނުގެ ތެރެއިން އެއް ތަނެވެ. ކްރިސްޓިއަން ރަސްރަސްކަލުން އެތަން ޮކންމެވެސް ވަރަކަށް ބޭނުން

ކުރެއްވި ނަމަވެސް، ދުވަސްޮކޅެއްގެ ފަހުން އެތަން ވީރާނާ ވެގެން ދާން ދޫޮކށްލެވުނީއެވެ. އަލްޙަމްރާގެ ރީތިކަމާއި، އެތަނުގެ މިއުމާރީ ފުރިހަމަކަން

އަނެއްކާވެސް ޔޫރަޕުގެ އަހުލުވެރީންގެ ޯލތަކުގައި އަޅައިގަތީ ނަވާރަވަނަ ގަރުނުގެ ތެރޭގައެވެ. އެއަށްފަހު އެތަން ސާފު ޮކށް، މަރާމާތު ކުރެވުނެވެ.

އަދި އެތަން ބެލެހެއްޓުމުގެ އިންތިޒާމުތައް ސްޕޭނުގެ ސަރުކާރުން ކުރިއެވެ.

މިހާރު އަލްޙަމްރާއަކީ ދުނިޔޭގެ އެންމެ މުހިއްމު ސަގާފީ ތަރިކަތަކުގެ ތެރޭގައި އދ. ގެ ޔުނެސްޯކއިން ހިމަނާފައި

ވާ ތަންތަނުގެ ތެރެއިން އެއް ތަނެވެ. ސްޕޭނަށް ޒިޔާރަތް ކުރާ ފަތުރުވެރީންގެ ގާތުގައި އެންމެ މަގުބޫލު އެއް މަންޒިލެވެ. އެތަނާ ގުޅުވައިގެން އެތައް ހާސް ޅެންތަކެއް ހެދިފައި ވެއެވެ. އެތައް ސަތޭކަ ވާހަކައަކާއި، އެތައް ދަތުރުނާމާއެއް

އެތަނާ ގުޅުވައިލެވިފައި ވެއެވެ. މުސްލިމުން ޣަރްނާޠާ ބިނާ ޮކށްފައި ވަނީ ފެންގަނޑުތަކާއި ފައްވާރާތަކާއި ބަގީޗާތައް އެތަނުގެ އެތެރޭގައި ހިމެނޭ ޮގތަށެވެ. އެ ބަގީޗާތަކުގައި އެންމެ ގިނައިން ހައްދާފައި ހުރި ގަސްތަކުގެ ތެރޭގައި ފިނިފެންމަލާއި ޮއރެންޖާއި އާސް އެވެ ކިޔޭ މާ ހިމެނެއެވެ. މީގެ އިތުރުން ވެސް އެތައް ވައްތަރެއްގެ މާމެލާމެއްޔާއި، ހިޔާދޭ ގަހާއި، މޭވާ ގަސްތައް އަލްޙަމްރާގެ ސަރަހައްދުގައި ގިނަ އަދަދަކަށް ހައްދާފައި ހުރެއެވެ. އެ ބަގީޗާތަކުގައި އެކި ބާވަތްބާވަތުގެ ދޫނިސޫފާސޫފި އުޅޭ އިރު، އަލްޙަމްރާގެ ތެރެއިން އެންމެ ގިނައިން ފެންނަ

ދޫންޏަކީ އަންދަލީބެވެ. މި ކަހަލަ ޮގތަކަށް އެތަން ފަރުމާ ކުރުމުގައި މުސްލިމް މިއުމާރުންގެ ތަސައްވުރު ބިނާ ޮކށްފައި ވަނީ ކީރިތި ޤުރްއާނުގައި ސުވަރުގެ

ސިފަ ކުރައްވާފައި ވާ ސިފަ ކުރެއްވުންތަކުގެ މައްޗަށެވެ. ޮކންމެއަކަސް، އަލްޙަމްރާ އަކީ މުސްލިމުން ބިނާ ކުރި، އެފަދަ ދެވަނައެއް ނެތް ހަޒާރަތުގެ »ސަންޯދއް އެރުވުމަށް ފަހު« ފެންނާން ހުރި

އެ ހަޒާރަތުގެ އެންމެ ފުރިހަމަ އެއް ހަނދާނެވެ. ރަނގަޅަށް ނުބެލެހެއްޓުމާއި، ތަން ހަލާކު ޮކށްލަން ބައެއް ފަރާތްތަކުން ގަސްތުގައި ޮކށްފައި ވާ އެތައް

ކަންތައްތަކަކާއި، އަދި މަރާމާތު ކުރުމުގެ ނިޔަތުގައި ކުރެވުނު ކަންކަމުން ލިބުނު ގެއްލުންތަކާ އެކު ވެސް އަލްޙަމްރާ އަކީ އެތަނަށް ޒިޔާރަތް ކުރާ ޮކންމެ މީހަކު

ހުވަފެނީ ދުނިޔެއަކަށް ގެންޮގސްދޭ ބިނާއެކެވެ.

އަލްއުސްތާޛު އަޙުމަދު މާޖިދު

8

ދުނިޔޭގައި އިންސާނުން ދިރިއުޅެން ފެށިތާ މިހާރު ގާތްގަނޑަކަށް 50000 އަހަރު ވެދާނެ ކަމަށް އިލްމު ވެރީން ގަބޫލުކުރައްވައެވެ. ފުރަތަމަ

އިންސާނާއާ އެކު، އިންސާނުންގެ މެދުގައި މުވާސަލާތު ކުރުމުގެ މައި ވަސީލަތެއް ކަމުގައި ވެފައިވަނީ ބަހެވެ. މީގެ އިތުރުން، ވިސްނުމާއި ފިކުރުކުރުމަށް އިންސާނާ

ބޭނުން ކުރާ އާލަތަކީ ވެސް ބަހެވެ. ހާއްސަޮކށް އެ މީހެއްގެ މާދަރީ ބަހެވެ. އެމީހެއްގެ މާދަރީ ބަހަށް ޮކށި މީހެއްގެ ވިސްނުން ވެސް ޮކށިވާނެ ކަމަށް

ނަފްސާނީ އިލްމުވެރީންނާއި ފަލްސަފާވެރިން ވިދާޅުވެއެވެ. ބަހަކީ އިންސާނާއަށް ލިބިފައިވާ އެންމެ ޮބޑު ނިއުމަތް ކަމުގައި

ވެފައި، އެއް އިންސާނަކު އަނެއް އިންސާނަކާ މުވާސަލާތު ކުރާއިރު ބަސް ބޭނުން

ދިވެހިންގެ ލިޔެކިޔުމުގެ ާތީރހަށް ބަލައިލުމެއް

ކުރުމުގެ އެންމެ އަސާސީ ޮގތަކީ އަޑު ބޭނުންޮކށްގެން ދައްކާ ވާހަކަ ކަމުގައި ވިޔަސް، އެއް ޖީލުން އަނެއް ޖީލަށް މައުލޫމާތު ޯފރުޮކށް ދިނުމަށާއި، ކަންކަން

ހަނދާނުގައި ބެހެއްޓުމަށާއި، ސިޓީބިޓީ ފަދަ ތަކެތި ބަދަލު ކުރުމަށާއި މުއާހަދާތައް ކުރުންފަދަ، ގިނަ ޒަމާންތަކަށް ދަމަހައްޓަން ޖެހޭ ބަސްވަރާތައް ރައްކާތެރި ކުރުމަށް ޓަކައި، ލިޔެކިޔުމަކީ ޮކންމެހެން ޒަރޫރީ ކަމެއް ކަމުގައި ވުމުން،

ލިޔެކިޔުމަކީ ވެސް އުމުރުގެ ޮގތުން ބަލާއިރު އިންސާނާއަށް ވުރެ މާ ހަގު ނޫން ފަންނެއް ކަމަށް އިލްމުވެރީން ގަބޫލު ކުރައްވައެވެ.

ސަމާވީ ދީންތަކުގެ އަހުލުވެރީން ގަބޫލުކުރާ ޮގތުގައި އާދަމުގެފާނަށް މަލަކޫތީ އާލަމުން ލިޔުންތަކެއް ފެނިވަޑައިގަތެވެ. އަދި އެ ލިޔުއްވުންތައް

ބްރަހްމީ އަކުރުގެ ވިޔަނިތައް

އިޔާޒު ނަސީމް

9

އެކަލޭގެފާނު ވިދާޅުވެ، އެ ލިޔުއްވުންތަކުން ފައިދާ ލިބިވަޑައިގަތެވެ. އަދި އެންމެ ފުރަތަމަ ގަލަމުގެ ބޭނުންކުރެއްވި ބޭކަލަކީ އިދްރީސް ނަބީ ކަލޭގެފާނު ކަމަށް ތާރީހު ޮފތްތަކުގައި ލިޔެވިގެންވެއެވެ. އިދްރީސްގެފާނު ދުނިޔޭގައި އުޅުއްވީ

ނޫޙުގެފާނުގެ ޒަމާނުގައި މުޅި ދުނިޔެއަށް ކުރިމަތިވި ޮބޑު ތޫފާނުގެ ކުރީންނެވެ.

ފާހަގަ ކުރެވެއެވެ. އެއީ ޯލޯގގްރަފީ )ރަސްމު ލަފްޒީ( އަކުރާއި ސިލަބަރީ )މަޤްޠަޢީ( އަކުރާއި އަލިފުބާ )އަލްފަބެޓް( އަކުރާއި އަބުގިޑާ އަކުރާއި އަބްޖަދު

އަކުރާއި ފީޗަރަލް )ވަޞްފީ( އަކުރުގެ ނިޒާމެވެ. ޗައިނީޒް ކެރެކްޓަރތަކަކީ »ކަނަ« ޯލޯގގްރަފީއެވެ. ޖަޕާނުގެ

އަކީ ސިލަބަރީއެވެ.

ލެޓިން އަކުރަކީ އަލިފުބާއެކެވެ. ހިންދުސްތާނުގެ ދޭވަނާގަރީ އަކުރާއި އިހުގައި ދިވެހީން ބޭނުން ކުރި ދިވެސް އަކުރު ހިމެނެނީ އަބުގިޑާ އަކުރުތަކުގެ ތެރޭގައެވެ. އަދި ދިވެހި ތާނަ އަކުރަކީ ވެސް މި ސިފަތައް ހުރި އަކުރަކަށް ވާތީ އަބުގިޑާ އަކުރުތަކުގެ ބައިގައި ވަނީ ހިމެނިފައެވެ. އަރަބި އަކުރަކީ އަބްޖަދު އަކުރެކެވެ.

ޮކރެޔާގެ ހަންގުލް އަކުރު ހިމެނެނީ ފީޗަރަލް ނުވަތަ ވަޞްފީ އަކުރުތަކުގެ ބައިގައެވެ. މި ވައްތަރުތަކުގެ އިތުރުން ވެސް އެތައް ވައްތަރެއްގެ ލިޔުމުގެ ނިޒާމު

ހުރެއެވެ. މީގެ ތެރޭގައި އައިޑިޯޔގްރާމް ނުވަތަ އައިޑިޯޔގްރާފާއި ޕިކްޯޓގްރާމް ނުވަތަ ޕިކްޯޓގްރާފާއި ބްރެއިލް ހިމެނެއެވެ.

ލިޔެކިޔުމުގެ ހުނަރު ތަރައްގީ ކުރެވުނު ހިސާބުން ފެށިގެން އިންސާނުން ވަނީ އެމީހުންގެ ޝުއޫރުތަކާއި، މުނިފޫހި ފިލުވުމަށް ބޭނުންކުރާނެ

ތަފާތު އަދަބީ އުފެއްދުންތަކާއި، ތާރީހީ ވާހަކަތަކާއި، ދީނުގެ ހުކުމްތައް ފަދަ، އެއް

ބްރަހްމީ އަކުރުގެ ފިލިއަކުރުތަކާއި ފިލިޖެހޭ ޮގތް

ތޫފާނުގެ ކުރީގެ ލިޔުންތައް ފެންނަން ނެތުމާއެކު މިއަދު ފެންނަން ހުރި ލިޔުންތަކުގެ އެންމެ ކުރީގެ ވައްތަރަކީ ފައްޅިތަކާއި ގަނޑުވަރުތަކުގެ ފާރުތަކުގައި

ކުރަހާފައިވާ މާނަހުރި ކުރެހުންތަކެވެ. ތޫފާނުގެ ފަހުން ލިޔެކިޔުމުގެ ފުރިހަމަ ނިޒާމެއް އެންމެ ފުރަތަމަ ތަރައްގީ ޮކށްފައިވަނީ އީސާއީ މީލާދުގެ 3500 އަހަރު ކުރީން ނަހުރަބާނު )މެޮސޮޕޓޭމިޔާ( ގައި ޮއތް ސޫމާރީ ހަޒާރަތުގެ

ދުވަސްވަރު މެޮސޮޕޓޭމިއާ )އިރާގު ކަރައި( ގައެވެ. މި ޮގތުން އެންމެ ކުރީން ތަރައްގީ ކުރެވުނު، ލިޔެކިޔުމުގެ އެންމެ ފުރިހަމަ ނިޒާމުތަކުގެ ޮގތުގައި ފާހަގަ

ކުރެވިފައިވަނީ، ސޫމާރީންގެ މިސްމާރީ ލިޔުން ނުވަތަ ކިޔުނިޯފމޭ ކިޔޭ ވައްތަރުގެ ލިޔުމާއި މިޞްރުގެ ހިއެޯރގްލިފްއޭ ކިޔޭ ވައްތަރުގެ ލިޔުމެވެ.

މިއަދު ދުނިޔޭގައި ބޭނުންކުރާ ލިޔުމުގައި މައިގަނޑު ހަ ވައްތަރެއް

ނ.ލަންދޫން ފެނުނު ބްރަހްމީ އަކުރުގެ ގައު

10

ޖީލުން އަނެއް ޖީލަށް ޯފރުޮކށްދޭން ބޭނުންވާ މައުލޫމާތުތައް ލިޔެ ރައްކާކުރަން ފަށާފައެވެ. ބާބިލްގެ ރަސްގެފާނު ހާމޫރާބީގެ އެންގެވުންތަކާއި މިސްރުގެ

ފިރުއަނުންގެ ފަތްޮކޅުތަކާއި ސީނުކަރަ އާއި ހިންދުސްތާނުގެ އިލްމީ ފަތްފުށްތަކާއި ޔޫނާނީ ފަލްސަފާވެރިންގެ ލިޔުއްވުންތައް މިއަދާ ހަމައަށް އައިސްފައިވަނީ

ލިޔެކިޔުމުގެ ނިޒާމުތަކުގެ ޒަރީއާއިންނެވެ. ދެކުނު އޭޝިޔާ ސަރަހައްދަށް ބަލާއިރު އީސާއީ މީލާދުގެ 3500

ވަނަ އަހަރާއި 1900 ވަނަ އަހަރާ ދެމެދު ލިޔެފައިވާ ލިޔުންތައް ސިންދުވާދީގެ ރަށްވެހިކަން ޮއތް ސަރަހައްދުތަކުން ފެނިފައިވެއެވެ. ސިންދުވާދީގެ ރަށްވެހިކަމުގެ

އެންމެ މުހިންމު އެއް ބަނދަރު ކަމުގައިވާ، މިހާރުގެ އިންޑިޔާގެ ގުޖުރާތުގެ ޯލތާލާއި ދިވެހިރާއްޖެއާ މެދު ދަތުރުފަތުރުގެ ގުޅުން ޮއތް ކަން ޔަގީންޮކށް ދޭ އާސާރީ ހެކިތައް ވަނީ ފެނިފައެވެ. ލިޔެކިޔުމަށް ބަލާއިރު ވެސް މިހާތަނަށް ދިވެހިރާއްޖެއިން ފެނިފައިވާ އެންމެ ދުވަސްވީ ލިޔުމަކީ އިންޑިޔާގެ ބްރަހްމީ އަކުރުން ލިޔެފައިވާ ލިޔުމެކެވެ. މީލާދީން 6 ވަނަ ގަރުނުގެ މި ލިޔުން

ފެނިފައިވަނީ މިލަދުންމަޑުލު ދެކުނުބުރީ ލަންދޫންނެވެ. ނަސީމާ މުޙައްމަދު ވިދާޅުވާ ޮގތުގައި މިލިޔުން ލިޔެފައިވަނީ ޕައްލަވަ ދަރިޮކޅުގެ ވެރިކަން ހިނގި ދުވަސްވަރުގެ

ދެކުނު ބްރަހްމީ އަކުރުންނެވެ.ބްރަހްމީ އަކުރަކީ މިއަދު ދެކުނު އޭޝިޔާގެ ގައުމުތަކުގައި ލިޔަން ބޭނުންކުރާ ގިނަ އަކުރުތައް އުފެދުމުގެ އަސްލެވެ. އަދި ދެކުނު އޭޝިޔާގެ ބަސްތަކުގެ މައި ބަސް ކަމުގައިވާ ސާންސްކްރިތު ބަސް އެންމެ ފުރަތަމަ ލިޔެވުނީ ވެސް ބްރަހްމީ އަކުރުންނެވެ. ބްރަހްމީ އަކުރުން ލިޔެފައި ހުއްޓާ

ފެންނަން ހުރި ގިނަ ލިޔުން ހުރީ ގަލާއި ހިލައިގައި ބިންވަޅު ނަގައިގެންކަން ފާހަގަކުރެވޭއިރު، މިއަކުރު އުފެދިފައިވަނީ އީސާއީ މީލާދުގެ 500 އަހަރު

ކުރީންނެވެ. ބުނެވޭ ޮގތުގައި ބްރަހްމީ އަކުރު ބިނާ ކުރެވިފައިވަނީ އީސާއީ މީލާދުގެ 2000 އަހަރު ކުރިއާ ހަމަޔަށް ބޭނުން ކުރެވުނު ސިންދު އަކުރުގެ މައްޗަށެވެ. މީގެ އިތުރުން މި އަކުރަކީ ހުޅަނގު ސާމީ ނުވަތަ ދެކުނު ސާމީ

އަކުރުތަކުގެ އަސްލުން އުފެދުނު އަކުރެއް ކަމަށްވުން ވެސް އެކަށީގެންވާ ކަމުގައި މުހައްލިލުން ވިދާޅުވެއެވެ. މި ބޭފުޅުން ވިދާޅުވާ ޮގތުގައި ސިންދު އަކުރު އުވިގެންދިއުމަށް ފަހު ބްރަހްމީ އަކުރު އުފެދުމާ ދެމެދު ގިނަ ދުވަސްތަކެއް ހޭދަވެފައިވެއެވެ. އެހެންކަމުން ބްރަހްމީ އަކުރުގެ އުފެދުން ސިންދު އަކުރާ

ގުޅިފައިވުމަކީ ނާދިރު ކަމެކެވެ.ބްރަހްމީ އަކުރުން ލިޔެވިފައި ހުރި ލިޔުންތަކުގެ ތެރެއިން މިހާރު

ފެންނަން ހުރި އެންމެ ދުވަސްވީ ލިޔުންތަކަކީ އިންޑިޔާގެ އަޯޝކާ ރަސްގެފާނުގެ ދުވަސްވަރުގެ ލިޔުންތަކެވެ.

ދެކުނު އޭޝިޔާގެ ގިނަ އަކުރުތަކެކޭ އެއްފަދައިން ބްރަހްމީ އަކުރު ވެސް ލިޔަނީ ވާތުން ކަނާތަށެވެ. އަދި ޮކންމެ އަކުރެއް ވެސް އެހެން ފިއްޔެއްގެ ނިޝާން ނުގުޅުވާހައި ހިނދަކު ޮއންނާނީ އަބަފިލީގެ ހާލަތުގައެވެ. އެހެން ކަމުން އަބަފިލި ޖެހުމަށް ވަކި ނިޝާނެއް ބޭނުން ކުރާކަށް ނުޖެހެއެވެ. އަލިފު ފިޔަވައި އެހެން އަކުރުތަކުގައި، އަބަފިލި ނޫން ފިލިތައް ޖެހުމަށް އެ ފިއްޔެއް ރަމްޒުޮކށްދޭ

ނިޝާން، އަކުރާ ގުޅުވައިގެން ލިޔާނީއެވެ. މި ސަރަހައްދުގެ ގިނަ އަކުރުތަކާ އެއްފަދައިން ބްރަހްމީ އަކުރުގައި ވެސް މިނިވަން ފިލީގެ އަޑުތައް ނުވަތަ އަލިފުގެ ފިލިތަކުގެ އަޑުތައް ރަމްޒުޮކށްދޭން ހާއްސަ ނިޝާންތަކެއް ހުރެއެވެ. އެހެންކަމުން އަލިފުގެ ޮކންމެ ފިއްޔެއް ވެސް ލިޔަންވާ ތަނުގައި ލިޔަނީ އެ ފިއްޔަކަށް ހާއްސަ އަކުރެވެ. ބްރަހްމީ އަކުރުގެ ފަހުން ދެން ދިވެހިރާއްޖެއިން ފެނިފައިވަނީ ނާގަރީ

އަކުރެވެ. )ނުނިމޭ(

ބުއްދީގެ ފުރާގު

11

އިޔާޒު ނަސީމް ސަން މާފާނު

އަބުލްވަލީދު މުޙައްމަދު ބިން އަޙްމަދު ބިން ރުޝްދު އަލްޤުރްޠުބީ ނުވަތަ އިބްނު ރުޝްދު އުފަންވެ

ވަޑައިގަތީ މީލާދީން 1126 ވަނަ އަހަރު ސްޕެއިނުގެ ޤުރުޠުބާގައެވެ.

އިބްނު ރުޝްދަކީ ދުނިޔޭގެ ތާރީހު މިހާތަނަށް ދުށް އެންމެ ޮބޑު އެއް އައްލާމާއެވެ. އޭނާއަކީ ފަލްސަފާވެރިއެކެވެ.

މަންޠިޤާއި ނަފްސާނީ އިލްމާއި ބޭސްވެރިކަމާއި، ފަލަކީ އިލްމާއި، ޯޖގްރަފީ

އާއި ، ހިސާބުގެ އިލްމާއި، ފިޒިކްސް

އިބްނު ރުޝްދު

ހިާމޗަލްޕްރަދޭޝް

އިލްމުވެރިއެކެވެ. ހުޅަނގުގެ މީހުން އިބްނު

ރުޝްދަށް ކިޔާ ނަމަކީ އެވިޮރއިސް ނުވަތަ އެބިޮރއިސްއެވެ.

ދުނިޔޭގެ ދުވަސްބަދަލުވާ ޮރނގު ވެސް އެންމެ ފުރަތަމަ ކަނޑައެޅުއްވީ

ޤުރުޠުބާގެ ޤާޟީގެ ނަމުގައި މަޝްހޫރުވެ ވަޑައިގެންފައިވާ އިބްނު ރުޝްދެވެ. އެއީ

މީލާދީން 1161 ވަނަ އަހަރުއެވެ. އިބްނު ރުޝްދު ލިޔުއްވި

ޮފތްތަކުގެ ޞަފްޙާތަކުގެ ޖުމްލަ ޢަދަދު 20000 އަށް ވުރެ ގިނައެވެ.

އިބްނު ރުޝްދު އަވަހާރަވީ 10 ޑިސެންބަރު 1198 ގައި ޮމޮރޯކގައެވެ.

އަޅުގަނޑުމެން އެ ސަރަހައްދަކަށް ނިސްބަތް ވާ ދެކުނު އޭޝިޔާ ސަރަހައްދަށް

އަހުލުވެރިވެ، އާންމު މައުލޫމާތު މުއްސަނދި ކުރުމަށް ޓަކައި، ހުށަހަޅާ ލިޔުންތަކުގެ މި ސިލްސިލާގައި

މި ފަހަރު ބަލައިލާނީ އިންޑިޔާގެ ސްޓޭޓުތަކުގެ ތެރެއިން ހިމާޗަލްޕްރަދޭޝް އަށެވެ.

ހިމާޗަލްޕްރަދޭޝްގެ ވެރިރަށަކީ އަދި އެންމެ ޮބޑު ޝަހަރަކީ ޝިމްލާއެވެ. މުޅި

އޭޝިޔާގައި ވެސް ޮއތް ހަމަ އެކަނި ނެޗުރަލް އައިސް ސްކޭޓިންގ ރިންކް ޮއންނަނީ ޝިމްލާގައެވެ.

ހިމާޗަލް ޕްރަދޭޝްގެ ރަސްމީ ބަހަކީ ހިންދީ ބަހެވެ.

ހިމާޗަލްޕްރަދޭޝްގެ އުތުރުގައި ޮއތީ ޖައްމޫކަޝްމީރެވެ. ހުޅަނގާއި ހުޅަނގު ދެކުނުގެ

އިން ގުޅެނީ ޕަންޖާބާއެވެ. ދެކުނުގައި ޮއތީ ހަރިޔާނާ އާއި އުއްތަރުޕްރަދޭޝްއެވެ. އިރު ދެކުނުގައި

ޮއތީ އުއްތަރުކަންދެވެ. އިރުމަތީގައި ޮއތީ ޓިބެޓެވެ.

ހިމާޗަލްޕްރަދޭޝް އަކީ ގުދުރަތީ ރީތި ކަމަށް މަޝްހޫރު ރާއްޖެއެކެވެ. ސާންސްކްރިތު

ބަހުން "ހިމާ" ކިޔަނީ ސްޯނއަށެވެ. ހިމާޗަލްޕްރަދޭޝްގެ ޯކރުތަކުން އުފައްދާ ކަރަންޓު، ދިއްލީއަށާއި،

ރާޖަސްތާނަށާއި، ޕަންޖާބަށް ވިއްކައެވެ. މިޮގތުން އެހެން

ސްޓޭޓްތަކަށްދޭ ކަރަންޓުގެ ހިދުމަތް މި ސްޓޭޓުގެ

އިގްތިސާދުގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރެއެވެ.

މީގެ އިތުރުން ފާހަގަޮކށްލެވެނީ ފަތުރުވެރިކަމާއި

ދަނޑުވެރިކަމެވެ. ހިމާޗަލްޕްރަދޭޝްއަކީ އިންޑިޔާގެ

ސްޓޭޓުތަކުގެ ތެރެއިން ޮކރަޕްޝަނުގެ ކަންތައް އެންމެ ކުޑަ

އެއް ސްޓޭޓް ކަމަށް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް

އިން 2005 ވަނަ އަހަރު ބުނެފައިވެއެވެ.

ހިމާޗަލްޕްރަދޭޝްގެ އާބާދީއަކީ 7 މިލިޔަނެވެ.

އާބާދީގެ ޮގތުން ބަލާއިރު މިއީ އިންޑިޔާގެ ސްޓޭޓުތަކުގެ

ލިސްޓުން 21 ވަނައެވެ. ބިމުގެ ޮގތުން ބަލާއިރު 17

ވަނައެވެ. އިދާރީ ޮގތުން ހިމާޗަލްޕްރަދޭޝް ބަހައިލެވިފައިވަނީ

12 ޑިސްޓްރިކްޓަށެވެ.

އާއި ސެލެސްޓިޔަލް މެކޭނިކްސް އާއި މިއުޒިކާއި، އަރަބި ބަހުގެ އިލްމާއި، ހަދީސްގެ އިލްމާއި، އިސްލާމީ ފިޤުހުގައި އަރައި ހުންނެވި

"އެންމެ ރަނގަޅު އިންޓަރެސްޓެއް

)ފައިދާއެއް( ލިބެނީ ތައުލީމަށްޓަކައި ކުރާ

އިންވެސްޓްމެންޓުންނެވެ." - ބެންޖަމިން

ފްރޭންކްލިން

12

ސަމޯާއ އަށް 2011 އިގެ ފަހު ހަފުާތގެ

ހުކުރު ނައިސް ހޮނިހިރުމާޒީއަށާއި ކުރިމަގަށް ދަތުރު ކުރެވޭނެ ފަދަ މަގެއް ޮއވެދާނެޯތ، ނުވަތަ އެފަދަ ދަތުރެއް ކުރެވޭނެ އުޅަނދެއް ތައްޔާރު ކުރެވިދާނެޯތ، މިއީ ބައެއް މީހުން ކުރާ ސުވާލެކެވެ. ޕެސިފިކް މާކަނޑުގައި ޮއންނަ ޖަޒީރާ ގައުމެއް ކަމުގައިވާ

ސަޯމއާގެ މީހުންނަށް މިއީ އާ ކަމެއް ނޫނެވެ. އެމީހުން ވަނީ މީގެ 119 އަހަރު ކުރީން މާޒީވެ ދިޔަ ފުރިހަމަ ދުވަހެއް ލިބިގަނެފައެވެ. ނިމިގެން މިދިޔަ 2011 ވަނަ އަހަރު އެމީހުންވަނީ ބުރާސްފަތި ދުވަހަށް ފަހު، ހުކުރު ދުވަހާ ބައްދަލު ނުޮކށް، ޮހނިހިރު ދުވަހަށް މަރުހަބާ ކިޔާފައެވެ. “ދުނިޔޭގެ ދުވަސްބަދަލުވާ ޮރނގު” ނުވަތަ “އިންޓަނޭޝަނަލް ޑޭޓް ލައިން” އަށް ކުޑަކުޑަ ބަދަލެއް

ގެނެސްގެންނެވެ.މިއީ ސަޯމއާއިން ޑޭޓް ލައިނަށް ބަދަލު ގެނައި ދެވަނަ ފަހަރެވެ. މީގެ 119 ވަރަކަށް އަހަރު ކުރިން ސަޯމއާ ޮއތީ ޑޭޓް ލައިންގެ ހުޅަނގު ބިތުގައެވެ. ކުރީން އެއް ގައުމެއްގެ ޮގތުގައި ޮއތް ސަޯމއާގެ އިރުމަތީ ފަޅި އާއި ހުޅަނގު ފަޅި 19 ވަނަ ގަރުނުގައި އެމެރިކާ އާއި ޖަރުމަނުން ބައިޮކށްލުމުން، ސަޯމއާ

ޖަޒީރާގެ އެއް ބައި ކަމުގައިވާ އިރުމަތީ ސަޯމއާ ޮއންނަނީ އެމެރިކާގެ ވެރިކަމުގެ ދަށުގައި، އެމެރިކަން ސަޯމއާގެ ޮގތުގައެވެ. އެމެރިކާ ޮއންނަނީ ޑޭޓް ލައިނުގެ އިރުމަތީގައި ކަމަށް ވާތީ، އެމެރިކާއާ މުއާމަލާތް ކުރުމަށް ޓަކައި ފަސޭހައަކަށް 1892 ވަނަ އަހަރުގެ ޖުލައި މަހުގެ 4 ވީ ޯހމަ ދުވަހާ ޖެހިގެން އައި ދުވަހު،

ސަޯމއާއިން އެ ގައުމުގެ ހުޅަނގަށް ޑޭޓް ލައިން ބަދަލުޮކށް، ޑޭޓް ލައިނުގެ އިރުމަތީ ބިތަށް ބަދަލުވިއެވެ. ޑޭޓްލައިނުގެ އިރުމަތީ ބިތުގައި އެ ދުވަހަކީ ޯހމަ ދުވަހެވެ. އެހެން ކަމުން އެ އަހަރު ސަޯމއާއަށް ވަނީ ޖުލައި މަހުގެ 4 ވީ ޯހމަ

ދުވަސް ދެ ފަހަރަށް އައިސްފައެވެ. އޭރާ ހިލާފަށް މިހާރު ވިޔަފާރި އާއި އެފަދަ އެެހެން މުއާމަލާތްތައް

އެމެރިކާއަށް ވުރެ ޮބޑަށް ސަޯމއާއެކު ކުރަނީ ޑޭޓްލައިނުގެ ހުޅަނގު ބިތުގައި ޮއތް ޮއސްޓަރުލިޔާ އާއި ނިއުޒިލޭންޑެވެ. ޑޭޓް ލައިނުގެ ދެ ބިތުގައި ތިބުމުގެ ސަބަބުން

ސަޯމއާ އާއި މި ދެ ގައުމާ ދެމެދު ބަރާބަރު 24 ގަޑިއިރުގެ ތަފާތު ހުރެއެވެ. މީގެ ސަބަބުން ހަފްތާއަކު ދެ ދުވަސް ގެއްލެއެވެ. ސަޯމއާގެ ހުކުރު ދުވަހަކީ ނިއުޒިލެންޑާއި ޮއސްޓަރުލިޔާގައި ޮހނިހިރު ދުވަހެވެ. އަނެއްޮކޅުން ސަޯމއާއަށް އާދީއްތަ ދުވަސް ބަންދުވާއިރު، އެ ދުވަހަކީ ނިއުޒިލެންޑާއި ޮއސްޓަރުލިޔާގައި

ޯހމަ ދުވަހެވެ. މި ސަބަބަށް ޓަކައި ސަޯމއާއިން އަނެއްކާ ވެސް ޑޭޓް ލައިނުގެ ހުޅަނގު ބިތަށް ބަދަލު ވުމަށް ނިންމައި އެކަމަށް ގާނޫނެއް ފާސްކުރިއެވެ.

މީގެ 119 އަހަރު ކުރީން ސަޯމއާއިން ޑޭޓް ލައިނުގެ އިރުމަތީ ބިތަށް

ބަދަލުވިއިރު އެއް ދުވަސް ވީ ތަކުރާރެވެ. އެހެން ނަމަވެސް ޑޭޓް ލައިނުގެ ހުޅަނގަށް ބަދަލުވާއިރު އެއް ދުވަސް ގެއްލެނީއެވެ. އެހެންކަމުން ސަޯމއާގެ

ސަރުކާރުން ވަނީ 29 ޑިސެންބަރު 2011 ވާ ބުރާސްފަތި ދުވަހުގެ ފަހުން ދެން އަންނާނީ 31 ޑިސެންބަރު 2011 ވާ ޮހނިހިރު ކަމުގައި ހަމަޖައްސާފައެވެ. ވީމާ

އެ ގައުމުގެ ސަރުކާރުގެ ރަސްމީ އެއްވެސް ލިޔެކިޔުމަކުން 30 ޑިސެންބަރު 2011 ވީ ހުކުރު ދުވަހުގެ ތާރީހު ފެންނާކަށް ޯނންނާނެއެވެ. އަދި އެންމެ

އަވަށްޓެރި އެމެރިކަން ސަޯމއާއާ ހުޅަނގު ސަޯމއާ ދެމެދު މިހާރު ބަރާބަރު 24 ގަޑި އިރުގެ ތަފާތު ހުންނާނެއެވެ. ކުރީން ޮއތް ޮގތުން ޮކންމެ ތާރީހެއްގެ ވެސް

އެންމެ ފަހުން އިރުޮއއްސޭ ގައުމަކީ ސަޯމއާއެވެ. އެހެން ނަމަވެސް މިހާރު ޮކންމެ ތާރީހެއްގެ ވެސް އެންމެ ފުރަތަމަ އިރު އަރާ އެއް ގައުމަކަށް ވާނީ ސަޯމއާއެވެ.

2011 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ އެންމެ ފަހު ހުކުރު

އިޔާޒު ނަސީމް

13

ކަލަންޑަރުން އުނިކުރުމަށް ސަޯމއާގެ ސަރުކާރުން ނިންމުމުން، ސަޯމއާ މުސްލިމް ލީގުން މި ނިންމުމާ މެދު ފާޅުގައި އެއްޗެކޭ ބުނެފައި ނުވިޔަސް، ހުކުރު ދުވަސް

ގެއްލިގެން ނުވާނެ ކަމަށް ވަނީ ނިންމާފައެވެ. ސަޯމއާގެ މުސްލިމް ލީގުން ކަނޑައެޅި ވިސްނުމަކީ، ޑޭޓް ލައިން ބަދަލު ވުމަށް ފަހުގައި ސަޯމއާއަށް ހުކުރު ދުވަސް އަންނާނީ އަވަށްޓެރި ޮޓންގާ އާއި ޮއސްޓްރޭލިޔާ އާއި ނިއުޒިލޭންޑާ އެއް ދުވަހެއްގައި ކަމަށް ވާތީ 2011 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ އެންމެ ފަހު ހުކުރު ނަމާދު ޮޓންގާގެ މުސްލިމުންނާ އެއް ވަގުތެއްގައި ކުރުމަށެވެ. ސަޯމއާ

މުސްލިމް ލީގުގެ އިމާމު މުޙައްމަދު ބިން ސްޓޭންލީ މިކަމާ ބެހޭ ޮގތުން ވިދާޅުވީ، 1892 ގައި ޑޭޓް ލައިނުގެ އިރުމައްޗަށް ސަޯމއާ ބަދަލުވުމުން އެ ފަހަރު

ތަކުރާރުވީ ޯހމަ ދުވަސްކަމުން، ޑޭޓް ލައިނުގެ ހުޅަނގަށް ބަދަލުވާއިރު އުނި ކުރަން ވެސް ޖެހޭނީ ޯހމަ ދުވަސް ކަމަށާއި ހުކުރު ދުވަސް ނޫން ކަމަށެވެ.މި ހިސާބުން ދުނިޔޭގެ ދުވަސް ބަދަލުވާ ޮރނގު” ގެ ތާރީހަށާއި

ދުވަސް ފުރިހަމަވުން ކަނޑައަޅާ ޮގތަށް ބަލައިލަމާ ހިނގާށެވެ.ދުނިޔޭގެ ހަޔާތުގައި ރޭދުވާ ތަކުރާރު ވަމުން ދަނީ އިރުގެ ވަށައިގެން ދުނިޔެ ފުރިހަމަ ކުރަމުންދާ ބުރުތަކާ އެކީގައެވެ. ޮކންމެ ދުވަހެއް ވެސް ފެށެނީ

އިރުގެ އަލިވިލުމާއެކުގައެވެ. އިރުޮއއްސި އަނދިރިވުމުން އެ ދުވަހަށް ނިމުން އާދެއެވެ. ދެން އަނެއްކާ ވެސް އަނެއް ދުވަހަކަށް އިރު އަރައެވެ. މި ޮގތަށް އިރު އަރައި ޮއއްސޭއިރު، ދައުރުވަމުންދާ އިރާއެކު ދުނިޔެ ވަށައިގެން އަލިކަން ދަތުރު

ކުރެއެވެ. އަދި އިރު ނެތް ފަޅީގައި ހަމަ މި ބީދައިން އަނދިރިކަން ވެސް ދުނިޔެ ވަށައިގެން ދަތުރު ކުރެއެވެ.

ވަކި ރަށެއްގެ ނިސްބަތުގައި ބަލާއިރު، ޮކންމެ ދުވާލެއްގައި ގާތް ގަނޑަކަށް ބާރަ ގަޑިއިރު އަދި ޮކންމެ ރޭގަނޑެއްގައި ވެސް ގާތްގަނޑަކަށް ބާރަ

ގަޑިއިރު އެކުލެވިފައި ވިޔަސް، ދުނިޔޭގެ ނިސްބަތުގައި ސައުވީސް ގަޑިއިރުގެ އަލިކަމާއި، ސައުވީސް ގަޑިއިރުގެ އަނދިރިކަން ތަޖުރިބާ ކުރަންޖެހެއެވެ.

އިރުގެ ވަށައިގެން ދުނިޔެ ޖަހާ ބުރު ފުރިހަމަ ވަނީ ސައުވީސް ގަޑިއިރުން ކަމުގައިވާ އިރު، އިރާވީ ފަޅީގައި އަބަދުވެސް ޮއންނާނީ އަލިކަމެވެ. އަނެއް

ފަޅީގައި އަނދިރިކަމެވެ. އެހެންކަމުން މި ބުރު ފެށެނީ ޮކން ހިސާބަކުން ކަން ކަނޑައެޅިގެން ނޫނީ ދުވަހުގެ ފެށުން ދެނެގަނެވޭނެ ޮގތެއް ޯނންނާނެއެވެ.

ދުނިޔެއަކީ ވަށްޮކށް ޮއތް ތަނެއް ކަމުގައި ވާތީ ދުވަސް ފެށޭނީ، އަނެއް ދުވަސް ނިމޭ ހިސާބުންނެވެ. މި ނުގުތާގެ އެންމެ ކައިރިން ހުޅަނގު

ފަޅީގައި ތިބޭ މީހުންނަކީ އައު ދުވަހެއްގެ އަލިކަން ފުރަތަމައަށް ލިބޭ މީހުންނެވެ. މި ނުގުތާގެ އެންމެ ކައިރިން އިރުމަތީ ފަޅީގައި ތިބޭ މީހުންނަކީ މި ދުވަހުގެ

އަލިކަން އެންމެ ފަހުން ލިބޭނެ މީހުންނެވެ. ހަމަ އެ ވަގުތު އަނެއް ބައިމީހުންނަށް އަނެއް ދުވަސް ފެށޭނެއެވެ. އެހެންކަމުން ދުވަސް ބަދަލުވާ ނުގުތާގެ އެންމެ

ކައިރިން ހުޅަނގު ފަޅީގައި ޮއންނަ ބިމަށް ހުކުރު ދުވަހުގެ އިރު އަރާ ވަގުތަކީ، ހަމަ އެ ނުގުތާގެ އެންމެ ކައިރިން އިރުމަތީ ފަޅީގައި ޮއންނަ ބިމަށް ބުރާސްފަތި

ދުވަހުގެ އިރު އަރާ ވަގުތެވެ. އެހެން ކަމުން އެއް ބަޔަކަށް ހުކުރު ވަގުތު ވާއިރު އަނެއް ބައިމީހުންނަށް ވާނީ ބުރާސްފަތި ދުވަހުގެ މެންދުރު ވަގުތެވެ. މި މީހުންނަށް ހުކުރު ވަގުތުވާނީ ސައުވީސް ގަޑިއިރު ފަހުންނެވެ. ކުރީން ހުކުރު ވަގުތު ލިބުނު މީހުންނަށް އޭރު ވާނީ ޮހނިހިރު ދުވަހުގެ މެންދުރު ވަގުތެވެ. މިކަން އެންމެ ފުރަތަމަ ފަހަރަށް އިލްމީ ޮގތުން ސަމާލުކަމަށް

ގެންނެވީ އިމާމް ޝާފިއީގެފާނެވެ. އެކަލޭގެފާނު ވިދާޅުވެފައި ވަނީ “އެއް ބިމެއްގައި ދެ ހުކުރު އައިސްގެން ނުވާނެ” ކަމުގައެވެ. އިރު ދައުރު ކުރަނީ އިރުމަތިން

ހުޅަނގަށް ކަމުގައިވާއިރު، ދުވަސް ބަދަލުވާ ޮރނގު ވާނީ ދުނިޔޭގެ އެއް ބިތުގައި އުތުރުން ދެކުނަށް ދަމައިލެވޭ ޮރނގަކަށެވެ. މި ޮރނގު ރަށެއްގެ މަތީން ހުރަސްޮކށްފި ނަމަ އެ ޮރނގުގެ އެއް ބިތުގައި ހުންނަ މިސްކިތެއްގައި ހުކުރު ކުރާ އިރު އަނެއް ބިތުގައި ހުންނަ މިސްކިތެއްގައި ކުރަން ޖެހޭނީ ބުރާސްފަތި ދުވަހުގެ މެންދުރު ނަމާދެވެ. މި މީހުންނަށް ހުކުރު ވާނީ އަނެއް ދުވަހުއެވެ. އެހެން ކަމުން ދުވަސް ބަދަލުވާ ޮރނގު ރަށެއްގެ މެދުން ޮގސްފި ނަމަ އެ

ބިމެއްގައި ހަފްތާގެ ޮކންމެ ދުވަހެއް ވެސް ތަކުރާރުވާނެއެވެ. އެހެން ކަމުން ދެ ހުކުރު ވެސް އަންނާނެއެވެ. މިއީ އިޖްތިމާއީ ޮގތުން ބަލާއިރު ވެސް މައްސަލަ

Western HemisphereEastern Hemisphere

14

އުފެދޭނެ ކަމަކަށް ވާތީ ޝާފިއީގެފާނު ވިދާޅުވެފައިވަނީ އެއް ބިމެއްގައި ދެ ހުކުރު ޮކށްގެން ނުވާނެ ކަމުގައެވެ. ދެ ހުކުރު ކުރެވޭނީ ފެންގަނޑަކުން ވަކިވެފައިވާ

ދެބިމެއްގައި ކަމަށެވެ. މީގެ މުރާދަކީ ދުނިޔޭގެ ދުވަސްބަދަލުވާ ޮރނގު ދަމައިލެވެން ޖެހޭނީ ރަށެއްގެ މަތީން ނުދާ ޮގތަށް )ކަނޑުގައި( ކަމެވެ.

މި ޮރނގު އެންމެ ފުރަތަމައަށް ކަނޑައެޅުއްވި ބޭފުޅަކީ މުސްލިމް ސްޕެއިންގެ އިޝްބީލިޔާގެ ޤާޟީ ކަމުގެ މަގާމުގައި ހުންނެވި އިބްނު ރުޝްދެވެ.

އެއީ މީލާދީން 1161 ވަނަ އަހަރުއެވެ. މި ޮރނގު ކަނޑައެޅުވުމަށް ޓަކައި އިބްނު ރުޝްދު ކުރެއްވި ދިރާސާއަށް ފަހު ނިންމެވީ، ދުނިޔޭގެ އެއް ބިތުގައި

އުތުރުން ދެކުނަށް ކަނޑު މަގުން ސީދާ ޮރނގެއް ދަމައިލެވޭނީ ސީނު ކަރައިގެ އިރުމަތީން ކަމުގައެވެ. މި ޮރނގު ޮއންނަ ހިސާބަށް މެންދުރު ވާއިރު، މި ޮރނގާ

ސީދާވާ ޮގތުން ދުނިޔޭގެ އަނެއް ބިތަށް ވާނީ މެންދަންކަން އިބްނު ރުޝްދު ހާމަ ކުރެއްވިއެވެ. އުތުރުން ދެކުނަށް ދަންމަވައި ލެއްވި މި ޮރނގު ގްޯލބެއްގެ ވަށައިގެން ކުރައްސަވައި، އެ ޮރނގުން ބައި ކުރެވުނު ދެ ފަޅިއަކީ ދުނިޔޭގެ ދެ ބިތް ކަމުގައި ވިދާޅުވިއެވެ. މީގެ ތެރެއިން އެއް ފަޅީގައި “ލާއިލާހަ އިއްލަهللا” އަނެއް ފަޅީގައި “މުޙައްމަދު ރަސޫލުهللا” ލިޔުއްވިއެވެ. ޢަރަބި އަކުރުން ލިޔާ އިރު “ލާއިލާހަ އިއްލަهللا” ގައި ވެސް އަދި “މުޙައްމަދު ރަސޫލުهللا” ވެސް

ޮއންނަނީ 12 އަކުރެވެ. މި ލިޔުއްވި “ލާއިލާހަ އިއްލަهللا” ގައިވާ 12 އަކުރުގެ ތެރެއިން ޮކންމެ އަކުރެއް އިޝާރާތް ކުރަނީ އެއް ސާޢަތް ނުވަތަ އެއް ގަޑި އިރަށެވެ. “މުޙައްމަދު ރަސޫލުهللا” ގައިވާ 12 އަކުރުގެ ތެރެއިން ޮކންމެ

އަކުރެއް ވެސް އިޝާރާތް ކުރަނީ އެއް ގަޑި އިރަށެވެ. ޖުމްލަ 24 ގަޑިއިރެވެ.ސީނުގެ އިރުމަތީން، އުތުރުން ފެށިގެން ދުނިޔޭގެ ވަށައިގެން މި ޮރނގު ދަމައިލެވޭއިރު، އަނެއް ބިތުގައި ޮރނގުމަތީގައި ޮއންނަނީ މުސްލިމް އަންދަލުސް ނުވަތަ ސްޕެއިނެވެ. އެހެން ކަމުން ދުވަސްބަދަލުވާ ޮރނގާ

ބައްދަލުވާނީ ސްޕެއިނުގެ ޤުރުޠުބާގެ އިރުން ވެސް 12 ސާޢަތް އަދި ޤުރުޠުބާގެ ހުޅަނގުން ފެށިގެން ވެސް 12 ސާޢަތުގެ ދުރުމިނުން ކަމަށް އިބްނު ރުޝްދު

ބަޔާންކުރެއްވިއެވެ. އޭރުން އެ ޮރނގުގެ ސީދާ ހުޅަނގު ބިތުގައި ތިބޭ މީހުންގެ ވަގުތު ހިނގަމުންދާނީ ގުރުޠުބާ “ޕްލަސް 12” ގަޑި މިނުގައެވެ. އެ ޮރނގުގެ

ސީދާ އިރުމަތީ ބިތުގައި ތިބޭ މީހުންގެ ވަގުތު ހިނގަމުންދާނީ ޤުރުޠުބާ “މައިނަސް 12” ގަޑި މިނުގައެވެ.

ދުނިޔޭގެ ދުވަސް ބަދަލުވާ ޮރނގާ ބެހޭ ޮގތުން 1884 ގައި ބޭއްވި އިންޓަނޭޝަނަލް މެރީޑިއަން ޮކންފަރެންސުން ހަގީގަތުގައި ހަމައެކަނި ނިންމި ނިންމުމަކީ އިބްނު ރުޝްދުގެ ޒަމާނުގައި ސުންގަޑި ހަމަވާ ތަނުގެ ޮގތުގައި

ކަނޑައެޅުއްވި ޤުރުޠުބާގެ ބަދަލުގައި ސުންގަޑި ހަމަވާ ތަނަކީ އިނގިރޭސިވިލާތުގެ ލަންޑަން ކަމަށް ކަނޑައެޅުމެވެ. ލަންޑަން ޮއންނަނީ ޤުރުޠުބާއަށް ވުރެ އެއް ގަޑި

އިރު ފަހަތުގައި ކަމަށްވާތީ ކުރީން 24 ގަޑިއިރު ބަހައިލެވިފައި ޮއތް ޮގތަށް ވަނީ ބަދަލު އައިސްފައެވެ. ކުރީން ޮއތީ ޤުރުޠުބާގެ އިރުން އެންމެ ދުރަކީ

“ޕްލަސް 12” ގަޑިއިރު ކަމަށް ވެފައި، ޤުރުޠުބާގެ ހުޅަނގުން އެންމެ ދުރަކީ “މައިނަސް 12” ގަޑިއިރު، ކަމުގައި ވިޔަސް، މިއައި ބަދަލާ ގުޅިގެން ލަންޑަނުގެ

އިރުން އެންމެ ދުރަކީ “ޕްލަސް 13” ގަޑިއިރު، އަދި ލަންޑަނުގެ ހުޅަނގުން އެންމެ ދުރަކީ “މައިނަސް 11” ގަޑިއިރު ކަމަށް ވެގެންދިޔައީއެވެ. ހަގީގަތުގައި ދެބައިހަމައިގައި ލަންޑަން ޮއންނަ ނަމަ 24 ގަޑިއިރު ބެހިގެންދާންވާނީ 12 ގަޑި ކުރިޔަށް އަދި 12 ގަޑި ފަހަތަށެވެ. އެހެން ނަމަވެސް މިހާރު ޮއތީ 13 ގަޑި

ކުރިޔަށް އަދި 11 ގަޑިއިރު ފަހަތަށެވެ.އިންޓަނޭޝަނަލް ޑޭޓް ލައިން އެންމެ ފުރަތަމަ ފަހަރަށް ކަނޑައެޅުއްވީ

މީލާދީން 1161 ވަނަ އަހަރު އިބްނު ރުޝްދު ކަމުގައި ވިޔަސް މިހާރު އެ ޝަރަފު ދެވިފައިވަނީ 1884 ގައި އިންޓަނޭޝަނަލް މެރީޑިއަން ޮކންފަރެންސުގައި

ބައިވެރިވި ޔޫރަޕުގެ ސައިންސްވެރީންނަށެވެ.

އެއްދުވަހަކު ހާދީ ބޭރުގައި އުޅެފައި އައިސް ގެއަށް ވަންއިރު އޭނާގެ އަންހެނުން ކަމަނަ ފެންނާކަށް ނެތެވެ. ހާދީ ހުރީ ވަރަށް ޮބޑަށް

ވަރުބަލިވެފަ އެވެ. ފެންވެސް ޮބވާފަ އެވެ. )އަޑަށް ބާރުލާފައި( ކަމަނާ! ހާދީ:

ޯއއި ކަމަނަ: ނިކަން އަވަހަށް މިޮކޅަށް އާދެބަލަ! )އައިސްބަލަ( ހާދީ:

)ހާދީގާތަށް އައިސް ހުއްޓެމުން ބާރަށް( ގެއަށް އަންނަޮގތަށް ކަމަނަ: ޮކން ހަޅޭކެއްތަ ތިލަވަނީ.

)ހިތްހަމަނުޖެހިފައި( ފިރިމީހާއާ ވާހަކަދައްކާނީ ތިހެން ހާދީ: ރުޅިއައިސްފަކާ )ރުޅިއައިސްފައެއް( ނުނޭ. މަށާދިމާއަށް އައިސް ފުންމައިގަންނައިރު އަމިއްލަމީހާ )ތިމާ( ހުރި ސިފަ ދެކިބަލަ!

ތީނައަކަށް )ކަލެއަކަށް/ ހާދީއަކަށް( ވެސް ނުޖެހޭނެ ތިފާޑަށް ކަމަނަ: މަށާ ވާހަކަ ދައްކާކަށް ޯދ! ބޭކާރު އަނގަ ނުތަޅާ ބޭނުންވާކަމެއް ބުނޭ!އެހެންވިއްޔާމުން )އެހެންވިއްޔާ( ތީގެން )ތިއިން( ޯފއްޮކޅެއްް ހާދީ: )ފެންޮފދެއް( ދީފައި ނިކަން ދޭބަލަ )ޮގސްބަލަ!( މަަށަށް ފެންޮކޅެއް

ހިފައިން )ހިފައިގެން( އަންނަން.)ހިނގައިގަންނަމުން ކުދިކިޔާ ޮގތަށް( ހޫނ. ވަރަށް ފޫހިވޭ! ކަމަނަ:

ތާހިރު )ރީތި( ސިފައެއް ޖަހާނަމަ އަދި ކިހާ ޮފންޏެއްވީސް.)އަޑަށް ބާރުލާފަ( އޭ ކަމަނާ! އަދި އަންނައިރު މޭޒުމަތީގައި ހާދީ:

އިން )ހުރި( މަގޭ ދަބަސް ވެސް ގެންނާތި!

މިއަދުގެ ގިނަ ދިވެހިންނަށް ނޭނގިގެން، ނުވަތަ ފަރުވާކުޑަކުރުމުގެ ތެރެއިން ނަމަވެސް ކުށްބަސް ބޭނުންކުރުން މިވަނީ ވަރަށް ޮބޑަށް އާންމު ވެފަ އެވެ. މަތީގައި ޮއތް ޚިޔާލީ ވާހަކަޮކޅަށް ބަލައިލާއިރު، ދަށު ޮރނގު ދަމާފައި ހުރި ބަސްތަކެއް ފާހަގަ ކުރެވޭނެ

އެވެ. އެއީ މިޒަމާނުގައި އާންމު ގިނަ ދިވެހިން، ޮމށެ އުޅުމުގައި ބޭނުންޮކށް އުޅޭ ކުށްބަސްތަކުގެ ތެރެއިން، ޮކންމެވެސް މިންވަރެކެވެ. ޖެހިގެން ޮއތް

ބުރެކެޓުގައި އެވަނީ ބަހުގެ ގަވާއިދާއި ހަމައިގައި ޮއންނަން ކަނޑައަޅާފައިވާ ޮގތެވެ.

ދެކެވުނު ވާހަކައެއްގެ ތެރެއިން އެއްދުވަހަކު މީހަކު ބުނެފި އެވެ. ބަހެއްގެ ބޭނުމަކީ، ތިމާ ބުނަން ބޭނުންވާ އެއްޗެއް އަނެކާއަށް

އަންގައިދިނުމެވެ. އެހެންވީމާ، ރައްދުވާ ފަރާތަށް ދޭހަވާޮގތަށް ބުނެދެވުނީމާ އެ ޮއތީ ރަނގަޅަށެވެ. ޮކން ގަވާއިދެއް، ހަމައެއްހެއްޔެވެ؟

ރަނގަޅު ވާހަކައެކެވެ. އަތް ފައި ބުޅިޮކށް ވައްތަރު ޖައްސައިގެން ނަމަވެސް ތިމާގެ ޝުޢޫރު އަނެކާއަށް ޯފރުޮކށް ދެވުމުން އެހިނދަށް އެކަން އެ ޮއތީ ނިމިފަ އެވެ. އެކަމަކާ ދެބަހެއް ނުވާނަމެވެ.

ބަހަށް އަހުލުވެރިވުން

މުހައްމަދު ގާސިމްއުޑުދަށުން

އެހެންނަމަވެސް އެކަން އެ ކުރެވުނީ އެންމެ ރަނގަޅަށޭ ބުނާ ބުނުމާ އެއްބަހެއް ނުވެވޭނެވެ.

ބޭނުންހާ ބަދަލެއް ލަފުޒުތަކަށް ގެނެސްގެން، ހިތަށް އެރިޮގތަކަށް ބަސް ބޭނުންކުރުމަކީ، ދުނިޔޭގެ އެއްވެސް ބަހެއްގައި

»ހުއްދަކުރާ« ކަމެއް ނޫނެވެ. މިއަދުގެ ދިވެހިންގެ ހިތުގައި އެންމެ ޮބޑު ގަދަރަކާއި އިހުތިރާމެއް ދެވިފައިވާ ބަހަކީ އިނގިރޭސި ބަހެވެ. އޭގެ

ސަބަބުތައްވެސް ގިނަ އެވެ. ބުނަން މިއުޅެނީ އެވާހަކައެއް ނޫނެވެ. މި ބަހުގައި ވެސް އެމީހަކު ބޭނުން ޮގތަކަށް ބޭނުން ހަމައަކުން ވާހަކަ

ދެއްކުމުގެ މިނިވަންކަން ޮއވޭހެއްޔެވެ؟ ބުނަން ޖެހޭނީ ނޫނެކެވެ. ވީއިރު އަމިއްލަ ބަހާމެދު އެހާ ކަންފަސޭހަ ޮގތެއް ގެންގުޅެން ވިސްނަނީ

ކީއްވެގެންބާވަ އެވެ؟ ގަބޫލުކުރަމެވެ. ގިނަ މީހުންނަށް ކުށްބަސް ބޭނުން ކުރެވެނީ

އޭގެ ރަނގަޅުޮގތް ނޭނގޭތީ އެވެ. ގިނަ ފަހަރަށް ނޭނގޭކަންވެސް ނޭނގޭތީ އެވެ. އެހެންކަމުން ބަހަށް އަހުލުވެރި ވުމަށްޓަކައި، ބަހުގެ އަހުލުވެރިންނާ މަޝްވަރާޮކށް، ވާހަކަދެއްކުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. ނުވަތަ ބަހުގެ ގަވާއިދު ޮފތްތައް މުޠާލިޔާޮކށްލެވިދާނެ އެވެ.

ފެންވަރު ރަނގަޅު ލިޔުންތައް ކިޔައި ހެދުމަކީވެސް ކުރެވިދާނެ ކަމެކެވެ. ހަމަ އެއާއެކު »އެނގޭ މީހުން ނޭނގޭ މީހުންނަށް« ބުނެދިނުމަކީވެސް

ޮއތް ކަމެކެވެ. އެނގޭމީހާ ބުނެދިނުމުން، ނޭނގޭ މީހާއަށް ޮއތް ޮގތަކީ އެ ބުނި ބުނުމަށް އިހުތިރާމްޮކށް އެޮގތް ބަލައިގަތުމެވެ.

މިކަހަލަ ޮގތަކަށް މަސައްކަތް ޮކށްގެން ނޫނީ ކުށްބަހުން ޮމށި އުޅޭ އުޅުމަށް ހައްލެއް އައުމަކީ ވާނޭ ކަމެއް ނޫނެވެ. އެއަށްވުރެ ޮބޑު

ބިރަކީ މި މައްސަލަ މަޑުމަޑުން ނަމަވެސް ޯގހުން ޯގހަށް ދާކަމެވެ. ވަރަށް ފަހަކުން އިވެންފެށި ބަހެއްގެ ވާހަކަ ދަންނަވާލާނަމެވެ. »އަމިއްލަމީހާ« މިއީ »ތިމާ« ގެ ބަދަލުގައި މިއަދުގެ ގިނަ ކުދިން ބޭނުން ކުރަމުން،

އާންމުވަމުން އަންނަ ބަހެކެވެ. މިދެލަފުޒަށް ވިސްނާއިރު ދުލަން ލުއިވެފައި، ކަންފަތަށް ފަސޭހައީވެސް »ތިމާ« އެވެ. އެހެންނަމަވެސް »ތިމާ« ދޫޮކށް »އަމިއްލަމީހާ« ގައި ހިފާ ކުދިންނާއި މީހުން އަންނަނީ ގިނަވަމުންނެވެ. ޮބލަށް އުނދަގޫވާފަދަ »ޯދ« އެއްވެސް މިއަދުގެ ދިވެހިންގެ ބަހުރުވައިގެ

އެކުވެރިއަކަށް ވެއްޖެ އެވެ. »ތީނަ« ވެސް ބޭނުން ކުރަނީ ނުބައި ޮކށެވެ.

ތިމާގެ ދަރިއަކަށް އެންމެ ޮބޑު ޯލތްބަކާއި އަޅާލުމެއް ދޭނީ ތިމާއެވެ. ތިމާ ނުދިން ޯލތްބެއް އެހެންބަޔަކު ނުދޭނެ އެވެ.

ދިވެހިންގެ ބަހަކީ ދިވެހިންގެ އަމިއްލަ ބަހެވެ. އެބަހަށް ފަރުވާތެރިވެ، އަޅާލަން ތިބީވެސް ދިވެހިންނެވެ. ދިވެހި ބަހަށް ދިވެހިން ނުކުރި ޯލތްބެއް، ނުކުރި އިހުތިރާމެއް، ކުރާނެ ބަޔަކު މިދުނިޔޭގެ ބިމަކުން ނުފެންނާނެ އެވެ.

15

16

ސީނާ އަޙްމަދު ޒާހިރު

ހައިޖާނުގަނޑެއްގެ ތެރޭގައި ވެރިކަންކުރުމަކީ އެންމެ

ރަގަޅުޮގތެއް ނޫނެވެ. އެންމެ އަމާންޮގތެއްވެސް ނޫނެވެ. އެންމެ ރައްކާތެރި

ޮގތެއްވެސް ނޫނެވެ. ޤައުމަށްވެސް އެވެ. ރައްޔިތުންނަށްވެސްއެވެ.

ސަރުކާރަށްވެސްއެވެ. ސަބަބަކީ މިދެންނެވުނުޮގތަށް ވެރިކަންކުރުމަކީ

ތޫފާނުއަންނަ ސަރަހައްދެއްގައި ތޫފާނާއި ކުރިމަތިލުން ކަހަލަ ކަމަކަށް

ވާނެތީވެއެވެ. އަންނަ ޮކންމެ ތޫފާނަކުން ސަރަހައްދަށް ހަލާކެއް ގެނެއެވެ.

ސަރަހައްދަށްލިބޭ ބައެއް ގެއްލުންތަކަކީ އަހަރުތަކެއް ފަހުން ނޫނީ ފޫ

ނުބެއްދޭ ފަދަ ގެއްލުންތަކެވެ. އަނެއްބައި ގެއްލުމަކީ ކުދިކުދި ގެއްލުމެވެ.

ގަޑިތަކެއް، ނުވަތަ ދުވަސްތަކެއް، ނުވަތަ މަސްތަކަކަށް ފަހު ރަގަޅުކުރެވޭނޭ

ގެއްލުމެވެ. އެހެނަސް ގެއްލުމެވެ. ސިޔާސީ ޮގތުން މިހާރު އަޅުގަނޑުމެން

ތަޖުރިބާކުރާ ކަންތައްތަކުގައިވެސް ކަންތައް ދިމާވަނީ މިދެންނެވުނުޮގތަށެވެ.

ޮކންމެ ސިޔާސީ ހަމަނުޖެހުމެއްގެ ސަބަބުން އިމްރާނީ، ނުވަތަ އިޖްތިމާޢީ،

ނުވަތަ، މާއްދީ ގެއްލުންތަކެއް ވެއެވެ. އެފަދަ ގެއްލުންތައް ރަގަޅުކުރުމަށް

ވަގުތު ނަގައެވެ. ޮބޑެތި ހޭދަވެސް ކުރަންޖެހެއެވެ. އެފަދަ ގެއްލުންތަކާއި

ކުރިމަތިލުމުގެ ޤާބިލުކަން ސަރުކާރަށް ލިބިފައިޮއތަސް އެކަމުގެ ސަބަބުން

ޢާއްމު ރައްޔިތުންނަށް ހިތް ނުތަނަވަސްކަމާއި، އިޖްތިމާޢީ ބިރުވެރިކަމާއި،

އަމާންކަމާއި ސުލްޙަމަސްލަޙަަތު ނެތް މާހައުލެއްގައި ދިރިއުޅުމުގެ

ކަންޮބޑުވުން ތަހައްމަލުކުރަންޖެހޭނެއެވެ.

ސަރުކާރުން ޯގސްތަކެއް އެބަހައްދަވައެވެ. ސިޔާސީޮގތުން

ޮޕއިންޓެއް ޯހއްދެވުމަށެވެ. އެކަމަކު ޮބޑު އަގެއްދީގެންނެވެ. ރައްޔިތުން

ޤުރުބާން ޮކށްގެންނެވެ. އަޅުގަނޑުމެންގެ ރާއްޖެ މިހާރު ކުރިމަތިލާ،

ސިޔާސީ ޮބޑެތި ޯކޅުމާއި، ހަމަނުޖެހުންތަކުގެ ތެރެއިން ގިނަކަންތައްތަކަކީ

ސުލްޙަވެރިކަމާއި އެކު ހައްލެއް ޯހދޭނޭ ކަންތައްތަކެވެ. އެހެންނަމަވެސް

އެކަމުގައި ޝާމިލްވާ ދެފަރާތުން ނުވަތަ ހުރިހާ ފަރާތްތަކުންވެސް

އެކަށީގެންވާ މިންވަރަކަށް ދޫ ދީގެންނެވެ. ޤައުމަށްޓަކައެވެ.

އިންތިޚާބެއްގެތެރެއިން ބަޔަކު ވެރިކަމަށް އަންނަނީ

ރައްޔިތުންގެ ފަރާތުންނެވެ. ރައްޔިތުންނަށް ފައިދާވާޮގތަށް ކަންތައްކުރުމަށެވެ.

ވެރިކަމުގައި ތިބެނީ ރައްޔިތުންގެ މަންދޫބުންނެވެ. ވެރިކަމަށް އައުމަށްފަހު

ހަމައެކަނި ވެރިކަން ދެމެހެއްޓުމަށްޓަކައި ރައްޔިތުންނަށް ދެރައާއި

ގެއްލުންވާޮގތަށް ކަންތައް ކުރެވޭނަމަ، އެފަދަ އަމަލުތައްވާނީ ޑެޮމކްރަސީއާއި

ޚިލާފް އަަމަލަށެވެ.

ފަހަކަށް އައިސް ސަރުކާެރުން އަޅުއްވާ

ފިޔަވަޅުތަކުން އަބަދުވެސް ޯކޅުމެއްގެތެރެއަށް ޮކންމެވެސް ބަޔަކު

ވަންނަންޖެހެއެވެ. ބައެއްފަހަރު މިފަދަ ޯކޅުމަކަށް ދާންޖެހެނީ

ސިޔާސީ ޕާޓީއެއްގެ ސަބަބުންކަމަށް ވެދާނެއެވެ. އަނެއްބައި ފަހަރު

ވިޔަފާރިވެރިންނާއިހުރެއެވެ. އަނެއްބައި ފަހަރު ދީނީ ޢިލްމުވެރިންް

ގެންގުޅުއްވާ ވިސްނުމަކާއިހުރެކަމަށްވެސް ވެދާނެއެވެ. ޯކޅުމަކާއި ހަމައަށް

ޮގސްފައިވާ ގިނަކަންތައްތަކަށް ބަލާލާއިރު، އެކަންތައްތަކަކީ ސުލްޙަވެރި

ނިންމުމެއް ޯހދިދާނެކަންތައްތަކެވެ. ވާހަކަ ދައްކައިގެންނެވެ. ސަރުކާެރުން

ކަންތައް ނިންމަވަންވާނީ އަމިއްލަ ކުންފުންޏެއްގެ މެނޭޖިންގ ޑައިރެކްޓަރު

އޭނާގެ އަމިއްލަ ފައިސާއިން އުފައްދަވާފައިވާ ކުންފުންޏަކުން ކަންތައް

ކުރާޮގތަކަށެއް ނޫނެވެ. ސަރުކާރުން ނިންމަވާ ޯގސް ނިންމެވުންތަކަށް

ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭނެއެވެ. އަދި ސަރުކާރުގެ ޒިއްމާދާރުކަން

ކުޑަ ނިންމެވުމެއްގެ ސަބަބުން ގެއްލުން ލިބޭ ބަޔަކަށް އެގެއްލުމުގެ

ބަދަލު ޯހދުމަށް ޮކންމެވެސް ދުވަހަކުން ޮކންމެވެސް މަސްއޫލު ފަރާތަކަށް

ދިޔުމުގެ ފުރުޞަތުވެސް އެބަޮއތެވެ. ބައެއް ކުޑަކުދިން ކުޅެން ގެންގުޅޭ

އެއްޗެތި އެހެންކުއްޖަކަށް ނުދޭންވެގެން އެއެއްޗެއް ހަލާކު ޮކށްލާޮގތަށް

ސަރުކާރުން ކަންތައް ކުރެއްވުމަކީ ޒިއްމާދާރުކަން ކުޑަޮގތެކެވެ. މިފަހަރު

ކުޅޭ އެއްޗަކަށް މިވަނީ ޤައުމެވެ. ސަރުކާރުން ބޭނުންޮގތަކަށް ބައެއްކަންތައް

ކުރެއްވޭޮގތް ނުވުމުން ޤައުމުގެ ޞިނާޢަތްތަކަށް ގެއްލުންވާޮގތަށާއި، ޤައުމުގެ

ޤަދަރުވެއްޓޭ ޮގތަށް ކަންތައްކުރެއްވުމަކީ އިންތިހާ ދަރަޖައިގެ ޒިއްމާދާރުކަން

ކުޑަނިންމެވުމަށްވާނެއެވެ.

ރާއްޖޭގައި ޓެރަރިސްޓުން އުޅޭ ވާހަކައާއި، ސްޕާތަކުގައި

ހަށިވިއްކުމުގެ ވިޔަފާރި ހިންގުމުގެ ވާހަކައާއި، ހައްދު ފަހަނައަޅާފައިވާ

މުސްލިމުން އުޅޭވާހަކައާއި، ހަރުކަށި އިސްލާމީ ޤާނޫނު ރާއްޖޭގައި ޮއތުމަށް

ޮގވާލާ ވާހަކަ ބައިނުލްއަޤްވާމީ މުޖުތަމަޢަށް ނެރުނީ ސަރުކާރުންނެވެ. އެއީ

މައްސަލައެއްކަމަށް ރާއްޖޭގެ ރައްޔިތުންނަށްވެސް އެނގުނީ ބައިނުލްއަޤްވާމީ

މީޑިއާގެ ތެރެއިންނެވެ. އެވާހަކަތަކުން އެއް މިނިޓުގެ ބައިނުލް އަޤްވާމީ

މަޝްހޫރުކަން ސަރުކާރަށް ލިބިދާނެކަންނޭގެއެވެ. އެހެންނަމަވެސް އެކަމުގެ

ސަބަބުން ޤައުމަށް އެތައް މިލިއަން ޮޑލަރެއްގެ ގެއްލުންވާނެެކަމާއި

މެދު އެއްވެސް ޝައްކެއްނެތެވެ. އަދި ރާއްޖެއާއިމެދު ބައިނުލްއަޤްވާމީ

މުޖުތަމައުން ދެކޭޮގތް ބަދަލުވެގެންދާނެކަމާއި މެދުވެސް ޝައްކެއްނެތެވެ.

އެކަންރަގަޅުކުރުމަށް އެތައް މިލިއަން ޮޑލަރެއް ޮކންމެވެސް ބަޔަކު

ހޭދަކުރަންޖެހޭނެއެވެ. އަދި އެތައްދުވަހެއް ނަގާނެއެވެ.

ގެއްލިއްޖެ އަބުރަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫނެވެ. މިސަރުކާރުގެ

»އެދުރަކީ« އިނގިރޭސިންކަމަށް ވެދާނެއެވެ. އިނގިރޭސިންގެ ރަން

ޒަމާނުގައި އެމީހުން ގެެންގުޅުނު ބައިބައި ޮކށްގެން، ޯކޅުމުގެތެރޭގައި،

ވެރިކަންކުރުމުގެ ސިޔާސަތަކީ މިޒަމާނަށް ފެތޭ ސިޔާސަތެއް ނޫނެވެ.

މިހާރު އިނގިރޭސި ވިލާތަކީ ސިޔާސީ ދަތުރުކުރުމުގެ މިޞްރާބް

ގެއްލިފައިވާ ޤައުމެކެވެ. އަދިވެސް ލަހެއްނުވެއެވެ. ސަރުކާރުގެ ސިޔާސަތު

ބަދަލުކުރައްވަންވީ އެއްބައިވަންތަކަމުގެ ސިޔާސަތަކަށެވެ. ދަތުރުކުރަންވީ

އެންމެން ޮގވައިގެންނެވެ. ޤައުމަށް ފައިދާވާޮގތަށެވެ. ޤައުމުގެ އެންމެ

އިސްވެރިއަކަށް ހުންނަވާ ބޭފުޅަކުވާންވާނީ އެންމެންގެ އިސްވެރިޔާއަށެވެ.

ހަމައެކަނި ނަމަކުންނެއް ނޫނެވެ. އަމަލުންވެސްއެވެ.

17

ން ާފ ސިކުނީޑގެ ޠޫ

އަާސންާޖއި ވިކިީލކްސް ބޮޑުާބރުގެ ބޮލުގައި ރިހުމަކަށް ވެފައި

ބިތުފަންގި ނަާގ ީމާހބައެއް މީހުން ބުނާޮގތުގައި ވިކިލީކްސް އަކީ ތަހުގީގީ ނޫސްވެރިކަމުގެ

މުސްތަގުބަލެވެ. ބައެއް މީހުންގެ ނަޒަރުގައި ވިކިލީކްސް އަކީ ދުނިޔޭގެ މީޑިޔާ އިދާރާތަކުގެ ތެރެއިން ހަގީގީ މާނައިގައި މިނިވަންޮކށް މަސައްކަތް ކުރަން ފެށި އެންމެ ފުރަތަމަ ފަރާތެވެ. އަނެއް ބައެއްގެ ވިސްނުން މުޅީން ތަފާތެވެ. މިސާލަކަށް، އެމެރިކާގެ »ޓައިމް«

މަޖައްލާގެ 2010 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 13 ވަނަ ދުވަހުގެ އަދަދުގެ އެޑިޯޓރިއަލްގައި ލިޔެފައި ވަނީ ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖަކީ މުނާފިގު،،އަދި

ހިލްމުގެ ޮގތުން ފަގީރު މީހެއް ކަމަށެވެ. »ޓައިމް« މަޖައްލާގެ މެނޭޖިންގ އެޑިޓަރ ރިޗަރޑް ސްޓެންގެލްގެ ބަހުރުވަ މިޮގތަށް ހުރީ އޭނާގެ މަޖައްލާއަކީ އެމެރިކާގެ »ކެޕިޓަލިސްޓް

ޕްލުޯޓކްރަސީ« ގެ މުއައްޒަފަކަށް ވާތީ ކަމަށް ވެސް ވެދާނެއެވެ. އެމެރިކާގެ ޖަރީމާތަކާއި އަނިޔާވެރި ހަނގުރާމަތަކުގެ ހަގީގީ ސޫރަ ދުނިޔެއަށް ހާމަވާ މަންޒަރު ހަޖަމު ނުކުރެއްވުމުގެ

ސަބަބުން ކަމަށް ވެސް ވެދާނެއެވެ. ވިކިލީކްސް ވެބްސައިޓް ވުޖޫދަށް އައީ 2006 ވަނަ އަހަރުގެ ޮއކްޯޓބަރު މަހުގެ 4 ވަނަ ދުވަހުއެވެ. ވިކިލީކްސްގެ މަގުސަދަކީ އެކިއެކި ޖަމްއިއްޔާ ޖަމާއަތްތަކާއި، ކުންފުނިތަކާއި، ދައުލަތްތަކުން ހިނގާ އިންސާނީ ހައްގުތަކާ ހިލާފު، އަނިޔާވެރި، ނުވަތަ ފަސާދަވެރި އަމަލުތަކާ

ބެހޭ ސިއްރު ލިޔެކިޔުންތައް އިންޓަރނެޓް ބޭނުން ޮކށްގެން އާއްމު ކުރާނޭ »ޮއންލައިން ޮހޅުއައްޓެއް« ހެދުމެވެ. ވިކިލީކްސް ވެބްސައިޓް ޯލންޗް ކުރެވުނު އިރު، އެ ސައިޓުގައި

ލިޔެފައިވާ ޮގތުން، އެ ސައިޓަކީ އާއްމުންނާ ހަމަޔަށް ހަގީގަތް ޯފރު ޮކށްދިނުމަށް ޓަކައި ، އެކި ކަހަލަ ލިޔެކިޔުންތައް އެއްވެސް ޮފރުވުމެއް އުނިއިތުރު ކުރުމެއް ނެތި އާއްމުޮކށް ޝާއިއު ކުރުމުގެ މަގުސަދުގައި ޗައިނާ އާއި އެމެރިކާ އާއި ޓައިވާނާއި ޔޫރަޕާއި ޮއސްޓްރޭލިޔާ އާއި

ދެކުނު އެފްރިކާއަށް ނިސްބަތް ވާ ބަޔަކު ގުޅިގެން ހިންގާ ވެބްސައިޓެކެވެ. ވިކިލީކްސް އުފެދުނު އިރު އެ ވެބްސައިޓުގެ ކަންތައް ހިންގީ ޖޫލިއަން އަސާންޖާއި،

އޭނާގެ ހައެއްކަ ރައްޓެހީންނެވެ. ނަމަވެސް 2010 ނިމުނު އިރު ވިކިލީކްސްގައި ފުލްޓައިމް މުއައްޒަފުންގެ 5 މީހުންނާއި، ޮވލަންޓިއަރ މުއައްޒަފުންގެ 40 މީހުންނާއި، އެކި ޮގތްޮގތުން

އެހީތެރިކަން ޯފރު ޮކށްދޭ 800 މީހުން ތިއްބެވެ. ވިކިލީކްސް އުފެދުމަށް ފަހު ދުނިޔޭގެ އެކި ގައުމުތަކުގެ ސަރުކާރުތަކާއި

އެހެނިހެން ބައެއް އިދާރާތަކުގެ ސިއްރު ލިޔެކިޔުންތައް އެ ވެބްސައިޓުގައި އާއްމުޮކށް ޝާއިއު ކުރަން ފެށިއެވެ. ވިކިލީކްސްގެ ހަޔާތުގެ ފުރަތަމަ އަހަރު ނިމުމާ ހަމަޔަށް ދިޔަ އިރު، އެ ވެބްސައިޓުގައި މި ދެންނެވި ފަދަ ލިޔެކިޔުންތަކުގެ 1.2 މިލިއަން މުސްތަނަދު އާއްމު

ކުރެވިފައި ހުއްޓެވެ. ވިކިލީކްސްގެ ސިޔާސަތަކީ އެ ވެބްސައިޓަށް ލިޔެކިޔުން ޯފރު ޮކށްދޭ ފަރާތްތައް ސިއްރު ކުރުމެވެ. މިއަދާ ހަމަޔަށް ވެސް ވިކިލީކްސް ވަނީ މި ސިޔާސަތު ވަރަށް

ރަނގަޅަށް ތަންފީޒު ޮކށްފައެވެ. 2010 ވަނަ އަހަރުން ފެށިގެން ވިކިލީކްސްގެ މީޑިއާ ބައިވެރީންގެ ޮގތުގައި

އަލްއުސްތާޛު އަޙުމަދު މާޖިދު

18

އަާސންާޖއި ވިކިީލކްސް ބޮޑުާބރުގެ ބޮލުގައި ރިހުމަކަށް ވެފައި

ދުނިޔޭގެ މަޝްހޫރު 5 ނިއުސް އޭޖެންސީއަކުން މަސައްކަތް ކުރެއެވެ. އެއީ އިނގިރޭސި ވިލާތުގެ ދަ ގާރޑިއަން، އެމެރިކާގެ ނިއު ޯޔރކް ޓައިމްސް،

ޖަރުމަނުގެ ޑަރ ސްޕީގަލް، ސްޕޭނުގެ އެލް ޕައިޒް، އަދި ފްރާންސުގެ ލެ ޮމންޑޭ އެވެ. ވިކިލީކްސްގައި ޝާއިއު ކުރާ ލިޔުންތައް މި ނޫސްތަކުގައި ވެސް ވަގުތުން

ޝާއިއު ކުރެވެއެވެ.

ޖޫލިއަން އަސާންޖް

ވިކިލީކްސްގެ ބާނީންގެ ތެރެއިން އެންމެ މުހިއްމު މީހަކީ ޮއސްޓްރޭލިޔާގެ ރައްޔިތެއް ކަމަށް ވާ ޖޫލިއަން އަސާންޖް އެވެ. އޭނާ އުފަންވީ

1971 ވަނަ އަހަރު ޮއސްޓްރޭލިއާގެ ކުއީންސްލޭންޑުގެ ޓައުންސްވިލް ކިޔާ އަވަށެއްގައެވެ. އޭނާގެ އާއިލާގެ ދިރިއުޅުން ހުރި ޮގތުން، އޭނާގެ ޅަފުރައިގެ ދުވަސްތައް އެތައް ޝަހަރެއްގައި ހޭދަ ޮކށްފައި ވެއެވެ. 37 ސްކޫލާއި، 7

ޔުނިވަރުސިޓީއަކުން އަސާންޖް ކިޔަވާފައި ވެއެވެ. ޔުނިވަރސިޓީ ޮއފް މެލްބަރންގައި ހިސާބު އިލްމު ކިޔަވަން ދުވަސްޮކޅަކު އުޅުމަށް ފަހު، ކިޔެވުން ދޫޮކށްލާފައި އަސާންޖް ދިރިއުޅުމުގެ މައިދާނަށް ނުކުތީ ޮކމްޕިޔުޓަރ

ޕްޮރގްރާމަރެއްގެ ޮގތުގައެވެ. ވިކިލީކްސް އުފެއްދުމުގެ މަސައްކަތް އޭނާ ފެށީ ޮކމްޕިޔުޓަރ ޕްޮރގްރާމިންގެ ދާއިރާގައި އަހަރުތަކެއް ހޭދަ ކުރުމަށް ފަހުއެވެ.

ވިކިލީކްސްއާ ބެހޭޮގތުން، އަސާންޖް އޭނާގެ ބްޮލގުގައި ލިޔެފައި ވެއެވެ. »ޖަމާއަތެއް ނުވަތަ ސަރުކާރެއްގެ ތެރޭގައި އާއްމު ރައްޔިތުންނަށް ވަގަށް، ނުވަތަ އިންސާފުން ބޭރުން ކުރާ ކަންތައް ގިނަ ވާ ވަރަކަށް، އެ ޖަމާއަތަކުން ނުވަތަ ސަރުކާރަކުން ސިއްރު ކުރަން ޖެހޭ ކަންތައްތައް ވެސް ގިނަވެއެވެ. އެފަދަ

ސިއްރުތައް ސިއްރުތަކުގެ ޮގތުގައި ދެމެހެއްޓުމަށް ޓަކައި އެކި ކަހަލަ ފިޔަވަޅުތައް ވެސް އެޅެއެވެ. އެފަދަ ސިއްރުތައް އާއްމުންނާ ހަމަޔަށް ވާސިލުވުމުގެ ނަތީޖާއަކީ ފަސާދަ ވެފައި ތިބޭ ޖަމާއަތްތަކާއި ސަރުކާރުތަކުގެ ބަދަލުގައި އިހުލާސްތެރީންނަށް

ޮދރުތައް ހުޅުވުމެވެ.« އަސާންޖް ދެކޭ ޮގތުގައި »ފޭސްބުކް« އަކީ ވެސް ޮބޑު ޖާސޫސީ

މެޝިނެކެވެ. 2010 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހު ރަޝިޔާ ޓުޑޭއަށް ދިން ބަސްދީގަތުމެއްގައި އަސާންޖް ބުނީ »ފޭސްބުކް އަކީ ދުނިޔޭގެ ތާރީހުގައި އުފެއްދުނު އެންމެ ނުބައި ޖާސޫސީ މެޝިން« ކަމަށެވެ. »އަހަރެން މި ބުނަނީ

ޮކންމެހެން އެ ވެބްސައިޓް ފަރުމާ ކުރީ އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ ވެރީންނެކޭ ނޫން. އެކަން ކުރި ބަޔަކު އިޖުތިމާއީ ވިޔުގައެއް ގާއިމު ކުރުމުގެ

މަގުސަދުގައި، ވިޔަފާރިއަށް އެކަން ކުރީ. އެކަމަކު މިހާރު ޖާސޫސީ އިދާރާތަކުން ގެންދަނީ ފޭސްބުކްގައި އާއްމު ކުރެވޭ މީސްމީހުންގެ ޒާތީ މައުލޫމާތުތައް ވަރަށް ރަނގަޅަށް ޮމނިޓަރޮކށް، މީހުންގެ އާއްމު ދިރިއުޅުމަށް ޖާސޫސު ކުރަމުން«،

އަސާންޖް ބުންޏެވެ. ވިކިލީކްސްގެ ބާނީންގެ ތެރޭގައި ހިމެނޭ ޑެނިއެލް ޝްމިޓް، އޭނާގެ

އެކުވެރިޔާ އަސާންޖާ ބެހޭޮގތުން ބުނެފައި ވަނީ »އަސާންޖް އަކީ ދުނިޔެއަށް ހެޮޔ ބަދަލުތަކެއް ގެންނަން ތެދުވެރި ހިތަކާއި، ރަނގަޅު ނިޔަތަކާ އެކު، މުނާފިގުކަމެއް

ނެތި މަސައްކަތް ކުރާ މަދު މީހުންގެ ތެރެއިން މީހެއް« ކަމަށެވެ.

މުހިއްމު ލީކުތައް

ވިކިލީކްސް ވެބްސައިޓުގައި 2006 ވަނަ އަހަރުގެ ފަހުޮކޅުން ފެށިގެން 2011 ވަނަ އަހަރުގެ ޮއކްޯޓބަރު މަހުގެ ނިޔަލަށް އެތައް މިލިއަން މުސްތަނަދެއް

ޝާއިއު ޮކށްފައި ވެއެވެ. އޭގެ ތެރެއިން މުހިއްމު ބައެއް ލީކުތަކަކީ މި ދަންނަވަނީއެވެ.

ޑިސެންބަރު 2007 ވަނަ އަހަރު ޝާއިއު ކުރެވުނު »ގުއަންޓަނާޯމ ބޭ ޮއޕަރޭޝަންސް މެނުއަލް« އަކީ އެމެރިކާގެ

ޖާސޫސީ ޯލ ވިކިލީކްސް އަށް އަމާޒު ވެގެން ދިޔަ އެއް ސަބަބެވެ. މި މުސްތަނަދަކީ ގުއަންޓަނާޯމ ބޭގައި ތިބޭ އެމެރިކާ ސިފައިން، އެތާނގައި ހައްޔަރު ކުރެވިފައިތިބޭ ގައިދީންނާ މެދު ކަންކުރަން ޖެހޭ ޮގތުގެ އުސޫލުތައް ބަޔާން ކުރެވިފައިވާ

މުސްތަނަދެކެވެ. މި މުސްތަނަދުން ސާބިތު ވި އެއް ކަމަކީ ގައިދީންނާ މެދު އިންސާނީ ހައްގުތަކާ ހިލާފު

އަމަލުތައް އެމެރިކާ ސިފައިން ހިންގަމުން ދިޔަ ކަމެވެ. ހަމަ އެހެންމެ، މި މުސްތަނަދަކީ، އޭތި ޯހދަން

އެމެރިކަން ސިވިލް ލިބަރޓީޒް ޔުނިއަނުން ޯކޓަށް މައްސަލަ ހުށަހަޅައިގެން ހަތަރު އަހަރު ވަންދެން

މަސައްކަތް ޮކށްގެން ވެސް ނުލިބި ޮއތް އެއްޗެކެވެ. 2009 ވަނަ އަހަރުގެ ޮއކްޯޓބަރު މަހުގެ ތެރޭގައި ވިކިލީކްސް އިން އަނެއްކާ ވެސް ވަރަށް

މުހިއްމު މުސްތަނަދެއް ލީކު ޮކށްލިއެވެ. އެއީ ޮހލެންޑުގެ ހަކަތަ ކުންފުންޏެއް ކަމަށްވާ ޓްރެފިގޫރާއިން، އައިވަރީ

ޯކސްޓުގައި މަސައްކަތް ކުރުމުގެ ތެރޭގައި އަމަލު ޮކށްފައިވާ ޮގތް ދިރާސާ ކުރުމަށް ފަހު ސައިންސްވެރިޔަކު ތައްޔާރު ކުރި

ރިޯޕޓެކެވެ. އެ ރިޯޕޓުން އެނގުނު ޮގތުގައި ޓްރެފިގޫރާއިން އައިވަރީ ޯކސްޓުގައި މަސައްކަތް ކުރުމުގައި، ހަރަދު ކުޑަޮކށް މަސައްކަތް ކުރަން

ވެގެން ގާއިމު ޮކށްފައިވާ ނިޒާމުގެ ސަބަބުން ތިމާވެއްޓަށާއި އިންސާނުންގެ ފުރާނަޔަށް ޮބޑެތި ނުރައްކާތަކެއް ކުރިމަތިވެފައި ވެއެވެ.

މުޅި ދުނިޔޭގެ ސަމާލުކަން ވިކިލީކްސްގެ މައްޗަށް ހުއްޓުނީ 2010 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ޝާއިއު ކުރެވުނު

»ޮކލެޓަރަލް މާރޑަރ« ކިޔުނު ވީޑިޯއއަކާ ގުޅިގެންނެވެ. އެ ވީޑިޯއއިން ފެންނަނީ އެމެރިކާ ސިފައިންގެ އަޕާޗޭ ހެލިޮކޕްޓަރަކުން، ޢިރާޤުގެ ހަތިޔާރެއް ނެތް އާއްމުންގެ

ބަޔަކަށް ހަމަލަދީ 15 މީހަކު މަރާލާ މަންޒަރެވެ. އޭގެ ތެރޭގައި ޮރއިޓަރޒް ނިއުސް އޭޖެންސީގެ 2 ނޫސްވެރީން ވެސް ހިމެނެއެވެ. ވިކިލީކްސްއިން އެ ވީޑިޯއ ލީކު ކުރުމުގެ ކުރީން އެމެރިކާއިން

ބުނަމުން އައީ އެ ސަރަހައްދުގައި ދެވުނު ހަމަލާގައި މަރުވީ ހަނގުރާމަވެރީން ކަމަށެވެ.

އެ ހަމަލައާ ބެހޭ މައުލޫމާތު ޯހދަން، ޮރއިޓަރޒްއިން ޕެންޓަގަނާ ދެޮކޅަށް

އެމެރިކާގެ ޯކޓެއްގައި ކުރި ދައުވާ ވެސް ވަނީ ނާކާމިޔާބު ވެފައެވެ.

2010 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ވިކިލީކްސް އިން »އަފްޣާން ޯވރ ޮލގްސް«

ގެ ނަމުން މަޝްހޫރު ވި ލިޔެކިޔުންތަކެއް ލީކު ޮކށްލިއެވެ. މި ލިޔެކިޔުންތަކުން ވެސް އެމެރިކާގެ ޮދގުވެރިކަން ހާމަވެގެން ދިޔައެވެ. އެމެރިކާގެ ހަމަލަތަކުގައި ގިނަ

19

20

އަދަދެއްގެ އާއްމުން މަރުވަމުން ދިޔަ ކަމާއި، މަރުވާ އާއްމުންގެ އަދަދާ މެދު އެމެރިކާއިން ޮދގު ހަދަމުން ދިޔަ ކަމާއި، ޝަރީއަތް ކުރުމެއް ނެތި ޠާލިބާނުންގެ ލީޑަރުން މަރައި ހުސް ކުރުމުގެ މަސައްކަތް ކުރާ ހާއްސަ ފައުޖެއް »ޓާސްކް ޯފރސް 373« ގެ ނަމުގައި ހަރަކާތްތެރިވަމުން ދިޔަކަން ވެސް އެނގުނީ މި

ލިޔެކިޔުންތަކުންނެވެ. އެމެރިކާއިން ޢިރާޤުގައި ކުރަމުން ދިޔަ ހަނގުރާމަޔާ ބެހޭ ސިއްރު މައުލޫމާތު ހިމެނޭ 400،000 ލިޔެކިޔުން 2010 ވަނަ އަހަރުގެ ޮއކްޯޓބަރު

މަހު ޝާއިއު ކުރެވުނެވެ. މި ލިޔެކިޔުންތަކުން އެނގުނު ޮގތުގައި އެމެރިކާ އާއި އެމެރިކާގެ އެކުވެރި ގައުމުތަކާއި، އެމެރިކާ ސިފައިން ތަމްރީނު ޮކށްފައި ވާ، އަދި އެމެރިކާގެ އިރުޝާދުގެ ދަށުން ހަރަކާތްތެރި ވާ ޢިރާޤުގެ ސަލާމަތީ ފައުޖުތަކުން

ޢިރާޤުގެ ހަނގުރާމަވެރީންގެ ތެރެއިން ހައްޔަރު ކުރެވޭ މީހުންނަށް އިންސާނިއްޔަތާ ހިލާފު ޮބޑެތި އަނިޔާތައް ދީފައި ވެއެވެ. 2004 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމަޔަށް، ޢިރާޤުގެ އާއްމުންގެ 66000 މީހުން »އަނިޔާވެރިޮކށް«

މަރާލެވުނުކަން ވެސް މި ލިޔުންތަކުން ހާމަވެގެން ދިޔައެވެ.

އެމެރިކާ ރަތަށް

2010 ވަނަ އަހަރުގެ ޮނވެންބަރު މަހުން ފެށިގެން އެމެރިކާގެ ހަނގުރާމަތަކާ ގުޅޭ ސިއްރު އެތައް ލިޔެކިޔުމެއް ވިކިލީކްސް އިން ހާމަ ޮކށް، އަދި އެ ލިޔުންތަކާ އެކު އެމެރިކާގެ އަނިޔާވެރިކަމާއި ޮދގުވެރިކަމުގެ ހެކިތައް އާއްމުވާން ފެށުމުން، އެމެރިކާގެ ޮއފިޝަލުން ވިކިލީކްސް އާ ދެޮކޅަށް ވަރުގަދަ

ކެމްޕޭނެއް ފެށިއެވެ. އެމެރިކާގެ ވެރީން ސިފަ ކުރެއްވި ޮގތުގައި ވިކިލީކްސްއިން ލީކު ޮކށްލި ލިޔެކިޔުންތަކަކީ މުޅި ބައިނަލްއަގުވާމީ މުޖުތަމައާ ދެޮކޅަށް ދެވުނު ހަމަލާއެކެވެ. އެއަށްފަހު އެމެރިކާގެ އެކި ފެންވަރުގެ ވެރީން ވިކިލީކްސް އާ

ދެޮކޅަށް ވާހަކަފުޅު ދެއްކެވިއެވެ. އެޮގތުން، 2010 ވަނަ އަހަރުގެ ޮނވެންބަރު މަހުގެ 29 ވަނަ ދުވަހު އެމެރިކާގެ ސެކްރެޓަރީ ޮއފް ސްޓޭޓް ހިލަރީ ކްލިންޓަން ވިދާޅުވީ ވިކިލީކްސްގެ

ސަބަބުން »ފުރާނަތައް ނުރައްކަލުގެ ތެރެއަށް ވެއްޓި، ގައުމީ ސަލާމަތަށް ނުރައްކާވެ، ގައުމުތަކާ ގުޅިގެން، އާއްމު މައްސަލަތަކަށް ހައްލު ޯހދަން ކުރެވޭ

މަސައްކަތްތަކަށް ހުރަސް އެޅެއެވެ.« ހަމަ އެދުވަހު، ވިކިލީކްސް އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައެޅުމަށް އެމެރިކާގެ ޮކންގްރެސްގެ މެންބަރެއް ކަމަށްވާ

ޕީޓަރ ކިންގް ޮގވާލެއްވިއެވެ. ހަމަ އެ ދުވަހު، އެމެރިކާގެ ރިޕަބްލިކަން ލީޑަރެއް ކަމަށް ވާ ސާރާ ޕެލިން ވިދާޅުވީ »އަލްޤާޢިދާ ޖަމާއަތާއި ޠާލިބާން ޖަމާއަތުގެ

އިސް ވެރީން ޯހދައި، އަތުލައިގަންނަން ހިންގާ ފަދަ ވަރުގަދަ ކެންޕޭނެއް

ޖޫލިއަން އަސާންޖް

މީގެ އިތުރުން، އެމެރިކާގެ މާސްޓަރ ކާޑު ކުންފުންޏާއި، ވިސާ ކުންފުންޏާއި، ޕޭޕަލް ކުންފުނީން، އެ ކުންފުނިތައް މެދުވެރިޮކށް ވިކިލީކްސް އަށް އެކި ފަރާތް ފަރާތުން ޯފރު ޮކށްދެމުން ދިޔަ ފައިސާގެ އެހީތައް ހުއްޓުވައިލިއެވެ.

ވިކިލީކްސްގެ ފައިސާގެ ޮބޑުބައެއް އެ ބޭންކެއްގައި ރައްކާ ޮކށްފައި ހުރި ސްވިސް ބޭންކަކުން ވިކިލީކްސްގެ އެކައުންޓް ގަނޑުކުރިއެވެ. މީގެ ސަބަބުން

ކުރިމަތިވި މާލީ ދަތިކަމާ ހުރެ 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވިކިލީކްސް ދުވަސްޮކޅަކަށް ބަންދު ވެސް ކުރެވުނެވ ެ. އެ ސައިޓް އަލުން ހުޅުވީ

ހެޮޔއެދޭ ފަރާތްތަކުން އެކި ޮގތްޮގތުން ދިން އެހީތަކާ އެކުގައެވެ.މި ހުރިހާ ކަމެއް ހިނގައިގެން ދިޔައީ 2010 ވަނަ އަހަރުގެ

ޑިސެންބަރު މަހުގެ ތެރޭގައެވެ. އެ މަހުގެ 14 ވަނަ ދުވަހު އެމެރިކާގައި ނެގުނު ހިޔާލު ޯހދުމުގެ ޯވޓަކުން ދެއްކި ޮގތުގައި އެމެރިކާގެ ރައްޔިތުންގެ ގިނަ ބަޔަކު ބޭނުން ވަނީ ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް ހައްޔަރު ޮކށް، އޭނާގެ

މައްޗަށް ޖިނާއީ ދައުވާ އުފުލައި، އަދަބު ދިނުމަށެވެ. ހަމައެއާއެކު، ޑިސެންބަރު މަހުގެ ތެރޭގައި ފޭސްބުކާއި ޓްވިޓަރުން ވެސް ވިކިލީކްސް އާ ދެޮކޅަށް ފިޔަވަޅު

އަޅާފައި ވެއެވެ.

ރޭޕާއި ޖިންސީ ޯގނާގެ ތުހުމަތު

ވިކިލީކްސްއާ ދެޮކޅަށް ދެވުނު އެކި ބާވަތް ބާވަތުގެ ހަމަލާތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ހަމަލާއަކީ، އެ ވެބްސައިޓުގެ ބާނީ ޖޫލިއަން

އަސާންޖާ ދެޮކޅަށް ސްވިޑްންގެ ސަރުކާރުން ފަށާފައި ވާ ޖިނާއީ ތަހުގީގެވެ. އަސާންޖް ސްވިޑްނަށް ދިޔައީ 2010 ވަނަ އަހަރުގެ ޯއގަސްޓް މަހުގެ

11 ވަނަ ދުވަހުއެވެ. އެއީ އެ ގައުމުގެ ސިޔާސީ ޕާޓީއަކުން އިންތިޒާމު ކުރި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ބެހޭ ސެމިނާރެއްގައި ބައިވެރި ވުމަށެވެ. އެ

ގައުމުގައި ހުރި ހުރުމުގައި، އޭނާ ވަނީ ވިކިލީކްސްގެ ޮވލަންޓިއަރުންގެ ޮގތުގައި މަސައްކަތް ކުރަމުން ދިޔަ ދެ އަންހެނަކާ ޖިންސީ ގުޅުން ހިންގައިފައެވެ.

ރުހުމުގައި އަސާންޖާ ގުޅުން ހިންގުމަށް ފަހު އޭގެ ތެރެއިން އެކަކު ޝަކުވާ ޮކށްފައި ވަނީ އަސާންޖް ޖިންސީ ޮގތުން ޯގނާ ކުރިކަމަށް ބުނެއެވެ. އަނެކަކު

ޝަކުވާ ޮކށްފައި ވަނީ އަސާންޖް އޭނާ ރޭޕް ކުރި ކަމަށް ބުނެއެވެ.ޯއގަސްޓު މަހުގެ 30 ވަނަ ދުވަހު ސްވިޑްންގެ ފުލުހުން އަސާންޖާ

1 ގަޑި އިރު ވަންދެން ސުވާލު ކުރިއެވެ. އަސާންޖް ހައްޔަރު ކުރުމުގެ ޮވރަންޓް ދޫކުރެއްވި، ސްވިޑްންގެ ޗީފް ޕްޮރސެކިޔުޓަރ އީވާ ފީން ވިދާޅުވީ »އަސާންޖާ

ދެޮކޅަށް ޖިނާއީ މައްސަލަތަކެއް އުފުލޭ ފަދަ ހެކިތަކެއް ފެންނަން ނެތް« ކަމަށެވެ. އެޮގތުން އަސާންޖް ދޫޮކށްލެވުނެވެ. ނަމަވެސް ދެން ފެނުނީ ސްވިޑްންގެ ވެރިރަށް

ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖް އަތުލައިގަންނަން ވެސް ހިންގަން ޖެހޭނެ« ކަމަށެވެ.

އެމެރިކާގެ ވެރީންގެ ހަރުކަށި ބަސްތަކަށް ފަހު، ވިކިލީކްސް އަށް ޖެހިފައި ވަނީ ހުރަހަކަށް ފަހު ހުރަހެއް ގިރާ ކުރާށެވެ. 2010 ވަނަ އަހަރުގެ ފަހު ދެ މަސް

ދުވަހުގެ ތެރޭގައި ދެ ފަހަރަކަށް ވިކިލީކްސް ވެބްސައިޓް ހެކް ކުރެވުނެވެ. ޮނވެންބަރު މަހުގެ ތެރޭގައި، ވިކިލީކްސް

އާ ދެޮކޅަށް ޖިނާއީ ކުށުގެ ދައުވާތަކެއް އުފުލަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވިސްނަން ފެށިއެވެ. ޑިސެންބަރު މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ އެޓަރނީ ޖެނެރަލް އެރިކް ޯހލްޑަރ ޖޫނިއަރ ވިދާޅުވި ޮގތުގައި ވިކިލީކްސްއާ ދެޮކޅަށް

ކުރެވޭ ޖިނާއީ ތަހުގީގުގައި »މުހިއްމު ފިޔަވަޅުތަކެއް« އެޅުމުގެ ހުއްދަ އޭނާ ވަނީ ތަހުގީގު ކުރާ ފަރާތްތަކަށް ދެއްވައިފައެވެ.

21

ސްޮޓކްޯހމުގެ ޑިރެކްޓަރ ޮއފް ޕަބްލިކް ޕްޮރސެކިޔުޝަންސް މެރިއާން ނައިގެ ބެލުމުގެ ދަށުން އަލުން އެ މައްސަލަ ނެގުނު ތަނެވެ.

މައްސަލަ އަލުން ފެންމަތިވުމާ ގުޅިގެން ސްޮޓކްޯހމްގެ ފުލުހުންނަށް އަސާންޖް ހައްޔަރު ކުރުމުގެ ހުއްދަ އެ ޝަހަރުގެ ޑިސްޓްރިކްޓް ޯކޓަކުން ދިނީ

ޮނވެންބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ނަމަވެސް އެއިރު އަސާންޖް ވަނީ ސްވިޑްން ދޫޮކށް އިނގިރޭސި ވިލާތަށް ޮގސްފައެވެ. އެހެންކަމުން ސްވިޑްންއިން

އެއިރުއްސުރެ މިއަދާ ހަމަޔަށް މަސައްކަތް ކުރަމުން ގެންދަނީ އަސާންޖް ސްވިޑްނަށް ގެންދެވޭޯތއެވެ. އެޮގތުން 3 ޑިސެންބަރުގައި ޔޫރަޕިއަން އެރެސްޓް

ޮވރަންޓެއް ނެރެފައި ވެއެވެ. އެ ޮވރަންޓު ނެރެވިފައިވާ ކަން އިނގިރޭސި ވިލާތުގެ ފުލުހުން އަސާންޖަށް އެންގީ ޑިސެންބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އޭގެ އެއް ދުވަސް ފަހުން،ޑިސެންބަރު 7 ވަނަ ދުވަހު، އަސާންޖް އަމިއްލަޔަށް ލަންޑަނުގެ ފުލުސް ސްޓޭޝަނަކަށް ޮގސް ފުލުހުންނާ ހަވާލުވިއެވެ. އަދި އޭނާގެ ވަކީލުން،

އޭނާ އިނގިރޭސި ވިލާތުން ސްވިޑްނަށް ނުޮފނުވޭނެކަމަށް ކަނޑައަޅައިދިނުން އެދި އިނގިރޭސި ޯކޓަކަށް މައްސަލަ ހުށަހެޅިއެވެ.

އިނގިރޭސި ވިލާތުގެ ދަށު ޯކޓުތަކުން ދެ މަރުހަލާއެއްގައި ވެސް ނިންމާފައި ވަނީ އަސާންޖް ސްވިޑްނަށް ޮފނުވޭނެ ކަމަށެވެ. މިހާރު މައްސަލަ

ޮއތީ އިނގިރޭސި ވިލާތުގެ ސުޕްރީމް ޯކޓުގައެވެ. ސުޕްރީމް ޯކޓުން ވަނީ އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހާއި 2 ވަނަ ދުވަހު މައްސަލައިގެ އަޑުއެހުމެއް

ބާއްވައި، ޮގތެއް ނިންމާނެ ކަމަށް ބުނެފައެވެ. އިނގިރޭސި ފުލުހުން އަސާންޖް ހައްޔަރު ކުރުމަށް ފަހު 8 ދުވަސް

ވަންދެން އޭނާ ޖަލުގައި ބެހެއްޓިއެވެ. ޯކޓުން އޭނާ ގޭބަންދަށް ދޫޮކށްލާފައި ވަނީ 380000 ޮޑލަރުގެ ބެއިލަކާ އެކުގައެވެ. މި ބެއިލް ދައްކައިދީފައި ވަނީ

އަސާންޖަށް ހެޮޔއެދޭ ފަރާތްތަކުންނެވެ. އޭގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ފިލްމު ޑައިރެކްޓަރ މައިކަލް ޯމރ ވެސް ހިމެނެއެވެ.

އަސާންޖާ ދެޮކޅަށް ކުރެވިފައި ވާ ތުހުމަތުތަކުގެ ތާރީހާއި، އެ ތުހުމަތުތައް ކުރެވިފައިވާ ޮގތަށް ބަލައިލުމުން ދޭހަވަނީ އެއީ އޭނާއާ ދެޮކޅަށް ރޭވިގެން ހިނގާ ހަރަކާތެއް ކަމަށެވެ. ސްވިޑްންގެ ފުލުހުން ބުނެފައި ވަނީ

އެމީހުން ބޭނުންވަނީ އަސާންޖާ ސުވާލުކުރަން ކަމަށާއި، ދައުވާއެއް އުފުލުމާ މެދު

ޮގތެއް ނިންމާނީ އޭގެ ފަހުން ކަމަށެވެ. އިނގިރޭސި ވިލާތުގައި ހުރެ، ވީޑިޯއ ޮކންފަރެންސްގެ ނިޒާމު ބޭނުންޮކށްގެން ސްވިޑްންގެ ފުލުހުންގެ ސުވާލުތަކަށް ޖަވާބު ދޭން ތައްޔާރަށް ހުރި ކަމަށް އަސާންޖް ވަނީ ބުނެފައެވެ. ނަމަވެސް އެ ހުށަހެޅުމާ މެދު ވިސްނަން ވެސް ސްވިޑްން ބޭނުމެއް ނުވެއެވެ. އެއާއެކު،

މިހާތަނަށް ވެސް އަސާންޖާ ދެޮކޅަށް ކުރެވޭ ތުހުމަތުތަކާ ގުޅުން ހުރި ހެއްކެއް ސްވިޑްންގެ ފުލުހުން އިނގިރޭސި ފުލުހުންނާ އެކު ހިއްސާ ޮކށްފައެއް ނުވެއެވެ.

އަސާންޖާއި އޭނާގެ ވަކީލުން ބުނާ ޮގތުގައި ސްވިޑްނަށް އޭނާ ގެންދިޔުމުގެ މަގުސަދަކީ އޭނާ އެމެރިކާއަށް ޮފނުވައިލުމެވެ. އެމެރިކާގެ ބާރުގެ

ދަށަށް އަސާންޖް ހިނގައްޖެ ނަމަ، އޭނާއާ ދެޮކޅަށް އެމެރިކާގައި އުފުލޭ ދައުވާތައް ވާނީ އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާ ކުރުމުގެ އެތައް ކުށެއް ކުރިކަމަށް ތުހުމަތުޮކށް ކުރެވޭ ދައުވާތަކަކަށެވެ. އެ ދައުވާތައް ސާބިތު ވެއްޖެ ނަމަ އޭނާގެ

އަދަބަކަށް ވާނީ މަރެވެ.

ވިކިލީކްސްގެ މުސްތަގުބަލް

ވިކިލީކްސް ވެބްސައިޓަށް ވަނީ މާލީ ދަތިކަން ނިހާޔަތަށް ކުރިމަތި ވެފައެވެ. ވެބްސައިޓުގެ ކައްޕިތާނެއްގެ މަގާމުގައި ހުރި ޖޫލިއަން އަސާންޖް

ދަނީ ގާނޫނީ ޮގޅިއަކަށް މެހި، ފިތެމުންނެވެ. މި ދަނޑިވަޅުގައި ވިކިލީކްސްގެ މުސްތަގުބަލާ މެދު ވަރަށް ޮބޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.

މިދިޔަ އަހަރުގެ ޮއކްޯޓބަރު މަހު އަސާންޖް އިއުލާން ކުރިޮގތުގައި 2011 ވަނަ އަހަރަށް ފަހު ވިކިލީކްސް ކުރިޔަށް ގެންދެވޭނެ ކަމުގެ އުއްމީދެއް

ނެތެވެ. އެއީ ފައިސާގެ ދަތިކަމުގެ ސަބަބުންނެވެ. އެމެރިކާގެ ބާރުގައި ވިކިލީކްސްއަށް މާލީ އެހީތެރިކަން ލިބޭނޭ ޮދރުތައް މުޅީން ކަހަލަ ޮގތަކަށް ވަނީ ބަންދު ޮކށްލާފައެވެ. އެމެރިކާގެ ވެރީން ވެސް އަސާންޖާއި ވިކިލީކްސްއާ ޖެހުނީމަ

ބުނަނީ »ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގައި ވެސް ހައްދުތަކެއް ޮއންނާނޭ« ކަމަށެވެ. އެ ހައްދު ފަހަނަޅައި ދިޔަކަމުގެ ކުށުގައި ޖޫލިއަން އަސާންޖް ގުރުބާން ޮކށް، ވިކިލީކްސް ގައި ޮބޑުތަޅު އަޅުވާ ދުވަސް ވާނީ އިންސާނީ ހައްގުތަކާއި

މިނިވަންކަމުގެ ތާރީހުގައި ވަރަށް ޮބޑު ދުވަހަކަށެވެ.

22

ދުނިޔޭގެ ޓެކުޮނޮލޖީއަށް އިންގިލާބެއް ގެނުވި އެޕަލްގެ ޯކފައުންޑަން ސުޓީވް ޮޖބުސް ދުނިޔެ ދޫކުރުން ވެގެން ދިޔައީ މިދިޔަ އަހަރުގެ އެންމެ

ހިތާމަވެރި ހަބަރަށެވެ. އެޕަލް ކުންފުނީގެ ހުރިހާ އުފެއްދުމެއްގެ މޭސްތިރި ކަމަށްވާ ސުޓީވް ޮޖބްސް ދުނިޔެ ދޫކުރުމުން ގިނަ ބަޔަކު އެކަމުގެ ހިތާމަ ކުރާއިރު އެޕަލް

ކުންފުނީގެ ހުންގާނުގައި މިވަގުތު ހުރީ ޓިމް ކުކުއެވެ. ޓިމް ކުކް އަށް އަދި މިހާތަނަން އައު އުފެއްދުމެއް ނެރެވިފައިނުވާ އިރު އެޕަލްގެ އައިޯފނު 4 އެސްގެ

ގިނަ މައްސަލަ ތަކާއި ހުރެ އެޕަލް އުޅެނީ ނޭވާ ނުޅެވިގެންޏެވެ. އެޮގތުން އައިޯފނު 4 އެސްގެ ބެޓެރީ މާ އަވަހަށް ހުޅިވާކަމަށް ގިނަބަޔަކު ބުނާ މައްސަލަ އަށް އަދިވެސް ވަނީ ހައްލެއް ނުޯހދިފައެވެ. ބަގެއް އުޅޭކަމަށް ބުނާ އިރު އައިޯފނު

4 އެސް އާއި އެކު ތައާރަފް ކުރި ސިރީވެސް ރަންގަޅަށް މަސައްކަތް ނުކުރާ ކަމަށް ބުނާ ބަޔަކު ވެސް އުޅެއެވެ.

ވިންޯޑސް ޮއޕަރޭޓިން ސިސްޓަމް އުފައްދައިގެން ދުނިޔޭގެ އެންމެ މުއްސަދި މީހާގެ ލަގަބު ޯހދި ބިލްގޭޓުސްގެ މައިކުޯރޮސފްޓު ކުންފުނީގެ ޮއފްކަން ކެންޑެމުންދާ އިރު ޮނކިޔާ ކުންފުނީގެ މަސްހޫރުކަންވެސް ދަނީ ކުޑަވަމުންޏެވެ.

މައިކުޯރޮސފްޓު އަދި ޮނކިޔާ އެކުވެގެން އުފެއްދި ޯފނަށްވެސް ލިބުނީ ފިނި ތަރުހީބެކެވެ. އެންޑުޮރއިޑު ޯމބައިލް ޮއޕަރޭޓިން ސިސްޓަމް އުފެއްދި ގޫގުލް

ގަނެފައިވާ ޮމޮޓޯރލާ ޯމބައިލް ކުންފުނި އެކުވެގެން ނެރޭ ޯފނުން ދައްކާނީ ޮކން ޖާދުލެއްކަމެއް އަދި ނޭގެއެވެ. ގޫގުލް ޮއޕަރޭޓިން ސިސްޓަމުގެ އެންމެ ފަހުގެ

ވަރސަން ކަމަށްވާ އައިސްކުރީމް ސޭންޑު ވިޗު މީރުކަމަށް ގިނަބަޔަކު ބުނާ އިރު ގޫގުލް ޮވލެޓަކީވެސް މިއަހަރު ދުނިޔެއަށް އުފަންވި ތަފާތު ޓެކުޮނޮލޖީއެއް ކަމަށް

ގިނަ ބަޔަކު އެއްބަސް ވެއެވެ. ލާރި އަޅައިގެން ފަހަތު ޖީބުގައި ގެންގުޅޭ ޮވލެޓުގެ ބަދަލުގައި ޯފނުގެ ތެރޭގައި ގެންގުޅެވޭ ޮވލެޓުގެ ސަބަބުން ފަހަތު ޖީބު ދެން ޮބޑު

ނުވާނެ ކަމަށް ގިނަ ބަޔަކު ދެކެއެވެ.ނިމިދިޔަ އަހަރުގެ ތެރޭގައި ދުނިޔެއަށް ނެރުނު އެންމެ ފުރިހަމަ

އުފެއްދުން ތަކުގެ ތެރޭގައި ސަމްސަން ގެލެކުސީ އެސް 2 ހިމެނެއެވެ. އަހަރުގެ އެންމެ ޮމޅު ޯފނުގެ މަޤާމު އައިޯފނު ފަހަތައް ޖައްސާލުމަށް ފަހު ޯހދީވެސް ގެލެކުސީ އެސް 2 ކެވެ. އެޯފނުގެ ފުރިހަމަކަމާއި ކުޅަދާނަ ކަން ރަނގަޅަށް

ބަލާނުޅެވި އުޅެނިޮކން ނެރުނު އެކުންފުނީގެ ގެލެކުސީ ޯނޓު ކިޔާ ޮބޑު ޯފނުގެ ޮމޅުވާހަކަ ވެސް ދަނީ ދައްކަމުންޏެވެ. އެހެން ކަމުން ސުމާރޓުޯފނުތަކުގެ

އެންމެ ކުރީގައި ޮއތް އައިޯފނު ފަހަތަށް ޖައްސާލުމަށްފަހު ސަމްސަން ގެލެކުސީ ޯފނުތަށް ކުރިއަށް ޖެހިލަފާނެ ކަމަށްވެސް މިހާރު ދަނީ ބެލެވެމުންޏެވެ. ދުނިޔޭގެ

ޓެކުޮނޮލޖީގައި ޮކރެޔާގެ ސަމްސަން ކުންފުނި ޯހދަމުން އަންނަ ކާމިޔާބަކީ ޓެކުޮނޖީ ދުނިޔޭގައި މިއަހަރު އެންމެ ފާހަގަ ކުރެވޭ އެއް ހަބަރެވެ.

ދުނިޔެއަށް ތަޢާރަފް ކުރެވުނު އާއުފެއްދުން ތަކުގެ ތެރެއިން 3ޑީ ޓީވީތައް އިންޓަނެޓު ލިބޭ ޓީވީތަކަށް ބަދަލުވިއެވެ. ހަމަ އެއާއި އެކު

ޯފނުތަކަށްވެސް 3ޑީ ޑިސްޕުލޭގެ ފުރިހަކަން ލިބިގެން ދިޔައެވެ. އެޮގތުން އެޗު.ޓީ.ސީގެ އިޯވ އަދި އެލް.ޖީ ކުންފުނީގެ ޮއޕުޓިމަސް 3ޑީ ޯފނު ވަނީ ބާޒާރަށް ނިމިދިޔައަހަރުގެ ތެރޭގައި ނިކުމެފައެވެ. އެހެން ކަމުން ޯފނުތަކުން 3ޑީ ފިލްމު ތައް ބަލާލެވޭއިރު ލެޕްޮޓޕު ޮކންޕިއުޓަރ ތައްވެސް ވަނީ 3ޑީ ސުކުރީނާއި އެކު ބާޒާރަށް ނިކުމެފައެވެ. ނިމިދިޔަ އަހަރަކީ ޓެކުޮނޮލޖީގެ ދާއިރާ ޮބޑު ކުރިއެރުމެއް ޯހދި އަހަރެއް ކަމަށް ގިނަ ފަންނީ މާހިރުން ބުނަމުންދާއިރު އަހަރު ނިމިގެންދިޔަ އިރުވެސް އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔައީ އައިޯފނު 5 ނިކުންނާނެ

ދުވަހަކަށެވެ. އައިޯފނު 5 ނެރެން އުޅޭ ކަމަށް ގިނަ ބަޔަކު ހީޮކށްގެން ތިބި

ނަމަވެސް މިއަހަރު ތެރޭގައި އެޕަލް ކުންފުނިން ނެރުނީ އައިޯފނު 4 އަށް ކުޑަ ބަދަލެއް ގެނައުމަށް ފަހު އައިޯފނ4ުއެސް އެވެ. އެހެންކަމުން މުޅިން އައު ޖާދޫ

ތަކެއް ދައްކާނެ އައިޯފނު 5 ނެރޭނެ ދުވަހަކަށް އަދިވެސް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންޏެވެ. ސަބަބީ އެޕަލް ކުންފުނީގެ އުފެއްދުން ތަކަކީ ހަމަ ކުއްލިއަކަށް ކުރިން މާޮބޑަށް އޭގެ މައުލޫމާތު ހާމަ ނުޮކށް ނެރެލާ އުފެއްދުން

ތަކެއް ކަމަށް ވުމެވެ. ޮކންމެ އަކަސް ނިމިދިޔަ އަހަރުގެ ގިނަ އުފެއްދުން ތަކަކީ ވަރަށްވެސް ކާމިޔާބު ޓެކުޮނޮލޖީގެ ދުނިޔެ އާ އުސްމިންތަކަށް ގެންދިޔަ އުފެއްދުން

ތަކެއް ކަމަށް ގިނަ ބަޔަކު އެއްބަސް ވެއެވެ. ދުނިޔޭގެ ޓެކުޮނޮލޖީގެ ޮކންމެ ނާރެއް މިކުޑަ ކުޑަ ދިވެހިރާއްޖެއާއި

ގުޅިލާމެހިފައިވާކަމީ ދެބަސްވެވޭނެ ކަމެއް ނޫނެވެ. އެޮގތުން ރާއްޖޭގެ ޓެކުޮނޮލޖީގެ

ީޖގެ ލޮ ޓެކުނޮ ގެ އުސްއަލި ތައް..

އާދަމް ނަސީރު

2011

23

މަސްރަހަށް ބަލާއިރު އެންމެ ހާއްސަކަމެއްގެ ޮގތުގައި ފާހަގަ

ޮކށްލެވެނީ ރާއްޖެއަށް ބުލެކުބެރީގެ ހިދުމަތް ވަތަނިޔާއިން ތައާރަފު ކުރުމާއި ގުޅިގެން ދިވެހިން ގެންގުޅެމުން އައި

ބުލެކުބެރީގެ ޯފނުތަކަށް ފުރިހަމަ ހިދުމަތް މިއަހަރު ލިބިގެން ދިޔަކަމެވެ. މިއަހަރު ނިމެމުން ދަނިޮކން ވާދަވެރި ދިރާގުންވެސް ދިވެހިންނަށް

ބުލެކުބެރީގެ ފުރިހަމަ ހިދުމަތް ދިނުމަށް ހާއްސަ ޕެކޭޖު ތަކެއް ވިއްކަން ފެށުމާއި

އެކު ދިވެހިންގެ ގެންގުޅޭ ބުލެކުބެރީ ޯފނުތަކަށް މިހާރު ފުހިހަމަ ހިދުމަތް

ނުލިބިގެން އުޅޭކަށް ނުޖެހޭނެއެވެ. މުއްސަދިންނާއި ސިޔާސީ

މީހުންނަށް ހާއްސަ ކަމަށް ގިނަ ބަޔަކު ބުނާ ބުލެކުބެރީ ޯފނު މިހާރު

ބޭނުން ކުރާ މީހުންނަށް އޭރު ފުރިހަމަ ހިދުމަތް ނުލިބޭތީ ކުރާ މަލާމަތް ވެސް މިއަހަރުގެ ތެރޭގައި މިވަނީ ނިމިގެން

ޮގސް ފައެވެ. ޓެކުޮނޮލޖީގެ އާއުސްމިން ތަކަކަށް

ީޖގެ ލޮ ޓެކުނޮ ގެ އުސްއަލި ތައް..

ގެންޮގސްދޭނެ މައިބަދަ އަކީ އިންޓަނެޓު ޯފރުޮކށްދޭ ނެޓުޯވކު ކޭބަލެވެ. ރާއްޖޭގެ އުތުރުން ދެކުނަށް މިހާރު އަޅާ ނިއްމާފައިވާ ފައިބަރ ކޭބަލް އަކީ ނިމިދިޔަ އަހަރު ރާއްޖޭގެ ޓެކުޮނޮލޖީ މަސްރަހުން ފާހަކަ ކުރެވޭނެ ކަމެކެވެ. ކަނޑުގެ އަޑިން ގެން ޮގސް ގިނަ ރައްތަކަށް ގުޅާ ނިންމާފައިވާ ކޭބަލުން ޯފރުޮކށްދޭ

އިންޓަނެޓުގެ ހަލުއި މިނަތް ޮބޑު ކުރިއެރުމެއް ލިބިގެން ދާނެއެވެ. އަދި އެއާއި

އެކު ރާއްޖޭގައި މިވަގުތު ނުލިބި ހުރި ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަންވެސް ޔަޤީނެވެ. ޓެލެމެޑިސންގެ ހިދުމަތާއި ވީޑިޯއ ޮކންފަރެންސިންގެ ހިދުމަތް

އުންދަގުލަކާޢި ނުޅައި ޯފރުޮކށްދެވޭނެ މަގުފަހިވެ، އަގުޮބޑުވެގެން ގިނަ ބަޔަކު ސަކުވާ ކުރާ އިންޓަނެޓު އަގަށްވެސް ޮބޑު ބަދަލެއް އަންނާނެ ކަމަށް ލަފާ

ކުރެވެއެވެ.

24

ހުރިހާ އެންމެންވެސް ބޭނުންވަނީ ފަހުގެ ޓެކުޮނޮލޖީއެވެ. އެންމެ ފަހުގެ އުފެއްދުންތަކެވެ. އެންމެ ފުރަތަމަ އަގުއަހާލެވެނީ ވެސް އެޕަލް ކުންފުނީގެ ޮއމާން އެހާމެ ރީތި އާލާތްތަކުގެއެވެ. އެ ފުރިހަމަ އުފެއްދުންތަކުގެ އަވާގައި ޖެހިފައިވާ ގިނަ ބަޔަކު ތިބި ނަމަވެސް އެފަދަ ފުރިހަމަ އުފެއްދުންތައް ބޭނުންވާ އެހެނަސް އެކަމަށް ނުކުޅެދިފައިވާ އެތަކެއް ހާސްބަޔަކު މިދިވެހިރާއްޖޭގައިވެސް އެބަތިއްބެވެ.

ލާރި ނެތިގެންޏެވެ. ނުވަތަ އަގުޮބޑު ކަމުން ނުގަނެވިފައެވެ.އައިޕެޑަކީ ނުވަތަ ޓެބުލެޓަކީ ގެންގުޅެލަން ފަސޭހަ ޮކންޕިއުޓަރަކުން

ކުރެވޭ ހުރިހާ ކަމެއް ދަތުރު މަތީއުޅެމުންވެސް ނުވަތަ ޮކންމެ ތަކެއްގައި ހުރެގެންވެސް ޮކށްލެވޭނެ އާލާތެކެވެ. އެހެން ކަމުން ޮކންމެ މީހަކުވެސް އައިޕެޑެއް

ބޭނުންވެއެވެ. އައިޕެޑެއް ނުލިބިއްޖެ ނަމަ ޮކންމެވެސް ބުރޭންޑެއްގެ ޓެބުލެޓެއް ނަމަވެސް ބޭނުން ވެއެވެ. ސަބަބަކީ މިއަދު އަޅުގަނޑުމެން ދިރިއުޅުމާއި ވައްޓަފާޅި

އަދި އުޅެމުން މިދާ މާހައުލު މިދަނީ އެބައްޓަމަށް ބަދަލު ވަމުންޏެވެ. ގިނަ ބަޔަކަށް ނޭގުނު ނަމަވެސް ވެޯލސިޓީ މައިކުޯރސް އަކީވެސް

ޓެކުޮނޮލޖީގެ ދުނިޔޭގައި ވަރުގަދަ ކުންފުންޏެވެ. އެކުންފުނީގެ އުފެއްދުންތައް ދުނިޔޭގެ ޮބޑެތި ޮސޕުތަކުގައި މިހާރުވެސް ދަނީ ވިއްކަމުންޏެވެ. ޯވލްމާރޓު، ނުވަތަ

ޖަސްޯކ ފަދަ ޮބޑެތި ޮސޕިންގ ޗޭން ތަކުގައި އެ ކުންފުނީގެ އުފެއްދުން އެބަ ވިއްކައެވެ. އެހެން ކަމުން އެކުންފުނިން މިހާރު ނެރޭނެ ކަމަށް އިއުލާނު ޮކށްފައިވާ

ކުރޫޒު T507 އަދި T510 މަރުކާގެ ދެ ޓެބުލެޓު ވެގެންދިއުން އެންމެ ގާތީ ދުނިޔޭގެ އެންމެ އަގުހެޮޔ އެންމެ ފުރިހަމަ ޓެބުލެޓަށެވެ. ސަބަބަކީ މިހާރު ހަތްހާސް އަދި ދިހަހާސް ރުފިޔާއަށް ވިއްކަމުންދާ އަގުޮބޑު ޓެބުލެޓުތަކުގައި ހުރި

ފަންވަރާއި ކުޅަދާނަ ކަން 150 ޮޑލަރަށް ވިއްކާނެ ކަމަށްބުނެ ނެރޭ ކުރޫޒު ޓެބުލެޓުގައިވެސް ހިމަނާނެ ކަމަށް ވެޯލސިޓީ މައިކުޯރސް އިން ބުނުމެވެ. މިހާރު އަގުހެޮޔޮކން ލިބޭ ޗައިނާގެ ފޭކު ޓެބުލެޓު ތަކުގައިވެސް ހިންގަނީ އެންޑުޮރއިޑުގެ ޮކންމެވެސް ޯމބައިލް ޮއޕަރޭޓިން ސިސްޓަމެކެވެ. އެހެނަސް ކުރޫޒު ޓެބުލެޓުގައި ހިމަނާނެ ކަމަށް ބުނެފައިވާ އައިސްކުރީމް

ސޭންޑުވިޗަކީ އެންމެ ފަހުގެ އެންޑުޮރއިޑު ޮއޕަރޭޓިން ސިސްޓަމެވެ. މި ޮއޕަރޭޓިން ސިސްޓަމް ހިންގާލެވޭނީ ވެސް ޓެބުލެޓުގައި ފުދޭވަރެއްގެ ހިއްވަރެއް ހުރެގެންޏެވެ.

ޒު ޓެބުލެޓު ނިކުންނަީނ... ރޫ 150 ޑޮލަރަށް ލިބޭ އެޕަލް އައިޕެޑަށްވުރެ ފުރިހަމަ ކުކުރޫޒު ޓެބުލެޓުގައި ހިމަނާނެ ކަމަށްބުނާ 1.2 ޯކޓެކުސް އ8ޭ ޕުޮރސެސަރ ހިމެނުމަށްފަހު 512 އެމްބީގެ ސިސްޓަމް ރެމްގެ އިތުރުން 3ޑީ ގުރެފިކުސް

ހިމެނިއްޖެ ނަމަ ގިނަ ބަޔަކު ގަބޫލުވެސް ނުކުރާހާ ފުރިހަމަ ހަލުއި ޓެބުލެޓަކަށް ވެގެން ދާނެއެވެ.

ހަމަ އެއާއި އެކު އެންމެ އަގުހެޮޔ މި ޓެބުލެޓުގެ ސަބަބުން ދުނިޔޭގެ އެންމެ ގިނަ ޓެބުލެޓު ވިއްކާ ކުންފުނީގެ ލަގަބު ވެޯލސިޓީ މައިކުޯރސް އިން ޯހދުމަކީ ވަރަށް ވެސް ކައިރި ކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. ސަބަބަކީ

ހެޮޔއަގެއްގައި ވިއްކަން ބުނިނަމަވެސް އަސްލު ކުރޫޒު ޓެބުލެޓަކީ މިހާރު ވެސް ޮބޑު އަގުގައި ވިއްކަމުންދާ ގެލެކުސީ ޓެބުލެޓު އަދި އެޕަލް ކުންފުނީގެ އައިޕެޑާއި

އެއްފެންވަރުގެ އުފެއްދުމެއް ކަމަށްވުމެވެ. ވެޯލސިޓީ މައިކުޯރސް އިން ދައްކާލި 7 އިންޗި އަދި 10 އިންޗީގެ

ކުރޫޒު ޓެބުލެޓުތަކުގެ ޮއމާންކަމާއި ފުރިހަމަ ކަމުން ގިނަ ބަޔަކު މިހާރު ކުރަމުންދާ ސުވާލަކީ މިފަދަ ފުރިހަމަ އާލާތެއް އެންމެ 150 ޮޑލަރަށް ވިއްކެންވީ

ސަބަބާއި މެދު ކުރެވޭ ސުވާލެވެ. މާ އަގުހެޮޔވެގެން ގިނަ ބަޔަކު ތިބީ އާޯސހުވެފައެވެ. އެހެނަސް ގިނަ ބަޔަކު ބުނާޮގތުގައި ކުރޫޒު ޓެބުލެޓު އަގުހެޮޔ

ކުރުމަށް ބޭނުން ކުރި އުކުލަކީ އާދައިގެ ރިޮޒލިއުސަން އަދި މެގަޕިކުސެލް ދައްޮކން ހަދާފައިވާ ޑިސްޕުލޭއެއް ބޭނުން ކުރުން ކަމަށެވެ. އެހެނަސް އަދި

އެކަން ވަނީ ޔަޤީން ނުކުރެވިފައެވެ. ސަބަބަކީ 3ޑީ ޑިސްޕުލޭއެއް ނަމަ ޕިކުސެލް އަދި ރިޮޒލިއުސަން ވަކިވަރަކަށް ވުރެ ޮބޑަށް ދައްނުކުރެވޭނެ ކަމަށް ވުމެވެ.

އައިޕެޑު އަދި ކެލެކުސީ ޓެބުލެޓު ހިންގުމަށް ބޭނުން ކުރާ ޕުޮރސެސަރ އަދި ސިސްޓަމް ރެމްގެ އަދަދު ތަކަށްވުރެ ކުރޫޒު ޓެބުލެޓުގެ ޕުޮރސެސަރގެ ހަލުއިކަން މަތިވާނެއެވެ. އަދި ކުރޫޒު ޓެބުލެޓު ހިންގުމަށް ބޭނުންކުރާ އެންމެ ފަހުގެ އެންޑުޮރއިޑުގެ އަދަދު ކަމަށްވާ 4.0 ނުވަތަ

އައިސްކުރީމް ސޭންޑުވިޗުގެ މީރުކަމާއި ޮފނިކަން އެބޭނުން ކުރާ ފަރާތްތަކަށް ހެޮޔވަރުވެއްޖެ ނަމަ އެޕަލްގެ އައިޕެޑު އަދި ސަމްސަން ކުންފުނީގެ ކެލެކުސީ ޓެބުލެޓު ތަކަށްވުރެ ހުރިހާ ޮގތަކުން ރަނގަޅު ފުރިހަމަ އާލާތެއް ވަރަށްވެސް ހެޮޔ އަގެއްގައި އާންމުންނާއި ހަމަ އަށް ޯފރުޮކށްދެވުނީ ކަމަށް ވެޯލސިޓީ

މައިކުޯރސް އިން ދެކެއެވެ.އެހެން ކަމުން މިހާރު އެންމެ ފުރިހަމަ ޓެބުލެޓު ތަކެއް ނެރެ ވިއްކަމުންދާ ސަމްސަން ކުންފުނީގެ ގެލެކުސީ ޓެބުލެޓުތަކަށް ހުރި ޮބޑު ނުރައްކަލެއްގެ ޮގތުގައި ބެލެވޭ ކުރޫޒު ޓެބުލެޓު ވާނެ ކަމަށް ބެލެވެއެވެ. ހަމަ އެއާއި އެކު އަގުހެޮޔ ކުރޫޒު ޓެބުލެޓު ތަކުގެ އަވާގައި ލާރި ހަމަ ނުވެގެން

ޓެބުލެޓެއް ނުގަނެވިފައި ތިބި ގިނަ ބަޔަކު ޖެހިއްޖެ ނަމަ އެކަމުގެ ގެއްލުންވާނީ ހަމަ އެކަނި ސަމްސަން އަކަށް ނޫނެވެ. ސަބަބަކީ މިހާރު ވެސް ގިނަ ޓެބުލެޓު ގެންގުޅޭ މީހުންނަކީ އައިޕެޑުގެ އިތުރުން ގެލެކުސީ ޓެބުލެޓުވެސް އަގުޮބޑުވެގެން

އެވާހަކަ ދައްކާ މީހުންޏެވެ. އެހެން ކަމުން ކުރޫޒު ޓެބުލެޓު 150 ޮޑލަރަށް ގަތުމަށް ފަހު އޭގެ ޮއމާންކަން އައިޕެޑާއި ގެލެކުސީ ޓެބުލެޓު ޓަކުގެ ދުވެލީގައި

ހުރެއްޖެ ނަމަ އައިޕެޑު އަދި ގެލެކުސީ ޓެބުވެސް ދޫޮކށްލުމަކީ ނުވުމަށްވުރެ، ވުން ކައިރި ކަމެކެވެ.

އާދަމް ނަސީރު

26

ހާޒިރީ އަކީ ތަނަކަށް ދާން، ހާޒިރުވާން، ޖެހިފައި ޮއންނަ ޮއތުމަށް އެމީހަކު އަޅާލައި ފަރުވާތެރި ވާވަރު އަންގައިދޭ އެއްޗެވެ. ގަޑިނުޖެހި ޮކންމެ ފަހަރަކުވެސް

ހާޒިރުވާނަމަ ހާޒިރީ ރަނގަޅީ އެވެ. ގަޑިޖެހި ނުޮގސް ހަދާނަމަ ޯގހީއެވެ. މިއީ ރަސްމީޮކށް ބާއްވަން އުޅެން ނުޖެހި އަބަދުވެސް ބޭއްވިފައި ޮއންނަ ވަރުގަދަ

މުބާރާތެކެވެ. ކަމުޮވށިން ގެ އަތުން ޮބޑެތި ޖަލްސާތަކުގައި ނުދިނަސް އޭގެ ވަނަ ތަކަށް އިނާމާއި ކުރިއެރުން ލިބޭ ކަމެކެވެ. އެއިން ޮހވާލެވޭ ޯގސް ފަރާތްތަކަށް

އަދަބާއި ގެއްލުންތައް މިފަހަކާ ޖެހެންދެންވެސް ލިބެމުން އައި ކަމެކެވެ. ހަނދާން ތަކުގެ ތެރޭގައި ހާޒިރީ މިލަފުޒަކީ ވަރަށް ފާހަގަ

ކުރެވިފައިވާ މުހިންމު ރީތި ލަފުޒެކެވެ. މަދަރުސީ ދުވަސްވަރު މައިންބަފައިން ނަށް ނުވަތަ ބެލެނިވެރިޔާ އަށް އެލަފުޒަކާ ހެދި ބައެއް ބައެއް ކުދިން

އެކުދިންގެ ރިޯޕޓުޯފމް ނުދައްކާ ޮފރުވައިގެން ގެންގުޅެން މަޖުބޫރު ކުރުވައެވެ. ތަންޮކޅެއްކުރީގައި އަހަރެމެން ރާއްޖޭގައިވެސް ގަޑިޖެހިގެން މަދަރުސާއަށް އަންނަ

ކުދިންނަށް ތަފާތު އަދަބު ދިނެވެ. އޭގެތެރޭގައި 6×6 އިންޗީގެ ލަކުޑި ބުރިއެއް އަތަށްދީފައި ކުލާހުން ބޭރުގައި އެތައްއިރަކު ބެހެއްޓުމާއި ކުލާހަށްވައްދާފައި އެއް ކަނެއްގައި ވަކިން ޮގޑިއެއްގައި ބޭންދުންހިމެނެއެވެ. ފަހަކަށްއައިސް ގަޑިޖެހުނީމާ

ާހޒިީރ .... އައް ީޗ!!ނުވަތަ އިސްކޫލުގެ ޮދރުތައްބަންދުޮކށް ލަހުން މަދަރުސާ

އަންނަ ކުދިން ނުވައްދާ ބައިތިއްބާފައި ފަހުން ޮދރުހުޅުވުންފަދަ ކަން ކަން ވެސް ވަނީ ފެނިފައެވެ.

ޮއފީސް، ކުންފުނި، ފަދަތަންތާނގައި ވެސް ހާޒިރީބަލައި، ގަޑިޖެހިއްޖެނަމަ އެޮއންނަ އުސޫލަކުން މުސާރައިންކަނޑަމުން ގެންދެއެވެ. ގަޑިއަށްފަރުވާތެރި މީހުންނަށް މަގާމުގެ ކުރިއެރުން ލިބުމުގައި ފަސޭހަތައް

ފެނިފައިވެއެވެ. މިހާރު މިފަހަކަށް އައިސް

އިންސާނުންކުރިއަރަމުން އައުމާއި ތަފާތު ޯހދުންތަކާއި އުނގެނުންތަކުގެ އެހީގައި އެކިކަހަލަ ބާރުތައް ޯހދައި

މަތިވެރިވެގެން އައިއައުމުގައި ހާޒިރީގެ މައްޗަށްވެސް ކާމިޔާބުޯހދައިފި ކަމަށް އެއްބަޔަކު ގަބޫލުކުރެއެވެ. އެއީ ބައެއް

ފަރާތްތަކުން ހާޒިރީ ފައިދަށުލައި އޭގައި ހިރަފުސްކާއްތާ ހަޑިކުރަމުން ގެންދާތީއެވެ. ބުނެވޭޮގތުގައި ރާއްޖޭގައި އެއްމެފުރަތަމަ މިކަން ފެށުނީ ސަރުކާރުން ގަޑިނުޖެހޭ ވަޒީފާތަކެއް ހަމަޖެއްސުމާއި ގުޅިގެން ނެވެ. އޭގެފަހުން އެކިޮއފީސްތަކާއި ކުންފުނި ފަދަ

ތަންތާނގައި އެފަދަ މުވައްޒިފުން ތައް ގިނަވަމުން އައެވެ. އެފަދަ މީސްމީހުންނަކީ » އަތްނުޯފރާ » ހިސާބުގައި ތިބޭ ވެރިންތަކެއްކަމުގައި

ބެލެމުން އައެވެ. މިފަދަ ބަޔަކު ތިބޭކަމުގައިވިޔަސް އެޮއފީސްތަކުގެ މަސައްކަތްތަކަކަށް މާކަޮބޑު ހީނަރުކަމެއް ނާދެއެވެ. ސަބަބަކީ މަދުފަހަރެއްގައިނޫނީ

އެފަދަ މީހުންނަކީ ޮއފީސް ފަދަ ތަންތާނގައި މުހިންމު ޮބޑެތި މަސައްކަތްތައް ޮކށް އުޅޭ ބަޔަކަށް ނުވާކަމެވެ. ދެންތިބީން އެ އެތަނެއްގެ މަސައްކަތްތައް

ކުރަމުންގެންދާ ކަމެވެ. ހާޒިރީ ގެ ސަބަބުން ފާހަގަ ކުރެވޭވަރުގެ އުނިކަމަކާއި ގެއްލުންތަކެއް

އެބަލިބޭ ކަން ފާހަގަ ކުރެވުނީ ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުން، ކުރިންބުނިފަދައިން ހާޒިރީއަށް ފައިން އަރާ ނުތާހިރުކުރެވޭފަދަ ޮމޅު އުކުޅުތަކެއް ޯހދައި އޭގެ ބޭނުން ކުރަންފެށީމައެވެ. އެއާއި އެކު އެތާނގެ ޮކމިޓީތަކާއި ޯފރަމް ތަކުގައި ޯކރަމް ހަމަނުވެ )ހާޒިރީއަށް ފަރުވާ ކުޑަކަމުން( ނުބޭއްވި އޭގެ ގެއްލުން މުޅި ގައުމަށް ކުރަމުންދާތަން ފެންނަން ފެށީ މައެވެ. އެ މަޖިލީހުގެ މެންބަރުން

ގަޑިޖެހުނަސް، ކިތަންމެ ލަހުން ދިޔައަސް، ނުވަތަ ނުދިޔައަސް ޯގހެއްނުވެ ހަމަ އެޮގތަށް އެތާނގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެންފައި ވާތީ އެވެ. އާއްމުންގެ 90 އިންސައްތަ މީހުން އެކަމަށް ނުރުހުންވެ ރުޅިއައިސް ކެކިއުތުރި

ވިރިފޭބިއަސް »އިއްދަ« ހަމަވަންދެން ވާނެކަމެއް ނެތީތީއެވެ.

ކަނީރު އަބްދުއްރަހީމް

27

ާހޒިީރ .... އައް ީޗ!!ކުރަންވެފައި ހުރި އެތައްއެތައް މަސައްކަތްތަކެއް ނުނިމިފައި ހުންނަންޖެހިފައިވާ

މައިގަނޑު ސަބަބަކީ އެތާނގެ ހާޒިރީ ނުބަލަހައްޓާކަމެވެ. ބެލެހެއްޓެންނެތީ ޯތއްޗެކެވެ.

މިކަމުގައިވެސް އެމީހުން ޯގހޭ ބުނާނެތަނެއް މުޅިއަކުން ނެތެވެ. ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ޓަކައި ރައްޔިތުން ޮހވާފައި އެމީހުންގާތު

އުޅޭނެޮގތަކަށްއުޅޭށޭ ބުނީމާ ވާނީ މިހެންނެވެ. މިފަދަޮގތަކަށް ކަންތައް ކުރީމާ ވާންވީވެސް ހަމަ މިހެންނެވެ. ދެރައީ މަޖިލީހުގެ އެތައްބަޔަކު މިކަމާ ނުގަބޫލުކަމުގައި ބުނަމުން ހެދޭނެ ޮގތެއްނެތިފައި ތިބޭ ވާހަކަ ބުނާކަމެވެ.

ރައްޔިތުން ޮހވާފައިތިބި ގިނަބައެއްގެ »ފެންވަރާއި ފަންވަރު« ކަމުނުދާތީ ވާޮގތެކޭ ބުނާތީއެވެ.

ޮގތްނެތީކީ ނޫނެވެ. ގައުމާއިދޭތެރޭ އަޅާލުމެއް ނެތީއެވެ. އަގަލު ކުޑައީއެވެ. އެއްމެންވެސްމެއޭ ބުނާނެ ޖާގަ އެބަޮއތެވެ. އެހެންނޫންނަމަ ކުޑަކުޑަ

އެއްމެ ގަވައިދެއް އިސްލާހުޮކށްލަނިޮކށް މައްސަލަ މުޅިން ހައްލު ވާނެ ކަން ހަމަ ޔަގީނެވެ. އިތުރުޮކށްލަންވީ އެއްމެ 2 މާއްދާއެވެ.

• މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ ޮކމިޓީއަކަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުނުވެ ލަސްވާ ފުރަތަމަފަސްމިނެޓަށް މުސާރައިގެ ފަސްބައިކުޅަ އެއްބައި، އަދި

އިތުރުވާ ޮކންމެމިނެޓަކަށް ދިހަބައިކުޅައެއްބައި އުނިކުރެވޭނެ އެވެ. ގަޑިޖެހިގެން އެއްގަޑިއިރު ލަސްވެއްޖެނަމަ އެދުވަހުގެމުސާރަ އެކީގައި އުނިކުރެވޭނެ އެވެ.

• މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ ޮކމިޓީއަކަށް ހާޒިރުވާންޖެހިފައިވާ ދުވަހަކު ހާޒިރީގައި ނާންނަ ޖަހަން ޖެހިއްޖެ ނަމަ ފުރަތަމަ ދުވަހަށް މުސާރައިގެ

ދެބައިކުޅައެއްބައި، އަދި އޭގެފަހުން ނާންނަ ޖެހޭ ޮކންމެ ދުވަހަކަށް އެދުވަހެއްގެ މުސާރަ އެކުގައި ކަނޑާލެވޭނެއެވެ.

މިވަރުން ހަމަޖެހޭނެއެވެ. ގަޑިޖެހުމާއި ނާންނަ މުޅިންހެން ނެތިގެން ދާނެކަން ޔަގީނެވެ. ސަބަބަކީ މުސާރައެއީ ހުރިހާ އެއްޗެއް ކަމުގައިވާ ކަމެވެ.

ޯލތްބާ ޖެހިލުންވުމާއި ބިރުގަތުމާއި ސަމާލުކަމާއި މިފަދަ ހުރިހާކަމެއްމެ މުސާރައާއި

ގުޅިލާމެހި ތަގުޑިވެފައިވާ ކަން ކަށަވަރުކުރެވޭތީއެވެ. އާނއެކެވެ. ގައުމަށްވުރެ މުސާރަ މާޮބޑީއެވެ. ޒަންޑޫބާމު ދިހަފުޅިން

ވެސް ނުވާވަރަށެވެ. މީޮދގެއް ހެއްޔެވެ. ؟

28

ޑިޮމކްރަސީއަކީ މިހާރު އަޅުގަނޑުމެނަށް އާއެއްޗެއްނޫނެވެ. ނަމަވެސް ޑިޮމކްރަސީއަށް އިހްތިރާމް ކުރުމާއި އޭގެ ރޫހްގައި ކަންކަންކުރުން އަދި

އަޅުގަޑުމެންނަށް ކުޑަޮކށް ބީރައްޓެހީއެވެ. ހުޅނގުގެ ގައުމުތަކުގައި ޑިޮމކްރެޓިކް އުސޫލުން ސަރުކާރުތައް ބައްޓަންވާންފަށާފައިވަނީ 18 އާއި 19ވަނަ ގަރުނުގެ

ތެރޭގައެވެ. އެހެންކަމުން މިއަދާއި ހަމައަަށް އައިއިރު އާންމު ރައްޔިތުންގެ ހޭލުންތެރިކަންވަނީ ޑިޮމކްރެޓިކް އުސޫލުތަކަށް ހޭނިފައެވެ. މީގެ އިތުރުން

ސަރުކާރު ހިންގުމުގައި ދިމާވެދާނެ ހުރިހާ ތަޖްރިބާތަކެއްވެސް ވާނީ ކުރެވިފައެވެ. ނަމަވެސް އަޅުގަޑުމެންގެ މިދިވެހިރާއްޖެ ޑިޮމކްރަސީގައި އަދި ހުޅަގުގެ

ފެންވަރަކަށް ނުދެއެވެެ. ޮކންމެ ދުވަހަކީވެސް އަޅުގަނޑުމެންނަށް ޑިޮމކްރަސީ އިމްތިހާންވަމުންދާދުވަހެކެވެ. ތަޖްރިބާތަކެއް ކުރަމުންދާދުވަހެކެވެ.

ދެވަނަ ޮބޑުހަނގުރާމައިގައި އިނގިރޭސިންގެ މަޝްހޫރު ޮބޑުވަޒީރު ވިންސްޓަން ޗާޗިލް ހައުސް ޮއފް ޮކމަންސްގައި ވިދާޅުވިއެވެ.

»ޑިޮމކްރަސީއަކީ ސަރުކާރު ހިންގުމަށް އެންމެ ރަނގަޅު ނިޒާމެއް ނޫނެވެ. އެކަމަކު މިހާތަނަށް ތަޖްރިބާކުރެވުނު ނިޒާމްތަކުގެ ތެރެއިން އެންމެ ރަނގަޅު

ނިޒާމަކީ ޑިޮމކްރަސީއެވެ«. ސަރުކާރު ހިންގާނެ ޮގތުގެ ޑިޮމކްރެޓިކް ނިޒާމެއް ދައްކައިދީފައިމިވަނީ ހުޅަނގުންނެވެ. އެހެން ނަމަވެސް ކުންފުނި، ޯއގަނައިޒޭޝަންތައް ޑިޮމކްރެޓިކް އުސޫލުން ހިންގުމުގައި ހުޅަނގުގެ

ގައުމު ތަކަށް މާޮބޑުކުރިއެރުމެއް ޯހދިފައެއްނުވެއެވެ. ޗާޗިލް ވިދާޅުވެފައިވާފަދައިން ޑިޮމކްރެޓިކް

ނިޒާމަކީ ހިންގުމަށް އެންމެ ރަނގަޅު ނިޒާމްކަމުގައި ހުޅަގުގެ

ވިޔަފާރިވެރިންނަށް ނުފެންނަނީކަމަށްވުންވެސް އެކަށީގެންވެއެވެ.ގައުމެއް ހިންގުމަށް ޑިޮމކްރެޓިކް އުސޫލުތައް ކަމުދާހިނދު އަދި

މިނިޒާމް ކާމިޔާބުކަމާއި އެކު ހިންގޭއިރު ގައުމުގައި ހުރި ވިޔަފާރި ކުންފުނި ތަކުގައި މިއުސޫލުތައް ގާއިމު ނުކުރެވެންވީ ސަބަބެއް ނެތެވެ. އެހެންނަމަވެސް

ޑިޮމކްރަސީގެ އުސޫލުތަކުގެ މައްޗަށް ބިނާޮކށް ކުންފުނި ހިންގުމަކީ އަދި މާޮބޑަށް ހުޅަނގާއި އިރުމަތީ ގައުމުތަކުގެ ވިޔަފާރިވެރިން ޝައުގުވެރިވާ ކަމުގެ

ހެކިތައްފެންނަންހުރިކަމެއް ނޫނެވެ.ދުނިޔޭގެ ޮބޑެތި ޯކޕަރޭޝަން ތަކުގައި އަދިވެސްކުންފުނީގެ ޮއނިގަޑު ފަރުމާޮކށްފައިހުރީ ވެރިން އަންގާއަމުރު ހިންގުމާއި އެއަމުރުތަށް ތަންފީޒްވަނީ

ކިހާވަރަކަށްޯތ ޮމނީޓަރ ކުރެވޭޮގތަށެވެ. ޮއނިގަނޑު ބައްޓަންކުރެވިފައި ޮއންނަނީ އެކި ބަރިބަރިއަށް ވާޮގތަށް ޒިންމާވާނެ ފަރާތްތައް ކަނޑައަޅައި، ވެރިން

ކަނޑައަޅާފައިވާ މައިގަޑު މިސްރާބަށް ޯއގަނައިޒޭޝަން ހިންގުމަށެވެ.ވިޔަފާރި ކުންފުންޏެއްގެ މަގްސަދުތަކުގައި ހިމަނޭނީ ވިޔަފާރީގައި

ދިރި ދެމިހުރުމާއި ތަނުގެ އުފެއްދުން ނުވަތަ ޚިދުމަތެއް ވާދަވެރި މާހައުލެއްގައި މާކެޓަށް ޯފރުޮކށްދިނުމާއެކު، މިކަން ކުރުމަށް ވަޒީފާގެ

ފުރުސަތު ބަޔަކަށް ތަނަވަސްޮކށްދިނުމެވެ. ވިޔަފާރި ނިސްބަތުން ވިސްނައިފިނަމަ ގައުމެއްވެސް ކުރާނީ މިކަންކަމެވެ. އެއީ ގައުމަކުން އުފައްދާ ނުވަތަ ދޭ

ޚިދުމަތެއް އެހެން ގައުމުތަކަށްވުރެ ޮކންމެވެސް ހައިސިއްޔަތަކުން ތަފާތުވުމާއި، އިގްތިސާދީ މަސައްކަތުގައި ދެމިތިބުމާއި ކުރިއަރުވަން މަސައްކަތް ކުރުމާއެކު

އެމަސައްކަތްތައް ކުރާނެ ގާބިލު ބަޔަކަށް ވަޒީފާގެ ފުރުސަތު ޯހދައި ދިނުމެވެ. ތަފާތަކީ މަގްސަދު ހާސިލުކުރުމަށްޓަކައި ދެފަރާތުން އާންމުޮކށް

ބޭނުންކުރަނީ ދެ ނިޒާމެއްކަމެވެ.ނަމަވެސް، މަދުމަދުންނަމަވެސް މިނިވަން އަދި ޑިޮމކްރެޓިކް އުސޫލުގެ

މައްޗަށް ބިނާޮކށްފައިވާ ކުންފުނިތައް ފެންނަންއެބަހުއްޓެވެ. މިޮގތުން ބްރެޒިލްގެ މައްޝޫރު ވިޔަފާރިވެރިޔާ Ricardo Semlar ގެ ކުންފުނި

Grupo Semco ހިންގަނީ ފުޅާދާއިރާއެއްގައި މުއައްޒަފުންގެ

Grupo Semco .ެބައިވެރިވުމާއެކުއެވގައި މުއައްޒަފުން

އަލީ ޚާލިދު

?=+ކުންފުނި ޑިމޮކްރަީސ ފައިާދ

29

ނިންމާކަންތައްތައް ވަރަށް ގިނައެވެ. އެމީހުންގެ ވެރިން – މާނައަކީ

ސުޕަވައިޒަރުންނާއި މެނޭޖަރުންނަށް ތިބޭނީ ޮކންބައެއްކަން ކަނޑައަޅަނީ

މުއައްޒަފުންނެވެ. ޯކޕަރޭޓް މެނޭޖްމަންޓްގެ ވެރިން ޮހވަނީ

ޯވޓުންނެވެ. ސިޔާސީ މަގާމްތަށް ކަމުގައިވާ ކައުންސިލަރުންނާއި

މަޖްލިސްމެންބަރުން އަޅުގަނޑުމެން ޮހވާފަދައިންނެވެ. ކުންފުނީގެ

3000 މުއައްޒަފުންތިބޭއިރު ޮކންމެ މުއައްޒަފަކަށް ޯވޓެއްލުމުގެ ހައްގު

ލިބޭފަދައިން ކުންފުނީގެ ވެރިޔާ ސެމްލާއަށްވެސް ލެވޭނީ އެންމެ ޯވޓެކެވެ. އަދި ޗުއްޓީދުވަހާއި މަސައްކަތު މާއަހުލު ފަރުމާކުރަނީ މުއައްޒަފުންނެވެ. އެމީހުންނަށް ހިތްފަސޭހަވާޮގތަށް މަސައްކަތްކުރަން ފަސޭހަވާޮގތަށެވެ. މިޮގތުން ފާހަގަޮކށްލެވޭ

އެއްކަމަކީ މުއައްޒަފުން މެންދުރު ކެއުމަށްފަހު ނިދާލަން ބޭނުންވާތީ Semco ގައި އެކިތަންތަނުގައި ހެޮމކް ދަމާފައިހުރުމެވެ. އަދި ޮއފީހުގެ ޑިޕާރްޓްމަންޓްތަކުގައި

ލާނެ ކުލަވެސް ކަނޑަައަޅަނީ އެޑިޕާޓްމަންޓެއްގެ މުއައްޒަފުންނެވެ. ސެމްޯކ ކުންފުނީގެ ހަޔާތުގައި ބްރެޒިލްއަކީ ސިޔާސީޮގތުން މާހަމަޖެހޭ ގައުމެއްނޫނެވެެ. ހުދްމުހްތާރުވެރިންނާއި އަސްކަރީވެރިންގެ ދަށުގައި ގައުމު ޮއވެ ކުންފުނިތައް ބަގުރޫޓްވަމުން ދިޔަނަމަވެސް ސެމްޯކގެ ޑިޮމކްރެޓިކް އުސޫލުގެ ސަބަބުން ކުންފުނިއައީ ހަރުދަނާވަމުންނެވެ. އެހެންކަމުން މިއިންް ދޭހަވަނީ

މިނިވަން ޑިޮމކްރެޓިކް މާހައުލެއްގައި ކުންފުނި ހިންގިދާނެކަމާއި އަދި އެކަމުގެ ނަތީޖާ ރަނގަޅުކަމެވެ.

ޑިޮމކްރެޓިކް މަސައްކަތު މާހައުލެއް އުފެއްދުމަކީީ ކުރެވިދާނެ ކަމަކަށްވާތީ، ކުންފުނިތަކުގައި އައިއެސްޯއ ސްޓޭންޑަޑް))ISO ގާއިމުކުރާފަދައިން

ޑިޮމކްރެޓިކް އުސޫލުތައް ގާއިމުޮކށް ޮމނީޓަރ ޮކށްދޭ ކުންފުނިތައްް ވެސް މަޑުމަޑުން ތައާރަފްވަމުން އެބަ ދެއެވެ. އެހެންނަމަވެސް މިއީ އެހާޮބޑުމާކެޓްއެއް އަދި ޮއތްކަމެއްނޫނެވެ. އެކަމަކު ޑިޮމކްރެޓިކް ހިންގުމުގެ ނިޒާމަކަށް އެނބުރެން

ބޭނުންވާކުންފުނިތައް އެބަހުއްޓެވެ. އިނގިރޭސިވިލާތުގެ ބައެއް ޕްރައިވެޓް ކުންފުނިތަކުން ފެށިގެން އައިސް އިންޑިއާގެ ޮބޑެތި ޕަބްލިކްކުފުނިތައް މިނިޒާމް

ތަޖްރިބާ ކުރަމުން އެބަދެއެވެ.އިންޑިއާގެ HCL Technologies މިވަނީ މިސަނަދު ގެ ލިސްޓްގައި ފާއިތުވި 2 އަހަރުހިމެނިފައެވެ. އެޗްސީއެލް ގެ ސީއީޯއ ވިނީތު ބުނާޮގތުގައި އެމީހުން އިގްތިސާދީ ހަރީފްކަމުގައި އުޅުނު ދުވަސްވަރު، މުއައްޒަފުންގެ

ލަފާޯހދިއެވެ. އަދި އެމީހުންގެ ލަފާގެ ދަށުން ވަނީ ފައިދާ އިތުރުކުރުމުގެ އިތުރުން މުއައްޒަފުންވެސް އިތުރުޮކށްފައެވެ. އަދި އެއްވެސް މުއައްޒަފެއްގެ އާހިޔާލެއް ޮއތްނަމަ ސީދާ ސީއީޯއއަށް އެކަންޯފރުޮކށްދެވޭނެ ނިޒާމެއްވަނީ

ގާއިމްޮކށްފައެވެ. މެނޭޖަރުންގެ ޕާޮފމަންސް އާއި ގުޅޭޮގތުން މުއައްޒަފުންނަށް ފެންނަޮގތް ފާޅުގައި އަންގާދޭވެނެޮގތްވެސްވަނީ އިންތިޒާމްކުރެވިފައެވެ. އެހެންކަމުން

އެއްވެސް މެނޭޖަރެއްގެ ނާގާބިލުކަމުގެ ރިޯޕރޓް ޖެހިޖެހިގެން 2 އަހަރު އަތުވެއްޖެނަމަ އެމެނޭޖަރަކު މެނޭޖްމަންޓުންް ވަކިކުރެވެއެވެ.

ޑިޮމކްރަސީ އަދިކިރިޔާ ތައާރަފްވަމުން އަންނަ ރާއްޖޭގެ އިގްތިޞާދު ބިނާވެފައިވާ ކުންފުނިތަކުން އަދި ފެންނަނީ ހަމައެކަނި މުއައްޒަފުންގެ ހައްގާއި ގުޅޭޮގތުން ހުރިމައްސަލަތައް ހައްލުކުރަމުން އަންނަތަނެވެ. ޓޫރިޒަމްދާއިރާގައި

މަސައްކަތްކުރަމުން ދިޔަ ބަސްނުވިކޭ މުއައްޒަފުންތަކެއް، ވޭތުވެދިޔަ 5 އަހަރު ތެރޭގައި

އެމީހުންގެ މައްސަލަ ތަކާއެކު މެނޭޖްމަންޓާއި ކުރިމަތިލާން

ނުކުންނަތަން ފެނިގެން ޮގސްފައިވެއެވެ. މިޮގތަށް ނުކުންނަނީ

ހައްގެއްނުލިބިގެން ޯހދުމުގެ ބޭނުމުގައެވެ. ސާވިސްޖާޖް ނުވަތަ ޗުއްޓީގެ ޮކންމެވެސް ޝިއާރެއް ފާޅުކުރުމަށެވެ. މިދެންނެވުނު

»ހައްގު«ގެ މަރުހަލާ ޤާނޫނާއި ޤަވާއިދުގެ ތެރޭން ތަންފީޒުވެ ހަމަޖެހުމުން ދެން މެނެޖްމަންޓުން ކުރިމަތިލާނީ މުއައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ މާހައުލެއް ގާއިމުކުރުމަަށްކަމަށް އުންމީދުކުރެވެއެވެ. މޭނޭޖްމަންޓާއި މުއައްޒަފުނާއި ޮއންނަ ދެބަސްވުން މަދު ކުރެވުމުން ޯއގަނައިޒޭޝަންގެ ލާބައަށްމަސަކަތްކުރުމަށްް ހުރިހާ ހަކަތައެއް ބޭނުންކުރުމަށް ދެފަރާތުން ވިސްނައި އެކަން ކުރާނެކަމަށް ލަފާކުރެވެއެވެ.

މިރާއްޖޭގެެ ވިޔަފާރިމާހަލުގައި ވެސް ޮކންމެވެސް މިންގަޑެއްގައި ޑިޮމކްރެޓިކް އުސޫލުން ކުންފުނިތަކެއް ހިންގައި ވަނީ ނަތީޖާނެރެފައެވެ.

މިފަދަޮގތަކަށް ހިންގާފައިވަނީ ސަރުކާރާއި ސަރުކާރު ހިއްސާވާ ޕަބްލިކްކުންފުނިތަކެވެ. މިކުންފުނިތަކުންވަނީ މުއައްޒަފުންގެ ހިޔާލާއި އެއްޮގތަށް

އާވިޔަފާރިތެރެެއަށްވަދެ، ހަރަދުކުޑަކުރެވޭޮގތްތަށް ޯހދައި، ނަތީޖާ ނެރެފައެވެ. ސަރުކާރުކުންފުނިތަކަކަށް މިފަދަޮގތަކަށް ކަންކުރެވުނީމައި ހައިރާންވުން

އެކަށީގެންވެއެވެ. މިފަދަކުންފުނީތަކުގެ އެންމެމަތީ ވަޒީފާ، އާދެ! މެނޭޖިން ޑިރެކްޓަރަކީ ސިޔާސީ ވަޒީފާއެކެވެ. އެހެންކަމުން މި ވަޒީފާގިނައިން ލިބެނީ

ކުންފުނީގެ ސަގާފަތް އަދި ކުންފުނީގެ ވިޔަފާރި ދަންނަމީހަކަށް ނޫނެވެ. ހާލަތު ދިމާވާޮގތުން އެމްޑީ އަމަލުކުރަންޖެހެނީ ވަރަށް ޑިޮމކްރެޓިކް އުސޫލަކުންނެވެ. އަލަށް ހަވާލުވާ އެމްޑީ ގިނަފަހަރު ޖެހެނީ މުއައްޒަފުންގެ އެހީތެރިކަންޯހދާށެވެ. ހިޔާލު ފާޅުކުރުމަށް ކުރިން ބަނދުވެފައި ހުރި ޮދރުތައް ހުޅުވި މުއައްޒަފުންގެ

ހިޔާލާއި އެއްޮގތަށް ވިޔަފާރި ބައްޓަންކުރުމަށް ފުރުސަތުލިބެއެވެެ. އޭގެ ހެޮޔބަދަލު ފެންނަނީ ކުންފުނީގެ ފައިދާއިން ނުވަތަ ވަމުން ދިޔަގެއްލުން ކުޑަކުރެވިގެންނެވެ. ކުންފުނީގެ ވިޔަފާރީގެ ދާއިރާގައި މުއައްޒަފުން ބައިވެރިވުން ޮއތްކަމުގައިވިޔަސް ކުންފުނީގެ އިދާރީ ހިންގުމުގައި ޑިޮމކްރެޓިކް އުސޫލުތަކުގެ މައްޗަށް ބިނާޮކށް

މުއައްޒަފުންގެ ބައިވެރިވުމާ އެކީ ކުންފުނިތައްް ހިންގާފައި ހުރިތަނެއް ފެންނާކަށްނެތެވެ.

އަޅުގަނޑުމެންގެ މިކުޑަ އިގްތިސާދުގައި، ހަރަކާތްތެރިވާ ޕްރައިވެޓް ކުންފުނިތަކަށް ބަލާލައިރު ހިންގުމުގެ މިންގަނޑުތަކާއި، ފާޑުވެރިކަމާއި އުސޫލްތަކުގެ މަތިން ހިންގާ ކުންފުނިތައްމަދެވެ. އެކަމުގެ ސަބަބުން

ފައިދާވާނެކަން ޤަބޫލުކުރާ ވިޔަފާރިވެރިން ނެތްތަނުގައި ވިޔަފާރި ކިޔަވައިގެން މިދާއިރާގައި ހަރަކާތްތެރިވާ މުއައްޒަފުންވެސް އެކަށީގެންވާ ވަރަށްވުރެ މަދެވެ. ހިންގުމުގެ އައު އުސޫލުތައް ތައާރަފް ނުކުރެވެނީ ތައުލީމީ ގާބިލް މީހުން

ލިބުން ދަތިކަމުން ކަމަށްވުންވެސް އެކަށީގެންވެއެވެ. ކަންމިހެން ހުރިކަމުގައިވިޔަސް ވާދަވެރިކަން ޮބޑުވެ ވިޔަފާރި ކުރާ ޮގތްްބަދަލުވެފައިވާ މިޒަމާނުގައި، ކުރިންކުރަމުން

އައިޮގތްތައް ބަދަލުކުރަން އެބަ ޖެހެއެވެ. އަޅުގަޑުމެން ތާޒާވިސްނުންތައް ވިޔަފާރިތެރެއަށް ތައާރަފްކުރަން އެބަ ޖެހެއެވެ.

30

މިންނު

ހަމުގެ ފަރުާވ....30 އަހަރާ 40 އަހަރާ ދެމެދުގެ މީހުނަށް

މި އުމުރު ފުރައިގައި ހަމުގެ ކުލަ ބަދަލުވާކަން ފާހަގަ ވާން ފަށައެވެ. މީ ހަމުގެ މަތީ ފަށަލަ )އެޕިޑަރމިސް( ހިކޭތީ އާއި ޯބވާތީ ދިމާވާ މައްސަލައެކެވެ. އެންމެ

މުހިއްމު ކަމަކަށް މި އުމުރުގައި ވިސްނަން ޖެހެނީ ޯލކައިރީގައި ރޫޖެހުމުގެ އިތުރުން ހަން ޑްރައި ވުމުގެ މައްސަލައަށެވެ.

• ރޫޖެހުން

ރީތި ވާން ބޭނުންކުރާ ސާމާނު )ފޭސް ޮވޝް، ޯޓނަރ ޮމއިސްޗަރައިޒަރ ގެ އިތުރުން މޭކަޕާއި ބޭނުން ކުރާ ޯލޝަން އަދި ޮބޑީ ޮވޝް( އަކީ »އެންޓި-އޭޖިން« މާއްދާ ހިމެނޭ އެއްޗެއްސަށް ބަދަލު ކުރުން ރަނގަޅު ވާނެ އެވެ. ވިޓަމިން ސީ ހިމެނޭ

ސީރަމް އެއް ނުވަތަ ޮމއިސްޗަރައިޒަރެއް ވެސް ބޭނުން ކުރާށެވެ. ވިޓަމިން ސީ އަކީ އެންޓި ޮއކްސިޑެންޓެއްގެ އިތުރުން ހަންގަޑު ހަލާކުވުމުން ދިފާއު ޮކށްދޭ އެއްޗެކެވެ.

ޯލ ކައިރީ ގައި ރޫޖެހެން ފެށުމުން ވެސް ވިޓަމިން ސީ ބޭނުން ކުރާށެވެ. މި ރޫޖެހުމަށް »ކްޯރސް ފީޓް« ކިޔައެވެ. އަދި ސަން ޕްޮރޓެކްޝަނެއް ވެސް ޯލ

ކައިރީ ބޭނުން ކުރުމުގެ އިތުރުން އަވިން ޮބޑަށް ޯލ ރައްކާ ކުރުމަށް އަވި އައިނު އަޅައިގެން އައްވަށް ނުކުންނާށެވެ.

• އޭޖް ސްޮޕޓް

އުމުރުން ދުވަސް ވާ ވަރަކަށް އޭޖް ސްޮޕޓް )ހަމުގައި ދުވަސް ވުމުން ޖަހާ ލަށް( އިތުރުވެގެން ދެއެވެ. މިކަމަށް ފަރުވާތެރި ވުމުގެ ޮގތުން ސަން ޕްޮރޓެކްޝަނެއް

ގަވައިދުން ބޭނުންކުރަން ވާނެއެވެ. ޮމއިސްޗަރައިޒަރ ގައި »ގްލޫޯކސަމައިން« މާއްދާ ހިމެނޭޯތ ބަލާށެވެ. މި މާއްދާ ގެ ސަބަބުން ބްރައުން މެލަނިން އުފެދުން މަދުޮކށްދެ

އެވެ. އޭޖް ސްޮޕޓް އުފެދެނީ މި މެލަނިން ގެ ސަބަބުން ނެވެ. މީގެ އިތުރުން ފަހުގެ ދިރާސާތަކުން ދައްކާ ޮގތުގައި »ގްލޫޯކސަމައިން« މާއްދާ ގެ ސަބަބުން ހަމުގެ ކުލަ އެއްވަރުވެ ރީތިވެ ހައިޕަރ ޕިގްމަންޓޭޝަން އިން ވެސް ހަން ސަލާމަތް ޮކށްދެ އެވެ.

31

• ޮމއިސްޗަރައިޒް ކުރުމާއި ފްރީ ރެޑިކަލްސް އަށް ފަރުވާތެރިވުން

ދުވަސްވާ ވަރަކަށް ހަންގަނޑު ޮބޑަށް ޑްރައިވާން ދިމާވެއެވެ. އެހެން ކަމުން މިކަމަށް ފަރުވާ އަކަށް ދުވާލަކު މަދުވެގެން 10 ތަށި ފެން ޯބން އާދަކުރާށެވެ.

ގިނައިން ތަރުކާރީ އާއި މޭވާ ވެސް ކާން ވާނެއެވެ. އެންޓިޮއކްސިޑެންޓް މާއްދާ ހިމެނޭ ޮމއިސްޗަރައިޒަރެއް ދުވާލާއި ރޭގަނޑު ހާކަން ވެސް

އާދަކުރާށެވެ. އޭރުން ހަން ޮމއިސްޗަރައިޒް ޮކށްދީ އަދި ފްރީ ރެޑިކަލްސް އިން ސަލާމަތް ޮކށްދޭނެއެވެ. )ފްރީ ރެޑިކަލްސް އަކީ

ހަމުގެ ޓިޝޫހަލާކު ވުމާއި، ދުވަސް ވުމަށް ކިޔާ ޓެކްނިކަލް ނަމެކެވެ.(

• ބޭނުން ކުރެވިދާނެ ފޭޝަލް މާސްކެއް

ބޭނުންވާ ތަކެތި:1 ބިހުގެ ޮލނދި

1 ސައިސަމުސާ މާމުއި1 ސައިސަމުސާ ޯޔގަޓް1 ސައިސަމުސާ ހަކުރު

ހަދާނެ ޮގތް:މިކްސްޗަރަކަށް ހުރިހާ އެއްޗެހި އަޅައި ރަނގަޅަށް ބްލެންޑް ޮކށްލައްވާށެވެ. ހެދުނު މާސްކް މޫނުގައި ހޭކުމަށް ފަހު 25 މިނިޓް ބަހައްޓާށެވެ. ތާފަނާ ފެނުން މޫނު ފުރަތަމަ ޮދވުމަށް

ފަހު ފިނި ފެނުން ޮދވެލާށެވެ. މި މާސްކަކީ 30 އަހަރާއި 40 އަހަރުގެ

އުމުރު ފުރާގައި ހަމަށް ދިމާވާ އެކި އެކި ހަމުގެ މައްސަލަތަކަށް ވަރަށް ޮބޑު ފަރުވާއެކެވެ. ހަފްތާއަކު އެއްފަހަރު މި މާސްކް ބޭނުން ކުރަން އާދަކުރާށެވެ. ފުރަތަމަ ބޭނުން

ކުރުމުން ވެސް މި މާސްކް އިން ހަމަށް އަންނަ ބަދަލު ފާހަގަ

ވެގެން ދެއެވެ.

32

)ކުރީގެ އަދަދާ ގުޅޭ(

އިހުސާނު ފެނުމުން ރަޝާޤާއަށް އުޅެވުނު ނޫޅެވުނު ޮގތެއްވެސް ނޭނގުނެވެ. އަވަސް އަވަހަށް ޮގސް އެއް ހަރުގަނޑު ދޫޮކށް އަނެއް ހަރުގަނޑުގެ ނިވަލަށް ވަދެއްޖެ އެވެ. އޭރު އޭނާގެ މޭ ހީވަނީ އެތެރެހަށީގައި ޮއވެގެން ކުދިކުދިވާން

އުޅޭހެންނެވެ. ފިހާރައިގައި މީހުން މަދެއް ނޫނެވެ. އެހެންނަމަވެސް އިހުސާނަކީ ލަދެއް ހަޔާޔެއް ހުރި މީހެއް ނޫންކަން މިހާރު ރަޝާޤާއަށް ގަބޫލު ކުރެވެ އެވެ.

ކިތަންމެ ބަޔަކު ތިއްބަސް އޭނާއަށް ފެނިއްޖެއްޔާ ދިމާޮކށްފާނެ އެވެ. ޮކންމެ ފަދަ ޮގތެއްވެސް ހަދައިފާނެ އެވެ.

ހަރުގަނޑުގެ ނިވަލުގައި ރަޝާޤާ ހުއްޓެވެ. ސިތާރާ އައީ ޯފއްޮކޅެއް ގަންނާށެވެ. ޯފއްޮކޅު ލިބުމުން ފިހާރައިން ނިކުނަން އެނބުރެލި އިރު ރަޝާޤާ ފެންނާކަށް

ނެތެވެ. "ދަރިފުޅާ!" ފިހާރައިގެ އެތެރެއަށް ނަޒަރު ހިންގައިލަމުން ސިތާރާ ޮގވައިލި

އެވެ. ރަޝާޤާގެ ކަންފަތުގައި މަންމަގެ އަޑު ޖެހުނެވެ. ހަމަ އެ އަޑު އިހުސާންގެ ކަންފަތަށް ވެސް ޯފރައިފި އެވެ. އިހުސާނު އިސް އުފުލައިލި އެވެ. ފެނުނީ ސިތާރާ އެވެ. އަތުގައި ޮއތް ތޫނު ދިގު ފިޮޔހި ބާއްވާފައި ހިނގައިގަތެވެ. އަނެއްޮކޅުން މަންމަ ޮގވައިލި އަޑަށް ރަޝާޤާވެސް އެތަނުން ނިކުމެގެން

މަންމަގާތަށް އައުމަށް ހިނގައިގަތެވެ. އޭރުވެސް އޭނާގެ ހިތް ބާރު ބާރަށް ތެޅެމުންދެ އެވެ. ހާސްވިލެއް ޮބޑުކަމުން ކުޑަކުޑަ ވަގުތުޮކޅެއްގެ ތެރޭގައި ދާހިއްލާ

ޯފވެއްޖެ އެވެ.ރަޝާޤާއާއި އިހުސާނަށް ފިހާރައިގެ ދެފަރާތުން އައިސް ކައުންޓަރާ ދިމާއަށް

ނިކުމެވުނީ އެކު އެކީގައި ކަހަލަ ޮގތަކަށެވެ. އިހުސާނަށް ރަޝާޤާ ފެނިއްޖެ އެވެ. ރަޝާޤާއަށް ވީޮގތްވެސް ނޭނގުނެވެ. އަވަސް އަވަހަށް ފިހާރައިން ނިކުތުމަށް

ހިނގައިގަތެވެ. އިހުސާނާ ދިމާއަކަށް އޭނާ ނުބަލަ އެވެ. ފިހާރައިން ނިކުމެގެން ދެމައިންނަށް ދެވުނީ ތަންޮކޅަކަށެވެ. ފަހަތުން

އައިސް މީހަކު އަރާ ހަމަޮކށްފި އެވެ. ރަޝާޤާއާއި ސިތާރާއަށް ބަލައިލެވުނީ އެކުއެކީގައި ކަހަލަ ޮގތަކަށެވެ. އެއީ އިހުސާނެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު މިއަދު އިއްޔެއާ މުޅިން ތަފާތެވެ. ދެޮލލުގައި ވަނީ ވީރާނާކަމެވެ. ކަރުނައިގެ

ތެތްކަމެވެ. ބަދުނަޞީބު ދުވަސްތަކަކާއެކު އުޅެމުންދާ ދީވާނާއެއްގެ ނިމެތިކަމެވެ.

މުހައްމަދު ާގސިމް، އއ. މަތިވެރިވަކި ނުވިނަމަ

އެހެންނަމަވެސް އެ އަސަރަކުން ރަޝާގެ ހިތުގައި ހަމްދަރުދީގެ ހުޅުޮކޅު ދިއްލޭޮގތެއް ނުވި އެވެ. އޭގެ ބަދަލުގައި ގަތީ ބިރެވެ. އެތެރެހައްޓާއެކު ގުޑުވައިލި

އެވެ. ހީވީ ހަށިގަނޑުގައި ހިނގަ ހިނގާ ހުރި ލެއަށް ވެސް ހުއްޓުން އެރި ހެންނެވެ.

"ރަޝާ! މަޑުޮކށްބަލަ!" އިހުސާންގެ އަޑުގައި ހުރީ ވޭނީ ރިހުމެކެވެ."ކަލެއަކަށް ނުޖެހޭނެ ރަޝާޤާއަށް އަމުރުކުރާކަށް" ޖަވާބުދިނީ ސިތާރާ އެވެ.

ރުޅިވެރިކަމާއެކުގަ އެވެ."އަހަންނަކަށް އަދި ކަލެއަކާ ވާހަކައެއް ނުދެއްކޭ ޯދ!" އިހުސާނު ވަގުތުން

ސިތާރާއަށް ޖަވާބު ދިނެވެ. އޭނާގެ އަސްލު ސިފަ ދައްކާލަމުންނެވެ. "ރަޝާ! ޕްލީޒް! މަޑުޮކށްބަލަ!" އަނެއްކާވެސް އިހުސާންގެ މޫނުމަތި، ހިތާމައާއި

މާޔޫސްކަމުގެ ދަވާދުން ފަވާލައިފި އެވެ. "އަހަންނަށް ތިހެން ނުހަދާ! ރަޝާދެކެ އަހަރެން މިވާ ޯލބީގައި ޮކޅުފައިން ނުޖަހާ! އާދޭސްޮކށްފަ މިބުނީ!" އިހުސާން

އައީ އެމީހުންނާ އެއްވަރަށް ހިނގަމުން އައެވެ."ރަޝާޤާއަކީ މިހާރު މީހެއްގެ އަންބެއް!" ސިތާރާއަށް ނުހުރެވިގެން އަނެއްކައިވެސް

ބުނެފި އެވެ. "ތިއަޑު އަހަރެންގެ ކަންފަތަށް ނީއްވަފާނަންތަ؟ އަހަރެންގެ މޫނުމަތިން އުފުލޭ

ދާތިކިތައް ފެބޭތަ؟" އިހުސާންގެ އަޑު ބާރުވި އެވެ. މޫނު ރަތްވެގެން ދިޔަ އެވެ. ތުރުތުރު އަޅައިގަތެވެ. ރަޝާޤާގެ ހިތުގެ ތެޅުން ބާރުވާންފެށި އެވެ.

"އަހަރެމެންގެ ފަހަތުން ނައިސް ތި ދާތަނަކަށް ޮގސްބަލަ!" ސިތާރާއަށް ވަރަށް ޮބޑަށް އުނދަގޫވެއްޖެ އެވެ.

"އަހަރެން ބޭނުން ރަޝާއާ ވާހަކައެއް ދައްކަން. ރަޝާ! ރަޝާ އަހަރެން ދެކެ ޯލތްބެއް ނުވޭތަ؟ އަހަރެން މިވަރަށް އާދޭސްކުރާއިރު ހިތަކަށް އެއްޗެއް ނާރާތަ؟

އަހަންނާ ވާހަކަ ދައްކަބަލަ!"އިހުސާން ވާހަކަ ދައްކަދައްކާ ހުއްޓާ އެ ދެމައިން ޮގސް ޯގތި ތެރެއަށް ވަދެއްޖެ

އެވެ. އެހިސާބުން އިހުސާން މަޑުޮކށްފި އެވެ. ނަޞީބަކުން ޯގތި ތެރެއަކަށް ނުވަނެވެ.

"ކިހާ ޮބޑުކަމެއް ދެން" ގެއަށް ވަންޮގތަށް ސިތާރާ ޮގނޑިއަށް ވެއްޓިގަތެވެ. އޭނާ ހުރީ ރުޅި އައިސް ރަތްވެފަ އެވެ. ރަޝާޤާ ޮގސް ވަނީ ޮކޓަރިއަށެވެ. "ލަދެއް

ހަޔާތެއްވެސް ނުހުރެއޭ." -ނުނިމޭ-

34

ތިރީގައި މިވަނީ މި ލަވައިގެ ލިރިކްސް

)ޯޔ ޯބއިސް އައިއެމް ސިންގް ޯސންގް، ސޫޕް ޯސންގް، ފްޮލޕް ޯސންގް(ވައި ދިސް ޮކލަވެރި ޮކލަވެރި ޮކލަވެރި ޑީ * 2 )ރިދަމް ކަރެކްޓް(ވައި ދިސް ޮކލަވެރި ޮކލަވެރި ޮކލަވެރި ޑީ )މެއިންޓެއިން ޕްލީޒް(

ވައި ދިސް ޮކލަވެރި ............ އަ ޑީއާނ ޑިސްޓެންސް ލާ މޫނޫ މޫނޫ، މޫނު ކަލަރޫ ވައިޓޫ

ވައިޓު ބެކްގްރައުންޑް ނައިޓޫ، ނައިޓޫ، ނައިޓު ކަލަރު ބްލެކޫވައި ދިސް ޮކލަވެރި ޮކލަވެރި ޮކލަވެރި ޑީ * 2ވައިޓް ސްކިންނު ގާލު ގާލު، ގާލު ހާޓު ބްލެކޫ، އައިސު އައިސު މީޓު މީޓު، މައި ފިއުޗަރު ޑާކުވައި ދިސް ޮކލަވެރި ޮކލަވެރި ޮކލަވެރި ޑީ * 2

މި ފަހަރު މި ސަފްހާގައި މި ހުށަހަޅާލަނީ މިހާރު އެންމެ މަޝްހޫރު އެއް ލަވައެވެ. މި ލަވަ ކިޔާފައިވަނީ މަޝްހޫރު ފިލްމީ ތަރި ރަޖްނީކާންތުގެ ދަނބިދަރި އަދި ފިލްމު އެކްޓަރު ދަނޫޝްއެވެ. ބްރެކެޓްގައި އެވަނީ ލިރިކްސްގެ ބޭރުން ކިޔާ ބައެއް ތަންތަންޮކޅެވެ. މީ ދެތިން ތަމަޅަ ލަފްޒު ލައިގެން ބްޯރކަން އިންގްލިޝްއިން

ހަދާފައި ޮއތް ލަވައެކެވެ. މި ލަވައިގެ ލިރިކްސް މި ހުށަހަޅާލަނީ ކިޔުންތެރިންގެ އެދިވަޑައިގަތުމަކަށެވެ.

)މާމާ ޯނޓްސް އެއްދުޯކ، އަޕްޑިޔެ ކައިލަ ސްނެކްސް އެއްދުޯކ(ޕާޕާ ޕަޕައި ޕާޕާ ޕަޕައި ޕާޕާ ޕަޕައި ޕަޕަޕައި، )ސޭރިޔާ ވަސީ(

)ސުޕަރ މާމާ ރެޑީ، ރެޑީ ވާން، ޓޫ، ތްރީ، ޮފރް()ވާ ވަޓް އަ ޗޭންޖް ޯއވަރ މަމާ، ޯއކޭ މަމާ ނައު ޓިޔުން ޗޭންޖު(

ކައިލަ ގްލާސް، )ޮއންލީ އިނގްލިޝް(، ހޭންޑްލަ ގްލާސްގްލާސް ލަ ސްޯކޗް، އައިސު ފުލް އާ ޓިޔަރު

ޔެމްޓި ލައިފު، ގާލު ކައްމު، ލައިފު ރިވަރްސު ގިޔަރު،ޮލއްވު ޮލއްވަރ، ޯއ މައި ޮލއްވަރ، ޔޫ ޯޝވްޑް މީ ޮބއްވަރ

ކައްވޫ، ކަވޫ، ޯހލީ ކަވޫ، އައި ޯވންޓް ޔު ހިޔާ ނަވްއާ،ޯގޑް އައިމް ޑައިން ނަވްއު، ޝީ އިޒް ހެޕީ ހަވްއު،

ދިސް އިޒް ޯސންގު ޯފރ ސޫޕް ޯބއިސު، ވީ ޯޑންޓް ހޭވް ޮޗއިސު.ވައި ދިސް ޮކލަވެރި ޮކލަވެރި ޮކލަވެރި ޑީ * 4

ވައި ދިސް ކޮލަވެރި ކޮލަވެރި ކޮލަވެރި ީޑބޮީލވުޑް

މީގައި ބޭނުންޮކށްފައިވާ ބައެއް ތަމަޅަ ލަފްޒުތަކުގެ މާނަ، ޮކލަވެރި )ހިތް ކަތިލާ ފަދަ(، ސޫޕް )ޯލބީގައި ނާކާމިޔާބު(، ކައިލަ )އަތުގައި(.