36
ރ20 :ުގަ އ2010 ުރަބްމެޓްޕެ ސ22 ،6 :ުރަބްމަ ނ ޕްރ އ ޑ ނަނދަ އ ޕްރ އ ޑ ނަނދަ އ

Sun Magazine issue 6

  • Upload
    sun

  • View
    304

  • Download
    0

Embed Size (px)

DESCRIPTION

Sun Magazine

Citation preview

Page 1: Sun Magazine issue 6

2ރ0 ގު: އަ2010ރު މްބަޕްޓެސެ 22 ،6 :ބަރުނަމް

ީޑާއރްީޕ އަނދަީނީޑާއރްީޕ އަނދަީނ

Page 2: Sun Magazine issue 6
Page 3: Sun Magazine issue 6

އެޑިޓަރުގެ ނޯޓް

"ސަން" މަޖައްލާގެ ހަ ވަނަ ޢަދަދަށް ހުރިހާ ކިޔުންތެރިންނަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ. "ސަން"ގެ ފަސް ވަނަ ޢަދަދަށް ކިޔުންތެރިން ދެއްވި ހޫނު

ތަރުހީބަށް ޝުކުރު އަދާ ކުރަމެވެ. އެހެން ޢަދަދު ތަކެކޭ އެއް ފަދައިން ފަސް ވަނަ ޢަދަދުގައި ހުރި

ލިޔުންތަކަށް ވެސް ވަރަށް މުހިންމު ޚިޔާލުތަކެއް ކިޔުންތެރިންގެ ފަރާތުން ލިބިފައިވެ އެވެ. ތިޔަ ބޭފުޅުންގެ މި މަޖައްލާ އިތުރަށް އިސްލާހު ކުރަން ރަނގަޅު، ބިނާ

ކުރުވަނިވި ވިސްނުންތަކެއް ހިއްސާ ކުރައްވާފައިވެ އެވެ. އެ ފަދަ ބިނާ ކުރުވަނިވި ފާޑުވިދާޅުވުންތަކަށް މަރުހަބާ ކިޔުމަކީ ލިބޭ އުފަލެކެވެ. ސަންގެ ކުރިމަގާއި ތަރައްޤީ ގުޅިފައި ޮއތީ ކިޔުންތެރިންގެ ޚިޔާލާއި ލަފާގެ މަތީން ގެނެވޭ ހެޮޔ ބަދަލު ތަކެއްގެ

ތެރެއިން ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. ސަން ގެ ހަ ވަނަ ޢަދަދު މި ނުކުންނަނީ ރާއްޖެ ވަރަށް ޮބޑު ބަދަލަކަށް ކުރިމަތިލާފައިވާ ދުވަސް ވަރެއްގަ އެވެ. ރާއްޖޭގެ ބައެއް ރަށްތައް އިދާރީ ޮގތުން އެއްޮކށްލުމާ މެދު އެ ރަށްތަކުގެ ރައްޔިތުންގެ މެދުގައި

ފެންނަ ނުފެންނަ ޯވޓެއް ނަގަން ތައްޔާރު ވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. މި ބަދަލަކީ ރާއްޖޭގެ

ކުރިމަގުގެ މުޅި ތަސްވީރު ބަދަލު ވެގެން ދާނެ ކަމެކެވެ. އަޮތޅު ތެރޭގެ " ޗާޓު" މުޅީން އެހެން ޮގތަކަށް ކުރެހިގެން ހިނގައިދާނެ ޯވޓަކަށް މި ޯވޓު ވެގެން

ދިޔުމުގެ ފުރުސަތު އެބަ ޮއތެވެ. އެހެން ކަމުން މި ޯވޓު ދެއްވާ އިރު އެ ބޭފުޅެއްގެ ރަށާއި ގައުމުގެ ކުރިމަގަށް ވިސްނަވައި، ޯވޓު ދެއްވުމުގައި

ގައުމީ ވިސްނުމެއް ކުރިޔަށް ނެރުއްވުމަކީ ޮކންމެހެން ބޭނުންތެރި ކަމެކެވެ. ތިޔަ ބޭފުޅުންގެ މަޖައްލާ މި ފަހަރު މި ނުކުންނަނީ އަނެއްކާ ވެސް އިތުރު ބަދަލު ތަކާ އެކުގަ އެވެ. ކިޔާލުން މުހިންމު އިތުރު ދެ ދާއިރާއެއްގެ ލިޔުން މި ފަހަރުގެ އަދަދުގައި ހިމަނާން ފަށާފައި ވާނެ އެވެ. އެއީ ޒުވާނުންނަށް އަމާޒު ޮކށްފައިވާ ޯލބީގެ

ބަޔަކާއި އައިޓީ ޮކލަމެކެވެ. މި ދެބައިގައި ހިމަނާފައިވާ ލިޔުމަކީ ވެސް ކިޔާލުން ބޭނުންތެރި އަދި މުހިންމު މަޢުލޫމާތު ތަކެއް އެކުލެވޭ ލިޔުމެކެވެ.

މި ފަހަރުގެ ޢަދަދުގެ ކަވަރު ސްޯޓރީ އަކީ "ޑީއާރްޕީ އަނދަނީ" އެވެ. "މިސްކިތް ފަރުމާ ކުރުމާ މެދު އާ ޮގތަކަށް ވިސްނުން" މި މައުޟޫއަށް އަހުމަދު މާޖިދު ލިޔުއްވާފައިވާ މަޒުމޫނަކީ ވެސް ކިޔާލުން މުހިންމު މަޒުމޫނެކެވެ. މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ޮލލުގެ ޮޑކްޓަރު ޑރ. ޢަބްދުهللا ޖުނެއިދުގެ "ޑރ. ޖުނެއިދުގެ އިރުޝާދު"

ޮކލަމާއި ތިޔަ ބޭފުޅުންގެ އެކުވެރި ބުޝްރީގެ " ކެޮޔނިރު" ޮކލަމް މި ފަހަރުގެ ޢަދަދުގައި ވެސް ހިމަނާފައި ވާނެ އެވެ. މީގެ އިތުރުން ވެސް ޝައުގުވެރި ގިނަ ލިޔުންތަކެއް

އެތެރޭގައި ހުންނާނެ އެވެ. ވިދާޅުވަމުން ގެންދަވާށެވެ!

އެޑިޓަރު: ސިނާން އަލީ

އެގްޒެކެޓިވް އެޑިޓަރުން:

މުހައްމަދު ޝަހީބުއަހުމަދު ޒާހިރު )ހިރިގާ(މުހައްމަދު އާމިރު ފަރެސް

ޑިޕިއުޓީ އެޑިޓަރު: މުންޑޫ އާދަމް ހަލީމް

އެސިސްޓެންޓް އެޑިޓަރު: އަލްއުސްތާޒު އަހުމަދު މާޖިދު

ލިޔުންތެރިން:

އަބްދުهللا އަޒްމީންމުހައްމަދު ގާސިމް

ޮކލަމިސްޓުން:ސިކުނޑީގެ ތޫފާން: ސީނާ އަހުމަދު ޒާހިރު

ކެޮޔނިރު: މުހައްމަދު ބުޝްރީފަސްމަންޒަރު: އަހުމަދު ޒާހިރު )ހިރިގާ(އަޅުގަނޑުމެންގެ މާހައުލުން: މީމުޒަވިޔަނި

ޑރ. ރާޒީގެ އިރުޝާދު: ޑރ. އަހުމަދު ރާޒީދިޔަތިކި: އަބްދުهللا ފާރޫގު ހަސަން

ސިއްކަ: ސިއްކަގޭ މުހައްމަދު ނަސީމް ދިޔަވަރު: މުހައްމަދު އާމިރު ފަރެސް

ރަންދެލި: މުންޑޫ އާދަމް ހަލީމްފަންވަތް: އިމާދު ލަތީފު

ހަވާސް: މުހައްމަދު ޝަހީބުޮކމާޯކޅި: ސިނާން އަލީ

މާކެޓިން:

ސަން އެފްއެމް މާކެޓިން ޓީމް

ކަލަސަޕެރޭޝަން އެންޑް ޕްރިންޓިން: ޮނވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑް

"ސަން" އަކީ 14 ޖުލައި 2010ން ފެށިގެން "ސަންއެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން މަހަކު ދެ ފަހަރު ނެރޭ މަޖައްލާއެކެވެ.

ސަންގެ އިދާރާ: ގ. ވިޔަވަތި، ކަށިމާ ހިނގުން / މާލެއީމެއިލް:

ވެބްސައިޓް: ޯފނު: 3312747، ފެކްސް: 3343789

[email protected]

އަދަދު: 6 22 ސެޕްޓެމްބަރު 2010

ސިނާން އަލީއެޑިޓަރު

Page 4: Sun Magazine issue 6
Page 5: Sun Magazine issue 6

5

އަށް ސަާމލުވުން ލޮލުރޯާގ

ޑރ. ޖުނައިދުގެ އިރުާޝދު

ޮލލަށް ޖެހޭބަލި ތަކުގެ ތެރެއިން އެންމެ އާންމު އެއް ބައްޔަކީ ޮލލުޯރގާއެވެ. އަޅުގަނޑުމެންގެ ރާއްޖެއިން ވެސް ދޭތެރެ ދޭތެރެއިން ޮލލުޯރގާގެ ބަލިފެނެއެވެ. ޮލލުޯރގާ ޖެހެނީ ޮލލުގެ ހުދުކަޅި އައް ވައިރަސް އެއް، ބެކްޓީރިއާ އެއް

ނުވަތަ ފަންގަސް އެއްގެ އަސަރު ޮކށް ގެންނެވެ. އާންމުޮކށް އަޅުގަނޑުމެންނަށް މިފެންނަ ބާރަށް ފެތުރޭ ޮލލުޯރގާ އަކީ އެޑެޯނ ވައިރަސް ނަމަކަށް ކިޔާ، ނޭވާ ލުމުގެ ނިޒާމުގެ ތެރެއިން ހަށިގަނޑަށް

ވަންނަ ޖަރާސީމެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. ޯރގާ ޖެހުމުން ޯލރަތްވެ، ޮލލުން ފެންއައިސް، މަޑުލައި އަދި ހުދު ކަޅި ދުޅަވާ ޮގތް ވެއެވެ. އަދި ޮލލުގެ މަތީ

ޮބނޑި އާއި ތިރީ ޮބނޑި ދުޅަވުމަކީ ވެދާނެ ކަމެކެވެ. ޯރގާ ފެށޭނީ ކުއްލި އަކަށެވެ. މިވައްތަރުގެ ޮލލުޯރގާ ޖެހޭމީހުން ހުން އައިސް ކަރުތެރޭގައި ރިއްސާ ޮގތްވެސް

ވެދާނެއެވެ. އަދި ވަރަށް ގިނަމީހުންގެ ކަންފަތް ކައިރީގައި ޮގށްލާނެއެވެ. ފުރަތަމަ ޖެހޭނީ އެއްޮލލަށެވެ. ނަމަވެސް ދެދުވަހެއްގެ ތެރޭގައި

އަނެއް ޮލލަށްވެސް ޖެހިދާނެއެވެ. ވައިރަލް ޮލލުޯރގާއަކީ އަވަހަށް ފެތުރޭ

އަދި ރަގަޅުވާން ދުވަސް ޮކޅެއްނަގާ ބައްޔެކެވެ. އަދި ފަރުވާ ލިބުނަސް ފުރަތަމަ ހަފުތާ ގައި ޯގސްވަމުން

ދާހެންހީވެދާނެއެވެ. ނަމަވެސް ގިނަމީހުން ދެތިން ހަފުތާ ތެރޭގައި އެއްޮކށް ރަގަޅު ވާނެއެވެ. ރަގަޅު ވުމުން

ޮލލުން ފެންއައުން ކުޑަވެ،ރަތްކަންކެޑި ހުދުކަޅި އަށް އެރި ދުޅަތިރިވާނެއެވެ. ޯރގާޖެހި ރަގަޅުވާ އިރު ޮލލަށް އިތުރު މަސްއަލައެއްދިމާވާ ނީ މަދުމީހަކަށެވެ. ބައެއްމީނުންގެ

ކަޅުކަޅި އަށް ފުސްއަރާޮގތްވެ، މަތީ އަދި ތިރީ ޮބޑީ ގެ ދަށުގައި ދުލިފަށެއް ލުމަކީ ދިމާވާ ކަމެކެވެ. މިހެން އަރާފުސް ޮކޅުފިލާނީ ދުވަސް ޮކޅެއްގެ ފަހުންނެވެ. ކުރީގައި ދެންނެވުނު ދުލިފަށަކީ ޮލލުގެ ޮޑކްޓަރެއްގެ އެހީގައި

ނައްޓާލަންޖެހޭ އެއްޗެކެވެ. މިހެން ނުހަދައިފިނަމަ ޯރގާގެ އަލާމާތް ދިގުލައިގެން ޮގސް އެންމެފަހުން ރަނގަޅުވާއިރު ހުދުކަޅީ ގައި ލަކުނެއްލުމަކީ ވެސް ވެދާނެކަމެކެވެ ވައިރަސް އިންޖެހޭ ޮލލުޯރގާ ޖެހިފައި ހުންނަ ދުވަސްވަރު ޯރގާ ފެތުރިގެންދިޔަ ނުދިނުމަކީ ވަކިވަކި ފަރުދުންގެ އަދި ޯރގާޖެހި ފައިވާ ކުދިންގެ

ބެލެނިވެރީންގެ ޒިންމާ އެކެވެ. މިހެން މިދެންނެވީ ޯރގާ ޖެހިފައި ހުންނައިރު ގޭގައި މަޑުޮކށްލުމާއި ސްކޫލް ކުދިން ސްކޫލަށް ނުޮފނުވުމަކީ ޯރގާ ފެތުރުނަ ނުދިނުމަށް

ކުރެވިދާނެ މުހިންމު ކަމެކެވެ. މީގެ އިތުރުން ޖަލު، ޮހސްޓެލް ފަދަ ގައިޯގޅިޮކށް މީހުން އުޅެން ޖެހޭ ތަންތަނުގައި ޯރގާޖެހިފައި ތިބޭމީހުން ޯރގާގެ އަލާމާތް ތައް ކެނޑެންދެން އެކަހެރި ޮކށްފައި ބައިތިއްބުމަކީ ބުއްދިވެރި ކަމެކެވެ. އަދި ތުވާލި ބާލީސް ފަދަ ތަކެތި ވަކިން ގެންގުޅުމާއި ޯލ ޮފހެން ރުމާލުގެ ބަދަލުގައި ޓިޝޫ

ކަރުދާސް ބޭނުން ކުރެވިދާނެއެވެ. މިފަދަ ކަރުދާސް ބިންމައްޗަށް ނުވަތަ ގޭތެރެއަށް އެއްލާ ނުލާ މަތިޖެހޭ ކަހަލަ ކުނިއަޅާ އެއްޗަކަށް އެއްލައިލަމާ ޯތއެވެ. ސްކޫލް ތަކުގެ ޓީޗަރުން ވެސް މިކަމަށް ފަރުވާތެރިވެ ޮލލުޯރގާ ޖެހި ޯލރަތްވެފައި ހުރި

ކުއްޖަކު ސްކޫލަށް އަތުވެއްޖެނަމަ އެކުއްޖެއްގެ ބެލެނިވެރިއަކާ ގުޅުއްވައިގެން ކުއްޖާ ޮޑކްޓަރެއްގެ ކައިރި އަށް ޮފނުވާދެއްވުމަކީ ޯރގާ ފެތުރިގެންދިޔަ ނުދިނުމަށް އެޅިދާނެ

ވަރަށް މުހިންމު ފިޔަވަޅެކެވެ.ބެކްޓީރިއާއޭ މިކިއާވައްތަރުގެ ޖަރާސީމެއްގެސަބަބުން ވެސް ޮލލުޯރގާ

To commentSUN (comment) and send to 2747

ޖެހިދާނެއެވެ. މިވައްތަރުގެ ޮލލުޯރގާ އަކީ އެހާފަސޭހައިން ގައިން ގަޔަށް އަރާ ޮލލުޯރގާ އެއްނޫނެވެ. ބެކްޓީރިއަލް ޮލލުޯރގާ ޖެހުމުން ނުބައިވަސްދުވާ ރީނދޫ

މަޑުލާޮގތްވެއެވެ. އަދި ވަރަށް އަވަހަށް ފަރުވާ ނުލިބިއްޖެނަމަ ކަޅު ކަޅި ފޫދިއުން ފަދަ ޮބޑުގެއްލުމެއް ލިބުމަކީ ވެސް އެކަށީގެން ވާކަމެކެވެ. މިހެންވެއްޖެނަމަ

ގިނަފަހަރަށް ޮލލުގެ ފެނުމަށް ޮބޑުބަދަލެއް އައިސްޯލ އަނދިރިވެދާނެއެވެ.ފަންގަސް ކިޔާވައްތަރުގެ ޖަރާސީމަކުން ޮލލުޯރގާ ޖެހެނީ

މަދުމީހަކަށެވެ. ނަމަވެސް ޮލލަށް ލިބޭގެއްލުން ޮބޑުކަމުން މިއީ އެންމެ ނުރައްކާތެރި ވައްތަރުގެ ޮލލުޯރގާއޭ ވެސް ދެންނެވިދާނެ އެވެ. މިފަދަ

ޮލލުޯރގާއެއް ޖެހެނީ ހަށިގަނޑުގެ ދިފާއީ ނިޒާމް ކަންފަތިވެފައިވާ މީހުން، ހަކުރުބަލި ޮކންޓުޯރލް ނުވެ ޮހސްފިޓަލްގައި ބާއްވާފައި ތިބޭމީހުން އަދި ގަސްގަހާ ގެހީގެ ޮގފިގަނޑެއް ޮލލަށް ވަދެ ހުދުކަޅި ނުވަތަ ކަޅުކަޅި މަށައިގެން ޮގސްފައިވާ

މީހުންނަށެވެ. ފަންގަސް ޮލލުޯރގާގެ އަސަރު ކަޅުކަޅިޔަށް ޮކށްފިނަމަ ރަނގަޅު ކުރުމަކީ ވަރަށް އުނދަގޫ އަދި އެހާމެ ދިގުލައިގެން ދާ ކަމެކެވެ. އެންމެ ފަހުން ރަނގަޅުވާ އިރު ޮކންމެވެސް ވަރެއްގެ ދާއިމީ ފުސްގަނޑެއް ކަޅިޔަށް އަރައި ޯލ

އަނދިރި ވުމަކީ ވެސް ވެދާނެކަމެކެވެ. މިހެން ދިމާވާ ބައެއް މީހުންނަށް އެންމެ ފަހުގެ ފަރުވާއެއްގެ ޮގތުން

ކަޅި ބަދަލުކުރަންވެސް ޖެހިދާނެއެވެ. މީގެ އިތުރުން ތުއްތު ކުދީން އުފަންވާތާ ކައިރީގައި ޖެހޭ

ޮލލުޯރގާ އަކީ ވަރަށް އަވަހަށް ފަރުވާ ލިބިގަންނަން ޖެހޭ ބައްޔެކެވެ. މިހެން މިދެންނެވީ ގިނަފަހަރަށް މިފަދަ ޮލލުޯރގާ ޖެހެނީ ވަރަށް އަވަހަށް ޯލހަލާކު ޮކށްލާ ކަހަލަ ބެކްޓީރިއާއެއްގެ ސަބަބުން ކަމަށް ވާތީ އެވެ. މިކަލަ ޮލލުޯރގާއެއް ޖެހުމުން ރީނދޫ މަޑުލައި އެސްފިޔަތައް ވަރަށް ޮބޑަށް ތަތްލަވާނެ

އެވެ. ޮކންމެ ވައްތަރެއްގެ ޮލލުޯރގާއެއް ޖެހުނު ކަމުގައި ވިޔަސް ޯލކައިރި ރަނގަޅަށް ސާފުޮކށް އެސްފިޔަތަކުން މަޑުފިލުވަން ޖެހޭނެއެވެ. ޮލލަށް ޖެހިފައިވާ

ޖަރާސީމެއް ނައްތާލުމުގައި ހަށިގަނޑުގެ ދިފާއީ ނިޒާމުން ފަށާ މަސައްކަތާއި އަޅުގަނޑުމެން ޮލލަށް އަޅާބޭހުގެ އަސަރު އޭގެފުރިހަމަ ޮގތުގައި ކުރާނީ

އޭރުންނެވެ. ޮލލުޯރގާ ޖެހުމުން އަމިއްލައަށް ބޭސްނުކުރައްވައި ޮލލުގެ ޮޑކްޓަރަކަށް ދައްކަވަމާ ހިންގަވާށެވެ. މިހެން ހައްދަވަންޖެހެނީ ޮލލަކީ ކުޑަނަމަވެސް، ނުހަނު މުހިންމު ގުނަވަނަކަށް ވެފައި ހަމަޮލލުން ބަލާއިރު ޖެހިފައިވަނީ ޮކންވައްތަރެއްގެ ޮލލުޯރގާ އެއްކަން ފާހަގަ ނުކުރެވޭނެތީއެވެ. އެކަމުގެ އަސްލު ދެނެނުގަނެ ޮލލަށް އަޅާބޭހެއްގެ ސަބަބުން ޮލލަށް ގެއްލުމެއް ލިބުމަކީވެސް އެކަށީގެންވާ ކަމަކަށް

ވާތީއެވެ.

ފަރުވާ ނުލިބިއްޖެނަމަ ކަޅު ކަޅި ފޫދިއުން ފަދަ ޮބޑުގެއްލުމެއް ލިބުމަކީ

ވެސް އެކަށީގެން ވާކަމެކެވެ. މިހެންވެއްޖެނަމަ ގިނަފަހަރަށް ޮލލުގެ ފެނުމަށް ޮބޑު ބަދަލެއް އައިސް ޯލ

އަނދިރިވެދާނެ އެވެ.

Page 6: Sun Magazine issue 6

6

ޞަލާޙުއްދީނުލް އައްޔޫބީގެ ހަޔާތްޕުޅު 6

ސަީލީބ ހަނގުާރމައިގެ އަސްާލއި ސިއްރުތައް

މުސްލިމް ސަލްޖޫޤީންނާ ދެޮކޅަށް ހަނގުރާމަކުރުމަށްޓަކައި ޔޫރަޕުގެ ލަޝްކަރެއް ޮފނުވައިދިނުން އެދިވަޑައިގެން ޯރމުގެ ޯޕޕަށް ބައިޒެންޓައިން ދައުލަތުގެ ރަސްގެފާނު އެލެކްސިއަސް ޮކމްނީނަސް

ސިޓީފުޅެއް ޮފނުއްވިކަމަށް ބުނެވޭ ބުނުމަކީ ޮދގު ދަޢުވާއެކެވެ. މި ނުކުތާއާ ބެހޭޮގތުން އިސްވެދިޔަ ބާބުގައި ވާނީ ވާހަކަދެއްކިފައެވެ. މި ހިސާބުން އަޅުގަނޑު ބަލާލާނީ ޤުދުސްއަށް ޒިޔާރަތްކުރަން ޔޫރަޕާއި ކްރިސްޓިއަން

ދުނިޔޭގެ އެހެން ސަރަހައްދުތަކުން އަންނަ ކްރިސްޓިއަނުންނަށް މުސްލިމުން އަނިޔާވެރިވިކަމަށް ކުރެވޭ ދަޢުވާއަށެވެ. ހުޅަނގުގެ މުއައްރިޚުން ބުނާޮގތުގައި

މުސްލިމުންނާ ދެޮކޅަށް ހަނގުރާމަ ފަށަން ކެތަލިކް ޯޕޕް ނިންމެވުމުގެ ދެވަނަ ސަބަބަކީ ކްރިސްޓިއަން ހައްޖާޖީންނަށް މުސްލިމުން ކުރަމުން ގެންދިޔަ އަނިޔާތަކެވެ. ނަމަވެސް ތާރީޚުގެ ސަފުހާތައް ހެކިދެނީ މި ދައުވާއަކީވެސް ބައިޒެންޓައިން ދަރުބާރުން ކެތަލިކް ޔޫރަޕުގެ އެހީއަށް

އެދުނުކަމަށް ކުރެވޭ ދައުވާފަދަ ޮދގު ދައުވާއެއް ކަމުގައެވެ.

ކްރިސްޓިއަން ޙައްޖާޖީން

ޖެރޫސަލަމް ނުވަތަ ޤުދުސް ޝަރީފާއި އެ ޝަހަރުގެ ވަށައިގެންވާ ބިންތަކަކީ ކްރިސްޓިއަނުންގެ ގާތުގައިވެސް މުޤައްދަސް ބިންތަކެވެ. ޢީސާ ޢަލައިހިއްސަލާމްގެ ދުނިޔަވީ ޙަޔާތްޕުޅު އެ ބިންތަކުގައި ވެއަތުކުރައްވާފައި

ވާތީއެވެ. ކްރިސްޓިއަނުން ޤަބޫލުކުރާޮގތުގައި ޢީސާ ޢަލައިހިއްސަލާމް ޞަލީބަށް އެރުވުމަށްފަހު، އެކަލޭގެފާނުގެ ހަށިޮކޅު ފަސްދާނުވެޑުވިފައިވަނީ

ޤުދުސްގައި ހުންނަ މުޤައްދަސް މަޤުބަރާގައެވެ. އަދި އެކަލޭގެފާނު ޞަލީބަށް އެރުވުނުތާ ތިން ދުވަސް ފަހުން އުޑަށް އުފުއްލެވުނީވެސް އެ ތަނުންނެވެ. އެހެންކަމުން މުޤައްދަސް މަޤުބަރާ ވެފައިވަނީ ކްރިސްޓިއަން ދީނުގެ އެންމެ މުޤައްދަސް ބިނާ ކަމުގައެވެ. ޢީސާ ޢަލައިހިއް ސަލާމްގެ ޙަޔާތްޕުޅަށްފަހު، ފަހުގެ ދައުރެއްގައި ޗާރޗް ޮއފް ދަ ޯހލީ ސެޕަލްކަރ

ނުވަތަ މުޤައްދަސް މަޤުބަރާގެ ފައްޅި ބިނާކުރެވުނީ މަޤުބަރާ ފައްޅީގެ ތެރެއަށް އަލްއުސްތާޛު އަޙުމަދު މާޖިދުވާ ޮގތަށެވެ. މުސްލިމުން ކަޢްބަތުهللا ގެފުޅަށް ޯލބިޮކށް އިޙުތިރާމުކުރާ ފަދައިން ކްރިސްޓިއަނުން އެ ފައްޅިއަށް ޯލބިޮކށް އިޙުތިރާމުކުރެއެވެ. ޤުދުސްއާއި ޤުދުސްގެ ވަށައިގެން ޮއންނަ ސަރަޙައްދުތަކަށް ޙައްޖާޖީންގެ ޮގތުގައި ޒިޔާރަތްކުރުމަކީ ވަރަށް

ކުރީއްސުރެ ކްރިސްޓިއަނުންގެ ތެރޭގައި ޮއތް އާދައެކެވެ. ވަކިން ޚާއްސަޮކށް މުޤައްދަސް މަޤުބަރާގެ ފައްޅިއަށް ޒިޔާރަތްކުރުމަށްޓަކައި ޮކންމެ އަހަރަކުވެސް އެތައް ހާސް ކްރިސްޓިއަނުން އެތައް ހިސާބެއްގެ ދުރުން ދަތުރުކުރެއެވެ. މިކަމާ ބެހޭޮގތުން )The Oxford History of Islam( 'ްދި ޮއކްސްޯފރޑް ހިސްޓްރީ ޮއފް އިސްލާމ'

ގައި ޖޭން އެލް. ސްމިތު ލިޔުއްވާފައި ވެއެވެ. "މީލާދީން ހަތަރުވަނަ ޤަރުނުގައި ޯރމަން ޝަހެންޝާހިއްޔާގައި

ކްރިސްޓިއަން ދީން ފެތުރިގެން ދިޔުމަށްފަހު، އިރުމައްޗަށް ޙައްޖުވުމަށް އައުމުގެ އާދަ ޔޫރަޕުގެ ކްރިސްޓިއަނުންގެ މެދުގައި ފެތުރިގެން ދިޔައެވެ. ކުރެވޭ ފާފަތަކުގެ ކައްފާރާ އަދާކުރުމުގެޮގތުން ޖެރޫސަލަމަށް އައިސް މުޤައްދަސް މަޤުބަރާއަށް ޙައްޖުވުމަކީ ވަރަށް މުހިއްމުކަމެއްކަމަށް ޔޫރަޕުގެ ފައްޅިތަކުން ޢާއްމުންނަށް ވިސްނައިދިނެވެ. ޤުދުސްގައި

ކްރިސްޓިއަން ޙައްޖާޖީންނަށްޓަކައި މުސާފިރުޚާނާއެއް އެޅުމާ ބެހޭޮގތުން ޚަލީފާ ހާރޫނު އައްރަޝީދާއި، ޔޫރަޕުގެ ކެތަލިކުންގެ ޝަހެންޝާހު ޝާރްލްމޭނާ ދެބޭފުޅުންގެ ދެމެދު ވެވުނު އެއްބަސްވުމަކީ އެއިރުވެސް ޔޫރަޕުން ފަލަސްޠީނަށް ގިނަ ޢަދަދެއްގެ ޙައްޖާޖީން ޒިޔާރަތްކުރާކަމުގެ ހެއްކެކެވެ. ހާރޫނު އައްރަޝީދުގެ ޒަމާނަށްފަހު ދެން އައި ޤަރުނުތަކުގައި ކްރިސްޓިއަން ޙައްޖާޖީންގެ ޢަދަދުއައީ އިތުރުވަމުންނެވެ. ގިނަ

މީހުންނަކީ ދީނަށްޓަކައި، ޤުދުސްގައި ހުންނަ މުޤައްދަސް ތަންތަނަށާއި ވަށައިގެންހުރި ސަރަޙައްދުތަކަށް ޒިޔާރަތްޮކށްލުމުގެ މަޤުޞަދުގައި އަންނަ މީހުންނެވެ. އެބައިމީހުން ޤަބޫލުކުރާ ޮގތުގައި އެއީ ދީނީޮގތުން ހެޮޔކަން ޮބޑުވެގެންވާ ޢަމަލެކެވެ. ވަރަށް ގިނަ ފަހަރު ޮބޑެތި ޮބޑެތި މާތް މީހުން އެބައިމީހުންނަށް ތަބާވާ އެތައް ބަޔަކު ޮގވައިގެން ޖަމާޢަތް ޖަމާޢަތުގައިވެސް އާދެއެވެ. އެއީ ޖަމާޢަތް ހަދައިގެން އައުމުން ސަލާމަތާމެދު

އިތުބާރު ޮބޑުވާތީއެވެ. ... ބައެއް ފަހަރު ޙައްޖާޖީން ޔޫރަޕުން ފަލަސްޠީނަށް އަންނަނީ ކަނޑުމަގުންނެވެ، ނަމަވެސް ގިނަ މީހުންގެ ރާސްތާއަކީ އިރުމަތީ ޔޫރަޕާއި، ބައިޒެންޓައިން ދައުލަތުގެ ސަރަޙައްދުތަކާއި، އެނަޯޓލިޔާއާއި، ޝާމްކަރައިގެ ހުޅަނގު

ސަރަޙައްދުތައް ހުރަސްޮކށް ދަތުރުކުރެވެން ޮއންނަ އެއްގަމު މަގުތަކެވެ."

Page 7: Sun Magazine issue 6

7

ތާރީޚުގެ ތެރެއަށް އަވަސް ކަޅިއެއް

ކްރިސްޓިއަން ޙައްޖާޖީންނަށް މުސްލިމުން އަނިޔާވެރިވިކަމަށް ކުރެވޭ ދަޢުވާއަށް ދެން ބަލާލަމާ ހިންގަވާށެވެ! މި ދަޢުވާގެ

ޮދގުކަން ސާބިތުވަނީ ޤުދުސްގެ ތާރީޚަށް ނަޒަރު ހިންގައިލުމުންނެވެ. ކްރިސްޓިއަނުންނާއި މުސްލިމުން ޤުދުސްގައި ވެރިކަންކުރި ދެ

ދައުރުގައި އެ ޝަހަރާއި ޝަހަރުގެ އަހުލުވެރީންނާމެދު ދެބައިމީހުން މުޢާމަލާތުޮކށްފައިވާ ޮގތް ބަލައިލުމުންނެވެ. ޤުދުސްއަކީ ޞަލީބީ

ހަނގުރާމައިގެ ވާހަކައިގެ އެންމެ މުހިއްމު މަރުކަޒޭ ދެންނެވިއަސް ޮދގަކަށް ނުވާނެއެވެ. އެހެންކަމުން މި މަޤާމުގައި ޤުދުސްގެ ތާރީޚު ކުރުޮގތަކަށް ބަޔާންޮކށްލުމަކީ މުނާސިބު ކަމެއް ކަމަށް އަޅުގަނޑު

ދެކެމެވެ.މުސްލިމުން އަލްޤުދުސް ނުވަތަ ބައިތުލްމަޤްދިސް އެވެ

ކިޔާ ޝަހަރު ބިނާކުރީ ޢީސާ ޢަލައިހިއްސަލާމްގެ ހަތަރުހާސް އަހަރު ކުރީން، ފަލަސްޠީނުގެ އަޞްލު ވަޒަންވެރީން ކަމުގައިވާ

ކަންޢާނީންނެވެ. އެމީހުން އެ ޝަހަރަށް ދިން ނަމަކީ 'އުޯރސަލެމް'، ނުވަތަ 'ޔޫރްޝަލީމް' އެވެ. ޢިބްރީންނާއި ބަނީ އިސްރާއީލުން އޫރްޝަލީމަށް އައީ މޫސާ ޢަލައިހިއްސަލާމްގެ ދުވަސްވަރަށް

ފަހުގައެވެ. އެއީ ކަންޢާނީން އެ ޝަހަރު ބިނާޮކށްގެން އެ ޝަހަރުގައި އުޅޭތާ ތިން ހާސް އަހަރު ފާއިތުވެގެން ދިޔަ ފަހުންނެވެ. ބަނީ

އިސްރާއީލުން އެ ޝަހަރު ފަތަޙަޮކށްގެން އެބައިމީހުންގެ ފުރަތަމަ މުލޫކިއްޔާ އެ ޝަހަރުގައި ޤާއިމުކުރިއެވެ. ނަމަވެސް އެ މުލޫކިއްޔާ ދެމިޮއތީ އެންމެ 415 އަހަރުގެ މުއްދަތަށެވެ. އެއަށްފަހު ބާބިލީން

އޫރްޝަލީމް ފަތަޙަޮކށް، އެ ޝަހަރުންނާއި މުޅި އެ ސަރަޙައްދުން ބަނީ އިސްރާއީލުުން ބޭރުކުރިއެވެ. އެއީ ޢީސާ ޢަލައިހިއްސަލާމްގެ 580 އަހަރު ކުރީންނެވެ. އޭގެ ފަހުން، ޢީސާ ޢަލައިހިއްސަލާމްގެ 516

އަހަރު ކުރީން ފާރިސީން އޫރްޝަލީމް ފަތަޙަކުރުމަށްފަހު ޔަހޫދީން އަނބުރާ އެ ޝަހަރަށް އައުމުގެ ފުރުސަތު ދިނެވެ. ނަމަވެސް ޔަހޫދީން ޝަހަރުގައި އުޅެމުން

ގެންދިޔައީ ފާރިސީ އަމްބަރާތޫރިއްޔާގެ ރައްޔިތުންގެ ޮގތުގައެވެ. ޝަހަރުގެ ވެރީންގެ ޮގތުގައެއް ނޫނެވެ. ޝަހަރުގެ ވެރިކަން ދެން ފިރުކައިގަތީ އެލެގްޒެންޑަރ ދަ

ގްރޭޓްގެ ވެރިކަމުގެ ދަށުގައި ޔޫނާނީންނެވެ. އެއީ ޢީސާ ޢަލައިހިއްސަލާމްގެ 312 އަހަރު ކުރީންނެވެ. ޔޫނާނީންގެ ބާރުގެ ދަށުގައި ޢީސާ ޢަލައިހިއްސަލާމްގެ 164 އަހަރު ކުރިއާ ޖެހެންދެން އޫރްޝަލީމް ޮއތެވެ. އެއަށްފަހު އަނެއްކާވެސް ޔަހޫދީން ބަޣާވާތެއް ޮކށް، ޝަހަރުގެ ވެރިކަން އަތުލިއެވެ. ޤަރުނެއްހައި ދުވަހު އެމީހުން

ޝަހަރުގައި ބާރު ހިންގިއެވެ. އެއަށްފަހު އޫރްޝަލީމް ހިފީ މަޝްހޫރު ޯރމަނުންނެވެ. އެއީ ޢީސާ ޢަލައިހިއްސަލާމް ދުނިޔެއަށް ވަޑައިގަތުމުގެ 63 އަހަރު ކުރީންނެވެ.

ޯރމަނުންގެ ވެރިކަމުގައި ޔަހޫދީން ތިބެން ޖެހުނީ އަޅުންނާ އެއް ދަރަޖައެއްގައެވެ. ޢީސާ ޢަލައިހިއްސަލާމް ދުނިޔެއަށް ވަޑައިގެން، އެކަލޭގެފާނުގެ ނަބީކަމުގެ ދައުރު ވެއަތުވެގެން ދިޔައީވެސް އޫރްޝަލީމުގެ ވެރިކަން ޯރމަނުންގެ

އަތްމަތީގައި ޮއވެއެވެ. ޢީސާ ޢަލައިހިއްސަލާމްގެ ދުވަސްވަރުވެސް ޔަހޫދީން ދޭތެރެދޭތެރެއިން ޯރމަނުންގެ

ވެރިކަމާ ދެޮކޅަށް ބަޣާވާތްތެރި ޙަރަކާތްތައް ހިންގަމުން ގެންދިޔައެވެ. ޢީސާ ޢަލައިހިއްސަލާމަށް ތަބަޢަވީ މުސްލިމުންވެސް ވެގެންދިޔައީ ޯރމަނުންގެ ދުޝްމަނުން

ކަމުގައެވެ. ނަމަވެސް އެއީ މަދު ޢަދަދެއްގެ ބަޔަކަށް ވާތީ، ޯރމަނުންނާ ދެޮކޅު ޙަރަކާތްތަކުގެ މުގުލުގައި ތިބީ ޝަހަރުގައި ބައިގިނަ ޔަހޫދީންނެވެ. މި ޙަރަކާތްތަކުގެ ނަތީޖާއަކީ ދެ ފަހަރެއްގެ މަތީން ޯރމަނުން އޫރްޝަލީމް ތަޅައި ސުންނާފަތި ކުރުމެވެ. ޚާއްސަޮކށް ޝަހަރުގެ ޔަހޫދީ އާބާދީތަކާއި ޔަހޫދީންގެ މުޤައްދަސް ބިނާތައް ނެއްތައިލުމުގެ މަސައްކަތްތަކެއް ކުރުމެވެ. މި ދެންނެވި ދެ ފަހަރުގެ ތެރެއިން ފުރަތަމަ ފަހަރު އައީ ޢީސާ ޢަލައިހިއްސަލާމްގެ 70

އަހަރު ފަހުން، ޯރމަން ޖެނެރަލް ޓައިޓަސްގެ ވެރިކަމުގައެވެ. އޭނާ ޯރމަނުންގެ ލަޝްކަރަކާއިގެން ވަޑައިގެން އޫރްޝަލީމް ޙިސާރުކުރައްވައި ޝަހަރުގެ ޮބޑުބައެއް

ހެޑްރިއަންގެ ވެރިކަމުގައި އޫރުޝަލީމުން ޔަހޫދީން ބޭރުކުރެވުނު ހާދިސާއާމެދު 15 ވަނަ ގަރުނުގެ ކުރެހުންތެރިއަކު ކުރަހާފައިވާ ތަސްވީރެއް

ހަލާކުޮކށްލެއްވިއެވެ. ޔަހޫދީ އާބާދީގެ ޮބޑުބައެއް ޤަތުލުކުރައްވައި، ޝަހަރުގައި ހުރި ޔަހޫދީންގެ ޮބޑު ފައްޅި ސުންނާފަތިޮކށްލިއެވެ. 'ޓެމްޕަލް މައުންޓް' އެވެ ކިޔޭ އުސް ބިމުގައި ހުރި އެ ފައްޅިއަކީ ދާއޫދު ޢަލައިހިއްސަލާމާއި ސުލައިމާން ޢަލައިހިއްސަލާމާއި ދެބަފައިކަލުންގެ ދައުރުގައި ކުރެވިފައިވާ

ބިނާއެކެވެ. ޝަހަރުގައި ހުރި ޔަހޫދީންގެ އެންމެ މުޤައްދަސް ބިނާއަކީ އެއެވެ. މި ޙާދިސާ ހިނގިތާ ފަންސާހަކަށް އަހަރު ފަހުން، ޢީސާ ޢަލައިހިއްސަލާމްގެ

125 ނުވަތަ 135 އަހަރު ފަހުން ޯރމަން ޝަހެންޝާހު ހެޑްރިއަންގެ ވެރިކަމުގައި ޯރމަނުންގެ ލަޝްކަރެއް އަނެއްކާވެސް އޫރްޝަލީމަށް އެރިއެވެ. އަދި ޝަހަރުގެ ޔަހޫދީންގެ އާބާދީގެ ޮބޑުބައެއް ކަތިލައި، ބާކީ ތިބި ބަޔަކު

ޝަހަރުން ބޭރުޮކށް ޯރމަނުންގެ ވެރިކަމުގެ ތަފާތު ސަރަޙައްދުތަކަށް ފައްސައިލިއެވެ. އެއަށްފަހު ހެޑްރިއަންގެ އަމުރުފުޅަށް ޝަހަރުގެ ނަންވެސް އެއިލިއާ ކެޕިޓަލީނާ އަށް ބަދަލުކުރެވުނެވެ. އެއިރުއްސުރެ ޯރމަނުން، އަދި ޯރމަނުންގެ ކްރިސްޓިއަން ދީނަށް ވަނުމަށްފަހުގައި ކްރިސްޓިއަނުން އެ

ޝަހަރަށް ކިޔައިއުޅުނު ނަމަކީ އެއިލިޔާ، ނުވަތަ އީލިޔާއެވެ. ޢުމަރު ރަޟިޔަهللا ޢަންހުގެ ޚިލާފަތުގައި މުސްލިމުން ޤުދުސް ފަތަޙަކުރިއިރުވެސް އެ ޝަހަރުގެ

ޢާއްމު ނަމަކީ އީލިޔާއެވެ. އެ ޝަހަރަށް "ބައިތުލް މަޤްދިސް" ނުވަތަ "އަލް ޤުދުސް ޝަރީފް" މި ޮލބުވެތި ނަމުން ނަންދިނީ މުސްލިމުންނެވެ. އެ ޝަހަރަށް އިޙްތިރާމާއި ޯލތްބާއި ކަމޭހިތުން ދިން ފުރަތަމަ ބަޔަކީ

To commentSUN (comment) and send to 2747

Page 8: Sun Magazine issue 6

8

ނަރަކައިން ސަލާމަތްވާށެވެ

އަބްދުهللا ފާރޫގު ހަސަންދިޔަ ތިކި

" މާތްهللا ދެކެޮވޑިގަތުން އެދިޮވޑިގަންނަވަނީ އިންސާނާ ނަރަކަޔާމެދު ވިސްނައިލުމުން އެ ނަރަކައިން ސަލާމަތްވުމަށް އޭނާގެ ހިތުގައި އުފެދޭ ވަރުގަދަ އެދުންވެރިކަމެވެ. އެކަމުގެ ސަބަބުން އޭނާގެ ހިތުގައި އުފެދޭ ތެޅުމެވެ. އޭނާގެ ނަފުސުގައި އުފެދޭ ބޭޤަރާރުކަމުގެ ޙާލަތެވެ. އޭގެ ނަތީޖާއެއްގެޮގތުން އޭނާ

ނަރަކައިން ސަލާމަތްވުމަށްޓަކައި އޭނާއަށް ކުރެވޭން ހުރި ޮކންމެ ކަމެއް ކުރަމުން ގެންދާ

މަންޒަރެވެ.

"ކައުސާހިބާ ޞައްލަهللا ޢަލައިހި ވަ ސައްލަމަ ޙަދީޘުކުރެއްވިއެވެ. ތިޔަބައިމީހުންގެ ތެރެއިން ތިމާގެ މޫނު ނަރަކައިން ސަލާމަތްކުރެވޭނެ ޮކންމެ މީހަކު އެކަން ކުރާހުށިކަމެވެ. ކަދުރުޮއށަކުން

ކަމުގައި ވިޔަސް ވެހެވެ. އެ މިންވަރުވެސް ލިބިފައިނުވާ މީހާ ހެޮޔ

ބަހަކުން ވިޔަސް ތިމާގެ ނަފުސު ނަރަކައިން ސަލާމަތްކުރާށެވެ. އެހެނީ

އިންސާނާގެ ޢަމަލުތަކަށް މާތްهللاގެ ޙަޟުރަތުން ދިހަ ގުނައަށް ދަރުމަ

ލިބޭނެއެވެ."އިތުރު ސާހިބާގެ މި ބަސްފުޅުގެ މުރާދަކީ ކަދުރުޮއށެއް ނުވަތަ ހެޮޔ ބަހަކީ ޚުދު އޭގެ ޒާތުގައި ނަރަކައިގެ އަލިފާނުން ސަލާމަތްވުމުގެ ސަޓިފިކެޓަކަށް ވާ ވާހަކައެއް ނޫނެވެ. މާތްهللا

ގެ ޙަޟުރަތުގައި އަގުހުރި ކަމަކަށް ވަނީ އެކަލާނގެ އަޅެއްގެ ފަރާތުން މި ބާވަތުގެ ޢަމަލުތައް ހާމަވެގެންދާ

ބޭޤަރާރުކަމުގެ ޙާލަތެވެ. މާތްهللا ދެކެޮވޑިގަތުން

އެދިޮވޑިގަންނަވަނީ އިންސާނާ ނަރަކަޔާމެދު ވިސްނައިލުމުން އެ ނަރަކައިން ސަލާމަތްވުމަށް

އޭނާގެ ހިތުގައި އުފެދޭ ވަރުގަދަ އެދުންވެރިކަމެވެ. އެކަމުގެ ސަބަބުން

އޭނާގެ ހިތުގައި އުފެދޭ ތެޅުމެވެ. އޭނާގެ ނަފުސުގައި އުފެދޭ ބޭޤަރާރުކަމުގެ ޙާލަތެވެ. އޭގެ ނަތީޖާއެއްގެޮގތުން އޭނާ ނަރަކައިން ސަލާމަތްވުމަށްޓަކައި އޭނާއަށް ކުރެވޭން ހުރި ޮކންމެ ކަމެއް ކުރަމުން ގެންދާ މަންޒަރެވެ.

އިންސާނާގެ ކުރިމައްޗަށް ބޭނުމެއް ޖެހިފައިވާ މީހަކު އާދެއެވެ. އޭނާގެ ކިބައިން އެހީއަކަށް އެދެއެވެ. އިންސާނާއަށް އެމީހާގެ ނިކަމެތިކަން

ފެނިފައި އާޚިރަތް ދުވަހުން ތިމާ ސަލާމަތަށް އެދުންވެރިވާނެ މިންވަރު ހަނދާނަށް އާދެއެވެ. އޭނާގެ ހިތުގައި އުފެދޭ އިހުސާސުގެ ވަރުގަދަކަމުން އޭނާގެ ޮލލުން

ކަރުނައިގެ ތިކިތައް ޮއހޭން ފަށައެވެ. އޭނާ އޭނާގެ ޖީބުން ލާރިޮކޅެއް ނަގައިފައި އެ ސަލާންޖަހާ މީހާއަށް ދިއްޮކށްލައެވެ. "ހައްދަވައި ޮބޑުކުރެއްވި ރަސްކަލާޮކ! މި

އަޅާގެ އަތުގައި މިނޫން އެއްޗެއް ނެތެވެ. މި އަޅާގެ މި ނިކަމެތި ހޭދަ މި އަޅާގެ ކިބައިން

ޤަބޫލުކުރައްވާނދޭވެ! މި އަޅާ އާޚިރަތުގެ ޢަޒާބުން ސަލާމަތް ކުރައްވާނދޭވެ!" މިފަދަ

އިޚުލާސްތެރި ދުޢާތަކާ އެކުގައެވެ. އަނެކެއްގެ ގާތަށް ސަލާންޖަހާ މީހަކު ދިޔައިރު އޭނާގެ ނިކަމެތި އަޚާއަށް

ދީފާނެ އެއްވެސް އެއްޗެއް އެ ވަގުތު އޭނާގެ އަތަކު ނެތެވެ. ނަމަވެސް އޭނާއަކީ ފުރުޞަތެއް

ލިބޭ އިރަށް އޭނާގެ އަޚުންނަށްޓަކައި ހެޮޔ ދުޢާކުރާ މީހެކެވެ. ހެޮޔ އެދުމުގެ ބަސްތައް

ބޭނުންކުރާ މީހެކެވެ. އޭނާގެ ދުލަކުން ކިބުރުވެރިކަމުގެ ޮބޑާ ބަސްތަކެއް ބޭރެއް

ނުކުރެއެވެ. ޙަސަދައިގެ ވިހަ ބަސްތަކެއް

ނުނެރެއެވެ. އޭނާގެ ޮކންމެ ލަފުޒެއް ދުލުން ބޭރުވަނީ މާތްهللا އަށް ބިރުވެތިވުމުން

ފެންވަރައިގެންނެވެ. ޮކންމެ ވަގުތަކުވެސް އޭނާ ބޭނުންކުރާނީ ޢަދުލު އިންޞާފު ލާޒިމުކުރާ

ބަސްތަކެވެ. މިފަދަ މީހާއަކީވެސް އެހެނިހެން

އިންސާނުންނަށް އެއްޗެހިތަކެއް ދޭ މީހެކެވެ. އޭނާގެ ކިބައިން އޭނާގެ އަޚުންނަށް ލިބެނީ ރަނގަޅު ޖަޒުބާތެވެ. ހެޮޔކަމުގެ ޝުޢޫރެވެ. އޭނާ ހުންނަނީ އޭނާގެ

ނުބައިކަމުން އެހެން މީހުން ސަލާމަތްޮކށްގެންނެވެ. މިފަދަ މީހާއަކީވެސް ޤިޔާމަތް ދުވަހުން އެ ބަޔަކަށްޓަކައި ސުވަރުގޭގެ ޮދރުޮކޅުތައް ހުޅުވައިލެއްވޭނޭ މީހުންގެ

ތެރެއިން ހިމެނޭ މީހެކެވެ.

To commentSUN (comment) and send to 2747

Page 9: Sun Magazine issue 6

ނަީޝާދއި ތަސްީމން ރައްޓެހިވެގެންާބ؟ނަޝިާދއި ތަސްީމން ރައްޓެހިވެގެންާބ؟

މުހައްމަދު ބުޝްރީކެޔޮނިރު

ސަރަހައްދީ މަޖައްލާއެއް ކަމުގައިވާ އޭޝިއަން ޓްރިބިއުން އަށް ދެއްވި ބަސްދީ ގަތުމެއްގައި ރައީސް މުހައްމަދު ނަޝީދު ވަނީ ވަރަށް ހައިރާން ކުރުވަނިވި ވާހަކައެއް ވިދާޅުވެފައެވެ. ސަރުކާރާ އިދިޮކޅު ސިޔާސީ ފަރާތްތަކަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވަނީ

އިދިޮކޅު ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީ އަށް ތައުރީފް ކުރައްވާފައެވެ. އެންމެ ޮބޑު އިދިޮކޅު ޕާޓީގެ ލީޑަރު ތަސްމީނަކީ ރައީސް ނަޝީދާއި

ސިޔާސީ ޮގތުން ވާދަވެރި ބޭފުޅެއްކަމުގައި ވިޔަސް ތަސްމީނަކީ ސިޔާސީ ޮގތުން ޒިންމާދާރު ބޭފުޅެއްކަން ދޭހަވާ އިބާރާތުން ރައީސް ނަޝީދު ވަނީ

ވާހަކަ ފުޅު ދައްކަވާފައެވެ. މިއީ އިއްތިފާގެއް ނޫނެވެ. ޑީއާރުޕީގެ ނައިބު ޒައީމުން

ކަމުގައިވާ އުމަރު ނަސީރާއި އިލްހާމް އަދި އަލީ ވަހީދުގެ ފަރާތުން ހަރުކަށި ކަމާއި، ޮގތްދޫ ނުކުރުމާއި، ސިޔާސީ ދެޮކޅުވެރިކަން އިންތިހާއަށް ޮބޑުވަމުން

ދާއިރު ތަސްމީނުގެ ބަސްމަގު ފެންނަނީ މާޮބޑަށް ވެސް މަޑުމައިތިރި ޮކށެވެ.

މާލޭގެ ހުޅަނގު ފަރާތުން ބިން ވިއްކުމަށް ސަރުކާރުން ކުރިއަށް ގެންދަވާ ޕްޮރގްރާމާއި ދެޮކޅަށް ޑީއާރުޕީން ކުރި މުޒާހަރާ އަކީ އުމަރު ނަސީރާއި އިލްހާމް އިސް ނަންގަވައިގެން، ޑީއާރުޕީގެ ނަމުގައި ބޭއްވި މުޒާހަރާއެއް ކަމުގައި ވިއަސް ޑީއާރުޕީ އިން ވަނީ ހައިރާން

ކުރުވަނިވި ނޫސް ބަޔާނެއް ނެރެފައެވެ. އެނޫސް ބަޔާނުގައި ބުނެފައިވަނީ އެ މުޒާހަރާ އަކީ ޑީއާރުޕީން ބާއްވާ މުޒާހަރާއެއް ނޫން ކަމަށެވެ. މާނަ

އަކީ، އުމަރުނަސީރު ފަދަ ޑީއާރުޕީގެ ހަރުކަށި ލީޑަރުން ސަރުކާރާ ދެޮކޅަށް ކުރައްވާ މިފަދަ ކަންތައްތަކަށް ޕާޓީގެ ލީޑަރު ތަސްމީނުގެ މާ ޮބޑު ތާއިދެއް ނެތެވެ. ފަރުދާގެ ފުރަގަހުގައި ޑީއާރުޕީގެ ލީޑަރުންގެ މެދުގައި ޚިޔާލު ތަފާތު

ވުން ތަކެއް އެބަހުއްޓެވެ. ސުވާލަކީ، ތަސްމީން އަކީ ސިޔާސީ ޮގތުން ޒިންމާދާރު

ބޭފުޅެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެ، ދުނިޔެއަށް އިޢުލާން ކުރެއްވި އިރު، ނަޝީދާއި ތަސްމީނުގެ ސިޔާސީ ރަޙްމަތްތެރިކަން ކިހާ ހިސާބަކަށް

ޮގސްފައިވޭ ބާވެއެވެ؟ ތަސްމީނަކީ އެންމެ ޮބޑު އިދިޮކޅު ޕާޓީގެ ލީޑަރެވެ. އޭނާއަކީ

ޑީއާރުޕީއާ ސީދާ ގުޅުމެއް ނެތް ޮގތުގައި ވިއަސް އެނާގެ އާއިލާއިން މަޖިލިހުގެ ފަސް ވަރަކަށް ޮގނޑި ޮކންޓްޯރލް ކުރައްވާ ބެފުޅެކެވެ. ތަސްމީނުގެ މަންމައަކީ އައްޑޫގެ ޮބޑު އާއިލާ އަކަށް ނިސްބަތްވާ

ފަރާތެކެވެ. ބައްޕައަކީ މާލޭގެ މަޝްހޫރު ވިޔަފާރި ވެރިއެކެވެ. ތަސްމީނާއި ނަޝީދަކީ ފަރުދާގެ ފުރަގަހުގައި ސިޔާސީ ދެ ރަޙްމަތްތެރީން ކަމުގައި ވެއްޖެނަމަ އެ ދެބޭފުޅުންގެ މެދުގައި ހެދިފައިވަނީ ޮކންކަހަލަ ސިޔާސީ

ޑީލެއް ބާވައެވެ.

9

ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާކުރާ ގިނަބަޔަކަށް އެނގޭނެ ޮގތުގައި ތަސްމީނަކީ ސިޔާސީ ޮގތުން ވަރަށް އެންބިޝަސް ބޭފުޅެކެވެ.

ފަހަރުގައި މިދެބޭފުޅުންގެ މެދުގައި ހެދިފައިވާ ޑީލް އަކީ ދެން އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދުގެ ރަނިން މޭޓަކަށް ނުވަތަ ނައިބު ރައީސަކަށް

ތަސްމީނު ހަމަޖެއްސެވުން ކަމުގައި ވެސް ވެދާނެއެވެ. ރައީސް ނަޝީދުގެ ބަސް މަގަށް ބަލާއިރު އެމަނިކުފާނު އަދި އެއްދައުރަށް ކުރިމަތި ލައްވާނެކަން ޔަގީނެވެ. ހަމަ އެބަސް މަގަށް

ބަލާއިރު މިހާރުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އެފުރުސަތު ދެން ފަހަރަކުން ޯނންނާނެކަން ވެސް ޔަގީނެވެ. އެހެން ކަމަށް

ވާނަމަ ދެން ޮއންނަ ރިޔާސީ އިންތިހާބުގައި ނަޝީދުގެ ރަނިން މޭޓަކަށް ވާނީ ތަސްމީނު ބާވައެވެ.

ރައީސް ނަޝީދަކީ ސިޔާސީ ޮގތުން ވަރަށް ތޫނުފިލި ބޭފުޅެކެވެ. ފާއިތުވި ދިހަ ވަރަކަށް އަހަރަށް ނަޒަރު ހިންގާލުމުން ނަޝީދުގެ ސިޔާސީ

ތޫނު ފިލިކަން ވަރަށް ސާފުޮކށް ހާމަވެގެން ދާނެއެވެ. އެމަނިކުފާނުގެ ސިޔާސީ އެޖެންޑާ ހާސިލް ކުރެއްވުމަށް ޓަކައި ޮކންމެ އެނދަކަށް އެރުއްވުމަށް ވެސް

އެމަނިކުފާނު ފަސް ޖެހިވަޑައި ނުގަންނަވާނެކަން ޔަގީނެވެ. މިފަދަ ޑީލެއް ހެދިއްޖެނަމަ ރައީސް ނަޝީދަށް އިތުރު ފަސް

އަހަރު ވެރިކަން ކުރެއްވުމުގެ މަގު ފަހިވެގެން ދާނެއެވެ. އަދި މިފަދަ ޑީލެއް ވެގެން ދާނީ މީގެ ހަތް އަހަރު ފަހުން ރާއްޖޭގެ ރައީސް ކަން ޯހދުމަށް

ތަސްމީނު އަލީ އަށް ޮކށިގެންދާ މަގެއް ކަމުގައެވެ. ރައީސް ނަޝީދުގެ ސަރުކާރުން ރާއްޖޭގައި މިހާރު ހިންގަވަމުން ގެންދަވާ މަޝްރޫއު ތަކާއި، ފެންނަމުންދާ ތަރައްގީގެ ބަދަލުތަކަށް ބަލާއިރު

ރައީސް ނަޝީދަށް އިތުރު ފަސް އަހަރުގެ ދައުރެއް ދިނުމަކީ ދިވެހި ގައުމަށާއި ދިވެހި ރައްޔިތުން ނަށް ފައިދާ ހުރި ކަމެއް ކަމުގައި ސުވާލު ކުރެވެއެވެ.

ސުވާލަކީ ދިވެހި ގައުމުގެ ތަރައްގީގެ މި އިންގިލާބުގައި ތަސްމީނު ބޭނުންފުޅުވަނީ އިދިޮކޅު ބޭފުޅެއްގެ ޮގތުގައި ދިހަ އަހަރު ހޭދަ

ކުރައްވަންޯތއެވެ.؟ ނުވަތަ މި އިންގިލާބުގެ ހިއްސާދާރެއްގެ ޮގތުގައި ތަސްމީނުގެ ސިޔާސީ ކުރިމަގުވެސް އުޖާލާ ކުރައްވަން ޯތއެވެ؟

ފަރުދާގެ ފުރަގަހުގައި ރާއްޖޭގެ ސިޔާސީ ވާދަވެރިންގެ މެދުގައި ރާޒުވާ ކުޅިބައިތައް އަތުރާލައްވާއިރު ޑީއާރުޕީގެ ލީޑަރު ތަސްމީނުގެ

އެއްބާރުލުން ލިބޭނީ ދިވެހި ގައުމަށް ބާއެވެ؟ ނުވަތަ ހައްދު ފަހަނަ އަޅާފައިވާ އިދިޮކޅު ބަޔަކަށްބާއެވެ؟

To commentSUN (comment) and send to 2747

Page 10: Sun Magazine issue 6

ފަރުޟު ނުވަތަ ސުންނަތް ނަމާދުތައް ކުރައްވާ މުޞައްލާއެއްގެ ޮގތުގައެއް ނޫނެވެ. ސިޔާސީ ކަންތައްތަކާމެދު މަޝްވަރާކުރެވޭ ޖަގަހައެއްގެ ޮގތުގައިވެސް

އެ ބޭކަލުން މިސްކިތް ބޭނުންކުރެއްވިއެވެ. އިސްލާމީ އުއްމަތުގެ ޝޫރާ މަޖިލީހުގެ ގެއެއްގެ ޮގތުގައިވެސް އެ ބޭކަލުން މިސްކިތް ބޭނުންކުރެއްވިއެވެ. ޢިލްމީ މަޖިލިސްތަކުގެ މަރުކަޒެއްގެ ޮގތުގައިވެސް އެ ބޭކަލުން މިސްކިތް

ބޭނުންކުރެއްވިއެވެ. ޢަދާލަތުގެ ދަރުބާރެއްގެ ޮގތުގައިވެސް އެ ބޭކަލުން މިސްކިތް ބޭނުންކުރެއްވިއެވެ.

މި ދަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، ރައީސުލް ޖުމްހޫރިއްޔާއާއި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތަކާއި، ޯކޓުތަކުގެ

ޝަރީޢަތުގެ މަޖިލިސްތައް އިސްލާމީ މަރުކަޒުގައި ބާއްވަވާށެކޭ ނޫނެވެ. ޒަމާނަށް އައި ބަދަލުތަކާއެކު މުސްލިމުންވެސް ވަނީ ދައުލަތުގެ މި ދެންނެވިފަދަ

މަސައްކަތްތަކަށް ޚާއްސަ ބިނާތަކާއި ޢިމާރާތްތައް ތަޢާރަފުޮކށްފައެވެ. ޚުދު ޚަލީފާއިންގެ ދުވަސްވަރުވެސް މި ބަދަލުތައް އަންނަން ވަނީ ފަށާފައެވެ.

ނަމަވެސް މުސްލިމުންގެ ޘަޤާފަތުގެ ރަން ދުވަސްވަރު މިސްކިތުގެ އިޖުތިމާޢީ އަދި ޢިލްމީ އަހައްމިއްޔަތު ގެއްލިގެންނެއް ނުދެއެވެ.

މިސްކިތްތަކަކީ ހަމައެކަނި ނަމާދުކުރަން، ނުވަތަ އިޢުތިކާފުޮކށް ޤުރުއާން ކިޔަވަން މީސްތަކުން ވަދެލައި އުޅޭ ތަނަކަށް ވެގެންނެއް ނުދެއެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ އިޖުތިމާޢީ އަދި ޢިލްމީ ޙަޔާތުގެ ދާއިރާއިން

މިސްކިތް ބޭރުޮކށްލައިގެން ނުވާނެ ވާހަކައެވެ.

އަލް އުސްތާޒު އަހުމަދު މާޖިދު

މިސްކިތަކީ އިސްލާމީ މުޖުތަމަޢުގެ ހިތެވެ. މުސްލިމުން އެމީހުންގެ ވެރި އިލާހަށް ތަސްލީމުކުރުމުގެ ޮގވައިލުން ރެޔަކާ ދުވާލު ފަސް ފަހަރު އެ ބިނާއަކުން ޮގވައިލެވޭ ބިނާއެވެ. އެހެންކަމުން މުސްލިމުންގެ ހިތްތަކުގައި މިސްކިތަށް ދެވިފައި ޮއންނަނީ ވަރަށް ޚާއްސަ މަޤާމެކެވެ. ނަމަވެސް މިހާރު އަޅުގަނޑުމެންގެ އިޖުތިމާޢީ ޙަޔާތުގައި މިސްކިތަށް ދެވިފައިވަނީ

އަޅުގަނޑުމެންގެ ހިތްތަކުގައި މިސްކިތަށް ޮއންނަ މަޤާމާ އެއްވަރުގެ މަޤާމެއްޯތ ސުވާލުކުރަން ޖެހެއެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި ޒަމާނުއްސުރެ މިސްކިތްތައް ބޭނުންކުރެވިފައިވަނީ ހަމައެކަނި ނަމާދުކުރަން ހުންނަ ތަނެއްގެ ޮގތުގައެވެ. ދީނީ

އަދި ދީނާ ގުޅުން ހުރި އިޖުތިމާޢީ އެހެން އެއްވެސް ޙަރަކާތެއް އެތަނުގައި ހިނގާ ތަނެއްގެ ޮގތުގައެއް ނޫނެވެ.

މާތް ރަސޫލާ ޞައްލަهللا ޢަލައިހި ވަ ސައްލަމަގެ ދައުރުގައި މަދީނާގެ އިސްލާމީ

މުޖުތަމަޢުގެ މަރުކަޒަކީ މަސްޖިދުއް ނަބަވީ އެވެ. އިތުރު އެކަލޭގެފާނާއި އެކަލޭގެފާނުގެ ޞަޙާބީން މަސްޖިދުއް ނަބަވީ ބޭނުންކުރެއްވީ ހަމައެކަނި

10

އިސްާލީމ މުޖުތަމައުގެ ހިތް އިޖުތިާމީއ ހަާޔތުން ބޭރުގައި

ާބއްވަީނ ީކއްވެ؟

އިސްާލީމ މުޖުތަމައުގެ ހިތް އިޖުތިާމީއ ހަާޔތުން ބޭރުގައި

ާބއްވަީނ ީކއްވެ؟ މިސްކިތް ފަރުާމކުރުާމމެދު ާއ ގޮތަކަށް ވިސްނުން

Page 11: Sun Magazine issue 6

މިސްކިތަކީ ހަމައެކަނި ޢިބާދާތުގެ ދާއިރާގައި ބޭނުންކުރެވޭ ތަނަކަށް ހަދައިގެން ނުވާނެ

ވާހަކައެވެ. ދުނިޔޭގެ ބައެއް އިސްލާމީ ޤައުމުތަކުގައި މިސްކިތްތަކަކީ ޮބޑެތި

ސަރަޙައްދުތަކުގައި ބިނާކުރެވޭ ތަންތަނެވެ. ވިހި ފޫޓު ތިރީސް ފޫޓުގެ ކުޑަކުޑަ ޮގޅިތަކަށް

ފައްތާލެވިފައި ހުންނަ ތަންތަނެއް ނޫނެވެ. މި ދެންނެވި ތަންތަނުގައި މިސްކިތްތަކުގައި ހުންނަނީ ހަމައެކަނި ނަމާދުކުރާ ބައެއް ނޫނެވެ. އިޖުތިމާޢީ

އަދި ޢިލްމީ މަޤުޞަދުތައް ޙާސިލުކުރެވޭނޭފަދަ ޮގތަކަށް ފަރުމާކުރެވިފައި ހުންނަ އެ

މިސްކިތްތަކުގައި އިތުރު އެތައް ބައެއް ހުރެއެވެ. ޕާކިސްތާން ފަދަ އިސްލާމީ ޤައުމުތަކުގެ އިތުރަށް،

ހުޅަނގުގެ ޤައުމުތަކުގައި އަލަށް އުފެދެމުންދާ އިސްލާމީ މުޖުތަމަޢުތަކުގައިވެސް މިސްކިތް ބިނާކުރެވެނީ މި ދަންނަވާ ޮކންސެޕްޓަށެވެ.

އެމީހުން ބަލަނީ ޝަހަރެއްގައި، ނުވަތަ އަވަށެއްގައި ކުޑަކުޑަ ފަންސާސް ނުވަތަ

ހަތްދިހަ ނުވަތަ ސަތޭކަ މިސްކިތް ބިނާކުރުމުގެ ބަދަލުގައި ޖާގަ ޮބޑު ހަތަރު ފަސް މިސްކިތެއް

ބިނާކުރެވޭޯތއެވެ. މީގެ ސަބަބުން ދީނީ، ޢިލްމީ އަދި އިޖުތިމާޢީ އެކިއެކި ޙަރަކާތްތަކާއި ޕްޮރގްރާމްތައް މިސްކިތްތަކުގައި ހިންގުމުގެ ޮދރު ހުޅުވިގެން ދިޔުމުގެ އިތުރަށް، މިސްކިތްތަކުގެ

ފަރުމާ ރީތިވެގެންދިޔުމުގެ އިތުރުން މިސްކިތްތަކުގެ ހައިބަތު ޮބޑުވެގެން ދެއެވެ. ރާއްޖޭގައިވެސް އަލަށް ބިނާކުރެވޭ މިސްކިތްތައް ފަރުމާކުރަންވީ މި ދެންނެވި ފަދަ ޮކންސެޕްޓަކަށެވެ. ހަތަރު ފާރުގެ ތެރޭގައި ނަމާދުކުރާ ތަނެއް ހެދުމުގެ ބަދަލުގައި ނަމާދުކުރާ ބަޔަކާއެކު އެހެނިހެން ބައިތައް ހިމެނޭ ޮގތަށެވެ. މިސްކިތަކީ އިސްލާމީ މުޖުތަމަޢުގެ ހިތޭ، އިސްލާމީ

މުޖުތަމަޢުގެ މަރުކަޒޭ ބުނެވޭ ބުނުން ޙަޤީޤަތަކަށް ވެގެންދާނޭ ޮގތަކަށެވެ. އެޮގތުން މިސްކިތުގައި ނަމާދުކުރާ ބައިގެ އިތުރުން ކުތުބުޚާނާއެއް ލެވިދާނެއެވެ. ދީނީ އަދި ދީނާ ގުޅުންހުރި ދުނިޔަވީ ޢިލްމުތަކާބެހޭ

ޮފތްތަކުން މުއްސަނދިކުރެވިފައިވާ ޮފތްތައް ހިމެނޭ މިފަދަ ކުތުބުޚާނާއަކާއެކު

ދަރިވަރުންނާއި ޢިލްމީ ދިރާސާތައް ކުރައްވާ ބޭފުޅުން ދިރާސާތައް ކުރައްވާނެ ދިރާސާ ޮކޓަރިތަކެއްވެސް ބެހެއްޓިދާނެއެވެ. މިފަދަ ޮކޓަރިތަކެއްގައި ދީނީ

ޢިލްމީ މަޖިލިސްތައްވެސް ބޭއްވިދާނެއެވެ. ޤުރުއާން ކިޔަވައިދޭ މަޖިލިސްތައްވެސް ޤާއިމުކުރެވިދާނެއެވެ. ހަމައެއާއެކު މިސްކިތުގައ އެއް ބުރީގައި ހާހެއްހައި މީހުން ނުވަތަ ފަނަރަސަތޭކައެއްހައި މީހުން، ނުވަތަ ޖާގަ ޮއތް މިންވަރަކުން އެއަށްވުރެވެސް ގިނަ މީހުންނަށް އެއްފަހަރާ ތިބެވޭވަރުގެ

ތަޤުރީރު މާލަމެއް ހެދިދާނެއެވެ. ޮކންމެ ދުވަހަކު، ނުވަތަ ހަފުތާގެ ވަކި ދުވަސްތަކެއްގައި މި ދެންނެވި މާލަމުގައި

ދީނީ ތަޤުރީރުތައް ދެވިދާނެއެވެ. މީގެ އިތުރަށް މިސްކިތާއެކު މަހާސިންތާތަކާއި

ޖަލްސާތައް ބާއްވާ ޮކޓަރިތަކެއްވެސް ހެދިދާނެއެވެ. ސައިޯބ ކެންޓީނާއި، މެހުމާންސަރާ ފަދަ ތަންތަންވެސް

ހެދިދާނެއެވެ. ހަމައެއާއެކު މިސްކިތުގެ ކަންތައް ބަލަހައްޓައި، މިސްކިތުގެ

ކުތުބުޚާނާއާއި ތަޤުރީރު މާލަން ފަދަ ތަންތަން ހިންގުމަށްޓަކައި މިސްކިތުގެ

އިދާރީ ޮއފީހެއްވެސް ހެދުން މުހިއްމެވެ. މި ދެންނެވި ފަދަ ޮގތަކަށް

މިސްކިތްތައް ބިނާކުރެވޭނަމަ އެތަންތަނަށް މިހާރަށްވުރެ ޮބޑަށް

ދިރުން އަންނާނެކަމަށް ލަފާކުރެވެއެވެ. ހުޅުމާލެއާއި ދެންވެސް ރާއްޖެތެރޭގެ ޮބޑެތި ރަށްރަށުގައި އަލަށް ބިނާކުރެވޭ މިސްކިތްތަކާއި، އަދި އެކަށީގެންވާ ކަމެއް ނަމަ އާކުރެވޭ މިސްކިތްތައްވެސް

މިކަހަލަ ޮގތަކަށް ބިނާކުރެވުމުގެ ފައިދާތައް ގިނަވާނެ ކަމަށް ފެނެއެވެ.

11

ޒަމާނަށް އައި ބަދަލުތަކާއެކު މުސްލިމުންވެސް ވަނީ ދައުލަތުގެ މި ދެންނެވިފަދަ މަސައްކަތްތަކަށް ޚާއްސަ

ބިނާތަކާއި ޢިމާރާތްތައް ތަޢާރަފުޮކށްފައެވެ. ޚުދު ޚަލީފާއިންގެ ދުވަސްވަރުވެސް މި ބަދަލުތައް އަންނަން ވަނީ ފަށާފައެވެ. ނަމަވެސް މުސްލިމުންގެ ޘަޤާފަތުގެ ރަން ދުވަސްވަރު މިސްކިތުގެ އިޖުތިމާޢީ އަދި ޢިލްމީ

އަހައްމިއްޔަތު ގެއްލިގެންނެއް ނުދެއެވެ.

To commentSUN (comment) and send to 2747

Page 12: Sun Magazine issue 6

މުޖުތަމައެއްގެ ތަހުޒީބާއި ތަމައްދުނު އެންމެ ގާތުން ވަޒަންކުރެވޭ އެއް ތަނަކީ އެ ތަނެއްގެ މަގުމައްޗެވެ. އަޅުގަނޑު މި ދެންނެވި ބަސް އެންމެ

ގާތުން ވަޒަން ކުރެވޭ ދެ ގައުމަކީ ސިންގަޕޫރާއި ޖަޕާނެވެ. ސިންގަޕޫރަކީ ގައުމު ނޫނީ ރަށުގެ ސައިޒަށް ބަލާއިރު ވަރަށް ކުޑަ އަދި ޮބޑު އާބާދީއެއް

ދިރިއުޅޭ ރަށެވެ. ޖަޕާން އެ ޮރނގުން ކިޔާނެ ކަމެއް ނެތެވެ؛ އެއީ މާ ތަހުޒީބީ ގައުމަކަށް ވާތީ އެވެ. ނަމަވެސް މަގުމަތީގެ ސާފުތާހިރުކަމާއި ދުއްވާ އެއްޗެތީން މަގުތަކަށް ބޭރުކުރާ ވިހަ ގޭހާއި ކެޕިޓަލް ސިޓީ ފެހި ކުރުމަށް ހިންގާ މަޝްރޫއުތަކަށް ބަލާއިރު އެއީ ނަމޫނާ އެކެވެ. މުސްކުޅިވުމަށް، އަދި އެންމެ އުމުރު ދިގުޮކށް ދިރިއުޅެވޭ، އެންމެ ރަނގަޅު ގައުމެއްގެ ޮގތުގައި

ނިއުސްވީކުން ޖަޕާން ފާހަގަޮކށްފައި ވަނީ ވެސް އަޅުގަނޑު ހިތުން، މިދެންނެވި ފަދަ ސަބަބުތަކާ ހުރެ އެވެ. ސިންގަޕޫރަކީ ވެސް މަގުމަތީގެ ތަހުޒީބާއި ރަށް

ކުޑަ ނަމަވެސް ޮތއްނުޖެހި އެއްޗެތި ދުއްވޭނެ ފަދަ އިންތިޒާމުތައް ގާއިމުކުރުމަށް ވަރަށް ޮބޑު ސަމާލުކަމެއް

ދީފައިވާ ގައުމެކެވެ. ވަރުން، އެ ގައުމުތަކާ އަޅުގަނޑުމެންނަކަށް އަޅައެއް ނުކިއޭނެ އެވެ. އެއީ ބަހުސެއް ޮއތް ކަމެއް ނޫނެވެ. އެ ބަހުސު ކުރާކަށް އަޅުގަނޑު ނެތީމެވެ.

އެކަމަކު މާލޭގެ މަގުތަކަކީ މީހުން ހިނގައި ބިނގައިވެ އުޅުމަށް ރައްކާތެރި ތަނެއްޯތ އެއީ އަޅުގަނޑު ހިތުން ސުވާލެކެވެ. ހަމަ އެކަނި ހިނގައި ބިނގައިވުމަކަށް ނޫނެވެ. އެއްޗެތި ދުއްވުމަށް ވެސް މިހާރު މާލޭގެ

މަގުތަކަކީ ރައްކާތެރި ތަނެއްގެ ޮގތުގައި ބެލެވެން ޮއތް ތަނެއް ނޫނެވެ؛ މަގުތަކުގައި އެމީހަކާއި އެ މީހެކެވެ. ޮކންމެ މީހަކު ވެސް ބަލަނީ އެ މީހަކަށް ވީ ޮގތަކަށް ކުރިއަށް އަރައިގެން ދެވޭޯތ އެވެ. އޭގައި ކަނާތްފަރާތެއް ވާތްފަރާތެއް ޯނވެ އެވެ. ޓްރާންސްޯޕޓް މިނިސްޓްރީގެ

ގަވައިދުގައި ބުނާ، ދެ އުޅަނދުގެ ދޭތެރޭގައި 10 ފޫޓްގެ ޖާގައެއް ބާއްވައިގެން އެއްޗެތި ދުއްވުމަކީ

މިހާރު ކުރެވޭނެ ކަމެއް ނޫނެވެ. ހަމަ އެހެންމެ ޕާކް ކުރުމާއި ވެހިކަލްތައް ހުއްޓާފައި މީހުން އެރުމާއި އެއްޗެތި ބޭލުމުގައި ވެސް އުސޫލެއް ނެތެވެ.

ޮކންމެ މީހަކު ވެސް ބަލަނީ އެ މީހެއްގެ މުހުތާދު ފުއްދޭނެ ޮގތަކީ ޮކބައިޯތ އެވެ.

ކާނުތައް ސާފުކުރުމާއި ޮކންސްޓްރަކްޝަންގެ މަސައްކަތްތަކަށް މަގުތައް ބަންދު ކުރުމުގެ ހުއްދަ ދިނުމުގައި ވެސް ހަމައެއް ލަމައެއް

ޮއތްހެނެއް ހިއެއް ނުވެ އެވެ. ދުވާލުގެ އެންމެ ކާރޫބާރޫ ޮބޑުވާ ގަޑިތަކުގައި އެއް ސަރަހައްދަކުން ދެތިން ތަނެއް ބަންދުޮކށް، ޝީޓް އެޅުމުގެ މަސައްކަތް

ކުރުމުގެ ހުއްދަދީފާނެ އެވެ. އޭރު އެ މަގުތަކުން ދަތުރުކުރާ މީހުންނަށް ވެދާނެ އުނދަގުލަކާ ދޭތެރޭ ވިސްނާލުމެއް ޯނވެ އެވެ. ކުރިން ޮކންމެވެސް ވަރަކަށް

ތައާރަފު ކުރަން އުޅުނު، ޮބޑެތި ޝީޓްތައް އެޅުމަށް ރޭގަނޑުގެ ދަންވަރުގެ ގަޑި ހާއްސަ ކުރުމުގެ ވިސްނުމެއް މިހާރަކު ނެތެވެ. އެހެން ޮގސް ކިޔާނެ ކަމެއް ނެތެވެ. މަގުމަތީގެ ސައިންތައް އާކުރާތަނެއް ނުފެނެ އެވެ. ގަވައިދާ ހިލާފަށް

ހަމައެއްލަމައެއް ނެތެވެ. އެީމހަާކ އެީމހެކެވެ.ހަމައެއްލަމައެއް ނެތެވެ. އެީމހަާކ އެީމހކެވެ.

To commentSUN (comment) and send to 2747

12

އަހުމަދު ޒާހިރު )ހިރިގާ(ފަސްމަންޒަރުފަސްމަންޒަރު

ޕާކްކުރާ އުޅަނދުފަހަރު ނެގުމުގައި ވެސް އެއީ ހަމައެއް ލަމައެއް ޮއންނަ ކަމެއް ނޫނެވެ. ނުގަވައިދުން ޕާކްޮކށްފައި ޮއންނަ ހަތަރު ފުޮރޅުލީ އުޅަނދެއް

ނުނެގެ އެވެ. އެކަމަކު ސައިކަލްތަކަށް އެ ހުކުމެއް ނުހިނގަ އެވެ. ނަގާ ޮކންމެ ސައިކަލެއް ދޫކުރަނީ 350 ރުފިޔާ ދެއްކުމުންނެވެ. ސުވާލަކީ ސައިކަލެއް ނެގުމަށް ހަމަ އެވަރު ހަރަދުވަނީޯތ އެވެ؟ މަގުގެ ދެ ފަރާތުގައި ހަތަރު

ފުޮރޅުލީ އުޅަނދުފަހަރު ޕާކްކުރިކުރީނުން ޮކޅަކުންކުރެ ޮކޅަކަށް ގުޑާނުލިއަސް ވަރިހަމަ އެވެ. ހަތަރު ފުޮރޅުލީ އުޅަނޑުފަހަރު ނަގާ ވެހިކަލް ހަލާކުވުމުން އެ އުޅަނދުފަހަރަކަށް އެ ގަވާއިދެއް ނުހިނގަ އެވެ. ދެން ބުނާނީ ކީކޭޯތ އެވެ. ރަށުތެރޭގައި ހުރި ޯވކްޮޝޕް ފަދަ ތަންތަނަށް ޖާގަ ދިނުމަށް ހުޅަނގު ދެކުނު ހާބަރުން، ކުރީގެ ސަރުކާރުން ކަނޑައެޅި ބިންތައް ނުއަގުގައި އެޮއއް ވިއްކައި

ނަގަނީ އެވެ؛ މާލިއްޔަތު ގާނޫނު ތަސްދީގުނުޮކށް ބާއްވައިގެންނެވެ. އަޅުގަނޑުމެންނަށް، އާދެ މާލޭގެ ރައްޔިތުންނަށް

މިވަގުތަށް ކުރެވޭނެ ޮއތީ އެންމެ ކަމެކެވެ. އެއީ ޯބމަތިވަމުން އަންނަ ޯލކަލް ކައުންސިލްގެ އިންތިހާބުގައި އެކަންކަމަށް ވިސްނަވައި ރަނގަޅު

ގާބިލު މޭޔަރަކު ޮހވުމެވެ؛ އެ މީހަކީ މާލޭގެ ރައްޔިތުންގެ އިހުސާސްތައް ގާތުން ދަންނަ

ބޭފުޅަކަށް ހައްދަވާށެވެ. މާލޭ މުނިސިޕަލްޓީގެ ރައީސަކަށް މާލޭ ތިލަ ޢަލީ ހުސެެއިން

ދީދީ ހުންނެވި އިރު، އެ ތަފާތު އޭނާ ވަނީ އަޅުގަނޑުމެންނަށް ދައްކުވައިދީފަ އެވެ. ކުރީގެ

ޮބޑު އިންޖީނުގެ ހުރި ތަނާއި ރެންޓަލް ޑިވިޝަން ހުރި ތަނާއި މީހުން ވަޅުލުން ހުއްޓާލާފައި ހުރި ސަހަރާ ފަދަ ތަންތަނުގައި ފެހި ޕާކްތައް ހަދައި ރަށު ތެރެއިން ހުސް ޖާގަ އިތުރުޮކށް، "ނޭވާ

ލުމަށް" އޭނާ ވަނީ ޖާގަ ތަނަވަސްޮކށްދީފަ އެވެ. އަޅުގަނޑުމެން ބޭނުން ވަނީ އެފަދަ ބޭފުޅުންނެވެ.

އަޅުގަނޑުމެން މާލެ ފެހި ކުރަން ޖެހޭނެ ވާހަކަ އާއި ހުސްޖާގަ އިތުރަށް ބޭނުންވާ ވާހަކަ މި ދައްކަނީ އަލަކަށް ނޫނެވެ. ދަރުބާރުގޭގެ ދެކުނަށް ޮއތް ބިމުގައި ޮބޑު ޮކންކްރީޓް ފަރުބަދައެއް ފަދަ މާ ސިންގާ ޮބޑު ޮހޓަލެއް

އަޅައިގެން ނުވާނެ ކަމަށް ވެސް އަޅުގަނޑުމެން ވަކާލާތު ކުރީމެވެ. ހަމަ އެހެންމެ މާލޭގެ މޫނުމަތީގެ ޑިޒައިން ގެއްލޭ ޮގތަށް އެ މީހަކު ހިތުހުރި ޮގތަކަށް ޕެންޓަ ހައުސް ގާއިމުކުރުމަކަށް ފުރުސަތު ދޭކަށް ނުޖެހެ އެވެ. އަމިއްލަ "ޮއރިޔާން" ނިވާ ކުރާ ޮގތަށް ގައުމުގެ މޫނުމަތީގެ "ޮއރިޔާން" ވެސް އަޅުގަނޑުމެން ނިވާ

ކުރަން ބޭނުންވެ އެވެ.

އަޅުގަނޑުމެންނަށް، އާދެ މާލޭގެ ރައްޔިތުންނަށް މިވަގުތަށް ކުރެވޭނެ

ޮއތީ އެންމެ ކަމެކެވެ. އެއީ ޯބމަތިވަމުން އަންނަ ޯލކަލް ކައުންސިލްގެ

އިންތިހާބުގައި އެކަންކަމަށް ވިސްނަވައި ރަނގަޅު ގާބިލު މޭޔަރަކު ޮހވުމެވެ؛ އެ މީހަކީ މާލޭގެ ރައްޔިތުންގެ

އިހުސާސްތައް ގާތުން ދަންނަ ބޭފުޅަކަށް ހައްދަވާށެވެ.

Page 13: Sun Magazine issue 6

ދިވެހިންގެ ވަރަ ބިނދެީނދިވެހިންގެ ވަރަ ބިނދެީނޯމލްޑިވިއަންގެ އެތެރޭގެ ޖާގަ ކިތަންމެ ތާށި ވެފައި އިށީންނަން ހުންނަ ޮގނޑިތައް ފުޅާ ނޫނަސް އެ އެއާލައިންގައި ދަތުރު ކުރީމަ އަޅުގަނޑަށް ލިބޭ ހިތްހަމަ ޖެހުން އެހެން އެއަރލައިނަކުން ދަތުރު ޮކށްގެނެއް ނުލިބެ އެވެ. އެހެން އެއްވެސް އެއާލައިނަކަށް ވުރެ ޯމލްޑިވިއަންގެ

މުވައްޒަފުންގެ އަޚުލާގު ރަނގަޅު ވެފައި ހިތް ހެވެވެ. ޢާންމުޮކށް ދަތުރު ކުރެވޭ މެލޭޝިއަން އެއާލައިންސާއި

ސިންގަޕޫރު އެއާލައިންސް ނުވަތަ ސްރީލަންކަން އެއާލައިންގަ ހުންނަ ވަރުގެ ޮބޑެތި ޮގނޑިތައް ނެތިގެން އަޅުގަނޑަށް

އިށީންނަން އުނދަގުލެއް ނުވެ އެވެ. ޯމލްޑިވިއަން އެކޭ އެއް ދުރުމިނެއްގެ ދަތުރު ތަކަށް ބަލާ އިރު ވަގުތުގެ ދިގުމިނުގެ

ސަބަބުން ދަތުރުގެ ދިގުމިން 15 މިނެޓު ވަރު އެހެން އެއާލައިން ތަކަށް ވުރެ އިތުރު ވިޔަސް އަޅުގަނޑުގަޑަށް

މާޮބޑު ފަރުވާލެއް ނެތެވެ. އެއީ ޯމލްޑިވިއަނުން ފައިބައިގެން އެހެން އެއާލައިނެއް އިޚުތިޔާރު ކުރަން ޖެހޭ ވަރުގެ މައްސަލަ އަކަށް ނުވެ އެވެ.

ޯމލްޑިވިއަން އަކަށް ވީތީ، ޯމލްޑިވިއަން ދަތުރު ކުރާ މަންޒިލަކަށް ދާ ނަމަ އަޅުގަނޑު އަބަދުވެސް އިޚުތިޔާރު

ކުރަނީ ޯމލްޑިވިއަން އެވެ. ދުނިޔޭގެ އެހެން ގައުމު ތަކަށް ކުރާ ދަތުރު ތަކުގައި އެކި

ގައުމު ތަކުގެ ދިދަ ޖަހާފައި ހުންނަ ޮބޑެތި އެއާލައިންތައް ފެނުނީމަ އަޅުގަނޑު ދެރަވެ އެވެ. އެ ގައުމު ތަކުގެ މީހުން

ވާނެ އުފާ އިތަށް އަރަ އެވެ. އެއީ ލިބޭ ވަރަށް ޮބޑު ޝަރަފެކެވެ. ރާއްޖޭގެ ޤައުމީ އެއާލައިން، ޯމލްޑިވިއަން އަކީ

ހުރިހާ ދިވެހިންގެ ޤައުމީ ފަޚުރަކަށް ވާން ޖެހެ އެވެ. ރާއްޖޭގެ ޤައުމީ ދިދަ ޖަހާފައިވާ ޯމލްޑިވިއަން ބައިނަލް އަޤުވާމީ މަންޒިލް ތަކަށް އުދުހުމަކީ ހަމަ ގައިމު ވެސް

އަޅުގަނޑު ވަރަށް ފަޚުރުވެރިވާ ކަމެކެވެ. ޯމލްޑިވްސް އެއާޯޕޓްސް ޮކމްޕެނީ ޕްރައިވަޓައިޒް

ކުރަން ސަރުކާރުން ނިންމައި، އެ އެއާޯޕޓު މިހާރު ވަނީ އިންޑިއާގެ ޖީއެމްއާރު ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލު ޮކށްފަ އެވެ. ރާއްޖޭގެ ޓޫރިޒަމްގެ މައި ޮދރާށި

ބޭރު ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ އޭގެ ފައިދާ އާއި ގެއްލުން ހުރި ކަމެކެވެ. އެ މައްސަލައިގެ ތަފުސީލަށް

ދާކަށް އަޅުގަނޑު ބޭނުމެއް ނުވެ އެވެ. އެކަމަކު އެ ކަމުގެ ސަބަބުން ދިވެހިންގެ ވަރަ ބިނދިދާނެތީ އަޅުގަނޑު ބިރު

ގަނެ އެވެ. މިހާ ތަނަށް ވެސް ޯމލްޑިވިއަން ސަލާމަތް ވަމުން އައީ، ދަތުރުވެރިން ޮގވައިގެން އުދުހިގެން ލިބޭ އާމްދަނީ

އަކަށް ވުރެ ޮބޑަށް އެއާޯޕޓާ ގުޅިފައިވާ ޚިދުމަތްތަކުން ލިބޭ ފައިދާއިންނެވެ.

ޯމލްޑިވިއަންގެ ބެލެނިވެރި ކުންފުނި، އައިލެންޑް އޭވިއޭޝަންގެ މިދިޔަ އަހަރުގެ ފައިދާ އޭގެ ކުރީ އަހަރަށް ވުރެ 56 ޕަސެންޓް މައްޗަށް ޖެހި 45 މިލިއަން ރުފިޔާ

އަށް އަރާފައިވެ އެވެ. މި ފައިދާގައި އެންމެ ޮބޑަށް ހިއްސާ ޮކށްފައި ވަނީ ގްރައުންޑް ސާވިސް އާއި ކާޯގ އަދި ޯލންޖު ތަކުން ލިބުނު އާމްދަނީ އެވެ. މި ހުރިހާ ދާއިރާ އަކީ ވެސް މިހާރު އެއާޯޕޓު ކުއްޔަށް ދީފައިވާ އެގްރީމެންޓުގައިވާ ޮގތުން ކުރިޔަށް ޮއތް ތަނުގައި އައިލެންޑް އޭވިއޭޝަނަށް އާމްދަނީ ނުލިބޭނެ ދާއިރާ ތަކެވެ. އެތެރޭގެ އުދުހުންތަކުން އައިލެންޑް

އޭވިއޭޝަނަށް މިހާރު ވެސް ފައިދާއެއް ނުވެ އެވެ. އައިލެންޑް އޭވިއޭޝަނަށް އާމްދަނީ ލިބޭ ޮދރުތައް ބަންދު

ވުމަކީ އެ ކުންފުނި އަދި ދިވެހިންގެ ގައުމީ އެއާލައިން ދިރި ދެމި ޮއތުމާ މެދު ސުވާލު އުފެދޭ ކަމެކެވެ. ސަރުކާރުން ބުނެފައި ވަނީ އެއާޯޕޓްސް ޮކމްޕެނީ ކުއްޔަށް ދިނުމުގެ ސަބަބުން މަދުވާ ބައި ސަބްސިޑީޒްގެ ޮގތުގައި ދެއްވާނެ

ކަމަށެވެ. އެކަމަކު ތެލިސީމިއާ ކުއްޖަކަށް ލޭ އަޅާ އުސޫލުން ޮކންމެ އަހަރަކަށް މަދުވާ ބައި

ބަޖެޓުން ދީގެން ގައުމީ އެއާލައިން އުމުރު ދުވަހު ހިންގުމުގެ ވިސްނުމަކީ ރަނގަޅު ޮގތް

ކަމަށް ޤަބޫލެއް ނުކުރެވެ އެވެ. މި ބަދަލުގެ ވަށައިގެން ހުރި

މައްސަލަ ތަކަށް ފިކުރު ހިންގާން ޖެހެ އެވެ. ކުންފުންޏަށް ލިބޭ އާމްދަނީގެ ޮދރުތައް ބަންދުވެ، ނޭވާ ޮހޅިއަށް އެޅޭ އިރު މި ފިޔައިގެ ދަށުގައި ތިބި 700 އެއްހާ މުވައްޒަފުންގެ ވަޒީފާ އަށް ވާނެ ޮގތެއް ނޭނގެ އެވެ. ގިނަ މުވައްޒަފުންތަކެއްގެ

ވަޒީފާ ގެއްލިގެން ދިއުމުގެ ފުރުސަތު އެބަ ޮއތެވެ. އެތެރޭގެ އުދުހުން ތަކުގެ ޓިކެޓު އަގާއި އެހެނިހެން ޚިދުމަތްތަކުގެ

އަގު ވެސް ޮބޑުވުން އެކަށީގެންވެ އެވެ. މި ހުރިހާ ކަމެއްގެ ވަށައިގެން ގައުމުގެ އެކި ކަންކަމުގައި ޯމލްޑިވިއަން އަދާ ކުރާ އިޖުތިމާޢީ ޒިންމާ އަކީ ވެސް ފާހަގަ ކުރެވޭ ފަދަ ޚިދުމަތެކެވެ. އޭގެ ސަބަބުން ގައުމީ ރޫހުގެ ވިސްނުން

ދިވެހިންގެ ހިތްތަކުގައި އުފައްދައިދީފައިވެ އެވެ. ޯމލްޑިވިއަން އަކީ ދިވެހިން އުދުހެން ބޭނުން

ކުރާ ދިވެހިންގެ ވަރަ އެވެ. އެ ވަރަ ބިންދައިގެން ޮގސްފި ނަމަ އެއީ ލިބޭނެ ވަރަށް ފުން ހިތާމަ އެކެވެ. ގައުމީ ހިތާމަ އެކެވެ. ޯމލްޑިވިއަން އަކަށް ވީތީ، ޯމލްޑިވިއަންގައި ދަތުރު ކުރުމުގެ ފުރުސަތު ފުޅާ ވުމަކީ އަޅުގަނޑު އަބަދުވެސް ބޭނުންވާ ކަމެކެވެ. އަޅުގަނޑު ހިތުން ހުރިހާ ދިވެހިން

ވެސް އެދޭނީ ހަމަ މި ޮގތެވެ. މުޅި ދުނިޔޭގަ ނެތް ވަރުގެ ޓޫރިޒަމްގެ މަންޒިލަކަށް ރާއްޖެ ވެގެން އަޅުގަނޑުމެން މި ތިބެނީ ޝަރަފުގެ މެޑަލް ޖަހައިގެންނެވެ. މި ޝަރަފުގެ

އަހުލުވެރިން އެހެން ގައުމުތަކަށް އުދުހެން ޮއތް ހަމައެކަނި މަގަކީ ކުލީ ޯބޓު ފަހަރު ކަމަށް ވުމަކީ ހަމަ ގައިމުވެސް

އަޅުގަނޑު ލަދު ގަންނަ ކަމެކެވެ. ޯމލްޑިވިއަން އަކަށް ވީތީ އެވެ.

ދުނިޔޭގެ އެހެން ގައުމު ތަކަށް ކުރާ ދަތުރު ތަކުގައި އެކި ގައުމު ތަކުގެ ދިދަ ޖަހާފައި ހުންނަ ޮބޑެތި އެއާލައިންތައް ފެނުނީމަ އަޅުގަނޑު

ދެރަވެ އެވެ. ކޮާމކޯޅިސިނާން އަލީ

Page 14: Sun Magazine issue 6

ޯލބިވާ ފިރިހެނެއްގެ ރަނގަޅު ސިފަތަކާއި ޯގސް ސިފަތައް ދެނެގަތުމާއި ބަލައިގަތުމުގައި ދިވެހި އަންހެން ކުދިންނަށް އާންމުޮކށް

ޮއޅުން އަރައެވެ. ރަނގަޅު ސިފަތައް ޯގސްޮކށް ދުށުމާއި ޯގސް ސިފަތައް ރަނގަޅު ކަމުގައި ދުށުމަކީ ދިވެހި ޯލބިވެރިންގެ މެދުގައި ޮއންނަ ކަމެކެވެ. މި ޮއޅުން އެރުމާއި ނޭރުން ބިނާވަނީ އަންހެން

ކުއްޖާގެ މާހައުލުގެ ސަބަބުން ނުވަތަ އޭނާއަށް ލިބިފައިވާ ތައުލީމެއްގެ ސަބަބުންނެވެ. ބައެއް ފަހަރަށް އުޅެޮބޑުވާ މާހައުލެއްގައި ކަންކަން

ދެކޭ ޮގތުގެ މައްޗަށް އަންހެންކުއްޖާ ކަންކަން ދެކި އެޮގތަށް އަމަލު ކުރެ އެވެ. އަނެއްބައި ފަހަރަށް ފިރިހެން ކުއްޖާގެ ރަނގަޅު

ސިފަތަކާ ޯގސް ސިފަތައް ނިންމަނީ އަމިއްލަ ތަޢުލީމާ ދިރާސާގެ އަލީގަ އެވެ. މި ދެޮގތުގައި ވެސް ހަގީގަތާ ދުރަށް ދެވޭ ފަހަރު ގިނަ އެވެ. ބައެއް މީހުންނަށް ކަންކަމުގެ މާނަ ދޭހަވާ ޮގތާއި

ކަމުގެ ހަގީގަތާ ތަފާތުވެދެ އެވެ. މީހުން ހިތަށް ނާރާޮގތްޮގތަށް އަދި މީހުން ގަސްތުޮކށްފައި ނުވާ ޮގތްޮގތަށް މާނަ ދޭހަވެ އެވެ. މިޮގތުން ދޭހަވާ ދޭހަވުމެއްގެ މައްޗަށް އަމަލުޮކށް ނިންމާލާއިރު ކަމުގެ ހަގީގަތާ މުޅިން ޚިލާފަށް އަމަލު

ކުރެވިފައި ހުރެ އެވެ.

ފުރަތަމަ ސިފަ

އަންހެން ކުއްޖާ ދެރަ ވެފައި ހުންނަ ވަގުތު އެކުއްޖާ ހިނިތުން ކުރުވޭނެ

ޮގތް އޭނާ އަށް އެނގޭނެ އެވެ. އަދި އޭނާ އެކަން ކުރާނެ އެވެ. އަންހެން

ކުއްޖާ ދެރަ ވީމަ ދެން ހަދާނެ ޮގތެއް ނޭނގޭ ފިރިހެނުން ވަރަށް ގިނަ އެވެ. އަންހެން ކުއްޖާ ދެރަ ވީމަ ރުޅި ގަދަވާ ފިރިހެނުން ވެސް އުޅެ އެވެ. އެކަމަކު ޯލބިވާ އަދި

ކާމިޔާބު ފިރިހެނުންނަށް މި ކަމުގައި ހާސް ކަމެއް ނެތެވެ. ހާސްކަމެއް ނެތި، އެހެން މީހުނާ

ކުނި ނުޖެހޭޮގތަށް މައްސަލަ ހައްލުކުރަން ފިރިހެން ކުއްޖާ ދެނެގަންނާނެ އެވެ.

ދެވަނަ ސިފަ

އަންހެން ކުއްޖާގެ ޮލލަށް ބެލުން އެއީ އޭނާ އަށް ޚާއްސަ އުފަލެއް ލިބޭ ކަމަށް ވާނެ އެވެ. ޮލލަށް ބެލުމަކީ ޯލބީގެ ވަރަށް

މައުނަވީ އަދި ޖަޒުބާތީ ބަޔެކެވެ. ޯލބިވާ ފިރިހެނުން ޢާންމު ޮގތެއްގައި މި ކަން ކުރެ އެވެ. ޮލލަށް ބެލުމަކީ ތިމާގެ ސާބިތު ކަމާ ސާފުކަން ސިފަޮކށްދޭ ކަމެކެވެ. ހަތަރުކަޅި ހަމަކުރޭޯތ އާއި

ޮލލަށް ބަލާޯތ ބަލައި އެކަމުގައި އެއްވެސް "ފޭކު" ކަމެއް ނެތްކަން ކަށަވަރު ކުރާށެވެ.

ތިންވަނަ ސިފަ

އަންހެން ކުއްޖާ ހިފަހައްޓާނެ އެވެ. އެކަމަކު އޭނާގެ މިނިވަން ކަމަށް އިހުތިރާމު ކުރާނެ އެވެ.

ޮބޑަށް ޯލބިވާ ފިރިހެނުން އަންހެން ކުދިން ޮކންމެވެސް މިންވަރަކަށް ހިފަހައްޓާނެ އެވެ. އެއީ ގެއްލިދާނެ ކަމުގެ ބިރާ ހެދި އެވެ. އެކަމަކު މި ފަދަ ފިރިހެނުން މި ހިފެހެއްޓުމުގެ ތެރެއިން ވެސް އަންހެން ކުއްޖާގެ މިނިވަން ކަމަށް އިހުތިރާމު ކުރާނެ އެވެ. ކަލާގެ ރައްކާތެރިކަމަށްޓަކައި ފިޔަވަޅު އެޅުމުގެ ޮގތުން ކަލާ ހިފަހައްޓާޯތ ބަލާށެވެ. ކަންކަން މަނާޮކށް

ހުއްޓުވާއިރު ކަލާގެ މިނިވަންކަމަށް އިހުތިރާމު ކުރާކަން ކަށަވަރު ކުރާށެވެ.

ހަތަރުވަނަ ސިފަ

އެކަނިވެރި ވަގުތު ތަކުގައި އަންހެން ކުއްޖާއާ އެކު ނަށާލުން ފަދަ މަޖާ ކަންކަން ކުރަން އުޅޭނެއެވެ.

ނަށަން އެނގޭ ދިވެހި ފިރިހެނުން ވަރަށް މަދެވެ. އެހެންކަމުން ނަށަން އުޅޭ މީހުން މަދުވާނެއެވެ. ނަމަވެސް އޭނާ މަޖާކުރަން އުޅޭ ކަމަކުން މި

މަގުސަދު ދެނެގަންނާށެވެ.

ފަސްވަނަ ސިފަ

ދުވަހަކު ވެސް އަންހެން ކުއްޖާގެ ޯލތްބަށް ފުރަގަހެއް ނުދޭނެ އެވެ. އަންހެން ކުއްޖާ ޯލބިވާ މީހުން ދެކެ އޭނާ ޯލބި ވާނެ އެވެ. ޯލބި ޯހދުމާ ލިބިގަތުމަކީ ދެ މީހުންގެ މެދުގައި ހަމަހަމަ ކަމެކެވެ. އެކަން

ވާން ޖެހޭނީ ހަމަ އެކަނި ފިރިހެން މީހާ ބޭނުންވީމައެއް ނޫނެވެ. ޯލބިވާ ފިރިހެނުން މި ކަން ވަރަށް ރަނގަޅަށް ދަންނާނެ އެވެ. އަދި ދުވަހަކު

ވެސް އަންހެން ކުއްޖާގެ ޯލތްބަށް ފުރަގަހެއް ނުދޭނެ އެވެ.

ހަވަނަ ސިފަ

ވަރަށް ހެއްވާ ވެފައި އަދި މަޖާ ވާނެ އެވެ. އެކަމަކު ސީރިއަސް ވާން ޖެހޭ ހާލަތުގައި ސީރިއަސް ވާން އެނގޭނެ އެވެ. ސީރިއަސް ވާން ޖެހޭ ހާލަތެއްގައި މަޖާ ވެގަނެގެން އުޅެވުނު ނަމަ، ފަހުން އެކަން ވެސް އިހުސާސް ކުރެވޭނެ އެވެ. އަދި އެކަން ޤަބޫލު ކުރާނެ އެވެ. ސީރިއަސް ވާންޖެހޭ ކަންކަމުގައި ސީރިއަސް ނުވުމަކީ

ޯލބި ނުވާކަމުގެ ފާހަގައެކެވެ. އަދި އޭނާގެ ކިބައިގައި ފިރިހެން ވަންތަކަމެއް ނެތްކަމުގެ ހެއްކެކެވެ.

ހަތްވަނަ ސިފަ

އަންހެން ކުއްޖާގެ ކަންކަމާމެދު ކެތްތެރި ވާނެ އެވެ.

15ޯލިބާވ ފިރެިހެންއެގ ސިަފ ޯލިބާވ ފިރެިހެންއެގ ސިަފ

Page 15: Sun Magazine issue 6

ރުޅިގަދައެއް ނުކުރާނެ އެވެ. ރުޅިގަދަ ކުރުމަކީ ޯލބިނުވާ ކަމުގެ ހެއްކެކެވެ. ދައްކައިގެން އުޅެނީ ފޭކެއް ކަމުގެ ދަލީލެކެވެ.

އަށްވަނަ ސިފަ

އަންހެން ކުއްޖާގެ ކަންކަމާ މެދު އުންމީދު ކަނޑައެއް ނުލާނެ އެވެ. އަންހެން ކުއްޖާ ކަމަކާ މާޔޫސް ވެގެން ހިތްހަމަ ނުޖެހޭ ޮގތަކަށް މުޢާމަލާތް ކުރި ނަމަވެސް، ރުޅި

ގަދަ ނުޮކށް ކެތްތެރިވާނެ އެވެ. މައްސަލަ އިތުރަށް ހޫނުވިޔަކަ ނުދޭނެ އެވެ.

ނުވަވަނަ ސިފަ

އަންހެން ކުއްޖާ ކުރާ ރަނގަޅު ކަންތައްތައް އަބަދުވެސް ބަލައިގަންނާނެ އެވެ. އަދި ތަޢުރީފު ކުރާނެ އެވެ. ތަޢުރީފު އެއީ ހައްޤު ތަންތަނުގައި ކުރުން މުހިންމު އެއްޗެކެވެ. ތަޢުރީފު އަޑު އެހުމަކީ ތަބީޢީ ޮގތުން އިންސާނުން ވަރަށް ކުރާ ހިތްވާ ކަމެކެވެ. ކަލާއާ މެދު ކުރެވޭ ތައުރީފު ތަކުގައި ޮދގު ވާހަކަ ހުރެއްޖެ ނަމަ ވިސްނާ

ސަމާލުވާށެވެ.

ދިހަވަނަ ސިފަ

އަންހެން ކުއްޖާގެ މުސްތަގުބަލާ މެދު

އަބަދުވެސް ވިސްނާނެ އެވެ. ކުރިއަށް ޮއތްތަނުގައި އަންހެންކުއްޖާއަށް އެންމެ ފައިދާޮބޑު ޮގތަކީ ޮކބައިޯތ

ބަލައި އެކަމަށް ފަހިޮކށްދޭނެ އެވެ. ތެދުވެރި ޮގތުގައި

ހިތުގެ އަޑިން މިކަން ކުރާ ފިރިހެނުން އަބަދު ވެސް އިންސާފު ގަބޫލު ކުރާނެ އެވެ. ގާނޫނާއި ގަވާއިދާއި މުޖުތަމައުގެ ހަމަތަކަށް އިހުތިރާމް ކުރާނެ އެވެ.

އެގާރަ ސިފަ

އަންހެން ކުއްޖާ އެންމެ މިނެޓަކަށް ދެކިލުމަށް އެތައް މޭލެއް ދުރުން އެތައް ގަޑި އިރަކު ދަތުރުޮކށްފައި އަންނަން ޖެހުނަސް އޭނާ ހިތްވަރު ކުރާނެއެވެ. އެ ދަތުރުގެ ދިގުމިނުން ލިބުނު ވަރުބަލި ކަމަށް ވުރެ، އެންމެ މިނެޓަކަށް ޯލބިވެރިޔާ ފެނުމުން ލިބޭ

އުފާ ޮބޑުކަމުގައި ދެކޭނެ އެވެ. އެންމެ މިނިޓަކަށް ކަލާ ދެކިލުމަށް އެހާ ދުރުން އައިސް އޭގެ ބަދަލު ޯހދުމަށް އުޅޭނަމަ އޭނާގެ ނިޔަތް ރަނގަޅު ނޫން ކަމަށް ބެލުން ހައްގެވެ.

ބާރަ ސިފަ

އެއްވެސް ސަބަބެއް ނެތި ވެސް އަންހެން ކުއްޖާގެ ނަމުން ޮގވާލާނެ އެވެ. ނޫނީ ޯފނުން ގުޅާލާނެ އެވެ. ޮގވާލާ ފަހަރު ބުނާނީ "ކަމެއް ނުވޭ، ހަމަ ޮގވާލީ" ކަމަށެވެ. ގުޅާލާފަ ބުނާނީ، "ހަނދާން ވާތީ ހަމަ ގުޅާލީ" ކަމަށެވެ. މިކަމުގައި އިތުރަށް ވިސްނަން ޖެހެއެވެ. ރައްޓެހިވާތާ ކުރީޮކޅު ފިރިހެނުން މިބައި ޮބޑުކުރެ އެވެ. އޭރު އަސްލު ވާޮގތަކީ ބޭނުންވާ ވާހަކަ ސީދާ ދައްކަން ފަސްޖެހޭތީ ޮކންމެވެސް އެއްޗެއް ކިޔަނީ އެވެ. ފޭކު

މީހުން އެހެން އުޅެނީ ލަދަކުންނެއް ނޫނެވެ. ކަލާ ޮދން ގަދަވެދާނެތީ އެވެ.

ތޭރަވަނަ ސިފަ

އަންހެން ކުއްޖާ އަށް އިތުބާރު ކުރާ ކަމުގެ އިހުސާސް އަބަދުވެސް ޮކށްދޭނެ އެވެ. އިތުބާރަކީ ޮކންމެ ގުޅުމެއްގެ ވެސް ބިންގަލެވެ.

އެ ބިންގާ ރޫޅިއްޖެ ނަމަ ގުޅުން ރޫޅުނީ އެވެ. އެހެން ކަމުން އިތުބާރު ކުރުމާ އެކު އެ އިހުސާސް ޮކށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

ޯލބިވާ ފިރިހެނުން މި ކަން ކުރަނީ މި ކަމުގެ މުހިންމުކަން އެނގި ތިބެ އެވެ. އިތުބާރު ނުކުރާ ކަމުގެ އިހުސާސް ވުމަކީ އަންހެނުން ދިރިއުޅުމުން

ނާއުންމީދު ވާ ކަމެކެވެ. އަންހެނުން އެންމެ ވަރުބަލިވާ ސަބަބެވެ.

ސާދަވަނަ ސިފަ

އަންހެން ކުއްޖާ ހިތްހަމަ ޖެހޭ ޮގތަށް ކަންތައްތައް ކުރުމަށް މަސައްކަތް ކުރާނެ އެވެ. އަންހެން ކުއްޖާގެ ގަދަރު މަތިވެރި ވާނޭ

ހުރިހާކަމެއް ކުރާނެއެވެ. އެޮގތަށް ލަފާވެސް ދޭނެ އެވެ. މި ނުކުތާގައި މައްސަލަ ވެސް ޖެހެ އެވެ. އެއީ އަންހެން ކުއްޖާގެ ހުރިހާކަމަކާ ބެހެނީއޭ އަންހެން ކުއްޖާއަށް ހީވާ ފަހަރު އެވެ. ޝައްކު ނުޮކށް ވޭޯތ ބަލާނެ އެވެ.

އެކަމަކު ފޭކެއްޯތ ނުވަތަ ނޫންޯތ ބަލަން ހަނދާންކުރާށެވެ.

ފަނަރަވަނަ ސިފަ

އަންހެން ކުއްޖާއާ އެއްޮކށް ހޭދަ ކުރާ ވަގުތުތަކަކީ "ޮކލިޓީ ވަގުތު" ތަކެއް ކަމަށް ހެދުމަށް

މަސައްކަތް ކުރާނެ އެވެ. ބައެއް ފަހަރަށް ވާ ޮގތަކީ ދެ ޯލބިވެރިން ވަރަށް ގިނަ ވަގުތު އެކުގައި ހޭދަ ކުރެ

އެވެ. އެކަމަކު އެ ވަގުތުތައް އެހާ ހިތްގައިމު ނުވެދާނެ

އެވެ. މުހިންމީ ގިނަ ވަގުތެއް ނޫނެވެ. މުހިންމީ ހޭދަ ކުރާ

މަދު ވަގުތު ޮކޅު ވެސް ޮކލިޓީ ވަގުތު ޮކޅަކަށް ހެދުމެވެ. މާނަ

އަކީ އަންހެން ކުއްޖާ އުފާ ޮކށްދިނުމުގެ ވަގުތުޮކޅަކަށް ހެދުމެވެ. ޮކލިޓީ ވަގުތުގެ ޮގތުގައި ގިނަ ވަގުތު

ހޭދަ ކުރެވޭ ނަމަ އަދި މާ ރަނގަޅެވެ.

ފަނަރަ ސިފަ އެއްޮކށް

ކިޔައިދިން ފަނަރަ ސިފަ އަކީ އެކަތި އަނެކައްޗާ ގުޅިފައިވާ ސިފަތަކެކެވެ. އެހެންކަމުން މި ފަނަރަ ސިފަ ވަކިޮކށް ލިސްޓުކުރަން

ކަލާއަށް ދަތިވެދާނެ އެވެ. ފޭކު މީހުން މިހާރު ގިނަވުމަކީ މީގެ އެންމެ ޮބޑު ސަބަބެވެ. ހާސް ނުވާށެވެ. މި ފަނަރަ ނުކުތާއާ ގުޅިފައިވާ އެންމެ ނުކުތާއެއް

ޮއވެ އެވެ. އެއީ އިންސާފެވެ. ހަމަ ގަބޫލު ކުރުމެވެ. ކުށް ކުރެވޭ ފަހަރު ކުށް ގަބޫލު ކުރުމެވެ. ރަނގަޅަށް ޮކށްދޭ ކަންތަކުގެ އަގު ވަޒަން ކުރުމެވެ. މިޮގތަށް އިންސާފު ގަބޫލު ކުރާ ޯލބިވެރިޔާ ކަލާއަށް އެނގޭނެ ހެއްޔެވެ؟

ކަލާގެ އާއިލާ މީހުންނާ ކަލާ އާ ވަކިކުރަން އޭނާއެއް ނޫޅޭނެ އެވެ. އާއިލާ މީހުންނާ ގުޅުވަން އޭނާ އުޅޭނެ އެވެ. ބޭއިންސާފުން ކުރާ ކަންކަމާ ދެޮކޅު

ހަދާނެ އެވެ. ނިންމަމުން ބުނަން ހެއްޔެވެ؟ ޯލބި އުފެދިފައިވާ ހިތެއް ބުޅަލަކާ މެދުވެސް އިހާނެތިޮކށް ކަމެއް ނުކުރާނެ އެވެ.

Page 16: Sun Magazine issue 6
Page 17: Sun Magazine issue 6

GET A LUCKYDRAW COUPONFor every purchase of Rf1000.00

WIN GRAND PRIZES

2ndPrizeHitachi 9000BTU Air-Con

3rdPrizeHitachi Refrigerator

R2530AG7D

*Terms & Conditions Apply

COLLECT STAMPS & WIN FREE GIFTSGET A STAMP FOR EVERY RF500.00 SPENT

Promotion will be held atSTO Peoples ChoiceElectronics, Home Improvement, Supermartand STO Regional Shops

Page 18: Sun Magazine issue 6

އެންމެފަހުން ީޑާއރްީޕ ފޮތިފޮތިވަީނސިާނން އަީލ

ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ރާއްޖޭގައި ކާމިޔާބު ކުރަން ބޭނުން ނަމަ ޑީއާރްޕީ ބިނާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ ވިދާޅު ވެފަ އެވެ. އެމްޑީޕީގެ ހަތަރު ވަނަ އަހަރީ ޖަލްސާގައި

މިދިޔަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމު ހަރުދަނާ ކުރަން

ބޭނުން ނަމަ ސިޔާސީ ޕާޓީތައް، ވަކީން ޚާއްސަ ޮގތެއްގައި ޑީއާރްޕީ ހަރުދަނާ ކުރުމުގެ މަސައްކަތް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. ޑީއާރްޕީ އޭރު ޮއތް ހާލަތުގައި ޮއވެގެން ޑިޮމކްރެސީގެ ފައިދާ ރާއްޖެ އަށް ނުލިބޭނެ ކަމަށާ އެކަން ވާނީ ޑީއާރްޕީ ބިނާޮކށްގެން

ކަމަށް ވެސް ރައީސް އެ ރޭ ވިދާޅުވި އެވެ. "އަޅުގަނޑު އުއްމީދު ކުރަން ޑީއާރްޕީގެ ޒުވާން ލޭ، ޑީއާރްޕީގެ ޒުވާން މެންބަރުން، ޚާއްސަޮކށް ޑީއާރްޕީގެ ޒުވާން ރައްޔިތުން މަޖިލީހުގެ މެންބަރުން ނުކުންނަވައި އެ ބޭފުޅުންގެ

ޕާޓީ އެ ބޭފުޅުންނަށް ޯހއްދަވާނެ ކަމަށް،" ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ. މި ވާހަކަ ތަކަކީ ރައީސް ނަޝީދު މީގެ 15 މަސް ދުވަސް ކުރިން ދެއްކެވި ވާހަކަ

ތަކެކެވެ. އެކަމަކު މިހާރުގެ ހާލަތަށް މި ވާހަކަތައް ވަރަށް ހެޮޔވަރަށް ފެތެ އެވެ. ޑީއާރްޕީ ހަރުދަނާ ކުރަން ޖެހޭ ވާހަކަ އެވެ. ވަރުގަދަ ކުރަން ޖެހޭ ވާހަކަ އެވެ. އެހެން ނުވެއްޖެ ނަމަ

ޑިޮމކްރެސީގެ ހަގީގީ ފައިދާ ރާއްޖެއަށް ނުލިބޭނެ ވާހަކަ އެވެ.މިއަދު މި ވާހަކަތައް އަލުން ދައްކައިލުން ވަރަށް ރަނގަޅެވެ. ޤައުމުގެ އެންމެން މިއަދު ދައްކަނީ މި ވާހަކަ އެވެ. ޑީއާރްޕީ ރޫޅިއްޖެ އެވެ. ޕާޓީގެ ލީޑަރޝިޕުގައި ހުޅު ޯރވެ އަނދަމުން

ދަނީ އެވެ. ޕާޓީގެ އެންމެ މަތީ ނިންމުންތައް ނިންމާ ގުނަވަން ކަމަށްވާ ޕާޓީގެ ކައުންސިލް ބައިބައި ވެއްޖެ އެވެ. ނައިބު ލީޑަރުންނާ ލީޑަރުގެ ދެމެދުގައި ޮއތީ ޯކޅުން ތަކެވެ. ޕާޓީގެ އިސް ސަފުގައި "ފެކްޝަން" ތަކެއް އުފެދިއްޖެ އެވެ. "ނިއު ޑީއާރްޕީ" އެއްގެ ޮކޅުމަތި ވެސް ފެންނާން

ފަށައިފި އެވެ. ޑީއާރްޕީގެ ލީޑަރޝިޕުގައި ހުޅު ޯރވެ އަނދަމުންދާ އިރު، އެ ހުޅުގަނޑުގެ އުދާހުން މިލަމުން ދަނީ ޕާޓީގެ ވިންދެވެ. އަޅިޔަށް ވެގެން ފައިބަނީ ޕާޓީގެ ތެރޭގައި ޮއތް އެއްބައިވަންތަ ކަމުގެ ރޫހެވެ. މަރު ވަމުން ދަނީ ޕާޓީގެ ތިރީސް ހާހަށް ވުރެ ގިން މެންބަރުންގެ އުއްމީދެވެ. މި ކަމުގެ އަގު އަދާ ކުރެވޭނެ ޮގތެއް ބަލާން ޖެހެ އެވެ. ތިރީސް ހާސް ރައްޔިތުންގެ ބެލެނިވެރިކަން ހަވާލު ވެގެން ޮއތް ސިޔާސީ ޕާޓީއެއް

މި ހާލަތަށް ވެއްޓުނީ ކީއްވެޯތ އެނގެން ޖެހެ އެވެ. އެއީ ޕާޓީގެ ޢާންމު މެންބަރުންގެ ހައްގެކެވެ. ޕާޓީގެ ލީޑަރޝިޕު ޯކޅުމުގެ ސަބަބުން އެ މެންބަރުންގެ އުއްމީދުތައް ގުރުބާން ކުރަން ޖެހިގެން ނުވާނެ އެވެ.

ޑީއާރްޕީގެ މައި ތަނބު ތަކުގައި ރެނދުލައި ޕާޓީ ރޫޅިގެން ދިޔުމުގެ ބިރުވެރި ރަނގަބީލުގެ އަޑުފައްގަނޑު ގަދަވެފައި ވާ އިރު، މައްސަލައިގެ ފެށުމަކީ މިވެނި ކަމެކޭ ބުނެ، ދެވޭނެ ސާފު ޖަވާބެއް ނެތެވެ. ޕާޓީގެ ލީޑަރު އަހުމަދު

ތަސްމީނު ޢަލީ އާއި ނައިބު ލީޑަރުންގެ މެދުގައި "ބަހުގެ ހަނގުރާމަ" ފެށުނީ މިއަދަކު ނޫނެވެ. މި އަލިފާންގަނޑު ޯރވެގެން އުޅޭތާ

Page 19: Sun Magazine issue 6

19

އެންމެފަހުން ީޑާއރްީޕ ފޮތިފޮތިވަީނމަސްތަކެއް ވެއްޖެ އެވެ. މިއަދު ތަފާތަކީ، އެ ހުޅުގަނޑު ފަޅައިގެން

ދިޔުމެވެ. ލީޑަރޝިޕުގައި ބަހުގެ ހަމަލަތައް ފާޅުކަން ޮބޑު ޮގތެއްގައި ފުރަތަމަ ދޭން ފެށީ، މި އަހަރުގެ ފެބުރުއަރީ މަހު ބޭއްވި ޑީއާރްޕީގެ

ޮކންގްރެސްގަ އެވެ. އެ ޚިޔާލު ތަފާތުވުންތައް ފެށިގެން އައީ ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓު ޮހވާނެ ޮގތަކާ މެދުގަ އެވެ. ޕާޓީގެ މިހާރުގެ ނައިބު

ލީޑަރު ޢުމަރު ނަސީރާއި އޭނާ އަށް ވާގި ދިން ބަޔަކު ބޭނުންވީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓު ޕްރައިމަރީ އަކަށް ޮގސްގެން ޮހވާ ޮގތަށް އަސާސީ ގަވައިދު އިސްލާހު ކުރާށެވެ. އެހެން

ނަމަވެސް ޕާޓީގެ މިހާރުގެ ލީޑަރު އަހުމަދު ތަސްމީނު ޢަލީ އާއި އޭނާގެ ބައިވެރިން ކެމްޕޭން ކުރީ ޕްރައިމަރީ އަކަށް ނުޮގސް، ޕާޓީގެ ލީޑަރަށް ރިޔާސީ ކެންޑިޑޭޓު ކަމުގެ ޓިކެޓް ލިބޭ ޮގތަށް ބާއްވާށެވެ. އެއީ ޑީއާރްޕީގެ އަސާސީ ގަވައިދު ކުރިން ވެސް ޮއތް ޮގތެވެ. މި

އިސްލާހު މި ޮގތަށް ފާސްވެ، ޕާޓީގެ ނައިބު ލީޑަރުން ވެސް އިންތިޚާބު ވުމާ ހަމައިން ހަމަޖެހުމުގެ ވާހަކަތަކެއް އިވިގެން ދިޔަ އެވެ. އެ ޮގތުން ޮކންގްރެސްގެ ނިމުމާ ހަމައިން ކުރީގެ ވާހަކަތައް ނިމުނީ ކަމަށާ ދެން

ޮއތީ އެކަތިގަނޑެއްގެ ޮގތުގައި މަސައްކަތް ކުރުމުގެ ދުވަސްތައް ކަމަށް ލީޑަރުންގެ ދޫފުޅުން ވިދާޅުވި އެވެ. ކުރީގެ ޚިޔާލު ތަފާތުވުންތައް އެއީ ކުރިމަގުގެ ހުރަހަކަށް ނުވާނެ ކަމަށް ވިދާޅުވި އެވެ. އެއް ޓީމެއްގެ ޮގތުގައި މަސައްކަތް ކުރެއްވާނުގެ ކަމުގެ ޔަގީންކަން ދެއްވި އެވެ. ޑީއާރްޕީގެ ވެރިކަން އަނެއްކާ ވެސް ޮއތީ މާ ދުރުގައި ނޫން ކަމުގެ އިހުސާސްތަކެއް ޢާންމު މެންބަރުންނަށް ލިބިގެން ދިޔަ

އެވެ. އެ އުފަލުގައި އެ މެންބަރުންގެ ސިޔާސީ ވިންދު އަވަސް ވެގެން ދިޔަ އެވެ.

މޫނުތައް އުޖާލާ ވެގެން ދިޔަ އެވެ. ގިނަ ދުވަސް ތަކެއް ނުވެ އެވެ. މެންބަރުންގެ ސިޔާސީ ވިންދާ

އެއްޮގތަށް ޕާޓީގެ އިސް ގުނަވަންތައް ހަރަކާތްތެރި ވުމުގައި އިތުރު ދަތިތަކެއް ކުރިމަތިވާން ފަށައިފި އެވެ. މި ދަތިތައް ގުޅި ލާމެހިފައި ވަނީ ނިމިގެން ދިޔަ

ރިޔާސީ އިންތިޚާބާ އެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ދައުރުގައި އަރިހުގައި ތިއްބެވީ ރާއްޖޭގެ އެންމެ ޮބޑެތި މަހުޖަނުންނެވެ. އެތައް އަހަރު ތަކެއް ވާންދެން

ރައީސް މައުމޫނުގެ ކެބިނެޓުން ޖާގަ ދެއްވައިގެން ގެންގުޅުއްވި " ޯއލްޑް ޯބއީސް" ކަމަށްވާ، ފަތުޙުهللا ޖަމީލާއި ޢުމަރު ޒާހިރާއި ޒާހިރު ހުސެއިނާއި އިލްޔާސް

އިބްރާހީމް މެން ފަދަ ބޭފުޅުން ފުރަތަމަ ފަހަރަށް ދުރަށް ޖައްސަވައިލެއްވި އެވެ. އެއީ ރައީސް މައުމޫނު އެ މަނިކުފާނުގެ ސަރުކާރާއި ޕާޓީ ދިރުވުމަށް ހިތްޕުޅާ

Page 20: Sun Magazine issue 6

ދެޮކޅަށް ގެންނެވި ބަދަލެއް ކަމަށް ގަބޫލު ކުރެވެ އެވެ. ނިއު ޯމލްޑިވްސް ޓީމުގެ ޑރ. ހަސަން ސަޢީދަށް ދައުލަތުގެ ބަންޑާރަ ނައިބުކަން، ޑރ. ޝަހީދަށް ޮފރިން މިނިސްޓަރުކަން އަދި ޑރ. ޖަމީލަށް ޖަސްޓިސް މިނިސްޓަރުކަން ދެއްވި އެވެ. އަދި ޑީއާރްޕީގެ ޒުވާން ލޭ ކަމުގައި އެ ބޭފުޅުން ވެގެން ދިޔަ އެވެ. އަދި އެ ލޭގައި ހުރި ޒުވާން ކަމުގެ ޯޖޝާއި ހޫނުކަން އެ ބޭފުޅުން ފިސާރި ސާބިތު

ކަމާ އެކު ދައްކަވަމުން ގެންދެވި އެވެ. މި ބަދަލާ އެކު، މަހުޖަނުންގެ ޓީމަކަށް ވެސް މައުމޫނު ހަމަ އެ ދަނޑިވަޅުގައި ކެބިނެޓުން ޖާގަ ދެއްވި އެވެ. އެ

ޮގތުން، ބަނޮޑސް އައިލެންޑުގެ ވެރިޔާ މުހައްމަދު ވަހީދުއްދީނާއި ވިލާ ގުރޫޕުގެ ޗެއާމަން ޤާސިމް އިބްރާހީމާއި ސަން ލޭންޑުގެ ޑިރެކްޓަރު ހުސެއިން ހިލްމީ އާއި ރެއިންޯބގެ ޑިރެކްޓަރު އިބްރާހީމް ރަފީގު އަދި ރީތިރަށް ރިޯސޓުގެ ވެރިޔާ އަހުމަދު ތަސްމީނު ޢަލީ މި ބަދަލުގެ ތެރޭގައި މައުމޫނުގެ ފަހަތްޕުޅުގައި ތިއްބެވި އެވެ. މި ބޭފުޅުންގެ އިތުރުން ސަރުކާރުގެ މަގާމެއްގައި ނުހުންނެވި ނަމަވެސް ޑީއާރްޕީގެ ނައިބު ޒައީމު ކަމުގެ މަގާމުގައި ސަން ޓްރެވެލްސްގެ ވެރިޔާ އަހުމަދު ސިޔާމް

މުހައްމަދު ވެސް ހުންނެވި އެވެ. ރިޔާސީ އިންތިޚާބަށް ޑީއާރްޕީ ޮބޑު ޚަރަދެއް ކުރި އެވެ. އިންތިޚާބު

ކާމިޔާބެއް ނުވި އެވެ. ޕާޓީއަށް ޚަރަދު ކުރަމުން އައި ގިނަ ބަޔަކު އެހާ ހިސާބުން މޫނު އަނބުރާލައިފި އެވެ. ޮއޔާ ވަޔާ އެއްޮކޅަށް ދީލާ ލައިފި އެވެ. އެ ނޫން ޮގތެއް ނެތޭ ބުނަމުންނެވެ. ފިއްތުންތައް ވެސް ޮބޑު ވާނެތީ އެވެ. ވިޔަފާރި

ވެސް ހިމާޔަތް ކުރަން ޖެހޭނެތީ އެވެ. ސިޔާސީ ކުޅިވަރަކީ އެހެން ޮއންނަ ކަމެކެވެ.

ހުރިހާ ހާލެއް ޖެހުނީ ޒަޢީމު މައުމޫނު ފަކީރަށެވެ. ޕާޓީގެ ޮބލުގައި އެތައް މިލިއަން ރުފިޔާއެއްގެ ދަރަނި އެބަ ޮއތެވެ. ސަލާމަތްވެވަޑައިގަންނަވާނެ ޮގތެއް ނެތެވެ. އިއްޒަތާ ގަދަރުގެ ސުވާލެކެވެ. ވަކި ހިސާބަކަށް ދިޔަ އިރު،

ރައްޔިތުން ހިއްސާވާ ކުންފުނި ތަކާއި އެ ނޫން ފަރާތްތަކުން ޕާޓީ ޮގވައިގެން ޯކޓު ތަކަށް ދާން ފަށައިފި އެވެ. ޕާޓީގެ މިލިއަނުން ގުނާލެވޭ ދަރަނި ތަކުގެ

ވާހަކަތައް މީޑިއާގެ ފަލަ ސުރުޚީ ތަކަށް އަރައިފި އެވެ. މީހުން އެއްޗެހި ކިޔާން ފަށައިފި އެވެ. ޢާންމު މެންބަރުން ލަދުން މޫނު އަނބުރައިލާން ޖެހޭ ހާލަތަށް

ހިނގައްޖެ އެވެ. މި ހުރިހާ އަޑިގަނޑެއްގެ ތެރޭގައި ވަފާތެރިކަންމަތީ ދެމި ހުންނެވި ބޭފުޅަކީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ރަނިންމޭޓުކަން ދެއްވި އަހުމަދު ތަސްމީނެވެ. އެހެން ކަމުން އެ މަނިކުފާނުގެ ވިސްނުންފުޅުގައި ޕާޓީގެ ހުންގާނު

ދެއްވަން އެންމެ އެކަށީގެންވާ ފަރާތަކަށްވީ ތަސްމީނެވެ.

އޭރު ވެސް އަދި މިހާރު ވެސް ތަސްމީނަކީ އެހާ އިޖުތިމާއީ ބޭފުޅެއް ނޫނެވެ. ޕާޓީގެ ޢާންމު މެންބަރުންނާ ގުޅުން ކުޑަ ބޭފުޅެކެވެ. މީޑީއާ އާ ވެސް ގުޅުން ކުޑަ ބޭފުޅެކެވެ. އެހެން ނަމަވެސް ޕާޓީގެ ގިނަ މެންބަރުންނަކީ ޒަޢީމު މައުމޫނު ދެކެ އިންތިހާ އަށް ޯލބިވާ ބައެކެވެ. ވުމާ އެކު އެ މަނިކުފާނު ދެއްވާ

އިތުބާރަކީ ތަސްމީނު ކަމަށް ވާ ނަމަ މެންބަރުންނަށް އެއީ މައްސަލައަކަށް ނުވެ އެވެ. ޕާޓީ ޮގވައިގެން އެ ހާލަތުގައި ދަތުރު ކުރެވޭ ފަދަ ތަނަވަސް

ކަމެއް ވެސް ޯހދޭނެ އެހެން ޮގތެއް ނެތެވެ. މަގަކަށް ފަހު މަގެއް އައީ ބަންދު ވަމުންނެވެ. ޕާޓީގެ ބާނީ، އަދި ޒައީމް މައުމޫނު ވަކި ހިސާބަކުން ޕާޓީގެ ސީދާ

ހަރަކާތްތަކާ ދުރަށް ޖެހިވަޑައިގެންފި އެވެ. ސިޔާސީ ހަރަކާތްތަކުން ވެސް ދުރަށް ޖެހިވަޑައިގެންފި އެވެ. މި ކަމުގެ ސަބަބުން ޕާޓީގެ ތެރޭގައި މިސްރާބު

ހިފެހެއްޓުމުގެ ބައި އަނެއްކާ ވެސް ދިޔައީ ދަށަށެވެ. އާ ސަރުކާރުގެ ވެރިކަމުގައި ތަސްމީނަށް ޮއތް ޕްރެޝަރުތައް ޮބޑުވާން ފެށި އެވެ. ދަތިތައް ކުރިމަތި ކުރުވާން ފެށި އެވެ. ފިއްތުންތައް އިތުރުވާން ފެށި އެވެ. ހަމަ ނޭވާއެއް ލެވޭނެ ޮގތެއް ނެތެވެ. ތަސްމީނު ވެސް އޭގެ ބަދަލުގައި ސަރުކާރަށް ރައްދު ދެއްވާތަން ފެނެ އެވެ. އެހެން ނަމަވެސް ޢަމަލީ ޮގތުން ޑީއާރްޕީ ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވުމަށް އެކަށީގެންވާ މަސައްކަތް

ތަކެއް ކުރައްވާ ތަނެއް ނުފެނެ އެވެ. މީގެ ނަތީޖާއެއްގެ ޮގތުން ޕާޓީގެ ޒުވާން ލޭ ހޫނުވާން ފަށައިފި އެވެ. ކެކެން ފަށައިފި އެވެ. މި ހޫނު ކަމަށް ޕާޓީގެ ލީޑަރު، ތަސްމީނުގެ މަޑުމައިތިރި

ސިޔާސަތު ޖާގައެއް ނުދެ އެވެ. އިދިޮކޅު ޕާޓީއެއްގެ ޮގތުގައި އިދިޮކޅު ހަރަކާތްތައް ހިންގަން ތަސްމީނު ފުރުސަތު ނުދެއްވާ ކަމަށް ޕާޓީގެ ނައިބު ލީޑަރުން ފާޅުގައި ވިދާޅުވާން ފައްޓަވައިފި އެވެ. ޑީއާރްޕީން ކުރިޔަށް ގެންދިޔަ ކަރަންޓު މުޒާހަރާ

ވަކި ހިސާބަކުން ހުއްޓައިލީ ތަސްމީނު ވިދާޅުވެގެން ކަމަށް ޚަބަރުތައް ފެތުރުފައިވެ އެވެ. މިހާރު ހިލިގެން މި އުޅޭ މައްސަލަ އަކީ "ގަންނާނެއްބާ ސަރުކާރު" ގެ ނަމުގައި ކުރިޔަށް ގެންދަން އުޅުނު މުޒާހަރާއެއްގެ ވާހަކަ އެވެ. މި މުޒާހަރާގެ ވާހަކަތައް ޑީއާރްޕީގެ ރަސްމީ ލެޓަހެޑުގައި ލިޔެ ޢާންމު ކުރީ ޕާޓީގެ ދެ ނައިބު ލީޑަރުން ކަމަށްވާ ޢުމަރު ނަސީރާއި އިލްހާމު އަހުމަދެވެ. މި މައްސަލަ ހޫނުވެ

ޕާޓީގެ ފަރާތުން ބުނެފައި ވަނީ އެއީ ޑީއާރްޕީން ހިންގާ ކަމެއް ނޫން ކަމަށާއި އެ މައްސަލަ ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. މީ ވަރަށް ނާޒުކު ހާލަތެކެވެ. އެންމެ ފަހުން ޑީއާރްޕީން ފިޔަވަޅު އެޅި ކައުންސިލް މެންބަރު މިހާރު ހުންނެވީ

އެމްޑީޕީގެ ޕާލިމެންޓު މެންބަރެއްގެ ޮގތުގަ އެވެ. މި ހުރިހާ ކެކުމެއް ކެކޭ އިރު، ދެކެވޭ ޮމޅު އަނެއް ވާހަކަ އަކީ

Page 21: Sun Magazine issue 6

ރައީސް ނަޝީދާއި ތަސްމީނުގެ ރަހުމަތްތެރި ކަމުގެ ވާހަކަ އެވެ. އެ ދެބޭފުޅުންގެ ޮގތް ނެނގޭ ގުޅުމުގެ ވާހަކަ އެވެ. ދެބޭފުޅުންގެ ދެމެދުގައި ހެދޭ ޑީލެއްގެ ވާހަކަ އެވެ. ރައީސް ނަޝީދު ތަސްމީނަށް ކުރައްވާ ތަޢުރީފު ވާހަކަ އެވެ. އެ ތަޢުރީފުގައި ޮފރުވިފައިވާ މާނައިގެ ތަރުޖަމާ އެނގޭ މީހަކު ނެތެވެ. އިންޓަނެޓު ނޫހެއް ކަމަށްވާ އޭޝިއަން ޓްރައިބިއުން އަށް ދާދި ފަހުން ދެއްވި

އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވާ ޮގތުގައި، ތަސްމީނަކީ މި ގައުމުގެ މަސްރަހު ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ.

ތަސްމީނު މަސައްކަތް ކުރައްވާ ޮގތާ މެދު ވަރަށް ޮބޑަށް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށާއި ސަރުކާރަށް ފާޑު ވިދާޅުވި ނަމަވެސް އެހެން ބޭފުޅުންހެން ސަރުކާރު ވައްޓައިލާން މަސައްކަތް ކުރެއްވުމުގެ ބަދަލުގައި

ތަސްމީނު މަސައްކަތް ކުރައްވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅު ވެފަ އެވެ. ތަސްމީނަށް ޑިޮމކްރެސީ ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި އެކަމަކު އެމަނިކުފާނުގެ ޕާޓީގެ ހުރިހާ މީހުންނަށް ޑިޮމކްރެސީ ނޭނގޭތީ އެ ކަމަށް ތަސްމީނަށް ވަގުތު ބޭނުންފުޅު ވާނެ ކަމަށް

ވެސް ރައީސް ނަޝީދު ވަނީ ވިދާޅު ވެފަ އެވެ. ރައީސް ނަޝީދާއި ތަސްމީނަކީ ސްކޫލު ދައުރުގައި ކްލާސް މޭޓުންނެވެ. އެ ޮގތުން އެއީ ކުރިން ވެސް ގާތް

ރަހުމަތްތެރިންނެވެ. ހަމަ މިއާ އެކު ރައީސް ނަޝީދުގެ ބައްޕަ އަދި ތަސްމީނުގެ ބައްޕަ އަކީ ވެސް ވަރަށް ގާތް ރަހުމަތްތެރި ދެ ބޭފުޅުންނެވެ. ޑީއާރްޕީގެ

ތެރޭގައި އުފެދިފައިވާ ޯކޅުންތައް ތަސްމީނާއި ރައީސް ނަޝީދުގެ ގާތް ގުޅުމުގެ ސަބަބުން ވަނީ އިތުރަށް ހޫނު ވެފަ އެވެ. އެއީ ސިޔާސީ ޑީލެއްގެ ޮގތުގައި ވެސް ބައެއް ފަރާތްތަކުން މާނަ އެބަ ކުރެ އެވެ. އެ ޮގތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދުގެ ރަނިންމޭޓެއްގެ ޮގތުގައި ތަސްމީނު ހުންނެވުމަކީ ވެސް ވެދާނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން

ސިފަ ކުރެ އެވެ. އެ ފަދަ ފަރާތްތަކުން މާނަ ކުރާ ޮގތުގައި، މިހާރު ގައުމުގެ ތަރައްގީގެ ދުވެލި ހުރި ޮގތަށް ބަލާ އިރު އިތުރު އެއް ދައުރުގެ ވެރިކަން

ކުރުމުގެ ފުރުސަތު ރައީސް ނަޝީދަށް ދޭން ދިވެހި ރައްޔިތުން ފަހަކަށް ނުޖެހޭނެ އެވެ. އެހެން ކަމަށް ވާނަމަ، ކުރިޔަށް ޮއތް ފަސް އަހަރު ވެސް އިދިޮކޅު ޕާޓީގެ ލީޑަރުގެ ޮގތުގައި ހުންނެވުން ފިޔަވައި އިތުރު ފުރުސަތެއް

ތަސްމީނަކަށް ނެތެވެ. ޑީއާރްޕީގެ ނައިބު ލީޑަރުން ދެ ބަޔަށް ބެހި، ޢުމަރު ނަސީރާއި

އިލްހާމު އިސްޮކށް ތިއްބަވައިގެން ތަސްމީނާ އިދިޮކޅަށް ނަމަވެސް ޕާޓީއާއިގެން ނުކުންނަވާނެ ކަމުގެ އިޝާރާތެއް އެ ދެ ބޭފުޅުން ވަނީ ކުރައްވައިފަ އެވެ.

އެހެން ވެއްޖެ ނަމަ ޕާޓީގެ އެތެރޭގެ މަސްރަހު އިތުރަށް ނާޒުކު ވާނެ ކަމަށް ބެލެވެ އެވެ. އިތުރަށް ބައިބައި ވާނެ ކަމަށް ގަބޫލު ކުރެވެ އެވެ. އުމަރު

ނަސީރު ވިދާޅުވާ ޮގތުގައި ސަރުކާރު ޒިންމާދާރު ކުރުވުމުގައި އެންމެ ޮބޑު އިދޮކޅު ޕާޓީގެ ހައިސިއްޔަތުން ޑީއާރްޕީއަށް އެ ޒިންމާއެއް ނުއުފުލެ އެވެ. އޭނާ ވިދާޅުވާ ޮގތުގައި ޕާޓީގެ އަޑު ވަނީ ކެނޑިފަ އެވެ. އެހެންވެ އޭނާ

އާއި އޭނާގެ ބައިވެރިން ބޭނުން ވަނީ ޑީއާރްޕީގައި "އަޑު" ޖައްސައި އިދިޮކޅު ހަރަކާތްތައް ވަރުގަދަ ކުރާށެވެ.

މީގެ ފަނަރަ ވަރަކަށް މަސް ދުވަސް ކުރިން ރައީސް ނަޝީދު ވިދާޅުވި ޑީއާރްޕީ ވަރުގަދަ ކުރުމަކީ މީ ކަމަށް ވެދާނެ އެވެ. ރައީސް ނަޝީދު އޭރު އެ ވިދާޅުވި ޑީއާރްޕީގެ ޒުވާން ލެޔަކީ ޕާޓީގެ އިސް ސަފުގައި މިހާރު ތިއްބެވި ލީޑަރުން ކަމަށް ވެސް ވެދާނެ އެވެ. މި ހާލަތުގައި ޑީއާރްޕީ ހަމަ މަގަށް އެޅުވުމަކީ ޕާޓީގެ ލީޑަރޝިޕުގެ ޒިންމާ އަކަށް ނޫނީ ނުވާނެ އެވެ. މިއަދު ޕާޓީގެ މި ހުރިހާ މައްސަލައެއް ހައްލު ކުރެއްވުމުގެ ޒިންމާ ޮއތީ ތަސްމީނުގެ އިސްތަށި ފުޅުގަ އެވެ. ޕާޓީގެ ވިންދު ހުއްޓެނީ އެވެ. ދިރުން ދަނީ އެވެ. މާ ލަސް ވެއްޖެ ނަމަ ފަރުވާ ކުރަން އުނދަގޫ ވާނެ އެވެ.

To commentSUN (comment) and send to 2747

Page 22: Sun Magazine issue 6

22

Page 23: Sun Magazine issue 6

23

ާލާރ ކައިވެނި އިއުާލންކޮށްފިމީގެ ދިހަ އަހަރު ކުރީން މިސް ޔުނިވަރސް ގެ ތާޖު

ހާސިލުކުރުމަށްފަހު ދުވަސްޮކޅެއް ވަންދެން ލާރާ ދަތު އުޅުނީ ނިއު ޯޔރކުގައެވެ. އެއިރު މަޝްހޫރު ޓެނިސް ކުޅުންތެރިއެއް ކަމުގައިވާ މަހޭޝް ބުޕާތީ ވެސް އުޅުނީ ނިއު ޯޔރކުގައެވެ.

ނަމަވެސް އެ ދުވަސްވަރު ދެ މީހުން ދިމާވެފައެއް ނުވެއެވެ. ދެ މީހުން ދިމާވީ މާ ފަހުން އިންޑިޔާގައެވެ. ނަމަވެސް ލާރާއަށް ޯލބި ހުށަހެޅުމަށްޓަކައި މަހޭޝް ޚިޔާރުކުރި ތަނަކީ ނިއު ޯޔރކެވެ. އެއީ ނިއު ޯޔރކަކީ ދެ މީހުންގެވެސް އެންމެ މަޤުބޫލު އެއް ޝަހަރަށް

ވެފައި، ދެ މީހުންނަށް އެންމެ ފުރަތަމަ އެއް ޝަހަރެއްގައި އުޅެވިފައިވާ ޝަހަރަކީ ނިއު ޯޔރކު ކަމުގައި ވާތީއެވެ.

ދާދި ފަހުން ބޭއްވުނު ޔޫއެސް ޯއޕަން ޓެނިސް މުބާރާތުގެ ތެރޭގައި ލާރާއަށް ޯލބި ހުށަހަޅައި ކައިވެނި

ކުރަން އެދުމަށްޓަކައި މަހޭޝް ވަނީ ޚާއްސަ ޑިނަރއަކަށް ލާރާއަށް ދައުވަތު ދީފައެވެ. މި ޑިނަރގައި، އުއްބައްތި އަލީގެ

މާހައުލެއްގައި އޭނާ ލާރާއަށް ދިން އަނޮގޓިއަކީ އޭނާގެ އަމިއްލަ ޑިޒައިނަކަށް ހައްދާފައިވާ އަނޮގޓިއެކެވެ. "މަހޭޝް އަމިއްލަ

ޑިޒައިނަކަށް އަނޮގޓި ތައްޔާރުކުރުވާފައި ދިނުމުން އަހަރެން ހުރީ ގަބޫލުކުރަންވެސް އުނދަގޫވެފައި. ހީއެއް ނުކުރަން އޭނާ އެރޭ

ހުށަހަޅާފާނެ ކަމަކަށް." އުފަލުން ޮފޅިފައި ހުރެގެން ލާރާ ބުންޏެވެ. ލާރާއާއި މަހޭޝްގެ އެންގޭޖްމަންޓުގެ ކުރީންވެސް އެ ދެމީހުން އެކީގައި އާއްމު ތަންތަނުގައި އުޅޭތަން ނޫސްވެރީންނަށް ފެނިގެން އެ ވާހަކަ ނޫސްތަކުގައި ލިޔެފައި ވެއެވެ. ނަމަވެސް ދެ މީހުންގެ ދެމެދުގައި ޮއންނަ ގުޅުމަކާ ބެހޭޮގތުން އެކަކުވެސް މީގެ ކުރީން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. ނޫސްވެރިއަކު

ސުވާލުކުރިޔަސް އެމީހުން ބުނެފައިވަނީ އަމިއްލަ ދިރިއުޅުމާ ބެހޭޮގތުން ވާހަކަދައްކާނީ ކުރިމަގާމެދު ޔަގީންކަމާއެކު ޮގތެއް

ނިންމާ ދުވަހަކުން ކަމުގައެވެ. މަހޭޝް އަކީ ކުރީން މީހަކާ އިނދެގެން އުޅުނު

މީހެކެވެ. ނަމަވެސް މިހާރު އޭނާ ވަނީ އަންހެނުން ވަރިޮކށްފައެވެ. މަހޭޝް އަންހެނުން ވަރިކުރީ ލާރާގެ ސަބަބުންޯތ ކުރެވުނު

ސުވާލުގެ ޖަވާބުގައި ލާރާ ބުނީ އޭނާއާ މަހޭޝްއާ ދިމާވީވެސް މަހޭޝް އަންހެނުން ވަރިކުރިތާ އެއް އަހަރު ފަހުން ކަމުގައެވެ. ކައިވެނި ކުރާނެ ދުވަހަކާ ބެހޭޮގތުން ލާރާ ބުނީ މި އަހަރު

ނިމުމަށް ފަހުގައި ކަމުގައެވެ. "އަހަރެމެން ދެ މީހުންވެސް މި އުޅެނީ ވަރަށް ބުރަޮކށް. ކުރިއަށް ޮއތީ މަހޭޝް ބައިވެރިވާ ޑޭވިސް

ކަޕް ޓެނިސް މުބާރާތް. އެއަށްފަހު އޭނާ ޖެހޭނެ ޮކމަންވެލްތް ގޭމްސް އަށް ތައްޔާރުވާން. އެހެންވީމާ އޭގެ ފަހުން ކައިވެންޏާ މެދުގައި ވިސްނާނީ." ލާރާ ބުނިޮގތުގައި ދެ މީހުންގެ އާއިލާގެ

މީހުންވެސް ތިބީ މި ގުޅުމާ މެދު ވަރަށް ޮބޑަށް ހިތްހަމަ ޖެހިފައެވެ.

To commentSUN (comment) and send to 2747

Page 24: Sun Magazine issue 6

24

މިހާރު އަމަލުކުރަމުން ދާ ޤާނޫނުއަސާސީ ގައި ލާމަރުކަޒީ އުޞޫލުން ޤައުމު ހިންގުމަށް ވަރަށް ޮބޑަށް އަހުމިއްޔަތުކަން ދީފައިވެއެވެ.

ރާއްޖޭގައި ހަރުދަނާ ޑެޮމޮކރަސީއެއް ގާއިމުކުރާށެވެ. އަދި ރައްޔިތުންނާއި ގުޅުން ހުންނަ ކަންކަމުގައި ރައްޔިތުން ބައިވެރިޮކށްގެން ގިނަ ބަޔެއްގެ ޚިޔާލާއި އެއްޮގތަށް ޤައުމުގައި އެބަޔަކު ދިރިއުޅޭ ސަރަޙައްދެއްގައި، އެބަޔަކާއި ގުޅޭ

ކަންކަން ނިންމުމަށް ފުރުޞަތު ލިބިދިނުމަށެވެ. ލާ މަރުކަޒީ އުޞޫލުން ރާއްޖޭގެ

އަޮތޅުތައް ހިންގާ ވާހަކަ އަކީ ޒަމާނީ ދިވެހިރާއްޖޭަގައި ވަރަށް ގިނައިން ދެކެވޭ ވާހަކައެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ވިސްނިފައި ޮއންނަނީ

މިއީ ރާއްޖެ އަށް އާ އުޞޫލެއް ކަމަށެވެ. ރާއްޖޭގެ އަޮތޅުތަކަށް ބިދޭސީ ނިޒާމެއް ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި މާޒީގައި ކަންތައް ތައް

ހިނގާފައިވާޮގތަށް ފުޅާ ދާއިރާއެއްގައި ވިސްނާލާއިރު މި ނިޒާމަކީ ރާއްޖެ އަށް އާ ނިޒާމެއް ނޫނެވެ.

ތެދުފުޅެކެވެ. ފަންސާހުގެ އަހަރުތަކަށް ބަލާއިރު ލާ މަރުކަޒީ އުޞޫލުން ޤައުުމު ހިންގުމުގެ ވާހަކަ އަޮތޅުތެރޭގައި އެއްވެސް މީހަކު ނުދައްކައެވެ. އެހެންނަމަވެސް އަޮތޅުތެރޭގެ ހުރިހާކަމެއްކަހަލަ ޮގތަކަށް ހިނގަމުން

ޮގސްފައިވަނީ އަޮތޅުވެރިންނާއި ރަށްރަށުގެ ވެރިންނާއި އެރަށެއްގައި ނަގާ ކިޔާ

އުޅޭ ހަރު މީހުންގެ ލަފަޔާއި އިރުޝާދާއި އެކުގައެވެ. ރަށް ރަށުގައި ތަރައްޤީގެ އެކި އެކި މަސައްކަތްތައް ކުރުމަށް އާމްދަނީ ޯހދަނީ ވެސް ރައްޔިތުންނެވެ. ރައްޔިތުންއާމްދަނީ ޯހދުމަށް ކުރާ ތަފާތު މަސައްކަތްތަކުންނާއި، ރައްޔިތުން ކުއްޔަށް ދޭ ތަންތަނުންނެވެ. މިސާލަކަށް ދަންނަވާނަމަ ރަށުގައި ރައްޔިތުން

ހައްދާފައި ޮއންނަ ރުއްގަނޑެއް ކަހަލަ ތަނަކުންނެވެ. ޢަާއްމުންނަށް ރައްޔިތުންގެ ފަރާތުން ބައެއް ޚިދުމަތް ޯފރުޮކށްދޭ ބައެއްފަރާތްތަކަށް މުސާރަ ދެނީ ވެސް

ރައްޔިތުންނެވެ. ބައެއް ހާލަތުގައި ތަކެތިންނެވެ. މިސާލަކަށް ދަންނަވާނަމަ މަސްބާނައިގެން އަންނަ ޯދނިފަހަރުން

ޯދނިން މަަހަށް ދިޔަ މީހުންނެކޭ އެއްވަރުގެ މަސްބައެއް އަޅައިގެންނެވެ. އެ ޒަމާނުގައި އަޮތޅު ހިންގުމުގެ ހުރިހާ ބާރެއް ޮއންނަނީ އަޮތޅުވެރިންގެ

އަތްޕުޅުގައެވެ. އަޮތޅުވެރިކަމަކީ އެހާ ބާރުގަދަ މަޤާމަކަށްވީ އެހެންވެގެންނެވެ. އަޮތޅުވެރިންގެ ބާރުގަދަކުރުމުގެ ޮގތުން އެތަންތާގައި އުޅޭ މުއްސަނދިންގެ

އެހީއާއި ނުލައި އަޮތޅުވެރިންނަށް ތަނަވަސްކަމާއި އެކު އުޅުއްވޭނޭ ވަސީލަތްތައް ވެސް ސަރުކާރުން ޮއންނަނީ އެޒަމާނުގެ ނިސްބަތުން ތަނަވަސް ޮކށްދެއްވާފައެވެ.

މައި ސަރުކާރުން އަޮތޅުތަކުގައި ސީދާޮގތެއްގައި ހިންގަވަނީ ސަރުކާރުގެ މައިގަނޑު ސިޔާސަތެވެ. އަޮތޅުތަކަށް ބޭނުންވާޮގތަށް ދުވަހުންދުވަހަށް ކުރަންޖެހޭ

ސިކުނޑީގެ ތޫފާންސީނާ އަހުމަދު ޒާހިރު

Page 25: Sun Magazine issue 6

25

ކަންތައްތައް ނިންމަމުން އައީ އަޮތޅަކުންނެވެ. ސަރުކާރުން މިހާރު ކުރިއަށް ނެރުއްވާފައިވާ ސިޔާސަތަކީ، ގާތުގައި ޮއންނަ ރަށްރަށް "ގުޅުވައިގެން" ހިންގެވުމުގެ ސިޔާސަތެކެވެ. އަޮތޅުތައް

ހިންގެވުމުގެ ފަސޭހަފުޅަކަށްކަމަށް ވިދާޅުވެއެވެ. މިކަމުގެ ސަބަބުން އަޮތޅުތަކަށް އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުން ލިބޭނެކަމަށް ވިދާޅުވެއެވެ. ލާމަރުކަޒީ

އުޞޫލުން ޤައުމު ހިންގުމުގެ ވާހަކަދެކެވޭ މިފަދަ ދަނޑިވަޅެއްގައި މިފަދަ އުޞޫލެއް ތަޢާރަފް ކުރުމާއި މެދު އަޅުގަނޑުމެން ވަރަށް ކަންޮބޑުވެއެވެ.

ލާމަރުކަޒީ އުޞޫލުގެ މައިގަނޑު ބޭނުމަކީ ސީދާ އެތަނެއްގައި ދިރިއުޅޭމީހުންނާއި ބެހޭ އާދައިގެ ކަންތައްތައް ނިންމުމާއި ހިންގުމާއި ވަކި ފެންވަރެއްގައި އެތަނެއްގައި ފައިސާ ޯހދުމުގެ ބާެރު އެތަނެއްގައި ދިރިއުޅޭ މީހުންނަށް

ލިބިދިނުމެވެ. މިހެން ދަންނަވާއިރުވެސް، ރާއްޖޭގައި ލާމަރުކަޒީ އުޞޫލުން ޤައުމު ހިންގުމުގެ ނިޒާމަށް، މިހާެރުވެސް މިޮއތީ ނުފޫޒުގަދަފަރާތްތަކަށް

ފައިދާވާނެޮގތަށް ދިވެހި ސިޔާސީ ކުލަ ޖައްސާފައެވެ. އެމީހަކު ދިރިއުޅޭ ޮކންމެތަނަކުން ޯވޓުލެވޭޮގތަށް ހަމަޖައްސައިގެންނެވެ. ޢާއްމު އިންތިޚާބުބޭއްވޭ ޮގތާއި އެއްޮގތަކަށެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި މިފަދަ އިންތިޚާބުތައް

ބޭއްވޭޮގތާއި ޚިލާފަށެވެ. ކައިރީގައި ޮއންނަ ރަށްތަށް ގުޅުވާލައިގެން އެއް ރަށެއްގެ ޮގތުގައި ހިންގާ ކަމަށް ވާނަމަ، އަޅުގަނޑުގެ ނަޒަރުގައި އެރަށް ރަށާއި މެދު

އެކަންތައް ކުރެއްވެނީ މިހާރަށްވުރެ ވެސް ޮބޑަށް މަރުކަޒީޮކންނެވެ. ތެދުފުޅެކެވެ. ބައެއް ފަސޭހަތައް ހުރެދާނެއެވެ. އެހެންނަމަވެސް އެ ފަސޭހަތަކަކީ ޮކންމެހެން ގުޅިގެން ހިންގާ ރަށްތަކެއްގެ ޮގތުގައި އިޢްލާނު ނުކުރައްވާ

ވެސް ދެއްވިދާނެ ފަސޭހަތަކެކެވެ. މިސާލަކަށް ދަންނަވާނަމަ ރަގަޅު ސްކޫލެއްގައި ކިޔަވައިދިނުމުގެ

ބޭނުމުގައި ޮބޑު ރަށުގެ ސްކޫލުގެ ޚިދުމަތް ގާތުގައި

ޮއންނަ ރަށްރަށުގެ ކުދިންނަށް އެއް ހަމައެއްގައި ނުވަތަ

އިތުރު އިންތިޒާމްތައް ހަމަޖައްސައިގެން ލިބޭޮގތްވުމެވެ. މިހާެރުވެސް ބައެއް އަޮތޅުތަކުގައި ކައިރީގައި ޮއންނަ ކުދި ރަށް ރަށުގެ މީހުންނަށް ޮބޑެތި ރަށް

ރަށުން މިފަދަ ޚިދުމަތް ދެމުން ގެންދެވެއެވެ. ސަރުކާރުގެ އެއްވެސް ފަރާތެއްގެ ހިތްވަރުދިނުމެއްނެތިވެސް ޒަރޫރީ ޙާލަތު މަޖުބޫރުޮކށްގެން ރައްޔިތުން އަމިއްލަ

އަށް ވެސް މިފަދަ ގުޅިފައިވާ ޚިދުމަތްތައް ދީފައިވެއެވެ. ވަރަށް ކުރީއްސުރެ ހދ. ކުޅުދުއްފުށި ވެފައި ޮއތީ އެއަޮތޅުގެ އެހެން ރަށްރަށުގެ މީހުން މާލެދަތުރުކުރުމަށްދާ

މަރުކަޒަކަށެވެ. ގދ. ތިނަދޫގައި ހިންގާ ސްކޫލުގެ ފެންވަރު ރަގަޅުވުމާއި އެކު އެރަށާއި ކައިރި ރަށްރަށުގެ މީހުންގެ ދަރިން އުނގެނުމަށްޓަކައި ތިނަދޫގައި ބައިތިއްބަންފެށިއެވެ. ބ.އަޮތޅުގެ އޭދަފުށްޓަކީވެސް މިކަހަލަ ރަށެކެވެ. ގުޅިގެން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ މިސާލެއްގެ ޮގތުގައި ނެންގެވި އެއް ރަށަކީ ދ.އަޮތޅުގެ ވާނީއެވެ. އެރަށަކީ ކުޑަހުވަދުއަށް، އެރަށުގެ މީހުން ބަދަލުވުމުގެ

ފުރުޞަތު ލިބުނު ރަށެކެވެ. އެހެންނަމަވެސް އެރަށުގެ ބައެއް މީހުންގެ ޚިޔާލު ފަހުން ބަދަލުވެގެން އެޮގތަށް ހަމަނުޖެހުނީއެވެ. މިފަދަ ކުދި ރަށް ރަށް ވަކި ރަށެއްގެ ޮގތުގައި ގުޅިގެން ވެސް ތަރައްޤީ ކުރެވޭނީ ކިހާ ވަރަކަށްޯތއެވެ؟

މީރު ފެންދިނުމާއި ކަރަންޓުގެ ޚިދުމަތް ދިނުމާއި ނަރުދަމާ ހެދުމުގެ މަސައްކަތް ޮބޑުރަށާއި ގުޅުވައިގެން ކުރިއަށް ގެންދެވިދާނެބާވައެވެ؟ ވަރަށް ގިނަ

ޒަމާންވާންދެން ހުވަރަފުށީގެ ވެރިން ބެރިންމަދޫ ބެލެހެއްޓިއެވެ. އޭރު އެރަށަށް އައި

ތަރައްޤީއެއް ޮއތްބާވައެވެ؟ އެރަށުގެ މީހުންނަށް ތަރައްޤީ އައީ ހުވަރަށްފުއްޓަށް ބަަދަލުވުމުންނެވެ.

ޤައުމުގެ އިޤްތިޞާދު ހަރުދަނާ ކުރުމަށާއި ސަރުކާރުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށް ޮއތް މައިގަނޑު ހައްލަކީ ދިރިއުޅުން ދަތި އާބާދު

ކުރަން އުނދަގޫ، މީސްޮކޅު މަދު ކުދި ރަށްރަށުގެ އާބާދީ ކައިރީގައި ޮއންނަ ޮބޑެތި ރަށް ރަށަށް ބަދަލުކުރެވިގެންނެވެ. ރަށެއްގެ އާބާދީގެ ނުރުހުމުގައި އެ ރަށެއްގެ މީހުން އެހެން ރަށަކަށް ބަދަލުކުރުމަކީ އ.ދ.ގެ މިފަދަ ކަންތަކާއި ބެހޭ ޤަވާއިދުަތައް ހުއްދަކުރާ ކަމެއް ނޫނެވެ. މިފަދަކަންކަން ނިންމަންޖެހޭނީ

އެރަށެއްގެ ރައްޔިތުންގެ ޯވޓަކުންނެވެ. ރައްޔިތުންގެ ރުހުން ޯހދައިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ކުދިކުދި އާބާދީގެ ރަށްތައް މަދުކުރެވެންވީއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށް ރަށް މަދުކުރުމަށް ކުރަންޖެހޭ ހޭލުންތެރިކުރުވުމުގެ މަސައްކަތް ވަރަށް ޮބޑެވެ. އަދި އެކަން ކާމިޔާބުކުރުމަށް

ފުރަތަމަ ފިޔަވަހީގައި ކުރަންޖެހޭ ޚަރަދުވެސް އެހާމެ ޮބޑުވާނެއެވެ. އެހެންނަމަވެސް ނިމުން ކާމިޔާބުވާނެއެވެ. އަދި ބަދަލުވާ އާބާދީގެ މުސްތަޤްބަލް

އުޖާލާވާެނެއެވެ. ލާމަރުކަޒީ އުޞޫލުން ޤައުމު ހިންގުމަށް ސަރުކާރުން ގެންނަވަން މިހާރު ހުށައަޅާފައިވާ ބަދަލަށް ރައްޔިތުންގެ ޚިޔާލަށްވުރެ ޮބޑަށް ބޭނުންވާނީ އެކަމުގެ ފަންނީ މީހުންގެ ޚިޔާލެވެ. ރާއްޖެކަހަލަ ޑެޮމކްރަސީގެ

މަގުން ހިނގާ، ނުވަތަ ހިނގަންބޭނުންވާ އެހެން ކުދި

ޤައުމުތަކުގެ ތަޖުރިބާއެވެ. ރަށް ރަށް އުފެދިފައި ޮއންނަ ޮގތުން އެއް ރަށެއްގެ ޮގތުގައި ތަރައްޤީ ޮކށް، ޚިދުމަތްތައް ފުޅާ ކުރެވިދާނެ ބައިވަރު

ރަށްތައް ރާއްޖޭގައި އެބަހުއްޓެވެ. ލ.އަޮތޅުގައި އެއްފަސް ގަނޑަކަށް

ޮއންނަ ރަށްތަކެވެ. އައްޑު އަޮތޅުގައި އެއްފަސްގަނޑަކަށް ޮއންނަ ބައެއް ރަށް ރަށެވެ.

ހުވަދު އަޮތޅުގައި ކުޑަ މަސައްކަތަކާއި އެކު ތަރައްޤީ ކުރެވިދާނެ ރަށް ރަށެވެ. މިސާލަކަށް ދަންނަވާނަމަ މަޑަވެއްޔާއި ޯހޑެއްދޫ

އެވެ. ނ. އަޮތޅުގައި ކެނދިކުޅުދޫއެވެ. މ.އަޮތޅުގައި ޮކޅުފުށްޓެވެ. މިކަހަލަ ބައިވަރު ރަށް ރަށެވެ. ފުރަތަމަ ފިޔަވައްސަކަށް ސަރުކާރުން މިފަދަ ރަށްރަށް އެއް ރަށެއްގެ ޮގތުގައި ނުވަތަ ގުޅިފައިވާ ވިއުގައެއްގައި ތަރައްޤީ ކުރައްވަންވީ ނޫންބާވައެވެ؟ މީގެތެރެއިން ބައެއް ރަށްރަށުގެ މީހުން އަދިވެސް އެމީހުންނަކީ

އެއްރަށެއްގައި ދިރިއުޅޭ ބައެއްކަމަށް ޤަބޫލުކުރާކަށް ބޭނުމެެއްނުވެއެވެ. ދެރަށެއްގެ ޮގތުގައި ހިންގާ އެއްފަސްގަނޑެއްގައި ޮއންނަ ރަށްރަށާއި މެދު ނިންމަވާޮގތެއްގެ

ސަބަބުން ބައެއް ސަރަޙައްދުގައި ވަގުތީޮގތުން މިކަމަށް ސިޔާސީ އަގެއް ދައްކަވަން ޖެހިދާނެއެވެ. އެހެންނަމަވެސް މިފަދަ ބަދަލެއްގެ ސަބަބުން

އެރަށަކަށް ޮބޑެތި އިޤްތިޞާދީ ތަރައްޤީ އާއި އުމްރާނީ ކުރިއެރުމާއި އިޖްތިމާޢީ ބަދަލުތައް އައިސް އެރަށެއްގެ ރައްޔިތުންނަށް ގިނަގުނަ ފުރުޞަތުތަކެއް ތަނަވަސްވެ އިންތިހާދަރަޖައިގެ ފައިދާ އާއި ލާބަ ލިބިގެންދާނެއެވެ.

To commentSUN (comment) and send to 2747

Page 26: Sun Magazine issue 6

26

ޯފނު ޯކލެއްޮކށް އެސްއެމްއެސް ކުރެވުމަކީ މިއަދު ޯމބައިލް ޯފނަކުން މީހަކު ޮކށްލާނެ އެންމެ އާދައިގެ ދެކަންތަކެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އެންމެ ފުރިހަމަ ޚިދުމަތްތައް ލިބޭ އެއް ޯފނަކީ ބުލެކުބެރީ ޯފނެވެ. ގިނަ ޤައުމު ތަކުގައި ސަރުކާރުގެ އިސްވެރިންނާއި

ޮބޑެތި ވިޔަފާރި ވެރިންވެސް އެންމެ ގިނަ އިން ބޭނުން ކުރާ ޯފނަކީ ބުލެކުބެރީ އެވެ.

ދިވެހި ރާއްޖޭގައި ވެސް އެކަން ޮއތީ އެޮގތަށެވެ. މާ ޝާހީ ނުވަތަ ވިޔަފާރި ޯފނެއްގެ ޮގތުގައި މިޤައުމުގައި ވެސް ބުލެކުބެރީ ޯފނު މަޝްހޫރުވެ ސަރުކާރުގެ ވެރިންނާއި ޮބޑެތި މަހުޖަނުންގެ އަތުން އެޯފނު ތައް ފެންނަމުން ދާއިރު ރާއްޖޭގައި ޯފނުގެ ޚިދުމަތްދޭ ދެ ކުންފުނިންވެސް އެޯފނުގެ ފުރިހަމަ

ޚިދުމަތްތަކެއް އަދި ނުދެއެވެ. ރާއްޖޭގައި ކިރިޔާވެސް ފައިސާ

ގެންގުޅޭ މީހެއްނަމަ އައިޯފނެއް ނުވަތަ ބުލެކު ބެރީޯފނެއް ނޫނީ ބޭނުމެއް ނުކުރެއެވެ.

މިދެޯފނުގެ ތެރެއިންވެސް ބުލެކުބެރީ ޯފނު ގެންގުޅޭ ބޭފުޅުން ފަޚުރުވެރި ވެލާފައި

މީ އެމެރިކާގެ ރައީސް ޮއބާމާ ވެސް ގެންގުޅޭ ޯފނޭ ބުނެލައެވެ. އެހެނަސް އެންމެ ކައިރިން ސިރީލަންކާ އިންވެސް ބުލެކުބެރީގެ ފުރިހަމަ ޚިދުމަތްތައް ލިބޭއިރު މި ޤައުމުގައި

އެ ޚިދުމަތް އަދި ލިބޭނެ ދުވަހެއްވެސް ނޭގެއެވެ. ބުލެކުބެރީ ޯފނުގެ ޚިދުމަތް ދޭން

އުޅޭހެނެއްވެސް ހިޔެއް ނުވެއެވެ. ބުލެކު ބެރީ ޯފނަކީ ތަފާތު ގިނަ ޚިދުމަތްތެކެއް ލިބިދޭ ޯފނެކެވެ. ނަމަވެސް މި ޚިދުމަތްތައް ޯފނުގައި ހުއްޓަސް އޭގެ ބޭނުން

ހިފޭނީ ޯފނުގެ މުވާސަލާތީ ޚިދުމަތްދޭ ކުންފުނިން އެޚިދުމަތް ދިނުމުންނެވެ. މި ޚިދުމަތުގެ ތެރޭގައި ޕުޝް މެއިލްގެ ޚިދުމަތް ފާހަގަ ޮކށްލެވެއެވެ. އެސް.އެމް.

އެސް އަންނަ ޮގތަކަށް މީހަކު ހަމަ އީމެއިލް އެއް ޮފނުވާލުމާ އެކު އެ މެއިލް ޯފނަށް ވަގުތުން އާދެއެވެ. އަދި އެސް.އެމް.އެސް ލިބުމުން ޯފނު ރިންގު ވާޮގތަށް

ރިންގުވެލާނެއެވެ. ނުވަތަ ވައިބުރޭޓަށް ޯފނު ލާފައިވާނަމަ ޕުޝްމެއިލް އެއް އަތުވެއްޖެކަން އެންގުމަށްޓަކައި ވައިބުރޭޓުވެސް ވެލާނެއެވެ.

މިނިސްޓަރަކު ނުވަތަ މަޖިލިސްގެ މެންބަރަކު މާލޭގައި ހުރެ ގުޅިއަސް ގިނަ ފަހަރު ނަމްބަރެއް ނާރާނެވެ. ސަބަބަކީ އެ ޚިދުމަތް ދިރާގުން ނުވަތަ ވަތަނިޔާ އިން އެބޭފުޅުންނަށް ހާއްސަޮކށް ދީފައިވުމެވެ. ބުލެކުބެރީ ޯފނެއްގެ

ފުރިހަމަ ޚިދުމަތް ލިބޭނަމަ ނަމްބަރ ނާރާ ޮގތަށް ހެދުމަށް ޮކންމެހެން އިތުރު ޯފމެއް ފުރާކަށް ނުޖެހޭނެއެވެ. ބުލެކުބެރީ ޯފނުގައި ހުންނަ އެކަމަށް ހާއްސަ

ވަސީލަތް ބޭނުން ކުރެވޭނެއެވެ. ބުލެކު ބެރީ ޯފނު ތަކަކީ އެޯފނުން ޮފނުވާ އެސް.އެމް.އެސް ވެސް ނުކިޔޭޮގތަށް އެންކުރިޕުޓް ޮކށްފައި ޮފނުވޭ ޯފނެކެވެ. އެސް.

އެމް.އެސްގެ ވެރިމީހާ ނުވަތަ ލިބެންވާ މީހާ ފިޔަވާ އެހެން މީހަކަށް އެ މެސެޖު ކިއުމަކީ މުސްތަހީލް ކަމެކެވެ. އެހެން ކަމުން ބުލެކު ބެރީ ޯފނު ވެގެން ޮގސްފައިވަނީ ރައްކާތެރި ކަމުގެ ޮގތުންވެސް އެންމެ ފުރިހަމަ ޯފނަށެވެ.

ރާއްޖޭގައި ގެންގުޅޭ ބުލެކު ބެރީ ޯފނުތަކަކީ ޯފނު ޮކށްލުމާއި އެސް. އެމް.އެސް ޮކށްލުމުގެ އިތުރަށް ޮފޯޓ ޮފނުވޭ އެމް.އެމް.އެސް ވެސް ޮފނުވާލެވޭ

ޯފނެއްނޫނެވެ. އިންޓަނެޓުގެ ޚިދުމަތް ނުލިބޭތީ އެހެން ޯފނުތައް ގެންގުޅޭ މީހުން ފޭސްބުކް އަދި ތަފާތު ޗެޓު ކުރުން ތަކުގައި އަވަދިނެތި އުޅޭއިރު އިންނަށް

ޖެހެނީ ބަލާށެވެ. ނޫނީ ދެން ޖެހޭނީ އެކަންކަން ކުރެވޭ ޮނކިޔާ ޯފނު ގަނޑެއް ޯހދާށެވެ.

ބުލެކު ބެރީގެ ފަހުގެ ޯފނުތަކަކީ ވީޑިޯއ ޯކލްވެސް ކުރެވޭ ޯފނުތަކެކެވެ. އެހެނަސް ރާއްޖޭގައި ބުލެކު ބެރީ ޯފނަކީ ޮނކިއާ ޯޓޗު ބައްތި ޯފނަކުން

ކުރެވޭ ބޭނުމުގެ އިތުރަށް އެއްވެސް ބޭނުމެއް ކުރެވޭ ޯފނެއް ނޫނެވެ. ބުލެކުބެރީ ޚިދުމަތް ނުލިބޭތީ ވީޑިޯއ ޯކލް ކުރަންވެސް

ޖެހޭނީ އެހެން ވައްތަރެއްގެ ތުރީ ޖީ ޯފނެއް ޯހދާށެވެ.

ރާއްޖޭގެ އާބާދީ އަށްވުރެ ގިނަ ޯމބައިލް ޯފނު ގެންގުޅޭއިރު ބުލެކު ބެރީ ޯފނުގެ އަދަދުވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރު ވަމުންނެވެ. ރާއްޖެއިން

ކުރެވޭ ޯފނު ޯކލްގެ އަގު ކައިރި ޤައުމު ތަކާ އަޅާ ބަލާއިރު ކިތަންމެ ހެޮޔ

ނަމަވެސް ކައިރި ޤައުމު ތަކުން ލިބޭ ބުލެކުބެރީގެ އަސްލު ޚިދުމަތް ނުލިބޭނަމަ އެކަން ފާހަގަ ކުރާ ގިނަ ފަރާތްތަކެއް

ދިވެހިންގެ ތެރޭގައިވެސް އެބަ ތިއްބެވެ. ބުލެކު ބެރީގެ ފުރިހަމަ ޚިދުމަތް ދޭން ތިބީ އެންމެ ދެ ޮއޕަރޭޓަރުންނެވެ. އެ ޚިދުމަތް ރާއްޖޭގެ ޯމބައިލް ޚިދުމަތް ދޭ ދެފަރާތުން ނުދޭނަމަ ޚިދުމަތް ނުލިބޭ ބުލެކުބެރީ ޯފނުތައް ހިފައިގެން ކިތަންމެ ދުވަހެއް ވިޔަސް ދިވެހިން ހެވިފައި ތިބެދާނެ އެވެ. އޭރުން ބަލަން ތިބޭ މީހުން

ކުޑަ ޮކށް ހިނި އަންނަ ޮގތް ވާނެއެވެ. އިހު ޒަމާނުގެ ދިވެހި މުސްކުޅި ބުނުމެއްގައި ޮއވެއެވެ. މީހުން

ޓިނުގަނޑުމަތީ ހިއްތަލަ ފުށް ހިއްކާ ވާހަކަ އަޑުއަހާފައި މީދާ ވެސް ޓިނުގަނޑުމަތީ އޭގެ ނަޖިސް ހިއްކައެވެ. ދިވެހި ރާއްޖޭގައި ބްލެކު ބެރީގެ

ފަޚުރުވެރިންނަށް އަދި ޮއތީ ހަމަ ޓިނުގަނޑެއްގެ މަތީގައި ހިއްކުމެވެ.

ޚިދުމަތް ނުލިބޭ ބުލެކުބެީރ ފޯނުތައް ހިފައިގެން ދިވެހިން ހެވިފައިއާދަމް ނަސީރު

To commentSUN (comment) and send to 2747

ސިންގަލް ކްލިކް

Page 27: Sun Magazine issue 6

މުހައްމަދު ޝަހީބުގެ

27

"މިތަނަށް މަޑުނުކުރާތި. ސައިކަލް ވަގަށް ނަގާނެ،" ދެވެރިން ޮގސް ޮކފީ ޯބންވެގެން ތަނަކަށް މަޑުޮކށްލަން އުޅެނިޮކށް މަނިކު ބުނެލި އެވެ. "ތަނެއްގައި ސައިކަލެއް ބަހައްޓާލެވޭކަށްޯނވޭ ވަގަށް ނަގާވަރުން. ކިހާ ދެރަ

ކަމެއް މިއީ؟"މަނިކުބެ އަކީ ވަރަށް ކުޑައިރު ޮބލުގައި ކާއްޓަކުން ޖެހުމުގެ

ސަބަބުން، ޮބލުގެ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް އޭނާގެ އެންމެ ގާތް ރައްޓެހިން ބުންޏަސް، މިއަދު އޭނާ އެ ދައްކާ ވާހަކައިގައި ޮއއްޓަރެއް ހުރި

ކަމަށް ބެލެވެ އެވެ. އެހެންވެ އޭނާ ބުނި ޮގތަށް ތަންޮކޅެއް ދުރުގައި، އޭނާ ބުނި ތަނުގައި، ސައިކަލް ބަހައްޓައިފީމެވެ.ދެން ވެސް މަނިކުބެ

ދެއްކީ އެ ވާހަކަ އެވެ. ސައިކަލްތައް ޕާކުކުރާނެ ތަންތަން މާލޭގައި ނުހުންނަ ވާހަކަ އާއި ސައިކަލްތައް ވަގަށް ނަގާ

ވާހަކަ އެވެ؛ ސައިކަލްތަކަށް މާލޭ މަގުމަތީގައި އެއްވެސް ރައްކާތެރިކަމެއް

ނެތް ވާހަކަ އެވެ.ތެދެކެވެ. ވަގުންގެ

އަދަދު މަދެއް ނުވެ އެވެ. އުފެދެމުން އަންނަ ޒުވާން ވަގުން ގިނަވާއިރު،

އެކިއެކި ކުށްކުށުގައި ޖަލުގައި، ހުކުމް ތަންފީޒުކުރަމުންދާ ވަގުން ވެސް

ވަގުވަގަށް ރަށުތެރެއަށް ދޫވަނީ އެވެ. އެހެންކަމުން އެކި ކަހަލަ ވައްކަންތައް ވަނީ އިންތިހާ އަށް އިތުރުވެފަ އެވެ.

ސައިކަލްތައް ވަގަށް ނެގުމަކީ ވަރަށް ފަސޭހަ ކަމަށެވެ. ޮއފީސްތަކުގައި،

ރައްކާޮކށްފައި ހުންނަ ޮބޑެތި ތިޖޫރީތައް ވަގަށް ނަގައި، ފަޅާލާ ބަޔަކަށް،

މަގުމަތީގައި ހުންނަ ސައިކަލެއް އެކައްޗަކަށް ވެސް ނުވާނެ އެވެ. އެކަމަކު ވަގަށް ނަގާފާނެތީއޭ ކިޔައިފައި ސައިކަލް ކިހިލި ޖަހައިގެން ވެސް އުޅެވޭކަށް ނެތެވެ. ޕާކުކުރަންޖެހޭނީ ހަމަ މަގުމަތީގަ އެވެ. ނިދާލާނެ ޮކޓަރިއެއް ނުލިބިގެން ގިނަ

ބަޔަކު އުޅޭއިރު، ސައިކަލް ޕާކުޮކށްލަން ލިބޭނީ ވަކި ޮކންތަނެއް ހެއްޔެވެ؟ތިރީސް ނުވަތަ ސާޅީސް ހާސް ރުފިޔާގެ އަގުޮބޑު ސައިކަލް ވަގަށް

ނެގުމުން، ޮކންމެ މީހަކު ވެސް ފުރަތަމަ އަންގަނީ ފުލުހަށެވެ. ސައިކަލްގެ ރަޖިސްޓްރީ އާއި އެހެނިހެން ލިޔެކިއުންތައް އެ މީހުންނަށް ހުށަހަޅަންޖެހެ އެވެ. ނަމަވެސް، ވަގުތުން ސައިކަލް ޯހދައިދިނުމަށް މާ ޮބޑު މަސައްކަތެއް ކުރާ ކަމެއް

ނޭނގެ އެވެ. ފުލުހުންނަށް މާ ޮބޑު މަސައްކަތެއް ކުރެވޭނެ ކަމަކަށް ވެސް ނުބެލެވެ އެވެ.

ސައިކަލް ޯހދުމަށް ފުލުހުންގެ ފަރާތުން މާ ޮބޑު އެހީތެރިކަމެއް

ނުލިބުނަސް، އެކަމަށް ވަރަށް ހުށިޔާރު ބަޔަކު އެބައުޅެ އެވެ؛ ޓެކްސީ ޑްރައިވަރުންނެވެ. ސައިކަލްގެ ނަންބަރު އެ މީހުނަށް އަންގާލާއިރަށް، އެ މީހުންގެ ސެޓްތަކުން އެހެން ކާރުތަކަށް އެކަން ފަތުރާލަ އެވެ. މިއީ

އަޖައިބެކެވެ. ފިސާރި އަވަހަށް އެ ސައިކަލެއް ފެނެ އެވެ. ހަދިޔާއަކަށް ދޭންޖެހެނީ ފައްސަތޭކަ ރުފިޔާ އެވެ. އެހެންވެ ސައިކަލެއް ގެއްލިއްޖެ ނަމަ،

ޮއތް އެންމެ އަވަސް ހައްލަކީ ޓެކްސީ ސެންޓަރުތައް ކަމަށް ވަނީ ވެފަ އެވެ. ސައިކަލް ފެނި، އެއަށް އަރައިގެން ދުއްވާތާ ދުވަސްގަނޑެއް ފަހުން

ފުލުހުން ގުޅަ އެވެ. ސައިކަލްގެ ހަބަރެއްވިޯތ ބަލާށެވެ. ސައިކަލް ފެނުނުތާ ޒަމާންތަކެއްވެއްޖެ ވާހަކަ ބުނުމުން،

ފުލުހުން ބުނަނީ އަނެއްކާ ވެސް ފުލުސް ޮއފީހަށް ދިއުމަށެވެ. ސައިކަލް ފެނުނު

ކަމަށް ލިޔެކިއުންތަކުން ހަމަޖެއްސުމަށެވެ. ސައިކަލް ރަޖިސްޓަރީތައް ހިފައިގެން

އަނެއްކާ ދާންޖެހުމުން، ފުރަތަމައިނުން ވެސް ޓެކްސީ ސެންޓަރަކާ ގުޅައިގެން ސައިކަލް

ޯހދަން އުޅެވުނު ނަމަ މާ ޮބލަށް ފަސޭހަވީހޭ އެވަގުތު ހިތަށްއަރަ އެވެ.

ސައިކަލަށް ދިމާވާ މާ ޮބޑު އެހެން މައްސަލައެއް ވެސް އެބަޮއތެވެ. މާލޭގައި ޕާކުކުރާނެ ތަނެއް ނެތިފައި، ތަނެއްގައި ހަމަ ސައިކަލް ބަހައްޓާއިރަށް ސައިކަލް ގެއްލެ އެވެ. ބެހެއްޓި ތަނުގައި ސައިކަލް ނެތުމުން ނިންމަންޖެހެނީ ވަގަށް ނެގީ

ކަމަށެވެ. ނަމަވެސް މިފަހަރު އެއީ ފުލުހުންގެ ކަމެކެވެ. މިޮގތަށް ސައިކަލްތައް ނަގައިގެން ޮލރީއަކަށް ލައިގެން ޯޓޔާޑަށް ގެންޮގސް، ޮބޑު އަދަދަކުން ޖޫރިމަނާކުރެ އެވެ. ތުކީ

އެވެ. އެއީ ޖޫރިމަނާއެއް ނޫނެވެ. އެ މީހެއްގެ އަތުން 350ރ. ނަގައިފައި ކިޔަނީ "ސައިކަލް ނަގަން ހިނގި ހަރަދު"

ކަމަށެވެ. މިއީ ސަރުކާރު ބަޖެޓަށް އާމްދަނީ ޯހދުމަށް ޮއންނަ ވަރަށް ރަނގަޅު މަސައްކަތެކެވެ. ފުލުހުންގެ ޝިއާރަކީ "ޓު ޕްޮރޓެކްޓް އެންޑް ސާވް" ނުވަތަ ހިމާޔަތް ދިނުމާއެކު ހިދުމަތްކުރުމެވެ. ނަމަވެސް މިޮގތަށް ކަންތައް ކުރުމުން

ރައްޔިތު މީހާ އަށް ލިބޭ ހިމާޔަތަކީ ޮކބައިޯތ އެވެ؟ ފުލުހުން އުޅެނީ ރައްޔިތު މީހާ ކުށްވެރިކުރަންނޫންޯތ އެވެ؟ ތިޔަ ބޭފުޅުން ޮގތެއް ނިންމަވާށެވެ. މަނިކުބެ

ބުނެފާނެ އެއްޗަކަށް ބައްލަވާނެ ކަމެއް ނެތެވެ.

ސައިކަލްތައް ވަގަށް ނަާގ ީމހުން

To commentSUN (comment) and send to 2747

Page 28: Sun Magazine issue 6

ކްލަބް ވެލެންސިއާ އަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފުޓްޯބޅަ ކުލަބެވެ. ހާއްސަޮކށް 1990ގެ ކުރީ ޮކޅުން ފެށިގެން 2008 ވަނަ އަހަރާ ދެމެދަކީ ވެލެންސިއާގެ އެންމެ ރަން ދުވަސްވެރެވެ. މި

މުއްދަތުގައި 25 އާއި ގާތަށް ތަށި ޯހދައި ކަޕް ވިނާސް ކަޕް މިލްކު ކުރި ޓީމަށް މިދިޔަ އަހަރާއި މި އަހަރު ވަނީ ދުވަހަކު ކުރިމަތިނުވާ ފަދަ ގިނަ ނާކާމިޔާބީތައް ކުރިމަތިވެފަ އެވެ. ޓީމަކަށް ލިބިފައިވާ ބައެއް ރެޯކޑުތައް

ވެލެންސިއާ އަތުން ބީވެ، ކުލަބުގެ ހިތްގައިމު ޮއމާން ތާރީހުތަކުގެ ޮއފުދާރުކަން ވަނީ ފަނޑުވާން ފަށައިފަ އެވެ.

ރެލިގޭޝަން ނުކުޅޭ ހަމައެކަނި ޓީމުގެ ރެޯކޑް ވެލެންސިއާގެ ކިބައިން ނެތި ދިޔައީ ހުސްވި އަހަރު ގަދަ ހަތަރަކުން ބާކީ ވުމުންނެވެ. ޖެހިޖެހިގެން ދެ ވަނަ ފަހަރަށް، މި އަހަރު ގަދަ ހަތަރަކުން ބާކީވުމުން

ގައުމީ ފުޓްޯބޅަ މުބާރާތުން ދެ ވަނަ ފަހަރަށް ވެލެންސިއާ ބާކީވީ އެވެ. މިހެން ވާން ޖެހުނު ސަބަބު ޯހދުމަށް، ކަމުގެ ފުނަށް ފީނާލާއިރު ސަބަބުތައް ގިނަވެފައި ކުރިމަތިވެފައިވާ މައްސަލަތައް އެހާމެ ގިނަ އެވެ.

ވެލެންސިއާ، މެނޭޖްމަންޓްގެ މައްސަލަ ގިނަ ކުލަބެއް: ވެލެންސިއާ ރަނގަޅަށް ދަންނަ ޮކންމެ މީހަކަށް ވެސް އެނގޭނެ

ފަދައިން އެތަކެއް ފަހަރަކު މެނޭޖްމަންޓުގައި މައްސަލަ ޖެހި ވެލެންސިއާ ނިކަމެތިވެފައިވެ އެވެ. ހީނާ އަހުމަދު ސަލީމާއި އަބުދުهللا އާމިރު ކުލަބުން

ވަކިވެ ޔޫތު ސްޯޕޓްސް ކުލަބު ކިޔާ ކުލަބެއް ހެދީ 1990ގެ ފަހުޮކޅު އެވެ. އެމީހުން ހިތުގެ އަޑިން ޯލބިވާ ކުލަބާ ދުރުގައި ތިބީ ހިތްހަމަ ނުޖެހޭ

ބަޔަކު މެނޭޖްމަންޓުގައި ތިބޭތީ އެވެ. އައިއެފްސީ އުފެއްދުމުން ހިޔަލީ މުހައްމަދު ރަޝީދު ކުލަބާ ވަކިވިއިރު އޭގެ ކުރިން ޖީސަސް ހަސަން

އަފީފު ކުލަބު ހިންގުމާ ދުރަށް ދިޔަ އެވެ. އެންމެ ފަހުން ކުލަބު ހިންގުމުގެ މުގުލުގައި ހިފީ ގ.ފަހިވާގޭ އަދީލް ޖަލީލް އެކަންޏެވެ. ކުލަބަށް ގިނަ ހަރަދުތަކެއް

ޮކށް ވެލެންސިއާ އަށް އޭނާގެ ޖާނާއި މާލު ދެމުންދަނިޮކށް "ޮކންމެވެސް ސަބަބަކާހުރެ" އަދީލް ވެލެންސިއާއިން ބޭރުޮކށް މަޝްހޫރު ވިޔަވާރިވެރިޔާ

އަބުދުهللا ޖާބިރަށް ކުލަބުގެ ޗެއާމަންކަން ދިނެވެ. މި ބަދަލާ ހަމައަށް ވެލެންސިއާގެ މެނޭޖްމަންޓުގައި ޮކންމެ

މައްސަލައެއް ޖެހުނު ނަމަވެސް ކުލަބު ވަޅުޖެހުނަ ނުދީ ނެގެހެއްޓުމަށް ގަދަ އަޅައި މަސައްކަތް ކުރާނެ ބަޔަކު ތިބެ އެވެ. ނަމަވެސް ތިން އަހަރު ހަމަނުވަނީސް

ޖާބިރު އަމިއްލަ އަށް ކުލަބުން ވަކިވުމުން ހަގީގަތުގައި ވެލެންސިއާގެ މެނޭޖްމަންޓް އެކަނިވެ، ހަދާނެ ޮގތް ހުސްވި އެވެ. މެނޭޖްމަންޓުގައި "މީހުން" ތިއްބަސް

ހަގީގަތުގައި ކަންކުރެވޭ ވަރުގެ މީހުންނެތި ކުލަބު ބިކަހާލުގައި ޖެހުނެވެ.

އަދީލް ވަކިކުރުން، ޮބޑު މައްސަލައެއް:

ފެންނަ ފެނުމުގައި އަދީލް ޖަލީލަކީ ކުޅުންތެރިންނާ ގުޅޭ އެ މީހުން ވެސް އިހުތިރާމްކުރާ ހަރުދަނާ ޝަހުސިއްޔަތެކެވެ. ފައިސާގެ ތަނަވަސްކަން ހުރުމާއި ފައިސާ ޯހދޭނެ ޮގތްތައް އޭނާ އަށް ފަހިވެފައި ޮއތުމުން އަދީލް

ވެލެންސިއާ ހިންގި ދުވަސްވަރަކީ ކުލަބުގެ ރަން ދުވަސްވަރެކެވެ. އެންމެ ޮމޅު ކުޅުންތެރިން، ހާއްސަޮކށް ގައުމީ ޓީމުގެ ޯފވަޑް ލައިނުގެ ޖާޒީގެ ކުލަ އަކީ

އެއިރު ވެލެންސިއާގެ ނުލާއި ރީނދޫ ކުލަ އެވެ. ކަން މިހެން ޮއއްވައި އަދީލަށް ނާންގައި 2007 ވަނަ އަހަރު ކުލަބުގެ ޗެއާމަންކަން ޖާބިރަށް ދިނުމުން ވަރުގަދަ ވެލެންސިއާގައި ރެނދު އަޅަން ފެށި އެވެ. ފާޅުގައި ވެލެންސިއާއާ ދެޮކޅަށް އަދީލް

އިސްވެ ހުރެ ހެދި ކުލަބަކީ އޭވައިއެލް އެވެ. އަދި އޭނާގެ ބަސް ގަބޫލުކުރާ ވެލެންސިއާގެ ދުވަސްވީ އަދި ގަދަ އަށް ހަރަދު ކުރަމުން އައި ގިނަ މީހުން

ހަރަދު ކުރުން ހުއްޓާލި އެވެ. އަދި އެ މީހުން ފާޅުގައި ބުނަމުންދިޔައީ ވެލެންސިއާ

އަބްދުهللا އަޒްމީން

28

ވެލެންސިާއ ކަރުާތފެނުގައިޖެހިޖެހިގެން ދެ އަހަރު ގަދަ ހަތަރަކުން ާބީކވުމުގައި އެތައް ސަބަބުތަކެއް!

Page 29: Sun Magazine issue 6

ރެލިގޭޝަން ކުޅޭތަން ދެކެން ބޭނުންވާ ކަމަށެވެ. އެ ދުވަސް އައީ ލަހެއްނުވެ އެވެ.

މެނޭޖްމަންޓް ޯދދިޔާވުން:

ޮބޑު ދަރަންޏަކާއެކު ޖާބިރު ހަވާލުވުމަށް ފަހު ވެލެންސިއާ އަށް ގިނަ ކަންތައްތަކެއް ޮކށްދޭނެ ކަމަށް ނޫސްވެރިން ކުރިމަތީގައި ވައުދުވި އެވެ. ނަމަވެސް އޭނާ ރޭއްވެވި ޕްލޭނަށް އަމަލުކުރަން ވެލެންސިއާއިން ފުރަތަމަ ފަސްޖެހުނެވެ. އަމިއްލަ އަށް ވިޔަފާރި ހިންގައި ފައިދާ ނެރެން

ޖާބިރު ފުރުސަތުދޭން ބޭނުންވި ނަމަވެސް އެއިރު ވެލެންސިއާއިން ގަސްތުކުރީ ޖާބިރުގެ މުއްސަދިކަމުގެ ހިޔަލުގައި ދާ ޮއޮހރުވުމަކާއި އަމިއްލަ ޒިންމާއެއް ނެތި

ފަސޭހައިން ކުލަބު ހިންގުމަށެވެ. އޭނާގެ ޕްލޭނަށް އަމަލުކުރަން އެދުނީ ކުލަބަށް ހަރަދުޮކށްޮކށް،

އަތްމަތިދަތިވެ، ފުރަތަމަ ދެ އަހަރަށް ފަހު ޖާބިރު ވެލެންސިއާ މަތިން ފޫހިވި ފަހުންނެވެ. މިވާހަކައަށް ވެލެންސިއާއިން ދެޮކޅު ހެދުމަކީ އެކަށީގެންވާ ކަމެއް

ނަމަވެސް މިވާހަކަ އަޅުގަނޑު މިލިޔަނީ

ވަރަށް ގާތުން މިކަން ތަޖުރިބާކުރެވުނު މީހަކަށްވެ ހުރެ އެވެ. ޖާބިރު ކުލަބު ދޫޮކށްދިޔައިރު ވެލެންސިއާ

އަށް ގެނައި ބިދޭސީ ކުޅުންތެރިންނަށް ފައިސާ ނުދީގެން އެ މީހުން ވަނީ އެ މައްސަލަ ފީފާ އަށް

ހުށަހަޅައިފަ އެވެ. ކުލަބުގެ ދަރަނި ވެސް އެހާމެ ޮބޑެވެ. ވެލެންސިއާގެ އަސާސީ ގަވާއިދު

ބުނާޮގތުން ޗެއާމަން ކުލަބުން އިސްތިއުފާ ދޭތާ

މަސް ދުވަސްތެރޭގައި ފައިސާގެ މުއާމަލާތުތައް

ނިންމަން ޖެހެ އެވެ. އެހެންނޫނީ އެކަމަށް އެޅޭނެ ފިޔަވަޅެއް ޯނވެ އެވެ. ނަމަވެސް މިއަދާ ހަމައަށް އެކަން ނުޮކށްތިބީ ވެލެންސިއާގެ

މެނޭޖްމަންޓުންނެވެ. ހުސްވި އަހަރުގެ މެދުތެރޭގައި ޖާބިރު ކުލަބުން ވަކިވި ފަހުން ވެލެންސިއާ

ހިންގަނީ ޗެއާމަނަކު ނެތި ކުލަބުގެ ދުވަސްވީ ދެތިން މީހަކު އަމިއްލަ އަށެވެ. އެ މީހުން އެވަރުގެ ޮބޑު ހިދުމަތެއް ކުރާތީވެ ޝުކުރު އަދާކުރަން ޖެހުނު ނަމަވެސް

ހަގީގަތުގައި އެމީހުން ތިބީ ކަރުތާފެނުގަ އެވެ. މާޒީގައި ކަން ހިނގާފައިވާ ޮގތުން، މީހަކު ގާތު އެހީ އަށް އެދޭނެހާ ހިތްވަރެއް ވެސް ގިނަ ފަހަރަކު ނުހުރެ އެވެ.

މާލީ އެހީ އެއް ވެދީ ކުލަބާ ހަވާލުވާނެ މީހަކު ވެސް ނެތީ އެވެ.

ޮމޅު ކުޅުންތެރިން ނެތުން:

ވެލެންސިއާ ކާމިޔާބު ޓީމަކަށް ވަނީ އަބަދުވެސް ޮމޅު ކުޅުންތެރިން ތިބެގެންނެވެ. ތަށިތައް ލިބެން ފެށީ ޮބޑު އަގުގައި ޮމޅު ކުޅުންތެރިން ގަނެގެން ކުޅުވަން ފެށި ފަހުންނެވެ. ނަމަވެސް ޮމޅު ކުޅުންތެރިން ނެތި ވެލެންސިއާއިން

2007 ވަނަ އަހަރު ޒުވާން ކުޅުންތެރިންނަށް އިސްކަން ދޭން ފެށީ ފައިސާ ނެތް ކަމަށް ބުނެ އެވެ.

ހަގީގަތުގައި ވެސް ދިވެހި ގިނަ ކުލަބުތައް ހިންގަނީ ދަރަނިވެރިވެގެންނެވެ. އެކަމަކު އެހެން ހުރިހާ ޓީމަކުން ޮކންމެވެސް ޮގތަކުން ނަމަވެސް ފައިސާ ޯހދައި ޓީމު ވަރުގަދަ ކުރާއިރު ވެލެންސިއާ އަށް ފައިސާ

ނުލިބެނީ ކަމެއް ނުވަތަ ނުޯހދެނީ ކަމެއް ނޭނގެ އެވެ. ގައުމީ ޓީމުގެ މުހިންމު ދެ ކުޅުންތެރިއަކު ޮބޑު އަގުގައި ވެލެންސިއާ އަށް މި އަހަރު ކުޅެމުންދަނީ

ހިޔަލީ ކުލަބަށް ވެދިން "ހަދިޔާ" އެއްގެ ޮގތުގަ އެވެ.

ގަވާއިދުން މުސާރަ ނުދެވުން:

ޖާބިރު ހިންގި ފުރަތަމަ ދެ އަހަރު އޭނާ ޮބޑު ހޭދަތަކެއް ކުރި އެވެ. ބަރާބަރަށް މުސާރަ ވެސް ދިނެވެ. ނަމަވެސް ތިން ވަނަ އަހަރު

ކުޅުންތެރިންނަށް މުސާރަ ލިބުމުގައި ދަތިތަކެއް ކުރިމަތިވި އެވެ. އަމުދުން އޭނާ ކުލަބު ދޫޮކށްލުމުން ކުޅުންތެރިންނަށް މުސާރަ

ދިނުމުގައި ވެލެންސިއާ ޮގތް ހުސްވި އެވެ. ފައިސާ ހުރެގެން

މެނުވީ މުސާރަ ނުދެވޭނެ އިރު ވެލެންސިއާ އަށް އެހީވާ މީހުން ވެސް މިހާރު މަދެވެ.

ގާތްގާތުގައި ކުޅުންތެރިން ކުލަބު ބަދަލު ކުރުމާއި މާޒީގައި ކަންހިނގާފައިވާ ޮގތުން ފައިސާ ހުއްޓަސް އެ ފައިސާ ކުލަބަށް

ދޭން ގިނަ ސަޯޕޓަރުން ބޭނުމެއްނުވެ އެވެ. އެންމެ ޮބޑު މައްސަލައަކީ ފައިސާޮފތީގެ ދެ

ފުށް ފެންނަ ސިޔާސަތެއް ނުގެންގުޅޭތީ އެވެ.

މާޒިޔާ އަތުން ޮމޅުނުވެވުން:

ގަދަ ހަތަރެއްގެ ސަފުން ވެލެންސިއާ ބާކީވުމުގައި ދަނޑުމަތީގައި ކުރިމަތިވި އެންމެ ޮބޑު މައްސަލައަކީ މާޒިޔާ އަތުން ބަލިވުމެވެ. މިދިޔަ އަހަރު ލީގުގައި މާޒިޔާ އަތުން ތިން ފަހަރަށް ވެސް ބަލިވި އިރު މި އަހަރު އެ ޓީމު

އަތުން ޮމޅުވެވުނީ އެންމެ ފަހަރަކު އެވެ. މާޒިޔާ އަތުން ގެއްލޭ ޮޕއިންޓްތައް އެއްޮކށް ހިސާބު ހަދައިފިނަމަ

ވެލެންސިއާ ޮއންނާނީ ގަދަ ހަތަރެއްގަ އެވެ. މިހެންވެ ދަނޑުމަތީގައި ވެލެންސިއާ އަށް ކުރިމަތިވެފައިވާ އެންމެ ޮބޑު ޮގން ޖެހުމަކީ ހުސްވި އަހަރު

ފުރަތަމަ ފަހަރަށް ގަދަ ހަތަރަކަށް އެރި މާޒިޔާ އެވެ.

To commentSUN (comment) and send to 2747

29

Page 30: Sun Magazine issue 6

މި ވާހަކައަށް ހިޔާލު ފާޅުކުރައްވަން ބޭނުންފުޅު ފަރާތްތަކުން ތިރީގައިވާ ކީޯވޑް ޖެއްސެވުމަށް ފަހު އެސްއެމްއެސް ކުރައްވާށެވެ. އެސްއެމްއެސް ކުރައްވާނީ SUN ޖައްސަވައި ސްޕޭސްއެއް ދެއްވުމަށްފަހު

ޮކމެންޓް ލިޔުއްވާފައި 2747 އަށެވެ.

)ކުރީގެ އަދަދާ ގުޅާ( ރަމީޒު ގެއާ ދިމާއަށް ހިނގާފައި އައީ ތަންޮކޅެއް ބާރަށެވެ. އަވަހަށް ކާން ދިޔުމަށެވެ. ކުޅެ އުޅޭއިރު ބަނޑުހައިވާ ކަމުގެ

އިހުސާސެއް ނުކުރެވެ އެވެ. އެ އިހުސާސް މި ކުރެވެނީ ކުޅެ ނިންމާލުމުންނެވެ. އެހެންކަމުން )ނުނިމޭ(

ވަކި ހިސާބަކަށް އައިސްފައި ޖީބުން ޯފނު ނެގި އެވެ. ޝަހާމާގާތު ނިކުންނަން ބުނުމަށެވެ. އޭރުންވެސް ތަންޮކޅެއް އަވަސްވާނެ ކަމަށް ބަލާފަ އެވެ. އެހެންނަމަވެސް އެޮގތަށް އެކަން ވާކަށް ނެތެވެ. ފާޚާނާއަކަށް ވަދެލާފައި ނޫނީ

ކާން ދެވެން ނެތުމުންނެވެ. ރަމީޒު އައިސް ގެއަށް ވަދެއްޖެ އެވެ. ޮކޓަރިއާ ދިމާއަށް ހިނގައިގަތް ތަނާ، އޭނާގެ ޮލލުގައި އަޅައިގަތީ ޮކޓަރީ ޮދރުމަތީގައި ހުރި ފިރިހެން ފައިވާނެވެ.

އެ ފައިވާން ފެނުމާއެކު އެއީ ނަޖީބުގެ ފައިވާންކަން އޭނާއަށް އެނގިއްޖެއެވެ.

ރަމީޒުގެ ފިޔަވަޅަށް ހުއްޓުންއެރި އެވެ. ސިކުނޑީގައި ސުވާލުމާކުތަކެއް ޖެހުނެވެ. ހަމަ އެވަގުތު ކުއްލިއަކަށް ޮކޓަރީ ޮދރު ހުޅުވާލާފައި ވުސް ޖަހާފައި ނިކުތްތަން ފެނުނީ ޝަހާމާ އެވެ. އޭނާ ހުރީ ޮކންމެވެސް ވަރަކަށް ދާވެސް ހިއްލާފަ އެވެ.

ވަރުބަލިވެފައި ހުރިހެންވެސް ހީވެ އެވެ.ޮކޓަރިން ނިކުތުމާއެކު ޝަހާމާގެ ޮލލުގައި ފުރަތަމަވެސް އަޅައިގަތީ

ތަންޮކޅެއް ދުރުގައި ހުއްޓި ހުރި ރަމީޒެވެ. ރަމީޒު ފެނުމާއެކު އޭނާގެ ފިޔަވަޅަށާއި މުޅި ހަށިގަނޑަށްވެސް ހުއްޓުން އަރައިފި އެވެ. ނޭވާވެސް ހުއްޓިފައިވާ ކަހަލަ އެވެ. ހަމަ އެސިކުންތުގައި ނަޖީބުވެސް ޮކޓަރިން ނިކުމެއްޖެ އެވެ. ނަޖީބުގެ

ޮލލުގައި ފުރަތަމަވެސް އަޅަގަތީ ރަމީޒެވެ. އެހެންނަމަސް ރަމީޒު ފެނުނު ކަމަކަށް އޭނާ ނުހަދަ އެވެ.

"ޝަހާއަށް ހަމަ ސާބަސް. އެތާކު ނެތޭ." ނަޖީބު ހިނިތުން ވެލަމުން ޝަހާމާއާ ދިމާއަށް ބަލައިލި އެވެ. "ބިރުގަތަސް ތީ ޮބޑުވަރު އިނގޭ!" ނަޖީބު

ހިނގައިގަތީ ޝަހާމާއާ ދިމާއަށެވެ. އޭރު ޝަހާމާއަށް ހުރެވުނީ ހަދާނޭޮގތް ޮބޑުވެފަ އެވެ. އެއްފަހަރު ނަޖީބާ ދިމާއަށް، އަނެއްފަހަރު ރަމީޒާ ދިމާއަށް ބަލައިލަ ބަލައިލަ

އެވެ."އަނހަ. ރަމީޒުވެސް އައިސް ޯދ މިހިރީ!" ކުއްލިއަކަށް ރަމީޒު

ފެނިގެން ބުނާ ކަހަލަ ޮގތަކަށް ނަޖީބު ބުންޏެވެ."ކިހިނެއް ވެގެން ތިއުޅެނީ؟" ރަމީޒު ކުރިއަށް ހިނގައިގަތެވެ.

އޭރު އޭނާ ހުރީ ވާނުވާ ނޭނގިފައެވެ."ޮކޓަރީގައި ޮއވެފައި ޝަހާ ޮރއިގަތް އަޑަށް އަހަރެންވެސް މިއައީ.

މަހީކުރީ ޮރލާ ހިފާ ކަނީކަމަށް. އައިހައިރުން ބުނީ ޮކޓަރީގައި ކުރަތްޕެއް އުޅެނީޯޔ. އެކަމަކު މަށަކަށް ނުފެނުނު ޮކޓަރިއަކުން ކުރަތްޕެއް." ނަޖީބު ހީނ

ހީނ ފައި ކިޔައިދިނެވެ."އެއީ ހަމަ އާދަ. ބިރަކީ މިހާރު ޝަހާގެ އެންމެ ގާތް އެކުވެރިޔާއޭ

ޯދ." ރަމީޒު ޮގސް ޝަހާގެ ޮބލުގައި ޯލތްބާއެކު ފިރުމައިލި އެވެ. ހެމުން ހެމުންނެވެ. "ނަސީބެއްނު ނަޖީބަށް އެވަގުތު ގޭގައި ހުރެވުނުކަން." ނަޖީބާ

ދިމާއަށް ރަމީޒު ބަލައިލި އެވެ. "މިހާރު ކައިފިންތަ؟"

"އާނ، ތިކަން ނިންމައިފިން." "އަދި ނުވެސް ކައޭ މަ މިއުޅެނީ. އަންނާނަން ފާޚާނާއަށް

ވަދެލާފައި." ރަމީޒު ހިނގައިގަތީ ޮކޓަރިއާ ދިމާއަށެވެ.ޝަހާމާއަށް އަދިވެސް ހުރެވުނީ ހުއްޓުން އެރިޮގތަށް ގުޑުމެއްވެސް އަރުވާލަން ނޭނގިފަ އެވެ. ރަމީޒުގެ މަކަރުވެރިކަމާއި ނުލަފާކަން ހިތަށް އަރާފައި ބުނާނޭ އެއްޗެއް ނޭނގި އާޯޝޚުވެފަ އެވެ. ހިތަށް އެރި އެވެ. ދުނިޔޭގައި މަކަރުވެރި ފިރިހެނުން އުޅޭވާހަކަ އަޑު އަހަމެވެ. އެކަމަކު މިވަރުގެ ކަމެއް ނުދެކެމެވެ.

"ޮމޅު ޯދ!" ނަޖީބު އައިސް ޝަހާމާގެ ދިގު، ފަން އިސްތަށިގަނޑުން ބައެއް މޫނު މައްޗަށް ވައްޓާލުމަށްފަހު ގޭން ނިކުތުމަށް

ހިނަގައިގެންފި އެވެ.ނަޖީބަށްޓަކައި ޝަހާމާގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން އެތައް

ގުނައަކަށް އަރައިފި އެވެ. އޭނާގެ ނުބައި ނުލަފާކަން ޝަހާމާއަށްރަނގަޅަށް ވަޒަން މި ކުރެވުނީ އަދި މިއަދު އެވެ. އެވަރުގެ މީހެއް ކަމަކަށް

ކުރިއަކުން އޭނާގެ ހިތަކަށް ނާރަ އެވެ. ޔަހޫދީ ކަމާއެކު މީހުންގެ ޮބލުތެރެއަށް އެރެގަނެ ރޭގަނޑު ދުވާލުގެ ސިފައިގައި ދެއްކުމަކީވެސް އޭނާއަކަށް ދަތިކަމެއް

ވަާފތެރި މަީވމޭ

މުހައްމަދު ާގސިމް، އއ. މަތިވެރި

ޮކޓަރިން ނިކުތުމާއެކު ޝަހާމާގެ ޮލލުގައި ފުރަތަމަވެސް އަޅައިގަތީ ތަންޮކޅެއް ދުރުގައި ހުއްޓި ހުރި

ރަމީޒެވެ. ރަމީޒު ފެނުމާއެކު އޭނާގެ ފިޔަވަޅަށާއި މުޅި ހަށިގަނޑަށްވެސް ހުއްޓުން އަރައިފި އެވެ. ނޭވާވެސް

ހުއްޓިފައިވާ ކަހަލަ އެވެ.

30

Page 31: Sun Magazine issue 6

ނޫންކަންނޭނގެ އެވެ. ހާސްވެ ފިކުރު ޮބޑުވިވަރުން އެ ހުރިހާ ވާހަކައެއް އާތިފާއަށް ޝަހާމާ އެދުވަހު ކިޔައިދިނެވެ. އާތިފާއަށް ލިބުނީ ވަރަށް ޮބޑު ޙައިރާން ކަމެކެވެ. ރަމީޒުގެ އެހާ ގާތް ރައްޓެއްސަކަށްވެ ހުރެ، އެޮގތަށް ކަންތައް

ޮކށްފާނޭ ކަމަކަށް އޭނާ އެއްޮގތަކަށްވެސް ހިއެއް ނުކުރެ އެވެ. އެހެންކަމުން އާތިފާ ލަފާދިނީ ލަސްނުޮކށް ހުރިހާ ވާހަކައެއް ރަމީޒަށް ކިޔައިދިނުމަށެވެ.

"ތިކަމާ އަހަރެންވެސް އެބަ ވިސްނަން. އެކަމަކު ރަމީޒަށް އަހަރެންގެ ވާހަކަ ގަބޫލު ނުކުރެވިދާނެހެން ހީވާވަރުން........" ޝަހާމާ ހުރީ

މުޅިން ޮގތް ހުސްވެފަ އެވެ. "ކީއްވެ ތިހެންވާންވީ؟ ތީ ރަމީޒުގެ އަންހެނުންނެއްނު."

އާތިފާއަކަށް އެޮގތް ކަމަކު ނުދިޔަ އެވެ."ތިކަން އެނގެޔޭ. އެކަމަކު މިބުނީ މިއަދުވެސް އޭނާ ވާހަކަ

ބަދަލު ޮކށްލިލެއް ޮމޅުކަން. އެވަރުގެ މީހަކާ ހަނގުރާމަ ޮކށްގެން ކިހިނެއް ކުރި ޯހދާނީ." ޝަހާމާ ހުރީ މުޅިން އުއްމީދު ގެއްލިފަ އެވެ.

"ޝަހާއަށް ނުކެރެންޏާ މަ ތިކަން ޮކށްފާނަން. މަށަށް ކެރޭނެ ދައްކަން." އާތިފާ ހުރީ އެކަން ހުއްޓާލާ ޮގތަކަށް ނޫނެވެ. ހަގީގަތުގައި އެއީ

އެހާ އާދައިގެ ޮގތަކަށް ދޫޮކށްލެވޭ ވަރުގެ ކަމެއްވެސް ނޫނެވެ. "ނޫނޭ! އާތި ދައްކާނެކަމެއް ނެތް."

"އެހެން ވިއްޔާ ޝަހާ ވާނެ މިއަދު ހުރިހާ ވާހަކައެއް ރަމީޒަށް ކިޔައިދޭން." އިންޒާރުގެ ރާގުގައި އާތިފާ ބުންޏެވެ. "އަހަންނަކަށް ޝަހާގެ ދިރިއުޅުން ހަލާކުވަމުން ދާތަން ބަލަން ހުންނާކަށް ފަސޭހައެއް ނުވާނެ!"

އެ ވާހަކަތައް ރަމީޒަށް ކިޔައިދޭން އެންމެފަހުން ޝަހާމާ އެއްބަސް ވެއްޖެ އެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑިއަކަށް އެކަމަކުން ހަމަޖެހުމެއް ނުލިބެ އެވެ. އެވާހަކަ ދެއްކުމުން ކަންތައް ވާނޭޮގތެއް ނޭނގޭތީ އެވެ. އެވާހަކަތައް ރަމީޒު ގަބޫލުކުރާނެކަމެއް ނޭނގެ އެވެ. ނަޖީބުގާތު އެހުމުން އޭނާ ޖަހާނީ

ޮކންކަހަލަ މަޅިއެއް ކަމެއް ވެސް އެނގެނީއެއް ނޫނެވެ.މާޮބޑަށް ސިކުނޑިއަށް ބުރަވާންފެށުމުން އެންމެފަހުން ޝަހާމާ

ނިންމީ هللا އަށް ވަކީލުޮކށްފައި ހުރިހާ ވާހަކައެއް ރަމީޒަށް ކިޔައި ދިނުމަށެވެ. އިރާދަކުރެއްވިއްޔާ ކުށެއް ނެތް މީހަކަށް هللا ދެރަޮގތެއް މެދުވެރިއެއް ނުކުރައްވާނެ އެވެ. ސިކުނޑީގައި އަބަދުވެސް ބާއްވަންވި

އެއްޗަކީ އެއީ އެވެ. މާޔޫސް ނުވާންވީ އެވެ. ޮކންމެ ކަމެއްވެސް ކުރިމަތިވާނީ އެންމެ ރަނގަޅަށެވެ.

މެންދުރު ކައިގެން ރަމީޒު ދިޔައީ މަސްބާނާށެވެ. ހަބީބާއި ނަޖީބާ އެކުގަ އެވެ. ޝަހާމާގާތުވެސް ދާން ކިޔެވެ. އެހެނަސް އަތިފާ އަންނާނޭ

ކިޔާފައި ޝަހާމާ މަޑުކުރީ އެވެ. ދާން ބޭނުން ނުވާތީ އެވެ. އެކަހަލަ ނުލަފާ މީހުންނާއެކު ތަންތަނަށް ދާން ހެޮޔވާނެ ހެއްޔެވެ؟ ދެރައީ ރަމީޒަށް އެވަރު ނުވިސްނޭތީ އެވެ. ދިރިއުޅުމުގައި ހުޅުޖަހާ ޯރކުރަމުން ދާއިރު އެ އުދާސް

ކުޑަޮކށްވެސް އިޙުސާސް ނުކުރެވޭތީ އެވެ.ހަވީރުގެ ވަގުތެވެ. އާތިފާ ގެއަށް ދިޔުމުން ޝަހާމާ

މަޑުޮކށްލައިގެން އިނީ ބޭރު ޯޖލިފަތީގަ އެވެ. ރަމީޒުގެ އިންތިޒާރުގަ އެވެ. މިހާރު ދެފަހަރަކަށް ގުޅާވެސް ލެވިއްޖެ އެވެ. ޮކންމެ ފަހަރަކުވެސް

މިއަންނަނީއޭ ބުނެއެވެ. ރަމީޒު ހުރީ އަންނަން ބޭނުން ވެފަ އެވެ. ނަޖީބުމެންގެ ސަބަބުން ނާދެވިގެން އުޅެނީ އެވެ.

ރަމީޒު ގެއަށް އައި އިރު ހަވީރު ހަތަރެއް ޖަހާ ޮބޑުވެއްޖެ އެވެ. ފެންވަރާލައިގެން ދެމީހުން ޖައްސާލީ ޮކޓަރީގަ އެވެ.

"ޮކންއިރަކުން ސައި ޯބން ދާނީ؟" "ތަންޮކޅެއް ލަސްޮކށްލާފަ ދާނީ. އަނެއްކާ ޝަހާ މާ ޮބޑަށް

ބަނޑުހައި ވީތަ؟""އުނހު. ރަމީޒު ބަނޑުހައި ވެފައި ހުރެދާނެހެން ހީވާތީ."

ޝަހާމާގެ މޫނުމައްޗަކުން އުފާވެރިކަމެއް، ހިތްހަމަޖެހުމުގެ ކުލައެއް އެއްވެސް ވަރަކަށް ރަމީޒަކަށް ނުފެނެ އެވެ. އެހެންކަމުން ރަމީޒު ގަސްދުކުރީ

ޮކންމެވެސް ޮގތަކުން ޝަހާމާ ހެއްވާލެވޭޯތ އެވެ. ހުނުމަކީ ބައެއް ފަހަރު، ބައެއް ކަހަލަ ކަންކަމަށް، ޮމޅު ހަކީމީ ބޭހަކަށްވުރެވެސް އަގުހުރި ފަރުވާ އެކެވެ.

ނަޖީބު ޮއތީ އޭނާ ނިދާ ޮކޓަރީގަ އެވެ. އެޮކޓަރީގައި ޮއންނައިރު، ރަމީޒާއި ޝަހާމާ ދައްކާ ވާހަކަ މުޅިން ސާފު ނުވިޔަސް އަޑުއިވެ އެވެ. އެއްފަހަރަކު ޝަހާމާ ހީލި އަޑު އިވުމާއެކު، ރަމީޒުގެ ހަތަރެސްފައިން ހީބިހި ނަގައިގަތެވެ. ދެއަތް މުށްކަވާލެވުނީ ބޭއިޚުތިޔާރުގަ އެވެ. މޫނުމައްޗަށް ވެރިވަމުން ދިޔަ ނުތަނަވަސްކަން ހިނދެއް ހިނދަކަށް އިތުރުވަމުން ދިޔަ އެވެ. ކުޑަ އިރުޮކޅެއްގެ ތެރޭގައި ފެނުނީ އެ ނުތަނަވަސްކަމުގެ ތެރެއަށް ނުރުހުމާއި ރުޅިވެރިކަން އަތްގަދަކުރަން ފެށިތަނެވެ.

އޭނާއަށް ނުލިބުނު ނަސީބެއް އެހެންމީހަކަށް ލިބެމުންދާތީ، އެކަމުގެ ހަސަދަ ހުޅުފަޅައިގެން ދާންފެށި ކަހަލައެވެ.

އިރުޮކޅަކުން ފެނުނީ ނަޖީބު ފުންމައިގެން އެނދުން ތެދުވިތަނެވެ. އޭރު އޭނާގެ މޫނުމަތިން ވަނީ ދާކިތައް އުފުލެން ފަށާފަ އެވެ. ދެއަތުން މޫނު ޮފހެލަމުން

އޭނާ ހިނގައިގަތީ ޮދރާ ދިމާއަށެވެ. ބާރުބާރަށެވެ. ހީވަނީ އައިސްފައި ހުރި ރުޅިއެއްގެ ގަދަކަމުން އެއްޗެހިތަކެއް ފުނޑު ފުނޑު ޮކށްލަން ހިނގައިގަތް ހެންނެވެ."ކާކު ނިކުމެގެން ދިޔަ އަޑެއް އެ އިވުނީ؟" ޝަހާމާ ބަލަންފެށީ ޮކޓަރީ

ޮދރާ ދިމާއަށެވެ. "ފުރޭތަ އަރަނީ ކަންނޭނގެ." ރަމީޒު ހިނިގަނޑެއް ޖަހައިލި އެވެ.

ޝަހާމާގެ މޫނުމަތިން ނުތަނަވަސްކަމުގެ އެއްވެސް ކުލައެއް ފެންނާކަން ރަމީޒު ނޭދެ އެވެ.

"ހޫނ. ދެން ރަމީޒު..." ޝަހާމާއަށް ބޭއިޚުތިޔާރުގައި ރަމީޒާ ގާތްވެލެވުނެވެ. "ސާބަހޭ! އެއީ ނަޖީބޭ." ޝަހާމާގެ ގައިގައި ބައްދާލަމުން ރަމިޒު

ހީލިއެވެ.ނަޖީބުގެ ނަން ބުނުމާއެކު ޝަހާމާގެ މޫނުމަތީގައި ޖެހުނީ މުޅިން ތަފާތު ކުލައެކެވެ. ހިތަށް ވެރިވެގެން ދިޔައީ އިތުރު ނުތަނަވަސްކަމެކެވެ. ފާޑަކަށް ޮބލުގައި ވެސް ރިއްސަން ފަށައިފި އެވެ. ހިތަށް އެރި އެވެ. މި ނަޖީބެއްގެ ކަންތައް މަށަށް ދެން ހާދަ ޮބޑުވެއްޖެ އެވެ. މިކަމަކުން ސަލާމަތެއްވެސް ނުވެވުނެވެ. ހައްތާ ވަނީ ގާތެވެ. އާތިފާ ބުނިޮގތް ހަދަންވީ އެވެ. ޯލ މަރާލާފައި ހުރިހާ ވާހަކައެއް ރަމީޒަށް

ކިޔައިދޭންވީ އެވެ. މިއީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތެވެ."އެބަ އަންނަން ފާޚާނާއަށް ވަދެލާފައި." ޝަހާމާ ވާހަކަ ފަށާނޭ

ޮގތަކާމެދު ވިސްނަން އިންދާ، ރަމީޒު އެނދުން ފައިބައިގެން ހިނގައިގެންފި އެވެ. ޝަހާމާ ހަމަޖެހިލި އެވެ. އެކަމަށް ހިތާއި ނަފުސު ތައްޔާރުޮކށްލަން ރަނގަޅު

ފުރުޞަތެއް ލިބުނުކަމަށް ނިންމައިގެންނެވެ.ހަމަ އެވަގުތެވެ. ހަބީބުމެންގެއާ ދިމާ މަގުމައްޗެވެ. ނަޖީބާއި ހަބީބު ތިބީ ޮކންމެވެސް ވާހަކައެއްގަ އެވެ. ދެމީހުންގެ މޫނުމައްޗަށް އަންނަމުން ދިޔަ ބަދަލުތަކާއި، ހަރަކާތްތަކުން އެނގެނީ، އެ މީހުން އެ ތިބީ ވަރަށް މުހިންމު

ވާހަކައެއްގައި ކަމެވެ. އެހެނަސް މާގިނައިރަކު އެ ވާހަކައިގައި ތިބޭކަށް އެމީހުން ނުހެދި އެވެ. ދެމީހުންނަށް އެއްބަސްވުމަކަށް އާދެވުނީކަންނޭގެ އެވެ. )ނުނިމޭ(

ރަމީޒުގެ ހަތަރެސްފައިން ހީބިހި ނަގައިގަތެވެ. ދެއަތް މުށްކަވާލެވުނީ ބޭއިޚުތިޔާރުގަ އެވެ.

މޫނުމައްޗަށް ވެރިވަމުން ދިޔަ ނުތަނަވަސްކަން ހިނދެއް ހިނދަކަށް އިތުރުވަމުން ދިޔަ އެވެ.

31

To commentSUN (comment) and send to 2747

Page 32: Sun Magazine issue 6

32

Page 33: Sun Magazine issue 6

ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ޮމބައިލް ޯފން އުފައްދައި ވިއްކާ ކުންފުނި ކަމުގައިވާ ފިންލޭންޑްގެ ޮނކިއާ ކުންފުނީން ސްމާރޓްޯފނުގެ އާ ޮމޑެލްތަކެއް ވަރަށް އަވަހަށް ބާޒާރަށް ނެރޭނެއެވެ. ޮނކިއާގެ އަހަރީ މީޑިއާ އިވެންޓާ ދިމާޮކށް އަންނަ ހަފުތާގައި ނެރެވޭ

މި އާ ޮމޑެލްތަކުގެ ސަބަބުން ކުންފުނީގެ ވިޔަފާރި އިތުރަށް ރަނގަޅުވެ އިންވެސްޓަރުންނަށް ކުންފުންޏާމެދު ޔަގީންކަން އިތުރުވެގެންދާނެ ކަމަށް

ކުންފުނީން ބުނެއެވެ. އަލަށް ނެރެން ހަމަޖެހިފައިވާ ޮނކިއާގެ އެއް ޯފނަކީ އ7ީ އެވެ. މިއީ ޓަޗްސްކްރީނެއްގެ އިތުރުން ފުލް ކީޯބރޑަކާއެކު

އުފައްދާފައިވާ ޯފނެކެވެ. އޭގެ އިތުރަށް އެނ8ް ވެސް އަންނަ ހަފުތާގައި ތައާރަފު ކުރެވޭނެއެވެ. މިއީ ސިމްބިއަން 3 ޮސފްޓްވެއަރ ބޭނުންކުރާ ފުރަތަމަ ޯފން ކަމަށް ވެއެވެ. އަދި މި ޯފނުގައި 12 މެގަޕިކްސެލްގެ ކެމެރާއެއްވެސް އެކުލެވެއެވެ. ނަމަވެސް މި ޯފންގެ ސްޕީޑް އެޕަލްގެ

އައިޯފނުގެ އެންމެ ފަހުގެ ޮމޑެލަށްވުރެ ލަސް ކަމަށް ވެއެވެ.

އެޕަލް ކުންފުނީގެ އައިޯފން ގެ އެންމެ ފަހު ޮމޑެލް ކަމުގައިވާ އައިޯފން 4 އަންނަ ޮހނިހިރު ދުވަހު ޗައިނާގައި

ވިއްކަން ފަށާނެކަމަށް އެޕަލް ކުންފުނީން ހާމަޮކށްފިއެވެ. ޮހނިހިރު ދުވަހުން ފެށިގެން ޗައިނާގައި ހުންނަ އެޕަލްގެ ރީޓެއިލް ފިހާރަތަކާއި ޗައިނާ

ޔުނިޮކމްގެ ރީޓެއިލް ފިހާރަތަކުން އައިޯފން 4 ލިބެން ހުންނާނެއެވެ.

އައިޯފނު 4 އަކީ މިހާތަނަށް އެއްވެސް ޯފނެއްގައި ހިމެނިފައިނުވާފަދަ

ފީޗަރތަކެއް އެކުލެވިފައިވާ ޯފނެކެވެ. އެޮގތުން އެ ޯފނުގައި ވާ ފޭސްޓައިމް ޮސފްޓްވެއަރ ބޭނުންޮކށްގެން މީގެ ކުރީން އެއްވެސް ޯފނަކުން ނުކުރެވޭ ފެންވަރުގައި ވީޑިޯއ ޯކލް ކުރެވޭނެއެވެ. ރެޓިނާ ޑިސްޕްލޭގެ

ސަބަބުން އައިޯފން 4 ވެފައިވަނީ މިހާތަނަށް ނެރެވޭ ޑިސްޕްލޭ އެންމެ ފެންވަރު ރަނގަޅު ޯފނު ކަމުގައެވެ. 5 މެގަޕިކްސެލްގެ އަދި އެލްއީޑީ ފްލެޝް ކެމެރާއެއް ހުންނަ މި ޯފނުން ހައިޑެފިނިޝަންޮކށް ވީޑިޯއވެސް ކުރެވެއެވެ.

މީގެ އިތުރަށް އައިޯފން 4 އަކީ ސްމާރޓްޯފނުގެ ދުނިޔެއަށް މިހާތަނަށް ނެރެވޭ އެންމެ ތުނި ޯފނެވެ. ޗައިނާގައި އައިޯފނު ވިއްކަން ފަށާއިރު، ޯފނު ގަންނަ ފަރާތްތަކަށް ބޭނުންވާ އައިޯފން

ޮސފްޓްވެއަރތަކާއި އެޕްލިކޭޝަންތައް ފިހާރައިގެ ފަރާތުން ހިލޭ އަޅައިދޭނެއެވެ. އަދި މުޅި ދުވަހު ހިންގޭ ޚާއްސަ ޕްޮރގްރާމެއްގެ ދަށުން ޯފނު ބޭނުންކުރުމާބެހޭ އެކިއެކި މައުލޫމާތުތައްވެސް ގަންނަ ފަރާތްތަކަށް ޯފރުޮކށްދެވޭނެއެވެ.

މި މަސައްކަތްތައް ކުރުމަށްޓަކައި އައިޯފން 4 ވިއްކާ ޮކންމެ ފިހާރައެއްގައި ޮހނިހިރު ދުވަހު ޓެކްނީޝަނުންގެ ޚާއްސަ ޓީމުތަކެއް ހަރަކާތްތެރިވަމުން ދާނެއެވެ.

އަތް ދޮވުމަށްފަހު ހިއްކުމަށްޓަކައި އެއަރ ޑްރަޔަރ

ބޭނުންކުރުމަީކ ގޯހެއް

ޗައިާނގައި އައިފޯނު ހަތަރެއް

ވިއްކަން ފަށަީނ

Page 34: Sun Magazine issue 6

މާޮޅސްކެޮޔ ބުރަންމާނިބޭނުންވާތަކެތި

3 ވައް މާޮޅސްކެޮޔ2 ފިޔާ )ކުދިޮކށް ހިމުންޮކަށް ޮކށާފައި(1 ސައިސަމުސާ މުގުރި އަސޭމިރުސް

3 ހިކަނދިފަތް )ކުދިޮކށް ހިމުންޮކށް 1 ގިތެޮޔ މިރުސް )ޮކށާފައި(1 ދަޅު މަސް

2 ލުނޯބބައިޯޖޑު ފެން

1 ސައިސަމުސާ ރީނދޫ

ހަދާނެ ޮގތް

ފުރަތަމަ މާޮޅސްކެޮޔ ޮގށް ނުހުންނަ ވަރަށް ޮމޑެލާށެވެ. ދެން ފިޔާ، މިރުސް، ހިކަނދިފަތް، މަސް، ޮލނު، ފުށް އަސޭމިރުސް، އެއްޮކށްފައި މަސްޮރށި ހުންނަ ޮގތަށް ވަށްޮކށް ފަތާޮކށް

ހުންނަ ޮގތަށް ހަދާާށެވެ.ދެން ފުށުގެ ތެރެއަށް ރީނދޫޮކޅެއްލާފައި ފެންޮފދަކާ އެއްޮކށް ޮއލަޮކށް ގިރާލާށެވެ.

ތަވާ އުނދުން މައްޗަށް އުދާފައި ކުޑަ ތެޮޔ ޮފދެއް އަޅާާށެވެ. ތެޮޔ ޮފދު ހޫނު ވުމުން ބުރުއްމާނިތައް ފުށުގެ ތެރެއަށްލާފައި ދެ ފުށުގައި ރަނގަޅަށް ފުށް ހާކާފައި ތަވާގެ ތެރޭގައި

އަތުރައި ފުށުން ޖަހަމުން ޮގސް ފިހެލާށެވެ.

ތިޔަ ބަގީޗާއަކައް އަހަރެން އަދި ނުވަންންމެވެ. ނަމަވެސް ގަސްތަކުގެ ތެރޭގައި

މަލެއް ފަދައިން ކަލާ ފަރިވެ ޮފޅިފައި އިންނަތަން ނުފެންނަ ހަމަ އެންމެ ދުވަހެއްވެސް ނާދެ އެވެ.

އެކަމަކު ހެނދުނު ދިމާވަނީ ދެރަޮކށެވެ. ތިޔަ ބަގީޗާގެ ޮދރު ހުޅުވައިލުމުގެ ކުރިން އަހަރެން ޮއފީހަށް ދާން

ނުކުންނަމެވެ. އެހެންވެ ހެނދުނު ފެންނަ ޮގތެއް ނުވެ އެވެ. އަދި މާ ދެރަ ޮގތެއް ވެސް ވެއްޖެ އެވެ. ތިބާ ފެނޭޯތ ތަންޮކޅެއް ލަސްވެ ގަޑިޖެހިގެން ޮއފީހަށް ދާން

ނުކުތް ދުވަހު ތިބާގެ ބަގީޗާ އެއް ނުޅުވަ އެވެ. އެންމެ ރީއްޗަށް ތިބާ ފެނުނީ މީގެ ދެތިން ދުވަސް ކުރިންނެވެ. ހުރީ ރަތް ހެދުމެއް ލައިގެނެވެ. ބަގީޗާގެ ގަހެއްގެ ނިވަލުގައެވެ. އަހަރެން ވަނީމެވެ. ގަހެއް ގަންނާކަށް ނޫނެވެ. ތިޔަ ބަގީޗާގައި މަލެއް

ފަދައިން ތިބާ އިންނަތަން ގާތުން ދެކިލާށެވެ.

ރެސިީޕ ސިީޓ

ބައިވެރިޔާ

މުސްކުޅި އަންހެނަކު އޭނާގެ ދިގު އުމުރުގެ ފަހު ދުވަސްތައް ގުނުމުގައި ފެންޑާގެ އުނޯދލީގައި

އިނެވެ. އެހެން އިންދާ އައި ނައި ޮގތެއް ނޭނގި އޭނާގެ ގާތަށް ޖިންނިއެއް ފާޅުވެއްޖެ އެވެ."މުސްކުޅި އަންހެނާ!" މުސްކުޅިޔާއާ މުހާތަބުޮކށް ޖިންނި ޮގވައިލި އެވެ. "ބޭނުން ތިން

ކަމަކަށް ނޭދޭނަންތަ؟ އަހަރެން އައިސް މިހުރީ ތައްޔާރަށް!" "ދުނިޔޭގައި ނެތްވަރުގެ ޮބޑު މުއްސަންޖަކަށް ހަދައިދީ؟"

ޖިންނި، މުސްކުޅިޔާ ބިލް ގޭޓަށް ވުރެ މުއްސަނދިޮކށްދީފައި ދެވަނަ ބޭނުމަކީ ޮކބައިޯތ އެހި އެވެ.

"އަށާރަ އަހަރުގެ ޒުވާން ކުއްޖަކަށް ބަދަލުޮކށްދެވިދާނެތަ؟" "ކީއްވެ ނުވާންވީ" ޖިންނި ބުންޏެވެ. މުސްކުޅިޔާ ޒުވާން ކުއްޖަކަށް ބަަދަލުޮކށްދިނެވެ.

އެ ހުރިހާ ކަމެއް ބަލަން ގޭގެ ބުޅާ އަތުވެއްޖެ އެވެ. "ރީތި ރަސްކަލަކަށް މި ބުޅާ ބަަދަލުޮކށްދީ" ޒުވާނަކަށް ބަދަލުވެފައިވާ މުސްުކުޅި އަންހެނާ

ބުންޏެވެ. "ތިޔައެޅީ ޅައެއްޗެއް! އަހަރެން ބުޅަލެއްގެ ސިފައިގައި ޮއތްއިރު ފިހިގަނޑުން ތެޅިތަންތަނުގައި

އަދިވެސް އެބަ ދިލަނަގާ"

"ދުނިޔޭގެ އެންމެން ފަހުރުވެރިވާ ތާޖުމަހަލް ފުރަތަމަ ބިނާ ކުރީ

އިންޑިޔާގެ އާގަރާގައެއް ނޫނެވެ!

ތާޖުމަހަލް ފުރަަތަމަ ބިނާ ކުރީ އިންސާނެއްގެ ސިކުނޑީގަ އެވެ،

ހުނުން

މުތް

Page 35: Sun Magazine issue 6
Page 36: Sun Magazine issue 6